ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. 1 ޒުބައިރު ޢަލ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 26/02AM2/B،145- /2026/03AM2/B1
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އޮރިޔާން މަންޒަރު ޝާއިޢުކުރުމާއި ފައިސާ ހުދުކުރުމުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ދެ ފަރާތެއް، ހެކިންގެ ހެކިބަސް ނަގައި ނިމުނީއޭ ބުނެ ބަންދު މުރާޖަޢާކޮށް ޝަރުޠުތަކާއެކު ދޫކުރި ކްރިމިނަލް ކޯޓުގެ ނިންމުންތަކަކީ ޤާނޫނީ ސަބަބެއްގެ މައްޗަށް ނިންމާފައިވާ ނިންމުންތަކެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ބަންދު މުރާޖަޢާގެ ދެ ނިންމުން ބާޠިލު؛ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އެންގި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބަންދު މުރާޖަޢާކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރޭގައެވެ؛ ފަނޑިޔާރު ބަލަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ޙާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ، ފުރަތަމަ ބަންދާމެދު ގޮތެއް ނިންމުމުގައި ބޭނުންކުރި ވަސީލަތްތަކުގެ ބޭނުންކޮށްގެންނެވެ؛ އަޞްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާ ކަންކަމަށް ރިޢާޔަތްކޮށްގެން ނުވާނެއެވެ.
HN2 ޝަރީޢަތުގައި ހެކިންގެ ހެކިބަސް ނަގައި ނިމިފައިވުމަކީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތިދިއުމެއް ނޫނެވެ؛ ޙުކުމްކުރުމުގެ ކުރިން ހެކި އަލުން ޙާޟިރުކުރަންޖެހިދާނެތީއާއި އަޑުއެހުން އަލުން ހުޅުވާލެވިދާނެތީއެވެ. ހެކިވެރިން ތިބީ ތުހުމަތުކުރެވޭ ފަރާތަށް ނުފޫޒު ފޯރުވޭ މަޙައްލެއްގައި ކަމަށް ބަލައި ބަންދުކޮށްފައިވާނަމަ، ހެކިބަސް ނަގައި ނިމުމަކީ އެ ސަބަބަށް ބަދަލު އަންނަ ކަމެއް ނޫނެވެ.
HN3 މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ސަބަބުން ބަންދުކޮށްފައިވާ ފަރާތެއް ދޫކުރާއިރު، ޝަރީޢަތް ކުރިއަށްގޮސްފައިވާ މަރުޙަލާއާއި ހެކިބަސް ނަގައި ނިމުމަށް ބުރަވުން އެކަނި ނުފުދޭނެއެވެ؛ އެ ނުރައްކާ ކުޑަވާ ގޮތް ޤާނޫނީ ހަމައަކުން ދައްކަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ، ޢަބްދުއްރަޢޫފު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ކްރިމިނަލް ކޯޓގު ނަންބަރު B2/AM/2026/02-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަދި ކްރިމިނަލް ކޯޓގު ނަންބަރު B2/AM/2026/03-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/13 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/14 ޤަޟިއްޔާ އެކުއެކީގައި ހިންގުމަށްފަހު ތައްޔާރުކުރެވޭ ރިޕޯޓެކެވެ.
2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/13 ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، އދ.މަހިބަދޫ/ ބަހާރުގެ، ޒުބައިރު ޢަލީ އެ ވެ.
3ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/14 ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ދަފްތަރު ނަންބަރު ރސ 14751 /ނާޞިފް ޢަލީ އެވެ.
ކަންހިނގާފައިވާ ގޮތް
4އަންހެނެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެންމީހާ މީސްމީޑިއާގައި ލީކްކުރާނެކަމަށް ބިރުދައްކާ އިންޒާރު ދީފައިވަނިކޮށް 2024 އެޕްރީލް 12 ވަނަ ދުވަހު އެ އަންހެންމީހާ ގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޓެލެގްރާމްގައ ހިންގި "ދ ލީކްސް" ނަމަކަށް ކިޔާ ޗެނަލއްގައެ ޕޯސްޓް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، މުޖުތަމަޢުގެ ސލާމަތާއަ އައިޑީކާޑު ނަންބަރު […] އައިޑީކާޑު ނަންބަރު […] ރައްކާތެރިކަމަށްޓަކައި އަދި ތަޙްޤީޤަށް ލިބެންހުރި ހެކި ޤަރީނާ ނައްތާލުމުގެ ފުރުޞަތު އޮތްކަމަށް ބެލވޭތެ 4 3 ކޯޓު އަމުރެއްގެ ދަށުން 10 އޯގަސްޓް 4202 ގައި ޒުބައިރު ޢަލީ ހައްޔަރުކޮށްފައިވެއެވެ.
5ޒުބައިރު ޢަލީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތްކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވާތީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި އެ ޤާނޫނުގެ 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޒުބައިރު ޢަލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް 6 (ހައެއް) ފަހަރެއްގެ މަތިން ދަށުކޯޓުން ނިންމާފައިވެއެވެ.
6ޒުބައިރު ޢަލީގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ފެންނާތީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނ ނ ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޖުމަތަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި، ޒުބައިރު ޢަލީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް، 14 އޮކްޓޫބަރު 2024 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
7އިސްވެ ބަޔާންކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2024/2273-145 "ކޯޓު އަމުރު" މުރާޖަޢާކޮށްދިނުމަށް އެދުމާ ގުޅިގެން، އެ ކޯޓުގެ ނަންބަރު B2/AM/2026/02-145 "ބަންދު އަމުރު މުރާޖަޢާކޮށް ނިންމި ގޮތް" އިން ޒުބައިރު ޢަލީ ޝަރުޠުތަކާއެކު ބަންދުން ދ ކޮށްލާފައިވެއެވެ.
8އަންހެނެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެންމީހާ މީސްމީޑިއާގައި ލީކްކުރާނެކަމަށް ބިރުދައްކާ އިންޒާރު ދީފައިވަނިކޮށް 2024 އެޕްރީލް 12 ވަނަ ދުވަހު އެ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14C/HA/2024/05 "ކޯޓު އަމުރު" މި ނުކުތާގައި، ކުރެވުނު ތުހުމަތު ބަޔާންކޮށްފައިވާއިރު، އަނިޔާ ލިބުނު ފަރާތުގެ ނަމާއި، އޭނާގެ މައުލޫމާތު ހާމަވެދާނެ ފަދަ މައުލޫމާތު މިވަނީ ސިއްރުކުރެވިފައެވެ. އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/22/2024-14C "ކޯޓު އަމުރު" (11 އޯގަސްޓް 2024،) އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024/24CA/-14C "ކޯޓު އަމުރު" (15 އޯގަސްޓް 2024)، ކްރިމިނަލް ކޯޓުގެ ނަންބަރު -145 MA/2024/1850J/ "ކޯޓު އަމުރު" (20 އޯގަސްޓް 2024،) ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2024/1939-145 "ކޯޓު އަމުރު" (30 އޯގަސްޓް 2024)، ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2024/2059-145 "ކޯޓު އަމުރު" (14 ސެޕްޓެންބަރު 2024)، ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2024/2169-145 "ކޯޓު އަމުރު" (20 ސެޕްޓެންބަރު 2024) ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2024/2273-145 "ކޯޓު އަމުރު" އަންހެންމީހގާ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޓެލެގްރާމްގައ ހިންގި "ދ ލީކްސް" ނަމަކަށް ކިޔާ ޗެނލައްގައި ޕޯސްޓްކޮށްފައިވާކަމަށް ތުހުމަތުކުރެވއިރު، މި ޗެނަލަށް ވަނުމުގެ އެކްސެސް ހޯދުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހިއްސާކޮށްފައިވާ ބޭންކް އެކައުންޓް ނަންބަރަކީ ނާޞިފް ޢަލީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށްވެފައި، މި މައްސަލައިގައި މީނާ ދ ކޮށްލާފައި ހުރެއްޖެނަމަ މުޖުތަމަޢުގެ ސަލާމަތށ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއާއަ ހެކި ނައްތާލަފާނެކަމަށް ފެންނާތީ، ކޯޓު އަމުރެއްގެ ދަށުން 10 އޯގަސްޓް 2024 ގައި ނާޞިފް ޢަލީ ހައްޔަރުކޮށްފައިވެއެވެ.
9ނާޞިފް ޢަލީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި އެ ޤާނޫނުގެ 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމުގެ އިޙްތިމާލު އޮތްކަމަށް ބަޔާންކޮށް، ނާޞިފް ޢަލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް 6 (ހައެއް) ފަހަރެއްގެ މަތިން ދަށުކޯޓުން ނިންމާފައިވެއެވެ.
10ނާޞިފް ޢަލީގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ، އަދި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ، ޙުކުމެއް ކުރެވެންދެން ނުވަތަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު HMC/HA/2024/161 "ކޯޓު އަމުރު" ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024/478/CA-HMC "ކޯޓު އަމުރު" (11 އޯގަސްޓް 2024،) ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު CA/510/2024-HMC "ކޯޓު އަމުރު" (26 އޯގަސްޓް 2024)، ކްރިމިނަލް ކޯޓުގެ ނަންބަރު 1984J/MA/2024/-145 "ކޯޓު އަމުރު" (05 ސެޕްޓެންބަރު 2024)، ކްރިމިނަލް ކޯޓުގެ ނަންބަރު 2109J/MA/2024/-145 "ކޯޓު އަމުރު" (20 ސެޕްޓެންބަރު 2024)، ކްރިމިނަލް ކޯޓުގެ ނަންބަރު 2024)/MA/2024/10-B8(613-145 "ކޯޓު އަމުރު" (20 އޮކްޓޫބަރު 2024)، ކްރިމިނަލް ކޯޓުގެ ނަންބަރު 2453J/MA/2024/-145 "ކޯޓު އަމުރު" (04 ނޮވެންބަރު 2024) ބަންދާއިމެދު އިތުރު ގޮތެއް ކަނޑައަޅަންދެން ނާޞިފް ޢަލީ ބަންދުގައި ބެހެއްޓުމަށް، 19 ނޮވެންބަރު 2024 ގައި އަމުރުކޮށްފައިވެއެވެ.
11އިސްވެ ބަޔާންކުރެވުނު ކްރިމިނަލް ކޯޓުގެ ނަންބަރު 2024)/SHB/2024/36-B2(613-145 "ކޯޓު އަމުރު" މުރާޖަޢާކޮށްދިނުމަށް އެދުމާ ގުޅިގެން، އެ ކޯޓުގެ ނަންބަރު B2/AM/2026/03-145 "ބަންދު އަމުރު މުރާޖަޢާކޮށް ނިންމި ގޮތް" އިން ނާޞިފް ޢަލީ ޝަރުޠުތަކާއެކު ބަންދުން ދކޮށްލާފައިވެއެވެ.
12މި އިސްތިއުނާފީ ދެ ޤަޟިއްޔާއަކީ، އިސްވެ ބަޔާންކުރެވުނު ކްރިމިނަލް ކޯޓުގެ "ބަންދު މުރާޖަޢާކޮށް ނިންމިގޮތް"ތައް އިސްތިއުނާފުކުރުމުން ބެލެވޭ ދެ ޤަޟިއްޔާވެ. ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/02-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 03B2/AM/2026/-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް"
13ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/02-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް"ގައި "ފާހަގަކުރެވުނު ކަންތައްތައް" މި ސުރުހީގެ ދަށުން ބަޔާންކޮށްފައިވަނީ؛ "މި މައްސަލައިގެ ހެކީންގެ ހެކިބަސް ނެގުމުގެ މަރުހަލާވަނީ ނިމިފައި. މައްސަލައިގެ ދެން އޮތީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން. މީނާ ބަންދުކުރި އަމުރަށް ބަލާއިރު، މީނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީއާއި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތުމުންކަން އެނގެއެވެ. މި މައްސަލައިގައި މިހާރު ހުރިހާ ހެކީންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު މިހާރު ކުޑަވެފައިވެއެވެ."
14ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/03-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް"ގައި "ފާހަގަކުރެވުނު ކަންތައްތައް" މި ސުރުހީގެ ދަށުން ބަޔާންކޮށްފައިވަނީ؛ ކްރިމިނަލް ކޯޓުގެ ނަންބަރު 2024)/SHB/2024/36-B2(613-145 "ކޯޓު އަމުރު" ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/02-145 އަދި ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/03-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" "މި މައްސަލައިގެ ހެކީންގެ ހެކިބަސް ނެގުމުގެ މަރުހަލާވަނީ ނިމިފައި. މައްސަލައިގެ ދެން އޮތީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން. މީނާ ބަންދުކުރި އަމުރަށް ބަލާއިރު، މީނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ. މި މައްސަލައިގެ ކުށުގެ ހާދިސާ އަދި މީނާގެ ބައިވެރިވުން މި ކުށުގެ އަމަލުގައި އޮތްގޮތަށް ބަލާއިރު، މީނާ ބަންދުން ދކުރިނަމަވެސް މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ހާލަތު ކުޑަކަމަށް ޝަރީޢަތަށް ބުރަވެވެއެވެ." އިސްތިއުނާފީ ނުކުތާ
15ޕްރޮސިކިއޝަނުނު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/02-145 "ބަންދު މުރާޖަޢާކޮށް ނިންމި ގޮތް" އަދި ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/03-145 "ބަންދު މުރާޖަޢާކޮށް ނިންމި ގޮތް"އިން، ޒުބައިރު ޢަލީ އަދި ނާޞިފް ޢަލީ ބަންދުން ދުކޮށްލުމަށް ނިންމެވި ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފކުރު ފަރާތުން ފާހަގަކުރި ކަންކަން
16އިސްތިއުނާފީ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން ޕްރޮސިކިއުޝަނުން ފާހަގަކޮށްފައިވެއެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ބަލާއިރު، މުއްތަހަމު ބަންދުން ދ ކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި ބަންދުކުރެވިދާނެކަން އެނގޭކަމާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި/ނުވަތަ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސަކައްކަތް ކޮށްފާނެކަމަށް ބެލެވޭނަމަ، ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ މީހެއްކަން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ (1) އަދި (4) ވަނަ ނަންބަރަށް ބެލުމުން އެނގޭކަން. ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރަންޖެހޭ ފަދަ ސަބަބެއް އޮތްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އޭނާއާ ކުށުގެ ބާވަ ތަށާއި، ކުށުގެ ކުޑަ ބޮޑު މިނަށާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށް ފަނޑިޔާރު ރިޢާޔަތްކުރައްވަނ ޖެހޭކަމަށް ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާކަން. ބަންދު މުރާޖަޢާކުރާއިރު، ދަޢުވާލިބޭ މީހާ ނުވަތަ މުއްތަހަމާ ގުޅިގެން ބަލަންޖެހޭ ކަންކަމުގެ ޓެސްޓަކީ، މުއްތަހަމު ކުރިކަމަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ނުވަތަ ނޫންތޯ ބެލުންކަމަށާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިނަމަ، ދެން ބަލަންޖެހެނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުންކުރެ ފުރަތަމަ ބަންދުކުރިއިރު ވުޖޫދުވެފައި ހުރިކަމަށް ހަވާލާދިން ހާލަތުތަކަށް ބަދަލުއައިސްފައިވޭތޯ ބެލުންކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ބިޝާރު އިސްމާޢީލް ޤަޟިއްޔާއިން އެނގޭ ކަން. މި މައްސަލައިގައި ޒުބައިރު ޢަލީ އަދި ނާޞިފް ޢަލގީ ބަންދު މުރާޖަޢާކޮށް ނިންމި ނިންމުމަށް ބަލާއިރު، ބަޔާންވެދިޔަ ޓެސްޓުގެ ފުރަތަމަ ސުވާލާމެދު ޝައްކެއް ނުވަތަ ބަހުސެއް އޮތްކަމަށް ބަޔާންކޮށްފައި ނެތުމުން، ޒުބައިރު ޢަލީ އަދި ނާޞިފް ޢަލގީ މައްޗަށް ޝަރީޢަތްކޮށް މި ހިސާބަށް އައިއިރު، މި ދެމީހުނގް މައްޗަށް ތުހުމަތުކުރެވޭ ކުށް އެ މީހުން ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމާމެދު ޝައްކެއް ނެތކް ން. ބަންދު މުރާޖަޢާކުރުމުގައި ކްރިމިނަލް ކޯޓުން ބުރަވީ، ބަންދު ކުރި ހާލަތަށް ބަދަލު އައިސް، އެ ހާލަތު ނެތިގޮސްފައިވކަމާއި، ހާލަތު ބަދަލުވި ސަބަބެއްކަމަށް ކްރިމިނަލް ކޯޓަށް ބުރަވެވުނީ، ޒުބައިރު ޢަލީ އަދި ނާޞިފް ޢަލގީ ފަރާތުން ފާހަގަކުރި ގޮތަށް، ހެކިންގެ ހެކިބަސް ނަގައި ނިމުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލާއި ފުރުސަތު ނެތި ދިޔައީ ކަމަށާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތު ކުޑަވުނކް މަށްކަން. ބަންދާމެދު ފަނޑިޔާރު ނިންމާ ނިންމުމަކީ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމެއް ކަމާއި، އެހެންނަމަވެސް، ގޮތް ނިންމުމަށް ފަނޑިޔާރުންނަށް ލިބިގެންވާ ބާރަކީ އެއްވެސް އިމެއް ނެތި މުޠުލަޤަށް އޮތް ބާރެއް ނޫންކަމާއި، ޤާނޫނެއްގެ ދަށުން ފަނޑިޔާރަށް ލިބޭ ކޮންމެ އިޚްތިޔާރަކީވެސް ވަށައިގެންވާ ކަންކަމާއި، ޤާނޫނީ ސަބަބުގެ މައްޗަށް ބިނާވާ، ފަރުވާތެރިކަމާއެކު ނިންމާ ނިންމުމަކަށް ވާންޖެހޭކަމާއި، އެއާ ޚިލާފަށް، ވަށައިގެންވާ ކަންކަމަށް ރިޢާޔަތްނުކޮށް، ނިންމުން ބިނާކުރާ ޤާނޫނީ ސަބަބުތަކެއް ނުދެއްކޭނަމަ، އެފަދަ ނިންމުމަކީ ޚުދުމުޚުތާރު ނިންމުމަކަށް ވުމުގެ ފުރުސަތު ބޮޑުވެގެންދާނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކން. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާގެ
(ނ) އަދި (ރ) އަށް ބެލުމުން، ދަށު ކޯޓުގެ ފަނޑިޔާރު ގޮތް ނިންމުމުގައި މައިގަނޑު ކަމަކަށް ރިޢާޔަތްކޮށްފައި ނުވާނަމަ/ދަށު ކޯޓުގެ ފަނޑިޔާރު އިޚްތިޔާރުކުރި ގޮތުގެ ސަބަބުން އެކަށީގެންނުވާ ކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވެފައިވާނަމަ، އެ އިޚްތިޔާރުގެ މައްޗަށް އިސްތިއުނާފީ ކޯޓަކަށް ވަދެވިދާނެކަންވެސް އެނގކޭ ން. މި މައްސަލަތަކުގައި ދަށު ކޯޓުން ނިންމި މި ނިންމންތަކަށު ބަލާއިރު، މިއީ އެކަށީގެންވާ ޤާނޫނީ ސަބަބެއްގެ މައްޗަށް ނިންމާފައިވާ ނިންމންތަކެއު ނނކަމާއި، ފަނޑިޔާރު ގޮތް ނިންމުމުގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނނ) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމާއި، އަދި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުން ލާޒިމުކަން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އިން އެނގކޭ ން. ކަން މިހެން އޮތްއިރު، ހެކިންގެ ހެކިބަސް ނަގައި ނިމިފައިވުމަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތިދިއުންކަމަށް ނުބެލެވޭނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމާއި، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ: ...."ޝަރީޢަތނު ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފ ޒު ފޯރުވުމުގެ އިހްތިމާލު ނެތިދިއުންކަމުގައި ނުބެލެވެއެވެ . އެހެނީ، މައްސަލައިގައި ޙުކުމްކުރުމުގެ ކުރިން، ކުރިން ހާޒިރުކޮށްފައިވާ ހެއްކެއް އަލުން ހާޒިރުކުރަންޖެހޭ ހާލަތެއް ކުރިމަތިވެދާނެއެވެ. އަދި މައްސަލައިގައި ޙުކުމްކުރުމުގެ ކުރިއަށް ޝަރީޢަތުން ސާފުކުރަންޖެހޭ ކަމެއް ސާފުކުރުމުގެ ގޮތުން މައްސަލައިގެ އަޑުއެހުން ނިމުނުނަމަވެސް، އަލުން އަޑުއެހުން ހުޅުވާލެވިދާނެއެވެ . މި އެންމެހައި ކަންކަމަކީ ޤާނ ނ ތަސައްވުރުކުރާ ކަންކަމެވެ ". މިފަދައިންކަން. އެ މައްސަލއިގައަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމީ، އެ މައްސަލައިގައި އިސްތިއުނާފު ރައްދުވި މުޙައްމަދު ބިޝާރު އިސްމާޢީލްގެ މައްޗަށް ދަށު ކޯޓުގައި ހިނގަމުންދިޔަ މައްސަލައިގައި ހެކިންގެ ހެކިބަސް ނަގައި ނިމިފައިވީނަމަވެސް، އޭނާ ބަންދުކުރުމަށް ދަށު ކޯޓުން ނިންމުމުގައި ރިޢާޔަތްކުރި، ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމުގެ އިހްތިމާލު އަދިވެސް އެގޮތުގައި ދެމިއޮތްކަމަށް ބެލެވޭކަމަށް ކަން. އިސްތިއުނާފުކުރެވިފައި މިވާ ނިންމުމުގައި، ހެކިބަސް ނަގައި ނިމިފައިވާތީ، ހަމައެކަނި އެ ސަބަބުގެ މައްޗަށް ރިޢާޔަތްކޮށް، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތްކަމަށް ދަށު ކޯޓުން ނިންމި ނިންމުމަކީ ޤާނޫނީ ސަބަބެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްތޯއާއި، އެ ނިންމުމަށް ވާސިލުވުމުގައި، ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށްފައިވޭތއާއި، މިއީ އިންސާފުވެރި ނިންމުމެއްތޯ ބަލާއިރު، މި ސުވާލުތަކުގެ ޖަވާބު ސާފު ކަމާއި، ޖަވާބަކީ، ނނެކޭކަން. ޤާނޫނީ ގޮތުން ފަނޑިޔާރު ތަބާވާންޖެހޭ އުސ ލ ސުޕްރީމް ކޯޓުގެ ނިންމުމަކުން ސާފުކޮށް އެނގެން އެބައޮތްކަމަށާއި، ހެކިބަސް ނަގައި ނިމިފައިވުމަކީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތްކަމަށް ބެލެވޭނެ ޤާނޫނީ ސަބަބެއް ނޫން ކަން. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އެ އުސ ލ އެގޮތަށް އޮތަސް، މި މައްސަލައިގެ ނިސްބަތުން ޙަޤީޤަތުގައިވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނެތިގޮސްފައިވޭތޯ ބަލާއިރު، ދަށު ކޯޓުގެ ނިންމުމަކުން އެފަދަ ސަބަބެއް އޮތްކަން އެނގޭނެ ނެތްކަމާއި، ހާލަތު ބަދަލުވި ސަބަބެއް ކަމަށް ބަޔާންކޮށްފައި އޮތް ހަމައެކަނި ސަބަބަކީ، ހެކިބަސް ނަގައި ނިމިފައިވންކަން. މި މައްސަލައަކީ ޚައްޞާޞް ބޮޑު މައްސަލައެއްކަމާއި، ކުޑަކުދިން ހިމެނޭހެން އެތައް ވިކްޓިމުންގެ ޒާތީ ކަރާމާތާއި އަބުރު ގެއްލޭ ގޮތަށް، އެ މީހުންގެ ޒާތީ ފޮޓޯތައް ވިއްކައި ވިޔަފާރިކޮށް، އެކަމުން ތުހުމަތުކުރެވޭ މީހުން، މާލީ މަންފާ ލިބިގަންނަމުން ދިޔަކަމާއި، މީނާ އިސްދައުރެއް އަދާކޮށް ހިންގި މި ޚިތ ރަތްތެރި ޢަމަލުތަކުން ސަބަބުން، އެ ވިކްޓިމުންނަށް ލިބުނު އަދި ލިބެމުންދާ ގެއްލުންތަކަކީ އިއާދަނުކުރެވޭނެ، ތާއަބަދަށް ދެމި އޮންނާނެ ފަދަ ގެއްލުންތަކއްކަން. ޒުބައިރު ޢަލީ މި ޢަމަލުތައް ހިންގިކަން ސާބިތުކުރުމަށް މީނާއާ ދެކޮޅަށް ގިނަ ހެކި ހުށަހަޅައި، ހެކިބަސް ނެގިފައިވކަމާއި، އޭނާ ބަންދުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި އެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ބޮޑުކަމަށް ދަށު ކޯޓަށް ކުރިން ބުރަވެވިފައި އޮތްއިރު، ޙަޤީޤަތުގައި އެ ޙާލަތަށް އަދިވެސް އެއްވެސް ބަދަލެއް ނާންނަކަމާއި، އެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އަދިވެސް އެބައޮތްކަން. ހެކިބަސް ނަގައި ނިމިފައިވުމަކީ، އެ ހެކިބަހަށް ދެން އެއްވެސް ބަދަލެއް ނުގެނެވި ފައިނަލްވާނެ ކަމެއް ނޫންކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/145,146,154 ޤަޟިއްޔާއިން ބެލުނު މައްސަލަތަކުންވެސް އެނގެއެވެ. އެ މައްސަލަތައް ހައިކޯޓުން ދަށު ކޯޓަށް ތހުވީލުކޮށްފައިވަނަ، ހެކިބަސްދިން ސިއްރު ހެއްކެއްގެ ނަމުގައި، މައްސަލައިގެ ޚުލާސާ ބަޔާންވެސް ހުށަހެޅި ފަހުން، ހެކިބަހުން ރުޖޢަވާކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާތީ، އެ ސިޓީއަކީ ސައްހަ ސިޓީއެއްތޯއާއި، އެއީ ހަޤީޤަތުގައިވެސް އެ ހެކިމީހާ ފޮނުވި ސިޓީއެއް ކަމުގައިވާނަމަ، އެކަމުގެ ސަބަބުން އޭނާ ކުރިން ދިން ހެކިބަހަށް ކުރާނެ އަސަރަކާމެދު ގޮތެއް ނިންމުމަށް ކަން. މި އެންމެހައި ކަންކަމަށް ބަލާއިރު، ދަށު ކޯޓުގެ ނިންމުން ޤާނޫނީ ގޮތުން ރަނގަޅު ނޫންކަން ކަށަވަރުވާކަމާއި، މި މައްސަލައިގައި ދަޢުވާލިބޭ އެހެން މީހެއްގެ ބައިގައި ހެއްކަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ބަލަ މުންދާކަން. ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް އޮތުމުގެ އިތުރުން، މި މައްސަލައިގައި ޙަޤީޤަތުގައި ޒުބައިރު ޢަލީގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމުގެ ހާލަތުވެސް ފިލާގޮސްފައެއް ނުވެއެވެ. ޒުބައިރު ޢަލީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި އަމުރުގައި، ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމަށް ދެކޭ ސަބަބުގެ ތެރޭގައި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތުންކަމަށް ހިމަނާފައި ނެތްނަމަވެސް، ހަމަ އެ އަމުރުގައި، ބަންދުގައި ބަހައްޓަންޖެހޭ ހާލަތަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށް ބަޔާންކޮށްފައިވާކަން. ޒުބައިރު ޢަލީގެ ހައްޔަރާމެދު އެންމެ ފުރަތަމަ ގޮތެއް ނިންމި އަމުރުން ފެށިގެން، މީނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމި އަމުރާ ހަމައަށް ކޯޓުން ނެރެފައިވާ އަމުރުތަކަށް ބަލާއިރު، މީނާ ބަންދުގައި ބެހެއްޓުމަށް ނިންމާ ސަބަބެއްގެ ގޮތުގައި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާއޮތުން ހިމަނާފައި ވާކަން. އެ ހާލަތަކަށް މިހާތަނަށް ބަދަލެއް އައިސްފައިނުވާކަމާއި، ބަދަލެއް އަންނާނެފަދަ ހާލަތެއް މެދުވެރިވެފައިވެސް ނުވާކަން. އަދި، އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ނެތި ގޮސްފައިވާކަމަށް ޒުބައިރު ޢަލީގެ ފަރާތުން، އނާގޭ ބަންދު މުރާޖަޢާކުރުމަށް އެދި ހުށަހެޅި ފޯމުގައި ވަކާލާތުކޮށްފައި ވެސް ނުވާކަން. ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލައިގެ ބާވަތާއި، ޠަބީޢަތާއި، ކުށް ކުރުމުގައި ޒުބައިރު ޢަލީ އަދާކުރަމުންދިޔަ ދައުރާއި، އޭނާގެ ޢަމަލުތަކުގެ ސަބަބުން ވިކްޓިމުންނަށް ލިބުނު އަދި ލިބެމުންދާ ގެއްލުމާއި، ވިކްޓިމުންގެ ތެރޭގައި ކުޑަކުދިން ހިމެނޭތީ، މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަމާމެދު ޝައްކެއް އޮތްކަމަކަށް ދައުލަތުން ނުދެކޭކަން. މި މައްސަލައިގައި ނާޞިފް ޢަލީގެ ބަންދާމެދު ނިންމި ނިންމުމަށް ބަލާއިރު، މިއީ އެކަށީގެންވާ ޤާނޫނީ ސަބަބެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއް ނޫންކަމާއި، މި މައްސަލައިގައި ހެކިބަސް ނަގައި ނިމުމާ ހަމައަށް ނާޞިފް ޢަލީ ބަންދުކޮށްފައި ބެހެއްޓި ސަބަބަށް ނުވަތަ އެހާލަތަށް އައި ބަދަލެއް، ނުވަތަ މައްސަލަ ގޮސްފައި އޮތް މަރުހަލާގެ ސަބަބުން އެ ހާލަތު ނެތްކަމަށް ބަލަންޖެހޭ ޤާނޫނީ ދަލީލެއް ދަށުކޯޓުގެ ނިންމުމުން އެނގެން ނެތްކަން. ނާޞިފް ޢަލީގެ ފަރާތުން ބަންދު މުރާޖަޢާކޮށްދިނުމަށް އެދުނު ސަބަބުގެ ގޮތުގައިވެސް ރިޢާޔަތްކޮށްދިނުމަށް އެދިފައި އޮތީ، ހެކިބަސް ނަގައި ނިމިފައިވާތީ، އެކަމަށާއި، ކުށުގައި މީނާ އަދާކުރި ދައުރަށްކަމާއި، މިއީ މީނާ ބަންދުކުރި ސަބަބަށް ބަދަލެއް ގެނުވި ކަންކަން ނނކަމާއި، މީނާގެ އެންމެ ފުރަތަމަ ބަންދުން ފެށިގެން ދައުލަތުން މީނާގެ މައްޗަށް ތުހުމަތުކުރަމުންދަނީ އަދި ދަޢުވާކޮށްފައިވަނީވެސް، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ލޯންޑަރކުރި ކަމަށް ކަމަށާއި، އެ ހަޤީޤަތް ބަދަލުވެފައިނުވާކަން. ނާޞިފް ޢަލީ ޝަރީޢަތް ނިމެންދެން ބަންދުކުރުމުގައި، އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބެލުމުގައި ކޯޓުން ރިޢާޔަތްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 3 އަދި 4 ވަނަ ނަންބަރުގައި ބަޔާންކުރާ ހަލާތަށްކަމާއ، ނާޞިފް ޢަލީގ މައްޗަށް މަނީ ލޯންޑަރިންގގެ ދަޢުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯތައް ވިޔަފާރި އުޞޫލުން ޕަބްލިޝްކުރަމުން ދިޔަ ޓެލެގްރާމް ޗެނަލެއް ހިންގުމުގައި މީނާގެ ބޮޑު ދައުރެއް އޮތުމުންކަން. އަދި ނާޞިފް ޢަލީއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުން އަދި މައްސަލައިގައި ލިބިފައިވާ ހެކިބަހުން ނާޞިފް ޢަލީ ބަންދުކޮށްފައިވާ ހާލަތު ބަދަލުވެފައިވާ ސަބަބެއް ހާމަނުވާކަން. ވީމާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ބިޝާރު އިސްމާޢީލް) ޤަޟިއްޔާގައި، ބަންދު މުރާޖަޢާކުރާއިރު ބަލަންޖެހޭކަމަށް ބަޔާންކުރާ ކަންކަން މި މައްސަލައަށް ތަޠްބީޤުކުރާއިރު، ޒުބައިރު ޢަލީ ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައިނުވާތީއާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބެލުވުނު ހާލަތަށް ބަދަލެއް އައިސްފައިވާކަން ނުވަތަ ނޫންކަމާމެދު ދަށު ކޯޓުގެ ނިންމުމުގައި އެއްވެސް މިންވަރަކަށް އަލިއަޅުވާފައިނުވާތީއާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތްކަމަށް ނިންމީ ޤާނޫނީ ސަބަބެއްގެ މައްޗަށް ކަމުގައިނުވާތީ، މި ނިންމުމަކީ އިސްތިއުނާފީ ނުކުތާގައި ހަވާލާދީފައިވާ ޤާނޫނީ އަސާސުތަކާ ޚިލާފު ނިންމުމއްކަމަށ ދައުލަތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް
17މ ކޯޓުގި ނަންބަރު 2026/HC-B12/13 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "ކްރިމިނަލް ކޯޓުގް ނަންބަރު B2/AM/2026/02-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް"އިން، ޒުބައިރު ޢަލީ ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނ ނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނ ނ) 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނ ނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅުއްވައިދެއްވައި، ޒުބައިރު ޢަލީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރ J/MA/2024/2273-145 އަމުރުން ނިންމި ހާލަތަށް ބަދަލެއް އައިސްފައިނުވާކަމަށް ކަނޑައަޅުއްވައިދެއްވައި، ޒުބައިރު ޢަލީގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރައްވާ ތާރީޚުން ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް އަންގަވައިދެއްވުން އެދެމެވެ. " މިފަދައިންނެވެ. އަދި މި ކޯޓުގެ ނަންބަރު 2026/HC-B12/14 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "ކްރިމިނަލް ކޯޓުގް ނަންބަރު 03B2/AM/2026/-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް"އިން، ނާޞިފް ޢަލީ ބަންދުން ދޫކޮށްލުމަށް ނިންމެވި ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނ ނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނ ނ ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނ ނ) 60 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނ ނުގެ 59 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނ ނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅުއްވައިދެއްވައި، ނާޞިފް ޢަލީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2024)/SHB/2024/36-B2(613-145 އަމުރުން ނިންމި ހާލަތަށް ބަދަލެއް އައިސްފައިނުވާކަމަށް ކަނޑައަޅުއްވައިދެއްވައި، ނާޞިފް ޢަލީގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރައްވާ ތާރީޚުން ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންވާނެކަމަށް އަންގަވައިދެއްވުން އެދެމެވެ. " އިސްތިއުނާފރައްދުވު ފަރާތތަކް ން ފާހަގަކުރިކަންކނަ
18ޒުބައިރު ޢަލީގެ ފަރާތުން އިސްތިއުނާފުގެ ޖަވާބުގައި ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމުގެ 09 ވަނަ ޞަފްހާ އިސްތިއުނާފުކުރުމަށް ހުށަހަޅާ ފޯމުގެ 09 ވަނަ ޞަފްހާ އެމީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު އެއީ މައޞު މ މީހެއްގެ ގޮތުގައި ބެލުމުގެ ޙައްޤު ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ބެލުމުން ކުށެއްކުރިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ މިނިވަންކަން ހަނިކުރެވޭނީ އެ މާއްދާގައި ބަޔާންކުރާ ހާލަތުގައި އެކަނިކަން ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާކަން. މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ ފަހަރަކު އޭނާގެ މިނިވަންކަން ހިފަހައްޓާ ބަންދުކުރެވިގެން ނުވާނެކަމާއި މި އަސާސް ފުރޮޅާލަންވާނީ ޤާނޫނު ނެގެހެއްޓުމަށް އެނންގޮތެއް ނެތް ހާލަތެއްގައި އިސްތިސްނާއީ ނިހާއީ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ޤަޟިއްޔާގައި ނިންމާފައިވާކަން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހެއްގެ ބަންދު މުރާޖައާކުރާއިރު ފަނޑިޔާރުން ޢަމަލުކުރަންވީ އުޞ ލ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާޙީމް ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިރުފާން ތަޤިއްޔު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން. ކުށެއްގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންވީ އުޞ ލ ސުޕްރީމު ކޯޓުގް ޝަހީބް އިބްރާހީމް ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސލުތަކުންވެސ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމާއި، ފުރަތަމަ ކަމަކަށް އެމީހަކަށް ތުހުމަތުކުރެވޭ ކުށް އޭނާކުރ ކަމަށި ތުހުމަތުކުރެވޭ މިނަވަރަށ ހެކް ހުރިތޯ ނުވަތަ ނޫންތޯ ބަލަންޖެހޭކަމާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިނަމަ ދެން ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުންކުރެ ހާލަތެއް ވުޖޫދުވެފައި ވ ތޯކަން. ޒުބައިރު ޢަލީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އިސްވެ ބުނެވުނު އުސޫލުތަކާ އެއްގޮތަށް ކަމާއި، އެގޮތުން ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ކުރިން ބަޔާންކޮށްފައިވާކަމާއި، ނަމަވެސް އެ އަމުރުގައި ބަންދުކުރަންޖެހޭ ހާލަތު ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާ 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައިގެންކަމާއި، އަދި މިހާލަތު އޮތް ސަބަބުކަމަށް މި މައްސަލައިގައި ބަޔާންކޮށްފައިވަނީ ބަޔާންދީފައިވ ފަރާތަކާ ޒުބައިރު ޢަލީ ނުފޫޒު ފޯރުވޭނެ މަހައްލެއްގައ ތިބި ބައެއްކަމަށް ބެލެވޭތީ، އޭނާ ބަންދުން ދ ކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަށް ބަޔާންކޮށކަން. އެހެންކަމުން، ޒުބައިރު ޢަލީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށްވަނީ، ހެކިބަސް ދޭންތިބި ފަރާތްތަކަށް އޭނާގެ ފަރާތުން ނުފޫޒެއް ފޯރުވުމުގެ އޮތް އޮތުމުގެ މައްޗަށްކަން އެނގޭކަން. ޒުބައިރު ޢަލީ ބަންދުން ދ ކޮށްލުމަށް މި މައްސަލައިގައި ދަށުކޯޓުން ނިންމާފައިވަނީ މި މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވާތީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަވެފައިވާތީކަމާއި، މިފަދައިން ދަށުކޯޓުން ނިންމާފައިވަނީ، ބަންދު މުރާޖައާކުރުމުގައި އަމަލުކުރަންޖެހޭ އުސ ލުގެ ދަށުން ފުރިހަމަވާންޖެހޭ ދެވަނަ ޝަރުތުކަމުގައިވާ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުން ކުރެ ހާލަތެއް ވުޖ ދުވެފައި ނެތުމުގެ ސަބަބުންކަން އަމުރުންވެސ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން. ދިވެހިރާއްޖޭގެ ހައިކޯޓުގެ އަރުޝަދު ޚާލިދު މައްސަލައިގައި ބަންދުގައިހުރި މީހަކު ބަންދުކުރި ސަބަބު ފިލާ ދިޔުމުން ބަންދުން މިނިވަން ކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ނިންމާފައިވާކަން އެނގެން އެބައޮތކަމާއި، އަދި، ނިއުޅެމުންދ ހެކާ ޤަރީނާ ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި ތުހުމަތުކުރެވޭ ފަރާތް ބައިވެރިވުން ކުޑަކަމަށް ފެންނަ ހާލަތުގައި ނުވަތަ، ކުށްކޮށްފައިވާ ހާލަތު، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭ މިންވަރު ކުޑަކަމަށް ބެލެވޭ ހާލަތުގައިވެސް އެފަދަ ފަރާތެއްގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަވުމަކީ އެކަށީގެންވާ އަދި އެސަބަބުގެ މައްޗަށް ބިނާކޮށް ބަންދަށް ލުޔެއް ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން. މި މައްސަލައިގައި ޒުބައިރު ޢަލީ ބަންދުން ދ ކޮށްލުމަށް ދަށުކޯޓުން ނިންމާފައިވަނީ އޭނާގެ މައްޗަށް ދަށުކޯޓުގައި ކުރިއަށް ގެންދާ މައްސަލައިގެ އަޑުއެހުންތަކުގައި ނިއުޅެމުންދިޔަ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބުރަވެ އޭނާގެ ބައިވެރިވުން ކުޑަކަމަށް މައްސަލަ ބެލި ފަނޑިޔާރަށް ފެނުމުން ކަމަށް ގަބލުކުރެވކަން. އެހެންކަމުން، ޒުބައިރު ޢަލީ ބަންދުން ދ ކޮށްލުމަށ ނިންމާފައިވަން ނިންމުމަކީ އެކަށީގެންވާ ޤާނޫނީ ސަބަބުތަކުގެ މައްޗަށް ދަށުކޯޓުން ނިންމާފައިވާ ނިންމުމެއް ކަން. ހެކިބަސް ނަގައި ނިމުނު ކަމުގައިވިޔަސް ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތްކަމަށް ދައުލަތުން ބަޔާންކުރާ ނުކުތާ ބިނާކޮށްފައިއޮތީ، ބިޝާރު އިސްމާޢީލް ޤަޟިއްޔާގެ މައްޗަށް ކަމާއި، ބިޝާރު އިސްމާޢީލްގެ މައްޗަށް އުފުލާފައިވާ ދަޢުވގާ ޒާތުން މައްސަލައިގައި ހެކިބަސް ދޭންތިބި ފަރާތްތަކަކީ، ބިޝާރު އިސްމާޢީލްއ އާއިލާ ގޮތުން ގުޅުން އޮންނާނެ ފަރާތްތަކެއް ކަމުގައި ބަލަންޖެހޭކަމާއި، އެ ޤަޟިއްޔާގައި އޭނާގެ މައްޗަށް ދަށުކޯޓުގައި ހިންގަމުން ދިޔަ ޝަރީޢަތުގައި ހެކިބަސް ނަގައި ނިމުނުކަމުގައިވިޔަސް އޭނާ ބަންދުން ދޫނުކުރަން ނިންމާފައިވަނީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުމުން ކަމުގައި ބެލެވކަން. ނަމަވެސް، ބިޝާރު އިސްމާއީލްގެ މައްޗަށް އުފުލާފައިވާ ދަޢުވާއާ ޒުބައިރު ޢަލީގެ މައްޗަށް އުފުލާފައިވާ ދަޢުވާ ވަރަށް ތަފާތުކަމާއި، ޒުބައިރު ޢަލީގެ މައްސަލައިގައި އޭނާއާ މިހާރު ގާތް ގުޅުމެއް އޮތް އެއްވެސް ފަރާތެއް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިނުވާކަމާއި، އަދި ޒުބައިރު ޢަލީގެ މައްޗަށް ކުރާ އޮރިޔާން ކާޑު އާންމު ކުރުމާ ގެންގުޅުމުގެ ދަޢު ވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެއްވެސް ހެއްކަކު ޒުބައިރު ޢަލީ ދަންނަ ކަމަށް ހެކިބަސް ދީފައިވެސް ނުވާކަން. އެހެންކަމުން، ބިޝާރު އިސްމާޢީލް ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކުރުމަށް އެއްވެސް ޤާނޫނީ ހަމައެއް އޮތްކަމަށް ގަބލުނުކުރާކަމާއި، މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވީ ނަމަވެސް ޒުބައިރު ޢަލީ ބަންދުން ދ ކޮށްލާފައި ހުރުމުން މިހާރު އޭނާ ހެކިވެރިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތީ ކިހިނަކުންކަމެއް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ދައުލަތުން އެއްވެސް ވަރަކަށް ބުނެދީފައިނުވާކން. ދައުލަތުން ފާހަގަކުރި ކަންކަމުގެ މައްޗަށް ބިނާކޮށް، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއް ނެތްކަމާއި، ޒުބައިރު ޢަލީއަކީ އެފަދަ ބާރުވެރި މަޤާމެއްގައި ހުރި މީހެއް ނ ންކަމާއި، އެފަދަ ނުފޫޒެއް އޮތް މީހެއް ނޫންކަމާއި، އެފަދަ ހާލަތެއް ނެތްކަމަށާއި، ހެކިންނަކީ، ކޮންބައެއްކަން ނޭނގޭ ކަމާއި، އެހެންކަމުން، އެމީހުންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއް ނޯންނާނެކަން. ދަށުކޯޓުން ޒުބައިރު ޢަލީ ޝަރީޢަތް ނިމެންދެން ބަންދުކުރީ މި މައްސަލައިގެ ޒާތާއި ބާވަތަށް ބަލައި ކަމަށް ދައުލަތުން ފާހަގަކޮށް، އަމުރުގައި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތުމުން، އ ސަބަބަށްޓަކައި ބަންދުކުރިކަމަށް ފާހަގަކޮށްފައިވާކަމާއި، ޒުބައިރު ޢަލީ އެންމެ ފުރަތަމަ ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރަށް ބަލާއިރު، ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި އޮތީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީކަމަށް ވީ ނަމަވެސް، އޭގެ ތަފްސީލް އޮތީ، ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ފަނޑިޔާރަށް ފެނުނު ސަބަބަކީ މައްސަލައިގައި ބަޔާންދީފައިވާ ފަރާތްތަކަކީ މީނާއަށް ނުފ ޒުފޯރުވޭނެ މަހައްލެއްގައ ތިބި ބައެއް ކަމަށް ބެލެވޭތީ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބަލާފއިކަން. ބަންދު މަރު ޖައާ ކުރާ އާރުވެސ ހާލަތް ބަދަލުވެފައިވޭތީ ބަލާއިރުވެސް ފަނޑިޔާރު ބަލަންޖެހެނީ އޭރު އޮތް ހާލަތާއި ފަހުން މައްސަލަ ކުރިއަށް ގެންގޮސް ބަންދުން ދ ކޮށްލި ދުވަހު އޮތް ހާލަތުގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލަށ އެއްވެސް ކަހަލަ ބަދަލެއް އައިސްފައިވޭތޯ ކަމާއި، އެ ސަބަބު ބަންދުން ދ ކޮށްލަނ ނެރުން އަމުރުގައި މައްސަލައިގައި ހުރިހާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައިވާކަން.
ނާޞިފް ޢަލީގެ ފަރާތުން ފާހަގަކުރި ކަންކަން
19ނާޞިފް ޢަލީގެ ފަރާތުން އިސްތިއުނާފުގެ ޖަވާބުގައި ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ނާޞިފް ޢަލީގެ މައްޗަށް ތުހުމަތުކުރެވި ބަންދުގެ މުއްދަތު އިތުރުކުރަމުން އައީ އޮރިޔާން ކާޑު ގެންގުޅުމާއި އާންމުކުރުން ފަދަ ކުށްތަކުގައި ކަމަށާއި، ޝަރީއަތް ނިމެންދެން ނާޞިފް ޢަލީ ބަންދުކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ހެކި ނައްތާލުމުގެ އިހްތިމާލު އޮތްކަމަށް ބަލާފައިކަމާއި، ޝަރީއަތުގެ މަރުޙަލާއާ ހަމައަށް ދިޔައިރު ނާޞިފް ޢަލީ ގެ މައްޗަށް ކޮށްފައިވަނީ ހަމައެކަނި މަނީ ލޯންޑްރިންގ ކުށުގެ ދަޢުވާކްން. އެހެންކަމުން، ޝަރީއަތް ނިމެންދެން ބަންދުކުރިއިރާއި، މުރާޖަޢާކޮށް ބަންދުން ދ ކޮށްލިއިރު، ނާޞިފް ޢަލީގެ ހާލަތު ބަދަލުވެފައިވާކަން. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމާއި، ނާޞިފް ޢަލީ ބަންދުން ދ ކޮށްލީ ހެކިބަސް ނަގައި ނިމުނުފަހުންކަމާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްތޯ ބަލާއިރު، ބިޝާރު އިސްމާޢީލް ޤަޟިއްޔާއާ ދއަ ލަތުން ހަވާލާދިން ނަމަވެސް، ދެ މައްސަލައިގެ ކަން ހިނގިގޮތް ވަރަށް ތަފާތު ކަމަށާއި، މި މައްސަލައިގައި އެ ޤަޟިއްޔާއަށް ބުރަވުމަކީ ފަނޑިޔރުގާ އިޚްތިޔާރުގައި އޮތްކަމެއް ކަން. ހެކިބަސް ނަގައިނިމުމަށްފަހު ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއް ނޯންނާނެކަމަށާއި، ސިއްރު ހެކިންގެ ހެކިބަސްތައް ހިމެނޭ މައްސަލައެއްގައި އެއީ ކޮން ފަރާތްތަކެއްކަން ނޭނގޭއިރު ހެއްކަން ނުފޫޒު ފޯރުވުމުގެ އިހްތިމާލު ނޯންނާނެކަން. ނާޞިފް ޢަލީ ބަންދުކުރި ސަބަބަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުން ކަމަށްވާއިރު، އެ ހާލަތު އޮތްކަމަށް މިހާރު ބެލެވެން ނެތްކަމާއި، ފަނޑިޔާރަށް މިހާލަތު ވަޒަންކުރުން އެއީ ފަނޑިޔާރުގެ އިޚްތިޔާރުގއަ އޮތްކަމެއްކަ ން. މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވޭތޯ ނުވޭތޯ ފަނޑިޔާރަށް ދެނެގަނެވޭނީ އޭނާގެ މައްޗަށް ހުރި ހެކިތަކަށް ބަލައިގެން ކަމަށާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުންނަ ހާލަތުގައި ފަނޑިޔާރަށް ދެ ގޮތަކަށް ޢަމަލުކުރެވިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަމާއި، އެއީ، ކަފާލާ ތުގެ ދަށުން ދޫކުރުމާއި ކޯޓުން ކަނޑައަޅާ ޝަރުޠުތަކެއްގެ ދަށުން ދކުރުންކަން. ނާޞިފް ޢަލީގެ މައްޗަށް ހެކި ހުރިނަމަވެސް، ހެކި ވަޒަންކޮށް، އޭނާ ދ ކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިފައިވާކަމަށާއި އެގޮތަށް ފަނޑިޔާރު ޢަމަލުކޮށްފައިވާކަން. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ފަނޑިޔާރުގެ އިޚްތިޔާރު ބަޔާންކޮށްފައިވާކަމާއި، ދެފަރާތުން ހުށަހަޅާ ކަންތައްތަކުގެ އިތުރުން ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާއިރު، ނާޞިފް ޢަލީގެ މައްޗަށް ކުރެވުނު ތުހުމަތު ބަދަލުވެފައިވާކަން.
އިސްތިއުނާފރައްދުވު ފަރާތތަކް ން އެދޭގޮތް
20އިސްތިއުނާފ ރައްދުވު ޒުބައިރު ޢަލީ އަދި ނާޞިފް ޢަލީގެ ފަރާތުންވެސް އެދިފައިވަނީ އިސްތިއުނާފުކޮށްފައިވާ ދަށުކޯޓުގެ ނިންމުންތަކަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް
21މި މައްސަލައަކީ، ޒުބައިރު ޢަލީ އާއި ނާޞިފް ޢަލީ ބަންދުގައި ބހެއްޓުމަށެ 6 (ހއެއް) ފަހަރެއްގެ މަތިން ދަށުކޯޓުން އަމުރުކުރުމަށްފަހު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރު މުރާޖަޢާކޮށް، ޝަރުޠުތަކާއެކު އެ ދެމީހުންގެ ބަންދުން ދ ކޮށްލުމަށ ކުރް އަމުރި ގުޅާ މައްސަލައެކެވެ. މި އިސްތިއުނާފަކީ، އެ ދެ މީހުން ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވަނިކޮށް، ބަންދުން ދ ކޮށްލުމަށް އަމުރުކޮށްފައިވަނީ، ކުރިން ބަންދުކުރި ހާލަތު ބަދަލު ވެގެންކަމަށް ކަނޑައެޅި ކަނޑައެޅުމަކީ ރަނގަޅު ނިންމުމެއްކަމާމެދު އުފެދޭ ސުވާލުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައި އޮތް އިސްތިއުނާފެކެވެ.
22HN1ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިރުފާން ތަޤިއްޔު ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދު މުރާޖަޢާކުރަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 60 ވަނަ މާއްދާއާއި، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރޭގައި ކަމަށެވެ. އެ ތަރަހައިގެ ބޭރުން، އަޞްލު މައްސަލައިގެ ޝަރީޢަތުގައި ހުށަހެޅޭ ހެކިތަކުން ހާމަވާ ކަންކަމަށް ރިޢާޔަތްކޮށްގެން ނުވާނެކަމަށެވެ. އަދި ބަންދު މުރާޖައާކުރ ފަނޑިޔާރާ ބަލަންވާނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ ކަމަށާއި، އެކަން ކުރާނީ އެންމެ ފުރަތަމަވެސް ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އެހީ ހޯދި ވަސީލަތްތަކުގެ ބޭނުންކޮށްގެން ކަމަށެވެ. ބަންދު މުރާޖަޢާކުރުމުގައި އަޞްލު މައްސަލައިގެ ޝަރީޢަތުގައި ހިނގާ އެއްވެސް ކަމަކަށް ފަނޑިޔާރު ރިޢާޔަތްކޮށްގެން ނުވާނެކަމަށެވެ.
23ޝަރީޢަތް ނިމެންދެން ޒުބައިރު ޢަލީ ބަންދުކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު J/MA/2024/2273-145 "ކޯޓު އަމުރު"ން އަމުރުކޮށްފައިވަނީ، މި މައްސަލައިގައި ބަޔާން ދީފައިވާ ފަރާތްތަކަކީ މީނާއަށް ނުފޫޒު ފޯރުވޭނެ މަހައްލެއްގައ ތިބި ބައެއް ކަމަށް ބެލެވޭތީއާއި، މީނާ ބަންދުން ދ ކޮށްލައިފިނަމަ ހެއްކަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ވުޖދުވެފައިވާތީ ކަމަށް ބަޔާންކޮށެވެ.
24HN3ޝަރީޢަތް ނިމެންދެން ނާޞިފް ޢަލީ ބަންދުކުރުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2024)/SHB/2024/36-B2(613-145 ކޯޓު އަމުރުން ނިންމާފައިވަނީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (3) އަދި (4) ވަނަ ނަންބަރުގައި ބަޔާންކުރާ [2024]SC 14 ޤާނ ނ ނަންބަރު 2016/12 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއާއި، ޓެލެގްރާމްގައ ހިންގި ޗެނަލްއަކަށް ދައްކާ ސަބްސްކްރިޕްޝަން ފީ މީނާގެ އެކައުންޓަށް ޖަމާވަމުންދާކަމާއި، އެ ފައިސާ ލޯންޑަރކޮށްފައިވާކަމަށް މީނާގެ މައްޗަށް ތުހުމަތުކުރެވޭއިރު، މީނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
25HN2ހެކިންގެ ހެކިބަސް ނަގައި ނިމިފައިވުމަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތިދިއުންކަމަށް ނުބެލެވޭނެކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ކަނޑައަޅާފައި ވެއެވެ. އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ: ...."ޝަރީޢަތނު ހެކިންގެ ހެކިބަސް ނެގިފައިވުމަކީ ހެކިންނަށް ނުފ ޒު ފޯރުވުމުގެ އިހްތިމާލު ނެތިދިއުންކަމުގައި ނުބެލެވެއެވެ . އެހެނީ، މައްސަލައިގައި ޙުކުމްކުރުމުގެ ކުރިން، ހާޒިރުކޮށްފައިވާ ހެއްކެއް އަލުން ހާޒިރުކުރަންޖެހޭ ހާލަތެއް ކުރިމަތިވެދާނެއެވެ. އަދި މައްސަލައިގައި ޙުކުމްކުރުމުގެ ކުރިއަށް ޝަރީޢަތުން ސާފުކުރަންޖެހޭ ކަމެއް ސާފުކުރުމުގެ ގޮތުން މައްސަލައިގެ އަޑުއެހުން ނިމުނުނަމަވެސް، އަލުން އަޑުއެހުން ހުޅުވާލެވިދާނެއެވެ. މި އެންމެހައި ކަންކަމަކީ ޤާނ ނ ތަސައްވުރުކުރާ ކަންކަމެވެ ". މިފަދައިންނެވެ. ޒުބައިރު ޢަލީ ޝަރީޢަތް ނިމެންދެން ބަންދުކުރި އަމުރުގައި، ސާފުކޮށް ބަޔާންކޮށްފައިވަނީ ހެކިބަސްދޭން ތިބި މީހުންނަކީ އޭނާއަށް ނުފޫޒު ފޯރުވޭފަދަ މަހައްލެއްގައ ތިބި ބައެއްކަމެވެ. އެހެންކަމުން، ހެކިބަސް ނަގައި ނިމުމަކީ މި ސަބަބަށް ބަދަލެއް އަންނާނެ ކަމެއް ކަމަށް އަހުރެން ނުދެކެމެވެ.
26ނާޞިފް ޢަލީ ބަންދުން ދ ކުރުމުގައިވެސް، ފަނޑިޔާރު ބުރަވެފައިވަނީ، މައްސަލައިގެ ޝަރީޢަތް ކުރިއަށް ގޮސްފައިވާ ހިސާބަށާއި، ހެކިބަސް ނަގައިނިމިފައިވާތީ އެކަމުގެ މައްޗަށްކަން، ބަންދު މުރާޖަޢާކޮށް ނިންމިގޮތުނ އެނގެން އޮތްއިރު، މިކަމުގެ ސަބަބުން، އޭނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަވާގޮތެއް ޤާނޫނީ ހަމައަކުން ހަމަ ދެއްކުމާއެކ ދަށު ކޯޓުގު ފަނޑިޔާރު ބުނެދީފައިވާކަމަށް އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަގޮތް
27އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/02-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" އަދި ކްރިމިނަލް ކޯޓުގެ ނަންބަރު B2/AM/2026/03-145 "ބަންދު މުރާޖަޢާކޮށް ނިންމިގޮތް" ބާޠިލުކުރަންޖެހޭކަމަށް ދެކެމެވެ.
28މިއަދުން ފެށގެނި 02 (ދޭއ) ދުވަހުގެ ތެރޭގައް ޒުބައިރު ޢަލީ އަދި ނާޞިފް ޢަލީގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގިނަވެގެން މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަންގަން ފެނެއެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
29އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައ ފ އިބްރާހީމްގެ ރައް ޔު
30އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާ (ށ) (ރ)
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (3) އަދި (4)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) (ދައުލަތުގެ ބަހުސްގައި)
- ސުޕްރީމް ކޯޓު 2024/SC-A/19 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ބިޝާރު އިސްމާޢީލް)
- ސުޕްރީމް ކޯޓު [2024] SC 14 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިރުފާން ތަޤިއްޔު)
- ސުޕްރީމް ކޯޓު 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓު 2022/SC-A/26 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ - ދައުލަތުގެ ބަހުސްގައި)
- ހައިކޯޓު 2022/HC-A/145,146,154 (ދައުލަތުގެ ބަހުސްގައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.