ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/30

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް ވ. ޢާއިޝަތު ޢަބްދުﷲދީދީ އަދި އިތުރު 10 މީހުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 28 އޮކްޓޫބަރު 2026ދަށު ކޯޓު: ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓު 15/P7C/2010ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓު 15/P7C/2010
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ވާޤިޢާ
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 15/P7C/2010 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތުގެ އަޑުއެހުމަށް ޙާޟިރުވުމުގެ އަމުރު ރައްދުވި ނަމަވެސް އިސްތިއުނާފުކުރި ފަރާތް ޙާޟިރުނުވެ، މަޤްބޫލު ސަބަބެއްވެސް ނާންގާނަމަ، އިސްތިއުނާފުގެ ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ކޯޓުގެ ސަބަބުތައް
28 އޮކްޓޫބަރު 2026 ގައި ބޭއްވުނު ޝަރީޢަތަށް ޙާޟިރުވުމުގެ އަމުރު އިސްތިއުނާފުކުރި ފަރާތުގެ ވަކީލަށް ރައްދުވި ނަމަވެސް ޙާޟިރުނުވުމާއި، މަޤްބޫލު ސަބަބެއް ނާންގާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރެވުނެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ދަޢުވާ ފޯމު ބާޠިލު (އިސްތިއުނާފުކުރި ފަރާތް ޙާޟިރުނުވާތީ)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު މަމްޝޫޤް މަރުޒޫޤު، ލޯސްޕެކްޓިވް ލލޕ
ބެންޗު
ޙަސަން ޝަފީޢު (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
ޙަސަން ޝަފީޢު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

މާލެ، ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: ‎2023/HC-A/30‎

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ޖަނަވަރީ 2023

* ބާޠިލުކުރި ތާރީޚް: 28 އޮކްޓޫބަރު 2026

4އިސްތިއުނާފްކުރި ފަރާތް:

* ފުރިހަމަ ނަން: ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް

5އިސްތިއުނާފް ރައްދުވި ފަރާތްތައް:

* ފުރިހަމަ ނަން: ޢާއިޝަތު ޢަބްދުﷲދީދީ

* ފުރިހަމަ ނަން: އިބްރާހީމް އަޙްމަދުދީދީ

* ފުރިހަމަ ނަން: ސަޢުދުﷲ އަޙްމަދު

* ފުރިހަމަ ނަން: ޙުޝާމް އަޙްމަދު

* ފުރިހަމަ ނަން: މޫސާ އަޙްމަދުދީދީ

* ފުރިހަމަ ނަން: މުޙައްމަދު އަޙްމަދުދީދީ

* ފުރިހަމަ ނަން: ޢަޒީމް އަޙްމަދު

* ފުރިހަމަ ނަން: މަރްޔަމް އަޙްމަދުދީދީ

* ފުރިހަމަ ނަން: ފަރިޔާދު އަޙްމަދުދީދީ

* ފުރިހަމަ ނަން: ނަސްރީނާ އަޙްމަދުދީދީ

* ފުރިހަމަ ނަން: ފާޠިމަތު ސާރިޔާ

6ހުށަހެޅިފައިވާ މައްސަލަ:

މިއީ، ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ‎15/P7C/2010‎ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެވެ.

7ހައިކޯޓުން ނިންމި ގޮތް:

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ‎15/P7C/2010‎ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ބަލަމުންދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2023/HC-A/30‎ ޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށްޓަކައި 2026 އޮކްޓޫބަރު 28 ވަނަ ދުވަހުގެ 13:00 ގައި ބޭއްވުމަށްޓަކައި ފޮނުވުނު، ނަންބަރު ‎95-B6/CHT/2026/4017‎ (22 އޮކްޓޫބަރު 2026) "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ ފަރާތުން މިކޯޓުގައި ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ލޯ ފަރމް، ލޯސްޕެކްޓިވް އެލް.އެލް.ޕީގެ ވަކީލު، މުޙައްމަދު މަމްޝޫޤް މަރުޒޫޤުއަށް ރައްދުވެ، އަދި އޭގެ ފަހުން އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުވެފައި ނުވާތީއާއި، އަދި ގަޑިއަށް ޙާޟިރުވެވެން ނެތް މަޤްބޫލު ސަބަބުވެސް ކޯޓަށް އަންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2023/HC-A/30‎ ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ފުޓްނޯޓު

  1. މި ޤަޟިއްޔާ ހުށަހެޅުނުއިރު، އިސްތިއުނާފު ރައްދުވާ ފަރާތްކަމަށްވާ، އަޙްމަދު މޫސާދީދީ، 27 އެޕްރީލް 2024 ގައި ނިޔާވެފައިވާތީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ގޮތުގައި ހިމަނާފައިމިވަނީ، އަޙްމަދު މޫސާދީދީގެ ވާރިސުންކަމަށް ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-P7C-CIV-13 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ފަރާތްތަކެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ