އިޢުތިޞާމް މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 145-B11/SHN/(655-2017)/2026/06
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2026/SC-A/10 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓެރަރިޒަމްގެ ޢަމަލެއް ކުރަން އުޅުމުގެ ދަޢުވާ 2017 ގައި އުފުލުމަށްފަހު ޝަރީޢަތް ލަސްވެފައިވާތީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތްކުރެވުމުގެ ޙައްޤު ގެއްލިފައިވާތީ ދަޢުވާ ބާޠިލުކުރަންޖެހޭތޯ، އަދި ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން ބާޠިލުކުރުމުގައި ވާޞިލުވާންޖެހޭ މިންގަނޑަކީ ކޮބައިތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލު، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތްކުރެވުމުގެ ޙައްޤުގެ މައިގަނޑު މަޤްޞަދަކީ ޢަދުލު އިންސާފު ނެގެހެއްޓުމެވެ. ހޭދަވި މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ކަނޑައަޅަންވާނީ ކޮންމެ މައްސަލައެއްގައި ކަންހިނގި ގޮތާއި ވަށައިގެންވާ ހާލަތްތަކަށް ބަލައި ވަކިވަކިންނެވެ.
HN2 މައްސަލައެއް ލަސްވުން ހަމައެކަނި، އެ ޙައްޤު ގެއްލުނީ ކަމުގައި ނުބެލެވޭނެއެވެ. ލަސްވި މިންވަރާއި، ލަސްވި ސަބަބާއި، ދަޢުވާލިބޭ ފަރާތުން އަވަސްކުރުމަށް އެދިފައިވޭތޯއާއި، ލަސްވުމުން ބޭއިންސާފެއް ކުރިމަތިވޭތޯ (Barker v. Wingo ގެ four factor balancing test) އަކީ އެހެން ކަންކަމާއެކު މީޒާންކޮށް ބަލަންޖެހޭ ކަންކަމެވެ.
HN3 މައްސަލަ ގަސްތުގައި ލަސްކޮށް ދިފާޢަށް އުނދަގޫ ޖެއްސުމަށް ދައުލަތުން ކުރި ކަމެއް އޮތްނަމަ އެކަމުގެ ޒިންމާ ދައުލަތުން ނަގަންޖެހޭ މިންވަރު ބޮޑުވާނެއެވެ. ފަރުވާކުޑަކަމާއި ކޯޓުތަކުގެ ބެކްލޮގް ފަދަ ނިއުޓްރަލް ސަބަބުތަކުގެ ބުރަ ކުޑަވި ނަމަވެސް އެއީވެސް ރިޢާޔަތްކުރެވޭނެ ކަންކަމެވެ. ޤާނޫނީ އަދި އިޖުރާއީ ތަރުތީބުން ކަމެއް ނުކުރެވުމުން ނިކުތް ނަތީޖާއަކީ ގަސްތުގައި ލަސްކުރުމެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
HN4 ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން ބާޠިލުކުރުމަކީ އިސްތިސްނާއީ ހާލަތެއްގައި މެނުވީ ނުދެވޭނެ ފަރުވާއެކެވެ. އެ ހާލަތަށް ވާޞިލުވެވޭނީ ލަސްވުމުގެ ސަބަބުން ޢަދުލު އިންސާފު ފޯރުކޮށްދިނުން މުސްތަޙީލުވެފައިވާ ހާލަތެއްގައި، ނުވަތަ މައްސަލަ ކުރިއަށް ގެންދިއުމަކީ ބޭއިންސާފު ނުވަތަ އަނިޔާވެރިކަމެއް ކަމަށް ވެދާނެ ހާލަތެއްގައެވެ. އެއަށްވުރެ ލުއި ފަރުވާއެއް (އިޢުތިރާފުވުން، ޝަރީޢަތް އަވަސްކުރުން، ބަންދުގައި ހުރިނަމަ ދޫކޮށްލުން) އިންސާފުވެރިނަމަ ބާޠިލު ނުކުރެވޭނެއެވެ (Attorney General's Reference (No 2 of 2001) [2003] UKHL 68).
HN5 މަދަނީ މައްސަލަތަކަކީ ދެފަރާތުގެ ދެބަސްވުމަށް ޙައްލު ހޯދުން ކަމުން ފަރުވާކުޑަކަމުން އެކަށީގެންނުވާ ވަރަށް ލަސްވުމަކީ ބާޠިލުކުރުމަށް ސަބަބަކަށް ވެދާނެ ނަމަވެސް، ޖިނާއީ މައްސަލަތަކުގައި މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭތީ އެ އުޞޫލު އެގޮތަށް ނުވެއެވެ. އެހެންކަމުން މަދަނީ މައްސަލައެއް ކަމަށްވާ 2023/SC-A/37 (ޕާރލް ކޮންސްޓްރަކްޝަން ވ. މުޙައްމަދު ޢަޒްމީ) ގެ އުޞޫލު މި ޖިނާއީ މައްސަލައަށް ތަޠުބީޤު ނުކުރެވޭނެއެވެ.
HN6 ބާޠިލުކުރުމުގެ މިންގަނޑަށް ނުފޯރުމަކީ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން އަސާސީ ޙައްޤަށް އަސަރުކުރުމުގެ މައްޗަށް އެހެން ފަރުވާއެއް ހޯދުމުގެ ފުރުޞަތަށް ހުރަސް އެޅޭ ކަމެއް ނޫނެވެ. މި މައްސަލައިގައި ޝަރީޢަތް ހާލަތު ތަންދޭ އެންމެ މަތީ މިންވަރަކުން އަވަސްކުރަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، އިބްރާހީމް މާހިރު، ޢަބްދުއްރައޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: އިބްރާހީމް މާހިރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު (ފަނޑިޔާރު އިބްރާހީމް މާހިރު އަދި ފަނޑިޔާރު ޢަބްދުއްރައޫފު
އިބްރާހީމް ތާއީދުކުރައްވާފައި) ތއާރަ ފ
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2026/06-B11/SHN/(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް އެދި ގދ. މަޑަވެލި/ ގަމަރީ، އިޢުތިސާމ މުޙައްމަދް ސަޢީދު (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އިޢުތިސާމް މުޙައްމަދު ސައީދު")ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮސް (މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ދައުލަތް") އެވެ.
ކަން ހިނގި ގޮތް
2ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) އާއި 5 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރާއި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމުގެ ކުށުގެ ދަޢުވާ ދައުލަތުން 2017 ޖުލައި 25 ވަނަ ދުވަހު އިޢުތިޞާމް މުޙައްމަދު ސަޢީދު އާއި އިތުރު ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. އެ ދަޢުވާ ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިންނެވެ.
ދރކ ނަންބަރު A155578
32021 ވަނަ އަހަރު އެ މައްސަލަ ބަލާ ފަނޑިޔާރު ބަދަލުވިއެވެ. ފަނޑިޔާރު ބަދަލުވުމާ ގުޅިގެން 31 ޖަނަވަރީ 2022 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި މައްސަލަ ކުރިއަށްގޮސްފައިވާ ހިސާބު ޚަސްމުންގެ ކިބައިން ސާފުކުރުމަށްފަހު މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް މައްސަލައިގެ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް އެ މައްސަލަ ބެލި ފަނޑިޔާރު ނިންމާފައިވެއެވެ.
4މައްސަލައިގެ އިބްތިދާއީ މަރުޙަލާ އަލުން ފެށިފަހުން ދައުލަތުން އެދިގެން ދަޢުވާ އިސްލާޙކުރުމަށު ފުރުޞަތުދެވި، 09 މާރިޗު 2022 ގައި ދަޢުވާ ފޯމަށް ބަދަލު ގެނެވުނު ވެ. އެ އިސްލާޙުކުރިކުރުން ގޯސްކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން 30 ޖޫން 2022 ގައި ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން 04 އޮގަސްޓް 2024 ގައި ނިންމައި، 2024 ސެޕްޓެންބަރު 08 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޝަރީޢަތުގެ މަރުޙަލާ ފަށައި އިފްތިތާހީ ބަޔާން ހުށަހެޅުމަށް ދެފަރާތަށް ފުރުޞަތު ދިނެވެ.
5ދަޢުވާ ފޯމު އިސްލާޙުކުރުނ ގޯސްކަމަށް ބުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ނިނމް ނިންމުން އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި ކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިއްޔާއިން ބެލި އެ އިސްތިއުނާފުގައި 06 އޮކްޓޫބަރު 2024 ގައި ކަނޑައަޅާފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2026/06-B11/SHN/(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން " ގެ 13 ވަނަ ނަންބަރު ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2024/03-B9/SHN (655-145 (04 އޮގަސްޓް 2024) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2026/06-B11/SHN/(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 15 ވަނަ ނަންބަރު ދަޢުވާ ފޯމަށް 09 މާރިޗު 2022 ގައި ގެނެސްފައިވާ ބަދަލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
6ހައިކޯޓުގެ އެނިންމުމާ ގުޅިގެން، ކުރިން ހުށަހެޅި ދަޢުވާ ފޯމު އަލުން ހުށަހެޅުމަށް ކްރިމިނަލް ކޯޓުން ފުރުޞަތު ދިނުމުން، 2017 ވަނަ އަހަރު އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އުފުލި ދަޢުވާ ފޯމު 2025 ވަނަ އަހަރު އަލުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެއަށްފަހު، ކުރީގެ ދަޢުވާ ފޯމު ފޮނުވިއިރު ހެކި ރައްކާތެރިކުރުމަށް އެދި ދައުލަތުން ހުށަހެޅި ފޯމާއި، މައްސަލައިގައި އޭރު ދަޢުވާފޯމު ހުށަހެޅިފަހުން ސިއްރު ހެއްކެއް ހުށަހަޅާފައިވާނެކަމަށާއި، މި ދެލިޔުނ ދަޢުވް ފޯމާއެކު ފޮނުވާފައިނުވާތ އިދާރީ ބޭނުމަށް އަލުން ހެކި ރައްކާތެރިކުރުމަށް އެދި ހުށަހެޅި ފޯމާއި ސިއްރު ހެކި ހުށަހެޅި ސިޓީގެ ކޮޕީ ފޮނުވާކަމަށ ބަޔާންކޮށް ކްރިމިނަލް ކޯޓަށް 07 އެޕްރީލް 2025 ތާރީޚުގައި ދައުލަތުން ސިޓީއެއް ފޮނުވިއެވެ.
7ސިއްރު ހެކި 1 (ފޯލިއޯ ނަންބަރު 131 ) ރައްކާތެރިކުރުމުގެ އަމުރަ އެ 13 އެޕްރީލް 2025 ގައި ކްރިމިނލަ ކޯޓުން ނެރުނެވެ. އެ އަމުރު އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު 2025/HC-B12/16 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، އެއަމުރު ބާތިލުކަމަށް 19 މެއި 2025 ގައި ކަނޑައަޅާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔގައާ 2017 ވަނަ އަހަރު ހުށަހެޅި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ރިފަރެންސް ނަންބަރު 535/ކރކ/2017/1424 ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ ދަޢުވާކުރާ ފަރާތާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތައް ކަމުގައި ބަލައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ވެސް ކްރިމިނަލް ކޯޓަށް އެ ނިންމުމުގައި އަންގާފައިވެއެވެ. ހައިކޯޓުގެ އެ ނިންމުން ދައުލަތު ގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވެއެވެ.
8އޭގެފަހުން، އިސްތިއުނާފުކުރާ ފަރާތުން އެދިގެން ދަށުކޯޓުން މައްސަލަ ބަލަމުންދިޔަ ފަނޑިޔާރު ތަނާޒުލުވެ ފަނޑިޔާރު ބަދަލުވެ މައްސަލައިގެ 18 އޮގަސްޓް 2025 ގައި ބޭއްވުނު އަޑުއެހުމުގައި ހައިކޯޓުގެ ނަންބަރު 16 ވަނަ ޤަޟިއްޔާގައި ނިންމުމުގައިވާ ފަދައިން ދައުލަތުން 2017 ވަނަ އަހަރު ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ ދަޢުވާ ލިބޭފަރާތާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ކަމުގައި ބަލައިގެން މައްސަލަ ކުރިޔަށް ގެންދިއުމަށް ދަށުކޯޓުން ނިންމިއެވެ. އޭގެފަހުން ވަކި މިންވަރަކަށް ހެކި ހާމަކުރުމުގެ އަމުރަކަށް އެދި ސިއްރު ހެކި 1 ބަލައިގަތުމަށް ދައުލަތުން އެދުމުން ސިއްރު ހެކި 1 ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
9އޭގެފަހުން އެ ޤަޟިއްޔާގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ދަނިކޮށް 09 ޑިސެންބަރު 2025 ގައި ޤާނޫނު ނަންބަރު 2016/12 ( ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 117 ވަނަ މާއްދާއާ ޙަވާލާދީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އިޢުތިސާމ މުޙައްމަދް ސައީދުގެ ފަރާތުން ހުށަހެޅިއެވެ. އެހުށަހެޅުން ބިނާކޮށްފައިވަނީ، މައްސަލައިގެ ދަޢުވާ އުފުލުމުގައި ދައުލަތުން ޢަމަލުކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއިން އިޢުތިސާމ މުޙައްމަދް ސައީދަށް ލިބިދީފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤަށް އުނިކަން އައިސްފައިވާ ކަމަށް ބުނެއެވެ.
10އެ ހުށަހެޅުމާ ގުޅޭގޮތުން އިސްތިއުނާފުކުރި ފަރާތުން ދަށުކޯޓު ގައި ބުނެފައިވަނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ކުރިޔަށް ގެންދިއުމުގެ ޙައްޤަކީ ޤާނޫނުއަސާސީއިން ދަޢުވާލިބޭ ފަރާތްތަކަށް ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމަށާއި، މި ޙައްޤު ގެއްލިފައިވޭތޯ ކަނޑައެޅުމުގެ ގޮތުން، އެމެރިކާގެ ސުޕްރީމް ކޯޓުގެ Barkers v. wingo ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޓެސްޓް ތތަ ބީޤުކޮށްދިނުމަށް އެދޭކަމަށާއި، މި ޓެސްޓުގައި ބަލަނީ، ލަސްވި މުއްދަތަށާއި، ލަސްވެފައިވަނީ ދައުލަތުގެ ފަރާތުން ޢަމަލުކުރި ގޮތަކުންތޯއާއި، ލަސްވުމާއި ގުޅިގެން ދަޢުވާލިބޭ ފަރާތުން ޝަކުވާކޮށްފައިވޭތޯއާއި، ލަސްވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މައްޗަށްކަމަށެވެ. އެގޮތުން، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 2017 ވަނަ އަހަރުގެ ޖުލައި މަހު ކޯޓަށް މައްސަލަ ހުނަހެޅުމަންފަހު، 2022 ވަނަ އަހަރު ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް ދަޢުވާގެ ޞީޣާއަށް ބަދަލުގެނައުމާއި، ދައުލަތުން ހުށަހެޅި ސިއްރު ހެއްކަކާ ގުޅޭގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމި ނިންމުންތައް އިސްތިއުނާފުނުކޮށް، ނިންމުންތަކާ ޚިލާފަށް ސިއްރު ހެއްކަކު ހުށަހެޅުމުގެ ސަބަބުން މައްސަލަ ލަސްވެގެންދިޔަކަމާއި، މައްސަލަ ހުށަހެޅުނު ފަހުން 9 އަހަރު ފާއިތުވެފައިވާއިރު، އިބްތިދާއީ މަރުޙަލާގައި މައްސަލަ އޮތްއިރު، މި މައްސަލައިގައި ދިފާޢުން ހުށަހަޅާފައިވާ ހެއްކަކު ނިޔާވެފައިވާކަމަށާއި، މައްސަލަ އަވަހަށް ކުރިއަށް ގެންދިޔަނަމަ ދިފާޢުން ހުށަހަޅާފައިވާ އެ ހެކީގެ ހކެ ބަސި ނެގިގެން ދިޔައީސްކަމަށާއި، އެ ހެއްކަކީ ދިފާޢުގެ އެއްމެ މުހިންމު އެއް ހެކިކަމަށާއި، އެހެންކަމުން، މައްސަލަ ނުނިމި ލަސްވެފައިވުމުގެ ސަބަބުން ދަޢުވާލިބޭ ފަރާތްތަކުގެ ގެއްލިފައިވާ ޙައްޤުތަކަށް ރިޢާޔަތްކޮށް، ދަޢުވާ ބާތލުކޮށްދިނުމަށް އެދޭކަމަށެވެ.
11ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާ ޙަވލާދ ދަޢުވީ ފޯމާ ބާ ތާލުކޮށްދިނުމަށް އެދި އިޢުތިސާމް މުޙައްމަދު ސައީދު ގެ ފަރާތުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2026/06-B11/SHN/(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، އެކަންކަމުގެ މައްޗަށް ބިނާކޮށް، މި މައްސަލައިގެ ދިފާއުނ ހުށަހެޅް ހުށަހެޅުމަކީ، މައްސަލަ މައުޟޫޢީގޮތުން ބެލުމަކާ ނުލައި، ދަޢުވާއާމެދު ގޮތެއް ކަނޑައެޅިދާނެ ފަދަ ހުށަހެޅުމެއްކަމަށް ނުފެންނާތީ، ދަޢުވާލިބޭ ފަރާތުން މިމައްސަލައިގައި ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅި ބަލައިނުގަތުމަށް ނިންމަމެވެ."
12ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާއިން ބެލިފައިވާ އިސްތިއުނާފަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 2017)/2026/06-B11/SHN/(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް އިޢުތސާމ މުޙައްމަދް ސައީދި ގެ ފަރާތުނު ހުށަހެޅި އިސްތިއުނާފެވެ.
އިސްތިއުނާފީ ނުކުތާތައް
13ކްރިމިނަލް ކޯޓުގް ނަންބަރު 2017)/2026/06-B11/SHN/(655-145 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފުކުރުމަށް އިޢުތިސާމް މުޙައްމަދު ސައީދުގެ ފަރާތުން ހުށަހަޅާފައި ވަނީ އަންނަނިވި ހަތަރު ނުކުތާއެވެ.
1.13 ފުރަތަމަ ނުކުތގައާ ބަޔާންކޮށްފައިވަނީ، އސާސަ ޙއަޤތައު ލިބިދިނުމުގައްޔާއި މާނަކުރުމުގައި ހުޅުވައިލެވިގެންވާ ދީމިގްރާތީ މުޖުތަމައުތަކުން ޤަބޫލުކުރާ އުސޫލުތައް ނަގަހައްޓަންވާނެ ކަމުގައި ޤާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މައްސަލައެއްގެ ޝރަ ޢީ ތ ނުނިމަ ލަސްވުމުގެ ޒިންމާ ދައުލަތުން ނަގަންޖެހޭނީ، ޝަރީޢަތް ލަސްކުރުމުގެ ނިޔަތް އޮވެގެން ދައުލަތުން ކުޅަ އަމަލެއް ފެންނަން އޮންނަ ހާލަތުގައި ކަމަށް ކަނޑައަޅުއްވައި ގާޒީ ނިންމަވާފައިވާ ނިންމެވުމަކީ ދމިގްރާތީ މުޖުތަމައުތަކުގައ މި ބާވަތުގެ ކަންކަން ކަނޑައެޅުމުގައި ބަލާ މިންގަނޑީ ކަނޑައެޅިގެން ޚލާފަށި ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
2.13 ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ދަޢުވާ ހުށަހެޅިތާ އެއްމަސްދުވަސް ފަހުން، ސިއްރުހެކި ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތާ ހިލާފަށް ސިއްރު ހެއްކެއް ހުށަހަޅާފައި އޮތުމަކީ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ދައުވާލިބޭ ފަރާތަށް ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރެވުމުގެ ހައްގަށް އުނިކަންލިބޭ ކަމެއްކަން ފެންނާންއޮތްއިރު، ކްރިމިނަލް ކޯޓުގެ ނިންމުމުގައި މިކަމަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައި ނުވުމަކީ، ނިންމުންތައް ނިންމެވުމުގައި ފަނޑިޔާރުން ތަބާވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަނޑައަޅާފއަ ވި ސަބަބު ބަޔާންކޮށްދިނުމުގެ އުސޫލާ ހިލާފަށް އަދި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފު ނިންމި މެއްކަމަށެވެ.
3.13 ތިންވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ދަޢުވާ ހުށަހެޅިތާ 5 އަހަރު ފަހުން، އިތުރު ކުށެއް ހިމެނޭގޮތަށް ދަޢުވާއަށް ބަދަލުގެނައުމަށާއި ކުރިން ހުށަހަޅާފައިނުވާ ސިއްރު ހެއްކެއް ހިމެނުމަށް ހުށަހަޅައި، އެކަމުގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2023/SC-A/37 ޤަޟއްޔި ޕާރލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒްމީ ގައި ޝަރީޢަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް އެކޯޓުން ކަނޑައަޅާފައިވާ އުސޫލަށް ފެތޭ ޢަމަލުތަކެއްކަނ އެނގެން އޮތްއިރުވެސް، އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި ނިންމާފައިވާ މި ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޤާނޫނު ނަންބަރާ 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފު ނިންމެވުމެއް ކަމަށެވެ.
4.13 ހަތަރު ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފު މިކުރެވޭ ނިންމުން ނިންމާފައިވަނީ، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގ 35 ވަނަ މާއްދާގެ
(ބ) ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/23 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު މައްސަލައިގައި ކަނޑައަޅާފައިވާ، ކަމެއް ކޮށްފައިވަނީ އެކަށީގެންވާ މުއްދަތެއްގައިތޯ ވޒަނަ ކުރުމާބެހް ޓެސްޓް ތަތބީގު ނުކޮށު ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ
14އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ބުނެފައިވަނީ؛
1.14 އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ހުށަހެޅުމަކީ އިންސާފުން ޝަރީޢަތް ކުރުމުގެ ޙައްޤުން އިސްތިއުނާފުކުރާ ފަރާތް މަހުރޫމްވެފައިވާތީ މައްސަލަ ބތިލާކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެއް ކަމަށާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އެ އެޙައްޤު ލިބިދިނުމުގައި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދިމިގްރާތީ މުޖުތަމަޢުތަކުން ޤަބޫލުކޮށްފައިވާ ހަމަތައް ކޯޓުން ނަގަހައްޓަންޖެހޭނެ ކަމަށެވެ.
2.14 އެގޮތުން މިމައްސަލައިގައި އެދުނީ އެމެރިކާގެ ސުޕްރީމް ކޯޓުގެ (1972) Barkers v. wingo މައްސަލައިގައި ކަނޑައަޅާފައިވާ ޓެސްޓް ތތަބގީ ކޮށްދިނުމަށްކަމަށާއި، އެ މައްސަލައިގައި ދައުލަތުގެ ޢަމަލަކުން ތުހުމަތުކުރެވޭ ފަރާތުގެ އަސާސީ ޙައްޤެއްގެއްލިފައިވޭތޯ ބެލުމަށް ކަނޑައަޅާފައިވާ ޓެސްޓް ކަމަށާއި، ދައުލަތުން ކޮށްފައިވާ ކަންތައްތަކެއްގެ ސަބަބުން މައްސަލަ ލަސްވިލަސްވުމުގެ ފަރުވާއަކީ މައްސަލަ ކޯޓުން ބޭރުކުރުން ކަމުގައި އެމައްސަލައިގައި ކަނޑައަޅާފައިވާ ކަމަށާއި، މިމައްސަލައިގައި ވެސް އެދެނީ އެ ފަރުވާ ކަމަށާއި އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަރުވާ ނުދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބެއް ކަމަށް ބަޔާންކުރަނީ މައްސަލަ ލަސްކުރުމަށް ނުބައި ނިޔަތެއްގައި ދައުލަތުން ކޮށްފައިވާ އެއްވެސް ކަމެއް ފެންނާންނެތްކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ނުބައި ނިޔަތެއް އޮތްތޯ ކޯޓުން ބަލަން ނުޖެހޭކަމަށާއި ބަލަން ޖެހޭނީ ދައުލަތުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން އައިސްފައިވާ ނަތީޖާއަށް ކަމަށާއި، އެ ނަތީޖާއަކީ، ތުހުމަތުކުރެވޭ ފަރާތުގެ އަސާސީ ޙައްޤެއް ގެއްލުން ކަމުގައިވާނަމަ، ތުހުމަތުކުރެވޭފަރާތަށް އެ ޙައްޤު ކަށަވަރުކޮށްދިނުމަށްޓަކައި، ކޯޓުން މައްސަލަ ބޭރު ކުރަންޖެހޭނެ ކަމަށެވެ. މައްސަލައެއް އެކަށީގެންވާ މިންވަރަށްވުރެ ލަސްވެއްޖ ކަމަށެ ކަނޑައަޅާއިރު، އެ މައްސަލައެއް ލަސްކުރުމުގައި ދައުލަތުގެ ނުބައި ނިޔަތެއް އޮތްތޯ ބެލުމަކީ، އެމެރިކާއާއި ކެނެޑ އާއާ އިގިރޭސިވިލާތާއި މިނޫންވެސް ދީމިޤްރާޠީ ގިނަ ގައުމުތަކުގައި ކޯޓުތަކުން ބަލާ ކަމެއް ނޫން ކަމަށާއި ކެނެޑާގެ ސުޕްރީމް ކޯޓުގެ R v Jordan {2016} S.C.R 1 ޖިނާއެއ މައްސަލައެއް ނުނިމި ލަސްވުމުގައި ދައުލަތުގެ ނުބައި ނިޔަތެއް އޮތްތޯ ބަލަން ނުޖެހޭނެކަމުގައ ކަނޑައަޅާފައިވި ކަމަށެވެ.
3.14 ޖިނާއީ ޝަރީޢަތެއް ހަގީގަތުގައި ވެސް ލަސްވެފައިވާ ކަމާމެދު ދެބަސްވުމެއް ނެތް ޙާލަތުގައި އެ ލަސްވި ލަސްވުމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނާ ޙައްޤު ގެއްލިއްޖެ ކަމަށް ކަނޑައަޅަންވާނީ، އެ ލަސްވި ލަސްވުމުގައި ދައުލަތުގެ ނުވަތަ ކޯޓުގެ ނުވަތަ އެނޫން ވެސް މހީ އްގެ ނުބައި ނިޔަތެއް އޮވެގެން ކަމުގައި ބެލުމަކީ ބުއްދީގެ ހަމައިން ވެސް ހަމަޖެހޭ ކަމެއް ނޫނކަމަށާއް ބަހުސްގެ ބޭނުމަށް ނުބައި ނިޔަތެއް އޮންނާންޖެހޭނެކަމަށް ބެލި ނަމަވެސް ދައުލަތުން ކުރިކަމެއް ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ޝަރީޢަތެއް ލަސްވެފައިވާނަމަ އެއީ އެފަރާތުގެ ނުބައި ނިޔަތް ހާމަވާ ކަމެއް ކަމުގައި ބަލަންޖެހޭނެ ކަމަށެވެ.
15ދެވަނަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބުނެފައިވަނީ ދައުލަތުން ދަޢުވާ ފޯމުގައި ހިމަނާފައި ނެތް ސިއްރު ހެއްކެއް ކޯޓަށް ހުށަހެޅުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން އައިސްފައިވާ ކަމަށާއި، މި މައްސަލައިގައި ދައުލަތުން ސިއްރު ސިއްރުން ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމަކީ، މައްސަލަ ލަސްވުމަށް މެދުވެރިވީ ސަބަބެއް ނޫންކަމުގައެއް ނުބެލެވޭނެ ކަމަށާއި އަދި މި މައްސަލައިގައި މިކަމުގައި ދައުލަތުގެ ނުބައި ނިޔަތެއް އޮތްތޯ ބަލާކަށް ވެސް ނުޖެހޭކަމަށެވެ. ބެލިނަމަވެސް ބަލަންޖެހޭނީ ދައުލަތުގެ އެ ޢަމަލުން ދައުލަތުގެ ނުބައި ނިޔަތް ފެންނާން އޮތްކަމުގައިކަމަށެވެ.
16ސިއްރު ހެއްކާ ގުޅޭގޮތުން ދަށުކޯޓަށް ދިފާޢުން ހުށަހެޅި ހުށަހެޅުމުގައި މި ވާހަކަ ތަފުސލުކޮށީ ބަޔާންކޮށްފައިވާއިރު މި ނިންމުމުގައި މި ނުކުތާގެ ވާހަކަވެސް ދަށުކޯޓުން ފާހަގަކޮށްފައިނުވާކަމަށާއި، އެހެންކަމުން މި ނިންމުން ނިންމާފައިމިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ސަބަބު ބަޔާންކޮށްދިނުމުގެ އުޞޫލާ ޚިލާފަށެވެ. އަދި ސިއްރު ހެކި ހުށަހެޅި ގޮތާމެދު ދައުލަތުން އިންކާރު ކޮށްފައި ނުވާއިރު، އަދި އެކަން އެގޮތަށް ކޮށްފައިވަނީ ކީއްވެގެންކަން ދައުލަތަށް ދަށު ކޯޓުގައި ބުނެނުދެވޭކަން އެނގެން އޮތްއިރު، މި ކަމަށް ރިޢާޔަތްނކުރުމަކު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) 1 ވަނަ ނަންބަރުގައި މައްސަލަތައް ނިންމުމުގައި ހުށަހެޅިފައިވާ ހެކި ޤަރީނާތަކަށް ބަލަންވާނެ ކމުގައަ ބަޔާންކުރާ އުޞޫލާ ޚިލާފުކަމެއް ކަމަށެވެ.
17ތިންވަނަ ނުކުތާއަ ގުޅިގެނާ ފާހަގަކޮށްފައިވަނީމިމައްސަލައިގެ ކަންހިގާފައިވާ ގޮތަށް ބަލާއިރު، ދައުލަތުން ދަޢުވާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރިން ހުށަޅާފައ ނެތި ސިއްރު ހެއްކެއް ވެސް ހިމެނޭ ގޮތުން އިތުރު ގިނަ ހެކިތަކެއް ހިމަނައި، ދަޢުވާކުރިތާ 5 އަހަރު ފަހުން ދަޢުވާ އިޞްލާޙުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން މި ހުށަހެޅުން ބަލައިގަތުމާއި، ސިއްރު ހެއްކި 1 އާ ގުޅިގެން ދައުލަތުން ޢމަލުކުރަ ގޮތުގެ ސަބަބުން މައްސަލަ މައުޟޫޢީ ގޮތުން ނުބެލި 4 އަހަރެއްހައި ދުވަސް ލަސްވިކަމަށާއި، އަދި ހައިކޯޓުން ނިންމުންތަކުން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްދިނުމަށް އެދި ތަކުރާރުކޮށް ދައުލަތުން ކޯޓަށް ހުށަހަޅާފައިވާއިރު، ހައިކޯޓުގެ އެނިންމުންތައ ދައުލަތުން އިސްތިއުނާފުކޮށްފައި ނުވުމަކީ، މިއީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ކަމުގައި ބެލުމަށް ބާރުދޭ ވަރުގަދަ ހެއްކެއް ކަމަށާއި، މި މައްސަލއިގައަ ދައުލަތުން ޝަރުޢީ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރަމުންދާކަނ ފެންނާން އޮތް އެންމެ ސާފު ހެއްކަކީ، މިމައްސަލައާ ގުޅިގެން ހައިކޯޓުން ނިންމި ދެނިންމުންވެސް ބޮލާލައި ޖަހައި، "ޕާރއިންކިޔުރިއަމް" ގެ އުޞޫލުގެ ދަށުން ކަމަށް ބ ނ، ހައިކޯޓުގެ 6 ފަނޑިޔާރުންގެ 2 ނިންމުން އެއްފަރާތްކޮށް، އެ ދެނިންމުމާ ޚިލާފަށް ސިއްރުހެކި 1 ބަލައިގަތުމަށް ހުށަހަޅާފައިވުން ކަމަށާއި، ދައުލަތުން އެއްކަމެއް ކޮށްދިނުމަށް ތަކުރާރުކޮށް ހުށަހަޅާ ފައިވާތީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2023/SC-A/37 ޕާރލް ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒްމީ ޤަޟިއްޔާގައި ޝަރީޢަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލު މިމައްސަލައަށް ތަޠުބީގު ކރަންޖެހޭކަމަށު ދެކޭކަމަށއާ އެ މައްސަލަ މިމައްސަލައަށް ތަޠުބީޤު ނުކުރުމަށް ދަށުކޯޓުން ދައްކާފައިވަނީ ރަނގަޅު ޙުއްޖަތެއް ނޫން ކަމަށެވެ.
18ހަތަރުވަނަ ނުކުތާއަ ގުޅިގެނާ ބުނެފައިވަނީ، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫ) ގެ 35 ވަނަ މާއްދާގެ (ބ) މިމައްސަލައަށް ތަޠުބީޤުކުރާއިރު، އިބްތިދާއީ މަރުޙަލާގައި ދަޢުވާއަށް ބަދަލުގެނައުމުގެ އިޚްތިޔާރު ދައުލަތަށް ލިބިފައިވީ ނަމަވެސް، ދައުލަތުން އެކަން ކުރަންވާނީ އެކަށީގެންވާ އަވަސްމިނެއްގައި ކަމަށާއި އަދި ސަބަބު ނުދެއްކޭ ބޭކާރު ލަސްވުންތަކެއް އެކަމުގައި އޮވެގެން ނުވާނެ ކަމަށއާ އެހެންކަމުން 5 އަހަރުދުވަހުގެ މުއްދަތަކީ ދަޢުވާއެއް އިޞްލާޙުކުރުމަށް ހަމަ އެންމެ ރަނގަޅު އެކަށީގެންވާ ކުރު މުއްދަތެއް ކަމުގައި ބަލާނެ ހަމައެއް ނެތް ކަމަށެވެ.
19އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/23 ޕްރޮސިކިއުޓަރ ޖެނެރަލް ގެ އޮފީސް ވ. މުޙައްމަދު ޝިފާޢު ޤަޟިއްޔާގެ 28 ވަނަ ނަންބަރުގައި އެކަށީގެންވާ އަވަސް މިނުގައި ކުރަންޖެހޭ ކަމެއް ކުރުން ލަސްކުރި ފަރާތުން ދެ ކަމެއް ސާބިތުކޮށްދޭންޖެހޭ ކަމުގައި ބަޔާންކުރާ ކަމަށާއި މިކަންތައް ސާބިތުކޮށްދިނުމުގެ ބުރަ ދައުލަތުން އުފުލަންޖެހެނޭ ކަމަށާއި ނަމަވެސް ދަށުކޯޓުގައި ދައުލަތަށް މއިނި އެއްކަމެއްވެސް ސާބިތުކޮށްދެވިފައެއް ނުވާ ކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކު
20މައްސަލަ ލަސްވމާ ގުޅު ގޮތުނ އިސްތިއުނާފުކުރާ ފަރާތުންފާހަގކުރަނީ ސިއްރު ހެއްކާ ގުޅިގެން ޢަމަލުކުރަ ގޮތާއި ދަޢުވާގެ ސަބަބު ބަދަލުކުރިކުރުމުގެ މައްޗަށް ކަމަށާއި، މައްސަލަ ލަސްވެފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދައްކާ ވާހަކަތަކަކީ ޤާނޫނީ ގޮތުން ދައުލަތަށްވިޔަސް ދަޢުވާލިބޭ މީހާއަށްވިޔަސ ލިބް ފުރުޞަތުގެ ބޭނުން ހިފައި ކޯޓުތަކުގައި ވަކާލާތުކުރުމުގެ ސަބަބުން މައުޟޫއީ މައްސަލަ ހިންގުމަށް ލަސްތަކެއް ކުރިމަތިވެފައިވާތީ، ހުރި ކަންބޮޑުވުމެއް ކަމަށާއެ އެކަންކަމަކީ، މައްސަލަ ލަސްކުރުމުގެ ނިޔަތުގައި، ގަސްތުގައި ބަޔަކު އިދާރާއަކުން ނުވަތަ ވަކި މުއައްސަސާއަކުން ކުރާކަމެއްގ ގޮތުގައެ ސިފަ ކުރެވިދާނެކަމަށް ނުފެނުން ކަމަށާއި އަދި އެއީ ޝަރުޢީ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރީކަމަށް ބުނާނަމަ މި މައްސަލައިގައި މައްސަލަ ހިންގުމަށް ދިމާވި ލަސްތަކުގެ ޒިންމާ އޮތީ، ވަކި ބައެއްގެ ބޮލުގައި އެޅިފައިކަމަކަށް ނބުނެވޭނެކަމަށެވެ. މިމައްސަލައިގެ ދަޢުވާކުރާ ސަބަބު ބަދަލުކުރީވެސ ޤާނޫން އިމުގެ ތެރެއިން ކޯޓުގެ ހުއްދައާއެކު ކަމަށާއި އެއީ ބޭކާރުގޮތުގައ މައްސަލި ލަސްކުރުމަށް ހެޔޮނިޔަތެއ ނެތް ދައުލަތުން ކުރި ކަމެއްގެ ގޮތުގައި އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، މައްސަލަ ފެށިގެން އައިއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ގަވާއިދުގެ ތެރެއިންނާއ، އޭރު ކޯޓު ތަކުގައި ޢަމަލުކުރާ އުސޫލުން މި މައްސަލި އ ގައިވެސް ޢަމަލުކޮށްފައިވާކަން ފެންނަނި އެބައޮތް ކަމަށާއި މި މައްސަލައިގެ ކަންހިނގި ގޮތުގެ މައްޗަށް ބަލާއިރު މިމައްސަލައިގައި އިންސާފުވެރި ޝަރީޢަތެއް ނެތްކަމަށް ބަލައި، މައްސަލަ ކުރިއަށް ނުގެންދެވިދާނެ ސަބަބެއް ނެތް ކަމަށެވެ.
21އެހެންކަމުން ދައުލަތުން މި މައްސަލާގައި ޢަމަލުކުރި ގޮތުން މި މައްސަލަ ބތިލާކުރަންޖެހޭފަދަ ސަބަބެއް ނެތް ކަމަށާއި އެފަދަ ޤާނޫނީ ނައްސެއްވެސް އިސްތިއުނާފުގައި ފާހަގަކޮށްފައިނެތް ކަމަށެވެ. ބަހުސްގެ ބޭނުމަށް އިސްތިއުނާފުކުރާ ފަރާތުން އެ ފާހަގަކުރާ ކަންކަން އެގޮތުގެ މަތިން ހުރިކަމަށް ބަލާނަމަ، އުފުލާފައިވާ ޖިނާއީ ދަޢުވާއެއް ބާތިލުވާ ޙާލަތްތައް ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި އެ މާއްދާތަކަށް ބެލިނަމަވެސް މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ކަންކަމުގެ މައްޗަށް ބަލައި މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާ ބތާ ލެއ ނުކުރެވޭނެ ކަމަށެވެ.
އެދިފައިވާ ގޮތް
22އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ، ކްރމިނަލ ކޯޓުގް ނަންބަރު 2017)2026/06-B11/SHN/(655-145 ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުން ބާތިލުކޮށް އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރުމުން އެކޯޓުން ބަލަމުންދާ އެކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ ބާތިލުކުރުމަށް ކްރިމިނަލް ކޯޓަށް އަންގައި މައްސަލަ ނިންމައި ދިނުމަށް ކަމަށެވެ.
23އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައި ވަނީ، ކްރމިނަލ ކޯޓުގް ނަންބަރު 2017)2026/06-B11/SHN/(655-145 ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމމަށު ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައި ނިންމައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން
24މ އިސްތިއުނާފުގައި އިސްތިއުނާފި ކުރު ފަރާތުން ފާހަގަކޮށްފައިވަނީ، ދައުލަތުން ޢަމަލުކޮށްފައިވާ ގޮތުން، އޭނާއަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އިންސާފުން ޝަރީއަތްކުރުމުގެ ޙއަޤށަ އުނިކަން އައިސްފައިވާކަމުގައެވެ. އަދި އެ ސަބަބުގެ މައްޗަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް އުފުލާފައިވާ ދޢަ ވާ ބާތިލުކުރަންޖެހޭ ކަމުގައެވެ. މިބަހުސްގައި އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ހަވާލާދީފައިވަނީ، އެމެރިކާގެ ސުޕްރީމް ކޯޓުގެ Wingo Barker v. 6 5 (1972) މައްސަލާގައި ކަނޑައަޅާފައިވާ test balancing factor four އަށެވެ. އެ މައްސަލައާ ހަވާލާދީ އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވަނީ، ދައުލަތުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން Barker v. Wingo, Page 407 U. S. 530 މައްސަލައިގެ ޝަރީއަތް އެކަށީގެންނުވާ މިންވަރަށް ލަސްވެއްޖެކަމަށް ކަނޑައެޅިއްޖެނަމަ އެފަދަ ހާލަތުގައި، އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންގޮސް ބާތިލު ކުރަންޖެހޭކަމުގައެވެ.
25މި ހުށަހެޅުން ބިނާކޮށްފައިވަނީ، ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ކަނޑައަޅާފައިވާއިރު، މައްސަލަ ލަސްވުމުގެ ސަބަބުން އެ ޙައްޤަށް އުނިކަންލިބޭކަމަށް ބަޔާންކުރުމުގެ މައްޗަށާއި، އަދި ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) މާނަކުރުމުގައި ގާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢޔަތްކާ ށ މިފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގައި އެހެން ޖުރިސްޑިކްޝަންސްތަކުގައި ޢަމަލުކުރާ ގޮތުގެ މައްޗަށް ރިއާޔަތްކރަންވާނެކަމު ގެ މައްޗަށެވެ.
26ބަޔާންވެދިޔަ ފަދައިން މި ނުކުތާއާމެދު ނަޒަރުކޮށް ބަލާއިރު، މައްސަލައެއް އާދަޔާ ޚިލާފަށް ލަސްވެއްޖެނަމަ، އެކަމުގެ ސަބަބުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ކަށަވަރުކޮށްދޭ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން އަންނާނެކަމީ ދެބަސްނުވެވޭނެ ކަމެކެވެ.
27ޖިނާއީ އަދުލުގެ ނިޒާމުގައި ޤާނޫނުތަކާއި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅިފައިވާ އެއް ބޭނުމަކީ، އެއް އުސޫލެއްގެ މަތީން އެންމެނާމެދުވެސް ޢަ މަލުކޮށް، ވީއެންމެ އަވަހަކަށް އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ޝަރީއަތް ނިންމުމުގެ މަގްސަދު ނެގެހެއްޓުމެވެ.
28HN1ކޮންމެ މައްސަލައެއްގައި ހޭދަވެފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތާއި، ވަށައިގެންވާ ހާލަތްތަކުގެ މައްޗަށް ނަޒަރުކޮށް، އެކަން ކަނޑައަޅަންވާނީ ކޮންމެ މައްސަލައެއްގައިވެސް ވަކިވަކިން އެ މައްސަލައަކަށް ހާއްސަވާ ކަންކަމުގެ މައްޗަށެވެ.
29މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ އެއް ޝަކުވާއަކީ، ދައުވާ ހުށަހެޅިތާ 1 (އެކެއް) މަސް ފަހުން، އިޖުރާއަތާ ހިލާފަށް ދައުލަތުން ސިއްރު ހެކި ހުށަހަޅާފައިވާކަމުގެ ޝަކުވާއެވެ. އަނެއް ޝަކުވާއަކީ، ދަޢުވާ ހުށަހެޅުނުތު 5 (ފަހެއް) އަހަރު ފަހުން ދަޢުވާއަށް ބަދަލުގެނައި ގެނައުމުގެ ޝަކުވާއެވެ. މި ނުކުތތަކީ އެ ކަންކަމުގާ މައްޗަށް މި މައްސަލައިގއަ ދަށު ކޯޓުން ނިންމާފައިވާ ނިންމުންތައް އިސްތިއުނާފު ކުރެވި، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމުގއަ ގޮތްތަކެއް ކަނޑައަޅައި، ހެކި ހުށަހެޅުމުގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އަލަށް ހުށަހެޅުނު ހެކިތައް އެއްފަރާތްކޮށް، އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުނުއިރު ހުރި ހެކިތަކާއެކު އެންމެ ފުރަތަމަ ހުށަހެޅުނު ދަޢުވާ ފޯމުގެ މައްޗަށް މައްސަލަ ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަންގައި ނިމިފައިވާ މައްސަލަތަކެކެވެ. ދަށު ކޯޓުގައި މިހާރު މައްސަލަ ހިނގަމުންދަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ގޮތުގެމަތީންކަމުގައި ހަސްމުންގެ ފަރާތުން އެއްބަސްވެފައިވެއެވެ.
މިފަދަ މައްސަލައެއްގައި ރިޢޔަތްކުރަންޖެހޭ ކަންކަނާ
30ބަޔާންވެދިޔަ އިސްތިއުނާފީ ބަހުސަށް ބަލާއިރު، މިބަހުސާމެދ ގޮތެއު ކަނޑައެޅުމަށްޓަކައި މައިގަނޑު ތިންކަމަކަށް ރޢިޔަތްކުރަންޖެހޭކަމުގައި ދެކެމެވެ. އެއީ؛
1.30. ފުރަތަމަކަމަކަށް، މައްސަލައިގެ ޝަރީއަތް ލަސްވުމުގެ ސަބަބުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އިންސާފުން ޝަރީޢަތްކުރުމުގެ ޙއަޤަށ އުނިކަން އައިސްފައިވޭތޯއާއި؛
2.30. ދެވަނަކަމަކަށް، އެފަދަ ލަސްވުމެއް އައިސްފައިވާކަމަށް ކަނޑައެޅޭ ހާލަތުގައި، އެކަމުގައި ދެވޭނެ ފަރުވާއަކީ ކޮބައިތޯއާއި،
3.30. ތިންވަނަކަމަކަށް، ޝަރީ ޢތް ލަސްވި ލަސްވުމަކީ، އެކަމުގެ ސަބަބުން ހިނގަމުންދާ ޝަރީޢތަ ހުއްޓާލައި މައްސަލަ ނިމުމަކަށް ގެންނަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭފަދަ ދަރަޖައަކަށް ވާސިލުވެފައިވާފަދަ ހާލަތެއްތޯއެވެ.
31މި ސުވާލުތަކުގެ ޖަވާބު ހޯދުމުގައި ދުސްތޫރީ ޙއަޤެއްގ ގޮތުގައެ ކަނޑައަޅާފައިވި މި މައްސަލައިގައި ބަހުސްކުރެވޭ ޙއަޤަށާއި، ޖިނާއީ ޢަ ދުލުގ ނިޒާމުގެ ނަޒާހަތްތެރިކަމާއި، ޖިނާއީ ދަޢުވާތަކާއި ގުޅޭކަންކަން އެކަށީގެންވާ ރަނގަޅުގޮތުގައި ހިންގައި ޙުކުމްކުރުމުގައި އޮންނަ އާންމު މަސްލަހަތަށް ފަރުވާތެރިކަމާއެކު ރިޢާޔަތްކޮށް ބެލުމަކީ މުހިންމުކަމެކެވެ. އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އިންސާފުން ޝަރީއަތްކުރުމުގެ ޙައްޤު
32ބަޔާންވެދިޔަ ޙައްޤަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤނޫނުއަސާސީގާ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤެކެވެ. މިޙއަޤު ން ކަށަވަރުކޮށްދެނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހެއްގެ މައްޗަށް ކުރެވޭ ޝަރީއަތް ނިމެންވާނެކަމެވެ. މި ރައްކާތެރިކަމުގެ މައިގަނޑު ބޭނުމަކީ ނުވަތަ މަގުސަދަކީ، މީހެއްގެ މައްޗަށް ކުރެވޭ ޝަރީޢަތެއް އަދުލު އިންސާފުން ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުމާއި، ބޭކާރު ލަސްވުންތަކެއްނެތި އެފަދަ ޝަރީޢަތެއް ނިމޭކަން ކަށަވަރުކޮށްދިނުމެވެ.
33އެހެންނަމަވެސް، މި ދުސްތޫރީ ރައްކާތެރިކަމަކީ ވަކި މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ނިމެންވާނެކަމުގެ މައްޗަށް އެކަނި ގަރާރުކުރެވިފައިވާ ރައްކާތެރިކަމެއް ނޫނެވެ. މި ރައްކާތެރިކަމުގެ މައިގަނޑު މަގސަދަކު ޢަދުލު އިންސާފު ނެގެހެއްޓުމެވެ. އެހެންކަމުން މިކަމުގައި ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ސުވާލަކީ، ޝަރީޢަތް ލަސްވި ލަސްވުމަކީ، އެ ޝަރުޢީ ތ ޢަދުލު އިންސާފުން ކުރިއަށްގެންދިއުމަށް ހުރަސްއެޅިފައިވާ ކަމެއްތޯއެވެ. ނުވަތަ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުން ޢަދުލު އިންސާފު ލިބިދާނެކަމާމެދު ސުވާލު އުފުދޭ ދަރަޖައަށް ގޮސްފިތޯއެވެ.
34HN2މިފަދަ މައްސަލަތަކުގައި ޢަމަލުކުރެވޭ އުސޫލުތައް އެކި ޖުރިސްޑިކްޝަންސްތަކުގައި ކަނޑައެޅިފައިވެއެވެ. އެގޮތުން އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދީފައިވާ Wingo (1972) Barker v. މައްސަލައަކީ މިފަދަ ހާލަތްތަކުގައި އާންމުގޮތެއްގައި އެކި ޖުރިސްޑިކްޝަންތަކުގައި ތތުބަ ގުކުރެވޭ މައްސަލައެއް ކަމުގައިވާއިރު، އީ މައްސަލާގައި ކަނޑައަޅާފައިވަނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޝަރީޢތަ ކުރުމުގެ ޙއަޤއާ ޚިލާފުވެފައިވޭތޯ ބެލުމުގައި މީޒާންކޮށް، އަޅާކިޔައި ފިކުރު ހިންގަންޖެހޭ ކަންތައްތަކެއް ހުންނަކަމުގައެވެ. އޭގެތެރޭގައި، މައްސަލަ ލަސްވި މިންވަރާއި، ލަސްވި ސަބަބާއި، މައްސަލަ އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް ދަޢުވާލިބޭ ފަރާތުން އެދިފައިވޭތޯއާއި، ލަސްވުމުގެ ސަބަބުން ބޭއިންސާފެއް ކުރިމަތިވެފައިވޭތޯ ބެލުން ހިމެނެއެވެ.
35މި މައްސަލައަށް ބަލާއިރު، މި މައްސަލަ ކޯޓަށް ހުށަހެޅިފައިވަނީ 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް މައްސަލައިގެ އިބްތިދާއީ މަރުހަލާނިމި، ޝަރީއަތުގެ މަރުހަލާ ފަށާފައިވަނީ މިއަހަރުއެވެ. ހަމައެހެންމެ، ދަޢު ވާގައި އައު ހެކި ހުށަހެޅުމުގައްޔާއި، ދައުވާގެ ތަފުސީލަށް ބަދަލުގެނައުމުން މެދުވެރިވި ކަންކަމާއި، މައްސަލަ ބަލާ ފަނޑިޔާރު ބަދަލުވެ، މައްސަލައިގެ އަޑުއެހުންތައް އަލުން ފެށުމަށް ނިންމުމުގެ ސަބަބުން ދިމާވެފައިވާ ލަސްވުންތަކާއި، މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ހުށަހެޅިފައިވާ ހުށަހެޅުންތަކުގެ ސަބަބުންނާއި، އަދި އެ ހުށަހެޅުންތައް އިސްތިއުނާފުގެ މަރުހަލާއަށ ހުށަހެޅް ބަލަން ޖެހުމުން ދިމާވެފައިވާ ލަސްވުންތަކާއި، އިސްތިއުނާފުން ބައެއް ހުށަހެޅުންތަކާމެދު ނިންމި ނިންމުމުގެ ސަބަބުން މައްސަލައިގެ އަޑުއެހުންތައް އަލުން ފަށަން ޖެހުމުގެ ސަބަބުން ލަސްވި ލަސްވުންތަކާއި، މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ތާވަލުކުރެވުނު ނަމަވެސް ދިފާޢުން އެދިގެން ގާތްގަނޑަކަށް ދިހަ ވަރަކަށް އަޑުއެހުން ކެންސަލް ކުރަންޖެހުމުގެ ސަބަބުންނާއި އިދާރީ އެކި ސަބަބުތަކާހުރެ މައްސަލައިގެ އަޑުއެހުންތައް ކެންސަލްކުރަންޖެހުމުގެ ސަބަބުންނާއި، ޕްރޮސިކިއުޝަންއިނ އެދިގެން އަޑުއެހުމެއް ކެންސަލްކުރަންޖެހުމުގެ ސަބަބުން ދިމާވެފައިވާ ލަސްވުންތައް ހިމެނެއެވެ.
36ބަޔާންކުރެވުނު ކަންކަމަށް ރ ޢާޔަތްކޮށް، މައްސަލަ ލަސްވެފައިވަނީ ދައުލަތުން މައްސަލަ ލަސްކުރުމުގެ ގަސްތުގައި ކޮށްފައިވާ ކަމެއްގެ ސަބަބުންތޯ ބަލާއިރު، ކުރިން ބަޔާންވެދިޔަ ފަދައިން ދައުލަތުން ކުރި ކަމެއްގެ ގޮތުގައި އިސްތިއުނާފު ކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދަޢުވާ ހުށަހެޅިތާ 1 (އެކެއް) މަސް ފަހުން، އިޖުރާއަތާ ހިލާފަށް ސިއްރު ހެކި ހުށަހަޅާފައިވާކަމުގެ ވާހަކައާއި، ދަޢުވާ ހުށަހެޅުނުތާ 5 (ފަހެއް) އަހަރު ފަހުން ދަޢުވާއަށް ބަދަލުގެނައި ގެނައުމުގެ ވާހަކައާއި އެކަންކަމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމުމުންވެސ ދައުލަތުން ބޭނުންވާގޮތަށ އެކަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގެ ކުރިން އޮތްގޮތަށް ބޭއްވުމަށް ދަށުކޯޓުގައި ވާހަކަދައްކައި އެކަމަށް އެދޭ އެދުމުގެ ވާހަކައެވެ.
37HN3މިކަމުގައި ދެނެގަންނާންޖެހޭ މުހިންމު އެއްކަމަކީ، ދޢަ ވާއެއް އޮންނަންވީގޮތާއި، ދ ޢަވާއެއް ސާބިތުކުރުމަށް ހުށަހަޅާނެ ހެކިތަކަކީ ދައުލަތުން ނިންމާ ނިންމުމެއް ކަމެވެ. އެހެންކަމުން، ދަޢުވއެއާ ކުރިއަށް ދިއުމުގައި އެ ދަޢވާއަށ ބަދަލެއް ގެނައުމަށް ބޭނުންވެއްޖެނަމަ އެކަމުގެ ފުރުސަތު ޤާނޫނީ އިމުގެ ތެރެއިން ހޯދުމަކީ ދައުލަތަށާ އޮތްކަމެކެވެ. އަދި ހެކި ހުށަހެޅުމުގައިވެސ އެކަން އޮތް އެހެންނެވެ. އެހެންނަމަވެސް، އެކަންކަމުގައި މި މައްސަލާގައި ދައުލަތަށް ޢމަލަ ކ ރެވިފައިއޮތު ޤާ ނޫނީ ގޮތުން ސައްހަމަގުން ނޫންކަން، އިސްތިއުނާފު ކުރާ ފަރާތުގެ ހުށަހެޅުންތަކުން ދެނެގަނެވުމުން، ދައުލަތުން އެކަމާމެދު ޢަމަލުކުރިގޮތ ކޯޓުން ބާތިލުކުރީއެވެ. އެއީ، އިޖުރާއީ ގޮތުން ސައްހަމަގުނ އެކަން ނުކުރެވުމުން ނިކުތް ނަތީޖާއެކެވެ. މިކަމުން މިމައްސަލާގައި ދެނެގެންނާންޖެހެނީ ބަޔާންވެދިޔަ ކަންކަން ދައުލަތާ ދެކޮޅަށް ނިމިގެންދިޔަ ދިޔުމުގައި، އެއީ ދައުލަތުން މި މައްސަލައިގެ ޝަރީޢަތް ލަސްކުރުމުގެ ނިޔަތުގައި ނުވަތަ އެގަސްތު އޮވެގެން ކޮށްފައިވާ ކަމެއްކަން ދެނެގަނެވޭތޯއެވެ. ހެކިހުށަހެޅުމާގުޅޭގޮތުނ ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދުވަސްވަރަކީ، ޖިނާއީ އިޖުރާއަތުގެ ޤނޫނަށާ ޢމަލުކުރަންފެށި ދުވަސްވަރުކަމާއި، މައްސަލަ ހުށަހެޅުނުއިރު، އެކަމުގައި ޢަމަލުކުރަންވީ ތަފަ ސީލީ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް ވުޖޫދުގައު ނެތްކަމުގައި ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ، ދަޢުވާއަށް ބަދަލުގެނައުމުގެ ބޭނުމަކަށްވީ، ޤާނޫނަށް ގެނެވެނާ އިސްލާޙާއެކު އެފަދަ ބަދަލެއް ދަޢުވާއަށް ގެންނަންޖެހޭކަމަށް އޭރު ބުރަވެވިފައިވުންކަމުގައިވެސް ދައުލަތުން ބުނެފައިވެއެވެ.
38Wingo (1972) Barker v. މައްސަލާގައި ގައި ބަޔާންކޮށްފައިވާ ފަދައިން، މައްސަލަ ގަސްތުގައި ލަސްކޮށް، ދިފާޢަށް އިތުރު އުނދަގުލެއް ޖެއްސުމުގ ގޮތުނެ ދައުލަތުން ކޮށްފައިވް ކަމެއް އޮތްނަމަ މިފަދަ ހާލަތުގައި ދައުލަތުން އެކަމެއްގެ ޒިންމާ ނަގަންޖެހޭ މިންވަރު ބޮޑުވާނެއެވެ. އެހެންނަމަވެސް މައްސަލަ ލަސްވެފައިވަނީ ވަކި ފަރާތަކަށް އުނދަގުލެއް ޖެއްސުމުގެ ގަސްތެއްނެތި ފަރުވާކުޑަކޮށްލެވުނު ކަމެއްގެ ސަބަބުން ކަމަށްވާނަމަ ނުވަތަ އެއީ ކޯޓުތަކުގައި ނުނިމިހުރި މައްސަލަތަކުގެ ބެކްލޮގް ބޮޑުވުމުގެ ސަބަބުން ދިމާވެފައިވާ ކަމެއްނަމަ އެކަމެއްގެ ޒިންމާ ދައުލަތުން ނަގަންޖެހޭ މިންވަރު ކުޑަވެއެވެ. އެހެންނަމަވެސް އެފަދަ ކަންކަމަކީވެސް މި ހުށަހެޅިފައިވާފަދަ މައްސަލަތަކުގައި ރިޢާޔަތްކުރެވޭނެ ކަންކަމެވެ.
39މި މައްސަލައަށް ބަލާއިރު، މައްސަލަ ލަސްވުމަށް މެދުވެރިވި ބައެއް ކަންކަމުގެ ތެރޭގައި ހިމެނޭ، ހެކި ހުށަހެޅުމުގެ އިޖުރާއަތު ގޯސްވުމާއި، ދޢަވާއަށ ބަދަލް ގެނެވުނުގޮތް ގޯސްވުމުގެ ސަބަބުން، އަލުން މައްސަލަ ހިންގަންޖެހުނު ޖެހުމަކީ މައްސަލަ ލަސްވެގެން ދިއުމުގައި ބޮޑު ދައުރެއް އަދާކުރާ ކަންކަމެވެ. އެހެންނަމަވެސް، އެކަންކަމަކީ، ޕްރޮސިކިއުޝަންއިނ މައްސަލް ލަސްކުރުމުގެ ގަސްތަށްވުރެ ބޮޑަށް، ޤާނޫނީ އަދި އިޖުރާއީ ތަރުތީބުން އެކަން ކުރަން އޮންނަ ގޮތަށް ނުކުރެވުމުން ނިކުތް ނަތީޖާއެކެވެ. އެހެންކަމުން، ދައުލަތުން ގަސްތުގައި މައްސަލަ ލަސްކުރުމުގެ ނިޔަތުގައި ކޮށްފައިވާކަމެއް މިހާލަތްތަކުގެ މައްޗަށް އަހުރެންނަށް ދެނެނުގަނވެއެވެ.
40ހަމައެހެންމެ، މައްސަލަ ލަސްވުމުގައި ދިމާވެފައިވާ ބައެއްކަންކަމުގެ ގޮތުގައި، އިސްތިއުނާފު ކުރެވިފައިވާ ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ތާވަލުކުރެވުނު ނަމަވެސް، ދިފޢާނ އެދިގެން މައްސަލައިގް ގިނަ އަޑުއެހުންތަކެއް Barker v. Wingo, Page 407 U. S. 531(a deliberate attempt to delay the trial in order to hamper the defense should be weighed heavily against the government, whereas a more neutral reason such as negligence or overcrowded courts should be weighed less heavily but nevertheless should be considered). ކެންސަލްކުރަންޖެހުމުގެ އިތުރުން، މައްސަލައިގެ ފަނޑިޔާރުން ބަދަލުވުމުގެ ސަބަބުން، މައްސަލަ އަލުން ފަށަން ނިންމާފައިވުމާއި، ކޯޓުގެ އިދާރީ ސަބަބުތަކާހުރެ މައްސަލައިގެ ބައެއް އަޑުއެހުންތައް ކެންސަލް ކުރަންޖެހުންވެސ ހިމެނޭކަން އެނގޭއިރު، މިއިން އެއްވެސްކަމަކީ، ދައުލަތުން ނުވަތަ ދިފޢާނ ނުވަތް ކޯޓުން މައްސަލަ ލަސްކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަން ދެނެނުގަނެވެއެވެ. އެހެންނަމަވެސް، އެކަންކަން އެގޮތަށް ދިމާވުމުގައި އޮތް ޟރޫރަތްތެރަކަމކަ ކޮބައި ކަންވެސް ދެނެގެނެވެންނެތެވެ.
41އެހެންކަމުން ބަޔާންވެދިޔަ ކަންކަމުން ދެނެގެނެވޭ ހަމައެކަނި ނުވަތަ ޖުމްލަ ނަތީޖާއަކީ، މައްސަލަ އެކަށީގެންނުވާ މިންވަރަށް ލަސްވއެ ޖެކަމެވެ. އަދި އެކަމުގައި، ވަކި ފަރާތެއް ގަސްތުގައި ޝަރުޢީ ތ ލަސްކުރުމުގެ ގޮތުން ކުރި ކަމެއް އޮތްކަމުގައި ކަނޑައެޅެން ނެތްހިނދު، މައްސަލަ ލަސްވުމުގައި ބަޔާންވެދިޔަ ފަދައިން އެކިފަރާތްތަކުގެ ޝާމިލުވުންވެސ އެކް މިންވަރަށް އޮތްކަން ދެނެގަނެވެއެވެ. މައްސަލަ ލަސްވެފައިވުމަކީ، މައްސަލަ އިތުރަށް ކުރިއަށް ގެންދިއުން ހުއްޓުވަން އެކަށީގެންވާ ސަބަބެއްތޯ ދެނެގަތުން:
42HN4މައްސަލައެއް ލަސްވުމަކީ ހަމައެކަނި އެ ލަސްވުމުގެ މައްޗަށް އެކަނި ރ ޢޔަތްކޮށް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ގެއްލުނީ ކަމުގައި ނުވަތަ އެ ޙައްޤާ ޚލާފުވީކަމުގައި ނުބެލެވޭނެކަމަށާއި، މައްސަލަ ލަސްވެފައިވާ ވުމަކީ މައްސަލައިގައި ހިމެނޭ އެހެން ކަންކަމާ އެކުއެކީގައި އެ މައްސަލައިގެ ހާލަތު ވަޒަންކޮށް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ގެއްލިފައިވޭތޯ ކަނޑައެޅުމުގައި test balancing factor four އަކީވެސް ބޭނުންކުރެވިދާނެ އަދި 12 11 ގުޅުންހުރި ކަންތައްތަކެއްކަމަށް Wingo (1972) Barker v. މައްސަލާގައި ބަޔާންކޮށްފައިވާއިރު، Barker v. Wingo, Page 407 U. S. 530 Barker v. Wingo, Page 407 U. S. 533 (We regard none of the four factors identified above as either a necessary or sufficient condition to the finding of a deprivation of the right of speedy trial. Rather, they are related factors and must be considered together with such other circumstances as may be relevant.) މި ހާލަތުގައި ޢމަލުކުރެވިދާނަ އުސޫލުތަކެއް، އިނގިރޭސިވިލާތުގެ އެޓަރނީޖެނެރަލްގެ ފަރާތުން، މި މައްސަލާގައިވެސް ހިމެނޭ އަސާސީ ޙައްޤު ކަމުގައިވާ "އެކަށީގެންވާ މުއްދަތެއްގައި ޝަރީއަތް ކުރިއަށްގެންދިއުމުގެ ޙައްޤު" އާ ގުޅޭގޮތުން މައްސަލައެއްގައި ކޯޓުން އެ މާއްދާ މާނަކޮށްފައިވާ ގޮތާ ގުޅޭގޮތނު ހައުސްއޮފް ލޯރޑްސްގެ "އޮޕީނިއަން"އަކަށް އެދް އިނގިރޭސިވިލާތުގެ Criminal Justice Act 1972 ގެ 36 ވަނަ މާއްދާ ގެ ދަށުން އެޓަރނީ ޖެނެރަލްއަށް ލިބިގެންވާ އިހްތިޔާރުގެ ދަށުން ކޯޓް އޮފް އެޕީލްއަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތްކަމުގައިވާ General’s Attorney in Lords of House (No 2 of 2001) Reference ގައިވެސް ބަޔާންކޮށްފައިވެއެވެ. އެ މައްސަލާގައި ކޯޓް އޮފް އެޕީލްއަށް ހުށަހެޅިފައިވަނީ ދެ ސުވާލެކެވެ. އެއީ، 1. European Convention for the Protection of Fundamental Rights and Freedoms ގެ 6 ވަނަ މާއްދާގެ (1) ވަނަ ނަންބަރުން ކަނޑައަޅާފައިވާ އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތް ކުރިއަށްގެންދިއުމުގެ ޙައްޤު violate ވެފައިވާކަމަށް ބުނާ ހާލަތުގައި އެ ލަސްވި ލަސްވުމުގެ ނަތީޖާއިން އެފަރާތަށް ކުރިމަތިލާންޖެހުނު ބޭއިންސާފަކީ ކޮބައިކަން ދައްކުވައިނުދެވޭ ހާލަތުގައި، މައްސަލަ ލަސްވުމުގި ނަތީޖާއަކީ ޖިނާއީ މައްސަލައެއް ކުރިއަށް ގެންދިއުން ހުއްޓާލަންޖެހުންތޯއާއި،
2. ބަޔާންވެދިޔަ ކޮންވެންޝަންގެ 6 ވަނަ މާއްދާގެ (1) މާނަކުރުމުގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވިފައިވޭތޯ ދެނެގަތުމަށް އެ މުއްދަތު ގުނާނެގޮތަކީ ކޮބައިތޯއެވެ. Article 36: Reference to Court of Appeal of point of law following acquittal on indictment. (1)Where a person tried on indictment has been acquitted (whether in respect of the whole or part of the indictment) the Attorney General may, if he desires the opinion of the Court of Appeal on a point of law which has arisen in the case, refer that point to the court, and the court shall, in accordance with this section, consider the point and give their opinion on it. [2003] UKHL 68 (11 December 2003), Attorney General's Reference No 2 of 2001 (On Appeal from the Court of Appeal (Criminal Division)) In exercise of his power under section 36 of the Criminal Justice Act 1972 the Attorney General referred to the Court of Appeal two points of law on which he desired the opinion of that court. The points were these: "(1) Whether criminal proceedings may be stayed on the ground that there has been a violation of the reasonable time requirement in Article 6(1) of the European Convention for the Protection of Fundamental Rights and Freedoms ("the Convention") in circumstances where the accused cannot demonstrate any prejudice arising from the delay. އެގޮތުން، ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ލަސްވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ނުވަތަ އޮޓޮމެޓިކުން އެ މައްސަލައެއް ބާތިލުކުރަންޖެހޭ ހާލަތު އޮތްކަން ބަޔާންކޮށްދޭނެ ކަމެއް ނޫންކަން ބަޔާންވެދިޔަ ނިންމުމނު އެނގިގެންދެއެވެ. House of Lords އިން ކަނޑައަޅާފައިވަނީ، ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން އެ މައްސަލައެއް ބާތިލުކުރަންޖެހޭ ހާލަތަށް ވާސިލުވެވޭނީ، އެ ލަސްވުމުގެ ސަބަބުން، އަދުލު އިންސާފު ފޯރުކޮށްދިނުމަކީ އެ މައްސަލާގައި މުސްތަހީލު ކަމަކަށް ވެފައިވާ ހާލަތުގައެވެ. ނުވަތަ އެދޢަ ވ އިތުރަށް ކުރިއަށް ގެންދިއުމަކީ، ބޭއިންސާފު ނުވަތަ އަނިޔާވެރިކަމެއްކަމަށް ވެދާނެ ހާލަތުގައެވެ.
43Lords of House އިން އިތުރަށް ފާހަގަކޮށްފައިވަނީ، ޖިނާއީ މައްސަލައެއްގެ ޝަރީޢތަ ކުރިއަށް ނުގެންދިއުމަށް ނުވަތަ މައްސަލަ ބާތިލުކުރުމަށް ނިންމުމަކީ އިސްތިސްނާ ހާލަތެއްގައި މެނުވީ ނަގައިދެވޭނެ ފަރުވާއެއް ނޫންކަމަށާއި، އެއަށްވުރެ ކުޑަ ނުވަތަ ލުއި ފަރުވާއެއް ނަގައިދިނުމަކީ ޚިލާފުވެފައިވާ ޙއަޤށަ އެޑްރެސް ކުރުމަށް ފުދޭނެ ކަމެއްތޯ މިފަދަ ހާލަތްތަކުގައި ކޯޓުތަކުން ވަޒަންކުރަންވާނެ ކަމުގައެވެ. ޖިނާއީ މައްސަލަތަކާއި، މަދަނީ މައްސަލަތަކުގެ ޝަރީޢަތްތަކުގެ ފަރގަ
44HN5ބަޔާންވެދިޔަ އުސޫލުތައް ތަތބީގު ކުރުމުގައި، ޖިނާއީ މައްސަލަތަކާއި، މަދަނީ މައްސަލަތަކުގެ ޝަރީޢަތްތަކުގު އަސާސީ ފަރަގުތައް ދެނެގަތުމަކީ މުހިންމުކަމެކެވެ.
45މަދަނީ މައްސަލަތައް މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނަނީ ދެފަރާތެއްގެ ދެމެދުގައި އޮންނަ ދެބަސްވުމަކަށް ހައްލެއް ހޯދައިދިނުމުގެ މައްޗަށެވެ. އެމޭރުމުން ބަލާއިރު، މައްސަލައެއް ކުރިއަށްދާއިރު އެކަމުގައި ފަރުވާތެރިވާންޖެހޭ މިންވަރަށް ފަރުވާތެރި ނުވުމުގެ ސަބަބުން އެފަދަ މައްސަލައެއް އެކަށީގެންނުވާ މިންވަރަށް ލަސްވުމަކީ އެފަދަ މައްސަލައެއް ބާތިލުކުރުމަށް އެކަށީގެންވާ ސަބަބެއްކަމުގައިވެސް ވެދާނެއެވެ. (2) In the determination of whether, for the purposes of Article 6(1) of the Convention, a criminal charge has been heard within a reasonable time, when does the relevant time period commence?" Attorney General’s Reference (No 2 of 2001) [2003] UKHL 68 at para 24:
https://www.bailii.org/uk/cases/UKHL/2003/68.html)
46މިއާ ޚިލާފަށް ޖިނާއީ މައްސަލަތަކުގައި ފުޅާކޮށް މުޖުތަމައުގެ މަސްލަހަތު އެކަމުގައި އޮންނާނެއެވެ. ޖިނާއީ މައްސަލައެއްގެ ޝަރީޢަތެއް ހިންގޭނެ ވަކި ފަރުދެއްގެ މަސްލަހަތު އެކަނި ހިމާޔަތްކުރުމުގެ ގޮތަކުން ނުވަތަ ވަކިބައެއްގެ މެދުގައި އޮތް ދެބަސްވުމެއް ހައްލުކުރުމުގެ ގޮތަކުންނޫނެވެ. ޖިނާއީ މައްސަލައެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޤާނ ނުގެ ވެރިކަން ނޫގހެއްޓުމާއި، މުޖުތަމައުގެ އިޖުތިމާއީ ތަރުތީބު ހިފެހެއްޓުމެވެ. މި ސަބަބަށްޓަކައި، މައްސަލައެއް ލަސްވުމނު ޖިނާއީ މައްސަލައެއް ބާތިލުކުރުމަކ އިސްތިސްނާއީ ހާލަތެއްގައި މެނުވީ ނަގައިދެވޭނެ ފަރުވާއެއް ނޫނެވެ. ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން އެ މައްސަލައެއް ބާތިލުކުރަންޖެހޭ ހާލަތަށް ވާސިލުވެވޭނީ، އެ ލަސްވުމުގެ ސަބަބުން، އަދުލު އިންސާފު ފޯރުކޮށްދިނުމަކީ މުސްތަހީލު ކަމަކަށް ވެފައިވާ ހާލަތެއްގައި ނުވަތަ އެމައްސަލައެއ އިތުރަށް ކުރިއަށް ގެންދިއުމަކީ، ބޭއިންސާފަ ނުވަތަ އަނިޔާވެރިކަމެއްކަމަށް ވެދާނެ ހާލަތުގައެވެ. މިކަމުގައި މުއްތަހަމުގެ ޙއަޤއި ޖިނއާ ތުހުމަތުކުރެވޭ މައްސަލަތަކުގެ ޝަރީއަތް ކުރިއަށް ގެންދިއުމުގައި މުޖުތަމައުގެ ޙައްޤު މީޒާންކުރުމަކ މުހިންމީ ކަމެކެވެ. އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕާރލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އަޒުމީ މައްސަލައަކީ މަދަނީ މައްސަލައެއްކަން އެނގެން އޮތްއިރު އެ މައްސަލައަކީ މި އިސްތިއުނާފުގައި ތަތުބީގު ކުރެވިދާނެ މައްސަލައެއް ކަމުގައި ނުދެކެމެވެ.
47މައްސަލަ ލަސްވެފައިވުމަކީ، ހަމައެކަނި އެކަމުގެ މައްޗަށް ދުސްތޫރީ ރައްކާތެރިކަމާ ހިލާފުވެފައިވާކަމަށް ކަނޑައެޅޭނެ ކަމެއް ނޫން ހިނދު، މައްސަލަ ލަސްވުމުގެ ސަބަބުން ޢަދުލު އިންސާފު ލިބުމަކީ މުސްތަހީލު ކަމަކަށް ވެފައިވާ ހާލަތެއް ނުވަތަ މައްސަލައެއް އިތުރަށް ކުރިއަށް ގެންދިއުމަކީ، ބޭއިންސާފު ނުވަތަ އަނިޔާވެރިކަމެއްކަމަށް ވެދާނެ ހާލަތެއް މި މައްސަލާގައި އޮތްތޯ ބަލައި ދެނެގަންނަންޖެހެއެވެ.
2023/SC-A/37
48އެގޮތުން، ކުރިން ހަވާލާދެވުނު Reference General’s Attorney in Lords of House 2001) of 2 (No ގއ ބަޔާންކޮށްފައި ކަންކަމަށް ބަލާއިރު، ޖިނާއީ މައްސަލައެއް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުދިއުމަކީ އެކަމުގެ ސަބަބުން މުއްތަހަމަށް ލިބިދޭ މި މައްސަލާގައި ބަޔާންކުރާ، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރުމުގެ ހައްޤާ ޚިލާފަށް ކުރެވޭ ކަމެއްކަމަށާއި، އެފަދަ ޚލާފުވުންތަކި ށ އެކަށީގެންވާ ހައްލެއް އޮންނަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ހާލަތްތަކުގައި ހޯދައިދެވޭ ހައްލަކީ އެކަށީގެންވާ ހައްލެއްކަމުގައި ވުމަށްޓަކައި، އެ ޙައްޤާ ޚިލާފުވެފައިވާ ގޮތާއި، ހާލަތާއި، މިންވަރާއި، މައްސަލައިގައި ކަންހިނގާފައިވާގޮތާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ އިތުރުން އެ މައްސަލައެއް އޮތް މަރުހަލާ ނުވަތަ ހިސާބަކީ މުހިންމު ދައުރެއް އަދާކުރާނެ ކަންކަންކަމަށާއި، އެގޮތުން، މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ވެފައިވާ ޚލާފެއްނަމަ، އެފަދަ ޚލާފެއި ވެވިއްޖެކަން ގަބޫލުކުރުމާއެކު، ހާލަތު ތަންދޭ އެންމެ މަތީ މިންވަރަކުން އެފަދަ މައްސަލައެއް އަވަސްކުރުމާއެކު، އެ ހާލަތުގައި ދަޢު ވާލިބޭ މީހާ ހުރީ ބަންދެއްގައި ކަމުގައިވާނަމަ، އޭނާ ދޫކޮށްލުމަކީވެސް ކުރެވިދާނެކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން އެ މައްސަލައެއް ބާތިލުކުރަންޖެހޭ ހާލަތަށް ވާސިލުވެވޭނީ، އެ ލަސްވުމުގެ ސަބަބުން، އަދުލު އިންސާފު ފޯރުކޮށްދިނުމަކީ އާ މައްސަލާގައި މުސްތަހީލު ކަމަކަށް ވެފައިވާ ހާލަތުގައެވެ. ނުވަތަ އެދޢަ ވާ އިތުރަށް ކުރިއަށް ގެންދިއުމަކީ، ބޭއިންސާފު ނުވަތަ އަނިޔާވެރިކަމެއްކަމަށް ވެދާނެ ހާލަތުގައި ކަމަށާއި، ޖިނާއީ މައްސަލަތަކުގައި ދަޢވާކުރުމަށު އޮންނަ މުޖުތަމައުގެ އާންމު މަސްލަހަތަށް ރިޢާޔަތްކުރާއިރު، މައްސަލަ ބާތިލުކުރުމުގެ ބަދަލުގައި އެއަށްވުރެ [2003] UKHL 68 (11 December 2003), Attorney General's Reference No 2 of 2001 (On Appeal from the Court of Appeal (Criminal Division)) ލުއި ފަރުވާއެއް ދިނުމަކީ އިންސާފުވެރި އަދި އެކަށީގެންވާ ކަމެއްކަމުގައި ފެނިއްޖެނަމަ، އެ މައްސަލަ ބާތިލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
49HN6އެގޮތުން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއަށް ބަލާއިރުވެސް، ބަޔާންވެދިޔަފަދަ އަސާސީ ޙއަޤެއ ގެއްލިގެން އެކަމަށް އެކަށީގެންވާ ފަރުވާއެއް ހޯދުމުގެ ޙއަ ޤު ލިބިދިފައިވާކަން ފާހަގަކުރެވެއެވެ. އަދި މައްސަލަ އޮތް ހާލަތަށް ބަލާއިރު، މި މައްސަލަ ހުށަހެޅުނުއިރު މިއީ އިބްތިދާއީ މަރުހަލާ ނިމޭ ހިސާބުގައި އޮތް މައްސަލައެއް ނަމަވެސް، މައްސަލައިގެ ޝަރުޢީ ތުގ އަޑުއެހުންތަކުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިހާރު މައްސަލައިގެ ޝަރީޢަތުގެ މަރުހަލާ ފެށި، ހެކިބަސްނެގުން ކުރިއަށްދާކަމަށް ބުނެފައިވެއެވެ.
50ބަޔާންވެދިޔަ ކަންކަމަށް ބަލައި، މައްސަލަ އޮތް ހާލަތާއި، މައްސަލާގައި ކަންހިނގާފައިވާ ގޮތާއި، މައްސަލާގައި ޚލާފުވެފައިވާކަމަށި ބުނާ ޙއަޤަށ ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ސަބަބުން ދިމާވާނެ ބޭއިންސާފެއް އޮތްކަމުގައި ދެނެގަނެވެން ނެތުމުންނާއި، މައްސަލާގައި ޢަދުލު އިންސާފު ފޯރުކޮށްދިނުން މުސްތަހީލުވެފައިވާފަދަ ސަބަބެއް ނެތުމުގެ މައްޗަށް ރިޢާޔަތްކޮށް، ހާލަތު ތަންދޭ އެންމެ މަތީ މިންވަރަކުން މައްސަލައިގެ ޝަރީޢަތްކުރނު އަވަސްކުރަންޖެހޭކަމުގައި ދެކެމެވެ.
51އެހެންކަމުން، އިސްތިއުނާފުގެ ބަހުސްގައި ހިމެނޭ މައްސަލައިގެ ޝަރީއަތް ލަސްވުމުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް ޢަދުލު އިންސާފު ލިބުމަކީ މުސްތަހީލު ކަމަކަށް ވެފައިވާ ހާލަތެއް މި މައްސަލާގައި އޮތްކަމަށް ނުވަތަ މައްސަލައިގެ ޝަރީޢަތް އިތުރަށް ކުރިއަށް ގެންދިއުމަކީ ބޭއިންސާފު ނުވަތަ އަނިޔާވެރިކަމެއްކަން Attorney General’s Reference (No 2 of 2001) [2003] UKHL 68 at para 24: https://www.bailii.org/uk/cases/UKHL/2003/68.html) (If, through the action or inaction of a public authority, a criminal charge is not determined at a hearing within a reasonable time, there is necessarily a breach of the defendant's Convention right under article 6(1). For such breach there must be afforded such remedy as may (section 8(1)) be just and appropriate or (in Convention terms) effective, just and proportionate. The appropriate remedy will depend on the nature of the breach and all the circumstances, including particularly the stage of the proceedings at which the breach is established. If the breach is established before the hearing, the appropriate remedy may be a public acknowledgement of the breach, action to expedite the hearing to the greatest extent practicable and perhaps, if the defendant is in custody, his release on bail. It will not be appropriate to stay or dismiss the proceedings unless (a) there can no longer be a fair hearing or (b) it would otherwise be unfair to try the defendant. The public interest in the final determination of criminal charges requires that such a charge should not be stayed or dismissed if any lesser remedy will be just and proportionate in all the circumstances.) އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާ ހިނދު، ހިނގަމުންދާ ޖިނާއީ މައްސަލައެއް ބާތިލުކުރުމަށް މިނުކުތާގައި ވާސިލުވާންޖެހޭ މިންގަނޑަށް ވާސިލުވެވިފައިވާކަމުގައި ނުފެނެއެވެ. އެހެނީ، ޖިނާޢީ ޢަދުލުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށް މައްސަލައިގެ ޝަރީޢަތް ލަސްކުރުމުގެ ނިޔަތުގައި ދައުލަތުގެ ފަރާތުން ކޮށްފައިވާ ކަމެއް އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވެއެވެ. ވީމާ، މި ނުކުތާ ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމާފައިވަނީ ގޯސްކޮށް ކަމުގައި އަހުރެން ނުދެކެމެވެ.
52ބަޔާންވެދިޔަ މިންގަނޑަށް މި މައްސަލާގައި ވާސިލުވެފައި ނުވުމަކީ، އިސްތިއުނާފު ކުރާ ފަރާތުގެ އަސާސީ ޙައްޤަކަށް އަސަރުކޮށްފައިވާކަމުގެ މައްޗަށް، ހައްލެއް ނުވަތައެހެނ ފަރުވާއެއް ހޯދުމަށް ހުރް އެހެން ޤާނޫނީ ފުރުސަތުތަކަށ ހުރަސް އެޅޭ ކަމެއްކަމުގައި ނުދެކެމެވެ.
ނިންމަން ފެންނަގޮތް
53ބަޔާންވެދިޔަ ކ ނޮކް ން އެގޮތުގެ މަތީން ހުރުމުނަ، ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު
54މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމު
55މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 91 ވަނަ މާއްދާގެ (ށ) (ކުރީގެ ނިންމުމަށް ހަވާލާ)
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 (ށ)، 5، 6 (ހ) އަދި (ނ) (ދަޢުވާކުރެވުނު މާއްދާތައް)
- 2023/SC-A/37 (ޕާރލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒްމީ) - ތަޠުބީޤު ނުކުރެވޭކަމަށް ކަނޑައެޅި
- 2024/HC-B12/36
- 2025/HC-B12/16
- Barker v. Wingo, 407 U.S. 514 (1972)
- Attorney General's Reference (No 2 of 2001) [2003] UKHL 68
- Criminal Justice Act 1972 (UK) ގެ 36 ވަނަ މާއްދާ
- European Convention on Human Rights ގެ 6(1) ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.