ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/213

އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، އަދި މިނިސްޓްރީ އޮފް ފިނޭންސް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީގައި އިސްތިއުނާފެއް ނުފެނޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 27 އޮގަސްޓް 2026ދަށު ކޯޓު: ސިވިލް ކޯޓު 757-CVC-2024ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 757-CVC-2024
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދައުލަތުގެ ތިން މިނިސްޓްރީއެއްގެ މައްޗަށް ހުށަހެޅި ދަޢުވާ ފޯމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ތަފްޞީލުތައް ފުރިހަމަވޭތޯއާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު މި މައްސަލައަށް ތަޠުބީޤުނުވާކަމަށް ކޯޓުގެ އިޚްތިޞާޞްއާމެދު އުފެއްދި ސުވާލުގެ މަރުޙަލާގައި ސިވިލް ކޯޓުން ކަނޑައަޅައި ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުން ޞައްޙަތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު، މައުޟޫޢީގޮތުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ކޮންމެ ފަރާތަކަށް މަދަނީ މައްސަލައެއްގެ ޚަޞްމަކަށް ވެވިދާނެއެވެ. އަދި އެ މައްސަލައެއްގައި އެ ފަރާތެއްގެ އެކަށީގެންވާ މަޞްލަޙަތެއް އޮތްނަމަ މަދަނީ ދަޢުވާއެއް ހުށަހެޅިދާނެއެވެ.

HN2 ދައުލަތާ ދެކޮޅަށް ދަޢުވާއެއް ހުށަހަޅާނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ތަފްޞީލުތަކުގެ އިތުރުން، 91 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ނިސްބަތްވާ ދައުލަތުގެ އިދާރާގެ ނަމާއި، ދައުލަތުން ޒިންމާ އުފުލަންޖެހޭ ޙާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން ދަޢުވާ ފޯމުގައި ބަޔާންކުރަން ޖެހެއެވެ.

HN3 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 20 ވަނަ މާއްދާއާއި 110 ވަނަ މާއްދާގެ ދަށުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދޭ ދެ ޙާލަތެއް ވެއެވެ: ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް (ސަރަހައްދީ އިޚްތިޞާޞް) ކޯޓަށް ލިބިގެންނުވުމާއި، އާންމު އުޞޫލުން އިޚްތިޞާޞް ލިބިފައިވީނަމަވެސް މައްސަލައިގައި މެދުވެރިވާ ޙާލަތުން މައްސަލަ ނުބެލެވޭނެ ނުވަތަ ކުރިއަށް ނުގެންދެވޭނެ ޙާލަތެވެ. ދެވަނަ ބާވަތުގެ އިޢުތިރާޟު ގުޅެނީ އިޖުރާއަތާއެވެ.

HN4 މައްސަލަ މައުޟޫޢީގޮތުން ބެލުމުގެ ކުރިން އިޖުރާއީ އިޢުތިރާޟެއްގެ މައްޗަށް ގޮތެއް ކަނޑައަޅާ މަރުޙަލާގައި ބަލަންވާނެ މިންގަނޑަކީ، އިޖުރާއީ ނަޒަރަކުން އެހިނދު ފެންނަން ހުރި ކަންކަމުގެ މައްޗަށް، މައްސަލަ އެ ހިސާބުންވެސް ބަލައިނުގަނެވޭނެފަދަ ޙާލަތެއް ވުޖޫދުގައިވޭތޯ ބެލުމެވެ.

HN5 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމާނީ، މައްސަލަ ކުރިއަށް ގެންދިޔުމުގައި އިޖުރާއީ ގޯހެއް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ހުރިނަމައެވެ. އިޖުރާއީ އިޢުތިރާޟުގައި ޤާނޫނީ ބަހުސެއް ހިމެނޭނަމަ، އެކަން މައްސަލައިގެ މައުޟޫޢުގައި ބަލައި ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު އޮވެއެވެ.

HN6 ސަރުކާރުގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ ދަޢުވާއެއްގައި، އެ ނިންމުމާ ގުޅުވައިގެން ކޮންމެ މިނިސްޓްރީއެއް ޒިންމާވާންޖެހޭ ސަބަބުތައް ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާނަމަ، prima facie މިންގަނޑުން 91 ވަނަ މާއްދާގެ (ށ) ގެ (2) ފުރިހަމަވާކަމަށް ބެލެވޭނެއެވެ. އިތުރަށް ސާފުވުމާއި ގޮތެއް ކަނޑައެޅުން ކުރެވޭނީ މައުޟޫޢުގައި ދެ ފަރާތުން ހުށަހަޅާ ކަންކަމުގެ އަލީގައެވެ.

HN7 ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއިން ލިބިދޭ އިސްތިސްނާއަކީ، ދައުލަތަށް ލިބިފައިވާ ސިޔާދަތީ ބާރުތަކުގެ ދަށުން ސަރުކާރުން (ނުވަތަ ލޯކަލް ކައުންސިލަކުން) އަޅާ ފިޔަވަޅުތަކުގެ މައްޗަށް އެ ޤާނޫނުގެ އުޞޫލުތައް ނުހިނގުމެވެ.

HN8 ސަރުކާރުގެ ނިންމުމަކަށް ވާދަވެރިކަމުގެ ޤާނޫނު ތަޠުބީޤުވޭތޯ (ނިންމުމަކީ ސިޔާދަތީ ބާރުގެ ދަށުން އެޅި ފިޔަވަޅެއްތޯ) އަދި އެ ޤާނޫނުގެ ދަށުން އެދޭ ފަރުވާ ނަގައިދެވިދާނެތޯ ކަނޑައެޅޭނީ ދެ ފަރާތުން މައުޟޫޢުގައި ބަހުސްކުރެވިގެންނެވެ. އިޢުތިރާޟުގައި ހުށަހަޅާފައިނުވާ، ބަހުސްކުރެވިފައިނުވާ މިފަދަ ސުވާލެއް އިޖުރާއީ މަރުޙަލާގައި ކަނޑައަޅައި ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުން ރަނގަޅެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ސިވިލް ކޯޓުގެ ނަންބަރު 2024-CVC-757 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އެންސިސް ފިޝަރޒީ ޕްރައިވެޓް ލިމިޓެޑް (ކުންފުނީގެ ރަޖިސްޓަރީ ނަންބަރު 0058/2002-C) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "އެންސިސް ފިޝަރީޒް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މިނިސްޓްރީ އޮފް ފިޝަރޒީ އެންޑް އޯޝަން ރިސޯސަސއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ފިނޭންސް (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތްތައް" ނުވަތަ "ދައުލަތް") ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3އެންސިސް ފިޝަރޒީ އަކް މަހާއި މަހުން ތަކެތި އުފެއްދުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްކަމުގައި އެ ފަރާތުން ބުނެއެވެ. އަދި މިގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެ ފަރާތަށް ދޫކޮށްފާ ނަންބަރު ލައިސަންސް އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

4އެންސިސް ފިޝަރޒީއަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ދޫކޮށްފައިވާ ލައިސެންސްގެ ދަށުން، ހުޅުވިފައިވާ މާކެޓެއްގައި، މަސްވެރިންގެ ދަޢުވާ ފޯމާއިއެކު، އެގްޒިބިޓް 1 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުން އަތުން މަސް ގަނެ، މަސް ޕްރޮސެސްކޮށް، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުންފަދަ ވިޔަފާރި ކުރަމުންދަނިކޮށް، 16 ސެޕްޓެންބަރު 2023 އިން ސަރުކާރު %100 (ސަތޭކަ އިންސައްތަ) ހިއްސާވާ ކުންފުންޏެއްކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މީގެ ފަހުން "މިފްކޯ") މެދުވެރުކޮށް، ސަރުކާރުން ސަބްސިޑީ ދޭގޮތަށް ކިލޯއަކަށް -/25ރ. (ފަންސަވީސް ރުފިޔާ) ގެ މގަނ މަސް ގަތުމަށް ކަނޑައަޅާފައިވާ ކަމުގައި އެންސިސް ފިޝަރޒީ ގެ ފަރާތުން ބުނެއެވެ.

5މިގޮތުން، 16 ސެޕްޓންބަރެ 2023 ގެ ކުރިން އެންސިސް ފިޝަރީޒްއިނ މަސް ކިލޯއެއް ގަންނަ އަގު ހިމެނޭގޮތުން ކިލޯއަކަށް ޖުމްލަ -/25ރ. (ފަންސަވީސް ރުފިޔާ) ނުވަތަ އިތުރަށް އަރާ މިންވަރު ދެއްކުމަށް ކުރާ ޚަރަދު މިނިސްޓްރީ އޮފް ފިޝަރީޒް މެދުވެރިކޮށް ސަރުކާރުން އެންސިސް ފިޝަރީޒްއަށްވެސް ދޭންޖެހޭނެކަމުގައ ކަނޑައަޅައި ދިނުމަށާއި، އަދި އެންސިސް ފިޝަރީޒްއަށް ލިބިފައިވާ އަދި ލިބޭ އެންމެހައި ގެއްލުން ހިސާބުކުރުމަށްފަހު، އެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ދަޢުވާ ހުށަހެޅުމުގެ ޙައްޤު އެންސިސް ފިޝަރީޒްއަށ އޮތްކަމަށް ކަނޑައަޅައިދިނުމަށް އެދް އެންސިސް ޕިޝަރީޒްގެ ފަރާތުން ދައުލަތުގެ ތިން މުއައްސަސާ ކަމުގައިވާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް ދަޢުވާ ހުށަހެޅިއެވެ.

6މި ދަޢުވާ އެންސިސް ފިޝަރީޒްގެ ފަރާތުން ހުށަހަޅާފައިވަނީ "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު" އިންނެވެ. މި މައްސަލައިގައި އެންސިސް ފިޝަރީޒްގެ ފަރާތުން ލިބގަތުމަށި އެދިފައިވަނީ އަންނަނިވި ފަރުވާތަކެވެ.

1.6. އަމިއްލަ ކުންފުނިތަކަށް ސަބްސިޑީ ނުދީ، ހަމައެކަނި ސަރުކާރު ހިއްސާވާ މިފްކޯއަށް ސަބްސިޑީ ދީގެން، މާކެޓް ރޭޓަށްވުރެ ބޮޑުކޮށް، މިފްކޯއިން މަސްގަތުމަކީ، ޤާނޫނު ނަންބަރު 2020/11 (ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު) (މީގެ ފަހުން "ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު") ގައި ކަނޑައަޅާފައިވާ "ވާދަވެރި އެހެން ވިޔަފާރި ހިންގާ ފަރާތެއްގެ ވިޔަފާރި ނައްތާލުމުގެ ގޮތުން" އަދި މުޅި ޤާނޫނުގައި ބަޔާންކޮށްފައިވާ ވިޔަފާރީގެ ވާދަވެރިކަން ނައްތާލެވޭ ގޮތަށް ސަރުކާރުން ކުރކަމެއާކަމަށް ކަނޑައަޅައިދިނމަށު

2.6. 16 ސެޕްޓންބަރެ 2023 ގައި މަސް ކިލޯއެއް ގަންނަ އަގަށް ސަރުކާރުން ގެނައި ބަދަލާއެކު، އެންސިސް ފިޝަރީޒްއިން މަސްކިލޯއެއް ގަންނަ އަގުގެ އިތުރަށް މަސްވެރިންނަށް ދެއްކުމަށް ކުރާ ޚަރަދު، މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ސަރުކާރުން އެންސިސް ފިޝަރީޒްއަށް ދޭންޖެހޭނެކަމަށް ކަނޑައަޅައިދިނމަށު

3.6. މި ދަޢުވާކުރުމުގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އެންސިސް ފިޝަރީޒްއަށް ލިބިފައިވާ އަދި ލިބޭ އެންމެހައި ގެއްލުން ހިސާބުކުރުމަށްފަހު، އެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ވަކި ދަޢުވާއެއް އެންސިސް ފިޝަރީޒްއިން ހުށަހެޅުމުގެ ޙައްޤަށް އަސަރުކުރާނެ ކަމެއް ނޫންކަމަށް ކަނޑައަޅައިދިނުން

7މި މައްސަލައިގެ ލިޔެކިޔުންތައް ދައުލަތަށް ރައްދުކުރުމުން ކޯޓުގެ އިޚްތިޞާޞްއާމެދު ދައުލަތުން ސުވާލު އުފެއްދިއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "މަދަނީ އިޖުރާއަތުގެ ޤާނޫނު") ގެ 110 ވަނަ މާއްދާއާ ޙަވާލާދީ ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދައި، ދައުލަތުން ފާހަގަކޮށްފައިވަނީ މިއީ ސިވިލް ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށާއި، މި މައްސަލައިގައި ދަޢުވާކުރާ ފަރާތަށް ލިބިފައިވާކަމަށް ބުނާ ގެއްލުމާއި ދަޢުވާލިބޭ ފަރާތްތަކާ އޮތް ގުޅުމެއް އެނގެން ނެތްކަމަށާއި، ހުށަހެޅިފައިވާ މައްސަލައަކީ ޖުޑީޝަލް ރިވިއުގެ ސިފަތު ލިބިފައިވާ މައްސަލައެއްކަމުގައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގައި ޖުޑީޝަލް ރިވިއުގެ ދަޢުވާތައް ހުށަހެޅުމަށް ލިބިފައިވާ މުއްދަތު ފާއިތުވެފައިވާކަމަށާއި، ޖުޑީޝަލް ރިވިއުގެ ދަޢުވާތައް ހުށަހެޅުމަށް ޚާއްޞަ އިޖުރާއަތެއްވާކަމަށާއި، އަދި މި ދަޢުވާގައި ހޯދުމަށް އެދޭ ފަރުވާއަށް ބަލާއިރު، ދަޢުވާގައި ހޯދުމަށް އެދޭ ފަރުވާ ނަގައިދޭނެ ތަނެއް ނެތްކަމުގައެވެ.

8ދައުލަތުގެ ފަރާތނު ސިވިލް ކޯޓުގައި އެދިފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ މައުޟޫޢީގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.

ދަށު ކޯޓުން މައްސަލަ ނިންމިގޮތް

9ސިވިލް ކޯޓުގެ ނަންބަރު 2024-CVC-757 ޤަޟިއްޔާއިން ނިންމާފައިވަނީ އެންސިސް ފިޝަރޒީ އިން ހުށަހަޅާފައިވާ ދަޢުވާ މިހާރު ހުށަހެޅިފައިވާގޮތަށ ކުރިއަށް ގެންދެވެން ނެތްކަމުގައެވެ. އެފަދައިން ނިންމުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

1.9. ކޯޓަށް ހުށަހެޅޭ ދަޢުވާއެއް އިބާ ރާތްކޮށް ފަރުމާކުރެވޭ ގޮތަކީވެސް، ކޯޓުން އެ މައްސަލައެއް ބަލައިގަނެ ގޮތެއް ކަނޑައެޅުމުގެ އިޚްތިޞާޞް އެ ކޯޓަކަށް ލިބިގެންވުމާއި ނުވުން އެކަމުގެ މައްޗަށް ބިނާވާ ކަމެއްކަން އެނގެން އޮންނަ ކަމުގައެވެ.

2.9. މި މައްސަލައަށް ބަލާއިރު، އަމިއްލަ ކުންފުނިތަކަށް ސަބްސިޑީ ނުދީ، ހަމައެކަނި ސަރުކާރު ޙިއްޞާވާ މިފްކޯއަށް ސަރުކާރުން ސަބްސިޑީ ދީގެން، މާކެޓް ރޭޓަށްވުރެ ބޮޑުކޮށް މިފްކޯއިން މަސް ގަތުމަކީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ "ވާދަވެރި އެހެން ވިޔަފާރި ހިންގާ ފުރަ ތެއްގެ ވިޔަފާރި ނައްތާލުމުގެ ގޮތުން" އަދި މުޅި ޤާނޫނުގައި ބަޔާންކޮށްފައިވާ ވިޔަފާރީގެ ވާދަވެރިކަން ނައްތާލެވޭ ގޮތަށް ސަރުކާރުން ކުރާ ކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެންސިސް ފިޝަރީޒްގެ ފަރތުނާ ދަޢުވާކޮށްފައިވާކަމުގައެވެ.

3.9. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ހިނގާނެ ދާއިރާއަކީ، މުދަލާއި ޚިދުމަތް ހޯދުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ވިޔަފާރި ހިންގާ ފަރާތްތަކުން ކުރާ މުޢާމަލާތްތަކަށާއި، ވިޔަފާރީގެ އެއްބަސްވުންތަކަށާއި، އެނޫންވެސް ވިޔަފާރީގެ އެކި ޢަމަލުތކުގަ މައްޗަށްކަން އެނގެން އޮންނަކަމަށާއި، ސަރުކާރު ކުންފުންޏަކުން ހިންގާ ވިޔަފާރިއަކީ، އެ ވިޔަފާރިއެއްގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ވިޔަފާރިތަކާ ވާދަކޮށްގެން ހިންގަންޖެހޭ ވިޔަފާރިއަކަށްވާ ޙާލަތުގައިވެސް ސަރުކާރުގެ އެ ކުންފުންޏެއްގެ މައްޗަށްވެސް އެ ޤާނޫނު ހިންގާނެކަން އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމުގައެވެ.

4.9. އެންސިސް ފިޝަރީޒްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ، ސަރުކާރުން ހިންގާ ވިޔަފާރި ކުންފުންޏަކުން، އެ ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ އެހެން ކުންފުނިތަކށަ ގެއްލުމެއް ކުރިމަތިކުރުވާފަދަ ޢަމަލެއް ނުވަތަ މާކެޓްގައ އޮތި ވާދަވެރިކަމަށް އަސަރު ފޯރާފަދަކަމެއް އެ ކުންފުނިން ކޮށްފައިވާތީ އެކަމުގެ މައްޗަށް ބިނާކޮށްގެން ހުށަހަޅާފައިވާ ދަޢުވާއެއް ނޫންކަން ހުށަހެޅިފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނަކަމގައެވެ. އެހެނީ، މި ދަޢުވާގައި ހިމެނޭ މައިގަނޑު ޚުޞޫމާތްކަމުގައިވާ، އަމިއްލަ ކުންފުނިތަކަށް ސަބްސިޑީ ނުދީ، ހަމައެކަނި ސަރުކާރު ޙިއްޞާވާ މިފްކޯއަށ ސަރުކާރުން ސަބްސިޑީ ދީގެން، މާކެޓް ރޭޓަށްވުރެ ބޮޑުކޮށް މަސްގަތުމަށް ނިންމި ނިންމުމަކީ މިފްކޯ އިން ނިންމާފައިވާ ނިންމުމެއް ނޫންކަން އެނގެން އޮންނަކަމުގައެވެ.

5.9. އެ ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ އެހެން ކުންފުނިތަކަށް ގެއްލުމެއް ކުރިމަތިކުރުވާފަދަ ޢަމަލެއް ނުވަތަ މާކެޓްގައ އޮތި ވާދަވެރިކަމަށް އަސަރު ފޯރާފަދަކަމެއ ސަރުކާރުން ހިންގާ ވިޔަފާރި ކުންފުންޏަކުން ކުރީ ކަމުގައި ބަލައި، އެކަމުގެ މައްޗަށް ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ތަޠުބީޤުކުރެވިދާނެ ޙާލަތެއް އޮތްކަން އެނގެން ނެތްކަމުގައެވެ.

6.9. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ހިނގާނެ ދާއިރއަށާ ބަލާއިރު، އެ ޤާނޫނަކީ ސަރުކާރުން ހިންގާ ވިޔަފާރިތަކ ގުޅިގެނާ ސަރުކާރުން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ސަރުކާރު ޖަވާބުދާރީ ކުރެވޭގޮތަށ ޤާނޫނުގް ދާއިރާ އެކަށައަޅާފައިވާ ޤާނޫނެއްކަމުގައި ނުވާތީ، ސަރުކާރުން ނިންމާ އެފަދަ ނިންމުންތަކުގެ މައްޗަށް އެ ޤާނޫނު ތަޠުބީޤުކުރެވިދާނެކަމުގައި ނުދެކޭކަމުގައެވެ.

7.9. މި ދަޢުވާގައި އެންސިސް ފިޝަރީޒްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާތަކަކީ އެކަމުގެ މައްޗަށް އެންސިސް ފިޝަރީޒްގެ އިތުރުން އެހެން ބައެއްގެވެސ ޙައްޤުތަކެއް އޮތް ފަރުވާތަކެއްކަނ އެނގެން އޮންނައިރު، އެންސިސް ފިޝަރީޒްގެ އިތުރުން އެ ޙައްޤު އޮތް ފަރާތްތަކެއްވާކަނ ދަޢުވް ފޯމުގައި ބަޔާންކޮށްފައި އޮތް އޮތުމުގެ އިތުރުން އެ ޙައްޤު އޮތް ފަރާތްތަކުގެ މަޢުލޫމާތު މައްސަލައާއެކު ހުށަހަޅާފައިނުވާކަމަށާއި، އަދި އެ ފަރާތްތައް ނުހިމަނައި، ހަމައެކަނި އެންސިސް ފިޝަރީޒްއަށް އެ ފަރުވާ ލިބިދޭންޖެހޭ ފަދަ ސަބަބެއް ބަޔާންކޮށްދީފައި ނުވާއިރު، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެންސިސް ފިޝަރީޒްއަށ ސަރުކާރުން ބަދަލުދޭންޖެހޭކަމަށ ބަލައިގެން މި މައްސަލަ ކޯޓަށް ބަލައިގަނެ ހިންގަންޖެހޭ ފަދަ ސަބަބެއް ހުށަހެޅިފައިނުވާކަމަށާއި، އެންސިސް ފިޝަރީޒްގެ ފަރާތުން ހޯދުމަށް އެދޭ ފަރުވާތައް ބިނާކޮށްފައިވާގޮތަށް ބަލާއިރު، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ތަޠުބީޤުކޮށް، އެ ޤާނޫނުގެ ދަށުން ސަރުކާރު ޒިންމާދާރުވާ ންޖެހޭ ފަދަ ސަބަބެއް ހުށަހަޅާފައިވާކަމުގައި ނުދެކޭކަމުގައެވެ.

8.9. ވަކި ކަމެއް ކޮށްދިނުމަށް އެދި ދައުލަތުގެ އިދާރާއަކަށް ރައްޔިތަކު ހުށަހެޅުމުން، އެ ހުށަހެޅުމާ ގުޅިގެން އެ އިދާރާއަކުން އަޅަންޖެހޭ ފިޔަވަޅެއް ނޭޅުނ ނުވަތް އެ އިދާރާއަކުން ކުރަންޖެހޭކަމެއް ނުކުރުން އެއީވެސް ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ޤާނޫނުން ލިބިދީފައިވާ ޙާލަތެއްކަން އެނގެން އޮންނަކަމަށާއި، އަދި އެފަދަ ޙާލަތަކީ، ދައުލަތުގެ އިދާރާއަކަށް ވަކިކަމެއް ކޮށްދިނުމަށް އެދި ހުށަހެޅުމުން، ދައުލަތުގެ އިދާރާއަކުން އެކަމެއް ނުކޮށް ދޫކޮށްލާ ޙާލަތަކަށްވާތީ، ދައުލަތުގެ އިދާރާއިން ނުކޮށް ދޫކޮށްލި ކަމެއްގެ މައްޗަށް ބިނާކޮށް ޖުޑީޝަލް ރިވިއުގެ ދޢުވާއެއ ކޯޓަށް ހުށަހަޅް ޙާލަތުގައި ޖުޑީޝަލް ރިވިއުގެ ދަޢުވާ ހުށަހެޅުމަށަ ޤާނޫނުގައި ދީފައިވާ މުއްދަތު އެ ޢަމަލުގެ މައްޗަށް ތަންފީޒުކުރެވިދާނެ ކަމުގައި ނުދެކޭކަމަށާއި، ސަބަބަކީ ދައުލަތުގެ އިދާރާއަކުން ކުރަންޖެހޭ ކަމެއް ނުކޮށްގެން ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ކޯޓަށް ހުށަހެޅޭ ޙާލަތަކީ އެ ހިނދުވެސް ދައުލަތުގެ އިދާރާގެ އެ ޢަމަލު އެގޮތުގައި ދެމި އޮތަތީ އެކަމުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ދަޢުވާއަކަށްވާތީ، އެ ޙާލަތަކީ ދައުލަތުގެ އިދާރާއަކުން ނިންމި ނިންމުމެއް، އެ ނިންމުން ރައްދުވާ ފަރާތަށް ލިބި، އެ ތާރީޚާ ނ ފެށިގެން ދަޢުވާ ހުށަހެޅުމަށް އޮންނަ މުއްދަތުގައި ހުށަނާޅައިފިނަމަ ތަޤާދުމުގެ މިންގަނޑުން އެނިންމުމެއް ބަލައިނގު ތުމަށ އޮންން ޙާލަތާ މުޅިން ތަފާތު ޙާލަތަކަށްވާތީކަމުގައެވެ.

9.9. މި ދަޢުވާ ރައްދުވާ ފަރާތްތަކުގެ ގޮތުގައި ދައުލަތުގެ ތިން މިނިސްޓްރީއެއް ހިމަނާފައިވާއިރު، މި ދަޢުވާއަކީ ޖުމްލަ ގޮތެއްގައި ސަރުކާރުން ނިންމި ނިންމުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދަޢުވާއެއްކަން ދަޢުވާގެ ސީޣާއާއި ތަފްޞީލުތަކަށް ބެލުމުން އެނގެން އޮންނައިރު، ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ދަޢުވާލިބޭ 03 (ތިނެއް) މިނިސްޓްރީ ޒިންމަދާރުކުރުވަންޖެހޭ ސަބަބަކީ ކޮބައިކަމާއި، މި ދަޢުވާގައި އެންސިސް ފިޝަރީޒްގެ ފަރާތުން ހޯދުމަށް އެދޭ ފަރުވާތައް އެ މިނިސްޓްރީތަކ ސީދާ ގުޅޭގޮތަކީ ކޮބައިކަން ސާފުކޮށްދެވިފައިނުވާކަމުގައެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

10ސިވިލް ކޯޓުގެ ނަންބަރު 2024-CVC-757 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 03 (ތިނެއް) ނުކުތާތަކެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

1.10. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނަކީ ސަރުކާރުން ހިންގާ ވިޔަފާރިތަކާ ގުޅިގެން، ސަރުކާރުން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ސަރުކާރު ޖަވާބުދާރީކުރެވޭގޮތަށް އެކަށައަޅާފައިވާ ޤާނޫނެއް ނޫންކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އެ ޤާނޫނުގެ 2 ވަނަ މާއްދާ އާއި 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާ އާއި 7 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/46 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ޤަޟިއްޔާއަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްގެންކަމަށް ނުފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،

2.10. ސިވިލް ކޯޓުގެ ނިންމުމުގައި އެންސިސް ފިޝަރީޒް އަށް ލިބިފައިވާ އަދި ލިބޭ އެންމެހައި ގެއްލުން ހިސާބުކުރުމަށްފަހު، އެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ވަކި ދަޢުވާއެއް ހުށަހެޅުމަށް އެދިފައިވާ ފަރުވާއަކީ، އެފަރާތަށް އެ ފަރުވާއެއް ހޯދައިދީފިނަމަ، އެ ފަރުވާއަކީ އެހެން ފަރާތްތަކެއްގެ ޙައްޤު އޮތް ފަރުވާއަކަށްވާތީ، އެ ފަރާތްތައް ދަޢުވާގެ ޚަޞްމުންގެ ގޮތުގައި ނުހިމަނައި، އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ((ދިވެހި ދައުލަތް) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ވ. ޙުސައިން ޙާފިޡް އަދި އިތުރު 8 ފަރާތް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ، އަދި

3.10. ސިވިލް ކޯޓުގެ ނިންމުމުގައި ދަޢުވާ ރައްދުވާ 03 (ތިނެއް) މިނިސްޓްރީއެއް ހިމަނާފައިވާއިރު، ދަޢުވާގެ ސޣާއަށީ ބެލުމުން، ދަޢުވާ ބިނާކޮށްފައިވަނީ ސަރުކާރުގެ ނިންމުމެއްގެ މައްޗަށްކަމަށްވުމުން، އެ ނިންމުމުގެ ސަބަބުން އެ 03 (ތިނެއް) މިނިސްޓްރީ ޒިންމާދާރުކުރުވަންޖެހޭ ސަބަބާއި، އެދިފައިވާ ފަރުވާތަކ އާ މިނިސްޓްރީތަކ ގުޅާ ގޮތް ބަޔާންކޮށްފައި ނެތްކަމަށް ކަނޑައަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ

(ށ) އާއި، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (މ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ 16 ސެޕްޓންބަރެ 2023 އިން ފެށިގެން، ސަރުކާރުގެ %100 (ސަތޭކަ އިންސައްތް) ޙިއްޞާވާ ކުންފުންޏެއްކަމުގައިވާ މިފްކޯ މެދުވެރިކޮށް، ސަރުކާރުން ސަބްސޑި ދީ ގޮތަކަށް ކިލޯއަކަށް -/25ރ. (ފަންސަވީސް ރުފިޔާ) ގެ މަގުން މަސް ގަތުމަށް ކަނޑައަޅާފައިވާކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންނަށް ހަމަ އަގު ނުވަތަ ބޮޑު އަގެއް ހޯދައިދިނުމުގެ ގޮތުން މާކެޓް ރޭޓަށްވުރެ ބޮޑު އަގެއްގައި މިފްކޯ މެދުވެރިކޮށް މަސްވެރިންގެ އަތުން މަސްގަތުން ކަމުގައިވާތީ، މިފްކޯއިން ދަނީ މާކެޓް ރޭޓަށްވުރެ ބޮޑު އަގެއްގައި މަސް ގަންނަމުންކަމަށާއި، އަދި މިފްކޯއިން މަސްގަންނަ އަގަށްވުރެ ދަށް އަގުގައި ބައިނަލްއަޤްވާމީ މާކެޓަށް، އެ ކުންފުނިން މަސް އެކްސްޕޯޓުކުރަންޖެހުނު ނަމަވެސް، އެ ކުންފުނޏްށ ލިބް ގެއްލުން ފޫބެއްދުމަށްޓަކައި، ކެޕިޓަލް ކޮންޓްރިބިއުޝަންއެއްގ ގޮތުގައެ ކޭޝް ފްލޯ އިންޖެކްޝަންގ ގޮތުގައެ ސަރުކާރުން އެ ކުންފުންޏަށް މާލީ އެހީތެރިކަން ފޯރުކޮށްދޭކަމުގައެވެ.

12ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނަކީ ސަރުކާރުން ހިންގާ ވިޔަފާރިތަކާ ގުޅިގެން، ސަރުކާރުން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ސަރުކާރު ޖަވާބުދާރީކުރެވޭ ގޮތަށް އެކަށައަޅާފައިވާ ޤާނޫނެއްނޫންކަމަށ ސިވިލް ކޯޓުން ކަނޑައަޅާފައިވީނަމަވެސް، އެ ޤާނޫނަކީ ވިޔަފާރިކުރަނީ ކޮންމެ ފަރާތަކަށްވީނަމަވެސް، ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށްކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ފާސްކޮށްފައިވާ ޤާނޫނެއްކަން އެ ޤާނޫނުގެ 1 ވަނަ މާއްދާއިން ސާފުކަމުގައެވެ.

13އެ ޤާނޫނުގެ 2 ވަނަ މާއްދާގައި، އެ ޤާނޫނުގެ މަޤްޞަދުތައް ބަޔާންކޮށްފައިވާއިރު، އެ މަޤްޞަދުތަކުގައި ސަރުކާރު ވަކިން އިސްތިސްނާކޮށްފައިނުވާކަމުގައެވެ. މި މާއްދާގެ (ޅ) އަށް ރިޢާޔަތްކުރާއިރު، އެ ޤާނޫނުގެ މަޤްޞަދަކީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތައް ހުއްޓުވުންކަން އެނގޭކަމަށާއި، އެކަން ކުރަނީ ކޮން ފަރާތެއްކަން ބެލުން ނެތްކަން އެނގޭކަމުގައެވެ.

14މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ސަރުކާރުގެ ކުންފުނިތަކުގެ މައްޗަށްވެސް އެ ޤާނޫނު ހިނގާނެ ކަމަށް އޮތުމުން ޔަޤީންކޮށްދެނީ، ސަރުކާރުގެ ކުންފުނިތަކަށްވީތީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތއަ ހިންގުމަށް އެފަދް ކުންފުނިތަކަށްވެސް ފުރުޞަތެއް ނެތްކަމުގައެވެ. އެ ޤާނޫނުގެ 4 ވަނަ މާއްދާއާއި، 7 ވަނަ މާއްދާގައި، އެ ޤާނޫނުން އިސްތިސްނާކުރެވޭ ކަންކަން ބަޔާންކޮށްފައިވާއިރު، މުޠުލަޤަށް ސަރުކާރު ނުވަތަ ސަރުކާރު ކުންފުނިތައް އިސްތިސްނާވާ ކަމަށާ ބަޔާންކޮށްފައިވެސް ނުވާކަމުގައެވެ. އެ ޤާނޫނުގެ 10 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އެ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މާކެޓެއްގައި މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމަށް ނުފޫޒުފޯރުވޭފަދަ މަޤާމެއް ލިބިފައިވާ ވިޔަފާރި ހިންގާ ފަރާތަކުން، އެފަރާތުން އަމިއްލައަށް ނުވަތަ އެހެން ފަރާތަކާ ގުޅިގެން ނަމަވެސް، އެ ވިޔަފާރި ހިންގާ ފަރާތަކަށް ލިބިފައިވާ މަޤާމުގެ ބޭނުން ނަހަމަގޮތުގައި ހފުމަށްޓަކައި އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ މަނާކަމއްކަމަށް ބަޔާންކޮށްފައިވާކަމުގައެވެ.

15މިފްކޯ މެދުވެރިކޮށް، ސަރުކާރުގެ ނަމުގައި، ވަކި އަގެއްގައި މަސް ގަތުމުގެ ޕޮލިސީ ކަނޑައަޅަނީ މިނިސްޓްރީ އޮފް ފިޝަރީޒްއިންކަމަށާއި، މިފްކޯއަށ ފައިސް ދޫކުރަނީ މިނިސްޓްރީ އޮފް ފިނޭންސްއިންކަމަށާއި، އެފަރާތްތަކުން އެކުރަނީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލެއްކަން އެނގިހުރެ، މި ޤާނޫނުގެ ދަށުން ފިޔަވަޅެއް ނާޅަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމަށްވާއިރު، އެ ޢަމަލަކީ، ކަނޑައެޅިގެން އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ށ) އާ ޚިލާފު ޢަމަލެއްކަމުގައެވެ.

16ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/46 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ޤަޟިއްޔާގައި، ދައުލަތުގެ ޙިއްޞާ ހިމެނޭ ކޮންމެ ކުންފުންޏަކީވެސް ދައުލަތުގެ ކޮންމެވެސް މަޞްލަޙަތެއް ޙިމާޔަތްކުރުމަށް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް އުފައްދާ ކުންފުނިތަކެއްކަމަށާއި، އެ ކުންފުނިތައް ސީދާ އަދި ނުސީދާ ގޮތުން ސަރުކާރުން ކޮންޓްރޯލްކުރާކަމަށްވެސް ބަޔާންކޮށްފައިވާއިރު، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު މާނަކުރަންޖެހޭނީ، އިސްވެ ބަޔާންކުރި ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ އަލީގައި ކަމަށާއި، އެގޮތުން، މިފްކޯއިން މަސްކިލޯއެއް ބޮޑުއަގުގައި ގަންނަމުން ދިޔައީ، ސަރުކާރުގެ ނިންމުމަކަށް ވީނަމަވެސް، އެކަން ތަންފޒީކުރ ނުވަތާ ސަރުކާރުގެ މަސްވެރިކަމާ ގުޅުންހުރި މިނިސްޓްރީއަކީ، މިނިސްޓްރީ އޮފް ފިޝަރީޒްކަމަށް ވުމުން، އެ މިނިސްޓްރީއާއި މިފްކޯއަށް ފައިސާ ދޫކުރަމުންދިޔައ މިނިސްޓްރީ އޮފް ފިނޭންސްކަމަށް ވުމުން، އެ ކަމާ ގުޅިގެން، އެ 02 (ދޭއް) މިނިސްޓްރީ އަކީ، ސަރުކާރުގެ ފަރާތުން ނަގަންޖެހޭ ޒިންމާ ނަގަންޖެހޭ ދެ މިނިސްޓްރީކަމުގައެވެ.

17އިސްތިއުނާފުކުރެވޭ މައްސަލަ، މައުޟޫ ޢީ ގޮތުން ބެލުމެއް ނެތި، ދަޢުވާލިބޭ ފަރާތްތަކުގެ (އިސްތިއުނާފ ލިބު ފަރާތްތައް) އިލްތިޒާމެއް އޮތްކަން ނުވަތަ ނެތްކަން ކަނޑަނޭޅޭނެކަމަށާއި، އެ ނިންމުން ޢަދުލު އިންޞާފު ހޯދުމަށް ކޯޓަށް އަންނަ އޮތުމަށް ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ

(ނ) އާވެސް ޚިލާފުކަމަށް ދެކޭކަމުގައެވެ.

18ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި ނުކުތާ ޚާއްޞަވަނީ، އެންސިސް ފިޝަރީޒްއަށް ލިބިފައިވާ އަދި ލިބޭ އެންމެހައި ގެއްލުން ހިސާބުކުރުމަށްފަހު، އެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ވަކި ދަޢުވާއެއް ހުށަހެޅުމަށް އެދިފައިވާ ފަރުވާއަކީ، އެފަރާތަށް އެފަރުވާއެއް ހޯދައިދީފިނަމަ، އެ ފަރުވާއަކީ އެހެން ފަރާތްތަކެއްގެ ޙައްޤު އޮތް ފަރުވާއަކަށވާތީ، އެފަރާތްތައް ދަޢުވާގެ ޚަޞްމުންގެ ގޮތުގައި ނުހިމަނައި، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުމުގެ މައްޗަށް ކަމުގައެވެ. މިކަން ބިނާކޮށްފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ((ދިވެހި ދައުލަތް) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ވ. ޙުސައިން ޙާފިޡް އަދި އިތުރު 8 ފަރާތް) ޤަޟިއްޔާއަށް ކަމުގައެވެ.

19އެހެންނަމަވެސް، އެންސިސް ފިޝަރީޒްއިން ދަޢުވާކޮށްފައިވަނީ ހަމައެކަނި އެންސިސް ފިޝަރީޒްގެ ޙައްޤު ހޯދުމަށްކަމަށއި، އެންސިސް ފިޝަރީޒްއާ އެއްފަދަ ޙާލަތުގައި ތިބި ފަރާތްތަކަކަށް ގެއްލުންވުމަކީ، އެފަރާތްތައް ހިމަނައިގެން އެންސިސް ފިޝަރީޒްއިން ދަޢުވާކުރަންޖެހޭ ސަބަބެއް ނޫންކަމަށާއި، އަދި، އެފަދަ ފަރާތަކުން ދަޢުވާނުކުރުމަށް ނިންމުމަކީ، އެފަދަ ފަރާތަކަށް ލިބޭ އިޚްތިޔާރެއްކަމުގައެވެ.

20ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/426 ((ދިވެހި ދައުލަތް) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ވ. ޙުސައިން ޙާފިޡް އަދި އިތުރު 8 ފަރާތް) ޤަޟިއްޔާއިން ސާފުވާކަމަކީ، އެ ދަޢުވާގައި ހިމެނޭ 87 (އަށްޑިހަ ހަތެއް) ރަޖިސްޓަރީއަކީ ދަޢުވާކުރީ 09 (ނުވައެއް) ފަރާތަށް ނިސްބަތްވާ ރަޖިސްޓަރީތަކެއްކަން ސާފުނުވާކަމުގައެވެ. އަދި އެނިސްބަތްވާ އެހެން ފަރާތްތަކެއްވެސް ތިބެދާނެކަމުގައެވެ. އެއާ ޚިލާފަށް، އިސްތިއުނާފުކުރެވޭ މި މައްސަލައިގައި، އެންސިސް ފިޝަރީޒްއިން އެދިފައިވާ ފަރުވާއަކީ، އެންސިސް ފިޝަރީޒއަށް އެކަން ޚާއްޞަ ފަރުވާއެއްކަމަށާއި، އެންސިސް ފިޝަރީޒްއިނ ހުށަހެޅް ދަޢުވާއަކީ، އެހެން ފަރާތަކާ ގުޅުންހުރި، އެހެން ފަރާތެއްގެ ޙައްޤެއް ހިމެނޭ ދަޢުވާއެއް ނޫންކަމުގައެވެ. އެހެންކަމުން، ބަޔާންކޮށްފައިވާ ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްނޫންކަމުގައެވެ.

21ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) ގައި ބުނާ ކަންކަން އެންސިސް ފިޝަރީޒް އިން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމްގައި ބަޔާންކޮށްފައިވާކަން ސިވިލް ކޯޓުގެ ނިންމުމުން (ޕެރަގްރާފް

27) އިން ސާފުކަމަށާއި، އެގޮތުން، ދަޢުވާ ނިސްބަތްވާ ދައުލަތުގެ 03 (ތިނެއް) މިނިސްޓްރީގެ ނަމާއި، އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރަންޖެހުނ ސަބަބު ބަޔާންކޮށްފައިވާކަމުގައެވެ.

22މި ދަޢުވާ ދިވެހި ދައުލަތުގެ 03 (ތިނެއް) މިނިސްޓްރީ އެއްގެ މައްޗަށް ކުރަންޖެހުނީ، އެ މިނިސްޓްރީތަކުގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން އެންސިސް ފިޝަރީޒްއަށް ފޫނުބެއްދޭ ގެއްލުން ލިބެމުންދާތީކަންވެސް ދަޢުވާގައި ބަޔާންކޮށްފައިވާކަމުގައެވެ.

23ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ދަޢުވާ ސާބިތުވޭތޯއާއި، ސާބިތުވާނަމަ ބަދަލެއް ނަގައިދޭންޖެހޭތޯއާއި، ބަދަލެއް ނަގައިދޭން ނިންމާނަމަ، އޭގެ މިންވަރަކީ، މައުޟޫޢީގޮތުން މައްސަލަ ބެލެވިގެން ނޫނީ ނިންމޭނެ ކަންކަންކަމަށް އެންސިސް ފިޝަރީޒްއިން ނުދެކޭކަމުގައެވެ. އެހެންކަމުން، އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުން، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އާ ޚިލާފުކަމަށް ދެކޭކަމުގައެވެ.

24މައްސަލައެއް ކޯޓަށް ހުށަހެޅުމާއެކު، އެއީ އެ ކޯޓަކަށް ހުށަހެޅޭނެ މަދުމިން ފުރިހަމަވާ މައްސަލައެއްނަމަ، އެ މައްސަލައެއް އެ ކޯޓުގައި ކުރިއަށް ގެންދެވޭނެކަމަށާއި، އަދި އެ މިންވަރު ސާބިތުކުރުން އޮންނަންވާނީ މަދަނީ އެހެން ކަންކަންވެސް ސާބިތުކުރާ މިންގަނޑުކަމަށްވާ "ބޮޑަށް ބުރަވެވޭ" މިންގަނޑުކަމުގައެވެ.

25އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ރައްދުވާ 03 (ތިނެއް) މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރުމުގެ ހައިސިއްޔަތު އެންސިސް ފިޝަރީޒްއަށް އޮތްކަމަށް ކަނޑައަޅައިދިނުމަށާއި، އެންސިސް ފިޝަރީޒްއިނ ސިވިލް ކޯޓަށް ހުށަހެޅް ދަޢުވާއަކީ އިތުރު އެހެން ފަރާތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ދަޢުވާއެއް ނޫންކަމަށާއި، އެ ދަޢުވާގެ މައްޗަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 82 ވަނަ މާއްދާ ތަޠުބީޤުނުވާކަމަށް ކަނޑައަޅައިދިނުމަށާއި، ސިވިލް ކޯޓުގެ ނަންބަރު 2024-CVC-757 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 291 ވަނަ މާއްދާގެ (ބ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މި މައްސަލަ އަލުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

26ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނގު 1 ވަނަ މާއްދާއަށާއި 2 ވަނަ މާއްދާއަށް ޙަވާލަދީފައިވއިރު، މާ މާއްދާތަކަށް ބެލުމުން މި ޤާނޫނު އުފެއްދުމުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތައް ރެގިއުލޭޓް ކުރުންކަން އެނގެން އ ންނަކަމަށއި، މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ސާފުވެގެންދަނީ މި ޤާނޫނުގެ މަޤްސަދަކީ މާކެޓުގައި ނުފޫޒު ފޯރުވޭނެ މަޤާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަޤާމެއްގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުން މަނާކުރުންކަމުގައެވެ.

27މި ޤާނޫނުގެ 34 ވަނަ މައްދާގައި "ވިޔަފާރި"، "ވިޔަފާރީގެ ޢަމަލުތައް" އަދި "ވިޔަފާރީގެ ހަރަކާތު ހިންގާ ފަރާތް" މާނަކޮށްފައިވާގޮތަށް ބަލާއިރު، މި ޤާނޫނަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް މުދަލަކާ ގުޅިގެން ނުވަތަ ޚިދުމަތަކީ ގުޅިގެނާ ވިޔަފާރީގެ އެއްވެސް ޙަރަކާތެއް ނުވަތަ ޙަރަކާތްތަކެއް ހިންގާ ފަރާތަށް ހިންގާ ވިޔަފާރީގެ އެކި އެރޭންޖެމެންޓްތަކާއި ޕްރެކްޓިސްތަކުގެ ސަބަބުން ޤައުމުގެ އިޤްތޞާދި ކުރިއެރުމަށ ކުރް ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި އެކަށައަޅަންޖެހޭ އޞު ލުތައް ބަޔާންކުރުމަށް އުފެއްދުނު ޤާނޫނެއްކަނ އެނގެން އޫންނަކަމުގައެވެ.

28މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓުގެ ދަޢުވާ އުފުލާފައިވަނީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، މިނިސްޓްރީ އޮފް އެކޮނޮމިކ ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ފިނޭންސްއަށ ދަޢުވް ރައްދުވާ ގޮތަށކަމުގައެވެ. މީގެނ އެއްވެސް މިނިސްޓްރީއަކީ މި ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ މުދަލަކާ ގުޅިގެން ނުވަތަ ޚިދުމަތަކީ ގުޅިގެނާ ވިޔަފާރީގެ އެއްވެސް ޙަރަކާތެއް ނުވަތަ ޙަރަކާތްތަކެއް ހިންގާ އިދާރާއެއް ނޫނާ ކަމުގައެވެ.

29މި ޤާނޫނުގެ 3 ވަނަ މާއްދާއަށް ބަލާއިރު، މި ޤާނޫނު ހިނގާނީ ސަރުކާރު ކުންފުނިތަކުގެ މައްޗަށްކަން މި މާއްދާއަށް ބެލުމުން ސާފުކަމުގައެވެ. މި މާއްދާގައި ސަރުކާރުގެ މިނިސްޓްރީތަކުގެ މައްޗަށާއި ސަރުކާރުގެ އިދާރާތަކުގެ މައްޗަށް މި ޤާނޫނު ހިނގާނެކަމުގައި ބަޔާންކޮށްފައިނުވާކަމުގައެވެ. ވުމާއެކު މި ދަޢުވާއަކީ ދަޢުވާކުރާ ފަރާތަކީ މަސްވެރިކަމުގެ ސިނާއަތުގައި މަސްގަނ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރު ފަރާތަކަށްވެފައި އެ ފަރާތާ އެ ސިނާއަތުގައި ވާދަކުރާ ކުންފުންޏަކީ މިފްކޯ ކަމުގައިވާއިރު މި ޤާނޫނުގެ ދަށުން ދަޢުވާކުރާނަމަ ދަޢުވާކުރަންޖެހޭނީ އެ ކުންފުނީގެ މައްޗަށްކަން ސާފުކަމުގައެވެ. މިހާރު ދަޢުވާ ފަރުމ ކޮށްފައިވާ ގޮތަށާ ދައުލަތުގެ މިނިސްޓްރީތަކުގެ މައްޗަށް ދަޢުވާކޮށްގެން މި މައްސަލަ ބެލުމަކީ މި ޤާނޫނުގެ ދާއިރއިނާ ބޭރުވެގެންދާނެ ކަމެއްކަމުގައެވެ.

30މި ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ދަޢުވާކުރެވެނީ ސަރުކާރަށް ނޫންކަމަށާއި މި ޤާނޫނާ ޚިލާފުވެގެން ގެއްލުމެއްވާ ކަމަށް ޤަބޫލު ކުރެވަ ޙާލަތުގައި ދަޢުވާކުރެވެނ އޮންނަން ސަރުކާރުގެ ކުންފުނިތަކުގެ (އެ ޢަމަލުކުރި ފަރާތް) ގެ މައްޗަށް ކަމަށާއި ސަރުކާރުގެ އަދި ކައުންސިލްގެ ނިންމުންތައް މި ޤާނޫނުން އިސްތިސްނާވާކަމުގައެވެ. އަދި މި ޤާނޫނުގެ 10 ވަނަ މާއްދާއަށް ބެލުމުން މި ޤާނޫނުން ރެގިއުލޭޓް ކުރަނީ "ވިޔަފާރި ހިންގި ފަރާތް" ތައް ކަން ވަރަށް ސާފުކޮށް އެނގެން އޮންނަކަމުގައެވެ.

31އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާ ފަރުމާ ކޮށްފައިވަނީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ކުރާ ދަޢވާއެއު ގޮތުގައިކަމަށްވުމުނ މިއް މި މައްސަލައިގައި ދަޢުވާ ރައްދުކޮށްފައިވާ މިނިސްޓްރީތަކާ ދެކޮޅަށް ކުރިޔަށް ގެންދެވިދާނެ މައްސަލައެއް ނޫން ކަމުގައެވެ.

32ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021/SC-A/46 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ޤޟިއްޔާއަށަ ބަލާއިރު އެ މައްސަލައިގައި ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް ހިމެނޭކަމަށް މާނަ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙއަޤގު ޤާނޫނު) (މީގެ ފަހުން "މަޢުލޫމާތު ހޯދު ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު") ގެ 72 ވަނަ މާއްދާގެ ބޭނުމަށްކަން އެނގެން އޮންނަކަމަށާއި، އެއީ އާންމު އޞު ލުނ ދައުލަތުގެ އިދާރާގެ ތެރޭގައި ދައުލަތުގެ ކުންފުނިތައް ހިމެނޭތޯ ބެލުމުގެ ތެރެއިން ކަނޑައެޅި ކަނޑައެޅުމެއް ނޫންކަމުގައެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/46 މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ގަޟިއްޔާއަކީ މި މައްސަލައަށް ތަޠުބޤީ ކުރެވިދާނެ ޤޟިއްޔާއެއަ ނޫންކަން އެނގޭކަމުގައެވެ.

33ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަށް ބަލާއިރު، މުޅި ދަޢުވާ ބިނާކޮށްފައިވަނީ ސަރުކާރުންދޭ ފައިސާ އަމިއްލަ ކުންފުނިތަކަށް ނުދީ ހަމައެކަނި މިފްކޯއަށް ދިނުމަކީ ޤާނޫނާ ޚިލާފުކަމެއްކަމަށް ކަނޑައަޅައި ދިނުމަށާއި އެއީ އެ ދާއިރާގައި އުޅޭ އެހެން ކުންފުނިތަކަށްވެސް ލިބެންޖެހޭ ފައިސާކަމަށާއި މިފަދައިން ސަރުކާރުން ކޮށްފައިވާ ޢަމަލަކީ ވިޔަފާރީގެ ވާދަވެރިކަން ނައްތާލެވޭ ގޮތަށް ސަރުކާރުން ކުރާ ޢަމަލެއްކަމަށް ކަނޑައެޅުމަށާއި، އިސްތިއުނާފުކުރާ ފަރާތަށްވެސް ފައިސާ ލިބެންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައއްކެށްވުމާއެކު މި ފަރުވާތަކަކީ އޭގެ ޒާތުގައި އެންސިސް ފިޝަރީޒއަށް އެކަނި ނިސްބަތްވާނެ ފަރުވާތަކެއ ނޫންކަން އެނގޭކަމުގައެވެ.

34ސިވިލް ކޯޓުގެ ނިންމުމުގެ 19 ވަނަ ނުކުތާގައި ޙވާލާދީފައިވަ ޤޟިއްޔަ އަށާ ހަވާލާދީފައިވަނީ އެންސިސް ފިޝަރީޒްއިނ ދަޢުވް ފޯމާ ފަރުމާ ކުރުމުގައި އެފަރާތައ ފަރުދީގޮތުން ލިބެންޖެހޭ ފަރުވާއަކަށް އެދިފައިވާކަމަށް ބުނެފައިވީ ނަމަވެސް އެފަރާތުން ދަޢުވާ އާއި އެދިފައިވާ ފަރުވާތައް ފަރުމ ކޮށްފައިވާ ގޮތަށާ ބަލާއިރް އެފަރާތުން މި ދަޢުވާ ފޯމު ފަރުމާ ކޮށްފައިވަނީ މުޅި ހާދިސާއާ ގުޅިގެން އެ ދާއިރާގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަށްވެސް މި ދަޢުވާ ނިސްބަތްވާ ގޮތަށްކަމުގައިވާއިރު، އެ ފަރާތްތަކުގެ މޞަ ލ ޙަތުގައި ބަހެއް ނެތި ނުވަތަ އެފަރާތުން ދެކޭގޮތއެ ނޭނގި، ހަމައެކަނި އެންސިސް ފިޝަރީޒްއަށ ބަދަލް ދޭންޖެހޭނެކަމަށް ބަލައިގެން، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން އެފަރާތަށް ފަރުވާ ނަގައިދޭންޖެހޭ ސަބަބެއް ނެތްކަމަށް ބަޔާންކުރުމަށްކަމުގައެވެ. އެހެންކަމުން، އިސްތިއުނާފީ ނުކުތާގައި ފާހަގަ ކޮށްފައިވާ ބީދައިން ދަށު ކޯޓުގެ ނިންމުމުގައި ޤާނޫނު ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ތަޠުބީޤުކުރުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ގޯހެއް ހަދާފައިވާ ނުވާ ކަމުގައެވެ.

35ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ވޔަފާރީގި ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން އެ ޤާނޫނާ ޚިލާފަށް ޢަމަލުކުރާ ފަރާތްތކަ ގުޅިގެން ޝަކުވާ ހުށަހަޅައި އެކަމާ ގުޅިގެން ޤާނޫނީ ފަރުވާ ހޯދޭނެ ނިޒާމެއް ޤާއިމް ކޮށްފައިވާކަނާ އެ ޤަނޫނުގެ 27 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމަށާއި، އަދި އެފަދައިން ހުށަހަޅާ ޝަކުވާއަކާމެދު ހިތްހަމަނުޖެހޭނަމަ އެކަން ކޯޓަށް ހުށަހަޅައި އިސްތިއުނާފު ކުރުމުގެ ޙައްޤވެސު ޝަކުވާ ހުށަހަޅާ ފަރާތަށް ލިބިގެންވާކަމަށް އެ ޤާނޫނުގެ 29 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމުގައެވެ.

36ވުމާއެކު، މި ޤާނޫނާ ޚިލާފުވެގެން ކޯޓަށް މައްސަލައެއް ފުރަތަމަ މަރު ޙލަ ގައި ހުށަހެޅުން މި ޤާނޫނާ ދަންނަނީ ޝަކުވާ ހުށަހަޅާ ނިޒާމުގެ ތެރެއިން މިނިސްޓްރީއިން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން އެ މިނިސްޓްރީއިން ނިންމި ނިންމުމަކީ އެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ޚިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނަ ޙާލަތުގައި ނުވަތާ މިނިސްޓްރީއަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެން ނިންމި ނިންމުމެއް ކަމަށް ފެންނަ ޙާލަތުގައިކަން އެނގެން އޮންނަކަމަށާއި، މި ޤާނޫނާ ޚިލާފުވެގެން މައްސަލަ ހައްލު ކުރަން ފުރަތަމަ މަރޙަލާގައު ކޯޓަށް ހުށަހެޅުން މި ޤާނޫނު ނުދަންނަކަމުގައެވ. އަދި ކޯޓަށް ހުށަހެޅެ ޙާލަތެއްގައިވެސް ހުށަހެޅޭނެ އޮންނަނީ ޖުޑީޝަލް ރިވިއުގެ ދަޢުވާއެއްކަން ސާފުކޮށް އެނގެން އޮންނަކަމުގައެވެ.

37މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރުގައި، ދައުލަތުގެ މައްޗަށް ދަޢުވާއެއް ހުށަހަޅާނަމަ އެ ދަޢުވާއެއް ނިސްބަތްވާ ދައުލަތުގެ އިދާރާގެ ނަން އަދި، ދައުލަތުން ޒިންމާ އުފުލަންޖެހޭ ޙާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން ބަޔާންކުރަންޖެހޭކމަށާއި، އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއާ ދަޢުވާލިބު 03 (ތިނެއް) މިނިސްޓްރއީ ގުޅާ ގޮތެއް ސާފު ނުވާކަމަށް ދަށު ކޯޓުން ކނޑައަޅާފައިވަނަ އެ ފަރާތުން އެދިފައިވާ ފަރުވާތަކާ ގުޅުވައިގެނކަމުގައެވެ. ސިވިލް ކޯޓުގައި ހޯދުމަށް އެދޭ ފަރުވާތަކުގައި އެފަރާތުން ދަޢުވާ ހުށަހެޅި 03 (ތިނެއް) މިނިސްޓްރީ ޝާމިލުވާ ގޮތެއް ނުވަތަ ޒިންމާ ނަގަންޖެހޭ ގޮތެއް ނުވަތަ ކުރަންޖެހޭ ކަމަށް އެފަރާތުން ބަޔާންކުރާކަމެއް ނެތްކަމުގައެވެ.

38އިސްތިއުނާފުކުރާ ފަރާތުން ޚަޞްމުންގެ ގޮތުގައި ހިމަނާފައިވާ މިނިސްޓްރީތައް މި މައްސަލައިގައި ޒިންމާވާންޖެހޭ ގޮތް ސާފުކޮށްދީފައިނުވާއިރު އަދި މި މައްސަލައަކީ އިޚްތިލާފު އޮންނަ ބާވަތުގެ ފޯމުން ހުށަހަޅާފައިވާ މައްސަލައަކަށްވެފައި މި މައްސަލައަކީ ޖުޑީޝަލް ރިވިއުގެ ސިފަތު ލިބިފައިވާ މައްސަލައަކަށް ވީހިނދު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދައުލަތުން ޒިންމާ އުފުލަންޖެހޭ ޙާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން ތަފޞްލ ކުރުމުގު ޒިންމާ އެފަރާތްތަކަށް އަދ ކުރެވިފައި ނުވާއިރު ދަށު ކޯޓުގެ ނިންމުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާ އަދި ޤާނޫނުއަސާސީ 43 ވަނަ މާއްދާއާ ޚިލާފުވާ ގޮތެއް އެ ފަރާތު ން ބަޔާންކޮށްދީފައިނުވާކަމުގައެވެ.

39ދައުލަތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2024-CVC-757 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

40މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ތަޢުނުކޮށްފައިވަނީ ދަށު ކޯޓުން ނިންމާފައިވާ އަންނަނިވި ނިންމުންތަކެވެ.

1.40. ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނަކީ ސަރުކާރުން ހިންގަ ވިޔަފާރިތަކ ގުޅިގެނާ ސަރުކާރުން ނިންމް ނިންމުންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރު ޖަވާބުދާރީ ކުރެވޭގޮތަށ ޤާނޫނުގް ދާއިރާ އެކަށައަޅާފައިވާ ޤާނޫނެއް ކަމުގައިނުވާތީ، ސަރުކާރުން ނިންމާ އެފަދަ ނިންމުންތަކުގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރެވިދާނެކަމަށ ނުދެކޭކަމަށް ނިންމި

ނިންމުން

2.40. ދަޢުވާގައި އެންސިސް ފިޝަރީޒްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާތަކަކީ، އެކަމުގެ މައްޗަށް އެންސިސް ފިޝަރީޒްގެ އިތުރުން، އެހެން ބައެއްގެވެސ ޙައްޤުތަކެއް އޮތް ފަރުވާތަކެއްކަނ އެނގެން އޮންނައިރު، އެންސިސް ފިޝަރީޒްގެ އިތުރުން އެހެން ބައެއްގެވެސް ޙައްޤުތަކެއް އޮތް ފަރުވާތަކެއްކަން އެނގެންއޮތްއިރު، އެ ފަރާތްތައް ނުހިމަނައި ހަމައެކަނި އެންސިސް ފިޝަރީޒްއަށް އެ ފަރުވާ ލިބެންޖެހޭ ފަދަ ސަބަބެއް ބަޔާންކޮށްދީފައިނުވާކަމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނނުގޫ 30 ވަނަ މާއްދާގެ ދަށުން އެންސިސް ފިޝަރީޒްއަށ ސަރުކާރުން ބަދަލް ދޭންޖެހޭކަމަށް ބަލައިގެން މި މައްސަލަ ހިންގަންޖެހޭ ފަދަ ސަބަބެއް ހުށަހަޅާފައިނުވާއިރު، އެންސިސް ފިޝަރީޒްގެ ފަރާތުން ހޯދުމަށް އެދޭ ފަރުވާތައް ބިނާކޮށްފައިވާގޮތަށް ބަލާއިރު، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ތަޠުބީޤުކޮށް، އެ ޤާނޫނުގެ ދަށުން ސަރުކާރު ޒިންމާދާރުކުރުވަންޖެހޭ ފަދަ ސަބަބެއް ހުށަހަޅާފައިވާ ކަމުގައި ނުދެކޭކަމަށް ނިންމި ނިންމުން

3.40. ސިވިލް ކޯޓުގެ ނަންބަރު 2024-CVC-757 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ 03 (ތިނެއް) މިނިސްޓްރީއެއް ހިމަނާފައިވާއިރު، މި ދަޢުވާއަކީ ޖުމްލަ ގޮތެއްގައި ސަރުކާރުން ނިންމި ނިންމުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދަޢުވާއެއްކަން ދަޢުވގާ ސީޣާއިންނާއި ތަފްޞީލުތަކަށް ބެލުމުން އެނގެން އޮންނައިރު، ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ދަޢުވާލިބޭ 03 (ތިނެއް) މިނިސްޓްރީ ޒިންމާދާރުކުރުވަންޖެހޭ ސަބަބަކީ ކޮބައިކަމާއި، މި ދަޢުވާގައި އެންސިސް ފިޝަރީޒްގެ ފަރާތުން ހޯދުމަށް އެދޭ ފަރުވާތައް އެ މިނިސްޓްރީތަކ ސީދާ ގުޅޭގޮތަކީ ކޮބައިކަން ސާފުކޮށްދެވިފައިނުވާކަމަށ ނިންމް ނިންމުން

41މި ނިންމުންތަކުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުން ކުޅަ އިސްތިއުނާފުގެ އަލީގައި، ޝަރީއަތުން ޖަވާބު ދޭންޖެހޭނީ އަންނަނިވި ސުވާލުތަކަށެވެ.

1.41. މި ދަޢުވާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނާއި އެއްގޮތްވާގޮތުގާ މަތިންތޯ؟

2.41. މި މައްސަލައަށް ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ތަޠުބީޤުވާނެތޯ؟

42ފުރަތަމަ ސުވާލު އަމާޒުވަނީ، ސިވިލް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން ޖަދަލުކުރާ މި ނިންމުމުގެ 40.3 ވަނަ ނުކުތާގައިވާ ނިންމުމުގެ މައްޗަށެވެ. މި ސުވާލުގެ ތެރެއިން ބެލިގެންދާނީ، ދަށު ކޯޓަށް ހުށަހެޅުނު މައްސަލައަކީ 03 (ތިނެއް) މިނިސްޓްރީއެއްގެ މައްޗަށް ހުށަހެޅުނު ދަޢުވާއެއްކަމުގައިވާއިރު، އެ ދަޢުވާގައި ދަޢުވާ ކުޅަ ފަރާތުން، ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ހޯދުމަށް އެދޭ ފަރުވާ، ދަޢުވާލިބޭ ފަރާތްތަކާ ގުޅޭ ގޮތެއް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަރަހައިގެ ތެރެއިން ބަޔާންކޮށްފައިވޭތޯއެވެ.

43ދެވަނަ ސުވާލު އަމާޒުވަނީ، ސިވިލް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން ޖަދަލުކުރާ މި ނިންމުމުގެ 40.1 ވަނަ ނުކުތާއާއި 40.2 ވަނަ ނުކުތާގައި ބަޔާންކުރާ ނިންމުންތަކުގެ މައްޗަށެވެ. އެހެނީ، އިސްތިއުނާފުކުރާ ފަރާތުން ކުޅަ ދަޢުވާގެ މައްޗަށް އިޖުރާއީ ނަޒަރަކުން ބަލާއިރު، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ތަޠުބީޤުކުރަންޖެހޭ ޙާލަތެއް އޮތްތޯ ނުވަތަ ނޫންތޯއެވެ. މި ދަޢުވާ ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނު އ އެއްގޮތްވާގޮތުގެ މަތިންތޯ؟

44އެންސިސް ފިޝަރީޒްގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ފިނޭންސގް މައްޗަށް ސިވިސ ކޯޓަށް ދަޢުވް ހުށަހެޅުމުން، ދައުލަތުގެ ފަރާތުން ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކުރާ ފޯމެއް ހުށަހެޅިއެވެ. އެ އިޢުތިރާޟުގައި ދައުލަތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާއާ ޙަވާލާދީ ބަޔާންކޮށްފައިވަނީ އެ މައްސަލައަކީ ސިވިލް ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމުގައެވެ.

45މައިގަނޑު ސަބަބެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށްފައިވަނީ އެންސިސް ފިޝަރީޒްގެ ފަރާތުން ދަޢުވާ ބިނާކޮށްފައިވާ އަސާސަކީ 16 ސެޕްޓންބަރެ 2023 ގައި މިފްކޯއިން މަސް ގަންނަ އަގަށް ގެނައި ބަދަލާއި، މިފްކޯއިން މަސް ގަންނަ އަގަށް ގެނައި މި ބަދަލުގެ ސަބަބުން އެންސިސް ފިޝަރީޒްއަށ ލިބިފައިވާކަމަށް ބުނާ ގެއްލުމުގެ މައްޗަށް ކަމަށްވާއިރު، މިކަމުގެ ސަބަބުން އެންސިސް ފިޝަރީޒްއަށް ގެއްލުމެއްވެފައިވާނަމަވެސް، އެ ގެއްލުމަށް މިނިސްޓްރީތަކުން ޒިންމާވާންޖެހޭ ސަބަބެއެ ދަޢުވާއިން ސާފުނުވާކަމުގައެވެ. އަދި ހަމައެއާއެކު، ދަޢުވާލިބޭ މިނިސްޓްރީތަކަށ ދަޢުވް ރައްދުވުމުގެ ހައިސިއްޔަތު އެނގެން ނެތްކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

46މީގެ އިތުރުން، މިއީ ޖުޑީޝަލް ރިވިއުގެ ސިފަތު ހިމެނޭ މައްސަލައެއްކަމަށްވެސ ދައުލަތުން ބުނީ އެކަން އިޢުތިރާޟުގައި ފާހަގަކޮށް، މި ޚުޞޫމާތާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާތީ، މި މައްސަލަ ކުރިއަށް ގެންދެވިދާނެކަމަށް ދައުލަތުން ނުދެކޭކަމުގައި ދައުލަތުން ފާހަގަކުރިއެވެ.

47ދައުލަތުން ހުށަހެޅި އިޢތިރާޟުގު ޖަވާބުގައި އެންސިސް ފިޝަރީޒގް ފަރާތުން ބުނެފައިވަނީ، މިފްކޯއިނ މަސް ގަންނަ އަގު ބޮޑުކުރިކަމަށް އެންސިސް ފިޝަރީޒްގެ ފަރާތުން ބުނެފައިނުވާކަމަށާއި، އެންސިސް ފިޝަރީޒްގެ ފަރާތުން ދަޢުވާގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ސަބްސިޑީ ދޭގޮތަށް، މިފްކޯ މެދުވެރިކޮށް، މަސް ގަންނަ އަގު ސަރުކާރުން ބޮޑު ކުރިކަމަށް ކަމުގައެވެ. އަދި ހަމައެއާއެކު، މިދަޢުވާއަކީ، ސަރުކާރުން ދޭ ސަބްސިޑީ އަމިއްލަ ކުންފުނިތަކަށް ނުވަތަ އަމިއްލަ ފަރާތަކަށް ނުދީ، ހަމައެކަނި އެ ސަބްސިޑީ ސަރުކާރުގެ ކުންފުންޏަކަށް ދީގެން، އަމިއްލަ ކުންފުނިތަކުގެ ވިޔަފރާ ހަލކާ ކުރުމަށު ސަރުކާރުން، ޤާނޫނާ ޚިލާފަށް މަސައްކަތްކުރަމުންދާތީ، އެކަމަށް ފަރުވާއެއް ހޯދުމަށް ހުށަހެޅި ދަޢުވާއެއްކަމުގައެވެ.

48އެންސިސް ފިޝަރީޒްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ މިނިސްޓްރީތަކުގެ މައްޗަށް ރައްދުކުރެވުނު ގޮތް ދަޢުވާއިން ސާފުވާކަމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ބުނެފައިވެއެވެ . މީގެ އިތުރުން، މި ދަޢުވާއަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ހުށަހެޅޭ މައްސަލައަކަށްވެފައި، އެ ޤާނޫނުގެ ދަށުން އެންސިސް ފިޝަރީޒްގެ ފަރާތުން ހުށަހެޅި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކުރުމުން ހުށަހަޅާ ޖަވާބު" ގެ 19 ވަނަ ނުކުތާ އާއި 20 ވަނަ ނުކުތާ އަދި 21 ވަނަ ނުކުތާ ޝަކުވާއާމެދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިނ ގޮތެއް ނިންމާފައިނުވާތީ ކޯޓަށް މައްސަލަ ހުށަހެޅީކަމަށާއި، މިއީ ޖުޑީޝަލް ރިވިއުގެ މައްސަލައެއްނޫންކަމުގައެވެ.

49މިއީ ޖުޑީޝަލް ރިވިއުގެ ސިފަތު ހިމެނޭ މައްސަލައެއްކަމަށް ދައުލަތުން ބުނި ބުނުމުގެ މައްޗަށް ސިވިލް ކޯޓުން ބަޔާންކޮށްފައިވަނީ ދައުލަތުގެ އިދާރާއިން ނުކޮށް ދޫކޮށްލިކަމެއްގެ މައްޗަށް ބިނާކޮށް ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ކޯޓަށް ހުށަހަޅާ ޙާލަތުގައި، ޖުޑީޝަލް ރިވިއުގެ ދަޢުވާ ހުށަހެޅުމަށު ޤާނޫނުގައި ދީފައިވާ މުއްދަތު އެ ޢަމަލުގެ މައްޗަށް ތަންފީޒުކުރެވިދާނެކަމުގައި ނުދެކޭކަމުގައެވެ.

50މިއީ، މި ޚުޞޫމާތާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވާކަމަށް ދައުލަތުން ހުށަހެޅި އިޢުތިރާޟާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމެވެ. މި ނިންމުމަށް ބަލާއިރު، އެންސިސް ފިޝަރީޒްގެ ފަރާތުން "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު"އިނ ދަޢުވް ހުށަހަޅާފައިވާ ސަބަބުގެ މައްޗަށް، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނާ ޚިލާފު ހުށަހެޅުމެއްކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައެއްނުވެއެވެ. މި ނުކުތާގައި ސިވިލް ކޯޓުން ނިންމި ނިންމުމާ ގުޅޭ އިސްތިއުނާފެއް ހުށަހަޅާފައިވާކަން އެނގޭކަށްނެތެވެ. އަދި މިކަމީ މި އިސްތިއުނާފުގައިވެސް ހިމެނޭ ކަމެއްނޫނެވެ.

51މި އިސްތިއުނާފުގައި ހިމެނެނީ ދައުލަތުން އިޢުތިރާޟުގައި ހުށަހެޅި، ދަޢުވާލިބޭ މިނިސްޓްރީތަކަށް ދަޢުވާ ރައްދުކުރުމުގެ ހައިސިއްޔަތު އެނގެންނެތްކަމަށާއި، އެންސިސް ފިޝަރީޒއަށް ލިބިފައިވާކަމަށް ބުނާ ގެއްލުމާއި މިނިސްޓްރީތަކާ އޮތް ގުޅުމެއް އެނގެން ނެތްކަމަށް ދައުލަތުގެ އިޢުތިރާޟުގައި ބުނި ބުނުމުގެ މައްޗަށް ސިވިލް ކޯޓުން ނިންމި ނިންމުމެވެ.

52HN1ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ކޮންމެ ފަރާތަކަށް މަދަނީ މައްސަލައެއްގެ ޚަޞްމަކަށް ވެވިދާނެއެވެ. އަދި އެ މައްސަލައެއްގައި އެ ފަރާތެއްގެ އެކަށީގެންވާ މަޞްލަޙަތެއް އޮތްނަމަ މަދަނީ ދަޢުވާއެއް ހުށަހެޅިދާނެއެވެ.

53HN2މަދަނީ ދަޢުވާ ފޯމެއްގައި ހިމަނަންޖެހޭ ތަފްޞީލުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެއެވެ. އެއީ، ދަޢުވާގެ ބާވަތާއި ދަޢުވާގެ ޚުލާޞއާއި، މައްސަލަ އެމައްޗަށް ބިނާވެފައިވާ، އަދި ދަޢުވާކުރާ ފަރާތުން ބަރޯސާވާ ވާޤިޢާތަކާއި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދޭ ފަރުވާއާއި، ފައިސާއެއް ހޯދުމަށް ކުރާ ދަޢުވާއެއްނަމަ، މި ޤާނޫނުގެ 92 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާ ފައިސާގެ މިންވަރާއި، ދަޢުވާކުރަނީ ހަމައެކަނި ކަނޑައަޅާފައިވާ ފައިސާގެ ޢަދަދެއް ހޯދުމަށް ކަމުގައިވެފައި، އެ ފައިސާއާ ގުޅިގެން އަރާފައިވާ އިންޓްރެސްޓްގެ ފައިސާ ނަގައިދިނުމަށް އެދޭނަމަ، މި ޤާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކަނޑައަޅާ އިންޓްރެސްޓްގެ ފައިސާގެ މިންވަރާއި، އަދި ދަޢުވާކުރާ ފަރާތުން އިޤްތިޞާދީ ބަދަލު އަދި/ނުވަތަ ޣައިރު އިޤްތިޞާދީ ބަދަލު ނަގައިދިނުމަށް އެދޭނަމަ އެކަން، އަދި އެކަމަށް އެދޭ ސަބަބެވެ.

54ބަޔާނވެދިޔް ކަންކަމުގެ އިތުރުން، ދައުލަތާ ދެކޮޅަށް ދަޢުވާއެއް ހުށަހަޅާނަމަ، ދަޢުވާ ފޯމުގައި ހިމަނަންޖެހޭ ޚާއްސަ ކަމެއް ދަޢުވާ ފޯމުގައި ފާހަގަކުރަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) އިން ލާޒިމުކޮށްފައިވެއެވެ. އެއީ، ދަޢުވާ ނިސްބަތްވާ ދައުލަތުގެ އިދާރާގެ ނަމާއި، އަދި ދައުލަތުން ޒިންމާ އުފުލަންޖެހޭ ޙާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަމެވެ.

55ސިވިލް ކޯޓުގެ ނިންމުމުގައިވަނީ، ދަޢުވާގައި ދައުލަތުގެ 03 (ތިނެއް) އިދާރާއެއް ހިމެނޭއިރު، މި 03 (ތިނެއް) މިނިސްޓްރީ ޒިންމާދާރުކުރުވަންޖެހޭ ސަބަބަކީ ކޮބައިކަމާއި، މި ދަޢުވާގައި އެންސިސް ފިޝަރީޒްގެ ފަރާތުން ހޯދުމަށް އެދޭ ފަރުވާތައް އެ މިނިސްޓްރީތަކާއި ސީދާ ގުޅޭ ގޮތަކީ ކޮބައިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާ ސާފުކޮށްދެވިފައިނުވާކަމުގައެވެ. މި ސަބަބަށްޓަކައި، މި ދަޢުވާއިން ލިބިގަތުމަށް އެންސިސް ފިޝަރީޒް އިން އުންމީދުކުރާ ފަރުވާތަކަށާއި، މި ދަޢުވާ ފަރުމާކުރެވިފައިވާގޮތަށް ރިޢާޔަތްކުރާއިރު، މި ދަޢުވާ ހުށަހެޅިފައިވާގޮތަށ ކުރިއަށް ގެންދިޔުމަކީ ކުރެވިދާނެކަމެއް ކަމުގައި ނުދެކޭކަމުގައެވެ.

56މި ނިންމުން ބިނާވަނީ ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފައްދައި، ދައުލަތުން އިޖުރާއީ ގޮތުން ފާހަގަކުރިކަންކަމާ ގުޅިގެންނެވެ.

57HN3މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 20 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 110 ވަނަ މާއްދާ އަށް ބަލާއިރު، ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދޭ 02 (ދޭއް) ޙާލަތެއްވާކަން އެނގެއެވެ. އެއީ،

1.57. ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ފެނުމާއި،

2.57. އާންމު އުޞޫލުން ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވީނަމަވެސް، މައްސަލައިގައި މެދުވެރިވާ ޙާލަތުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް ފެނުމެވެ.

58ފުރަތަމަ ޙާލަތު އަމާޒުވަނީ އެ ކޯޓުގެ ސަރަހައްދީ އިޚްތިޞާޞްއާއެވެ. އެއީ، ދަޢުވާ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވުމެވެ. ދެވަނަ ޙާލަތަކީ، ކޯޓަށް އެ މައްސަލަ ބެލުމުގެ ސަރަހައްދީ އިޚްތިޞާޞް ލިބިފައިވީނަމަވެސް، މައްސަލައިގައި މެދުވެރިވާ ޙާލަތަކުން މައްސަލަ ނުބެލެވޭނެކަމަށް ނުވަތަ ކުރިއަށްނުގެންދެވޭނެކަމަށ ބުން ބުނުމެވެ. މައިގަނޑު ގޮތެއްގައި މި އިޢުތިރާޟު ގުޅެނީ އިޖުރާއަތާއި ނުވަތަ procedure އާއެވެ.

59މި މައްސަލައަށް ބަލާއިރު، މި މައްސަލައިގައި ދައުލަތުން ހުށަހަޅަނީ އިޖުރާއީ އިޢުތިރާޟެކެވެ. އެއީ، މައްސަލަ ބެލުމުގެ ސަރަހައްދީ އިޚްތިޞާޞް ކޯޓަށް ލިބިގެންވީނަމަވެސް، އެ މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައެވެ. އެހެނީ، މި މައްސަލައިގައި ދަޢުވާލިބޭ މިނިސްޓްރީތަކަކީ، ޚުޞޫމާތު އުފެދިފައިވާ މިފްކޯއިނ މަސް ގަންނަ އަގު މަތިކުރި ކުރުމާ ގުޅުން ހުރި ފަރާތްތަކެއްކަމާއި، އެ މިނިސްޓްރީތަކުން މިކަމުގެ ޒިންމާ އުފުލަންޖެހޭ ޙާލަތެއް އޮތްކަން އެންސިސް ފިޝަރީޒްގެ ފަރާތުން ބުނެދީފައިނުވާކަމުގައެވެ.

60HN4މި ކޯޓުގެ ނަންބަރު 2023/HC-A/319 އިބްރާހީމް ޢަލީ ވ. މުޙައްމަދު ޢަލީ ޤަޟިއްޔާގައި އަހުރެން ފާހަގަކޮށްފައިވާ ފަދައިން މިފަދަ އިޢުތިރާޟުތައް ހުށަހެޅޭ މަރުޙލަ އަކީ، މައްސަލަ މައުޟޫޢީގޮތުން ބެލުމުގެ ކުރިން، އަދި މައްސަލައިގެ މައުޟޫޢުގައި ވާހަކަދައްކައި ބަހުސްކުރުމުގެ ކުރިން، އިޖުރާއީ ނަޒަރަކުން އިޢުތިރާޟުގައި ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ގޮތެއް ކަނޑައަޅަންޖެހޭ މަރުޙަލާއެކެވެ. މި މަރުޙަލާގައި ގޮތެއް ކަނޑައަޅަންޖެހެނީ އިޢުތިރާޟާ ގުޅިގެން ދެ ފަރާތުން ހުށަހަޅަ ހުށަހެޅުންތަކގު މައްޗަށް މައްސަލައިގެ މައުޟޫޢުގައި މައްސަލަ ބެލުމުގެ ކުރިން ކަމުގައިވާތީ، މި މަރުޙަލާގައި ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތކާއަ ގުޅި ގޮތުން ޝަރީޢަތުން ބަލަންވާނެ މިންގަނޑަކީ އިޖުރާއީ ނަޒަރަކުން އެހިނދު ފެންނަން ހުރި ކަންކަމުގެ މައްޗަށް މައްސަލަ އެ ހިސާބުންވެސް ބަލައިގެންނުވާފަދަ ޙާލަތެއް ވުޖޫދުގައިވޭތޯ ނުވަތަ ނޫންތޯއެވެ.

61HN5މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ކުރިއަށްނުގެންދެވޭނެކަމަށް އެ މައްސަލައިގައި ނިންމާނީ، މައްސަލަ ކުރިއަށް ގެންދިޔުމުގައި އިޖުރާއީ ގޯހެއް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ހުރިނަމައެވެ. އެހެނީ، އެ މަރުޙަލާގައި އުފައްދާ އިޖުރާއީ އިޢުތިރާޟުގައި ޤާނޫނީ ބަހުސެއް ހިމެނޭނަމަ، އެކަން މައްސަލައިގެ މައުޟޫޢުގައި ބަލައި ގޮތެއް ކަނޑައެޅުމުގެ ފުރުޞަތުވެސް އޮތަތީއެވެ.

62މި މައްސަލައިގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ތަފްޞީލުތައް ހިމަނާފައިނުވާކަމުގެ އިޢުތިރާޟެއްނެތެވެ. ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ކޯޓުގެ އިޚްތިޞާޞާމެދު އިޢުތިރާޟުކުރާ ފޯމު" ގެ 1.4 ވަނަ ނުކުތާ

63މިއީ ސަރުކާރުގެ 03 (ތިނެއް) މިނިސްޓްރީއެއްގެ މައްޗަށް ރައްދުވާ ދަޢުވާއެއްކަމަށްވާހިނދު، މި އިޢުތިރާޟު ގުޅެނީ މި ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) އާއެވެ. މި މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަމަށް ބަލާއިރު، ފުރަތަމަ ކަމެއްގެ ގޮތުގައި ދަޢުވާ ފޯމުގައި ހިމެނުމަށް ލާޒިމުކޮށްފައިވަނީ، ދަޢުވާ ނިސްބަތްވާ ދައުލަތުގެ އިދާރާގެ ނަމެވެ. މިކަން ހިމަނާފައިވެއެވެ. އެކަމުގައި އިޢުތިރާޟެއްނެތެވެ.

64ދެން ބަލަން މިޖެހެނީ ދައުލަތުން ޒިންމާ އުފުލަންޖެހޭ ޙާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން ހިމަނާފައިވޭތޯއެވެ. މިއީ މި މައްސަލައިގައި ދައުލަތުން އިޢުތިރާޟު ހުށަހެޅި ދާއިރާވެސްމެއެވެ.

65ދައުލަތުގެ މައްޗަށް އެންސިސް ފިޝަރީޒް އިން ހުށަހަޅާ ދަޢުވާއަކީ، 16 ޑިސެންބަރު 2023 ގެ ކުރިން އެންސިސް ފިޝަރީޒް އިން މަސްކިލޯއެއް ގަންނަ އަގު ހިމެނޭ ގޮތުން ކިލޯއަކަށް ޖުމްލަ -/25 (ފަންސަވީސް ރުފިޔާ) ނުވަތަ އިތުރަށް އަރާ މިންވަރު ދެއްކުމަށް ކުރާ ޚަރަދު، މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް ސަރުކާރުން އެންސިސް ފިޝަރީޒްއަށްވެސް ދޭންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށާއި، އަދި އެންސިސް ފިޝަރީޒްއަށ ލިބް އެންމެހައި ގެއްލުން ހިސާބު ކުރުމަށްފަހު، އެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ދަޢުވާއެއް ހުށަހެޅުމުގެ ޙައްޤު އެންސިސް ފިޝަރީޒްއަށ އޮތްކަމަށް ކަނޑައަޅައިދިނުމަށްކަން އެންސިސް ފިޝަރީޒްގެ ފަރާތުން ދަޢުވާގެ ޚުލާސާގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

66އެންސިސް ފިޝަރީޒްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ ސަރުކާރުން ނިންމި ނިންމުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ދަޢުވާއެކެވެ. މި ދަޢުވާ ރައްދުކޮށްފައިވަނީ ދައުލަތުގެ 03 (ތިނެއް) އިދާރާ ކަމުގައިވާ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި، މިނިސްޓްރީ އޮފް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "އިޚްތިލާފު އޮންނަ ބާވަތުގެ ދަޢުވާ ހުށަހަޅާ ފޯމު" ގެ "ދަޢުވާގެ ޚުލާޞާ" އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށެވެ. މި ދަޢުވާ މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މައްޗަށް ރައްދުކޮށްފައިވަނީ ސރަ ކާރުނު ނިންމި ނިންމުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނާ ޚިލާފުކަމަށް ބުނެ އެކަން ބަލައިދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑއަށް ޝަކުވާ ހުށަހެޅުމުން އެ މިނިސްޓްރީއިން ޤާނޫނީ ޒިންމާ އަދާކޮށްފައިނުވާތީކަން ދަޢުވާގައި އެންސިސް ފިޝަރީޒްގެ ފަރާތުން ބަޔާންކުރެއެވެ.

67މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މައްޗަށް މި ދަޢުވާ ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) (މީގެ ފަހުން "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު") ގެ 2 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާގޮތަށް މަސްވެރިކަމުގެ ސިނާއަތުގައ މަސައްކަތްކުރި ފަރާތްތަކަށް ރަނގަޅު އާމްދަނީ އާއި ނަފާ ހޯދުމަށް މަސައްކަތްކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އިހުމާލުވެފައިވާކަމަށް ބުނެއެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ ޚިލާފަށް، މާކެޓް ރޭޓަށްވުރެ ބޮޑު އަގެއްގައި މަސް ގަންނަން ސަބްސިޑީ ވަކި ފަރާތަކަށް ބަޔާންކޮށްފައިނެތީސް، މިނިސްޓްރީ އޮފް ފިނޭންސް އިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ޚިލާފަށާ ރައްޔިތުންގެ ފައިސާ ވަކި ބަޔަކަށް ސަބްސިޑީއެއްގ ގޮތުގައެ ދޫކޮށް، އެންސިސް ފިޝަރީޒް ފަދަ އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ހަލާކު ކުރުމަށް މަސައްކަތްކުރާތީ ކަމުގައި ބުނެއެވެ. މިއީ ސިވިލް ކޯޓުގެ ނިންމުމުގައިވެސް، މި 03 (ތިނެއް) ދައުލަތުގެ އިދާރާގެ މައްޗަށް ދަޢުވާ ހުށަހެޅުމުގައި އެންސިސް ފިޝަރީޒްއިން ފާހަގަކުރި ކަންކަން ކަމުގައި ބަޔާންކޮށްފައިވާ ސަބަބުތަކެވެ.

68މީގެ އިތުރުން، މި ދަޢުވާ މި 03 (ތިނެއް) ދައުލަތުގެ އިދާރާގެ މައްޗަށް ކުރަންޖެހުނީ، އެ އިދާރާތަކުން ޒިންމާ އަދާނުކުރުމުގެ ސަބަބުން އެންސިސް ފިޝަރީޒްއަށް ފޫނުބެއްދޭ ގެއްލުން ލިބެމުންދާތީކަމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ދަޢުވާގައި ބަޔާންކޮށްފައިވެއެވެ.

69މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ލާޒިމުވަނީ، ދައުލަތުން ޒިންމާ އުފުލަންޖެހޭ ޙާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން ދަޢުވާ ފޯމުގައި ހިމެނުމެވެ.

70HN6މިކަން އެންސިސް ފިޝަރީޒގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމް ގައި ފުރިހަމަވޭތޯ އިޖުރާއީ ނަޒަރަކުން، އެހެނީ facie prima މިންގަނޑަކުން ބަލާއިރު، އެންސިސް ފިޝަރީޒްގެ ފަރާތުން ދަޢުވާ ހުށަހަޅާފައިވަނީ ސަރުކާރުން ނިންމި ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާއިރު، އެ ނިންމުމާ ގުޅުވައިގެން ދައުލަތުގެ 03 (ތިނެއް) މިނިސްޓްރީ ޒިންމާވާންޖެހޭ ސަބަބުތައް އެންސިސް ފިޝަރީޒްގެ ފަރާތުން އިޖުރާއީ މަރުޙަލާގައި ބަޔާންކުރަންޖެހޭ މިންގަނޑަށް ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާކަމުގައި ބެލެވެއެވެ.

71މިކަން އިތުރަށް ސާފުވެގެންދާނީ، ނުވަތަ މިއާމެދު އިތުރަށް ގޮތެއް ކަނޑައެޅިގެންދާނީ، ދަޢުވާގެ މައުޟޫޢަށް ދައުލަތުން ޖަވާބުދާރީވެ ހުށަހަޅާ ކަންކަމުގެ މައްޗަށް، އަދި މައްސަލައިގެ މައުޟޫޢުގެ ތެރޭގައި ދެ ފަރާތުން ހުށަހަޅާ ކަންކަމުގެ އަލީގައި ކަމުގައި ދެކެމެވެ. މި މައްސަލައަށް ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ތަޠުބީޤުވާނެތޯ

72ސިވިލް ކޯޓުން ނިންމި ނިންމުމަކީ އިޖުރާއީ ނިންމުމެއްކަމުގައި ދެ ފަރާތުން އެއްބަސްވެއެވެ. އެއީ އެންސިސް ފިޝަރީޒްގެ ފަރާތުން ކުޅަ ދަޢުވާއާ ގުޅިގެން، އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލުމުގު އިޚްތިޞާޞް ލިބިފައިނުވާ މައްސަލައެއްކަމަށް ދައުލަތުން ބުނެ ހުށަހެޅި އިޢުތިރާޟުގެ މައްޗަށް ސިވިލް ކޯޓުން ނިންމި ނިންމުމެވެ.

73HN8ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ތަޠުބީޤުނުކުރެވޭނެކަމަށް ނިންމި ނިންމުމަކީވެސް މި މައްސަލަ އިޖުރާއީގޮތުން ބަލައި ނިންމާފައިވާ ނިންމުމެކެވެ. އެއްވެސް ޙާލެއްގައި އެއީ މައުޟޫޢީގޮތުން މައްސަލަ ބަލައި ފައިޞަލާކޮށްފައިވާ ނިންމުމެއްނޫނެވެ. އަދި ހަމައެހެންމެ، ދައުލަތުން ހުށަހެޅި އިޢުތިރާޟަށް ބަލާއިރުވެސް، މި މައްސަލައަށް ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު ތަޠުބީޤުނުކުރެވޭނެކަމަށް ބުނެ އިޢުތިރާޟެއް ހުށަހެޅިކަން އެނގޭކަށްނެތެވެ. އަދި އެކަމުގެ ބަހުސެއްވެސ ކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭކަށްނެތެވެ.

74އެހެންކަމުން، މި އިސްތިއުނާފީ ނުކުތާ ފެންމަތިމިވަނީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނަކީ ސަރުކާރުން ހިންގާ ވިޔަފާރިތަކ ގުޅިގެނާ ސަރުކާރުން ނިންމް ނިންމުންތަކުގެ މައްޗަށް ބިނާކޮށް ސަރުކާރު ޖަވާބުދާރީކުރެވޭގޮތަށ ޤާނޫނުގް ދާއިރާ އެކަށައަޅާފައިވާ ޤާނޫނެއްކަމުގައިނުވާތީ، ސަރުކާރުން ނިންމާ އެފަދަ ނިންމުންތަކުގެ މައްޗަށް އެ ޤާނޫނު ތަޠުބީޤުކުރެވިދާނެކަމަށ ނުދެކޭކަމަށް ސިވިލް ކޯޓުން ނިންމާފައިވާތީއެވެ.

75މި މައްސަލައިގައި ބަހުސެއް ނެތްކަމަކީ، ސަރުކާރުން ނިންމުމެއް ނިންމާފައިވާކަމެވެ . އެ ނިންމުން ނިންމިކަން ސާފުވާގޮތްކަމަށ ބުން އެންސިސް ފިޝަރީޒގެ ފަރާތުން ހުށަހަޅާފައިވަން ރައްޔިތުންގެ މަޖިލީހުގެ ނަންބަރު 6/1/2024 ޔައުމިއްޔާއެވެ. މިކަމާ ގުޅިގެން ޝަރީޢަތުން އިސްތިއުނާފުކުރާ ފަރާތާ ސުވާލުކުރުމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ޙަވާލާދީފައިވާ ޔައުމިއްޔާގައި އެއީ ދައުލަތުގެ ނިންމުމެއްކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެފައިވާކަން އެނގޭކަމަށާއި، ދައުލަތުގެ ބަޖެޓުގައި ހުރި ފައިސާއެއް ވަކި ފަރާތަކަށް ދެވޭނީ ދައުލަތުގެ ކަލެކްޓިވް ޑެސިޝަނއަކުންކަމްގއެވެ. މިކަމަކާ ދައުލަތުން ދެކޮޅެއް ނަހަދައެވެ. ދައުލަތުން ބުނާ ބުނުމަކީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ މާއްދާތަކަށް ބަލާއިރު، އަދި މި ޤަޟިއްޔާއާ ގުޅިގެން 12 އޭޕްރީލް 2026 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނަ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތާއި ޝަރީޢަތުން ސުވާލުކުރުމުން އެފަދައިން ބުނެފައިވެއެވެ. ވަކިން ޚާއްޞަކޮށް މި އިސްތިއުނާފުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނާއި ގުޅުވައިގެން ފާހަގަކޮށްފައިވާ މާއްދާތަކަށް ބަލާއިރު، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކުރަންޖެހޭނީ ވިޔަފާރީގެ ޢަމަލުތައް ކުރާ ވިޔަފރަވާރީންނަށ ނުވަތް ވިޔަފާރީގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް ނިސްބަތްކޮށްކަން އެނގޭކަމުގައެވެ.

76ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނަށް ބަލާއިރު، މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރި ސަގާފަތެއ އުފައްދައިގެން ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތަކުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށ ކުރް ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި އެކަށައަޅަންޖެހޭ އޞު ލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

77މި ޤާނޫނު ހިނގާނެ ދާއިރާ، މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެއީ، މުދަލާއި ޚިދުމަތް ހޯދުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ވިޔަފާރި ހިންގާ ފަރާތްތަކުން ކުރާ މުޢާމަލާތްތަކަށާއި، ވިޔަފާރީގެ އެއްބަސްވުންތަކަށާއި އެނޫންވެސް ވިޔަފާރީގެ އެކި ޢަމަލުތަކުގެ މައްޗަށާއި، މި ބަޔާންކުރާ ވިޔަފާރީގެ ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރުގައި ހިންގޭ ކަންކަންކަމުގައި ވީނަމަވެސް، އެފަދަ ޢަމަލެއްގެ ސަބަބުން ދިވެހިރާއްޖޭގެ އެއްވެސް މާކެޓެއްގައި އޮންނަ ވާދަވެރިކަމަށް އަސަރު ފޯރާނަމަ، އެފަދަ ޢަމަލުތަކުގެ މައްޗަށާއި، އަދި ސަރުކާރު ކުންފުންޏަކުން ހިންގާ ވިޔަފާރިއަކީ، އެ ވިޔަފާރިއެއްގެ ދާއިރާގައި ޙަރަކާތްތެރިވާ އެހެން ވިޔަފާރިތަކާ ވާދަކޮށްގެން ހިންގަންޖެހޭ ވިޔަފާރިއަކަށްވާ ޙާލަތުގައި، ސަރުކާރު އެ ކުންފުންޏެއްގެ މައްޗަށެވެ. ވިޔަފާރީގެ ދާއިރާގައި ވާދަވެރި ކަން އުފައްދައު ދެމެހެއްޓުމުގެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ)

78HN7މި ޤާނޫނުގެ 3 ވަނަ މާއްދާގައި އެފަދައިން ބަޔާންކުރިނަމަވެސް، ދައުލަތަށް ލިބިފައިވާ ސިޔާދަތީ ބާރުތަކުގެ ދަށުން ސަރުކާރުން ނުވަތަ ލޯކަލް ކައުންސިލަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަކަށް، އަދި ސްޕެޝަލް އިކޮނޮމިކް ޒޯނުގ ޤާނޫނުގެ ދަށުން، ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މައްޗަކަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ އ ޞުލުތަކެއް ނުހިނގާނެކަން މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރެއެވެ.

79މި ޤާނޫނުގެ 4 ވަނަ މާއްދާއިން ލިބިދޭ އިސްތިސްނާއަކީ، ދައުލަތަށް ލިބިފައިވާ ސިޔާދަތީ ބާރުތަކުގެ ދަށުން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް އިސްތިސްނާވުމެވެ.

80މި މައްސަލައިގައި ޖަވާބުދޭންޖެހޭ ސުވާލަކީ، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ސަބްސިޑީ ނުދީ ހަމައެކަނި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ސަބްސިޑީ ދީ، މާކެޓް ރޭޓަށްވުރެ ބޮޑުކޮށް މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރުމަށް ނިންމާފައިވާކަމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ބުނާ ބުނުމަކީ، ހަމަ ޙަޤީޤަތުގައިވެސް ސަރުކާރުން ނިންމި ނިންމުމެއްތޯއެވެ. އެއީ ސަރުކާރުން ނިންމި ނިންމުމެއްކަމުގައިވާނަމަ، އެ ނިންމުމަކީ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން އިސްތިސްނާ ލިބިދީފައިވާ ދައުލަތަށް ލިބިފައިވާ ސިޔާދަތީ ބާރުތަކުގެ ދަށުން ސަރުކާރުން އަޅާފައިވާ ފިޔަވަޅެއްތޯ ނުވަތަ ނޫންތޯއެވެ.

81މި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް މި ޤާނޫނު ތަޠުބީޤުވާކަނ ނުވަތް ނޫންކަންވެސް ކަނޑައެޅިގެންދާނީ ބަޔާންކޮށްފައިވާ ސުވާލުތަކަށް ބަހުސްކުރެވި، އެކަމަށް ސާފު ޖަވާބެއްލިބިގެންނެވެ. މި މައްސަލައިގެ ލިޔެކިޔުންތަކުން ސާފުވާ އެއްކަމަކީ، އެއްވެސް މިންވަރަކަށް މި ޤާނޫނު ތަޠުބީޤުވުމާއ ނުވަތި ނުވުމާއި ގުޅޭ ގޮތުން ބަހުސެއްކޮށްފައިނުވާކަމެވެ. އަދި ކިއެއްތަ، އެއްވެސް ހުށަހެޅުމެއްވިޔަސް ހުށަހަޅާފައިނުވާކަމެވެ.

82ބަޔާންކޮށްފައިވާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނީ، ދެ ފަރާތުންވެސް މި ނުކުތާގެ މައްޗަށް މައުޟޫޢުގައި ބަހުސްކުރެވިގެންނެވެ. އަދި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ އަލީގައި އެންސިސް ފިޝަރީޒްގެ ފަރާތުން ލިބިގަތުމަށް އެދޭ ފަރުވާއަކީ ނަގައިދެވިދާނެ ފަރުވާއެއްތޯ ނުވަތަ ނޫންތޯ، މިކަމާމެދުވެސ ޝަރީޢަތަށް ގޮތެއް ކަނޑައެޅޭނީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުގެ އިސްތިސްނާ މި މައްސަލައަށް ލިބިދެވޭނެތޯ ނުވަތަ ނޫންތޯ، މި ސުވާލަށް ޖަވާބެއް ލިބިގެންކަމުގައި ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

83މި ސަބަބުތަކަށްޓަކައި، އިޖުރާއީ ނަޒަރަކުން ސިވިލް ކޯޓުން ބަލައި، އެންސިސް ފިޝަރީޒްގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ، އެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައެޅި ކަނޑައެޅުން ބާޠިލުކުރަން ފެނެއެވެ. އަދ މި މައްސަލަ މައުޟޫޢގައ ބެލުމަށްޓަކައި ސިވިލް ކޯޓަށު ތަޙވީލުކުރަނު ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

84ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

85ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

86މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފއަ އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 20 ވަނަ މާއްދާ
  • މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާ އަދި 76 ވަނަ މާއްދާ
  • މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 91 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (1) އަދި (2)
  • މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 92 ވަނަ މާއްދާ
  • މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާ (ހ)
  • މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
  • ޤާނޫނު ނަންބަރު 11/2020 (ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)، 3 ވަނަ މާއްދާ އަދި 4 ވަނަ މާއްދާ
  • ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2023/HC-A/319 (އިބްރާހީމް ޢަލީ ވ. މުޙައްމަދު ޢަލީ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ