މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ވ. ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސުޕްރީމް ކޯޓު 2021/SC-A/49
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސުޕްރީމް ކޯޓުގެ 2021/SC-A/49 ޤަޟިއްޔާގައި، ސީދާ ގެއްލުމުގެ ބަދަލުގެ ބައި ސިވިލް ކޯޓުން އަލުން ބެލުމަށްޓަކައި ހައިކޯޓަށް ތަޙްވީލުކުރި މައްސަލައިގައި ހައިކޯޓުން ޢަމަލުކުރަންވީ ގޮތް.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި (ނިންމުމުގެ ބައި ލިޔުމުގައި ނެތް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސުޕްރީމް ކޯޓުން ހައިކޯޓަށް މައްސަލައެއް ތަޙްވީލުކޮށްފައިވަނީ ހައިކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށް ނޫން، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ސިވިލް ކޯޓުން އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި ކަމުގައިވާނަމަ، ހައިކޯޓުން އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ޝުހައިލް މުޙައްމަދު، އަޙްމަދު ނަޝާޠު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޙިލްމީ، އ.ޙައްވާ މޯލްޑިވްސް ލީގަލް ބިއުރޯ އެލް.އެލް.ޕީ
- ބެންޗު
- ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
ތަޢާރުފު
3މިއީ، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/49 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއިން ކޮށް ފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އުޞޫލުތަކާއި ޢަދަލު އިންސާފުގެ ހަމަތަކާއި އެއްގޮތަށް ނިންމާފައވި ނިން މުންތަކެއ ކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ބައި ސުޕްރީމް ކޯޓުގެ ޙުކުމުން ބާޠިލްކޮށް، މިމައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، މިމައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް، މިމައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ށ) އާއި 33 މާއްދާގެ (ނ) ގެ ދަށުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލްކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެވެ. މައްސަލައާއި ގުޅިގެން ޙަސްމުން ފާހަގަކުރި ކަންތައްތައް:
3. މިމައްސަލައާއި ގުޅިގެން މިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލައާ ގުޅިގެން ދައުލަތުންނާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރާނެ އިތުރުކަމެއް ނެތްކަމަށް ބުނެފައިވެއެވެ. ޤާނޫނު ނަންބަރު 22/2010 ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން:
2ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/49 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލްކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ސީދާ ގެއްލުމުގެ ބަދަލުގެ ބަޔާމެދު ސިވިލް ކޯޓުން އަލުން ބަލައި ގޮތެއް ކަނޑައެޅުމަށެވެ. އެގޮތުން، އެޤަޟިއްޔާގައި ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މަތީގައި ބަޔާން ކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން؛ (3) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާއި ޢަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 1A/27-2015/HC ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ބައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާޠިލުކޮށްފީމެވެ. (3 ) މި މައްސަލައިގައި ހިމެނި ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، މި މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް، މި މައްސަލަ ސިވިލ ކޯޓަށް ފޮނުވުމަށްޓަކައި، ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާއި 33 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައިފީމެވެ."
1. އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން، މިމައްސަލައަކީ މިކޯޓުން ވަކިގޮތެއް ކަނޑައެޅުމަށް ތަޙްވީލްކުރި މައްސަލައެއް ނޫންކަމާއި، އެއާ ޚިލާފަށް އެމައްސަލަ މިކޯޓަށް ތަޙްވީލްކޮށްފައިވަނީ، ސިވިލް ކޯޓަށް ތަޙްވީލްކުރުމަށްޓަކައ ކަނި އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/49 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް މިމައްސަލައިގައި ހިމެނޭ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) - ސުޕްރީމް ކޯޓުން މައްސަލަ ތަޙްވީލުކުރުމާބެހޭ މާއްދާގެ (ށ) އާއި އިތުރު މާއްދާއެއްގެ (ނ) (PDF ގައި '32 (ށ)' އާއި '33 (ނ)'؛ ނަންބަރު ޔަޤީން ނޫން)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/49 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ (ސުޕްރީމް ކޯޓުން ބާޠިލުކުރި)
- ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.