ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2025/HC-B12/15

ޢަލީ ތިޙްނާން ފަޒީން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 15 މޭ 2025ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-J/ECA/2025/168ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-J/ECA/2025/168
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2025/SC-A/32 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން، ފޯނުތަކާއި ޑިވައިސްތަކުން މައްސަލައާ ގުޅޭ ހެކި ލިބޭނެކަމަށް ބެލެވޭތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 އާއި 38 ވަނަ މާއްދާއާއި 2020/SC-A/76 އަށް ރިޢާޔަތްކޮށް އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އަމުރުކުރިއެވެ.
ވާޤިޢާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރެއް ހުއްދަ ނެތް މައްސަލަތަކަށް އެކްސެސްވެ ސިއްރު މަޢުލޫމާތު ޙިއްޞާކޮށް، އިސްވެރިންނާ ބެހޭ ބަދު ވާހަކަ ދައްކާ، އޮފީހުގެ ކަންކަން ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވުމުން، އޭނާގެ ފޯނުތަކާއި ޑިވައިސްތައް ހިފަހައްޓައި ޕާސްވޯޑުތައް ހޯދުމަށް ފުލުހުން އެދުނެވެ؛ ހެކީގެ ގޮތުގައި ހުށަހެޅީ ޕީޖީ އޮފީހުން މައްސަލަ ހުށަހެޅި ސިޓީއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ހުށަހެޅި ސިޓީއެއް ފިޔަވައި އެހެން ހެއްކެއް ނެތި، ޕަބްލިކް ޕްރޮސިކިއުޓަރެއްގެ ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ހިފަހައްޓައި ބަލައިފާސްކުރުމަށް ނެރުނު ކޯޓު އަމުރަކީ އެކަށީގެންވާ ސަބަބެއް (probable cause) އޮވެގެން، ކާފީ ސަބަބު ބަޔާންކޮށް، ޤާނޫނީ އަސާސެއްގެ މަތިން ނެރުނު އަމުރެއްތޯ؛ އަދި އިސްތިއުނާފު ރަޖިސްޓްރީކުރުމަށް 48 ގަޑިއިރު ގުނަންވީ ގޮތް.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ސިޓީއަކީ ހެއްކެއް ނޫން ކަމަށާއި، ފާރިސް ޤަޟިއްޔާއާ ޚިލާފު ކަމަށާއި، އަމުރުގައި ސަބަބު ބަޔާންނުކުރާ ކަމަށާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 36 އާއި 38 ވަނަ މާއްދާއަކީ މިފަދަ އަމުރަކަށް އަސާސެއް ނޫން ކަމަށެވެ. ދައުލަތުން ބުނީ މައްސަލަ ރަޖިސްޓްރީކުރީ 48 ގަޑިއިރުގެ ބޭރުން ކަމަށާއި، ސިޓީއަކީ ރަސްމީ ލިޔުމެއް ކަމަށާއި، ޝަކުވާކުރާ ފަރާތުގެ ބަޔާން ފުދޭ ކަމަށާއި، ފޯނު ދީފައިވަނީ ރުހުމުގައި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣްލަބިއްޔަތު ރައުޔުގައި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ވަކި ބާވަތެއްގެ ހެކި ލާޒިމު ނުކުރާތީ، ޝަކުވާކުރާ ދައުލަތުގެ އިދާރާގެ ސިޓީގައިވާ މަޢުލޫމާތުން ތަޙުޤީޤުގެ ކުރީކޮޅުގައި އެކަށީގެންވާ ތުހުމަތެއް އުފެދޭކަމަށާއި، ފާރިސް ޤަޟިއްޔާ ތަފާތު ކަމަށާއި، ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް ވަންނަ ސަބަބެއް ނެތްކަމަށް ކަނޑައެޅިއެވެ. ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔުގައި، ސިޓީގައި ވާޤިޢާ، މަސްދަރު ނުވަތަ ހެކި ނެތުމުން probable cause ގެ މިންގަނޑަށް ނުފޯރާތީ އަމުރު ބާޠިލުކުރަން ފެނުނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް (އަޣްލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198-3 ވަނަ މާއްދާގެ (އ) ގައިވާ 48 ގަޑިއިރު ގުނަން ފަށާނީ އިސްތިއުނާފުގެ އިދާރީ ކަންކަން ފުރިހަމަކޮށް، މައްސަލަ ފުރިހަމައަށް ކޯޓަށް ލިބުނު ވަގުތުން ފެށިގެންނެވެ؛ ދަށުކޯޓުން ލިޔެކިޔުން ހޯދުމަށް ހޭދަވާ ވަގުތު އެ މުއްދަތުގައި ނުހިމެނޭނެއެވެ، ނަމަވެސް އެކަށީގެންނުވާ ދިގު މުއްދަތެއް ހޭދަވުމަކީ ޤާނޫނުގެ މަޤްޞަދާ ފުށުއަރާ ކަމެކެވެ.

HN2 ކޯޓު އަމުރެއް ނެރުމުގައިވެސް ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބު އިޖުމާލީ ގޮތެއްގައި ބަޔާންކުރަންވާނެއެވެ (ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ)؛ ވަގުތީ އަމުރުތަކުގައި ފުރިހަމަ ޙުކުމެއްގެ ފުންމިނުން ސަބަބު ބަޔާންކުރުން ލާޒިމެއް ނޫން ކަމަށާއި، މިފަދަ އަމުރުތަކުގެ އުޞޫލު ޤާއިމުކުރި ޤަޟިއްޔާއަކާއި ޤާނޫނީ މާއްދާތަކަށް ޙަވާލާދިނުމުން ސަބަބު ބަޔާންކުރުން ފުދެއެވެ.

HN3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ)، (ށ) އާއި 38 ވަނަ މާއްދާގެ (ނ)، (ރ) އަދި ފުލުހުންގެ ތަޙްޤީޤީ އިޖުރާއަތުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ ދަށުން، ކޯޓު އަމުރެއްގެ މަތިން ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ހިފަހައްޓައި އޭގައި ރައްކާކޮށްފައިވާ މަޢުލޫމާތު ހޯދުމުގެ ބާރު ތަންފީޛީ އިދާރާތަކަށް ލިބިގެންވެއެވެ.

HN4 ޝަރީޢަތުގެ ކުރީގެ މަރުޙަލާއަކީ ހެކީގެ ދުސްތޫރިއްޔަތާމެދު ގޮތް ނިންމާ މަރުޙަލާއެއް ނޫނެވެ؛ އެ މަރުޙަލާގައި ވަކި ބާވަތެއްގެ ނުވަތަ ވަކި ޢަދަދެއްގެ ހެކި ލާޒިމެއް ނޫނެވެ؛ ނިންމުން ނިންމަނީ މަތިމަތިން، ޕްރައިމާ ފޭޝީ މިންގަނޑުން، ކޮންމެ މައްސަލައެއްގެ ޙާލަތަށް ރިޢާޔަތްކޮށް، މުއްތަހަމުގެ ޙައްޤާއި މުޖުތަމަޢުގެ ޙައްޤު އަޅައިކިޔައި ފަނޑިޔާރުގެ އިޚްތިޔާރުގެ ދަށުންނެވެ.

HN5 ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ ދަށުން މުދާ ހިފެހެއްޓުމަށް ނުވަތަ ގޮވަތި ގެދޮރަށް ވަނުމަށް ކޯޓު އަމުރެއް ނެރުމަށް ވާޞިލުވާންޖެހޭ މިންގަނޑަކީ އެކަށީގެންވާ ސަބަބު (probable cause) ނުވަތަ އެކަށީގެންވާ ތުހުމަތު އޮތުމެވެ.

HN6 ތަޙުޤީޤުގެ ކުރީކޮޅުގައި އަނިޔާލިބޭ ފަރާތުގެ ޝަކުވާގެ މައްޗަށް އެކަނި ބިނާކޮށްވެސް ފިޔަވަޅު އެޅިދާނެއެވެ؛ ޝަކުވާކުރާ ފަރާތަކީ ދައުލަތުގެ އިދާރާއެއްކަމުގައިވާއިރު، އެ ފަރާތުގެ ބަޔާން ސިޓީއެއްގެ ސިފައިގައި އޮތުމުން އޭގެ ބުރަދަން ކުޑަވާންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ؛ ސިޓީގައިވާ މަޢުލޫމާތުން ސަބަބުވެރި މިންގަނޑަކުން އެކަށީގެންވާ ތުހުމަތެއް އުފެދޭނަމަ އަމުރު ނެރެވިދާނެއެވެ.

HN7 ދައުލަތުގެ ވަކީލަކު ހުއްދަ ނެތް މައްސަލަތަކަށް ވަދެ މަޢުލޫމާތު ހޯދައި ތިންވަނަ ފަރާތަކާ ޙިއްޞާކުރުމުގެ ތުހުމަތަކީ ވަކީލުންގެ ސުލޫކީ ޒިންމާތަކާއި ދައުލަތަށް ރައްޔިތުންގެ އިތުބާރާ ބެހޭ ސީރިއަސް ތުހުމަތެއްގެ ގޮތުގައި ބަލަންޖެހޭ ކަމެކެވެ.

HN8 ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓު ވަންނާނީ، އެ ނިންމުމުގައި ޤާނޫނީ އުޞޫލަކާ ޚިލާފުވެފައިވާކަން އިސްތިއުނާފުކުރާ ފަރާތަށް ދެއްކިއްޖެނަމައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނައުފަލް، މަރްޔަމް ޝަހުމާ، އަޙްމަދު ނައުޝާދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ބެންޗު
ފާޠިމަތު ފަރްހީޒާ، މުޙައްމަދު ފައިޞަލް، ދީބާނާޒް ފަހުމީ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ދީބާނާޒް ފަހުމީ · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ފާޠިމަތު ފަރްހީޒާ

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/ECA/2025/168) 10 އެޕްރީލް 2025( ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދް […] ޢަލީ ތިޙްނާން ފަޒީން)މީގެފަހުން "އިސްތިއުނާފކުރު ފަރާތް" ނުވަތަ "ޢަލީ ތިޙްނާން" ކަމަށް ބުނެފައި(ގެފަރާތުންދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައްއިސްތިއުނާފ ރައްދުވު ފަރާތަކާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައި (އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:

2ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ހުއްދަ ނެތް ގިނަ މައްސަލަތަކަކަށް އެކްސެސްވެ، އެމައްސަލަތަކުގައ ހިމެނި ސިއްރު އަދި ޙައްޞާޞީ މައުލޫމާތު އެހެން ފަރާތްތަކާއި ޙިއްޞާކޮށް، އ އޮފީހުގެ އިސްވެރިންނާއ ގުޅި ގޮތުން ޞައްޙަ ނޫން، އަދި އަޚްލާޤީ ގޮތުން ބަދު ވްހަކަތައް ދައްކާ، އޮފީސް ތެރގައޭ ހިނގި ކަންކަނާ ފޮޓޯ ނަގައި ރެކޯޑް ކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ ޢަލީ ތިޙްނާން ފަޒީންގެ މައްޗަށ ތުހުމަތކުރެވުނެވެ.

3އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތް ގެންގުޅޭ ފޯނުތަކާއި، އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކުގެ ލޮކްކޯޑު، ލޮކް ޕެޓާން، ފިންގަރޕްރިންޓް، ދރކ ނަންބަރު 330526A. ފޭޝަލްރިކޮގްނިޝަން، ޕިންނަންބަރު އަދި ސޯސަލްމީޑިއާ އެޕްލިކޭޝަންތަކުގެ ޕާސްވޯޑް ފުލުހުންނަށް ދިނުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

4މި ހުށަހެޅުމާގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 )10 އެޕްރީލް 2025( ކޯޓު އަމުރުން އިސްތިއުނާފުކުރާ ފަރާތް ގެންގުޅޭ ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކުން މި މައްސަލައާ ގުޅުންހުރ ހެކި ޤަރީނާ ލިބޭނެ ކަމަށް ބެލެވޭތީ، މީނާ ގެންގުޅޭ ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެދަށަށ ގެނެސް މައްސަލައިގެ ހެކި ޤަރީނާ ހޯދުމަށް އަމުރުކޮށްފައިވެއެވެ.

5މިއީ، ބުނެވިދިޔަ ކޯޓު އަމުރް އިސްތިއުނާފުކުރުމަށް އެދިޢަލީ ތިޙްނާނާގެ ފަރާތުނ ހުށަހެޅުމުން ބަލާފައިވާ އިސްތިއުނާފީ ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތތައާ

6ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 ) 10 އެޕްރީލް 2025( ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރިފަރާތުންހުށަހަޅާފައިވަނީ އަންނަނިވ ނުކުތތަކވެ.

6.1. އިސްތިއުނާފުކުރި ފަރާތުގާ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް އެދި ހުށަހެޅިއިރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅި ސިޓީ ފިޔަވައި އިތުރު އެއްވެސ ލިޔުމެއް ހުށަހަޅާފައް ނުވަނސ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 ކޯޓު އަމުރުން އިސްތިއުނާފުކުރު ފަރާތާ ގެންގުޅޭ ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އަމުރު ނެރެފައިވަނީ ތުހުމަތުކުރެވޭ ކުށްކުރިކަމުގެ އެއްވެސް ހެއްކެއް ނެތީސް ޤާނޫނު ނަންބަރ 2010/13 )ދިވެހިރާއްޖޭ ފަނޑިޔާރުންގެ ޤާނޫނު(ގ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުގައި ފުލުހުންގެ ރިފަރެންސް ނަންބަރު 171/ECF/2025/481 )10 އެޕްރީލް 2025( އެހެނިހެން ކޯޓު އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު. ބަޔާންކޮށްފައިވާ އުޞޫލާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،

6.2. ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 ކޯޓު އަމުރުގެ އިތުރު ބަޔާނުގައި އެ އަމުރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2020/SC-A/76 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޢަލީ( ޤަޟިއްޔާއަށް ރިޢާޔަތްކޮށް ނެރެފައިވާ އަމުރެއް ކަމަށް ބަޔާންކުރުމަށްފަހ އެ ޤަޟިއްޔާއިން ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކޮން އުޞޫލަކަށްކަން ބަޔާންކުރުމެއްނެތި ކޯޓު އަމުރުނެރފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤަށް ހުރަސްއެޅޭގޮތަށްކަމަށ ބުން ހުށަހެޅި ނުކުތާއާއި،

6.3. ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 ކޯޓެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި 38 ވެނ މާއްދާގަ )ނ( ގެ ދަށުން ކަމަށްވާއިރު، އެ މާއްދާތަކަކީ މިފަދަ އަމުރެއް ނެރުމުގައި ރިޢާޔަތްކުރެވިދާނ މާއްދާތަކަކަށް ނުވާކަމަށްބުނެ ހުށަހެޅ ނުކުތާއެވެ. އިސްތިއުނާފެ ކުރާ ފަރާތުން އދޭގޮތ:

7ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 ކޯޓް އަމުރު ބާޠިލުކޮށް އިސްތިއުނާފުކުރާ ފަރާތުގެ މޯބައިލް ފޯނު ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށ އެދޭކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުގެ ވާހަކައިގެ ޚުލާސާ

8އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

8.1.އިސްތިއުނާފުކޮށްފައިވާ އަމުރުގައި ހެކީގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްސަލެ ހުށަހެޅަ ސިޓި އެކަނި ކަމަށާއި، އަޙްމަދް ފާރިސް މައުމޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލާ މި މައްސަލައަށް ތަޠުބީޤުކުރެވޭނެ ކަމަށް ދެކޭކަމަށެވެ. އެގޮތުން، އެ މައްސަލައިގައި އެފަދަ މުޢާމަލާތެއް ކޮށްފައިވާކަން ސީދާ ދަލާލަތުކޮށްދޭ އެއްވެސ މިންވަރެއްގެ ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނެތީސް ދެވަނަ ފަހަރަށް ފޯނު ހިފެހެއްޓެމަށް އަމުރުކުރި ކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާ ޚިލާފަށް ކުރި ޢަމަލެއް ކަމުގައި ޤަބޫލުކުރެވޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

8.2. ޒާތީ މުއާޞަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ޙައްޤެއް ކަމަށް ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މީސްމީހުންގެ އެފަދަ މައުލޫމާތު ބަލައި ހާމަކުރެވޭނީ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަ ސަބަބެއް އޮވެގެން ކަމާއި، މީސްމީހން ކުރިޒާތީ މުއާޞަލާތުތަކާއ އަދި ޒާތީ މައުލޫމާތ ހިމެނު ޑިވައިސްތަކާ ޕާސްވޯޑްތައް ހޯދުމަށް އެދަކޯޓަށ ހުށަހަޅް ހުށަހެޅުމާމެދު ޝަރީޢަތުން ގޮތެއް ނިންމުމުގައި ބަލަންޖެހޭނީ ޤާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާ އުޞޫލުތަކުގެ ތެރެއިން އެފަދަ އަމުރެއް ކުރެވިދްނެތޯ ނުވަތަ ނޫންތޯ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިޝާން ޙަސަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމަށެވެ.އަދ މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތާ ދެކޮޅަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ހުށަހެޅި ސިޓީއާއެކު ތުހުމަތުކުރެވޭ ކުށްކުރިކަން އެނގޭނެއެއްވެސ ހެއްކެއް ހުށަހަޅާފައި ނުވަނީސް އިސްތިއުނާފުކުރާ ފަރާތުގެ ފޯނު ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވަނީ ތުހުމަތުކުރެވޭ ކުށާ ގުޅޭ ހެއްކެއް އިސްތިއުނާފުކުރި ފަރާތުގާ މޯބައިލް ފޯނުގައި ވާކަމަށް ޤަބޫލުކުރެވޭ އެކަށީގްންވާ ސަބަބެއް ނެތީސް އަދ މިބާވަތުގެ އަމުރަކަށް އެދޭއިރު ތުހުމަތުކުރެވޭ ކުށާ ގުޅުވާލެވޭ ހެކި ހަރުދަނާ ގޮތެއްގައި ހޯދަންވާނެކަމަށ ބުނެވިދިޔަ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.

8.3.ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރުމަށް އަމުރުކުރުމުގައިވެސް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުންނަންޖެހޭ ކަމަށާއި، މި މައްސަލައިގައި ހުށަހަޅާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށްވުރެވެސް ހެކީގެ މިންގަނޑު ދަށް އެއްޗެއްކަމަށް ދެކޭކަމަށެވެ.

8.4.ބަހުސްގެ ބޭނުމަށް، މި މައްސަލައިގައި ކޯޓު އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއާ ޙަވާލާދީކަމަށް ބެލިނަމަވެސް، އެ މާއްދާގެ )ހ(ގެ ދަށުން ތަނެއް ބަލައި ފާސްކުރާއިރުވެސް ފުލުހުން ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ހުރިކަމަށް ބެލެވޭ ޙާލަތުގައި އެ މުދަލެއް ހިފެހެއްޓޭނީ އެއީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ޙާލަތުގައި ކަމަށެވެ.

8.5.މިފަދ އަމުރަ ނެރުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ބޮޑަށް ބުރަވެވޭ މިންގަނޑުންކަން ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޒުބައިރު އަދި އިތުރު 2 ފަރާތެއް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމަށެވެ.

9އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނ؛

9.1.އިސްތިއުނާފުކޮށްފައިވާ އަމުރުގެ އިތުރު ބަޔާނުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދީ ﷲ ޢަލ ޤަޟިއްޔާއަށް ހަވާލާދީފައިވާ ކަމަށާއި، އެހެންނަމަވެސް، އެ ޤަޟިއްޔާއަކީ ގިނަ އުޞޫލުތަކެއ ކަނޑައަޅާފައިވް ޤަޟިއްޔާއަކަށް ވީހިނދު، އަމުރު ނެރުމުގައި ރިޢާޔަތްކޮށްފައިވަނީ އެ ޤަޟިއްޔާގެ ކޮން އުޞޫލަކާކަން ތަފްޞީލުކޮށްފައި ނުވަނީ ސުޕްރީމް ކޯޓުގް އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާއާ ޚިލާފަށް ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން އިސްތިއުނާފުގައި ހިމަނަންވީ ކޮން ނުކުތާއެއްކަން ސާފުނުވެ، އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން ލިބިފައިވާކަމަށެވެ.

10އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި ފާހަގަކޮށްފައިވަނީ؛

10.1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއަކީ ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލާ ފާސްކުރުމުގެ ތެރޭގައި ހެކީގެ ގޮތުގައި ވަކި ތަކެތި ނުވަތަ މުދާ ހިފެހެއްޓުމުގެ ބާރު ތަންފީޛީ އިދާރާތަކަށް ދޭ މާއްދާއެއްކަން އެ މާއްދާގައިވާ އަކުރުތަކަށް ބެލުމުން އެނގެން އޮންނަކަމަށާއި،އ ޤާނޫނުގެ 38 ވަނަ މާއްދާއަކީވެސް މިފަދަ އަމުރެއް ނެރެވިދާނެ މާއްދާއެއް ނޫންކަމަށެވެ.

އިސްތިއުނާފުރައްދުވ ފަރާތުގެ ވާހަކައިގެ ޚުލާސާ

11ދައުލަތުން މި މައްސަލައިގައި ހައިކޯޓުގައި މައްސަލަ ރަޖިސްޓަރީ ކުރުމާގުޅޭ ގޮތުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން މި ނުކުތާގައި ފާހަގަކޮށްފައިވަނ؛

11.1. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3-198 ވަން މާއްދާގަ )އ( ގައި ބަޔާންކުރަނީ އެ މާއްދާގެ )ޅ( ނުވަތަ )އ( ގެ ދަށުން ހުށަހެޅޭ މައްސަލައެއްގެ އިދާރީ ކަންކަން ފުރިހަމަކޮށް، އެ މައްސަލައެއް ކޯޓަށް ލިބޭތާ 48 )ސާޅީސްއަށެއް( ގަޑިއިރު ތެރޭގައި މައްސަލަ ރަޖިސްޓްރީކުރުމާމެދ ގޮތެއު ނިންމަންވާނެ ކަމަށެވެ.

11.2. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް ބުނެވިދިޔަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ޢަމަލު ކުރުމަކީ ލާޒިމްކަމެއްކަމަށެވެ.

11.3. މި މައްސަލަ ހުށަހެޅިފައިވަނީ 20 އެޕްރީލް 2025ގެ 22:39 ގައީ ކަމަށާއި މައްސަލައިގެ އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، މައްސަލަ ރަޖިސްޓަރކުރުމަށް ލިބޭނެ އެންމެފަހުގެ މުއްދަތަކީ 22 އެޕްރީލް 2025 ދުވަހުގެ 22:39 އަށް ކަމަށެވެ. އެހެންނަމަވެސް މައްސަލަ ރަޖިސްޓރަ ކޮށްފައިވަނަ 30 އެޕްރީލް 2025 ގައި ކަމަށާ، މި ޙާލަތުގައި އެފަދައިން ލަސްވެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުމެއް ހުށަނާޅައިގެންފަދަ ޙާލަތެއްގައިނަމަ، މި މައްސަލަ ރަޖިސްޓަރކޮށްފައިވަނ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3-198 ވަން މާއްދާއާޚިލާފަށްކަމަށްވާތީ މި މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ. އަދި، ޤާނޫނަށް އިޞްލާޙުގެނެވުނ މަޤްސަދު ޚިލާފަށް ކަންހިނގާފައިވާނަމަ، އެކަން ހިނގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށ އެދޭކަމަށެވެ.

12އިސްތިއުނާފު ނުކުތާތަކގެ ޖަވާބުގައި ދައުލަތުން އަންނަނިވ ކަންކަން ފާހަގަކޮށްފައިވެއެވެ.

12.1. ސިޓީއަކީ ހެއްކެއްކަމަށް ނުބެލެވޭ ޤާނޫނީ އަސާސެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިނުވާކަމަށާއި، ހެއްކާބެހޭ ޤާނޫނުގެ 61 ވަނަ މާއްދާގެ )ހ( އަށް ބެލުމުން ދައުލަތުގެ އިދާރާއަކުން ދޫކުރާ ރަސްމީ ލިޔުމެއް އެއީ ހެއްކެއްކަން އެނގޭކަމަށެވެ. ޤާނޫނު ނަންބަރު 2011/4 )މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު(. މީގެފަހުން "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު" ކަމަށް ބުނެފައި.

12.2. އިސްތިއުނާފުކުރާ ފަރާތުން ހަވާލާދޭ އަޙްމަދް ފާރިސް މައުމޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްޤަޟިއްޔާއާ މި މައްސަލައިގެ ވާޤިޢާތަކާ ތަފާތުވާތީ އެ ޤަޟިއްޔާ މިމައްސަލައަށ ތަޠުބީޤުނުކުރެވޭނެ ކަމަށެވެ.

12.3. ބަހުސްގެ ބޭނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ މި މައްސަލައިގާ އަނިޔާ ލިބުނު ފަރާތްކަމުގައިވެސް ބެލެވިދާނެކަމަށާއި، އެ ޙާލަތުގައި މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާން އެކަނިވެސް probable cause ގެ މިންގަނޑުން މިފަދަ އަމުރެއް ނެރުމަށްޓަކައި ފުދޭނެކަމަށެވެ.

12.4. ހައިކޯޓުގެ ނަންބަރު 2019/HC-A/206 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް ޤަޟިއްޔާގައ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ބަލައިފާސްކުރުމުގެ އަމުރެއް ނެރެވިދާނެ ކަމަށާއި، އެ ރިޕޯޓުގައި ބުރަދަން ދިނުމުގައި ބަލާނީ އިރިޕޯޓެއްގައ ހިމެނި ކަންކަމަށް އިތުބާރުކުރެވޭ ނސ ބަތުގެ މައްޗަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

12.5. އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިޝާން ޙަސަންމައްސަލައިގެ ނިސްބަތުން ވަޒަންކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އެންމެ ސިޓީއެއް ހުށަހެޅިފައިވުމަކީ އެފަދަ އަމުރެއް ނުނެރެވޭނެ ސަބަބެއް ނޫންކަމަށާއި، ވަކި ޢަދަދަކަށް ހެކި ހުށަހެޅުނު ޤާނޫނު ލާޒިމް ނުކުރާ ކަމަށެވެ.

12.6. މ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގައި ސުވާލުއުފެދިގެން އުޅޭ މޯބައިލ ފޯން ދީފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ރުހުމުގައިކަމަށާއި، އެ ޑިވައިސްގެ ޕިން ކޯޑުވެސ އެފަރާތުނ ވަން ރުހުމުގައި ދީފައިކަމަށެވެ. އެހެންކަމުން، މި މައްސަލައިގެ ތެރެއިން ކޯޓު އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ ސަބަބުން ނިކުންނާނެ ޤާނޫނީ އެއްވެސް ނަތީޖާއެއް ނެތަތީ، މި މައްސަލައަކީ ކުރިއަށް ގެންދިޔުމުގެ ފާއިލިއްޔަތެއް އޮތް މައްސަލައެއް ނޫންކަމަށެވެ.

12.7. ހުށަހެޅިފައިވާ އިސްތިއުނާފަކީ ދަށު ކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރިގެ ތެރެއިން ނިންމާފައިވާ ނިންމުމެއްކަމަށްވާއިރު، އެ އިޚްތިޔާރުގެ ތެރެއަށް ވަންނަންޖެހޭފަދަ ޙާލަތެއް މި މައްސަލައިގައ ނެތްކަމަށެވެ.

13އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ހައިކޯޓުގެ މުޙައްމަދް ވިސާމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސެޤަޟިއްޔާއާއި މޫސާ ނާޝިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސިޤަޟިއްޔާއަށް ބެލުމުން، ކޯޓު އަމުރެއްގައި ސަބަބު ބަޔާންކުރަންޖެހެނީ އިޖުމާލީ ގޮތެއްގައިކަން އެނގޭކަމަށާއި، އިސްތިއުނާފުކޮށްފައިވާ އަމުރުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދީ ﷲ ޢަލ ޤަޟިއްޔާއަކީ މިފަދަ އަމުރު ނެރުމުގެ ލޭންޑްމާކ ޤަޟިއްޔާއަކަށް ވުމުން އެ ޤަޟިއްޔާއަށް ހަވާލާދިނުމުން އިޖުމާލީ ގޮތެއްގައި ސަބަބު ބަޔާންކުރެވުނީކަމަށް ދެކޭކަމަށެވެ.

14އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި 38 ވަނަ މާއްދާއާ ޙަވާލާދީ މި ބާވަތުގެ އަމުރު ނެރެވިދާނެކަން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދީ ﷲ ޢަލ ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2024/SC-A/24 ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނެތް(ޤަޟިއްޔާއާ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލ ޒުބައިރު އދ އިތުރު 2 މީހުން ޤަޟިއްޔާއިން އެނގޭކަމަށެވެ. ވީމާ، މިނުކުތާއަކީ އެއްވެސް ޤާނޫނީ ބިނާއެއް ނެތް އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫން ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެ ދޭގޮތް:

15ދައުލަތުން އެދިފައިވަނީ، އިސްތިއުނާފީ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓަރީ ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3-198 ވަނަ މާއްދާއާ ޚިލާފަށްކަމުގައި ކަނޑައަޅައިދިނުމަށް އަދި؛

16މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމާމެދު ގޮތެއް ކަނޑައަޅަންޖެހޭފަދަ ޤާނޫނީ ބަހުސެއް ހުށަހެޅިފައިވާ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް ނުވަތަ؛

17މ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއްކަމަށާއި، އެ އަމުރު ބާޠިލުކުރާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް އިޖުރާއީ އިއުތިރާޒާ ގުޅޭ

18ދައުލަތުން މި މައްސަލައިގައި އިޖުރާއީ ގޮތުން ހުށަހަޅާފައިވަނީ މި މައްސަލަ ހައިކޯޓުގައި ރަޖިސްޓަރީ ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3-198 ވަނަ މާއްދާގަ )އ( ގައި މި ބާވަތުގެ މައްސަލަތައް ރަޖިސްޓަރކުރުމަށ ކަނޑައަޅާފައިވް މުއްދަތާ ފާއިތުވިފަހުން ކަމުގައިވާތީ، މި މައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށެވެ.

19HN1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3-198 ވަނަ މާއްދާގެ )އ( ގައި ވަނީ އަންނަނިވި ފަދައިންނެވެ. " މި މާއްދާގެ )ޅ( ނުވަތަ )ކ( ގެ ދަށުން ހުށަހެޅޭ މައްސަލައެއްގެ އިދާރީ ކަންކަން ފުރިހަމަކޮށް، އެ މައްސަލައެއް ކޯޓަށް ލިބޭތާ 48 )ސާޅީސްއަށެއ( ގަޑިއިރުގެ ތެރޭގައި މައްސަލަ ރަޖިސްޓަރީކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ."

20މި މާއްދާގެ އިބާރާތަށް ބެލުމުން، މައްސަލަ ރަޖިސްޓަރީކުރުމާމެދު ގޮތެއްނިންމަންޖެހ 48 )ސާޅީސްއަށެއް( ގަޑިއިރު ގުނަންފަށާނ ހުށަހެޅ މައްސަލައެއްގެ އިދާރީ ކަންކަން ފުރިހަމަކޮށް، އެ މައްސަލައެއް ކޯޓަށލިބް ވަގުތުން ފެށިގެންކަމަށް ބުރަވެވެއެވެ. ސަބަބަކީ، މައްސަލަ އިސްތިއުނާފަށް ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަނުވމާއ، ދަށުކޯޓުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމާއި، އިސްތިއުނާފު ފޯމުގައިވާ ކަންކަން އިސްލާޙު ކުރަންޖެހޭ ޙާލަތެއްގައި، އިޞްލާޙު ފުރިހަމަކޮށް ކޯޓަށް ލިބުމުން މެނުވީ ހުށަހެޅިފައިވާ މައްސަލައަކީ މައްސަލަ ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ މައްސަލައެއްކަމަށް ނުބެލެވޭނެތީއެވެ.މ މާއްދާގައި ބަޔާންކުރާ 48 )ސާޅީސްއަށެއް( ގަޑިއިރުގެ މުއްދަތުގެ ތެރޭގައި މިފަދަ އިދާރީ ކަންކަން ފުރިހަމަކުރުމަށް ހޭދަވާ ވަގުތު ނުހިމެނުނު ނަމަވެސް، މިފަދަ އިދާރީ ކަންކަމަށް އެކަށީގެންނުވާ ދިގު މުއްދަތެއް ހޭދަވުމަކީ ޤާނޫނުގެ މަޤްސަދު ފުށުއަރާނެ ކަމެއްކަމަށް ދެކެމެވެ.

21މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލަ ކޯޓަށް ލިބިފައިވަނީ 20 އެޕްރީލް 2025ގެ 22:39 ގައި އެވެ. މި މައްސަލަ ކޯޓަށް އެންޓްރީ ކޮށްފައިވަނީ 21 އެޕްރީލް 2025 ގެއިއެވެ. އިސްތިއުނާފުކޮށްފައިވާ އަމުރަށް އެދި ދައުލަތުން ހުށަހަޅާފައިވާ ފޯމުގްކޮޕީ އަދި ލިޔުންތައް ހުށަހެޅުމަށާއި ފޯމުގައިވާ ބައެއް ކަންކަން އިސްލާޙުކުރުމަށް 24 އެޕްރީލް 2025 ގެ ނިޔަލަށް މުހުލަތުދީ 23 އެޕްރީލް 2025 ގައު ދަޢުވި ފޯމާ އިޞްލާޙުކުރުމަށް އަންގާ އެންގުން ފޮނުވާފައިވެއެވެ.އަދި ހަމަ އެދުވަހު އިސްތިއުނާފުކޮށްފައިވާ އަމުރަށީއެދި ދައުލަތުން ހުށަހަޅާފައިވާ ފޯމުގެ ކޮޕީ އަދި ލިޔުންތަކުގެ ކޮޕަ 24 އެޕްރީލް 2025ގެ 10:00 ގ ކުރިން ހައިކޯޓަށް ހުށަހެޅުމަށް އެދިހައިކޯޓުނ ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައިވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ )ށ(. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު CR/145/2025/12-95 ސިޓީ )23 އެޕްރީލް 2025.(

22އިސްތިއުނާފުކުރާ ފަރާތުން 24 އެޕްރީލް 2025 ގައި އިސްލާހު ހުށަހަޅާފައިވީނަމަވެސް،އިސްލާޙުގައި އަންގާފައިވާގޮތުގެ މަތިން އަމުރަށް އެދި ހުށަހެޅުނު ލިޔެކިޔުންތައް ހޯދުމަށް މަސައްކަތްކުރެވުނ ނަމަވެސު އެލިޔެކިޔުންތައ ލިބިފައިނުވާކަމަށް އީމެއިލުން އަންގާފައިވެއެވެ.

23މިއިސްތިއުނާފަކީ ދަށު ކޯޓަށް ހުށަހެޅުނު ހެކި ޤަރީނާގެ ނިސްބަތާއި މިންވަރާމެދު ހުށަހެޅިފައިވާ އިސްތިއުނާފަކަށް ވީހިނދު، މައްސަލަ ރަޖިސްޓަރީކުރުމުގައި މިލިޔެކިޔުންތައް މުހިއްމު ދައުރެއް އަދާކުރެއެވެ. ތަހްޤީޤު މަރުހަލާގައި ނެރޭ މިބާވަތުގެ އަމުރުތަކަކީ އަމުރްރައްދުވ ފަރާތުގާ ބަހެއް ނެތި ނެރެވޭ އަމުރަކަށް ވެފައި، އެހިނދަށް ހުރި ހެކި ޤަރީނާ މުއްތަހަމަށް ނުވަތަ އެނޫންވެސް ފަރާތަކަށް ހާމަކުރުމަކީ ތަހްޤީޤަށް ހުރަސް އެޅިދާނެ ކަމެއް ކަމުގައި ބެލެވޭއިރު، ޢާންމު އުސޫލުންވެސް މިބާވަތުގެ ލިޔެކިޔުން މުއްތަހަމަށް ދުލެއް ނުކުރެވެއެވެ.

24އިސްތިއުނާފުކުރި އަމުރަށް އެދި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތައް މި ކޯޓަށް ލިބިފައިނުވާތީ އެ ލިޔުންތައް ހޯދުމަށ ލިޔުމުން އެދުމުގެ އިތުރުން ފޯނުން މުޢާމަލާތްކުރެވިފައިވާކަން މި ކޯޓުގެ ރެކޯޑުތަކުން ދައްކައެވެ. މި ލިޔުންތައް ހައިކޯޓުގެ ރަޖިސްޓްރޭޝަނަށް ލބިފައިވަނ 28 އެޕްރީލް 2025ގެ 8:45 ގައިއެވެ.ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3-198 ވަނަ މާއްދާގެ )އ( ގެ ބޭނުމަށް މި މައްސަލައިގެ އިދާރީ ކަންކަން ފުރިހަމަކޮށް، ކޯޓަށް ލިބިފައިވަނީ 28 އެޕްރީލް 2025ގެ 8:45 ގައި ކަމަށް ވީހިނދު، އެދުވަހު އިސްތިއުނާފުކުރާ ފަރާތަށް ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން ފޮނުވާފައިވެއެވެ.

25ވީމާ، މި މައްސަލައިގައިއިސްތިއުނާފުކުރާ ފަރާތުންވެސް އަދ ކޯޓުންވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއާ ޚިލާފަށް ޢަމަލުކޮށްފައިވާކަން އެނގޭކަށް ނެތެވެ. ވީމާ، ދައުލަތުގެ މި އިޢުތިރާޒް ބަލައިނުގަތުމަށް ކަނޑައަޅަން ފެނެއެވެ. 24 އޭޕްރީލް 2024 ގައް އިސްތިއުނާފުކުރި ފަރާތުން ފޮނުވާފައިވާ މެއިލް

26މިމައްސަލައިގައި ދައުލަތުންއިތުރަށ ފާހަގަކޮށްފައިވާކަމަކީ މުއަމުރު ތަންފީޛުކުރުމުގެ ކުރިން،ރުހުމާއެކު އިސްތިއުނާފުކުރާ ފަރާތުން އްފަރާތުގެ ފޯނާއި އެ ޑިވައިސްގެ ޕިން ކޯޑުވެސާތަޙްޤީޤަށްދީފައިވްކަމަށާއ އެހެންކަމުނ އިސްތިއުނާފުން ނިކުންނާނެ ޤާނޫނީ ނަތީޖާއެއް ނެތަތިމިއީ ފާއިލިއްޔަތު ގެއްލިފައިވާ އަމުރެއް ކަމަށެވެ. މ ނުކުތާއާ ގުޅިގެން މިކޯޓުގއަދެކެވުނު ވާހަކަތަކުން ފޯނު ޙަވާލުކުރެވުނީ ކޯޓު އަމުރުގެ ދަށުންތޯ ނުވަތަ ރުހުމާއެކުތޯ ހުސޫމާތެއ އޮތް ކަން ދެފަރާތުގެ ބަހުން އެނގޭއިރު، މިއަމުރު ތަންފީޛުކުރުމުގައ ނުވަތި އިލެކްޓްރޯނިކް ޑިވައިސްތައް ހޯދައި ބަލައި ފަސްކުރުމުގައ ޢަމަލުކުރެވިފައިވާގޮތުނ މެއިސްތިއުނާފަށ އަސަރެއް ކުރާން ކަމުގައި ނުދެކެމެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ – އެކަށީގެންވާ ހެކިނެތި ނެރެފައިވާ އަމުރެއްތޯ؟

27މީހެއްގެ އަމިއްލަ ތަނެއްނުވަތަ މުދަލެއް ބަލައި ފާސްކުރުމުގައި ޤައިދުތަކެއް ލުމުގެ މައިގަނޑު މަޤްސަދަކު ޤާނޫނއަސާސިން ލިބިދޭ ޒާތީ ދިރިއުޅުމުގެ ޙައްޤުރައްކާތެރިކުރުމެވެ. ޓެކްނޮލޮކީ ކުރިއަރާފައިވާ މިޒަމާނުގައި މީހަކު ގެންގުޅޭ ފޯނު ނުވަތަ މިނޫންވެސް އިލެކްޓްރޯނިކުޢްލަތްތަކަކ ޒާތީ ގިނަގުނަ މަޢުލޫމާތު ރައްކާކުރެވޭ ތަކެތިކަމަށްވާއިރު ދެބަސްވެވެވެނ ނެތް ޙަޤީޤަތަކީ ޒަމާނީ ގިނަ ކުށްތައްވެސ ކުރެވެން ޓްކްނޮލޮޖީގެ މިޢާލާތްތަކުގެ އެހީގައިކަމެވެ.

28އިސްތިއުނާފުކޮށްފައިވ ކޯޓާ އަމުރަކީ ފޯނު އަދި އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލައިގެ ހެކި ޤަރީނާ ހޯދުމަށް ކޮށްފައިވާ އަމުރެކެވެ. މިފަދަ އަމުރެއް ނެރުމަށް ފުދޭ ހެކީގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ. މިންގަނޑަކީ އެކަށީގެންވާ ސަބަބުގެ މިންގަނޑު) probable cause( ކަމަށް މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ދެފަރާތުންވެސް އެއްބަސްވެފައިވެއެވެ.

29އިސްތިއުނާފުކުރ ފަރާތުގާ ބަހުޘަކީ މިމައްސަލައިގައި ހުށަހަޅާފައިވާ ހެކީގެގޮތުގައި ބަޔާންކޮށްފައިވަނ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހނ މައްސަލް ހުށަހެޅިކަމުގެ ސިޓި ކަމުގައިވާތީ މިއީހެއްކެއް ނޫންކަމަށާއި މިކޯޓުގ އަޙްމަދު ފާރިސް މައުމޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި އެއްވެސް ހެއްކެއް ނެތި މިބާވަތުގެ އަމުރެއް ނުނެރެވޭނެ ކަމަށް ކަނޑައަޅާފައިވާކަމަށެވެ.

30އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރާ ފަދައިން، މިކޯޓުގެ އަޙްމަދް ފާރިސް މައުމޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސިޤަޟިއްޔާގައި އަމުރަށް ނެރުމަށް އެދުމުގައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށް ކަނޑައަޅާފައިވަނީ އަމުރަށް އެދޭ ފޯމުގައްސިއްރު ހެކި ބަޔާނެއް ޝަރީޢަތަށް ހުށަހަޅާކަމުގައި ބަޔާންކޮށްފައިވީނަމަވެސް، އެފަދަ ބަޔާނެއް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާކަން ކްރިމިނަލް ކޯޓު މެދުވެރިކޮށާއެމައްސަލައގ ހައކޯޓުނި ހޯދި މައުލޫމާތުތަކުނ އެނގެން ނެތުމުންނެވެ. އެ ޤަޟިއްޔާއާ ޚިލާފަށް މިމައްސަލައިގައި ހެކީގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީ އެއް ހުށަހެޅިފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ.

31އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި އަމުރަށް އެދުމުގައި އެއްވެސް ހެކި ޤަރީނާއެއް ހުށަހަޅާފައިނުވާކަމަށް ދެކެނީ މ ސިޓީއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ "މައްސަލަ ހުށަހެޅަ ސިޓީއެއް" އިސްތިއުނާފު ހުށަހަޅަމުން މިކޯޓުގެ ނަންބަރ 2022/HC-B12/12,13,15) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޒުބައިރު އަދި އިތުރު 2 ފަރާތެއް( ޤަޟިއްޔާއަށް ޙަވާލާދީ މިބާވަތުގެ މައްސަލަތަކުގައި ބަލަންޖެހެނީ ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑު ކަމަށް އިސްތިއުނާފުކުރާ ފަރާތުނ ބުނެފައިވެއެވެ. އެހެންނަމަވެސް އެޤަޟިއްޔާގައި އަޤްލަބިއްޔަތު ރައުޔުގައި އެފަދައިން ކަނޑައެޅިފައިނުވެއެވެ. ހައިކޯޓުގެ ނަންބަރ 2018/HC-A/170 ޤަޟިއްޔާ. ޕެރެގްރާފް 24 ކަމު ގައިވާތީއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެކޭ ގޮތުގައި، މިބާވަތުގެ އަމުރެއް ނެރޭނަމަ، މި މައްސަލައިގައިވާ ފަދައިނަ އެއޮފީހުގެ ހުއްދަ ނެތްމައްސަލަތަކަށް އެކްސެސްވެފައިވާނަމަ އެކަން އެނގޭފަދަ ކޮންމެވެސ ހެއްކެއް ހުށަހެޅިފައި އޮންނަންވާނއެވ.

32ދައުލަތުގެ ރައްދަކީ، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލުން ފޮނުވާފައިވާ ސިޓީއަކީ ދައުލަތުގެ ރަސްމީ އިދާރާއެއްގެ ލިޔުމެއް ކަމަށާއި މިއީ ހެއްކާބެހޭ ޤާނޫނ ގެ ދަށުންހެއްކެއްކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ މުމައްސަލައިގައި އަނިޔާ ލިބުނު ފަރާތުގެ ގޮތުގައި ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމާއި އަނިޔާ ލިބުނު ފަރާތުގެ ބަހަށް އެކަނި ބިނާކޮށްވެސް މިބާވަތުގެ އަމުރެއް ނެރުމަށް ބޭނުންވާ އެކަށީގެންވާ ސަބަބު އޮތް ކަމަށް ބެލިދާނެކަމަށެވެ.

33ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު ބަލައިފާސްކުރުމުގެ އަމުރެއް ނެރުމަށް ނުވަތަ ފޯނު އަދި އިލެކްޓްރޯނިކް ޑިވައިސްހިފަހައްޓ އާ ތަކެތި ބަލައި ހެކި ހޯދުމުގެ އަމުރެއް ނެރުމަށް އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ބެލެވޭ ވަކި ބާވަތެއްގެ ހެކި ނުވަތަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅުނު ލާޒިމްކޮށްފައިނުވެއެވެ.

34އަމިއްލަ ތަނެއް ބަލައިފާސްކުރުމުގެ އަމުރެއް ނެރުމަށްޓަކައި ބަލްއ ފާސްކުރަން އެދޭތަނަކަށ ވަންނަން ބޭނުންވަނީ ކުށަކާ ގުޅިގެން ހޯދަން ބޭނުންވާ ހެއްކެއް ހޯދުމަށް ކަމުގައިވާނަމަ، އެ އެއްޗެއް އެތަނުގައި ވާކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުކަން ކޯޓަށް ދައްކައިދިނުމަކީ ޤާނޫނު ތަންފީޛުކުރާ އިދާރާއިން އެ ފަދަ އަމުރަކަށް އެދޭއިރު ފުރިހަމަ ކުރަންޖެހޭނެ ކަމެއް ކަމަށް ޖިނާއީ އިޖުރާއަތު ޤާނޫނގައ އެގޮތުން، ހެއްކާބެހޭ ޤާނޫނުގެ 61 ވަނަ މާއްދާއާ ހަވާލާދީފައިވެއެވެ. ބަޔާންކުރެއެވެ.ހަމަ މެބިދައިން، ޖިނާއީ ކުށަކާއި ގުޅިގެން ހެކި ހޯދުމުގެ ބޭނުމުގައި އިލެކްޓްރޯނިކް ޑިވައިސ އަށް ބަލައި ފާސްކުރަންއެދޭނަމަ، އަމުރުން ބަލައިފާސްކުރަން އެދިޢޭ ލަތްތަކުގައ ތުހުމަތުކުރެވޭ ކުށާ ގުޅޭ ހެކި ހުރެދާނެކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް ތަޙްޤީޤު އިދާރާއިން ހުށަހަޅާފައިވާ ހެކިތަކުން އެނގެންވާނެއެވެ.

35މި މަރުހަލާގައި ބަލައި ފާސްކުރުމަށް އަމުރު ނެރުމުގައި، ހުށަހެޅޭ ހެއްކަކީ، ލިޔުމެއް ނުވަތަ ބަޔާނެއް ނުވަތަ ސިޓީއެއް ކަމުގައިވީނަމަވެސް، ޝަރީޢަތުން ވަޒަންކުރަންޖެހެނޭއެހެއްކަކުނ ލިބް މައުލޫމާތުން، ބަލައި ފާސްކުރެވޭ ތަކެތިން ތުހުމަތުކުރެވޭ ކުށާ ގުޅޭ ހެކި ފެނިދާނެ ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބެއް އޮތްތޯ އެވެ. ފަނޑިޔާރުގެ މިނިންމުން ބިނާވަނީ ހެކީގެ ގޮތުގައި ހުށަހެޅުނު ތަކެތީގައިމަޢުލޫމާތު އެކުލަވާލެވިފައިވާ ގޮތާއި، ހިމެނޭ މަޢުލޫމާތާއި، އެ މަޢުލޫމާތަށް އިތުބާރު ކުރެވޭ މިންވަރުގެ މައްޗަށެވެ. ދައުލަތގު އިދާރާއެއްގެ ރަސްމީ ސިޓީއަކަށް ވީތީ ހަމައެކަނި އެސަބަބުގެ މައްޗަށް ބިނާކޮށް އަމުރު ނެރުމަށް އެކަށީގެންވާ ސަބަބެއް އޮތް ކަމުގައި ބަލައިގެންނުވާނެއެވެ. ނުވަތަ ހުށަހެޅޭ ބަޔާނަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާންކަމުގައި ވުމަކީ ހަމައެކަނި އެސަބަބުގެ މައްޗަށް ބިނާކޮށް ހެއްކެއް ނެތް ކަމަށް ބަލަންޖެހޭ ކަމެއްވެސް ނޫނެވެ.

36މިބާވަތުގެ އަމުރެއް ނެރުމަށްއެކަށީގެންވާ ސަބަބެއް އޮތްތެބެލުމުގައ ހުށަހެޅި ހެކީގެ މަޞްދަރާއި އިތުބާރުކުރެވޭ މިންވަރު ފަނޑިޔާރުވަޒަންކުރނަ މުޅި މައްސަލައިގެ އެންމެހައި ކަންތައްތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ )ށ( ގެ )2( ވަނަ ނަންބަރު. ރިޢާޔަތްކޮށްގެނކަމާއި، ހުރިހާ ހެކިތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، ހެކި ފެނިދާނެކަމުގެއެކަށީގެނވް ފުރުޞަތެއް އޮތްކަމަށް ދޭހަވާނަމަ، އެފަދަ އަމުރަކީ ސައްހަ އަމުރެއްކަމަށް ބެލެވޭނެއެވެ .

37މި މައްސަލައިގައި ހެކީގެ ގޮތުގައިހު ށަހެޅިފައިވ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ސިޓީއަށިބަލާއިރު، މިއީ މ މައްސަލަ ތަހްޤީޤުކޮށްދިނުމަށ އެދް އެ އޮފީހުންފޮނުވި ސިޓީއެކެވެ. ސިޓީގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އަމުރަށް އެދޭ ފޯމުގައި އަދި އަމުރުގައި ވެސް ބަޔާންކޮށްފައިވެ ފަދައިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ހުއްދަ ނެތް ގިނަ މައްސަލަތަކަކަށް އެކްސެސްވެ، އ މައްސަލަތަކުގައި ހިމެނި ސިއްރު އަދި ޙައްޞާޞީ މައުލޫމާތު އެހެން ފަރާތްތަކާއި ޙިއްޞާކޮށް، އެ އޮފީހުގެ އިސްވެރިންނާއ ގުޅި ގޮތުން ޞައްޙަ ނޫން، އަދި އަޚްލާޤީ ގޮތުން ބަދު ވާހަކަތައް ދައްކާ، އޮފީސް ތެރޭގައި ހިނގ ކަންކަނާ ފޮޓޯ ނަގައި ރެކޯޑް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެގޮތުން، އުއޮފީހުގެ ސުލޫކީ ކޮމިޓީ އެހައި ތަނަށް ބެލިބެލުމުން ބުނެވުނު ކަންތައް އެގޮތުގައި ހިނގާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ބުނެފައިވެއެވެ.

38ޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުން ފޮނުވާފައިވާ ސިޓއިނީ، ތުހުމަތުކުރެވޭ ކުށްތަކަކީ ކޮންއިރަކު، ކިހިނެތް ހިނގާފައިވާ ހާދިސތަކެއ ކަމެއް އެއްވެސް މިންވަރަކަށް އެނގޭކަށް ނެތެވެ.ހުއްދަ ނޫން މައްސަލަތަކަށް އެކްސެސްވެ ތަނުގައި ހިނގާކަންކަނ ރެކޯޑުކޮށްފައިވ ކަމަށާ ބެލެވެން ކޮން މައުލޫމާތެއްގ މައްޗަށް ބިނާކޮށް ކީއްވެގެންކަމެއް އެނގޭކަށް ނެތެވެ.އޮފީހުގައި ހިނގާކަންތައް ރެކޯޑުކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ސިޓީގައި ފާހަގަކޮށްފައިވާއިރ ރެކޯޑުކޮށްފައިވަނ ޖިނާއީ ކުށަކަށް އަރައިގަނެވޭ ފަދަ "[t]he source and credibility of evidence in support of a warrant request is considered in the totality of the circumstances analysis, and a warrant is proper so long as the evidence as a whole creates a reasonable probability that the search will lead to the discovery of evidence." United States v.Humphrey, 140 F.3d 762, 764 (8th Cir. 1998). ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު PGB/171/2025/761-196 ސިޓީ )10 އެޕްރީލް 2025.( ގޮތަކަށްކަން އެނގޭނެ ވާޤިއާއެއް ބަޔާންކޮށްފައިނުވާއިރު މިމައުލޫމާތ ލިބު މަސްދަރެއް ބަޔާންކޮށްފައިނުވެއެވެ. ތަނުގެ ވެރިންނ މެދާ އަޚްލާޤީގޮތުން ބަދު ވާހަކަތަކެއް ދައްކާ ފަތުރާ ކަމަށ ބަޔާންކޮށްފައިވާއިރު ޖިނާއީ ކުށެއްގެ ތުހުމަތުއުފެދޭ މިންވަރަށް މިއީ ކިހިނެއް ކޮންގޮތަކަށް ހިނގާފައިވާ ކަމެއުކަން އެނގޭނަވާޤިއާއެއްވެސް ބަޔާންކޮށްފައިނުވާއިރ އެއްވެސް ހެއްކި ކަށް ޙަވާލާދީފައިނުވެއެވެ.ބަލައި ފާސްކުރުމަށ އެދް ޢާލާތްތްކާއ ތުހުމަތުކުރެވި ކުށާ އތޮ ގުޅުމެއް އެއްގޮތަކަށް ވެސް އެނގޭކަށް ނެތެވެ. ސިޓީގައި ބަޔާންކޮށްފައިވާ އެއްވެސް ތުހުމަތަކަށް ބްރަދަނު ލިބް ފަދަ ހަރުދަނާ ވޤިއާއެއުސިޓީގައި ބަޔާންކުރެވިފައިނުވާއިރ ދައުލަތުން ޖިނާއި ކުށްތައްކަމަށް ފާހަގަކުރާ މިއިން އެއްވެސް ކަމަކަށް ބުރަދަންދޭ ޤަރީނާއެއް ސިޓީގައި ނުވަތަ ސިޓީއާއެކު ހިމެނިފައިނުވެއެވެ. އެހެންކަމުން، މިސިޓީގައި ހިމެނިފައިވާ މަޢުލޫމާތުން އިތުބާރުކުރެވޮމިންވަރަށ މައްސަލައިގައް ކަންހިނގާފައިވާގެތް އެނގިޖިނާއީ ކުށެއްގެ ތުހުމަތުގައި އިސްތިއުނާފި ރައްދުވު ފަރާތުގާ ފޯނާއާއިލެކްޓްރޯނިކް އާލަތްތަކާއި ޕާސްވޯޑުތައް ހޯދައި ބަލައި ފާސްކުރުމަށް އަމުރުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ބެލެވޭ މިންވަރަށް ހެކިހުށަހެޅިފައިވ ކަމުގައި ނުދެކެމެވެ.

39ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި،ހެއްކަކުން ނުވަތް ހެކިތަކުން ޝަރީޢަތްކުރި ކޯޓަކުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހައެއްކަމަށް ފެންނަނަމަ ހެކި އަލުން ވަޒަން ކުރެވިދާނެކަމަށް ބަޔާންކޮށްފައިވއިރު، މްމައްސަލައިގައި އިލެކްޓަރްނިކް ޑިވައިސްތްއުހިފަހައްޓައ ބަލައި ފާސްކުރުމަށް އެކަށީވެގެންވާ ސަބަބެއް އޮތްކަމަށް ބެލެވިދާނެ ހެކި ޤަރީނާ ތަހްޤީޤުކުރާ ފަރާތުންހުށަހަޅާފައިވާ ކަމުގައި ނުފެންނާތީ އަމުރު ނެރުމަށް އެކަށީގެންވާ ސަބަބެއް ހުށަހެޅިފައިވާ ކަމަށް ދަށުކޯޓުން ނިންމާފައިވަނީ ގޯސްކޮށް ކަމުގައި ދެކެމެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ. އިސްތިއުނާފީ ދެވަނަ ނުކުތާ – އިސްތިއުނާފުކޮށްފައިވާ އަމުރުގައި ޤަޟިއްޔާއަކާ ހަވާލާދީ ވަކި އުޞޫލަކަށް ހަވާލާދީފައިނުވުން

40އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކޮށްފައިވާ އަމުރުގައި ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދު ﷲ ޢަލީޤަޟިއްޔާއާ ޙަވާލާދީފައިވީނަމަވެސް، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކޮން އުޞޫލަކަށް ރިޢާޔަތްކޮށްގެން ނެރެފައިވ އަމުރެއްކަން އެ އަމުރުގައި ބަޔާންކޮށްފައިނެތުމުނ އަމުރް ނެރުނު ސަބަބު ސާފުނުވާތީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 56 ވަނަ މާއްދާއިން ލިބިދޭ ޙައްޤަށް އުނިކަން އައިސްފައިވާކަމަށެވެ.

41HN2ހުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި އޮތުމަކީޤާ ނޫނުއަސާސީގ 42 ވަނަ މާއްދާގެ )ހ( އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގުގެ މައިގަނޑު އުންސުރުކަމަށް ވީހިނދު،ކޯޓު އަމުރެއް ނެރުމަށް ނުވަތަ ކޯޓު އަމުރެއް ނެރެނުދިނުމަށް ނިންމާ ޙާލަތުގައިވެސް، ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބު އިޖުމާލީ ގޮތެއްގައި ބަޔާންކުރަންވާނެކަމަށ ހައިކޯޓުގް މޫސާ ނާޝިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.

42މީގެ އިތުރުން، ފަނޑިޔާރު ގޮތް ނިންމާކަމެއްގެ ބާވަތުން، ސަބަބު ބަޔާންކުރުމުގައި އަޙްމަދް އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަނީޤަޟިއްޔާގައ ބަޔާންކުރި އުޞޫލުގައި ބަޔާންކޮށްފައިވާ ފުންމިނަށް އެކަންކަން ބަޔާންނުކުރެވޭނެ ޙާލަތެއްވެސް އޮވެދާނެކަމަށާއި، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ މަޢުޟޫޢީ ޤަޟިއްޔާއަކާ ގުޅިގެނާ ކަނޑައާޅާފައިވާ އުޞޫލަކަށް ވީހިނދު އެ ޤަޟިއްޔާގައި ކަނޑައަޅާފާ އިވ ފުންމިނާއި ފުޅާމިނުގައި މައްސަލައެއްގައި ނެރޭ ވަގުތީ އަމުރުފަދަ ނިންމުންތަކުގައި އެ ޤަޟިއްޔ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/100 ޤަޟިއްޔާގެ 33 ވަނަ ނުކުތާ. ތަޠުބީޤުކުރުމަކީ މުސްތަޙީލުކަމެއްކަމަށ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާއާ ޙަވާލާދީ މި ކޯޓުގެނިކޮލަސ ބޯމެންޑިލް އަދި އިތުރު ފަރާތެއް ވ. ވަންޑަރލަސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަރާތްތައް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.

43އެގޮތުން ބަލާއިރު، މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދީ ﷲ ޢަލ ޤަޟިއްޔާއަށް އިސްތިއުނާފުކޮށްފައިވާ އަމުރުގެ އިތުރު ބަޔާނުގައި ހަވާލާދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި، 38 ވަނި މާއްދާގަ )ނ( އަށް ހަވާލާދިނުމަށްފަހުއެވެ.އެ ޤަޟިއްޔާގައ ކަނޑައަޅާފައިވާ ވަކި އުޞޫލެއް އަމުރުގައި ބަޔާންކޮށްފައިނުވިނަމަވެސް، އެ ޤަޟިއްޔާއަކީ މިފަދަ އަމުރުތައް ނެރުމަށް އަމުރު އޮންނަންވީ ގޮތް ބަޔާންކޮށް އުޞޫލު ޤާއިމުކޮށްފައިވާ ނިންމުމަކަށް ވީހިނދު، މި މަރުޙަލާގައި ސަބަބު ބަޔާންކުރުމަށް މ މިންވަރު ފުދޭކަމަށް ދެކެމެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ - ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 36 ވަނަ މާއްދާއާއި 38 ވަނަ މާއްދާއާ ޙަވާލާދީ މި ބާވަތުގެ އަމުރު ނެރުނު

44HN3ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓެމުގެ އިޚްތިޔާރާއި ބާރު ތަންފީޛީ އިދާރާތަކަށް އެޤާނޫނުގެ 4 ވަނަ ބާބުން ލިބޭއިރު، އެޤާނޫނުގެ 5 ވަނަ ބާބުން މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގްބާރު ލިބިދީފައިވެއެވެ. މިބާބުތަކުގައިވާ މާއްދާތަކުގައި އިލެކްޓްރޯނިކް ވަސީލަތްތައް ބަލާ ފާސްކުރުމ ގުޅާ ޚާއްސަ މާއްދާއެއް ބަޔާންކޮށްފައިނުވެއެވެ.

45ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއްގެ ބައެއް ނުވަތަ އެ އެއްޗެއް އެކުގައި ހިފެހެއްޓުމުގެ ބާރު، ޤާނޫނު ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 ޤަޟިއްޔާގެ 28 ވަނަ ނުކުތާ. ތަންފީޛުކުރާ އިދާރާގެ އޮފިސަރުންނަށްލިބިގެންވކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގާ 36 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވެއެވެ. އަދި ހެކީގެ ގޮތުގައި ބޭނުންކުރުމަށް ބަލައި ފާސްކުރެވޭ ތަނަކުން ހޯދަން ބޭނުންވާ އެއްޗަކީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކާކޮށްފައިވާ މަޢުލޫމާތެއް ކަމުގައިވާނަމަ، އެ މަޢުލޫމާތު ބެލޭނެ އަދި ކިޔަން އެނގޭނެ ގޮތަކަށް، އަދި އެތަނުން ގެންދެވޭން ގެ ތަކަށ ހުށަހެޅުމަށް އެންގުމުގެ ބާރު ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރަށް ލިބިގެންވާކަމަށް އެ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވެއެވެ.

46ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ބެރުލިބިގެން ހަދާފައިވާ 'ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުނާ ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު' ގ 115 ވަން މާއްދާގަ )ހ( ގައި "ހެކީގެ ގޮތުގައެ ބޭނުންކުރުމަށް ހޯދަން ބޭނުންވާ އެއްޗަކީ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށފައިވާ މަޢުލޫމާތެއް ނަމަ، އެ މަޢުލޫމާތު ހޯދަންވާނީ ކޯޓް އަމުރެއްގެ ދަށުންނެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

47ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވެނ މާއްދާގަ )ނ( ގައި އެ މާއްދާގެ )ރ( ގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި އެހެން ކޮންމެ ޙާލަތެއްގައި، މީހެއްގެ ނުރުހުމުގައި، އެ މީހަކު ހުއްޓުވައި ބަލައި ފާސްކުރެވޭނީ، ކޯޓު އަމުރެއްގެދަށުން ކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވ ކަންކަމުގެ ތެރގައޭ އޭނާގެ އަތުގައި ކުށްކޮށްގެން ހޯދާފައިވާ އެއްޗެއް ހުރިކަމަށް ބެލެވުންއަދި ޖިނާއީ ބޮޑު ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އޭނާގެ އަތުގައި ހުރިކަމަށް ބެލެވުން ހިމެނެއެވެ.

48ވީމާ، ފޯނު އަދި އިލެކްޓްރޯނިކް ޑިވައިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލައިގެ ހެކި ޤަރީނާ ހޯދުމަށް ނެރޭ އަމުރެއްގައި މި މާއްދާތަކަށް ޙަވާލާދީފައިވުމުން،އަމުރު ނެރުނު ސަބަބު ސާފުވެ، އިސްތިއުނާފެ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާ ޝަކުވާއަށްވެސް އިތުރު ހައްލެއް ލިއްބައިދޭކަމަށް ދެކެމވެ.

ނިންމަންފެންނަ ގޮތް

49މިމައްސަލައިގައި އިސްތިއުނާފި ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިންފޯނުތަކާއޯ އިލެކްޓްރަނިކ ޑިވައިސްތއާހިފަހައްޓައ ބަލައި ފާސްކުރުމަށް އެކަށީވެގެންވާ ސަބަބެއް އޮތްކަމަށް ބެލެވިދާނެ ހެކި ޤަރީނާ ތަހްޤީޤުކުރ ފަރާތުން ހުށަހަޅާފައނެތަތީ،އަމުރު ނެރުމަށް އެކަށީގެންވާ ސަބަބެއް ހުށަހެޅިފައިވާ ކަމަށް ނުދެކެމެވެ. ވީމާ،އިސްތިއުނާފުކޮށްފައިވ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 )10 އެޕްރީލް 2025( ކޯޓު އަމުރަކީ ބާޠިލު އަމުރެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ

50މާ މައްސަލައިގައިފަނޑިޔާރ ފާޠިމަތު ފަރްހީޒގާ ރައުޔގ ނުކުތެ 1 އިން 25 އަށް އަދި ނުކތު 40 އިން 46 އަށް ތާއީދުކުރުމާއެކު ތިރީގައި ބޔާންކޮށްފައިވަ ކަންކަނާ ފާހަގަކުރަމެވެ.

51މި މައްސަލައިގައި ޢަލީ ތިޙްނާން ފަޒީންގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައިވާ މައިގަނޑު ޝަކުވާއަކީ،މީނާގީފޯނު ހިފެހެއްޓުމުގެ އަމުރު ނެރުމުގައި ކްރިމިނަލް ކޯޓުން ރިޢާޔަތް ކޮށްފައިވަނީ ހަމައެކަނި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއަކަށްކަމަށާއި، އެ އަމުރު ނެރެފައިވަނީ މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް، މީނާކުރިކަމުގެ އެއްވެސް ހެއްކެއްނެތިކަމަށާއި،މ އަމުރި ނެރުމަށް ނިންމަވާފައިވަނީ މ ޙާލަތުގައި ރިޢާޔަތކުރަންޖެހޭ މަތީމަރުޙަލާގެ ކޯޓުގެ ނިންމުންތަކާ ޚިލާފަށްކަމަށެވެ.

52މ މައްސަލައިގައި ދައުލަތުން ހުށަހެޅި ޖަވާބުފޯމާއެކު، ދިވެހި ފުލުހުންގެ ޚިދުމަތުގެ "ބަލައި ފާސްކުރުމަށް ހުއްދަ ދިންކަމުގެ ލިޔުން"ގައަ،ޢަލީ ތިޙްނާން ފަޒީންއަށް ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ލިބިދޭ ޙައްޤުތައް ސާފުވެފައިވާކަމަށާއި، އަދި އެ ޙައްޤު އެއްވެސް މަޖުބޫރުކަމެއްނެތި، އަމިއްލަ އިޚްތިޔާރުގައި ދޫކިށްލައި، މީނާގެ ބެލުމުގެ ދަށުގައިވާ ތަނުގައިވާ އެންމެހައިތަކެތި ހިމެނޭގޮތަށް ބލައ ފާސްކުރުމަށާއި، ބަލައިފާސްކުރުމުގައި ބޭނުންކުރެވިދާނެކަމަށ ފުލުހުން ކަނޑައަޅް އެންމެހައިތަކެތި ހެކީގެގޮތުގައ ނަގައި ހިފެހެއްޓުމަށް ހުއްދަ ދީފައިވާކަމަށް ބަޔާންކޮށްފައިވއެވެ. އަދި އެ ލިޔުމުގައި، 11 އޭޕްރީލް 2025 ދުވަހުގެ ތާރީޚުގައި މީނާ ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި،އިސްތިއުނާފުކުރ ފަރާތުގެ ފޯނު ފުލުހުންނާ ޙަވާލުކޮށްފައިވަނީ ރުހުމުގައިކަމަށ ދައުލަތުން ބުނެފައިވާއިރް، މީނާގެ ފޯނުދީފައިވަނީ ރުހުމުގައިކަމާމެދ ސުވާލު އުފެދޭގޮތަށް ޝަރީޢަތުގެ އަޑުއެހުމުގައި ވާހަކަދައްކާފައިވާތީ، ރުހުމާގުޅޭގޮތުން ޝަރީޢަތނު އިތުރަށް ސުވުލުކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ސާފުޖަވާބެއް ދީފައިނުވެއެވެ. ވީމާ، މި ޙާލަތުގައި، ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއްކަނޑައަޅަންޖެހޭ ނުކުތާއެއްކަމަށް ދެކެމެވެ.

53އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެނ ޝަރީޢަތުގެ ކުރިމަތީގައިއޮތް ސުވާލެކީ،ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، ޝަރީޢަތުގެ ކުރީގި އެކިމަރުޙަލގައ އަމުރި ނެރުމުގައަ،މުއްތަހަމުގެ މައްޗަށް ތުހުމަތު އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށްޓަކައި،ޤާނޫނު ތަންފީޒުކުރާ ފަރާތުން ހުށަހެޅިދާނެ ކަންކަމަކީ ކޮބއަތޯއާއި، އެކަންކަމުގެ މައްޗަށް ތަޠުބީޤުކުރެވޭ ޤާނޫނީ އުޞޫލުތަކަކީ ކޮބައިތޯއާއި، އަދި އެ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް،އެފަދަ އަމުރެއް ނެރުމަށް ނިންމުމުގައި، ތަންފީޒީ އިދާރާގިމައްޗަށްއޮތް ޤާނޫނީބުރަ އަދާކުރކަމަށ ވާސިލުވެވޭ މިންގަނޑަކީ ކޮބައިތޯއެވެ.

54ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2020/SC-A/93( ޤަޟިއްޔާގައި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ބަންދާމެދު ގޮތެއްނިންމުމުގައި، މުއްތަހަމުގެ މައްޗަށް ތުހުމަތުކުރެވޭ ކުށްކުރިކަމަށް ބާރުދޭ ހެކިހުރިތޯ ނުވަތަ ނެތްތޯ ބލުމެ ގައި، މި މައްސަލައާ ގުޅިގެން، 05 މެއި 2025 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން. ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށްހުރި ހެކިތަކުގެ ތަފުޞީލު ހާމަކުރުން ޤާނޫނުގައި ލާޒިމުކޮށްފައި ނުވާކަމަށާއި، އެ މަރުޙަލާއަކީ މުއްތަހަމާ ދެކޮޅަށް ހެއްކާއި ޤަރީނާ ހޯދައި، އެމައްޗަށް ބިނާކޮށް ދަޢުވާ ކުރެވޭނެކަން ނުވަތަ ނޫންކަން ކަނޑައަޅާ މަރުޙަލާކަމަށް ބުނެފައިވިއެވެ.އަދ އެ މަރުޙަލާގައޮތަންފީޒީ އިދާރާގެ ޒިއްމާއަކީ ތުހުމަތުކުރެވޭ މީހާއާ ދެކޮޅަކަށްހުރި ހެއްކަކީ ކެބައިކަން ޖުމްލަގޮތެއްގައި ފަނޑިޔާރަށް ބުނެދިނުންކަމަށް ކަނޑައަޅުއްވާފައިވެއެވެ. މިސާލއްގެގޮތުން،މުއްތަހަމުގެ ޢަމަލުތަކާ ގުޅޭގޮތުން ހެކިންގެބަސ ނުވަތް ތުހުމަތުކުރެވޭ މީހާއާއި ކުށާއި ގުޅުވައިދޭ ސައިންޓިފިކް ނުވަތަ އެނޫންވެސް ހެއްކަކުން ކުރެވޭދަލާލަތުހުރީ މިވެނިގޮތަކަށްކަމަށް ބުނެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

55ދިވެހިރާއްޖޭގެ ސުޕްރުމީ ކޯޓުގް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމް ޝަކޫރު )2022/SC-A/42,43( ޤަޟިއްޔާގައި، ދަޢުވާ އުފުލުމަށްފަހު ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި މަދަނީ މިންގަނޑުން އެކަށީގެންވާ މިންވަރަށް ހެކިހުރިކަނ ނުވަތް ނޫންކަން ބަލާނީ ޕްރައިމާ ފޭޝީ މިންގަނޑުން ކަމަށާއި، އެކަން ބިނަ ވާނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ކަންހިނގާފައިވގޮތ ށާއި، އ މައްސަލައިގެ ވާޤިޢާތަކުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން ފަނޑިޔާރު ވަޒަންކުރާއިރު، ދަޢުވަ ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކުން، މުއްތަހަމު ކުށްކުރުމާއި ނުކުރުމުގެ އިޙްތިމާލު އޮތްކަމަށް ބެލެވޭނެމަ، އެމީހަކު ކުށްކުރިކަމްށް ތުހުމަތުވެފައި، ކުށްނުކުރާކަމާމެދ ކުރެވު ޝައްކު އެއަށްވުރެ ބޮޑުކަމަށް ގަބޫލުކުރެވޭނަމަ، ޝަރީޢަތް ކުރިއަށް ނުގެންދިޔުމަށް ކަނޑައެޅިދާނެކަމަށ ބަޔާންކޮށްފައިވެއެވެ. އަދި ޝަރީޢަތް ކުރިއަށް ގެންދާނެކަނ ނުވަތް ނޫންކަން ކަނޑައެޅުމުގެ ކުރިން، މައްސަލައިގެ އެކޮޅުމިކޮޅަށް ބަލައި، ހުރިހާއެއްޗެއްގެ ޖުމްލަ ނަތީޖާއަށް ރިޢާޔަތް ކުރެމަކީ ފަނޑިޔާރުގެ ޒިއްމާއެއްކަމަށާއި، މި ޙާލަތުގައި ބަލަންޖެހޭނީ ޝަރީޢަތް ކުރިއަށް ގެންދިޔުމަށް ފުދޭމިންވަރުގ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާގެ، ނުކުތާ 26 އަދި 27. ހެކިހުރިތޯކަމަށވެ. ކުށް ސާބިތުކުރުމަށް ފުދޭމިންވަރުގެ ހެކިހުރިތޯ ބެލުން ނޫންކަމަށާއި، ތުހުމަތު އުފެދެ މިންވަރަށް ހެކިހުރިތޯ ބެލުންކަމަށް ކަނޑައަޅުއްވާފައިވެއެވެ.

56ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އިސްމާޢީލް އިފްހާމް މުޙައްމަދް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2022/SC-A/75( ޤަޟިއްޔާގައި، ޕްރައިމާ ފޭޝީ މިންގަނޑުން ބަލާނީ މަތިމަތިން ކަމަށާއި، އެގޮތުން ބުލާނަ މައްސަލައިގް މައުޟޫޢއަށްއަސަރުނުކުރާނެ މޭރުމަކުންކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެފަދައިން ބަލާއިރު، ހެއްކެއްގެ ދުސްތޫރިއްޔަތ ނުވަތު ޞައްޙަކަމާމެދު ސުވާލު އުފައްދައި، އެ މައްޗަށ ބަހުސްކުރުމަކ މައުޟޫޢީ ބެލުމުގެ ދާއިރާގެ ތެރޭގައިވާ ކަމެއްކަމުގައި ކަނޑައަޅުއްވާފައިވެއެވެ.

57ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް )2021/SC-A/50( ޤަޟިއްޔާގައި،ދަޢުވާ ހުށަހެޅުމުގެ ކުރީގެ މަރުޙަލާއާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ ބައެއް ޤާނޫނ އުޞޫލު، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

57.1. "ތުހުމަތުކުރެވޭ މިންވަރަށް" ހެކިހުރުމަކީ ކުރެވޭ ހަމައެކަނި ޝައްކަކަށްވުރެ މަތީ ދަރަޖައެއް ހާސިލުވުންކަމަށާއި، މިއީއިތުބާރުކުރެވޭ ގޮތަކަށް ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި އެފަރާތަށް އެނގިފައިވާ ވާގިއާތަކާއި ޙާލަތުށްބަލައި، މުއްތަހަމު ކުށްކޮށްފައިވާކަމަށ ނުވަތް ކުށްކުރަމުން ގެންދާކަމަށް، ފަރުވާތެރި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭ މިންގަނޑު ކަމަށާއި، އަދި އެއީ ޔަޤީނުގެ މަހައްލާއި ޝައްކުގެ މަހައްލާއި ދެމެދުގެ ދަރަޖައެއްކަމަށް ކަނޑައަޅުއްވާފައިވެއެވެ. މީގެއިތުރުން،ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރިކަމށް ބެލުމުގައި، ތަމްރީނުލިބި ތަޖުރިބާހުރި ފުލުސް އޮފިސަރެއްގެ ރައުޔު ދޫކޮށްނުލެވޭނެ ކަމަށާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރިކަމަށ ފަނޑިޔާރް ބުރަވާންވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/42,43 ޤަޟިއްޔާގެ، ނުކުތާ 26 އިން 28 އަށް. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 ޤަޟިއްޔާގެ، ނުކުތާ 43 އަދި 44. ލިބިފައިވާ ވާގިއާތަކާއިޙ ލަތުތަކަށްބަލައ، މުއްތަހަމުކުށްކޮށްފައި ވާކަމަށް ނުވަތަކުށ ކުރަމުންދާކަމުގެ ޔަޤީންކަން ފަންސާސް ޕަސަންޓަށްވުރައިތުރުވނަމާކަމަށެވެ. މިސާލަކަށް، މެންދަމުންފަހުގެ ވަގުތެއްގައި ގެއަކުން ނުކުމެގެން އަންނަނިކޮށް މީހަކު ހައްޔަރުކުރާއިރު، މީހާ އާދަޔ ޚިލާފަށާ ހާސްވެ ތުރުތުރު އެޅުމާއި، ފުލުހުންނަށް އަތުނުވާން ދުއްވައިގަތުމާއި، ވަގަށްނަގާފައިވާ ތަކެތި އަތުން ފެނުންފަދ ކަންކަނަ ހިމެނޭކަމަށް ބުނެފައިވެއެވެ.

57.2. "ކޮންމެސް މިންވަރަކަށް ހެކިހުރުން"އަކީ ޔަޤީނީ ދިމާއަށް ފަނޑިޔާރުގެ ވިސްނުން ދަތުރުކުރުމުގެ ރާސްތާގައި "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން" އަށްވުރެ ދަށީދަރަޖައެއ ކަމުގައި ވީނަމަވެސް، ޝައްކަށްވުރެ މަތީ ދަރަޖައެއްކަމަށް ބުނެފައިވެއެވެ.އެގޮތުން، މައްސަލައިގަ ލިބިހުރި މަޢުލޫމާތުގެ މިންވަރަށް ބަލާއިރު، ފަނޑިޔާރުގެ އަތުގައިއޮތ މައްސަލައިގައި ޖިނާއީ ހަރަކާތެއް ހިނގާކަންފ ރުވާތެރި މީހަކަށް ގަބޫލުކުރެވުނ ހިމެނޭކަމަށާއި، އެކަން ބިނާވަނީ ސާފު ވާޤިޢާއެއް ނުވަތަ ވާޤިޢާތަކެއްގެ މައްޗަށް ކަމަށާއި، އަދި ބުއްދީގެ ހަމަތަކުން ބަލާއިރުއ ވާޤިޢާގެ މައްޗަށް ފިޔަވަޅެއްއެޅުން ލާޒިމުވާކަމަށް ދޭހަވުންކަމަށ ބަޔާން ކޮށްފައިވެއެވެ.

58ދިވެހިރާއްޖޭގެ ހައިކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޒަވާޖު ) 2023/HC-B12/45( ޤަޟެއްޔާގައި، ބަންދާމެދު ގޮތެއްނިންމާ މަޖިލިސްތަކި ކ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ ޙާލަތެއް ވުޖޫދުވެފައިވާކަން ނުވަތަ ނޫންކަން ކަނޑައަޅާ އަޑުއެހުމެއްކަމަށާއި، އެ މަޖިލީހަކީހެކިޤަރީނާގެ ޤާނޫނ ޞައްޙަކަމާމެދު ގޮތްކަނޑައަޅާ މަރުޙަލާއެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 ޤަޟިއްޔާގެ، ނުކުތާ 30. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 ޤަޟިއްޔާގެ، ނުކުތާ 31. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2023/HC-B12/45 ޤަޟިއްޔާގެ، ނުކުތި 17.

59ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އަދި އިތުރު 2 މީހުން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2020/SC-A/108,109,110( ޤަޟިއްޔާގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ބައެއް އިޖުރާއަތުތަކަކީ އެއާޚިލާފުވުމުގެ ސަބަބުން މުއްތަހަމުގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނެ ކަންކަން ކަމަށާއި، އޭގެސަބަބުން ނިޔެއަށްވެސް އަސަރު ކުރާނެކަމަށްބުނެފައިވެއީވެ. އަދި ބައެއް އިޖުރާއަތަކީ އަސާސީ ޙައްޤަކާ ގުޅުމެއްނެތް އަދި އިޖުރާއަތު ރަނގަޅުކުރުމުގެ ފުރުޞަތުއޮންނަ އިދާރީ އިންތިޒާމުތައްކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާޠިލުވުން ކަމުގައި ނުވަތަ ބަންދުގައިހުންނަ މީހާ ދޫވުންކަމަށް ބެލުމަކީ މުޖުތަމަޢުގެ ޙައްޤަށް ނުބައި އަސަރުތަކެއް ކުރާނެކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.މީގެއިތުރުން، އ ޤަޟިއްޔާގެ 54 ވަނަ ނުކުތާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގ އަޙްމަދު ފާރިސް މައުމޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )2018/HC-A/292( ޤަޟިއްޔާގައި، އިޖުރާއީ ކަންކަން ފުރިހަމަނުވުމުގެ ޤާނޫނާނަތީ ޖއަކީ ހުރިހާ ބާވަތެއްގެ އިޖުރާއަތަށް ތަޠުބީޤު ކުރެވޭނެ އުޞޫލެއް ނޫންކަމަށާއި، ޚިލާފުވި އިޖުރާއަތު ފުރިހަމަ ނުކުރުމުގެ ސަބަބުން އެމައްޗަށް ތަރުތީބު ވެގެންވާ އެންމަހައި ކަންކަން ބާޠިލުވުމުގެ ބަދަލުގައި، އެ ޚިލާފަކީ ޣައިރުޤާނޫނީ ޚިލާފެއްތޯ ފަރަގުކޮށް، އެކަމެއް ނުކުރުމުގެ ސަބަބުން ހަމައެކަނި ބާޠިލުވެގެންދާނީ އެ ޚިލާފަކީ ޣައިރުޤާނޫނީ ޚިލާފަކަށް ވާނަމަކަމަށް ކަނޑައަޅުއްވާފައިވެއެވެ.

60HN4ބުނެވިދިޔަ ޤަޟިއްޔާތަކުގެއަލީގައި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ގޮތްނިންމުމުގައި ތަޠުބީޤު ކުރަންޖެހްބައެއ ޤާނޫން އުޞޫލުތައް ތިރީގައި ޚުލާޞާކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 ޤަޟިއްޔާގެ، ނުކުތާ 31 އިން 34 އަށް . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/108,109,110 ޤަޟިއްޔާގެ، ނުކުތާ 35 އަށް . މީގެފަހުން "ފާރިސް ޤަޟިއްޔާ"ކަމަށް ބުނެފައިވާ.

60.1. ޝަރީޢަތުގެ ކުރީގެ މަރުޙަލާއަކީ ހެއްކާމެދު ބަހުސްކޮށް ހެކީގެ ދުސްތޫރިއްޔަތާމެދު ގޮތްނިންމާ މަރުޙަލާއެއްނޫންކަން.

60.2. ޝަރީޢތުގަ ކުރީގެ މަރުޙަލާގައި ވަކިބާވަތެއްގެ ހެއްކެއް ނުވަތަ ވަކިޢަދަދަކަށް ހެކިހުށަހެޅުނ ލާޒިމުނުވާކން.

60.3. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ބައެއް އިޖުރާއަތުތައް ރަނގަޅުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، މުއްތަހަމުގެ ޙައްޤުތަކާ އެކުއެކީގައި މުޖުތަމަޢުގެ ޙައްޤުވެސް ވަޒަންކުރަނީ ޖެހޭނެކަން.

60.4. ޝަރީޢަތުގެ ކުރީގެ މަރުޙަލާތަކުގެ ނިންމުންތަކަކީ މަތިމަތިން އަދި ޕްރައިމާ ފޭޝީ މިންގަނޑުން ނިންމާ ނިންމުމެއްކަން.

60.5. ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ނިންމުނތަކަކް، ކޮންމެ މައްސަލައެއްގެ ޙާލަތަށް ވަކިވަކިން ރިޢާޔަތްކޮށް،ލިބިފައިވާ ހެކީގެމައަ ޗަށް އިޖުމާލީގޮތެއްގައި ބަލައި ފަނޑިޔާރުގެ އިޚްތިޔާރު ނިންމުމެއްކަން.

61ބުނެވިދިޔަނިންމުންތަކުން ފައުޅުވާމައިގަނޑަޤާނޫނީ އުޞޫލުތިކުގެ އލީގައް،އިލެކްޓްރޯނިކް ހެއްކެއް ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމުގެ އަމުރެއް ނެރުމުގައި،ފުލުހުންގެ ބެލުމުގެ ދަށަށްހެކިތައ ގެނައުމުގެ ޤާނޫނ އިޖުރާއަތުތައް ފުރިހަމަވުމުގެ އިތުރުން،ހުށަހެޅިފައިވާ ކަންކަމާއި އެ މަޢުލޫމާތަށް އިތުބާރުހިފޭ މިންވަރުގެ މައްޗަށް ބިނާކޮށަ،މުއްތަހަމުގެ މައްޗަށް އެކަށީގެންވާ ތުހުމަތެއް އޮތްތޯ ނުވަތަ ނެތްތ ސަބަބުވެރި މިންގަނޑަކުން ކަނޑައަޅަން ޖެހެއެވެ. އެގޮތުން، ލިބިފައިވާ މަޢުލޫމާތު މަތިމަތިން ބަލައި،އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، ކުށުގެ ޢަމަލުކުޅަ ގޮތާއި، ހެކިހޯދުމަށްހުރި ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، މުއްތަހަމުގެ އަސާސީ ޙައްޤާއި މުޖުތަމަޢުގެ ޙައްޤު އަޅައިކިރުމަށްފަހ ވާޞިލުވެވޭ ނަތީޖާތަކއެކު،އަމުރު ނެރުމަށް ނުވަތަ ނުނެރުމަށް ފަނޑިޔާރު އިޚްތިޔާރު ކުރަންވާނކަމަށެ ދެކެމެވެ.

62މ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި، އިސްތިއުނާފުކުރާ ފަރާތާއި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، މި މައްސަލައިގައިވާފަދ ކޯޓަ އަމުރެއް ނެރުމަށް ފަނޑިޔާރު ވާސިލުވާންޖެހޭ މިންގަނޑަކީ ޕްރޮބަބަލް ކޯޒްގެ މިންގަނޑުކަމަށް ބުނެފައިވެއެވެ. މިކަމަށް ދެފަރާތުންވެސް އެއްބަސްވެފައިވެއެވެ. ބަހުސް އުފެދިފައިވަނީ، އެ މިންގަނޑަށް ވާސިލުވުމުގެ ރާސްތާއާމެދުއެވެ.

63HN5ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގައި، އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ފާސްކޮށް، މީހެއްގެ އެއްޗެއް ގަދަކަމުން އަތުލައިގެނ ނުވާނެކަމަށް ބުނެފައިވެއެވެ.އަދ ގޮވަތި ގެދޮރާއ މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރި ވެގެންވާ ތަންތަން ކަމަށާއި، ކޯޓު އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަދެގެންނުވާނެކަމަށ ބަޔާންކޮށްފައިވެއެވެ.މި މާއްދެގެ އިބާރާތްކުރުމަށް ބެލުމުން، މުދައު ހިފެހެއްޓުމަށް ނުވަތަ ގޮވަތިގެދޮރަށ ވަނުމަށް ކޯޓުއަމުރެއް ނީރުމަށް ހުއްދަވުމުގެ ބޭނުމަށް ވާސިލުވާންޖެހޭ ޤާނޫނީ މިންގަނޑކ އެކަށީގެންވާ ސަބަބެއް އޮތުންކަމަށް ދެކެމެވެ.އެހެނީ، މި މާއްދާގެ ދަށުން، އެކަށީގެންވާ ސަބަބެއް އޮތްކަމުގައިވާނަމަ، ކޯޓު އަމުރަކާނުލައިވެސް މީހެއްގެ ގެއަށް ވަދެ މީހެއްގެ މުދައު ފުލުހުންގެ ބެލުމުގެދަށަށް ގެނައުމަށް ފުރުޞަތު ލިބިދެއެވެ. މިއީ، މި މައްސަލައިގައި ދެ ފަރާތަށްވެސް އެއްބަސްވެވޭ "ޕްރޮބަބަލް ކޯޒް"ކަމަށ ޙަވާލާދީ މިންގަނޑުކަމަށްވެސް ދެކެމެވެ.

64މި މައްސަލައިގެއަޑުއެހުމުގައުޝަރީޢަތުން ކުރިމަތިކުރި ސުވާލުތަކުގެ ތެރެއިން، މީހަކު ޢާއްމުވުމަށ ނުއެދޭ ފޮޓޯތަކެއް ޢާއްމުކުރުމުގ ޝަކުވާގެ މައްސަލައެއްގައި، ޝަކުވާކުރާ ފަރާތަކީ މަޞްލަޙަތު ފުށުއެރުމުގެ ސަބަބުން އެ މީހެއްގެ ބަހަށް ރިޢާޔަތްތެރިކަން ނުދެވޭފަދަ މީހެއްތޯ އިސްތިއުނާފުކުރު ފަރާތާ ސުވާލުކުރމުނާ،މި މައްސަލައިގެ ޙާލަތު ތަފާތުކަމަށާއި، ސުވާލުގައިވ ޙާލަތުގައި އަނިޔާލިބުނު ފަރާތެއް އޮވެފައި، އްވަސްކުރުމުގެ ބޭނުމެއްވެސ އޮންނާނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އަދި ޢަލީ ތިޙްނާން ފަޒީނެގެ ޝަކުވާއަކީ އިތުރު އެއްވެސެހެއްކެއްނެތި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއެއްގެ މައްޗަށް ބިނާކޮށް އަމުރު ނެރުންކަމަށް ބުނެފައިވެއެވެ. މީގެއިތުރުން، ޕްރޮބަބަލް ކޯޒްގ މިންގަނޑަށް ވާސިލުވުމުގައި، ކޮންމެ މައްސަލައެއްގައިވެސް ކަންހިނގާފައިވާގޮތަށް ވަކިވަކިން ބަލައިގެން މެނުވީ، މްފަދަ އަމުރަކާމެދު ގޮތެއްނުނިންމޭނެ ކަމަށާއި، އެ ނިންމުމަކީ ފަނޑިޔާރެއްގެ އިޚްތިޔާރު ނިންމުމެއްކަމަށްޢަލީ ތިޙްނާން ފަޒީނގެ ފަރާތުން ބުނެފައިވެއެވެ.

65ދައުލަތުގެ މައިގަނޑު ހުށަހެޅުމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ މި ޙާލަތުގައި ޝަކުވާއެއް ހުށަހަޅާ މީހަކާ އެއްހައިސިއްޔަތެއްއޮތް ފަރާތެއްކަމަށެވެ. ޝަކުވާއެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ މައްސަލަތަކާ ގުޅިގެން އަމުރު ނެރުމުގައި، ޝަކުވާކުރާ ފަރާތުގެ ބަހުގްމައްޗަށް ބަރޯސާ ވާންޖެހޭ ޤާނޫނީ ސަބަބަކީ، ތަޙުޤީޤީ އިދާރާއަކަށް ހުށަހަޅާ ޝަކުވާއެއްގައަދޮގުމަޢުލޫމާތު ދިނުމަކީ ޖިނާއީ ކުށަކަށްވެފައި، ދޮގުމަޢުލޫމާތު ދީފިނަމަ އެކަމަށް ޤާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ފުރުޞަތު އޮތަތީކަމަށެވެ. އަދި ޕްރޮސިކިއުޓަރިޖެނެރަލްގެ އޮފީހަކީ ދައުލަތުގެ އިދާރާއަކަށްވފައެ، އ އޮފީހުގެ ސިޓީއަކީ ރަސްމީ ލިޔުމުގެ ހައިސިއްޔަތުއޮތ ލިޔުމަކަށް ވުމުގެއިތުރުނ، ދައުލަތުގެ ފަރާތުން ދޮގުމަޢުލޫމާތު ދިންކަމުގައވާނަމަ، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކަށް ފިޔަވަޅު އްޅުމުގެ ފުރުޞަތު އޮންނާނެތީ، މި ޙާލަތުގައި އެ ސިޓީގައިވާ ކަންކަމުގެ ތެދުވެރިކަމާމެދު ސުވާލު އުފެދެންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަށް ދައުލަތުން ނުދެކޭކަމަށް ބުނެފައިވެއެވެ.

66އިސްތިއުނާފުކުރ ފަރާތުގާ ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނަ ފާރިސް ޤަޟިއްޔާގެ މައްޗަށްކަމަށް ވާއިރު، އެ މައްސަލައިގައި އަޙްމަދު ފާރިސް މައުމޫންގެ މޯބައިލް ފޯނުތަކާއި ސިމ ކާޑުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ އަމުރަށްއެދި ހުށަހެޅިއިރު، ސިއްރު ހެއްކެއްގެ ބަޔާނެއް އޮތްކަމަށް ބުނެފައިވީނަމަވެސް، އެފަދަ ބަޔާނެއް ހުށަހަޅާފައިނުވާކަން، އ ޤަޟިއްޔާގެ 26 އަދި 27 ވަނަނުކުތއަށާ ބެލުމުން އެނގޭކަމަށެވެ.އެހެންކަމުން، މި ދެ މައްސަލައަކީ އެއްކަހަލަ ދެ މައްސަލަކަމަށް ނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް )2019/SC-A/15( ޤަޟިއްޔާގެ 47 ވަނަ ނުކުތާގައިކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކުރުމުން، ފާރިސް ޤަޟިއްޔގާ އުޞޫލު މި މައްސަލައަށް ތަޠުބީޤު ކުރެވޭނެ ޤާނޫނީ ހަމައެއްއޮތްކަމަށްދައުލަތުނަ ނުދްކޭކަމށ ބުނެފައިވެއެވެ.

67މި މައްސަލައި ގައި، ފުލުހުންގެ ފަރާތުން"އެހެނހެނި ކޯޓް އަމުރަށްއެދޭ ފަނޑިޔާރަށް ހުށަހަޅާ ފޯމު" ފުރިހަމަ ކޮށްފައިވުމުގެ އިތުރުން، "ކޯޓު އަމުރަށް އެދި ހުށަހަޅާ ފަރާތުގެ އިޤްރާރު"ގައި، ކޯޓަށް ހުށަހެޅި ފޯމުގައިވަނީ ތަޙުޤީޤުކޮށް ޤާނޫނީގޮތުން މައްސަލަ ދިރާސާކުރުމަށްފަހު ހޯދާފައިވާ ތެދު މަޢުލޫމާތުކަމަށާއި، ޙަޤީޤަތާ ޚިލާފު އެއްވެސް މަޢުލޫމާތެއް ހިމަނާފައި ނުވާކަމަށްބުނެ، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލަޠީފް )ސނ. 1284( ސޮއިކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ތައްގަނޑު ޖަހާފައިވެއެވެ.

68HN6ބަހުސްގެ ބޭނެމަށް،މިސާލަކަށް، ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފަކު، ވަޒީފާ އަދާކުރުމުގެ ތެރއިނެ ކުންފުނިން ލިބެންހުރުސިއްރު އިލެކްޓްރޯނިކް މަޢުލޫމިތާ ވަގަށްނަގައ، އާ މުވައްޒަފު މަސައްކަތްކުރާ ކުންފުންޏާ އެއްމަސައްކަތެއްކުރި އދ ވާދަވެރި ތިންވަނަ ފަރާތަކަށް،އެ މަޢުލޫމާތު އިލެކްޓްރޯނކ ވަޞީލަތެއް މެދުވެރިކޮށް ވިއްކުމުގެ މައްސަލައެއްގެ ޝަކުވާ ހުށަހަޅާ ޙާލަތުގައި،އެ މުވައްޒަފުގެ އިލެކްޓްރޯނިކް ޑިވައިސްތައް ހޯދުމަށް ކޯޓު އަމުރަކަށް އެދޭއިރު،ކުންފުނިން ހުށަހެޅް ޝަކުވާ ފިޔަވައި އިތުރު މަޢުލޫމާތެއް ނެތުމަކީ ޢަމަލީ މައިދާނުގައި ވަރަށް ގާތްކަމެކެވެ.ޢަލީ ތިޙްނާން ފަޒީންގ ފަރާތުންވެސ އެއްބަސްވެފައިވާ ފަދައިން، އެފަދަ ޙާލަތެއްގައި އަވަސްކުރުމުގެ މުހިއްމުކަންވެސް އޮންނާނެކަމަށް ދެކެމެވެ.

69މައްސަލަތަކުގެ ތަޙުޤީޤުގެ ކުރީކޮޅުގައި، އަނިޔާލިބޭ ފަރާތުގެ ޝަކުވާ ފިޔަވައި އެހެން އެއްވެސް ހުށަހެޅުމެއްނެތި، އެ ޝަކުވާގެ މައްޗަށްއެކަނި ބިނާކޮށް ފިޔަވަޅު އެޅުމުގައި، ޖިނާއީ ޢަދުލުގެ ނިޒާމު ބަރޯސާވަނީ ތެދުމަޢުލޫމާތު ހުށަހަޅާކަމުގެ އިޤުރާރުގެ މައްޗަށެވެ.ފޯނުފަދަ އިލެކްޓްރޯނިކް ޑިވައިސްއިން މަޢުލޫމާތު ހޯދައިގެން މެނުވީ ތަޙުޤީޤު ނުކުރެވޭ ބާވަތުގެ މައްސަލަތަކުގެ ޚާއްޞަ އެއްސިފައަކީ، ހެކި ނައްތާލުމަށް ނުވަތަ ހެއްކަށް ބަދަލުގެނައުމުގެ ފުރުޞަތު ފަހިވެފައި އެހާމެފަސޭހަވުމެވެ. އަދި މި ބާވަތުގެ މައްސަލަތަކުގައި ޤްނޫނު މުގުރާ މީހުންގެ މައްސަލަ ތަޙުޤީޤު ކުރުމުގައި، ފަރުދީ ޙައްޤާއި މުޖުތަމަޢުގެ ޙައްޤަށް ފަރުވާތެރިވުމާއެކު، ކުށްކުރާ މީހުންނާ އެއްދުވެލީގައ ޤާނޫނި ތަންފީޒުކުރާ އިދާރާތަކުން ފިޔަވަޅުއެޅުމުގ ފުރުޞަތު އޮންނަންވާނެކަމަށް ދެކެމެވެ.

70އެހެންކަމުން، މި މައްސަލައިގައި ފުލުހުންގެ ފަރާތުން ހުށަހެޅި ހެއްކަކީ ޝަކުވާކުރި ފަރާތުގެ ބަޔާނަކާ އެއްފަދަ ލިޔުމަކަށްވާއިރު، އަދި އެ ލިޔުމުގައި ދޮގުމަޢުލޫމާތު ހުރިނަމަ، މި ބާވަތުގޭ އެހެން މައްސަލަތަކކެ އެއްފަދައިން،ދިވެހިރާއްޖޭގ ޢަދުލުގެ ނިޒާމުގެ ތެރއިނޫޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލިޔުމަށް ޒިއްމާކުރެވޭނެ ޤާނަން މގެއ އޮތުމުން، އެ ލިޔުމަކީ ސިޓީއެއްގެ ސިފައިގައިއޮތް ލިޔުމަކަށްވުމުގެ ސަބަބުން އޭގައިވާ މަޢުލޫމާތަށް ބަރޯސާވެވޭ މިންވަރު ތަފާތުވާންޖެހޭ ނުވަތަ ބުރަދަން ބަދަލުވާންޖެހޭ ޤާނޫނީ ސަބަބެއްނެތެވެ. މީގެއިތުރުން،މި ނިންމުމުގެ ނުކތު 54 އިން 60 އަށް ރިޢާޔަތްކުރުމުން،މި ޙާލަތުގައި ގޮތްނިންމުމަށްޓަކައި ވަކިބާވަތެއްގެ ހެއްކެއް ހުރުން ލާޒިމުކުރާ ޤާނޫނީ އޞޫލެއްވެސ ނެތްކަން އެނގެއެވެ.

71HN7ދެންއޮތް ސުވާލަކީ،ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެސިޓީގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ތުހުމަތު އުފެދޭ އެކަށީގެންވާ ސަބަބެއް އޮތްތޯއެވެ. މި ނިންމުމުގެ 60 އަދި 61 ވަނަ ނުކުތާގައި ބަޔާންކޮށްފައިވ ޤާނޫނީ އުޞޫލުތަކުގެ އަލީގައި، މި މައްސަލައިގައި އެކަށީގެންވާ ތުހުމަތެއް އޮތްތޯ ބަލާއިރު،ފާހަގަކުރެވޭ ކަންކަން ތިރީގައިއެވަނީއެވެ.

71.1. ތަޙުޤީޤުގެ ކުރީކޮޅުގައި އަވަހަށް ހެކިހޯދުމުގެ ދުވެއްޔަށް ރިޢާޔަތްކޮށް، މި މައްސަލައިގައި މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކާ ގުޅޭގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީ ފިޔަވައި އެހެންހެއްކެއ އޮތުން ލާޒިމުކުރާ ޤާނޫނީ ނައްޞެއް ނުވަތަ އުޞޫލެއްނެތެވެ.

71.2. އިސްތިއުނަފުކޮށްފައިވ ކޯޓާ އަމުރަށްއެދި ފުލުހުން ހުށަހެޅި ފޯމުގައި،ޢަލީ ތިޙްނާން ފަޒީނޭގ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކުގެ ތެރޭގައި، މީހުން ދައްކާ ވާހަކަސިއްރުން އަޑުއެހުމާއި ފާރަލުމާއި، ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމާއި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށްހިމނއެވެ.

71.3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގެ އަލީގައި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި މީހަކު މިނިވަންކަމުން މަޙުރޫމުކޮށް، ބަންދުގައި ބެހެއްޓުމުގެ ބޭނުމަށް، "ކޮންމެސް މިންވަރަކަށް ހެކިހުރުން"އަކީ "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން" އަށްވުރެ ދަށް، ނަމަވެސް ޝައްކަށްވުރެ މަތިދަރަޖައެއްކަމއި، އަދާ"ތުހުމަތުކުރެވޭ މިންވަރަށް" ހެކިހުރުމަކީ ޔަޤީނުގެ މަހައްލާއި ޝައްކުގެ މަހައްލާއި ދެމެދުގެ ދްރަޖެއެއކަމަށް ބުނެފައިވެއެވެ.މާނައަކީ، މި މައްސަލައިގައިވާފަދަ އަމުރެއް ނެރެވޭނީ، ސަބަބުވެރި މިންގަނޑަކުނެޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ތުހުމަތެއް އޮތްކަމަށް ފަނޑިޔާރަށް ބުރަވެވޭނަމައެވެ.

71.4. ޤާނޫނު ނަންބަރު 2019/5 )ދިވެހިރާއްޖޭގ ޤާނޫނެ ފަންނުގެ ޤާނޫނު(ގެ ޖަދުވަލު 1 ގައި، ޤާނޫނީ ވަކީލުންގެ ހުވައިގައި، މާތްﷲ ގަންދީ ހުވައިކުރަނީ، އިސްލާމީ ދީނަށް ޙުރުމަތްތެރިކޮށް ހިތައި، ޤާނޫނުއަސާސީއާއި ޤާނޫނު ދަމަހައްޓައި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ވަކީލެއްގެ ވާޖިބާއި މަސްއޫލިއްޔަތުތައް ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށެވެ. އެގޮތުން، ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު(ގެ 231 ވަނަ މާއްދާގެ )ހ( ގެ )1( ވަނަ ނަންބަރާއި )2 ( ވަނަ ނަންބަރާއި ހަވާލާދީ މީހުން ދައްކާވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ ކުށާއި، އެ ޤާނޫނުގެ 232 ވެނ މާއްދާގަ )ހ( އާ ހަވާލާދީ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ތުހުމަތުކޮށްފައިވާކަނ އަމުރަށް އެދް ފުލުހުން ހުށަހަޅާފައިވާ ފޯމުން އެނގެންއޮވެއެވެ.

71.5. ޢަލީ ތިޙްނާން ފަޒީންއަކީ ދިވެހި ރައްޔިތަކަށް ވުމުގެއިތުރުން، ދިވެހި ދައުލަތުގެ ފަރާތުން ޖިނާއީ ދަޢުވާ އުފުލުމުގެ ވަޒީފާ އަދާކުރަމުންދިޔަ ޤާނޫނީ ވަކީލެކެވެ. މި މައްސަލައިގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބެލުންތަކަކަށްފަހު،ޢަލީ ތިޙްނާން ފަޒްން އެ އޮފީހުގެ ޕްރޮސިކިއުޓަރަކަށާވެހުރެ، މީނާ އެކްސެސްވުމަށް ހުއްދައޮތް މައްސަލަތަކުގެ ބޭރުން، މައްސަލަތަކަށް އެކްސެސްވެފައިވާކަމާއި އެ މަޢުލޫމާތު އިތުރު ފަރާތްތަކްޙިއްޞި ކޮށްފައިވާކަން ހޯދިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޝަރީޢަތުގެ އަޑުއެހުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މެމޯއަކުން، އެހެން މައްސަލަތަކަށް ނުވަނުމަށް ޢާއްމު އިރުޝާދު ދީފައިވާކަމަށް ބުނެފައިވެއެވެ.

71.6. ވަޒީފާގެ ހައިސެއްޔަތުނ އެކްސެސް ވާންނުޖެހޭ މައްސަލައަކަށިޢަލީ ތިޙްނާނ ފަޒީން ވަނުމުގެ އިތުރުން، މައްސަލައަށްވަނާ މަށްފަހު ލިބުނު މަޢުލޫމާތު ތިންވަނަ ފަރާތަކަށުޙިއްޞް ކޮށްފައި އޮތްކަމަށް ބުނެފައިވުމުން،މީނާގެމައްޗަށް ތުހުމަތުކުރެވްޢަމަލަކީ ވަޒީފާގެ މާހައުލުގައި މަސައްކަތުގެ ބޭނުމަށެޕްރޮސިކިއުޓަރ ޖެނެރަލގް އޮފީހުގެމައްސަލަތަކުނ ހޯދުމަށް ހުއްދަ އަދި ޖާއިޒު މިންވަރުގެ ބޭރުން މީނާގަސްދުގައި މަޢުލޫމާތު ހޯދާފައިވު ންކަމަށް ސަބަބުވެރި މިންގަނޑަކުން ބަލަންޖެހެއެވެ. އަދ މީނާ ނާޖާއިޒުކޮށް ހޯދާފައިވާމަޢުލޫމާތެއް، ތިންވަނަ ފަރާތަކަށްވެސަޙިއްޞްކޮށްފައިވާކަމަށް އެ އޮފީހުންދެކޭ ސަބަބުތަކެއް ހުރިކަމު ށ ބާޔާންކޮށ އެ މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށްއެދިފައިވަނީ، އެ މަޢުލޫމާތު ނުނިޔަތާއެކު ބޭނުންކޮށްފައިވާކަމަށ ނުވަތް ބޭނުންކޮށްފާނެކަމަށް ބެލެވްފަދިއެކަށީގެންވާ ކަންތައްތަކެއް ފައުޅުވެފައިވުމުންކަމަށް ސަބަބުވަރް މިންގަނޑަ ކުންބަލ ންޖެހެއެވެ. އަދި މީނާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2024/40-PGB "ތަހްޤީޤުކުރާ އިދާރާތަކުން ހުށަހަޅާ މައްސަލަތަކާއި، ތަހްޤީޤު ކުރަމުންގެންދާ މައްސަލަތަކުގައި އިރުޝާދު/މަޝްވަރާ ދިނުމާއި. މި އޮފީހުގައި ކުރިއަށްދާ މައްސަލަތަކުގެ މައުލޫމާތު ހޯދުމާއި ތިންވަނަ ފަރާތަކަށް ޙިއްސާކުރުމާ ގުޅޭ:" މެމޯ. އެކް ސެސްވުމުގެ ހުއްދަނެތް މައްސަލަތަކަށްވަދު،މީހުންނަށް ސިއްރުން މީހުންގެ ފޮޓޯއާއި ވީޑިއޯ ކޮށްފައިވަނީވެސް ނުނިޔަތާއެކް ކަމަށްބެލެވޭ ސަބަބުތަކެއް ހުރުމުންކަމަށް ނިންމަނޖެހޭކަމަށް ދެކެމެވެ.

71.7. ޤާނޫނު ނަންބަރު 2019/5 )ދިވެހިރާއްޖޭގެޤާނޫނީ ފަނފަންނުގެ ޤާނޫނގ( 43 ވަނަ މާއްދާގއަ، ޖިނާއީ އަދި އިދާރީ މަސައްކަތްކުރާ ދައުލަތުގެ ފަރާތުން ހަރަކީތާތެރިވ ޤާނޫނާ ވަކީލަކު މަސައްކަތު ކުރަންވާނީ އޭނާގްމަސައްކަތިގެ ސަބަބުން ކުށެއްނުކުރާ މީހަކަށް އަދަބެއް ނުލިބޭނެގޮތަށ ނުވަތް ބޭއިންޞާފު ކުރިމަތިނުވާނެ މޭރުމުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދ އެ ޤާނޫނުގެ 53-1 ވަނަ މާއްދާގައި، އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވި ސުލޫކާ ހަމަތައް ޤާނޫނީ ވަކީލުންގެ މައްޗަށް ހިނގާނެކަމަށް ބަޔާންކޮށްފައީވާއިރު، ރަސްމީ މަސައްކަތުގެ ތެރެއިން ހިނގާ ކަންކަމަށް ޖަވާބުދާރީވާންޖެހެނ އެ ވަކީލަކު ނިސްބަތްވާ ދައުލަތުގެ އިދާރާއަށެވެ. އަދި އެ ޤާނޫނުގެ 54 ވަނަ މާއްދާގެ )ނ( އަށް ބެލުމުން، ޤްނޫނީފަންނުގެ އަސާސްތަކާއި ޢަދުލު އިންޞާފުގެ ހަމަތައް ނެގެހެއްޓުމުގައ ޤާނޫނި ވަކީލެއްގެ ހައިސިއްޔަތުން ތަބާވާންޖެހޭ އުޞޫލުތަކާ ޚިލާފުވުމުގެ ޢަމަލަކީ ޤާނޫނީ ފަންނުގެ އިތުބާރު ގެއްލޭ ކަމެއްކެނ އެނގެއެވެ.އ ޤާނޫނުގެ މަޤުޞަދުގެ ތެރޭގައި، ކަނޑައެޅިފައިވާ މިންގަނޑާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

71.8. ދެވެހިރާއްޖޭގެހައިކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ޔާމީން އިބްރާހީމް )2023/HC-B12/67( ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނީ ވަކީލުކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އާސިޔ މުޙައްމަދާ ވ. ޙައްވާ ޒާހިރާ އަދި އިތުރު ފަރާތެއް )2025/HC-A/26( ޤަޟިޔާގެ އިޖުރާއީ އިޢުތިރާޟާމެދު ނިންމިގޮތުގެ 82 ވަނަ ނުކުތާ. ރިވެތ އަޚުލާޤާއި ސުލޫކު ދަމަހައްޓާ، ނަޒާހަތްތެރި ސިފަތައްހުރި، އިންސާފަށް މަސައްކަތްކުރި މީހުންގެ މައްޗަށް އެކުލެވޭފަންނެކެވެ. ޢާއްމުންގެ ތެރެއިން ގިނަބަޔަކު ވަކީލުންގެ ސުލޫކީ ތަޞައްވުރު ކުރަނީ ފިލްމީ ދުނިޔެ ތަމްސީލުކުރާފަދަ ދޮގުވެރިންގެ ގޮތުގައިކަމަށް ވީނަމަވެސް، ޤާނޫނީ ފަންނުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ )ބ(ގައި، ޢާއްމު މުޖުތަމަޢުގެ މެދުގައި ޤާނނޫ ވަކީލުންނާއި، ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލޭފަދަ އެއްވެސްކަމެއް ކުރުމަކީ ވަކީލަކު ކޮށްގެންވާނެ ކަމެއްނޫންނެވެ.

71.9. ޤާނޫނީ ވަކީލުން ކޮށްގެންނުވާނެ ހުރިހާކަމެއްނުލިޔެވޭނެއެވެ. ޤާނޫނީ ވަކީލަކަށްވީތ ސުލޫކީގޮތުން ކޮށްގެންނުވާނެ ކަންކަން އަމިއްލައަށް އެނގެންވާނއެވެ.ވަކީލެއްގެ ކިބައިގައިހުރުން ޤާނޫނާގީބޫލުކުރ އަޚުލާޤު ސިފަތަކާ ތަޢާރުޟުވކަމަށާ ބެލެވޭބީދައިން، ދައުލަތުގެ ވަކީލަކު،އެކްސެސްވުމުގެ ހުއްދަނެތް މައްސަލަތަކަށްވަދެ މަޢުލޫމާތު ހޯދައި ތިންވަނަ ފަރާތަކީ ޙިއްޞީ ކޮށްފައިވާކަމުގެ ތުހުމަތަކެ ދައުލަތާމެދު ރައްޔތުންގި އޮންނަ އިތުބާރަށް ބުރޫއަރައި، ޤާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅޭކަމަށަ ބެލެވޭފަދިޢަމަލެއްގެގޮތުގައ ސަބަބުވެރި މިންގަނޑަކުން ބަލަންޖެހޭކަމަށް ދެކެމެވެ.

72ބުނެވިދިޔަ ކަންކަމަށް، ޖުމްލަކޮށް މަތިމަތިން ރިޢާޔަތްކުރާއިރު، މި އަމުރު ނެރުމުގެ ބޭނުމަށް މިވަގުތ ހުށަހަޅާފައިވާ ލިޔްމުގެ މައްޗަށް ބިނާކޮށް، ޢަލީ ތިޙްނާން ފަޒީންގެ މައްޗަށު ކުރެވޭ ކުށްތަކުގެ ތުހުމަތު، ޝައްކުގެ މަހައްލުން ނެއްޓި، އެކަށީގެންވާ ތުހުމަތުގެ މިންގަނޑަށް ވާސިލުވުމަށް ފުދޭފަދަސަބަބތަކެއު ހުރިކަމަށް ބުރަވެވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/67 ޤަޟިއްޔާގެ ނުކުތާ 80.

73HN8އެހެންކަމުން، މި މައްސަލައިގއަ، ކްރިމިނަލް ކޯޓުގެފަނޑިޔްރ އަމުރު ނެރުމަށް ނިންމެވުމުގައި ޤާނޫނ އުޞޫލަކާ ޚިލާފުވެފައި ވާކަމަށްބަލައި، އެ އިޚްތިޔާރުގެ ތެރެއަށް ދިވެހިރާއްޖޭގެ ހައިކޯޓުންވަންނަންޖެހޭފަދަ އެކަށީގެންވްޤާނޫނުސަބަބެއ އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/ECA/2025/168 )10 އޭޕްރީލް 2025( ކޯޓު އަމުރު ދަމަހައްޓަން ޖެހޭކަމަށް ދެކެމެވެ.

ނިންމަންފެންނަ ގޮތް

74ބުނެވިދިޔ ކަންކަނަ އެގޮތުގެމަތިން ހުރުމުން،

74.1. އިސްތިއުނާފެ މައްސަލީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓަރީ ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 3-198 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅަންޖެހޭފަދަޤާނޫނ ސަބަބެއް ނެތްކަމަށިކަނޑައަޅައި، އަދ؛

74.2. މި މައްސަލައިގައި އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/ECA/2025/168 )10 އެޕްރީލް 2025( އަމުރަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު އަމުރެއްކަމަށް ކަނޑައަޅަންޖެހޭފަދަ އެކަށީގެންވާ ސަބަބެއް ނެތްކަމަށަކަނޑައަޅައ މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔް

75މި މައްސަލައިގައި ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަށް ތާއީދުކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ