ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-A/158

މިނިސްޓްރީ އޮފް އެގްރިކަލްޗރ އެންޑް އެނިމަލް ވެލްފެއަރ (ދައުލަތް) ވ. އިމެޕެކްސް ފިޝަރީޒް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 21 އޮގަސްޓް 2025ދަށު ކޯޓު: ސިވިލް ކޯޓު 1457-CVC-2025ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1457-CVC-2025
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2025/SC-A/44 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަޢުވާ ހުށަހެޅުމުގެ ކުރިން، ދައުލަތާ ދެމެދު ވެފައިވާ ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާޠިލުކުރި ސިޓީއަށް ޢަމަލުކުރުން ފަސްކޮށް އެއްބަސްވުމަށް ޢަމަލުކުރުމަށް އަންގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައިވާ ޝަރުޠުތައް (އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައަކަށްވުން ނުވަތަ އިންޞާފު ޤާއިމުކުރުމަށް ކޮންމެހެން ބޭނުންވުން) ފުރިހަމަ ނުވަނީސް ނެރެފައިވާ އަމުރެއްތޯ؛ އަދި ވަގުތީ އަމުރެއްގެ އިސްތިއުނާފަކީ ކޮން އިޖުރާއަތަކުން ބަލަންޖެހޭ ކަމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ވަގުތީ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަގުތީ އަމުރަކީ ކޯޓު އަމުރެއްކަމަށް ބެލިނަމަވެސް، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ މާނައިގައި ފައިޞަލާކުރަނިވި ޙުކުމެއް ނޫނެވެ؛ ވަގުތީ އަމުރު އިސްތިއުނާފުކުރުމުގެ މުއްދަތު 7 ދުވަހަށް ކުރުކޮށްފައިވަނީ އެފަދަ އިސްތިއުނާފު އަވަހަށް ނިންމަންޖެހޭތީ ކަމަށްވާތީ، ވަގުތީ އަމުރެއްގެ އިސްތިއުނާފު ބަލައިގަތުމާމެދު ގޮތް ނިންމުން 14 ދުވަހަށްވުރެ އަވަހަށް ވާންޖެހޭނެއެވެ. [ފަނޑިޔާރު ދީބާނާޒް ފަހުމީ މި ބައިގައި ތާއީދު ނުކުރައްވާ]

HN2 ވަގުތީ ފަރުވާގެ އަމުރަކާ ގުޅިގެން ކުރެވޭ އިސްތިއުނާފަކީ މަދަނީ މައްސަލައެއްގެ އިސްތިއުނާފެއްގެ ގޮތުގައި ބަލަންވީ ކަމެއް ނޫނެވެ؛ އެފަދަ އިސްތިއުނާފެއްގައި އިތުރު އިސްތިއުނާފު ހުށަހެޅުމުގެ މުއްދަތަކީ 286 ވަނަ މާއްދާގެ (ށ) ގެ ދަށުން 3 ދުވަސް ކަމަށްވާތީ، ހައިކޯޓުން ޚަޞްމުންނަށް އަންގާ އެންގުމުގައިވާ މުއްދަތުތައް ވަގުތީ އަމުރުތަކާ ގުޅޭގޮތުން ބަދަލުކޮށް ކިޔަންޖެހޭނެއެވެ. [ފަނޑިޔާރު ދީބާނާޒް ފަހުމީ މި ބައިގައި ތާއީދު ނުކުރައްވާ]

HN3 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 23 ވަނަ މާއްދާއާއި 242 (ހ) އާއި 243 (ހ) އެކުގައި ކިޔުމުން، ވަގުތީ އަމުރަކަށް ބަލަމުންދާ މައްސަލައަކާ ގުޅިގެން، ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން (ދަޢުވާ ހުށަހެޅުމުގެ ކުރިން)، ދަޢުވާގެ ޝަރީޢަތް ފެށުމުގެ ކުރިން، އަދި ޙުކުމްކުރުމަށްފަހު އެދެވިދާނެއެވެ.

HN4 ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާ ވަގުތީ އަމުރަކަށް އެދޭނީ ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކު، އަދި މުދަލުން ތަޞައްރުފުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދޭނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ؛ ވަގުތީ އަމުރު ނެރުމުގެ ކުރިން މި އިޖުރާއަތާ އެއްގޮތަށް ހެކި ހުށަހަޅާފައިވޭތޯ ބެލުން ލާޒިމެވެ.

HN5 ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރަކަށް އެދުމަކީ ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ޢާންމު އުޞޫލީ ހަމަތައް (ނެކްސްބިޒް ޤަޟިއްޔާގައިވާ ޝަރުޠުތައް ހިމެނޭ) އެއްފަރާތްކޮށްލެވޭނެ ސަބަބެއް ނޫނެވެ؛ އެ ހަމަތަކަށް ބެލުން މާ ހަރުކަށިވެގެން ދެއެވެ. ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާ ދިނުމަކީ އިސްތިސްނާއީ އަދި އިންތިހާއީ މަދު ޙާލަތްތަކުގައި ބޭނުންކުރާ އިޚްތިޔާރީ ބާރެކެވެ. [ޕެރ. 29–32 އަށް ފަނޑިޔާރު ދީބާނާޒް ފަހުމީ ތާއީދު ނުކުރައްވާ]

HN6 އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްތޯ (urgency) ވަޒަންކުރަނީ ވަގުތީ އަމުރެއް ނުނެރި އަޞްލު މައްސަލަ ލަސްވެއްޖެނަމަ އެދޭ ފަރާތަށް ތަދާރުކު ނުކުރެވޭނެ، އިޢާދަ ނުކުރެވޭނެ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ކުރިމަތިލާންޖެހޭނެތޯ ބަލައިގެންނެވެ؛ ތަދާރުކު ނުކުރެވޭ ގެއްލުމަކީ ފައިސާއިން ބަދަލުދީގެން ނުފުދޭނެ ގެއްލުމެވެ. އެދޭ ފަރާތުން ފުރިހަމަ ދަޢުވާއެއް ހުށަހެޅުމަށް ހޭދަވާ ވަގުތުގެ ލަސްވުމަކީ އިންޞާފަށް ހުރަސްއަޅާނެ ކަމެއްކަން ދައްކަންޖެހޭނެއެވެ.

HN7 ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާ ދިނުމަކީ އިންޞާފު ޤާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ބަލަނީ، ވަށައިގެންވާ ޙާލަތާއި ވާޤިޢާތަކާއި ގުޅުންހުރި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ޕްރިމާ ފޭސީ މިންގަނޑުންނެވެ؛ އެ ޟަރޫރަތް ހާމަކޮށްދިނުމުގެ ޒިންމާ އޮންނަނީ އަމުރަށް އެދޭ ފަރާތުގައެވެ. އަދި އަމުރު ނުނެރެފިނަމަ ކުރިމަތިވާ ބޭއިންޞާފަކީ ނެރުމުން ކުރިމަތިވާ ބޭއިންޞާފަށްވުރެ ބޮޑު ބޭއިންޞާފެއްތޯ ވަޒަން ކުރަންޖެހޭނެއެވެ.

HN8 އެމެރިކަން ސިޔަނަމިޑް ޤަޟިއްޔާގައިވާ އުޞޫލުތައް (ޝަރީޢަތުން ބަލަންޖެހޭ ސީރިއަސް ސުވާލެއް އޮތުން، ފައިސާއިން ދެވޭ ބަދަލު ފުދޭތޯ، ބެލެންސް އޮފް ކޮންވީނިއަންސް، ސްޓޭޓަސް ކޯ ދެމެހެއްޓުން) ދިވެހިރާއްޖޭގައިވެސް ވަގުތީ އަމުރު ނެރުމުގައި ބަލަމުންދާ އުޞޫލުތަކެއްކަމަށާއި، އެއީ ދަޢުވާ ހުށަހެޅުމުގެ ކުރިން ނެރޭ ވަގުތީ އަމުރުތަކުގައިވެސް ބަލަންޖެހޭ ހަމަތަކެކެވެ.

HN9 އެއްބަސްވުމަކުން ރަށެއްގައި ތިބުމުގެ ޙައްޤު ތަޢާޤުދީ ގޮތުން އުފެދިފައިވާނަމަ، އެ ޙައްޤު ނެތްކަމަށް އަނެއް ފަރާތުން ބުނިނަމަވެސް، ކޯޓުގެ ނިންމުމަކާ ނުލައި ޤާނޫނު އަމިއްލަ އަތްމައްޗަށް ނަގައި އެ ފަރާތް ބޭލުމަކީ ދައުލަތަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.

HN10 ރަށް ހުސްކުރަން 14 ދުވަސް ދީ، އެ މުއްދަތުގައި ނުގެންދާ މުދާ ދައުލަތުގެ މުދަލަކަށް ވާނެކަމަށާއި ބަދަލު ނުދެވޭނެކަމަށް އެންގުމަކީ (ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި (ރ) ގެ އަލީގައި) ސީރިއަސް ކަމެއްކަމަށްވާތީ، މިފަދަ ޙާލަތަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެކެވެ؛ މިފަދަ ޙާލަތުގައި ސްޓޭޓަސް ކޯ ދެމެހެއްޓެން ޖެހެއެވެ.

HN11 ވަގުތީ އަމުރު ނެރުމުގެ ކުރިން ގެއްލުން ފައިސާއިން ބަދަލު ދެވޭނެ ގެއްލުމެއްތޯ ވަޒަންކުރުމާއި، ބެލެންސް އޮފް ކޮންވީނިއަންސް ވަޒަންކުރުމަކީ ޢާންމު އަސާސެއްކަމަށް ވިޔަސް، އިސްތިއުނާފުކުރި ފަރާތުން އެ ނުކުތާތަކާމެދު ޖަދަލެއް ނުއުފައްދާނަމަ، އެކަން ވަގުތީ އަމުރު ބާޠިލުކުރާނެ ސަބަބަކަށް ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ސާދިން މުޙައްމަދު ރަޝީދު، އެޓަރނީ ޖެނެރަލްގެ އޮފީސް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު މުޢިއްޒު، މުޢިއްޒު އެންޑް ކޯ އެލް.އެލް.ޕީ
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ފަނޑިޔާރު ދީބާނާޒް ފަހުމީ

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު،

މައްސަލައިގެ ތަޢާރަފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2025-CVC-1457 ގަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޙިލާފަށްކަމަށްބުނެ، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (ދައުލަތް) ގެ (މީގެ ފަހުން "ދައުލަތް" "މިނިސްޓްރީ" ނުވަތަ "އިސްތުއުނާފުކުރާ ފަރާތް") ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ އިމްޕެކްސ ފިޝަރީޒް (މޯލްޑިވިސް) ޕްރައިވެޓް ލިމިޓެޑް ("އިމްޕެކްސް" ނުވަތަ "އިސްތިއުނާފުރައްދުވާ ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:

206 ފެބްރުވަރީ 2010 ގައި"ނ.މިނާވަރު" އެވެ ކިޔާ ފަޅު ރަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި އިމްޕެކްސް ފިޝަރީޒްއަށ ކުއްޔަށް ދިނުމަށް މިނިސްޓްރީ އާއި، އިމްޕެކްސް އާ ދެމެދު އެއްބަސްވުމެއްވއެވި. މި އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ނ.މިނާވަރުގައި މަސައްކަތްކުރަންވާނީ ރަށް ކއްޔަށު ހިފުމަށްއެދި އިމްޕެކްސްއިނ ހުށަހެޅް ޕްރޮޕޯސަލްއާއި، ވަރކ ޕްލޭން އަދި ކުރެހުންތަކާއި އެއްގޮތަށްކަމަށް ބަޔާންކޮށްފައިވެއެވެ.

312 އޮގަސްޓް 2024 ގައި ނ.މިނާވަރު މޮނިޓަރ ކުރުމަށް މިނިސްޓްރީއިން ކުރި ދަތުރުގައި ދެފަރާތް ދެމެދު ވެވުނު އެއްބަސްވުމުގެ 10 ވަނަ މާއްދާއާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަން އެ ދަތުރގައު ހެދުނު ދަތުރު ރިޕޯޓުން ފާހަގަކުރެވިފައިވކާ މަށް މިނިސްޓްރީން ބުނެއެވެ. އެހެންވެ އެއްބަސްވުމުގެ 10 ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ރަޖިސްޓްރީ ނަންބަރު: 202/2003-C ނަންބަރު:K2/2010 އެއްބަސްވުން ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް 19 މާރިޗް 2025 އިން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް އިމްޕެކްސްއަށް ދެވިފއަ ވެއެވެ. މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަސައްކަތް ކުރިއަށް ނުގެންގޮސްފިނަމަ، އެއްބަސްވުމުގެ 11.2 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ބަޔާންކޮށް އިމްޕެކްސްއަށް ނޯޓިހެއް ފޮނުވިއެވެ.

4މި ނޯޓިހާއި ގުޅިގެން އިމްޕެކްސް އިން އެދުވަހު މިނިސްޓްރއަށީ ސިޓީއެއް ފޮނުވާފައިވެއެވެ. މިސިޓީގައި މޮނިޓަރިން ދަތުރުގެ ރިޕޯޓް މިނިސްޓްރީން އިމްޕެކްސްއާ ހިއްސާކޮށްފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ހިނގަމުންދަނީ ރަމަޟާން މަހުގެ ދުވަސްތަކަށް ކަމަށްވާތީ އާއި މިނިސްޓްރީން ފާހަގަކުރާ ކަންކަމަކީ ކޮންސަލްޓަންޓުންނާއި މަޝްވަރާކޮށްގެނ ކުރިއަށް ގެންދެވޭނޭ ކަންކަމަށްވުމު ން، މިނިސްޓްރީއިން ފޮނުވީ ނޯޓިހުގެ މުއްދަތު ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެނ ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ.

5މިނިސްޓްރީއިން ދީފައިވާ ނޯޓިހުގައި ބަޔާންކުރާ ގޮތަށް ނ.މިނާވަރުގެ ވޯރކ ޕްލޭން އެއްގޮތަށް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާކަމަށްބުނެ، އެއްބަސްވުމުގެ 11.2 ވަނަ މާއްދާއާ ހަވާލާދީ 05 މެއި 0252 ގައި އެއްބަސްވުން ބާޠިލްކުރެވިއްޖެކަމަށް އިމްޕެކްސްއަށް އަންގާފައިވެއެވެ. އަދި ނ.މިނާވަރު އިމްޕެކްސްގެ ކިބައިން ވަކިކުރެވިފައިވާކަމަށް އެންގިއެވެ. އެއާއެކު، އެރަށުގައި ހުރި އިމްޕެކްސްގެ އުފުލޭ މުދާ، 14 (ސާދަ) ދުވަހުގެ ތެރޭގައި ރަށުން ގެންގޮސް އެކަން މިނިސްޓްރީއަށް އެންގުމަށް އަންގާފައިވެއެވެ. އަދި މުއްދަތުގެ ތެރޭގައި އެމުދާ ނުގެންގޮސް ރަށަށް ދޫކޮށްލާ ތަކެއްޗަކީ ދައުލަތގު މުދާކަމުގައި ބެލެވޭނެކަމަށްބަޔާންކޮށް، މިފަދައިން ދޫކޮށްލާ މުދަލުގެ ބަދަލު ލިބި ނުދެވޭނެކަން އަންގައިފައިވެއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ނަންބަރު:E/PRIV/2025/67-492 ސިޓީ (19 މާރިޗް 2025) އިމްޕެކްސް ފިޝަރީޒްގެ ނަންބަރު:002-IFM/2025/GOVT ސިޓީ (19 މާރިޗް 2025) މިސިޓީ ލިޔެފައިވާ ތާރީޚަކަށް އޮތީ 19 އޮގަސްޓް 2025 އެވެ. އބމ އަދި އެ ރަށުގެ ފަސްގަނޑުގައި އިންދާފައިވާ އެއްވެސް ރުކެއ ނުވަތް ގަހެއް ކެނޑުމާއި ނެގުންފަދަ އެއްވެސްކަމެއް ނުކުރުމަށް މިނިސްޓްރީއިން އަންގާފައިވެއެވެ.

6މިނިސްޓްރީން ދެފަރާތް ދެމެދުވެފައިވާ އެއްބަސްވުން ބާޠިލްކޮށްފައިވާތީ، މިނިސްޓްރއިނީ އެއްބަސްވުން ބާޠިލްކޮށް ފޮނުވި ނަންބަރު: E/PRIV/2025/88-492 ސިޓއަށީ އަމަލުކުރުން ފަސްކޮއްދިނުމަށާއި، މިޚުޞޫމާތާއ ގުޅިގެނި އިމްޕެކްސްއިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ޤަސްދުކުރާ ދަޢުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ.މިނާވަރު" ކިޔާ ފަޅު ރަށް ކުއްޔަށް ދިނުމަށްޓަކައި 06 ފެބްރުވަރީ 2010 ގައި ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަމުން ގެންދިއުމަށާއި، މި ޚުޞޫމާތާ ގުޅިގެން އިމްޕެކްސް އިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދަޢުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ.މިނާވަރު" ގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ޙައްޤެއް ނުވަތަ މަސްލަޙަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމއެ ނުކުރުމަށް އަންގައި މިނސްޓްރީގި މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ޤާނޫނު ނަންބަރު: 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެފަހުން "މަދަނީ އިޖުރާއަތު") ގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން 07 މެއި 2025 ގައި ސިވިލް ކޯޓަށް އިމްޕެކްސްއިން ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު:2025-CVC-1457 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ ނިންމިގޮތް:

7ސިވިލް ކޯޓުގެ ނަންބަރު 2025-CVC-1457 ގަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލަ ނިންމާފައިވަނީ؛ "އިސްވެ ބާޔާންވެ ދިޔަގޮތަށ އެކަންކަން ހުރުމުން، "ނ.މިނާވަރު" ކިޔާ ފަޅު ރަށް ކުއްޔަށް ދިނުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި، އިމްޕެކްސ ފިޝަރީޒް (މޯލްޑިވިސް) ޕްރައިވެޓް ލިމިޓެޑާ ދެމެދު 06 ފެބުރުވަރީ 2010 ގައި ސޮއިކުރި ނަންބަރު K2/2010 އެއްބަސްވުމާ ގުޅިގެން އެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ނަންބަރު:E/PRIV/2025/88-492 ސިޓީ (05 މެއި 2025) ވަގުތީ އަމުރަށް އެދޭ ފޯމު 32 (އެންޓްރީ ނަންބަރު 1791، 07 މެއި 2025) އެއްބަސްވުން ބާޠިލުކޮށްފައިވާ ކަމަށްބުނެ އިމްޕެކްސ ފިޝަރީޒް ( މޯލްޑިވިސް) ޕްރައިވެޓް ލިމިޓެޑަށް ފޮނުވި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނަންބަރު E/PRIV/2025/88-492 ( 05 މޭ 2025) ސިޓީއަށް ޢަމަލުކުރުން ފަސްކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އަންގައި، މިޙުޞޫމާތ ގުޅިގެނާ އިމްޕެކްސ ފިޝަރީޒް ( މޯލްޑިވިސް) ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފައަރގެ މައްޗަށް ހުށަހަޅުމަށް ޤަސްދުކުރާ ދަޢުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ.މިނާވަރު" ކިޔާ ފަޅު ރަށް ކުއްޔަން ދިނުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި، މިންޕެކްސ ފިޝަރީޒް ( މޯލްޑިވިސް) ޕްރައިވެޓް ލިމިޓެޑާ ދެމެދު 06 ފެބުރުވަރީ 2010 ގައި ސޮއިކުރި ނަންބަރު K2/2010 އެއްބަސްވުމަށް އަމަލުކުރަމުން ގެންދިއުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއަށް އަންގައި، އަދި މިޙުޞޫމާތ ގުޅިގެނާ އިމްޕެކްސ ފިޝަރީޒް ( މޯލްޑިވިސް) ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފައަރގެ މައްޗަށް ހުށަހެޅުމަށް ޤަސްދުކުރާ ދަޢުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ.މިނާވަރު" ގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ޙައްޤެއް ނުވަތަ މަޞްލަޙަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއަށް އަންގައި، މިއަމުރުގެ ތާރީޙުން ފެށިގެން 14 (ސާދާ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހަޅުމަށް އިމެޕެކްސް ފިޝަރީޒް (މޯލްޑިވސ) ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައި އަމުރުކޮށް، މިއަމުރަކ ވަގުތީ އަމުރަށް އެދުނު ފަރާތުން މިޙުޞޫމާތާއ ގުޅިގެނި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފައަރގެ މައްޗަށް ކޯޓަށް ހުށަހަޅަން ޤަސްދުކުރާ ދަޢުވާއާއި ގުޅިގެން ނެރުނު ވަގުތީ އަމުރަކަށްވާތީ، މިއަމުރު ނެރޭ ތާރީޙުން ފެށިގެން 14 ( ސާދާ) ދުވަހުގެ ތެރޭގައި ދަޢުވާ ހުށަހެޅުމަށާއި، ދެންނެވި މުއްދަތުގައި ދަޢުވާ ހުށަނާޅައިފިނަމަ މިއަމުރު ބާޠިލްވާނ ކަމަށެ އިމްޕެކްސް ފިޝަރީޒް ( މޯލްޑިވސ) ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި އެމުއްދަތުގެ ތެރޭގައި ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅައިފިނަމަ، އެމަޥްޟޫޢީ ދުޢުވާގައ ފައިޞަލާކުރަނިވި ޙުކުމެއް ކުރަންދެން ނުވަތަ ޝަރީޢަތުން މިވަގުތީ އަމުރު މުރާޖަޢާކޮށް ވަކި ގޮތެއް ކަނޑައަޅަންދެން މިއަމުރު ދެމި އޮންނާނެކަމަށް ނިންމީމެވެ". މިފަދައިންނެވެ. ދައުލަތުގެ ފަރާތުން މިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މި އަމުރެވެ. އިސްތިއުނާފީ ނުކުތާ:

8ސިވިލް ކޯޓުގެ ނަންބަރު: 2025-CVC-1457 ގަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޙިލާފަށްކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދައުލަތުން ފަރާތުން ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛

1.8.ގާނޫނު ނަންބަރު 2021/32 (މަދިނީ އިޖުރާއަތުގެ ޤާނޫނޫ) ގެ 243 ވަނަ މާއްދާގެ (ށ) ގައި "ދައުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެމައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންސާފާ ޤާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއްކަމުގައިވާނަމަ" މިފަދައިން ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި "އެއްބަސްވުނ ބާޠިލްވެއްޖެކަމަށް ބުނެ 05 މެއި 2025 ގައި ދަނޑުވެރިކަމާއި ދިރޭތަކެއްވާބެހޭ ވުޒާރާގެ ނަންބަރު E/PRIV/2025/88-492 ސިޓީގައި ދީފައިވާ 14 (ސާދަ) ދުވަހަކީ ދަޢުވާއެއް ކޯޓަށް ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ކަމަށް ޝަރީޢަތަށް ބުރަނުވެވޭތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމާއި، އަދި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ޝަރީޢަތަށް ބުރަވެވޭކަމަށް" ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސެޓް ޕްރައިވެޓް ލިމިޓެޑް ވ ޢަބްދުﷲ ޒުހުރީ ޤަޟިއްޔާގައި މިފަދަ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެދިނުމުގައި ފުރިހަމަވާންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަ ނުވަނީސް، އެ ޝަރުތުތަކާ ޚިލާފަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނުނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

9އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާއާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.9.އިސްތިއުނާފީ ނުކުތާ ތަފްސީލްކުރަމުން މައިގަނޑު ގޮތެއްގައި ދައުލަތުން ބުނެފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ މިންގަނޑު މި މައްސަލައިގައި ފުރިހަމަނުވާކަމަށެވެ. އެއީ މިމައްސަލައިގައި އެބުނާ އަރޖަންސީއެއް ނެތްކަމަށެވެ. ސަބަބަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ނޯޓިސް ފޮނުވާފައިވަނީ ނޮން ފައިނޭޝިއަލް ބްރީޗްއަކާއި ގުޅިގެންކަމަށާއި، އެ ނޮން ފިނޭންޝިއަލް ބްރީޗްއާ ގުޅިގެން ފޮނުވި ނޯޓިސްއަށް އެއްވެސް އިއުތިރާޒެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފއިނުވަތކަމަށެވެ. މީގެ އިތުރުން، އިންސާފު ޤާއިމްކުރަންޖެހޭ ޙާލަތެއް މިމައްސަލައިގެ އޮތްތޯ ނުވަތަ ނެތްތޯ ބަލާއިރު، އެ ހާލަތް މި މައްސަލައިގައި ވުޖޫދުވެފައިވާ ނުވާކަމަށެވެ. ސަބަބަކީ މައްސަލައިގެ މުޅި މައުޟޫއު ބިނާވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ޚިލާފު ޢަމަލަކާއި ގުޅިގެންކަމަށްވާއިރު، ވަގުތީ އަމުރަކީ އީކުއިޓަބަލް ރެމެޑީއެއްކަމށާއަ، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާއި ޚިލާފުވެފައި އޮތް ހާލަތެއްގައި ވަގުތީ އަމުރެއް ނުނެރެވޭނެކަމަށެވެ. މިކަންކަމުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގައި ވަގުތީ އަމުރެއް ނެރެދޭންޖެހޭނެ ހާލަތެއް ނެތްކަމަށް ދައުލަތުން ފާހަގަކޮށްފައިވީނަމަވެސް، ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ މިނިސްޓްރީން އިން ފޮނުވި ޓަރމިނޭޝަން ނޯޓިސްގައި ތަން ހުސްކުރުމަށް ދީފައިވާ މުއްދަތަކީ މައުޟޫއީ ދައުވާއެއް ސިވިލް ކޯޓަށް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތަށް ނޫންކަމުގެ މައްޗަށް ބަލައިގެންކަމަށެވެ. އެހެންނަމަވެސް، މައުޟޫއީ ދައުވާއެއް ސިވިލް ކޯޓަށް ހުށަހަޅަން އޮންނަ މުއްދަތަށް ބިނާކޮށް ވަގުތީ އަމުރު ނެރެމުގައި ބަލަންޖެހޭ އެއްވެސް އުސޫލެއް ކަނޑައެޅިފައިނުވާކަމަށެވެ.

2.9.މައުޟޫއީ ދައުވާއެއް ހުށަހެޅުމުގެ މުއްދަތުތައް ބަޔާންކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައިކަމަށާއި، އެހައްޤ އިސްތިއުނާފު ރައްދުވު ފަރާތަށް ލިބިގެންވާކަމަށެވެ. މީގެ އިތުރުން، 14 ދުވަހަކީ މައޞު އ މައްސަލަ ހުށަހެޅުމަށް އެކަށީގެންވާ މިންގަނޑެއްނޫންކަމަށް އިފްތިރާޟްކުރިނަމަވެސް، އެއީ ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ މިންގަނޑެއް ނޫންކަމަށެވެ. އެމިންގަނޑު ބަޔާންކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައިކަމަށެވެ. އެމިންގަނޑަށް ބަލާއިރު، މި މައްސަލައިގައި އެ އަރޖަންސީއެއް ނެތްކަމަށާއި، އިންސާފު ޤާއިމްކުރަންޖެހޭ ހާލަތެއވެސް ނެތްކަމަށެވެ. އެހެންކަމުން، މިކަންކަމުގެ މައްޗަށް ބަލާއިރު ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް ވުޖޫދުވެފައިނުވާކަމަށ ދައުލަތުން ދެކޭކަމަށެވެ.

3.9.ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ބުނެވުނު މިންގަނޑާ ޚިލާފަށް ނޯޓިސް ޕީރިއަޑްގައި ބަޔާންކުރާ 14 (ސާދަ) ދުވަހަކީ މައުޟޫއީ މައްސަލަ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ބަލައިގެންކަމަށެވެ. އެހެންކަމުން، އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2023/HC-A/352 )އެސެޓް ޕްރައިވެޓް ލިމިޓެޑް ވ . ޢަބްދު ﷲ ޒުހުރީ( ޤަޟިއްޔާ އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފު ނިންމުމެއްކަމަށެވެ.

4.9.މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތާއި ދައުލަތާއި ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތުން މަސައްކަތްކޮށްފައިނުވާތީ ދައުލަތުން އެއްބަސްވުން ބާޠިލްކޮށް ތަން ހުސްކުރުމަށް އަންގާފައިވާއިރު، މައުޟޫއީ ދައުވާ ހުށަހެޅުމާ ނުލައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން ވަގުތީ އަމުރުން އެއްބަސްވުން ބާޠިލްކުރުމަށާއި ތަން ހުސްކުރުމަށް ދީފައިވާ ނޯޓިސްއަށް ޢަމަލުކުރުން ފަސްކޮށް، އެއްބަސްވުމަށް ޢަމަލުކުރުމަށް އެންގުމަކީ މި މައްސަލާގައި އޮތް ހުސޫމާތަށް ދާއިމީ ޙައްލެއް ލިބިގެންދިޔަ އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުމަށް ގަސްދުކުރާ ދައުވާއަށް ފަރުވާއެއް ލިބިގެންދިޔަ ކަމެއްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:

10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: 2025-CVC-1457 ގަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމުގައި ކަނޑައަޅައި، އެމޭރުމުން ފައިސަލާކުރަނިވި ޙުކުމެއް ކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

11އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްޞީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްޞީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.11. އިސްތިއުނާފު ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ މުޅި ނިންމުމަށް ބަލާއިރު، ދަށު ކޯޓުން ރައްކާތެރިކަމުގެ ވަގުތީ ފަރުވާގެ އަމުރެއް ނެރެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ފަދައިން ނޫންކަން ވަރަށް ސާފުކަމަށެވެ. ސިވިލް ކޯޓުގެ ނިންމުން ބިނާކޮށްފައިވަނީ ހުށަހެޅިފައިވާ ޚުޞޫމާތުގެ ފަސްފަހަތާއި ޚޫޞޫމާތުގެ އެންމެ ޖައުހަރީ ވާޤިއާތަކާއި ޚަޞްމުންގެ މެދުގައި ބަދަލުކުރެވިފައިވާ މުޢާމަލާތުތަކާއި އެމުޢާމަލާތުގައ ބަޔާންކުރި އިބާރާތްތަކަށާއި، އެއިބާރާތްތަކުން ދޭހަކުރެވޭ ނިޔަތާއި ގަސްދުތަކާއި ދައުލަތުގެ ފަރާތުން ނިންމާފައިވާ ނިންމުން އަދި އެނިންމުން ތަންފީޒުކުރުމުގައި ޢަމަލުކުރެވޭނެކަމަށް ދައުލަތުގެ ފަރާތުން ކަނޑައެޅި އުސޫލުތަކަށް ފުރަތަމަ ނަޒަރުގެ މިންގަނޑުން ވަޒަންކޮށް ޝަރީޢަތުން ފާހަގަކޮށްފައިވާކަމަށެވެ.

2.11.މީގެ އިތުރުން ކުލީގެ އެއްބަސްވުން ބާތިލު ކުރި ކުރުމާމެދު ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއް އެބައޮތްކަމަށާއި، ވަގުތީ އަމުރަށް އެދެންޖެހުނީވެސް އަދި ފަހުން އެމައޟުޢގައު ދައުވާއެއް ކުރަންޖެހުނީވެސް އެހެންވެކަމަށެވެ. އެއްބަސްވުމެއް ބާޠިލުކޮށްފައި އޮތުމަކީ ހަމައެކަނި އެސަބަބަށްޓަކައި އަނެއް ފަރާތަށް ވަގުތީ ފަރުވާއެއް ލިބިދޭންނުޖެހޭ ސަބަބެއް ނޫންކަމަށެވެ. ދައުލަތުގެ ބަހުސް ކިޔައިލުމުން ކުރެވޭ ދޭހައަކީ އެއީކަމަށާއި، ލިބިދާނެކަމަށް ހީވާ ގެއްލުމަކީ ވަޒަންކުރެވޭނެ އެއްޗަކަށް ވުމަކީވެސް އޭގެ ޒާތުގައި ވަގުތީ އަމުރެއް ނެރެދޭން ނުޖެހޭ ސަބަބެއް ނޫންކަމަށާއި އެހެންނޫންނަމަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި އެ ޝަރުތު ބަޔާންކޮށްފައި އޮތީސްކަމަށެވެ.

3.11.އެއްބަސްވުން ބާތިލކުރާ ކުރުމުގެ ސަބަބުން ނުވަތަ އެފަދަ ނިންމުމެއް މުޢާމަލާތުކުރާ ކުރުމަކުން އެއްބަސްވުމުގައި ހިމެނޭ އަނެއް ފަރާތަށް ގެއްލުމެއް ނުލިބޭނެކަމަށް ދައުލަތުން ބަޔާންކުރާ ކުރުމަކީ ޤާނޫނީ ގޮތުން އަދި މަންތިޤީ ހަމަތަކުން ހަމަޖެހޭކަމެއްނޫންކަމަށް އިސްތިއުނާފު ރައްދުވާ ފރާތުނަ އިތުރަށް ބުނެފައިވެއެވެ. އަދި މިހެން ދެކޭ ސަބަބުތައް ވަރަށް ތަފްސީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން ތަފްސީލްކުރުމުނ ބުނެފައިވަން ދަށު ކޯޓުން މައްސަލަ ނިންމުމުގައި މައްސަލައަކީ އަވަހަށް ނިންމަންޖެހޭ މައްސަލައެއްތޯ ބެލީ ހަމައެކަނި 14 ދުވަހުގެ މުއްދަތަށް ބަލައިގެން ނޫންކަމަށާއި، އެކަމުގައި ސަބްޖެކްޓިވްކޮށް އެމުޢާމަލާތުގައި ކަންހިނގާފައިވާ ގޮތަށާއި ވަށައިގެންވާ ހުރިހާކަމަކަށ ބަލާފައިވާކަން އެ ނިންމުމަށް ބެލުމުން އެނގެން އޮންނަކަމަށެވެ.

4.11.މީގެ އިތުރުން ދައުލަތުން ދަށު ކޯޓުގެ ނިންމުމަކީ ދެފަރާތުގެ ދެމެދު އޮތް ހުސޫމާތަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމެއް ފާހަގަކޮށްފައިވީނަމަވެސް، މިއީ ތެދެއް ނޫންކަމަށާއި ވަގުތީ ފަރުވާއެއްގެ ޒަރީޢާއިން ދާއިމީ ހައްލެއް ހޯދުންކަމަށްވާނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2023/HC-A/352 )އެސެޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ޒުހުރީ( ޤަޟިއްޔާއިން ބުނާފަދަ ގޮތަކަށް ޢަމަލުކޮށްފައިވާނަމަކަމަށެވެ. ބުނެވުނު މައްސަލައިގައި ވަގުތީ އަމުރަށް އެދުނު ފަރާތުން މައުލޫއީ ދައުވާ ހުށަހަޅާނެ މުއްދަތެއް ބަޔާންކުރުމަކާއ ނުލައި އަމުރަށް އެދި ހުށަހެޅުމުން އެއީ އެފަރާތުން ދާއިމީ ފަރުވާއެއް ހޯދަންކޮށްފައިވާ މައްސައްކަތެއްކަމަށް ފާހަގަކޮށްފައިވާކަމަށާއި ނަމަވެސް އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި އޮތީ އެފަދަ ހާލަތެއް ނޫންކަމަށެވެ. މިއީ މައުޟޫއީ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން ވަގުތީ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާ ފަރުވާއެއްކަމަށާއި، ކުލީގެ އެއްބަސްވުން ބާތިލުކުރުމަށްކަމަށްބުނެ މިނިސްޓްރނީ ނޯޓިސް ފޮނުވިއިރު ރަށަށް އެޑްވާންސްކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ކުލި ދައްކާފައިވާ އޮތް އޮތުމަކީވެސް އެ ސްޓޭޓަސް ކޯ ދެމެހެއްޓުމަށް ބާރުއަޅާ ހަޤީޤަތެއްކަމަށެވެ.

5.11.ދައުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމާގުޅޭ ޝަރުތުތައް ބަޔާންކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސެޓް ޕްރައިވެޓް ލިމިޓެޑް ވ ޢަބްދުﷲ ޒުހުރީ ޤަޟިއްޔާގައި އޮތީ ހަމައެކަނި އެޝަރުތު ނަކަލުކޮށްފައިކަމަށާއި، އެހެންކަމުން ޙަޤީޤަތުގައި ދަށު ކޯޓުގެ ނިންމުން ޚިލާފުވާކަމަށް އެބުނެވެނީ އެމާއްދާއާކަމަށާއި ހައިކޯޓުގެ ނިންމުމަކާ ނޫންކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ކަމަށްބުނެ ބަހުސެއް ހުށަހެޅޭނީ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ނިންމުމަކީ ނުވަތަ ރޭޝިއޯއަކާ ޚިލާފުވެގެންކަމަށާއި އެފަދަ ބަހުސެއް ދައުލަތަށް ހުށަހަޅާދެވިފައިނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

12އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު: 2025-CVC-1457 ޤަޟިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭފަދަ ގާނޫނީ ސަބަބެއް ހުށަހަޅިފައި ނުވާކަމަށް ކަނޑައަޅާދެއްވައި، އެޤަޟިއްޔާގެ ނިންމުން ނަގަހައްޓަވައިދެއްވައ މައްސަލި ނިންމާދެއްވުމަށްކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޒް

13އިސްތިއުނާފުކޮށްފައިވ ވަގުތާ އަމުރު ސިވިލް ކޯޓުން ނެރެފައިވަނީ 18 މެއި 2025 ގައެވެ. މި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރަން ޖެހެނީ، 07 (ހަތެއް) ދުވަހުގެ ތެރޭގައެވެ. މި އަމުރު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ 28 މެއި 2025 ގައެވެ. ވީމާ، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބަޔާންކުރާ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދައުލަތުން މި އަމުރު މިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.

14HN1ހައިކޯޓުގައި މި އަމުރު އިސްތިއުނާފުކުރުމުން، އެ އިސްތިއުނާފު ހައިކޯޓުގައި ރަޖިސްޓްރީ ކުރުމަށް 34 (ތިރީސް ހަތަރު) ދުވަސް ވެފައިވާކަން ފާހަގަކުރެވެއެވެ. ދަށު ކޯޓުން ނިންމާ "މައްސަލައެއް" ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމާއެކު، އިސްތިއުނާފު ބަލައިގަތުމާ ބެހޭގޮތުން 14 (ސާދަ) ދުވަހުގެ ތެރޭގައި ގޮތް ނިންމަންޖެހޭކަން އެނގޭއިރު، ވަގުތީ އަމުރެއް އިސްތިއުނާފުކުރުމުން، އެއިސްތިއުނާފު ބަލައި ގަތުމާއިމެދ ގޮތެއު ނިންމުން 14 (ސާދަ) ދުވަހަށްވުރެ އަވަސްވެގެން ދާންޖެހޭނެކަމަށ މަދަން އިޖުރާއަތގު ޤާނޫނުން ދަލީލު ލިބެއެވެ. އެހެނީ، މަދަނީ މައްސަލައެއް އިސްތިއުނާފުކުރުމަށް 30 (ތިރީސް) ދުވަސް ދީފައި އޮތްއިރު، ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ދީފައިވަނީ 07 (ހަތެއް) ދުވަސް ކަމަށްވާތީއެވެ. ވީމާ، މިއީ މިކޯޓުން އިޞްލާޙުކުރަންޖެހޭ ކަމެކެވެ.

15ހައިކޯޓުގައި މި ވަގުތީ އަމުރު ރަޖިސްޓްރީވުމަށްފަހު، މި ވަގުތީ އަމުރު ޝެކްޝަނާ ހަމައަށް އައުމަށް އިތުރު 02 (ދެއެއް) ދުވަސް ނަގާފައިވާކަންވެސް އެނގެންއޮވެއެވެ. 06 ޖުލައި 2025 ގައި މި ވަގުތީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 283 ވަނަ މާއްދާގެ (ބ). ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 285 ވަނަ މާއްދާގެ (ބ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 283 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 283 ވަނަ މާއްދާގެ (ބ). އަމުރާއި ގުޅޭ ލިޔުންތައް ޝެކްޝަނަށް ލިބުމާއެކު ހަމަ އެދުވަހު މި ވަގުތީ އަމުރާއި ގުޅޭ އިސްތިއުނާފީ ލިޔުންތައް އިސްތިއުނާފު ރައްދުވާ އިމްޕެކްސްއ ޙަވާލާ ކުރެވުނުކަން އެނގެއެވެ. އަދި ދަޢުވާގެ ޖަވާބު ފޯމު ފުރިހަމަކޮށް 20 (ވިހި) ދުވަހުގެ ތެރޭގައި ހުށަހެޅުމަށު އިމްޕެކްސްއަށް އެންގިފައިވެއެވެ.

16މި ވަގުތީ އަމުރާއި ގުޅިގެން "މަދަނީ މައްސަލައާ ގުޅިގެން އަންގާ އެންގުން" އިސްތިއުނާފު ރައްދުވާ ފަރާތަށް އެންގިއިރު، ޖަވާބު ދިނުމަށް 20 (ވިހި) ދުވަސް، އަދި އިތުރު އިސްތިއުނާފެއް ހުށަހެޅުމަށް އެދޭނަމަ، 10 (ދިހައެއް) ދުވަސް ކަމަށް ބަޔާންކޮށްފައި އޮތްކަން ފާހަގަކުރެވެއެވެ. ނަމަވެސް މިއެންގުމުގައި ބަޔާންކުރަނީ، "ހުށަހެޅިފައިވާ މައްސަލައަކާ އިސްތިއުނާފީ މައްސަލައެއްކަމަށް ވާނަމަ" މިފަދައިންނެވެ. މިއީ ވިސްނާލަންޖެހޭ ނުކުތާއެކެވެ.

17HN2އެހެނ ހުށަހެޅިފައިވަނީ މަދަނީ "މައްސަލައެއް" ގެ އިސްތިއުނާފެއް ނޫނެވެ. ހުށާހެޅިފައިވަނީ ކޯޓަށް ހުށަހެޅިދާނެ ދަޢުވާއަކާއި ގުޅިގެން ސިވިލް ކޯޓުން ނެރެފައިވާ "ވަގުތީ އަމުރު" އެކެވެ. އެއީ ވަގުތީ ފަރުވާގެ ފިޔަވަޅުގެ އަމުރެކެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގައި މިކަންކަން ބަޔާންކުރަނީ ތަފާތު މާނައެއްގައެވެ. އަދި އިސްތިއުނާފު ކުރުމަށް ދީފައިވާ މުއްދަތާއި އިތުރު އިސްތިއުނާފު ހުށަހެޅުމަށް ދީފައިވާ މުއްދަތު މި ދެބާވަތުގައި ތަފާތު ކޮށްފައިވާތީ މަދަނީ އިޖުރާއަތުގެ ޤާނޫނުން ފެންނާނެއެވެ.

18ވީމާ، ހުށަހެޅިފައިވަނީ، މަދަނީ މައްސަލައެއްގެ އިސްތިއުނާފެއްކަމަށް ހަދައިގެން، ދަށު ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ އިސްތިއުނާފާމެދު މުޢާމަލާތު ކުރުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަރުތީބު އޮޅި، ޤާނޫނެއްގައި އިޖުރާއަތެއް ލިޔެގެން ހޯދަންއެދޭ އިޞްލާޙީ ބަދަލު ގެނެވޭނެ ގޮތެއް ނޫނެވެ. އިސްތިއުނާފު ރައްދުވާ ފަރާތަށް މިކޯޓުން ފޮނުވި މަދަނީ މައްސަލައާއި ގުޅިގެން އަންގާ އެންގުމުގައި، ހުށަހެޅިފައިވާ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްކަމަށްވާނަމަ ޢަމަލުކުރަން އޮތް އިޖުރާއަތެއްގެ ވާހަކަ، ވަގުތީ އަމުރެއް އިސްތިއުނާފުކޮށްފައި އޮށްވައި ދެއްކުމަކީ އޮޅިގެން ނނ ގިގެނ ކުރް ކަމެއްކަމަށް ނުފެނެއެވެ. ހައިކޯޓުގެ ނަންބަރު:2025/HC-A/158 ޤަޟިއްޔާއާއި ގުޅިގެން "މަދަނީ މައްސަލައާ ގުޅިގެން އަންގާ އެންގުން" (06 ޖުލައި 2025.)

19މިވަގުތީ އަމުރާއި ގުޅިގެން، ޖަވާބު ހުށަހެޅުމަށް އިމްޕެކްސްއަށ ފުރަތަމް ދެވުނު 20 (ވިހި) ދުވަސް ހަމަވާ ނ އޮތް ދުވަހު ހުށަހެޅީ އިޖުރާއީ އިޢުތިރާޟެކެވެ. އެއިޖުރާއީ އިޢުތިރާޟާމެދު މިކޯޓުން ގޮތް ނިންމުމުން، މިއީ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޖަވާބުދާރީވުމަށް މަދުވެގެން 20(ވިހި) ދުވަސް ދިނުމަށް އިމްޕެކްސްއިން ހުށަހެޅިއެވެ.

20މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 280 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެއަކުރުގެ (1) ވަނަ ނަންބަރުގައި ޙުކުމްތަކާއި ކޯޓު އަމުރުތަކާއި އެނޫންވެސް ނިންމުންތައް އިސްތިއުނާފުކުރެވޭނެކަމަށް ބަޔާންކުރުމާއެކު އެއަކުރުގެ (2) ވަނަ ނަންބަރުގައި ވަގުތީ އަމުރުގެ ވާހަކަ ވަކިން ބަޔާންކޮށްފައިއެވެ. ވަގުތީ އަމުރަކީ ކޯޓު އަމުރެއްކަމަށް ބެލިނަމަވެސް، ވަގުތީ އަމުރަކީ ކުރާ ޙުކުމެއް ނޫނެވެ. މަދަނީ ދަޢުވާއަކާއި ގުޅިގެން ޙުކުމް ކުރުމަކީ ކޮބައކަނި މަދަން އިޖުރާއަތުގެ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އުޞޫލެއްގެ ގޮތުން މި މާއްދާއިން އެނގެނީ އެއީ ޝަރީޢަތް ހިންގައިގެންވިޔަސ ނުވަތް ނުހިންގާވިޔަސ ކޯޓުން ކުރް ފައިޞަލާ ކުރަނިވި ޙުކުމއެކަމެވެ. ވަގުތީ އަމުރަކީ ފައިޞަލާ ކުރަނިވި ޙުކުމެއް ނޫނެވެ.

21ހަމައެހެންމެ، ޢާންމު އުޞޫލުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތަކީ 30 (ތިރީސް) ދުވަސްކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) އިން އެނގޭއިރު، ވަގުތީ އަމުރެއް އިސްތިއުނާފުކުރަން ދީފައިވާ މުއްދަތަކީ 07 (ހަތެއް) ދުވަސްކަން އެމާއްދާގެ (ބ) އިން އެނގެއެވެ. ޢާންމު އުޞޫލުން އިސްތިއުނާފުކުރަން ޤާނޫނަކުންދޭ މުއްދަތަށްވުރެ ވަކި ބާވަތެއްގެ ނިންމުމެއް އިސްތިއުނާފުކުރުމުގ މުއްދަތު ކުރުކުރާނީ ލިޔުމުގެ ފަސޭޙައަކަށް ނޫނެވެ. ޤާނޫނީ ނަޒަރަކުން ބަލާއިރު، އެކަން ކުރާނީ، އެނިންމުމެއް އިސްތިއުނާފުކުރުން އަވަސް ވާންޖެހޭނެތީއެވެ. އޭގެ ނަތީޖާއަކީ އިސްތިއުނާފުން އެފަދަ 29 ޖުލައި 2025 ގައި އިމްޕެކްސްއި ނ ހުށަހެޅް އިޖުރާއީ އިޢުތިރާޒް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/158 ޤަޟިއްޔާގެ އިޖުރާއީ އިޢުތިރާޒާމެދ ނިންމު ގޮތް ނިންމުމެއްވެސް ނިންމުން އަވަސް ކުރަންޖެހުންކަން މިމުއްދަތުތަކާމެދު ހެޔޮގޮތުގައި ވިސްނައިފިނަމަ ދޭހަ ކުރެވޭނެއެވެ.

22މީގެ އިތުރުން، ޢާންމު އުޞޫލުން ހުށަހެޅޭ އިސްތިއުނާފަކާއި ގުޅިގެން، އިތުރު އިސްތިއުނާފެއް ހުށަހެޅުމަށް މަދަނީ އިޖުރާއަތުން ލިބިދެނީ 10 (ދިހައެއް) ދުވަހެވެ. ނަމަވެސް ވަގުތީ ފަރުވާ އާއި ރައްކާތެރި ކަމުގެ އަމުރެއް އިސްތިއުނާފުކުރެވޭ ޙާލަތުގައި އިތުރު އިސްތިއުނފެއ ހުށަހެޅުމަށް ލިބިދެނާ 03 (ތިނެއް) ދުވަހެވެ. މަތީގައި ބަޔާންކުރެވުނު މުއްދަތުތަކަކީ، މަދަނީ މައްސަލަތަކުގެ ތެރެއިން މައުޟޫޢީ ގޮތުން ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށްފަހު ނިންމާ މަދަނީ މައްސަލަތައް އިސްތިއުނާފު ކުރުމުން، ކޯޓުން އަންގާންޖެހޭ މުއްދަތު ތަކެއްކަމަށް ފެނެއެވެ. އެއީ، ވަގުތީ އަމުރަކާއި ގުޅިގެން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމުން، މުއްދަތުތައް ބަޔާންކޮށް އަންގާންޖެހޭ އެންގުމެއް ނޫންކަންވެސް ފާހަގަކުރެވެއެވެ. ސަބަބަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 286 ވަނަ މާއްދާގެ (ށ) ބަޔާންކުރާގޮތުން، ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރުގެ ދަށުން ނެރޭ ވަގުތީ ފަރުވާގެ އަމުރަކާއި ގުޅިގެން ކުރެވޭ އިސްތިއުނާފެއްނަމަ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އިތުރު އިސްތިއުނާފެއް ހުށަހަޅަން އެދޭނަމަ ހުށަޅަންޖެހެއެވެ. ވީމާ، "ހުށަހެޅިފައިވާ މައްސަލައަކާ އިސްތިއުނާފީ މައްސަލައެއްކަމަށް ވާނަމަ" މިހެން ބަޔާންކޮށް ޚަޞްމުންނަށް ހައިކޯޓުން އަންގާ އެންގުމުގައި ބަޔާންކުރާ މުއްދަތުތައް، ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރުގެ ދަށުން ނެރޭ އަމުރުތަކާއި ގުޅޭ ގޮތުން، ކިޔުމުގައި ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކިޔަންޖެހޭ ކަމަށް ދެކެމެވެ.

ހުށަހެޅިފައިވާ އިސްތިއުނާފު

23ހުށަހެޅިފައިވާ ވަގުތީ އަމުރާގުޅޭ ވާޤިޢާތަށް ޚުލާޞާގޮތެއްގައި ބަޔާންކުރެވިފައިވުމާއި އަދި ހުށަހެޅި ލިޔުންތަކުން ވާޤިއާތަކުގެ އިތުރު ތަފްޞީލު ލިބެން ހުރުމުން، އެވާހަކަތައް ތަކުރާރު ކުރާކަށް ނެތީމެވެ.

24HN3މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 23 ވަނަ މާއްދއަށާ ވަކިން ބަލާއިރު، ވަގުތީ އަމުރއެ (interim injunction) ދެ ވަގުތެއްގައި ކޯޓަށް ނެރެވިދާނެ ކަމަށް ފެންނަން އޮވެއެވެ. ނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ ބާބުގައި ބަޔާންކުރާ ފަދަ ވަގުތީ އަމުރަކަށް ކޮންމެ ވަގުތެއްގައިވެސް އެދެވިދާނެކަން ބަޔާންކުރެއެވެ. މަދަނީ އިޖުރާތުގެ ޤާނޫނުގެ 23 ވަނަ މާއްދާ އާއި އެޤާނޫނުގެ 242 ވަނަ މާއްދާގެ (ހ) އަށާއި 243 ވަނަ މާއްދާގެ (ހ) އެކުގައި ކިޔުމުން، ވަގުތީ އަމުރަކަށް އެދެވިދާނެ މައިގަނޑު ހަތަރު ވަގުތެއް ފާހަގަވެއެވެ. އެއީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން (during proceedings) ނޫނީ ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން action)-(pre ނޫނީ ދަޢުވާގެ ޝަރީޢަތްތައް ފެށުމުގެ ކުރިން (before proceedings) އަދި ދަޢުވާގެ ޙުކުމްކުރުމަށްފހަ (after judgement) އެވެ.

25އިމްޕެކްސްގެ ފަރާތުން ދަށު ކޯޓުގައި ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރަކަށް އެދިފައިވަނީ އެކޯޓަށް ހުށަހެޅިދާނެ މައްސަލަކާއި ގުޅިގެންނެވެ. މާނައަކީ އޭރު އަދި މައުޟޫޢީ ދަޢުވާއެއް ކޯޓަކަށް ހުށައެއް ނާޅައެވެ. އިމްޕެކްސ އިން ދަށް ކޯޓުގައު ނެރެދިނުމަށް އެދުނު ވަގުތީ އަމުރުތައް:

26ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އިމްޕެކްސ އިން ދަށް ކޯޓުގައު ތަފާތު ތިން ބާވަތެއްގެ ވަގުތީ އަމުރަކަށް އެދިފައި އޮތްކަން އެނގެއެވެ. އެއީ؛

1.26. ވަކި ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރު (mandatory injunction)

2.26. ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރު (prohibitory injunction) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 23 ވަނަ މާއްދާ "... ބަލަމުންދާ މައްސަލައަކާ ގުޅިގެން"، އެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ހ) "...ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން.."، އެ ޤާނޫނުގެ 235 ވަނަ މާއްދާގެ

(ހ)..."ހިނގަމުންދާ ދަޢުވާއަކާ ގުޅިގެން" ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 23 ވަނަ މާއްދާ " އެފަދަ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން" 243 ވަނަ މާއްދާގެ ގެ (ށ) " ...ދަޢުވާ ހުށަހެޅުމުގެ ކުރިން..." ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 243 ވަނަ މާއްދާގެ (ހ) "...ދަޢުވާގެ ޝަރީޢަތް ފެށުމުގެ ކުރިން..." ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 243 ވަނަ މާއްދާގެ (ހ) ".. ދަޢުވާގެ ޙުކުމްކުރުމަށްފަހުގައިވެސް..."

3.26. މުދަލުން ތަޞައްރުފުކުރުން ހުއްޓުމުގެ އަމުރެއް (freezing/Mareva injunction) މި އަމުރުތަކެވެ. ވަގުތީ އަމުރަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ ހެކި:

27HN4އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް ވަގުތީ އަމުރަކަށް އެދޭއިރު، އެ އަމުރު ނެރެދިނުމަށް އެދޭ ސަބަބުތަކަށް ބާރުދޭ ހެކި ހުށަހަޅަންޖެހެއެވެ. މުދަލުން ތަޞައްރަފުކުރުން (މުޢާމަލާތު ކުރުން) ހުއްޓުވުމުގެ އަމުރަކަށް ކަމަށްވާނަމަ، އެކަމަށް އެދި ހުށަހަޅަންވާނީ އެފިޑެވިޓް affidavit)( މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. ވަކި ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރަކަށް އަދި ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރަކަށް އެދި ހުށަހަޅަންވާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން witness statement)( މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. ވަގުތީ އަމުރެއް ނެރެދިނުމަށް އެދެނީ ކޮންމެ ވަގުތެއްގައި ނަމަވެސް، އެވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމާއިއެކު ވަގުތީ އަމުރެއް ނެރުމުގެ ކުރިން ބަޔާންވެދިޔަ އިޖުރާއަތާއި އެއްގޮތަށް ހެކި ހުށަހަޅާފައިވޭތޯ ބެލުމަކީ ކުރަންޖެހޭކަމކެ ވެ.

28ހުށަހެޅިފައިވާ ވަގުތާ އަމުރާއި ގުޅޭ ގޮތުން ބަލާއިރު، އެފިޑެޓް މެދުވެ ރިކޮށ ހެކް ހުށަހަޅާފައި އޮތި ކަން އެނގެން އޮވެއެވެ. ނަމަވެސް، ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހެކި ހުށަހަޅާފައި އޮތްކަން ސާފުވާކަށް ނެތެވެ. ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރަކަށް އެދުން:

29HN5މަދަނީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގެ ކުރިން، ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދުމަކީ ކުރެވޭނެ ކަމެކެވެ. މިފަދަ ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުގައިވެސް، ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 244 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 244 ވަނަ މާއްދާގެ (ނ) އަދި 337 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 244 ވަނަ ނަންބަރު (ނ) ފުރިހަމަ ކުރަންޖެހޭ ޢާންމު އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނެއެވެ. މިގޮތުން އެފަދަ އަމުރަކަށް އެދި ހުށަހެޅޭނެ ކޯޓާއި އެފަދަ އަމުރަކަށް އެދިހުށަހަޅާނެ ގޮތާއި ހެކި ހުށަހަޅަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނެއެވެ. މަދަނީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތުން އަމުރަކަށް އެދުމަކީ ވަގުތީ އަމުރެއް ކޯޓުން ނެރުމުގައި ބަލަންޖެހޭ ޢާންމު އުޞޫލީ ހަމަތައް އެއްފަރާތްކޮށް އެފަދަ ފަރުވާއެއް ދިނުމަށް ދެވޭނެ ސަބަބެއް ނޫނެވެ.

30ނަމަވެސް، އިމްޕެކްސްއިން މި ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގައި، މައުޟޫޢީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ވަގުތީ އަމުރުގެ ޝަރުޠުތައް ފުރިހަމަވާން ނުޖެހޭކަން ކޯޓުތަކުން މިހާރު ބަލައިގެންފައިވާކަމަށްބުނެ ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެންއޮވެއެވެ. މިވާހަކަތަކަށްފަހު، ސިވިލް ކޯޓުގެ ނިންމުންތަކަކަށް ޙަވާލާދީ، ބަޔާންކޮށްފައިވަނީ، އެހެންކަމުން، ނެކްސްބިޒް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވޭތޯ ބެލުމަކީ، މިމައްސަލައިގައި ވަގުތީ އަމުރެއް ނެރުމުގެ ކުރިއަށް ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. މިވާހަކާތަކާއިމެދު ހައިރާނވިއެވެ. އަދި ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރަކަށް އެދި ހުށަހެޅިއިރު، މިބާވަތުނ ވާހަކް ދެއްކީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށް ކަމެއް ދެނެއެއް ނުގަނެވުނެވެ.

31އެހެނީ، ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރެއް ކޯޓުން ނެރުމުގައި ބަލައި އުޞޫލީ ހަމަތަކަކީ މަދަނީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގެ ކުރިންވިޔަސް އަދި ދަޢުވާއެއް ހިނގަމުންދާއިރުވިޔަސ ނޫން ޙުކުމް ކުރުމަށްފަހުވިޔަސް، ވަގުތީ އަމުރަކާއި މެދު ގޮތް ނިންމާއިރު ބަލަންޖެހޭނެ ކަންކަމެވެ. ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރެއް ކޯޓުން ނެރެދެނީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ކަމަށްވާނަމަ، ކޯޓު އަމުރަކަށް އެދި ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ޢާންމު އިޖުރާއަތުތައް ބަޔާން ކުރަނީ ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 21 ވަނަ ބާބުގައެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 235 ވަނަ މާއްދާގެ (ނ)، އެ ޤާނޫނުގެ 244 ވަނަ މާއްދާ ބަޔާންވެދިޔަ އުޞޫލީ ހަމަތަކަށް ބަލަންޖެހޭ މިންވަރު އިތުރަށް ހަރުކަށިވެގެން ދާނެއެވެ. އެ އުޞޫލީ ހަމަތަކަށް ނުބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

32މަދަނީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގެކުރިނ ލިބިދިނުމަށް ކޯޓުގައި އެދިފައިވާ ވަގުތީ ފަރުވާގެ ފިޔަވަޅަކާއިމެދު ކޯޓުން ގޮތް ނިންމާއިރު ފަނޑިޔާރު ބަލަންޖެހޭ އަނެއް ކަމަކީ، މަދަނީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމުގައި، ކޯޓުގެ އިޚްތިޔާރީ ބާރުގެ ބޭނުން ކުރަނީ، އިސްތިސްނާއީ އަދި އިންތިހާއީ މަދު ޙާލަތްތަކެއްގައި ކަމެވެ. ވީމާ، ދަޢުވާއެއް ހުށަހެޅުމުގެކުރިން ވަގުތީ ފަރުވާގެ ގޮތުގައި ކޯޓުން ވަގުތީ އަމުރެއް ނެރުމަކީ ކޯޓަކުން އަޅާނެ އާދަޔާ ޚިލާފު އިސްތސިނާއި ފިޔަވަޅެކެވެ.

33ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ކޮން ދެޙާލަތެއްގައިކަން ބަޔާންކުރަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައެވެ. އެމާއްދާގައި އޮތީ؛ ވަގުތީ އަމުރަކަށް 243. (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެހެން ޤާނޫނެއްގައި އެހެންގޮތަކަށް އެދެވޭނެ ވަގުތު ބަޔާންކޮށްފައިނުވާހާހިނދަކު، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމއ ކަމުގައް ވާނަމައެވެ. މިފަދައިންނެވެ.

34ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ، އެސެޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަބުދު ﷲ ޒުހުރީ ޤަޟިއްޔއަށާ ބެލިއިރު، އެޤަޟިއްޔާގައި މަތީގައިވާ ބަޔާންކުރި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަގުތީ އަމުރެއް ނެރުމުގެ ކައިފިއްޔަތާއ ގުޅި އެއްވެސް ހަމައެއް ބަޔާން ކޮށްފައި ވާތީ އެއް ނުފެނެއެވެ. އެޤަޟިއްޔާގައި ބަޔާންކުރަނީ ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭހިނދު، ހުށަހަޅަން ޤަޞްދުކުރާ މަދަނީ ދަޢުވާ ކޯޓަށް ހުށަހަޅާނެ މުއްދަތެއް މަދަނީ އިޖުރާއތަ ގ SIVAPERUMAN v HEAH SEOK YEONG REALTY SDN BHD [1979] 1 MLJ 150 ހައިކޯޓުގެ ނަންބަރު:2022/HC-A/352 ޤަޟިއްޔާ ޤާނޫނު ގައި ބަޔާންކޮށްފައި ނެތުމުން، އެކަން ފޫބެއްދުމުގެ ގޮތުން، ހުށަހަޅަން ޤަޞްދުކުރާ މަދަނީ ދަޢުވާ ހުށަހަޅަންޖެހޭނެ ވަގުތަކާއ ގުޅި ގޮތުން ކޯޓުން އިރުޝާދު ދިނުމުގެ ވާހަކައެވެ. ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ ވަގުތީ ފަރުވާގެ މަތީގައި ދާއިމީ ގޮތަކަށް ހުރުން ނަފީ ކުރުމެވެ. އެހެން ބައެއް ޖޫރިސްޑިކްޝަނަ ތަކަށް ބަލާއިރު، ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ދީފިނަމަ، ވީއެންމެ އަވަހަކަށް އަދި އެމުއްދަތު ޢާންމު ގޮތެއްގައި 07 (ހަތެއް) ދުވަހަށްވުރެ ދިގުވެގެން ނުދާނެ ގޮތަކަށް މަދަނީ ދަޢުވާ ހުށަހެޅުމަށް އިރުޝާދު ދެވޭކަން ފާހަގަކުރެވެއެވެ.

35HN6ކޮންމެ މައްސަލައަކީވެސް އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށް އެމައްސަލައެއް ހުށަހަޅާ ފަރާތުގެ ނިސްބަތުން ވިސްނާއިރު ޤަބޫލުކުރެވުމަކީ ޠަބީއީ ގޮތުން އެކަން އޮންނާނެ ގޮތެވެ. ނަމަވެސް ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭން ނިންމާއިރު، އަވަހަށް ފިޔަވަޅު އަޅަންޖހިއްޖެ މައްސަލައެއްތޯ (urgency) ވަޒަން ކުރަނީ، ވަގުތީ އަމުރެއް ނެރުމަކާއ ނުލައި އަޞްލު މައްސަލަ ލަސްވެގެން ހިގައްޖެނަމަ، ތަދާރުކު ނުކުރެވޭނެފަދަ އަދި އިޢާދަ ނުކުރެވޭނެފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާއި ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާންޖެހޭނެތޯ ވަޒަން ކޮށްގެންނެވެ.

36އުޞޫލެއްގެ ގޮތުން، އަވަހަށް ފިޔަވަޅު އަޅަންޖެހޭ މަދަނީ ޢާއިލީ މައްސަލަތަކަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 02/2022-SCPD (09 މާރިޗު 2022) "ޕްރެކްޓިސް ޑައިރެކްޝަން" ގައިވެސް ބަޔާންކުރެއެވެ. އެއީ، "...ވަގުތީ އަމުރު ނެރުމަށް އެދޭ ކަމަކީ، ޢާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ބޭނުންވާ އަސާސީ ޚިދުމަތްތަކާ ގުޅޭކަމެއް، ނުވަތަ ވަގުތުން ފިޔަވަޅު ނާޅައިފިނަމަ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމެއް.".. ނަމައެވެ. ތަދާރުކުނުކުރެވޭ ގެއްލުމަކީ، ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. ނުވަތަ އިސްލާޙުކޮށް، ރަނގަޅު ނުކުރެވޭނެ އިގިރޭސިވިލާތުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދުގެ(4)25.2 ގެ ދަށުން ވަގުތީ ފަރުވާގެ އަމުރެއް ނެރޭޙާލަތުގައި ކޭސްމެނޭޖްމަންޓްގެ ތެރެއިން ދެވޭ އިރުޝާދު. ފަދަ ގެއްލުމެކެވެ. ޤާނޫނީ އިސްތިލާޙުގައި ތަދާރުކުނުކުރެވޭނެ ގެއްލުންކަމަށް ބަޔާންކުރަނީ، އެގެއްލުމުގެ އަގު ފައިސާއިން ދީގެން ނުފުދޭނެ ނޫނީ ފަރުނުޖެއްސޭނެ ގެއްލުމަށެވެ.

37HN7ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމުގެ ކުރިން ބަލަންޖެހޭ އަނެއް ކަމަކީ، ވަގުތީ ފަރުވާއެއްގެ ގޮތުގައި ވަގުތީ އަމުރެއް ނެރެދޭން އެދޭ މައްސަލައިގައި، ވަގުތީ އަމުރެއް ނެރުމަކީ، އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ (necessary in the interest of justice) ކަމެއްތޯ ބަލަންޖެހޭ ޖެހުމެވެ.

38ޢަދުލު އިންޞާފު ޤާއިމކުރުމަށްޓަކައު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ބަޔާންކުރަނީ، އެކަމަކީ ފަނޑިޔާރަށް ލިބިދީފައިވާ އިޚްތިޔާރީ ބާރުގެ ބޭނުން ކުރަންޖެހޭނެތީ އެކަން ވަޒަން ކުރުމަށްޓަކައެވެ. އެފަދަ ފިޔަވަޅެއް އެޅުމާއި ނޭޅުމަށް ބަލާއިރު، އެކަމުގައި އޮތް އެންމެ ޢަދުލުވެރިކަމާއި ގާތް ގޮތަކީ ކޮބާތޯ އާއި އެފިޔަވަޅު އެޅުމާއި ނޭޅުމުގައި ނިކުމެދާނެ ނަތީޖާ ހަމަހަމަވެދާނެތޯ އަދި އެފަދަ ފިޔަވަޅެއް އެޅުމުގައި ފުރިހަމަ ވާންޖެހޭ އިޖުރާއީ ބަދަހިކަން ނެގެހެއްޓިފައިވޭތޯ މިކަންކަން ވަޒަންކޮށް މިނެކިރާލުމަށް ބޭނުންކުރެވޭނެ މިންގަނޑެކެވެ.

39މިގޮތުން، ދަޢުވާއެއް ހުށަހެޅުމުގެ ކުރިން، އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ވަގުތީ ފަރުވާގެ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލަނީ، ވަގުތީ އަމުރު ނެރެދޭންއެދޭ މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކާއި އެމައްސަލައަށް ޚާއްޞަވާ ވާޤިއާތަކާއި ގުޅުންހުރި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ޕްރިމާ ފޭސީ މިންގަނޑުން ވަޒަންކޮށްގެންނެވެ. މިޙާލަތުގައި ގުޅުންހުރި ޤާނޫނުތަކާއި ޤާނޫނީ ގޮތުން އެކަށައެޅިފައިވާ އުޞޫލީ ހަމަތަކުގެ މަތިން ވަގުތީ އަމުރެއް ނެރެދިނުމުގެ ޟަރޫރަތްތެރިކަން އޮތްގޮތް ކޯޓަށް ހާމަކޮށް ބަޔާންކޮށް ދިނުމުގެ ޒިންމާ އޮންނާނީ އެއަމުރަށް އެދި ހުށަހަޅާ ފަރާތުގައެވެ. ރިޖިވްވުޑ ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޑެޓް ވ. މުޙައްމަދު ޞަދީފް (2021) އެސް.ސީ އޭ 43. އެހެން ޖޫރިސްޑިކްޝަންތައް:

40HN8ވަގުތީ ފަރުވާއެއްގެ ގޮތުން، ވަގުތީ އަމުރެއް (interim injunction) ކޯޓުން ނެރުމާއި ގުޅޭ ގޮތުން ޢާންމު ގައިޑްލައިނެއް ބަޔާންކުރާ އިނގިރޭސިވިލާތުގެ އެއްމައްސަލައަކީ އެމެރިކަން ސިޔަނަމިޑް މައްސަލައެވެ. މިމައްސަލައިގައި ބަޔާންކުރާގޮތުން، (1) ވަގުތީ އަމުރެއް ނެރޭ މަރުޙަލާގައި ފުށުއަރާ ހެކިތަކުގެ މައްޗަށް ކޯޓުން ބެލުމެއް ނެތެވެ. އެކަން ބެލުމަކީ ޝަރީޢަތުގެ މަރުޙަލާއަށް އޮތް ކަމެކެވެ. (2) މިމަރުޙަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް އޮތްހާވެސް ޒިންމާއަކީ އެމައްސަލައިގައ ޝަރީޢަތުން ބަލަންޖެހޭ ނުކުތާތަކެއް އެބހުރިކަނ ބަޔާންކޮށް ދައްކައިދިނުމެވެ. ( 3) ވަގުތީ އަމުރެއް ނެރެނުދޭ ޙާލަތުގައި، ވަގުތީ އަމުރަށް އެދޭ ފަރާތަށް ލިބިދެވޭނެ ބަދަލަކީ ލިބޭ ގެއްލުމަށް އެކަށީގެންވާ ބަދަލަތަކަށް ވާނެތޯ ކޯޓުން ބަލަންޖެހޭނެއެވެ. ލިބޭނެ ގެއްލުމަށް އެކަށީގެންވާ ބަދަލެއް ދެވޭނެ ޙާލަތުގައި، ވަގުތީ އަމުރަކުން ފަރުވާއެއު ދިނުމެއް ނެތެވެ. (4) ނަމަވެސް، ލިބޭނެ ގެއްލުމަށް ދެވޭ ބަދަލަކީ އެކަށީގެންވާ ބަދަލެއް ކަމުގައި ނުވާނަމަ، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިން ކޯޓުން ސާފުކުރަންޖެހޭ ކަމަކީ، އެވަގުތީ އަމުރު ނެރުމުން، ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބިދާނެ ގެއްލުމަށް ޒިންމާ ނެގިދާނެތޯއެވެ. (5) ދެފަރާތަށްވެސް ލިބިދޭނެ ގެއްލުން ވަޒަން ކުރުމުގައި ދަތިކަމެއް އޮތްނަމަ، ދެފަރާތުގެ ދެމެދުގައި ބެލެންސް އޮފް ކޮންވީނިއަންސް އޮތް ގޮތުގެ މައްޗަށް ކޯޓުން ބަލަންޖެހޭނެއެވެ. (6) ބަޔާންވެދިޔަ ކަންކަން ހަމަހަމަ ގޮތެއްގައި ހުރިނަމަ، ސްޓެޓަސް ކޯ ދެމެހެއްޓުމާމެދު ކޯޓުން ބަލަންޖެހޭނެއެވެ. މިއުޞޫލީ ހަމަތަކަކީ، އިނގިރޭސިވިލާތުގެ އިތުރުން، ސިންގަޕޫރު، މެލޭޝިޔާ ފަދަ ކޮމަން ލޯ ގައުމުތަކުގައިވެސް ވަގުތީ ފަރުވާގެ ގޮތގައު ވަގުތީ އަމުރެއް ނެރެދޭ ޙާލަތުގައި ބަލަމުން އަންނަ ހަމަތައްކަމުގައި ފެނެއެވެ.

American Cyanamid Co v Ethicon Ltd [1975] UKHL 1

41މަތީގައި ބަޔާންކުރެވުނު ޢާންމު އުޞޫލީ ހަމަތަކަކީ، ދިވެހިރާއްޖޭގައިވެސް ވަގުތީ ފަރުވާގެ ގޮތުން ވަގުތީ އަމުރެއް ނެރުމުގައި ބަލަމުންދާ އުޞޫލުތައްކަމަށ އަހުރެންނަށް ބުރަވެވެއެވެ. ހަމައެހެންމެ، މިއުޞޫލުތަކަކީ، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ނެރެދޭ ވަގުތީ އަމުރެއް ނެރުމުގައިވެސް ބަލަންޖެހޭ އުޞޫލީ ހަމަތަކެވެ. މިއުޞޫލީ ހަމަތަކުގެ މައްޗަށް ބުރަދަން ދޭއިރު، އިތުރަށް ބަލަންޖެހޭ ކަމަކީ، ކުރިން ބަޔާންކުރިހެން، މިޙާލަތުގައި ނެރެދިނުމަށް އެދޭ ވަގުތީ އަމުރަކީ ކޯޓަށް ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ނެރެދޭ ނ އެދް ވަގުތީ އަމުރެއް ކަމާއި އެފަދަ ޙާލަތަކީ އިސްތިނާއީ ޙާލަތެއްކަމަށް ވުމެވެ. ޤާނޫނި ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން:

42ހުށަހެޅި ލިޔުންތަކަށް ފުރަތަމަ ނަޒަރުން ބަލާއިރު، އިމްޕެކްސ އާއް މިނިސްޓްރީ އާ ދެމެދު ޞައްޙަ އެއްބަސްވުމެއް ނުވަތަ ތަޢާޤުދީ ގުޅުމަކުން ބަނދެވިގެން ގޮސްފައި އޮތްކަން ދެނެގަނެވެއެވެ. މާނައަކީ، ނ.މިނާވަރުގައި ޤާއިމުވެތިބުމުގެ ޙައްޤެއް އިމްޕެކްސްއަށ ޤާނޫން ގޮތުން ލިބިދެވިފައި އެބައޮތެވެ. ނަމަވެސް އެއްބަސްވުމުގެ 10 ވަނަ މާއްދާއާ އެއްގޮތަށް ނ.މިނާވަރުގައި އިމްޕެކްސ އިން މަސައްކަތް ކުރަމުން ނުދާކަމުގެ ތުހުމަތެއް މިނިސްޓްރީން ކުރެއެވެ. ހަމައެއާއެކު، މިފަހުން މިނިސްޓްރީން ނ.މިނާވަރަށް ކުރި މޮނިޓަރިން ދަތުރުތަކާއ ގުޅި ފުރިހަމަ މަޢުލޫމާތު އިމްޕެކްސްއަށް ދީފައި ނެތްކަން އެއްބަސްވުމުގެ 10 ވަނަ މާއްދާއާ އެއްގޮތަށް ނުކުރެވި އޮތީ ކޮންކަމެއްކަން ބަޔާންކޮށްނުދޭކަމާއި ރަނގަޅުކޮށް އިޞްލާޙު ކުރަންވީ ކޮންކަމެއްކަންވެސް ބުނެނުދޭކަމަށް ބުނެ، އިމްޕެކްސްއިން މިނިސްޓްރީގެ ތުހުމަތުތަކަށް ރައްދު ދެއެވެ.

43މި ޖަދަލުގެ ތެރެއިން، މިނިސްޓްރީން އެޅި ފިޔަވަޅަކީ، އިމްޕެކްސްއާ މިނިސްޓްރީ އާދެމެދު އޮތް އެއްބަސްވުން ބާޠިލުކުރުމެވެ. އަދި ނ.މިނާވަރުން ފޭބުމަށާއ އެރަށުގައި ހުރި އިމްޕެކްސްގެ އުފުލޭ މުދައު އެރަށުން ބޭލުމަށް ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012) އެސް.ސީ އޭ 21، ރިޖިވްވުޑ ހޮޓެލްސް އެންޑް ސުއިޓްސް ޕްރައިވެޓް ލިމިޑެޓް ވ. މުޙައްމަދު ޞަދީފް (2021) އެސް.ސީ އޭ 43، ޕްރިމިއަރ ޕްރޮޕަރޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހިމް މަނިކު (2018) އެޗް.ސީ-އޭ 305. އެންގުމެވެ. އަދި އެމުދާތައް ނުގެންގޮސްފިނަމަ، އެއީ ދޫކޮށްލި މުދާތަކެއް ކަމަށް ބަލައި، އެމުދާތަކާއިމެދު ޢަމަލު ކުރާނީ ދައުލަތުގެ އެއްޗެއްގެ ގޮތުގައި ކަމެވެ. އިމްޕެކްސ އިން ބަޔާންކުރާ ގޮތުން އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާއި އެއްގޮތަކަށް ނޫނެވެ. އަދި ޤާނޫނާއި އެއްގޮތަކަށްވެސް ނޫނެވެ.

44HN9ހުށަހެޅި އެއްވެސް ލިޔުމަކުން، އިމްޕެކްސް ނ.މިނާވަރުނ ބޭލުމަށް ކޯޓުން އަންގާފައި އޮތްކަމެއް އެނގޭކަށް ނެތެވެ. މާނައަކީ، އިމްޕެކްސްއަށް ނ.މިނާވަރުގައި ތިބުމުގެ ޙައްޤެއް ތަޢާޤުދީ ގޮތުން އުފަންވެފައިއޮވެމެ، އެޙައްޤަށް މިހާރު އުނިކަމެއް ނުވަތަ އެ ޙައްޤު މިހާރު ނެތްކަމަށް އެއްބަސްވުމުގެ އަނެއް ފަރާތުން ބުނިނަމަވެސް، ކޯޓުގެ ނިންމުމެއް އެކަމުގައި ނެތި، ނ.މިނާވަރުން އިމްޕެކްސް ބޭލުމަށްޓަކައި ޤާނޫނު އަމިއްލަ އަތްމައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ދައުލަތް ކަމަށްވިޔަސް މެއެވެ.

45މިބާޔާންކުރެވުނު ޙަޤީޤަތްތަކުންވެސް މި މައްސަލައިގައި، ޝަރީޢަތްކޮށްގެން ބަލަންޖެހޭމުހިންމު ޚުޞޫމާތެއް އެބައޮތްކަމަށް ޕްރިމާ ފޭސީ މިންގަނޑުން ބުރަވެވެއެވެ. މިޙާލަތުގައި، ދަޢުވާއެއް ހުށަހެޅުމުގެ ކުރިންވެސް ވަގުތީ އަމުރަކަށް އެދުމުގެ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ފާޅުކަން ބޮޑުގޮތެއްގައި ވަގުތީ އަމުރަށް އެދުނު އިމޕެކްސްގެ ފަރާތުގައި އޮތްކަން ސާފުވެއެވެ. އަދި އިމްޕެކްސއަކ ވަގުތީ އަމުރަށް އެދުމުގެ ޞިފަތު ނޫނީ ހައިޞިއްޔަތު މިމައްސަލައިގައި އޮތް ފަރާތއެކަންވެސް އެނގެއެވެ. އިއާދަ ނުކުރެވޭނެފަދަ ގެއްލުން:

46ދެން ބަލަންޖެހެނީ، ވަގުތީ އަމުރެއް ނުނެރި ލަސްކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ ގެލުމެއް irreparable harm)( ވަގުތީ ފަރުވާއަކަށް އެދުނު ފަރާތަށް ކުރިމަތިވެދާނެތޯ ބެލުމެވެ. މިކަން ބަޔާންކޮށްދިނުމުގައި، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި އޮތް ޒިންމާއަކީ، ވަގުތީ އަމުރެއް ނުނެރެނުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކީ ފައިސާއިން އަގުކޮށްގެން އެކަށީގެންވާ ގޮތެއްގައި ބަދަލު ދެވިދާނެ ގެއްލުމެއް ނޫންކަން ދައްކައި ދިނުމެވެ. އެކަމަށް ބާރުދޭ ހެކި ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހެކި ހުށަހަޅަންޖެހޭނެއެވެ.

47އިމްޕެކްސްއިން ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމުގައި ވަގުތީ އަމުރު ނުނެރެފިނަމަ، ލިބިދާނެ ގެއްލުމަކީ ވިޔަ ޢަދަދަކުން ގުނޭނެ ގެއްލުންތަކެއް ނޫންކަމަށް ބުނެފައިވެއެވެ. ނަމަވެސް އެހެން ބުނުމަށްފަހު، އިމްޕެކްސްއިނ ދެން ބަޔާންކުރި ކަންކަމަކީ؛

1.47.އެއްބަސްވުނ ބާޠިލް ކުރުމުގު ސަބަބުން އިމްޕެކްސްއިނ ކުރް އިންވެސްމަންޓް ގެއްލޭނެ ކަމަށް ބުނާ ބުނުމާއި،

2.47.އިމްޕެކްސް އާ ގުޅުން ހުރި އެހެން ކުންފުނިތަކުން ނ.އަތޮޅުގައ ހިންގި ރިސޯޓްތަކަށް ސައިޕްލައިކުރާތީ، ނ.މިނާވަރުން އުފައްދާ ތަކެތި ސަޕްލައި ކުރެވޭނެ ގޮތް ނުވާޙާލަތުގައި އެރިސޯޓްތަކުގެ އޮޕަރޭޝަނަށް އަސަރުކުރާނެ ކަމަށް ބުނާ ބުނުމާއި،

3.47.އެފަދަ ޙާލަތެއްގައި އެކަމުގެ ސަބަބުން އިތުރު ތަކުލީފުތަކެއް ކުރިމަތި ވާނެކަމަށް ބުނާ ބުނުމާއި،

4.47.މިނާވަރުގައ ކުރި ދަނޑުވެރިކަން ޕްރޮމޯޓްކުރަނީ އޯގަނިކް ތަކެތީގެ ގޮތުގައި ކަމަށްވާތީ އެކަމަށް ބުރޫ އަރާނެކަމަށް ބުނާ ބުނުމާއި،

5.47.އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކާފައިވާނެ ކަމަށް ބުނާ ބުނުމާއި،

6.47.ނ. މިނާވަރުގައ ހިންގި އޮޕަރޭޝަން ތަކާއި ގުޅޭ މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ފުރުޞަތު އޮތް ކަމަށް ބުނާ ބުނުމާއި؛ މިކަންކަމެވެ. މިއިން އެއްވެސްކަމަކާއި ގުޅޭގޮތުން، ހެކިބަސްދޭ ފަރާތުގެ ބަޔާންމެދުވެރިކޮށް ހެކި ހުށަހަޅާފައެއް ނެތެވެ.

48HN11އެއްބަސްވުމަކާއި ޚިލާފަށް އެއްބަސްވުމެއް ބާޠިލު ކުރުމުން ނޫނީ ޤާނޫނާއި ޚިލާފަށް އެއްބަސްވުމެއް ބާޠިލު ކުރުމުން، އެއްބަސްވުމާއި އެއްގޮތަށް ހުރި ފަރާތަށް ގެއްލުންވާނެ ކަމާމެދު ބަހުޘެއް ކުރާންޖެހޭ ކަމަކަށް ނުދެކެމެވެ. ނަމަވެސް ވަގުތީ ފަރުވާގެ ފިޔަވަޅެއް ގޮތުން ވަކި ކަމެއް ކުރުމަށް އަނެއް ފަރާތަށް އަންގައި ކުރާ ވަގުތީ އަމުރާއި ވަކިކަމެއް ނުކުރުމަށް އަންގައި އަނެއް ފަރާތަށް ކުރާ ވަގުތީ އަމުރާއި މުދަލުން ތަޞައްރަފުކުރުން ހުއްޓުވމުގު އަމުރެއް އަނެއް ފަރާތުގެ މައްޗަށް ނެރެދިނުމަށް އެދި ހުށަހަޅާ ވަގުތީ އަމުރެއް ކޯޓުން ނެރެދޭއިރު، އަދި އެއަމުރު ނެރެދެނީ މައްސަލައިގެ މައުޟޫޢު ކޯޓަށް ވެއްދުމުގެ ކުރިންކަމަށްވާނަމަ، ވެގެންދާނެ ކަމަށް ބަޔާންކުރާ ގެއްލުމަކީ ފައިސާއިން ހިސާބުކޮށްގެނ ބަދަލް ދެވޭނެ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ވަޒަންކުރަންޖެހޭ ޖެހުމަކީ ވަގުތީ އަމުރު ނެރުމުގައި ބަލާންޖެހޭ ޢާންމު އަސާސީ އެއްކަމކެވެ. އިސްތިއުނާފު ކުރެވިފައިވާ ވަގުތީ އަމުރު ދަށު ކޯޓުން ނެރެދިންއިރު، ގެއްލުން ވަޒަންކުރިގޮތާމެދު ސާފުކޮށް އެއްޗެއް ބަޔާންކޮށްފައި އޮތްކަމަށް ނުފެނެއެވެ. ނަމަވެސް، އިމްޕެކްސްއިން ހުށަހެޅި ގެއްލުންތަކުގެ ތެރޭގައި ތަދާރުކު ނުކުރެވޭނެ ގެއްލުންތަކެއް ހުރިކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ޤަބޫލުކޮށްފައި އޮތްކަމަށް ބެލެވެއެވެ.

49ނަމަވެސް މި މައްސަލައިގައި ދަށު ކޯޓުން ވަގުތީ އަމުރު ނެރުނުއިރު، މި މައްސަލަ ފައިޞަލާކޮށް ނިމޭގޮތަކުން، މި ވަގުތީ އަމުރު ނެރެވިފައިވަނީ ގޯސްކޮށްކަމަށް ވެގެންދާ ޙާލަތުގައި، މި އަމުރު ރައްދުވާ ފަރާތަކަށް ލިބިދާނެ ގެއްލުމަށް އިމްޕެކްސްއިން ޒިންމާވާނެކަނ ނުވަތް ނޫންކަން ބެލެވިފައެއްނެތެވެ. މިކަމާމެދު މިކޯޓުގައި އިސްތިއުނާފުކުރި ފަރާތުން ޖަދަލެއް ނުއުފައްދައެވެ. ބެލެންސް އޮފް ކޮންވީނިއެންސް:

50ބަހުޘްގެ ބޭނުމަށް، މި ވަގުތީ އަމުރު ނެރުމުގައި، ވަގުތީ އަމުރަށް އެދުނު ފަރާތަށް ތަދާރުކު ނުކުރެވޭނެ ގެއްލުންތަކެއް އޮތްކަމަށް ބެލިނަމަވެސް، މިވަގުތީ އަމުރު ނުނެރުމުން، ވަގުތީ އަމުރަށް އެދުނު އިމްޕެކްސްއަށް ލިބިދާނެ ގެއްލުމާއި އަދި މިވަގުތީ އަމުރު ނެރޭ ޙާލަތުގައި ވަގުތީ އަމުރު ރައްދުވާ ފަރާތަށަ ލިބިގެން ހިނގައިދާނެ ގެއްލުމަކީ ކޮބައިކަން ވަޒަންކުރެވި ބެލެންސް އޮފް ކޮންވީނިއެންސް އޮތް ނެތް ގޮތުގެ މައްޗަށް ބެލެވިފައެއް ނެތެވެ. މާނައަކީ، ވަގުތީ އަމުރެއް ނެރެދިނުމުގެ ސަބަބުން ނޫނީ ވަގުތީ އަމުރެއް ނުނެރެދިނުމުގެ ސަބަބުން ވާނަ ބޮޑަށް ގެއްލުންތޯ އަދި އެގެއްލުން ވާނީ ކާކަށްތޯ ވަޒަންކުރުމެވެ. މިއީ، ވަގުތީ އަމުރެއް ނެރުމުގެ ކުރިން ވަޒަން ކުރަންޖެހޭ ކަމެކެވެ. އަދި ގެއްލުމުގެ ބަދަލު ފައިސާއިން އަގުކޮށް ދެވިދާނެ ކަމާމެދު ސާފުވާން ނެތް ޙާލަތުގައިވެސް މިކަން ވަޒަންކުރެއެވެ. މިމައްސަލައިގައި ބެލެންސް އޮފް ކޮންވީނިއަންސް އޮތް ގޮތް ދަށު ކޯޓުން ވަޒަންކުރި ގޮތާއިމެދު މިކޯޓުގައި އިސްތިއުނާފުކުރި ފަރާތުން އެއްޗެއް ބުނެފައެއް ނެތެވެ.

51މިކަންކަން ވަޒަން ކުރުމާއެކު ދެން ބަލަން އޮތް ކަމަކީ، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމުގެ ކުރިން ކޯޓުން ވަޒަންކުރަންޖެހޭ ކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ދެ ޙާލަތު އޮތް ތޯ އެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ

(ށ) ގައި ބަޔާންކުރާ ދެޙާލަތަކީ، ހަމައެކަނި ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށް ޚާއްޞަ ދެޙާލަތެއް ނޫނެވެ. ވަގުތީ ފަރުވާގެ ގޮތުގައި ކޯޓުން އަޅާ ފިޔަވަޅު ތަކަކީ، ޢަދާލާ ވަލްއިންޞާފުގެ ތެރެއިން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށްވާތީ، ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާއި ގުޅިގެންވެސް އަވަހަށް ފިޔަވަޅު އަޅަންޖެހޭ ޙާލަތުގައި ކޯޓު އަމުރަކުން ފިޔަވަޅު އެޅުމާއި އިންޞާފު ޤާއިމު ކުރުމަށްޓަކައި އެފަދަ ފިޔަވަޅެއް އަޅާންޖެހޭ ޙާލަތުގައި އެފަދަ ފިޔަވަޅެއް އެޅުމަކީ ކޯޓުތަކަށް ލިބިދީފައި އޮތް އިޚްތިޔާރީ ބާރެކެވެ. އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލަ:

52އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ އަމުރަކީ، މަދަނީ އިޖާރަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ، އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްތޯ ބަލަން ޖެހެއެވެ. މީގެ އެއްސަބަބަކީ، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށްވާނަމަކަމަށް ބަޔާންކުރާތީއެވެ. އެހެންނޫނިއްޔާ، ވަގުތީ އަމުރެއް ނެރެދިނުމަށް އެދެންވާނީ، ޢާންމު އުޞޫލުން މަދަނީ ދަޢުވާ ހުށަހެޅުމާއެކުގައެވެ.

53ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ ފިޔަވަޅުތަކުގެ ތެރެއިން ވަގުތީ އަމުރަކުން ފިޔަވަޅެއް އަޅައިދޭން ކޯޓުގައި އެދޭ ފަރާތުން، އެކަމުގައި އަވަސް ފަރުވާއެއް ލިބިދިނުން ޟަރޫރަތްތެރިވެގެން ދާގޮތް ބަޔާންކޮށްދިނުމާއި، އަދި ފުރިހަމަ މައުޟޫޢީ ދަޢުވާއެއް ހުށަހެޅުމަށް ހޭދަވާ ވަގުތު ދިގުވެގެން ދިއުމުގެ ސަބަބުން ލަސްވާ ލަސްވުމަކީ ޢަދުލު އިންޞާފު ލިބުމަށް ހުރަސްއަޅާ ސަބަބަކަށް ވެގެން ދާގޮތް ބަޔާންކޮށްދޭން ޖެހޭނެއެވެ.

54HN10މި މައްސަލައިގައި އަވަހަށް ފިޔަވަޅު އަޅައިދޭންޖެހޭކަމަށް އިމްޕެކްސްއިން ބަޔާންކުރަނީ، ބަހަނާއެއް ދައްކައިގެން އިމްޕެކްސ އާއް މިނިސްޓްރީ އާ ދެމެދު އޮތް އެއްބަސްވުން ބާޠިލުކުރަން މަސައްކަތްކުރާ ކުރުމުގެ އިތުރުން، އަދި ނ.މިނާވަރުގައ ހުރި އިމްޕެކްސްގެ އުފުލޭ މުދައު 14 (ސާދަ) ދުވަހުގެ ތެރޭގައި ރަށުން ބޭލުމަށް އަންގާފައި އޮތް އޮތުމާއި، އެމުއްދަތުގެ ތެރޭގައި ނުގނެދެވ ހުރި ތަކެއްޗަކީ ރަށަށް ދޫކޮށްލާ މުދާ ކަމަށް ބަލައި އެއީ ދައުލަތުގެ މުދާކަމަށް ބެލެވޭނެކަމަށް ބަޔާންކުރި ކުރުމުގެ އިތުރުން، އެމުދަލަށް ބަދަލު ނުދެވޭނެކަމަށް ބުނާ ބުނުމެވެ. އަހުރެން ހިތުން މިއީ ސީރިއަސް އަދި އަވަހަށް ކޯޓު މެދުވެރިކޮށް ވަގުތީ ފަރުވާއެއް ހޯދުމަށް ޑިމާންޑް ކުރާ ސަބަބުތަކެކެވެ. ވީމާ، އެމުއްދަތު ހަމަވުމުގެ ކުރިން، ރަށް ހުސްކުރުމަށް އަންގާފައިވާ އެންގުން ވަގުތީ އަމުރެއްގެ ޒަރީއާއިން ނުހުއްޓުވައިފިނަމަ، ކުރިން ބަޔާން ކުރެވުނު ގެއްލުންތައް އިމްޕެކްސްއަށް ކުރިމަތިވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތުމެވެ.

55ކުރިން ބަޔާންކުރިހެން، އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައަކީ ކޮބާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސ ބިޒް ޤަޟިއްޔާ އާއި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންއިން ސާފުވެއެވެ. އެއީ އުޞޫލެއްގެ ގޮތުން ބަލާއިރު، ތަދާރުކު ނުކުރެވޭނެ ގެއްލުންވާނެ ޙާލަތެއް އޮތްނަމައެވެ.

56މިމައްސަލައިގައި، އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށް ދަށު ކޯޓުން ބަލާފައިވަނީ، ރށަ ހުސްކުރަން ދިން 14 (ސާދަ) ދުވަހުގެ މުއްދަތު އެކަންޏެއް ނޫނެވެ. ނ.މިނާވަރު ހުސްކުރަން މިނިސްޓްރީން ދިން މުއްދަތުގެ އިތުރުން، އެމުއްދަތުގައި ރަށުން ނުގެންދެވޭ ހުރި މުދާތކަ ށ ވެގެންދާނެ ގޮތްކަމަށް މިނިސްޓްރީގެ އެންގުމުގައި އަންގާފައިވާ އެންގުންތަކެވެ. ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާއި

(ރ) އަށް ބަލާއިރު، އިމްޕެކްސްގެ މުދައު ދައުލަތުގެ މުދަލަށް ވެގެންދާނެ ކަމަށް ބަޔާންކުރާ އިޖުރާއަތަކީ ސީރިއަސް އިޖުރާއަތެކެވެ. ވީމާ، އިސްތިއުނާފު ކުރެވިފައިވާ ވަގުތީ އަމުރަކީ އޭގެ ޒާތުގައި އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މަދަނީ މައްސަލައަކާއި ގުޅިގެން ނެރެފައިވާ ވަގުތީ އަމުރެއްކަމަށް ބުރަވެވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު:02/2022-SCPD (09 މާރިޗު 2022) "ޕްރެކްޓިސް ޑައިރެކްޝަން"

57މިޙާލަތުގައި، ޚުޞޫމާތް އުފެދިފައިވާ މައުޟޫޢު ނުވަތަ ދަޢުވާގެ މަޙައްލު އެގޮތުގައި ބާއްވަންޖެހޭކަމަށް (maintain the statu quo) ބެލެވެއެވެ. މިހުރިހާކަމެއް ޝާމިލުވާގޮތަށ ބަޔާން ކުރުމަށްފަހު، ދަށު ކޯޓުން ބަޔާންކޮށްފައި އޮތީ، "...ބަޔާންވެދިޔަ އެންމެހައި ސަބަބުތައް އެގޮތަށް ހުރުމުންނާއި، އެއްބަސްވުން ބާޠިލުވެއްޖެކަމަށް ބުނެ 05 މެއި 2025 ގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ނަންބަރު E/PRIV/2025/88-492 ސިޓީގައި ދީފައިވާ 14 (ސާދަ) ދުވަހަކީ، މިމުޢާމަލާތުތައް ބަލާއިރު، ދަޢުވާއެއް ކޯޓަށް ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ކަމަށް ޝަރީޢަތަށް ބުރަނުވެވޭތީ އާއި، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 243 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމާއި، އަދި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްގައި ޝަރީޢަތަށް ބުރަވެވުމެވެ." މިފަދައިންނެވެ.

58މަތީގައި ނަކަލު ކުރި ދަށު ކޯޓުން ދެއްކި ސަބަބަށް ބަލާއިރު، މިމައްސަލައިގައި ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ ފިޔަވަޅުތަކުގެ ތެރެއިން ވަގުތީ އަމުރެއް ނެރެދިނުމުގެ އަސާސަކީ، މިނިސްޓްރީން ދިން ނ.މނާވި ރ ހުސްކުރަން ދިން 14 (ސާދަ) ދުވަސް އެކަންޏެއްނޫނެވެ. އެ 14 (ސާދަ) ދުވަހުގެ ވާހަކަ ބަޔާންކޮށްފައިވަނީ، ކަންތައްތަކެއް ބަޔާންކުރުމަށްފަހު، އެކަންތައްތަކާއި ގުޅިގެން، އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅުމުގެ ގޮތުން ދަޢުވާއެއް ކުރުމަށް 14 (ސާދަ) ދުވަސް ނުފުދޭކަމަށ ބަޔާން ކުރުމަށެވެ. ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް:

59"ޢަދުލު އިންޞާފު ޤާއިމު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް" (necessary in the interests of justice) މިއީ ކޯޓުން ކަމަކާމެދު ގޮތް ކަޑައަޅއިރާ ޢަދުލުވެރިކަމާއި، ހަމަހަމަކަމާއި އަދި އިޖުރާއީ ބަދަހިކަން ނެގެހެއްޓުމުގެ ގޮތުން، ޚާއްޞަކޮށް ޤާނޫނު އެއޮތްގޮތަކަށް ތަންފީޒުކުރުމަށް ހިފައިފިނަމަ، ނިކުމެދޭނެ ބޭއިންޞާފަކުން ދުރުވުމަށްޓަކައ ބޭނުންކުރި ޤާނޫނާ މިންގަނޑެވެ. ޚާއްޞަކޮށް، ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމަކީ، ފަނޑިޔާރުންނަށް ލިބިދީފައިވާ އިޚްތިޔާރެއްގެ ދަށުން ކަމަށްވާ ޙާލަތުގައި މި މިންގަނޑުން ކަންކަން ވަޒަންކުރަންޖެހެއެވެ.

60މިގޮތުން، ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރެއް ނެރުމުގައި، އެކަމަކީ ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ދެނެގަތުމަށް ވަޒަންކުރާއިރު، އެފަދަ އަމުރެއް ނެރުމަށް ބާރުދޭ ސާފު އަދި ޤަބޫލުކުރެވޭ ސަބަބުތަކެއް ހުންނަންޖެހެއެވެ. އަދި އެފަދަ ވަގުތީ އަމުރެއް ކޯޓުން ނުނެރެފިނަމަ، ކުރިމަތިވެދާނެ ބޭއިންޞާފަކީ އެފަދަ އަމުރެއް ނެރުމުން ކުރިމަތިވާނެ ބޭއިންޞާފަކަށްވުރެ ބޮޑު ބޭއިންޞާފަކަށް ވެދާނެތޯ ވަޒަން ކުރަންޖެހެއެވެ. ނިންމަން ފެންނަގޮތް :

61ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ދަށު ކޯޓުން ނެރެވިފައިވާ މިއިސްތިއުނާފުގައި ޙަވާލާދެވޭ ވަގުތީ އަމުރު ބާޠިލު ކުރާނެ ޤާނޫނީ ސަބަބެއް އޮތްކަމަށް އަހުރެންނަށް ބުރައެއް ނުވެވެއެވެ.

ފަނޑިޔާރު ޙުސައިން މަޖީދުގެ ރައުޔު

62މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

63މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގެ ނުކުތާ 1 އިން 12 އަށް، އަދި ނުކުތާ 23 އިން 28 އަށް، އަދި ނުކުތާ 33 އިން 60 އަށް ބަޔާނކުރައްވާފައިވާ ކަންކަމާއި، މި މައްސަލައިގް ނިންމެވުމަށް ތާއީދުކުރުމާއެކު ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފާހަގަކުރަމެވެ.

64ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 44 ވަނަ މާއްދާގައި، ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ބަރްހާދް ވ. ސަލަޓްންސ އޮފް ދަ ސީސް މެރިން ޓެކްސީ ޕްރައިވެޓް ލިމިޓެޑް އަދި ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް (2017/SC-A/23) ޤަޟިއްޔާގެ 38 ވަނަ ނުކުތާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޝަރުޢީ ނިޒާމު އެ ޤާނޫނުތަކުގެ މައްޗަށް ތަރުތީބުވެފައިވާ ޤާނޫނުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ބިނާވެފައިވަނީ އެޑްވަސޭރިއަލް ނިޒާމުގެ އަސާސީ ގިނަސިފަތަކެއް އެކުލެވި ގެން ކަމަށާއި، އެ ނިޒާމުގެ އެންމެ އަސާސީ އެއްސިފައަކީ، މައްސަލަބަލާ ފަނޑިޔާރުގެ ދައުރަކީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ވާޤިޢާތައް، އެ ވާޤިޢާތައް ހުށަހަޅާ ފަރާތްތަކުން ސާބިތުކުރުމުން، އެކަމުގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭ ޤާނޫނު ތަޠުބީޤުކޮށް، މައްސަލަތަކުގައި ގޮތްކަނޑައެޅުންކަމަށް ބުނެފައިވެއެވެ.

65މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދއުލަތަ (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) (2021/SC-A/49) ޤަޟިއްޔާގެ 114 ވަނަ ނުކުތާގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައިގައި ގޮތެއްކަނޑައަޅަން ޖެހެނީ ދަޢުވާކުރާ ފާރާތުން ހޯދުމަށް އެދިފައިވާ ފަރުވާއަކީ އެފަރާތަށް ފޯރުކޮށްދެވިދާނެ ފަރުވާއެއްތޯ ބެލުމުގެ މައްޗަށް ކަމަށާއި، ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލައަށް ކަމަށާއި، ނޭދޭ ފަރުވާއެއް ފޯރުކޮށްދނުމުގި އިޚްތިޔާރެއް ފަނޑިޔާރަކަށް ލިބިގެންނުވާކަމަށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް) (2020/SC-A/29) ޤަޟިއްޔާގެ 17 ވަނަ ނުކުތާގައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތެއް ކަނޑައަޅަނީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އެ ދަޢުވާއެއްގައި އެދިފައިވާ ފަރުވާއެއް ފޯރުކޮށްދިނުމަށްކަމަށް ކަނޑައަޅުއްވާފައިވެއެވެ.

66ބުނެވިދިޔަ ޤާނުނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔުގެ ނުކުތާ 13 އިން 22 އަށް ބަޔާންކުރައްވާފައިވާ ކަންކަމަކީ، އިސްތިއުނާފީ މައްސަލައިގެ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ