ނިކޮލަސް ބޯމެންޑިލް އަދި މެލިސާ ސެބެސްޝަން ވ. ވަންޑަރލަސްޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B6/VN/2022/08
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޟިމްނީ ޓްރަސްޓް، ކޮންވާޝަން އަދި ފައިޑޫޝިއަރީ ޑިއުޓީ ޚިލާފުވުމުގެ ދަޢުވާއެއްގައި ދަޢުވާލިބޭ ފަރާތާއި ތިންވަނަ ފަރާތްތަކަށް ރައްދުވާގޮތަށް އެދުނު ހެކި ހާމަކުރުމުގެ އަމުރާއި ދަޢުވާ ބިނާވާ މުދާ ހިފެހެއްޓުމުގެ ވަގުތީ އަމުރު ނުނެރުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ޞައްޙަތޯ؛ އަދި ވަގުތީ އަމުރުގެ ނިންމުމެއްގައި ސަބަބު ބަޔާންކުރަންޖެހޭ މިންވަރު.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި؛ ވަންޑަރލަސްޓަށް ދިން ފައިސާ (ނުވަތަ އެ މިންވަރު) ހިފެހެއްޓުމުގެ ވަގުތީ އަމުރު ނެރުމަށް މައްސަލަ ދަށުކޯޓަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ފައިސާއެއް ޟިމްނީ ޓްރަސްޓަކަށް ވެގެންދިޔަތޯ ބަލަންޖެހޭނީ މައުޟޫޢީ މައްސަލައިގެ ތެރެއިންނެވެ. ޝަރޫ ލޯންޗް ސަރވިސް ޤަޟިއްޔާގެ 41 ވަނަ އާއި 42 ވަނަ ޕެރެގްރާފް އެކުގައި ކިޔުމުން ދޭހަވަނީ، ވަކި ބޭނުމަކަށް މީހަކާ ފައިސާ ހަވާލުކުރުމުން އެކަނި ޟިމްނީ ޓްރަސްޓެއް ނުއުފެދޭކަމާއި، ބަލަންޖެހޭނީ ފައިސާ ލިބޭ ފަރާތަށް އެ ފައިސާ އެހެން ކަމަކަށް ޚަރަދުކުރުމުގެ މިނިވަންކަން އޮންނާނެ ގޮތަށް ދެފަރާތުގެ ނިޔަތް އޮތްތޯ ކަމެވެ.
HN2 ތިންވަނަ ފަރާތެއްގެ މައްޗަށް ވަގުތީ އަމުރެއް ނެރުމުގެ ކުރިން، ޓްރަސްޓީގެ މައްޗަށް އަމާނާތްތެރިކަމުގެ ވާޖިބެއް އޮތްކަން އެ ތިންވަނަ ފަރާތަށް ކުޑަމިނުން އެނގިފައިވޭތޯ ސާފުވާންޖެހޭނެއެވެ. ތިންވަނަ ފަރާތަކުން މުޢާމަލާތު ކުރަނީ ހެޔޮނިޔަތުގެ (bona fide) މައްޗަށްކަމަށް ފުރަތަމަ ނަޒަރުން ބަލަންޖެހޭތީ، ފައިސާ ދައުރުވެފައި އޮވެދާނެކަމަށް ބެލެވޭ އެންމެންގެ މައްޗަށް ވަގުތީ އަމުރެއް ނެރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
HN3 ޟިމްނީ ޓްރަސްޓެއް ވުޖޫދުވާނެކަމަށް ބަލައިގެން ހުރިހާ ފަރާތަކާއި ހުރިހާ ކަމެއް ޝާމިލުވާގޮތަށް ހައްދެއް ހުދޫދެއް ނެތި ފުޅާކޮށް ހެކި ހާމަކުރުމުގެ ވަގުތީ އަމުރެއް ނެރުމަކީ ކޯޓަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
HN4 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 318 ވަނަ މާއްދާއިން ފަރުވާދެނީ ހާމަކުރާ ލިޔުމެއް ބޭނުންކުރެވޭނެ ހުދޫދަށް (ހާމަކުރެވުނު މައްސަލައާ ގުޅޭ ގޮތުން އެކަނި) ކަމުން، ހާމަނުކުރަންޖެހޭ ނުވަތަ ހާމަނުކުރެވޭނެ މަޢުލޫމާތު ވަގުތީ އަމުރަކުން ހާމަކޮށްފިނަމަ ދިމާވާނެ ނަތީޖާއަށް އެ މާއްދާއިން ފަރުވާއެއް ނުދެއެވެ.
HN5 އަމާނާތްތެރިކަމުގެ ވާޖިބެއް އޮންނަ ފަރާތަކުން ހަވާލުވެހުރި މުދަލަކުން ނުވަތަ ފައިސާއަކުން ހުއްދަނޫން މަންފާއެއް ލިބިގަންނަ ޙާލަތުގައި ޟިމްނީ ޓްރަސްޓެއް އޮތްކަމަށް އިފްތިރާޟުކުރެވޭނެއެވެ؛ އެ މުދަލާއި މަންފާ ރައްދުކުރުން ލާޒިމުވާއިރު، އެ މުދާ ބޭނުންކޮށް ހުސްވެފައިވާނަމަ ނުވަތަ ތިންވަނަ ފަރާތަކަށް ނަގުލުކޮށްފައިވާނަމަ ޓްރަސްޓީގެ އަމިއްލަ ފައިސާއިން ރައްދުކުރުން ވާޖިބުވެއެވެ.
HN6 ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކާއި ދައްކާ ވާހަކަތައް ވާންޖެހޭނީ އެ ވަގުތަކު ޖަވާބު ލިބެންޖެހޭ ނުކުތާއާ ނުވަތަ އެދޭ ފަރުވާއާ ގުޅުން (relevancy) ހުރި ވާހަކަތަކަށެވެ. ޢިލްމީ ވާހަކަތަކާއި ގިނަ ޙަވާލާތައް ހުރި ނަމަވެސް ނުކުތާއާ ނުވަތަ ފަރުވާއާ ގުޅުމެއް ނެތްނަމަ އެއިން ފައިދާއެއް ނުވެއެވެ.
HN7 ވަގުތީ އަމުރެއް ނެރުމަކީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރީ ބާރެކެވެ. ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ގޮތަށް ބަލައި ދަށުކޯޓުން އެ އިޚްތިޔާރުގެ ބޭނުން ނުކުރުމަށް ބުރަވެވިފައިވާނަމަ، ހައިކޯޓުން އެ އިޚްތިޔާރުގެ ތެރެއަށް ވަދެ ބަދަލު ނުގެނައެވެ.
HN8 ޙުކުމަށް ވާޞިލުވި ސަބަބު (reasoning) ފަނޑިޔާރު ބަޔާންކުރަންޖެހޭ ނަމަވެސް، އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގެ އުޞޫލަކީ މައުޟޫޢީ ގޮތުން ބަލައި ފައިޞަލާކުރާ ޙުކުމްތަކަށް ޚާއްޞަވާ އުޞޫލެކެވެ. އިރުފާން ތަޤިއްޔު ޤަޟިއްޔާގައިވާ ގޮތުން ޙުކުމުގެ ކުރިން ހެކިތަކާމެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާތީ، ވަގުތީ ފަރުވާ (interim injunction/preservation) ގެ ނިންމުންތަކަށް އެ އުޞޫލު އޭގެ ލަފުޡީ މާނައިގައި ތަޠްބީޤު ނުކުރެވޭނެއެވެ.
HN9 ވިޔަފާރީގެ މަޢުލޫމާތަކީ ކޮންމެ ޙާލަތެއްގައި ހާމަކުރަން އެންގޭނެ މަޢުލޫމާތެއް ނޫނެވެ؛ ހާމަކުރަންޖެހޭ ޙާލަތްތަކުގައި ކޯޓުން ހާމަކުރަން އަމުރުކުރާނީ ހާމަކުރަންޖެހޭ ބަޔަކަށް ހާމަކުރަންޖެހޭ މިންވަރަކަށެވެ. ބޭންކެއްގެ މައްޗަށް މުޢާމަލާތު ހާމަކުރުމުގެ އަމުރެއް ކުރުމުގެ ކުރިން ދަޢުވާ ބިނާވާ ފައިސާއާއި ބޭންކާ ދެމެދު ގުޅުން ސާފުވާންޖެހޭނެއެވެ.
HN10 ވަކި މުދަލެއް ހިފެހެއްޓުމުގެ ވަގުތީ އަމުރު (proprietary injunction) އާއި އޭގެ ancillary disclosure orders ނެރުމުގެ އުޞޫލުތައް (2012/SC-A/21، 2018/HC-A/305) ފުރިހަމަވިޔަސް ވަނީ ފައިސާ ހަވާލުކުރި ފަރާތުގެ ނިސްބަތުންނެވެ؛ ތިންވަނަ ފަރާތްތަކާ ދެކޮޅަށް ފާޅުކަން ބޮޑު ޤާނޫނީ މަރުކަޒެއް ނެތުމާއި ބެލެންސް އޮފް ކޮންވީނިއަންސް އެދޭ ފަރާތުގެ މަޞްލަޙަތުގައި ނެތުމުން އެ ފަރާތްތަކަށް އަމުރު ނުނެރެވޭނެއެވެ. އަދި ދަޢުވާގެ މައުޟޫޢަށް ގޮތެއް ނިންމަންދެން، ދަޢުވާކުރާ ފަރާތްތަކުން ދިން ފައިސާ ނުވަތަ އެ މިންވަރުގެ ޢަދަދެއް ވަގުތީ އަމުރެއްގެ ދަށުން ހިފަހައްޓަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު ޝައްފާން މުޙައްމަދު
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޖަމީލް މޫސާ
- ބެންޗު
- މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ނިކޮލަސް ބޯމެންޑިލް / 12 ރ ކޮލަމްބިއަރސް، 1 ވަންޑަރލަސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް 34670 ބައިލަރގުސް، ފްރާންސް 2. ޢަބްދުﷲ ނިޔާޒް
2މެލިސާ ސެބެސްޝަން / 12 ރ ކޮލަމްބިއަރސް، 3. ޢަލީ ނާޖިޙް ވަޖީޙް 34670 ބައިލަރގުސް، ފްރާންސް ޤާނޫނީ ވަކީލް: އަލްއުސްތާޛާ ޢަބްދުﷲ ޖަމީލް މޫސާ / ނަލަމަލަ، ޤާނޫނީ ވަކީލް: އަލްއުސްތާޛު އަޙްމަދު ޝައްފާން މުޙައްމަދު.ލޭޑީބާރޑް 4. ގްލޯމާސ ޕްރައިވެޓް ލިމިޓެޑް މަދަނީ – ވަގުތީ އަމުރާއިމެދު ނިންމި ގޮތް – ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 318 ވަނަ މާއްދާ - ހާމަކޮށްފައިވާ ލިޔުމެއް ބޭނުން ކުރެވޭނެ ހުދޫދު - ލިޔުމުން ހުށަހަޅާ ހުށަހެޅުންތައް އަދި އެހުށަހެޅުމާއި ގުޅިގެން ދައްކާ ވާހަކަ އެވަގުތަކު ހުށަހަޅާފައިވާ މައްސަލައިން ޖަވާބު ލިބެންޖެހޭ ނުކުތާއާ ގުޅުހުންރި ނުވަތަ އެދޭ ފަރުވާއާ ގުޅުން (relevancy) ހުރި ވާހަކަތަކަކަށް ވާންޖެހޭނެ - ޙުކުމަށް ފަނޑިޔާރު ވާޞިލުވި ސަބަބު (reasoning)ބަޔާންކުރު މާއި ގުޅޭ އުޞޫލު، ވަގުތީ ފަރުވާ )interim injunction/preservation( ގެ ގޮތުގައި އެދޭ ކަންކަމާމެދު ގޮތް ކަނޑައަޅާއިރު، އޭގެ ލަޒުފީ މާނައިގައި ތަޠުބީޤު ނުކުރެވޭނެ، ޒިމްނީ ޓްރަސްޓާ ގުޅޭ
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، (މިރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އަދި ފަނޑިޔާރު މުޙައްމަދު
ސަލީމް ތާޢީދު ކުރެއެވެ).
މައްސަލައިގެ ތަޢާރަފް
1.މިއީ، ސިވިލް ކޯޓުގެ ނަންބަރު: B6/VN/2022/08-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" ޝަރުޢީ ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ އެނިންމުން އިސްތިއުނާފުކުރުމަށް އެދި ނިކޮލަސް ބޯމެންޑިލް / 12 ރ ކޮލަމްބިއަރސް،34670 ބައިލަރގުސް، ފްރާންސް De Rue 12 Boumendil, (Nicolas France) Baillargues, 3460 Colombiers, އާއި މެލީސާ ސެބެސްޝަން / 12 ރ ކޮލަމްބިއަރސް،34670 ބައިލަރގުސް، ފްރާންސގް De Rue 12 Sebastien, (Melissa France) Baillargues, 3460 Colombiers, ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ވަންޑަރލަސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އާއި […] ޢަބްދުﷲ ނިޔާޒް / އާއި […] ޢަލީ ނާޖިޙް ވަޖީޙް އަދި ގްލޯމާސ ޕްރައިވެޓް ލިމިޓެޑް އެވެ. މައްސަލައިގެ އިދާރީ ބައެއްކަންކަން ދިޔަގޮތް:
2. އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ އެއްފަރާތް ކަމުގައިވާ ގްލޯމާސް ޕްރައިވެޓް ލިމިޓެޑްއަކީ ސިންގަޕޫރުގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ކުންފުންޏެއްކަމުން، އެކުންފުނީގެ އީމެއިލް ޕާސްޕޯޓް ނަންބަރު: […] ޕާސްޕޯޓް ނަންބަރު: […] ރަޖިސްޓްރޭޝަން ނަންބަރު: 1005/2016-C އައި.ޑީ. ކާރޑް ނަންބަރު: އައި.ޑީ. ކާރޑް ނަންބަރު: ރަޖިސްޓްރޭޝަން ނަންބަރު: 201437828R އެޑްރެހަށް މަދަނީ މައްސަލަތަކާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާ އެންގުމާއި މައްސަލައާއު ގުޅޭ އެންމެހާ ލިޔެކިޔުންތައް ފޮނުވުނެވެ. ކޯޓުގެ މިއެންގުމަށް ގްލޯމާސ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިޖާބަ ދީފައިނުވާތީ ދެވަނަ ފަހަރަށް، މިޤަޟިއްޔާގެ ލިޔުންތަކާއި 30 އޮކްޓބަރޯ 2023 ވަނަ ދުވަހަށް ޙާޟިރުވުމަށް އަންގާ ކޯޓަށް ޙާޟިރުވުމުގެ އަމުރު ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް، އެކުންފުނީގެ ދާއިމީ އެޑްރެހަށް 20 ސެޕްޓެމްބަރ 2023 ގައި ފޮނުވުނުވެ. ކޯޓުން ފޮނުވުނު ލިޔުންތައް ސިންގޕޫރަ ޕޯސްޓް މެދުވެރިކޮށް ގްލޯމާސ ޕްރައިވެޓް ލިމިޓެޑަށް ރައްދު ކުރެވިފައިނުވާކަމަށާއި، އަދި ރައްދުކުރެވިފައި ނުވާތީ އެޑްރެސް ކުރެވިފައިވާ ފަރާތަށް ނޮޓިފައިޑ ކޮށްފައިވާކަމަށް ސިންގަޕޯރ ޕޯސްޓްއިނ މޯލްޑިވްސް ޕޯސްޓްއަށް މަޢުލޫމާތު ދީފައިވާކަމަށް މޯލްޑިވްސް ޕޯސްޓްއިން މިކޯޓަށް އެންގިއެވެ.
3ގްލޯމާސ ޕްރައިވެޓް ލިމިޓެޑާއި މައްސަލައިގެ ލިޔުންތަކާއި ކޯޓަށް ޙާޟިރުވުމުގެ އަމުރު ރެޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށްވެސް ހަވާލުކުރެވިފައިނުވާތީ 30 އޮކްޓބަރޯ 2023 ވަނަ ދުވަހަށް ތާވަލު ކުރެވުނު އަޑުއެހުން ކެންސަލް ކުރުމަށްފަހު، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 409 ވަނަ މާއްދާގެ ދަށުން 23 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮންނަ ޝަރީޢަތުގެ މަޖިލީހަށް، ގްލޯމާސ ޕްރައިވެޓް ލިމިޓެޑގް ފަރާތުން ޙާޟިރުވުމަށއާ އެފަރާތުން ޙާޟިރުނުވެއްޖެނަމަ، އެފަރާތުން މިމައްސަލައިގައި ޖަވާބުދާރީވުމަށް ބޭނުންނުވާކަމަށް ބަލައި ހުށަހެޅިފައިވާ ލިޔުންތަކގު މައްޗަށް ބިނާކޮށް ގްލޯމާސ ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި މައްސަލައި ހިންގައި ނިންމާނެކަމަށް އިއުލާން ކުރެވެނުވެ. މިއިއުލާނާއި ގުޅިގެންވެސް ގްލޯމާސ ޕްރައިވެޓް ލިމިޓެޑުގެ [email protected] Notice to the Respondent (12 December 2022) ރިޓް އޮފް ސަމަންސް ނަންބަރު B2/CHT/2023/4040-95 މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަންބަރު 02/MPL/2023-MOD (92 އޮކްޓބަރޯ 2023) ސިޓީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B2/95/2023/36-(IUL)95 (31 އޮކްޓބަރޯ 2023) އިއުލާން ފަރާތުން އިޖާބަ ދީފައިނުވާތީ މިމައްސަލަ ހިންގާފައިމިވަނީ ގްލޯމާސ ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައެވެ. މައްސަލައިގައި ކަންހިނގާ ދިޔަގޮތް:
4ފްރާންސްގެ ދެ ރައްޔިތުން ކަމަށްވާ، ނިކޮލަސް ބޯމެންޑިލް )Nicolas Boumendil( ("ނިކޮލަސް") އާއި މެލީސާ ސެބެސްޝަން )Melissa Sebestien( ("މެލީސާ") ("އިސްތިއުނާފުކުރާ ދެފަރާތް") ގެ ހަނީމޫން، ސީޝެލްސްގެ ނޯތު އައިލެންޑްގައި ހޭދަކުރުމުގެ ކަންކަން ހަމަޖައްސައިދިނުމަށް ވަންޑަރލަސްޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ("ވަންޑަރލަސްޓް") ހުށަހެޅިއެވެ. އެހުށަހެޅުން ޤަބޫލުކޮށް، ނިކޮލަސް އާއި މެލީސާގެ ފަރާތުން، ވަންޑަރލަސްޓްއަށް ދެފަހަރެއްގެ މަތިން، ފުރަތަމަ ފަހަރު، 8142$ (އައްހާސް އެއްސަތޭކަ ބަޔާޅީސް) އެމެރިކާ ޑޮލަރު އަދި ދެވަނަ ފަހަރު 16069€ (ސޯޅަހާސް ނަވަހައޓި) ޔޫރް ވަންޑަރލަސްޓަށް ދެއްކިއެވެ. ނަމަވެސް، އެއްބަސްވިގޮތަށް ހަނީމޫންގެ އެއްވެސް އިންތިޒާމެއް ވަންޑަރލަސްޓް އިން ހަމަޖައްސައި ނުދިންކަމަށް އިސްތިއުނާފުކުރާ ދެފަރާތުން ބުނެއެވެ.
5އެހެންވެ، އިސްތިއުނާފުކުރާ ދެފަރާތުން ސިވިލް ކޯޓުގެ ނަންބަރު:2022-CVC-3648 ޤަޟިއްޔާއިން، ވަންޑަރލަސްޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި […] / ޢަލީ ނާޖިޙް ވަޖީޙް އާއި […] / ޢަބްދުﷲ ނިޔާޒް އާއި ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ("ކޮމާޝަން ބޭންކް") އާއި ގްލޯމާސ ޕްރައިވެޓް ލިމިޓެޑް ("ގްލޯމާސް") އާއި ދަފްތަރު ނަންބަރު ރސ 13749 / އިބްރާހިމް އިޒްހާން މި 6 (ހައެއް) މީހުންނަށް ރައްދުކޮށް، ދަޢުވާއެއް ހުށަހެޅިއެވެ.
6މިދަޢުވާގައި ބަޔާންކުރަނީ މިދެންނެވި މުޢާމަލާތަކީ ފެށުނީއްސުރެ އޮޅުވާލައިގެން ކޮށްފައިވާ ފައިސާ ހޯދުމުގެ މުޢާމަލާތަކަށްވާތީ އާއި ފައިސާ ދޫކުރީ ވަކިބޭނުމެއްގައ ކަމަށްވެފައި އެބޭނުން ޙާޞިލްވެފައި ނުވާތީ، މި އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު ފައިސާގެ މައްޗަށް ޟިމްނީ ޓްރަސްޓެއް އޮތްކަމަށް ކަނޑައަޅައި ދިނުމަށާއި، އެފައިސާ އަނބުރާ ރައްދުކޮށް ދިނުމަށް އެދުމުން، އެފައިސާ ރައްދުކޮށްފައި ނުވާތީ، އެއީ ކޮންވާޝަން conversion އަދި ބްރީޗް އޮފް ޓްރަސްޓް breach of trust އަދި ބްރީޗ އޮފް ފައިޑޫޝިއަރީ ޑިއުޓީ breach of fiduciary duty ގެ ޢަމަލުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެފައިސާ ހުރި ތަނަކާއި، ނަގުލުވި ގޮތާބެހޭ އެންމެހައި މަޢުލޫމާތެއް ދަޢުވާލިބޭ އެންމެހައި ފަރާތްތަކުން ހާމަކުރުމަށާއި، އެފައިސާ ދަޢުވާކުރާ ފަރާތްތަކަށް ރައްދުކުރުމަށް ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް އަމުރުކުރުމާއެކު، އެފައިސާގެ މައްޗަށް އަމާނާތްތެރިކަމުގާ ޒިންމާއެއް ވަންޑަލަރލަސްޓްގެ މައްޗަށް އޮތްކަން އެނގިހުރެ އެފައިސާއ ހަވާލުވާ އެންމެހައި ފަރާތްތަކަކީ މިމައްސަލައިގައި އިފްތިރާޟުކުރެވޭ ޓްރަސްޓުގެ ޓްރަސްޓީސްކަމަށާއި، އެފަރާތްތަކަށް އެއިން ލިބިފައިވާ އެންމެހައި މަންފއެއާ އެފަރާތުން ދަޢުވާކުރާ ފަރާތްތަކަށް ދޭންޖެހޭނެކަމަށް ކަނޑައަޅައި ދިނުމަށާއި، މިމުޢާމަލާތަކީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ ޢަމަލުތަކެއް ހިމެނޭ މުޢާމަލާތަކަށްވާތީ، ވަންޑަރލަސްޓް އާއި ގްލޯމާސް ޝަޚްޞީގޮތުން ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި، ދަޢުވާކުރާ ފަރާތްތަކުން ކުރާ އަދި ކޮންފައިވާ ޚަރަދު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ނަގައިދެވޭނެކަމަށް ކަނޑައަޅައިދިނުމަށްއެދި ދަޢުވާކުރާ ކަމަށެވެ.
7މިދެންނެވި މައުޞޫއީ ދަޢުވާއާއެކު ވަގުތީ އަމުރެއް ނެރެދިނުމަށް އިސްތިއުނާފުކުރާ ދެފަރާތުން، ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެހުށަހެޅުމުގައި ނެރެދިނުމަށް އެދިފައިވަނީ ހެކި ހާމަކުރުމުގެ އަމުރަކާއި ދަޢުވާ ބިނާވާ މުދާ ހިފެހެއްޓުމުގެ އަމުރެކެވެ. ދަށު ކޯޓުގައި ވަގުތީ އަމުރު ރައްދު ކުރުމަށް އެދިފައިވަނީ، ކުރިން ބަޔާންކުރި 6 ފަރާތުގެ މައްޗަށެވެ. ސިވިލް ކޯޓުން ވަގުތީ އަމުރާއިމެދު ނިންމި ގޮތް:
8އިސްތިއުނާފުކުރާ ދެފަރާތުން ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފައެއް ނުވެއެވެ. ހެކި ހާމަކުރުމުގެ އަމުރު ނެރެދެވެން ނެތްކަމަށް އަދި ދަޢުވާ ބިނާވާ މުދާ ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު B6/VN/2022/08-144 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ގައި، މިދެންނެވި ތަރުތީބުން ބަޔާންކުރި ސަބަބުތަކަކީ؛
1.8.މިދަޢުވ ބިނާވެފައިވާ މުޢާމަލާތަކާ ޚިދުމަތް ފޯރުކޮށްދިނުމުގެ މުޢާމަލާތެއްކަމާއި، ދަޢުވާކުރާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތާ ދެމެދު ޚުޞޫމާތް އުފެދިފައި އޮތްކަމަށް ދަޢުވާ ފޯމަށް ބެލުމުން އެނގެނީ، އެއްބަސްވެފައިވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުންކަމާއި، ދަޢުވާ ބިނާވެފައިވާ މުޢާމަލާތަށް ބެލުމުން މިފަދަ އަމުރެއްކޮށ ކުންފުނިން ހިންގާފައިވާ މުޢާމަލާތްތައް ހޯދައި ބެލުމަކީ މިފަދަ މައުޟޫޢީ ދަޢުވާއެއްގައި މިހިނދު ކުރަންޖެހޭފަދަ ކަމެއްކަމުގައި ބެލެވެން ނެތްކަމާއި، ދަޢުވާގެ މިމަރުޙަލާގައި ދަޢުވާއަށް ޖަވާބު ދާރީވުމުގެވެސ ކުރިން މިދަޢުވާ ބިނާވެފައިވާ މުޢާމަލާތާ ގުޅިގެން ދަޢުވާކުރާ ފަރާތްތަކުން ދަޢުވާލިބޭ ފަރާތްތަކަށް ދިން ފައިސާ ދައުރުކޮށްފައިވާ ގޮތާއި އެ ފައިސާ ބޭނުންކޮށްގެން ހިންގާފައިވާ މުޢާމަލާތްތަކުގެ ތަފްޞީލު ފޯރުކޮށްދިނުމަށް އެންގުމަކީ މި ހިނދަށް ޝަރީޢަތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބެލެވެން ނެތްކަމާއި، އެފަދަ އަމުރެއް ނެރުމުގައި އެފަދަ އަމުރެއްގެ ނަތީޖާއަށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭކަމާއި، އެގޮތުން މަސައްކަތެއް ނުވަތަ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެއްބަސްވެ އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކޮށްގެނ ދަޢުވާއެއް ހުށަހަޅް ހިސާބުން ދަޢުވާލިބޭ ފަރާތުން އެހެން ފަރާތްތަކާއެކު ހިންގާފައިވާ މުޢާމަލާތްތަކާއި އެ މުޢާމަލާތްތަކުގައި ޝާމިލުވާ ފަރާތްތަކުގެ މަޢުލޫމާތު ދަޢުވާކުރާ ފަރާތަށް ފޯރުކޮށްދިނުމަށް އެންގުމަކީ މިފަދަ ޙާލަތެއްގެ ނާޖާއިޒު ބޭނުން ހިފައިގެން ދަޢުވާ ބިނާވެފައިވާ މުޢާމަލާތާ ގުޅުން ނެތް މަޢުލޫމާތު އަދި އެ މުޢާމަލާތާ ގުޅުން ނެތް ތިންވަނަ ފަރާތްތަކުގެ މަޢުލޫމާތުގެ ތަފްޞީލު ހޯދައިގަތުމަށް ހުޅުވައިދެވޭ ނުރަގަނޅު ދޮރަކަށްވެދާނެ ފަދަ ކަމެއް ކަމާއި، މުޢާމަލާތްތަކާއި ވިޔަފާރީތަކުގެ ތަފްޞީލު ހޯދައި ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ސާފުވެ އަދި އެފަދަ ހާލަތެއް މެދުވެރިވުމުން ނޫންގޮތަކަށް މިފަދަ އަމުރެއް ނެރެންޖެހޭކަމަށް ބުރަވެވެން ނެތްކަމާއި، މި ދަޢުވާގައި މިހިނދަށް އެފަދަ އަމުރެއް ނެރެންޖެހޭފަދަ ސަބަބާއި ހާލަތު އޮތްކަމުގައި ބެލެވެން ނެތްކަމެވެ.
2.8.ދަޢުވާ ބިނާކޮށްފައިވާ މުޢާމަލާތުގެ ޠަބީޢަތާއި ދަޢުވާގެ ބާވަތަށް ބެލުމުން މިފަދަ އަމުރެއް މިހިނދު ނެރެންޖެހޭކަމަށް ބުރަވެވެން ނެތްކަމާއި، ޝަރީޢަތުން އަމުރެއް ނެރުމުގައި އެ އަމުރަކީ ތަންފީޛުކުރެވޭނެ ފަދަ އަމުރެއްކަން ނުވަތަ ނޫންކަންވެސް ބަލަންޖެހޭނެ ކަމާއި، އެގޮތުން މިދަޢުވާ މިހާރު އޮތް ހިސާބަށް ބަލާއިރު، ދަޢުވާލިބޭ އެއް ފަރާތްކަމުގައިވާ ވަންޑަރލާސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާކުރާ ފަރާތްތަކުން ދައްކާފައިވާ ފައިސާއިން ކުރި ވިޔަފާރިން ހޯދާފައިވާ މަންމާއަކީ ކޮބައިކަން އަދި މަންފާއެއް ހޯދާފައިވާކަންވެސް މިހިނދު އެނގެންނެތްކަމާއި، އެހެންކަމަށްވުމުން މިފަދަ އަމުރެއް ތަންފީޛުކުރުމަށް އެކަން ހޯދައި ބަލައި އެކަމާމެދު އިތުރު ޝަރީޢަތެއް ހިންގަންޖެހޭފަދަ ހާލަތެއް ކުރިމަތިވެދާނެކަމާއި، އެހެންކަމަށްވުމުނ ދަޢުވް ބިނާވާ މުދާ ހިފެހެއްޓުމުގެ އަމުރެއް މިހިނދު ނެރެންޖެހޭކަމަށް ޤަބޫލު ކުރެވެން ނެތްކަމަށެވެ.
9މި ސަބުބަތައް ބަޔާންކުރުމަށްފަހު ސިވިލް ކޯޓުގެ ނަންބަރު B6/VN/2022/08-144 "ވަގުތީ އަމުރާމެދު ނިންމިގޮތް" އިން ނިންމާފައިވަނީ؛ "....ދެންފަހ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ނިކޮލަސް ބޯމެންޑިލް (Nicolas Boumendil) އަދި މެލިސާ ސެބެސްޝަން Sebestien) (Melissa ގެ ފަރާތުން އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅާފީމެވެ."
10ބަޔާންވެދިޔަ ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފައި ނުވާތީ، އިސްތިއުނާފުކުރާ ދެފަރާތުން، އެކަން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓަށް އިސްތިއުނާފުކުރި މައްސަލައިގައި ވަގުތީ އަމުރު ރައްދު ކުރުމަށް އެދިފައިވަނީ، ކޮމާރޝަލް ބޭންކް އާއި އިބްރާހިމް އިޒްޚާން ފިޔަވައި، ވަންޑަރލަސްޓް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑއާ […] ޢަލީ ނާޖިޙް ވަޖީޙް އާއި […] ޢަބްދުﷲ ނިޔާޒް އަދި ގްލޯމާސް ޕްރައިވެޓް ލިމިޓެޑް ("ގްލޯމާސް") ("އިސްތިއުނާފ ރައްދުވު ފަރާތްތައް") މި 04 ފަރާތުގެ މައްޗަށެވެ. އިސްތިއުނާފީ ނުކުތާތައް:
11ސިވިލ ކޯޓުގް ނަންބަރު B6/VN/2022/08-144 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ދެފަރާތުން އަންނަނިވި ނުކުތތަށާ ހުށަހަޅް އެނުކުތާތަކއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތކާ ކ؛
1.11.ފުރަތަމަ ނުކުތާއަކީ: "ދަޢުވާލިބޭ ފަރާތުން އެހެން ފަރާތްތަކާއެކު ހިންގާފައިވާ މުޢާމަލާތްތަކާއި، އެމުޢާމަލާތްތަކުގެ ޝާމިލުވާ ފަރާތްތަކުގެ މަޢުލޫމާތު ދަޢުވާކުރާ ފަރާތަށް ފޯރުކޮށްދިނުމަށް އެންގުމަކީ މިފަދަ ޙާލަތެއްގެ ނާޖާއިޒް ބޭނުން ހިފައިގެން ދަޢުވާ ބިނާވާ މުޢާމަލާތްތަކާ ގުޅުމެއް ނެތް މަޢުލޫމާތު އަދި އެމުޢާމަލާތާ ގުޅުން ނެތް ތިންވަނަ ފަރާތްތަކުގެ މަޢުލޫމާތު ތަފްސީލު ހޯދައިގަތުމަށް ހުޅުވައިދެވޭ ނުރަނގަޅު ދޮރަކަށްވެދާނެފަދަ ކަމެއް" ކަމަށް ބުނެ ހެކި ހާމަކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަކީ ސުޕްރީމް ކޯޓުގެ ޝަރު ލޯންޗް ސަރވިސް އަދި އިތުރު 3 ފަރާތެއް ވ. ފެނަކަ ކޯޕަރޭޝަން SC 56 ]2022[ ނިންމުމާއި، ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޠިމާ އަދި އިތުރު 3 ފަރާތެއް SC 39 ]2021[ ނިންމުމުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުވުމުގެ ސަބަބުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމާއި، އެނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގައި ބަޔާންކުރާ ޢާންމު މަޤްސަދާ ޚިލާފު ނިންމުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.11. ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނިންމުމުގައި ހެކި ހާމަކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކުގައި "މަސައްކަތެއް ނުވަތް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެއްބަސްވެ، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކޮށްގެން ދަޢުވާއެއް ހުށަހަޅާ ހިސާބުން ދަޢުވާލިބޭ ފަރާތުން އެހެން ފަރާތްތކަ އެކު ހިންގާފައިވާ މުޢާމަލާތްތަކާ އާ، އެމުޢާމަލާތްތަކުގައ ޝާމިލުވި ފަރާތްތަކުގެ މަޢުލޫމާތު ދަޢުވާކުރާ ފަރާތަށް ފޯރުކޮށްދިނުމަށް އެންގުމަކީ މިފަދަ ޙާލަތެއްގެ ނާޖާއިޒް ބޭނުން ހިފައިގެން ދަޢުވާ ބިނާވާ މޢާމަލާތްތަކު ގުޅުމެއް ނެތް މަޢުލޫމާތު އަދި އެމުޢާމަލާތާ ގުޅުން ނެތް ތިންވަނަ ފަރާތްތަކުގެ މަޢުލޫމާތުގެ ތަފްސީލު ހޯދައިގަތުމަށް ހުޅވުއިދޭ ނުރަނގަޅު ދޮރަކަށްވެދާނެފަދަ ކަމެއްކަމަށް" ބަޔާންކޮސް ސިވިލް ކޯޓުން ދައްކާފައިވާ ސަބަބަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 318 ގައި ސާފުކޮށް އެއަށް ޙައްލެއްދީފައިވާ ކަމެއްކަމުން އިސްވެ ދެންނެވި ސަބަބަކީ އެދިފައިވާ އަމުރު ނުނެރުމަށް ޤާނޫނީ ގޮތުން ރިޢާޔަތްކުރުން އެކަށީގެންވާ (proper) ސަބަބަކަށް ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3.11. ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނިންމުމުގައި ހެކި ހާމަކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކުގައި "މަސައްކަތެއް ނުވަތް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެއްބަސްވެ، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކޮށްގެން ދަޢުވާއެއް ހުށަހަޅާ ހިސާބުން ދަޢުވާލިބޭ ފަރާތުން އެހެން ފަރާތްތަކާއެކު ހިންގާފައިވާ މުޢާމަލާތްތަކާއި، އެމުޢާމަލާތްތަކުގައ ޝާމިލުވި ފަރާތްތަކުގެ މަޢުލޫމާތު ދަޢުވާކުރާ ފަރާތަށް ފޯރުކޮށްދިނުމަށް އެންގުމަކީ މިފަދަ ޙާލަތެއްގެ ނާޖާއިޒް ބޭނުން ހިފައގެނ ދަޢުވް ބިނާވާ މުޢާމަލާތްތަކާ ގުޅުމެއް ނެތް މަޢުލޫމާތު އަދި އެމުޢާމަލާތާ ގުޅުން ނެތް ތިންވަނަ ފަރާތްތަކުގެ މަޢލޫމާތުގު ތަފްޞީލު ހޯދައިގަތުމަށް ހުޅުވައިދެވޭ ނުރަނގަޅު ދޮރަކަށްވެދާނެފަދަ ކަމެއްކަމަށް" ބަޔާންކޮށް ސިވިލް ކޯޓުން ދައްކާފައިވާ ސަބަބަކީ އެދިފައިވާ ވަގުތީ އަމުރަށާއި، ދަޢުވާގެ ބާވަތަށާއި، މައުޟޫޢީ ގޮތުން އެދިފައިވާ ފަރުވާތަކަށް ބަލާއިރު، ޤާނޫނީ ގޮތުން ރިޢާޔތްކުރުނަ އެކަށީގެންވާ (proper)، އަދި ގުޅުންހުރި (relevant) ސަބަބަކަށް ނުވުމާއި، އަދި އެހެންކަމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދޭ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4.11. ހަތަރުވަނަ ނުކުތާއަކީ؛ އިސްތިއުނާފުކުރެވޭ ނިންމުމުގައި ޝަރީޢަތަށް ފާހަގަކުރެވުނު ފުރަތަމަ ނުކުތާގައިވެސް ދަޢުވާއަކީ ކޮބައިކަން ބަޔާންކުރުމުގައި breach of fiduciary duty ގެ ވާހަކައެއް ނުވަތަ constructive trust ގެ ވާހަކައެއް ނުވަތަ conversion ގެ ވާހަކަ ނެތުމުންނާއި، އެނިންމުމުގައި "ދަޢުވާ ބިނާވެފައިވާ މުޢާމަލާތަކީ ޚިދުމަތް ފޯރުކޮށްދިނުމުގެ މުޢާމަލާތެއްކަމާއި، ދަޢުވާކުރާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތާދެމެދު ހުޞޫމާތު އުފެދިފައި އޮތްކަމަށް ދަޢުވާ ފޯމަށް ބެލުމުން އެނގެނީ އެއްބަސްވެފައިވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން" މިފަދައިން ބަޔާންކޮށްފައި އޮތުމުން، ސިވިލް ކޯޓުގެ ނިންމުމުގައި ކޮށްފައިވާ ދަޢުވާކަމަށ ބުން ދައްކާފައިވާ ވާހަކައަކީ ދަޢުވާގެ misrepresentation އެއްކަމާއި، އެއީ misleading ވާހަކަތަކެއްކަމާއި، މައިގަނޑު ހުސޫމާތުވެސް އުފެދިފައިވަނީ "ޚިދުމަތްފޯރުކޮށްދިނުމާ ގުޅޭގޮތުން" ނޫންކަން ހުށަހަޅާފައިވާ ހެކިތަކާއި، ދަޢުވާ ފޯމަށް ރަނގަޅަށް ބެލުމުން ސާފުވާހިނދު، ސިވިލް ކޯޓުން މިފައިނ ނިންމާފައިވަން ދަޢުވީ ފޯމަށާއި، ހުށަހަޅާފައިވާ ހެކިތަކަށް ފުރިހަމައަށް ނުބަލާކަމާއި، މިއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ
(ހ) އާ ޚިލާފުކަމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5.11. ފަސްވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނިންމުމުގައި ހެކި ހާމަކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކުގައި "މުޢާމަލާތްތަކާއި ވިޔަފާރިތަކުގެ ތަފްސީލު ހޯދައި ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ސާފުވެ، އަދި އެފަދަ ޙާލަތެއް މެދުވެރިވުމުން ނޫންގޮތަކަށް މިފަދަ އަމުރެއް ނެރެންޖެހޭކަމަށް ބުރަވެވެން ނެތްކަމާއި، މިދަޢުވާގައި މިހިނދަށް އެފަދަ އަމުރެއް ނެރެންޖެހޭފަދަ ސަބަބާއި ޙާލަތު އޮތްކަމަށް ބެލެވެން ނެތްކަމަށް" މިފަދައިން ނިންމާފައިވާއިރު، މިމައްސަލައިގައި ހުށަހަޅާފައިވާ ދަޢުވާފޯމަށާއި، ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ފޯމަށާއި، ދެފޯމާއެކު ހުށަހަޅާފައިވާ ހެކިތަކަށާއި ވަގުތީ އަމުރާ ގުޅޭ އަޑުއެހުމުގެ ކުރިން ހުށަހަޅާ، ޚަސްމުންނަށް ހިއްސާކުރެވިފައިވާ ލިޔެކިޔުންތަކަށާއި، ވަންޑަރލަސްޓް ހޮލިޑޭސްގެ ފަރާތުން 26 އޮކްޓބަރޯ 2022 ގައި ބޭއްވުނު އަޑުއެހުމުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ދަޢުވާ ބިނާވާ ފައިސާއާ ގުޅޭ މުޢާމަލާތްތަކާއި ވިޔަފާރިތަކުގެ ތަފްޞީލު ހޯދައި ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން އޮތުމުން، ސިވިލް ކޯޓުން މިމައްސަލައިގެ ހެކިތަކާއި ދައްކާފައިވާ ވާހަކަތަކަށް ޤާނޫނީ ގޮތުން ރިޢާޔަތްކުރަންޖެހޭ މިންވަރަށް ރިޢާޔަތްކޮށްފައިނުވާކަމާއި، މިކަމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
6.11. ހަވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނިންމުމުގައި ހެކި ހާމަކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ބަޔާންކޮށްފައިވާ ސަބަބަބުތަކުގައި "މުޢާމަލާތްތަކާއި ވިޔަފާރިތަކުގެ ތަފްސީލު ހޯދައި ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ސާފުވެ އަދި އެފަދަ ޙާލަތެއް މެދުވެރިވުމުން ނޫންގޮތަކަށް މިފަދަ އަމުރެއް ނެރެންޖެހޭކަމަށް ބުރަވެވެން ނެތްކަމާއި، މިދަޢުވާގައި މިހިނދަށް އެފަދަ އަމުރެއް ނެރެންޖެހޭފަދަ ސަބަބާއި ހާލަތު އޮތްކަމަށް ބެލެވެން ނެތްކަމަށް" މިފަދައިން ނިންމާފައިވާއިރު، "މިދަޢުވާގައ މި ހިނދަށް އެފަދަ އަމުރެއް ނެރެންޖެހޭފަދަ ސަބަބާއި ޙާލަތު އޮތްކަމަށް ބެލެވެން ނެތްކަމަށް" ނިންމި ސަބަބު ހުށަހެޅިފައިވާ ކަންކަމާއި، ހެކިތަކަށް ރިޢާޔަތްކޮށް ބަޔާންކޮށްފައިނުވުމަކީ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން SC 30 ]2021[ މައްސަލައާއި، ޤާނޫނުއަސާސީގެ 42 ވަނަ މައްދާގެ (ހ) އާ ޚިލާފުކަމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7.11.ހަތްވަނަ ނުކުތާއަކީ، އެދިފައިވާ ދަޢުވާ ބިނާވާ ފައިސާ/މުދާ ރައްކާތެރިކުރުމުގެ އަމުރު ނެރެނުދޭން ނިންމި ދެ ސަބަބުގެ ތެރެއިން ފުރަތަމަ ސަބަބު ބަޔާންކުރުމުގައި އަޙްމަދު އިސްމާޢީލް ވ. ލަތީފާ ޢަލީ ޙަސަން SC 30 ]2021[ މައްސަލައާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
8.11.އަށްވަނަ ނުކުތާއަކީ، Proprietary injuction އެއް އަދި އޭގެ Ancillary Disclosure Orders ނެރުމުގައި ބަލަންޖެހޭ ޤާނޫނީ އަސާސްތަކާއި އުސޫލުތަކަށް ސިވިލް ކޯޓުން ބަލާފައިނުވުމުން، ސިވިލް ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގެ 2012/SC-A/21 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2018/HC-A/305 ޤަޟިއްޔާއާ ޚިލާފުވުމާއި، އޭގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން ލިބުމާއި މިފަދަ ފަރުވާއަކަށް އެދޭ ޙާލަތަކާ އެކަށީގެން ނުވާ (improper) ސަބަބުތަކެއް ދައްކައި، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފު ސަބަބުތަކެއް ދައްކައި އިސްތިއުނާފުކުރާ ފަރާތްތަކުން އެދުނު propreitary Injuction (އަދި އޭގެ Ancillary Disclosure Orders) ނެރެދީފައިނުވުމުނ ސިވިލް ކޯޓުގެ ނިންމުން މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފުވުމާއި، އޭގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދޭ އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަށް އުނިކަން ލިބޭކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ދފަރާތެ ނުދެއްކި ވާހަކަތައް:
12އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފީ ނުކުތާތަކގު ތަފޞް ލްތައީ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތާތަކގު ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތތަކާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މވާހަކަތި ކަކަ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެކެވެ. އިސްތިއުނާފުކުރާ ދފަރާތުނެ އެދޭ ގޮތް:
13އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު B6/VN/2022/08-144 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" އަކީ ޤާނޫނީ ހަމަތަކާ ޚިލާފު ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅާދެއްވުމަށާއި، އިސްތިއުނާފު ކުރެވިފައިވާ މައްސަލަގައިވާ ޙާލަތުގައި އިސްތިއުނާފުކުރެވޭ މައްސަލައިގައިވާ ފަދަ ވަގުތީ އަމުރެއް ނެރެންޖެހޭކަމަށް ބުރަވަވޭކަމަށް ކަނޑައަޅުއްވާދެއްވުމަށާއި، ގުޅުންހުރި ތިންވަނަ ފަރާތްތައް ޙަސްމުންގ ގޮތުގައެ އިތުރުކުރެވޭނޭ ފަދައަކުން އެފަދައިން އަމުރު ނެރުމަށް ސިވިލް ކޯޓަށް ތަހްވީކޮށްދެއްވުނ ނުވަތް ގުޅުންހުރި ތިންވަނަ ފަރާތްތައް ޙަސްމުންގ ގޮތުގައެ އިތުރުކުރެވޭނޭ ފަދައަކުން އެދިފައިވާ ވަގުތީ އަމުރުތައް ހައިކޯޓުން ނެރެދެއްވުން ނުވަތް ގުޅުން ހުރި ތިންވަނަ ފަރާތްތައް ޙަސްމުންގ ގޮތުގައެ އިތުރުކުރެވޭނޭ ފަދައަކުން ޝަރީޢަތަށް ފެންނަ ޢަދުލުވެރި ނިންމުމެއް ނިންމަވައިދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެއްކި ވާހަކަތައް:
14އިސްތިއުނާފު ރައްދުވާ ވަންޑަރލަސްޓް ހޮލިޑޭސްއާއި ޢަބްދުﷲ ނިޔާޒްއާއި ޢަލީ ނާޖިޙް ވަޖީޙގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމުގައި ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. އަދި އެނުކުތތަކުގާ ޖަވާބު ތަފްޞީލު ޚުލާޞާ ގޮތެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްދިނުމަށް އެންގުމުން، އެނުކުތތަކާއާ ގުޅިގެން ވާހަކަ ދައްކާފައިވެއެވެ. މިވާހަކަތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެކެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދޭގޮތް:
15އިސްތިއުނާފ ރައްދުވު ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:
16މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު B6/VN/2022/08-144 "ވަގުތީ އަމުރާއިމެދު ނިންމިގޮތް" އަށާއި، އެނިންމުން އިސްތިއުނާފުކުރުމަށް އިސްތިއުނާފުކުރާ ދެފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތތަކާ އާ ގުޅިގެން މިމައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
17އިސްތިއުނާފުކުރާ ދެފަރާތުން އިސްތިއުނާފީ ނުކުތާތާއ ގުޅި ގޮތުން ތަފްޞީލީ ދިގު ވާހަކަތަކެއް ދައްކާފައިވެއެވެ. ނަމަވެސް އެވާހަކަތައް އެކީހެން ގުޅިފައިވަނީ، މައްސަލައިގެ މައުޟޫޢުއާއެވެ. މައްސަލައިގެ މައުޟޫޢު އާއި ގުޅިގެން ވަގުތީ އަމުރެއް ނެރެދެންޖެހޭކަނ ބަޔާން ކޮށްދިނުމަކަށް ނޫނެވެ. މައްސަލައިގެ މައުޟޫޢުއާއި ގުޅިގެން، ހާމަކުރަންޖެހޭ ހެކި ހާމަކުރުމަށްޓަކައ ނުވަތި ހިފަހައްޓަންޖެހޭ މުދައު ހިފެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެދޭންޖެހޭކަމަށް ބުނެ، ވާހަކަ ދައްކާފައިވަނީ ހަނި ގޮތަށެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ:
18އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކުރަނީ، ދަޢުވާލިބޭ ފަރާތުން އެހެން ފަރާތްތަކާއެކު ހިންގާފައިވާ މުޢާމަލާތްތަކާއި، އެމުޢާމަލާތްތަކުގައ ޝާމިލުވި ފަރާތްތަކުގެ މަޢުލޫމާތު ދަޢުވާކުރާ ފަރާތަށް ފޯރުކޮށްދިނުމަށް އެންގުމަކީ މިފަދަ ޙާލަތެއްގެ ނާޖާއިޒް ބޭނުން ހިފައިގެން ދަޢުވާ ބިނާވާ މުޢާމަލާތްތަކާ ގުޅުމެއް ނެތް މަޢުލޫމާތު އަދި އެމުޢާމަލާތާ ގުޅުން ނެތް ތިންވަނަ ފަރާތްތަކުގެ މަޢުލޫމާތު ހޯދައިގަތުމަށް ހުޅުވައިދެވޭ ނުރަނގަޅު ދޮރަކަށް ވެދާނެ ކަމެއް ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކުރާ ކުރުމަކީ ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް އަދި އިތުރު 3ފަރާތް ވ. ފެނަކަ ކޯޕަރޭޝަން ("ޝަރޫލޯންޗް" ޤަޟިއްޔާ)ގެ ނިންމުމާއި، މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޠިމާ އަދި އިތުރު 3 ފަރާތެއް ]2021[ )"މުޙައްމަދު ޔޫސުފް މޫސާ" ޤަޟިއްޔާ) ގެ ނިންމުމާއި ޚިލާފުވުމުގެ ސަބަބުން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) އާއި ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނ) ގެ (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު") 4 އަދި 5 ވަނަ މާއްދާގައި ބަޔާންކުރާ ޢާންމު މަޤްޞަދާ ޚިލާފު ނިންމުމެއް ކަމަށެވެ.
19އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ވާހަކަ ދައްކާފައިވަނީ، އިސްތިއުނާފުކުރާ ދެފަރާތުން، ވޮންޑަރލަސްޓްއަށް ދިން ފައިސާ، ޟިމްނީ ޓްރަސްޓަކަށް ވެގެންދާނެ ކަމާއި އެކަމުގެ ސަބަބުން، އެފައިސާ އެކަކުގެ ކިބައިން އަނެކަކުގެ ކިބައަށް ނަގުލުވަމުން ބަދަލުވަމުން ދާދިއުމުގައި އެ އެންމެންނަކީވެސް ޓްރަސްޓީޒުންގެ ގޮތުގައި ވާނެކަމާއި، އެހެންކަމުން، އެއެންމެހައި ފަރާތްތައް ޝާމިލުވާ ގޮތަށް އެހެންމެހައި ފަރާތްތަކުގެ މަޢުލޫމާތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/69 ޤަޟިއްޔާ [2022] SC 56 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/10 ޤަޟިއްޔާ [2021] SC 39 ހާމަ ކުރުމަށް އެންގުމަށް ވަގުތީ އަމުރެއް ނެރެދޭންޖެހޭގޮތުގެ މައްޗަށެވެ. މިފަދަ ވަގުތީ އަމުރަކަށް އެދި އިސްތިއުނާފުކުރާ ދފަރާތެ ނ ދައްކާފައިވާ ވާހަކަތަކަކީ މައުޟޫޢީ ވާހަކަތަކަކެވެ.
20HN1މިފައިސާ ޟިމްނީ ޓްރަސްޓަކަށް ވެގެންދިޔަތޯ ފުރަތަމަ ޖެހޭނީ މައުޟޫއީ މައްސަލައިގެ ތެރެއިން ބަލާށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ޝަރޫލޯންޗް" ޤަޟިއްޔާގައި؛ "ވަކި ޚާއްޞަ ބޭނުމަކު އެހެން ފަރާތަކަށް މުދަލެއް ހަވާލުކޮށްފައިވާ ނުވަތަ ފޯރުކޮށްދީފައިވާ ޙާލަތުގައި، އެ މަގްސަދު ހާސިލު ނުކުރެވިއްޖެ ނަމަ، އެ މުދަލެއް އެފަރާތުގެ އަތުގައި ހުންނާނީ ޓްރަސްޓްއެއްގ ގޮތުގައެ ކަމަށި އިފްތިރާޒުކުރެވޭނެ ކަމެވެ. މިފަދައިން އިފްތިރާޒުކުރެވޭ ހަލާތުތަކުގެ ތެރޭގައި އެއްފަރާތުން އަނެއް ފަރާތަށް ވަކި މަގްސަދެއްގައ ދޫކުރި ދަރަނީގެ ހާލަތާއި ވަކި މަގްސަދެއްގައި ދޭ ފައިސާގެ ހާލަތު ހިމެނެއެވެ. އެއްވެސް ފަރާތަކަށް ވަކި މަގްސަދެއްގައި ވަކި ކަމަކަށް ދޭ ފައިސާއިން ކުރަންޖެހޭނީ އެ ކަމެކެވެ. އެ މަގްސަދު ހާސިލު ކުރެވެން ނެތް ނަމަ، ނުވަތަ އެފައިސާ ދިން ބޭނުމަށް ފައިސާ ބޭނުން ކުރެވެން ނެތް ނަމަ ދަރަނި ދިންފަރާތަށް ނިސްބަތްވާ ގޮތަށް އެ ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ ހައްގު އޮންނާނެ ކަމަށް އިފްތިރާޒުކުރެވޭނެއެވެ. އެހެންކަމުން މިހާލަތުގައި އެ ދަރަނި ބަދަލުވެގެންދާނީ ޓްރަސްޓްއަކަށެވެ. އަދި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ ހައްގެއް އުފެދުމުން، އެފައިސާގެ ފަހަތުން ދިއުމުގެ ހައްގު އަރަނިވެރިޔާއަށް ލިބިގެންވެއެވެ. ވަކި މަގްސަދަކަށް ހަވާލުކުރެވޭ ފައިސާ ޒިމން ޓްރަސްޓަކަށްވާ ސަބަބަކީ، ވަކި މަގްސަދަކަށްދޭ ފައިސާއެއް ދިން މަގްސަދާއި ޝަރުތުތައް ތަޖާހަލްކޮށް އެފައިސާ އެހެންކަމަކަށ ބޭނުން ކުރުމަކީ ޣައިރުޒަމީރީ ކަމަކަށްވާތީއެވެ..." މިފަދައިން ބަޔާން ކުރުމަށްފަހު، ޖެހިގެން އޮތް ޕެރެގްރާފްގައި ބަޔާން ކުރަނީ؛ " މަތީގައި އިސްވެދިޔަ ޕްރެގްރާފް ގައި ބަޔާންކުރި ވާހަކައަކީ، އެއްފަރާތުން އަނެއް ފަރާތަށް ވަކި މަގްސަދަކަށްދޭ ކޮންމެ ފައިސާއެއް ނުވަތަ އެއްފަރާތުން އަނެއް ފަރާތަށް ވަކި ކަމަކަށް ދޫކުރާ ކޮންމެ ދަރަންޏެއް އެފައިސާ ލިބޭ ފަރާތުން ބޭނުންވާ އެހެނިހެން ކަންކަމަށް ބޭނުން ނުކުރެވޭނެ ވާހަކައެއް ނޫނެވެ. އެ މިންވަރަކުން އަދި ޓްރަސްޓެއްވެސް ނުއުފެދޭނެއެވެ. މިފަދަ މައްސަލައެއްގައި ބަލަންޖެހެނީ އެފައިސާ ދިނީ އެނޫން ކަމަކަށް އެފައިސާ ޚަރަދުކުރުމުގެ މިނިވަންކަން އޮންނާނެ ގޮތުގެ މަތީން ކަމަށް ދެފަރާތުގެ ނިޔަތް އޮތްތޯއެވެ. އެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2021/SC-A/69 [2022] SC 56 ޤަޟިއްޔާގެ 41 ވަނަ ނުކުތާ މިނިވަންކަން އޮންނާނެ ކަމަށް ދެފަރާތުގެ ނިޔަތް އޮތް ނަމަ، އެފަދަ ޒިމްނީ ޓްރަސްޓެއް ނުއުފެދޭނެއެވެ." މިފަދައިންނެވެ.
21ވީމާ، ވަކި ބޭނުމަކު ވަކި މަޤްޞަދަކު ވަކި ފަރާތަކަށް ފައިސާއެއް ދިނުމަށްފަހު، އެމަޤްޞަދު ހާޞިލު ނުވެއްޖެނަމަ، އެފައިސާ ހުންނާނީ ޓްރަސްޓެއްގެ ގޮތުގައިކަމަށް ބުނެ، އިސްތިއުނާފުކުރާ ފަރާތްތަކުން "ޝަރޫ ލޯންޗް" ޤަޞިއްޔާގެ 41 ވަނަ ޕރެގްރެ ފަށާ ޙަވާލާދީ ދެއްކި ވާހަކަ އެހިސާބަށް ކިޔުން ހުއްޓާލައިގެން ނުވާނެއެވެ. އެޕެރެގްރާފާއިއެކު 42 ވަނަ ޕެރެގްރާފްގައި އޮތް އެއްޗެއްވެސ ކިޔަން ޖެހެއެވެ.
22މިދެޕްރެގްރާފް އެކުގައި ކިޔުމުން، އަންގައިދެނީ، މީހަކާއި މީހަކު ފައިސާއެއް ޙަވާލު ކުރުމަކުން ޒިމްނީ ޓްރަސްޓެއް އުފެދުނީ ނޫންކަމެވެ. "މުޙައްމަދ ޔޫސުފު މޫސާ" ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ "މީހެއްގެ މުދަލަކާ ހަވާލުވެހުރި ފަރާތެއްގެ މައްޗަށް ނުވަތަ މުދަލެއްގެ ޤާނޫނީ މިލްކުވެރިކަން އޮންނަ ފަރާތެއްގެ މައްޗަށް ޟިމްނީ ޓްރަސްޓެއް އޮތްކަމަށް އިފްތިރޟާކުރުމަކ އެހީ ފަސޭހަކަމެއް ނޫނެވެ."
23HN2އިސްތިއުނާފުކުރާ ދެފަރާތުން ވަގުތީ އަމުރަކަށް އެދުނުއިރު، ވޮންޑަރލަސްޓްގެ އިތުރުން، ތިންވަނަ ފަރާތްތަކުގެ މައްޗަށް މިއަމުރު ޝާމިލް ކުރުމަށު އެދިފައި ވެއެވެ. މިގޮތުން، އެފައިސާ ތިންވަނަ ފަރާތެއްގެ މައްޗަށް ނަގުލުކޮށްފައި އޮންނަ ހާލަތުގައި، އަމާނާތްތެރިކަމުގެ ވާޖިބެއް އެ ޓްރަސްޓީގެ މައްޗަށ އޮތްކަން ތިންވަނަ ފަރާތަކަށް އެނގޭނަމަ، އެމުދާ ރައްދު ކުރުމުގެ ވާޖިބު ތިންވަނަ ފަރާތުގެ މައްޗަށްވެސް ދެމިގެންދާނެކަށްބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ "މުޙައްމަދ ޔޫސުފު މޫސާ" ޤަޟިއްޔާއަށް ޙަވާލާދީ ވާހަކަ ދައްކާފައިވެއެވެ. މިޙަވާލާގައ ބަޔާންކުރި "...އަމާނާތްތެރިކަމުގެ ވާޖިބެއް އެ ޓްރަސްޓީގެ މައްޗަށް އޮތްކަން ތިންވަނަ ފަރާތަކަށް އެނގޭނަމަމ"... ޢިބާރާތުން އެނގޭ އެއްކަމަކީ، މިމައްސަލައިގައި ދަޢުވާ ރައްދުކޮށްފައިވާ ތިންވަނަ ފަރާތްތަކަށް އެމުޢާމަލާތް ކުރެވު ފައިސާއަކީ އަމާނާތްތެރި އބމ 42 ވަނަ ނުކުތާ ކަމުގެ ވާޖިބެއް އެފަރާތެއްގެ މައްޗަށް އޮތް ފަރާތެއްކަން ފުރަތަމަ ކަމަކަށް އެނގެންޖެހޭނެ ކަމަށެވެ. "ނަމަ"އެއްގެ މައްޗަށް ބިނާކޮށް ތިންވަނަ ފަރާތެއްގެ މައްޗަށް ވަގުތީ އަމުރެއް ކުރުމުގެ ކުރިން އެ ތިންވަނަ ފަރާތެއްގެ ކިބައިން ސާފުވާންޖެހޭ ކަންކަން ހުންނާނެއެވެ. އެހެނީ ތިންވަނަ ފަރާތަކުން ވޮންޑަރލަސްޓް އާއެކު މުޢާމަލާތު ކުރާނީ، ހެޔޮނިޔަތުގެ (bonafide) މައްޗަށްކަން ފުރަތަމަ ނަޒަރުން ބަލަން ޖެހޭއިރު، އެނޫން އެހެން ގޮތަކަށް މުޢާމަލާތު ކުރިކަން އެނގޭނީ މައްސަލައިގެ މައުޟޫޢުގެ ތެރެއިންނެވެ. މައްސަލަ ހުށަހެޅުމާއިއެކު އައްވަލއުނަޒަރުގެ ތެރެއިން ބަލައިގެން މިފައިސާ ދައުރުވެފައި އޮވެދާނެކަމަށް ބެލެވޭ އެންމެންގެ މައްޗަށް ވަގުތީ އަމުރެއް ނެރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
24HN3ވީމާ، ދަޢުވާ ހުށަހެޅި ދެފަރާތުން، ހުށަހެޅި މަޢުޟޫޢަށް ބެލުމަކާއި ނުލައި، ވަގުތީ އަމުރެއްގެ ދަށުން، މިފައިސާ ރައްދުކުރި ފަރާތްތަކާއި އެފަރާތްތަކުން މިފައިސާ ދެން ރައްދުކުރި ފަރާތްތަކާއި މިހެންގޮސް، މިފައިސާ ލިބިދާނެކަމަށް ތަސައްވަރުކުރެވޭ ކަމަށް ބުނާ ފުލާނު ބުނި ފުލާނ ހިމެނު ގޮތަށް ޒިމްނީ ޓްރަސްޓެއް ވުޖޫދު ވާނެކަމަށް ބަލައިގެން ހުރިހާ އެންމެންނާއި ހުރިހާކަމެއް ޝާމިލު ވާހެނ ހައްދެއް ހުދޫދެއްނެތި ފުޅާކޮށް، ހެކި ހާމަކުރުމުގެ ނަމުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމަކުން، އެފަދަ އަމުރެއް ނެރުމަކީ ކޯޓަކަށް ކުރެވޭނެ ކަމެއްނޫނެވެ.
25އިސްތިއުނާފުކުރާ ދެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ރައްދުކުރި ފަރާތަކީ، ވަންޑަރލަސްޓް ކަމަށްވީނަމަ، ދަށު ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމާއިމެދ ނިންމިގޮތު ތަފާތުވީސްކަމަށް ފެނެއެވެ. އެހެނީ، އިސްތިއުނާފުކުރާ ފަރާތްތަކުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، އެފަރާތްތަކުން ވަންޑަރލަސްޓްއަށް ފައިސާ ޙަވާލުކުރިކަން ބާރުދޭ ހެކިތަކާއި އަދި އެފައިސާ ޙަވާލުކުރި ބޭނުން ފުރިހަމަ ކޮށްދެވިފައި ނުވާކަމަށް ބާރުލިބޭ ހެކިތައް ހުށަހަޅާފައި ހުރިކަން އެނގެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާ:
26އިސްތިއުނާފީ ދެވަނަ ނުކުތާގައިވެސް ބަޔާންކުރަނީ، ވަގުތީ އަމުރި ނެރެނުދިނުމަށް، ފުރަތަމަ ނުކުތާގައި ބަޔާންކުރި ސަބަބަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 318 ވަނަ މާއްދާއިން ސާފުކޮށް ޙައްލެއް ދީފައިވާ ކަމެއްކަމަށްވާތީ، އެއީ ވަގުތީ އަމުރެއް ނެރެނުދިނުމަށްޓަކައި ދެއްކޭނެ އެކަށޭނެ (proper) ސަބަބެއް ކަމުގައި ނުވާކަމުގެ މައްޗަށެވެ.
27HN4މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 318 ވަނަ މާއްދާ ބިނާވަނީ ހާމަކޮށްފައިވާ ލިޔުމެއް ބޭނުން ކުރެވޭނެ ހުދޫދު ބަޔާންކޮށްދިނުމުގެ މައްޗަށެވެ. މިގޮތުން އެމާއްދާގެ (ހ) ގައި ބަޔާންކުރާ އަސާސީ ހަމައަކީ، "ލިޔުމެއް ހާމަކުރެވޭ ޚަޞްމަކު އެ ލިޔުން ބޭނުންކުރަންވާނީ ހަމައެކަނި އެ ލިޔުމެއް ހާމަކުރެވުނު މައްސަލައަކާ ގުޅޭގޮތުން" ކަމަށެވެ. ދަށު ކޯޓުން ވަގުތީ އަމުރު ނެރެނުދިނީ، ހެކި ހާމަކުރުމުން، ހާމަވެގެންދާ މަޢުލޫމާތުތައް އެހެން ބޭނުމަކު ބޭނުން ކޮށްފާނެތީއެއް ނޫނެވެ. ނަމަވެސް، އެބައެއްގެ މަޢުލޫމާތު ހާމަކުރަންޖެހޭކަން ނުވަތަ ނޫންކަން އަދި އަނގެނ ނެތް ބައެއްގެ މައްޗަށް ވަގުތީ އަމުރު ރައްދުކޮށް، ހެކި ހާމަކުރަން އަމުރުކޮށްފިނަމަ، މިމުޢާމަލާތާއި ގުޅުމެއް ނެތް މަޢުލޫމާތާއި އަދި އެމުޢާމަލާތާއި ގުޅުމެއް ނެތް ތިންވަނަ ފަރާތަކަށްވެސް އަމުރު ރައްދު ކުރެވިދާނެ ކަމަށްޓަކައެވެ. އޭގެ ސަބަބު ވަރަށް ސާފެވެ. އިސްތިއުނާފުކުރާ ދެފަރާތުން ހކެ ހާމަކުރުމުގެ އަމުރު ރައްދުކޮށްދިނުމަށް އެދިފައިވަނީ ސުމާރެއްނެތް ގޮތަށް، މިމުޢާމަލާތުގެ ތެރެއިން އިސްތިއުނާފުކުރާ ދފަރާތެ ން ވޮންޑަރލަސްޓްއަށް ދިންފައިސާ އެފަރާތުން ނިކުމެގެން ގޮސް އެފައިސާ ވަތް ކޮންމެ ދިމާލެއް އަދި ކޮންމެ މީހަކުވެސް ޝާމިލުވާ ގޮތަށެވެ. އިސްތިއުނާފުކުރާ ދފަރާތެ އ ވަންޑަރލަސްޓާ އާ ދެމެދު ޟިމްނީ ޓްރަސްޓެއް އޮތްކަމަށް ބެލިނަމަވެސް، މިފަދަ އަމުރެއް ތިންވަނަ ފަރާތަކަށް ރައްދު ކުރުމުގެ ކުރިން، ވަންޑަރލަސްޓްއިން އެމުޢާމަލާތުކުރާ ފައިސާއަކީ ޟިމްނީ ގޮތުން އިފްތިރާޟްކުރެވޭ ޓްރަސްޓުގެ ޓްރަސްޓީއެއްގ ގޮތުގައެ ޙަވާލުވި ފައިސާކަން ކުޑަމިނުން އެތިންވަނ ފަރާތަށަ އެނގިފައިވޭތޯ ބަލަންޖެހޭނެއެވެ.
28ވީމާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 318 ވަނަ މާއްދާއިން ފަރުވާދެނީ ހަމައެކަނި ހާމަ ކުރާ މަޢުލޫމާތު ބޭނުން ކުރުމުގެ މައްޗަށްކަން އެނގެއެވެ. ހާމަ ކުރަން ނުޖެހޭ ނޫނީ ހާމަ ނުކުރެވޭނެ ހެކި ނުވަތަ މަޢުލޫމާތު ވަގުތީ އަމުރެއް ނެރެގެން ހާމަކޮށްފިނަމަ، ދެން ވާނެ ގޮތެއްގެ މައްޗަށް އެމާއްދާއިން ފަރުވާއެއް ނުދެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާ:
29ސިވިލ ކޯޓުން ވަގުތީ އަމުރު ނެރެނުދިނުމަށް، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންކުރި ސަބަބަކީ، އެދިފައިވާ ވަގުތީ އަމުރަށާއި، ދަޢުވާގެ ބާވަތަކަށާއި، މައުޟޫޢީ ގޮތުން އެދިފައިވާ ފަރުވާތަކަށް ބަލާއިރު، ރިޢާޔަތް ކުރުން އެކަށީގެންވާ (proper) އަދި ގުޅުންހުރި (relevant) ސަބަބަކަށް ނުވާކަމަށާއި އެހެންކަމުން، އިންސާފުން ޝަރީޢަތް ކުރެވުމަށ ޤާނޫނުއަސާސީން ލިބިދޭ ޙައްޤު އުނިވެފައި ވާކަމަށެވެ.
30އިސްތިއުނާފުކުރާ ދެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު އޮންނަންވީ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ؛ "ވަގުތީ އަމުރު އޮންނަންވީ ގޮތް ދަޢުވާ ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ވަގުތީ އަމުރަށް އެދޭ ފޯމުގައި ހުރި ކަންކަމާއި، ދަޢުވާ ފޯމުގައި އެދިފައިވާ ކަންކަމަށް ބަލާއިރު، ދަޢުވާ ކުރާފަރާތްތަކުނ ހުށަހަޅް ދަޢުވާ ޘާބިތުވުމުގެ އެކަށީގެންވާ ފުރުޞަތު (reasonable likelihood) އޮތަތީއާއި، އަދި ދަޢުވާ ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައުޟޫއީ ކަންކަން ޘާބިތުވުމުގެ strong prima case facie އެއް އޮތަތީއާއި، ދަޢުވާ ލިބޭ މައިގަނޑު ފަރާތްތައް ކަމުގައިވާ ވަންޑާރލަސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި، ގްލޯމާސ ޕްރައިވެޓް ލިމިޑެޓާއި، އެކުންފުނިތަކުގެ ޑިރެކްޓަރުން މިދަޢުވާގައި ހިމެނޭ މުދަލުން ބޭނުންކުރާކަމަށް ނުވަތަ ބޭނުންކޮށްފައިވާކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރީތީއާއި، މިމައްސަލައިގެ ޙުކުމް ތަންފީޛުކުރުމަށް ހުރަސްއެޅުމުގެ ގޮތުން ނުވަތަ ހުރަސްއެޅިދާނޭ ފަދައަކުން މުދަލާމެދު ޢަމަލުކުރުމުގެ އިޙްތިމާލު އޮތަތީއާއި، މަޢުޟޫއީ މައްސަލަ ނިންމުމުގެ ކުރިން ދަޢުވާގައި ހިމެނޭ މުދާ ދިވެހިރާއްޖެއިން ބޭރުކުރުމުގެ އިޙްތިމާލު އޮތަތީއާއި، ވަކި ކަމެއް ނުކުރުމަށް އަންގާ ކުރާ ވަގުތީ އަމުރު ނެރުމުގެ ބާރު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަމާއްދާގެ (ށ) ގެ (2) ގެ ދަށުން ކޯޓަށް ލިބިފައިވާތީއާއި، ވަކި މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވަކި ފަރާތެއްގެ ބެލުމުގެ ދަށަށް ގެނައުމަށް ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް އަމުރު ނެރުމުގެ ބާރު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ (3) ގެ ދަށުން ކޯޓާށް ލިބިފައިވާތީއާއި، ދަޢުވާ ފެށުމުގެ ކުރިން ހެކި ހާމަކުރުމަށް އަންގައި އަމުރުކުރާ އަމުރެއް ނެރުމުގެ ބާރު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ (9) ގެ ދަށުން ކޯޓަށް ލިބިފައިވާތީއާއި، ދަޢުވާ ފެށުމުގެ ފަހުން ހިންގޭ ޑިސްކަވަރީ ޕްރޮސެސްއާބެހޭ މާއްދާތަކުން މިބާރަށް އަސަރު ނުކުރާނެކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 314 ވަނަ މާއްދާއިން އެނގޭތީ، މިހިނދު، އަންނަނިވި އަމުރުތައް މިކޯޓުން ކުރަމެވެ. ހެކި ހާމަކުރުމުގެ އަމުރު:
1. ދަޢުވާ ކުރާ ފަރާތްތަކުން ދަޢުވާ ލިބޭ ވަންޑަރލަސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފައިސާއަށް ވީ ގޮތް ހާމަ ކުރުމަށާއި، އެފައިސާ ދައުރުކޮށްފައިވާގޮތް ހާމަކުރުމަށާއި، އެފައިސާ ދައުރުކޮށްފައިވާގޮތާއި އެއިންކޮށްފައިވާ މުޢާމަލާތްތަކާގުޅޭ ލިޔެކިޔުން ދަޢުވާ ކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން މިއަމުރު ނެރޭތާ ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް އަމުރު ކުރަމެވެ.
2. އިސްވެ ދެންނެވި ފައިސާ ޚަރަދުކޮށްފައި ނުވާނަމަ، އެފައިސާ ހުރިތަން ހާމަކުރުމަށް އަމުރުކުރަމެވެ.
3. އިސްވެ ދެންނެވި ފައިސާ ބޭނުންކޮށްގެން އެއްވެސް މުދަލެއް ގަނެފައިވާނަމަ، އެމުދަލެއް ހުރިތަނާއި، އެމުދަލެއްގެ މަޢުލޫމާތު ހާމަކުރުމަށް އަމުރު ކުރަމެވެ. ދަޢުވާ ބިނާވާ މުދާ ހިފެހެއްޓުމުގެ އަމުރު:
4. ދަޢުވާ ކުރާ ފަރާތްތަކުން ދަޢުވާ ލިބޭ ވަންޑަރލަސްޓ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފައިސާއާއި، އެއިން ވިޔަފާރިކޮށްގެން ހޯދާފައިވާ މަންފާ ހިފެހެއްޓުމަށާއި، އެފައިސާ ބޭނުންކޮށްގެން އެއްވެސް މުދަލެއް ގަނެފައިވާނަމަ، އެފައިސާއާއި، މަންފާއާއި، މުދާ ކޯޓުގެ ބެލުމުގެ ދަށަށް ގެނައުމަށް އަމުރުކުރަމެވެ. ތިންވަނަ ފަރާތްތައް:
5. ދަޢުވާ ބިނާވާ މުދާ ހުރީ ދަޢުވާގައި ނުހިމެނޭ ތިންވަނަ ފަރާތެއްގެ އަތުގައިނަމަ، އެމުދާ ރައްދުކުރުމުގެ ޒިންމާ އެފަރާތެއްގެ މައްޗަށްވެސް އޮންނާނެއެވެ. މިގޮތުން އެފަދަ ފަރާތެއް ފާހަގަކުރެވިއްޖެނަމަ، އެފަރާތަކަށް މިއަމުރު ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެމުދާ ކޯޓުގެ ބެލުމުގެ ދަށަށް ގެނައުން އެފަރާތުގެ މައްޗަށް ލާޒިމުވެއެވެ.
މި އަމުރުގެ މުއްދަތު
6. މިއަމުރު މައުޟޫއީ މައްސަލައިގެ ޙުކުމް ތަންފީޛު ކުރަން ފެށުމާ ހަމައަށް ދެމި އޮންނާނެއެވެ. މިފަދައިންނެވެ.
31މިނުކުތާއާއި ގުޅިގެންވެސް އިސްތިއުނާފުކުރާ ދެ ފަރާތނު ބޮޑަށް ވާހަކް ދައްކާފައިވަނީ މައްސަލައިގެ މައުޟޫއަށެވެ. އެފަރާތްތަކުން ދަށުކޯޓަށް ހުށަހެޅި މައްސަލަ ސާބިތުވުމުގެ ފުރުޞަތު އޮތްލެއް ބޮޑުކަމުގެ މައްޗަށެވެ. ދެން ކިޔައިދީފައިވަނީ، އިސްތިއުނާފު ރައްދުވާ ވަންޑަރލަސްޓް އިސްތިއުނާފުކުރާ ދެ ފަރާތގު އެޖެނޓްކަށ ވެގެން ދާގޮތެވެ. އަދި މި ދެބައިމީހުންގެ ދެމެދުގައި އޮތް ފައިޑޫޝިއަރީ ގުޅުމުގެ ވާހަކައެވެ. ވަންޑަރލަސްޓަށ ދިން ފައިސް ތިންވަނަ ފަރާތްތަކުގެ އަތްމައްޗަށް އަރައި، ވަގުތީ އަމުރެއް ނުނެރެފިނަމަ، އެފައިސާ އާއި އެފައިސާ ބޭނުންކޮށްގެން މުދާ ހޯދާފައިވާނަމަ، މުދައު ފޮރުވުމުގެ އިހުތިމާލު އޮތް ގޮތުގެ ވާހަކައެވެ.
32އިސްތިއުނާފުކުރާ ދފަރާތެ ނ ބަޔާންކުރަނީ، ހުރިހާ އެންމެން ޝާމިލުވާ ފަދަ އަމުރަކަށް އެދިފައިވަނީ، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާއިދު އޮތް ގޮތުން، މިފައިސާ ދައުރުވެފައިވ ގޮތާ ފަހުން އެނގިގެން އެފައިސާ ލިބިފައިވާ ފަރާތްތައް ދަޢުވާ ރައްދުވާ ފަރާތްތަކުގެ ގޮތުގައި ޝަރީޢަތް ފެށުމަށްފަހު އިތުރު ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އަދި އެފައިސާ ލިބިފައިވާ ފަރާތްތައް ފަހުން އެނގިގެންދާ ޙާލަތުގައި އެމީހުންގެ މައްޗަށް ވަކިވަކިން ދަޢުވާ ކުރުމަކީ ޚަރަދު ބޮޑު ކަމަކަށް ވާނެތީ ކަމަށެވެ.
33HN5އަމާނާތްތެރިކަމުގެ ވާޖިބެއް އޮންނަ ފަރާތަކުން ހުއްދަނޫން މަންފާއެއް އެމީހާ ހަވާލުވެފައިވާ މުދަލަކުން ނުވަތަ ފައިސާއަކުން ލިބިގަންނަ ހާލަތުގައި ޒިމްނީ ޓްރަސްޓެއް އޮތްކަމަށް އިފްތިރާޟު ކުރެވޭނެ ކަމީ ސުވާލެއް އޮތްކަމެއް ނޫނެވެ. އަދި މިފަދަ ޙާލަތެއްގައި އެމުދަލާއި އެމުދަލުން އެޓްރަސްޓީ ލިބިގަންނަ ފައިދާ އެ މުދަލުގެ މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރުން ލާޒިމުވެސް ވާނެއެވެ. އެމުދައ ނުވަތު ފައިސަ އާއި އެމުދަލުނާ ނުވަތަ ފައިސާއިން ލިބިގަތް މަންފާ ބޭނުންކޮށް ހުސްވެފައިވާނަމ ނުވަތަ ތިންވަނަ ފަރާތަކަށް ނަގުލުކޮށްފައިވާނަމަ، އެ ޓްރަސްޓީގެ އަމިއްލަ ފައިސާއިން އެފައިސާ ރައްދުކުރުމަކީ އެ ޓްރަސްޓީގެ ވާޖިބެއް މެއެވެ. އިސްތިއުނާފީ ހަތަރުވަނަ ނުކުތާ:
34އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ބަޔާންކުރަނީ، ސިވިލް ކޯޓުން ވަގުތީ އަމުރާއި ގުޅޭ ގޮތުން ނިންމި ނިންމުމުގައި، މިދަޢުވާއަކީ ޚިދުމަތް ހޯދުމާއި ޚިދުމަތް ފޯރުކޮށްދިނުމުގެ މުޢާމަލާތެއްކަމަށް ބަޔާންކޮށްފައި އޮތުމުން، ދަށު ކޯޓުގައި ކޮށްފައިވާ ދަޢުވާއަކީ ކޮބާކަން އެކޯޓުން ދެނެގަތްފއިވަނީ ރނަ ގަޅަށް ނޫންކަމަށެވެ. މިދަޢުވާއަކީ، breach of fiduciary duty އެއާ constructive trust އާއި sionconver ގެ މައްޗަށް ބިނާކޮށްފައިވާ ދަޢުވާއެއް ކަމަކަށެވެ.
35HN6މި ނުކުތާގައި އިސްތިއުނާފުކުރާ ދެފަރާތުން ދައްކާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ބެލެވެން އޮވެއެވެ. ނަމަވެސް މިވާހަކަތައް ވަގުތީ އަމުރެއް ނެރުމާއި ނުނެރުމުގެ މައްޗަށް ގުޅިގެންދަނީ ކިހިނެތްކަމެއް ބަޔާނެއް ނުކުރެއެވެ. މައްސަލައެއް ހުށަހަޅާ ފަރާތުން އެމައްސަލައެއް ކާމިޔާބު ކރުމަށު ހުށަހަޅް ހުށަހެޅުންތަކާއި، އެހުށަހެޅުންތަކާއ ގުޅިގެނި ޝަފަހީ ގޮތުން ވާހަކަ ދެއްކުމަށް ލިބޭ ފުރުޞަތުގައި ވާހަކަ ދެއްކުމާއި، އަދި މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް ފުރުޞަތު ލިބިދޭންޖެހެއެވެ. ނަމަވެސް ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކާއި އެހުށަހެޅުންތަކާއި ގުޅިގެން ދައްކާ ވާހަކަތައް ވާންޖެހޭނީ އެވަގުތަކު ހުށަހަޅާފައިވާ މައްސަލައިން ޖަވާބު ލިބެންޖެހޭ ނުކުތާއާ ގުޅުހުނހްރ ނުވަތި އެދަ ފަރުވާއާ ގުޅުން (relevancy) ހުރި ވާހަކަ ތަކަކަށެވެ. ހުށަހަޅާ ހުށަހެޅުންތަކާއި ދައްކާ ވާހަކަތަކަކީ ޢިލްމީ ވާހަކަތަކަކަށ ވިޔަސް އަދި ހުށަހެޅުންތައް ގިނަވެ ހަވާލާދިނުންތައް ގިނވަ ޔަސް، ހުށަހެޅިފައިވާ ނުކުތާއާ ނުވަތަ ހޯދަންއެދޭ ފަރުވާއާ ގުޅުމެއްނެތްނަމަ، އެމައްސަލައަށް އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. އިސްތިއުނާފީ ފަސްވަނަ ނުކުތާ:
36އިސްތިއުނާފީ ފަސްވަނަ ނުކުތާގައި އިސްތިއުނާފުކުރާ ދެ ފަރާތުން ބުނަނީ ހެކި ހާމަކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމި ސަބަބުކަމުގައި ބަޔާންކުރާ "މުޢާމަލާތްތަކާއި ވިޔަފާރިތަކުގެ ތަފްޞީލު ހޯދައި ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ސާފުވެ، އަދި އެފަދަ ޙާލަތެއް މެދުވެރިވުމުން ނޫންގޮތަކަށް މިފަދަ އަމުރެއް ނެރެންޖެހޭކަމަށް ބުރަވެވެން ނެތްކަމާއި، މިދަޢުވާގައި މިހިނދަށް އެފަދަ އަމުރެއް ނެރެންޖެހޭ ފަދަ ސަބަބާއި ޙާލަތު އޮތްކަމަށް ބެލެ ވެން ނެތްކަމަށް" ބަޔާން ކުރިނަމަވެސް، ދަޢުވާ ފޯމަށާއި ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމަށާއ މި ދެ ފޯމާއިއެކު ހުށަހެޅި ހެކިތަކަށާއި، ވަގުތީ އަމުރުގެ ކުރިން ހުށަހަޅާ ޙިއްޞާކުރި ލިޔުންތަކަށާއި 26 އޮކްޓބަރޯ 2022 ގައި ވޮންޑަރލަސްޓްގެ ފަރާތުން ބޭއްވި އަޑުއެހުމުން، ދަޢުވާ ބިނާވާ ފައިސާއާ ގުޅޭ މުޢާމަލާތްތަކާއި ވިޔަފާރީގެ ތަފްޞީލު ހޯދައި ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތްއިރު، ސިވިލް ކޯޓުން އެކަންކަމަށް ރިޢާޔަތް ކޮށްފައި ނުވާކަމަށެވެ.
37HN7ކުރިން ބަޔާންކުރިހެން، ވަގުތީ އަމުރު ރައްދުކޮށްފައިވަނީ ހަމައެކަނި ވަންޑަރލަސްޓްގެ މައްޗަކަށް ނޫނެވެ. ވަގުތީ އަމުރެއް ނެރުމަކީ ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރީ ބާރެކެވެ. ހުށަހެޅުނު ލިޔުންތަކާއި ހެކިތަކަށް ބަލާއިރު، ވަންޑަރލަސްޓްގެ މައްޗަށް ވަގުތީ އަމުރެއް ނެރެންޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ. ނަމަވެސް ދަށު ކޯޓުން ވަގުތީ އަމުރު ނެރުމުގެ އިޚްތިޔާރުގެ ބޭނުންކޮށްފައި ނުވަނީ، ވަގުތީ އަމުރަށް އެދި ހުށަހަޅާފައި އޮތް ގޮތުން ކަމަށް ބުރަވެވޭތީ، ދަށު ކޯޓުގެ އެ އިޚްތިޔާރުގެ ތެރެއަށް މިކޯޓުން ވަންނަންޖެހޭ ސަބަބެއް ނެތެވެ. އިސްތިއުނާފީ ހަވަނަ ނުކުތާ އާއި ހަތްވަނަ ނުކުތާ:
38މިދެނުކުތާގައި ބަޔާންކުރަނީ، ހެކި ހާމަކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް އަދި ދަޢުވާ ބިނާވާ ފައިސާ ނޫނީ މުދާ ރައްކާތެރިކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ބުނެ، ސިވިލް ކޯޓުންބަޔާންކުރި ސަބަބުގައި "މިދަޢުވާގައި މިހިނދަށް އެފަދަ އަމުރެއް ނެރެންޖެހޭފަދަ ސަބަބާއި ހާލަތު އޮތްކަމަށް ބެލެވެން ނެތްކަމަށް" ބުނެފައިވަނީ، ހުށަހެޅި ކަންކަމާއި ހެކިތަކަށް ރިޢާޔަތް ނުކޮށް ކަމަށްވާތީ، ސުޕްރީމް ކޯޓުން ނިންމާފައިވާ، އަޙްމަދު އިސްމާޢިލް ވ. ލަޠިފާ ޢަލީ ޙަސަން )"އަޙްމަދު އިސްމާޢީލް"( ޤަޟިއްޔާއާ ޚިލާފު ކަމަށެވެ.
39HN8ޙަވާލާދެވޭ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ބަޔާންކުރަނީ، ޙުކުމަށް ވާޞިލުވި ސަބަބު ފަނޑިޔާރު ލިޔެ ބަޔާންކުރަން ޖެހޭ ވާހަކައެވެ. ޝަރީޢަތަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ދަޢުވާއެއްގައި ޚަޞްމުން ހުށަހަޅާ ހެކިތައް ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދަޢުވާއާމެދު ގޮތެއް ނިންމުން ކަމުގައިވެސް އެޤަޟިއްޔާގައި ބަޔާން ކުރެއެވެ. ފަނޑިޔާރު ނިންމާ ނިންމުމަކީ ހެއްކާ ޤަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއ އެކުގައި ކުރި ޙުކުމެއްކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި، އެ ޙުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުންކަމަށް ބަޔާންކުރެއެވެ.
40ޝަރީޢަތުން ގޮތެއް ނިންމާއިރު، އެ ނިންމާ ގޮތަކާއި ހަމައަށް ފަނޑިޔާރު ވާޞިލުވި ސަބަބު (reasoning) ބަޔާންކުރަން ޖެހެއެވެ. އިސްތިއުނާފުކޮށްފައިވ ވަގުތާ އަމުރާއި ގުޅޭ ގޮތުން ބަލާއިރު، ހުށަހެޅުނު ހުށަހެޅުންތަކުގެ މައްޗަށް ބުރަވެ، އިސްތިއުނާފު ކުރެވިފައިވާ ވަގުތީ އަމުރު ނުނެރުމަށް ނިންމި ސަބަބުތައް އެނިންމުމުގައި ފަނޑިޔާރު ބަޔާންކުރެއެވެ. މިގޮތުން ފާހަގަކުރި؛
1.40. ފުރަތަމަ ސަބަބަކީ، ..." ދަޢުވާގެ މި މަރުޙަލާގައި ދަޢުވާއަށް ޖަވާބުދާރީވުމުގެވެސް ކުރިން" މި ވަގުތީ އަމުރު ނުނެރުމަށް ފަނޑިޔާރަށް ބުރަވެވުން.
2.40. ދެވަނަ ސަބަބަކީ، "...އެފަދަ އަމުރެއްގެ ނަތީޖާއަށް ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭ"ތ އެކަމަށް ރިޢާޔަތްކޮށް މި ވަގުތީ އަމުރު ނުނެރުމަށް ފަނޑިޔާރަށް ބުރަވެވުން.
3.40.ތިންވަނަ ސަބަބަކީ، "...ދަޢުވާއެއް ހުށަހަޅް ހިސާބުން ދަޢުވާލިބޭ ފަރާތުން އެހެން ފަރާތްތަކާއެކު ހިންގާފައިވާ މުޢާމަލާތްތަކާއި އެ މުޢާމަލާތްތަކުގައި ޝާމިލުވާ ފަރާތްތަކުގެ މަޢުލޫމާތު ދަޢުވާ ކުރާ ފަރާތަށް ފޯރުކޮށް ދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/100 ޤަޟިއްޔާ SC 30 ]2021[ އެންގުމަކީ މިފަދަ ޙާލަތެއްގެ ނާޖާއިޒު ބޭނުން ހިފައިގެން ދަޢުވާ ބިނާވެފައިވާ މުޢާމަލާތާ ގުޅުން ނެތް މަޢުލޫމާތު އަދި އެމުޢާމަލާތާއި ގުޅުން ނެތް ތިންވަނަ ފަރާތްތަކުގެ މަޢުލޫމާތުގެ ތަފްޞީލު ހޯދައިގަތުމަށް ހުޅުވައިދެވޭ ނުރަގަޅު ދޮރަކަށް..." ވެދާނެތީ، މި ވަގުތީ އަމުރު ނުނެރުމަށް ފަނޑިޔާރަށް ބުރަވެވުން. މިއެވެ.
41އަދި ހަމައެހެންމެ، މި ވަގުތީ އަމުރު ނެރެވިދާނެ ޙާލަތު އޮތްކަންވެސް މި ނިންމމުނ ދެނެގަނެވެން އޮވެއެވެ. ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވާ، "...މުޢާމަލާތާއި ވިޔަފާރިތަކުގެ ތަފްޞީލު ހޯދައި ބަލަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަން ސާފުވެ އަދި އެފަދަ ޙާލަތެއް މެދުވެރިވުމުން..." ވަގުތީ އަމުރެއް ނެރުމުގެ އިޚްތިޔާރުގެ ބޭނުންކުރެވިދާނެ ކަމަށް ދަލީލު ލިބެއެވެ.
42ފަނޑިޔާރަކު ނިންމުމެއް ނިންމަން ބަޔާންކުރާ ސަބަބުތަކަކީ ޚަޞްމުން ރުހޭ ނުވަތަ ޤަބޫލުކުރާ ސަބަބުތަކެއް ކަމުގައި ހުރިހާ ޙާލަތެއްގައި ވުމަކީ ނާދިރު ކަމެކެވެ. ހަމައެހެންމެ، ފަނޑިޔާރަކު ގޮތް ނިންމާ ކަމެއްގެ ބާވަތުން، ސަބަބު ބަޔާންކުރުމުގައި ސުޕްރީމް ކޯޓުގެ "އަޙްމަދު އިސްމާޢީލް" ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލުގައި ބަޔާންކުރާ ފުންމިނަށް އެކަންކަން ބަޔާންނުކުރެވޭނެ ޙާލަތެއްވެސް އޮވެދާނެއެވެ. ސަބަބަކީ، "އަޙްމަދު އިސްމާޢީލް" ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ މައުޟޫޢީ ގޮތުން ބެލުމަށްފަހު މައްސަލައެއް ފައިސަލާކުރަނިވި ޙުކުމަކުން ނިންމާ ޙާލަތުގެ މައްޗަށް ޚާއްޞަވާ އުޞޫލަކަށް ވާތީއެވެ. ވީމާ، މައްސަލައެއް ފެށުމާއިއެކު ނުވަތަ މައްސަލައެއްގެ ދޭތެރެ މެދުން ނެރެންޖެހޭ ވަގުތީ އަމުރުތަކާއި އެނޫންވެސް ނިންމުންތަކުގެ މައްޗަށް "އަޙްމަދު އިސްމާޢީލް" ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލުގެ ފުންމިނާއި ފުޅާ މިނުގައި ތަޠުބީޤު ކުރުމަކީ މުސްތަޙީލު ކަމެކެވެ. ޖިނާއީ މައްސަލައަކާއި ގުޅިފައިވާ ވަގުތީ ފަރުވާއަކާއިމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިރުފާން ތަޤިއްޔު ޤަޟިއްޔާ ("އިރުފާން ތަޤިއްޔު" ޤަޟިއްޔާ) ގައި މިމޭރުމުން ބަޔާން ކުރަނީ؛ "...ޝަރީޢަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހެކިތަކާމެދު ބަހުސްކޮށް އެހެކިތަކުން ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަނަށް ހާމަކުރުމުން، ޝަރީއަތުގައި ހިންގަމުންދާ އަސްލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/09 SC 14 ]2024[ ޤަޟިއްޔާ މައްސަލައިގެ ހުކުމް އަންނާނެ ގޮތް އެނގި އަސްލު މައްސަލައިގެ ހުކުމުގެ މުއާލާތްކެނޑި ޝަރިއަތުގައި އޮންނަ މައްސަލައަށް އަސަރުކުރެއެވެ. މިއީ މިކަން ވެގެންވާނެ ގޮތެއް ނޫނެވެ. ޝަރިއަތ ކޮށް މައްސަލައިގް ހުކުމް ކުރުމުގެ ކުރިން އެ ހެކިތަކާމެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާނެ..." ކަމަށެވެ. ކުރިން ބަޔާންކުރި "އަޙްމަދު އިސްމާޢީލް" ޤަޟިއްޔާގައި ބަޔާންކޮށްފައިވާ؛ "...ޝަރީޢަތަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ދަޢުވާއެއްގައި ޚަޞްމުން ހުށަހަޅާ ހެކިތައް ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދަޢުވާއާމެދު ގޮތެއް ނިންމުމެވެ." މި އުޞޫލު، ވަގުތީ ފަރުވާ )interim injunction/preservation( ގެ ގޮތުގައި އެދޭ ކަންކަމާމެދު ގޮތް ކަނޑައަޅާއިރު، އޭގެ ލަޒުފީ މާނައިގައި ތަޠުބީޤު ނުކުރެވޭނކަނެ "އިރުފާން ތަޤިއްޔު" ޤަޟިއްޔާއިން ސާފުވެއެވެ.
43HN9ދަށު ކޯޓުގު މިނިންމުން ބިނާވެފައިވާ ގޮތަށް ބަލާއިރު، މި ނިންމުން މިގޮތަށް ބިނާކޮށްފައިވަނީ އިސްތިއުނާފުކުރާ ދެ ފަރާތުން، ދަށު ކޯޓުގައި ވަގުތީ އަމުރު ރައްދު ކުރަން އެދުނު ފަރާތްތަކުގެ ސުމާރެއް ނެތްގޮތަށް ހުށަހަޅާފައި އޮތުމުން ކަމަށް ބެލެވޭކަމަށް ކުރިންވެސް ބަޔާންކުރެވިއްޖެއެވެ. މިއަމުރު ދަށު ކޯޓުގައި ރައްދު ކުރަން އެދިފައިވަނީ ނަމުން ކަނޑައަޅައި 06 ފަރާތެއްގެ މައްޗަށް ނަމަވެސް، އަމުރަށް އެދި ހުށަހެޅަ ހުށަހެޅުމުން އެނގޭ ގޮތުގައި، މި އަމުރު ރައްދުވެގެން ދާންޖެހޭ ފަރާތްތަކަކީ މިމުޢާމަލާތުގައި ބަޔާންކުރާ ފައިސާ ނިކުމެގެން ގޮސް ރައްދުވެފައިވާ ކޮންމެ ފަރާތެކެވެ. އެއީ ޒިމްނީ ޓްރަސްޓެއްގެ ދަށުން، އެފަރާތެއް ޒިންމާ ވާންޖެހޭނެ ކަމަށް ބަލައިގެންނެވެ. މިއަމުރު ނަމުން ބަޔާންކޮށް ރައްދުކޮށްފައިވާ ގިނަ ފަރާތްތަކަކީ، މިމުޢާމަލާތާއި ގުޅޭ ގޮތުން ބަލާއިރު، ތިންވަނަ ފަރާތްތަކެއްގެ ގޮތުގައި ހިމެނޭ ފަރާތްތަކެކެވެ. މައްސަލަ މައުޟޫޢީ ގޮތު ން ބަލާއިރު، އެފަރާތްތަކަކީ މިކަމުގައި ޝާމިލުވާ ނުވަތަ ޝާމިލު ނުވާ ފަރާތްތަކެއް އބމ ގެ 28 ވަނަ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2020/SC-A/100 SC 30 ]2021[ ޤަޟިއްޔާގެ 33 ވަނަ ނުކުތާ ކަމުގައިވުމުގެ ފުރުޞަތު އެބައޮތެވެ. ވީމާ، އެފަރާތްތަކުން މިދަޢުވާއާއި ގުޅޭ ގޮތުން ޖަވާބުދާރީވުމުގެ ކުރިން އެފަރާތްތަކުގެ ވިޔަފާރީގެ މުޢާމަލާތު ނިއުޅައި ހާމަ ކުރުމަށް އަމުރުކުރުމނ ދެން ކުރިމަތިވެދާނެ ކަންކަމަށު ދަށު ކޯޓުގެ ފަނޑިޔާރު ބަލަންޖެހޭކަމަށް ބުނެފައިވާ ބުނުމަކީ ސަބަބުވެރި ރަނގަޅު ބުނުމެކެވެ. ވިޔާފާރީގެ މަޢުލޫމާތަކީ ކޮންމެ ކޮންމެ ޙާލަތެއްގައި ހާމަކުރަން އެންގޭނެ މަޢުލޫމާތެއް ނޫނެވެ. އޭގައި ސިއްރުތަކެއް އެކުލެވޭނެއެވެ. މީގެ މާނައަކީ ހާމަ ކުރަންޖެހޭ ޙާލަތްތަކުގައި އެފަދަ ވިޔަފާރިއެއްގެ ސިއްރު ހާމަކުރަންޖެހޭ ބަޔަކަށް ހާމަކުރަންޖެހޭ މިންވަރަކަށް ހާމަ ކުރަން އަމުރު ކުރުމަކީ ކޯޓަށް ނުކުރެވޭނެ ކަމެކޭވެސް ނޫނެވެ.
44މިސާލަކަށް ދަށް ކޯޓުގައު މި ވަގުތީ އަމުރު ރައްދުކޮށްފައިވާ އެއްފަރާތަކީ، ކޮމާރޝަލް ބޭންކެވެ. ވަންޑަރލަސްޓުނ ކޮމާރޝަލް ބޭންކް މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތުތައް ހާމަކުރަންޖެހޭ ފަދަ އަމުރެއް ކުރުމުގެ ކުރިން، ދަޢުވާ ބިނާވާ ފައިސާގެ މުޢާމަލާތާއި ކޮމާރޝަލް ބޭންކް އާ އޮތް ގުޅުން ސާފުވާން ޖެހެއެވެ. ބޭންކުގެ ޚިދުމަތް ބޭނުންކުރާ މީހަކު މަކަރާ ހީލަތް ހެދިކަމަށް ނުވަތަ އޮޅުވާލީކަމަށ ބުން ދަޢުވާއެއް ކުރުމާއެކު ބޭންކުގެ ޚިދުމަތް އޭނާ ލިބިގަތްފައިވާ ކަމަށްޓަކައި ބޭންކުން އެފައިސާ ދައުރުކުރި ހުރިހާ ގޮތެއް ހާމަކުރަން އެންގުމަކީ މަންތިގުވެސް ހުއްދަކުރާ ކަމެއް ނޫނެވެ. އަދި އެއްވެސް ބެލުމެއްނެތި މިފަދަ އަމުރެއް ބޭންކަށް ރައްދުކުރުމަކީ ބޭންކިން ވިޔަފާރީގެ ހަމަތަކާއި ޚިލާފުވެދާނެ ކަމަކެވެ.
45މިވަގުތީ އަމުރުގެ މައްސަލަ ހައިކޯޓަށް އިސްތިއުނާފުކުރިއިރު، ވަގުތީ އަމުރު ރައްދުވާ ފަރާތްތަކުގެ ތެރެއިން ކޮމާޝަލް ބޭންކު ވަނީ އުނިކޮށްފައިވެއެވެ. މިކަމުންވެސް ދަލީލު ލިބޭ ކަމަކީ، ވަގުތީ އަމުރަށް ދަށު ކޯޓުގައި އެދުނުއިރުވެސް، ވަގުތީ އަމުރު ރައްދުކުރަން އެދިފައިވާ ފަރާތްތަކަކީ ހަމަ ރަނގަޅު ފަރާތްތަކެއްކަން އިސްތިއުނާފުކުރާ ފަރާތްތަކަށް ޔަޤީން ނުވާކަމެވެ. އިސްތިއުނާފީ އައްވަނަ ނުކުތާ:
46އިސްތިއުނާފީ އައްވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ވަކިމުދަލެއް ހިފެހެއްޓުމުގެ ވަގުތީ އަމުރު (proprietary injunction) އަދި އޭގެ އެންސިލަރީ ޑިސްކްލޯޒަރ އޯޑަރސް (ancillary disclosure orders) ނެރުމުގައި ބަލަންޖެހޭ ޤާނޫނީ އަސާސްތަކާއި އުޞޫލުތަކަށް ސިވިލް ކޯޓުން ބަލާފައި ނެތް ކަމަށެވެ.
47HN10މިނުކުތާއާއި ގުޅިގެނި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 1A/2-2012/SC ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2018/HC-A/305 ޤަޟިއްޔާ ގައި ބަޔާންކުރާ އުޞޫލުތައް ފުރިހަމަވާކަން ހުށަހެޅި ލިޔުންތަކަށް ބެލުމުން އެނގެން އޮތީ، އިސްތިއުނާފުކުރާ ދެފަރާތުން، ވަގުތީ އަމުރު ވޮންޑަރލަސްޓްއަށް ރައްދުކުރާ ޙާލަތުގައެވެ. އެއާޚިލާފަށް، މި އަމުރު ރައްދުކޮށްފައިވާ ތިންވަނަ ފަރާތްތަކުގެ ނިސްބަތުން ބަލާއިރު، އެފަރާތްތަކުގެ މަސްލަޙަތާއި ދެކޮޅަށް މިފަދަ ވަގުތީ އަމުރެއް ނެރެދޭންޖެހޭ ފަދަ ފާޅުކަން ބޮޑު ޤާނޫނީ މަރުކަޒެއް އޮތްކަމަކަށ ދަލީލެއް ނެތެވެ. ހަމައެހެންމެ، މިފަދަ އަމުރެއް ނެރުމުގައި މިއަމުރު ރައްދުކޮށްފައިވާ ތިންވަނަ ފަރާތްތަކުގެ ނިސްބަތުން ބަލާއިރު، ބެލެންސް އޮފް ކޮންވިނިއަސްއަކީ އިސްތިއުނާފު ރައްދުވާ ދެފަރާތުގެ މަސްލަޙަތުގައި އޮތް ކަމެއް ނޫނެވެ.
ނިންމުން
48އިސްތިއުނާފުކުރާ ދެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ޖުމްލަކޮށް ބަލާއިރު، ވަގުތީ އަމުރު ރައްދުކޮށްފައިވާ ހުރިހާ ފަރާތްތަކުގެ މައްޗަށް ރައްދުކޮށް ވަގުތީ އަމުރެއް ނެރެދެވެން ނެތްނަމަވެސް، ހުށަހަޅާފައިވާ ދަޢުވާގެ މަޢުޟޫޢަށް ގޮތެއް ނިންމަންދެން، އިސްތިއުނާފުކުރާ ދެ ފަރާތުން ވަންޑަރލަސްޓްއަށ ދިން ފައިސް ނުވަތާ އެފައިސާއާ އެއްމިންވަރުގ ފައިސާގެ ޢަދަދެއް އެއިން އިތުރު މުޢާމަލާތު ނުކުރެވޭ ގޮތަށް ވަގުތީ އަމުރެއްގެ ދަށުން ހިފަހައްޓަންޖެހޭކަމަށް ދެކެމެވެ. ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު
49ވީމާ، މިމައްސަލައިގެ މައުޟޫޢު މިހާރު އޮތް ހިސާބުގެ ތެރެއިން ވަގުތީ އަމުރެއް ނެރުމަށްޓަކައި މިމައްސަލަ ދަށު ކޯޓަށް ފޮނުވަންޖެހޭ ކަމަށް ދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު
51މިދެމައްސަލައިގައ ފަނޑިޔާރި މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
52މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 318 ވަނަ މާއްދާ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- ސުޕްރީމް ކޯޓުގެ ޝަރޫ ލޯންޗް ސަރވިސް އަދި އިތުރު 3 ފަރާތެއް ވ. ފެނަކަ ކޯޕަރޭޝަން (2021/SC-A/69، [2022] SC 56) ގެ 41 އަދި 42 ވަނަ ޕެރެގްރާފް
- ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޠިމާ އަދި އިތުރު 3 ފަރާތެއް (2018/SC-A/10، [2021] SC 39)
- ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން (2020/SC-A/100، [2021] SC 30) ގެ 33 ވަނަ ނުކުތާ
- ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިރުފާން ތަޤިއްޔު (2024/SC-A/09، [2024] SC 14)
- ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (2012/SC-A/21)
- ހައިކޯޓުގެ ޕްރިމިއަރ ޕްރޮޕަޓީ މެނޭޖަރ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހީމް މަނިކު (2018/HC-A/305)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.