ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/119

ޕަބްލިކް ސަރވިސް މީޑިއާ ވ. ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ދަށުކޯޓުގެ ނިންމުން ބާޠިލުޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 19 މާރިޗު 2024ދަށު ކޯޓު: ސިވިލް ކޯޓު 1249/Cv-C/201ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1249/Cv-C/201
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
MNBC އާއި BIG އާ ދެމެދު 07 މާރިޗް 2010 ގައި ވެފައިވާ މާކެޓިންގ އެއްބަސްވުމުގެ ދަށުން BIG އިން ހަމައެކަނި MNBC ގެ މައްޗަށް ކުރި ދަޢުވާއެއްގައި، އެ އެއްބަސްވުން ތަންފީޛުކުރުން އެހިނދަށް ލާޒިމުވެފައިވަނީ ކޮން ފަރާތަކަށްތޯ (ޤާނޫނު 6/2010 އާއި 9/2015 ގެ ދަށުން MBC/PSM އަށް ބަދަލުވިތޯ) ނުބަލައި، PSM ގެ ބަސް ނާހައި ސިވިލް ކޯޓުން ޙުކުމްކުރުން ރަނގަޅުތޯ؛ އަދި ލަސްވުމުގެ ޖޫރިމަނާ ނަގައިދިނުމާމެދު.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، PSM ހިމަނައި އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި (އަޣުލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 6/2010 ގެ 43 އާއި 45 ވަނަ މާއްދާގެ ދަށުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް MBC ގެ ދެ ޗެނަލަށް ބަދަލުވެ، އެ ތަންތަނަށް ލިބެންޖެހޭ މުދަލާއި ފައިސާއާއި، އެ ތަންތަނުން އެވަގުތު ދައްކަންޖެހިފައިވާ ފައިސާ ނުވަތަ ދަރަނި އަދާކުރުމުގެ އިލްތިޒާމްވެސް MBC އަށް ބަދަލުވީކަމުގައި ބަލަންޖެހެއެވެ.

HN2 ޓެލެވިޜަން މޯލްޑިވްސް ނުވަތަ ދިވެހިރާއްޖޭގެ އަޑުގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއަކުން (MNBC) އެކި ފަރާތްތަކާ ކޮށްފައިވާ އެއްބަސްވުންތައް MBC އަށް ބަދަލުވެގެންދަނީ ޤާނޫނު ނަންބަރު 6/2010 ގެ 46 ވަނަ މާއްދާގައިވާ އިޖުރާއަތުގެ ތެރެއިން (ބޯޑު އުފެދޭތާ 2 މަސްދުވަހުގެ ތެރޭގައި މުރާޖަޢާކޮށް، އުވާލަން ފެންނަ އެއްބަސްވުންތައް އުވާލުމާއި އުވާލާއިރު އުފުލަންޖެހޭ މާލީ ޒިންމާ ބޯޑުން އުފުލުން) ނެވެ.

HN3 އެއްބަސްވުންތައް MBC އަށް ލިބިފައިވަނީ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 1 އަހަރާއި 10 މަސް ފަހުން (11 ފެބްރުއަރީ 2012 ގައި) ކަމުން، 46 ވަނަ މާއްދާގައިވާ 2 މަސްދުވަހުގެ މުއްދަތުގައި އެ އެއްބަސްވުން މުރާޖަޢާކުރުމަކީ MBC އަށް ކުރެވޭނެ ކަމެއް ނޫނެވެ.

HN4 46 ވަނަ މާއްދާއިން ލާޒިމުކުރަނީ އުވާލަންޖެހޭ އެއްބަސްވުންތައް އުވާލައި، އުވާލާއިރު އުފެދޭ މާލީ ޒިންމާ ބޯޑުން އުފުލުމެވެ. އެއްބަސްވުމުގެ މަޢުލޫމާތު MBC އަށް ލިބިފައިވާއިރު، އެ އެއްބަސްވުން މުރާޖަޢާކޮށް ނުވަތަ އުވާލާ، އެކަން އަނެއް ފަރާތަށް އަންގާފައިނުވާނަމަ، އެއީ ދެމިއޮތް އެއްބަސްވުމެއްކަމުގައި ބެލުމުގެ ފުރުޞަތު އޮވެއެވެ.

HN5 ޤާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން، އެ ޤާނޫނު ވުޖޫދުވުމާއެކު އިތުރު އެއްވެސް ޝަރުޠެއް ނެތި، MBC އިން ޒިންމާ ނަގަންޖެހޭ އެއްބަސްވުންތަކާއި، އެހިނދަށް ދައްކަންޖެހޭ ފައިސާ ނުވަތަ އަދާކުރަންޖެހޭ ދަރަނި ދެއްކުމުގެ އިލްތިޒާމް PSM ގެ ދަށަށް ބަދަލުވިއެވެ.

HN6 ދަޢުވާ ލިބިގަތުމުގެ ހައިސިއްޔަތު MNBC އަށް ލިބިގެންވޭތޯއާއި، ޤާނޫނު 6/2010 އާއި 9/2015 އެކުއެކީގައި ކިޔާއިރު އެއްބަސްވުމުގެ އިލްތިޒާމް PSM އަށް ބަދަލުވެފައިވޭތޯއާއި، ދައްކަންޖެހޭ މިންވަރާއި ޖޫރިމަނާ ދައްކަންޖެހޭތޯ، މިފަދަ ކަންކަމުގައި ތިންވަނަ ފަރާތެއް ކަމުގައިވާ PSM ގެ މަޞްލަޙަތެއް އޮތުމުގެ އިޙްތިމާލު އޮތްނަމަ، އެކަންކަން ޤާއިމުކުރެވޭނީ އެ ފަރާތް ޝާމިލުކޮށް، އެ ފަރާތަށް ބަސް ބުނުމުގެ ފުރުޞަތު ދީގެން ކުރެވޭ ޝަރީޢަތެއްގެ ތެރެއިންނެވެ.

HN7 އިސްތިއުނާފީ މަރުޙަލާގައި މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅަންޖެހޭނީ އިސްތިއުނާފީ ނުކުތާތަކާއި ދެ ފަރާތުން އެދޭ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. ދަށު ކޯޓުގައި ބަހުސްކުރެވިފައިނުވާ ކަންކަމާމެދު (ތަންފީޛުކުރަންޖެހޭ ފަރާތް، ޚިދުމަތް ލިބިފައިވޭތޯ، ދައްކަންޖެހޭ މިންވަރު) އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައަޅައިފިނަމަ އިސްތިއުނާފުކުރުމުގެ އެއް ހަރުފަތް ގެއްލިގެންދާތީ، އެކަންކަމާމެދު މި މަރުޙަލާގައި ގޮތެއް ނިންމަންޖެހޭނެ ކަމަކަށް ނުދެކެއެވެ.

HN8 އެއްބަސްވުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ދައުރު ޤާއިމުކުރަންޖެހޭ މައްސަލައެއްގައި މަޞްލަޙަތު ބޮޑީ ދަށު ކޯޓުގައި އެ ފަރާތަށް ބަސް ބުނުމުގެ ފުރުޞަތު ދީ ޝަރީޢަތްކުރެވުމުގެ ޙައްޤު ދިނުމެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގެ 2018/SC-A/40 އަށް ރިޢާޔަތްކޮށް، ޙުކުމް ބާޠިލުކޮށް، PSM ވެސް ދަޢުވާގައި ހިމަނައި ބަލުމަށް ޤާނޫނު ނަންބަރު 22/2010 ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަލީ ރިޟާ އިސްމާޢީލް، ޢަބްދުﷲ ސިޔާޒް، އުސާމާ މޫސާ
ބެންޗު
މުޙައްމަދު ނިޔާޒު، ޙަސަން ޝަފީޢު، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒު
ޚިލާފު ރައުޔު
ޙަސަން ޝަފީޢު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

މައްސަލައިގެ ތަޢާރފަ

1ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އޤަޟިއްޔެ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޕަބްލިކް ސަރވިސް މީޑިއާ (މީގެ ފަހުން "PSM" ނުވަތަ "އިސްތިއުނާފުކުރާ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 08 ޖުލައި 2019 ދުވަހު ހުށަހެޅިއެވެ.

2ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި PSM ގެ ފަރާތުން ހުށަހަޅާފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިމުނުތާ އެތައް ދުވަހެއް ފާއިތުވިފަހުންކަނ އެނގެން އޮންނާތީ، މިއީ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކޮށް ހުއްދަ ދެވޭނެ ސަބަބެއް ނޫންކަން އެނގެން އޮތުމުގެ އިތުރުން، އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިވާކަމަށް ބެލެވެން ނެތަތީ، PSM ގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަތުމުގެ ހުއްދަ ދެވެން ނެތްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން 20 އޮގަސްޓް 2019 ދުވަހު ނިންމިއެވެ.

3ދިވެހިރާއްޖޭގެ ހައިކޯޓުގެ މިނިންމުން މުރާޖަޢާކޮށްދިނުމަށް އެދި PSM ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، މިމައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ފެންނާތީ، 04 މާރިޗް 2021 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި މިމައްސަލައިގެ C-0732/2017 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 68/IH/2019-HC އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު L/164-A/27) 2019/SC-(2020/SC (24 ސެޕްޓެންބަރު 2019) އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ.

4މި ޤަޟިއްޔާއަކީ، އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމާއި އެއްގޮތަށް PSM ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "BIG" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް)" އެވެ. ސިވިލް ކޯޓުން ނިންމި ގޮތް:

5ސިވިލް ކޯޓުގެ ނަންބަރު: 1249/Cv-C/2015 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ބެލިއިރުގައި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އާއި، ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު 07 މާރިޗް 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 5,644,874/88ރ. (ފަސްމިލިއަން ހަލައްކަ ސާޅީސް ހަތަރުހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ / އަށްޑިހައަށް ލާރި) އާއި، މިފައިސާ ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން 22 އޮކްޓޫބަރު 2012 ގައި ފޮނުވާފައިވާ ސިޓީގައިވާ ގޮތުގެ މަތިން ދައްކާފައިނުވުމުގެ ސަބަބުން 07 ޖޫން 2016 އާހަމައަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ -72,931,785/ރ. (ހަތްދިހަ ދެމިލިއަން ނުވަލައްކަ ތިރީސް އެއްހާސް ހަތްސަތޭކަ އަށްޑިހަ ފަސްރުފިޔާ) އާއެކު ޖުމްލަ 78,576,659/88ރ. (ހަތްދިހަ އަށްމިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ފަންސާސް ނުވަރުފިޔާ / އަށްޑިހަ އަށް ލާރި) ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ދައްކަންޖެހި ނުދައްކައިވާކަން ސާބިތުވާކަމާއި، މިފައިސާ ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިއަދު 07 ޖޫން 2016 އިން ފެށިގެން، ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހޭ މިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކުޖުމްލަ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ޣައިރު ޙާޟިރުގައި އަންގައި، ޙުކުމްކޮށްފީމެވެ". ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-HCL/17 އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން C-20/2002 އިސްތިއުނާފީ ނުކުތާތައް:

6ސިވިލް ކޯޓުގެ ނަންބަރު: 1249/Cv-C/2015 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، PSM ގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

1.6.ޤާނޫނު ނަންބަރު 2015/9 (ފަބްލިކ ސަރވިސް މީޑިއާގެ ޤާނޫނު) ގެ ދަށުން އެކުންފުނީގެ މުދަލާއި، ބައެއް އެގްރީމަންޓްތަކާއި، ބައެއް މުވައްޒަފުން 14 ފެބްރުވަރީ 2012 ގައި އޭރު މޯލްޑިވްސް ބްރޯޑްކާސްޓީންގް ކޯޕަރޭޝނަ (މީގެ ފަހުން “MBC”) އަށް، މިހާރު PSM އަށް ބަދަލުވެގެންދިޔަ ހިނދު، BIG އާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޛުކުރުންވެސް PSM އަށް ލާޒިމުވެފައި ވަނިކޮށް PSMގެ މައްޗަށް ކުރަންޖެހޭ ދަޢުވާއެއް، BIG ގެ ފަރާތުން MNBC (މީގެ ފަހުން “MNBC”) ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލުމުން ބުނެވިދިޔަ އެއްބަސްވުން ތަންފީޛުކުރުން އެހިނދަށަ ލާޒިމުވެފައިވަނީ ކޮން ކުންފުންޏަކަށްތޯ ނުބައްލަވައި އެދަޢުވާ ކުރިއަށް ގެންދަވައި، PSM އާއި، އަދި MNBC ގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ގެ ޤަޟިއްޔާއިން MNBC ގެ މައްޗަށް ޙުކުމް ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.

2.6.ސިވިލ ކޯޓުގް ނަންބަރު 1249/Cv-C/2015 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމުގައި MNBC އާއި، BIG ދެމެދު 07 މާރިޗް 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން BIG އަށް ދައްކަންޖެހޭ

874.885,644, (ފަސްމިލިއަން ހަލައްކަ ސާޅީސް ހަތަރުހާސް އަށް ސަތޭކ ހަތްދިހަ ހަތަރު ރުފިޔާ / އަށްޑިހަ ހަލާރި) އާއި، އިންވޮއިސްގައިވާ ފައިސާ ދެއްކުން ލަސްވެއްޖެނަމަ ވަކި މިންވަރެއްގެ އިންޓްރެސްޓް ނުވަތަ ޖޫރިމަނާއެއް އަރާނެކަމަށް ހިމަނާފައި ނުވާތީއާއި، އެފަދަ ގޮތަކަށް ޖޫރިމަނާއެއް އަރައިފިނަމަ އެޖޫރިމަނާއެއް ދެއްކުމަށް MNBC އިން ލިޔުމަކުން އެއްބަސްވެފައި ނުވާތީ، ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް ކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2015/SC-A/16 ގެ ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަށް ބަލާއިރު ޝަރުޠު ޖަޒއާ ދެއްކުމަށް ލިޔެކިޔުމުން ސަރީޙަ ގޮތަކަށް MNBC އިން ރުހި ޤަބޫލުވެފައިވާކަނ އެއްވެސް ގޮތަކަށް އެނގެން ނެތް ހިނދު، އެގްރީމަންޓާއި ޚިލާފްވެގެނ ނުވަތް ފައިސަ ދެއްކުން ލަސްވެގެން ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެއްވެސް ހުދޫދެއ ނުވަތް ހިފެހެއްޓުމެއްނެތި އަރާފައިވާ ޖޫރިމަނާ ފައިސާ BIG އަށް ނަގައިދިނުމަށް ޙުކުމް ކުރައްވާފައިވަނީ މިދެންނެވި ޙުކުމް ޤާއިމުވެގެން ގޮސްފައިވާ ޤަޟާޢީ ނިންމުމާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.

3.6.މި ޙުކުމް ކުރައްވާފައިވަނީ ބުނެވިދިޔަ ކަންކަމަށް ރިޢާޔަތް ކުރުމެއްނެތި ޤާނޫނީ ގޮތުން ދެފަރާތުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށްބުނެ ހުށަހެޅި ނުކުތާ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

7އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތތައާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތތަކާ އާ ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.7.އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލްގައި އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2015/9 ގެ ދަށުން MBC ގެ މުދަލާއި، ބައެއް އެގްރީމަންޓްތަކާއި ބައެއް މުވައްޒަފުން PSMގެ ދަ ށަށ ބަދަލުވެގެން ދިޔަކަމަށެވެ. އަދި MNBC ޤާނޫނީ ގޮތުން އުވާނުލައި، އެކުންފުންޏާއި BIG އާ ދެމެދު ވެފައިވާ އެއްބަސްވުން PSM ގެ މައްޗަށް ތަންފީޛުކުރުން ލާޒިމްވެފައި އޮތް ކަމަށެވެ. ވީމާ، PSM ގެ މައްޗަށް ކުރަންޖެހޭ ދަޢުވާއެއް BIG އިން MNBC ގެ މައްޗަށް ކުރުމުން، އެ އެއްބަސްވުން ތަންފީޛުކުރުން ލާޒިމުވެފައިވަނީ އެހިނދަށް ކޮން ކުންފުންޏަކަށްތޯ ބަލަންޖެހޭ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން އެކަން ނުބަލއްވަ މިދަޢުވާ PSM އަދި MNBC ގެ ޣައިރު ޙާޟިރުގައި ކުރިއަށްގެންގޮސް ޙުކުމް ކުރައްވާފައިވާކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު PSM އަށް ޝަރީޢަތުގެ އެއްވެސް މަރުހަލާއަކަށް ޙާޟިރުވުމަށް ކޯޓު އަމުރު ލިބިފައިނުވާ ކަމަށެވެ. އިސްތިއުނާފުކުރެވިފައިވާ މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ PSM ގެ ޣައިރު ޙާޟިރުގައިކަމަށެވެ.

2.7.އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ސިވިލް ކޯޓުން ނަގާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާގައި ޝަރުތު ޖަޒއާ އާއި ގުޅިގެން ކަނޑައަޅުއްވާފައިވާ އުސޫލާއި ޚިލާފަށްކަމަށެވެ. އެގޮތުން BIG އިން MNBC އަށް ފޮނުވާފައިވާ އިންވޮއިސްގައި ފައިސި ނުދައްކާ ލަސްވެއްޖެނަމަ ވަކި މިންވަރެއްގެ އިންޓްރެސްޓް ނުވަތަ ޖޫރިމަނާއެއް އަރާނކަމަށް ހިމަނާފައެ ނެތް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޖޫރިމަނާއެއް އަރައި ފިނަމަ އެ ޖޫރިމަނާއެއް ދެއްކުމަށް MNBC އިނ ލިޔުމަކުން އެއްބަސްވެފައި ނުވާތީ ޝަރުޠު ޖަޒާއީގެ ގޮތުގައި އަރަމުންދާ ފައިސާ ދެއްކުމަށް ލިޔެކިޔުމުން ސަރީޙަ ގޮތަކަށް ރުހި ޤަބޫލުވެފައިވާކަނ އެއްވެސް ގޮތަކަށް އެނގެން ނެތްކަމަށެވެ.

3.7.އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ ސިވިލް ކޯޓުން އިސްތިއުނާފުކުރެވިފައިވާ މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އެއްވެސްކަމަކަށ ރިޢާޔަތް ކުރުމެއްނެތި ޤާނޫނީ ގޮތުން ދެފަރާތުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:

8އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤޟިއްޔާގައަ ޙުކުމް ކުރައްވާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި ޤާނޫނީ ގޮތުން ދެފަރާތުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށްވާތީ މިޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި މިޤަޟިއްޔާ ނިންމަވައިދެއްވުމަށެވެ. 11 ފެބްރުވަރީ 2024 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްވާނަމަ، މިމައްސަލައިގެ ތެރެއިން މިފައިސާ ދެއްކުމާމެދު ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު PSM އަށް ލިބިގެންވާކަމަށާއި، އަދި މައްސަލައިގެ ތެރޭގައި ކޯޓަށް ޙާޟިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު PSM އަށް ލިބޭގޮތަށް މިމައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ކޮށް ދިނުމަށްވެސް އެދިފައިވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

9އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ވަރަށް ތަފްޞީލްކޮށް ލިޔުމުން ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކުގެ ރައްދުގައި ވަރަށް ތަފްސީލްކޮށ ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.9.އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގއަ މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ޙުކުމްކޮށްފައިވާކަމަށް ބުނެފައިވާއިރު، MNBC އިން މައްސަލާގައި ޖަވާބުދާރީވުމަށް ޙާޟިރުވުމަށް ސިވިލް ކޯޓުން އާންމު އިޢުލާނެއް PSM ގެ ރޭޑިއޯ މެދުވެރިކޮށް ކޮށްފައިވާކަމަށެވެ. އަދި މައްސަލަ ނިމުނު ފަހުން، އެޙުކުމާއ ގުޅިގެނި ކުރަންޖެހޭ ކަންކަން ކުރުމަށް އިސްތިއުނާފުކުރާ ފަރާތަށް ޕްރައިވެޓައިޒޭޝަނ އެންޑް ކޯޕަރޭޓައިޒޭޝަނ ބޯޑުން އެކަން ސިޓީއަކުން އަންގާފައިވާކަމަށެވެ. އަދި އޭގެ ފަހުން 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، މިމައްސަލައަކީ MNBC އާއެކު ކުރެވިފައިވާ މާކެޓިންގ އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ ފައިސާކަމަށްވާތީ އެކުންފުނި އޮތްހާ ހިނދަކު އެކުންފުނިން ޖަވާބުދާރީވެވޭނެކަމަށެވެ.

2.9.އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ އުފުލުމުން މިދަޢުވާގެ މައުޟޫގައި ހިމެނޭ އެއްބަސްވުން ތަންފީޛުކުރުން އެހިނދަށް ލާޒިމްވެގެންވަނީ ކޮންފަރާތަކުންތޯ ނުބައްލަވައި MNBC އަދި PSM ގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވާކަމަށް ބުނެފައިވާއިރު، ދަޢުވާއެއް ކޯޓަށް ހުށަހެޅުމުން ކޯޓުން ޢަމަލުކުރަން އޮންނަ އުސޫލަކީ ހުށަހެޅިފައިވާ ދަޢުވާ ސާބިތުވާން އޮތްތޯ ނުވަތަ ނޫންތޯ ބަލައި ދަޢުވާ ސަބިތުވާނަމަ އެގޮތަކަށް ޙުކުމް ކުރުންކަމަށެވެ. މިމައްސަލައިގައި ދަޢުވާކޮށްފައިވަނީ ކޮންޓްރެކްޓް ކުރެވިފައިވާ ފަރާތަށްކަމަށާއި، ދަޢވާއު އެކާ މާކެޓިންގ އެގްރީމަންޓް ހުށަހަޅާފައިވާކަމަށެވެ. ދަޢު ވ ރައްދުވާ ފަރާތާ ވުޖޫދުގައި އޮތްކަމަށެވެ. މީގެ އިތުރުން ކުންފުންޏަކީ ސަރުކާރު ކުންފުންޏެއްކަމަށާއި ކުންފުންޏާބެހޭ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޯޓުން ހޯދާ ފައިވާކަމަށެވެ.

3.9.މީގެއިތުރުން އެއްބަސްވުން ވެފައިވަނީ MNBC އާއެކުކަމަށާއި، ދައުވާ ރައްދުވާ ފަރާތުން ޝަރީޢަތަށް ޙާޟިރުވެ އެފަރާތުގެ މައްޗަށް ކޮންޓްރެކްޓް ތަންފީޛުކުރުން ލާޒިމުނުވާކަމަށްބުނެ އިޖުރާއީ އިޢުތިރާޒެއް ނުވަތަ އެނޫން ގޮތަކަށްވެސް ޖަވާބުދާރީވެފައިނުވާކަމަށެވެ.

4.9.ނަމަވެސް އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލްގައި އެގްރީމަންޓް ތަންފީޛުކުރުމަކީ PSM ގެ މައްޗަށް ލާޒިމުވެފައިވާ ކަމެއްކަމަށް ބަޔާންކޮށް އެޒިންމާ PSM އިން އެޒިއުމް ކޮށްފައި ވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަން ފާހަގަކުރާކަމަށެވެ.

5.9.މީގެ އިތުރުން ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަދަލުވާނީ މޯލްޑިވްސް ބްރޯޑްކާސްޓީންގ ކޯޕަރޭޝަނުގެ ދަށުގައި ހުރިކަންކަން ކަމަށްވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ އެއްބަސްވުން ބަދަލުވެފައިވާކަން އަންގާފައިނުވާކަމަށެވެ. މީގެ އިތުރުން، ސިވިލް ކޯޓުގެ ޙުކުމާއި އެއްގޮތަށް އިސްތިއުނާފުކުރ ފަރާތުނާ BIG އަށް ފައިސާ ދެއްކުމަށް ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑު ލެވެލްގައި މަޝްވަރާކޮށްގެންކަމަށް އިސްތިއުނާފުކުރާ ފަރާތާ ނ މަޢުލޫމާތު ދީފައިވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ބައްދަލުވުންތަކެއް ބާއްވައި އެއްބަސްވެފައިވަނީ ކޯޓުން ޙުކުމްކޮށްފައިވާ އަދަދު އެކީ އެއްފަހަރާ ދެއްކުމަކީ އިސްތިއުނާފުކުރާ ފަރާތަށް މާލީ ބުރައަކަށްވާނެތީ، ދެފަރާތަށް އެއްބަސްވެވޭ ވަކި މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ދައްކާ އުސޫލުން ފައިސާ ދެއްކުމަށްކަމަށެވެ. މިކަންކނަ ތަފްސީލްކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ފޯމުގައި ފާހަގަކޮށްފައިވެއެވެ.

6.9.އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ސިވިލް ކޯޓުގައި ފާހަގަކޮށްފައިނުވާ ނުކުތާއެއްކަމުނ އެނުކުތާއަށް މިމަރުޙަލާގައި ބަހުސް ކުރެވިގެން ނުވާނެކަމަށެވެ. އެހެންވެއްޖެނަމ އިސްތިއުނާފަ ރައްދުވު ފަރާތަށް އެނުކުތާގެ އިސްތިއުނާފީ އެއް ހަރުފަތް ގެއްލިގެންދާނެކަމަށެވެ.

7.9.އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ބުނެފައިވަނީ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ ވަކި ނުކުތާއެއް ނޫންކަމަށާއި އެއީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާ ފޯމުގައި އިސްތިއުނާފީ ނުކުތާ ފާހަގަކުރަން އޮންނަ ގޮތްކަމަށް ނުދެކޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

10އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަތުމަށް ނިންމަވާފައިވާ ނިންމެވުން ރަނގަޅުނޫންކަމަށާއި، މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވައި އެމޭރުމުން ފައިސަލާކުރަނިވި ޙުކުމެއް ކޮށްދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

11މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު: 1249/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެމައްސަލަ އިސްތިއުނާފުކުރުމަށް PSM އިން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

12މިމައްސަލައަށ ގޮތެއް ކަނޑައެޅުމަށްޓަކައި، MNBC އާއި MBC އާއި PSM އުފެދިގެން ދިޔަ މަރުޙަލާތަކާއި މިދެންނެވި ތިން ކުންފުނީގެ ޒިންމާތައް އެއްކުންފުނިނ އަނެއް ކުންފުންޏަށް ޤާނޫން ގޮތުން ފުރޮޅެމުން ދިޔަތޯ އާއި ދިޔަނަމަ އެގޮތަކާއި، MNBC މިހާރު އޮތް ގޮތާއި BIG އާއި MNBC އާ ދެމެދު އޮތް އެއްބަސްވުމުން އުފަންކުރާ ދަރަނި ނުވަތި ދައްކަންޖެހޭ ފައިސާއަށް ވެގެން ދިޔަ ގޮތް ބަލަންޖެހޭ ކަމަށް ދެކެމެވެ. MNBC އުފެއްދުން:

13MNBC އަކީ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 95 ވަނަ މާއްދާގެ ދަށުން، 22 ޑިސެމްބަރު 2008 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ދިވެހި ސަރުކާރުގެ %100 ޙިއްޞާ އެކުލެވޭ ސަރުކާރުގެ ކުންފުންޏެވެ. މިކުންފުނި އުފެއްދިކަމަށ ބަޔާން ކުރަނީ، ސަރުކާރުގެ މީޑިއާއެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ހިންގުން ހަރުދަނާ ކުރެއްވުމަށްޓަކައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގ ގޮތުގައެ ކަމަށި ބަޔާން ކުރެއެވެ. ކުންފުނީގެ ރަޖިސްޓްރީ ނަންބަރަކީ 51/2009-C އެވެ. MNBC އާ BIG އާ ދެމެދު ވެވުނު އެއްބަސްވުން:

14MNBC އާއި BIG އާ ދެމެދު 07 މާރިޗް 2010 ގައި "މާކެޓިންގ އެގްރީމެންޓް"ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލެވިފައި ވެއެވެ. އެއެއްބަސްވުން ބަޔާންކުރާ ގޮތުން، އެއްބަސްވުމުގެ މުއްދަތަކީ، 07 މާރިޗް 2010 އިން ފެށިގެން 60 (ފަސްދޮޅަސް) މަސްދުވަހެވެ. MNBC އާއި BIG އާ ދެމެދު ވެވުނު "މާކެޓިންގ އެގްރީމެންޓް" ދަށުން BIG އަކީ؛

1.14. MNBC ގެ އެކްސްކުލޫސިވް މާކެޓިން ކޮންސަލްޓަންޓް އެވެ.

2.14. MNBC ގެ އެކްސްކުލޫސިވ ސޭލްސް އެޖެންޓް އެވެ.

3.14. MNBC ގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމުގައ އެއްބަސްވުމުގައި ވާގޮތުން މަސައްކަތްކުރާ ފަރާތެވެ.

4.14. MNBC ގެ ބިޒްނަސް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް އެވެ.

15މަތީގައިވާ ޚިދުމަތްތަކާއި ގުޅިގެން، އެގްރީމެންޓްގެ މުއްދަތަށް ކޮންމެ މަހަކު 25،000.00ރ (ފަންސަވީސްހާސް) ރުފިޔާ MNBC އިން BIG އަށް ދައްކަން ޖެހެއެވެ. މީގެ އިތުރުން، ދެފަރާތުން އެޕްރޫވް ކޮށްފައިވާ ބިޒްނަސް ޕްލޭންގައ ބަޔާނި ކުރް ސޭލްސް ޓާގެޓަށް ވާސިލްވެ، BIG ގެ ފަރާތުން ޖެނަރޭޓް ކުރާ ނުވަތަ ހޯދައިދޭ ސޭލްސްގެ %15 (ފަނަރަ އިންސައްތަ) އިތުރު ކޮމިޝަނެއްގެ ގޮތުގައި MNBC އިން BIG އަށް ދައްކަންޖެހެއެވެ. https://po.mv/Press/Article/3333 ޚަބަރު 13 ޖުލައި 2010 ރިފަރެންސް 2010-520 ރިޓްރީވްޑް 22/01/2024 ކުންފުނީގެ ރަޖިސްޓްރީ ނަންބަރަކީ 20/2002-C އެއްބަސްވުމުގެ 2 ވަނަ މާއްދާ. MBC އުފެއްދުން:

16MNBC އުފައްދާފައިވަނިކޮށް، ޤާނޫނު ނަންބަރު: 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ ދަށުން MBC ގެ ނަމުގައި އެޤާނޫނުން އައު ކުންފުންޏެއް ޤާއިމް ކުރެއެވެ. 20 އޭޕްރީލް 2010 ގައި މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއިއެކު، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އަށް ވެގެންދާނެ ގޮތާއި، ބައެއް މާލީ ޒިންމާ ތަކާއި އެއްބަސްވުންތަކަށް ވާނެ ގޮތް އެޤާނޫނުގެ އިންތިޤާލީ ބައެއް އުޞޫލު ތަކުގައި ސާފުކޮށް ބަޔާން ކޮށްފައިވެއެވެ. އޭގެ ތެރެއިން މި ޤަޟިއްޔާއާއި ގުޅޭ މިންވަރު ތިރީގައި ބަޔާން ކޮށްފައި އެވަނީއެވެ؛ އައްވަނަ ބައި އިންތިޤާލީ ބައެއް އުޞޫލުތައް ދިވެހިރާއްޖޭގެ އަޑު، 43. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން ޓެލެވިޜަން މޯލްޑިވްސް މޯލްޑިވްސް، މިޤާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދެ ޗެނަލަށ ބަދަލުވެގެން ދިޔައީއެވެ. މިހާރު ހުރި މުދާ 45. ދިވެހިރާއްޖޭ ގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް، މި ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދެ ޗެނަލަށް ބަދަލުވެގެންދާއިރު، އެދެތަނުގައ ހުރި ނުވަތި އެއިންތަނަކަށް އޯޑަރުކޮށްފައިވާ، ނުވަތަ އެއިން ތަނަކަށް ލިބެންޖެހޭ މުދާ ނުވަތަ ފައިސާއަކީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ފައިސާއާއި މުދަލަށް މިޤާނޫނުގެ ދަށުން ބަދަލުވީއެވެ. އަދި އެއިންތަނަކުން އެވަގުތު ދައްކަން ޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއް ވާނަމަ، އެ ފައިސާއެއް ދެއްކުމުގެ ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމްވެސް، މި ޤާނޫނުގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންއަށް ބަދަލުވީއެވެ. އެއްގްރީމެންޓްތައް 46. (ހ) ޓެލެވިޜަން މޯލްޑިވްސްއިން ނުވަތަ ދިވެހިރާއްޖޭގެ އަޑުން ނުވަތަ މުރާޖަޢާކުރުން މިދެފަރާތުގެ ކަންކަން ބެލެހެއްޓުމަށް ނުވަތަ ހިންގުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއަކުން އެކި ފަރާތްތަކާއެކު ކޮށްފައިވާ އެގްރީމެންޓްތައ ބޯޑް އުފެދޭތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި މުރާޖަޢާކުރަންވާނެއެވެ. އެގްރީމަންޓްތައް މުރާޖަޢާކުރުމަށްފަހު އުވާލަން ފެންނަ އެގްރީމެންޓްތައް އުވާލުމުގެ އިޚްތިޔާރު ބޯޑަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެގްރީމަންޓެއް އުވާލާއިރު އެގްރީމަންޓްގެ ދަށުން އުފުލަންޖެހޭ މާލީ ޒިންމާއެއް އޮތްނަމަ، އެ ޒިންމާއެއް ބޯޑުން އުފުލަންވާނެއެވެ. ޤާނޫނު ނަންބަރު: 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ).

17ވީމާ، MBC ގެ ބޯޑު ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ތާރީޚަކީ މިމައްސަލައިގައި ބަލަންޖެހޭ މުހިންމު މަޢުލޫމާތެވެ. ސަބަބަކީ، ޓެލެވިޜަން މޯލްޑިވްސްއިން ނުވަތަ ދިވެހިރާއްޖޭގެ އަޑުން ނުވަތަ މިދެފަރާތުގެ ކަންކަން ބެލެހެއްޓުމަށް ނުވަތަ ހިންގުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއަކުން އެކި ފަރާތްތަކާއެކު ކޮށްފައިވާ އެގްރީމެންޓްތައް MBC ގެ ދަށަށް ގެނައުމަށްޓަކައި، މުރޖަޢާކުރަނ ޤާނޫނުން ލިބިދޭ މުއްދަތާ ގުނަން ފަށާންޖެހޭ ތާރީޚަކީ އެއީ ކަމަށް ވާތީއެވެ.

18ޤާނޫނު ނަންބަރު: 2010/6 ގެ 12 ވަނަ މައްދާގައިވާ ފަދައިން އިޢުލާންކޮށް އެނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި MBC ގެ ޑިރެކްޓަރުންގެ ބޯޑު ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވަނީ 12 ޖުލައި 2010 ގައެވެ. ވީމާ، MBC ގެ ބޯޑު އުފެދޭތާ 2 (ދެއެއް) މަސް ހަމަވާނީ 12 ސެޕްޓެމްބަރ 2010 ގައެވެ.

19އެހެންކަމުން، MNBC އަކީ، ޓެލެވިޜަން މޯލްޑިވްސްއިން ނުވަތަ ދިވެހިރާއްޖޭގެ އަޑުން ނުވަތަ މިދެފަރާތުގެ ކަންކަން ބެލެހެއްޓުމަށް ނުވަތަ ހިންގުމަށް ސަރުކާރުން އޭރު އުފައްދާފައިވާ އިދާރާ ކަމަށް ބަލައިގެން، ޤާނޫނު ނަންބަރު:2010/6 ގެ 46 ވަނަ މާއްދަގެ (ހ) ގައި ބަޔާންކުރާ ގޮތަށް، MNBC އާއި BIG އާ ދެމެދު ވެފައިވާ މާކެޓިންގ އެއްބަސްވުން މުރާޖަޢާ ކުރަންޖެހޭ މުއްދަތު ގުނާއިރު، 13 ސެޕްޓެމްބަރު 2010 ގެ ކުރިން އެއެއްބަސްވުން MBC އާއެކު ކުރިއަށް ގެންދާން އެދޭނަމަ، އޮންނާންޖެހޭނީ މުރާޖަޢާ ކޮށްފައެވެ. MNBC އާއި BIG އާ ދެމެދު އޭރު އެއްބަސްވުން އެކުލަވާލެވުނުތާ ވާނީ ގާތްގަޑަކަށް 05 މަހާއި ހައެއްކަ ދުވަހެވެ. މާލިއްޔަތު ކޮމިޓީގެ ނަންބަރު:F/IU/2010/32-57 (15 ޖޫން 2010) އިޢުލާނުގައިވާ ނަންތައް. ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 16 ވަނަ ޖަލްސާ (ޔައުމިއްޔާ ނަންބަރު:2010/44 ގެ 103 ވަނަ ޞ)

20ޤާނޫނުގައި ވާގޮތަށް އެއެއްބަސްވުން މުރާޖަޢާކޮށްފައި ނުވާނަމަ، MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުމަކީ MBC އަށް ޤާނޫނީ ގޮތުން ނަގުލުވާނެ އަދި ނަގުލު ކުރެވޭނެ އެއްބަސްވުމެއް ނޫނެވެ. ސަބަބަކީ، MNBC އާއި އެހެން ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ޤާނޫނުން އަލަށް އުފަންކުރި MBC އަށް އޮޓަމެޓިކުން ނުވަތަ ވާރުތައިން ބަދަލުވާނެ ކަމަށް އެޤާނޫނުގައި ބަޔާން ނުކުރާތީ އެވެ. އެމުއްދަތުގައި އެއްބަސްވުން މުރާޖަޢާ ކުރުމަށް، MBC އިން އަދި MNBC އިންވެސް މަސައްކަތެއް ކުރިކަން އެނގޭކަށް ނެތެވެ. އަދި ޤާނޫނީ ގޮތުން އެކަން ކޮށްދިނުމަށް BIG ގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅައި، އެއްވެސް މަސައްކަތެއް ކުރިކަން ހުށަހެޅުނު އެއްވެސް ލިޔުމަކުން އެނގޭކަށް ނެތެވެ. MBC ބޯޑު އުފެދޭތާ ދމަސްތެރެ MNBC އާއި BIG އާ ދެމެދު އޮތް އެއްބަސްވުން މުރާޖަޢާ ކުރިހެއްޔެވެ؟

21ޤާނޫނު ނަންބަރު:2010/6 ގެ 46 ވަނަ މާއްދާގެ (ހ) ގައި އެއްބަސްވުންތައް މުރާޖަޢާ ކުރަން ފަށަންޖެހޭނީ MBC އިން ކަމެއް ނުވަތަ MNBC އިން ކަމެއް ނުވަތަ MNBC އާއެކު އެއްބަސްވުން ވެފައިވާ އަނެއް ފަރާތުންކަމެއ ސާފުކޮށް ބަޔާނެއް ނުކުރެއެވެ. ނަމަވެސް MNBC އާއި އެހެން ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތައް MBC ގެ ދަށަށް ގެނައުމަށްޓަކައި އއެއްބަސްވުންތައް މުރާޖަޢާ ކުރަންޖެހޭކަނެ ޤާނޫނުން ސާފުވެއެވެ. އަދި MBC ގެ ބޯޑުން ޒިންމާ އުފުލާން ޖެހެނީ އެފަދަ އެގްރީމަންޓެއް އުވާލާއިރު އެފަދަ އެގްރީމަންޓްގެ ދަށުން އުފުލަންޖެހޭ މާލީ ޒިންމާއެއް އޮތްނަމަކަނ ޤާނޫން ނަންބަރު:2010/6 ގެ 46 ވަނަ މާއްދާގެ (ށ) އިން ސާފުވެއެވެ. ވީމާ، ހަމަ ބަޔަކު ތިބެފަ، MNBC ގެ ދަރަނި ތަކާއި މާލީ ޒިންމާތަކާއި ޙަވާލުވާންޖެހޭނީ MBC އިން ކަމަށް ނޫނީ PSM އިން ކަމަށް ބުނިނަމަވެސް، އެކަމަކީ އެހެން ކުރެވޭނެ ކަމެއް ނޫންކަން ބަޔާން ކުރެވުނު ޤާނޫނުތަކުގެ ނައްޞުން ސާފުކޮށް އެނގެއެވެ.

22MBC އުފެދުމާއ އެކި އޭގެ ކުރިން އުފައްދާފައިވާ MNBC އިން އެޤާނޫނުގައި ބަޔާން ކުރާ ކަންކަން އެޤާނޫނާއި އެއްގޮތަށް އެޤާނޫނު ބަޔާންކުރާ މުއްދަތުގައި ކުރުމުގެ ނުވަތަ ނުކުރުމުގެ ވިސްނުން ހުރިގޮތް އެނގޭ އެންމެ ހަރުދަނާ ވަޞީލަ ތަކީ، MBC ގެ ފަރާތުން ސިވިލް ކޯޓަށް 14 އޮކްޓބަރޯ 2010 ގައި ހުށަހެޅި މައްސަލައެވެ. ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު އަދި އެދެތަނާއި ގުޅިފައިވާ އެންމެހައި މުދަލާއި ވަޞީލަތްތަކާއި މުވައްޒަފުން MBC އާ ޙަވާލު ކުރުމުގެ ވިސްނުމެއް MNBC ގައި ނެތްކަން އެ ޤަޟިއްޔާއަށް ބެލުމުން އެނގެއެވެ. އަދި MNBC އާއި އެހެން ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތައް މުރާޖަޢާކޮށް MBC ގެ ދަށަށް ބަދަލު ކުރުމަކީވެސް MNBC ގެ ވިސްނުން ހުރިގޮތް ނޫންކަން އެޤަޟިއްޔާއިން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު:1374/Cv-C/2010 (2405/MC/2010) ޤަޟިއްޔާ:

23މަތީގައި ބަޔާންމިކުރި ސިވިލް ކޯޓުގެ ޤަޟިއްޔާއަކީ، 14 އޮކްޓބަރޯ 2010 ގައި މުދަލާއި، އިންސާނީ ވަޞީލަތްތަކާއި، ޙައްޤުތަކާއި އިލްތިޒާމްތައް ހޯދުމަށް MBC ގެ ފަރާތުން، ދިވެހި ދައުލަތާއި MNBC އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި MNBC ގެ ޗެއަރމަން އާއި އެކުންފުނީގެ ބޯޑު މެންބަރުންގެ މައްޗަށް ރައްދުކޮށް ހުށަހެޅި މައްސަލައެކެވެ.

24މިދަޢުވާއާއި ގުޅިގެން MNBC އިން ވަކާލާތު ކޮށްފައިވަނީ، އެކުންފުންޏަކީ، ޤާނޫނު ނަންބަރު:96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 22 ޑިސެމްބަރު 2008 ގައި ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވާ، ނެރެފައިވާ ނަންބަރު: 2008/15 ޤަރާރުގެ ދަށުން، އުފެއްދި އަދި ކުންފުންޏާބެހޭ ޤާނޫނގު 97 ވަނަ މާއްދާއާއި 98 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާރުތަކާއި ޝަޚްޞިއްޔަތު ލިބިފައިވާ ކުންފުންޏެއްކަމުން، އެފަރާތަށް ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާއި، ޤާނޫނުގައިވާ ގޮތުގެ މަތިން މުދާ ހޯދާ ލިބިގަތުންފަދަ ޙައްޤުތައް ލިބިގެންވާ ކަމަށެވެ. އަދި ބަޔާންވެދިޔަ މުދަލާއި އިންސާނި ވަޞީލަތްތަކަކީ 01 ޖޫން 2009 ގައި ދިވެހި ސަރުކާރާއި MNBC އާއި ދެމެދު ވެފައިވާ އެސެޓް (2405/MC/2010) 1374/Cv-C/2010 ޓްރާން ސފަރް އެގްރީމެންޓެއްގެ ދަށުން، MNBC ގެ މިލްކުކަމަށް ބުނެއެވެ. އެތަކެތި MNBC އަށް ލިބިފައިވަނީ ޤާނޫނު ނަންބަރު:2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގެ ދަށުން ހަދާފައިވާ "ދައުލަތުގެ މާލިއްޔަތު ޤަވާއިދު"ގެ 7.02 ގެ ދަށުން ކަމަށްވެސް ބުނެއެވެ. ވީމާ،MNBC އިން MBC އަށް ބަދަލު ކުރާންޖެހޭ މުވައްޒަފުންނެއް، އުފުލޭ އަދި ނުއުފުލޭ މުދއުތަކެއަ، އެއްބަސްވންތަކެއު އަދި އެނޫންވެސް އެހެން އިލްތިޒާމތަކެއު ނެތްކަމަށެވެ.

25MBC ކުޅަ މި ދަޢުވާއަށް ދައުލަތުންވެސް އޭރު އޮތީ އިންކާރުކޮށްފައެވެ. އަދި MNBC އަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުގެ ޙައްޤު ލިބިފައިވާ ކުންފުންޏެއް ކަމުގައިވާތީ އާއި ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ މުދާ MNBC އަށް އޭރު ނަޤުލުވެފައިވާތީ، ދައުލަތުގެ އެއްވެސް ޒިންމާއެއް ނުވަތަ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މައްޗަށް ކޯޓުން ނެރެންޖެހޭ އަމުރެއް އޮތްކަމަށް ދައުލަތުން ނުދެކޭ ކަމަށް ބުނެފައިވެއެވެ. ސިވިލް ކޯޓުގެ ނިންމުން:

26ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު:1374/Cv-C/2010 (2405/MC/2010) ޤަޟިއްޔާ ނިންމުން، އައިސްފައިވަނީ BCMN އާއި ދައުލަތުން ހިފެހެއްޓި މައުގިފާ ދެކޮޅަށެވެ. އެ ޙުކުމް ކޮށްފައިވަނީ 12 މެއި 2011 ގައެވެ. އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކުރަނީ؛ ...." ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށާއި، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށާއި، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އަށާއި، އެޤާނޫނުގެ ދަށުން ހަދާފައިވާ "ދައުލަތުގެ މާލިއްޔަތު ޤަވާޢިދު" އަށާއި ޤަޟިއްޔާއާއި ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކާއި ލިޔުންތަކަށް ރިޢާޔަތް ކުރުމުން، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑަކީ ޤާނޫނު ނަންބަރ96 /10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައެޅި ޤަރާރަކުން އުފައްދާފައިވާ ކުންފުންޏެއްކަމާއި، އެކުންފުންޏަކީ އެޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާފަދަ ވަކި ޤާނޫނީ ޝަޚްޞެއްކަމާއި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންއަށް ކުންފުންޏަކަށް ލިބިގެންވާ ހުރިހާ ޙައްޤުތަކަކާއި ރައްކާތެރިކަން ލިބިގެންވާހިނދު، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 42 ވަނަ މާއްދާއަށް ބެލުމުން، އެޤާނޫނުގެ މަޤްޞަދަށްޓަކައި އެޤާނޫނަށް ޢަމަލުކުރަން ފެށުނުއިރު އޮތް އެއްވެސް ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނާގުޅޭ އެއްވެސް އުޞޫލަކާއި ތަޢާރުޟުވާ މާއްދާއެއް ނުވަތަ އުޞޫލެއްވާނަމަ، އެޤާނޫނެއ ނުވަތް ޤަވާޢދެއި ޤާނޫން ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އާއި ތަޢާރުޟުވާ މިންވަރަކަށް ބާޠިލުކުރެވޭނެކަމަށާއި، ހުރިހާ ޙާލަތެއްގައިވެސް އިސްކަންދޭނީ ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް ކަމުގައި ބަޔާންކޮށްފައިވާތީ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އިން މޯލްޑިވްސް ނޭޝަނަލަށް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑަށް ލިބިދީފައިވާ ރައްކާތެރިކަމަކީ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ މަޤްޞަދު ފުރިހަމަކޮށް، އެޤާނޫނުގައިވ ކަންކަނާ ކުރުމަށް ކުރިމަތިވާ ހުރަހަކަށް ވާކަމުގައި ބެލެން ނެތަތީ، އަދި ނެޝަނަލައިޒޭޝަންގެ އުސޫލުން ވިޔަފާރިތައ ނުވަތް ތަންތަން ޤާނޫނަކުން ކަނޑައަޅާފަދައިން ދައުލަތުގެ ބާރުގެ ދަށަށް ގެންނަނީ، ޢާންމުންގެ މަޞްލަޙަތު ކުރިއަށް ނެރެ، ޢާންމުންގެ މަންފާއަށާއި ލާބައަށް ކަންކުރުމަށްކަމާއި، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ ރޫޙަކީވެސް މިއީކަނ އެނގެން އޮތަތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 247 ވަނަ މާއްދާއަށާއި، 250 ވަނަ މާއްދާއަށާއި، 97 ވަނަ މާއްދާއަށް ޙަވާލާދީ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދައިން އެޤާނޫނަށް ޢަމަލުކުރަން ފެށުނުއިރު މޯލްޑިވްސް ނޭޝަނަލަށް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑުގެ ދަށުގައި އޮތް ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑަކީ، އެޤާނޫނަށް ޢަމަލުކުރަން ފެށިދުވަހުނ ފެށިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދެޗެނަލްގެ ގޮތުގައި ބަލަންޖެހޭ ތަންތަންކަމުގައާއި، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނ) އަށް ޢަމަލުކުރަންފެށުމާއިއެކު އެޤާނޫނުގެ 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ވަސީލަތްތައް، ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު ހިންގުމަށް ދޫކޮށްފައިވާ ބިމާއި، އެތަންތަނަށް ދޫކޮށްފައިވާ ފްރީކުއެންސީތަކާއި، ހުރިހާ ވެހިކަލްތަކާއި، ފަރުނީޗަރާއި، އާލަތްތަކާއި، ދައުލަތުގެ ބަޖެޓުންދީފައިވާ ފައިސާއާއި، އެތަންތަނުގެ އަރުޝީފު ހިމެނޭގޮތަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ގެ ދަށަށް ބަދަލުވެގެން ގޮސްފައިވާ ތަންތަން ކަމުގައި ކަނޑައަޅައި، 12 މެއި 2011 ދުވަހުން ފެށިގެން ގިނަވެގެން 20 (ވިހި) ދުވަހުގެ ތެރޭގައި ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށް ޓެލްވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެއަޑު، އަދި އެތަންތަނުގެ މުދަލާއި ވަސީލަތްތައް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންއާއި ޙަވާލުކުރުމަށް ދިވެހި ދައުލަތާއި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް (އެމް.އެން.ބީ.ސީ) އާއި މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) އާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ކަމުގައިވާ.....އަށް އަންގައި، ޙުކުމްކޮށްފީމެވެ."

27މަތީގައި ބަޔާންވެދިޔަ ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފު ކުރުމަށް، MNBC ގެ ފަރާތުން، 09 ޖޫން 2011 ގައި، MBC އަށް ރައްދުކޮށް މި ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެމައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށްބުނެ، 13 ފެބރުއަރް 2012 ގައި ސިޓީ ލިޔެ މިކޯޓަށް ފޮނުވިއެވެ. އެހެންވެ، މިކޯޓުގައި ޤަޟިއްޔާ ކުރެވުނު ނަންބަރު:2011/HC-A/144 ދަޢުވާ ފޯމް 16 ފެބުރުއަރީ 2012ގައި ބާޠިލު ކުރެވުނެވެ. ނަތީޖާއަކީ ސިވިލް ކޯޓުގެ ނަންބަރު:1374/Cv-C/2010 (2405/MC/2010) ޤަޟިއްޔާގެ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމަކަށްވެ، އެންމެންގެ މައްޗަށް އެއަށް ތަބާވުން ލާޒިމު ޙުކުމަށްވެގެން ދިއުމެވެ. އެޤަޟިއްޔާގައި MNBC އިން ދެއކް ވާހަކަތަކާއި ދައުލަތުން ދެއްކި ވާހަކަތަކަކީ ނުދައްކާ ވާހަކަތަކކަށް މިހާރަކު ނުހެދޭނެ އެވެ. އަދި އެޤަޟިއްޔާގެ ޙުކުމަކީ ވުޖޫދުގައި ނެތް ޙުކުމަކަށްވެސް ނުހެދޭނެ އެވެ. ވީމާ، MNBC އާއި އެހެން ފަރާތަކާއި ދެމެދު އޮތް އެއްބަސްވުންތަކާއި މެދު ގޮތް ކަނޑައަޅާއިރު، މި ޙުކުމަށް ބަލަންޖެހޭނެއެވެ.

28ސިވިލ ކޯޓުގް މިދެންނެވި ޤަޟިއްޔާގެ ޙުކުމް ކުރި ފަހުން، ޤާނޫނު ނަންބަރު:2010/6 ގެ 3 ވަނަ މާއްދާގެ

(ހ) ގެ ދަށުން އުފައްދާފައިވާ MBC އަކީ، ދިވެހި ދައުލަތުގެ ފައިސާ އާއި މުދާ ހޭދަކޮށްގެން ހިންގާނޭ ދިވެހި ދައުލަތުގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރކަމަށް ޤަރާރު ނަންބަރު:01/2012 އިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު:1374/Cv-C/2010 (2405/MC/2010) ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ މަސައްކަތް ފެށުނެވެ. MNBC ގެ ބޯޑުގެ ނިންމުން:

29ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު:01/2012 އާއި ގުޅިގެން، ސިވިލް ކޯޓުގެ މިދެންނެވި ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރަން ފެށުމުން، 11 ފެބުރުއަރީ 2012 ގައި MNBC ގެ ބޯޑުން ރިޒޮލިއުޝަނެއް އެމް.އެން.ބީ.ސީ ގެ ނަންބަރު:M/95/2012/1-MNBC (13 ފެބުރުއަރީ 2012) ސިޓީ. MNBC ގެ ނަންބަރު BD/RES/2012/09-MNBC ބޯޑު ރިޒޮލިޔުޝަންގައި ޖަލްސާ ބޭއްވުނު ތާރީޚަކަށް ލިޔެފައިއޮތީ 11 ފެބްރުވަރީ 2012 ގައި ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ސޮއިކޮށްފައިވާ ގަޑުގައި ލިޔެފައިވަނީ 14 ފެބްރުވަރީ 2012 އެވެ. އަދި މިނިންމުމާއި ގުޅިގެން MBC އިން ފާސްކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރުގައިވެސް ބުނެފައިވަނީ MNBC ގެ ރިސޮލިޔުޝަން ފާސްކޮށްފައިވަނީ 14 ފެބްރުއަރީ 2012 ކަމަށެވެ. އެހެންކަމުން މިތާރީޚުގައި ފުށުއެރުމެއް ހުރިކަން ފާހަގަކުރެވެއެވެ. ފާސްކުރިއެވެ. އޭގައި ބަޔާންކުރާ ގޮތުން، 14 ފެބުރުއަރީ 2012 އިން ފެށިގެން MNBC އުވާލުމާއި ހަމައަށް، އެކުންފުނީގެ މެނޭޖްމަންޓާއި އެވަގުތު އެކުންފުނީގެ އެންމެހާ ކަންތައްތަކާއި، އެންމެހާ މުދަލާއި، އެންމެހާ އާލާތްތަކާއ އެންމެހައި މުވައްޒަފުންނާއި އެންމެހާ ފިކުރީމުދ ޤާނޫނާ ނަންބަރު: 2010/6 ގެ 44 ވަނަ މާއްދާ އާއި 45 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، އެ ޤާނޫނުގެ ދަށުން ޤާއިމްކޮށްފައިވާ MBC އަށް ބަދަލުކޮށް ޙަވާލުކުރުން ހިމަނާފައި ވެއެވެ. ނަމަވެސް އެޤާނޫނުގެ 46 ވަނަ މާއްދގައާ ބަޔާންކުރާ ގޮތަށް MNBC އާއި އެހެން ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތައް މުރާޖަޢާ ކުރާ ވާހަކަ ބަޔާނެއް ނުކުރެއެވެ. ނަމަވެސް ލިޔުންތަކުގެ ތެރޭގައި MNBC ގެ ސިއްކަޖަހައި، އެމަތީ ސޮއެއް އަޅާފައިވާ ޞަފްޙާތަކުގެ ތެރޭގައި ހިމެނޭ ޞަފްޙާއެއްގައި ތިރީގައިވާ ގޮތަށް ބަޔާން ކޮށްފައި އޮވެއެވެ؛ Masakkath Agreement Biziness Image Group Marketing ____ 7 Mar.2010 6Mar.2015 މިކަން މިހެން ހިމަނާފައިވަނީ، MNBC އާއި BIG އާ ދެމެދު އޮތް މާކެޓިން އެގްރީމެންޓް މުރާޖަޢާކޮށް MBC އަށް ބަދަލު ކުރުމަށްކަމެއ ނުވަތް ނޫން ކަމެއް ސާފެއް ނުވެއެވެ. ބަހުޘްގެ ބޭނުމަށް MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުން MBC އަށް ބަދަލު ކުރެވުނު ތޯ ބެލުން:

30MNBC ގެ މަތީގައި ބަޔާންކުރެވުނު، ބޯޑް ރިޒޮލިއުޝަނާއި ޙަވާލާދީ، 14 ފެބރުއަރް 2012 ގައި ބޭއްވުނު، MBC ގެ ޑިރެކްޓަރުންގެ ބޯޑުގެ 56 ވަނަ ޖަލްސާގައި ޤަރާރެއް ފާސްކޮށްފައިއޮވެއެވެ. އެ ޤަރާރުގައި ބަޔާންކޮށްފައިވަނީ، ޙަވާލާދެވޭ MNBC ގެ ރިޒޮލިއުޝަނުގައި އެއްބަސްވެފައިވާ ކަންތައްތަކަށް ނަންބަރު: BD/RES/2012/09-MNBC ކޮމްޕެނީ ބޯޑް ރެސޮލިއުޝަން ރިޢާޔަތްކޮށް އެ ރިޒޮލިއުޝަންގައި ބަޔާކޮށްފައިވާ ފަދައިން، MNBC ގެ އެންމެހާ ކަންތައްތައް ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، MBC އަށް ބަދަލު ކުރުމަށް MBC ގެ ބޯޑުން އެއްބަސްވެ އިޤްރާރު ވާކަމަށެވެ.

31MBC ގެ މިޤަރާރަށް ބަލާއިރު، MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުން، ޤާނޫނު ނަންބަރު 2010/6 ގެ 46 ވަނަ މާއްދާގައި ބަޔާންކުރާގޮތަށް މުރަޖަޢާކުރީކަމަށ ބެލެވޭކަށް ނެތެވެ. ސަބަބަކީ، އެ ޤަރާރުގައި MNBC ގެ ރިޒޮލިއުޝަނުގައިވ ކަންކަނާ ބަލައިގަތުމަށް ނިންމާފައިވަން ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް ބަޔާންކުރާތީ އެވެ. ޤާނޫނު ނަންބަރ 2010/6 ގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް MNBC އާއި އެހެން ފަރާތަކާއި ދެމެދު އޮތް އެއްބަސްވުމެއް މުރާޖަޢާކުރުމަށް ޤާނޫނުން ދީފައިވާ މުއްދަތަކީ 2 (ދެއެއް) މަސް ދުވަހެވެ. MNBC އާއި MBC އިން މިދެންނެވި ރިޒޮލިއުޝަނާއި ޤަރާރު ފާސްކުރިއިރުވެސ، ޤާނޫނުގައި މި ބަޔާންކުރި ދެމަސް ދުވަހުގެ މުއްދަތް ފަހަނައަޅައި ގޮސްފައިވެއެވެ. ވީމާ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުން މުރާޖަޢާ ކުރުމަށް އެޤާނޫނުން ދިން މުއްދަތު އޭރު ބަންދުވެއްޖެއެވެ. ވީމާ، ބަހުޘްގެ ބޭނުމަށް MNBC އާއި MBC ގެ ބޑޯ ގެ ނިންމުމުން، މި ދެނނެވް އެއްބަސްވުން MBC އަށް ބަދަލުވެފައިވާނ ކަމަށެ ބެލިނަމަވެސް އެކަން ކުރުމަށް ޤާނޫނުން ދީފައިވާ މުއްދަތު ފަހަނައަޅައި ދިއުމުގެ ސަބަބުން ޤާނޫނީ ގޮތުން އެކަން ނުކުރެވޭކަން ސާފުކޮށް އެނގެވެ. PSM އުފެއްދުން:

32ޕަބްލިލ ސަރވިސް މީޑިއާގެ ޚިދުމަތް ދިނުމުގެ ގޮތުން، ޤާނޫނު ނަންބަރު:2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ ދަށުން އުފެއްދި ތަނަކީ، PSM އެވެ. އެއީ މިހާރު ބަލަމުން މިދާ ޤަޟިއްޔާ ޤާނޫނު ނަންބަރު:2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ 3 ވަނަ މާއްދާ. މިކޯޓުގައި އިސްތިއުނާފުކޮށްގެން އުޅޭ ފަރާތެވެ. މި ޤާނޫނުގެ ދަށުންވެސް ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތް ދިނުމަށްޓަކައި އުފައްދަނީ ކުންފުންޏެކެވެ. 28 އޭޕްރީލް 2015 ގައި މިޤާނޫނު ތަޞްދީޤުކޮށް ޢަމަލު ކުރަންފެށުމާއެކު، ޤާނޫނު ނަންބަރު:2010/6 އުވެއެވެ. އަދި MBC ވެސް ޤާނޫނީ ގޮތުން އުވިގެން ދެއެވެ. ޤާނޫނު ނަންބަރު:2010/6 އުވުމާއިއެކު MBC އަށް ވީގޮތް:

33PSM އުފެއްދުމާއިއެކު MBC އުވިގެން ދިޔަ ނަމަވެސް، MBC ގެ މުދަލާއި ވަސީލަތްތަކާއި މުވައްޒަފުންނަށް ވެގެންދާ ގޮތް ޤާނޫނު ނަންބަރު:2015/9 ގައި ސާފުކޮށް ބަޔާންކުރެއެވެ. އެޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރަނީ؛ މުދަލާއި ވަސީލަތްތަކާއި 13. (ހ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ މުވައްޒަފުން ބަދަލުވުން ކޯޕަރޭޝަންގެ މިލްކުވެރިކަމުގެ ދަށުގައިހުރި އެންމެހައި، ވެބްސައިޓް، ޓީވީ ރޭޑިއޯ ޗެނަލް، ނޫސް މަޖައްލާ އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މިނޫން ވަސީލަތްތައް ޕަބްލިކް ސަރވިސް މީޑިއާގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުވީއވެ.

(ށ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން، ބައިވެރިވެފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެންބަރޝިޕްތަކާއި، ވެފައިވާ އެއްބަސްވުންތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި ބިންބިމާއި، އިމާރާތްތަކާއި، އެންމެހައި މުދަލާއި ފައިސާއާއި، އަރުޝީފު އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން އޯޑަރުކޮށްފައިވާ ނުވަތަ އެ ކޯޕަރޭޝަނަށް ލިބެންޖެހޭ އެންމެހައި މުދަލާއި ފައިސާ، އަދި މިނޫންވެސް މިފަދަ ހުރިހާ މިލްކުވެރިކަމާއި ޙއްޤުތަކާއަ ޒިންމާތައް މި ޤާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއަށް ބަދަލުވީއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން އެ ހިނދަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އެ ފައިސާއެއް ދެއްކުމުގެ ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމުވެސް މި ޤާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާއަށް ބަދަލުވީއެވެ . ޤާނޫނު ނަންބަރު:2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ 7 ވަނަ މާއްދާ.

(ނ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގައި ޚިދުމަތްކުރަމުންދިޔަ މުވައްޒަފުންނަކީ ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެއެވެ. އަދި އެ މުވައްޒަފުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގައި ޚިދުމަތްކުރަމުން ދިޔައިރު، ޚިދުމަތުގެ މުއްދަތު ގުނަމުންދިޔަ ދިއުމަށް އެއްވެސް މެދުކެނޑުމެއް ނުގެނެސް، ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުންގެ ގޮތުގައި، އެ މުވައްޒަފުންގެ ޚިދުމަތުގެ މުއްދަތު ގުނަމުން ގެންދެވޭނެއެވެ.

34އެހެންކަމުން، MBC އިން ވެފައިވާ އެއްބަސްވުންތަކާއި، އެތަނުން، އެހިނދަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އެ ފައިސާއެއް ދެއްކުމުގެ ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމު PSM ގެ މައްޗަށް ސީދާ މިޤާނޫނުން ފުރޮޅާލާކަން މި ޤާނޫނުގެ 13 ވަނަ މާއްދާއިން ސާފުކޮށް އެނގެއެވެ. އެފަދަ އެއްބަސްވުމެއް މުރާޖަޢާ ކުރުންފަދަ ކަމެއް ކުރާކަށް މި ޤާނޫނު ބަޔާނެއް ނުކުރެއެވެ. އެހެންކަމުން، MBC ޤާނޫނީ ގޮތުން އުވުމާއެކު، PSM އަކީ MBC ގެ މިދެންނެވި ކަންކަން ވާރުތަކުރ ފަރާތި ނުވަތް ސަކްސެސަރ އެއް ކަމުގައި ވެގެން ދެއެވެ.

35މިއާ ޚިލާފަށް، ކުރިން ބަޔާން ކުރިހެން، MBC އަކީ MNBC އާ އެހެން ފަރާތްތަކާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަކާއި MNBC ގެ ހުރިހާ ދަރަންޏަކާއި MNBC އިން ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކުން ވާރުތަ ކުރި އަދި ވާރުތަ ވާނެ ފަރާތެއް ނޫންކަން އެނގެއެވެ. MNBC އާއި އެހެން ފަރާތްތަކާއި ދެމެދު އޮތް އެއްބަސްވުންތައް ޖެހެނީ ޤާނޫނު ނަންބަރު:2010/6 ގެ 46 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް މުރާޖަޢާ ކުރާށެވެ. MNBC ގެ ދަރަންޏާއި ދައްކަންޖެހޭ ފައިސާގެ ތެރެއިންވެސް MBC ގެ އިލްތިޒާމްގެ ދަށަށް ވަންނަނީ MBC އުފެދޭ "ވަގުތު" MNBC އިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްއާ ގުޅިފައިވާ ދަރަންޏާއި ފައިސާ އެކަންޏެވެ. ވީމާ، MNBC ގެ ދަރަނިތަކާއި ދައްކަންޖެހޭ ފައިސާ ތަކާއި އެހެން ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުން އުފެދޭ ޒިންމާތަކަށް PSM ޒިންމާވާންޖެހޭ ކަމަށް ބުނެ ގޮތެއް ނިންމާއިރު، ޤާނޫނު ބަޔާންކުރާ މިކަންކަމަށް ބަލަންޖެހޭ ކަމަށް ދެކެމެވެ. MNBC ގެ ދަރަންޏާއި PSM:

36MNBC ގެ ދަރަނިތަކާއ ދައްކަންޖެހި ފައިސާތަކާއި އެހެން ފަރާތަކާއިއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، MBC އަށް ބަދަލުކޮށް ނަގުލު ކުރެވޭނީ ނުވަތަ ބަދަލުވެ ނަގުލުވާނ ޤާނޫނީ ނަންބަރު 2010/6 ގައި ބަޔާންކުރާ އިޖުރާއަތުން ބަދަލުކުރި ނުވަތަ އެޤާނޫނުން ބަދަލު ވާނެ ކަމަށް ބަޔާންކުރި އެއްޗެއް އެބަޔާން ކުރި މިންވަރަށެވެ. މިގޮތުން، ޤާނޫނު ނަންބަރު:2010/6 ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން MBC އަށް ބަދަލުވި ނުވަތަ އެޤާނޫނުން ޒިންމާ ކުރުވި އެއްޗެއް މެނުވީ PSM ގެ ޒިންމާގެ ދަށަކަށް ބަދަލެއް ނުވާނެއެވެ. އެއްވެސް ޙާލެއްގައި، MBC އަކީ، MNBC ގެ އެންމެހައި ދަރަނި ތަކާއި ދައްކަންޖެހޭ ފައިސާ ތަކާއި އެހެން ފަރާތްތަކާއި އެކު ވެފައިވާ އެއްބަސްވުންތައް ނަގުލުވާ ފަރާތްކަމަށް ބެލެވޭނެ އަދ ބަލަންޖެހޭ ޤާނޫނީ އެއްވެސް ހަމައެއްނެތެވެ. މިހާރުވެސް MNBC އަކީ، ދިރިއޮތް ކުންފުންޏެކެވެ. މިނިސްޓްރީ އޮފް އެކޮނޮމިކ ޑިވެލޮޕްމަންޓް އިން މަޢުލޫމާތު ދީފައި އޮތް ގޮތުން، MNBC އަކީ މިހާރުވެސް ހިނގަހިނގާ އޮތް ކުންފުންޏެކެވެ. ނުވަތަ އެއީ ލިކުއިޑޭޝަންގެ މަރުޙަލާގައި އޮތް ކުންފުންޏެކެވެ.

37MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުން MBC އަށް ޤާނޫނުގައި ބަޔާންކުރާ ގޮތަށް ބަދަލު ކޮށްފައެއް ނެތެވެ. އަދި MBC އުފެދުނު ވަގުތު MNBC އިން BIG އަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް އޮތްކަން ބަލައި ސާބިތުވެސް ކޮށްފައެއް ނެތެވެ. ވީމާ، MNBC ގެ މިދެންނެވި އެއްބސްވުމާއަ އެއްބަސްވުމާއި ގުޅިފައިވާ މާލީ ޒިންމާތައް PSM އާ ހަމައަށް ފޯރުކޮށްދޭ ވަޞީލަތްކަމަށްވާ MBC އާ ދެމެދު ޤާއިމުވާންޖެހޭ ގުޅުން ޤާއިމް ކުރެވިފައެއް ނެތެވެ. އެގުޅުން އޮތީ ޤާނޫނު ނަންބަރު:2010/6 ގައި ބަޔާން ކުރާ ގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން، MBC އާ ހަމއަށަ ވާޞިލުނުވެ، މެދު ކެނޑިފައެވެ. އެއީ MNBC ގެ އިހުމާލެއްތޯ ނުވަތަ MBC ގެ އިހުމާލެއްތޯ ނޫނީ MNBC އާ އެކު އެއްބަސްވުން އެކުލަވާލި BIG ގެ ފަރުވާކުޑަކަންތޯ އެއީ މިޤަޟިއްޔާގައި ބަލަންޖެހޭ ކަމެއް ނޫނެވެ.

38ވީމާ، MNBC އާ އެހެން ފަރާތްތަކާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އުފުލާންޖެހޭ ޒިންމާތައް އުފުލުވުމަށ ދަޢުވާކޮށް ދަޢުވް ރައްދުކޮށް މާލީ ޒިންމާތައް އުފުލުވަން ޖެހޭނީ، މިހާރުވެސް ހިނގަހިނގާ އޮތް ކަމަށް ބަޔާންކުރާ ނޫނީ ލިކުއިޑޭޝަން މަރުޙަލާގައި އޮތްކަމަށް ޤަބޫލުކުރެވޭ ނަމަވެސް އަދިވެސް ދިރިއޮތް MNBC ލައްވައެވެ. ކުންފުންޏާބެހޭ ޤާނނުގޫ 97 ވަނަ މާއްދާގައި، އެ ޤާނޫނުގެ 95 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެއްގެ ދަރަންޏަށް ސަރުކާރުން ޒިންމާވާންޖެހޭ ގޮތްވެސް ބަޔާން ކޮށްފައިވެއެވެ.

39MNBC އަކީ ޤާނޫނު ނަންބަރު:96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 98 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ވަކި ޤާނޫނީ ޝަޚްޞެއްކަމަށްވާތީ، އެކުންފުނީގެ ދަރަންޏަށް ފުރަތަމަ ޒިންމާވާންޖެހޭނީ އެކުންފުނިންނެވެ. އެކުންފުނި ލިކުއިޑޭޓ ކުރް މަރުޙަލާގައިވެސް ސަރުކާރުން އެކުންފުނީގެ ދަރަންޏަށް ޒިންމާވާންޖެހޭނީ ކުންފުންޏާބެހޭ ޤާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކުރާ ހަމައިންނެވެ.

40ވީމާ، މިދެންނެވި ޤާނޫނީ އެއްވެސް ހަމައަކަށް ބެލުމެއްނެތި، MNBC ގެ މައްޗަށް BIG އނި އުފުލާފައިވާ ދަޢުވާއަކާއި ގުޅިގެން، MNBC ގެ މައްޗަށް ކޮށްފައިވާ ޙުކުމެއް ތަންފީޛު ކުރުމަށް ކަމަށްބުނެ، MBC ނުވަތަ އޭގެ ފަހުން އައި PSM އިން ފައިސާ ދެއްކުމަކީ ޤާނޫނީ ހަމައަކުން ކުރެވޭނެ ކަމެއް ނޫނެވެ. BIG ގެ ފަރާތުން MNBC އަށް ފޮނުވި ސިޓީ:

41BIG އާއި MNBC އާ ދެމެދު އޮތް މާކެޓިންގ އެގްރީމެންޓްގެ ދަށުން، BIG އަށް ލިބެންޖެހޭ ފައިސާ ދައްކާފައި ނުވާކަމަށް ބުނެ، 14 އޮކްޓބަރޯ 2012 ގައި BIG އިން ސިޓީ ފޮނުވާފައިވަނީ MNBC އަށެވެ. MBC އަކަށް ނޫނެވެ. އެސިޓީ ފޮނުވިއިރުވެސް MBC އޮތީ ޤާނޫނު ނަންބަރު:2010/6 ގެ ދަށުން ވުޖޫދު ވެފައެވެ. މިއިންވެސް އަންގައިދޭ ކަމަކީ، MBC ވުޖޫދުވުމަކީ، MNBC ގެ ދަރަނިތަކާއި ނުވަތަ އެކުންފުނިން ދައްކަންޖެހޭ ފައިސާތަކާ MBC އާ ގުޅުމެއް އޮތްކަމެއް ނޫންކަން BIG އިންވެސް ޤަބޫލު ކުރާކަމެވެ. އެހެން ނޫންނަމަ، BIG އިން ފޮނުވި މިސިޓީ ސީދާ MBC އަށް ފޮނުވުނީ ހެވެ. ނުވަތަ MNBC އާއި MBC އާ ދެތަނަށްވެސް ފޮނުވުނީހެވެ.

42BIG އިން MNBC އަށް ފޮނުވި މިސިޓީގައި އޮތް ގޮތުން، MNBC އިން BIG އަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަކީ 6،771،327.00ރ (ހަމިލިޔަން ހަތްސަތޭކަހަތްދިހައެއްހާސް ތިންސަތޭކަ ހަތާވީސް ރުފިޔާ) އެވެ. އެފައިސާއަކީ MBC އުފެދުނު ވަގުތު ޓެލެވިޜަން މޯލްޑިވްސް ނުވަތަ ދިވެހިރާއްޖޭގެ އަޑު ނުވަތަ އެދެތަނާއި ގުޅިގެން، MNBC އިން BIG އަށް ދައްކަން ޖެހިފައި އޮތް ފައިސާއެއް ކަމެއް މިސިޓީއަކުންވެސ އެނގޭކަށް ނެތެވެ.

43ކުރިން ބަޔާން ކުރިހެން، MBC އުފެދުނު އިރު، MNBC އާއި BIG އާ ދެމެދު ވެފައިވާ އެއްބަސްވުމަށް ހިނގާފައިވާ މުއްދަތަކީ 05 (ފަހެއް) މަހާއި ހައެއްކަ ދުވަހެވެ. ބަހުޘްގެ ބޭނުމަށް، MBC އުފެދުނު އިރު، MNBC އިން BIG އަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ ފައިސާއެއް އޮތް ކަމަށް ބެލިނަމަވެސް އޮންނާންޖެހޭނީ މިދެންނެވި 05 (ފަހެއް) މަހާއި ހައެއްކަ ދުވަހަށް މަހުން މަހަށް ދައްކަންޖެހޭކަމަށް އޮތް ފީ އާއި އެމުއްދަތަށް ހިސާބުކޮށް ދައްކަންޖެހޭ ކޮމިޝަންގެ %15 އަށްވާ ފައިސާއެކެވެ. BIG އިން ފޮނުވި ސިޓީއަށް MNBC ދިން ޖަވާބު:

44BIG އިން MNBC އަށް ފޮނުވި ސިޓީގައި ބަޔާން ކުރާ ފައިސާގެ ޢަދަދަކީ ރނަ ގަޅު ޢަދަދެއް ނޫންކަމަށް MNBC އިން ބަޔާން ކޮށްފައިވެއެވެ. އޭގެ އިތުރުން، އެސިޓީން އެނގޭ ކަންތައްތަކަކީ ؛

1.44. އެގްރީމެންޓްގެ މުއްދަތަކީ 7 މާރިޗް 2010 އިން 14 ފެބުރުއަރީ 2012 އަށް ކަން.

2.44. އެމުއްދަތުގެ ތެރޭގައި، MNBC ގެ ސޭލްސއިން ލިބުން އާމްދަނީއަކީ 86,511,283.23ރ (އައްޑިހަހަ މިލިޔަން ފައްސަތޭކަ އެގާރަހާސް ދުއިސައްތަ އައްޑިހަ ތިން ރުފިޔާ ތޭވީސްލާރި) ކަން.

3.44. އެމުއްދަތުގެ ތެރޭގައި އެއްބަސްވެވިފައިވާ ގޮތަށް BIG ގެ ފަރާތުން ހޯދުނު ސޭލްގެ އާމްދަނީއަކީ 75,476,112.65ރ (ހަތްދިހަފަސް މިލިޔަން ހަތަރުސަތޭކަހަތްދިހަހަހާސް އެއްސަތޭކަބާރަ ރުފިޔާ ފަސްދޮޅަސް ފަސްލާރި)ކަން.

4.44. 15 ޕަސެންޓް ސޭލްސް ކޮމިޝަނަކަށް ވާ ރުފިޔާގެ ޢަދަދަކީ 11,321,416.90ރ (އެގާރަމިލިޔަން ތިންސަތޭކައެކާވީސްހާސް ހަތަރުސަތޭކަސޯޅަ ރުފިޔާ ނުވަދިހަލާރި)ކަން.

5.44. 21 އޮކްޓބަރޯ 2012 އާ ހަމައަށް ސޭލްސް ކޮމިޝަންގެ ގޮތުގައި BIG އަށް ދައްކާފައިވާ ފައިސާގެ ޢަދަދަކީ 5,996,063.24ރ (ފަސްމިލިޔަން ނުވަސަތޭކަނުވަދިހަހާސް ފަސްދޮޅަސްތިން ރުފިޔާ ސައްވީސްލާރި) ކަން.

6.44. MNBC ގެ ފަރާތުން BIG އަށް ދައްކަންޖެހި ނުދެއްކި އޮތް ފައިސާގެ ޢަދަދަކީ 5,325,353.66ރ (ފަސްމިލިޔަން ތިންސަތޭކަފަންސަވީސްހާސް ތިންސަތޭކަފަންސާސް ތިން ރުފިޔާ ފަސްދޮޅަސްހަލާރި) ކަން. މިކަންކަން ފާހަގަ ކޮށްފައިވާކަން އެނގެއެވެ.

45MNBC ގެ މިސިޓީން އެނގޭ ގޮތުގައި، MBC އުފެދުނު އިރު، MNBC އިން BIG އަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ ފައިސާއެއް ނެތެވެ. އެހެނީ، މިސިޓީގައި ސާފުކޮށް ބަޔާން ކުރަނީ، 21 އޮކްޓބަރޯ 2012 އާ ހަމައަށް ސޭލްސް ކޮމިޝަންގެ ގޮތުގައި BIG އަށް 5,996,063.24ރ (ފަސްމިލިޔަން ނުވަސަތޭކަ ނުވަދިހހަ ހާސަ ފަސްދޮޅަސްތިންރުފިޔާ ސައްވީސްލާރި) ދައްކާފައިވާނެ ކަމަށެވެ. ކުރިން ބަޔާން ކުރިހެން MBC އުފެދުނީ، 20 އޭޕްރީލް 2010 ގައި ކަމަށްވާތީ، MBC އުފެދުނު ވަގުތު MNBC އިން BIG އަށް ދައްކަންޖެހި ނުދައްކާ ފައިސާއެއް ވާކަމަށް ބުރަވާންޖެހޭ ސަބަބެއް ނެތެވެ. މިކަން BIG އިން ފޮނުވާފައި ވާ ތިރީގައި މިބަޔާން ކުރާ ސިޓީން ސާފުވެއެއެވެ. MNBC އިން ފޮނުވި ޖަވާބާއި ގުޅިގެން BIG އިން ފޮނުވި ސީޓީ:

46MNBC އިން ފޮނުވި މަތީގައި ބަޔާން ކުރި ސިޓީގައިވާ ކަންކަމަށް BIG ގެ ފަރާތުން އިޢުތިރާފުވެ 22 އޮކްޓބަރޯ 2012 ގައި ސިޓީއެއް ފޮނުވާފައި އޮތްކަން އެނގެއެވެ. އެސިޓީން ފާހަގަ ކުރެވޭ ކަންކަމަކީ؛

1.46. ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާއި ފުލޯޓިން އެޑްވަޓައިޒްމެންޓާއ އަދި ސުޕޮންސަރޑް ޕްރޮގްރާމްތަކުގެ ސޭލްސް ކޮމިޝަންގެ ގޮތުގައި 7 މާރިޗް 2010 އިން ފެށިގެން 14 ފެބުރުއަރީ 2012 ގެ ނިޔަލަށް ވާ ޖުމްލަ ޢަދަދަކީ 11,321,416.90ރ (އެގާރަމިލިޔަން ތިންސަތޭކަ އެކާވީސްހާސް ހަތަރުސަތޭކަސޯޅަރުފިޔާނުވަދިހަލާރި) ކަމަށް BIG އިން އިޢުތިރާފް ވާކަން.

2.46. މިދެންނެވި ފައިސާގެ ތެރެއިން، ,063.2465,99ރ (ފަސްމިލިޔަން ނުވަސަތޭކަ ނުވަދިހހަ ހާސަ ފަސްދޮޅަސް ތިންރުފިޔާ ސައްވީސލާރި) BIG އަށް ލިބިފައިވާކަމަށް BIG އިން އިޢުތިރާފު ވާކަން.

3.46. އެތާރީޚާއި ހަމައަށް ޖީ.އެސް.ޓީ %6 ހިމަނައިގެން MNBC އިން BIG އަށް ދައްކަންޖެހި ނުދެއްކި އޮތް ފައިސާގެ ޢަދަދަކީ 5,644,874.88ރ (ފަސްމިލިޔަން ހަސަތޭކަސާޅީސްހަތަރުހާސް އައްސަތޭކަ ހަތްދިހަހަތަރު ރުފިޔާ އައްޑިހަ އައްލާރި) ކަމަށް BIG އިން ޤަބޫލު ކުރާކަން.

4.46. މަތީގައި ބަޔާންކުރި ފައިސާ ދެއްކުމަށް 22 އޮކްޓބަރޯ 2012 އިން ފެށިގެން 30 ދުވަހުގެ މުއްދަތެއް BIG އިން ދީފައިވާކަން. އަދި އެފައިސާ އެމުއްދަތުގައި ނުދައްކައިފިނަމަ، 23 ނޮވެމްބަރ 2012 އިން ފެށިގެން އެފައިސާ ދައްކާ ޚަލާޞް ކުރަންދެން ދައްކަންޖެހިފައިވާ ފައިސާގެ ޢަދަދުން ދުވލަކާ ށ 1% ޖޫރިމަނާ ވަމުން ދާނެކަން.

47މަތީގައިވާ ސިޓގައީ MNBC އާއި BIG އާ ދެމެދު އޮތް އެއްބަސްވުން އުފެދުނު ތާރީޚު ކަމަށްވާ 07 މާރިޗް 2010 އިން ފެށިގެން 14 ފެބުރުއަރީ 2012 ގެ ނިޔަލަށް ޖުމްލަ ދައްކަންޖެހިފައިވާ ފައިސާގެ ޢަދަދަކީ 11,321,416.90ރ (އެގާރަމިލިޔަން ތިންސަތޭކަ އެކާވީސްހާސް ހަތަރުސަތޭކަ ސޯޅަރުފިޔާ ނުވަދިހަ ލާރި) ކަން އެނގޭއިރު، މިފައިސާގެ ތެރެއިން ބަހުޘްގެ ބޭނުމަށް، MBC އިން ޒިންމާވާންޖެހޭނީ، ކިހާ ފައިސާއަކަށްތޯ ބަލާއިރުވެސް އެފައިސާގެ މިންވަރަކަށް ވާނީ، 07 މާރިޗް 2010 އިން 20 އޭޕްރީލް 2010 އާ ހަމައަށް ދައްކަންޖެހިފައި އޮތް ފައިސާ އަކަށެވެ. 20 އޭޕްރީލް 2010 ގެ ފަހުން، މި އެއްބަސްވުމުގެ ދަށުން އުފަންވާ އެއްވެސް ފައިސާއެއް MBC އަށް ނަގުލު ވަމުންދާނީ ކުރިން ބަޔާން ކުރި ގޮތަށް ޤާނޫނު ނަންބަރު:2010/6 ގައި ބަޔާން ކުރާ އިޖުރާއަތުގެ ތެރެއިން މިދެންނެވި އެއްބަސްވުން މުރާޖަޢާކޮށް MBC އަށް އެއެއްބަސްވުން ނަގުލުކޮށްފައި އޮތްނަމައެވެ. އެކަން ކޮށްފައެއް ނެތެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު:15-2014-SPE (13 އޭޕްރީލް 2014) ޚާއްޞަ އޮޑިޓް ރިޕޯޓް:

48މި އޮޑިޓް ރިޕޯޓަކީ MNBC ގެ ޚާއްޞަ އޮޑިޓެއް ކުރުމަށްފަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެ ޢާންމުކޮށްފައިވ އޮޑިޓާ ރިޕޯޓެކެވެ. ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި ހިމެނޭ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު:10M/PSM/2019/-13 (17 އޭޕްރީލް 2019) ސިޓީގައި ޙަވާލާދީފައިވަނީ މި އޮޑިޓް ރިޕޯޓަށެވެ. މިރިޕޯޓްގައި BIG އިން އިތުރަށް ހޯދުމަށް ހުށަހަޅާފައިވާ ސޭލްސް ކޮމިޝަނާބެހޭ ތަފްޞީލް ބަޔާން ކޮށްފައިއެވެ. މިގޮތުން ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ބައިތައް ތިރީގައި ހިމަނާފައި އެވަނީއެވެ؛

1.48. ސޭލްސް ކަމިޝަންގެ ގޮތުގައި އިތުރަށް ދެވިދާނެކަމަށް އަންގާފައިވާ 5.5 މިލިއނަ ރުފިޔާގެ ތެރެއިން 2.6 މިލިއަން ރުފިޔާއަކީ BIG އަށް ދޭންޖެހޭ ފައިސާއެއް ކަމުގައި ބެލެވެން ނެތްކަމަށް ބަޔާން ކޮށްފައި ވެއެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި MNBC ގެ ހިންގުން ހުއްޓުމަކަށް ގެނެވުނު ފަހުން BIG އިން ސޭލްސް ކަމިޝަންގ ގޮތުގައެ އިތުރު -/6،771،327(ހަމިލިއަން ހަތްސޭކަ ހަތްދިހައެއްހާސް ތިންސަތޭކަ ހަތާވީސް) ރުފިޔާ ހޯދނަ 14 އޮކްޓބަރޯ 2012 ގައި ހުށަހަޅާފައި ވާކަމަށް ބަޔާން ކުރެއެވެ. މި ހުށަހެޅުމާއި ގުޅިގެން 21 އޮކްޓބަރޯ 2012 ގައި MNBC ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ސޮއިކުރައްވައި BIG އަށް ފޮނުއްވި ސިޓީއެއްގައި ސޭލްސް ކަމިޝަންގެ ގޮތުގައި 5.5 މިލިއަން ރުފިޔާ BIG އަށް ދެވިދާނެކަމަށް MNBC އިން އެންގުމާއި ގުޅިގެން އެ އަދަދުވެސް އެންމެ ރނަ ގަޅު ކަމަށް 22 އޮކްޓބަރޯ 2012 ގައި BIG އިން MNBC އަށް އަންގާފައިވާ ކަމަށް ބަޔާން ކުރެއެވެ. ނަމަވެސް މިފައިސާ BIG އަށް ދިނުމުގެ ކުރިން 1 ނޮވެމްބަރު 2012 ގައި އެންޓި- ކޮރަޕްޝަން ކޮމިޝަނުން MNBC އަށް އަންގާފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން މި ފައިސާދިނުން މަޑުޖައްސާލަންކަމަށް ބަޔާންކުރެއެވެ.

2.48. ސޭލްސް ކޮމިޝަންގެ ގޮތުގައި BIG އިން ހޯދުމަށް ހުށަހެޅި އަދަދުގެ ތެރެއިން MNBC އިން BIG އަށް ދެވިދާނެ ކަމަށް އަންގާފައިވާ 5.5 މިލިއަން ރުފިޔާގެ ތެރޭގައި، އިޢުލާނުގެ އާމްދަނީން ސޭލްސް ކަމިޝަންގެ ގޮތުގައި -/1،526،166(އެއްމިލިއަން ފަސްސަތޭކަ ސައްބީސްހާސް އެއްސަތޭކަ ފަސްދޮޅަސް ހަޔެއް) ރުފިޔާ ދެވިދާނެކަމަށް އަންގާފައިވާ ކަމަށް ބަޔާން ކުރެއެވެ. ނަމަވެސް MNBC އިން ހިންގި ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުން އާންމުކޮށް ކުރާ އިޢުލާންތަކުނ ލިބް އާމްދަނީ އަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ސީދާ MNBC އަށް ގުޅައިގެން އާންމުކުރުމަށ އެދް ހުށަހަޅި އިޢުލާންތަކުގެ އާމްދަނީ ކަމާއި މިކަމުގައި BIG ގެ އެއްވެސް ހިއްސާއެއް އާ ނ ނާން ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން އިޢުލާނުގެ ސޭލްސް ކަމިޝަންގެ ގޮތުގައި BIG އަށް އެއްވެސް ފައިސާއެއް ދޭންޖެހޭނެކަމަށް ނުދެކޭ ކަމަށެވެ.

3.48. އިޢުލާނުގެ އާމްދަނީގެ އިތުރުން، ކުރިން ސޭލްސް ކ މިޝަނ ދެމުން އައިސްފައިނުވާ އާމްދަނީގެ ބައިތަކެއް ކަމުގައިވް އެސް.އެމް.އެސް އާއް މައިޓޯންސ އާއް އެއަރޓައިމ- ލައިވ އިން ސޭލްސް ކަމިޝަންގެ ގޮތުގައި BIG އިން ހުށަހެޅި ހުށަހެޅުމަށް -/1،117،000 (އެއްމިލިއަން އެއްސަތޭކަ ސަތާރަހާސް) ރުފިޔާ ދެވިދާނެކަމަށް MNBC އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެސް.އެމް.އެސް އަދި މައިޓނޯސް ފަދަ އެކްޓިވިޓީތަކަށ ލިބް އާމްދަނީއަކީ MNBC ގެ ޕްރޮޑިއު ސަރުންގެ މަސައްކަތުން ލިބޭ އާމްދަނީއެއް ކަމާއި އެއަރޓައިމ- ލައިވ އިން ލިބް އާމްދަނީއަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ސީދާ MNBC އަށް ގުޅައިގެން ހޯދާ ޚިދުމަތްތަކަށް ލިބޭ އާމްދަނީކަމުން، މިކަމުގައި BIG ގެ އެ އްވެސ ހިއްސާއެއް އޮތްކަމަށް ނުބެލެވޭ ކަމަށެވެ.

4.48. އެހެންކަމުން އިޢުލާން، އެސް.އެމް.އެސް މައިޓޯންސް އަދި އެއަރޓައިމ- ލައިވްގެ ބައިތަކުން ލިބިފައިވާ އާމްދަނީން ސޭލްސް ކޮމިޝަނުގެ ގޮތުގައި BIG އަށް އިތުރަށް ދެވިދާނެކަމަށް އަންގާފައިވާ -2,643,166/ (ދެމިލިއަން ހަސަތޭކަ ސާޅީސްތިންހާސް އެއްސަތޭކަ ފަސްދޮޅަސް ހަޔެއް) ރުފިޔާއަކީ MNBC އާއި BIG އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެވޭނެ ފައިސާއެއް ކަމުގައި ނުދެކޭ ކަމަށެވެ.

5.48. ސޭލްސް ކަމިޝަންގ ގޮތުގައެ އިތުރަށް ދެވިދާނެ ކަމަށް އަންގާފައިވާ 5.5 މިލިއަން ރުފިޔާގެ ތެރެއިން ބާކީ 2.8 މިލިއަން ރުފިޔާ BIG އަށް ދޭންޖެހޭ އަދަދު ސާފުކޮށް އެނގެން ނެތްކަމަށް ފާހަގަ ކޮށްފައި ވެއެވެ. BIG އިން އިތުރަށް ހޯދުމަށް ހުށަހަޅާފައިވާ ސޭލްސް ކޮމިޝަންގެ ގޮތުގައި BIG އަށް ދެވިދާނެ ކަމަށް MNBC އިން އަންގާފައިވާ 5.5 މިލިއަން ރުފިޔާގެ ތެރޭގައި، އިޝްތިހާރާއި ސްޕޮންސާރޝިޕްގެ އާމްދަނީން ސޭލްސް ކަމިޝަނުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ -/2،892،794 (ދެމިލިއަން އައްސަތޭކަ ނުވަދިހަދެހާސް ހަތްސޭކަ ނުވަދިހަ ހަތަރެއް) ރުފިޔާ ހިމެނޭ ކަމަށް ބަޔާން ކުރެއެވެ.

6.48. MNBC އާއި BIG އާ ދެމެދު 7 މާރިޗް 2010 ގައި ސޮއިކުރެވުނު މާރކެޓިންގ އެގްރީމަންޓްގެ ދަށުން މިހާތަނަށް BIG އަށް ސޭލްސް ކަމިޝަނުގ ގޮތުގައެ ދީފައިވާ 5.7 މިލިއަން ރުފިޔާ އަކީ 2010 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން MNBC ހިންގުން ހުއްޓާލުމާހަމައަށް (2012 ވަނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް) ހިނގާފައިވާ މުއްދަތަށް BIG އިން އިންވޮއިސް ހުށަހަޅައިގެން MNBC އިން ފައިސާ އަދާކޮށް ނިމިފައިވާ އަދަދުތަކެއްކަނ ލިޔެކިޔުންތަކުން ފާހަގަ ކުރެވޭކަމަށް ބަޔާން ކުރެއެވެ.

7.48. MNBC އާއި BIG އާ ދެމެދު އެއްބަސްވުން އެކުލަވާލެވުނު ފަހުން ސޭލްސް ކަމިޝަންގެ ގޮތުގައި BIG އަށް ފައިސާ ދީފައި ނުވަނީ ހަމައެކަނި 2010 ވަނަ އަހަރުގެ މާރިޗު، އޭޕްރީލް، މެއި އަދި ޖޫން މަހަށްކަން އެނގޭކަމަށް ބަޔާން ކުރެއެވެ. މި މުއްދަތުގައި ސޭލްސް ކަމިޝަން ދީފައި ނުވަނީ އެ މުއްދަތުގެ ތެރޭގައި MNBC އަށް ލިބެމުން ގޮސްފައިވާ އާމްދަނީ އަކީ މައިގަނޑު ގޮތެއްގައި BIG އާ އެކު ހަދާފައިވާ އެއްބަސްވުން އެކުލަވާލުމުގެ ކުރީގައި BIG ގެ ހިއްސާއެއް ނެތި ކްލައިޓުންނާއ އެކި ހަދާފައިވާ އެއްބަސްވުންތަކުން ލިބޭ އާމްދަނީއަށް ވާތީ ކަމަށް MNBC ގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރ މަޢުލޫމާތު ދީފައިވާ ކަމަށް ބަޔާން ކުރެއެވެ.

8.48. އެހެންކަމުން 2010 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން MNBC ހިންގުން ހުއްޓާލުމާ ހަމައަށް ހިނގާފައިވާ މުއްދަތަށް އިޝްތިހާރާއި ސްޕޮންސަރޝިޕްގެ އާމްދަނީން ސޭލްސް ކަމިޝަން BIG އަށް ދީފައިވާތީ، BIG އިން މިބައިތަކުނ އިތުރަށް ހޯދުމަށް ހުށަހަޅާފައިވާ 2.8 މިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް BIG އަށް ދޭންޖެހޭނެ ކަމަށް ނުދެކޭ ކަމަށް ބަޔާން ކުރެއެވެ.

49މަތީގައިވާ ކަންކަނާ އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވުމަށްފަހު، އަންގާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި؛

1.49. BIG އިން އިތުރަށް ހޯދުމަށް ހުށަހެޅި ފައިސާގެ ތެރެއިން MNBC އިން ދެވިދާނެކަމަށް އަންގާފައިވާ 5.5 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ އާމްދަނީގެ ބައިތަކުގެ ތެރެއިން އިޢުލާން، އެސް.އެމް.އެސް، މައިޓޯންސް އަދި އެއަރޓައިމ- ލައިވ އަށް ލިބިފައިވާ އާމްދަނީ އަކީ BIG ގެ ހިއްސާއެއް އޮވެގެން ލިބިފައިވާ އާމްދަނީއެއް ކަމުގައި ނުވާތީ، މި ބައިތަކަށް ސޭލްސް ކަމިޝަންގ ގޮތުގައެ ދެވިދާނެ ކަމަށް އަންގާފައިވާ 2.6 މިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ނުދެއްވުމަށް ދަންނަވާ ފައިވެއެވެ.

2.49. ސޭލްސް ކަމިޝަނުގެ ގޮތުގައި 2010 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން MNBC ހިންގުން ހުއްޓާލުމާ ހަމައަށް ހިނގާފައިވާ މުއްދަތަށް އިޝްތިހާރާއި ސްޕޮންސަރޝިޕްގެ އާމްދަނީން ސޭލްސް ކަމިޝަން BIG އަށް ދީފައިވާތީ، BIG އިން އާމްދަނީގެ މިބައިތަކުނ އިތުރަށް ހޯދުމަށް ހުށަހަޅާފައިވާ 2.8 މިލިއަން ރުފިޔާގެ ތެރެއިނު އެއްވެސް ފައިސާއެއް BIG އަށް ދޫނުކުރުމަށް ދަންނަވާ ފައިވެއެވެ.

50މަތީގައި ބަޔާންކުރި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގެ ބޭނުމަކީ، ޤާނޫނު ނަންބަރު:2007/4 (އޮޑިޓް ޤާނޫނު) ގެ ދަށުން ކުރެވުނު MNBC ގެ ޚާއްޞަ އޮޑިޓުން ފާހަގަ ކުރެވުނު ކަންތައްތައް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުމާއި އެކަންތައްތަކ މެދާ އިޞްލާޙު ފިޔަވަޅު އެޅުމަށްޓަކައި، MNBC ގެ ޑިރެކްޓަރުންގެ ބޯޑަށާއި ޤާނޫނު ނަންބަރު:2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، އެކަންކަން ހުށަހެޅުމާއިއެކު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 213 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުންކަން އެނގެއެވެ. މިގޮތުން މިރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އަށާއި މިނިސްޓރް އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި MNBC އަށާއި ޕްރައިވަޓައޒޭޝަނ އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށާއި ރައްޔިތުންގި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅޭނެ ކަމާއި އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރެވޭނެ ކަމަށް ބަޔާންކުރެއެވެ. BIG އިން ދަޢުވާ ކުރުން:

5122 އޮކްޓބަރޯ 2012 ގައި MNBC އަށް ފައިސާ ދެއްކުމަށް އަންގާ ފޮނުވި ސިޓީ އާއި ގުޅިގެން، MNBC އިން އެއްވެސް ފައިސާއެއް ދެއްކިކަން އެނގޭކަށް ނެތެވެ. އެއާއެކު، 16 އޮގަސްޓް 2015 ގައި BIG އިން އެފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުގެ ނަންބަރު: 1249/Cv-C/2015 ޤަޟިއްޔާ:

52މި ޤަޟިއްޔާއަކީ BIG އިން ހަމައެކަނި MNBC އަށް ރައްދުކޮށް ހުށަހެޅި ދަޢުވާ އެކެވެ. 16 އޮގަސްޓް 2015 ގައި، މިދަޢުވާ ސިވިލް ކޯޓަށް ހުށަހެޅިއިރުވަނީ، MBC ވުޖޫދުވެ، އަދި ޤާނޫނުން އެތަން ވުޖޫދުން ފހެވޮ، ޤާނޫނު ނަންބަރު: 2015/9 (ޕަބްލިކްސަރވިސް މީޑިއާގެ ޤާނޫނު) އަށް ޢަމަލު ކުރަން ފެށި، PSM ވުޖޫދު ވެފައެވެ. ނަމަވެސް، BIG އިން މި ހުށަހެޅި ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި، MBC އުވި ޤާނޫނީ ގޮތުން MBC ގެ އެންމެހައި ކަންކަން ވާރުތަކުރި PSM ހިމަނާފައެއް ނެތެވެ. އަދި މިދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި MNBC ގެ ލިކުއިޑޭޓަރަކު ހުރިނަމަ، އެފަރާތެއްވެސް ހިމަނާފައެއް ނެތެވެ. MNBC ގެ ލިކުއިޑޭޓަރަކު ހުރިނަމަ ކަމަށް މިބަޔާންކުރަނީ، MNBC އުވާލުމަށް އެކުންފުނީގެ ބޯޑުން ނިންމައި ލިކުއިޑޭޓަރަކު ޢައްޔަން ކުރުމަށް ޢާންމުކޮށް ޢިއުލާނ ކޮށްފައިވާކަން އެނގެން އޮންނާތީ އެވެ. އެކަން މި ރިޕޯޓުގައި އަދި ބަޔާންކުރާނަމެވެ.

53ޤާނނޫ ނަންބަރު:2015/9 އަށް ޢަމަލު ކުރަންފެށި ތާރީޚްކަމުގައިވާ، 28 އޭޕްރީލް 2015 އިން ފެށިގެން، އަމިއްލަ ނަމުގައި މުދާ ހޯދުމާއި، މުދާ ލިބިގަނެ، އެ މުދަލުން މުޢާމަލާތްކުރުމުގެ ޤާނޫނީ ހައިޞިއްޔަތު ލިބިދޭ ވަކި ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި PSM އުފައްދާ، ހަމަ އެތާރީޚުގައި MBC އުވާލެވިފައވާކަނި ކުރިން ބަޔާންކުރެވިއްޖެއެވެ.

54މިއިން އަންގައިދޭ ކަމަކީ، BIG އަށް MNBC އިން ދައްކަންޖެހޭ ފައިސާއަށް MBC އަދި އެކުންފުނީގެ ފަހަށް އައި PSM ޒިންމާވާންޖެހޭ ކަމަށް ނުވަތަ ޒިންމާ ކުރުވަން ޖެހޭކަމަށް BIG އަށް ޤަބޫލު ކުރެވިފައި ނެތްކަމެވެ. އެކަން BIG އަށް ޤަބޫލު ކުރެވިފައި އޮތްނަމަ، މިދަޢުވާ ކުރިއިރު، އުފެދިފައި އޮތް PSM ދަޢުވާ ރައްދުވާ ޕާޓީއެއްގ ގޮތުގައެ ހިމަނަން ނުޖެހޭ އެއްވެސް ސަބަބެއް BIG ން ބަޔާންކޮށްފައެއް ނެތެވެ. ސިވިލް ކޯޓުގެ ނަންބަރު: 1249/Cv-C/2015 ޤަޟިއްޔާ ހިންގިއިރު، އެކޯޓުން PSM އަދި އެހެން ފަރާތަކަށްވެސް ކޯޓަށް ޙާޟިރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވަނީ ދަޢުވާ ރައްދު ކޮށްފައި ނެތުމުން ކަމަށް ބަލަންޖެހެއެވެ.

55މަތީގައި ބަޔާންކުރި ޤަޟިއްޔާ ހިންގުމަށްޓަކައި، ކޯޓުން މަސައްކަތް ކޮށްފައިވަނީ، ދަޢުވާ ރައްދު ކޮށްފައިވާ ހަމައެކަނި ފަރާތް ކަމަށްވާ MNBC ކޯޓަށް ޙާޟިރުކުރުމަށެވެ. ސިވިލް ކޯޓުން ޗިޓް ފޮނުވައިގެން، MNBC އެކޯޓަށް ޙާޟިރުވެފައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު:CR2/101/2015/158-B1-144 (16 ސެޕްޓެމްބަރު 2015) ސިޓީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ފޮނުވައި ތިރީގައިވާ މަޢުލޫމާތު ފޮނުވުމަށް އަންގާފައިވެއެވެ؛

1.55. މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އަކީ އޮޕަރޭޓް ކުރަމުންދާ ކުންފުންޏެއްތޯ އާއި، އެކުންފުނީގެ އޮފީސް ހިނގަމުންދާ އެޑްރެސް.

2.55. މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޙިއްޞާދާރުންނާއި ޑައިރެކްޓަރުންގެ ނަމާއި އެޑްރެހަކީ ކޮބާތޯ އާއި، އެކުންފުނި ރަޖިސްޓްރީ ކުރިފަހުން ޙިއްޞާދާރުންނާއި ޑައިރެކްޓަރުންނަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެބަދަލަކާއި، އަދި ކުންފުނީގެ ޙިއްޞާ ބހިފައިވެ ގޮތާއި ކުންފުނީގެ ރައުސްމާލް (ކެޕިޓަލް) އަކީ ކިހާވަރެއްކަން.

3.55. މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ރަޖިސްޓްރީ އެޑްރެހާއި، ރަޖިސްޓްރީ ކުރެވިފައިވާ ތާރީޚާއި، އެކުންފުނީގެ ނަމަށް ބަދަލެއް އައިސްފައިވާނަމަ، އެބަދަލެއް ގެނައި ތާރީޚާއި، ބަދަލު ގެނައިފަހުނ ކުންފުންޏަށް ކިޔާނަން.

56މަތީގައި ބަޔާންކުރި ސިޓީގެ ޖަވާބު އެމިނިސްޓްރީން ދީފައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު :2/101/2016/45-CR-B1-144 (03 ފެބުރުއަރީ 2016) ސިޓީ އަނެއްކާވެސް އެމިނިސްޓްރީއަށް ފޮނުވާފައިވެއެވެ. އޭގެފަހުން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ސޮއިކޮށް، އެމިނިސްޓްރީގެ ނަންބަރު :BR/144/2016/26-101 (04 ފެބުރުއަރީ 2016) ސިޓީން ސިވިލް ކޯޓަށް ދީފައިވާ ޖަވާބުގައި އޮތީ؛ " ޙަވާލާދީފައިވާ ސިޓީން އެދިވަޑައިގެންފައިވާ "މޯލްޑިވްސ ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން" (ރަޖިސްޓްރީ ނަންބަރު:0051/2009-C) އަކީ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:96/10) ދަށުން މި މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ކުންފުންޏެކެވެ. މި ކުންފުނީގެ ނަމަށް އެއްވެސް ބަދަލެއް އައިސްފައިނުވ ވާހަކާ ދެންނެވީމެވެ." މިފަދައިންނެވެ.

57މަތީގައިވާ ޖަވާބުގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލެޓަރހެޑްގައި ފޮނުވާފައިވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް 0051/2009)-(C ގެ ކޮމްޕެނީ ޕްރޮފައިލް ހިމެނޭ ލިޔުމެއް އޮވެއެވެ. މިލިޔުން ޖެނަރޭޓް ކޮށްފައިވަނީ، 04 ފެބުރުއަރީ 2016 ކަން އެލިޔުމުން އެނގެއެވެ. އެލިޔުމުގައި ވާގޮތުން އެ ކުންފުނީގެ ޝެއަރ ހޯލްޑަރަކީ ސަރުކާރެވެ. އަދި އޭރުގެ މެނޭޖިންގ ޑިރެކްޓަރަކީ "އިބްރާހިމް ޚަލީލު" ކިޔާ މީހެކެވެ. އަދި އެކުންފުނީގެ ޑިރެކްޓަރުންގެ ނަންތައް އެލިޔުމުގައި ބަޔާންކޮށްފައި އޮވެއެވެ.

58މ ގޮތަށި ސިވިލް ކޯޓަށް ޖަވާބު ދިނުމަށްފަހު، އެގޭ ފަހުން، ހަމަ އެސިޓީއަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލިޕްމަންޓްގެ ނަންބަރު:BR/144/2016/113-101 (13 އޭޕްރީލް 2016) ސިޓީން ދެވަނަ ފަހަރަށް ޖަވާބު ފޮނުވާފައި އޮވެއެވެ. ކީއްވެގެނ ކަމެއް ސާފެއް ނުވެއެވެ. އެޖަވާބަކީ ހަމަ ކުރިން ފޮނުވި ޖަވާބާ އެއްފަދަ ޖަވާބެކެވެ. ހަމައެކަނި އިތުރުކޮށްފައިވަނީ "މި ކުންފުންޏާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓެއް މިސިޓީއާއެކު ފޮނުވީމެވެ." މިޢިބާރާތެވެ. ނަމަވެސް މިސިޓީއާއެކުވެސް އައު އެއްޗެއް ހިމަނާފައެއް ނެތެވެ. ހިމަނާފައިވަނީ ކުރިން ހިމަނާފައިވާ ކޮމްޕެނީ ޕްރޮފައިލް އެވެ. އެއްވެސް ބަދަލެއް އައިކަމކަށް ނުދައްކައެވެ. މިއިން އަންގައި ދޭ ކަމަކީ، ސަރުކާރުގެ ކަންކަން ނިޒާމީ ގޮތެއްގައި ބެލެހެއްޓުން ދޯދިޔާކަމެވެ.

59އެހެނީ، މިރިޕޯޓުގައި ކުރިން ބަޔާންކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު: 1374/Cv-C/2010 (2405/MC/2010) ޤަޟިއްޔާގައި MBC އިން ދަޢުވާ ރައްދުކުރި އެއްފަރާތްކަމުގައިވާ MNBC ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ހައިޞިއްޔަތުން "އިބްރާހިމް ޚަލީލް" އިސްތިއުފާދީފައިވާކަން އެޤަޟިއްޔާއިން އެނގެއެވެ. އަދި އެކަމާއި ގުޅިގެން އެ ޤަޟިއްޔާގައި ދަޢުވާ ރައްދުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން MNBC ގެ މެނޭޖިންގ ޑިރެކްޓަރ "އިބްރާހިމް ޚަލީލު" ގެ ނަން އެދަޢުވާ ރައްދުވާ ފަރާތްތަކުގެ ތެރެއިން އުނިކުރުމަށް އެދި MBC ގެ ފަރާތުން ސިވިލް ކޯޓަށް 19 މާރިޗް 2011 ގައި ސިޓީ ފޮނުވާފައިވާކަން އެނގެން އޮވެއެވެ.

60ވީމާ، MNBC ގެ މެނޭޖިންގ ޑިރެކްޓަރަކީ "އިބްރާހިމް ޚަލީލު" ކަމަށް 04 ފެބުރުއަރީ 2016 ގައި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއިން ޖެނަރޭޓްކޮށް ފޮނުވި މަޢުލޫމާތާއި އޭގެ ފަހުން، 13 އޭޕްރީލް 2016 ގައި ފޮނުވި މަޢުލޫމާތަކީ، ކަން އޮތް ގޮތް އެނގިގެން، އަދ ހަމަކޮށް ފޮނުވި މަޢުލޫމާތެއް ކަމަށު ބުރަވެވޭނެ ގޮތެއް ނެތެވެ. އަދި ހަމަ އެހެންމެ، އެމަޢުލޫމާތު ސިވިލް ކޯޓަށް ފޮނުވިއިރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނަންބަރު: (IUL)454/454/2015/1 (09 އޭޕްރީލް 2015) އިޢުލާނުން، މޯލްޑިވްސް އެންޓަރޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ލިކުއިޑޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދަޢުވަތުދީ ޢާންމުކޮށް އިޢުލާން ކޮށްފައިވެއެވެ. އަދި އެ އިޢުލާނާއެކު ހިމަނާފައިވާ ޓީ.އީ.އޯ އަށް ބަލާއިރު، MNBC ލިކުއިޑޭޓް ކުރުމަށް 16 ޖުލައި 2012 ގައި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަން އެނގެން އޮވެއެވެ. ހަމަ އެހެންމެ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު:15-2014-SPE (13 އޭޕްރީލް 2014) MNBC ގެ ޚާއްޞަ އޮޑިޓް ރިޕޯޓް ގައި، MNBC އަކީ "ހިންގުން ހުއްޓުމަކަށް ގެނެވި އަދި ކުންފުނި އުވާލުމުގެ މަސައްކަތް ފެށިފައި"ވާ ކުންފުންޏެއްކަމަށް ބަޔާންކޮށްފައިވެއެވެ.

61މިއިން އެއްވެސް މަޢުލޫމާތެއް ކޮމްޕެނީ އޮފް ރަޖިސްޓަރީ ސިވިލް ކޯޓަށް ޙިއްޞާކޮށްފައި ނެތުމުން، MNBC އޮތީކޮން ޙާލަތެއްގައި ކަން ޚުދު މިނިސްޓްރީ އޮފް އެކޮނޮމިކ ޑިވެލޮޕްމަންޓް އަށް އެނގޭ ކަމަށް ބެލެވޭކަށް ނެތެވެ. އެކުންފުންޏަކީ ހިނގަހިނގާ އޮތް ކުންފުންޏެއްކަން ނުވަތަ އުވާލުމުގެ މަރުޙަލާ ހިނގަމުންދާ ކުންފުންޏެއްކަން އަދިވެސް ސާފެއް ނޫނެވެ. އެކުންފުނި އުވާލުމަށް ލިކުއިޑޭޓަރަކު ޢައްޔަންކުރިކަމެއް ނުވަތަ ނޫންކަމެއް އަންގައިދީފައެއް ނެތެވެ. މިއީ %100 ސަރުކާރުގެ ޙިއްޞާ އެކުލެވޭ ކުންފުންޏަކާއި ގުޅިގެން އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު:C4/PSM/2019/08-123 (12 މާރިޗް 2019) ސިޓީގައި ޙަވާލާދީފައިވާ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު:M/PRIV/2012/804-13 (16 އޮކްޓބަރޯ 2012) ސިޓީން، MNBC އަކީ ސަރުކާރުން އުވާލުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއްކަމަށްވާތީ، އުވާލުމުގެ މަސައްކަތް ކުރިއަށްދާތީ، އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމާއި، މިހާ ރ ހުރު އެގްރީމެންޓްތަކަށް އެއްވެސް ބަދަލެއް ގެނައުންފަދަ އެއްވެސް ކަމެއް ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލައި ނުކުރުމަށް MNBC އަށް އަންގާފައި އޮންނަކަން އެނގެއެވެ. ކަންކަން ވެގެންވާނެ ގޮތެއް ނޫނެވެ. ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރާ ފަރާތަކުން މިއަށްވުރެ ޒިންމާދާރުވާންޖެހޭކަމަށް ދެކެމެވެ.

62MNBC ކޯޓަށް ޙާޟިރު ކުރުމަށް ސިވިލް ކޯޓުން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ސިވިލް ކޯޓުގެ ނަންބަރު:CR2/2016/385-144/B2 (01 ޖޫން 2016) އިޢުލާންކޮށް، އެކުންފުނީގެ ޣައިރު ޙާޟިރުގައި އެމައްސަލަ ހިންގައި ނިންމާނެ ކަމުގައި އަންގާފައިވެއެވެ. ސިވިލް ކޯޓުން އެޤަޟިއްޔާ ނިންމީ MNBC ގެ ޣައިރު ޙާޟިރުގައި BIG އިން އެދިފައިވާ ގޮތަށް، ޖީ.އެސް.ޓީ %6 އާއެކު ޖެހޭ 5،644،874.88ރ (ފަސްމިލިޔައަން ހަލައްކަ ސާޅިސް ހަތަރުހާސް އައްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ އައްޑިހަ އަށްލާރި) އާއި އެފައިސާގެ ނުދެއްކުމުގެ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް % 1 ގެ ގޮތުގައި ޖެހޭ 56،448.75ރ (ފަންސާސް ހަހާސް ހަތަރުސަތޭކަ ސާޅިސް އަށެއް ޕޮއިންޓް ހަތެއް ފަހެއް) އެކު 07 ޖޫން 2016 އާ ހަމައަށްޖެހޭ އެކު ޖުމްލަ 78،576،659.88ރ (ހަތްދިހަ އަށްމިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ އައްޑިހަ އަށްލާރި) އަކީ MNBC އިން BIG އަށް ދައްކަންޖެހޭ ފައިސާކަން ސާބިތު ވާކަމަށެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން PSM އަށް ފޮނވު ސިޓީ:

63ސިވިލް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާ ނިންމާފައިވަނީ 07 ޖޫން 2016 ގައެވެ. 18 އޮކްޓޫބަރު 2016 ގައި، ޕްރައިވަޓައިޒޭޝަނ އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފޮނުވި ސިޓީ އަކުން އަންގާފައިވަނީ، PSM އަކީ MNBC އާއި MBC ގެ ދަރަންޏަށް ޒިންމާވާންޖެހޭ ގޮތަށް އޮތް ކުންފުނި ކަމަށެވެ. އަދި BIG އަށް ދައްކަންޖެހޭ ފައިސާ PSM އިން ދައްކަންޖެހޭނަކނަވެސް އެބޯޑުން އަންގާފައި ވެއެވެ. މިއީ ޤާނޫނު ނަންބަރު:2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރައިޓައިޒްކުރުމާއި އަދި ޤާނޫނު ނަންބަރު:2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއ އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ބޯޑު. މި ބޯޑަކީވެސް "އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިޞިއްޔަތު ލިބިފައިވާ" ބޯޑެކެވެ. މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ ކޮން މާއްދާއަކުން ކިހިނެތް ކޮންބާރެއ ލިބިގެން އެބޯޑުން އެންގި އެންގުމެއް ކަމެއް އެސިޓީ އަކުން އެނގޭކަށްނެތެވެ.

64ނަމަވެސް އެސިޓީގެ މާކުރިން، އޮޑިޓަރ ޖެނެރަލްގެ ނަންބަރު:15-2014-SPE (13 އޭޕްރީލް 2014) އޮޑިޓް ރިޕޯޓް މި ބޯޑަށް ފޮނުވާފައި އޮންނާނެކަން އެނގެއެވެ. އިޝާރާތް ކުރެވުނު، ބޯޑުގެ ނަންބަރު:454/PSM/2016/04 (18 އޮކްޓބަރޯ 2016) ސިޓީގައިބަޔާންކޮށްފައިވަނީ؛ " މޯލްޑިވްސް ނޭޝަނަލަށް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑުން ބިޒްނަސް އިމޖޭ ގުރޫޕް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވާ ފައިސާގެ މައްސަލަ އާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން ވަނީ މޯލްޑިވްސް ނޭޝަނަލަށް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑަށް ޖޫރިމަނާއާއި އެކު ޖުމްލަ 78،576،659.88 (ހަތްދިހަ އަށްމިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ފަންސާސް ނުވަރުފިޔާ އައްޑިހަ އައްލާރި) ދެއްކުމަށް ޙުކުމްކުރައްވާފައެވެ. އެހެންނަމަވެސް، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނުގެ 45 ވަނަ މާއްދާގައިވާގޮތުގެ މަތިން އެމް.އެން.ބީ.ސީ އެޤާނޫނަށް ޢަމަލުކުރަން ފެށިއިރު ހިންގަމުންއައި ޓެލެވިޒަނ މޯލްޑިވްސް އިން އެވަގުތު ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއް ވާނަމަ އެފައިސާއެއް ނުވަތަ އެދަރަންޏެއް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ބަދަލުކުރެވިފައެވެ. އަދި 28 އޭޕްރީލް 2015 ގައި އަމަލުކުރަން ފަށާފައިވާ ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނ)ގ 7 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމްކުރުމުގެ ޤާނޫނު އުވާލާފައިވާކަމާއި، އެމް.ބީ.ސީ އިން އެހިނދަށް ދައްކަން ޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއްވާނަމަ، އެފައިސާ ދެއްކުމުގެ ނުވަތަ އެދަރަންޏެއް އަދާކުރުމުގެ އިލްތިޒާމް އެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ޤާއިމް ކޮށްފައިވާ ފަބްލިކ ސަރވިސް މީޑިއާއަށް ބަދަލުވީކަނ އެނގެން އޮތުމާއިއެކު ދެންނެވުނު ސިވިލކޯޓް ޤަޟިއްޔާއިން ދަންނަވާފައިވާ ކޯޓް އަމުރާއި ގުޅޭ އެންމެހައި ކަންތައްތައް ކުރެއްވުމަށް ދަންނަވަމެވެ."

65މަތީގައި ޙަވާލާދެވޭ ބޯޑުގެ ސިޓީއަކީ ޤާނޫނު ނަންބަރު:2013/3 ގެ ކޮންމެވެސް މާއްދާއަކުން ލިބޭ ބާރެއްގެ ދަށުން ފޮނުވި ސިޓީއެއް ކަމަށް ބަހުޘްގެ ބޭނުމަށް ބެލިނަމަވެސް، އެސިޓީ ލިޔުނު ފަރާތުން، ޤާނޫނު ނަންބަރު:2010/6 ގެ ބޭނުމަށް ފުރަތަމަވެސް ދެނެގަތުން ލާޒިމް އެއްކަމަކީ، MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުން އުފެދުނު ތާރީޚު ކަމަށްވާ 7 މާރިޗް 2010 އިން ފެށިގެން MBC އުފެދުނު ތާރީޚް ކަމަށްވާ 20 އޭޕްރީލް 2010 ގެ ނިޔަލަށް MNBC އިން BIG އަށް ދައްކަންޖެހި ނުދެއްކި އޮތް ފައިސާއެއް އޮތްތޯ ނުވަތަ ނޫންތޯއެވެ؟ އަދި އެފައިސާގެ މިންވަރަކީ ކޮބާތޯއެވެ؟

66ސަބަބަކީ، ޤާނޫނު ނަންބަރު:2010/6 އަށް ޢަމަލު ކުރަންފެށީ އެޤާނޫނު ތަޞްދީޤުކޮށް ގެޒެޓްކުރި ތާރީޚް 21 20 ކަމުގައިވާ 20 އޭޕްރީލް 2010 ގައެވެ. އެދުވަހަކީ، MBC ޤާނޫނީ ގޮތުން އުފެދުނު ދުވަހެވެ. އެހެންކަމުން، ބަހުޘްގެ ބޭނުމަށް، MBC އުފެއްދއިރު، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އަކީ MNBC ގެ ދަށުގައި ހުރި ދެ ތަން ކަމަށްވެގެން، އެދެތަނުން ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ ދަރަންޏެއްގެ ޒިންމާ MBC ގެ މައްޗަށް ފުރޮޅާލަން ބެލި ނަމަވެސް، ޙަވާލާދެވުނު ޤާނޫނު ނަންބަރު:2010/6 ގެ 45 ވަނަ މާއްދާގައި އޮތީ، "އެވަގުތު " ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އިން ދައްކަންޖެހިފައިވާ ފައިސާއާ ދަރަންޏަށް MBC ޒިންމާ ކުރުވާ ގޮތަށެވެ. ވީމާ، MNBC އާއި BIG އާ ދެމެދު އޮތް މާކެޓިން އެއްބަސްވުމުގެ ދަށުން MBC ގެ މައްޗަށް ދަރަންޏެއް ނުވަތަ ދައްކަންޖެހިފައިވާ ފައިސާއެއް އޮވެގެން އެޒިންމާ ނަގުލު ކުރެވޭނީވެސް، މާކެޓިނ އެއްބަސްވުން ވުޖޫދުވި ތާރީޚް ކަމުގައިވާ 7 މާރިޗް 2010 އިން ފެށިގެން MBC ވުޖޫދުވި ތާރީޚް ކަމުގައިވާ 20 އޭޕްރީލް 2010 އާ ދމެދެ، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އާ ދެތަނުން ދައްކަންޖެހި އޮތް ދަރަންޏެއް ނުވަތަ ފައިސާ އެކެވެ. MBC އުފެއްދި ޤާނޫނު ނަންބަރު: 2010/6 ގެ 45 ވަނަ މާއްދާގައި ބަޔާންކުރަނީ؛ "...އަދި އެއިން ތަނަކުން އެވަގުތު ދައްކަން ޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއް ވާނަމަ، އެ ފައިސާއެއް ދެއްކުމުގެ ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމްވެސް، މިޤާނޫނުގެ ދަށުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންއަށް ބަދަލުވީއެވެ." މި ފަދައިންނެވެ. ވީމާ، 20 އޭޕްރީމް 2010 ގެ ކުރީގެ ނުވަތަ މާޒީގެ ދަރަނި ނުވަތަ ދައްކަންޖެހޭ ފައިސާއާ MBC އިން ޙަވާލުވާން ޖެހުނަސް، MNBC އާ BIG އާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން އެތާރީޚުގެ ޤާނޫނު ނަންބަރު:2010/6 ގެ 48 ވަނަ މާއްދާ. ޤާނޫނު ނަންބަރު:2010/6 ގެ 3 ވަނަ މާއްދާގެ (ހ). ފަހަށް ނުވަތަ މުސްތަޤްބަލުގައި އުފެދޭނެ ދަރަނި ނުވަތަ ދައްކަންޖެހިދާނެ ފައިސާ ތަކަކަށް ޤާނޫނީ މިމާއްދާގެ ދަށުން MBC ޒިންމާ ކުރެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތެވެ. ޤާނޫނީ ގޮތުން MBC ގެ މައްޗަށް ޒިންމާ ކުރެވޭނެ ނެތް ފައިސާއެއް PSM ގެ މައްޗަށްވެސް ޒިންމާ ކުރެވޭނެ ޤާނޫނީ ހަމައެއްވެސް ނެތެވެ. PSM އިން ފައިސާ ދައްކަން ފެށުން:

67ކަން މިހެން އޮތްނަމަވެސް، PSM ގެ ބޯޑުގެ 118 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބަލާއިރު، MNBC އާއި BIG އާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން، ފައިސާ ހޯދުމަށް BIG އިން MNBC ގެ މައްޗަށް ކުރި ދަޢުވާއާއި ގުޅިގެން، MNBC ގެ މައްޗަށް ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ކަމަށް ބުނެ، ފައިސާ ދައްކަން ފަށާފައިވަނީ PSM އިންނެވެ.

68ކުރިން ޙަވާލާދެވުނު، ބޯޑުގެ ނަންބަރު:454/PSM/2016/04 ސިޓީއަކީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 18 ވަނަ ދުވަހު ގައި ލިޔެ ފޮނުވާފައިވާ ސިޓީ އެކެވެ. އެސިޓީގައި ވާގޮތަށް PSM އިން MNBC ގެ ދަރަންޏަށް ޒިންމާވާން ނުޖެހޭކަމަށް PSM ގެ ބޯޑަށް ކުރިން ޤަބޫލުކުރެވފައި އޮތްކަން ހުށަހެޅުނު ލިޔުންތަކުން އެނގެއެވެ. އެހެންވެ، އެ ސިޓީ އާ އެއްގޮތަށް PSM އިން ފައިސާ ދައްކަމުން ނުދާކަން ހުށަހެޅުނު ލިޔުންތަކުން ސާފުވެއެވެ.

69ނަމަވެސް 06 ފެބުރުއަރީ 2019 ގައި ބޭއްވި، PSM ގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގެ އެޖެންޑާގައި ކުރިން ނުހިމެނޭ ކުއްލި ކަމެއްގެ ގޮތުގައި އެޖެންޑާގައި ހިމެނުމަށް PSM ގެ މެނޭޖިންގ ޑިރެކްޓަރު ހުށަހެޅީ " ބިޒްނަސް އިމޭޖް ގުރޫޕ ޕްރައިވެޓް ލިމިޓެޑަށް މި ކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ލޯނެއް ނެގުމާބެހޭ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު " ފާސްކުރުމަށެވެ. MNBC އިން BIG އަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަކަށް PSM އިން ފައިސާ ދައްކަންޖެހޭ ކަމަށް ބަލާފައިވަނީ، ޙަވާލާދެވޭ ބޯޑުގެ ނަންބަރު:454/PSM/2016/04 (18 އޮކްޓބަރޯ 2016) ސިޓީ އެވެ.

70މިދެންނެވި ޤަރާރު ހުށަހެޅުމުގެ ކުރިން ދެއްކި ވާހަކަތަކަށް ބަލާއިރު، MNBC އާއި MBC ގެ ދަރަންޏަށް ޒިންމާވާންޖެހޭ ގޮތަށް އޮތް ކުންފުންޏަކީ PSM ކަމަށް ޕްރައިވަޓައިޒޝަނޭ ބޯޑުން އަންގާފައިވާކަމަށް ބުނެފައިވެއެވެ. އެފައިސާ ނުދައްކާ އޮތްކަން BIG އިން PSM އަށް ސިޓީ އަކުން އަންގާފައިވާ ކަމަށްވެސް ބަޔާންކުރެއެވެ.

71ނަމަވެސް، ސިވިލް ކޯޓުގައި BIG އިން ދަޢުވާ ކުރިއިރު، PSM އަށް ދަޢުވާ ރައްދު ކޮށްފަ ނެތްކަން PSM އަށް އެނގެއެވެ. ވީމާ، BIG އިން ސިވިލް ކޯޓުގައި ދަޢުވާ ކުރިއިރު، PSM ވުޖޫދުގައި އޮވެ، ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ނުހިމަނައި، ނަމަވެސް ކޯޓުން އެހެން ކުންފުންޏެއްގެ މައްޗަށް ޙުކުމް ކުރުމުން، އެޙުކުމާއި އެއްގޮތަށް ފައިސާ ހޯދަންވީމާ PSM އަށް BIG އިން ސިޓީ ފޮނުވަނީ ކީއްވެތޯ އޭރުވެސް ސުވާލު ކުރެވުނީހެވެ. PSM އަކީވެސް، ކުންފުންޏެއްގެ ގޮތުގައި ޑިރެކްޓަރުންގެ ބޯޑެއް މެދުވެރިކޮށް ހިންގާ ޤާނޫނީ މިނިވަން ޝަޚްޞެކެވެ. PSM އަށް ފިނޭންސް އިން ލޯނު ދޫކުރުން:

72ސިވިލ ކޯޓުގް ޙުކުމާއި އެއްގޮތަށް ފައިސާ ނުދައްކައިގެން، 2019 ވަނަ އަހަރުގެ ޖނަވރީއަ ހަމައަށް 150 މިލިޔަން ރުފިޔާ ޖޫރިމަނާއާއެކު އަރާފައިވާކަމަށް BIG އިން ބުނާކަން ފާހަގަކޮށް،ފިނޭންސް މިނިސްޓްރީން BIG އާ ވާހަކަ ދައްކައި، ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާން ކުރާ 78 މިލިޔަން ރުފިޔާ ދެއްކުމުން ދަޢުވާ ނުކޮށް ނިންމާނެކަމަށް BIG އިން ބުނެފައިވާކަން PSM އިން ފާހަގަ ކުރެއެވެ. ވީމާ، ޕޭމަންޓް ޝެޑިއުލްއެއް ހަދައި އެ ފައިސާ BIG އަށް ދެއްކުމަށް ފިނޭންސް މިނިސްޓްރީން PSM އަށް (BIG އަށް ދައްކަންޖެހޭ ޢަދަދަށް) ލޯނއެ ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބަޔާންކުރެއެވެ. އެކަމަށްޓަކައި، ފިނޭންސް މިނިސްޓްރީން PSM އަށް 5 ފެބރުއަރް 2019 ގައި ކޮންޓްރެކްޓެއް ފޮނުވައި އެކޮންޓްރެކްޓްގައި ޤަރާރު އޮންނާންވީ ގޮތްވެސް ބަޔާން ކޮށްފައިވާ ކަމަށް PSM އިން ބަޔާންކުރެއެވެ.

73މި ލޯނު PSM އަށް ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމިއިރު، ޢަމަލު ކުރަމުންދިޔަ ޤާނޫނު ނަންބަރު:2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ އާއި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު 2017 ގެ 14 ވަނަ ބާބުގެ 14.03 އަދި 14.04 އަށް ބަލާއިރު، BIG އަށް ފައިސާ ދިނުމަށް PSM އަށް ފިނޭންސް މިނިސޓްރީނ ލޯން ދޫކުރީ ޤާނޫނީ ކޮން ހަމައަކުން ކަމެއް ހުށަހެޅުނު ލިޔުންތަކުން ސާފެއްނުވެއެވެ. މިލޯނު ދޫކުރިއިރު، PSM އޮތް ޙާލަތަކީ އެކުންފުންޏަށް އެކުންފުނީގެ ދަރަނިވެސް ނުދެއްކޭ ޙާލަތުކަނ ހުށަހެޅުން ލިޔުންތަކުން އެނގެއެވެ. BIG އަށް PSM އިން ފައިސާ ދޫކުރުން:

74ފިނޭންސް މިނިސްޓްރީން ލޯން ދިނުމުމުން، ތިން ޕޭމަންޓެއްގެ މަތިން، 30،000،000.00ރ (ތިރީސް މިލިޔަން ރުފިޔާ) PSM އިން BIG އަށް ދޫކުށްފައިވ ކަނާ އެނގެން އޮވެއެވެ. އެއީ 31 ޖެނުއަރީ 2019 ގައި ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ދޫކުރި 8 މިލިޔަން ރުފިޔާ އާއި 6 ފެބރުއަރް 2019 ގައި ދެވަނަ ޕޭމަންޓްގެ ގޮތުގައި ދޫކުރި 1 މިލިޔަން ރުފިޔާ އާއި 14 ފެބުރުއަރީ 2019 ގައި ތިންވަނަ ޕޭމަންޓްގެ ގޮތުގައި ދޫކުރި 21 މިލިޔަން ރުފިޔާ އެވެ. PSM އިން ކުރި އިސްތިއުނާފު:

75މަތީގައި ބަޔާންކުރި ގޮތަށް PSM ގެ ފަރާތުން BIG އަށް ފައިސާދޫކުރި ފަހުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު:C4/PSM/2019/08-123 (12 މާރިޗް 2019) ސިޓީ PSM އަށް ފޮނުވިއެވެ. އެސިޓީގައި، ވަރަށް ގިނަ ކަންކަން ފާހަގަކޮށް MNBC އިން BIG އަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި ގުޅޭ ގޮތުންނާއި އަދިސިވިލ ކޯޓުގް ނަންބަރު:1249/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފު ކުރުމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އާއި ބަންޑާރަނައިބުގެ ލަފާ ހޯދުމަށް އަންގާފައި ވެއެވެ.

76އެހެންވެ، PSM ގެ ނަންބަރު:PSM/13/2019/24 (13 މާރިޗް 2019) ސިޓީން ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފު ކުރުމާގުޅޭ ގޮތުން، ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދިފައި ވެއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ނަންބަރު:M/PSM/2019/10-13 (17 އޭޕްރީލް 2019) ސިޓީން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 15-2014-SPE (13 އޭޕްރީލް 2014) އޮޑިޓް ރިޕޯޓާއި ޙަވާލާދީ ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޮތްތޯ ބަލާކަމަށް އަންގައި BIG އަށް ފައިސާ ދިނުން ހުއްޓާލުމަށް އަންގާފައިވެއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބު:

77PSM އިން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކުރާ ކަންކަމަށް ބަލާއިރު ؛

1.77. ޤާނޫނު ނަންބަރު 2015/9 ގެ ދަށުން އުފެއްދި PSM އަށް ބަދަލުވެގެން ގޮސްފައިވަނީ ޤާނޫނު ނަންބަރު: 2010/6 ގެ ދަށުން އުފެއްދި MBC އެވެ. ޓެލެވިޜަން މޯލްޑިވްސް ނުވަތަ ދިވެހިރާއްޖޭގެ އަޑު ނުވަތަ އެދެފަރާތުގެ ކަންކަން ބެލެހެއްޓުމަށް ޤާނޫނު ނަންބަރު:96/10 ގެ ދަށުން އުފެއްދި MNBC އަކީ، ޤާނޫނު ނަންބަރު:2010/6 ގެ ދަށުން އުފެއްދި MBC އަށް ބަދަލުވި ކުންފުންޏެއް ނޫނެވެ. އެހެންވެ، MNBC އަކީ PSM އާ ގުޅުން އޮތް ކުންފުންޏެއް ނޫނެވެ.

2.77. ޤާނޫނު ނަންބަރު:2010/6 ގެ ދަށުން އުފެއްދި MBC ގެ މައްޗަށް އެޤާނޫނުގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާޢަތާއި އެއްގޮތަށް MNBC އާއި BIG އާ ދެމެދު އޮތް "މާކެޓިންގ އެއްބަސްވުން" އަދި އެ ދެފަރާތުގެ ދެމެދު އޮތް އެއްވެސް ދަރަންޏެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް ބަދަލުކޮށްފައި އޮތްކަން އެނގޭނެ ގޮތެއް ނެތެވެ. BIG ގެ ފަރާތުންވެސް ދެއްކި ވާހަކަތަކުންވެސް އެއެއްބަސްވުން ބަދަލު ވެގެން ނުދާކަން ސާފު ވެއެވެ. އެހެންކަމުން، MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުން PSM އަށް ބަދަލުވެގެން ގޮސްފައިވާ ކަމަށާއި އެހެންވެ، އެއެއްބަސްވުން ތަންފީޒކުރުނު PSM ގެ މައްޗަށް ލާޒިމުވެގެނވް ކަމެއްކަމަށް ބުނާ ބުނުމަކީ ޤާނޫނީ ގޮތުން ބުނާ ރަނގަޅު ބުނުމެއް ނޫނެވެ.

3.77. ޤާނޫނު ނަންބަރު:96/10 ގެ 95 ވަނަ މާއްދާގެ ދަށުން ސަރުކާރުން އުފެއްދި ސަރުކާރުގެ %100 ޙިއްޞާ އޮތް MNBC އަކީ ލިކިއުޑޭޝަންގެ މަރުޙަލާގައި އޮތްކަމަށް ބެލެވޭ ނަމަވެސް މިހާރުވެސް ދިރިއޮތް ކުންފުންޏެއް ކަމަށްވާތީ، އަދި ޤާނޫނު ނަންބަރު:2010/6 ގައި ބަޔާން ކުރާ ގޮތަށް MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުން MBC އަށް ބަދަލުކޮށްފައި ނުވާތީ، އަދި MBC އުފެދުނުއިރު، MNBC އިން BIG އަށް ދައްކަންޖެހޭ ފައިސާއަކީ ކޮބާކަން ބަލައި ސާބިތުކޮށް ފައި ނެތުމުން، MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުމުގެ ދަށުން އުފުލާންޖެހޭ ޒިންމާތައް އުފުލާންޖެހޭނީ MNBC އެވެ. އެހެން ފަރާތަކުންނެއް ނޫނެވެ. ވީމާ، BIG އިން ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާގައި MNBC އަށް ދަޢުވާ ރައްދުކޮށްފައިވަނީ ރނަ ގަޅަށެވެ.

4.77. ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި ގުޅިގެން،PSM އިން BIG އަށް ފައިސާއެއް ދައްކާ އުފުލާންޖެހޭ އެއްވެސް ޒިންމއެއާ އޮތް ކަމަށް އެޤަޟިއްޔާގެ އެއްވެސް ތަނެއްގައި ބަޔާން ކޮށްފައެއްނެތެވެ. އަދި MNBC ގެ މައްޗަށް ކޮށްފައިވާ ޙުކުމާއި ގުޅިގެން PSM އިން ފައިސާ ދައްކަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއް ނެތެވެ. އެހެންކަމުން، އެޤަޟިއްޔާއާއި ގުޅިގެން، ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން، ފައިސާ ދެއްކުމަށް PSM އަށް BIG އިން ނުވަތަ އެނޫން އެހެން ފަރާތަކުން އަންގާ އެންގުމަކީ ޤާނޫނީ ހަމައަކުން އަންގާ އެންގުމެއް ނޫނެވެ.

5.77. ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާގެ ޙުކުމަކީ PSM ގެ މައްޗަށް އިއްވާފައިވާ ޙުކުމެއް ކަމަށް ނުވާތީ އަދި އެޙުކުމާއި ގުޅިގެން PSM އިން ޤާނޫނީ ގޮތުންނަގަންޖެހޭ އެއްވެސް ޒިންމާއެއް ނެތުމުން، އެ ޙުކުމް ބާޠިލު ކުރުމަށް އެދުމަކީ PSM އަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި PSM އަކީ MNBC އާއި BIG އާ ދެމެދު އޮތް ޚުޞޫމާތާއި ގުޅުން އޮތް ފަރާތެއް ކަމަށް ނުވާތީ، PSM ހިމަނައިގެން މި ދަޢުވާ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ކުރާންޖެހޭ ޤާނޫނީ ސަބަބެއްވެސް ނެތެވެ.

6.77. ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާއިން ކުރި ޙުކުމަށް PSM އިން ފައިސާ ދައްކާފައިވަނީ PSM އިން އެޒިންމާ އުފުލާންޖެހޭ ޤާނޫނީ އެއްވެސް ހަމައެއް ނެތި ކަމަށްވާތީ، މިނިސްޓްރީ އޮފް ފިނޭންސް އިން BIG އަށް ފައިސާ ދެއްކުމުގެ ބޭނުމުގައި، PSM އިން ދޫކުރި ލޯނުގެ ފައިސާ PSM އިން ޤަބޫލުކޮށް އެލޯނާއ ހަވާލުވި އެފައިސާ BIG އަށް ދޫކޮށްފައިވަނީ ޤާނޫނު ނަންބަރު:2010/6 އަދި ޤާނޫނު ނަންބަރު:2015/9 އަދި ޤާނޫނު ނަންބަރު:96/10 ގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތު ޤަވާއިދު އެއްގޮތަށް ނޫންކަމަށްވާތީ، އެފައިސާ އަކީ PSM އިން އަނބުރާ ހޯދަންޖެހޭ ފައިސާއެކެވެ.

78ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާއިން MNBC ގެ މައްޗަށް BIG އަށް ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން PSM އިން 30 މިލިޔަން ރުފިޔާ ދެއްކިފައިވަނީ ނޭގިގެނ ނުވަތް އޮޅގެނި ކަމަށް މިކޯޓުގައި PSM އިން ބނު ނަމަވެސް މިރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން ހިނގާ ގޮސްފައިވާ ގޮތަށް ބެލުމުން ސާފުވާ ކަމަކު މިއީ ބަޔަކު ނޭގޭ ތިބި އޮޅިގެން ކޮށްގެން އުޅޭ ކަމެއް ނޫން ކަމެވެ. އެހެނީ، ދައުލަތުގެ އޮޑިޓަރ ޖެނެރަލް ވަނީ MNBC ގެ ޚާއްޞަ އޮޑިޓެއް 2013 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ކޮށް ނިންމުމަށްފަހު، އެކަންކަން އަންގާންޖެހޭ ފަރާތްތަކަށް އަންގައި، ނޭގުމުގެ ބައްޔަށް ފަރުވާ ދީފައެވެ.

79PSM ގެ ފަރާތުން އިސްތިއުނާފުކޮށް ހުށަހެޅި ފުރަތަމަ ނުކުތާއާއި ގުޅިގެން އަހުރެންދިން ޖަވާބުގައި MNBC އާއި BIG އާ ދެމެދު އޮތް މާކެޓިންގ އެއްބަސްވުމާއި އެ އެއްބަސްވުމާއި ގުޅިގެން، MNBC ގެ މައް ޗަށް ސިވިލް ކޯޓުން ކުރި ޙުކުމގު ފައިސާ ދެއްކުމުގެ ޒިންމާއަކީ PSM އިން އުފުލާން ޖެހޭނެ ޒިންމާއެއް ނޫން ކަމަށް ކަނޑައެޅުމުން، PSM ގެ ފަރާތުން ހުށަހަޅާފައިވާ އިތުރު އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދޭނެ ތަނެއް އޮތްކަމަށް ނުދެކެމެވެ. މައްސަލަ ނިންމުން:

80ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު:1249/Cv-C/2015 ޤަޟިއްޔާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.

ފަނޑިޔާރު ހުޒައިފާ މުޙައްމަދު ރައުޔު: (ފަނޑިޔާރު ޙަސަނު ޝަފީޢު ތާޢީދު ކޮށްފައި)

އިސްތިއުނާފުކޮށްފައިވ ދަށާ ކޯޓުގު ނިންމުން

81މި ޤަޟިއްޔާއަކީ، މި ނިންމުމުގެ 3 ވަނަ ނުކުތާގައިވާ ފަދައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމާއި އެއްގޮތަށް ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ (މީގެ ފަހުން "PSM " ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "BIG" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް)" އެވެ.

82މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (މީގެ ފަހުން "MNBC)" އާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު 07 މާރިޗް 2010 ގައި މާރކެޓިންގް އެއްބަސްވުމެއް (މީގެ ފަހުން "އެއްބަސްވުން") ވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް، MNBC ގެ consultant marketing exclusive އާއި agent sales exclusive އާއި business consultant development ގެ ގޮތުގައި ޢައްޔަންކުރުމުގެ އިތުރުން، plan business ތައްޔާރުކުރުމަށް އެއްބަސްވުމުގެ ދަށުން ޙަވާލުކުރެވިފައިވެއެވެ. އެއްބަސްވުމުގެ މުއްދަތަކީ، 07 މާރިޗު 2010 އިން ފެށިގެން 60 (ފަސްދޮޅަސް) މަސްދުވަސް ކަމުގައި އެއްބަސްވުމުގައި ބަޔާންކުރާއިރު، މި އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް ފޯރުކޮށްދޭ ޚިދުމަތްތަކަށް މަހަކު -25,000/ރ. (ފަންސަވީސްހާސް ރުފިޔާ) ދިނުމަށާއި، އަދި ދެ ފަރާތުގެ ރުހުން ލިބިފައިވާ ބިޒްނަޒް ޕްލޭންއާ އެއްގޮތަށް ސޭލްސް ޓާރގެޓަށް ވާސިލުވެއްޖެނަމަ، އިތުރުވާ ސޭލްސްއިން %15 (ފަނަރަ އިންސައްތަ) ކޮމިޝަނެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށް އެއްބަސްވެފައިވެއެވެ.

83ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއަކީ MNBC އާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 07 މާރިޗް 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ 5,644,874/88ރ. (ފަސްމިލިއަން ހަލައްކަ ސާޅީސްހަތަރުހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ އަށްޑިހަ އަށް ލާރި) އާއި، އެ ފައިސާ ނުދެއްކުމުގެ ސަބަބުން 23 ނޮވެންބަރު 2012 އިން ފެށިގެން ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް ދައްކަންޖެހޭ 1% (އެކެއް އިންސައްތަ) އަށްވާ 56,448/75ރ. (ފަންސާސްހަހާސް ހަތަރުސަތޭކަ ސާޅީސް އަށް ރުފިޔާ ހަތްދިހަ ފަސް ލާރި) ގެ މަގުން ސިވިލް ކޯޓުން އެއްބަސްވުމުގެ 1.1 ވަނަ މާއްދާ އެއްބަސްވުމުގެ 2.1 ވަނަ މާއްދާ އެއްބަސްވުމުގެ 3.1 ވަނަ މައްދާ ޙުކުމްކުރާ ދުވަހާ ހަމައަށް ޖެހޭ މިންވަރު ލިބިގަތުމަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ދަޢުވާކުރުމުން ބެލުނު މައްސަލައެކެވެ.

84މި މައްސަލައިގައި MNBC ގެ ފަރާތުން ތަކުރާރުކޮށް ކޯޓަށް ޙާޟިރުވެފައިނުވާތީ، އެ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމޭނެކަމަށް ކުރެވުނު އިޢުލާނާއި އެއްގޮތަށް MNBC ގެ ފަރާތުން ކޯޓަށް ޙާޟިރުވެފައިނުވާތީ، މައްސަލަ ކުރިއަށް ގެންދެވިފައިވަނީ އަދި ޙުކުމްކުރެވިފައިވަނީވެސް MNBC ގެ ޣައިރު ޙާޟިރުގައެވެ.

85މައްސަލަ ނިމިފައިވަނީ 07 މރިޗާ 2010 ގައި MNBC އާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާއާއި، އެ ފައިސާ ދައްކާފައިނުވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއާއެކު، ޖުމްލަ 78,576,659/88ރ. (ހަތްދިހަ އަށްމިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ އަށްޑިހަ އަށް ލާރި) އިސްތިއުނާފު ރައްދުވާ ފަރާތަށް MNBC އިން ދައްކަންޖެހޭކަން ސާބިތުވާކަމުގއެވެ.

އިސްތިއުނާފީ ނުކުތާތައް އަދި އޭގެ ރައްދު

86މި ނިންމުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ކޮށްފައިވަނު 03 (ތިނެއް) ނުކުތާގެ މައްޗަށެވެ. މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ބޭނުމަށް އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ އިސްތިއުނާފު ކޮށްފައިވާ އަސާސް މުހިންމު ކަމުގައިވާތީ، އިސްތިއުނާފުކޮށްފައިވާ ނުކުތާތައް ބަޔާންކުރަމެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ: ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް"ގެ "ދަޢުވާގެ ޚުލަޞާ" ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2.2 ވަނަ ނަންބަރު، އަދި މި ޤަޟިއްޔާގެ ޙުކުމް ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާގެ ޙުކުމް

1.86.ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ ދަށުން އެ ކުންފުނީގެ މުދަލާއި، ބައެއް އެގްރީމެންޓްތަކާއި، ބައެއް މުވައްޒަފުން 14 ފެބުރުވަރީ 2012 ގައި އޭރު MNBC އަށް، މިހާރު PSM އަށް ބަދަލުވެގެން ދިޔަ ހިނދު، އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުންވެސް PSM އަށް ލާޒިމުވެފައިވަނިކޮށް PSM ގެ މައްޗަށް ކުރަންޖެހޭ ދަޢުވާއެއް، އިސްތިއުނާފު ރައްދުވާ ފަރާތުން MNBC ގެ މައްޗަށް ދަޢުވާ އުފުލުމުން ބުނެވިދިޔަ އެއްބަސްވުން ތަންފީޒުކުރުން އެހިނދަށް ލާޒިމުވެފައިވަނީ ކޮން ކުންފުންޏަކަށްތޯ ނުބައްލަވައި އެ ދަޢުވާ ކުރިއަށް ގެންދަވައި، PSM އާއި MNBC ގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން MNBC ގެ މައްޗަށް ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

2.86.ސިވިލ ކޯޓުގް ނަންބަރު 1249/Cv-C/2015 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމުގައި MNBC އާއި، އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު 07 މާރިޗް 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ 88/5,644,874ރ. (ފަސްމިލިއަން ހަލައްކަ ސާޅީސް ހަތަރުހާސް އަށް ސަތޭކަ ހަތްދިހަ ހަތަރު ރުފިޔާއަށްޑިހަ އަށް ލާރި) އިންވޮއިސްގައިވާ ފައިސާ ދެއްކުން ލަސްވެއްޖެނަމަ ވަކި މިންވަރެއްގެ އިންޓްރެސްޓް ނުވަތަ ޖޫރިމަނާއެއް އަރާނެކަމަށް ހިމަނާފައި ނުވާތީއާއި، އެފަދަ ގޮތަކަށް ޖޫރިމަނާއެއް އަރައިފިނަމަ އެ ޖރިމަނާއެއޫ ދެއްކުމަށް MNBC އިން ލިޔުމަކުން އެއްބަސްވެފައި ނުވާތީ، ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް ކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަލާއިރު ޝަރުޠު ޖަޒއާ ދެއްކުމަށް ލިޔެކިޔުމުން ސަރީޙަ ގޮތަކަށް MNBC އިން ރުހި ޤަބޫލުވެފައިވާކަނ އެއްވެސް ގޮތަކަށް އެނގެން ނެތް ހިނދު، އެގްރީމަންޓާއި ޚިލާފުވެގެން ނުވަތަ ފައިސާ ދެއްކުން ލަސްވެގެން ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެއްވެސް ހުދޫދެއް ނުވަތަ އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހިފެހެއްޓުމެއްނެތި އަރާފައިވާ ޖޫރިމަނާ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތަށް ނަގައިދިނުމަށް ޙުކުމް ކޮށްފައިވަނީ މިދެންނެވި ޙުކުމް ޤާއިމުވެގެން ގޮސްފައިވާ ޤަޟާޢީ ނިންމުމާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

3.86.ޙުކުމްކޮށްފައިވަނީ ބުނެވިދިޔަ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ޤާނޫނީގޮތުން ދެ ފަރާތުގެ ޙައްޤތައު ކަށަވަރުކޮށްދިނުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

87އިސްތިއުނާފުކުރާ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު އިސްތިއުނާފު ފޯމުގައި ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށް އެދިފައިވާއިރު، 11 ފެބުރުވަރީ 2024 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އެފައިސާއކަ PSM އިން ޒިންމާވާންޖެހޭ ފައިސާއެއްކަމުގައިވާނަމަ މި މައްސަލައިގެ ތެރޭގައި އެ ފައިސާ ދެއްކުމާމެދު ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމުގެ ފުރުޞަތު PSM އަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށާއި އަދި މި މައްސަލައިގެ ތެރޭގައި ޙާޟިރުވެ ޖަވާބުދާރީވުމަށް PSM އަށް ފުރުޞަތު ލިބޭގޮތަށް ސިވިލް ކޯޓަށް މި މައްސަލަ ތަޙުވީލުކޮށްދިނުމަށެވެ.

88އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

1.88. ދަޢުވާގައި ހިމެނޭ އެއްބަސްވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތާއި MNBC އާއެކު ކުރެވިފައިވާ ކޮންޓްރެކްޓެއްކަމަށާއި، MNBCގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވެ އެ ފަރާތުގެ މައްޗަށް ކޮންޓްރެކްޓް ތަންފީޒުކުރުން ލާޒިމުނުވާކަމަށް އިޖުރާއީ އިޢުތިރާޟެއް ނުވަތަ އެނޫން ގޮތަކަށްވެސް ޖަވާބުދީފައިނުވާކަމަށާއި، އަދި މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުންވެސް އެ ގޮތަށް ޢަމަލުކޮށްފައިނުވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތާއި MNBC އާ ދެމެދު ވެފައިވާ "ފުރަތަމަ މަރުޙާލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމް" ގެ 10 ވަނަ ނަންބަރު ކޮންޓްރެކްޓް ތަންފީޒުކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ލާޒިމުވެފައ އޮތި ކަމެއްކަމަށް ބަޔާންކޮށް އެ ޒިންމާ އސެ އުމްކޮށްފައިވާ ކަމުގައެވެ.

2.88.MNBC އިން އަދާކުރަންޖެހޭ ޒިންމާ އެހެން ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމެއް އެ ފަރާތުންވެސް އަދި އެހެން ފަރާތަކުންވެސް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައިނުވާކަމަށާއި، ތިންވަނަ ފަރާތެއްގެ ހައިސިއްޔަތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފެނިފައިވަނީ MNBC އިން ކަންކަން ހިންގަމުން އައި ތަން ކަމުގައެވެ.

3.88.ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ބަދަލުވަނީ MBCގެ ދަށުން ހުރި ކަންކަން ކަމަށްވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތާއެކު ކޮށްފައިވާ އެއްބަސްވުން ބަދަލުވެފައިވާކަން އަންގާފައިނުވާކަމުގައެވެ.

4.88.އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތައަކީ ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާކަމެއް ކަމުން، މި މަރުޙަލާގައި އެކަމާމެދު ބަހުސްކުރެވިގެން ނުވާނެކަމުގައެވެ. އަދި އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާ ފޯމުގައި އިސްތިއުނާފީ ނުކުތާ ފާހަގަކުރަން އޮންނަ ގޮތްކަމަށް ނުދެކޭ ކަމުގައެވެ.

89އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަތުމަށް ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށާއި، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށާއި، މި މޭރުމުން ފައިސަލާކުރަނިވި ޙުކުމެއްކޮށްދިނުމަށެވެ. ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނ) ވުޖޫދުވުމާއިއެކު، ހިނގާދިޔަ ކަންކަން

90އިސްވެ ބަޔާންކުރަނިވި ރިޔާސަތު ރައުޔުގައިވެސް ފާހަގަކޮށްފައިވާ ފަދައިން MNBC އކަ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ މީޑިއާއެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ހިންގުން ހަރުދަނާ ކުރެއްވުމަށްޓަކައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއްގެ ގޮތުގައި 22 ޑިސެންބަރު 2008 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި، ދިވެހި ސަރުކާރުގެ %100 (ސަތޭކަ އިންސައްތަ) ޙިއްޞާ އެކުލެވޭ ސަރުކާރުގެ ކުންފުންޏެވެ.

9120 އެޕްރީލް 2010 ގައި ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ވުޖޫދުވިއެވެ. މި ޤާނޫނަކީ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ގޮތުގައި، ދައުލަތުގެ މީޑިއާ ޤާއިމުކޮށް، އެ ކުންފުނީގެ ޢާންމު ސިފަތަކާއި އެ ކުންފުނި ހިންގުމުގެ ޢާންމު އުޞޫލުތައް ބަޔާންކޮށް، ރައްޔިތުންގެ ލާބަޔާއ މަންފާއާއި މަޞްލަޙަތަށްޓަކައި، ރައްޔިތުންނަށް ކަންކަން އަންގައިދިނުމާއި، ކަންކަން އުނގަންނައިދިނުމާއި، ރައްޔިތުން މުނިފޫހިފިލުވައިދިނުމާއި، ނުފޫޒުން އެއްކިބާވެގެންވާ، ފޭރާންހެޔޮ، ޒިންމާ އުފުލަނިވި މިނިވަން ބްރޯޑްކާސްޓިންގ ޚިދުމަތެއް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (މީގެ ފަހުން “MBC”) ގެ ނަމުގައި އެ ކޯޕަރޭޝަންއިން ފޯރުކޮށްދިނުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެއްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ނަމުގައި، ދައުލަތުގެ މުއައްސަސާއެއްގެ ގޮތުގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ޚިދުމަތްދޭ ފަރާތް ދިވެހިރާއްޖޭގައި ޤާއިމުކުރެވުނީކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

92މި ޤާނޫނުގައި އިންތިޤާލީ ބައެއް އުޞޫލުތައް މި ޤާނޫނުގެ އަށްވަނަ ބައިގައި ބަޔާންކުރެއެވެ. މިގޮތުން މި ޤާނޫނުގެ 43 ވަނަ މާއްދާގައިވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއިއެކު، ދިވެހިރާއްޖޭގެ އަޑާއި ޓެލެވޜަނި މޯލްޑިވްސް، މި ޤާނޫނުގެ ދަށުން އުފައްދާ MBC ގެ 02 (ދޭއް) ޗެނަލަށ ބަދަލުވެގެން ދިޔައީކަމުގައެވެ. މި ޤާނޫނުގެ 45 ވަނަ މާއްދާގައިވަނީ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް، MBC ގެ 02 (ދޭއް) ޗެނަލަށް ބަދަލުވެގެންދާއިރު، އެ 02 (ދޭއް) ތަނުގައި ހުރި ނުވަތަ އެއިން ތަނަކަށް އޯޑަރުކޮށްފައިވާ، ނުވަތަ އެއިން ތަނަކަށް ލިބެންޖެހޭ މުދާ ނުވަތަ ފައިސާއަކީ، MBC ގެ ފައިސާއާއި މުދަލަށް ބަދަލުވީކަމަށާއި، އަދި އެއިން ތަނަކުން އެ ވަގުތު ދައްކަން ޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއްވާނަމަ، އެ ފައިސާއެއް ދެއްކުމުގެ ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމްވެސް، މި ޤާނޫނުގެ ދަށުން، MBC އަށް ބަދަލުވީކަމުގައެވެ.

93މި ޤާނޫނުގެ 46 ވަނަ މާއްދާގެ (ހ) ގައިވަނީ ޓެލެވިޜަން މޯލްޑިވްސްއިން ނުވަތަ ދިވެހިރާއްޖޭގެ އަޑުން ނުވަތަ މި ދެ ފަރާތުގެ ކަންކަން ބެލެހެއްޓުމަށް ނުވަތަ ހިންގުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއަކުން އެކި ފަރާތްތަކާއެކު ކޮށްފައިވާ އެގްރީމަންޓްތައ ބޯޑް އުފެދޭތާ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި މުރާޖަޢާކުރަންވާނެކަމުގައެވެ. އެގްރީމަންޓްތައް މުރާޖަޢާކުރުމަށްފަހު، އުވާލަން ފެންނަ އެގްރީމަންޓްތައް އުވާލުމުގެ އިޚްތިޔާރު ބޯޑަށް ލިބިގެންވާކަން ބަޔާންކުރެއެވެ. މިގޮތުން އެގްރީމަންޓެއް އުވާލާއިރު އެގްރީމަންޓްގެ ދަށުން އުފުލަންޖެހޭ މާލީ ޒިންމާއެއް އޮތްނަމަ، އެ ޒިންމާ ބޯޑުން އުފުލަންވާނެކަމުގައި މި މާއްދާގެ (ށ) ގައި ވެއެވެ.

94މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވާ ނ، މި ޤާނޫނު ފާސްވެ، ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. އެއީ 20 އެޕްރީލް 2010 ގައެވެ. ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ

95މި ޤާނޫނުގެ ދަށުން ޑިރެކްޓަރުންގެ ބޯޑު އުފައްދައި މެންބަރުން ޢައްޔަންކުރުމުގެ އިތުރުން، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން ޒިންމާތައް ޤާނޫނަށް ޢަމަލުކުރަން ފަށާތާ 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަމަޖައްސައި ނިންމަންވާނެކަމުގައި ބަޔާންކުރެއެވެ.

96ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ ދަށުން MBC އުފައްދާފައިވީހިނދު، އަދި އެ ޤާނޫނުގެ އިންތިޤާލީ ބައިގައި އެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ދައުލަތުގެ މީޑިއާގެ ގޮތުގައި ހިނގަމުން އައި މުއައްސަސާއިން އެ ޤާނޫނުން އުފެއްދި ދައުލަތުގެ މީޑިއގާ މުއައްސަސާއަށް މަސައްކަތާއި، މުދަލާއި، އިންސާނީ ވަސީލަތްތަކާއި، ޙައްޤުތަކާއި އިލްތިޒާމްތައް ބަދަލުކުރެވޭގޮތަށް ބަޔާންކޮށްފައިވަނިކޮށް، އެ ޤާނޫނުގައިވާ ގޮތަށް ޢަމަލުނުކޮށް، MBC ހިންގުމަށް ހުރަސްއަޅައި، MBC ގެ މުދަލާއި، އިންސާނީ ވަސީލަތްތަކާއި، ޙައްޤުތަކާއި އިލްތިޒާމްތައް MBC އަށް ދޫނުކޮށް ހިފަހައްޓާފައިވާތީ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައިވާ ފަދައިން، MBC ގެ މުދަލާއި، އިންސާނީ ވަސީލަތްތަކާއި، ޙައްޤުތަކާއި އިލްތިޒާމުތައް ލިބިގަތުމަށާއި، ޤާނޫނުގައިވާ ފަދައިން MBC ގެ މަސައްކަތްތައް ފަށައިގަތުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން ކަމުގައި ބުނެ، ދިވެހި ދައުލަތާއި، މޯލްޑިވްސް ކޮމިއުނިކޭޝަން އޮތޯރިޓީއާއި، MNBC އާއި އަދި މި MNBC ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ މައްޗަށް MBC އިން 14 އޮކްޓޫބަރު 0102 ގައި ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1374/Cv-C/2010 ޤަޟިއްޔާއިންނެވެ. ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މައްދާގެ (ށ) ސިވިލް ކޯޓުގެ ނަންބަރު 1374/Cv-C/2010 ޤަޟިއްޔާގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓް" ގެ "ދަޢުވާގެ ޚުލާޞާ" މި މައްސަލަ ހުށަހެޅުނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ވުޖޫދުވުމުގެ ކުރިން މަދަނީ ކޯޓަށެވެ. އެ ކޯޓުގެ ނަންބަރު 2405/MC/2010 ޤަޟިއްޔާއިން މި މައްސަލަ ބަލަމުންދަނިކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ވުޖޫދުވުމަށްފަހު، މަދަނީ ކޯޓު، ސިވިލް ކޯޓަށް ބަދަލުވުމާއިއެކު، މި މައްސަލައަށް ދެވިފައިވާ ޤަޟިއްޔާ ނަންބަރުވެސް C/2010”-2010) 1374/Cv/C“(2405/M މިފަދައިން ބަދަލުވެގެން ދިޔައެވެ.

97މި ދަޢުވާއާ ގުޅިގެން MNBC ގެ ފަރާތުން ޖަވާބުދާރީވެފައިވަނީ MBC ގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ މުދަލާއި އިންސާނީ ވަސީލަތްތަކަކ ޤާނޫނީ ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާގެ ދަށުން MNBC އަށް ލިބިދީފައިވާ މުދަލާއި އިންސާނީ ވަސީލަތްތައް ކަމަށާއި، މި MNBC ގެ ނަމުގައި ހުރި މުދަލާއި، އިންސާނީ ވަސީލަތްތަކާއި، އެކަންކަމާއި ގުޅޭ ޙައްޤުތަކުގެ މިލްކުވެރި ފަރާތަކީ MNBC ކަމަށާއި، އެ ޙައްޤުތަކަކީ MNBC ގެ ކިބައިން ނިގުޅައިގަނެވޭނެ ހައްޤުތަކެއްނޫންކަމަށާއި، އެ ޙައްޤުތައް ހޯދުމަށް MBC ގެ ފަރާތުން ރިޢާޔަތްކުރާ ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވަނީ 20 އެޕްރީލް 2010 ގައި ކަމުގައިވާތީ، އެ ޤާނޫނު ތަސްދީޤުކުރުމުގެ ކުރިން ކޮށްފައިވާ މުޢާމަލާތްތަކަށް އެ ޤާނޫނު "ރެޓްރޯސްޕެކްޓިވް" ކޮށް ހިންގޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައެވެ. އެހެންކަމުން، MBC އިން ކުޅަ ދަޢުވާއަށް އިންކާރުކުރާކަމުގައެވެ.

98ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު)ގެ 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، MNBC ގެ ދަށުގައި އޮތް ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑަކީ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށި ދުވަހުން ފެށިގެން MBC ގެ 02 (ދޭއް) ޗެނަލްގ ގޮތުގައެ ބަލަންޖެހޭ ތަންތަންކަމުގައާއި، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއިއެކު، ބަޔާންކުރަނިވި މާއްދާތަކުގައި ބަޔާންކޮށްފައިވާ މުދަލާއި ވަސީލަތްތައް ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑު ހިންގުމަށް ދޫކޮށްފައިވާ ބިމާއި، އެތަންތަނަށް ދޫކޮށްފައިވާ ފްރީކއެންސީއާއި، ވހިކަލެ އާއި، ފަރުނީޗަރާއި، އާލަތްތަކާއި، ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާއާއި، އެތަންތަނުގެ އަރުޝީފު ހިމެނޭގޮތަށް MBC ގެ ދަށަށް ބަދަލުވެގެން ގޮސްފައިވާ ތަންތަން ސިވިލް ކޯޓުގެ ނަންބަރު 1374/Cv-C/2010 ޤަޟިއްޔާގެ "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓް" ގެ 4 ވަނަ ނުކުތާ ކަމުގައި ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 0C/201-1374/Cv ޤަޟިއްޔާ 12 މެއި 2011 ގައި ފައިސަލާކޮށްފައިވެއެވެ.

99ސިވިލް ކޯޓުގެ މި ޤަޟިއްޔާގެ ޙުކުމް ކުރި ފަހުން، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ MBC އަކީ، ދިވެހި ދައުލަތުގެ ފައިސާ އާއި މުދާ ހޭދަކޮށްގެން ހިންގާނެ ދިވެހި ދައުލަތުގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ ކަމަށް ޤަރާރު ނަންބަރު 01/2012 އިން 08 ފެބުރުވަރީ 2012 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވިއެވެ.

100މި ޤަރާރާއި ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 0C/201-1374/Cv ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުނު ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/144 ޤަޟިއްޔާއިން ބެލުނު އިސްތިއުނާފު ބާޠިލުކުރުމަށް MNBC އިން އެ ކޯޕަރޭޝަންގެ ނަންބަރު BD/RES/2012/09-MNBC (11 ފެބުރުވަރީ 2012) "ކޮމްޕެނީގެ ބޯޑު ރިޒޮލިއުޝަލް" އިން ފާސްކުރިއެވެ. މިކަން ފާސްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 01/2012 (08 ފެބުރުވަރީ 2012) ޤަރާރުން ކަނޑައަޅާފައިވާ ކަންކަން ތަންފީޒީ ކުރުމަށްކަނު މި ރިޒޮލިއުޝަންއިން އެނގެއެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 0C/201-1374/Cv ޤަޟިއްޔާއަށް ފައިސަލާކުރަނިވި ޙުކުމެއްގެ ދަރަޖަ ލިބިފައިވެއެވެ.

101މިކަމުގެ އިތުރުން، MNBC ގެ ނަންބަރު BD/RES/2012/09-MNBC (11 ފެބުރުވަރީ 2012) "ކޮމްޕެނީގެ ބޯޑު ރިޒޮލިއުޝަން" އިން ނިންމާފައިވަނީ 14 ފެބުރުވަރީ 2012 އިން ފެށިގެން ކުންފުނި އުވާލުމާއި ހަމައަށް، ކުންފުނީގެ މެނޭޖްމަންޓާއި، ކުންފުނީގެ އެންމެހާ ކަންތައްތަކާއި، އެންމެހާ މުދަލާއި، presidency.gov.mv/Press/Article/6743 އާލަތްތަކާއި، މުވައްޒަފުންނާއި ފިކުރީ މުދާ ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން MBC އާ ޙަވާލުކުރު މަށެވެ.

102މި ރިޒޮލިއުޝަންއާއެކު، Agreements” Payable “Ongoing އާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ ތެރޭގައި Agreement” “Masakkath ގެ ދަށުން “Biziness Image Group” ބަޔާންކޮށް، ފެށޭ ތާރީޚަކީ 07 މާރިޗް 2010 ކަމާއި، ނިމޭ ތާރީޚަކީ 06 މާރިޗު 2015 ކަމުގައި ބަޔާންކުރެއެވެ.

103ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 1/2012 (08 ފެބުރުވަރީ 2012) ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް، އަދި ސިވިލް ކޯޓުގެ ނަންބަރު 0C/201-1374/Cv ޤަޟިއްޔާ ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، MNBC ގެ ބޯޑުން 14 ފެބުރުވަރީ 2012 ގައި ބޭއްވި ޖަލްސާގެ ޤަރާރުގައި އެއްބަސްވެފައިވާ ކަންކަމަށް ރިޢާޔަތްކޮށް، MNBCގެ އެންމެހާ ކަންތައްތައް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން MBC އަށް ބަދަލުކުރުމަށް MBC އިން 14 ފެބުރުވަރީ 2012 ގައި ބޭއްވުނު އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ 56 ވަނަ ޖަލްސާއިން އިއްތިފާޤުވެވުނެވެ. ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ވުޖޫދުވުން

104ޚަބަރާއި މަޢުލޫމާތު ފެތުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މުނިފޫހިފިލުވުންވެސް ޝާމިލުވާގޮތުން، "ޕަބްލިކް ސަރވިސް މީޑިއާ" ގެ ނަމުގައި ވަކި ކުންފުންޏެއްގެ ގޮތުގައި، ދައުލަތުގެ މީޑިއާ ޤާއިމުކޮށް، ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެ ހަމަތަކާއި އުޞޫލު ބަޔާންކުރާ ޤާނޫނެއް 28 އެޕްރީލް 2015 ގައި ތަސްދީޤުކުރެވި، ގެޒެޓުކުރެވުނެވެ. މިއީ ޤާނޫނު ނަންބަރ 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) އެވެ.

105މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އަމިއްލަ ނަމުގައި މުދާ ހޯދައި، މުދާ ލިބިގަނެ، އެ މުދަލުން މުޢާމަލާތްކުރުމުގެ ޤާނޫނީ ހައިސިއްޔަތު މި ޤާނޫނުން ލިބިދޭ، ވަކި ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ (PSM) ޤާއިމުވީކަމުގައި ބަޔާންކުރެއެވެ. މި ޤާނޫނުގައިވެސް އިންތިޤާލީ ބާބެއް ހިމެނެއެވެ. މިގޮތުން، މި ޤާނޫނު ތަޞްދީޤުކޮށް، ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އުވުނީކަމަށާއި، އަދި ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އުވުމާއި ގުޅިގެން، އެ ޤާނޫނުގެ ދަށުން ޢައްޔަންކޮށްފައިވާ MBC ގެ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމުގެ ޤާނޫނީ ހައިސިއްޔަތާއި، އަދި މި ކޯޕަރޭޝަން ހިންގުމަށް ޢައްޔަންކޮށްފައިވާ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގެ ޤާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެކަމުގައި ބަޔާންކުރެއެވެ.

106ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގއ PSM އާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، ޢަމަލުކުރެވެމުންދާ އެއްވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ހިމެނޭކަމަށްވާނަމަ، އެ ޤާނޫނެއް ނުވަތަ ގަވާއިދެއްގައި އެކަން އޮތްއޮތުން މި ޤާނޫނުގެ ބޭނުމަށް ބާޠިލުވާނެކަމަށާއި، ހުރިހާ ޙާލަތެއްގައި އިސްކަންދޭނީ މި ޤާނޫނަށް ކަމުގައިވެސް ބަޔާންކުރެއެވެ.

107މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، MBC ގެ މިލްކުރެވިކަމުގެ ދަށުގައި ހުރި އެންމެހައި ވެބްސައިޓް، ޓީވީ ރޭޑިއޯ ޗެނަލް، ނޫސް މަޖައްލާ އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މިނޫން ވަސީލަތްތައް PSM ގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުވީކަމަށާއި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، MBC އިން، ބައިވެރިވެފައިވާ ޖަމްޢިއްޔާ ޖަމޢާ ތްތަކުގެ މެންބަރޝިޕްތަކާއި، ވެފައިވާ އެއްބަސްވުންތަކާއި، MBC ގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި ބިންބިމާއި، އިމާރާތްތަކާއި، އެންމެހައި މުދަލާއި ފައިސާއާއި، އަރުޝީފު އަދި MBC އިން އޯޑަރުކޮށްފައިވ ނުވަތާ އެ ކޯޕަރޭޝަނަށް ލިބެންޖެހޭ އެންމެހައި މުދަލާއި ފައިސާ، އަދި މިނޫންވެސް މިފަދަ ހުރިހާ މިލްކުވެރިކަމާއި ޙައްޤުތަކާއި ޒިންމާތައް މި ޤާނޫނުގެ ދަށުން PSM އަށް ބަދަލުވީކަމަށާއި، އަދި MBC އިން އެ ހިނދަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އެ ފައިސާއެއް ދެއްކުމަށް ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމުވެސް މި ޤާނޫނުގެ ދަށުން PSM އަށް ބަދަލުވީކަމުގައ މި ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

108މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، MBC ގައި ޚިދުމަތްކުރަމުންދިޔަ މުވައްޒަފުންނަކީ PSM ގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެކަމުގައިވެސް މި ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

109މި ޤާނޫނަށް ޢަމަލުކުރާނީ މި ޤާނޫނު ފާސްވެ، ތަސްދީޤުކޮށް، ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. އެއީ 28 އެޕްރީލް 2015 ގައެވެ.

އެއްބަސްވުމާއި ގުޅިގެން ބަދަލުކޮށްފައިވާ ސިޓީތައް

110MNBC އނި އިސްތިއުނާފު ރައްދުވާ ފަރާތަށް 21 އޮކްޓޫބަރު 2012 ގައި ފޮނުވާފައިވާ ސިޓީއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން އެ ކޯޕަރޭޝަނަށް 14 އޮކްޓޫބަރު 2012 ގައި ފޮނުވާފައިވާ ސިޓީއާ ޙަވާލާދީ ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީގައި ވަނީ MNBC އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހި ނުދައްކައިވާ އަދަދުކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ -6,771,327/ރ. (ހަމިލިއަން ހަތްލައްކަ ހަތްދިހަ އެއްހާސް ތިންސަތޭކަ ހަތާވީސް ރުފިޔާ) އަކީ ރަނގަޅު އަދަދެއްނޫންކަން އެ ކޯޕަރޭޝަންގެ ފައިނޭންޝަލް ސްޓޭޓްމަންޓަށް ބެލުމުން އެނގޭކަމަށާއި، އަދި ދެ ފަރާތް ދެމެދު މިކަމާ ޤާނޫނު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ 10 ވަނަ މާއްދާ ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާގެ ދަޢުވާ ފޯމްއާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުން ޑޮކިއުމަންޓް 2 ގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީ ގުޅިގެން ކުރެވިފައިވާ މަޝްވަރާތަކުގެ އަލީގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހި ނުދައްކައިވަނީ އަންނަނިވި އަދަދުތައް ކަމުގައި MNBC ގެ ބޯޑުން ނިންމާފައިވާކަމުގައެވެ. th th “1. Agreement Effective Period: 7 March 2010 to 14 February 2012

2. Total Sales Generated by MNBC during that period: MVR 86,511,283.23

3. Total Sales Generated by BIG during that period (as agreed): MVR 75,476,112.65

4. 15% Sales Commission: MVR 11,321,416.24

6. Total due by MNBC: MVR 5,325,353.66”

111މި ސިޓީއާ ޙަވާލާދީ، އިސްތިއުނާފު ރައްދުވާ ފަރާތުން 22 އޮކްޓޫބަރު 2012 ގައި MNBC އަށް ސިޓީއެއް ފޮނުވާފައިވެއެވެ. މި ސިޓީގައިވަނީ ޖީއެސްޓީއާއެކު، އެ ތާރީޚާއި ހަމައަށް MNBC އނި އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ އަދަދަކީ 88/5,644,874ރ. (ފަސްމިލިއަން ހަލައްކަ ސާޅީސް ހަތަރުހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ އަށްޑިހަ އަށް ލާރި) ކަމަށާއި، މި ސިޓީގައި މިވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ފައިސާ ދެއްކުމަށާއި، އަދި އިންވޮއިސްގައިވާ ފަދައިން 23 ނޮވެންބަރު 2012 އިން ފެށިގެން އެ ފައިސާ ދައްކައި ޚަލާޞްކުރާ ތާރީޚާއި ހަމައަށް، ދައްކަންޖެހި ނުދައްކާވާ މިންވަރުގެ މައްޗަށް %1 (އެކެއް އިންސައްތަ) ޖޫރިމަނާއެއް ދައްކަންޖެހޭނެކަމުގައެވެ.

112ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މުހިންމު ލިޔުމެއްގެ ގޮތުގައި ފާހަގަވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން PSM އަށް 18 އޮކްޓޫބަރު 2016 ގައި ފޮނުވާފައިވާ ސިޓީއެވެ. މި ސިޓީގައިވަނީ MNBC އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާގެ ދަޢުވާ ފޯމްއާއެކު، އިސްތިއުނާފު ރައްދުވާ ފަރާތުން ޑޮކިއުމަންޓް 3 ގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީ ޕްރައިވަޓައިޒޭޝަނ އެންޑް ކޯޕަރަޓައިޒޭޝަންގެ ނަންބަރު 454/PSM/2016/4 (18 އޮކްޓބަރޯ 2016) މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން MNBC އށަ ޖޫރިމަނާއާއެކު ޖުމްލަ 88/78,576,659ރ. (ހަތްދިހަ އަށްމިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ އަށްޑިހަ އަށް ލާރި) ދެއްކުމަށް ޙުކުމްކޮށްފައިވާކަމަށާއި، އެހެނަސް، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތިން MNBC އިން އެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު ހިންގަމުން އައި ޓެލެވިޜަން މޯލްޑިވްސް އިން އެވަގުތު ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ އެ ފައިސާއެއް ނުވަތަ އެދަރަންޏެއް ވަނީ MBC އަށް ބަދަލުވެފައިވާކަމަށާއި، އަދި 28 އެޕްރީލް 2015 ގައި ޢަމަލުކުރަން ފަށާފައިވާ ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އުވާލާފައިވާކަމަށާއި، MBC އިން އެހިނދަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއްވާނަމަ، އެ ފައިސާ ދެއްކުމުގެ ނުވަތަ އެދަރަންޏެއް އަދާކުރުމުގެ އިލްތިޒާމް އެ ޤާނޫނުގެ 3 ވަނަ މާއްދާއިން ޤާއިމްކޮށްފައިވާ PSM އަށް ބަދަލުވީކަން އެނގެން އޮތުމާއެކު، ސިވިލް ކޯޓުގެ ޤަޟިއްޔާގައިވާ އަމުރާއި ގުޅޭ އެންމެހައި ކަންކަން ކުރުމަށް PSM އަށް އަންގާފައިވެއެވެ.

113PSM ގެ ޑިރެކްޓަރުންގެ ބޯޑުގެ 118 ވަނަ ބައްދަލުވުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް PSM އިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ލޯނެއް ނެގުމާ ބެހޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރު ފާސްކުރުމާގުޅޭ ގޮތުން 06 ފެބުރުވަރީ 2019 ގައި މަޝްވަރާކުރެވުނެވެ. މަޝްވރާތަކަށްފަހު ޤަރާރެއަ ނެރުމަށް ފާސްކުރެވުނެވެ. އެއީ "ބިޒްނަސް އިމޭޖް ގްރޭޕ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާއަކާއި ގުޅިގެން އެ ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން، ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް މިއީ އެ ދުވަހު މަޝްވަރާކުރުމަށް ދުރާލާ އެޖެންޑާކުރެވިފައިވާ ކަމެއްނޫންކަމާއި، މިއީ ކުއްލި ކަމެއްގެ ގޮތުގައި، މެނޭޖިންގ ޑިރެކްޓަރ ގެންނެވި މައްސަލައެއްކަން ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ 118 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެއެވެ. ދައްކަންޖެހޭ 78,576,659/88ރ. (ހަތްދިހަ އަށްމިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ އަށްޑިހަ އަށް ލާރި) އެ ކުންފުންޏަށް ދައްކައި ޚަލާޞްކުރުމަށް 07 ޖޫން 2016 ގައި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްޗަށް ޙުކުމްކޮށްފައިވީހިނދު، އެޙުކުމާއި ވިދިގެން ޕްރައިވަޓައިޒޭޝަނ އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނަންބަރު 454/PSM/2016/4 (19 އޮކްޓޫބަރު 2016) ސިޓީން ޕަބްލިކް ސަރވިސް މީޑިއާއިނ މިޙުކުމް ތަންފީޛުކޮށް މިފައިސާ ދެއްކުމަށް މިކުންފުންޏަށް އަންގައި މިހާތަނަށް ޙުކުމް ތަންފީޛުކޮށް މިފައިސާ ދައްކާފައި ނުވާތީ، މި ޙުކުމް ތަންފީޛުކޮށް ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ، މިކުންފުނިން ދައްކަން ބަލާއިރު މިވަގުތު ކުންފުނީގެ މާލީ ޙާލަތު ހުރިގޮތުން ކުންފުނީގެ ބަޖެޓުން އެފައިސާ ދެއްކެން ނެތުމުން، މިކަން ޙައްލުކުރެވޭނެ ގޮތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި މަޝްވަރާކުރުމުން، ލޯނެއްގެ ގޮތުގައި އެޢަދަދަށް ފައިސާ ދެވިދާނެކަމަށް އެމިނިސްޓްރީގެ މަޝްވަރާ ލިބިފައިވާތީ، ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 78,576,659/88ރ. (ހަތްދިހަ އަށްމިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ އަށްޑިހަ އަށް ލާރި) ގެ ލޯނެއް ނަގައި އެދަރަނި ޚަލާޞްކޮށް ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފީމެވެ." މިއެވެ.

114އެއަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތަށް، PSM އިން 03 (ތިނެއް) ޕޭމަންޓް ވައުޗަރެއް އިޝޫކޮށްފައިވެއެވެ. އެއީ ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ (ފުރަތަމަ ޕޭމަންޓް)ގެ ގޮތުގައި 31 ޖަނަވަރީ 2019 ގެ ޕީވީ ނަންބަރު: PSM/PV/19/79 އިން ދޫކޮށްފައިވާ -/8,000,000ރ. (އަށްމިލިއަން ރުފިޔާ) އާއި، ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ (ދެވަނަ ޕޭމަންޓް)ގެ ގޮތުގައި 06 ފެބުރުވަރީ 2019 ގެ ޕީވީ ނަންބަރު: PSM/PV/19/91 އިން ދޫކޮށްފައިވާ -/1,000,000ރ. (އެއްމިލިއަން ރުފިޔާ) އަދި ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާ (ތިންވަނަ ޕޭމަންޓް)ގެ ގޮތުގައި 14 ފެބުރުވަރީ 2019 ގެ ޕީވީ ނަންބަރު: PSM/PV/19/101 އިން ދޫކޮށްފައިވާ -/21,000,000ރ. (އެކާވީސް މިލިއަން ރުފިޔާ) އެވެ. މި 03 (ތިނެއް) ޕޭމަންޓް ވައުޗަރއާވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލުވެފައިވާކަން އެނގެއެވެ.

115MNBC އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދެއްކުމަށް ޙުކުމްކޮށްފައިވާ -78,000,000/ރ. (ހަތްދިހަ އަށްމިލިއަން ރުފިޔާ) ގެ ތެރެއިން -30,000,000/ރ. (ތިރީސ މިލިއަން ރުފިޔާ) PSM އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާފައިވާކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާތީ، މި ފައިސާ ދައްކަމުންދަނީ ދައުލަތުގެ ކޮން ވުޒާރާއަކުންތޯ ސާފުކުރުމަށް ކޮމިޓީއިން ބޭނުންވާކަމަށާއި، މި މައްސަލައަކީ ކޮމިޓީން ދިރާސާކުރަމުންދާ މައްސަލައަކަށްވާތީ، އިސްތިއުނާފު ރައްދުވާ ފަރާތަށް އެއްވެސް ފައިސާގެ މުޢާމަލާތެއް އެހިނދަށް ނުހިންގުމަށް އަންގައި، 28 ފެބުރުވަރީ 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން PSM އަށް ސިޓީ ފޮނުވާފައިވެއެވެ.

116އެނޓް ކޮރަޕްޝަން ކޮމިޝަނުން، PSM އަށް 12 މާރިޗް 2019 ގައި ސިޓީއެއް ފޮނުވާފައިވެއެވެ. މިސިޓީއަކީ MNBC އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ދޫކޮށްފައިވަނީ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާގޮތަށް ކަމަށް ބުނާ މައްސަލަ ކޮމިޝަނުން ދިރާސާކުރިއިރު ފާހަގަވާކަންކަން ބަޔާންކޮށް ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީގައި ސިވިލް ކޯޓުގެ ނަންބަރު ނަންބަރު F/ML/PSM/2019/4-57 ސިޓީ އެ ކޮމިޝަންގެ ނަންބަރު C4/PSM/2019/08-123 ސިޓީ 1249/Cv-C/2015 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުންނާއި، އަދި އެ މައްސަލަ އިސްތިއުނާފުކުރުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް އެދިފައިވެއެވެ.

117އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިސްވެ ބަޔާންކުރަނިވި ސިޓީއާ ޙަވާލާދީ، PSM އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް 13 މާރިޗް 2019 ގައި ސިޓއެއީ ފޮނުވާފައިވެއެވެ. މި ސިޓީގައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ދައްކަން ފަށާފައިވީނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސިޓީގައިވާ ގޮތުގެ މަތިން، ލަފަޔަކަށް އެދިއެވެ. މިއާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ސިޓީއެއްގެ ގޮތުގައި ފެންނަން އޮތީ، އެ މިނިސްޓްރީގެ 17 އެޕްރީލް 2019 ގެ ސިޓީއެވެ. އެ ސިޓީގައި ވަނީ 07 މާރިޗް 2010 ގެ އެއްބަސްވުމާއި ގުޅިގެން އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 15-2014-SPE އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފއިވާތީ، ސިވިލް ކޯޓުގެ ނަންބަރ 1249/Cv-C/2015 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރުމުގެ ފުރުޞަތު އޮތްތޯ ބެލުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީއަށް ލަފާދެއްވާފައިވާތީ، މިކަމުގައި އެޓަރނީ ޖެނެރަލް ގޮތެއް ނިންމަވަންދެން، އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ދެއްކުން ހުއްޓލުމަށާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަން ހިއްސކުރެވިފައިވާކަމުގައެވެ.

118ބަޔާންކުރަނިވި ސިޓީގައި ޙަވާލާދޭ އޮޑިޓް ރިޕޯޓަކީ 13 އެޕްރީލް 2014 ގައި އޮޑިޓަރ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ "މޯލްޑިވްސ ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޚާއްޞަ އޮޑިޓް ރިޕޯޓް"އެވެ. މި އޮޑިޓް ރިޕޯޓުގައި އެއްބަސްވުމާއި ގުޅޭ ގޮތުން ފާހަގަކޮށްފައިވާ ކަންކަން ބަޔާންކުރީމެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ނަންބަރު PSM/13/2019/24 ސިޓީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު M/PSM/2019/10-13 ސިޓީ ރިޕޯޓު ނަންބަރު: 15-2014-SPE

118.1- MNBC އަށް އާމްދަނީ ލިބޭ މައިގަނޑު ބައިތަކުން %15 (ފަނަރަ އިންސައްތަ) ސޭލްސް ކޮމިޝަނާއި މަހު ފީގެ ގޮތުގައި -25,000/ރ. (ފަންސަވީސްހާސް ރުފިޔާ) ދޭންޖެހޭ ގޮތަށް MNBC ގެ އެކްސްކްލޫސިވް ސޭލްސް އޭޖެންޓެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތް ހަމަޖައްސާފައިވަނީ ހާމަކަން ކުޑަގޮތެއްގައ ވާދަވެރި ބީލަމުގެ އުޞޫލުން ނޫންކަމާއި، މި މަސައްކަތުގެ ބީލަމުގެ ކަންތައްތައް ގެންގޮސްފައިވަނީ ވަކި ފަރާތަކަށް ނާޖައިޒް ފައިދާއެއް ހޯދައިދިނުމަށް މަގުފަހިވގޮތަށްކަން ބެލެވޭކަނާ.

118.2- އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ބިޑާއި އެ ބިޑް އިވެލުއޭޓްކުރިކަމުގެ އެއްވެސް ލިޔުމެއް MNBC އިން ދީފައިނުވާކަމަށާއި، MNBC އަކީ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކަށްވީހިނދު، އަދި ކުންފުނި ހިންގުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކުރަމުން ގޮސްފައިވާއިރު، MNBC ގެ އާމްދަނީ ލިބޭ މައިގަނޑު ބައިތަކުން ޚަރަދު ނުކަނޑައި ޖުމްލަ އާމްދަނީގެ %15 (ފަނަރަ އިންސައްތަ) ކޮމިޝަން އަމިއްލަ ފަރާތަކަށް ލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވަނީ MNBC ގެ މަޞްލަޙަތަށް އިސްކަންދެވިގެންކަން ނުބެލެވޭކަން.

118.3- MNBC ގެ އާމްދަނީ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގައި އިތުރުވެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސައްކަތުންކަމުގައި ނުބެލެވޭކަން.

4.118- އިސްތިއުނާފު ރައްދުވާ ފަރާތަށް އެހާތަނަށް ދީފައިވާ -5,785,455/ރ. (ފަސްމިލިއަން ހަތްލައްކަ އަށްޑިހަ ފަސްހާސް ހަތަރު ސަތޭކަ ފަންސާސް ފަސް ރުފިޔާ) އަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސައްކަތުން ލިބިފައިވާ އާމްދަނީއިން ދީފައިވާ ސޭލްސް ކޮމިޝަންކަން ދެނެގަނެވޭނެ ގޮތަށް ލިޔެކިޔުންތައް ބަލަހައްޓާފައިނުވު މުން، މި ފައިސާއަކީ އެއްބަސްވުމާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސައްކަތުން ހޯދާފައިވާ އާމްދަނީގެ ތެރެއިން ދީފައިވާ ސޭލްސް ކޮމިޝަންކަން ޔަޤީންކުރެވެން ނެތްކަން.

5.118- އިޢުލާން، އެސް.އެމް.އެސް، މައިޓޯންސް އައި އެއަރޓައިމް ލައިވްގެ ބައިތަކުން ލިބިފައިވަ އާމްދަނީއިން ސޭލްސްގ ގޮތުގައެ އިސްތިއުނާފި ރައްދުވު ފަރާތަށް އިތުރަށް ދެވިދާނެކަމަށް އަންގާފައިވާ -2,643,166/ރ. (ދެމިލިއަން ހަލައްކަ ސާޅީސް ތިންހާސް އެއްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) އަކީ އެއްބަސްވުމުގެ ދަށުން ދެވޭނެ ފައިސާ ކަމުގައި ނުދެކޭކަން.

6.118- ސޭލްސް ކޮމިޝަންގެ ގޮތުގައި އިތުރަށް ދެވިދާނެކަމަށް އަންގާފައިވާ ފައިސާގެ ތެރެއިން، -2,892,794/ރ. (ދެމިލިއަން އަށްލައްކަ ނުވަދިހަ ދެ ހާސް ހަތްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) އަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ދޭންޖެހޭ ފައިސާ ކަމުގައި ނުދެކޭކަން.

119މިނިސްޓްރީ އޮފް ފިނޭންސްގެ 17 އެޕްރީލް 2019 ގެ ސިޓީއާ ގުޅިގެން PSM އިން މިނިސްޓްރީ އޮފް ފިނޭންސްއަށް 24 ޖޫން 2019 ގައި ފޮނުވާފައިވާ ސިޓީގައި ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ފުރުޞަތު އޮތްތޯ ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމާމެދު ލަފަޔަކަށ އެދިފައިވާކަން އެނގޭއިރު، މި ސިޓީގެ ޖަވާބުގައި އެކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމާމެދު މިނިސްޓްރީގެ އިޢުތިރާޒެއްނެތްކަމުގައި ބަޔާންކޮށް 01 ޖުލައި 2019 ގައި ޕަބްލިކް ސަރވިސް މީޑިއާއަށް ސިޓީއެއް ފޮނުވާފައިވެއެވެ. އިސްވެ ބަޔާންކުރަނިވި ކަންކަން އިސްތިއުނާފުކުރ ފަރާތުން ކުޅަ އިސްތިއުނާފަށާ ތަޠުބީޤުކުރުން

120އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފު ބިނާކޮށްފައިވަނީ MNBC ގެ މުދަލާއި، ބައެއް އެގްރީމެންޓްތަކާއި، ބައެއް މުވައްޒަފުން 14 ފެބުރުވަރީ 2012 ގައި އެއިރުގެ MBC އަށް، އަދި މިހާރު PSM އަށް ބަދަލުވެގެން ދިޔަ ހިނދު، އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒީ ކުރުންވެސު PSM އަށް ލާޒިމުވެފައިވަނިކޮށް، PSM ގެ މައްޗަށް ކުރަންޖެހޭ ދަޢުވާއެއް، ޕަބްލިކް ސަރވިސް މީޑިއާގެ ނަންބަރު PSM/13/2019/44 ސިޓީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު M/PSM/2019/15-13 ސިޓީ އިސްތިއުނާފު ރައްދުވާ ފަރާތުން MNBC ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލުމުން މި އެއްބަސްވުން ތަންފީޒީ ކުރުނު އެހިނދަށް ލާޒިމުވެފައިވަނީ ކޮން ކުންފުންޏަކަށްތޯ ނުބަލައި އެ ދަޢުވާ ކުރިއަށް ގެންގޮސް، MNBC ގެ މައްޗަށް ޙުކުމްކޮށްފައިވާ ކަމުގެ މައްޗަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން ޖޫރިމަނާގެ ފައިސާ އެއްވެސް ހުދޫދެއް ނުވަތަ ހިފެހެއްޓުމެއް ނެތި ނަގައިދީފައިވާކަމުގެ މައްޗަށެވެ.

121މިކަންކަމުގެ މައްޗަށް ބަލާއިރު، ޝަރީޢަތުން ޖަވާބުދޭންޖެހޭ ސުވާލަކީ އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގައިވާ ފަދައިން MNBC އާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒީ ކުރުނު އެއިރު ލާޒިމުވެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ބުނާ ފަދައިން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށްތޯ އާއި، އަދި އެ މައްސަލައިގައި އެ ފަރާތުގެ މަޞްލަޙަތެއް އޮތްތޯއެވެ.

122މިއަށް ޖަވާބުދިނުމުގައި، އިސްވެ ބަޔާންކޮށްފައިވާ ޤާނޫނުތަކުގެ އަލީގައި، ދައުލަތުގެ މީޑިއާ ގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާ ޙަވާލުވެފައިވާ ކުންފުނިތައް ބަދަލުވެގެން އައި ގޮތާއި، އަދި ހަމަ އެއާއެކު، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަދަލުވެގެން ދިޔަ ގޮތް ބަލަންޖެހެއެވެ.

123MNBC އާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 07 މާރިޗް 2010 ގައި ވެފައިވާ މާރކެޓިންގް އެއްބަސްވުން ވުޖޫދުވިއިރު، ސަރުކާރުގެ މީޑިއާއެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ހިންގުމުގެ ހައިސިއްޔަތު MNBC އަށް ލިބިދީފައިވެއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް 20 އެޕްރީލް 2010 ގައި ޢަމަލުކުރަން ފެށުމާއިއެކު، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް، މި ޤާނޫނުގެ ދަށުން އުފައްދާ MBC ގެ ދެ ޗެނަލަށ ބަދަލުވެގެން ދިޔައެވެ.

124HN1މި ބާރު ބަދަލުވެގެން ދިޔަ ގޮތް މި ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާއިރު، ބާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިއަށްދާންވީ ގޮތާއި އަދި ބާރު ބަދަލުވެގެން ދާ ގޮތުގެ ދާއިރާ ބަޔާންކުރަނީ މި ޤާނޫނުގެ 45 ވަނަ މާއްދާގައެވެ. މިގޮތުން މި ޤާނޫނުގެ 45 ވަނަ މާއްދާއަށް ބަލާއިރު، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް، MBC ގެ ދެ ޗެނަލަށް ބަދަލުވެގެންދާއިރު، އެ ދެ ތަނުގައި ހުރި ނުވަތަ އެއިން ތަނަކަށް އޯޑަރުކޮށްފައިވާ، ނުވަތަ އެއިން ތަނަކަށް ލިބެންޖެހޭ މުދާ ނުވަތަ ފައިސާއަކީ، MBC ގެ ފައިސާއާއި މުދަލަށް ބަދަލުވީކަމަށާއި، އަދި އެއިން ތަނަކުން އެ ވަގުތު ދައްކަން ޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއްވާނަމަ، އެ ފައިސާއެއް ދެއްކުމުގެ ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމްވެސް، މި ޤާނޫނުގެ ދަށުން، MBC އަށް ބަދަލުވީކަމުގައި ބަޔާންކުރެއެވެ.

125އެހެންކަމުން، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްއަށް އޯޑަރުކޮށްފައިވ ނުވަތާ ލިބެންޖެހޭ މުދަލާއި ފައިސާއާއި، އެއިން ތަނަކުން ދައްކަންޖެހިފައިވާ ފައިސާ ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް އަދާކުރުމުގެ އިލްތިޒާމްވެސް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގެ ދަށުން އުފެދުނު MBC އަށް ބަދަލުވީކަމުގައި ބަލަންޖެހެއެވެ.

126HN2ޓެލެވިޜަން މޯލްޑިވްސްއިން ނުވަތް ދިވެހިރާއްޖޭގެ އަޑުން ނުވަތަ މި ދެ ފަރާތުގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއަކުން އެކި ފަރާތްތަކާއިއެކ ކޮށްފައިވު އެއްބަސްވުންތަކާއި މެދު އިންތިޤާލީ މަރުޙަލާގައި ޢަމަލުކުރަންޖެހޭ ގޮތް މި ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެއީ މިފަދަ އެގްރީމަންޓްތައް ބޯޑު އުފެދޭތާ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި މުރާޖަޢާކުރުމަށެވެ. އަދި އެއްބަސްވުންތައް މުރާޖަޢާކުރުމަށްފަހު، އުވާލަން ފެންނަ އެގްރީމަންޓްތައް އުވާލުމުގެ އިޚްތިޔާރު ބޯޑަށް ލިބިގެންވާކަމާއި، އެގްރިމަންޓެއް އުވާލާއިރު އެގްރީމަންޓްގެ ދަށުން އުފުލަންޖެހޭ މާލީ ޒިންމާއެއް އޮތްނަމަ، އެ ޒިންމާ ބޯޑުން އުފުލަންވާނެކަމުގައެވެ.

127މި މާއްދާއަށް ބަލާއިރު، މި ޤާނޫނު ވުޖޫދުވުމާއި ހަމައަށް ޓެލެވިޜަން މޯލްޑިވްސްއިން ނުވަތަ ދިވެހިރާއްޖޭގެ އަޑުގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވަނީ MNBC ކަމާމެދު ދެބަސްވުމެއްނެތެވެ. އެހެންކަމުން، MNBC ކޮށްފައިވާ އެއްބަސްވުންތައްވެސް މި ޤާނޫނުގެ 46 ވަނަ މާއްދާގައިވާ އިޖުރާއަތުގެ ތެރެއިން MBC އަށް ބަދަލުވެގެންދާނެކަން އެނގެއެވެ.

128މިއަށްފަހު، ކަންކަން ވެފައިވާ ގޮތުގެ މައްޗަށް ނަޒަރުކުރާއިރު، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް ޢަމަލުނުކުރާކަމަށާއި، MBC ހިންގުމަށް ހުރަސްއަޅައި، MBCގެ މުދަލާއި، އިންސާނީ ވަސީލަތްތަކާއި، ޙައްޤުތަކާއި އިލްތިޒާމްތައް MBC އަށް ދޫނުކޮށް ހިފަހައްޓާފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައިވާ ފަދައިން، MBC ގެ މުދަލާއި، އިންސާނީ ވަސީލަތްތަކާއި، ޙައްޤުތަކާއި އިލްތިޒާމުތައް ލިބިގަތުމަށާއި، ޤާނޫނުގައިވާ ފަދައިނު MBC ގެ މަސައްކަތްތައް ފަށައިގަތުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރެވޭނެ ގޮތް ފަހިކުރުމުގ ގޮތުނެ ކަމަށް ބުނެ 14 އޮކްޓޫބަރު 2010 ގައި MNBC އާއި އަދި MNBC ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ހިމެނޭ ގޮތަށް، MBC އިން ސިވިލް ކޯޓަށް މައްސަލއެއަ ހުށަހަޅައި، އެ ކޯޓުގެ ނަންބަރު 1374/Cv-C/2010 ޤަޟިއްޔާއިން މި މައްސަލަ ބަލަން ފެށިއެވެ.

129މި މައްސަލައިގެ ތެރޭގައި ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު، MNBC ގެ ނަމުގައި ހުރި މުދަލާއި، އިންސާނީ ވަސީލަތްތަކާއި، އެކަންކަމާއި ގުޅޭ ޙައްޤުތަކުގެ މިލްކުވެރި ފަރާތަކީ MNBC ކަމުގައި ދެކި، އެ ޙައްޤުތައް MNBC ގެ ކިބައިން ނިގުޅައިނުގަނެވޭނެކަމަށް ބުނެ، MNBC ގެ މުދަލާއި އިންސާނީ ވަސީލަތްތަކާއި، އެކަންކަމާއި ގުޅޭ ޙައްޤުތައް MBC އަށް ބަދަލުކުރުމަށް MNBC އިންކާރުކޮށްފައިވާކަން އެނގެއެވެ.

130މ މައްސަލި ކުރިއަށް ދިޔަ މުއްދަތުގައި، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ އިންތިޤާލީ މަރުޙަލާގައި ބަޔާންކުރާ ކަންކަން ތަންފީޛުކުރުމަށް ނުވަތަ އެކަންކަން ފަހކުރުމަށި MNBC ގެ ފަރާތުން އިންކާރުކޮށްފައިވާތީ، އެ ޤާނޫނުގެ އިންތިޤާލީ ބާބު ތަންފޒީވެފައިނުވާކަން އެނގެއެވެ.

131އެ މައްސަލައަށް ނިމުމެއްއައީ 12 މެއި 2011 ގައެވެ. ސިވިލް ކޯޓުގެ ނަންބަރު 1374/Cv-C/2010 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު)ގެ 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، MNBC ގެ ދަށުގައި އޮތް ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑަކީ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށި ދުވަހުން ފެށިގެން MBC ގެ ދެ ޗެނަލްގ ގޮތުގައެ ބަލަންޖެހޭ ތަންތަންކަމުގައާއި، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއިއެކު، ބަޔާންކުރަނިވި މާއްދާތަކުގައި ބަޔާންކޮށްފައިވާ މުދަލާއި ވަސީލަތްތކާއަ ޓެލެވިޜނަ މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑު ހިންގުމަށް ދޫކޮށްފައިވާ ބިމާއި، އެތަންތަނަށް ދޫކޮށްފައިވާ ފްރީކއުންސއާއި، ވހިކަލްތަކާއި، ފރުނީޗަރާއި، އާލަތްތަކާއި، ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާއާއި، އެތަންތަނުގެ އަރުޝީފު ހިމެނޭގޮތަށް MBC ގެ ދަށަށް ބަދަލުވެގެން ގޮސްފައިވާ ތަންތަން ކަމުގައި ކަނޑައަޅައެވެ. އަދި 12 މެއި 2011 އިން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު، އަދި އެތަންތަނުގެ މުދަލާއި ވަސީލަތްތައް MBC އާއި ޙަވާލުކުރުމަށެވެ.

132މި ޙުކުމް ތންފަ ޒީ ކުރުމުގު ފިޔަވަޅެއް MNBC އނި އަޅާފައިވަނީ 11 ފެބުރުވަރީ 2012 ގައެވެ. މިގޮތުން އެކުންފުނީގެ ނަންބަރު BD/RES/2012/09-MNBC ބޯޑު ރިޒޮލިއުޝަނަކުން 14 ފެބުރުވަރީ 2012 އިން ފެށިގެން ކުންފުނި އުވާލުމާއި ހަމައަށް، ކުންފުނީގެ މެނޭޖްމަންޓާއި، މިވަގުތު ކުންފުނީގެ އެންމެހާ ކަންތައްތަކާއި، އެންމެހާ މުދަލާއި، އާލަތްތަކާއި، މުވައްޒަފުންނާއި ފިކުރީ މުދާ ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން MBC އާ ޙަވާލުކުރުމަށް ނިންމިއެވެ. އަދި މި ރިޒޮލިއުޝަންއާއެކު ކުންފުނިން އަންނަނިވި ލިސްޓުތައް ހިއްސާކޮށްފައިވެއެވެ. On going Advertisement and Sponsorship Agreements .1 Advance Payment Received - Advertising, Sponsor & Announcement .2 Details of annual International subscriptions .3 Ongoing Payable Agreements .4 Agreements for Process .5

133ބަޔާންކޮށްފައިވާ ލިސްޓުތަކުގެ ތެރެއިން Agreement Payable Ongoing ގެ ތެރޭގައި “Masakkath Agreement” ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތާއެކު ވެފައިވާ “Marketing” އެއްބަސްވުން ހިމަނާފައިވެއެވެ. އަދި މި އެއްބަސްވުން ފެށެ ތާރީޚަކީ 07 މާރިޗް 2010 ގައި ކަމާއި، ނިމޭ ތާރީޚަކީ 06 މާރިޗް 2015 ގައި ކަމުގައި ބަޔާންކޮށްފައިވެއެވެ.

134މިއީ ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން MNBC ގެ މެނޭޖްމަންޓާއި، އެ ކުންފުނީގެ އެންމެހާ ކަންތައްތަކާއި، އެންމެހާ މުދަލާއި، އެންމެހާ އާލަތްތައް MBC އާ ޙަވާލުކުރުމަށް، MBC އާ ހިއްސާކޮށްފައިވާ މަޢުލޫމާތުތަކެވެ. ނަންބަރު BD/RES/2012/09-MNBC (11 ފެބްރުއަރީ 2012) "ކޮމްޕެނީގެ ބޯޑު ރިޒޮލިއުޝަން"

135HN3ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއާއި، 44 ވަނަ މާއްދާއާއި އަދި 45 ވަނަ މާއްދާ ތަންފީޛުކުރުމުގެ މަސައްކަތް ފަށާފައިވަނީ MNBC އާއި MBC އާ ދެމެދު ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް ބަދަލުކުރުމުގެ ޚުޞޫމާތު، ސިވިލް ކޯޓުގެ ނަންބަރު 1374/Cv-C/2010 ޤަޟިއްޔާއިން ނިމި، އޭގެ މަސްތަކެއް ފަހުން 11 ފެބުރުވަރީ 2012 ގައެވެ. އެހެންކަމުން، ޓެލެވިޜަން މޯލްޑިވްސްއިން ނުވަތަ ދިވެހިރާއްޖޭގެ އަޑުން ނުވަތަ މި ދެ ފަރާތުގެ ކަންކަން ބެލެހެއްޓުމަށް ނުވަތަ ހިންގުމަށް އެކި ފަރާތްތަކާއިއެކު ކޮށްފައިވާ އެއްބަސްވުންތައް ބޯޑު އުފެދޭތާ 02 (ދޭއް) މަސް ދުވަހުގެ ތެރޭގައި މުރާޖޢަ ކުރަންވާނެކަމަށާއި، އަދ މުރާޖަޢާކުރުމަށްފަހު، އުވާލަން ފެންނަ އެއްބަސްވުންތައް އުވާލުމުގެ އިޚްތިޔާރު ބޯޑަށް ލިބިގެންވާކަން ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގައި ބަޔާންކުރިނަމަވެސް، މި މާއްދާގައި ބަޔާންކުރާ އެއްބަސްވުންތައް MBC އަށް ލިބިފައިވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށިތާ 01 (އެކެއް) އަހަރާއި 10 (ދިހައެއް) މަސް ފަހުންކަމުން، މި މާއްދާގައިވާ މުއްދަތުގައި އެއްބަސްވުން މުރާޖަޢކުރުމަކާ MBC އަށް ކުރެވޭނެކަމެއް ނޫނެވެ.

136HN4މި މާ އްދާގައ ބަޔާންކުރި އެއްބަސްވުންތައް 11 ފެބުރުވަރީ 2012 ގައި MBC އަށް ލިބުމަށްފަހު، އ މާއްދާގައިވާ ގޮތުގެ މަތިން މި އެއްބަސްވުން އުވާލިކަން އެނގޭކަށްނެތެވެ. އެހެނީ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 46 ވަނަ މާއްދާއިން ލާޒިމުކުރަނީ އުވާލަންޖެހޭ އެއްބަސްވުންތައް އުވާލުމަށެވެ. އަދި އެގްރީމެންޓް އުވާލާއިރު އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ މާލީ ޒިންމާއެއް އޮތްނަމަ، އެ ޒިންމާއެއް ބޯޑުން އުފުލުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތާއި MNBC އާ ދެމެދު ވެފައިވާ މާކެޓިންގ އެއްބަސްވުމުގެ މަޢުލޫމާތު MBC އަށް ލިބިފައި އޮތްހިނދު، އެ އެއްބަސްވުން އުވާލިކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާފައިވާކަން އެނގޭކަށްނެތެވެ. އަދި އެއްބަސްވުމެއް އޮވެމެ، އަދި އޭގެ މަޢުލޫމާތުވެސް ލިބިފައި އޮވެމެ، އެއްބަސްވުން އުވާލުމުގެ ސަބަބުން މާލީ ޒިންމާއެއް އުފުދޭކަނ ނުވަތް ނޫންކަން، މާލީ ޒިންމާއެއްވާނަމަ، އެކަން އަދާކުރުމާގުޅޭ ނިންމުމެއްވެސް ނެތެވެ.

137ފެންނަން އޮތީ، ސިވިލް ކޯޓުގެ ނަންބަރު 1374/Cv-C/2010 ޤަޟިއްޔާގެ ޙުކުމް ތަންފީޒީ ކުރުމުގު ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، MNBC ގެ ނަންބަރު BD/RES/2012/09-MNBC ޤަރާރުގައިވާ ކަންކަމަށް ރިޢާޔަތްކޮށް، އެ ޤަރާރުގައިވާ ފަދައިން MNBC ގެ އެންމެހާ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން MBC އަށް ބަދަލުކުރުމަށް އެއްބަސްވެ އިޤްރާރުވެފައިވާކަމެވެ.

138މި މުއްދަތުގެ ތެރޭގައި، އިސްތިއުނާފު ރައްދުވާ ފަރާތާއި MBC އާ ދެމެދު އެއްވެސް މުޢާމަލާތެއް ކުރެވިފައިވާކަމެއް އެނގޭކަށްނެތެވެ.

139HN5އެއަށްފަހު، ޤާނޫނު ނަންބަރު 2015/9 އިން ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ 28 އެޕްރީލް 2015 ގައި ވުޖޫވިއެވެ. މި މައްސަލައިގެ ބޭނުމަށް މި ޤާނޫނުގެ އެންމެ މުހިންމު މާއްދާއަކީ މި ޤާނޫނުގެ 3 ވަނަ މާއްދާއާއި، 13 ވަނަ މާއްދާއެވެ. އެއީ، މި ޤާނޫނު ތަޞްދީޤުކޮށް، ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އުވުނކަމާއީ، އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، MBC ގެ މިލްކުރެވިކަމުގެ ދަށުގައި ހުރި އެންމެހައި ވެބްސައިޓް، ޓީވީ ރޭޑިއޯ ޗެނަލް، ނޫސް މަޖައްލާ އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މިނޫން ވަސީލަތްތައް PSM ގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުވީކަމާއި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، MBC އިން، ބައިވެރިވެފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެންބަރޝިޕްތަކާއި ވެފައިވާ އެއްބަސްވުންތަކާއި، MBC ގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި ބިންބިމާއި، އިމާރާތްތަކާއި، އެންމެހައި މުދަލާއި ފައިސާއާއި، އަރުޝީފު އަދި MBC އިން އޯޑަރުކޮށްފައިވާ ނުވަތަ އެ ކޯޕަރޭޝަނަށް ލިބެންޖެހޭ އެންމެހައި މުދަލާއި ފައިސާ، އަދި މިނޫންވެސް މިފަދަ ހުރިހާ މިލްކުވެރިކަމާއި ޙައްޤުތަކާއި ޒިންމާތައް މި ޤާނޫނުގެ ދަށުން PSM އަށް ބަދަލުވީކަމާއި، އަދި MBC އަން އެ ހިނދަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އެ ފައިސާއެއް ދެއްކުމަށް ނުވަތަ އެ ދަރަންޏެއް އަދާކުރުމުގެ އިލްތިޒާމުވެސް މި ޤާނޫނުގެ ދަށުން PSM އަށް ބަދަލުވީކަމެވެ.

140ބަޔާންކޮށްފައިވާ މާއްދާތަކުން، ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ވުޖޫދުވުމާއިއެކު، އިތުރު އެއްވެސް ޝަރުޠެއްނެތި، MBC އިން ޒިންމާ ނަގަންޖެހޭ އެއްބަސްވުންތަކާއި، އަދި އެ ހިނދަށް ދައްކަންޖެހޭ ފައިސާ ނުވަތަ އަދާކުރަންޖެހޭ ދަރަނި ދެއްކުމުގެ އިލްތިޒާމް PSM ގެ ދަށަށް ބަދަލުވީކަން ސާފެވެ.

1417 މާރިޗް 2010 ގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ލިބިގަތުމަށް އެދި MNBC ގެ މައްޗަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 16 އޮގަސްޓް 2015 ގައެވެ. އެއިރު MNBC ގެ މިލްކުރެވިކަމުގެ ދަށުގައި ހުރި އެންމެހާ ފްރިކުއެންސީއާއި މުދތާކާއި ޒިންމާތައް MBC އަށް ބަދަލުވެ، އޭގެ ފަހުން، MBC ގެ މިލްކުރެވިކަމުގައ ދަށުގައި ހުރި އެންމެހައި ވެބްސައިޓް، ޓީވީ ރޭޑިއޯ ޗެނަލް، ނޫސް މަޖައްލާ އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މިނޫން ވަސީލަތްތައް PSM ގެ މިލްކުވެރިކަމުގެ ދަށަށް ވަނީ ބަދަލުވެފައެވެ.

142ސިވިލް ކޯޓަށް MNBC ގެ މައްޗަށް 16 އޮގަސްޓް 2015 ގައި ހުށަހެޅުނު މައްސަލަ، އެ ކޯޓުގަ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން ބެލި ނަމަވެސް ނިންމާފައިވަނީ MNBC ގެ ޣައިރު ޙާޟިރުގައެވެ. އެ މައްސަލައިގެ ތެރޭގައި އެ މައްސަލަ ރައްދުވާންޖެހޭ ފަރާތަކީ MNBC ތޯ، ނުވަތަ އެ ފައިސާ ދެއްކުމުގެ އިލްތިޒާމް އެއިރު އޮތް ފަރާތަކީ MNBC ތޯ ނުވަތަ އެއިރު ތިންވަނަ ފަރާތެއްގެ މަޞްލަޙަތު އުފަންވެފައިވޭތޯ، މިއީ އެ މައްސަލައިގެ ތެރޭގައި ދެކެވުނު ވާހަކަތަކެއްނޫނެވެ. އެ މައްސަލައިގައި MNBC ގެ ފަރާތުން ޝަރީޢަތަށް ޙޟިރުވެފައިނުވާ ތ، އިސްތިއުނާފު ރައްދުވާ ފަރާތުން ކުޅަ ދަޢުވާގައި އެ ފަރާތުން އެދުނު ފަދައިން ފައިސާ ނަގައިދީފައިވެއެވެ.

143HN6މިހިސާބަށް ދިޔައިރު، ފެންނަން އޮތް ޙަޤީޤަތަކީ، ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާ ހުށަހެޅިއިރު، އެ މައްސަލައިގައި PSM ގެ މަޞްލަޙަތެއް އޮތް ކަމުގެ އިހުތިމާލު އޮތްކަމެވެ. މިފަދައިން އަހަރުން މިދެކެނީ، އަންނަނިވި ސަބަބުތައް އެގޮތުގެ މަތިން ހުރުމުންނެވެ.

1.143.MNBC ގެ ދަށުން ހިނގަމުންދިޔަ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ ދަށުން MBCގ ދެ ޗެނަލަށ ބަދަލުވެގެން ދިޔުން.

2.143.ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގައި ހުރި ނުވަތަ އެއިން ތަނަކަށް އޯޑަރުކޮށްފައިވާ، ނުވަތަ އެއިން ތަނަކަށް ލިބެންޖެހޭ މުދާ ނުވަތަ ފައިސާ MBC ގެ ފައިސާއާއި މުދަލަށް ބަދަލުވެ، އަދި އެތަނަކުން ދައްކަންޖެހޭ ފައިސާ ނުވަތަ ދަރަނި އަދާކުރުމުގެ އިލްތިޒާމްވެސް MBC އަށް ބަދަލުވުން.

3.143.ޓެލެވިޜަން މޯލްޑިވްސްއިން ނުވަތް ދިވެހިރާއްޖޭގެ އަޑުން ނުވަތަ މި ދެ ފަރާތުގެ ކަންކަން ބެލެހެއްޓުމަށް ނުވަތަ ހިންގުމަށް ސަރުކާރުން އުފައްދާފައިވާ އިދާރާއަކުން އެކި ފަރާތްތަކާއެކު ކޮށްފައިވާ އެގްރީމަންޓްތައް މުރާޖަޢާކުރުމަށްފަހު، އުވާލަން ފެންނަ އެގްރީމަންޓްތައް އުވާލުމުގެ އިޚްތިޔާރު MBC އަށް ލިބިދީފައިވުން.

4.143. MBC އާއި MNBC އާ ދެމެދު އުފެދުނު ޚުޞޫމަތު ގުޅިގެނާ ޤާނޫން ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި އެއްބަސްވުން މުރާޖަޢާކުރުމުގެ ފުރުޞަތު MBC އަށް ލިބިފައިނުވުން.

5.143.MNBC އާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 07 މާރިޗު 2010 ގައި ވެފައިވާ އެއްބަސްވުން، MBC އާއި ހިއްސާކޮށްފައިވުމާއި، އެ އެއްބަސްވުމަކީ ވުޖޫދުގައި އޮތް އެއްބަސްވުމެއްކަން MBC އަށް އެނގިފައިވުމާއިއެކުވެސް، މި އެއްބަސްވުން މުރާޖަޢާކުރިކަމެއް އަދި ވަކިން ޚާއްޞަކޮށް އުވާލާފައިވާކަން އެނގެން ނެތުން.

6.143.ބަޔާންކުރަނިވ އެއްބަސްވުމާއި ގުޅި އެއްވެސް މުޢާމަލާތެއް MBC އިން އިސްތިއުނާފު ރައްދުވާ ފަރާތާއި ކޮށްފައިނުވުން (އެހެނީ އުވާލަންޖެހޭނަމަ، އެކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގަންޖެހޭއިރު، އެކަމާ ގުޅޭ އެއްވެސް މުޢާމަލާތެއްކޮށްފައިނުވާތީ، އެއްބަސްވުމަކީ ދެމިއޮތް އެއްބަސްވުމެއްކަމުގައި ބެލުމުގެ ފުރުޞަތު އޮތުން)

7.143.ޤާނޫނު ނަންބަރ 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ވުޖޫދުވުމާއެކު، MBC ގެ މިލްކުރެވިކަމގު ދަށުގައި ހުރި އެންމެހައި ވެބްސައިޓް، ޓީވީ ރޭޑިއޯ ޗެނަލް، ނޫސް މަޖައްލާ އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މިނޫން ވަސީލަތްތައް PSM ގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުވުން

8.143. ޤާނޫނު ނަންބަރ 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ވުޖޫދުވުމާއެކު، MBC ގެ އެންމެހާ އެއްބަސްވުންތަކާއި، އެހިނދަށް ދައްކަންޖެހިފައިވާ ފައިސާއާއި އަދާކުރަންޖެހޭ ދަރަނި ދެއްކުމުގެ އިލްތިޒާމް PSM ގެ މައްޗަށް ބަދަލުވުން

9.143.ޕްރައިވަޓައިޒޭޝަނ އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން PSM އަށް 18 އޮކްޓޫބަރު 2016 ގައި ފޮނުވާފައިވާ ސިޓީގައި، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތިން MNBC އިން އެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު ހިންގަމުން އައި ޓެލެވިޜަން މޯލްޑިވްސް އިން ޕްރައިވަޓައިޒޭޝަނ އެންޑް ކޯޕަރަޓައިޒޭޝަންގެ ނަންބަރު 454/PSM/2016/4 (18 އޮކްޓބަރޯ 2016) އެވަގުތު ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއް ވާނަމަ އެ ފައިސާއެއް ނުވަތަ އެދަރަންޏެއް ވަނީ MBC އަށް ބަދަލުވެފައިވާކަމަށާއި، އަދި ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) އިން MBC އނި އެހިނދަށް ދައްކަންޖެހިފައިވާ ފައިސާއެއް ނުވަތަ އަދާކުރަންޖެހިފައިވާ ދަރަންޏެއްވާނަމަ، އެ ފައިސާ ދެއްކުމުގެ ނުވަތަ އެދަރަންޏެއް އަދާކުރުމުގެ އިލްތިޒާމް PSM އަށް ބަދަލުވީކަން އެނގެން އޮތުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން MNBC ގެ މައްޗަށް ދެއްކުމަށް އަންގާފައިވާ ފައިސާއާ ގުޅޭ އެންމެހައި ކަންކަން ކުރުމަށް PSM އަށް އަންގާފައިވުން

10.143.PSM ގެ ޑިރެކްޓަރުންގެ ބޯޑުގެ 118 ވަނަ ބައްދަލުވުމުން، ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން PSM އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދެއްކުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން 88/78,576,659ރ. (ހަތްދިހަ އަށްމިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ އަށްޑިހަ އަށް ލާރ) ގެ ލޯނެއް ނަގައި އެދަރަނި ޚަލާޞްކުރުމަށް ބޯޑުން ނިންމި ނިންމުން

11.143.އިސްތިއުނާފ ރައްދުވު ފަރާތަށް، PSM އިން 03 (ތިނެއް) ޕޭމަންޓް ވައުޗަރެއް އިޝޫކޮށް، ޖުމްލަ -/30,000,000ރ. (ތިރީސ މިލިއަން ރުފިޔާ) PSM އިން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކާފައިވުން

144މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފުގައިވެސް ބުނެފައިވަނީ 07 މާރިޗް 2010 ގައި ވެފައިވާ އެއްބަސްވުން ތަންފީޒީ ކުރުނު ލާޒިމުވެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށްކަމުގައެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުރަންޖެހޭ ދަޢުވާއެއް، އިސްތިއުނާފު ރައްދުވާ ފަރާތުން MNBC ގެ މައްޗަށް ދަޢުވާ އުފުލުމުން ބުނެވިދިޔަ އެއްބަސްވުން ތަންފީޒުކުރުން އެހިނދަށް ލާޒިމުވެފައިވަނީ ކޮން ކުންފުންޏަކަށްތޯ ނުބަލައި، ދެ ފަރާތުގެ ޙައްޤުތައް ކަށަވަރުކުރުމުގައި ބަލަންޖެހޭ މިންވަރަށް ނުބަލައި، ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާތީ، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރުމަށެވެ. އަދި 11 ފެބުރުވަރީ 2024 ގައި ބޭއްވުނު އަޑުއެހުމުގައި "...މި މައްސަލައިގެ ތެރޭގައި ޙާޟިރުވެ ޖަވާބުދާރީވުމުގެ ފުރުޞަތު ލިބޭ ގޮތަށް ސިވިލް ކޯޓަށް މައްސަލަ ތަޙުވީލުކުރުމަށް..." އެދޭ ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.

145އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި އެދޭ އެދުމުގެ މައްޗަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާ ބަލައި ގޮތެއް ކަނޑައެޅިއިރު، މި ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތެއް އޮތް ކަމަށް ދެކެމެވެ. އެ ޤަޟިއްޔާއަކީ MNBC އާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު 07 މާރިޗް 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭ މައްސަލައެއްކަމުގައިވާއިރު، މި މައްސަލައިގައި ފާޅުވެފައިވާ ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، އެ މައްސަލައިގެ ދަޢުވާ ލިބިގަތުމުގެ ހައިޞިއްޔަތު MNBC އަށް ލިބިގެންވޭތޯއާއި، މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުން ބަހުސްކޮށްފައިވާ ފަދައިން އެ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމް އޮތީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށްތޯ، ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2015/9 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) އެކުއެކީގައި ކިޔާއިރު، އެ އިލްތިޒާމްގެ މަސްއޫލިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ބަދަލުވެފައިވޭތޯއާއި، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އެ އިލްތިޒާމް ބަދަލުވެފައިވާނަމަ، 07 މާރިޗު 2010 ގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހެނީ ކިހާ މިންވަރެއްގެ ފައިސާއެއްތޯ އަދި އެ އެއްބަސްވުމުގެ ދަށުން ޖޫރިމަނާއެއް ދައްކަންޖެހޭތޯ، މިކަންކަމީ ޤާނޫނު ތަރުތީބުވެގެން އައި ގޮތަށް ބަލާއިރު އިސްވެ ބަޔާންކުރަނިވި އެއްބަސްވުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތެއް އޮތުމުގެ އިހުތިމާލު އޮތު ކަންކަން ކަމަށް ބެލެވިދާނެ ކަންކަން ކަމުން، މިކަމަކީ އިސްތިއުނާފުކުރާ ފަރާތް ޝާމިލުކޮށް، އެ ފަރާތަށް ބަސް ބުނުމުގެ ފުރުޞަތު ދެވި ޝަރީޢަތެއް ކޮށްގެން މެނުވީ ޤާއިމުކުރެވޭނެކަމެއްނޫނެވެ.

146HN7އިސްތިއުނާފީ މަރުޙަލާގައި، އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅަންޖެހޭނީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށެވެ. އަދި ދެ ފަރާތުންވެސް އެދޭ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިވާ ޖަދަލަކީ އެ ފަރާތުގެ މައްޗަށް ކުރަންޖެހޭ ދަޢުވާއެއްގައި، އެ ފަރާތުގެ ބަހެއް ނެތި، ދަށު ކޯޓުން މައްސަލަ ފައިސަލާކޮށްފައިވާކަމެވެ.

147މ މަޙައްލުގައި ކަނޑައެޅޭނީ 07 މާރިޗް 2010 ގެ އެއްބަސްވުން ތަންފީޒީ ކުރުމުގައު އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތެއް އޮތްތޯ، ނުވަތަ ނޫންތޯ ކަމުގައި ދެކެމެވެ. އެހެނީ، އިސްތިއުނާފުކުރާ ފަރާތުން މި މަރުޙަލާގައި ބަހުސްކޮށްފައިވަނީވެސް، އެކަމުގެ މައްޗަށް ކަމުގައިވާތީއެވެ. އެއްބަސްވުން ތަންފީޒީ ކުރަންޖެހު ފަރާތާއި، އެ އެއްބަސްވުމުގެ ދަށުން ޚިދުމަތް ލިބިފައިވޭތއާއ އަދި ފައިސި ދައްކަންވީ މިންވަރާއި، ނުވަތޯ އެއްބަސްވުމާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން އުފައްދަން ބޭނުންވާ އެހެނިހެން ޖަދަލަކީ މި މަރުޙަލާގައި އެއާ މެދު ގޮތެއް ނިންމަންޖެހޭ ކަމެއް ކަމުގައި ނުދެކެމެވެ. އެހެނީ، އެކަންކަމީ ދަށު ކޯޓުގައި ބަހުސްކުރެވިފައިނުވާ ކަންކަމަށްވެފައި، އަދި މި މަރުޙަލާގައި ގޮތެއް ކަނޑައަޅަފިނަމަ، އިސްތިއުނާފުކުރުމުގ އެއް ހަރުފަތް ގެއްލިގެންދާނެތީވެސް މެއެވެ.

148HN8އިސްވެ ބަޔާންކުރެ ފަދައިން، މި މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، މި މައްސަލައަކީ ހުށަހަޅާފައިވާ އެއްބަސްވުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ދައުރަކީ ކޮބައިކަން ޤާއިމުކުރަންޖެހޭ މައްސަލައެއްކަމުން، މި މައްސަލައިގައި މަޞްލަޙަތު ބޮޑުކަމުގައި ފެންނަނީ ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތަށް ބަސް ބުނުމުގެ ފުރުޞަތު ދީ، ޝަރީޢަތްކުރެވުމުގެ ޙައްޤު ދިނުންކަމުގައި ދެކެމެވެ.

149އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއަށް ރިޢާޔަތްކޮށް، އިސްވެ 143 ވަނަ ނުކުތާއިން 148 ވަނަ ނުކުތާގެ ތަރަހައިގެ ތެރެއިން ގޮތެއް ކަނޑައެޅުމަށްޓަކައި، އިސްތިއުނާފުކުރާ ފަރާތުން އެދޭ ފަދައިން މި މައްސަލަ ތަޙުވީލުކުރަންޖެހޭ ކަމުގައި ދެކެމެވެ.

150މި ސަބަބަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު 1249/Cv-C/2015 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، އިސްވެ ބަޔާންކުރަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް، PSM ވެސް ދަޢުވާގައި ހިމަނައި، އެ ފަރާތަށް ބަސް ބުނުމުގެ ފުރުޞަތު ދީ، މިކަމުގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރަންޖެހޭ ކަމުގައި ދެކެމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢު ރައުޔު

151މި މައްސަލައިގައި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީރު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

152މި ދެޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) OM:> "> 0/ / 2021 / HC-A / l 19 .,.J_,..:>.,.,, .,. ✓.,.,,.,-+ 80 ::, .,,,. 0.,,. 0,,,, 0,,,, ~ ....,,.,.,,., _,.,/A0 ' ' .,,.,,,,.,,.,,,, 0:,:, ,?V,/. 1249/Cv-C/2015 ~ .,,,.oxo~.,,. ::,1.1. ~~::,::, .,,,,.,, OX> ~ 0 :, ✓ 0 _,,, :, / .?A_,1.rV.,,.,_,na> _r.?_r A,S°V.,,., .,,.,.? 14 8 143 ' .rv,?'~ a> _,.,,S°.,nA a>/.AA ,,, ,,, ,,, ::, .,,,. 0.,,,. ::, ::,:, ~ ,,,,. .,, 0.,,,. ::, ' 0:,,,, ?o ,,, ,,,"' ,,,,,, ,,, C.::,.,,,. D.,,. 22/2010 :~ ....,,.,.,,., .,,.,.,,.,:; <,,,.-1ve.r.,;,7a> _,.,/A .,,,.,.,,..,_,:;.?,,, ,,, ,,,AJ~,S° JA/~,S°' ,,, J,?V.,,.,V o,:,::, :, ,,,,, 0,,, (? 0 ~~.,,,. ? i.~O~ ,,, ,,, ( ::, ::,::, 1: c.::,,::,(? t.U.O~ i. ) .r.;>~v /.?/,S° .rev /.?--- .r/.?./. A (.r) J_rA.? .,,.,.? 46 J' .,,.,.,,.,J J v.saev J cA~/.?_r ? ,,,,,, ? ,,, ,,, C. C. OX O :, ::, ✓ ✓ ,,,,. .,,,. D :, .,,,. 0 ✓ :> ✓ t. D :, ~ .,,,. C. ~ 0 .,,,.. _,,. ::, (? .,,. (. U. 0 ~ C. • .?.?_,1.rV ,?V./. A.,J,At._,.,V _,.,,S".,nAa>/.AA J_,.,~_,,,t._,.,_,1 7a> .,nA,..,_,.5.? AJEVA/ JcA~/_?_r d- .,,. ,,,,. .,,. ,,,,. .,,. .,,,. .,,. .,,. .,,. .,,. :, o:,:, .,., .,.0 _, ~,, '"-" .A_;• J'.A~~, - .,,, .,,, .,,, ? , / '\ ~0// :,~ .,,,. '.,I .,,.,__,✓. ;e.,n t..,,.,.,I ? ,,, :, :, :, ? o (" ,,, ,u. O ? t. 33 1647 1 ::....:; •3 325029 ~~-A , ~Y ~ / JC A ~ ~ J ~ www, highcourt•gov•mv info@highcourt,gov,mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 6/2010 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)، 3 ވަނަ މާއްދާގެ (ހ)، 12، 42، 43، 44، 45، 46 (ހ) އަދި (ށ)، 47 (ހ) އަދި (ށ)، 48 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު) ގެ 3، 7، 8، 9، 10، 13 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15، 95، 97، 98 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގެ 4 ވަނަ މާއްދާ؛ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު 2017 ގެ 14.03 އަދި 14.04
  • ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)
  • ސުޕްރީމް ކޯޓުގެ 2018/SC-A/40 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
  • ސުޕްރީމް ކޯޓުގެ 2018/SC-A/46 (އިސްތިއުނާފުކުރުމުގެ ހުއްދަ؛ މައްސަލައިގެ ތާރީޚުގައި ޙަވާލާދީފައި)
  • ސިވިލް ކޯޓުގެ 1374/Cv-C/2010 (2405/MC/2010) ޤަޟިއްޔާ
  • ހައިކޯޓުގެ 2011/HC-A/144 ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ