ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-B12/20

ހަޝާންޕްރަގީތު ޓްސޯ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުގެ ހުއްދައަށް އެދި ހުށަހަޅާފައި (2026/SC-L/66)ޙުކުމުގެ ހާލަތު
ހައިކޯޓު · 5 ސެޕްޓެމްބަރު 2026ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-J/AM/2026/691ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-J/AM/2026/691
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ބިދޭސީއެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ދެމެހެއްޓުމަށް، ތުހުމަތުކުރެވޭ ކުށާ ގުޅުވައިދޭ ހެކި އާއި ފިލައިގެން ދާންއުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބު (probable cause) ހުރިތޯ؛ އަދި އިސްތިއުނާފު ހުށަހެޅުމުގެ މުއްދަތާ ގުޅޭ އިޖުރާއީ ނުކުތާ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ އަމުރު ބާޠިލު (ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ބާޠިލުކުރި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ނިންމުމެއް ނިންމި ތާރީޚުގައި އަޑުއެހުން ބޭއްވުނު ނަމަވެސް އެދުވަހު ގޮތެއް ނުނިންމާނަމަ، އިސްތިއުނާފުކުރާ ފަރާތަށް ނިންމުން ލިބުނު ތާރީޚު ނިންމުން ނިންމި ތާރީޚުކަމުގައި ބަލައި އިސްތިއުނާފުގެ މުއްދަތު ފާއިތުވެފައިވާކަމަށް ބުނާ އިޖުރާއީ ނުކުތާ ބަލައިނުގަނެވޭނެއެވެ؛ ކުޑަ މުއްދަތެއްގެ ތެރޭ ނިންމަންޖެހޭ މައްސަލަތަކުގައި އިޖުރާއީ ނުކުތާ ހުށަހަޅާނަމަ ދައުލަތުން ފުލުހުން މެދުވެރިކޮށް މަޢުލޫމާތު ސާފުކޮށްގެން ހުށަހަޅަންވާނެއެވެ.

HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ފުރުން މަނާކުރުމުގެ އަމުރު ނެރެވޭނީ ކުށާ އެ މީހާ ގުޅުވައިދޭ ހެކި ލިބިފައިވުމާއި، ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުމާއި، ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން ފަދަ ޝަރުޠުތައް ފުރިހަމަވާނަމައެވެ؛ ކުށާ ގުޅުވައިދިނުމާއި ފިލުމުގެ އިޙްތިމާލު ދެކަމަށްވެސް ބަލަންވާނީ އެކަށީގެންވާ ސަބަބު (probable cause) ގެ މިންގަނޑުންނެވެ.

HN3 މި މަރުޙަލާގައި ހެކީގެ އެންމެ ފުނަށް ނުފީނުނަސް، ހެއްކެއް އޭގެ ޒާތުން ނުވަތަ ޝަކުލުން ޤަބޫލުކުރެވޭ ހެއްކެއްތޯ ބެލުމުގެ ފުރުޞަތު ކޯޓަށް އޮވެއެވެ؛ މިއީ ހެއްކެއް ޤާނޫނީ ޓެސްޓުން ފާސްވޭތޯ ބެލުމެއް ނޫނެވެ. ޕްރީމާ ފޭޝީ ނިންމުންތައް ނިންމަންވާނީ ހުށަހެޅިފައިވާ މަޢުލޫމާތަށް އިތުބާރުހިފޭ މިންވަރަށް ބަލައި، ސަބަބުވެރި މިންގަނޑަކުން ތުހުމަތު އޮތްތޯ ކަނޑައަޅައިގެންނެވެ.

HN4 ހެކީގެ ޢަދަދު ގިނަ ނަމަވެސް، ފުލުހުން ތަޙްޤީޤަށް ހެއްކެއް ހޯދިފައި ނުވާކަމަށް ބުނެ، ހުށަހަޅާފައިވާ ހެކިތަކަކީ ފުލުހުން ހޯދި ހެކި ނޫން، ސައްޙަކަމާމެދު ސުވާލު އުފެދޭ ރިޕޯޓުތަކަކަށް ވެފައި، ފަރާތްތަކާ ދެމެދު މަދަނީ ޚުޞޫމާތު ހިނގަމުންދާއިރު އަދި ތަޙްޤީޤަށް ގިނަ މުއްދަތެއް ފާއިތުވެފައިވާއިރު، ކުށާ ގުޅުވައިދޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބުރަވެވޭ މިންވަރަށް ކާފީ ހެކި ހުރިކަމަށް ނުބެލެވޭނެއެވެ.

HN5 75 ވަނަ މާއްދާގެ (ބ) ގެ (3) ގައި ބުނާ ލަފުޡަކީ "ފިލައިގެން ދިޔުން" އެވެ، ފުރައިގެން ދިޔުމެއް ނޫނެވެ؛ ބިދޭސީއެއް ކަމުގެ ސަބަބަށް އެކަނި ފިލައިގެން ދާނެކަމަށް ބެލުމަކީ ތަޢައްޞުބު ނިންމުމެކެވެ. ބިދޭސީއެއް ވަޠަނަށް ދިޔަޔަސް ދަޢުވާކުރާ ހާލަތުގައި ޝަރީޢަތަށް ޙާޟިރުކުރެވޭނެ ނިޒާމު ޤާއިމުކުރުމަކީ އަސާސީ ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ފާޠިމަތު މީޝާ، އަޙްމަދު ނައުޝާދު، މުޙައްމަދު ޢާސިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ބެންޗު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

ތަޢާރުފު

1މިއީ،ކްރިމިނަލް ކޯޓުގް ނަންބަރ J/AM/2026/691-145 "އަމުރު މުރާޖަޢާކޮށް ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ނިންމުންއިސްތިއުނާފ ކުރުމަށު އެދި ހަޝާންޕްރަގީތް ޓްސޯ، ސްރީލަންކާ )މީގެ ފަހުން "ހަޝާންޕްރަގީތް ޓްސޯ" ނުވަތަ "އިސްތިއުނާފުކުރ ފަރާތް"( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައ އިސްތިއުނާފި ރައްދުވްނަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ) މީގެ ފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް"( ގެ މައްޗަށެވެ.

މައްސަލައިގެ ކަންހިނގި ގޮތް

2އެސްޖޭ ޕްރައިވެޓް ލިމިޓެޑްގައި ހޯލްސޭލް މެނޭޖަރެއްގެ މަޤާމުގައިހުރެ، އެ ކުންފުނީގެ މުދަލަށް ޚިޔާނާތްތެރިވެ، ނަޖާއިޒ މަންފާތަކެއް ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައކުގުޅިގެންޤާނޫނ ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު(ގެ 75 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 04 ޖަނަވަރީ 2026 އިން ފެށިގެން 04 އެޕްރީލް 2026ގެ ނިޔަލަށް ހަޝާންޕްރަގީތް ޓްސްގެ ޕާސްޕޯޓް ހިފެހެއްޓުމަށ ކްރިމިނަލް ކޯޓުގެ ނަންބަރ J/PHA/2026/21-145 ކޯޓް އަމުރނު ނިންމާފައިވެއެވެ. އެއަށްފަހު 2 ފަހަރު މި މައްސަލައާގުޅިގެންހަޝާންޕްރަގީތް ޓްސޯގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެންމެފަހުން ހަޝާންޕްރަގީތް ޓްސޯގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރ C/2026-CO/14861/Cr ކޯޓު އަމުރުން 01 ޖުލައި 2026 އިން 30 ސެޕްޓެންބަރު 2026ގެ ނިޔަލަށެވެ.

321 ޖުލައި 2026 ގައި ހަޝާންޕްރަގީތް ޓްސޯގެ ފަރާތުން މި އަމުރު މުރާޖަޢާކުރުމަށް ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމާގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރ J/AM/2026/691-145 ނިންމުމުން ނިންމާފައިވަނީ، އެ ކޯޓުގެ ނަންބަރު C/2026-CO/14861/Cr ކޯޓު އަމުރަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/14861/Cr )01 ޖުލައި 2026( ކޯޓު އަމުރު

4ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/14861/Cr ކޯޓު އަމުރުގައިހަޝާންޕްރަގީތް ޓްސ ދިވެހިރާއްޖޭގައި މަޑުކުރުވަން ބޭނުންވާ ސަބަބުކަމަށް ބަޔާންކޮށްފައިވަންއޭނާއަކީ ތުހުމަތުކުރެވޭ ފަރާތަށް ވާތީއާއި، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްދާނެކަމަށް ބެލެވޭތީ އޭގެ ސަބަބުނ ތަހުޤީޤަށް ހުރަސްއެޅި، ހެކި ޤަރީނާ ހޯދުމަށް ހުރަސްއެޅޭނެކަމަށް ފެންނާތީ ކަމަށެވެ. އަދި އޭނާ ދިވެހިރާއްޖެ ދޫކޮށް ފުރައިގެން ދާންއުޅޭކަމަށް ބެލެވޭ ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އޭނާއަކީ ސްރީލަންކާ މީހަކަށްވެފައި އޭނާއަކީ މި މައްސަލައިގާ ތުހުމަތުކުރެވޭ ފަރާތަށްވާތީއާއި، އަދި މިހާރު މީން ކުންފުނީގެ ވަޒީފާގައި އުޅޭ މީހަކަށް ނުވެފައި، އޭނާ ދިވެހިރާއްޖޭގައި އުޅެމުންދަނީ އަމިއްލައަށްކަމަށ ފާހަގަކުރެވިފައިވާތީ، އޭނާ ދިވެހިރާއްޖެއިން ފުރައިގެން ގޮސްދާނެކަމަށް ބެލެވޭތީ އޭގެ ސަބަބުނ ތަހުޤީޤަށް ހުރަސްއެޅި، ހެކި ޤަރީނާ ހޯދުމަށް ހުރަސްއެޅޭނެކަމަށް ފެންނާތީކަމަށެވެ. އަދި އެ އަމުރުގައި ދިވެހިރާއްޖޭދޫކޮށް ފިލައިގެނިދާނ އުޅޭކަމަށް ލިބިފައިވާ ހެކީގެ ގޮތުގައި ބަޔާންކޮށްފައިވަނީ، މީނާއަކީ ސްރީލަންކާ މީހަކަށްވެފައި މިހާރު، މީނާ އުޅެނީ ކޮމްޕެނީގެ އެކަމަޑޭޝަންގައިކަމަށް ނުވާތީއާއި، އަދ މީނާ މިހާރު ދިރިއުޅޭތަނުގެ މައުލޫމާތު ތަހްޤީޤުގެ ފަރާތުން ސާފުކުރުމަށް މަސައްކަތް ކުރުމުންވެސް، މިހާރު އުޅޭތަނުގެ މައުލޫމާތު ހިއްސާކޮށްފައިވަނީ، އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރަނ ބޭނުންނުވެހުރެ ކަމަށްވާތީއާއި، މީނާ ފުރުން މަނާކުރުމަށްނުވަތަ ޓްރެވެލް ޑޮކިއުމަންޓް ހިފެހެއްޓުމަށް ކޯޓުން އަމުރުނެރެފައިވާތީ، ސްރީލަންކާ އެމްބަސީ މެދުވެރިކޮށްވެސް، މީނާގެ ޕާސްޕޯޓް ދޫކޮށްދިނުމަށ ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވުމުން މީނާ ވީއެންމެ އަވަހަކަށް ރާއްޖެއިން ފުރައިގެން ދާން ބޭނުންވެފައިވާކަން ފާހަގަކުރެވިފައިވާތީ މީނާ ފިލުމުގެ އިހްތިމާލުއޮތްކަމަށ ތަހްޤީޤަށް ބެލެވޭތީކަމަށެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/AM/2026/691 އަމުރު މުރާޖަޢާކޮށް ނިންމިގޮތް

5ކްރިމިނަލް ކޯޓުގެ ނަންބަރު C/2026-CO/14861/Cr ކޯޓު އަމުރު މުރާޖަޢާކުރުމަށް ހަޝާންޕްރަގީތް ޓްސޯގެ ފަރާތުން މައިގަނޑުގޮތެއްގައި ހުށަހަޅާފައިވަނީ އަންނަނިވި ކަންކަމެވެ.

5.1 މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިން ތުހުމަތުކުރެވޭ މީހާ ޤާނޫނާ ޚިލާފަށް ހިފެހެއްޓޭނެ މަގެއް ހޯދުމަށް ސިލްސިލާކޮށް އެސްޖޭ ޓްރޭޑުނ މަސައްކަތްކޮށްފައިވާކަން ސާފުވާކަމަށާއި، ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކީވެސް ވާޤިޢީ އެއްވެސ އަސާސެއް ނެތި ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ.

5.2 މި މައްސަލައިގާ ތުހުމަތުކުރެވޭ ހެއްކެއް ނެތްކަމަށެވެ.

5.3 ތުހުމަތުކުރެވޭ ފަރާތް ދިރިއުޅެމުން ދިޔައީ ޤާނޫނާ އެއްގޮތަށްކަމަށާއި، ވަޒީފާދިން ފަރާތުން އޭނާ މަގުމަތިކޮށްލުމުގެ ސަބަބުން ޤާނޫނާ ޚިލާފަށް އުޅޭ މީހަކަށް ވެގެންދިޔައީ ކަމަށާއި، މިހާލަތުގައި އުޅޭނެ ތަނެއް ދޭ މީހަކުވެސް ކުށްވެރިވާނެކަމަށ ބެލެވޭތީ ދިރިއުޅޭތަނ ފުލުހުންނަށް އެންގުމަށް ޖެހިލުންވިކަނ ފުލުހުންނަށް އެނގޭނެކަމަށެވެ.

5.4 ތުހުމަތުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވާއިރު، ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމަށް ފިލައިގެން ދިޔުމުގެ ޝައުޤުނެތްކަނ އެނގޭކަމަށެވެ.

5.5 ފުރުންމަނާކުރިތާ 6 މަސް ވެގެން ގޮސްފައިވާއިރު އެއީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށެވެ. އަދި އޭގެ ސަބަބުން އަސާސީ ހައްޤުތައް ގެއްލިގެން ދާކަމަށެވެ.

5.6 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއދްގެ )ބ( އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އެކުގައި ކިޔުމުން ކަމަށް އެކަށޭނެ މުއްދަތު ފަހަނައަޅާ ގޮސްފައިވާކަމަށެވެ.

6މި ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު J/AM/2026/691-145 ނުންމެމުން އެ ކޯޓުގ ނަންބަރ C/2026-CO/14861/Cr ކޯޓު އަމުރަށް ބަދަލުގެންނަޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ޖުމްލަގޮތެއްގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށެވެ.

6.1 މައްސަލައިގާ ދަޢުވާކޮށްފައި ނުވިނަމަވެސް ތަހްޤީޤު ނިންމައި މައްސަލައިގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަތުމަށް ނިންމާފައިވާކަމަށެވެ.

6.2 މި މަރުހަލާގައި ބަލަންޖެހޭނީ ތުހުމަތުކުރެވޭ ފަރާތަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯކަމަށެވެ. އަދި ކުށުގެ އުންސުރުތައް ފުރިހަމަވޭތޯ ބެލުމުގައިވެސް، މައްސަލައިގޭވަޤާޢިއުތަކާއި ހެކިތަކުގެ މައްޗަށް މަތިމަތިން ބެލުމުން ކުށުގެ އުންޞުރުތައް ފުރިހަމަވާނަމަ، ކުށުގެ އުންޞުރުތައް ފުރިހަމަވާކަމަށް ބަލަންޖެހޭ ކަމަށް ހައިކޯޓުގެ ނަންބަރ 2024/HC-B12/21,22,23 ޤަޟިއްޔާގައި ނިންމާފައިވާކަމަށެވެ.

6.3 ހަޝާންޕްރަގީތް ޓްސޯގެ ފަރާތުން ހެއްކާ ގުޅޭގޮތުން ހުށަހެޅި ތަޢުނުތަކުން އުފެދޭ މައިގަނޑު ބަހުސްގޮސް ހުއްޓެނީ ޚިޔާނާތްތެރުވިކަމަށ ބުން މުދަލުގެ އަގާކަމަށާއި، އެ ބަހުސް އުފައްދާ ހާލަތުގައިވެސް ތުހުމަތު ނަފީވެގެން ނުދާކަމަށާއި، ބަދަލު އަންނަނީ ކުށުގެ ކުޑަބޮޑު މިނަށްކަމަށެވެ.

6.4 ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާކަމަށް ދެކޭކަމަށެވެ.

6.5 ހަޝާންގްޕްރަގީތް ޓްސޯއަކީ ބިދޭސީއަކަށްވެފައި، މިހާރު ވަޒީފާގައި އުޅޭ ފަރާތަކަށްނުވާތީ، މީނާ ފުރައިގެން ދާން އުޅޭކަމުގެ މައުލޫމާތު ލިބިފައި އޮތުމުން، އިސްތިއުނާފުކޮށްފައިވާ ނިންމުމުގެ 2 ވަނަ ނުކުތާ. މީނާ ރާއްޖެ ދޫކޮށް ދިޔުމުގެ އިހްތިމާލު އޮތްކަމަށް ބަލަންޖެހޭކަމަށާއި، މީނާ ފުރައިގެން ގޮސްފިނަމަ މައްސަލައިގެ ދަޢުވާ އުފުލަން ނިންމާ ހާލަތުގައި މައްސަލައިގެ ޝަރީޢަތް ހިންގަން ހުރަސްއެޅޭނެކަމީ ހަތުމީ ކަމެއް ކަމަށެވެ.

6.6 މައްސަލައިގާ ދަޢުވާކުރުމާމެދު ވީހާވެސް އަވަހަށް ގޮތެއް ނިންމުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )ރ( އިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނެގެހެއްޓޭނެ ގޮތްކަމަށާއި، ކޯޓު އަމުރުގެ މުއްދަތު ހަމަވާ ތާރީޚަކީ 30 ސެޕްޓެންބަރު 2026 ކަމަށްވާތީ، އެ ތާރީޚާ ހަމައަށް ދަޢުވާކުރުމާމެދ ގޮތެއު ނިންމުމުގެ ފުރުޞަތު އޮތްކަމަށާއި، އެއީ ދިގު މުއްދަތެއްކަމަށް ނުދެކޭކަމަށެވެ.އެ މުއްދަތަށްފަހު ދައުލަތުން ޕާސްޕޯޓު ހިފެހެއްޓުމުގެ މުއްދަތު އިތުރުކުރުމަށް އެދޭނަމަ، ދިފާޢުން ހިއްސާކޮށްފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށް ޕާސްޕޯޓު އިތުރަށް ހިފެހައްޓަން އެދުމާމެދު ގޮތެއް ނިންމުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

އިސްތިއުނާފީ ނުކުތާ

7ކްރިމިނަލް ކޯޓުގެ ނަންބަރު J/AM/2026/691-145 "އަމުރު މުރާޖަޢާކޮށް ނިންމިގޮތް"ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އްނިންމުން އިސްތިއުނާފުކުރުމަށ އެދި ހާޝަންޕްރަގތީ ޓްސޯގެ ފަރާތުނ އަންނަނިވްނުކުތތައާހުށަހަޅައި، އެ ނުކު ތ ތަފުސީލުކޮށްފައިވެއެވެ.

7.1 ކެރިމިނަލ ކޯޓުގް ނިންމުމުގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ )ބ( ގެ )1( ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އާ ޚިލާފަށްކަމަށް.

7.2 މ މައްސަލައިގާ ހުށަހަޅާފައިވާ ސައްޙަނޫން ލިޔުންތަކަށް ބުރަދަން ދީފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( އާ ޚިލާފަށްކަމަށާއި،

7.3 ކްރިމިނަލް ކޯޓުގެ ނިންމުން ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށާއި،

7.4 ކްރިމިނަލް ކޯޓުގެ ނިންމުން ނިންމާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ

8އިސްތިއުނާފީ ފުރަތަމަނުކުތާގެ ތަފުޞީލުގައ އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަތަކުގައ މައިގަނޑު ގޮތެއްގައި ބުނެފައިވަނޭ،މިފަދަ އަމުރެއް ނެރުމުގައި އެންމެ އަސާސީ ކަމަކީ ތުހުމަތެއް އޮތުން ކަމަށާއި، ތުހުމަތުކުރެވޭ ކުށެއް މި މައްސަލައިގާ ނެތްކަމަށެވެ. ބަހުސްގެ ބޭނުމަށް ތުހުމަތުކުރެވޭ ކުށެއް އޮތްކަމަށް ބެލިނަމަވެސް، cause probable ގެ މިންގަނޑަށް ފެތޭވަރުގެ ހެއްކެއް ހުށަހަޅާފައިނުވާކަމަށެވެ.އަމުރު މުރާޖަޢާކުރަން ހުށަހެޅިއިރު ހުށަހަޅާފައިވާ ހެކިތަކުން މިކަން ހާމަވާކަމަށާއި، އެގޮތުން އަގު ބޮޑުކޮށް ވިއްކި ކަމަށް ބުނާ ތެޔޮ ފުޅިތަކުގެ ރީޓެއިލް އަގު ދައްކައިދޭ ކުންފުނީގެ ޓިކްޓޮކް ވީޑިއޯއެއްގައި ކުންފުނިން ބުނާ އަގަށްވުރެ ރީޓެއިލް އަގު ކުޑަކަމަށާއި،ފުލުހުންގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެއު ރިޕޯޓަކީ ކުންފާނީގެ ޕާޓްނަރ ކުނީފުންޏަކުން ހަދާފައިވާ ރިޕޯޓަކަށް ވާތީ މިއީ މިނިވަން ރިޕޯޓެއްކަމަށް ނުބެލެވޭކަމަށެވެ. ހާޝަންޕްރަގީޓް ޓްސޯގެ ފަރާތުން ފަހުން ހުށަހަޅާފައިވާ ހެކިތަކުން ކުރިން އޮތ probable cause އެއް ނެތްކަން ހާމަވާކަމަށެވެ.

9އިސްތިއުނާފީ ދެވަނީނުކުތާގެ ތަފުޞީލުގައ އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނު،ކޯޓު އަމުރު ނެރުނުއިރު ހެކީގެ ގޮތުގައި ބަޔާންކޮށްފައިވާ އިންޓަރނަލް އޮޑިޓް ރިޕޯޓާއި، ޑެމޭޖ ވެލުއޭޝަން ރިޕޯޓަކީ ކުންފުނީގެ ރިޕޯޓުތަކެއްކަމަށާއި، އިންޓަރނަލް އޮޑިޓް ރިޕޯޓު ތައްޔާރުކުރި މީހެއް، ނަމެއް އަދި ހައިސިއްޔަތެއް ނެތްކަމަށާއި، ޕްރުޑެނޓް ޗާޓަރޑްގެ ރިޕޯޓުގައި ލިޔުންތަކުގެ ސައްހަކަން ކަށަވަރުނުވާކަމަށެވެ. އަދި، އިންޑިޕެންޑެންޓް އެކްސްޕާރޓ ރިޕޯޓެއްކަމަށް ބުން ހުށަހަޅާފައިވާ ރިޕޯޓަކީ، މިނިވަން ޚަބީރަކު ތައްޔާރުކޮށްފައިވާ ރިޕޯޓެއް ނޫންކަމަށާއި، އެއީ ޝަޚޤސު އޮޅުވާލައިގެން Odoo ގެ ފަރާތުން ކަމަށްބުނެ ތިންވަނަ ފަރާތަކުންތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމާއި، އެކަން ފުލުހުންނަށްވެސް އެނގޭނަކަމާއި، އެކަން އެނގޭ ލިޔުން އްމ ރ މުރާޖަޢާކުރުމަށް ހުށަހެޅިނަމަވެސް، އެއަށް ރިޢަޔަތްކޮށްފައިނުވާކަމަށެވެ.

10އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްޞީލުގައި ޖުމްލަގޮތެއްގައި ފާހަގަކޮށްފައިވަނީ، ކޯޓު އަމުރު މުރާޖަޢާކުރުމަށް ހުށަހެޅިއިރު، ހާޝަންޕްރަގީޓް ޓްސޯގެ ޕާސްޕޯޓު ހިފަހައްޓަފައިވަނީ އެކަށީގެންވާ މުއްދަތަކަށް ނޫންކަމަށާއި، ހާޝަންޕްރަގީޓް ޓްސޯގެ އަސާސީ ހައްޤުތައް ގެއްލިގެންދާކަމަށ ބުން ހުށަހެޅ ނަމަވެސް، އެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި މިފަދައިން ކަނޑައެޅިއިރު، އެއީ އެކަށީގެންވާ މުއްދަތެއްކަމަށް ނިންމި ސަބަބު ބަޔާންކޮށްފައިނުވާތ ސުޕްރީމް ކޯޓުގ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަނާޤަޟިއްޔއާ ޚިލާފުވެފައިވާކަމަށެވެ.

11އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގައި ޕާސްޕޯޓު ހިފެހެއްޓޭނެ މުއްދަތެއް ބަޔާންކޮށްފައިނުވިނަމަވެސް، އެ މުއްދަތަކީ އެކަށީގެންވާ މުއްދަތަކަށްވާން ޖެހޭނެކަމަށެވެ.އެގޮތުން، މުއްދަތެއް ބަޔާންކޮށްފައިނުވާ ކަންކަން ކުރަންވާނި އެކަށީގެންވާ އަވަސްމިނެއްގައިކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގްޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފސ ވ. މުޙައްމަދު ޝިފާޢު ޤަޟިއްޔާއަށް ބެލުމުން އެނގޭކަމަށެވެ.އާންމު ހާލަތެއްގައި ދިވެއްސަކު ފުރުން މަނާކުރުމުން ގެއްލޭނީ ދަތުރުފަތުރުކުރުމުގ ހައްޤު ކަމަށާއި ނަމަވެސް އިސްތިއުނާފުކުރާ ފަރާތަކީ ބިދޭސީއަކަށް ވާތީ، އަދި ވަޒީފާ އަދާކުރުމުގެ ފުރުސަތު ނެތުމުން، އެތައް އަސާސީ ހައްޤުތަކެއް ގެއްލިފައިވާކަމަށެވެ.

އިސްތިއުނާފކުރު ފަރާތުން އެދޭގޮތް

12އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު J/AM/2026/691-145 )23 ޖުލައި 2026( އަމުރު މުރާޖަޢާކުރިގޮތ ނިންމާފައިވަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރ C/2026-CO/14861/Cr )01 ޖުލައި 2026( ކޯޓު އަމުރު ބާޠިލުކޮށްދިނުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ

13އިސްތިއުނާފީ ނ ކުތާތަކަށު ޖަވާބު ހުށަހެޅުމުގެ ކުރިން ދައުލަތުން އިޖުރާއީ ގޮތުން ނުކުތާއެއް ހުށަހަޅާފައިވެއެވެ. މި ނުކުތާއާއި އެ ނުކުތާއާ ގުޅިގެން ނިންމިގޮތް މި ރިޕޯޓުގެ 20 ވަން ނުކުތއިނާ 22 ވަނަ ނުކުތާއަށްހިމަނާފައިވާނެތީ، ދައުލަތުން އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ފާހަގަކޮށްފައިވާ ކަންކަން މި ބައިގާ ބަޔާންކުރާނަމެވެ.

14އިސްތިއުނާފީ ނުކުތާތަކިގު ޖަވާބުގައި ދައުލަތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ،އިސްތިއުނާފުކުރާ ފަރާތުން ތުހުމަތުކުރާ ކުށަކީ ކޮބައިކަން ނޭނގޭކަމަށް ބުނިނަމަވެސް، އިސްތިއުނާފުކޮށްފައިވާ އަމުރުގައިވެސް ތުހުމަތުކުރާ ކުށް ބަޔާންކޮށްފައިވާނެކަމަށާއި، އެ އަމުރުގައި 5 ބާވަތެއްގެ ހެކި ހުރިކަމަށް ބަޔާންކޮށްފައިވާނެކަމަށެވެ. މިފަދަ އަމުރެއް ނެރުމުގައި ހެކީގެ މިންގަނޑަކީ cause probable ގެ މިންގަނޑުކަނ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދު ﷲ ޖިހާދު ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމަށާއި، މިކަން ސުޕްރީމް ކޯޓުގެ ޢާފިޔާ މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިންވެސް އެނގޭކަމަށެވެ.

15މ މަރްހު ލާއަކީ ހެކީގެ އެންމެ ފުނަށް ފީނަންޖެހޭ މަރުހަލާއެއް ނޫންކަމަށާއި، މަތިމަތިން ހެކިތަކަށް ޖުމްލަކޮށް ރިޢާޔަތްކުރަންޖެހޭ މަރުހަލާއެއްކަމަށެވެ.މުޅި މައްސަލައިގާ ކަންހިނގާފައިވާ ގޮތަށް ބަހުސްކުރުމުގެ ފުރުސަތުދޭނަމ މައްސަލައިގަ މައުޟޫއަށް ވަދެ، މައުޟޫޢީ މައްސަލައަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެކަން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢިރުފާން ތަޤިއްޔު ޤަޟިއްޔާއާއި، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން އެނގެއެވެ. ވީމާ، ހްކެ ތަކުގެ ސައްހަކަން އަދި ހެއްކަށް ދެވޭ ބުރަދަން މި މަރުހަލާގައި ވަޒަންކޮށް ކޯޓުން ގޮތެއް ކަނޑަނޭޅޭނެކަމަށެވެ.

16އިސްތިއުނާފުކުރާ ފަރާތަކީ ބިދޭސީއަކަށްވެފައި، އޭނާ ފުރައިގެން ދިޔުމުގެ ނިޔަތް އޮތްކަން އެނގޭ މައުލޫމާތު ލިބިފައި އޮތުމުން އޭނާ ރާއްޖެދޫކޮށް ދިޔުމުގެ އިހްތިމާލު އޮތްކަމަށެވެ.

17ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 75 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނެރޭއަމުރު އޮންނަޖެހޭ ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާކަމަށާއި، އެ މުއދި ތަކީ ފަނޑިޔާރުގެ އިޚްތިޔާރުގައި އޮންނަ މުއްދަތެއްކަމަށާއި، މައްސަލެ އޮތަ މަރުހަލާއަށް ބަލައި މުއްދަތެއް ދީފައިވާކަން ކޯޓު އަމުރުން އެނގެން އޮންނަކަމަށެވެ. އަދ މިފަދަ މައްސަލަތަކުގައި ހައިކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޔާމީން ޤަޟިއްޔާ އަދި ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ޚާބިލ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މިންވަރަށް ސަބަބު ބަޔާންކުރުމުން ފުދޭކަމަށެވެ.ޤާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިނުވާ ކަންކަމުގައި ހުށަހަޅާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްފެނޑިޔާރަށް ފެންނަ އެކަށީގެންވާ މުއްދަތެއް ކަނޑައެޅި ދާނެކަން ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމަށާއި، މި މައްސަލައިގާ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭފަދަ ސުޕްރީމް ކޯޓުގ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ހައިކޯޓުގެ ނަންބަރު 2024/HC-B12/19 ޤަޟިއްޔާ. ހައިކޯޓުގެ ނަންބަރު 2026/HC-B12/18 ޤަޟިއްޔާ. އޚމިޤަޟިއްޔާގައ ބަޔާންކުރި ފަދަ ހާލަތެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައ ނުވާކަމަށެވެ.

18މ މައްސަލައިގާ އިސްތިއުނާފުކުރާ ފަރާތުން ތަޠުބީޤުކުރުމަށް އެދިފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު ޤަޟިއްޔާ މި މައްސަލައާ ތަފާތު ކަމަށާ، މިއީ ތަހުޤީޤުކުރަމުންދާ މައްސަލައެއް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ ފާހަގަކުރިނަމަވެސް، މިއީ ބަންދުގައި ހުރި ފަރާތެއްކަމުގައިނުވާތީ އެ މާއްދާ ތަޠުބީޤުނުކުރެވޭނެކަމަށެވެ. އަދި އަސާސީ ހައްޤެއް ގެއްލޭކަމުގެ ޝަކުވާ ޤާނޫނުއަސާސީގެ 65 ވެނ މާއްދާގަ ދަށުން ވަކި މައްސަލައެއްގ ގޮތުގައެ ހުށަހެޅުމުގެ ފުރުސަތު އޮތް ކަން ސުޕްރީމް ކޯޓުގ އިޢުތިސާމ މުޙައްމަދް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމަށެވެ. އިސްތިއުނާފު ރައްދވު ފަރާތުން އެދޭގޮތް:

19އިސްތިއުނާފު ރައްދވު ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު J/AM/2026/691-145 އަމުރް މުރާޖަޢާކޮށް ނިންމިގޮތަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތަކަމަށ ކަނޑައަޅައިދިނުމަށެވެ. ދައުލަތުން ހުށަހެޅި އިޖުރާއީ ނުކުތާ އަދި އެ ނުކުތާއާ ގުޅިގެން ނިންމިގޮތް

20އިސްތިއުނާފުކޮށްފައިވ ނިންމުމަކާ ކްރިމިނަލް ކޯޓުން 23 ޖުލައި 2026 ގައި ނިންމާފައިވާ ނިންމުމެއްކަމަށާއި، މައްސަލައާއެކު ހުށަހަޅާފައިވާ ލިޔުންތަކުން މައްސަލައިގެ ވަކީލަށް އެނިންމުނ ލިބިފައިވަނީ 6 އޮގަސްޓު 2026ގައި ކމަށަ ބަޔާންކޮށްފައިވީނަމަވެސް، އެ ނިންމުން ހޯދުމަށް ކުރި އެއްވެސް މަސައްކަތެއް އެނގެން ނެތްކަމަށާއި، 23 ޖުލައި 2026 އިން ފެށިގެން މުއްދަތު ގުނާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ )ހ( ގައި ބަޔާންކުރާ މުއްދަތު ފާއިތުވެފައިވާކަމަށާއި، މި އިސްތިއުނާފު ބަލައިނުގަތުމަށް އެދިފައިވެއެވެ.

21ރައްދުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، 23 ޖުލައި 2026 ގައި މުރާޖަޢާކުރުމާމެދު ގޮތެއް ނުނިންމާ ކަމަށާއި، އެއީ އަޑުއެހުން ބޭއްވުނު ތާރަ ޚް ކަމަށާއި، މިކަން އެދުވަހުގެ އަޑުއެހުމށ ހާޒިރުވި ފުލުހުންނަށްވެސް އެނގޭނެކަމަށާއި، އަދި ކޯޓުން ނިންމާ ނިންމުން ހޯދަން ތުހުމަތުކުރެވޭ ފަރާތުން މަސައްކަތް ކުރަން ނުޖެހޭނެކަމަށެވެ.

22HN1މ ނުކުތާއާ ގުޅިގެން މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުންނާއެކު ބައިވެރިވި މައްސަލަ ތަހުޤީޤުކުރ ފުލުހުންނާ ސުވާލުކުރުމުން، ފުލުހުން ބުނެފައިވަނީ މައްސަލައިގެ އަޑުއެހުން ބޭއްވުނު 23 ޖުލައި 2026 ގައި ކަމަށާއި، އެދުވަހު ގޮތެއް ނިންމާފައިނުވާކަމަށެވެ.ވީމާ،މި މައްސަލައިގެ ނިންމުން އިސްތިއުނާފުކުރާ ފަރާތަށް ލިބުނު ކަމަށް ބުނާ ތާރީޚަކީ ނިންމުން ނިންމާފައިވާ ތާރީޚުކަމަށް ދެކެމެވެ.އެހެންކަމުން، ދައުލަތުގެ އިޖުރާއީ ހުށަހެޅުން ބަލައިނުގަތުމަށް ނިންމަން ފެނެއެވެ. މިފަދަ ކުޑަ ވަގުތުކޮޅެއްގ ތެރޭގައި ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކުގައި އިޖުރާއީ ނުކުތާހުށަހަޅާނަމޭ، ދައުލަތުނަ ފުލުހުން މެދުވެރިކޮށް ސާފުކުރަންޖެހަމައުލޫމާތެއްވާ ނަމި އެ މައުލޫމާތެއް ސާފާކޮށްގެން އޮއްޓަރުހުރ ނުކތު ހުށަހެޅުމަކީ ޝަރީޢަތުގެ ވަގުތު ސަލާމަތްވ މައްސަލައިގެ ހަޤީޤީ ޤާނޫނީ ބަހުސް ދިރާސާކޮށް ގޮތް ކަނޑައެޅުމަށް ވަގުތު ސަލާމަތްވާނެކަމެކެވެ.

ޝަރީޢަތުން ފާހަގަކުރާ ކަންކަން

23HN2މ އިސްތިއުނާފުގައި ޝަރީޢަތނު ޖަވާބުދޭންޖެހޭ ސުވާލުކީ،އިސްތިއުނާފުކުރ ފަރާތުގާ ޕާސްޕޯޓް ހިފަހައްޓެފައިވަނ ޖިނާއީ އިޖުރާއަތުގެ ޤާނޫނގ 75 ވަނަ މާއްދާއާ ޚިލާފަށްތޯއެވެ.މި މާއްދާގެ ދަށުން މީހަކު ކުށެއް ކުރަމުންދާކަމަށ ނުވަތް ކުށެއް ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ޤަބޫލުކުރެވޭ 01 ސެޕްޓެންބަރު 2026 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި. އެކަށީގެންވ ހެކާ ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ކޯޓު އަމުރެއްގެ ދަށުން އޭނާ ފުރުން މަނާކުރުމުގެ އިޚްތިޔާރު، ޤާނޫނ ތަންފީޛުކުރާ އިދާރާއަށް ލިބިގެންވެއެވެ. މިފަދަ އަމުރެއް ނެރެދެވޭނީ އަންނަނިވި ކަންކަން އެ މީހަކު ގުޅޭގޮތުން ފުރިހަމަވާނަމައެވެ. )1(އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭ ހެކި ލިބިފައިވުން؛ ނުވަތަ )2(އަމުރު ނިސްބަތްވާ ފަރާތަކީ ކުށެއް ކުރަންއުޅޭ ފަރާތެއް ކަމަށް ބެލެވޭ ފަރާތެއްނަމަ، ކަމާ ގުޅޭގޮތުން އިންޓެލިޖެންސްގެ މަޢުލޫމާތު ލިބިފައިވުނި ؛ އަދ )3(އޭނާ ދިވެހިރާއްޖެދޫކޮށ ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން ؛ އަދ )4(އޭނާ ދިވެހިރާއްޖޭގައި މަޑުކުރުވަންޖެހޭ ސަބަބެއް އޮތުން.

24ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދު ﷲ ޖިހާދެޤޟިއްޔާގަ 24 ވަނަ ޕެރެގްރާފުގައި މީހަކު ކުށެއ ކުރަމުންދާކަން ނުވަތް ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ޤަބޫލުކުރެވޭނީ ކިހިނެއްކަން ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ތަޙްޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި އެކަން ބަލާނީ އެކަށީގެންވާ ސަބަބެއް )cause probable( އޮތުމުގެ މައްޗަށްކަމަށް ބަޔާންކޮށްފައިވެއެވެ. އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްއޮތްތް ބަލަންޖެހެނީވެސް ހަމަ މި މިންގަނޑުންކަނ މުޙައްމަދު ޢާރިފް އަދި އަކްރަމް ކަމާލުއްދީން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސޮ ޤަޟިއްޔާއިން އެނގެން އޮވެއެވެ.

25މ މައްސަލައިގާ ޝަރީޢަތުގައި ދެކެވުނު ވާހަކަތަކުން ސާފުވާ ކަމަކީ އިސްތިއުނާފުކުރާ ފަރާތުން ތައުނުކުރާ ދެ ކަމަކީ އިމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭ ހެކި ލިބިފައްނުވާ ކަމަށާއި،ދިވެހިރާއްޖެދޫކޮށ ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް ނެތްކަމަށެވެ. ހައިކޯޓުގެ ނަންބަރު 2025/HC-B12/7,8 ޤަޟިއްޔާގެ 21 ވަނަ ނުކުތާ. އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭ ހެކި ހުރިތޯ؟

26މައްސަލައިގާ ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ ބައެއް ރިޕޯޓުތަކަކީ އޭގެ ސައްހަކަމާމެދު ސުވާލު އުފެދޭ ހެކި ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ ބަހުސަކީ މި މަރުހަލާގައި ހެކިތަކުގެ އެންމެފުނަށް ފީނައި އެ ހެކިތަކުގެ ސައްހަކަމާމެދު ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ.

27މާ މައްސަލައިގާ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރީމައިގަނޑު އެއް ކަމަކްހުށަހަޅާފައިވާ އިންޑިޕެންޑެންޓ އެކްސްޕާޓް ރިޕޯޓަކީ ސައްހަނޫން ރިޕޯޓެއްކަމަށާއި، މައްސަލައިގެ ތަހްޤީޤަށް 6 މަހަށްވުރެ ގިނަދުވަސްވެފައިވާއިރު، ސިސްޓަމްގެ އޮރިޖިނަލް ޑޭޓާގެ ފޮރެންސިކް ތަހުލީލެއް ފުލުހުން ހަދާފައިނުވާކަމަށ ބުން އިސްތިއުނާފުކުރެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ހުށަހެޅުމާއި، ދެންހުރި ލިޔުންތަކުންވެސް ޖިނާއީ ތުހުމަތެއްކުރާ މިންވަރަށް އެއްވެސް ހެއްކެއް ނެތްކަމަށްބުނާ ބުނުމެވެ. ތަހުޤީޤަށް 8 މަސްދުވަސް ވެފައިވާއިރުމި ތަހުޤީޤުނ ފުލުހުންނަށް މައްސަލް ހުށަހެޅިފަރާތ ބުން ބުނުމުގެ އިތުރުން ހޯދުނު އިތުރުކަމަކީ ކޮބައިތޯ މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ޝަރީޢަތުން ސުވާލުކުރުމުން ފުލުހުންގެ ފަރާތުން ބުނެފައިވަނީ، މިހާތަނަށް ސުވާލުކުރި ފަރާތްތަކުން،ތުހުމަތުކުރާ ފަރާތް އިތުރު މަންފާއެއް ހޯދާފައިވާކަމަށް ތަހުޤީޤަށް ހޯދިފައިނުވާކަމަށާއި، އިތުރަށް އެކަނ ކަށަވަރުކުރަމުންދާކަމަށެވެ.

28HN3މި މަރުހަލާގައި، ހެކީގެ އެންމެ ފުނަށް ފީނުމެއްނެތެ، ހެއްކަކީ އޭގެ ޒާތުން ނުވަތްހެކީގީޝަކުލިއްޔާތަށ ބަލައި ޤަބޫލުކުރެވޭނެ ހެކިތޯ ބެލުމަކީ ނުކުރެވޭނެކަމެއ ކަމަށް އަހުރެން ނުދެކެމެވެ. މިއީ އެ ހެއްކަކީ ޤާނޫން ޓެސްޓުން ފާސްވާ ހެއްކެތޯ ބެލުމެއް ނޫނެވެ. މިސާލަކަށް، މީހެއްގެ މައްޗަށް ވަޅިން ހަމަލާދިންކަމުގެ ތުހުމަތުކޮށް،ހަމަލާދިން ވަޅީގެ ފޮޓޯ ހެއްކެއްގެ ގޮތުގައެ ހުށަހަޅާފައިވި ހާލަތުގައި އ ވަޅިއަކީ ކުޅޭކުޅޭ ވަޅިއެއް ކަމަށެ ތުހުމަތުކުރާ ފަރާތުން ބަހުސްކޮށް އެކަމުގެ ހެކި ހުށަހަޅާ އަދި ފޮޓޯއިން ބަލާބެލުމަށްވެސް އެގޮތަށް ސިފަވާނަމަ ފަނޑިޔާރަށް އެކަމާމެދު ސުވާލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. ކޯޓު އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހެޅި ފޯމުގެ 5 ވަނަ ނުކުތާ. 01 ސެޕްޓެންބަރު 2026 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި. އަދި،އެކަށީގެންވާ ސަބަބެއް އޮތްތޯ ދެނެގަތުމުގެ މަރުހަލާގައި މިފަދައިން ސުވާލުކުރިނަމަވެސް، ފަހުން ވަޅީގެ ތަފްސީލުތަކާއި، ސާފު ފޮޓޯތަކާއެކު ހުށަހެޅުމުން، މަތި މަތިން ބަލައި ނިންމި ނިންމުން އެގޮތުގައި ދެމިނޯންނާނެކަން މަންތިޤީ އުސޫލުން ވިސްނާއިރު ޤަބޫލުކުރަންޖެހެއެވެ. ޝަރީޢަތުގެ ކުރީގެ މަރުހަލާގ ނިންމުންތަކަކީ ޕްރީމާ ފާޝީ ނިންމުންތަކެއް ކަމަށް ވާއިރު،މިފަދަ ނިންމުމަކަށް ހުށަހެޅިފައިވާ ކަންކަމާއި އެ މައުލޫމާތަށް އިތުބާރުހިފޭ މިންވަރުގެ މައްޗަށް ބިނާކޮށް، މުއްތަހަމުގެ މައްޗަށް އެކަށީގެންވާ ތުހުމަތެއް އޮތްތޯ ނުވަތަ ނެތްތޯ ސަބަބުވެރި މިންގަނޑަކުން ކަނޑައަޅަންޖެހޭކަން މި ކޯޓުގޢަލ ތިޙްނާނ ފަޒީން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން އެނގެން އޮވެއެވެ.

29HN4މި މައްސަލައިގެ ނިސްބަތުން ބަލާއިރު، 5 ހެކި ހުށަހަޅާފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށފައިވުމުން، ހެކީގްއަދަދު ގިނަނަމަވެސް، އިސްތިއުނާފުކުރާ ފަރާތުންކުންފުނީގެ މުދަލަށް ޚިޔާނާތްތެރިވެ، ނަޖާއިޒ މަންފާތަކެއް ހޯދާފައިވްކަމުގެ ހެއްކެއް އަދި ހޯދިފައިނުވާކަމަށ ފުލުހުން މ ކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމަށާއި، ހުށަހަޅާފައިވާ ހެކިތަކަކީ ފުލުހުންގެ ހޯދުމުން ލިބިފައިވާ ހެކިތަކަށް ނުވާއިރު، މައްސަލައިގެ ފަސްފަހަތުގައ އިސްތިއުނާފުކުރި ފަރާތާއި މައްސަލަ ހުށަހެޅަ ފަރާތި ދެމެދާ މަދަނު ޚުސޫމާތުތަކެއް ހިނގަމުންދާކަމާއި، މައްސަލަ ހުށަހެޅި ފަރާތުނ ހުށަހަޅާފައިވާ ރިޕޯޓުތަކުގެ ސައްހަކަމާމެދު ސުވާލުއުފެދޭ ހެކިތަކެއް ހުށަހަޅާފައިވާތީއާއި، މައްސަލަ ތަހުޤީޤުކުރާތ 8 މަސްދުވަސް ފާއިތުވެފައިވާކަމަށް ނަޒަރުކުރާއިރު،އަމުރު ނިސްބަތްވާ ފަރާތުނ ކުރިކަމަށ ބުން ކުށާ އޭނާއާ ގުޅުވައިދޭއެކަށީގެންވާ ސަބަބއ އޮތްކަމަށް ބުރަވެވިމިންވަރަށް ކާފީހެކ ހުރި ކަމަށް އަހުރެންނުދެކެމެވެ. ހައިކޯޓުގެ ނަންބަރު 2025/HC-B12/15 ޤަޟިއްޔާގެ 61 ވަނަ ނުކުތާ. ދިވެހިރާއްޖެދޫކޮށ ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްތޯ ؟

30އަމުރު ނިސްބަތްވާ ފަރާތުން ކުރިކަމަށް ބުނާ ކުށާ އޭނާއާ ގުޅުވައިދޭއެކަށީގެންވާ ސަބަބުގެ މިންވަރަށް ކާފ ހެކި ހުރި ކަމަށް ނުދެކޭތީ މި ސުވާލަށް ޖަވާބުދިނުނ ލާޒިމެއް ނޫނެވެ. ނަމަވެސް، މި މައްސަލައިގާ ކަންހިނގާފައިވާ ގޮތުން މި ސުވާލާ ގުޅިގެން ދެތިންކަމެއް ފާހަގަކޮށްލަން ގަސްދުކުރަމެވެ.

31އިސްތިއުނާފުކުރާ ފަރާތަކާ ބިދޭސީއަކަށް ވެފައި ރާއްޖޭގައި ވަޒީފާ އަދާކުރެވޭނެ މަގެއް ނެތުމުން، ރާއްޖޭގައި މަޑުކުރުމަށް ދަތިވާކަމަށާއި، ނަމަވެސް، ވަޒީފާގެ މައްސަލައެއް މިހާރުވެސް އިސްތިއުނާފުކުރ ފަރާތުން ހުށަހަޅައި ހިނގަމުންދާތީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމަށް ފިލަން އުޅޭ މީހެއް ނޫންކަން އެނގޭނެކަމަށީއިސްތިއުނާފުކުރާ ފަރާތުންބުނެފައިވެއެވެ. ރައްދުގައި ދައުލަތުން ފާހަގަކޮށްފައިވަނ އިސްތިއުނާފުކުރާ ފަރާތް ރާއްޖެއިން ފުރައިގެން ގޮސްފިނަމަ ދަޢުވާއެއް ކުރާ ހާލަތުގައި ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް ދަތިވާނެކަމަށެވެ.

32އިސްތިއުނާފުކޮށްފައިވ ފަރާތުގާ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އޭނާ ދިވެހިރާއްޖެ ދޫކޮށް ފުރައިގެން ދާންއުޅޭކަމަށް ބެލެވޭ ސަބަބު ކަމަށް ބަޔާންކޮށްފައިވަނީ އޭނާއަކީ ސްރީލަންކާ މީހަކަށްވެފައި އޭނާއަކީ މި މައްސަލައިގާ ތުހުމަތުކުރެވޭ ފަރާތަށްވާތީއާއި، އަދި މިހާރު މީން ކުންފުނީގެ ވަޒީފާގައި އުޅޭ މީހަކަށް ނުވެފައި، އޭނާ ދިވެހިރާއްޖޭގައި އުޅެމުންދަނީ އަމިއްލައަށްކަމަށ ފާހަގަކުރެވިފައިވާތީ، އޭނާ ދިވެހިރާއްޖެއިން ފުރައިގެން ގޮސްދާނެކަމަށް ބެލެވޭތީ އޭގެ ސަބަބުން ތަހުޤީޤަށް ހުރަސްއެޅި، ހެކި ޤަރީނާ ހޯދުމަށް ހުރަސްއެޅޭނެކަމަށް ފެންނާތީކަމަށެވެ.

33HN5ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ )ބ( ގެ 3 ވަނަ ނަންބަރުގެ ދަށުންފުރުނ މަނާކުރުމުގެ އަމުރެއްފަނޑިޔާރު ނެރެދޭންވާނީ، އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތްނަމައެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ލަފުޒަކީ ފުރައިގެން ދިޔުމެއް ނޫނެވެ. ފިލައިގެން ދިޔުމެވެ.ކޯޓު އަމުރަށް އެދި ހުށަހެޅި އެއްވެސް ލިޔުމަކުން އިސްތިއުނާފުކުރާ ފަރާތް ފިލައިގެން ދާންއުޅޭ ކަމަށް ޤަބޫލުކުރެވޭ ސަބަބެއް ފެންނާންނެތެވެ. ތަޙްޤީޤަށް އެއްބާރުލުންނުދޭކަން ފާޅުވާންނެތެވެ. ރާއްޖޭގެ އަދުލުގެ ނިޒާމަށް ފިލައިގެން އުޅޭކަމުގެ ނިޝާނެއް ނެތެވެ. ބިދޭސީއަކަށިވީތީ،ހަމައެކަނި އެ ސަބަބަށްޓަކައީއެމީހަކު ފިލައިގެން ދާނެކަމަށް ބެލުމަކީ ތައައްސުބ ނިންމުމަކަށް ނޫނީ ނުވާނެއެވެ.ބިދޭސީއެއް އޭނާގެ ވަޒަނަށް ދިޔަނަމަވެސް، ކުށުގެ ދަޢުވާކުރާ ހާލަތުގައި އެފަރާތެއް ޝަރީޢަތަށް ހާޒިރުކުރެވޭނެ ނިޒާމުތައް ހުރިތޯ ދެނެގަނެ އެފަދަ ވަޞީލަތްތައް ޤާއިމުކުރުމަކީ އަސާސީ ކަމެކެވެ.

34އިސްތިއުނާފުކުރާ ފަރާތަކީ ބިދޭސީއަކަށްވީއިރު، އަދި އެ ފަރާތުގެ ވޯކް ވިޒާގެ މުއްދަތު ހަމަވެފައިވާކަމަށް ބުނެފައިވާއިރު، އަދި އެފަރާތަށް ރާއްޖޭގައި އުޅެންދަތިވާކަމަށ ބުން އާދޭސްކުރާއިރު، ހިތާމަކުރަންޖެހޭކަމަކީ، އޭހައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރަންޖެހެފަރާތްތަކުން ނޭނގިނަމަވެސް އެކަންކަމަށް އަޅާނުލާ ދޫކޮށްލެވިފައިވާކމެވެ.

ނިންމަން ފެންނަގޮތް

35އިސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން،ހާޝަންޕްރަގީތް ޓްސާގޯ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު J/AM/2026/691-145 )23 ޖުލައި 2026( އަމުރު މުރާޖަޢާކުރިގޮތ ނިންމާފައިވަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރ C/2026-CO/14861/Cr )01 ޖުލައި 2026( ކޯޓު އަމުރު ބާޠިލުކުރުމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔާ

36މ މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު އ ސްމާޢީލް ޝަފީޢުގެ ރައުޔު

37މ މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔަށް ތާއިދުކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ