ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް ވ. ބޭންކް އޮފް ސިލޯން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2096-CVC-2023
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދެފަރާތުން އެއްބަސްވެ ކަނޑައެޅި އެންމެ ދަށް އަގަށް ރަހުނު ވިއްކާނުލެވުމުން، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ އިޖުރާއަތަށް އަލުން ޢަމަލުނުކޮށް ރަހުނުގެ އަގު 35% އަށް ދަށްކޮށް ވިއްކާލުމުގެ ހުއްދަ ދިނުން ޤާނޫނާ ޚިލާފުތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން (ރަހުނު ވިއްކާލުމުގެ ހުއްދަ) ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ރަހުނު ހިމެނޭ ފައިސާގެ ތަންފީޒު މައްސަލައެއްގައި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (2) އާ އެއްގޮތަށް ރަހުނު ބެހެއްޓި ފަރާތާއި ހިފި ފަރާތް ރަހުނުގެ އަގަށް އެއްބަސްވެގެން ވިއްކާލުމުގެ ހުއްދަ ދީފައިވާނަމަ، އެ ހުއްދަ ދެވިފައިވަނީ އެ މާއްދާއާ އެއްގޮތަށެވެ.
HN2 ދެފަރާތުން އެއްބަސްވި އެންމެ ދަށް އަގު ކަނޑައެޅިފައިވަނިކޮށް އެ އަގަށް ގަންނާނެ މީހަކު ނުލިބުމުން އަގު ކުޑަކުރުމަށް ހުށަހަޅާ ޙާލަތުގައި، އަލުން ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (2) ގެ އިޖުރާއަތަށް ޢަމަލުކޮށް އަގު ހޯދަން ނުޖެހޭނެއެވެ.
HN3 ދެފަރާތުން އެއްބަސްވި އެންމެ ކުޑަ އަގަށް ރަހުނު ވިއްކާނުލެވިއްޖެ ޙާލަތެއްގައި ރަހުނުގެ އަގު ދަށްކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން މަދަނީ އިޖުރާއަތުގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައި ނުވެއެވެ.
HN4 ދަށު ކޯޓުގައި ދެއްކުމުގެ ފުރުޞަތު ލިބި ނުދައްކާ ވާހަކައެއްގެ މައްޗަށް އިސްތިއުނާފީ މަރުޙަލާގައި ގޮތް ނުނިންމޭނެއެވެ.
HN5 ރަހުނުގެ އަގު ދަށްކޮށް ވިއްކާލުމުގެ ހުއްދަ ދިނުމުގައި ކޯޓުން މައިގަނޑު ގޮތެއްގައި ބަލަންޖެހެނީ، ރަހުނު ހިފަހައްޓާފައިވާ ފަރާތުން ހެޔޮނިޔަތުގައި ރަހުނުގެ މިހާރުގެ މާކެޓް ވެލިއުއަށް ވިއްކާލުމަށް އެކަށީގެންވާ މަސައްކަތް ކޮށްފައިވޭތޯއާއި، އަގު ކުޑަކުރުމަށް ހުށަހަޅާ މިންވަރަކީ އެއިރެއްގެ މާކެޓް ވެލިއު ކަން ދައްކުވައިދޭ ހެކި ހުށަހެޅިފައިވޭތޯއެވެ.
HN6 ދެފަރާތުން އެއްބަސްވި އަގަށް އިޢުލާނުކޮށް ގަންނާނެ ފަރާތެއް ނުލިބި، ލިބުނު ހުށަހެޅުމަކީ އެއަށްވުރެ ވަރަށް ދަށް އަގެއްކަމަށްވާއިރު، އެ ހުށަހެޅުމަށް ރިޢާޔަތްކޮށް އަގު ދަށްކޮށް ވިއްކާލުމުގެ ހުއްދަ ދިނުމަކީ ޤާނޫނީ އުޞޫލަކާ ޚިލާފު ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު
މައްސަލައިގެ ތަޢާރުފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި 05 ނޮވެންބަރު 2024 ދީފައިވާ 'ރަހުނު ވިއްކާލުމުގެ ހުއްދަ' އިސްތިއުނާފުކުރުމަށް އެދި ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން " ތެލުވެލިގާ ރިޓްރީޓް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ )ގެ ފަރާތުން ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2024/HC-A/276 ޤަޟިއްޔާއިން ބަލާފައިވާ އިސްތިއުނާފެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ބޭންކް އޮފް ސިލޯން (މީގެ ފަހުން "ބޭންކ އޮފް ސިލޯން" ނުވަތަ "އިސްތިއުނާފު ރައްދުފަރާތް" ކަމަށް ބުނެފައިވާ) ގެ މައްޗަށެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
3ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ބޭންކް އޮފް ސިލޯން އެއާ ދެމެދު 18 ޖޫން 2014 ގައި ވެފައިވާ ލޯނު އެއްބަސްވުމުގެ ދަށުން، " އދ. ތެލުވެލިގާ" އެވެ ކިޔާ ރަށުގައިވާ (އެންމެހާ އުފުލާ މުދަލާއި ނުއުފުލޭ މުދާ، އަދި އެރަށާއި ގުޅިފައިވާ އެރަށުގައި ބޭނުންކުރެވޭ އެންމެހާ ތަކެތި ހިމެނޭ ގޮތަށް) ލީސް އެގްރީމެންޓްގެ ދަށުން އެ ރަށުގެ ވެރި ފަރާތަށް ލިބިގެންވާ އެންމެހާ ޙައްޤުތަކާއި ބާރުތަކާއިއެކު ބޭންކް އޮފް ސިލޯނުގައި ރަހުނުކޮށް ކާސްޓަވޭ މޯލްޑިވްސްއަށް ޓަރމް ލޯނު ފެސިލިޓީ އެއް ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވެއެވެ. ރަޖިސްޓަރީ ނަންބަރު: 0206/2014)-C ރަޖިސްޓަރީ ނަންބަރު: 0014/2015-FC
4އެ ޓަރމް ލޯނުގެ ފައިސާ އަނބުރާ ދައްކާފައި ނުވާތީ ލޯނު އެއްބަސްވުމާ ގުޅިގެން ހޯދަންޖެހޭ ފައިސާ ހޯދުމަށާއި އެފައިސާ ޙުކުމުގައިވާ ގޮތުގެ މަތިން ނުދައްކައިފިނަމަ، ރަހުނު ވިއްކާލުމުގެ ހުއްދައަށް ހޯދުމަށް އެދި ބޭންކް އޮފް ސިލޯން އިން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ބަލާފައިވާ އެކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާގައި، 25 އެޕްރީލް 2018 އިގެ ނިޔަލަށް އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާ އާއި އެކު ޖުމްލަ 353,447.95 US$ (ހަތަރު މިލިއަން ތިންލައްކަ ފަންސާސް ތިންހާސް ހަތަރު ސަތޭކަ ސާޅިސް ހަތެއް އެމެރިކާ ޑޮލަރު ނުވަދިހަ ފަސް ސެންޓް) ދައްކަން ޖެހި ނުދައްކައިވާކަން ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި މި ލޯނުގެ ފައިސާ ލިބިދިނުމުގެ ގޮތުނު 30 އެޕްރީލް 2018 އިން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ދައްކަމުން ގޮސް މިލޯނާ ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާ އާއިއެކު މީލާދީ 12 (ބާރަ) މަސްދުވަހުގެ ދައްކައި ލޯން ޚަލާސްކުރުމަށް ކާސްޓްއަވޭ މޯލްޑިވްސް އަށާއި އެލޯނަށް ގެރެންޓީ ދީފައިވާ ފަރާތަށް އަންގައި ބަޔާންވެދިޔަ މުއްދަތުގައިމި ލޯނަށް ފައިސާ ދައްކައި ޚަލާސް ނުކުރެވިއްޖެނަމަ 30 އެޕްރީލް 2018 އިން ފެށިގެން 12 (ބާރަ) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެން މިލޯނާއި ގުޅިގެން ރަހުނު ކުރެވިފައިވަ "އދ. ތެލުވެލިގާ" އެވެ ކިޔާ ރަށުގައިވާ (އެންމެހާ އުފުލާ މުދަލާއި ނުއުފުލޭ މުދާ، އަދި އެރަށާއި ގުޅިފައިވާ އެރަށުގައި ބޭނުންކުރެވޭ އެންމެހާ ތަކެތި ހިމެނޭ ގޮތަށް) ލީސް އެގްރީމެންޓުގެ ދަށުން އެރަށުގެ ވެރިފަރާތަށް ލިބިގެންވާ އެންމެހާ ޙައްޤުތައް ވިއްކާލައިގެން މިފައިސާ ހޯދުމުގެ ޙައްޤު ބޭންކް އޮފް ސިލޯނަށް ލިބިގެންވާ ކަމަށް އެ ޤަޟިއްޔާގައި ސިވިލް ކޯޓުން 30 އެޕްރީލް 2018 ގައި ކަނޑައަޅާފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާގެ ޙުކުމް
5ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް، ފައިސާ ދައްކަފައި ނުވާތީ، އެ ޙުކުމް ތަންފީޒުކޮށް ދިނުމަށް އެދިބޭނ އޮފް ސިލޯނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާ އިންނެވެ.
6ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާއިން ސާބިތުވި މުޢާމަލާތާ ގުޅިގެން ރަހުނު ކޮށްފައިވާ "އދ. ތެލުވެލިގާ" އެވެ ކިޔާ ރަށުގައިވާ (އެންމެހާ އުފުލާ މުދަލާއި ނުއުފުލޭ މުދާ، އަދި އެރަށާއި ގުޅިފައިވާ އެރަށުގައި ބޭނުންކުރެވޭ އެންމެހާ ތަކެތި ހިމެނޭ ގޮތަށް) ލީސް އެގްރީމެންޓުގެ ދަށުން އެރަށުގެ ވެރިފަރާތަށް ލިބިގެންވާ އެންމެހާ ޙައްޤުތައް، 14 މާރިޗު 2024 އިން ފެށިގެން 02 (ދޭއް) މަސް ދުވަހުގެ ތެރޭގައި 140,000.0021, USD (ދެ މިލިއަން އެއްލައްކަ ސާޅީސް ހާސް އެމެރިކާ ޑޮލަރު) އަށް ވުރެ ދަށް ނޫން އަގއްގައެ ވިއްކާލުމުގެ ހުއްދަ 17 މާރިޗު 2024 ގައި ބޭންކް އޮފް ސިލޯނަށް ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި ސިވިލް ކޯޓުން ދިނެވެ.
7ރަހުނު ވިއްކާލުމަށް ދިން އެ ހުއްދައިގެ ދަށުން ދިން މުއްދަތުގައި ރަހުނު ވިއްކލެވިފައާ ނުވާތީ، ރަހުނު ވިއްކާލުމުގެ ހުއްދަ އަލުން ދިނުމަށް ބޭންކް އޮފް ސިލޯނުން ކޯޓުގައި އެދުނެވެ.
8ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި ރަހުނު ވިއްކުމުގެ ހުއްދައަށް ދެވަނަ ފަހަރަށް އެދުމުން އެ ޤަޟިއްޔާގައި 05 ނޮވެންބަރު 2024 ގައި ދީފައިވާ 'ރަހުނު ވިއްކާލުމުގެ ހުއްދަ' އިގައި ކަނޑައަޅާފައިވަނީ އަންނނަ ވި ފަދައިންނެވެ. " ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 476/Cv-C/2018 ޤަޟިއްޔާއިން ސާބިތުވި މުޢާމަލާތާ ގުޅިގެން ރަހުނުކޮށްފައިވާ "އދ. ތެލުވެލިގާ" އެވެ ކިޔާ ރަށުގައިވާ (އެންމެހައި އުފުލި މުދަލާއި ނުއުފުލޭ މުދާ، އަދި އެ ރަށާ ގުޅިފައިވާ އެ ރަށުގައި ބޭނުންކުރެވޭ އެންމެހައި ތަކެތި ހިމެނޭގޮތަށް) ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި 17 މާރިޗު 2024 ގައި ދީފައިވާ "ރަހުނު ވިއްކާލުމުގެ ހުއްދަ" ލީސް އެގްރިމެންޓްގެ ދަށުން އެރަށުގެ ވެރިފަރާތަށް ލިބިގެންވާ އެންމެހައި ޙައްޤުތައް، 05 ނޮވެންބަރު 2024 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި، ރަހުނުގެ ހަމަ އަގުގެ ގޮތުގައި އެއްބަސްވެފައިވާ USD 21,140,000.00 (ދެ މިލިއަން އެއްލައްކަ ސާޅީސް ހާސް އެމެރިކާ ޑޮލަރު) އަށް އަށް ވުރެ ދަށް ނޫން އަގެއްގައި ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް ސިލޯން އަށްދީ، އަދި އެގޮތުން ކުރެވޭ މަސައްކަތުން ރަހުނު ވިއްކައި ނުލެވިއްޖެނަމަ، ވިދިގެން އަންނަ 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް ސިލޯންގެ ފަރާތުން އެދިފައި ވާގޮތަށް ރަހުނުގެ ހަމަ އަގުން %35 އިން ސައްތަ އުނިކޮށް ރަހުނު ވިއްކާލުމުގެ ހުއްދަދީ، ބުނެވުނު މުއްދަތުގެ ތެރޭގައި ރަހުނު ވިއްކައިލެވިއްޖެނަމަ އެ މުޢާމަލާތް ފުރިހަމަވާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މުޢާމަލާތާ ގުޅޭ އެންމެހައި މަޢުލޫމާތު އެންގުމަށާއި، އަދި އެ މުއްދަތުގެ ތެރޭގައި ރަހުނު ވިއްކާނުލެވިއްޖެނަމަ، މި ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެކަން މި ކޯޓަށް އެންގުމަށް ބޭންކް އޮފް ސިލޯން އަށް އަންގަމެވެ. "
9ތެލުވެލިގާ ރިޓްރީޓް ގެ ފަރާތުން މި ޤަޟިއްޔާގައި އިސްތިއުނާފަށް ހުށަހަޅާފައި މިވަނީ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި 05 ނޮވެންބަރު 2024 ދީފައިވާ 'ރަހުނު ވިއްކާލުމުގެ ހުއްދަ' އެވެ. އިސްތިއުނާފީ ނުކުތާތައް:
10ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި 05 ނޮވެންބަރު 2024 ދީފައިވާ 'ރަހުނު ވިއްކާލުމުގެ ހުއްދަ' އިސްތިއުނާފުކުރުމަށް އެދި ތެލުވެލިގާ ރިޓްރީޓްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.
1.10 ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި ރަހުނު ވިއްކާލުމަށް ކަނޑައަޅާފައިވާ އެންމެ ދަށް އަގަށް ރަހުނު ވިއްކާނުލެވިއްޖެނަމަ، ރަހުނުގެ އަގުގެ % 35 (ތިރީސް ފަހެއް އިންސައްތަ) ކުޑަކޮށް، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަށް ކަނޑައަޅާފައިވަނީސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 162 ވަނަ މާއްދާގެ (ޅ) އާއި އެގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2.10 ދެވަނަ ނުކުތާއަކީ، ރަހުނު ވިއްކާލުމުގައި ނަގަހައްޓަންޖެހޭ މައިގަނޑު އެއް ޤާނޫނީ އުޞޫލަކީ، ރަހުނު ބެހެއްޓި ފަރާތުގެ މަސްލަޙަތުވެސް ހިމާޔަތްކުރެވޭ ގޮތުގެ މަތިން، ރަހުނު ބެހެއްޓުންކަމަށްވާއިރު، އަދި، ރަހުނު ވިއްކާލުމުގައި ޢަމަލުކުރަންވާނީ ރަހުނު ވިއްކާލެވެންއޮތް އެންމެ ބޮޑު އަގުގައި ވިއްކާލުމަށް މަސައްކަތްކުރުން ކަމަށްވާއިރު، ސިވިލް ކޯޓުން މި މައްސަލައިގައި ނެރެފައިވާ އަމުރުގައި، ރަހުނުގެ އަގުގެ %35 (ތިރީސ ފަހެއް އިން ސައްތަ) އަށް ކުޑަކޮށް ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވަނީ، ބަޔާންވެދިޔަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ:
11އިސްތިއުނާފ ކުރު ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ؛
1.11ރަހުނު ވިއްކާލާއިރު ޢަމަލުކުރަންޖެހޭނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށް ކަމަށާއި، މިމައްސަލައިގެ ރަހުނުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވާ އަގާއި ގުޅޭގޮތުން ޚަސްމުންގެ މެދުގައިޚިލާފު އެބައޮތް ކަމަށާއި، ދެފަރާތަށް އެއްބަސް ނުވެވޭކަމަ ށްވާނަމަ ޢަމަލުކުރަންޖެހޭ ގޮތކަ އެމާއްދާގެ (ހ) ގައި ބަޔާކުރ ގޮތަށާ މިނިވަން ތިންވަނަ ފަރާތެއް ނުވަތަ ޝަރުޢީ އަގު ކޮމިޓީން އަގު ކަނޑައެޅުން ކަމަށާއި، އެކަން އެމަގުން ކުރުމެއް ނެތި ރަހުނުގެ އަގު އަލުން ކަނޑައެޅުމަކާއ ނުލައި އަދި ރަހުނުގެ އަގު ދަށް ކުރުމަކީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ޝަރީޢަތަށް ލިބިގެންވާ އިޚްތިޔާރެއް ނޫންކަމަށެވެ.
2.11 ރަހުނު ވިއްކާލުމަށް ބޭންކަށް އެންމެފަހުން ދީފައިވާ ހުއްދައިގެ ދަށުން ބޭންކުން އިޢުލާންކޮށްފައިވަނީ "މިހާރު ނޫސް" ގައި އެކަނި ކަމަށާއި، މިއީ މިވަރުގެ އަގުހުރި ޕްރޮޕަޓީއެއ ވިއްކުމަށް އިޢުލާންކުރުމަށް އެންމެ އެކަށީގެންވާ ޕްލެޓ ފޯމެއް ނޫންކަމަށާއި ހަމައެކަނި އެނޫހުގައި އިޢުލާން ޝާއިޢު ކުރުރުމުން އޭގެތެރެއިން ޚަބަރު ލިބޭނީ މަދު ބަޔަކަށް ކަމަށާއި އެކަމުގެ ސަބަބުން މުދަލަށް އެންމެ އެކަށޭނަ އަގު ލިބުން ނާދިރުކަމަށެވެ. އެހެންކަމުން ރަހުނު ވިއްކާ ނުލެވުނ ކަމަށު ބުން ރަހުނުގެ އަގުގެ % 35 (ތިރީސ ފަހެއް އިންސައްތަ) އަގު ކުޑަ ކުރުމަށް ބޭންކުން އެދިފައި މިވަނީ ރަހުނުގެ ހަމަ އަގު ހޯދުމަށް އެކަށީގެންވާ މަސައްކަތް ކުރުމެއް ނެތިކަމަށެވެ. ރަހުނު ވިއްކާލުމުގައި ވިއްކެނ އޮތް އެންމެ ބޮޑު އަގުގައި ވިއްކާލުމަށް މަސައްކަތްކުރުމަކީ ބޭންކުގެ ޒިންމާއެއްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
12އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް ކަމަށް ބަޔާންކޮށްފައިވަނީ؛
1.12 ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި ރަހުނުގެ އަގުގެ % 35 (ތިރީސ ފަހެއް އިންސައްތަ) އުނިކުރުމަށް ކަނޑައަޅާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 162 ވަނަ މާއްދާގެ (ޅ) އާއި އެގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި؛
2.12 ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގެ ކުރިން، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 162 ވަނަ މާއްދާގެ (ޅ) އާއި އެގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާއި (4) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި؛
3.12 އަދި ރަހުނު ވިއްކާލުމުގައި އަގު ދަށްކުރެވޭނީ، ރަހުނު ވިއްކާލުމުގައި ޢަމަލުކުރަންޖެހޭ ސަބަބުވެރި ހަމަތަކެއް، ބޭންކުން ކޯޓަށް ހުށަހެޅުމުން، އެކަންކަމަށް ވާހަކަ ދެއްކުމަށް ދެފަރާތަށް ފުރުޞަތުދެވި ކަނޑައެޅޭ، ޤާނޫނީ ހަމަތަކެއްގެ ތެރެއިން ކަމަށް ކަނޑަޅައިދިނުމަށް އެދޭކަމަށެވެ. އިސްތއުނާފި ރައްދުވާ ފަރާތުގެ ވާހަކަ:
13އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާގައި، ރަހުނު ވިއްކާލުމުގެ އިޖުރާއަތުކުރިއަށް ގެންދާ ކޮންމެ ފަހަރަކު އެމާއްދާގެ ދަށުގައިވާ ކަންކަން އަލުންބަލުން ފުރިހަމަ ކުރަންޖެހޭ ކަމަށް ބަޔާކޮށްފައނުވާކަމަށާއި ހިނގަމުންދާ ތަންފީޒި މައްސަލައެއްގައި ރަހުނު ވިއްކާލުމަށް ހުއްދަދެވޭ ކޮންމެ ފަހަރަކު އެމާއްދާގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުން ލާޒިމު ނޫންކަމަށެވެ.
14ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި ވިއްކާލަންޖެހޭ ރަހުނުގެ އަގުވަނީ ކަނޑައެޅިފައި ކަމަށާއި، އެ އަގަކީ އެޤަޟިއްޔާގައި ތަންފީޒު ރައްދުވާ ފަރާތުން ހުށަހެޅި އަގެއްކަމަށާއި އެއަގަށ ބޭންކުން އިއުތިރާޒުކޮށްފައ ނުވާނެކަމަށާއި އެހެންކަމުން މިމައްސަލައިގައި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާގެ ދަށުން ރަހުނުގެ އެއިރުގެ އަގު ކަނޑައެޅުމުގެ އިޖުރާތު ހިންގައި ފުރިހަމަ ކުރެވިފައވިކަމަށެވެ.
1514 މާރިޗު 2024 ގައި ރަހުނު ވިއްކާލުމަށް ކޯޓުން ދިން ހުއްދައިގެ ދަށުން އަދި 05 ނޮވެންބަރު 2024 ގައި ރަހުނު ވިއްކައިލުމަށ ކޯޓުން ދިން ހުއްދައިގެ ދަށުން ރަހުނު ވިއްކުމުގެ ކަންކަން ބޭންކުން ކުރިއަށް ގެންގޮސްފައިވަނީ ސިވިލް ކޯޓުން ދީފައިވާ ހުއްދައިގެ ތަރަހައިގެ ތެރެއިން ކަމަށެވެ.
16ރަހުނު ވިއްކެނ އޮތް އެންމެ ބޮޑު އަގުގައި ރަހުނު ވިއްކައިލުމަށް މަސައްކަތްކުރުމަކީ ހަމައެކަނި ބޭންކްގެ ޒިންމާއެއް ނޫންކަމަށާއި އެއީ ބޭންކްއެކޭ އެއްފަދައިން ދަރަނިވެރީންގެ ވެސް ޒިންމާއެއް ކަމަށެވެ.
17ރަހުނުގެ އަގު ގެ ގޮތުގައި ކަނޑައެޅިފައިވާ އަގުގެ % 35 ދަށްކުރުމަށ ބޭންކުން ހުށަހެޅް ރަހުނު ވިއްކައިލުމަށ ދިން ފުރަތަމް ހުއްދަ ދިން ފަހަރު ރަހުނު ވިއްކައިލުމުގެ ބީލަމުގައި ލިބުނު ހަމައެކަނި ހުށަހެޅުމަކީ ކަނޑަޅާފައިވާ އަގުގެ ގާތްގަނޑަކަށް %74 ގެ ދަށް އަގަކަށް ވަތީކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:
18އިސްތިއުނާފު ރައް ދުވާ ފަރާތުން އެދެނީ؛
1.18ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި 05 ނޮވެންބަރު 2024 ގައި ދީފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނާއި ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދިނުމަށާއި؛
2.18ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި 05 ނޮވެންބަރު 2024 ގައި ދީފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައިގެ ދަށުން ވިއްކައިލުމުގައި ރަހުނުގެ ހަމަ އަގުގައި ވިއްކައިލުމަށް މަސައްކަތްކޮށް ނުވިކިއްޖެނަމަ ރަހުނުގެ އަގުގެ % 35 ދަށް ކޮށްގެން ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައިވަނީ އެކަށީގެންވާ ހަމަތަކުގެ މަތީން ރަނގަޅަށްކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ. ފާހަގަކުރެވުނު ކަންތައްތައް 19 އިސްތިއުނާފު ކުރެވިފައިވަނީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާއިރު، ސިވިލް ކޯޓުގައި ރަހުނު ހިމެނޭ ފައިސާގެ ތަންފީޒު މައްސަލައެއް ހިންގާނެގޮތް ބަޔާންކޮށްފައިވަނީ، "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު" ގެ 160 ވަނަ މާއްދާގައެވެ. އެގޮތުން އިސްތިއުނާފު ކުރާ ފަރާތުން ހަވާލާދީފައިވާ އެގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (2) އާއި (3) އާއި (4) ނަންބަރުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. 160 (ހ) ރަހުނު ހިމެނޭ ފައިސާގެ ތަންފީޒު މައްސަލަތަކުގައި އަމަލުކުރާނ، އަންނަނިވި ގޮތުގެ މަތީންނެވެ. (2) ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކީ ކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް އޮތްތޯ ބެލުން؛ (3) ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކީ ކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް ނެތްނަމަ، އަގުކުރުމަށް ދެފަރާތުން އެއްބަސްވާ ތިންވަނަ ފަރާތެއް ވޭތޯ ބެލުން؛ (4) ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކީ ކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ރަހުނު ހިފި ފަރާތުން އެއްބަސްވާ މިންވަރެއް ނެތިފައި، އަގުކުރުމަށް ދެފަރާތުން އެއްބަސްވާ ތިންވަނަ ފަރާތެއް ނެތްނަމަ، ޝަރުޢީ އަގުކޮމިޓީ މެދުވެރިކޮށް، ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގު ހޯދުން؛ 20 މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، ބަޔާންވެދިޔަ މާއްދާގެ ދަށުން ތަންފީޒު މައްސަލައެއް ހިންގިކަން އެނގެއެވެ. 21 ހަމައެހެންމެ، ބަޔާންވެދިޔަ ތަންފީޒީ މައްސަލައިގައި، ރަހުނު ވިއްކާލުމުގެ އަގު ކަނޑައެޅުމާގުޅިގެން، ދެފަރާތުން އެއްބަސްވެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ވެލިއުއޭޝަން ރިޕޯޓުގައި ބަޔާންކޮށްފައިވާ Base އަގަކީ، ރަހުނު ވިއްކާލުމުގެ އެންމެ ދަށް އަގުކަމުގައި ބަލައިގެން ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަށްކަމާއި، އެގޮތުން އެއްބަސްވެވުނު އަގަކީ USD 21,140,000.00 (އެކާވީސް މިލިއަން އެއްލައްކަ ސާޅީސްހާސް އެމެރިކާ ޑޮލަރު) ކަމާއި، އެއަށްވުރެ ދަށް ނޫންއަގެއްގައި ވިއްކާލުމަށް 14 މާރޗި 2024 އިން ފެށިގެން 02 (ދޭއް) މަސްދުވަހުގެ މުއްދަތެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ރަހުނު ވިއްކާލުމަށް ސިވިލް ކޯޓުންދީފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކޮށްފައިވެއެވެ. 22 އެހެންކަމުން، "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު" ގެ 160 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ރަހުނުކުރެވިފައިވާ މުދަލުގެ އެ އިރެއްގެ އަގަކީ ކޮބައިކަމާމެދު، ރަހުނު ބެހެއްޓި ފަރާތާއި ހިފި ފަރާތުން އެއްބަސްވާ މިންވަރެއް އޮތްތޯ ކޯޓުން ބަލާފައިވާކަމާއި، އަދި ރަހުނެ ކުރެވިފައިވާ މުދާ ވިއްކާލުމުގައި އަގު ކަނޑައެޅިފައިވަނީ ދެފަރާތުން ވަކި އަގަކަށް އެއްބަސްވެގެންކަން އެނގެއެވެ. 23 ބަޔާންވެދިޔަ ފަދައިން ކަންކަން ހުރުމުން، "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު" ގެ 160 ވަނަ މާއްދާއާ އެއްގޮތަށް ދެފަރާތުން އެއްބަސްވާ މިންވަރަށް ރިޢާޔަތްކޮށް، ރަހުނު ވިއްކާލުމުގެ ހުއްދަ ދެވިފައިވާކަން އެކަންކަމުން ސާފުވެއެވެ. 24 ހަމައެހެންމެ، ދަށު ކޯޓުން ކުރިން ދީފައިވާ އަގު (ދެފަރާތުން އެއްބަސްވެފައިވާ އަގު) އަށް ވިއްކުމަށް މަސައްކަތް ކޮށްފައިވާކަމަށާއި، އެހެންނަމަވެސް އެ އަގުގައި ގަންނާނެ ފަރާތެއް ލިބިފައިނުވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެއެވެ. އަދި ރަހުނު ވިއްކާލުމަށް ކުރެވުނު އިއުލާނާ ގުޅިގެން، ލިބިފއިވަ އަގަކީ %47 ދަށް އަގެއް ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވެއެވެ. 25 ބަޔާންވެދިޔަ ފަދައިން ދެފަރާތުން އެއްބަސްވެ ކަނޑައެޅިފައިވާ އަގަށް ވިއްކާލެވިފައިނުވާތީ، އެ އަގު ކުޑަކުރުމަށްފަހު، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަށްއެދި އިސްތިއުނާފު ރައްދުވާ ފަރާތުން އަނެއްކާވެސް ކޯޓަށް ހުށަހެޅިއެވެ. 26 މިހިސާބުން އުފެދޭ ސުވާލަކީ، ދެފަރާތުން އެއްބަސްވާ އަގެއް ކަނޑައެޅިފައިވަނިކޮށް، އެއަގަށް ވިއްކާނުލެވުމުން، އެއަށްވުރެ ދަށް އަގަކަށް ވިއްކާލުމުގެ ހުއްދައަށް އެދި ހުށަހަޅާ ޙާލަތްތަކުގައި އަގު ދަށްކުރުމާމެދ ގޮތެއު ނިންމުމުގައި، އަނެއްކާވެސް، "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު" ގެ 160 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިޖުރާއަތަށް އަމަލުކުރަން ޖެހޭތޯއެވެ. 27 މިގޮތުން ބަލާއިރު، ދެފަރާތުން ރަހުނު ވިއްކާލުމުގައި އެއްބަސްވާ އެންމެ ދަށް އަގު އެވަނީ ކުރިން ކަނޑައެޅިފައެވެ. އެހެންކަމުން، މިހާރު އޮތް ބަހުސަކީ، ރަހުނު ވިއްކާލުމުގެ އެންމެ ދަށް އަގުކަމުގައި ކަނޑައަޅާނީ ކޮން އަގެއްތޯއެއް ނޫނެވެ. އޮތީ، ދެފަރާތުން އެއްބަސްވި އެންމެ ދަށް އަގަށް ވިއްކާނުލެވުމުން، ނުވަތަ އެ އަގަށް ގަންނާނެ ފަރާތެއް ލިބިފައިނުވުމުން، ދެން އަގު ދަށްކޮށް ވިކާލެވިދާނެތޯއާއި، އެފަދައިން އަގު ދަށް ކުރެވޭނަމަ، އަގު ދަށްކުރެވޭނީ ކޮން އުޞޫލަކުން ކަމާމެދުގައެވެ. ހަމައެފަދައިން އެކަންކުރުމުގައި، އަލުން "ސ ވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދު" ގެ 160 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ނުވަތަ އެ އިޖުރާއަތަށް ޢަ މަލުކޮށ އަގެއް ހޯދާނީތޯއެވެ. ރަހުނު ވިއްކާލުމުގެ އެންމެ ކުޑަ އަގެއްކަމަށ ދެފަރާތުން އެއްބަސްވެފައިވާ އަގު އެވަނީ ދެނެގަނެވި ކަނޑައެޅިފައެވެ. މިހާރު އޮތީ، އެ އަގަށް ގަންނާނެ މީހަކު ނުލިބުމުން، އަގު ކުޑަކުރުމަށް ހުށަހެޅި ހުށަހެޅުމެވެ. މި ޙާލަތުގައި، އަލުން، "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު" ގެ 160 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ނުވަތަ އެ އިޖުރާއަތަށް ޢަމަލުކުރަން ޖެހޭނެކަމަށް ބުރަ ނުވެވެއެވެ. 28 އެހެންކަމުން %35 އަށް އަގު ކުޑަކުރުމުގައި، "ސިވިލ ކޯޓުގް މަދަނީ އިޖުރާއަތުގެ ގަވާއިދު" ގެ 162 ވަނަ މާއްދާގެ (ޅ) އާއި، 160 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް އަމަލުކުރަންޖެހޭކަމަށްބުނ އިސްތިއުނާފެ ކުރު ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، އެ މާއްދާތަކާ ސިވިލް ކޯޓުން ޚިލާފުވެފައިވޭތޯ ބެލުމަކީ މި ޙާލަތުގައި ކުރަންޖެހޭ ކަމެއްކަމުގައި އަހުރެންނަށް ބުރައެއް ނުވެވެއެވެ. %35 އަށް އަގު ކުޑަކުރުމަށް ނިންމި ނިންމުން ރަނގަޅުތޯ ބެލުން 29 ދަށު ކޯޓުން މި ނުކުތާގައި ނިންމާފައިވާ ކަންކަމަށް ބަލާއިރު، އަންނަނިވި ކަންކަމަށް ރިއާޔަތްކޮށްފައިވާކަން އެ ނިންމުމުން އެނގެން އޮވެއެވެ.
1. ރަހުނު ކުރެވިފައިވާ މުދަލުގެ ރިޒާވް އަގަކީ ކޮބައިކަމާމެދު ދެފަރާތުން ކުރިން އެއްބަސްވެފައިވާ މިންވަރެއް އޮންނަކަން
2. އެގޮތުން، ރަހުނު ވިއްކާލުމަށް ކުރި އިޢު ލާނ ގުޅިގެނާ ރަހުނު ގަތުމަށް ހުށަހާޅާފައިވާ އަގަކީ 9,900,000.00 USD(ނުވަ މިލިއަން ނުވަ ލައްކަ އެމެރިކާ ޑޮލަރު) ކަމާއި، އެއީ ބީލަން ކަރުދާހުގައިވާ އަގަށްވުރެ %47 ކުޑަ އަގެއްކަން
3. ރަހުނު ވިއްކާލުމުގެ ހުއްދަ ދެވަނަ ފަހަރަށް ދޭއިރު، %35 ކުޑަކުރުމަށް ދޢަ ވާކުރު ފަރާތުން އެދިފައިވާކަމާއި، އެކަމަށް ދަޢުވާލިބޭ ފަރާތުން އިންކާރު ކޮށްފައިވާކަން
4. ރަހުނު ނީލަމުގައި ވިއްކާލާއިރު، ރަހުނުގެ ހަމަ އަގުގައި ރަހުނު ވިއްކާލަން ނުޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2002/HC-A/78 ޤަޟިއްޔާއާއި، 2012/HC-A/188 ޤަޟިއްޔާއިން އެނގެން އޮންނަކަން.
5. ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުގައި، ދެފަރާތުން ކުރިން އެއްބަސްވެފައިވާ އަގަށް ވިއްކާލެވޭތޯ އަދި އެއްފަހަރު މަސައްކަތްކޮށް، އެ އަގަށް ވިއްކައިނުލެވިއްޖެނަމަ، ހަމަ އަގުން %35 އުނިކޮށް، ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމަށް ފެންނަކަމަށް 30 ބަޔާންވެދިޔަ ކަންކަމަށް ދަށު ކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިވާކަން އެނގޭއިރު، ދެފަރާތުން އެއްބަސްވެފައިވާ އެންމެ ކުޑަ އަގަށް ރަހުނު ވިއްކާ ނުލެވިއްޖެ ޙާލަތެއްގައި، ރަހުނުގެ އަގު ދަށްކުރުމުގައި ރިޢާޔަތްކުރަންވީ ކޮންކަމަކަށްކަން، މަދަނީ އިޖުރާއަތުގެ ޤާނޫނާއި ގަވާއިދުގައިވެސް ބަޔާންކޮށްފައިނުވެއެވެ. 31 ރަހުނު ވިއްކާލުމަށް ދެފަރާތުން އެއްބަސްވެފައިވާ އަގަށް ރަހުނު ވިއްކާލެވިފައިނުވަނީ، އެކަމަށް އެކަށީގެންވާ މަސައްކަތެއް ބޭންކަށް ކުރެވިފައިނުވާތީކަމަށާއި، އަދި ބޭންކުން އެކަމުގައި ޢަމަލުކޮށްފައިވަނީ ފެއަރ ލެންޑިންގ ޕްރެކްޓިސަސްއ ޚިލާފަށާ ކަމުގައް އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރުމުން، ރަހުނު ވިއްކާލުމަށް އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ ކަމަކީ، 'މިހާރު' ނޫހާއ އިސްތިއުނާފި ރައްދުވު ބޭނކުގް ވެބްސައިޓްގައި އެކަން އޢި ލާނުކުރުންކަމަށާއި، އެއީ ޢާންމު އޞުލުންވެސް ޢމަލުކުރާގޮތަ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ. 32 މިނުކުތާއަށް ގޮތް ކަނޑައެޅުމަށް ބަލާއިރު، ދެފަރާތުން އެއްބަސްވެފައިވާ އަގަށް ރަހުނު ވިއްކާނުލެވުމުން، ރަހުނުގެ އަގު ދަށްކޮށް، ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދި އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް އިސްތިއުނާފީ ފޯމުގެ 7.3.1 އަދި 7.3.2 ވަނަ ނުކުތާ ކޯޓަށް ހުށަހެޅި ހުށަހެޅުމަށް އިސްތިއުނާފު ކުރާ ފަރާތުން ދީފައިވާ ޖަވާބަށް ބަލާއިރު، ރަހުނު ވިއްކާލެވިފައިނުވުމާ ގުޅޭގޮތުން އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތުގައި ހުރިކަމަށް އެ ޖަވާބުގައި ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން، ދަށު ކޯޓުގައި ދެއްކުމުގެ ފުރުޞަތު ލިބި ނުދައްކާ ވާހަކައެއްގެ މައްޗަށް އިސްތިއުނާފީ މަރުޙަލާގައި ގޮތް ނިންމިދާނެކަމުގައި ނުދެކެމެވެ. 33 އެހެންނަމަވެސް، މި ފަދަ މައްސަލަތަކުން، ރަހުނުގެ އަގު ދަށްކޮށް ވިއްކާލުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރެވިދާނެ އޞު ލުތަކަށް ބަލައިލުމަކ މުހިންމީ ކަމެއްކަމުގައި ދެކެމެވެ. އެގޮތުން، މައިގަނޑުގޮތެއްގައި މިފަދަ މައްސަލަތަކުގައި ބަލަނީ، ރަހުނު ހިފަހައްޓާފައިވާ ފަރާތުން ހެޔޮނިޔަތުގައި ރަހުނުގެ މިހާރުގެ މާކެޓް ވެލިއުއަށް ރަހުނު ވިއްކާލުމަށް މަސައްކަތް ކޮށްފައިވޭތޯއާއި، ރަހުނުގެ އަގު ކުޑަކުރުމަށް ހުށަހަޅާފައިވާ މިންވަރަކީ އެއިރެއްގެ މާރކެޓް ވެލިއުކަން ދައްކުވައިދޭ ހެކި ހުށަހެޅިފައިވޭތޯއެވެ. 34 މި އޞު ލުގެ ދަށުން، ކޯޓުން މައިގަނޑުގޮތެއްގައި ބަލަންޖެހެނީ، ރަހުނުގެ މިހާރުގެ މާރކެޓް ވެލިއުއަށް 13 12 11 ރަހުނު ވިއްކުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައިވޭތޯއެވެ.،، 35 މި މައްސަލއަ ގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދެފަރާތުން އެއްބަސްވެފައިވާ އަގަށް ވިއްކުމަށް އިޢުލާން ކުރިނަމަވެސް، އެ އަގަށް ގަންނާނެ ފަރާތެއް ލިބިފައި ނުވާކަން އެނގެން އޮންނައިރު، ވިއްކުމަށް ކުރެވުނު އިޢުލާނަށް ކުރިމަތިލީ ފަރާތުން ހުށަހަޅާފައިވަނީ %47 ދަށް އަގެއްކަނ އެނގެން އޮވެއެވެ. އެހެންނަމަވެސް، ދަށު ކޯޓުން ރަހުނުގެ އަގު ދަށްކުރުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާގޮތަށ ހުއްދަދީފައިވަނީ، އިޢުލާނަށް ކުރިމަތިލީ ފަރާތުނު ހުށަހަޅާފައިވް އަގަށް ރިޢާޔަތްކުރުމަށްފަހު %35 ދަށް އަގެއްކަނ އެނގެން އޮވެއެވެ. ހަމައެފަދައިން، އަގު ދަށްކުރުމުގެ ފުރުސަތު ބޭންކަށް ދީފައިވަނީ، އިތުރަށް އެއްފަހަރު ދެފަރާތުން އެއްބަސްވފައިވެ އަގަށް ވިއްކާލުމަށް އިޢުލާނުކޮށް ގަންނާނެ ފަރާތެއް Cuckmere Brick Co v Mutual Finance [1971] Ch 949 (CA) Michael v Miller [2004] EWCA Civ 282 (CA) Tse Kwong Lam v Wong Chit Sen [1983] 1 WLR 1349 (PC) ނުލިބިއްޖެނަމަކަންވެސް އެ ނިންމުމަށް ބެލުމުން އެނގެން އޮވެއެވެ. އެހެންނަމަވެސް، އެ އަގު ދަށްކށޮ ކުރި އިޢުލާނަށްވެސް ގަންނާނެ ފަރާތެއް ލިބިފައިނުވާކަމަށް ބޭންކުން ހިއްސާކޮށްފައިވާ ލިޔުންތަކުން އެނގޭނެ އޮވެއެވެ. ބަޔާންކުރެވުނު ކަންކަމަށްބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން، ރަހުނުގެ މިހާރުގެ މާރކެޓް ވެލިއުއަށް ރަހުނު ވިއްކުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާކަން އެނގެން އޮވެއެވެ. އަދި އަގު ދަށްކޮށް އޢިލާނ ކުރުމުގު ސަބަބުން، ބޭއިންސާފެއް ކުރިމަތިވާ ތަނެއްވެސް ނުފެނެއެވެ. 36 ވީމާ، ދަށުކޯޓުން ރަހުނުގެ އަގު ދަށްކޮށް ވިއްކުމަށް ދީފައިވާ ހުއްދައިގައި ޤާނޫނީ އޞު ލަކޫ ޚލާފުވެފައިވާކަމަށް ބުނާނެ ޖާގައެއި މިހިނދަށް އޮތްކަމުގައި ނުދެކެމެވެ. ނިންމަން ފެންނަގޮތް: 37 މަތީގައި ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތީން ހުރުމުން، އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2023-CVC-2096 ޤަޟިއްޔާގައި 05 ނޮވެންބަރު 2024 ގައި ދީފައިވާ 'ރަހުނު ވިއްކާލުމުގެ ހުއްދަ' ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙަސަން ޝަފީޢު ގެ ރައުޔު
38 މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއީދުކުރަމެވެ. ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔް 39 މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއީދުކުރަމެވެ. އސްތިއުނާފުކުރުމުގ އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން 40 މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (2)، (3)، (4)
- ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 162 ވަނަ މާއްދާގެ (ޅ)
- ހައިކޯޓުގެ 2002/HC-A/78 ޤަޟިއްޔާ (ދަށު ކޯޓުން ބޭނުންކުރި)
- ހައިކޯޓުގެ 2012/HC-A/188 ޤަޟިއްޔާ (ދަށު ކޯޓުން ބޭނުންކުރި)
- Cuckmere Brick Co v Mutual Finance [1971] Ch 949 (CA)
- Michael v Miller [2004] EWCA Civ 282 (CA)
- Tse Kwong Lam v Wong Chit Sen [1983] 1 WLR 1349 (PC)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.