ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 01 · 2025/SC-A/51

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ހަފީޡު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ޖަނަވަރީ 2026ދަށު ކޯޓު: 2025/HC-B12/42ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2025/HC-B12/42
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުން، ކުށްތަކަކީ 7/2025 ގެ 33 ވަނަ މާއްދާގައި ތަޖްރީމްކޮށްފައިވާ ކުށްތަކެއްކަމަށާއި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ބަންދުގެ ޝަރުޠުތައް ފުރިހަމަވާކަމަށް ބަލައި ޝަރީޢަތް ނިމެންދެން ބަންދު ދެމެހެއްޓިއެވެ. ހައިކޯޓުން، ބިޝާރު ޤަޟިއްޔާގެ އުޞޫލުން ބަންދު މުރާޖަޢާކުރުމުގައި ބަލަންވާނީ ޙާލަތަށް ބަދަލު އައިސްފައިވޭތޯ ކަމަށްވާއިރު، 7/2025 ގެ 58 ވަނަ މާއްދާގެ ދަށުން އައު ބަންދު އަމުރެއް ކުރުމަކީ އެ ޓެސްޓާ ޚިލާފުކަމަށް ބުނެ ދަށުކޯޓުގެ ނިންމުން ބާޠިލުކުރިއެވެ.
ވާޤިޢާ
2024 އެޕްރީލްގައި އަޙްމަދު ހަފީޡު އަނބިމީހާއަށް ވަޅިން ބިރުދައްކައި މަރާލަން އުޅުނުކަމަށް ތުހުމަތުކޮށް، 17/2010 ގެ 16 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރިއެވެ. ބަންދުގައި ހުއްޓައި 17/2010 އުވި، 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި…ގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުން، ތުހުމަތުކުރި ކުށް އައު ޤާނޫނުގައި ތަޖްރީމްކޮށްފައި ނުވާކަމަށާއި 18 މަސް ބަންދުގައި ހޭދަވެއްޖެކަމަށް ބުނެ ބަންދު މުރާޖަޢާކުރަން އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތް ނިމެންދެން ބަންދުކުރި ޤާނޫނު (17/2010) އުވި އައު ޤާނޫނަކަށް (7/2025) ޢަމަލުކުރަން ފެށުމުން، ބަންދު މުރާޖަޢާކުރުމުގައި އައު ޤާނޫނުގެ އިޖުރާއީ މާއްދާތަކަށް ރިޢާޔަތްކޮށް ދަށުކޯޓުން ބަންދު ދެމެހެއްޓުން ރަނގަޅުތޯ؛ އަދި ކުރީގެ ޤާނޫނުގެ ދަށުން ތުހުމަތުކުރި ޢަމަލު އައު ޤާނޫނުގައި ތަޖްރީމްކޮށްފައިނުވާނަމަ ބަންދަށް ކުރާ އަސަރު.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 68، 143 (ރ)، މާނަކުރުމުގެ ޤާނޫނުގެ 19 އަދި ކޯޓުތަކުގެ ޤާނޫނުގެ 32 (ހ) އާ ޚިލާފު ނިންމުމެއް ކަމަށާއި، ޖިނާއީ އިޖުރާއާތުގައި ބަލާނީ އެ ވަގުތު ވުޖޫދުގައިވާ ޤާނޫނަށް ކަމަށާއި، ޢަމަލު 7/2025 ގެ 33 (ހ) (3) ގައި ތަޖްރީމްކޮށްފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
މައުޟޫޢީ ގޮތުން ކުށާއި އަދަބު ކަނޑައަޅާނީ ކުރީގެ ޤާނޫނުން (ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ ލުއި ފިޔަވައި)؛ ތުހުމަތުކުރި ޢަމަލު ފަހުގެ ޤާނޫނުންވެސް ތަޖްރީމްކޮށްފައިވާކަން މަތިމަތިން ބެލުމުން ފެނެއެވެ. ބަންދު މުރާޖަޢާކުރުމަކީ އިޖުރާއީ ކަމަކަށްވާތީ އައު ޤާނޫނުގެ އިޖުރާއާތަށް ވަގުތުން ތަންފީޒުވާއިރު އިސްތިސްނާ ޙާލަތެއް ނެތުމުން، ދަށުކޯޓުން 7/2025 ގެ މާއްދާތަކަށް ރިޢާޔަތްކުރުން ރަނގަޅެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ބާޠިލު، ބަންދު މުރާޖަޢާކޮށް ދަށުކޯޓުން ނިންމި ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ ޤާނޫނެއް އުވި އައު ޤާނޫނަކަށް ޢަމަލުކުރަން ފެށުމުން، ޖިނާއީ ޤާނޫނުގެ މައުޟޫޢީ ބަޔަށާއި އިޖުރާއީ ބަޔަށް ކުރާ އަސަރު ތަފާތެވެ.

HN2 މަބްދައުއްޝަރުޢިއްޔާ (principle of legality، ޤާނޫނުއަސާސީގެ 61 (ށ)) ގެ ދަށުން، އުވިދިޔަ ޤާނޫނަށް ޢަމަލުކުރަމުންދިޔައިރު ހިނގި ކުށެއްގައި މީހަކު ކުށްވެރިވާނީއާއި އަދަބު ކަނޑައަޅާނީ ކުށްކުރިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނުންނެވެ؛ ކުށްވެރިކުރުމާއި އަދަބު ކަނޑައެޅުމުގައި ޖިނާއީ ޤާނޫނު ފަހަތަށް (retrospective) ނުހިނގާނެއެވެ.

HN3 މި ޤަވާޢިދަށް ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ އިސްތިސްނާ އޮވެއެވެ: ފަހުގެ ޤާނޫނުން މުއްތަހަމަށް ލުޔެއް ލިބޭނަމަ (އަދަބުގެ ބާވަތާއި މިންވަރު ލުއިވުން ހިމެނޭގޮތަށް) އެ ލުއި ދޭންޖެހޭނެއެވެ؛ ކުރީގެ ޤާނޫނުގައި ކުށަކަށްވާ ކަމެއް ފަހުގެ ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައި ނުވާނަމަ، އެ ޢަމަލު ކުށެއް ކަމަށް ނުބެލެވޭނެއެވެ؛ އެ ޙާލަތުގައި ތުހުމަތުގެ އަސާސެއް ނެތުމުން މީހާ ބަންދުގައި ނުބެހެއްޓޭނެއެވެ.

HN4 ބަންދާމެދު ގޮތެއް ނިންމުމުގައި (ކުރީގެ ޤާނޫނުގެ ދަށުން ތުހުމަތުކުރި ޢަމަލު ފަހުގެ ޤާނޫނުންވެސް ތަޖްރީމްކޮށްފައިވޭތޯ ބެލުން ހިމެނޭގޮތަށް) ބަލަންވާނީ ކަމުގެ ފުނަށް ނުފީނާ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ މަތިމަތިންނެވެ؛ މި މަރުޙަލާގައި ނިންމާ ނިންމުމަކުން ޝަރީޢަތުގައި އެކަމާ ސުވާލު އުފެއްދުމުގެ ފުރުޞަތު ނުގެއްލޭނެއެވެ.

HN5 އިޖުރާއީ ޤާނޫނުގެ ޠަބީޢަތަކީ، ކުށުގެ ޢަމަލު ހިނގި ވަގުތަށް ނުބަލާ، ހިނގަމުންދާ މައްސަލަތަކާއި ފަހުން އަންނަ މައްސަލަތަކުގައި، ކަމެއް ކުރާ ވަގުތު ޤާނޫނު ލާޒިމުކުރާ އިޖުރާއާތަށް ވަގުތުން ތަންފީޒުވުމެވެ (ހައްޔަރުކުރުން، ބަންދުކުރުން، ބަންދު މުރާޖަޢާކުރުން، ދަޢުވާ އުފުލުން، ޝަރީޢަތް ހިންގުން ހިމެނޭގޮތަށް).

HN6 އިޖުރާއީ ޤާނޫނު މާޟީއަށް ތަޠުބީޤުވުމުގެ ޤަވާޢިދަށް ތިން އިސްތިސްނާ އޮވެއެވެ: (1) އިޖުރާއާތެއް ފަހަތަށް ނުހިނގާނެކަމަށް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވުން، (2) ކުރީގެ ޤާނޫނުގެ އިޖުރާއާތާ އެއްގޮތަށް ކޮށްނިމިފައިވާ ކަންކަން އެގޮތުގައި ދެމިއޮތުން، (3) އައު އިޖުރާއާތަށް ޢަމަލުކުރުމުން ތުހުމަތުކުރެވޭ މީހާގެ މަޢުޞޫމިއްޔަތާއި ދިފާޢުގެ ދުސްތޫރީ ޙައްޤަށް އުނިކަން އައުން. މި އިސްތިސްނާއެއް ނެތްނަމަ، ބަންދު މުރާޖަޢާކުރުމުގައި އައު ޤާނޫނުގެ (7/2025) މާއްދާތަކަށް ރިޢާޔަތްކުރުމަކީ ރަނގަޅު ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)..1

ތަޢާރުފު .....1 ކަންހިނގާފައިވާ ގޮތް.....1 ބަންދު އަމުރު މުރާޖަޢާކޮށް ދަށުކޯޓުން ނިންމިގޮތް.....3 ހައިކޯޓުގެ ނިންމުން.....4 ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ.....6 ޢަމަލުކުރަމުންދިޔަ ޤާނޫނު އުވި، އައު ޤާނޫނަކަށް ޢަމަލުކުރަން ފެށުން.....7 ފަހުން ޢަމަލުކުރަން ފެށުނު ޤާނޫނުގައި ކުށް ތަޖްރީމްކޮށްފައިނުވާކަމަށް ބުނެފައިވުން.....10 އިޖުރާއީ ޤާނޫނުތައް މާޝީއަށް ތަޠުބީޤުކުރުން.....12 ނިންމަން ފެންނަ ގޮތް.....14

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު.....14

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު.....15

ޙުކުމް .....15 بِاللّٰهِ الرَّحْمَىٰ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު ޙަފީޡު [2026] SC 01

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު

ސަލީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-B12/42 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލް (މީގެފަހުން "ދައުލަތް" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އަޙްމަދު ހަފީޡު (މީގެފަހުން "އަޙްމަދު ހަފީޡު" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

ކަންހިނގާފައިވާ ގޮތް

27 އެޕްރީލް 2024 ގެ 15:03 އެހައިކަށްހައިއިރު، އަޙްމަދު ހަފީޡު އޭނާގެ އަނބިމީހާއަށް ވަޅިން ބިރުދައްކާ މަރާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން 8 އެޕްރީލް 2024 ގައި އަޙްމަދު ހަފީޡު ހައްޔަރުކޮށްފައިވެއެވެ. އަދި 9 އެޕްރީލް 2024 ގައި ތަޙްޤީޤު މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ނުވަތަ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަޙްމަދު ހަފީޡު蝠 ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

3މި ބަންދު އަމުރުގައި ރިޢާޔަތްކޮށްފައިވަނީ ޤާނޫނުއަސާސީގެ 49ވަނަ މާއްދާއަށާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 16ވަނަ މާއްދާގެ (ރ) އަށެވެ. އަދި އަޙްމަދު ހަފީޘު ބަންދުކުރުމަށް ނިންމާފައިވަނީ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުމާއި، ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީކަމަށް އަމުރުގައިވެއެވެ.

4ދައުލަތުން އަޙްމަދު ހަފީޡުގެ މައްޗަށް އަންނަނިވި ދަޢުވާތައް އުފުލާފައިވެއެވެ.

4.1 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ގެ 35ވަނަ މާއްދާގެ (ހ) ގެ (1)ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވުމުގެ ދަޢުވާ؛

4.2 ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 230ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ (2)ވަނަ ނަންބަރުގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާ؛

4.3 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9ވަނަ މާއްދާގެ (ހ) އާއި (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ ދަޢުވާ.

5އަޙްމަދު ހަފީޘު ބަންދުކުރުމަށް ދަށު ކޯޓުން ނެރެފައިވާ އަމުރުގައި ބަޔާންކޮށްފައިވާ ޙާލަތު ބަދަލުވެއްޖެކަމަށް ބުނެ ބަންދު މުރާޖަޢާކޮށްދިނުމަށް އަޙްމަދު ހަފީޘު އެ ކޯޓުގައި އެދުނެވެ. މިގޮތުން ހުށަހެޅި ހުށަހެޅުމުގައި،

5.1 ދައުލަތުން ކޮށްފައިވާ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 2ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއްދީފާނެ ކަމުގެ ބިރުދެއްކުމުގެ ދަޢުވާގެ ކުށުގެ އަދަބަކީ 18 މަސް ދުވަސް ކަމުގައިވާއިރު، އަޙްމަދު ހަފީޘު ބަންދުކުރި ތާރީޚުން ފެށިގެން 18 މަސް ދުވަސް ފާއިތުވެފައިވާކަމާއި؛

5.2. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9ވަނަ މާއްދާގެ (ހ) އާއި (ނ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދަޢުވާއަކީ މިހާރު އުވާލެވިފައިވާ ޤާނޫނެއްގެ ދަށުން ކޮށްފައިވާ ދަޢުވާއަކަށް ވެފައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި އެ ކުށް ތަޖުރީމްކޮށްފައި ނުވާކަމާއި؛

5.3. ބަންދުގައި ހޭދަވި މުއްދަތާއި، ދަޢުވާކޮށްފައިވާ ކުށުގެ ތެރެއިން ޚާއްޞަ ޤާނޫނުގައި އެގޮތުގެ މަތިން ކުށެއް ތަޖުރީމްކޮށްފައި ނުވާނަމަ، ބަންދުގައި ހޭދަކުރާ މުއްދަތު ޤާނޫނުއަސާސީގެ 42ވަނަ މާއްދާއާ ޚިލާފުކަމަށް ބަޔާންކޮށްފައިވެއެވެ.

ބަންދު އަމުރު މުރާޖަޢާކޮށް ދަށުކޯޓުން ނިންމިގޮތް

6މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު [REDACTED] ބަންދު މުރާޖަޢާކޮށް ނިންމި ނިންމުމުގައި ވަނީ، ޝަރީޢަތް ނިމެންދެން އަޙްމަދު ހަފީޘު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި ނިންމުމަށް ދަށު ކޯޓުން ވާޞިލުވެފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބުރަވެއެވެ.

6.1. އަޙްމަދު ހަފީޘު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކުށްތަކަކީ މިހާރު ޢަމަލުކުރަމުންދާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ގައި ތަޖުރީމްކޮށްފައިވާ ކުށްތަކެއްކަން އެ ޤާނޫނުގެ 33ވަނަ މާއްދާއިން އެނގޭ ކަމާއި، ޤާނޫނެއް އުވިދިޔުމުން ނުވަތަ ޤާނޫނަކުން މުއްތަހަމަށް ލުޔެއް ލިބެންޖެހޭނަމަ މައްސަލައިގެ ޝަރީޢަތް ނިންމާ ޙުކުމްކުރާއިރު، އެކަމަށް ރިޢާޔަތްކުރަންވާނެކަން ޤާނޫނުއަސާސީގެ 59ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މި މައްސަލައިގައި ކުށް ސާބިތުވާ ޙާލަތުގައި އެ މާއްދާގެ ނަފާ ލިބޭނެކަން؛

6.2. ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުކޮށްފައިވާ ފަރާތެއް ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ކަނޑައެޅުމާއެކު ބަންދުކުރެވިފައިވާ ކުށްތަކަކީ އެ ޤާނޫނުގެ 33ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަކަށްވާނަމަ އަދި އެފަދަ ކުށެއް ކުރިކަމަށް ނުވަތަ ބައިވެރިވިކަމަށް ބެލެވޭ މިންވަރަށް ހެކި ހުރިނަމަ ބަންދުކުރެވިދާނެ ކަމަށް އޮންނަ ކަމާއި، ދަޢުވާކޮށް ބަންދުކޮށްފައިވާ ޤާނޫނު އުވިދިޔަ ނަމަވެސް މިހާރު އެ ކުށް ތަޖުރީމްކޮށްފައިވާ ޤާނޫނުގެ ދަށުން ބަންދުކުރުމުގައި ރިޢާޔަތްކުރަންޖެހެނީ ކުރިން ބަންދުކުރިއިރުވެސް ވަޒަންކުރި ކަންކަމަށް ކަން؛

6.3. އަޙްމަދު ހަފީޘުގެ ކުށުގެ ރެކޯޑަށް ބަލާއިރު، އޭނާއަކީ ކުށުގެ ވެށީގައި ތަކުރާރުކޮށް ކުށްކުރާ މީހެއްކަމާއި، މި މައްސަލައިގައި ހުރި ހެކިތަކަކީ އަޙްމަދު ހަފީޘުއަށް ބާރު ފޯރުވޭނެ ހެކިތަކެއްކަމަށް ބެލެވޭތީއާއި، މިފަދަ ކުށްތަކަކީ ނުރައްކާތެރި މުޖުތަމަޢަށް އޭގެ އަސަރު އިންތިހާއަށް ފޯރާފަދަ ކުށްތަކެއް ކަމުން ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމާއި، ހެކިބަސް ދޭންހުރި ފަރާތްތަކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނަކަން.

7ދަށު ކޯޓުގެ މި ނިންމުން އަޙްމަދު ހަފީޘުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ހައިކޯޓުގެ ނިންމުން

8ހައި ކޯޓުގެ ނަންބަރު 2025/HC-B12/42 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވަނީ ދަށު ކޯޓުން ބަންދު މުރާޖަޢާކޮށް ނިންމި ނިންމުން ބާޠިލުކަމަށެވެ. މިފަދައިން ނިންމުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމަށެވެ.

8.1. ޤާނޫނެއް ބާޠިލުވެއްޖެ ހިނދެއްގައި، އެހެން ގޮތަކަށް މާނަނުކުރެވޭހާ ހިނދަކު، ހިންގާފައިވާ އެއްވެސް ތަޙްޤީޤެއް ނުވަތަ ޤާނޫނީ މަސައްކަތްތަކެއް، ނުވަތަ ޝަރުޢީ މަސައްކަތްތަކެއް ނެތިގޮސްފައި ނުވާކަމުގައި ޤަބޫލުކުރަންވާނެކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 19ވަނަ މާއްދާއިން އެނގެން އޮންނަ ކަމާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ބާޠިލުވި ނަމަވެސް އެ ޤާނޫނަށް ޢަމަލުކުރަމުންދިޔައިރު ހިނގި ހާދިސާއަކާ ގުޅިގެން އަޙްމަދު ހަފީޘު ބަންދުކޮށްފައިވާއިރު، އެ ޤާނޫނު ބާޠިލުވީ ނަމަވެސް، އޭނާގެ މައްޗަށް އޮތް ތުހުމަތަކަށް ބަދަލެއް ނާންނާނެކަން؛

8.2. ބަންދު މުރާޖަޢާކުރުމުގައި ބަލަންޖެހޭނީ ޝަރީޢަތް ނިމެންދެން ބަންދުކުރިއިރު އޮތް ޙާލަތަށް ބަދަލެއް އައިސްފައިވޭތޯ ކަމަށާއި، މިފަދައިން ބަލާއިރު ރިޢާޔަތްކުރަންޖެހޭނީ ފުރަތަމަ ބަންދުކުރިއިރު ވުޖޫދުވެފައި ހުރިކަމަށް ޙަވާލާދިން ޙާލަތުތަކަށް ބަދަލު އައިސްފައިވޭތޯކަން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބެލުމުން އެނގޭ ކަމާއި، އެހެން ނަމަވެސް ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58ވަނަ މާއްދާގައިވާ ކަންކަން ވަޒަންކޮށް، އެ މާއްދާގެ ދަށުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ، ބަންދު މުރާޖަޢާކުރުމުގައި ބަލަންޖެހޭ ޓެސްޓާ ޚިލާފަށް ކަމަށާއި، ސަބަބަކީ، މި މައްސަލައިގެ ތުހުމަތަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮށްފައިވާ ތުހުމަތަކަށް ވެފައި، އެ ތުހުމަތު ފިލައިގޮސްފައި ނުވާއިރު، ދެން ވަޒަންކުރަންޖެހޭނީ ޝަރީޢަތް ނިމެންދެން ބަންދުކުރިއިރު ވުޖޫދުވެފައި ހުރި ކަމަށް ޙަވާލާދިން ޙާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯކަމާއި، ނަމަވެސް ދަށު ކޯޓުގެ ނިންމުމުގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރެފައިވާ އަމުރު ބާޠިލުކޮށްފައި ނުވާކަމާއި، އެ އަމުރަށް ބަލާއިރު، އަޙްމަދު ހަފީޠުގެ ބަންދުގެ ޙާލަތަށް ބަދަލެއް އައިސްފައި ނުވާކަން؛

8.3. އަޙްމަދު ހަފީޡުގެ ފަރާތުން ބަންދު އަމުރު މުރާޖަޢާކުރުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި، އެ އަމުރު ދަމަހައްޓަން ނުވަތަ ނިމުމަކަށް ގެނައުމާމެދު ވަކިގޮތެއް ކަނޑައަޅާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 58ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގެ 1ވަނަ ނަންބަރާއި، 2ވަނަ ނަންބަރާއި، 3ވަނަ ނަންބަރަށް ރިޢާޔަތްކޮށް އަޙްމަދު ހަފީޡު ބަންދުގައި ބެހެއްޓުމަށް މުޅިން އައު އަމުރެއް ކޮށްފައިވާކަމާއި، އެ އަމުރަކީ ބަންދު އަމުރު މުރާޖަޢާކުރުމުގައި ގެންގުޅެންޖެހޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއް ނޫންކަން.

9މި ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ

10ހައިކޯޓުގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފީ އެއް ނުކުތާ ހުށަހަޅާފައިވެއެވ. އެއީ، ހައިކޯޓުގެ ނަންބަރު 2025/HC-B12/42 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 68ވަނަ މާއްދާއާއި 143ވަނަ މާއްދާގެ (ރ) އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 19ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ގެ 32ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11މި ނުކުތާ ތަފްޞީލުކުރަމުން ދައުލަތުގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

11.1. ބަންދު މުރާޖަޢާކުރުމާ ގުޅިގެން ހައިކޯޓުން ޙަވާލާދީފައިވާ ޤަޟިއްޔާތަކާއި، މި މައްސަލައިގައި ބަންދު މުރާޖަޢާކުރި ޙާލަތާ ތަފާތު ކަމާއި، މި މައްސަލައިގައި ބަންދު މުރާޖަޢާކުރި ޙާލަތަކީ އެއްވެސް ޤާނޫނެއްގައި އެ ޙާލަތުގައި ޢަމަލުކުރާނެގޮތުގެ ތަފްސީލެއް އަދި އިޖުރާއަތެއްވެސް ބަޔާންކޮށްފައިވާ ޙާލަތެއް ނޫންކަމަށާއި، އެހެން ކަމުން އެ ޤަޟިއްޔާތައް މި ޙާލަތަށް ތަޠުބީޤުވާނެކަމަށް ނުދެކޭކަން؛

11.2. ދަށު ކޯޓުން އަޙްމަދު ހަފީޘު ބަންދުކުރުމަށް މުޅިން އައު އަމުރެއް ނެރެފައިވާކަމަށް ބަޔާންކޮށް ހައިކޯޓުން ނިންމާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 19ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ދަށު ކޯޓުން ބަންދު އަމުރު މުރާޖަޢާކޮށް ނިންމުމަށް ރިޢާޔަތްކުރާއިރު، އެ ނިންމުމުން އަޙްމަދު ހަފީޘު ބަންދުގައި ބެހެއްޓުމަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނާ ޙަވާލާދީ ނިންމަވާފައިވަނީ، ކުރިން ނެރެފައިވާ ބަންދު އަމުރު ދެމެހެއްޓުމަށްކަން އެ ނިންމުމުގައި ފާހަގަކޮށްވާފައިވާކަން؛

11.3. ޖިނާއީ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ޢަމަލުކުރުމުގައި އަބަދުވެސް ބަލާނީ އެ އިރެއްގައި ވުޖޫދުގައި ހުރި ޤާނޫނުތަކުގެ ތެރެއިން އިސްކަން ދެވިފައިވާ ޤާނޫނަށް ކަމަށާއި މިއީ ދިވެހިރާއްޖޭގައިވެސް ޒަމާނުއްސުރެ ޢަމަލުކުރަމުން އައި އަދި ބައިނަލްއަޤުވާމީ ގޮތުންވެސް ބަލައިގަނެ ޢަމަލުކުރާ އުސޫލުކަމާއި، މި މައްސަލައިގައި އަޙްމަދު ހަފީޡުގެ ބަންދާ ގުޅިގެން ކޯޓުން އަލުން ގޮތެއް ނިންމާ ޙާލަތުގައި ރިޢާޔަތްކުރަންޖެހޭނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތަށް ކަމަށާއި، އެގޮތުން ބަންދު މުރާޖަޢާކޮށް ނިންމާ ނިންމުމަކީ ކުރިން ކުރެވުނު ބަންދު އަމުރާ ގުޅިފައިވާ ނިންމުމެއްކަމުގައިވެސް ބަލަން ޖެހޭކަން. ޢަމަލުކުރަމުންދިޔަ ޤާނޫނު އުވި، އައު ޤާނޫނަކަށް ޢަމަލުކުރަން ފެށުން

12އަޙްމަދު ހަފީޘު، އޭނާގެ އަނބިމީހާއަށް ވަޅިން ބިރުދައްކާ މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 9 ދަށުން ތުހުމަތުކޮށް، އެ ޤާނޫނުގެ 16ވަނަ މާއްދާއާ ޙަވާލާދީ، އަޙްމަދު ހަފީޘު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް، ބުނެވިދިޔަ ޤާނޫނު އުވި، އައު ޤާނޫނަކަށް ޢަމަލުކުރަން ފަށާފައިވެއެވެ. ޢަމަލުކުރަން ފެށި، އައު ޤާނޫނަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނެވެ. އަޙްމަދު ހަފީޡު ބަންދުކުރުމަށް އަމުރުކުރި ޤާނޫނު ބާޠިލްވިނަމަވެސް، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަށް ބަދަލެއް ނާންނާނެކަމުގައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 19ވަނަ މާއްދާއާ ޙަވާލާދީ ހައިކޯޓުން ބުނެފައިވެއެވެ.

13މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 19ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ؛ "(ށ) ޤާނޫނެއް ބާޠިލުވެއްޖެހިނދެއްގައި، އެހެންގޮތަކަށް މާނަނުކުރެވޭހާ ހިނދަކު، އަންނަނިވި ކަންކަން އެގޮތަށް ނުވާނެކަމުގައި ޤަބޫލުކުރަންވާނެއެވެ.

1. އެ ޤާނޫނު ބާޠިލުވާނެކަމަށް ކަނޑައަޅާފައިވާ ވަގުތު އައިސްޖެހުނުއިރު، އެ ޤާނޫނުގެ ދަށުން އުފަންނުވާ އެއްޗެއް، ނުވަތަ ދެމިނުއޮތް އެއްޗެއް، އެ ޤާނޫނު ބާޠިލުވުމަށްފަހު، އުފަންވާނެކަމަށް ނުވަތަ ދެމިއޮންނާނެކަމަށް ބެލުން.

2. ޤާނޫނު ބާޠިލުވުމާ ހަމައަށް އެ ޤާނޫނުގެ ދަށުން ކޮށްފައިވާ ޢަމަލުތައް ބާޠިލުވެގެން ދިއުން.

3. ބާޠިލުވި ޤާނޫނު ބާޠިލުވެގެންދިޔުމާ ހަމައަށް، މީހަކަށް ލިބިފައިވާ ޙައްޤެއް، ނުވަތަ އިމްތިޔާޒެއް، ނުވަތަ މީހަކު އުފުލަންޖެހިފައިވާ ޒިންމާއެއް ނުވަތަ ވާޖިބެއް ނެތިދިއުން.

4. އެ ޤާނޫނެއްގެ ދަށުން މީހަކު ޖޫރިމަނާކޮށްފައިވާނަމަ، ނުވަތަ މީހެއްގެ މުދަލެއް ހިފަހައްޓާފައިވާނަމަ، ނުވަތަ މީހަކަށް އަދަބު ދީފައިވާނަމަ، އެކަން ނެތިދިއުން.

5. ހިންގާފައިވާ އެއްވެސް ތަޙުޤީޤެއް، ނުވަތަ ޤާނޫނީ މަސައްކަތްތަކެއް، ނުވަތަ ޝަރުޢީ މަސައްކަތްތަކެއް ނެތިދިއުން."

14HN1ޖިނާއީ ޤާނޫނެއް އުވި، އައު ޤާނޫނަކަށް ޢަމަލުކުރަން ފެށުމުން، ޖިނާއީ ޤާނޫނުގެ މައިގަނޑު ދެބައި ކަމުގައިވާ މައުޝޫޢީ ބަޔާއި އިޖުރާއީ ބަޔަށް ކުރާ އަސަރު ތަފާތެވެ. މި ދެ ބަޔަށް ވަކިވަކިން ބަލައިލާނަމެވެ.

15ޖިނާއީ ޤާނޫނުގެ މައުޟޫޢީ ބަޔަކީ ކުށާއި އަދަބާއި ކުށުގެ ރުކުންތަކާއި މިނޫންވެސް މައުޟޫޢީ ކަންކަން ބަޔާންކުރާ ބައެވެ. މައުޟޫޢީ ބައިގެ މައިގަނޑު ޤާނޫނަކީ ޤާނޫނުލް ޢުޤޫބާތެވެ. އެންމެ ރަނގަޅު ގޮތަކީ ހުރިހާ ޖިނާއީ ކުށެއް ޤާނޫނުލް ޢުޤޫބާތުގައި ހުރުން ކަމަށް ވިޔަސް، ރާއްޖޭގައި ވަރަށް ގިނަ ޤާނޫނުތަކެއްގައި ޖިނާއީ ކުށް ކަނޑައަޅާފައިވެއެވެ.

16HN2ޖިނާއީ ޤާނޫނެއް އުވި، އައު ޤާނޫނަކަށް ޢަމަލުކުރަން ފެށުނު ނަމަވެސް، އުވިދިޔަ ޤާނޫނަށް ޢަމަލުކުރަމުން ދިޔައިރު ހިނގި ކުށުގެ ޢަމަލުތަކުގައި، އެ ކުށްކުރި މީހުން ކުށްވެރިވާނީ އަދި އެ މީހުނަށް އަބަދު ކަނޑައަޅާނީ ވެސް އެ މީހުން އެ ކުށްކުރިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނުންނެވެ. އެ މީހުން އެ ޢަމަލުގެ ނިސްބަތުގައި އެ ޤާނޫނު ވުޖޫދުގައި އޮންނާނެއެވެ. ސަބަބަކީ ކުށްވެރިވުމާއި އަދަބު ކަނޑައެޅުމުގައި (retrospective) ރަޖުޢީކޮށް ފަހަތަށް ޖިނާއީ ޤާނޫނު ނުހިނގާނެއެވެ. އަދަބު ކަނޑައެޅުމުގައި ޖިނާއީ ޤާނޫނު އަބަދުވެސް ހިނގާނީ ކުރިއަށެވެ. ކުށްވެރި ވާނީވެސް އަދަބު ކަނޑައަޅާނީ ވެސް ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ހިނގާ ކުށުގެ ޢަމަލުތަކުގައެވެ. މިކަމުގެ ޤާނޫނީ އަސާސަކީ މަބްދައުއް ޝަރުޢިއްޔާ (principle of legality) އެވެ. މަބްދައުއް ޝަރުޢިއްޔާއަކީ ކުށަކީ ކޮބައިކަމާއި އެ ކުށްކުރި މީހަކަށް ދޭނެ އަބަދަކީ ކޮބައިކަން ޤާނޫނެއްގައި ލިޔެ އެންމެނަށް ސާފުކޮށް އެނގޭނެހެން ޢާންމުކޮށް ޝާއިޢުކޮށްގެން ނޫނީ މީހަކަށް އަދަބެއް ނުދެވޭނެ ކަމަށް ބުނާ މަބްދައެވެ. މިމަބްދައު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވެއެވެ.

17HN3އުވިދިޔަ ޤާނޫނަށް ޢަމަލުކުރަމުން ދިޔައިރު ހިނގި ކުށުގެ ޢަމަލުތަކުގައި، އެ ކުށްކުރި މީހުން ކުށްވެރިވާނީ އަދި އެ މީހުނަށް އަބަދު ކަނޑައަޅާނީ ވެސް އެ މީހުން އެ ކުށްކުރިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނުން ކަމުގައި ވީނަމަވެސް، މިއަށް އިސްތިސްނާއެއް އޮވެއެވެ. އެ އިސްތިސްނާ ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބަޔާންވެގެންވަނީ ފަހުން

18ބުނެވިދިޔަ ޤާނޫނީ އުޞޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު އުވި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިނަމަވެސް، އަޙްމަދު ހަފީޡް ކުށުގެ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތުކޮށްފައިވަނީ ފުރަތަމަ ބުނި ޤާނޫނަށް ޢަމަލުކުރަމުން ދިޔައިރު ކަމަށްވާއިރު، އޭނާ ކުށްވެރިވިޔަސް ވާނީ އެ ޤާނޫނުގެ ދަށުންކަމާއި އެ ޙާލަތުގައި އޭނާއަށް އަދަބު ދޭން ޖެހޭ ނަމަ އަދަބު ދޭނީ ވެސް އެ ޤާނޫނުގެ ދަށުންކަން ވަރަށް ސާފުކޮށް އެނގެއެވެ. އެހެން ނަމަވެސް ފަހުން ޢަމަލުކުރަން ފެށި ޤާނޫނުން އޭނާއަށް ލުޔެއް ލިބޭނަމަ އެ ލުޔެއް އޭނާއަށް ލިބިދޭން ޖެހޭނެއެވެ. ކުރީގެ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުގެ ބާވަތާއި މިންވަރު ފަހުގެ ޤާނޫނުގައި ލުއި ކަމުގައި ވަނީ ނަމަ އެ ލުއި އޭނާއަށް ލިބިދޭން ޖެހޭނެއެވެ. ކުރީގެ ޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ފަހުގެ ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައި ނުވާނަމަ، އޭނާ އެކުރިކަމަކީ ކުށެއް ކަމަށް ނުބެލެވޭނެއެވެ. މި މައްސަލާގައި ބަންދު މުރާޖަޢާކުރުމަށް ދަށު ކޯޓަށް ހުށަހެޅުނީ އަޙްމަދު ޙަފީޡުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށަކީ ފަހުގެ ޤާނޫނުގައި ތަޖްރީމްކޮށްފައިވާ ކަމެއް ނޫންކަމަށް ބުނެއެވެ. ފަހުން ޢަމަލުކުރަން ފެށުނު ޤާނޫނުގައި ކުށް ތަޖްރީމްކޮށްފައިނުވާކަމަށް ބުނެފައިވުން

19އަޙްމަދު ހަފީޡު، އޭނާގެ އަނބިމީހާއަށް ވަޅިން ބިރުދައްކާ މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތުހުމަތުކޮށް، އެ ޤާނޫނުގެ 16ވަނަ މާއްދާއާ ޙަވާލާދީ، އަޙްމަދު ހަފީޡު ޝަރީޢަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. ބުނެވިދިޔަ ޤާނޫނުގެ 12 އަދި 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކޯޓުތަކުން މިހާތަނަށް ޢަމަލުކުރަމުންދިޔަ ގޮތަށް ބަލާއިރު، މިޙާލަތުގައި ބަންދު މުރާޖަޢާކުރަން ތުހުމަތުކުރެވޭ މީހާގެ ފަރާތުން ހުށަނޭޅެއެވެ. ނަމަވެސް މި މައްސަލަ ދަށު ކޯޓަށް ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ، މިއީ ތަފާތު ޙާލަތެއް ކަމަށް ބެލެވިގެންކަން ފާހަގަކުރެވެއެވެ. އެއީ ޢަމަލުކުރަމުންދިޔަ ޤާނޫނު އުވި، އައު ޤާނޫނަކަށް ޢަމަލުކުރަން ފެށުނުއިރު، ކުރީގެ ޤާނޫނުގެ ދަށުން ތުހުމަތުކޮށް ބަންދުކޮށްފައިވާ ކުށުގެ ޢަމަލަކީ ފަހުގެ ޤާނޫނުން ތަޖްރީމްކޮށްފައިވާ ޢަމަލެއް ނޫންކަމަށް ބުނެ ތުހުމަތުކުރެވޭ މީހާގެ ފަރާތުން ހުށަހެޅުމުންނެވެ. އެކަން އޮތީ އެގޮތަށް ކަމަށް ވަނީ ނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރާނެ އަސާސެއް ވުޖޫދުގައި ނުއޮންނާނެތީ، އެ ޙާލަތުގައި އޭނާ ބަންދުގައި ނުބެހެއްޓޭނެތީއެވެ.

20މިގޮތުން، ބަންދު މުރާޖަޢާ ކުރުމާއި ގުޅޭގޮތުން މީގެކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކާއި މި މައްސަލައާއި ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ، މިއީ މީގެކުރިން ދިމާވެފައި ނުވާ އައު ޙާލަތެއްކަން ފާހަގަކުރެވެއެވެ.

21HN4މި މައްސަލަ ދަށުކޯޓަށް ބަލައިގަނެ ޖަވާބުދާރީ ވުމަށް ދައުލަތަށް ފުރުސަތު ދިނުމުން ދައުލަތުން ބުނެފައިވަނީ ކުރީގެ ޤާނޫނުގެ ދަށުން ތުހުމަތުކޮށް އަޙްމަދު ހަފީޡު ބަންދުކޮށްފައިވާ ކުށުގެ ޢަމަލަކީ ފަހުގެ ޤާނޫނުން ވެސް ތަޖްރީމްކޮށްފައިވާ ޢަމަލެއް ކަމަށެވެ. އެ ޢަމަލަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ތަޖްރީމްކޮށްފައިވާ ޢަމަލެއް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވެސް ބުނެފައިވާކަން ފާހަގަކުރެވެއެވެ. މިއީ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލައެއް ކަމަށްވާއިރު، މިކަމުގައި ޢަމަލުކުރަންޖެހޭނީ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރިތޯ ބަލާގޮތަށް، ކަމުގެ ފުނަށް ފީނުމުގެ ބަދަލުގައި މަތިމަތިން ބަލައިގެންނެވެ. އެއީ އެ ހެކިތަކާމެދު ގޮތެއް ނިންމާނީ ޝަރީޢަތް ހިންގައިގެން ހެކިބަސް ނަގައިގެން ދެފަރާތުގެ ޖަދަލު އަޑުއަހައިގެން ކަމުގައިވާތީއާއި، މި މަރުޙަލާގައި އެ ކަންކަން ނުކުރާނެތީއާއި، މި މަރުޙަލާގައި ހެކިތަކަށް މި މިންވަރަށް ބަލައި، މިކަމުގެ ބޭނުމަށް ގޮތެއް ނިންމި ނަމަވެސް، ޝަރީޢަތުގައި ހެއްކަށް ތަޢުނުކޮށް ސުވާލު އުފެއްދޭނެތީއެވެ. ކުރީގެ ޤާނޫނުގެ ދަށުން ތުހުމަތުކޮށް ބަންދުކޮށްފައިވާ ކުށުގެ ޢަމަލަކީ ފަހުގެ ޤާނޫނުން ވެސް ތަޖްރީމްކޮށްފައިވާ ޢަމަލެއްތޯ ބެލުމުގައި ވެސް ޢަމަލުކުރާނީ އެގޮތަށެވެ. މި މަރުޙަލާގައި މި މިންވަރަށް ބަލައި، މިކަމުގެ ބޭނުމަށް ގޮތެއް ނިންމިޔަސް، ޝަރީޢަތުގައި އެކަމާމެދު ސުވާލުއުފައްދައި ގޮތެއް ނިންމަން އެދުމުގެ ފުރުސަތު ނުގެއްލޭނެއެވެ. މިގޮތުން ބަލާއިރު، ކުރީގެ ޤާނޫނުގެ ދަށުން ތުހުމަތުކޮށް އަޙްމަދު ހަފީޘު ބަންދުކޮށްފައިވާ ކުށުގެ ޢަމަލަކީ ފަހުގެ ޤާނޫނުން ވެސް ތަޖްރީމްކޮށްފައިވާ ޢަމަލެއް ކަމަށް ބެލެވެއެވެ. ކުރީގެ ޤާނޫނުގެ ދަށުން ތުހުމަތުކޮށް އަޙްމަދު ހަފީޘު ބަންދުކޮށްފައިވާ ކުށުގެ ޢަމަލަކީ ފަހުގެ ޤާނޫނުން ވެސް ތަޖްރީމްކޮށްފައިވާ ޢަމަލެއްތޯ ބަލައި ގޮތެއް ނިންމާނަމަ، މި ކުރެވޭ ކަމަކީ ޤާނޫނު މާޟީއަށް ތަޠުބީޤުކުރުމެވެ. ޤާނޫނު ރަޖުޢީކޮށް ފަހަތަށް ހިންގުމެވެ.

އިޖުރާއީ ޤާނޫނުތައް މާޟީއަށް ތަޠުބީޤުކުރުން

22ދަށު ކޯޓުން މި މައްސަލާގައި ގޮތެއް ނިންމުމުގައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ މާއްދާތަކަށް ރިޢާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ހައިކޯޓުގެ ނިންމުމުން ދޭހަވާކަމަށް ބުނެ، އެކަމަށް ގޮތެއް ނިންމައި ދިނުމަށް ދައުލަތުން މި މައްސަލާގައި އެދިފައިވެއެވެ.

23HN5އިޖުރާއާތަކީ ކަންހިނގާ މަގެވެ. ކަންކުރަންވީ ގޮތެވެ. ޖިނާއީ ކުށެއް ކުރިކަމަށް ނުވަތަ ކުރަން އުޅުނުކަމަށް ތުހުމަތު ކުރެވުނީއްސުރެ، އެމީހަކު ހައްޔަރުކުރުމާއި ބަންދު ކުރުމާއި، ބަންދާމެދު ގޮތެއް ނިންމުމާއި، ބަންދު މުރާޖަޢާކުރުމާއި، ދަޢުވާ އުފުލުމާއި، ޝަރީޢަތް ހިންގުމާއި، ކުށްވެރިވާނަމަ އަދަބު ކަނޑައެޅުމުގައި ކަންކުރާނެ ގޮތެވެ. އެ ކަންކަން ހިނގާނެ މަގެވެ.

24އިޖުރާއީ ޤާނޫނުގެ ޠަބީޢަތަކީ ވަކި ޒަމާނަކަށް ބެލުމެއް ނެތި ވަގުތުން ތަންފީޒުވާން ފެށުމެވެ. ކުށުގެ ޢަމަލު ހިނގި ވަގުތަށް ބެލުމެއްނެތި، އެ ވަގުތު ހިނގަމުންދާ މައްސަލަތަކުގައި ވެސް، އޭގެ ފަހުން އަންނަ މައްސަލަތަކުގައިވެސް، ޢަމަލުކުރާނީ އެ ކަމެއް ކުރާވަގުތު ޢަމަލުކުރަން ޤާނޫނު ލާޒިމުކޮށްފައިވާ އިޖުރާއަތަށެވެ. މިއީ މިކަމުގެ ޠަބީޢަތެވެ. ތަނެއްގައި ލިޔެފައި ނެތަސް، ދިވެހިރާއްޖޭގައިވެސް އެންމެ ކުރީއްސުރެ ވެސް ޢަމަލުކުރަމުންއައީ މިގޮތަށެވެ.

25HN6ޖިނާއީ ޤާނޫނުތަކުގައިވާ އިޖުރާއީ އުޞޫލުތަކަކީ ރަޖުޢީކޮށް ފަހަތަށްވެސް ހިނގާ އުޞޫލުތަކެއް ނަމަވެސް، މިއަށްވެސް އިސްތިސްނާތަކެއްވެއެވެ. އެއީ؛ 1- އެ އިޖުރާއާތެއް ރަޖުޢީކޮށް ފަހަތަށް ނުހިނގާނެ ކަމަށް ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮތުމެވެ. 2- އެ މައްސަލައެއްގައި ކުރީގެ ޤާނޫނުގައި އޮތް އިޖުރާއާތާއި އެއްގޮތަށް ކޮށްނިމިފައިވާ ކަންކަން އެގޮތުގައި ދެމިއޮންނާނެކަމެވެ. 3- ތުހުމަތު ކުރެވޭ މީހާއަކީ ކުށް ސާބިތުވަންދެން މަޢުޞޫމް މީހެއް ކަމަށްވާއިރު، އޭނާގެ މަޢުޞޫމިއްޔަތުކަން ދަމަހައްޓައި ތުހުމަތުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އޭނާއަށް ލިބިގެންވާ ދުސްތޫރީ ޙައްޤަކަށް އައު ޤާނޫނުގައިވާ އިޖުރާއާތަށް ޢަމަލުކުމުން، އުނިކަން އަންނަ ޙާލަތެއް މެދުވެރިވުމެވެ.

26މި މައްސަލާގައި މިވަގުތު ގޮތެއް ނިންމަންޖެހިފައިމިވާ ކަންކަމުގައި އިސްވެ ބަޔާންވެދިޔަ އިސްތިސްނާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫވެފައި އޮތްކަން އެގެންނެތްކަން ފާހަގަކުރެވެއެވެ.

27މި ޤާނޫނީ އުޞޫލު މިމައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލާގައި ދަށު ކޯޓުން ބަންދު މުރާޖަޢާކޮށް ގޮތެއް ނިންމި އިރު، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ 18 މާއްދާތަކަށް ރިޢާޔަތްކުރި ކުރުން ރަނގަޅު ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ނިންމަން ފެންނަ ގޮތް

28އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، އަޙްމަދު ހަފީޘު، އޭނާގެ އަނބިމީހާއަށް ވަޅިން ބިރުދައްކާ މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 19 ދަށުން ތުހުމަތުކޮށް، އެ ޤާނޫނުގެ 16ވަނަ މާއްދާއާ ޙަވާލާދީ، އަޙްމަދު ހަފީޘު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، އެ ޤާނޫނު އުވި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް 20 ޢަމަލު ކުރަން ފެށުމުން، އަޙްމަދު ޙަފީޡުގެ ބަންދު މުރާޖަޢާ ކޮށްދިނުމަށް އޭނާގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ބަލައިގަނެ، ދަށުކޯޓުން ބަންދު މުރާޖަޢާ ކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް އަހުރެންނަށް ބުރަވެއެވެ. މިގޮތުން ދަށުކޯޓުގެ އެ ނިންމުން ހައިކޯޓުގެ ނަމްބަރު 2025/HC-B12/42 ޤަޟިއްޔާއިން ބާޠިލު ކޮށްފައިވާތީ، ހައިކޯޓުގެ އެނިންމުން ބާޠިލުކުރަން ފެނެއެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

29މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

30މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، އަޙްމަދު ހަފީޠުގެ ބަންދު މުރާޖަޢާކޮށް އަދި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: ބަންދު މުރާޖަޢާކޮށް ނިންމި ނިންމުމުން، ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށްވާތީ، އެ ނިންމުން ބާޠިލުކޮށް ހައި ކޯޓުގެ ނަންބަރު 2025/HC-B12/42 ޤަޝިއްޔާއިން ނިންމާފައިވާ ނިންމުން، ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ: މުޙައްމަދު ސަލީމް ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު) ޢަބްދުﷲ ޙަމީދު

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  2. ޤާނޫނު ނަންބަރު 17/2010
  3. ޤާނޫނު ނަންބަރު 3/2012
  4. ޤާނޫނު ނަންބަރު 9/2014
  5. ޤާނޫނު ނަންބަރު 7/2025
  6. [2024] SC 23
  7. ޤާނޫނު ނަންބަރު 07/2025 (މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 25 އޮގަސްޓް 2025 ގައެވެ.)
  8. ޤާނޫނު ނަންބަރު 17/2010
  9. ޤާނޫނު ނަންބަރު 07/2025
  10. ޤާނޫނު ނަންބަރު 17/2010
  11. ޤާނޫނު ނަންބަރު 07/2025
  12. ޤާނޫނު ނަންބަރު 07/2025
  13. الوسيط في قانون الإجراءات الجنائية، الدكتور أحمد فتحي سرور، الفصل التي تشرح الأثر الزمني للتشريعات الإجرائية مقابل الموضوعية في الدعوى الجنائية، قرار النقصة العربية، القاهرة، مجلد 1 ص 925-860
  14. އިބިމި
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ، 49 ވަނަ މާއްދާ، 59 ވަނަ މާއްދާ، 61 ވަނަ މާއްދާގެ (ށ)، 68 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ރ)، 9 ވަނަ މާއްދާގެ (ހ)، (ނ) އަދި (ރ)، 12 ވަނަ މާއްދާ، 16 ވަނަ މާއްދާ (ށ) ހިމެނޭގޮތަށް
  • ޤާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާ (ހ) ގެ (3)، 58 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 230 ވަނަ މާއްދާ
  • [2024] SC 23 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
  • الوسيط في قانون الإجراءات الجنائية، الدكتور أحمد فتحي سرور (ޢިލްމީ މަރުޖިޢު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ