ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނަޒީދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 355/Cr-C/2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ކުށްވެރިކޮށް 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު އަދަބު ކަނޑައަޅައި، އޭގެ ތެރެއިން ބާކީ 1 އަހަރާއި 2 މަހާއި 12 ދުވަސް ޤާނޫނުލްޢުޤޫބާތުގެ 1202 އަދި 1005 ވަނަ މާއްދާގެ ދަށުން ގޭބަންދަށް ބަދަލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- އެޕާޓްމަންޓެއް ކުއްޔަށް ހިފައި، އެހެން ފަރާތަކަށް 15 އަހަރަށް ކުއްޔަށް ދެވޭނެ ކަމަށް ޞައްޙަނޫން އެއްބަސްވުމެއް ދައްކައިގެން ފައިސާ ނެގި ކަމަށް ޓެކުމުގެ ދަޢުވާ ކުރިއެވެ. ތުހުމަތުކުރެވުނު ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު އަދަބަކަށް އިޢުތިރާފުގެ އެއްބަސްވުމެއް ވެ، ކްރިމިނަލް ކޯޓުން އެ އެއްބަސްވުން ބަލައިގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޕްރޮސިކިއުޓަރ ޖެނެރަލްއާއި ތުހުމަތުކުރެވޭ ފަރާތާ ދެމެދު ވި އިޢުތިރާފުގެ އެއްބަސްވުން ކޯޓުން ބަލައިގަތުމަށްފަހު، ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބު އެއްހަމަކުރުމުގެ (conversion) ބާރު ބޭނުންކޮށް، އެއްބަސްވި ޖަލު އަދަބުގެ ބައެއް ގޭބަންދަށް ބަދަލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ އެއްބަސްވުން ބަލައިގަތުމަށްފަހު އެއާ ފުށުއަރާގޮތަށް އަދަބު ކަނޑައެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 (ރ) އާއި 162 (ރ) އާ ޚިލާފު ކަމެއް ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ ލުއިގޮތަކަށް ޙުކުމްކުރެވޭނަމަ އެދޭ ކަމަށާއި ނަމަވެސް ޗެލެންޖް ނުކުރާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަޣުލަބިއްޔަތުގެ ރައުޔުގައި، ބަލައިގަތް އިޢުތިރާފުގެ އެއްބަސްވުމަކީ ބަނދެވޭ އެއްބަސްވުމެއް ކަމަށާއި، 108 (ރ) އާއި 162 (ރ) ގެ ސާފު ލަފްޒުން އަދަބު ކަނޑައަޅަންވާނީ އެއްބަސްވުމުގައިވާ ގޮތަށް ކަމަށާއި، އުނިއިތުރު ގެނައުމުގެ އިޚްތިޔާރެއް ފަނޑިޔާރަށް ނެތް ކަމަށް ކަނޑައެޅިއެވެ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: ދަށުކޯޓުގެ ޙުކުމުގެ (ނ) އަދި (ރ) ބާޠިލު (އިޢުތިރާފުގެ އެއްބަސްވުމުގައިވާ ޖަލު އަދަބު ޤާއިމް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިޢުތިރާފުގެ އެއްބަސްވުމެއް ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމައިފިނަމަ، އެއީ ދެފަރާތް ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެކެވެ؛ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އާއި (4 ވަނަ އިޞްލާޙުގެ ކުރިން) 162 ވަނަ މާއްދާގެ (ރ) ގެ ދަށުން އަދަބު ކަނޑައަޅަންވާނީ އެ އެއްބަސްވުމުގައި އެއްބަސްވި ގޮތުގެ މަތިންނެވެ.
HN2 އިޢުތިރާފުގެ އެއްބަސްވުމުގެ އަސާސީ މަޤްސަދަކީ ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނު ހުއްދަކުރާ މިންވަރަށް ލުއި އަދަބެއް ލިބިދިނުމެވެ (103 އަދި 104 ވަނަ މާއްދާ)؛ ބަލައިގަތުމަށްފަހު އެއްބަސްވުމުގައިވާ އަދަބަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރެއް ޤާނޫނުގައި ފަނޑިޔާރަށް ލިބިދީފައެއް ނުވެއެވެ.
HN3 އިޢުތިރާފުގެ އެއްބަސްވުން ބަލައިގަނެފައިވާ ޙާލަތުގައި ދަށު ކޯޓުން ކަނޑައަޅަންޖެހޭނީ އެއްބަސްވުމުގައިވާ އަދަބެވެ؛ އެއާ ޚިލާފަށް ޖަލު އަދަބުގެ ބައެއް ގޭބަންދަށް ބަދަލުކޮށް ކުރާ ޙުކުމުގެ އެބައި ބާޠިލުވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޙަސީން
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ފާޠިމަތު ފަރްހީޒާ
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ ކ ރ މިނަލުކޯޓުގެ ނަންބަރ 355/Cr-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށެހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވާ ފަރާތަކީ ޅ.ހިންނަވަރު، […] އިބްރާހީމް ނަޒީދު )ދރއ( އެވެ.
މައްސަލައިގެ ފަސްފަހަތް
2ޅ. ހިންނަވަރު، […] އިބްރާހީމް ނަޒީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރ 2C/202-rC/355 ޤަޟިއްޔާގައި ޓެކުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރިއެވެ.
3މި ދަޢުވާ ކުރި ސަބަބަކީ އިބްރާހީމް ނަޒީދު، މާލެ […] ގޭގެ G702 އެޕާޓްމަންޓް ޖުމްލަ 5 )ފަހެއް( އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށްފަހު،އިބްރާހީމް ނަޒީދްއަށް އްއެޕާޓްމަންޓް އެހެނ ފަރާތަކަށް ކުއްޔަށް ދެވޭނެ ކަމަށާއި، މީނާއަށް އެޕާޓްމަންޓް 15 )ފަނަރަ( އަހަރު ދުވަހުގެ މުއްދަތަށް ލިބިފައިވާކަމަށް ބަޔާންކުރާ ޞައްޙަނޫން އެއްބަސްވުމެއް ހަދައި، އެ ޞައްޙަނޫން އެއްބަސްވުން ދައްކައިގެން، އެ ގޭގެ G702 އެޕާޓްމަންޓް ގއ.ކަނޑުހުޅުދޫ، […] މުޞްތަފާ ޙުސައިންއަށް 13 ނޮވެންބަރު 2019 ދުވަހުން ފެށިގެން 13 ނޮވެންބަރު 2025 ގެ ނިޔަލަށް ޖުމްލަ 6 )ހައެއް( އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް 13 ނޮވެންބަރު 2019 ދުވަހު އެއްބަސްވުމުގައި ސޮއިކޮށް، މުޞްތަފާ ޙުސައިންގެ އަތުން -/612000ރ. )ހަލައްކަ ބާރަހާސް ރުފިޔާ( އާއި އެޑްވާންސްގެ ގޮތުގައި -/40000ރ. )ސާޅީސްހާސް . ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 212 ވަނަ މާއްދާގެ )ހ( ގެ )1( އަދި )3( ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުގެ ދަށުން ކުރި ދައުވާ ރުފިޔާ( ނީގފައިވާ ކަމަށް ބަޔާންކޮށެވެ. ދައުލަތުން އެ ދައުވާގައި އެދިފައިވަނީ ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢޫބާތު( ގެ 212 ވަނަ މާއްދާގެ )ހ( ގެ )1( އަދި )3( ވަނަ ނަންބަރުގެ ދަށުން ޓެކުމުގެ ކުށުން އިބްރާހީމް ނަޒީދު ކުށްވެރިވެއްޖެކަމަށ ކަނޑައަޅައިދިނުމަށާއި،މިކަމުގެ ސަބަބުން މުޞްތަފާ ޙުސައިންއަށް ލިބިފައިވާ ފައިސާގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/558500ރ. )ފަސްލައްކަ ފަންސާސް އަށްހާސް ފަސްސަތޭކަ ރުފިޔާ( އިބްރާހީމް ނަޒީދުގެ އަތުން ނަގައިދިނުމަށެވެ.
4އެ ޤަޟިއްޔާގައި ކުރެވުނު ދައުވާއާ ގުޅިގެން ޝަރީޢަތުގައި އިބްރާހީމް ނަޒީދު ދައުވާއަށް އިއުތިރާފްވެ، އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަނ ފާހަގަކޮށްފައިވެއެވެ.
5އޭގެ ފަހުން 29 ސެޕްޓެންބަރު 2022 ތާރީޚުގައި، އިބްރާހީމް ނަޒީދުއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުން ދަށު ކޯޓަށް ހުށަހެޅުމުން، އެ އެއްބަސްވުން ބަލައިގަތްކަން ދަށު ކޯޓުން ކަނޑައަޅާފައިވެއެވެ. އެ އެއްބަސްވުމުގައި ވަނީ ކަނޑައެޅޭނެ އަދަބަކީ 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމުގެ އަދަބެއްކަމަށެވެ.
6އެއަށްފަހު އަވަސްނިޔާގެ އަޑުއެހުމެއް ބާއްވާ، އިބްރާހީމް ނަޒީދުގެ އިޢުތިރާފް ދަމަހައްޓާފައިވާތީ، ސައްޙަ އިއުތިރާފެއް ކަމަށް ކަނޑައަޅާ،ކުށް ސާބިތުވާކަމަށް ކަނޑައަޅާ އަދަބާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ދެފަރާތަށް ދެވިފައިވެއެވެ.
7އަދަބާމެދު ވާހަކަދައްކަމުން އިބްރާހީމް ނަޒީދު އެދިފައިވަނީއަދަބު ކަނޑައެޅުމުގައި ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުގެ މިންވަރެއް ޖުރުމާނާއަށް ނުވަތަގޭބަންދަށް ބަދަލުކޮށް މަސްހުނި އަދަބެއް ކަނޑައަޅައިދިނުމަށް ކަމަށް ދަށު ކޯޓުން ފާހަގަކޮށްފައިވެއެވެ.
. އިއުތިރާފު އެއްބަސްވުމުގެ 10.1 ވަނަ މާއްދާ
8ޕްރޮސިކިއުޓަރ ޖެނެރަލް އާއި އިބްރާހީމް ނަޒީދު އާ ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ، އެއްބަސްވުމުގައިވާ އަދަބު ކަނޑައަޅަންޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގެ 14.2 ވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވ. އެގޮތުން ކަނޑައެޅޭނެ 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމުގެ އަދަބެއްކަމަށް ހަމަ މި ނުކުތާގައި ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
9ނަމަވެސް އިބްރާހީމް ނަޒީދުގެ ފަރާތުން އަދަބު ލުއިކޮށްދިނުމަށް އެދިފައިވާތީ ކަމަށް ބަޔާންކޮށް، އެ ޖަލު އަދަބުގެ އެއްބައި،ގޭގައި ބަންދުކުރުމުގެ އަދަބަށް ބަދަލުކޮށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ އަންނަނިވ ފަދައިންނެވެ. ކްރިމިނަލް ކޯޓުގެ ޙުކުމް "ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިނ ހުރުމުން ؛ )ހ( ޤާނޫނު ނަންބަރ 2014/9 )ދިވެހިރާއްޖޭގެޤނޫނުލްޢޫބާތު( ގ 212 ވަނަ މާއްދާގެ )ހ( ގެ )1( އަދި )3( ވަނަ ނަންބަރުގެ ދަށުން ޓެކުމުގެ ކުށުން ޅ. ހިންނަވަރު، […] އިބްރާހީމް ނަޒީދު ކުށްވެރިވެއްޖެކަމަށް )ށ( މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ ޤާނޫނު ނަންބަރ 104 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢޫބާތު( ގެ 210 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާއި އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ )ހ( ގެ ދަށުން އިބްރާހީމް ނަޒީދު
2 )ދޭއް( އަހަރާއި 4 )ހަތަރެއް( މަހާއި 24 )ސައުވީސް( ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށް، )ނ( އިބްރާހީމް ނަޒީދގެ މައްޗަށް ކަނޑައެޅުން 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުމުގެ އަދަބުގެ ތެރެއިން
1 )އެކެއް( އަހަރާއި 2 )ދޭއް( މަހާއި 12 )ބާރަ( ދުވަހަކީ އިބްރާހީމް ނަޒީދު ތަންފީޒުކުރަންޖެހޭ ޖަލު އަދަބުކަމަށް )ރ( އަދި ކަނޑައެޅުނު އަބަދުގެ ބާކީ 1 )އެކެއް( އަހަރާއި 2 )ދޭއް( މަހާއި 12 )ބާރަ( ދުވަހަށް ޖަލަށްލުމުގެ މުއްދަތު، ޤާނޫނު ނަންބަރ 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގެ 1202 ވަނަ މާއްދާއާއި އެ ޤާނޫނުގެ 1005 ވަނަ މާއްދާގެ )ހ( ގެ ދަށުން، 2 )ދޭއް( އަހަރާއި 4 )ހަތަރެއް( މަހާއި 24 )ސައުވީސ( ދުވަހަށް ގޭގައް ބަންދުކުރުމުގެ އަދަބަކަށް ބަދަލުކޮށް، )ބ( އިބްރާހީމް ނަޒީދު ކުޅަ މި ކުށުގެ ސަބަބުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި -/558500ރ. )ފަސްލައްކަ ފަންސާސް އަށްހާސް ފަސްސަތޭކަ ރުފިޔާ( ގެއްލުން ލިބުނު ފަރާތުގެ ހައިސިއްޔަތުން، ގއ.ކަނޑުހުޅުދޫ، […] މުޞްތަފާ ޙުސައިންއަށް އިބްރާހީމް ނަޒީދު ދޭންޖެހޭކުމަށާއި މި ފައިސާއަކީ އިބްރާހީމް ނަޒީދުގެ މައްޗަށް ސާބިތު ދަރަންޏެއްކަމަށް، ޤާނޫނު ނަންބަރ 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 189 ވަނަ މާއްދާގެ ދަށުން )ޅ( މުޞްތަފާ ޙުސައިންއަށް މި ފައިސާ ލިބިދިނުމުގެ ގޮތުން، މިއަދު )15 ނޮވެންބަރު 2022( ން ފެށިގެން 6 )ހައެއް( މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށް ޖެހޭ މިންވަރުގެ ފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް އިބްރާހީމް ނަޒީދުއަށް އަންގައި، މި ގޮތުގެ މަތިން ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ."
10ކްރިމިނަލްކޯޓުގެ ނަންބަރ 355/Cr-C/2022 ޤަޟިއްޔާގައި އިއުތިރާފްގެ އެއްބަސްވުމާ ފުށުއަރާގޮތަށް އަދަބު ކަނޑައަޅާފައިވާކަމަށް ދެކިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
11ކިރް މިނަލުކޯޓުގެ ނަންބަރ 355/Cr-C/2022 ޤަޟިއްޔާއިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުނީ ހުށަހަ ޅާފައިވަނ 1 )އެކެއް( ނުކުތާއެވެ. • އެ ނުކުތާ އަކީ: ކްރް މިނަލުކޯޓުގެ ނަންބަރ 355/Cr-C/2022 ޤަޟިއްޔާގައި، މ މައްސަލައިގައި ވެފައިއޮތް އިޢުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަބު ނޫން އަދަބެއް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 108 ވަނަ މާއްދާގެ )ރ( އާއި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ )ރ( އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާފަރާތުގެ ވާހަކަ
12އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުން މައިގަނޑުގޮތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ،ޕްރޮސިކިއުޓަރ ޖެނެރަލް އާއި އިބްރާހީމް ނަޒީދުއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވަނިކޮށް، އަދި އެ އެއްބަސްވުން ދަށު ކޯޓުން ބަލައިގަތުމަށްފަހު، އެ އެއްބަސްވުމާ ފުށުއަރާގޮތަށް ދަށު ކޯޓުން އަދަބު ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ )ރ( އާއި އެ ޤާނޫނުގެ 162 ވަނަ މާއްދާގެ )ރ( އާ ޚިލާފަށްކަމަށެވެ. އެގޮތުން އެ މާއްދާތަކުގައި ސާފުކޮށް އޮތީ އިއުތިރާފުގ އެއްބަސްވުން ބަލައިގަތުމަށް ކޯޓުން ނިންމައިފިނަމަ، އެއްބަސްވުމުގައިވާ އަދަބު ކަނޑައެޅުމަށް ކަމަށެވެ.
13މި މައްސަލަ ހިންގުމަށްޓަކައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައި ދަށު ކޯޓުން ކަނޑައެޅި އަދަބު ތަންފީޛްކުރަން އިބްރާހީމް ނަޒީދު އަދި ފަށާފައިނުވާކަމަށެވެ. އެހެންކަމުން ދައުލަތުން އެދިފައްވަނީ ދަށު ކޯޓުގެ ޙުކުމުގައި އިބްރާހީމް ނަޒީދުގ އަދަބު ކަނޑައަޅާފައިވާ ބައި ބާޠިލްކޮށް، ދެފަރާތުގެ މެދުގައި އޮތް އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް 2 )ދޭއް( އަހަރާއި 4 )ހަތަރެއް( މަހާއި 24 )ސައުވީސް( ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްދިނުމަށެވެ.
އިސްތިއުނާފުރައްދުވާފަރާތުގެ ވާހަކަ
14ޖަވާބުގައި އިބްރާހީމް ނަޒީދުގެ ފަރާތުން ފާހަގަކޮށްފައިވަނީމި މައްސަލައިގައި ލުއި ގޮތަކަށް ޙުކުމް ކުރެވެން އޮތް ނަމަ އެފަދައިން އެކަން ކޮށްދިނުމަށް އެދޭ ކަމަށާއި ނަމަވެސް މިއީ އިއުތިރާފުގެ އެއްބަސްވުމެއް ވެފައިއޮތް މައްސަލައެއްކަމަށްވާތީ، މި މައްސަލައިގައި ޗެލެންޖު ނުކުރާ ކަމަށާއި، މައްސަލަ އަވަސްކޮށްދިނުމަށް އެދޭ ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުން ޝަރީޢަތުން ބަލައިގަތުމަށް ނިންމުމަށްފަހު، އެ އެއްބަސްވުމުގައިވާ އަދަބަށް އުނިއިތުރު ގެނެސް، އަދަބު ކަނޑައެޅުމުގެ އާންމުއުސޫލު ތަޠުބީޤުކުރެވިދާނެތޯ؟
15HN1ފުރަތަމަ ކމަކަ، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކުށުގެ ތުހުމަތުގައިވާ ނުވަތަ ދައުވާލުބި މީހާއިދެމެދ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައްބަޔާންކުރާގޮތުގެ މްތިނައިއުތިރާފުގެ އެއްބަސްވުމެއްވެ، އެ އެއްބަސްވުނ ބަލައިގަތުމަށ މައްސަލަ ބަލާ ފަނޑިޔާރެ ނިންމާ ހިސާބުން، އެ އޮތީ ދެފަރާތުގެ މެދުގައި ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ވވފައެވެ. މިފަދައިން އަހުރެން މި ފާހަގަކުރަނީކުށުގެ ތުހުމަތުގައިވާ މީހާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތިން ވެވިދާނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ހަމަ އެ ޤާނޫނުގެ 108 ވަނަ މާއްދާގެ )ރ( ގައި އެ އެއްބަސްވުން ބަލައިގަތުމުގެ ނުވަތަ ބަލައިނުގަތުމަށް ނުވަތަ ބަދަލު ކުރުމަށް އެންގުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާތީއެވެ. އެގޮތުން އ މާއްދާގެ )ރ( ގައި އޮތީ އަންނަނިވި ފަދައިންނެވެ.
108 )ރ( މި މާއްދާގެ ދަށުން ހުށަހަޅާ އެއްބަސްވުމަކް، އެހާތަނަށް މައްސަލައިގައި ލިބިފައިވާ ހެއްކަށް ބަލާއިރު،ނުވަތަ މައްސަލައިގައި ކނަ ހިނގާފައިވާ ގޮތަށް ބަލާއިރާ،މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމަށް އެކަށީގެންވާ މިންވަރަކަށް ރިޢާޔަތްކުރުމެއްނެތި ހުށަހަޅާފައިވާ އެއްބަސްވުމެއްނަމ، އެ އެއްބަސްވުމާމެދު އަލުން ވިސްނުމަށް އެންގުމުގެ ބާރު، ނުވަތަ އެއްބަސްވުން ބުލައިނުގަތުމަށް ނިންމުމުގެ ބާރެ،މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. މި މާއްދާގެ )ނ( ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުންނަމި،އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައު،އެ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ފަނޑިޔާރު އަދަބު ކަނޑައަޅައި، ޙުކުމްކުރަންވާނެއެވެ .
16HN2އިސްވެ ފާހަގަކުރެވުނު ފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ މީހާއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވުން ޤާނޫނުގައެހުއްދަ ކޮށްފައިވާއިރު، އެ އެއްބަސްވުން އެކުލަވާލުމުގީއެންމެއަސާސ އެއިބޭނުމަކ އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައްކަމާއި ލުއި އަދަބަކަށް އެއްބަސްވުމަށް ނުވަތަ ދައުވާލިބޭ ފަރާތަށް ލުއި ލިބޭގޮތަށް އެއްބަސްވުމެއް ވުންކަނ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 103 ވަނަ މާއްދާ އާއި 104 ވަނަ މާއްދާގެ)ހ( އާއެ)ނ( ގ 4 ވަނަ ނަންބަރު އަދި )ކ( އެއް ރޮއްޖަކުން ކިއުމުން ސާފުކޮށް ދޭހަވެއެވެ. އެގޮތުން އެ މާއްދާތަކުގައި އޮތީ އަންނަނިވި ފަދައިންނެވެ.
103ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހަކު، މި ޤާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ނަސޭހަތް ދިނުމަށްފަހު ދަޢުވާ ނުކޮށް ދޫކޮށްލުމަށް ޝަރުޠު ހަމަވާ މީހެއް ކަމުގައިނުވާނަމަ، ނުވަތަ އޭނާގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކުށަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރަޖެނެރަލްއަށ ފެނިއްޖެނަމެ، އޭނާގެ އަދަބު ލުއިކޮށްދިނުމަށް ހުށަހެޅުމަށްޓަކައި މި ޤާނޫނުގެ 104 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިޢުތިރާފުގެ އެއްބަސްވުމެއް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ވެވިދާނެއެވެ.
104)ހ( ކުށުގެ ތުހުމަތުގައިވާ މީހަކު، ތަޙްޤީޤު މަރުޙަލާގައި،ނުވަތަ އޭނާގެ މައްޗަށް ދަޢުވާ އުފުލޭ ޙާލަތުގައި އިބްތިދާއީ އަޑުއެހުން ނިމުމުގެ ކުރިން ކުށަށް އިޢުތިރާފުވެއްޖެނަމ، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން އޭނާއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
104 )ނ( މި މާއްދާގު)ހ( ގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހަކު ކުށަށް އިޢުތިރާފުވާ ޙާލަތުގައި، އޭނާއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވާންވާނީ، އަންނަނިވި ކަންކަން ފުރިހަމަވާނަމައެވެ. ...އަދި )4( އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ދައުލަތުން ދިނުމަށް ހުށަހަޅާ ލުއިތަކަކު، ދަޢުވާ ލިބޭ ފަރާތުން ފޯރުކޮށްދޭ މަޢުލޫމާތުން އުފައްދައިދޭ ނަތީޖާއާ ވަޒަންހަމަވ ލުއިތަކަކަށްވުނ.
104 )ކ( މި މާއްދާގެ ދަށުން ވެވޭ އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރެވޭނީ އަންނަނިވި ގޮތުގެމަތިންނެވެ"...
17ހަމައެހެންމެ މިފަދައިން މިކަން ކަނޑައެޅިފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ މީހާއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަނީ، ޤާނޫނުގައި ހުއްދަކުރާ މިންގަނޑަކުން ލުއި އަދަބެއް ލިބިގެންދާ ގޮތަށެވެ.މި މައްސަލައިގައި އޮތް އިއުތިރާފުގެ އެއްބަސްވުން ހެދިފައިވަނީވެސް އެފަދައިން ކުށުގެ އަސާސީ އަދަބަށްވުރެ ލުއި އަދަބެއް ކަނޑައެޅޭނެ ގޮތުގެ މަތިން އެއްބަސްވެގެންނެވ.
18މީގެ އިތުރުން، މި އިއުތިރާފު އެއްބަސްވުންދަށު ކޯޓުން ވަނީ ބަލައިގަނެފައެވެ. ދެން އުފެދޭ ސުވާލަކީ ޕްރޮސިއުޓަރ ޖެނެރަލްއާއި ދައުވާލިބޭފަރާތާ ދެމެދު ލުއި އަދަބަކަށް އެއްބަސްވެ، އިއުތިރާފުގެ އެއްބަސްވުމެއް ވެފައި ވަނިކޮށް، އެ އަދަބަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބޭތޯއެވެ. މިސުވާލާމެދު ރިޢާޔަތްކުރުމުގައި އިޢުތިރާފު އެއްބަސްވުން ބަލައިގަންނަ ހާލަތުގައި ޤާނޫނު ބުނަނީ ކީކޭތޯ . އިއުތިރާފު އެއްބަސްވުމުގެ 6 ވަނަ މާއްދާ ބަލާލާނަމެވެ. އެގޮތުން ކުރިންވެސް ފާހަގަކުރެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ )ރ( ގައި ސާފުކޮށް ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
108 ..." (ރ) މި މާއްދާގެ )ނ( ގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުންނަމ، އިތުރު އަޑުއެހުމެއް ބޭއްވުމަކާ ނުލައި،އެ ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިން ފަނޑިޔާރު އަދަބު ކަނޑައަޅައި، ޙުކުމްކުރަންވާނެއެވ".
19މީގެ އިތުރުން މި މައްސަލަ ދަށު ކޯޓުން ނިންމިއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު 12 11 އައިސްފައިނުވާތީ، އެއިރު އެ ޤާނޫނުގެ 162 ވަނަ މާއްދާގެ )ރ( ގައި އޮތީ އަންނަނިވި ފަދައިންނެވެ.
162 )ރ( ދަޢުވާ ލިބޭ ފަރާތކަ، މި ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ،އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ އެއްބަސްވުމެއްނަމީ،އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނެ،އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންނެވެ.
20އެހެންކަމުން މި މާއްދާތަކަށް އެކުގައި ބެލުމުން މި މާއްދާތަކުގެ ސާފު އިބާރާތުން އެނގެން އޮތް ކަމަކީ އިއުތިރާފުގެ އެއްބަސްވުމެއް ބަލައިގަތުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމައިފިނަމަ، އެ އެއްބަސްވުމަކީ ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް ކަމާއި، ކުށަށް އަދަބު ކަނޑައަޅަންވާނީ އެ އެއްބަސްވުމުގައިވާގޮތުގ މަތިން ކަމެވެ. އަދި އެ އެއްބަސްވުމަކީ ކޯޓަށް ހުށަހެޅޭއިރުވެސް،ޕްރޮސިކިއުޓަރ ޖެނެރަލް އާއި ދައުވާލިބޭ ފަރާތާ ދެމެދު ލުއި އަދަބަކަށް އެއްބަސްވި،އެގޮތުގެ މަތިން އެކުލަވާލާފައިވާ އެއްބަސްވުމަކަށްވާއިރު، އަދި އެ އެއްބަސްވުން ބަލައިގަތުމަށް ނިންމުމަށްފަހު އެ އެއްބަސްވުމުގައިވާ އަދަބަށް އުނިއްތުރު ގެނައުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް އޮތް އިޚްތިޔާރެއް ނޫންކަމެވެ. އަދި އަމުދުން ދައުވާލިބޭ ފަރާތަށް އާޚިރުގައި ޕްރޮސިކިއުޓަރ . އެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާހުގެ ދަށުން 162 ވަނަ މާއްދާގެ )ރ( ވަނީ އުނިކުރެވިފައެވެ. ޖެނެރަލްގެ ފަރާތުން އެއްބަސްވި ލުޔަށްވުރެ، ބުރަ ބޮޑުވާގޮތަށް އަދަބު ބަދަލުކޮށްގެން ނުވާނެއެވެ. އެހެނީ އިއުތިރާފުގެ އެއްބަސްވުނާބަލައިގނެފައިވަ ހާލަތުގައި، އެ އެއްބަސްވުމަށް ޢަމަލުކުރުމާމެދު ކަންކަން ބަޔާންކޮށްފައިވާ އިސްވެ ފާހަގަކުރެވުނު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައެއްވެސް މާއްދާއެއްގައިމައްސަލ ބަލާ ފަނޑިޔާރަށް އެ އެއްބަސްވުމުގައިވާ ކަމަކަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ލިބިދީފައިނެތެވެ.އަދި އެއީ ދައުވާލިބޭ ފަރާތަށް ލުއިލިބޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެކުލަވާލާ އިއުތިރާފުގ އެއްބަސްވުމުގެ މަޤްސަދާވެސް ޚިލާފުކަމެއް ކަމުގައި ދެކެމެވެ.
21HN3ޕްރޮސިކިއުޓަރ ޖެނެރަލް އާއި އިބްރާހީމް ނަޒީދުއާ ދެމެދު އޮތް އިއުތިރާފުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ އިއުތިރާފުވުމުގެ ސަބަބުން ކަނޑައެޅޭނެ އަދަބަކީ 2 )ދޭއް( އަހަރާއި 4 )ހަތަރެއް( މަހާއި
24 )ސައުވީސް( ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި -/558500ރ. )ފަސްލައްކަ ފަންސާސް އަށްހާސް ފަސްސަތޭކަ ރުފިޔާ( ނަގައިދިނުމަށެވެ. އެހެންކަމުން ދަށު ކޯޓުން ހަޤީޤަތުގައި ކަނޑައަޅަންޖެހޭނީ އިއުތިރާފުގެ އެއްބަސްވުމުގައިވާ މި އަދަބެވެ.
ނިންމަން ފެންނަގޮތް
22އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލުކޯޓގެ ނަންބަރު 355/Cr-C/2022 ޤަޟިއްޔާގެ ޙުކުމުގެ )ނ( އަދި )ރ( ގައި ބަޔާންކޮށްފައިވާކަންކަން ބާޠިލްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ. . ދަށުކޯޓަށް ހުށަހެޅުނު އިއުތިރާފުގެ އެއްބަސްވުމުގެ 10، 10.1 އަދި 10.2 ވ ނ ނަންބަރު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛
23މިއިސްތިއުނާފުގައި އުފެދިފައިވާ ބަހުޘަކީ، އިޢުތިރާފުގެ އެއްބަސްވުމުގައިވާ އަދަބުގެ ބާވަތަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯ އުފެދޭ ބަހުޘެވެ. އިޢުތިރާފު އެއްބަސްވުމުގައިވާ އަދަބުގެ ބާވަތް ބަދަލުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭތޯ؟
24އިސްތިއުނާފީ ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ )ނ( އާއި އެޤާނޫނުގެ 162 ވަނަ މާއްދާގައި، އިޢުތިރާފުގެ އެއްބަސްވުމަކީ ޝަރީޢަތަށް ބަލައިގަނެފައިވާ އެއްބަސްވުމެއް ނަމަ އަދަބު ކަނޑައަޅަންވާން،އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އިޢުތިރާފު އެއްބަސްވުން ބަލައިގަތުމަށް ފަހު، ދެފަރާތުން އެއްބަސްވެފައިވާ އަދަބަށް އެއްވެސް ބަދަލެއް ގެނައުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންނުވާ ކަމަށެވެ.
25ދަށު ކޯޓު ރިޕޯޓަށް ބެލުމުން، ދައުވާއާއި ގުޅިގެން ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ޝަރީޢަތުން ބަލައިގެންފައިވާތީ، އެއްބަސްވުމުގައި ވާ އަދަބު ކަނޑައަޅަން ޖެހޭކަމުގައި ފަނޑިޔާރު ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގެ ދަށުން ކުށްވެރިޔާގެ މައްޗަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި އެމިންވަރުގެ އެހެން އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވާތީ، އެއްބަސްވްމުގައި ބަޔާންކުރާ އަދަބު )އަސްލީ އަދަބު( ގެ ގޮތުގައި ކަނޑައެޅުމަށްފަހު އެއާ އެއް ހަމަ އެހެން އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށ މިމައްސަލައިގައި ހިމެނޭ އިޢުތިރާފުގެ އެއްބަސްވުން ހެދުނު ފަހުން މިމާއްދާ އިޞްލާޙުކޮށްފައިވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 355/Cr-C/2022 ޝަރީޢަތް ނިމުނު ގޮތުގެ 14.2
26ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ ސަބަބުން ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1202 ވަނަ މާއްދާގެ ދަށުން އަދަބު އެއް ހަމަކުރުމަށް ފަނޑިޔާރަށް ލިބޭ ބާރު ހަނިވެގެންދޭތޯއެވެ. މިފަރަޤު ދަނެގަތުމަށްޓަކައި އަދަބު އެއްހަމަކުރުމަކީ ކޮބައިކަމާއި، އިޢުތިރާފުގެ އެއްބަސް ވުމަކީ ކޮބައިތޯއާއި މިދެމަފްހޫމްގެ މަޤްސަދާއި ޤާނޫނު ފަރުމާ ކުރެވިފައިވާ ގޮތުން މިދެމަރުހަލާގައި ކޯޓަށާއި ޕްރޮސިކިއުޝަނަށް ލިބިދީފައިވާ އަދި ހަނިކުރެވިފައިވާ ބާރުތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.
އަދަބު އެއްހަމަކުރުން
27މިމައްސަލަނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމަށްފަހު ވެސް ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލުކުރުމަކީ،ލިބިފައިވާ އިޚްތިޔާރެއް ކަމަށެވެ. ޤާނޫނީ އަސާސެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަކޮށްފައިވަނ، ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާއާއި 1202 ވަނަ މާއްދާއެވެ.
28ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގައި ބަޔާންކުރާ ކުށަކާ ގުޅޭގޮތުން އަދަބު ކަނޑައަޅާނަމަ، އަދަބު ކަނޑައަޅަންވާނީ، އެ ޤާނޫނުގެ ތިންވަނަ ބައިގައި ބަޔާންވެގެންވާ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑާއި، އަދަބު ކަނޑައެޅުމުގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 159 ވަނަ މާއްދާގައި ބަޔާންކުރެއެވެ. ކްރިމިނަލް ކޯޓުގެ ނަންބަރު C/2022-Cr/355 ޝަރީޢަތް ނިމުނު ގޮތުގެ 14.3.3 އބޙ
29އެޤާނޫނުގެ 3 ވަނަ ބަޔަކު "ކަނޑައެޅޭނެ އަދަބު މިންވަރު" މިސުރުޙީގެ ދަށުން އަދަބާއިގުޅޭ އުޞޫލުތައް ބަޔާންކުރާ ބ އ ވެ. އެގޮތުން ޤާނޫނުގެ 1002 ވަނަ މާއްދާގައި "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކުރާ ތާވަލެއް" ހިމެނިފައިވާއިރު، 1001 ވަނަ މާއްދާގެ )ނ( ގައި "މި މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށުގެ ދަރަޖަ ބަޔާންކުރާ ކޮލަމްގެ ގޮޅިއާގުޅޭ، މި މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައި މަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރު"ކަމަށް ބަޔާންކޮށްފައިވެއެވެ.
30މިމައްސަލަ ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ އަދަބު ކަނޑައެޅުމަށް ފަހު، ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލުކުރުމަކަށް ހުރަހެއް ނެތް ކަމަށެވެ. ޤާނޫނީ އަސާސެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަކޮށްފައިވަނ، ޤާނޫނުލްއުޤޫބާތުގެ 1005 ވަނަ މާއްދާގެ )ހ( އާއި ޝަރެ ޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ 25 ވަނަ މާއްދާއަށެވެ.
31ޤާނޫނުލްޢުޤޫބާތުގެ 1004 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނ އަންނަނިވި ފަދައިންނެވެ. "މި ޤާނޫނުގެ 1002 ވަނަ މާއްދާގައިވާ "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ގައި ކުށެއްގެ އަދަބުގައި ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅާފައިވާނެއެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައެޅޭނެ ޖަލުގެ މުއްދަތާ އެއް މިންވަރެއްގެ އެހެން އަދަބެއް ނުވަތަ ތަފާތު އެކިއެކި ބާވަތުގެ އަދަބުތައް އެއްކުރުމަށްފަހު ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތާ އެއްހަމަ އަދަބު އެކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިދާނެއެވެ. މިގޮތުން ކަނޑައެޅޭ އަދަބުގެ މުއްދަތާއި ބާވަތް ވާންވާނީ މި ޤާނޫނުގެ 1005 ވެނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެމަތިންނެވެ."
32ބުނެވުނު މާއްދާގެ ދަށުން ޤާނޫނުން ބަލައިގަނެފައިވާ މ އުޞޫލަކީ، އަދަބު އެއް ހަމަކުރނ )(conversion of sentence ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ބާވަތް ބަދަލުކުރުމުގެ މަފްހޫމެވެ. ކުށަށް ކްރިމިނަލް ކޯޓުގެ ނަންބަރު 355/Cr-C/2022 ޝަރީޢަތް ނިމުނު ގޮތުގެ 14.3.3 ކަނޑައެޅޭ އަދަބު އެއާ އެއްމިންވަރެއްގެ އެހެން ބާވަތެއްގާ އަދަބަކަށް ބަދަލުކުރުމެވެ. މިއީ ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅިފައިވާ އަދަބުގެ ދަރަޖަ ބަދަލު ކުރުމާ )mitigate & aggrevate( ތަފާތު މަފްހޫމެކެވެ.
33އަދަބުގެ ދަރަޖަ ބަދަލުކުރާއިރު، އަދަބުގެ މިންވަރަށް ބަދަލެއް އާދެއެވެ. މިސާލަކަށް ޖިނާޔަތު 1 ދަރަޖައިގެ ކުށުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 10 އަހަރެވެ. ޤާނޫނުގައި ކަނޑައެޅިފައިވާ އަސާސެއްގެ )ކުށަށް އިއުތިރާފުވުމުނ 1 ދަރަޖަ ލުއިވުން( މައްޗަށް ބިނާކޮށް 1 ދަރަޖަ ލުއި ވެއްޖެނަމަ، ކަނޑައެޅޭ އަދަބަ 7 އަހަރާއި 6 މަހަށް ލުއިވެގެން ދެއެވެ. އެހެންނަމަވެސް، އެއްހަމަ ކުރާއިރު، އަދަބާ އެއްމިންވަރެއްގ އަދަބެއް އެހެން ބާވަތަކުން ކަނޑައެޅުމުގެ އިޚްތިޔާރު ޤާނޫނުން ކޯޓަށް ލިބިދެއެވެ. މިސާލަކަށް، 1 އަހަރުގެ ޖަލު ބަންދަކީ 72,000/- ރ. ނުވަތަ އެއްއަހަރުގެ އާމްދަނީ )ދެޢަދަދުން ބޮޑު ޢަދަދެއް( އެއްހަމަ އަދަބެއް ކަމަށް ޤާނޫނ ގައި ކަނޑައެޅިފައިވާތީ، އެއްއަހަރުގެ ޖަލު ބަންދު، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާގޮތުގެ މަތިން، ބުނެވުނު ޢަދަދުގެ ޖޫރިމަނާއަކަށް ބަދަލުކޮށް ޙުކުމްކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބެއެވެ.
34އަދަބު އެއް ހަމަކުރުމުން، އަދަބު ތަންފީޛުކުރުމުގައި މީހާއަށް ލުއިތަކެއް ލިބިގެންދާކަމީ ޝައްކެއް އޮތް ކަމެއް ވެސް ނޫނެވެ. އަދަބު އެއް ހަމަކުރުމުގެ މަފްހޫމް ޤާނޫނުން ބަލައިގަތުމުގެ މައިގަނޑު މަޤްސަދަކީ ވެސް، މައްސަލައިގެ ޙާލަތަށް ބަލައި ކުށްވެރިޔާ އަނބުރާ މޖުތަމައުއަށް ގެނައުމަށް އެންމެ ބޮޑަށް ބާރު އަޅާ އަދަބުގެ ބާވަތް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިދިނުމެވެ.
އެއްބަސްވެވިގެން އުފުލޭ ދައުވާ
35ޖިނާއީ ކުށުގެ ތަޙްޤީޤުތައް ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށާއި، އެފަދަތަޙްޤީޤުތަކާއި ޝަރީޢަތްތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމުގެ މަޤްސަދު ހާސިލުކުރުމުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތައް - ޤާނޫނުލްއުޤޫބާތުގެ 1100ވަނަ މާއްދާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގ 1005 ވަނަ މާއްދާ ބޭނުމުގައި ދުނިޔޭގެ ގިނަ ޖިނާއީ ޢަދުލުގެ ނިޒާމުތައް ބަލައިގަނެފައިވާ ޤާނޫނީ އެއް އިޖުރާއަތަކީ "ޕްލީ ބާގެއިނިންގ"ގެ އުޞޫލުތަކާއި ހަމަތަކެވެ.
36ޕްލީ ބާގެއިނިންގްއަކީ، މުއްތަހަމާއި ދައުލަތާއި ދެމެދު ކުރެވޭ މަޝްވަރާގެ މައްޗަށް ބިނާކޮށް، ލުއި އަދަބެއް ނުވަތަ އެހެނިހެން އިނާޔަތްތަކެއް ލިބުމުގެ މުޤާބިލުގައި ތުހުމަތަށް ނުވަތަ ދައުވާއަށް އިޢުތިރާފުވުމަށ އެއްބަސްވާ ޤާނޫނީ އިޖުރާއަތެކެވް.މިގޮތުން، ބޮޑު ކުށަކަށް ތުހުމަތުކުރެވޭ ޙާލަތުގައި އެދައުވާ ކުރުމުގެ ބަދަލުގައި އެއަށްވުރެ ކުޑަ ކުށަކަށް ދައުވާކުރެވި އެކުށަށް އިޢުތިރާފުވުމަށް އެއްބަސްވުނ،ގިނަ ދައުވާތައް ކުރެވެން އޮތް ޙާލަތެއްގައި އެއް ދައުވާއެއް ކުރުމަށާއި އެދައުވާއަށް އިޢުތިރާފުވުމަށް އެއްބަސްވުން ހިމެނެއެވެ.
37ޕްލީ ބާގެއިނިންގްގެ މިއިންތިޒާމް ޖިނާއީ ޢަދުލުގެ ނިޒާމުތަކުން ބަލައިގަންނަނީ، މިއިންތިޒާމްގެ ސަބަބުނ ދައުލަތަށާއި، ޝަރުޢީ ކޯޓުތަކަށާއި، އަދި ތުހުމަތުކުރެވޭ ފަރާތްތަކަށާއި މުޖުތަމަޢަށް،ޖުމުލަގޮތެއްގައިފަސޭހ ލުއިތަކެއް ލިބޭތީއެވެ. ދައުވާ ލިބޭ ފަރާތުގެ މައްޗަށް ވަކި ކުށެއް ސާބިތުވާނެ ކަމުގެ ޔަޤީންކަން ދައުލަތަށް ލިބޭއިރު، ދައުވާ ލިބޭ ފަރާތަށް ޝަރީއަތުގައި ކުރިމަތިވެދާނެ ބޮޑު އަދަބަށް ވުރެ ކުޑަ އަދަބެއް ކަނޑައެޅެއެވެ. ޝަރީއަތ ދިގު މަރުހަލާތައް ފުރިހަމަކުރަންޖެހޭ މައްސަލަތައް މަދުވެ އިންސާފުގެ ރާސްތާ ކުރުވގެންދެއެވެ.
38ޖިނާއީ އިޖުރާއަތުގެ ޤާނޫނުންޕްލީ ބާގެއިނިންގގ މިއުޞޫލު ބަލައިގަނެފައިވަނީ، އެޤާނޫނުގެ 98 ވަނަ މާއްދާއާއި، 104 ވަނަ މާއްދާއާއި، 162 ވަނަ މާއްދާއިންނެވެ.ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިނުކުދިކުދި ކުށް ކުރާ މީހުން އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އ މީހުންނަށް އިތުރު ފުރުޞަތު ދީ، މުޖުތަމަޢަށް ރުޖޫޢަވެ، މުޖުތަމަޢުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މިއްޗަށް ކުށުގެ ދަޢުވާކުރުމުގެ ބަދަލުގައި ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 2 ވަނަ މާއްދާގެ )ހ(- މަޤްސަދު ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނު ނޞޭޙަ ތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވެއެވެ. މިގޮތުން،1 )އެކެއް( އަހަރު ދުވަހަށް ވުރެ ދިގު ނޫން ޖަލުގެ އަދަބު ކަނޑައެޅޭ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބަދަލުގައި ނަސޭޙަތްދީ މައްސަލަ ނިންމުމުގެ ފުރުސަތު ޤާނޫނުގެ 98 ވަނަ މާއްދާގެ )ނ( އިން ލިބެއެވެ.
39ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާއިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމަށް ނުވަތަ މުއްތަހަމުގެ ހުށަހެޅުމަށް، ދެފަރާތުގެ ދެމެދުގައި އިޢުތިރާފުގްއެއްބަސްވުމެއް ވެވިދާނެ ކަން އެނގެއެވެ. މ ގޮތުން މިމާއްދާގައިވާ ޝަރުޠުތަކަށް ބަލާއިރު، މިބާވަތުގެ އެއްބަސްވުމަކަށް ވަނުމުގައި މީހާ ކުށަށް އިޢުތިރާފުވަނީ ކުށުގެ ރުކުންތަކާއި އުންސުރުތަށް ތަފްސީލުކޮށް ކަށަވަރުކޮށްކަމާއް،ތަޙްޤީޤަށް ހޯދިފައިވާ ހޯދުންތަކުން އިޢުތިރާފަށް ވާގިވެރިވުމުގެ އިތުރުން، އިޢުތިރާފުވާ ކަންތައްތަކާއި،ތަޙްޤީޤުގައި ހޯދިފައިވާ ހޯދުންތަކާއި އެކަށީގެންވާ ނިސްބަތަށް ދިމާވާން ޖެހޭއިރު، ދައުލަތުން ހުށަހަޅާ ލުއިތަކާއި މުއްތަހަމު ފޯރުކޮށްދޭ މަޢުލޫމާތުން އުފައްދާ ނަތީޖާ ވަޒަން ހަމަވާންޖެހޭ ކަން އެނގެއެވެ. މިޝަރުޠުތަކުން މިބާވަތުގެ އެއްބަސްވުމަށް ދެފަރާތުންވެސް ވަންނަނީ އެއްބަސްވުމުގެ ސަބަބުން ދެފަރާތުން ވެސް ހާސިލުކުރަން ބޭނުންވާ ވަރަށް ޚާއްސަ ވަކި މަޤްސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ދެފަރާތުގެ މައްޗަށް ޙަކަމެއްގެ ގޮތުގައި ބޭނުންކުރުމަށްކަނ ސާފެވެ.
40މިމައްސަލްއަ ގައި ހިމެނޭ އެއްބަސްވުމަށް ވަންއިރު، ޤާނޫނުގެ މިމާއްދާ މަތީގައި ބުނެވުނު މިންވަރަށް ތަފްސީލެއް ނޫނެވެ. އެހެންނަމަވެސް، އޭރުވެސް ޤާނޫނުގެ 104 ވަނަ މާއްދާގެ )ހ( ގައި،ތުހުމަތުކުރެވޭ މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފްވެއްޖެނަމ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއް ވެވިދާނެކަމަށ ޖިނާއީ އިޖުރާއަތު ޤާނޫނު 97 ވަނަ މާއްދާގެ ހ() ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ހަތަރުވަނަ އިސްލާހު ގެނައުމުގެ ކުރިން ބަޔާންކޮށްފައިވެއެވެ. އަދި،ތުހުމަތުކުރެވޭ މީހާ ކުށަށް އިޢުތިރާފުވޭތޯ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ ކަންތައްތަކުގެ ތެރޭގައި އޭނާގެ މައްޗަށް އިތުރު ދަޢުވާއެއް ނުކުރާނެކަމަށް ހުށަޅުމާއި،އޭނާގެ މައްޗަށް ކޮށްފައިވާ ބައެއް ދަޢުވާ އަނބުރާ ގެންދެވިދާނެކަމަށް ހުށަހެޅުމާއި، އަދި ކުށުގެ އަދަބު ލުއިކޮށްދޭން އެދޭނަމަ، އަދަބު ލުއިކޮށްދެވިދާނެ ގޮތްތަކެއް ހުށަހެޅިދާނެ ކަމަށް ޤާނޫނުގެ 96 ވަނަ މާއްދާގައި އޭރު އަދަބު ލުއިކުރުމަށް ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް އޮތް ބާރު
41މިމައްސަލަ ހިނގަމުން ދިޔައިރު ޢަމަލުކުރެވެމުން ދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. )"ށ ( މްމާއްދާގެދަށުނެވެވެއިޢުތިރާފުގްއެއްބަސްވުމެއްގުދަށުނީއަދަބ ލުއިކޮށްދެވޭނި،އެކުށަކަށްޤާނޫނުގައެކަނޑައެޅިފައިވ އެންމްކުޑެއަދަބަށްވުރެދަށެނުވާނ އަދަބެކެވެ. ނުވަތް،ޤާނޫނުގައިއެކުށަށްކުޑައަދަބެއ ކަނޑައެޅިފައިނުވާނަމާ،އެކުށަށް ކަނޑައެޅިފައިވް އަދަބުގެދެބައިކުޅައެއްބަޔަށަވުރެ ކުޑެނުވާނ އަދަބެކެވެ".
42މިމައްސަލައިގައި ހިމެނޭ ދައުވާއަކީ، ޤާނޫނުލްޢުޤޫބާތުގެ ގެ ދަށުން އުފުލިފައިވާ ދައުވާއެކެވެ. ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ކޮންމެ ކުށަކީ ދަރަޖަކުރެވިގެންވާ ކުށެކެވެ.އެޤާނޫނުގެ ދަށުން ކަނޑައެޅޭނެ އަދަބު 1001 ވަނަ މާއްދާގައި ބަޔާންކުރަމުން، ޤާނޫނުގެ 1 ވަނަ ބަޔާއި 2 ވަނަ ބައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 1002 ވަނަ މާއްދާގެ އަލީގައި "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 4 ވަނަ އިޞްލާޙްގެ ދަށުން 96 ވަނަ މާއްދާ ވަނީ އުވާލާފައި ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ހަތަރުވަނަ އިސްލާހު ގެނައުމުގެ ކުރިން 9/2014 ޤާނޫނުލްޢުޤޫބާތުގެ 90 ވަނަ މާއްދާ ކަނޑައަޅަންވާނެކަމަށާއި، 1002 ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ ކަންތައްތަކުގެ އަލީގައި އަދަބުގެ މިންވަރު މައްޗަށް ޖައްސަންޖެހޭ ޙާލަތްތައް އެއްކޮށް، އެއިން އަދަބުގެ މިންވަރުން ދަށަށް ޖައްސަންޖެހ ކަންކަން ކެނޑުމުން، އަންނަ އަދަބުގެ މިންވަރަކީ އެކުށަކާއި ގުޅިގެން ދެވޭނެ އަދަބު ކަނޑައަޅާ ގޮޅިކަމަށ ބަޔާންކޮށްފައިވެއެވެ.ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަނޑައެޅޭ އަޞްލީ އަދަބަކީ ޖަލު ބަންދުކަމަށް 37 36 ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ގައި ބަޔާންކުރެއެވެ.
43މީގެ އިތުރުން، ޤާނޫނުލްއުޤޫބާތުގ 1001 ވަނަ މާއްދްގެ )ނ( ގައި،"....ކުށުގެ އަދަބުގެ މިންވަރަށް ގެންނަންޖެހޭ އުނި އިތުރު ގެނައުމަށްފަހު ކަނޑައަޅާ ގޮޅީގައި ބަޔާންކުރާ އަދަބަކެ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ މިންވަރެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، އަދަބު ލުއިކުރުމަށް ޕްރޮސިކިއުޝަނަށް އޮތް ބާރަކީ، މިމިންވަރަށް ވުރެ ދަށް ނުވާނެ އަދަބަކަށް އެއްބަސްވުން ކަން އެނގެއެވެ.
44ކުރިން ވެސް ފާހަގަކުރެވުނު ފަދައިން، މިމައްސަލައިގައި ހިމެނޭ އެއްބަސްވުން ހެދުމުގައި އަދަބު ލުއި ކުރުމުގައި ދައުލަތަށް ހުށަހެޅޭ ކަންތައްތައް ޤާނޫނުގައި މަހުދޫދުކުރެވިފައިވަނި،ކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ލުއުނިވާނެ މިންވަރަކަށް އަދަބު ކަނޑައެޅުމަށެވެ. އަދަބު އެއް ހަމަކުރުމަކީ، އަދަބު ލުއިކުރުން ކަމަށް ޤާނޫނު ބަލައިނުގަންނައރު، އެއްބަސްވުން ވެވުނުއިރު، އަދަބު އެއް ހަމަކޮށް ހުށަހެޅުމުގެ އިޚްތިޔާރެއް ދައުލަތަށް ނެތެވެ.
45އިސްތިއުނާފުން ބެލެވެމުން މިދާ މައްސަލައިގައި އިބްރާހީމް ނަޒީދުއާ ދައުލަތާ ދެމެދު ވެފައިވާ އުޢީތިރާފުގ އެއްބަސްވުން ވެފައިވަނީ 29 ސެޕްޓެމްބަރ 2022 ގައެވެ. އޭރު ޢަމަލުކުރެވެމުންދިޔަ އުޞޫލުތަކަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ޤާނޫނުލްޢުޤޫބާތުގެ 1001ހ() ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ބުނެވުނު އުޞޫލުގެ 4 ވަނަ މާއްދާގެ )ހ( އަދަބު ލުއިކޮށްދެވޭނީ، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބަކަށެވެ. އެހެންކަމުން، މިމައްސަލައިގައި އިސްވެ ބަޔާންކޮށްފައިވާ ފަދައިން، އަސާސީ އަދަބެއްގެ ގޮތުގައި ޖަލު އަދަބު ކަނޑައެޅިފައިވާ މައްސަލައެއްގައި އެއަށް ވުރެ "ލުއި" ވާގޮތަކަށް އެއްބަސްވުމަކަށް އައުމަށް ޤާނޫނު ތަންދޭ ކަމުގައި ނުބެލެވެއެވެ. އެއްބަސްވުމާ އެއްގޮތަށް ޙުކުމްކުރުމަށް ޝަރީޢަތަށް ލާޒިމުވުން
46ޖިނާއީ އިޖުރާއަތު ޤާނޫނުގެ 108 ވަނަ މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވަނީ،"ދަޢުވާ ލިބޭ ފަރާތާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމާމެދު އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ގޮތެއް ނިންމަންވާނެ" ކަމަށެވެ. އަދި، އެމާއްދާގެ )ރ( ގައި ބަޔާންކޮށްފައިވަނީ، މި މާއްދާގެ ދަށުން ކޯޓުން ނިންމާ ނިންމުމަކީ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަތުން ކަމަށްވާނަމަ، އޭނާގެ މައްޗަށް ޙުކުމްކޮށް، އަދަބު ކަނޑައެޅުމުގައި އ އެއްބަސްވުމާ އެއްގޮތަށް ފަނޑިޔާރު ޙުކުމްކޮށް އަދަބު ކަނޑައަޅަންވާނެ ކަމަށެވެ.
47މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާގެ )ރ( ގައިވެސް ދަޢުވާ ލިބޭ ފަރާތަކީ، މި ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރަޖެނެރަލްއާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ވެފައިވާ ފަރާތެއްނަމަ، އަދި އެ އެއްބަސްވުމަކީ އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ބަލައިގެންފައިވާ އެއްބަސްވުމެއްނަމަ، އޭނާގެ މައްޗަށް އަދަބު ކަނޑައަޅަންވާނީ، އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތުގެމަތިންކަމަށް 24 ނޮވެމްބަރު 2022 ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާޙްގެ ކުރިން ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަށް 24 ނޮވެމްބަރު 2022 ވަނަ ދުވަހު ގެނައި އިޞްލާޙުން 162 ވަނަ މާއްދާގެ )ރ( އުވާލާފައިވޭ
48މި ދެމާއްދާ އެކުއެކީގައި ކިޔައި ލަފްޒީ މާނަކުރުމަކަށް ގޮސްފިނަމަ، ދައުލަތުން ހުށަހަޅާފައިވާ ފަދައިން، އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ޙުކުމް ކުރުން ފިޔަވައި އިތުރު އިޚްތިޔާރެއް ފަނޑިޔާރަށް ލިބިގެންނުވެއެވެ. ނަމަވެސް، އިސްވެ ބަޔާންކުރެވުނު، ޕްލީ ބާގެއިނިނެގިގްއުސޫލާއ އަދަބު އެއްހަމަކުރުމުގެ މަޤްސަދަށް ބަލާއިރު، ޕްރޮސިކިއުޝަނާއި ދައުވާ ލިބޭ ފަރާތުން ވެފައިވާ އެއްބަސްވުމުގައިވާ އަދަބު ކަނޑައެޅުމަށް ފަހު، އެއަދަބުގެބާވަތް ބަދަލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން، ބިނާވެގެންދާނީ ޕްރޮސިކިއުޝަނުން އެއްބަސްވުން ހެދުމުގައި އަދަބު އެއް ހަމަކުރުމަށް ފަނޑިޔާރަށް ލިބޭ ބާރަށް ރިޢާޔަތްކުރުމުގެ ފުރުސަތު އޮތުމުގެ މައްޗަށެވެ.
49މަތީގައި ބަޔާންކުރެވުނު ފަދައިން، ޤާނޫނުލްޢުޤޫބާތުގެ ދަށުން، އަދަބު އެއްހަމަކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ޕްރޮސިކިއުޝަނުން،އޭރު ޢަމަލުކުރަމުން ދިޔަ އުޞޫލަށް ބަލާއިރު، ބާރު ލިބިގެންވަނީ، ކަނޑައެޅޭނެ އަދަބުގެ އެންމެ ލުއި މިންވަރަށް ވުރެ ދަށް ނުވާނެ އަދަބަކަށް އެއްބަސްވުމަށެވެ. ޤާނޫނު އޭރު އޮތް ގޮތުން، އަދަބު އެއްހަމަކުރުމާ ގުޅޭ އުޞޫލުތަކަށް ރިޢާޔަތްކޮށް އެއް ހަމަ އަދަބެއް ހުށަހެޅުމުގެ ބާރެއް ޕްރޮސިކިއުޝަނަށް ލިބިގެނެއް ނުވެއެވެ.
50އެހެންކަމުން، މަޤްސަދަށް އިސްކަންދިނުމުގެ އުޞޫލަށް ރިޢާޔަތްކޮށް، އޭރު ޢަމަލުކުރެވެމުންދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ )ރ( އާއި 162 ވަނަ މާއްދާއިން ފަނޑިޔާރަށް ލާޒިމްވަނީ ކަނޑައެޅޭނެ އަދަބުގެ ގޮތުގައި އެއްބަސްވެފައިވާ މިންވަރަށް އެއްބަސްވުމާ އެއްގޮތަށް އަދަބު ކަނޑައެޅުމަށެވެ. ޤާނޫނުލްޢުޤޫބާތުން ލިބިދޭ އަދަބު އެއް ހަމަކުރުމުގެ އިޚްތިޔާރު ހަނިވެގެން ނުދެއެވެ.
51މިދެފަރާތުގެ ދެމެދުގައި އިޢުތިރާފުގެ އެއްބަސްވުން ވެފައިވަނީ 29 ސެޕްޓެމްބަރު 2022 ގައެވެ. އޭރު ޢަމަލުކުރެވެމުންދިޔަ އުޞޫލުތަކަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކް ށްދެވޭނީ، އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށު ނުވާނެ އަދަބެކެވެ. އެހެންކަމުން، މިމައްސަލައިގައިވާ ފަދައިން، އަސާސީ އަދަބެއްގެ ގޮތުގައި ޖަލު އަދަބު ކަނޑައެޅިފައިވާ މައްސަލައެއްގައި އެއަށް ވުރެ "ލުއި" ވާގޮތަކަށް އެއްބަސްވުމަކަށް އައުމަށް ޤާނޫނު ތަންދޭ ކަމުގައި ނުބެލެވެއެވެ.
52މިމައްސަލައިގައި އިބްރާހިމް ނަޒީދުގެ މައްޗަށް އުފުލި ދައުވާގައި އަދަބު ބިނާކޮށްފައިވަނީ ޤާނޫނުލއުޤޫބާތުގ 210 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރުގެ ދަށުންނެވެ. މިއީ ޖިނާއަތު 3ގެ ކުށެކެވެ. ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހެވެ. ޢާންމު އުޞޫލުން ބަލާއިރު، މައްސަލައިގެ ޝަރީޢަތް ނުފެށެނީސް މުއްތަހަމަކު ކުށަށް އިޢުތިރާފްވެއްޖެނަމަ، އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ އަދަބު ލުއިވެގެންދެއެވެ.މާނައަކީ، އަދަބުގެ މިންވަރު 2 އަހަރާއި 4 މަހާއި 24 ދުވަހަށް ބަދަލުވެގެންދެއެވެ.
53ދައުލަތާއި އެކު އެއްބަސްވުމެއް ނެތި ޝަރީޢަތުގައި އިޢުތިރާފުވާ މީހާއަށް ހަމަ މިއަދަބުގެ ބާވަތް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާގެ ދަށުން އެހެން ބާވަތަކަށް ބަދަލުކުރުމަށް ފުރުސަތު ލިބެއެވެ.އިޢުތިރާފް އެއްބަސްވުމުގެ ދަށުން ތަޙްޤީޤު މަރުހަލާއިން ފެށިގެން ތަޙްޤީޤަށް އެއްބާރުލުންދީ، ކުށުގެ އިތުރު ބައިވެރިން ހޯދުމުގައި އެހީތެރެވެދޭ މީހަކަށް، ޝަރީޢަތަށް އައިސް އިޢުތިރާފުވެ މީހާއަށް ވުރެ ހަރުކަށި އަދަބެއް ލިބޭ ގޮތަށް ޤާނޫނު މާނަކުރުމީ މުޅި ޤާނޫނުގެ މަޤްސަދު ގެއްލޭ ކަމެއް ކަމުގައި ދެކެމެވެ.
54އަދި، ޤާނޫނުގައި ތަރުތީބުކުރެވިފައިވާ ގޮތުން ނިކުންނަ ދެކޮޅުނުޖެހޭ މިނަތީޖާ އޮތްކަން ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައިވާކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 04 ވަނަ އިޞްލާޙުންއެނގެއެވެ. އެގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ )ކ( ގައި އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ )ހ( އަދި )ށ( ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 އަދި 162 ވަނަ މާއްދާ ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( އަށް 4 ވަނަ އިސްލާހު ގެނެސްފައިވަނީ 24 ނޮވެންބަރު 2022 ދުވަހުއެވެ. އަދަބު ލުއިކުރެވޭނޭ ގޮތް ބަޔާންކުރަމުން، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ ކުށަކާ ގުޅިގެންނަމަ، އެ ކުށަށް އެއްބަސްވެވޭ އަދަބު، ޤާނޫނުލްޢުޤޫބާތުގ 1005 ވަނަ މާއްދާގައި ހިމެނޭ، އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލުގައި ބަޔާންކުރާ ގޮތަށް ބަދަލުކޮށް، އެގޮތުގެމަތިން އެއްބަސްވުމުގައ ހިމެނިދާނެކަމަށް ސާފުކޮށް ބަޔާނުކޮށްފައިވެއެވެ. އެހެންކަމުން، މިމާއްދާ މިހާރު އޮތްގޮތަށް ރިޢާޔަތްކޮށް ހދ އެއްބަސްވުމެއްގައި ދައުލަތުން ރިޢާޔަތްކުރާނެ އެއްކަމަކީ އެއްހަމަކުރުމުގެ މިއުޞޫލުކަމުގައިވުމުން، އަދަބު ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގ 1004 ވަނަ މާއްދާއާއި 1005 ވަނަ މާއްދާއިން ލިބޭ އިޚްތިޔާރު ހަނިވާކަން ސާފެވެ.
55ބުނެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށް މިމައްސަލަގައި ހިމެނޭ އެއްބަސްވުންތައް ވެވުނުއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނު އޮތްގޮތަށް ރިޢާޔަތްކުރާއިރު، ދަށު ކޯޓުން މިފަދަ އިޚްތިޔާރެއް އޮތް ކަމަށް މާނަކުރި ކުރުމަށް ބަދަލެއް ގެންނަންޖެހޭ ކަމުގައި ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
56ކްރިމިނަލް ކޯޓުގެ ނަންބަރު 355/Cr-C/2022 ޤަޟިއްޔާގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު؛
57ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 103 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 104 ވަނަ މާއްދާގެ (ހ)، (ށ)، (ނ) ގެ (4)، (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ނ) އަދި (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 162 ވަނަ މާއްދާގެ (ރ) (24 ނޮވެންބަރު 2022 ގެ 4 ވަނަ އިޞްލާޙުގެ ކުރިން)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، 96، 97، 98 ވަނަ މާއްދާ، 159 ވަނަ މާއްދާ، 189 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ (1) އަދި (3)، 210 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1001، 1002، 1004، 1005 ވަނަ މާއްދާ، 1100، 1106 ވަނަ މާއްދާގެ (ހ) އަދި (ށ)، 1202 ވަނަ މާއްދާ، 90 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (4 ވަނަ މާއްދާގެ (ހ)، 25 ވަނަ މާއްދާ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.