މަރްޔަމް ޒުބައިރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ފައްޔާޟް އިސްމާޢީލް ވ. ސާޖިދާ މުޙައްމަދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު (144-B17/IN/1129,1130-2025/2025/01 އިޚްތިޞާޞާމެދު ނިންމި ގޮތް؛ 1129-CVC-2025 އަދި 1130-CVC-2025)
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 1129-CVC-2025 އަދި 1130-CVC-2025 ޤަޟިއްޔާތަކާ ގުޅިގެން ނިންމި 144-B17/IN/1129,1130-2025/2025/01 "އިޚްތިޞާޞާމެދު ނިންމި ގޮތް" އިސްތިއުނާފުކުރުމަށް އެދި މަރްޔަމް ޒުބައިރާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި ފައްޔާޟް އިސްމާޢީލް ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. ފޯމުތައް 09 ޖުލައި 2025 ގައި އެންޓްރީކޮށް، 13 ޖުލައި 2025 ގައި ބެންޗު އެކުލަވާލައި، ހައިކޯޓުގެ 2025/HC-A/176 ޤަޟިއްޔާއިން ބަލަމުން ދިޔައެވެ.
- ވާޤިޢާ
- 21 ޖުލައި 2025 ގެ 10:00 ގައި އަޑުއެހުމަށް 17 ޖުލައި 2025 ގައި ފޮނުވި ހާޒިރުވުމުގެ އަމުރުތަކާ އިސްތިއުނާފުކުރާ ފަރާތްތައް ޙަވާލުވިއެވެ. ނަމަވެސް އެ ފަރާތްތަކުން އައްޔަންކުރި ލޯ ފަރމުގެ ވަކީލުން ތާރީޚާއި ގަޑިއަށް ޙާޟިރުނުވެ، މަޤްބޫލު ސަބަބެއްވެސް ނާންގައެވެ. 17 ޖުލައި 2025 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 421 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (ii) ގެ ދަށުން އިޖުރާއީ ހުށަހެޅުމެއް ހުށަހަޅާފައިވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހާޒިރުވުމުގެ އަމުރާ ޙަވާލުވި އިސްތިއުނާފުކުރާ ފަރާތްތަކުގެ ވަކީލުން މަޤްބޫލު ސަބަބެއް ނެތި ޙާޟިރުނުވުމުން، ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ރިޕޯޓުގައި ފަރާތްތަކުގެ ޒަބާނީ ހުށަހެޅުމެއް ބަޔާންކޮށްފައެއް ނުވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 287 ވަނަ މާއްދާގެ ދަށުން އިޖުރާއީ ހުށަހެޅުމެއް ހުށަހަޅާފައިވިއެވެ.
- ކޯޓުގެ ސަބަބުތައް
- އަޣުލަބިއްޔަތުން ދެކުނީ، ހާޒިރުވުމުގެ އަމުރާ ޙަވާލުވެ ވަކީލުން ޙާޟިރުނުވެ މަޤްބޫލު ސަބަބެއްވެސް ނާންގާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވާނެ ކަމަށެވެ. ޚިލާފު ރައުޔުގައި ފަނޑިޔާރު ދީބާނާޒް ފަހުމީ ދެކެވަޑައިގަތީ، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 287 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާމެދު ގޮތެއް ނިންމަންދެން އިސްތިއުނާފު ފަސްކުރަންޖެހޭތީ، ޙާޟިރުނުވުމުގެ މައްޗަށް ބިނާކޮށް މައްސަލަ ބާޠިލު ނުކުރެވޭނެ ކަމަށެވެ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭހައިކޯޓުގެ ދަޢުވާ ފޯމު ބާޠިލު (އަޣުލަބިއްޔަތުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، މުޙައްމަދު ނިޔާޒް (ރިޔާސަތު)، ދީބާނާޒް ފަހުމީ
- ރިޔާސަތު
- މުޙައްމަދު ނިޔާޒް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ހައިކޯޓުގެ ޤަޝިއްޔާ ނަންބަރު: 2025/HC-A/176
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 ޖުލައި 2025 * ބާޠިލުކުރި ތާރީޚް: 21 ޖުލައި 2025
4އިސްތިއުނާފުކުރި ފަރާތްތައް: * ފުރިހަމަ ނަން: މަރުޔަމް ޒުބައިރު * ޢާއްމު ނަން: މަރްޔަމް * ދާއިމީ އެޑްރެސް: ގ.ބަރޯސާ / ކ.މާލެ * ފުރިހަމަ ނަން: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ * ރަޖިސްޓްރޭޝަން ނަންބަރު: 2005/01 * ޢާއްމު ނަން: އެމް.ޑީ.ޕީ * ދާއިމީ އެޑްރެސް: ގ.ނިއުޝާ / ކ.މާލެ * ފުރިހަމަ ނަން: ފައްޔާޝު އިސްމާޢީލް * ޢާއްމު ނަން: ފައްޔާޝު * ދާއިމީ އެޑްރެސް: މ.އ.ބޯގަންވިލާ / ކ.މާލެ
5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: ސާޖިދާ މުޙައްމަދު * ޢާއްމު ނަން: ސާޖިދާ * ދާއިމީ އެޑްރެސް: މ.އ.ބޯބުލްއަވާލީ / ކ.މާލެ * މިހާރުގެ އެޑްރެސް: މުލިއާގެ / ކ.މާލެ
6ހުށަހެޅިފައިވާ މައްސަލަ: ސިވިލް ކޯޓުގެ ނަންބަރު:1129-CVC-2025 ޤަޝިއްޔާ އަދި ނަންބަރު:1130-CVC-2025 ޤަޝިއްޔާއާއި ގުޅިގެން ނިންމާފައިވާ އެކޯޓުގެ ނަންބަރު:144-B17/IN/1129,1130-2025/2025/01 "އިޚްތިޞާޞްއާމެދު ނިންމި ގޮތް"
7ހައިކޯޓުން ނިންމި ގޮތް:
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު (މިރައުޔަށް ފަނޑިޔާރު ޙުސައިން މަޒީދު ތާޢީދުކުރެއެވެ.)
ސިވިލް ކޯޓުގެ ނަންބަރު: 1129-CVC-2025 ޤަޟިއްޔާ އަދި ނަންބަރު: 1130-CVC-2025 ޤަޟިއްޔާއާއި ގުޅިގެން ނިންމާފައިވާ އެކޯޓުގެ ނަންބަރު: 144-B17/IN/1129,1130-2025/2025/01 "އިޚްތިޞާޞްއާމެދު ނިންމި ގޮތް" އިސްތިއުނާފުކުރުމަށް އެދި ގ.ބަރޯސާ، މަރްޔަމް ޒުބައިރު އާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި މއ.ބޯގަންވިލާ، ފައްޔާޟް އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ބަލަމުންދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2025/HC-A/176 ޤަޟިއްޔާގެ ޝަރީޢަތް 2025 ޖުލައި 21 ވަނަ ދުވަހުގެ 10:00 ގައި ބޭއްވުމަށްޓަކައި ފޮނުވުނު، މިކޯޓުގެ ނަންބަރު: 95-B2/CHT/2025/2802 އާއި ނަންބަރު : 95-B2/CHT/2025/2799 އަދި ނަންބަރު: 95-B2/CHT/2025/2800 (17 ޖުލައި 2025) "ކޯޓަށް ހާޒިރުވުމުގެ އަމުރު" ތަކާއި އިސްތިއުނާފުކުރާ ފަރާތްތަކުން ހަވާލުވެ، އަދި އޭގެ ފަހުން އެ އަމުރުތަކުގައިވާ ތާރީޚާއި ގަޑިއަށް އިސްތިއުނާފުކުރާ ފަރާތްތަކުން ޕަވަރ އޮފް އެޓަރނީގެ ދަށުން ހަޖައްސާފައިވާ ލޯ ފަރމް، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލުންކަމުގައިވާ އަލްއުސްތާޛު އަޙްމަދު މަޢުރޫފް އަދި އަލްއުސްތާޛު ޒުބައިރު މުހައްމަދު އެ އަމުރުތަކުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުވެފައިނުވާތީއާއި، އަދި ގަޑިއަށް ޙާޟިރުވެވެން ނެތް މަޤްބޫލް ސަބަބުވެސް ކޯޓަށް އަންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ
(ހ) ގައިވާ ގޮތުގެ މަތީން ގ.ބަރޯސާ، މަރްޔަމް ޒުބައިރު އާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި މއ.ބޯގަންވިލާ، ފައްޔާޟް އިސްމާޢީލްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2025/HC-A/176 ޤަޟިއްޔާގެ ދަޢުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އައްލަބިއްޔަތުން ބާޠިލުކޮށްފީމެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު
މި މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ފޯމާއި، އިސްތިއުނާފުކުރާ ފަރާތުގެ ވަގުތީ އަމުރަށްއެދޭ ފޯމު އެންޓްރީ ކޮށްފައިވަނީ 09 ޖުލައި 2025 ދުވަހުކަމަށްވާއިރު، މައްސަލައިގެ ބެންޗު އެކުލަވާލާފައިވަނީ 13 ޖުލައި 2025 ދުވަހުއެވެ. މި މައްސަލައިގެ އިސްތިއުނާފާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ (މީގެފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު"ކަމަށް ބުނެފައިވާ) 421 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގެ (ii)ގެ ދަށުން، 17 ޖުލައި 2025 ދުވަހު އިޖުރާއީ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ
(ހ)ގައި، އެ މާއްދާގެ (ހ)ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ފަސްކުރަންވާނެކަމަށް ބުނެފައިވެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ހުށަހެޅުމާމެދު ގޮތެއްނިންމުމަކާނުލައި، އިސްތިއުނާފުކުރާ ފަރާތުން 21 ޖުލައި 2025 ދުވަހުގެ ޝަރީޢަތުގެ އަޑުއެހުމަށް ޙާޟިރުވެފައި ނުވުމުގެ މައްޗަށް ރިޢާޔަތްކޮށް، މި ޙާލަތުގައި މައްސަލަ ބާޠިލު ކުރެވޭނެކަމަށް ނުދެކެމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން: ފަނޑިޔާރު ޙުސައިން މަޒީދު (މިޔާސަތު) ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތު) ފަނޑިޔާރު ދީބާނާޒް ފަހުމީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 48 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.