މޫސާ ނާޝިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 145-J/HBF/2024/115,116,117
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ތަންތަނާއި ތަކެތި ބަލައިފާސްކުރުމުގެ 2 އަމުރާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއާ ޙަވާލާދީ ރައީސް ހުއްޓުވައި ބަލައިފާސްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް އަމުރު ނެރުނެވެ.
- ވާޤިޢާ
- ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ މައްސަލައެއްގައި، ތަންތަން ބަލައިފާސްކުރުމުގެ 2 އަމުރާއި ރައީސް ހުއްޓުވައި ބަލައިފާސްކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- (1) ތަޙްޤީޤުގެ މަރުޙަލާގައި ނެރުނު ބަލައިފާސްކުރުމުގެ އަމުރުތަކުގައި ތުހުމަތުކުރެވޭ ފަރާތަކީ (ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް) ދައުލަތުގެ މުވައްޒަފެއްކަމަށް ބެލި ސަބަބު ބަޔާންކުރަންޖެހޭތޯ ނުވަތަ އެކަން ކަނޑައަޅަންޖެހޭތޯ؛ (2) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން މީހަކު ހުއްޓުވައި ބަލައިފާސްކުރުމުގެ އަމުރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައްދުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ރައީސަކީ މުސާރަ ނުލިބޭ، ދައުލަތުގެ މުވައްޒަފެއް ނޫން މީހެއްކަމަށާއި އެކަމަށް ބެލި ސަބަބު އަމުރުގައި ނެތް ކަމަށާއި، ހުއްޓުވައި ބަލައިފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށް ކަމަށެވެ. ދައުލަތުން ބުނީ ދައުލަތުގެ މުވައްޒަފުކަމަކީ މައުޟޫޢީ މައްސަލައިގައި ސާބިތުކުރަންޖެހޭ ޢުންޞުރެއްކަމަށާއި، ހުއްޓުވައި ބަލައިފާސްކުރުމުގެ އަމުރު ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާއާ ޚިލާފުކަމަށް އެއްބަސްވިއެވެ.
- ކޯޓުގެ ސަބަބުތައް
- ތަޙްޤީޤުގެ ޅަފަތުގައި ތުހުމަތު އިޖުމާލީ ގޮތެއްގައި ބަޔާންކުރުމުން ފުދޭތީއާއި ދައުލަތުގެ މުވައްޒަފުކަން މި މަރުޙަލާގައި ކަނޑައެޅުމަކީ އިޖުރާއަތު ކަސްޔާރުކުރާ ކަމަކަށްވާތީ ބަލައިފާސްކުރުމުގެ އަމުރުތައް ޤާއިމުކުރެވުނެވެ. މީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ ބާރު ޤާނޫނުން ލިބިދީފައިވަނީ ފުލުހުންނަށް ކަމަށްވާތީ ކޮމިޝަނަށް ރައްދުކުރި އަމުރު ބާޠިލުކުރެވުނެވެ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: 145-J/BFA/2024/116 އަދި 117 ބަލައިފާސްކުރުމުގެ އަމުރުތައް ޤާއިމް؛ 145-J/HBF/2024/115 ހުއްޓުވައި ބަލައިފާސްކުރުމުގެ އަމުރު ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޙުކުމަށް ވާޞިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤުގެ މައިގަނޑު ޢުންޞުރަކަށްވާތީ، ކޯޓު އަމުރެއް ނެރުމަށް ނުވަތަ ނުނެރުމަށް ނިންމާ ޙާލަތުގައިވެސް ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބު އިޖުމާލީ ގޮތެއްގައި ބަޔާންކުރަންވާނެއެވެ.
HN2 ބަލައިފާސްކުރުމުގެ އަމުރެއްގެ މައިގަނޑު ޝަކުލިއްޔަތަކީ ތުހުމަތުކުރެވޭ ފަރާތާއި ތުހުމަތު ތަފްޞީލުކުރުމެވެ؛ ނަމަވެސް މިއީ ތަޙްޤީޤުގެ އެންމެ ކުރީކޮޅު ނެރޭ އަމުރުތަކަކަށްވާތީ މައްސަލައިގެ ތަފްޞީލު އިޖުމާލީ ގޮތެއްގައި ބަޔާންކުރުމުން ފުދެއެވެ.
HN3 ދަޢުވާ ނުކުރެވޭ ތަޙްޤީޤުގެ ޅަފަތުގައި، ތުހުމަތުކުރެވޭ ފަރާތަކީ ޤާނޫނުލްޢުޤޫބާތުގެ ބޭނުމަށް ދައުލަތުގެ މުވައްޒަފެއްތޯ ކަނޑައަޅައި، މައުޟޫޢީ މައްސަލައިގައި ސާބިތުކުރަންޖެހޭ ކުށުގެ ޢުންޞުރުތަކާއި ދިފާޢުތައް ކަށަވަރުކުރުމަކީ ޖިނާއީ އިޖުރާއަތު އޮޅުންބޮޅުންވެ ކަސްޔާރުވެގެންދާނެ ކަމެކެވެ.
HN4 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤާނޫނަކުން ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި ހަށިގަނޑާއި ފޭރާން ބަލައިފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށެވެ؛ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އެ ބާރު ޤާނޫނަކުން ކަނޑައެޅިގެން ދީފައިނުވާތީ، އެ ކޮމިޝަނުގެ މައްޗަށް މީހަކު ހުއްޓުވައި ބަލައިފާސްކުރުމަށް ނެރޭ އަމުރަކީ އެ މާއްދާއާ ޚިލާފު އަމުރެކެވެ.
HN5 އިސްތިއުނާފީ ނުކުތާގެ ތެރޭގައި ނުހިމެނޭ ކަމަކަށް އިސްތިއުނާފީ ކޯޓުން ޖަވާބު ދޭކަށް ނުޖެހެއެވެ؛ ރަޖިސްޓްރާރުގެ އެންގުމުން ފޯމުން އުނިކުރި ނުކުތާތައް ހުށަހެޅުމުގެ ފުރުޞަތު، ރަޖިސްޓްރާރުގެ ނިންމުން މުރާޖަޢާކުރުމުގެ އިޖުރާއަތަށް ޢަމަލުނުކޮށް ޝަރީޢަތުގެ އަޑުއެހުމުގައި ނުލިބޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން ޝަހީދު، ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/BFA/2024/117 )23 މާރިޗު 2024 ( ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރ 145-J/BFA/2024/116 )23 މާރިޗު 2024( ކޯޓު އަމުރާއި، އެ ކޯޓުގެ ނަންބަރު 145-J/HBF/2024/115 )23 މާރިޗު 2024 ( ކޯޓު އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލު ޚިލާފަށްކަމަށްބުނެ އެ އަމުރުތައް އިސްތިއުނާފުކުރުމަށް އެދި މާލެ، […] މޫސާ ނާޝިދު )މީގެފަހުން "މޫސާ ނާޝިދު" ނުވަތަ "އިސްތިއުނާފުކުރު ފަރާތް"(ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާތަކެވެ. މި ޤަޟިއްޔާތަކުގައި އިސްތިއުނާފު ރައްދުވާފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް )މީގެފަހުން "ދައުލަތް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް"( އެވެ.
2އެގޮތުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/BFA/2024/117 )23 މާރިޗު 2024 ( ކޯޓު އަމުރު އިސްތިއުނާފުކޮށެފައު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2024/HC-B12/21 ޤަޟިއްޔާގައެވެ.
3ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/BFA/2024/116 )23 މރިޗާ 2024 ( ކޯޓު އަމުރު އިސްތިއުނާފުކޮށު ފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2024/HC-B12/22 ޤަޟިއްޔާގައެވެ.
4އަދި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/HBF/2024/115 )23 މާރިޗު 2024( ކޯޓު އަމުރު އިސްތިއުނާފުކޮށު ފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2024/HC-B12/23 ޤަޟިއްޔާގައެވެ.
5ބުނެވުނު ކޯޓު އަމުރުތަކަކީ މައުޟޫޢު އެއްގޮތް ކޯޓު އަމުރުތަކަކަށް ވުމާއި، އަދި މި ކޯޓު އަމުރުތައް އިސްތިއުނާފުކޮށފައިވަނީ ޤާން ނ އެއް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ދރކ ނަންބަރު . ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑި ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށާއުދިވެހިރާއްޖޭގެ ހައިކޯޓުގެ 'މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުކުމާބެހޭ އުޞޫލު' އަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން މ 3 )ތިނެއް( ޤަޟިއްޔާ އެކުއެކީގައި ކަމަށް ވުމާއެކު "ޝަރީޢަތްނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
6ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު، މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގަމުންދާކަމަށްބުނ އެންޓި - ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، އެ އެސޯސިއޭޝަން ހިންގުމުގައި އެތަނަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތުފުށުއަރާ ފަދައިން ޢަމަލުކޮށް، ރަސްމީ ހައިސިއްޔަތުގެ ނުފޫޛު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖި އިޒު މަންފާ ހޯދުމާއި ހޯދައިދީފައިވާކަމަށް ތުހުމަތުކޮށް ތަޙްޤީޤުކުރަމުންދާ މައްސަލައަކީ ގުޅޭ ހެކި ހޯދުމަށް ތަންތަނާއި ތަކެތި ބަލާފާސްކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުން […] ބަލައިފާސްކުރުމަށް އެދޭ 02 )ދޭއް( ފޯމު، އެންޓި - ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކްރިމިނަލް ކޯޓށަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: A/31-SC/2018 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: A/31-SC/2018 ޤަޟިއްޔާގެ 13 ވަނަ ނުކުތާގައި . ފަނޑިޔާރުންގެ ޢާންމުމަޖިލިހުގެ ނަންބަރ: 02/FAM/2021 ) 27 ޖަނަވަރީ 2021 ( ގައި ފާސްކުރައްވާފައިވާ އުޞޫލު. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު C5/CA/2024/04-231 ތަންތަނާއި ތަކެތި ބަލާފާސްކުރުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު )23 މާރިޗު 2024( އަދި އެ ކޮމިޝަނުގެ ނަންބަރު 123-C5/CA/2024/02 )23 މާރިޗު 2024( ތަންތަނާއި ތަކެތި ބަލާފާސްކުރުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު. ހުށަހަޅާފައިވެއެވެ. މި ފޯމުތަކާއެކު އެންޓި -ކޮރަޕްޝަން ކޮމިޝަނުން މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރިލިމިނަރީ ރިޕޯޓެކެވެ.
7ބުނެވުނު ފޯމުތަކާ ގުޅިގެން ކްރިމިނަލް ކޯޓު ގެ ނަންބަރ 145-J/BFA/2024/117 )23 މާރިޗު 2024( ކޯޓު އަމުރު އަދި އެ ކޯޓުގެ ނަންބަރު 145-J/BFA/2024/116 )23 މާރިޗު 2024( ކޯޓު އަމުރުނެރެފައި ވެއެވެ.
8މީގެއިތުރުން، މި މައްސަލައާ ގުޅިގެން އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ )ނ( އާ ޙަވާލާދީ މޫސާ ނާޝިދު ހުއްޓުވައި ބަލައިފާސްކުރުމުގެ އަމުރަކަށް އެދިފައިވެއެވެ. މި ހުށަހެޅުމާގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/HBF/2024/115 )23 މާރިޗު 2024( ކޯޓު އަމުރުން މޫސާ ނާޝިދު ހުއްޓުވައި ބަލައިފާސްކުރުމަށް އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށ އަމުރުކޮށްފައިވެއެވެ.
9ކްރިމިނަލް ކޯޓުގެ މި އަމުރުތަކާމެދު ހިތްހަމަނުޖެހިގެނެ މޫސާ ނާޝިދގު ފަރާތުނމްއަމުރު ތައު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފި ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކތާތައު
10ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/BFA/2024/117 )23 މާރިޗު 2024( ކޯޓު އަމުރު އ ކްރިމިނަލާ ކޯޓުގެ ނަންބަރ 145-J/BFA/2024/116 )23 މާރިޗު 2024( ކޯޓު އަމުރު ނިންމާފައިވަނީޝަރުޢ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނ، މޫސާ ނާޝިދުގެ ފަރާތުން އ އަމުރުތައް އިސްތިއުނާފު ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު C5/CA/2024/03-231 މީހުން ހުއްޓުވައި ބަލާފާސްކުރުމުގެ އަމުރަށް އެދި ފަނޑިޔާރަށް ހުށަހަޅާ ފޯމު )23 މާރިޗު 2024.(
01 ) އެކެއް( ނުކުތާ ހުށަހަޅައާއެނުކުތު އާ މެދަ ދިވެހިރާއްޖޭގެހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅ ނުކުތާއަކީ؛
1.10. އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ މުވައްޒަފަކަށްނުވާއިރު، އެކަމަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނު ނަންބަރ 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 513 ވަނަ މާއްދާގެ )ށ( ގެ )1( އަދި )2( ވަނަ ނަންބަރާއި، 517 ވަނަ މާއްދާގެ )ހ( ގެ )1( އަދި )2( ވަނަ ނަންބަރާއި ޚިލާފަށް، އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަމުގައި ބަލައިގެން އިސްތިއުނާފުކުރެވޭ އަމުރުތައް ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/HBF/2024/115 )23 މާރިޗު 2024 ( ކޯޓު އަމުރުނިންމާފައިވަނ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނ، މޫސާ ނާޝިދުގެ ފަރާތުން އ އަމުރް އިސްތިއުނާފު ކުރުމަށް 02 ) ދޭއް( ނުކުތާ ހުށަހަޅައި އެނުކުތާ ތަކާއ މެދި ދިވެހިރާއްޖޭގަ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކީދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާތަކަކީ؛
1.11. އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވަނީ ޤާނޫނު ނަންބަރު 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގ 38 ވަނަ މާއްދާގެ )ށ( އާއި އެ ޤާނޫނުގެ 50 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 13/2008 )އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު( ގެ 22 ވަނަ މާއްދާ އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
11.2. އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ މުވައްޒަފަކަށްނުވާއިރު، އެކަމަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނު ނަންބަރ 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 513 ވަނަ މާއްދާގެ )ށ( ގެ )1( އަދި )2( ވަނަ ނަންބަރާއި، 517 ވަނަ މާއްދާގެ )ހ( ގެ )1( އަދި )2( ވަނަ ނަންބަރާއި ޚިލާފަށް، އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަމުގައި ބަލައިގެން އިސްތިއުނާފުކުރެވޭ އަމުރު ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފކުރު ފަރާތުން އެދޭގޮތް:
12ކުރިމިނަލް ކޯޓުގް ނަންބަރ 145-J/BFA/2024/117 )23 މރިޗާ 2024 ( ކޯޓު އަމުރާއި ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/BFA/2024/116 )23 މާރިޗު 2024( ކޯޓު އަމުރެ އާ،ކްރިމިނަލް ކޯޓުގ ނަންބަރ 145-J/HBF/2024/115 )23 މާރިޗު 2024( ކޯޓު އަމުރުނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ކަނޑައަޅައި، އެ އަމުރުތައް ބާޠިލުކުރުމަށް އެދިފައިވެއެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކައިގެ ޚުލާސާ
13ހައިކޯޓުގެ ނަންބަރު 2024/HC-B12/21 ޤަޟިއްޔާ އަދި ނަންބަރު 2024/HC-B12/22 ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުނަމައިގަނޑު ގޮތެއްގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއް ކަމަށް ބަލައި އަމުރު ނެރެފައިވަނީ ޤާނޫނުލްޢުޤޫބާތުގ 533 ވަނަ މާއްދާއާއި، 513 ވަނަ މާއްދާ އަދި 517 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭ މީހެއް ނޫންކަމަށާއި، ދައުލަތިން ބަލައިފާސްކުރުމުގެ އަމުރަށް އަދި މީހުން ހުއްޓުވައި ބަލައިފާސްކުރުމުގ އަމުރަށް އެދި ހުށަހެޅި އިރު އ ސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަން އެނގޭނެ އެއްވެސ ލިޔުމެއް ހުށަހަޅާފައިނުވާކަމަށެވެ. މީގެއިތުރުން، އިސްތިއުނާފުކޮށްފައިވާ އަމުރުތަކުގައި، އިސްތިއުނާފުކުރ ޤާނޫނު ނަންބަރު 9/2014 - މީގެފަހުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ކަމަށް ބުނެފައި. ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަމަށް ބަލައިފައިވާ ސަބަބު ބަޔާންކޮށްފައިނުވާކަމަށެވެ. ދިވެހިރާއްޖޭގިކުޅިވަރ ޤާނޫނަށާއި، ބްއިނަލއަޤް ވާމީ މުޢާހަދާތަކަށާއި،އޮލިމްޕިކް ޗާރޓާރގ ރޫލް ނަންބަރު 27 އަދި 28 އަށް ބެލުމުން އިސްތިއުނާފުކުރާ ފަރާތަކީ ކުރާ މަސައްކަތަށް މުސާރައެއް ނުވަތަ އުޖޫރައެއް ބަލައިގަނެވޭނެ ފަރާތެއް ނޫންކަން އެނގޭކަމަށެވެ.
14ހައިކޯޓުގެ ނަންބަރު 2024/HC-B12/23 ޤަޟިއްޔާގައި އިސްތިއުނާ ފުކުރާ ފަރާތުން ފުރަތަމަ ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައެ ފާހަގަކޮށްފައިވަނ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ) ށ( ގައި އެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާން ކޮށްފއިވަ ޙާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއިފރާނޭ ބަލައި ފާސްކުރުމުގެބާރު ލިބިގެންވަނީފުލުހުންނށް ކަމަށަބުނެފައިވުމުން، މީހުން ހުއްޓުވައި ބުލައިފާސްކުރުމަކ ފުލުހންނަށް ލިބިދީފައިވާ ބާރެއްކަން އިނގޭކަމަށާއި، އެންޓި - ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 22 ވަނަ މާއްދާއިން އެފަދަ ބާރެއް އެ ކޮމިޝަނަށް ލިބިދީފައިނުވާތީ، މީހުން ހުއްޓުވައި ބަލައިފާސކުރުމަކީ ހަމައެކަނި ފުލުހުންނަށް ލިބިދީފައިވާ ބާރެއްކަން އެނގޭކަމަށެވެ. މީގެ އިތުރުން، ހައިކޯޓުގެ ނަންބަރ 2024/HC-B12/21,22 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އިސްތިއުނާ ފީ ނުކުތާ އަދި ތަފްޞީލުތައް މ ޤަޟިއްޔާގައި އިސްތިއުނާފީ ދެވަނަ ނުކުތާގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
15ހައިކޯޓުގެ ނަންބަރު 2024/HC-B12/21 ޤަޟިއްޔާ އަދި 2024/HC-B12/22 ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 2 ވަނަ މާއްދާގައި އެ ކޮމިޝަންގެ މަޤްސަދުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުން ހިމެނޭކަމަށާއި، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 22 ވަނަ ޤާނޫނު ނަންބަރު 30/2015 - މީގެފަހުން ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ކަމަށް ބުނައިފައި. މާއްދާގެ ދަށުން އެ އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ހިންގާ ކޮމިޓީގެ ބޮޑެތި ބާރުތަކެއް ލިބިދީފައިވާކަމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން މުސާރަ ނުލިބުނުނަމަވެސް، އެސޯސިއޭޝަނިހިންގަނީ ދައުލަތުގެ ބަޖެޓުން ކަމަށާއި، އެ އެސޯސިއޭޝަން ހިންގުމުގާ ބޮޑެތި މަސްއޫލިއްޔަތުތަކެއް އެސޯސިއޭޝަންގެ ރައީސް އަދާކުރާކަމަށެވެ. އެގޮތުން މި މައްސަލައާއެކު ހުށަހަޅާފައިވާ ޕޭމަންޓް ވައުޗަރތައް އެޕްރޫވް ކުރާފަރާތަކީވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައު ސްގެ ހައިސިއްޔަތުން އިސްތިއުނާފުކުރާ ފަރާތްކަމަށެވެ. ސުޕްރީމް ކޯޓުގެ ނަންބަރ 2023/SC-A/15 )ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު( ޤަޟިއްޔާގެ 20 ވަނަ ނުކުތާގައި ދައުލަތުގެ މުވައްޒަފު މާނަކޮށްފައިވާއިރު، ދައުލަތުގެ މުވައްޒަފުންގިތެރޭގައި ޤުނޫނުން އުފައްދާ އެކައެކި މާއް އްސަސްތައް ހިމެނޭކަމަށް ބަޔާންކޮށްފައިވާކަމަށެވެ. މީގެއިތުރުން، މި މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއް ކަމަށް ކަނޑައެޅުމަކީ އެންމެ އެދެވޭގޮތް ނޫންކަމަށާއި، ސަބަބަކީ މި މައްސަލައަކީ އަދި ތަޙްޤީޤުކުރަމު ންދ މައްސަލައަކަށްވާތީ، މައްސަލައިގެ ދަޢުވާ އުފުލުމުން، އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަން ސާބިތުކޮށްދިނުމަކީ މައުޟޫޢީ މައްސަލައިގައި ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކުށުގެ އުންސުރެއްކަމަށެވެ.
16ހައިކޯޓުގެ ނަންބަރު 2024/HC-B12/23 ޤަޟިއްޔާގައި ދައުލަތުން ދީފައިވާ ޖަވާބުގައި ފާހަގަކޮށްފައިނީ ކްރިމިނަލް ކޯޓުގ ނަންބަރ 145-J/HBF/2024/115 )23 މާރިޗު 2024( ކޯޓު އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އެއްބަސްވާކަމަށާއި، އެފަދަ އަމުރުތަކަށް އެދޭ އެންޓި - ކޮރަޕްޝަން ކޮމިޝަނުން ހުށަހެޅި ނަމަވެސް، ދަށު ކޯޓުން މީހުން ހުއްޓުވައި ބަލައިފާސްކުރުމަށް އަމުރުކުރާނީ ފުލުހުންގެ މައްޗަށް ކަމަށް ޤަބޫލުކުރާކަމަށެވެ. އަދ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއަށް ރިޢު ޔަތްކޮށް ނެރެފައިވާ އަމުރަކަށާ ނުވާތީ، އިސްތިއުނާފީ ދެވަނަ ނުކުތާއަށް ޖަވާބު ހުށަހެޅުމުގެ މަޞްލަޙަތެއް އޮތްކަމަށް ނުދެކޭކަމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
17ކުރިމިނަލް ކޯޓުގް ނަންބަރ 145-J/BFA/2024/117 )23 މާރިޗު 2024 ( ކޯޓު އަމުރާއި ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/BFA/2024/116 )23 މާރިޗު 2024 ( ކޯޓު އަމުރު ނެރެފައިވަނީ ޤާނޫނ އުޞޫލަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އެ އަމުރުތައް ބާޠިލުކުރަންޖެހޭ ތަނެއް ނެތްކި މަށ ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ. އަދުކްރިމިނަލް ކޯޓުގ ނަންބަރ 145-J/HBF/2024/115 )23 މާރިޗު 2024( ކޯޓު އަމުރަކީ ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއަށް ރިޢާޔަތްކޮށްގެން ނެރެފައިވާ އަމުރެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ. ކްރުމިނަލް ކޯޓުގ ނަންބަރ 145-J/HBF/2024/115 )23 މާރިޗު 2024( ކޯޓު އަމުރާ ގުޅިގެން ދައުލަތުން އެދޭގޮތަކީ ކޮބައިކަން ސާފު ނުވާތީ ޝަރީޢަތުން ސުވާލުކުރުމުނާ ދައުލަތުން ބުނެފައިވަނީ އެ އަމުރަކެ ޤަ ނޫނީ ހަމަތަކުގެ މަތިން ނެރެފައިވާ އަމުރަކަށް ނުވާތީ އެ އަމުރު ބާޠިލުކޮށްދިނުމަށް އެދޭކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތް އަދި ނިންމުނި
18މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ފޯމު ހުށަހެޅިއިރު އިސްތިއުނާފީ އިތުރު ނުކުތާތަކެއް ހުށަހަޅާފައިވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ފަރާތުން އެ ނުކުތާތައް އިސްތިއުނާފު ފޯމުން އުނިކޮށް ފޯމު އިސްލާޙުކުރުމަށް އެންގުމުން އެ ނުކުތާތައް އުނިކޮށް ފޯމު ހުށަހެޅުމުން މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ އިސްލާޙުކުރި ފޯމާއެކު ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ "ދަޢުވާ ފޯމް އިޞްލާޙް ކުރުމަށް އަންގާ އެންގުން" )02 މޭ 2024.( އިސްތިއުނާފު ހުށަހަޅާއިރު އުނިކުރި ނުކުތާތައް ހުށަހެޅުމުގެ ހުއްދައަށް އެދި އިޖުރާއީ ގޮތުން ޝަރީޢަތުގެ އަޑުއެހުމުގައި ހުށަހަޅާފައިވެއެވެ.
19HN5މި މައްސަލައިގައި ހައިކޯޓުގެ ރަޖިސްޓްރޭޝަން މަރުޙަލާގައި ކަންވީގޮތް ޝަރީޢަތުން ބެލުމުނީ،މައްސަލައިގެ އިސްތިއުނާފު ފޯމު އިސްލާޙުކޮށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފޯމު އ- މެއިލްގެ ޒަރީޢާއިނި ހައިކޯޓުގެ ރަޖިސްޓްރޭޝަންއަށް ފޮނުވިއިރު، އިސްތިއުނާފުކުރާ ފަރާތުން ރަޖިސްޓްރާރ އުނިކުރުމަށް އަންގާފައިވާ ނުކުތާތައް ހުށަހެޅުމުގެ ހުއްދައަށް އެދިފައިވާކަން އެނގެން އޮވެއެވެ. އަދި، ދަޢުވާ ފޯމު އިސްލާޙުކުރުމަށް ރަޖިސްޓްރާރ އަންގާފައިވާ އެންގުމާމެދު ހިތްހަމނުޖެހޭނަމަ އެ ނިންމުން މުރާޖަޢާކުރެވޭނެކަމަށް ބުނީ ހައިކޯޓުގެ ރަޖިސްޓްރޭޝަންއިން އިސްތިއުނާފުކުރާ ފަރާތަށް އިރުޝާދު ދީފައިވާކަން އެނގެންއޮވެއެވެ.
20އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ކޯޓުން ދީފައިވާ އިރުޝާދާ އެއްގޮތަށް ރަޖިސްޓްރާގެ ނިންމުން މުރާޖަޢަކޮށްފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާފަދައިން ފުރުޞަތުދެވެންނތްކަމަށ ކަނޑައަޅާފައިވެއެވެ.
ޝަރީޢަތަށް ފާހަގް ކުރެވުނު ކަނކަނ
21ހައިކޯޓުގެ ނަންބަރު 2024/HC-B12/21 ޤަޟިއްޔާއިން އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/BFA/2024/117 )23 މާރިޗު 2024( އަމުރާއި، ހައިކޯޓުގެ ނަންބަރު 2024/HC-B12/22 ޤަޟިއްޔާއިން އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/BFA/2024/116 )23 މާރިޗު 2024( އަމުރާ ގުޅިގެން ޝަރީޢަތުން ޖަވާބު ދޭންޖެހޭ ސުވިލަކާ އެ އަމުރުތަކުގައް އިސްތި އުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަނި މި މަރުޙަލާގައި ސާފުވާ މިންވަރަށް މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި 22 މޭ 2024 ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލިސް. ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރޭޝަން ސެކްޝަނަށް 05 މޭ 2024 ގައި އިސްތިއުނާފުކުރާފަރާތުގެ ވަކީލު ފޮނުވާފައިވާ އ-މެއިލް. ހައިކޯޓުގެ ރަޖިސްޓްރޭޝަން ސެކްޝަނުން އިސްތިއުނާފުކުރާ ފަރާތުގެ ވަކީލަށް 08 މޭ 2024ގައި ފޮނުވާފައިވާ އީ-މެއިލް. ބަޔާންކޮށްފައިތޯއެވެ. އަދި މި މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތަކީ ނުވަތަ ތުހުމަތުކުރެވޭ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަން ކަނޑައަޅަންޖެހޭ ތޯއެވެ. މި ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ހައިކޯޓުގެ ނަންބަރ 2024/HC-B12/23 ޤަޟިއްޔާއިން އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގ ނަންބަރ 145-J/HBF/2024/115 )23 މާރިޗު 2024( އަމުރާ ގުޅިގެން ހުށަހަޅާފައިވާ ބަހުސަށް ޖަވާބު ދިނުމަށް ގަސްތުކުރަމެވެ. ހައިކޯޓުގެ ނަންބަރު B12/21-HC/2024 ޤަޟިއްޔާއިން އިސްތިއުނާފުކޮށްފައިވ ކްރިމިނަލް ކޯޓުގެ ނަންބަރު J/BFA/2024/117-145 )23 މާރިޗު 2024( ކޯޓު އަމުރާއި،ހައިކޯޓުގެ ނަންބަރ B12/22-HC/2024 ޤަޟިއްޔާއިން އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު BFA/2024/116/J-145 )23 މާރިޗު 2024( ކޯޓު އަމުރާއި ގުޅޭ.
22އިސްތިއުނާފުކުރާ ފަރާތުން، އިސްތިއުނާފުކޮށްފައިވާ އަމުރުތަކުގައި، އިސްތިއުނަފުކުރެ ފްރާތަކީ ދައުލަތުގެ މުވައްޒަފެއް ނޫންކަމަށް ބުނެ ބަހުސީ ކުރުމުގެ އިތުރުން، އެ އަމުރުތަކުގައި އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަމަށް ނިންމުމުގައި ފަނޑިޔާރު ވާޞިލުވި ސަބަބު ބަޔާންކޮށްފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުރާ ތުހުމަތު ސާފުނުވުމާ ގުޅުވައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަހުސކޮށްފައިވެއެވެ.
23HN1ޝައްކެވެސްނެތް ގޮތުގައި، ހުކުމަށުފަ ނޑިޔާރ ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި އޮތުމަކީ ޤނޫނުއަސާސީގާ 42 ވަނަ މާއްދާގެ )ހ( އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގުގެ މައިގަނޑު އުންސުރުކަމަށް ވީހިނދު، ކޯޓު އަމުރެއް ނެރުމަށް ނުވަތަ ކޯޓު އަމުރެއް ނެރެނުދިނުމަށް ނިންމާ ޙާލަތުގައިވެސް، ފަނޑިޔާރު ނިންމުމަށް ވާޞިލުވި ސަބަބު އިޖުމާލީ ގޮތެއްގައި ބަޔާންކުރަންވާނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/100-SC/2020 ޤަޟިއްޔާގެ 33 ވަނަ ނުކުތާ.
24HN2ބަލައިފާސްކުރުމުގެ އަމުރެއްގެ މައިގަނޑު އެއް ޝަކުލިއްޔަތަކީ އެ އަމުރުގައި ތުހުމަތުކުރެވޭ ފަރާތާއި އާ ފަރާތުގެ މައްޗަށްކުރެވޭ ތުހުމަތު ތަފްޞީލުކުރުމެވެ.
25މިފަދަ އަމުރުތަކަކީ ތަޙްޤީޤު މަރުޙަލާގެ އެންމެ ކުރީކޮޅު ނެރޭ އަމުރަތަކަށް ވީ ހިނދު މައްސަލައިގެ ތަފްޞލ އިޖުމާލީ ގޮތެއްގައި ބަޔާންކުރުމުން ފުދޭނެއެވެ. އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ކުރާ ތުހުމަތު ސާފުނުވެގެން އުޅޭކަމަށް ބަހުސްކޮށްފައިނވުއެވެ. އިސްތިއުނާފުކުރ ފަރާތުގެ ބަހުސް ހުއްޓިފައިވަނީ "ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ" ދައުލަތުގެ މުވައްޒަފެއްކަން ދެނެގަނެފައިވާ ގޮތާމެދުއެވެ. އިސްތިއުނާފުކުރާ ފަރާތުން ސިފަކޮށްފައިވަނީ މި ޚާއްސަ ހާލަތުގައި އިސްތިއުނާފުކުރާ ފަރާތް ދައުލަތުގެ މުވައްޒަފަކަށްވީގޮތް ސާފުވާން ނެތްކަމަށް ބުނެއެވެ. ވީމާ، މި މައްސަލައިގެ ބަހުސްގައި އަހުރެންގެ ޖަވާބުގައި އަލިއަޅުވާލަނީ ތުހުމަތު ސާފުވުމުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަން ސާފުވާންޖެހޭ މިންވަރަށް އިސްތިއުނާފުކޮށްފައިވ އަމުރުތަކުގައި ބަޔާންކޮށްފައިވޭތޯއެވެ.
26އިސްތިއުނާފުކޮށްފައިވާ އަމުރުތަކުގައި މައްސަލައިގެ ތަފްޞީލުގައި ބަޔާންކޮށްފައިވަނީ އަންނަނިވ ފަދައިންނެވެ. "ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު، މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގަމުންދާކަމަށް ތަޙްޤީޤަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ހެއްކަށްބަލާއިރު، އެ އެސޯސިއޭޝަން ހިންގުމުގައާއި އެތަނަށް ބޭނުންވުމުދަލާއ ޚިދުމަތް ހޯދުމުގައި އަމިއްލަ މަޞްލަޙަތީ ފުށުއަރާ ފަދައިން ޢަމަލުކޮށް، އޭނާއަށް ލިބިފައިވާ ރަސްމް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ )ހ(ގެ )6( އަދި ) 13.( އިސްތިއުނާފުކުރާފަރާތް ދެކޭގޮތުގައި ކުޅިވަރުގެ އެސޯސިއޭޝަންތަކަކީ ޚާއްސަ ◌ލަތެއްކަމަށްބުނެ މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދުމާއި ހޯދައިދީފައިވާކަމަށް ތުހުމަތުކުރެވޭތީ ތަޙްޤީޤކުރެވެމުންދާ މައްސަލަ."
27މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ކަމާމެދު ޚިލާފު އުފެދިފައިނުވެއެވެ. ދިވެހިރާއްޖޭގެކުޅިވަރު ޤާނޫނުގެ ދަށުން ހަދާފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ ދަށުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގް ހައިސިއްޔަތުން އިސްތިއުނާފު ރައްދޭވާފަރާތު މަސްއޫލިއްޔަތު ތަކެއް އަދާކުރަންޖެހކަމާމެދު ޚިލާފެއްނެތެވެ.
28އެހެންކަމުން، މި މަރުޙަލާގެ ބޭނުމަށް، ދަޢުވާއެއް އަދި ކޮށްފައިނުވާ މައްސަލައެއްގައި،މައްސަލައިގެ ތަޙްޤީޤްގެ ޅަފަތުގައި، އިސްތިއުނާފުކޮށްފައިވާ އަމުރް ތަކުގައި މައްސަލައިގެ ތަފްޞީލުގައި" ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު" މިފަދައިން ބަޔާންކުރުމުން، އިޖުމާލީ ގޮތެއްގައި ތުހުމަތުކުރެވޭ މައްސަލއިގައ އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަމަށް ދެކިފައިވާ ސަބަބު ސާފު ވާކަމުގައި ދެކެމެވެ.
29HN3މި މަރުޙަލާގައި ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ ބޭނުމަށް ނުވަތަ 517 ވަނަ މާއްދާގެ ބޭނުމަށް ނުވަތަ މި މައްސަލައިގައި ދަޢުވާ އުފުލަފާނެކަމަށް ލަފާކުރެވޭ އެހެން މާއްދާއެއްގެ ބޭނުމަށްބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ ދައުލަތުގެ މަވައްޒަފެއްތޯ ކަނޑައެޅި އ، މައްސަލައިގެ މައުޟޫޢުގައާދައުލަތުނ ސާބިތުކޮށްދޭންޖެހޭ ވީ ޤާ ޢާތަށް ކަށަވަރުކޮށް ނުވަތަ ދިފާޢުން ހުށަހަޅަންހުރި ދިފާޢުތައް ކަށަވަރުކުރުމަކީ ޖިނާއީ އިޖުރާއަތު އޮޅުންބޮޅުންވެ ކަސިޔާރުވެގެންދނ ކަމެއްކަމުގައި ދެކެމެވެ.
30ވީމާ، އަހުރެންނަށް ބުރަވެވެނީ، އިސްތިއުނާފުކޮށްފައިވާ އަމުރުތަކުގައި އިސްތިއުނާފުކުރާ ފަރާތަކީ ދައުލަތުގެ މުވައްޒަފެއްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުލްޢުޤޫބާތުގ 533 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މި މަރުޙަލާގައި ކަނޑައެޅިދާނެކަމަށް ނުފެންނާތީ، އެ ސަބަބުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކޮށްފައިވާ އަމުރުތަށް އ މާއްދާއާ ޚިލާފުކަމަށް ކަނޑއެޅެންނެތްކަމަށެވެ. ހައިކޯޓުގެ ނަންބަރު B12/23-HC/2024 ޤަޟިއްޔާއިން އިސްތިއުނާފުކޮށްފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރ J/HBF/2024/115-145 )23 މާރިޗު 2024( ކޯޓު އަމުރާއި ގުޅޭ.
31އިސްތިއުނާފުކޮށްފައިވާ އަމުރަކީ ޤާނޫނު ނަންބަރ 12/2016 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 38 ވަނަ މާއްދާގެ )ށ( އާއި އެ ޤާނޫނުގެ 50 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 13/2008 )އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު( ގ 22 ވަނަ މާއްދާ އާ ޚިލާފަށް ނެރެފައިވާ އަމުރާ އްކަމަށް ބުނެ އިސްތިއުނާފުކުރ ފަރާތުނެ ހުށަހެޅި ނުކުތާއަށް، ދައުލަތުން އެއްބަސްވެފައިވެއެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގެ ބޭރުން ދެފަރާތުން ދެބަސްވާކަމެއްގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން މީހުން ހުއްޓުވައި ބަލައިފާސްކުރުމގެ އަމުރަކަށް އެދި އެންޓު - ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިދާނެކަމާމެދު ފާހަގަކޮށްފައިވީނަމަވެސް، އެއީ އިސްތިއުނާފީ ނުކުތާގެ ތެރޭގައި ހިމެނޭކަމަކަށް ނުވާތީ އެ ނުކުތާއަށް މި މައްސަލައިގައި ޖަވާބެއްދޭންޖެހޭ ކަމަށް ނުދެކެމެވެ. މި މައްސަލައިގައ އުފެދިފައިވާ ބަހުސަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން މީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ އަމުރެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައްދުކުރެވިދާނެތޯއެވެ. އެހެން އިބާރާތަކުން ބުނާނަމަ، އެންޓި- ކޮރަޕްޝަން ކޮމިޝަނަށް މީހުން ހުއްޓުވައި ބަލައިފާސްކުރުމުގެ ބ ރ ޤާނޫނުން ލިބިދީފައިވޭތޯއެވެ.
32HN4ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާގެ )ށ( ގައި އެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، ޖިނާއީ ކުށްކުށާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީފުލުހުންނަށްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެންޓި– ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގައި އަދި އެ ނޫން އެހެން ޤާނޫނެއްގައި އެފަދަ ބާރެއް އެ ކޮމިޝަނަށް ދީފައިވާކަން ކަނޑައެޅިގެން ބަޔާންކޮށްފައިނުވާކަމަށް ދައުލަތުން އެއްބަސްވާތީއާއި، އެފަދަ ބާރެއް އެ ކޮމިޝަނަށް ލިބިފައިވާކަން ޤާނޫނަކުން ކަނޑައެޅި ބަޔާންކޮށްފައިނުވެ ތ، އިސްތިއުނާފުކޮށްފައިވާ އަމުރުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 38 ވަނަ މާއްދާއާ ޙަވާލާދީ އިސްތިއުނާފުކުރާފަރާތް ހުއްޓުވައި ބަލައިފާސްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް އަމުރުކޮށް ނެރެފައިވާ އަމުރަކީ އެ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ދެކެމެވެ.
33ބުނެވިދިޔަ ފަދައިން ކަނޑައެޅުމާއެކު، އިސްތިއުނާފީ ދެވަނަ ނުކުތާއަށް މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ތަނެއްނެތެވ.
ނިންމަން ފެންނަ ގޮތް
34ކުރިމިނަލް ކޯޓުގް ނަންބަރ 145-J/BFA/2024/117 )23 މާރިޗު 2024 ( ކޯޓު އަމުރާއި ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/BFA/2024/116 )23 މާރިޗު 2024( ކޯޓު އަމުރު ބާޠިލްކުރަންޖެހ ތަނެއނެތްކަމަށް ކަނޑައަޅންފެނެއެވެ.
35އަދި،ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/HBF/2024/115 )23 މާރިޗު 2024( ކޯޓު އަމުރަކީ ޖިނާއީ އިޖު ރާއަތގެ ޤާނޫނުގެ 38 ވަނަ މާއްދާގެ )ށ( އާ ޚިލާފަށް ނެރެފައިވާ އަމުރަކަށްވާތީ، އެ އަމުރު ބާޠި ލކުރަނ ފެނެއެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔީ
36މި މައްސަލައިގައިއިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް ތާއިދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
37މި މައްސަލައިގައި އިސްފަނޑިޔާރު ޙުސައިން ޝަހީދް ގ ރައުޔަށް ތާއިދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 50 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ (6) އަދި (13)
- ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާ، 513 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)، 517 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2)
- ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު)
- ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ ނަންބަރު FAM/2021/02 (27 ޖަނަވަރީ 2021) އުޞޫލު
- 2018/SC-A/31 (އަޙްމަދު ޝިޔާޒް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- 2020/SC-A/100
- 2023/SC-A/15 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.