ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް އަދި މުޙައްމަދު އަޙްމަދު ދީދީ އަދި ޝިފާނާ މުޙައްމަދު ދީދީ އަދި މަރްޔަމް އަޙްމަދު ދީދީ އަދި ޝަބާނާ މުޙައްމަދު ދީދީ ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު (1625/Cv-C/2020)
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 1625/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި އިތުރު ފަރާތްތަކުން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ 26 ޖޫން 2024 ގައި ރަޖިސްޓްރީކޮށް، ހައިކޯޓުގެ 2024/HC-A/129 ޤަޟިއްޔާއިން ބަލަމުން ދިޔައެވެ.
- ވާޤިޢާ
- 30 ޖޫން 2025 ގެ 11:00 ގައި އަޑުއެހުމަށް 17 ޖޫން 2025 ގައި ފޮނުވި ހާޒިރުވުމުގެ އަމުރާ އިސްތިއުނާފުކުރާ ފަރާތްތަކުގެ ވަކީލު ޙަވާލުވިއެވެ. އެ ދުވަހަށް ކްރިމިނަލް ކޯޓުގެ ހާޒިރުވުމުގެ އަމުރެއް 25 މޭ 2025 ގައި ލިބިފައިވާކަމަށް ބުނެ، ވަކީލު އަޑުއެހުން ކެންސަލްކުރަން އެދުނީ 29 ޖޫން 2025 ގެ 13:44 ގައެވެ. ހައިކޯޓުން އެ އެދުން ޤަބޫލުނުކޮށް އެހެން ވަކީލަކު ހަމަޖައްސަން އެންގިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރިން ލިބިފައިވާ ހާޒިރުވުމުގެ އަމުރެއްގެ ސަބަބުން އަޑުއެހުމުގެ ކުރީ ދުވަހު ކެންސަލްކުރަން ވަކީލު އެދި، އެ އެދުން ހައިކޯޓުން ޤަބޫލުނުކުރުމަށްފަހު އިސްތިއުނާފުކުރާ ފަރާތް ޙާޟިރުނުވުމުން، ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ވަކީލު ބުނީ، އެއް ދުވަހަކަށް ދެ ކޯޓަށް ޙާޟިރުވާން ޖެހިފައިވާތީ ހައިކޯޓުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުގެ ހުށަހެޅުމެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން ބުނީ، އަމުރުތައް ދުރާލާ ލިބިފައިވާއިރު އަޑުއެހުމުގެ ކުރީ ދުވަހު ކެންސަލްކުރަން އެދުމަކީ މަޤްބޫލު ސަބަބެއް ނޫންކަމަށާއި، އޭގެ ސަބަބުން އެހެން މައްސަލައެއް ތާވަލުކުރުމުގެ ފުރުޞަތު ގެއްލޭކަމަށެވެ. ހާޒިރުވުމުގެ އަމުރާ ޙަވާލުވެ، ތާރީޚާއި ގަޑިއަށް ޙާޟިރުނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން 01 ޖުލައި 2025 ގައި ދަޢުވާ ފޯމު ބާޠިލުކުރިއެވެ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭހައިކޯޓުގެ ދަޢުވާ ފޯމު ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަލައު، މުޙައްމަދު ނިޔާޒް (ރިޔާސަތު)، ދީބާނާޒް ފަހުމީ
- ރިޔާސަތު
- މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ހައިކޯޓުގެ ޤަޝިއްޔާ ނަންބަރު: 2024/HC-A/129
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ޖޫން 2024 * ބާޠިލުކުރި ތާރީޚް: 1 ޖުލައި 2025
4އިސްތިއުނާފުކުރި ފަރާތްތައް: * ފުރިހަމަ ނަން: ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރޭޝަން ނަންބަރު: C-64/94 * މިހާރުގެ އެޑްރެސް: މ.ވާދީ ޓްރޭޑް ސެންޓަރ / މާލެ * ދާއިމީ އެޑްރެސް: މ.ވާދީ ޓްރޭޑް ސެންޓަރ / މާލެ * ފުރިހަމަ ނަން: މުޙައްމަދު އަޙްމަދު ދީދީ * ފުރިހަމަ ނަން: ޝިފާނާ މުޙައްމަދު ދީދީ * ފުރިހަމަ ނަން: މަރްޔަމް އަޙްމަދު ދީދީ * ފުރިހަމަ ނަން: ޝަބާނާ މުޙައްމަދު ދީދީ
5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންތް) * އައި.ޑީ.ކާޑު ނަންބަރު: - * ޢާއްމު ނަން: * ދާއިމީ އެޑްރެސް: ހ.ސަންލިޓް * މިހާރުގެ އެޑްރެސް: ހ.ސަންލިޓް
13ހުށަހެޅިފައިވާ މައްސަލަ: ސިވިލް ކޯޓުގެ ނަންބަރ:1625/Cv-C/2020 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް އާއި މ.ވާދީރޯސް، މުޙައްމަދު އަޙްމަދު ދީދީ އާއި މ.ވާދީރޯސް، ޝިފާނާ މުޙައްމަދު ދީދީ އާއި މ.ވާދީރޯސް، މަރްޔަމް އަޙްމަދު ދީދީ އާއި މ.ވާދީރޯސް ޝަބާނާ މުޙައްމަދު ދީދީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ
14ހައިކޯޓުން ނިންމި ގޮތް: ސިވިލް ކޯޓުގެ ނަންބަރ:1625/Cv-C/2020 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް އާއި މ.ވާދީރޯސް، މުޙައްމަދު އަޙްމަދު ދީދީ އާއި މ.ވާދީރޯސް، ޝިފާނާ މުޙައްމަދު ދީދީ އާއި މ.ވާދީރޯސް، މަރްޔަމް އަޙްމަދު ދީދީ އާއި މ.ވާދީރޯސް ޝަބާނާ މުޙައްމަދު ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ބަލަމުންދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/129 ޤަޝިއްޔާގެ ޝަރީޢަތް 2025 ޖޫން 30 ވަނަ ދުވަހުގެ 11:00 ގައި ބޭއްވުމަށްޓަކައި ނަންބަރު 95-B2/CHT/2025/2408 (17 ޖޫން 2025) "ކޯޓަށް ހާޒިރުވުމުގެ އަމުރު" އާއި އިސްތިއުނާފުކުރާ ފަރާތްތަކުން އައްޔަންކޮށްފައިވާ ލޯފަރމްކަމުގައިވާ ސީ.އެލް.އޭ ޕާރޓްނަރސްގެ ވަކީލް ގދ.ގައްދޫ، ޖަހާމުގުރިގެ / އަލްއުސްތާފް ޝިފާޒް ޢަބްދުލްޤަދީރު ހަމަ އެދުވަހު ޙަވާލުވެފައިވެއެވެ. މަތީގައި ބަޔާންކުރި ހައިކޯޓުގެ އަމުރާއި އަލްއުސްތާފް ޝިފާޒް ޢަބްދުލްޤަދީރު ޙަވާލުވެލެއްވިއިރު، 30 ޖޫން 2025 އަށް ކްރިމިނަލް ކޯޓަށް ހެކިބަސް ނެގުމުގެ އަޑުއެހުމަކަށް ޙާޝިރުވުމަށް 25 މެއި 2025 ގައި އެކޯޓުން ފޮނުވި ނަންބަރު 145-B4/2025/10078 ކޯޓަށް ޙާޝިރުވުމުގެ އަމުރާއި އަލްއުސްތާފް ޝިފާޒް ޢަބްދުލްޤަދީރު ވަނީ ޙަވާލުވެ ލައްވާފައެވެ. މިކަން އެންމެ ރަނގަޅަށް އެގިލައްވާނީ އެ ދެ އަމުރާއި ޙަވާލު ވަކީލަށް ނުވަތަ އެލޯފާމަކަށެވެ. އެމަޢުލޫމާތަކީ ހައިކޯޓަށް އެނގޭނެ މަޢުލޫމާތެއް ނޫނެވެ. ނަމަވެސް، އެއްދުވަހަކަށް ވަގުތު ފުށުއަރާހެން ދެ ކޯޓަށް ނުވަތަ ދެ ޝެކްޝަނަކަށް އެއް ވަކީލަކު ޙާޝިރުވުމަކީ ދަތިކަމަށްވާނެތީ، ދުރާލާ ނުވަތަ އެހެން މައްސަލައެއް ތާވަލް ކުރެވޭނެ ވަގުތު އޮއްވައި އެކަން އެހެން އޮތްކަން އަންގައިފިނަމަ، ހައިކޯޓުން އެކަން ޤަބޫލުކޮށް ޢަމަލު ކުރަމުންދަނީ، ކުރިން ކޯޓަށް ޙާޝިރުވުމުގެ އަމުރު ފޮނުވި ކޯޓުގެ ނުވަތަ ޝެކްޝަނުގެ މައްސަލައަށް ފުރުޞަތު ދިނުމަށްފަހު، ހައިކޯޓުގެ އެމައްސަލަ ކެންސަލްކޮށް އެހެން މައްސަލައެއް އެވަގުތަށް ތާވަލު ކުރުމެވެ. މިކަން ބިނާވާ އަސާސަކީ، ޤާނޫނީ ވަކީލު ނުވަތަ އެ ލޯފާމަކުން އަދާކުރާންޖެހޭ ޒިންމާ އަދާކުރުމާއެވެ. އެއްދުވަހަކަށް ދެކޯޓަށް ޙާޝިރުވުމަށް އަމުރު ލިބިފައިވާކަން ދުރާލާ އަންގައިގެންނެވެ. މިމައްސަލައިގައި ކަންވެގެންދިޔަ ގޮތަކީ، 17 ޖޫން 2025 ގައި ހައިކޯޓުން ފޮނުވި ކޯޓަށް ޙާޝިރުވުމުގެ އަމުރާއި ގުޅިގެން، 30 ޖޫން 2025 ގައި ބޭއްވުމަށް އޮތް އަޑުއެހުން ކެންސަލް ކޮށްދިނުމަށް ޤާނޫނީ ވަކީލު އެދިލައްވަނީ، 29 ޖޫން 2025 ގެ 13:44 ގައެވެ. އަޑުއެހުން އޮންނާނެ ދުވަހުގެ އެއްދުވަސް ކުރިންނެވެ. މިޙާލަތުގައި، ހައިކޯޓަށް އެހެން މައްސަލައެއް ތާވަލް ކުރުމަށް ފުރުޞަތު ނުލިބި، ނުނިމިހުރި އެތައް މައްސަލަތަކަށް މިކަމުގެ އަސަރުކުރެއެވެ. 17 ޖޫން 2025 ގައި ދުރާލާ ފޮނުވާފައިވާ އަމުރާއި ގުޅިގެން، މައްސަލަ ކެންސަލް ކޮށްދިނުމަށް އަޑުއެހުން އޮންނާނެ ދުވަހުގެ އެއްދުވަސް ކުރިން އެދުމަކީ ޒިންމާދާރު ގޮތެއް ކަމަށް ބަލައިގަނެވޭނެ މަޤުބޫލު ސަބަބެއް ނޫނެވެ. މައްސަލައިގެ އަޑުއެހުން އޮންނަ ދުވަހުގެ ކުރީދުވަހު މައްސަލަ ކެންސަލް ކޮށްދިނުމަށް އެދުމަށްފަހު، ދުރާލާ އެކަން އެދެވިފައިނުވަނީ އިދާރީ އޮޅުމެއްގެ ސަބަބުން ކަމަށް ކޮންމެ ފަހަރަކު ބުނުމަކީވެސް ޤަބޫލު ކުރެވޭނެ ސަބަބެއްވެސް ނޫނެވެ. އެހެންވެ، ހައިކޯޓުން ތާވަލް ކުރި މައްސަލައަކީ ލޯފާރމްއާ ޙަވާލުކޮށްފައިވާ މައްސަލައެއްކަން އެނގޭތިކޮށް އެލޯފާލީއޮލް އެހެން ވަކީލަކު ހަމަޖެއްސުމަށް އަންގައި މައްސަލަ ކެންސަލް ނުކުރެވޭނެކަން ވާނީ ހައިކޯޓުން އަންގާފައެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، އިސްތިއުނާފުކުރާ ފަރާތްތަކުގެ ވަކީލް އަލްއުސްތާޛް ޝިފާޒް ޢަބްދުލްޤަދީރު އެދިފައިވާ ގޮތަށް މައްސަލައިގެ އަޑުއެހުން ކެންސަލް ނުކުރެވޭނެކަމަށް އަންގާފައިވަނިކޮށް، އަދި ހައިކޯޓުން ފޮނުވާފައިވާ ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަވާލުވެ، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުވެފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް އާއި މ.ވާދީރޯސް، މުޙައްމަދު އަޙްމަދު ދީދީ އާއި މ.ވާދީރޯސް، ޝިފާނާ މުޙައްމަދު ދީދީ އާއި މ.ވާދީރޯސް، މަރްޔަމް އަޙްމަދު ދީދީ އާއި މ.ވާދީރޯސް ޝަބާނާ މުޙައްމަދުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2024/HC-A/129 ޤަޟިއްޔާގެ ދަޢުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
15މައްސަލަ ނިންމި ފަނޑިޔާރުން: ފަނޑިޔާރު ޙަސަލައު ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު) ފަނޑިޔާރު ދީބުނާޒް ފަހުމީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 48 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.