އިޢުތިޞާމު މުޙައްމަދު ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2026/HC-B12/06
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ދަޢުވާ ބާޠިލުކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަކީ މައުޟޫޢީގޮތުން ނުބަލައި ގޮތް ނިންމޭނެ ހުށަހެޅުމެއް ނޫންކަމަށް ބުނެ ކްރިމިނަލް ކޯޓުން ބަލައިނުގަތެވެ. ލަސްވުމަކީ ދައުލަތުން ގަސްދުގައި ކުރި ކަމެއް ނޫންކަމާއި، ހަމައެކަނި ލަސްވުމުން ޖިނާއީ ދަޢުވާއެއް ބާޠިލުނުކުރެވޭނެކަމަށް ބުނެ ހައިކޯޓުން ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- 2017 ވަނަ އަހަރު ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އިޢުތިޞާމް މުޙައްމަދު ސަޢީދާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލުނު ނަމަވެސް، ފަނޑިޔާރުން ބަދަލުވުމާއި، ދަޢުވާ އިޞްލާޙުކުރުމާއި ސިއްރު ހެއްކެއް ހިމެނުމާ ބެހޭ ނިންމުންތައް ހައިކޯޓުން ބާޠިލުކުރުމާއި، އަޑުއެހުންތައް ކެންސަލްވުމުގެ ސަބަބުން ޝަރީޢަތް ނުނިމި ދިގުލައިގެން ދިޔައެވެ. އޭނާ 5 އަހަރާއި 10 މަހަށްވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓެރަރިޒަމްގެ ދަޢުވާއެއްގެ ޝަރީޢަތް ގިނަ އަހަރުތަކެއް ލަސްވުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމުގެ ތެރެއިން ދަޢުވާ ބާޠިލުކުރަންޖެހޭތޯ، އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ދަށުން "އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތްކުރެވުމުގެ ޙައްޤު" މާނަކުރުމުގައި ހައިކޯޓުން އިނގިރޭސިވިލާތުގެ ބަދަލުގައި އެމެރިކާއާއި ކެނެޑާގެ ނިންމުންތަކަށް ބަލަންޖެހޭތޯ؛ އަދި ދައުލަތުގެ އިޖުރާއީ ޢަމަލުތަކުގެ ސަބަބުން ވި ލަސްވުމަކީ ދައުލަތަށް ހުއްދަ ފުރުޞަތުގެ ބޭނުންހިފުމެއް ކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރާ ފަރާތުން ބުނީ، ދުސްތޫރު ލިޔުމުން އޮންނަ އެމެރިކާއާއި ކެނެޑާގެ ގޮތަށް ނުބަލައި އިނގިރޭސިވިލާތުގެ މައްސަލައަކަށް ބުރަވެ ހައިކޯޓުން ނިންމުމަކީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށާއި، ދައުލަތުގެ ޢަމަލުތައް ހުއްދަ ފުރުޞަތެއް ކަމަށް ބެލުމަކީ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. ދައުލަތުން ބުނީ، ހައިކޯޓުން ފަރަޤަށް ރިޢާޔަތްކޮށްފައިވާކަމަށާއި، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ނުކުތާއަކީ އައު ބަހުސެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއިން ބޭރުގެ ޤާނޫނު ތަޠުބީޤުކުރުމެއް ނުލާޒިމުކުރާތީ، އަދި ޖިނާއީ ލަސްވުމުގެ ފަރުވާއަކީ ދަޢުވާ ބާޠިލުކުރުން ކަމަށް އިސްތިޤުރާރުވެފައިވާ ޤާނޫނީ އުޞޫލެއް ނެތުމުން ހައިކޯޓުގެ ނިންމުމުގައި ކުށެއް ނެތެވެ. ދައުލަތުގެ ޢަމަލުތައް ވަނީ ޖިނާއީ އިޖުރާއަތުގެ އޮނިގަނޑުގެ ތެރެއިން ކަމަށާއި، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ޙައްޤު ވަކި ދަޢުވާއެއްގެ ގޮތުގައި ހޯދުމަށް ހުރަހެއް ނެތެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ޙައްޤުތައް މާނަކުރަންވާނީ 16، 68 އަދި 69 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނަކުން ހަނިކޮށްފައި ނުވާނަމަ، ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ބަލައި ޙައްޤުގެ މަންފާ އެންމެ ފުޅާމިނުގައި ލިބިދޭ ގޮތަށެވެ؛ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ މާނަކުރުމުގައިވެސް ގެންގުޅެންޖެހެނީ މި އުޞޫލެވެ.
HN2 ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢެއްގައި ހަދާފައިވާ ޤާނޫނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތުމަކީ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ބޭނުމަށް ދިވެހި ފަނޑިޔާރުން އެއަށް ރިޢާޔަތްކުރަންޖެހޭ ކަމެއް ނޫނެވެ؛ 68 ވަނަ މާއްދާއަކީ އެހެން ޤައުމުތަކުގެ ޤާނޫނު ރާއްޖޭގައި ތަޠުބީޤުކުރުމުގެ ދޮރު ހުޅުވާލާ މާއްދާއެއް ނޫނެވެ.
HN3 ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢެއްގެ ޤާނޫނެއްގައިވާ އުޞޫލަކީ އެ މައުޟޫޢެއްގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ އުޞޫލެއް (legal principle) ނަމަ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ބޭނުމަށް އެ އުޞޫލުގެ ބޭނުން ހިފިދާނެއެވެ؛ އެއީ އެހެން ޤައުމެއްގެ ޤާނޫނެއް ރާއްޖޭގައި ތަޠުބީޤުކުރުމެއް ނޫނެވެ.
HN4 ދައުލަތުން ކުރި ކަންތައްތަކުގެ ސަބަބުން ޖިނާއީ މައްސަލައެއް އެކަށީގެންވާ މިންވަރަށްވުރެ ލަސްވެފައިވާނަމަ، އެކަމުގައި ދެވޭ ފަރުވާއަކީ މައްސަލަ ކުރިއަށް ނުގެންދިއުން ނުވަތަ ދަޢުވާ ބާޠިލުކުރުން ކަމަށް ބުނާ އިސްތިޤުރާރުވެފައިވާ ޤާނޫނީ އުޞޫލެއް ނެތެވެ؛ އެ ނުކުތާގައި އެކި ޤައުމުތަކުގައި ޢަމަލުކުރާ ގޮތް ތަފާތެވެ. އަދި ޤައުމެއްގެ ޤާނޫނުއަސާސީ ލިޔުމުން އޮތުން ނުވަތަ ނޯންނަތީ، ވަކި ޤައުމެއްގެ ގޮތް ތަޠުބީޤުކުރަންޖެހޭނެ ބިނާއެއް ނެތެވެ.
HN5 ދައުލަތުން ސިއްރު ހެއްކެއް ހިމެނުމަށާއި ދަޢުވާ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ އޮނިގަނޑުގެ ތެރެއިން ނަމަ، އެ ނިންމުންތައް އިސްތިއުނާފުގައި ބާޠިލުވުމަކީ ދައުލަތުން ޢަމަލުކޮށްފައިވަނީ އެ ފަރާތަށް ހުޅުވިގެންވާ ފުރުޞަތުތަކުގެ ތެރެއިން ނޫންކަމަށް ބެލިދާނެ ސަބަބެއް ނޫނެވެ؛ އެއީ އިސްތިއުނާފީ މަރުޙަލާ ހިނގާ ގޮތެވެ.
HN6 ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ޙައްޤެއް ގެއްލޭ ހާލަތުގައި ޙައްލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވީ ނަމަވެސް، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއިން ފަރުވާއެއް ނުލިބުމުން އެ ޙައްޤު ގެއްލޭކަށް ނެތެވެ؛ ޙައްޤެއް ގެއްލިފައިވާނަމަ ވަކި ދަޢުވާއެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތެވެ.
HN7 ޝަރީޢަތަށް ހުށަހަޅައި ބަހުސްކޮށްފައި ނުވާ ސުވާލުތަކުގައި (މިސާލަކަށް: އެކަށޭނަ މިންވަރަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމުން ދަޢުވާ ބާޠިލުކުރުމުގެ ބާރު ކޯޓަށް ލިބޭތޯ) ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމެއް ނުކުރެއެވެ؛ އަދި ދަށު މަރުޙަލާގައި ހުށަހަޅައިފައި ނުވާ ބޭރުގެ ނިންމުންތަކަށް ސުޕްރީމް ކޯޓުން ނުބަލައެވެ.
HN8 ޤާނޫނަކުން ބާރާއި އިޚްތިޔާރު ލިބިދީފައި ނުވާ ހާލަތެއްގައި ޝަރީޢަތް ނިންމަންވާނެ މުއްދަތުތައް ކަނޑައެޅުން ފަދަ ކަންތައްތަކަކީ ޤާނޫނު ހެދުމުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. (ފުޓްނޯޓް 25)
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު
ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ އިޢުތިޞާމް މުޙައްމަދު ސަޢީދު (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އިޢުތިޞާމް މުޙައްމަދު ސަޢީދު") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2026/SC-A/10 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް") ގެ މައްޗަށެވެ.
މައްސަލައިގެ ފަސްފަހަތް
22017 ވަނަ އަހަރު، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އިޢުތިޞާމް މުޙައްމަދު ސަޢީދު އާއި އިތުރު ތިން މީހެއްގެ މައްޗަށް ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އާއި 5 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރު، އަދި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. އެ މައްސަލަ ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ 655/Cr-C/2017 ޤަޟިއްޔާއިންނެވެ.
ކްރިމިނަލް ކޯޓުގެ މަރުޙަލާ
3ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިން ބަލަން ފެށި އެ މައްސަލަ ބަލާ ފަނޑިޔާރު 2021 ވަނަ އަހަރު ބަދަލުވުމާ ގުޅިގެން، 31 ޖަނަވަރީ 2022 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު ޚަޞްމުންގެ ކިބައިން ސާފުކުރުމަށްފަހު މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް، މައްސަލައިގެ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށް އެ މައްސަލަ ބެލުމަށް ޙަވާލުވި ފަނޑިޔާރު ނިންމާފައިވެއެވެ.
4މައްސަލައިގެ އިބްތިދާއީ މަރުހަލާ އަލުން ފެށިފަހުން ދައުލަތުން އެދިގެން ދަޢުވާ އިޞްލާޙުކުރުމަށް ފުރުޞަތު ދެވި، 09 މާރިޗު 2022 ގައި ދަޢުވާ ފޯމަށް ބަދަލުގެނެވުނެވެ. އަދި ދަޢުވާ ފޯމު އިޞްލާޙުކުރުމާ ގުޅިގެން، އެފަދައިން ދަޢުވާ ފޯމު އިޞްލާޙުކުރި ކުރުން ގޯސްކަމަށް ބުނެ އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން 30 ޖޫން 2022 ގައި ޝަރީޢަތުގެ ކުރިން ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން 04 އޮގަސްޓް 2024 ގައި ނިންމައި ، 08 ސެޕްޓެންބަރު 2024 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި ޝަރީޢަތުގެ މަރުޙަލާ ފަށައި ބަޔާން ހުށަހެޅުމަށް ދެ ފަރާތަށް ފުރުޞަތު ދިނެވެ.
5ދަޢުވާ ފޯމް އިޞްލާޙުކުރުން ގޯސްކަމަށް ބުނެ އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައިގެ ދަޢުވާ ފޯމަށް 09 މާރިޗު 2022 ގައި ގެނެސްފައިވާ ބަދަލަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 91 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
6ހައިކޯޓުން މިފަދައިން ނިންމުމާ ގުޅިގެން، 2017 ވަނަ އަހަރު އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް އުފުލި ދަޢުވާ ފޯމް 2025 ވަނަ އަހަރު އަލުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެހެން ނަމަވެސް، އެ ދަޢުވާ ފޯމް ހުށަހެޅިއިރު ދެ ލިޔުމެއް ދަޢުވާ ފޯމާއެކު ހުށަހެޅިފައި ނުވާތީ ކަމުގައި ބުނެ، އެ ލިޔެކިޔުންތަކާއެކު ކްރިމިނަލް ކޯޓަށް 07 އެޕްރީލް 2025 ތާރީޚުގައި ދައުލަތުން ސިޓީއެއް ފޮނުވާފައިވެއެވެ. ބުނެވުނު ދެ ލިޔުމަކީ 2017 ވަނަ އަހަރު މައްސަލައިގެ ދަޢުވާފޯމު ހުށަހެޅިފަހުން ދައުލަތުގެ ފަރާތުން ސިއްރު ހެއްކެއް ހުށަހެޅި ސިޓީގެ ކޮޕީއަކާއި، ހެކި ރައްކާތެރި ކުރުމަށް އެދި ދައުލަތުން ހުށަހެޅި ފޯމެކެވެ.
7އިޝާރާތްކުރެވުނު ސިއްރު ހެކި (ސިއްރު ހެކި 1) ރައްކާތެރިކުރުމުގެ އަމުރެއް 13 އެޕްރީލް 2025 ގައި ކްރިމިނަލް ކޯޓުން ނެރުމާ ގުޅިގެން އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2025/HC-B12/16 ޤަޟިއްޔާއިން އެ މައްސަލަ ބަލައި، 19 މެއި 2025 ގައި އެ އަމުރަކީ ބާޠިލު އަމުރެއް ކަމުގައި ކަނޑައަޅައި، 2017 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ އިޢުތިޞާމް މުޙައްމަދު ސަޢީދުއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތައް ކަމުގައި ބަލައިގެން މައްސަލަ ކުރިޔަށް ގެންދިއުމަށް ހައިކޯޓުން ނިންމުގައި ކަނޑައެޅިއެވެ. ހައިކޯޓުގެ މި ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވެއެވެ.
8އޭގެފަހުން، އޮގަސްޓް 2025 ގައި އިސްތިއުނާފުކުރާ ފަރާތުން އެދިގެން މައްސަލަ ބަލަމުންދިޔަ ފަނޑިޔާރު ބަދަލުވިއެވެ. އަދި ހައިކޯޓުގެ ނިންމުމުގައި އަންގާފައިވާ ފަދައިން ދައުލަތުން 2017 ވަނަ އަހަރު ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތަކަކީ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކެއް ކަމުގައި ބަލައިގެން ސިއްރު ހެކި 1 ބަލައިނުގަތުމަށް 18 އޮގަސްޓް 2025 ގައި ކްރިމިނަލް ކޯޓުން ނިންމިއެވެ.
9މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، 09 ޑިސެންބަރު 2025 ވަނަ ދުވަހު އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއަށް ޙަވާލާދީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުން ބިނާކޮށްފައިވަނީ މައްސަލައިގެ ދަޢުވާ އުފުލުމުގައި ދައުލަތުން ޢަމަލުކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 51 ވަނަ މާއްދާއިން އިޢުތިޞާމް މުޙައްމަދު ސަޢީދަށް ލިބިދީފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހަކާމެދު ޝަރީޢަތްކޮށް ނިންމުމުގެ ޙައްޤަށް އުނިކަން އައިސްފައިވާ ކަމުގައި ބުނެ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ބާޠިލުކޮށްދިނުމަށް އެދިއެވެ.
10ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާ ހަވާލާދީ ދަޢުވާ ފޯމް ބާޠިލުކޮށްދިނުމަށް އެދި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މައްސަލަ މައުޟޫޢީގޮތުން ބެލުމަކާ ނުލައި، ދަޢުވާއާ މެދު ގޮތެއް ކަނޑައެޅިދާނެފަދަ ހުށަހެޅުމެއް ކަމަށް ނުފެންނާތީ، ޝަރީޢަތުގެ ކުރިން ހުށަހެޅި އެ ހުށަހެޅުން ބަލައިނުގަތުމަށެވެ. ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާ
11ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާ ހަވާލާދީ އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ހުށަހެޅުމުގައި، ދައުލަތުން ޢަމަލުކޮށްފައިވާ ގޮތުން އޭނާއަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤަށް އުނިކަން އައިސްފައިވާތީ، ދައުލަތުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން މައްސަލައިގެ ޝަރީޢަތް އެކަށީގެންނުވާ މިންވަރަށް ލަސްވެއްޖެކަމަށް ކަނޑައެޅިއްޖެނަމަ އެފަދަ ހާލަތުގައި، އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންގޮސް ބާތިލުކުރަންޖެހޭ ކަމުގައި ފާހަގަކުރިއެވެ.
12ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާއިން ބެލި އެ މައްސަލަ ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއިދުކޮށެވެ. ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ނިންމުމަށް ބެލުމުން އެނގެއެވެ.
12.1 މައްސަލަ ލަސްވުމަށް މެދުވެރިވި ބައެއް ކަންކަމުގެ ތެރޭގައި ހެކި ހުށަހެޅުމުގެ އިޖުރާއަތު ގޯސްވުމާއި، ދަޢުވާއަށް ބަދަލު ގެނެވުނު ގޮތް ގޯސްވުމުގެ ސަބަބުން، އަލުން މައްސަލަ ހިންގަންޖެހުން ހިމެނޭ ހިނދު، އަދި އެ ކަންކަމަކީ މައްސަލަ ލަސްވެގެން ދިއުމުގައި ބޮޑު ދައުރެއް އަދާކުރާ ކަންކަން ނަމަވެސް، އެ ކަންކަމަކީ ދައުލަތުގެ ފަރާތުން މައްސަލަ ލަސްކުރުމުގެ ނިޔަތުގައި ކުރި ކަންކަމަށް ވުރެ ބޮޑަށް، ޤާނޫނީ އަދި އިޖުރާއީ ތަރުތީބުން ކަން ކުރަން އޮންނަ ގޮތަށް ދައުލަތުގެ ފަރާތުން އަމަލުކޮށްފައިވުމުގެ ސަބަބުން ނިކުތް ނަތީޖާއެއް ކަމުން، ދައުލަތުން ގަސްތުގައި މައްސަލަ ލަސްކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް މި ހާލަތްތަކުގެ މައްޗަށް ދެނެނުގަނެވޭކަން.
12.2 މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ތާވަލްކުރެވުނު ނަމަވެސް، މައްސަލަ ލަސްވުމުގައި ދިމާވެފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ދިފާއުން އެދިގެން މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ކެންސަލް ކުރަންޖެހުމުގެ އިތުރުން، މައްސަލައިގެ ފަނޑިޔާރުން ބަދަލުވުމުގެ ސަބަބުން މައްސަލައިގެ އަޑުއެހުންތައް އަލުން ފަށަން ނިންމާފައިވުމާއި، ކޯޓުގެ ހިމެނޭކަން އެނގޭއިރު، މިއިން އެއްވެސް ކަމަކީ، ދައުލަތުން ނުވަތަ ދިފާޢުން ނުވަތަ ކޯޓުން މައްސަލަ ލަސްކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަން ދެނެގަނެވެން ނެތުމުން، މިކަންކަމުގެ ޖުމްލަ ނަތީޖާއަކީ މައްސަލަ އެކަށީގެންނުވާ މިންވަރަށް ލަސްވުން ކަމުގައިވާނަމަވެސް، އެ ނަތީޖާއަކީ ވަކި ފަރާތެއް ގަސްތުގައި ޝަރީޢަތް ލަސްކުރުމުގެ ގޮތުން ކުރި ކަމެއް ކަމުގައި ކަނޑައެޅެން ނެތްކަން.
12.3 އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޙައްޤައަކީ މި މައްސަލައިގައިވެސް ހިމެނޭ އަސާސީ ޙައްޤު ކަމުގައިވާ ހިނދު، އެ ޙައްޤާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ މައްސަލައެއްގައި ޝަރީޢަތް ލަސްވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ނުވަތަ އޮޓޮމެޓިކުން އެ މައްސަލައެއް ބާޠިލުކުރަންޖެހޭ ހާލަތު އޮތްކަން ބަޔާންކޮށްދޭނެ ކަމެއް ނޫންކަމާއި، ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން އެ މައްސަލައެއް ބާތިލުކުރަންޖެހޭ ހާލަތަށް ވާސިލުވެވޭނީ، އެ ލަސްވުމުގެ ސަބަބުން، އަދުލުއިންސާފު ފޯރުކޮށްދިނުމަކީ އެ މައްސަލާގައި މުސްތަހީލު ކަމަކަށް ވެފައިވާ ހާލަތުގައި ނުވަތަ އެ ދަޢުވާ އިތުރަށް ކުރިއަށް ގެންދިއުމަކީ ބޭއިންސާފު ނުވަތަ އަނިޔާވެރިކަމެއް ކަމަށް ވެދާނެ ހާލަތުގައިކަން.
12.4 ޖިނާއީ މައްސަލައެއް ލަސްވުމުގެ ސަބަބުން އެ މައްސަލައެއް ބާޠިލުކުރަންޖެހޭ ހާލަތަށް ވާސިލުވެވޭނީ، އެ ލަސްވުމުގެ ސަބަބުން، އަދުލުއިންސާފު ފޯރުކޮށްދިނުމަކީ މުސްތަހީލު ކަމަކަށްވެފައިވާ ހާލަތެއްގައި ނުވަތަ އެ މައްސަލައެއް އިތުރަށް ކުރިއަށް ގެންދިއުމަކީ، ބޭއިންސާފު ނުވަތަ އަނިޔާވެރި ކަމެއް ކަމަށް ވެދާނެ ހާލަތެއްގައި ކަމާއި، މި ކަމުގައި މައްސަލަ ކެންސަލްވެފައިވާ އިދާރީ ސަބަބުތަކުގެ ތެރޭގައި ސެކްޝަންގައި ޤާޝީއަކު ނެތުމުން މައްސަލަ ކެންސަލްވުން، އަޑުއެހުން ތާވަލްކުރެވިފައިވާ ގަޑީގައި ޤާޝީންގެ މަޖިލިސް އޮތުން، ކޯޓު އޮފިސަރެއް ނެތުމުން ކެންސަލްވުމާއި، ޤާޝީ ސަލާމުގައި ހުންނެވުމުން ކެންސަލްވުން ފަލަމަ ސަބަބުތައް ހިމެނެއެވެ. މުއްތަހަމުގެ ޙައްޤާއި ޖިނާއީ ތުހުމަތުކުރެވޭ މައްސަލަތަކުގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި މުޖުތަމަޢުގެ ޙައްޤު މީޒާންކުރުމަކީ މުހިންމު ކަމެއްކަން.
ސުޕްރީމް ކޯޓު މަރުޙަލާ
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔގާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެދި، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވ. އެ ނުކުތާތަކާއި، އެ ނުކުތާތަކަށް ދައުލަތުގެ ފަރާތުން ދީފައިވާ ރައްދު، އަދި އެއިން ކޮންމެ ނުކުތާއަކާ ގުޅިގެން އަހުރެން ދެކޭގޮތް ވަކިވަކިން ބަޔާންކުރާނަމެވެ.
(ހ) ފުރަތަމަ އިސްތިއުނާފީ ނުކުތާ
14އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، ދަށު ކޯޓަށް ދިފާޢުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ހައިކޯޓުން ނިންމާފައިވަނީ އެމެރިކާގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މިފަދަ މައްސަލަތަކުގައި ޢަމަލުކުރާ ގޮތާ ޚިލާފަށް ކަމުގައި ވެފައި، ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ އިގިރޭސިވިލާތުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ޢަމަލުކުރާ ގޮތުގެ މައްޗަށް ކަމަށްވާއިރު، ހައިކޯޓުން މި ނިންމުން ނިންމުމުގައި މި ދެ ޖޫރިސްޑިކްޝަންގެ ދުސްތޫރީ ނިޒާމުގައި ހުރި ފަރަޤުގެ މައްޗަށް ރިޢާޔަތްކޮށްފައި ނުވަނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބަޔާންކުރެއެވެ.
15މި ނުކުތާ ތަފްސީލުކުރަމުން އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ޖިނާއީ މައްސަލައެއް އެކަށީގެންވާ މިންވަރަށްވުރެ ލަސްވެފައިވާނަމަ އެކަމުގައި ދެވޭ ފަރުވާއަކީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމެވެ. މިގޮތުން މިއީ ދިމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ ގޮތްކަން ފާހަގަކޮށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަދި ކެނެޑާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކަކަށް ހަވާލާދީފައިވެއެވެ.
16އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ބަޔާންކުރާ ގޮތުގައި، އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެހެން ޤައުމުތަކުގެ ނިންމުންތަކުގެ ތެރެއިން ހައިކޯޓުން އެ މައްޗަށް ބުރަވެ، ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ އިނގިރޭސިވިލާތުގެ މައްސަލައަކަށް ހަވާލާދީ ކަމުގައިވާހިނދު، އިނގިރޭސިވިލާތަކީ އެ ޤައުމުގެ ދުސްތޫރު ލިޔުމުން އޮންނަ ޤައުމެއް ކަމުގައި ނުވެފައި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަދި ކެނެޑާގެ ދުސްތޫރު އޮންނަނީ ލިޔުމުންކަމުގައި ވުމުން، އަދި އެ ޤައުމުތަކުގެ ދުސްތޫރުގައި، ރާއްޖެއެކޭ އެއްފަދައިން އަސާސީ ޙައްޤުތައް ބަޔާންކޮށްފައިވާތީ، "އެކަށީގެންވާ މުއްދަތެއްގެތެރޭގައި ޝަރީޢަތްކުރެވުމުގެ ޙައްޤު" މާނަކުރުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލަންޖެހޭނީ އިނގިރޭސިވިލާތުގެ ބަދަލުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަދި ކެނެޑާގައި އަމަލުކުރާ ގޮތުގެ މައްޗަށެވެ.
17މީގެ އިތުރުން، ޤާނޫނުއަސާސީގައި އެކަށީގެންވާ މުއްދަތެއްގައި ޝަރީޢަތްކުރެވުމުގެ ޙައްޤު ކަނޑައަޅާފައިވާ ގޮތުން، އެ ޙައްޤަކީ ޝަރީޢަތުގެ އިންސާފުވެރިކަމާ ގުޅި ލާމެހިފައިވާ ޙައްޤެއް ކަމުގައިވެސް އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ބުނެއެވެ. އަދި މީގެ މާނައަކީ ޖިނާއީ ޝަރީޢަތެއް އެކަށީގެންވާ މިންވަރަށްވުރެ ދިގުލައިގެން ހިނގައްޖެނަމަ، އެ ފާއިތުވާ ދިގު މުއްދަތަކީ އޭގެ ޒާތުގައި ޝަރީޢަތުގެ އިންސާފުވެރިކަން ގެއްލޭ ކަމެއް ކަމުގައިވުމެވެ. ޚާއްސަކޮށް ތުހުމަތުކުރެވޭ މީހާ ހުރީ އިޢުތިޞާމު މުޙައްމަދު ސަޢީދު ފަދައިން ބަންދުގައި ކަމަށްވާނަމަ، ޝަރީޢަތް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނުނިމުމުގެ ސަބަބުން، ބަންދުގައި ހުންނަ މީހާގެ ވަރަށް ގިނަ އެހެނިހެން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުގެ Barker v. Wingo, 407 U.S. 514 (1972) ނިންމުމާއި، ކެނެޑާގެ ސުޕްރީމް ކޯޓުގެ Strunk v. United [2016] 1 SCR 631 ނިންމުން. މީގެ އިތުރުން، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދެ މައްސަލަ ކަމުގައިވާ Doggett v. United States, 505 U.S. 647 (1992) އަދި States, 412 U.S. 434 (1973) އަށް ސުޕްރީމް ކޯޓުގައި ޙަވާލާދީފައިވާ ނަމަވެސް، މި ދެ މައްސަލައަކީ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެއްކަން ފެންނާން ނެތުމުން، އެ ދެ މައްސަލައަށް މިކޯޓުން ބަލާފައި ޓުލަވާނެފެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ). ޙައްޤުތަކުން އޭނާ މަޙްރޫމްވާތީ ކަމުގައިވެސް އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18މި ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޚިލާފުވާ ކަމަށް އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ބަޔާންކުރާ ސަބަބަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަދި ކެނެޑާގައި ޢަމަލުކުރާ އުސޫލުގެ ފަރަޤަށް ފަނޑިޔާރު ރިޢާޔަތްކޮށްފައި ނުވުން ކަމަށް ބުނި ނަމަވެސް، ހައިކޯޓުގެ ނިންމުމުގެ 40 ވަނަ ޕެރެގްރާފުން ފެށިގެން 52 ވަނަ ޕެރެގްރާފާ ހަމައަށް އެ ފަދައިން ފަނޑިޔާރުން ވިސްނެވި ގޮތް އަދި ޖިނާއީ މައްސަލައެއްގައި ހަމައެކަނި މައްސަލަ ލަސްވެފައިވާތީ ދަޢުވާ ބާޠިލުނުކުރެވޭ ސަބަބުތައް ބަޔާންކޮށްފައިވާތީ، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމުގައި ބެލުމުގެ ޖާގަ ނެތްކަމުގައެވެ.
އިޢުތިޞާމު މުޙައްމަދު ސަޢީދު ބަންދުގައި ހުރި މުއްދަތު
19އެޕްރީލް 2017 އިން ފެށިގެން މިއަދާ ހަމައަށް އިޢުތިޞާމު މުޙައްމަދު ސަޢީދު މި މައްސަލައިގައި ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލާއިރު:
19.1 25 އެޕްރީލް 2017 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި އިޢުތިޞާމު މުޙައްމަދު ސަޢީދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. އެއަށްފަހު، ބަންދު ދަމަހައްޓަމުން ދިއުމަށްފަހު، އިޢުތިޞާމު މުޙައްމަދު ސަޢީދު ޝަރުޠުތަކަކާއެކު ބަންދުން ދޫކޮށްލާފައިވަނީ 08 އޮކްޓޫބަރު 2018 ވަނަ ދުވަހުއެވެ.
19.2. އޭގެ ފަހުން، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޓެރަރިޒަމްގެ އެހެން މައްސަލައަކާ ގުޅިގެން 17 މޭ 2021 ވަނަ ދުވަހު އޭނާ ހައްޔަރުކުރިއެވެ. އަދި އެ މައްސަލައާ ގުޅިގެން އިޢުތިޞާމު މުޙައްމަދު ސަޢީދު ކޮށްފައިވާ ބަންދުން، 25 އޮކްޓޫބަރު 2021 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ.
19.3. އެހެންނަމަވެސް، ހަމަ އެ ދުވަހު (25 އޮކްޓޫބަރު 2021)، އިޢުތިޞާމު މުޙައްމަދު ސަޢީދު މި މައްސަލައާ ގުޅިގެން އަލުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
20އެހެންކަމުން، ސުޕްރީމް ކޯޓުގައި ބަލަމުން މިދާ މައްސަލަ ނިންމުމާ ހަމައަށް، ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައާ ގުޅިގެން، އިޢުތިޞާމު މުޙައްމަދު ސަޢީދު 5 (ފަހެއް) އަހަރާއި 10 (ދިހައެއް) މަހަށްވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވެއެވެ. އަހުރެން ދެކޭ ގޮތުގައި، ބަޔާންކުރެވުނު މުއްދަތަކީ، ކޮންމެ އުސޫލަކުން ބެލިނަމަވެސް، މީހެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، އޭނާގެ މައްޗަށް އެ ކުށް ސާބިތުވުމެއްނެތި، ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެކެވެ. އެހެނީ، ކުށްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހަކީވެސް، އެ މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ސާބިތު ނުކުރެވޭނަމަ، ކުށެއް ނެތް މީހެއްކަމުގައި ބަލަންޖެހޭ މީހެއްކަމުގައިވެފައި، ކުށެއް ނެތްކަމުގައި ބަލަންޖެހޭ މީހަކު ގާތްގަނޑަކަށް 6 (ހައެއް) އަހަރު ބަންދުގައި ހުރުމަކީ ސަލާމަތް ބުއްދިހުރި މީހުންގެ މިންގަނޑުން ބެލިނަމަވެސް، އެންމެ ރަނގަޅު ނުވަތަ އެކަށޭނަ ގޮތެއް ކަމުގައި ބަލައިގަނެވޭނެ ހަމައެއް ނެތަތީއެވެ.
21ކަން މިފަދައިން އޮތްކަމުގައިވާ ނަމަވެސް، އަހުރެންގެ ކުރިމަތީގައި މިއޮތް މައްސަލައަކީ އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ބަންދާމެދު ގޮތް ކަނޑައެޅުމާގުޅޭ މައްސަލައެއް ނޫނެވެ.
ހައިކޯޓުން ބޭނުންކުރި މިންގަނޑު
22އަހުރެން ކުރިމަތީގައި މި އޮތް ސުވާލު އުފަންވެފައިވަނީ އިޢުތިޞާމު މުޙައްމަދު ސަޢީދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ފެށުމުގެ ކުރިއަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއަށް ހަވާލާދީ އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކާއި ގުޅިގެންނެވެ. މިއީ އެ ހުށަހެޅުމާ މެދު ކްރިމިނަލް ކޯޓުން ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިގެން އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފު ކުރި މައްސަލައިގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލޭ މައްސަލައެވެ.
23އެހެންކަމުން، އިސްތިއުނާފީ ނުކުތާގައިވާ ފަދައިން، މި ކޯޓުން މިހިނދުގައި ބަލަންޖެހެނީ ހައިކޯޓުން ގޮތް ކަނޑައެޅުމުގައި ރިޢާޔަތްކުރަންވާނީ އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ ބޭރުގެ މައްސަލަތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ މައްސަލައިގެ ބަދަލުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަދި ކެނެޑާގެ މައްސަލަތަކަށް ކަން ނުވަތަ ނޫންކަމެވެ.
24HN1މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބު (އަސާސީ ޙައްޤުތަކާއި މިނިވަންކަން) މާނަކުރުމުގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އާއި، 68 ވަނަ މާއްދާ އާއި، 69 ވަނަ މާއްދާ އަށް ރިޢާޔަތްކުރަންވާނެ ކަމުގައާއި، ޤާނޫނަކުން ހަނިކޮށްފައި ނުވާނަމަ، ޙައްޤުތަކާއި މިނިވަންކަން މާނަކުރަންވާނީ އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، މި ރައުޔުގެ 9 ވަނަ ޕްރެގްރާފްގައި ޚުލާސާ ހިމަނާފައި. މި ރައުޔުގެ 10 ވަނަ ޕްރެގްރާފްގައި ޚުލާސާ ހިމަނާފައި. އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިލްޓް ލިމީޓްޑް (ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40) ޤަޝިއްޔާ އާއި މޯލްޑިވްސް އިމިގްރޭޝަން SC 49 [2023] (ސުޕްރީމް ކޯޓުގެ ނަންބަރާ 2022/SC-A/96 ޤަޝިއްޔާ) ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ބަލައި، ޙައްޤު ކަށަވަރުކޮށްދިނުމުގެ ގޮތުން، އަދި އެ ޙައްޤުގެ މަންފާ އެންމެ ފުޅާމިނުގައި ލިބިދިނުމުގެ ގޮތުން، އެ ޙައްޤު ނިގުޅައިނުގަނެވޭނެ ނުވަތަ ހަނިނުކުރެވޭނެ ފަދައަކުން ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 68 ވަނަ އާއި، 69 ވަނަ މާއްދާއަކީ އެކުގައި ކިޔަންޖެހޭ ތިން މާއްދާކަމާއި، 69 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ 16 އަދި 68 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކަންކުރުމުން ނިކުންނަ ނަތީޖާއަށް ޙަވާލާދީ، އޭގެން އިތުރު ހިފެހެއްޓުމެއް ނުވަތަ ގައިދުކުރުމެއް ގެންގުޅުން މަނާކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއް ކަމުގައިވެސް އެ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ މާނަކުރުމުގައިވެސް ގެންގުޅެންޖެހެނީ މި އުސޫލެވެ.
25އަހުރެންގެ ކުރިމަތީގައި މިއޮތް އިސްތިއުނާފީ ނުކުތާއާ ގުޅިގެން، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެ ކަމުގައާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނެ ކަމުގައި ބަޔާންކޮށްފައި އޮތުމުގެ މާނައަކީ ކޮބައިތޯ ބެލުން މުހިންމެވެ.
26HN2ދިމިޤްރާޠީ މުޖުތަމަޢުތަކަށް ބަލާއިރު، އެކި ޤައުމުތަކުގައި ތަފާތު ޤާނޫނީ އޮނިގަނޑުތަކާއި ތަރުތީބުތަކާއި އިޖުރާއަތުތައް ހިމެނެއެވެ. މިގޮތުން، ދުނިޔޭގައިވާ ކޮންމެ ޤައުމެއްގައި އެކުލަވާލާ ޤާނޫނަކީ، އެ ޤައުމެއްގައި ޢަމަލުކުރުމަށް އެކުލަވާލާ ޤާނޫނެވެ. ހުޅުވިގެންވާ ދިމިޤްރާތީ މުޖުތަމަޢެއްގައި އެކުލަވާލާފައިވާ ޤާނޫނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތަތީ، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އެއަށް ފަނޑިޔާރުން ރިއާޔަތްކުރަންޖެހޭ ކަމެއް ނޫނެވެ. އެފަދައިން އަމަލުކޮށްފިނަމަ، އެކަން ވެގެންދާނީ އެހެން ޤައުމެއްގެ ޤާނޫނެއް ރާއްޖޭގައި ތަޠުބީޤުކުރުން ކަމުގައެވެ. އެއީ އެ ޤާނޫނެއް ހެދިފައިވާ ތަރަހައިން ބޭރު، އަދި ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތާވެސް ގުޅުން ހުރި ކަންކަން ކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބުނާ ފަދައިން ޙައްޤުތައް މާނަކުރުމުގައި ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުސޫލުތައް ތަޠުބީޤުކުރުމަކީ އެފަދަ ޤައުމުތަކުގެ ޤާނޫނުގައި ބުނާކަންކަން ރާއްޖޭގައި ބޭނުންކުރުމުގެ ދޮރު ހުޅުވާލާފައި އޮތުން ކަމުގައި ބެލެވިދާނެ ކަމަށް އަހުރެން ނުދެކެމެވެ.
27HN3އެއާ ޚިލާފަށް، ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖުތަމަޢެއްގައި އެކުވާލާފައިވާ ޤާނޫނެއްގައިވާ އުސޫލަކީ އެ މައުޟޫޢެއްގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ އުސޫލަކަށް (legal principle) ވާނަމަ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ ބޭނުމަށްޓަކައި އެފަދަ ޤާނޫނީ އުސޫލެއްގެ ބޭނުން ހިފިދާނެ ކަމުގައި އަހުރެން ދެކެމެވެ. އަދި މިފަދައިން ޤާނޫނީ އުސޫލެއްގެ ބޭނުން ހިފުމަކީ އެހެން ޤައުމެއްގައި ވަކި ކަމަކާ ގުޅިގެން ޢަމަލުކުރާ ޤާނޫނެއް ދިވެހިރާއްޖޭގައި ތަޠުބީޤުކުރުމަށް ފުރުޞަތު ހުޅުވިގެންދާކަމެއް ނޫނެވެ.
28HN4އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ އަލީގައި މި މައްސަލައަށް ބުނެވުނު އުސޫލު ތަޠުބީޤުކުރަން ބަލާއިރު، ދިމިޤްރާތީ ޤައުމުތަކުގައި އަމަލުކުރަމުންދާ އުސޫލުތަކުގެ އަލީގައި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުގައި ހޭދަކުރާ މުއްދަތަކީ އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ކަމުގައިވަނީނަމަ، އެކަމުގައި ދެވޭ ފަރުވާއަކީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުން ނުވަތަ ދަޢުވާ ބާޠިލުކުރުން ކަމުގައި ބެލެވޭކަށް ނެތެވެ. އެހެނީ، އެ ނުކުތާގައި، އެކި ޤައުމުތަކުގައި އަމަލުކުރާގޮތް ތަފާތުވެފައި، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކަށް ބެލުމުންވެސް، ދައުލަތުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ޖިނާއީ މައްސަލައެއް އެކަށީގެންވާ މިންވަރަށްވުރެ ލަސްވެފައިވާނަމަ އެކަމުގައި ދެވޭ ފަރުވާއަކީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އިސްތިޤުރާރުވެފައިވާ ޤާނޫނީ އުސޫލެއް އޮތްކަމަށް ބެލެވެން ނެތުމުންނެވެ. އަދި، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން، އެ ޤައުމުތަކުގެ ޤާނޫނުއަސާސީ އޮތީ ލިޔުމުން ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބިނާކޮށް، މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭނީ ވަކި ޤައުމެއް ނުވަތަ ޤައުމުތަކެއްގައި އަމަލުކުރާ ގޮތްކަމުގައި ކަނޑައެޅޭނެ ބިނާއެއް އޮތް ކަމުގައި އަހުރެން ނުދެކެމެވެ.
(ނ) ދެވަނަ އިސްތިއުނާފީ ނުކުތާ
29މި މައްސަލައިގައި ދައުލަތުން ދަޢުވާ ބަދަލުކުރުމުގައި ޢަމަލުކޮށްފައިވާ ގޮތް ގޯސްވުމާއި، ހެކި ހުށަހެޅުމުގެ އިޖުރާއާތު ގޯސްވުމުގެ ސަބަބުން އަލުން މައްސަލަ ހިންގަންޖެހުނު ޖެހުމަކީ މައްސަލަ ލަސްވުމުގައި ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާ ނަމަވެސް، އެކަންކަން ކުރަން އުޅުމަކީ ދައުލަތަށް ކުރުން ހުއްދަކަމެއް ކަމުގައި ކަނޑައަޅާފައިވަނީ، ޤަވާޢިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދު) ގެ 103 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ކަމަށް އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވެއެވެ.
30މި ނުކުތާ އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވަނީ، ހައިކޯޓުގެ ނިންމުމުގައި، މި މައްސަލައިގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ކަންކަމަކީ، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ އަސާސީ ޙައްޤެއް ގެއްލުމަށް މެދުވެރިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައިވީ ނަމަވެސް، އެކަންކަމަކީ ދައުލަތަށް ޤާނޫނުން ލިބިދޭ ފުރުސަތެއްގެ ބޭނުންހިފުން ކަމުގައި ކަނޑައަޅާފައިވާތީ، ހައިކޯޓުގެ މި ނިންމުމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ (ޙައްލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު) އިން ކަށަވަރުކޮށްދީފައިވާ ޙައްޤު ހޯދުމަށް ހުރަސް އެޅޭކަމުގައި ދެކި، ސުޕްރީމް ކޯޓުން އެކަން ބަދަލުކުރަން ހުށަހެޅުމުގެ ގޮތުންނެވެ.
31އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ދައުލަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ދަޢުވާ ބާޠިލުކޮށް ދިނުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުށް ކަމާއި، މައްސަލަ ނުނިމި ގިނަ ދުވަސްވެފައިވާތީ ދަޢުވާ ބާޠިލުކޮށްދިނުމަށް އެދިފައިވަނީ ޤާނޫނީ ކޮން އަސާސެއްގެ ދަށުންކަން ސާފުނުވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ފަރުވާއަކީ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއާ ޙަވާލާދީ ހޯދުމަށް އެދިފައިވާ ފަރުވާއެއް ނޫންކަމާއި އެ މާއްދާއާ ގުޅިގެން ހައިކޯޓަށް ހުށަހެޅުނު ފޯމުގައިވެސް އެފަދަ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ މައްސަލައިގެ ޤާޟީ ބަދަލުވި ސަބަބު ބަޔާންކޮށްފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް އަދި ކްރިމިނަލް ކޯޓުގައި ވެސް ދެއްކި ވާހަކައެއް ނޫން ކަމުން، މި މައްސަލައިގެ ދަޢުވާ ބަދަލުކުރުމަށް ފުރުޞަތު ހޯދިގޮތާ ގުޅުވައި މިފަދަ ބޮޑެތި ތުހުމަތުތަކެއްކޮށް މި މަރުހަލާގައި އައު ބަހުސެއް ހުށަހެޅުމަކީ ކަނޑައެޅިގެން ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާއާ ޚިލާފު ކަމެއް ކަމުގައިވާތީ، މިއީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ބަހުސެއް ނޫން ކަމަށެވެ.
32HN5ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދަޢުވާގެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާކަމީ ސާފުކޮށް ފެންނާން އޮތް ޙަޤީޤަތެކެވެ. ދައުލަތުގެ ފަރާތުން ދަޢުވާ އުފުލި ފަހުން ސިއްރު ހެއްކެއް މައްސަލައިގައި ހިމަނާން އުޅުމާއި، ދަޢުވާ ބަދަލުކުރުމަށް ހުށަހެޅުމަކީ މައްސަލަ މަޑުޖެހެން މެދުވެރިވި ކަމެކެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން ބުނެވުނު ފަދައިން ސިއްރު ހެއްކެއް މައްސަލައިގައި ހިމެނުމަށް އަދި ދަޢުވާ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ އޮނިގަނޑުގެ ތެރެއިންނެވެ. ދައުލަތުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތް ކަނޑައެޅުނު ހިނދު، އެ ނިންމުންތައް އިސްތިއުނާފުކުރުމުން، އިސްތިއުނާފު މަރުޙަލާއިން ދަށުކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، ހައިކޯޓުން އެފަދައިން ކަނޑައެޅުމުގެ މާނައަކީ ދައުލަތުން އަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ އޮނިގަނޑުގެ ތެރެއިން އެފަރާތަށް ހުޅުވިގެންވާ ފުރުސަތުތަކުގެ ތެރެއިން ނޫންކަމުގައި ބެލިދާނެ ސަބަބެއް ނޫނެވެ.
33ތެދެކެވެ. ދަޢުލަތުން (ސިއްރު ހެކި ހިމެނުމަށާއި ދަޢުވާ ބަދަލުކުރުމަށް) ހުށަހެޅި ހުށަހެޅުންތަކަށް ކްރިމިނަލް ކޯޓުން އިޖާބަ ދިނުމުން، އެކަންކަން އިސްތިއުނާފުކުރުމުން، ހައިކޯޓުން ވަނީ އެ ނިންމުންތައް ބާޠިލުކޮށްފައެވެ. އެއީ އިސްތިއުނާފީ މަރުޙަލާ ފަރުމާކޮށްފައިވާ ގޮތެވެ. އަދި އެ މަރުޙަލާ ހިނގާގޮތެވެ. އަދި ބުނެވުނު ދެ ނުކުތާގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވުމުގެ ސަބަބުން، އެ ނިންމުންތައް ނިހާއީ ވެފައިވާއިރު، މި މައްސަލައިގެ މައުޟޫޢުގެ ތެރެއިން، މި ކޯޓުން ބަލާފައިނުވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ގޮތް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ.
34ހަމައެއާއެކު، ދަޢުވާ ފޯމު ބަދަލުކުރުމަށް ދައުލަތުން މަސައްކަތްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައިކަމާއި، ސިއްރު ހެއްކެއް ހުށަހެޅުމަށް ދައުލަތުން މަސައްކަތްކޮށްފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައި ކަން ފެންނާން އެބައޮތެވެ. ދައުލަތުގެ ފަރާތުން ބުނެވުނު ފަދައިން ކަންކުރުމަކީ މައްސަލަ ލަސްވާން މެދުވެރިވި ހަމައެކަނި ސަބަބެއްވެސް ނޫނެވެ. މައްސަލަ މިހާ ގިނަދުވަސްވަންދެން ނުނިމި އޮތުމުގެ ފަހަތުގައި މައްސަލަ ބަލާ ފަނޑިޔާރުން ބަދަލުވެ މައްސަލައިގެ އަޑުއެހުންތައް އަލުން ފެށުމަށް ނިންމުމުގެ ސަބަބުން ދިމާވެފައިވާ ލަސްވުންތަކާއި، މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ތާވަލްކުރެވުނު ނަމަވެސް، އިދާރީ އެކި ސަބަބުތަކާ ހުރެ އަޑުއެހުންތައް ކެންސަލްވުމާއި، އަދި އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން އެދިގެން އަދި އެފަރާތުގެ ވަކީލު ހާޒިރުނުވެގެން ބައެއް އަޑުއެހުންތައް ކެންސަލްކުރަން ޖެހުމާއި ، ޕްރޮސިކިއުޝަނުން އެދިގެން ދެ އަޑުއެހުމެއް ކެންސަލްކުރަން ޖެހުން ހިމެނޭކަން، މި މައްސަލައާ ގުޅިގެން މައްސަލައިގެ ޚަސްމުންނާއި ކްރިމިނަލް ކޯޓުގެ ފަރާތުން ހޯދާފައިވާ ލިޔެކިޔުމުން ފެންނާން އެބަހުއްޓެވެ.
35އިސްވެ ބަޔާންކޮށްފައިވާ ސަބަބުތަކާހުރެ މައްސަލަ ލަސްވެފައިވުމުން، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުށް މައްސަލަ ބާޠިލުކޮށްދިނުން އެދި ހުށަހަޅާފައިވަނީ، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން އަސާސީ ޙައްޤެއް ގެއްލޭ ހާލަތުގައި ޙައްލު ހޯދުމަށް ދަޢުވާކުރުމަކީ ކަށަވަރުކޮށްދީފައިވާ ޙައްޤެއް ކަމުގައިވެފައި، ޖިނާއީ އިޖުރާއަތުގެ ތަރަހައިގެ ތެރެއިން ދަޢުވާ ބާޠިލުކޮށްދޭން އެދުމުގެ ފުރުސަތު އޮތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުންކަމަށް ދެކިގެން ކަމުގައި އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ބުނެއެވެ.
36ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއަކީ ޝަރީޢަތުގައި މައުޟޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ ހުށަހެޅުމެއް، ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅުމަށް އޮންނަ ފުރުޞަތެކެވެ. އެ ފުރުޞަތުގެ ބޭނުން އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ކުރުމުން، ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ އެ ހުށަހެޅުމަކީ މައުޟޫޢީގޮތުން މައްސަލަ ބެލުމަކާ ނުލައި ގޮތް ނިންމޭނެ ކަމެއް ނޫންކަމުގައެވެ.
37HN7އެހެންކަމުން، އުފެދޭ ސުވާލަކީ، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާ ފަދައިން، މައްސަލައިގެ މައުޟޫޢަށް ރިޢާޔަތްކުރުމެއް ނެތި، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ބާޠިލުކުރަންޖެހޭ ސަބަބެއް އޭނާގެ ފަރާތުން ހުށަހަޅާފައިވޭތޯއެވެ. އަދި އެކަށޭނަ މިންވަރަށްވުރެ ދިގު މުއްދަތަކަށް ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓާފައިވުމަކީ، ޖިނާއީ އިޖުރާއަތުގެ އޮނިގަނޑުގެ ތެރެއިން، ދަޢުވާ ބާޠިލުކުރުމުގެ ބާރު ނުވަތަ އެ އިޚްތިޔާރު ކޯޓަށް ލިބިގެންވާ ހާލަތެއްތޯ ނުވަތަ ނޫންތޯއެވެ. އަހުރެން ދެކޭ ގޮތުގައި މި ނުކުތާގައި މުހިންމުވާ ސުވާލަކީ މިއީ ކަމުގައިވާނަމަވެސް، މިއީ މި ކޯޓަށް ހުށަހަޅައި، އެ މައްޗަށް ބަހުސްކޮށްފައިވާ ކަންކަން ކަމުގައިނުވާތީ، އެ ސުވާލާ ގުޅިގެން އަހުރެން ދެކޭ ގޮތް، މި މައްސަލައިގެ ތެރެއިން ބަޔާންކުރަންޖެހޭ ހާލަތެއް އޮތްކަމުގައި ނުދެކެމެވެ.
38HN6ތެދެކެވެ. ޙައްޤެއް ގެއްލޭ ހާލަތުގައި ޙައްލު ހޯދުމަށް ދަޢުވާކުރުމަކީ، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކަމެކެވެ. އެހެންނަމަވެސް، އެއީ، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ތެރެއިން ފަރުވާއެއް ނުލިބުމުން ބީވާ ނުވަތަ ގެއްލޭ ޙައްޤެއް ނޫނެވެ.
39މި މައްސަލައިގައި އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކުގައި ބަޔާންކުރާ އުސޫލުތަކަކީ އަސާސީ ޙައްޤު މާނަކުރުމުގެ ބޭނުމަށްޓަކައި (އެ ނުކުތާގައި ފާހަގަކޮށްފައިވާ ސަބަބުތަކަށްޓަކައި) ބޭނުންކުރެވިދާނެ މައްސަލަތަކެއް ނޫންކަން އަހުރެން ފާހަގަކޮށްފައިވާ ހިނދު، އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހެޅި Barker މައްސަލައަކީވެސް ޖިނާއީ ދައުވާއާ ވަކިން އޭނާގެ އަސާސީ ޙައްޤު ގެއްލިފައިވާ ކަމަށް ބުނެ ކުރި ދަޢުވާއެއްކަން ފާހަގަކުރަމެވެ. އަދި އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ޙައްޤެއް ގެއްލިފައިވާނަމަ، ވަކި ދަޢުވާއެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަހެއް އޮތްކަމުގައި ނުދެކެމެވެ. އެކުލަވާލާފައިވަނީ، އެކަށީގެންނުވާ ލަސްވުންތަކަކީ (excessive delays) ކެނެޑާގެ ޗާޓަރގެ (11(b) އިން ލިބިދޭ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތްކުރުމުގެ ޙައްޤަށް އުނިކަން އަންނާނެކަމުގައި ކޯޓުން ދެކިގެން، އެކި ކޯޓުތަކުން މައްސަލަ ނިންމަންވާނެ މުއްދަތުތަކެއް ކަނޑައަޅައެވެ. މިފަދައިން އަމަލުކުރުމަކީ އެންމެ އަދުލުވެރިގޮތް ކަމުގައި ފެނުނު ނަމަވެސް، ޤާނޫނަކުން އެފަދަ ބާރަކާއި އިޚްތިޔާރެއް ލިބިދީފައި ނުވާ ޙާލަތެއްގައި، ވަކި ކަމެއް ކުރުމަށް މުއްދަތު ކަނޑައެޅުންފަދަ ކަންކަން ކުރުމަކީ ޤާނޫނު ހެދުމުގެ ތަރަހައިގެ ތެރޭގައި ހިމެނޭނެ ކަމެއްކަން ފާހަގަކުރަމެވެ. Barker v. Wingo މައްސަލައަކީ ބާކަރ އާ ދެކޮޅަށް ކެންޓަކީގެ ސްޓޭޓްއަށް ނިސްބަތްވާ ކޯޓުތަކުގައި ކުރެވުނު ޖިނާއީ ޝަތީޢަތްތަކުގެ ބޭރުން، އެ ޝަރީޢަތްތައް ނިމި، ބާކަރގެ މައްޗަށް ކުރި ޙުކުމް ނިހާއީވުމަށްފަހު، ބާކަރގެ ފަރާތުން ފެޑަރަލް ކޯޓުތަކަށް ހުށަހެޅި ވަކި މައްސަލައެއްގެ ތެރެއިން އުފަންވެ، އިސްތިއުނާފު މަހުޙަލާގެ ތެރެއިން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުން ނިމުނު މައްސަލައެކެވެ. އެ މައްސަލައިގައި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތްކުރުމަކީ ކޮބައިކަން ތަފްސީލުކޮށް ސާފު އުސޫލެއް ޤާއިމުކޮށްފައި ނުވެއެވެ. އެ މައްސަލަ މަސްހޫރުވެފައިވަނީ އެ މައްސަލައިން ޤާއިމުކުރި ޓެސްޓުގެ ސަބަބުންނެވެ. އެޓެސްޓަކީ ޝަރީޢަތް ދިގުދެމިގެން ދިއުމުގެ ސަބަބުން ދުސްތޫރީ ޙައްޤަކަށް އުނިކަން ލިބިފައިވާކަން ދެނެގަންނާނެ ގޮތް ބަޔާންކުރާ، 4 ބަޔަށް ބެހިގެންވާ ޓެސްޓެކެވެ. Barker މައްސަލައިގައި ތައާރަފުކުރި ޓެސްޓަކީ އެހާ ސާފު ޓެސްޓެއްކަމަށް ނުފެނިގެން، އަދި އެ ޓެސްޓް މާނަކޮށް ތަތުބީޤު ކުރުމުގައި ކުރިމަތިވި މައްސަލަތަކުގެ ސަބަބުން، ކޮންގްރެސްއިން Speedy Trial Act of 1974 ފާސްކޮށް، ޖިނާއީ މައްސަލަތަކާއި ގުޅިގެން ތަބާވާންޖެހޭ މުޢްދަތުތަކެއް ކަނޑައަޅައި، މުއްދަތުތައް އިތުރުކުރަން އިޖުރާއަތެއް ހިމެނުމާއެކު، އިސްތިސްނާތަކެއް ބަޔާންކުރިއެވެ.
ނިންމަންފެންނަ ގޮތް
40އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާގެ ނިންމުން ބާތިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
41މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
42މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/06 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017/2026/06 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 13 ވަނަ ނަންބަރު
- ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017/2024/03 (04 އޮގަސްޓް 2024) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން"
- ކްރިމިނަލް ކޯޓުގެ ނަންބަރު 655/Cr-C/2017/2026/06 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުށަހެޅުމާދު "ޝަރީޢަތުގެ ކުރިން ހުށަހެޅުމާދު ނިންމި ނިންމުން" ގެ 15 ވަނަ ނަންބަރު
- ހައިކޯޓުގެ ނަންބަރު 2024/HC-B12/36 ޤަޟިއްޔާ
- ކްރިމިނަލް ކޯޓުގެ ނަންބަރު 2026/HC-B12/06/06 (01 ފެބްރުވަރީ 2026) "ޝަރީޢަތުގެ ކުރިން ހުރަހޮޅާ-ހުށަހެޅުމާދާ" (ޝަރީޢަތުގެ ކުރިން ހުރަހޮޅާ-ހުށަހެޅުމާދާ ނިންމި ނިންމުން)
- މި މައްސަލަ ބަލާ ޤާޟީ 7 ފަހަރެއްގެ މަތިން ބަދަލުވެފައިވާކަން ކްރިމިނަލް ކޯޓުން ހޯދާފައިވާ މަޢުލޫމާތުން އެނގެއެވެ.
- އިދާރީ ސަބަބުތަކާހުރެ މައްސަލައިގެ ބައެއް އަޑުއެހުންތައް ކެންސަލް ކުރަންޖެހުން
- Attorney General’s Reference (No 2 of 2001) [2003] UKHL 86
- ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގެ ސުޕްރީމް ކޯޓުގެ Barker v. Wingo, 407 U.S. 514 (1972) ނިންމުމާއި، ކެނެޑާގެ ސުޕްރީމް ކޯޓުގެ R. v. Jordan [2016] 1 SCR 631 ނިންމުން. މީގެ އިތުރުން، އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުން ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގެ ދެ މައްސަލަ ކަމުގައިވާ Strunk v. United States, 412 U.S. 434 (1973) އަދި Doggett v. United States, 505 U.S. 647 (1992) އަށް ސުޕްރީމް ކޯޓުގައި ޙަވާލާދީފައިވާ ނަމަވެސް، މި ދެ މައްސަލައަކީ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެއްކަނ ފެންނާން ނެތުމުން، އެ ދެ މައްސަލައަށް މިކޯޓުން ބަލާފައި ނުވާނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ ގެ (ހ).
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MD/2017/2433 "ކޯޓު އަމުރު" 25 އެޕްރީލް 2017
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B(655-2017)/145/2018/30 "ކޯޓު އަމުރު" 18 އޮގަސްޓް 2018
- އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C-CA/169/2021 ކޯޓު އަމުރު (17 މޭ 2021)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B7/AM/2021/13 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް"(25 އޮކްޓޫބަރު 2021 )
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B9(655-2017)/2021/07 "ކޯޓު އަމުރު" (25 އޮކްޓޫބަރު 2021)
- މީގެ ތެރޭގައި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ހަވާލާދީފައިވާ، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކުން ދިވެހިދައުލަތުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް ހިމެނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ.)
- މި ރައުޔުގެ 9 ވަނަ ޕްރެގްރާފްގައި ޚުލާސާ ހިމަނާފައި.
- މި ރައުޔުގެ 10 ވަނަ ޕްރެގްރާފްގައި ޚުލާސާ ހިމަނާފައި.
- އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓުގް ނަންބަރު 2018/SC-A/40 ) ޤަޟިއްޔާ އާއި މޯލްޑިވްސް އިމިގްރޭޝަން [2023] SC 49 (ސުޕްރީމް ކޯޓުގް ނަންބަރު 2022/SC-A/96 ޤަޟިއްޔާ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޤަޟިއްޔާ
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 196-A/145/2025/326 ސިޓީ (07 އެޕްރީލް 2025)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HCB12/06 ޤަޟިއްޔާގެ 4 ވަނަ ނުކުތާ.
- އިޢުތިޞާމް މުޙައްމަދު ސަޢީދުގެ ފަރާތުންނާއި އޭނާގެ ވަކީލު ހާޒިރުނުވުމުގެ ސަބަބުން 8 އަޑުއެހުމެއް ކެންސަލްވެފައިވާކަން ހޯދާފައިވާ މަޢުލޫމާތުން އެނގެއެވެ.
- އިޢުތިޞާމު މުޙައްމަދު ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ R.v. Jordon މައްސަލައަކީ ދަޢުވާތަކުގައި ދައުލަތުގެ ފަރާތުން ކުރިމަތިވާ-ލަސްވުންތައް ބަލާނެ އޮނިގަނޑެއް (framework to assess delays) ސުޕްރީމް ކޯޓް އޮފް ކެނެޑާއިން އެކުލަވާލި މައްސަލައެކެވެ. މި އޮކްފަނޑު
- Barker v. Wingo މައްސަލައަކީ ބާކަރ އާ ދެކޮޅަށް ކެންޓަކީގެ ސްޓޭޓްއަށް ނިސްބަތްވާ ކޯޓުތަކުގައި ކުރެވުނު ޖިނާއީ ޝަތީޢަތްތަކުގެ ބޭރުން، އެ ޝަރީޢަތްތައް ނިމި، ބާކަރގެ މައްޗަށް ކުރި ޙުކުމް ނިހާއީވުމަށްފަހު، ބާކަރގެ ފަރާތުން ފެޑަރަލ ކޯޓުތަކަށް ހުށަހެޅް ވަކި މައްސަލައެއްގެ ތެރއިނެ އުފަންވެ، އިސްތިއުނާފު މަހުޙަލާގެ ތެރެއިން ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގެ ސުޕްރީމް ކޯޓުން ނިމުނު މައްސަލައެކެވެ. އެ މައްސަލައިގައި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތްކުރުމަކީ ކޮބައިކަން ތަފްސީލުކޮށް ސާފު އުސޫލެއް ޤާއިމުކޮށްފައި ނުވެއެވެ. އެ މައްސަލަ މަޝްހޫރުވެފައިވަނީ އެ މައްސަލައިން ޤާއިމުކުރި ޓެސްޓުގެ ސަބަބުންނެވެ. އެޓެސްޓަކީ ޝަރީޢަތް ދިގުދެމިގެން ދިއުމުގެ ސަބަބުން ދުސްތޫރީ ޙައްޤަކަށް އުނިކަން ލިބިފައިވާކަން ދެނެގަންނާނެ ގޮތް ބަޔާންކުރާ، 4 ބަޔަށް ބެހިގެންވާ ޓެސްޓެކެވެ. Barker މައްސަލައިގައި ތައާރަފުކުރި ޓެސްޓަކީ އެހާ ސާފު ޓެސްޓެއްކަމަށް ނުފެނިގެން، އަދި އެ ޓެސްޓް މާނަކޮށް ތަތުބީޤު ކުރުމުގައި ކުރިމަތިވި މައްސަލަތަކުގެ ސަބަބުން، ކޮންގްރެސްއިން Speedy Trial Act of 1974 ފާސްކޮށް، ޖިނާއީ މައްސަލަތަކާއި ގުޅިގެން ތަބާވާންޖެހޭ މުއްދަތުތަކެއް ކަނޑައަޅައި، މުއްދަތުތައް އިތުރުކުރާނ އިޖުރާއަތެއް ހިމެނުމާއެކު، އިސްތިސްނާތަކެއް ބަޔާންކުރިއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 91 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)
- ޤަވާޢިދު ނަންބަރު 01-REG-SC-2021 (ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 103 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
- 2018/SC-A/40 (އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- [2023] SC 49 (2022/SC-A/96، މޯލްޑިވްސް އިމިގްރޭޝަން)
- 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- Attorney General’s Reference (No 2 of 2001) [2003] UKHL 86
- Barker v. Wingo, 407 U.S. 514 (1972)
- R. v. Jordan [2016] 1 SCR 631
- Strunk v. United States, 412 U.S. 434 (1973)
- Doggett v. United States, 505 U.S. 647 (1992)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.