ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/64

ޢާއިޝަތު ޝާޢިރާ ވ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 5 ނޮވެމްބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 3025/Cv-C/2022ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3025/Cv-C/2022
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ހައުސިންގ ސްކީމެއްގެ ދަށުން ފްލެޓަށް ހޮވިކަން އަންގައި، ބުކިންގ ފީ އާއި އެޑްވާންސް ފައިސާ ދެއްކުމުން ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެކަމާއި މި ސިޓީއަކީ އެއްބަސްވުމެއް ނޫންކަން ބަޔާންކޮށް ފޮނުވި ސިޓީގެ މަތިން ފައިސާ ދެއްކުމުން، ފްލެޓް ގަނެވިއްކުމުގެ ބަނދެވޭ ކޮންޓްރެކްޓެއް ވުޖޫދުވިތޯ؛ އަދި ސިވިލް ކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 އިން 9 އަށް މާއްދާތަކާއި ސުޕްރީމް ކޯޓުގެ ސާބިޤާތަކާ ޚިލާފަށް މައްސަލަ ނިންމާފައިވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އެއްބަސްވުމަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. ޞަރީޙަ ބަހުން ނުވަތަ ޟިމްނީ ގޮތުންވެސް ކޮންޓްރެކްޓެއް ވެވިދާނެއެވެ. ބޭނުންވަނީ ދެފަރާތުގެ އެއްބަސްވުމެވެ.

HN2 ކޮންޓްރެކްޓެއް ވުމަށް ހުށަހަޅާ ހުށަހެޅުމަކީ އޮޅުން ނުފިލާ ނުވަތަ ޔަޤީންނުވާ ގޮތަކަށް އޮންނަ އެއްޗަކަށް ނުވެ، ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށް ވާންވާނެއެވެ. ހުށަހެޅުން ފުރިހަމަވަނީ ރައްދުވާ ފަރާތަށް އެންގުމުންނެވެ. ޤަބޫލުކުރުން ބުނެގެން ނުވަތަ ޢަމަލުން ވެވިދާނެ ނަމަވެސް ޤަބޫލުކުރުމަށް އިތުރު ޝަރުޠެއް އޮވެގެން ނުވާނެއެވެ. ހުށަހަޅާ ފަރާތުން ޤަބޫލުކުރާނެ ގޮތް ކަނޑައަޅާފައިވާނަމަ ޤަބޫލުކުރަންވާނީ އެގޮތަކަށެވެ. ޤަބޫލުކުރާކަން ހުށަހަޅާ ފަރާތަށް އެންގުމުން ޤަބޫލުކުރުން ފުރިހަމަވެ، ކޮންޓްރެކްޓް ކުރެވުނީ ކަމަށް ބެލެވެއެވެ.

HN3 ސުޕްރީމް ކޯޓުގެ އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު ޤަޟިއްޔާގައިވާ ގޮތުން، ވަކި ކަމަކަށް ދެފަރާތުގެ ވިސްނުން އެއްގޮތްވެ ޤަރާރުވެފައިވާކަން ދެފަރާތުގެ ޢަމަލުތަކުން ދޭހަވާނަމަ ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް އިފްތިރާޟް ކުރެވޭނެއެވެ. އެފަދަ ކޮންޓްރެކްޓެއް ވެފައިވޭތޯ ކޯޓުތަކުން ބަލަނީ މައުޟޫޢީ ޓެސްޓުންނެވެ. އެއީ ދެފަރާތުން ކަންކަން ކޮށްފައިވާ ގޮތާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ސަބަބުވެރި މީހެއްގެ ނަޒަރުގައި ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް ޤަބޫލުކުރެވޭތޯ ބެލުމެވެ.

HN4 ޢާންމު އުޞޫލުން، ފުރުޞަތު ހުޅުވާލައި ކުރާ އިޢުލާނަކީ ދަޢުވަތެއް ކަމުގައި، އެއަށް ހުށަހަޅާ އެޕްލިކޭޝަން ފޯމަކީ ހުށަހެޅުމެއް ކަމުގައި، އަދި ވަކި ކަންކަން ފުރިހަމަކުރުމުން ހުށަހެޅުން ޤަބޫލުކުރެވޭނެ ކަމަށް ފޮނުވާ ސިޓީއަކީ ކައުންޓަރ ހުށަހެޅުމެއް ކަމުގައި ބެލިދާނެއެވެ. އެ ކަންކަން ފުރިހަމަކުރުމުން ކައުންޓަރ ހުށަހެޅުން ޤަބޫލުކުރެވިފައިވާކަމަށް ބެލިދާނެއެވެ.

HN5 ނަމަވެސް، ފައިސާ ދެއްކުމުން ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެ ކަމާއި ސިޓީއަކީ އެއްބަސްވުމެއް ނޫންކަމާއި ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ފައިސާ އަނބުރާ ދޭނެކަމަށް ބުނާ ފަދަ (subject to contract / disclaimer) ޢިބާރާތެއް ހިމެނޭ ޙާލަތުގައި، Masters v. Cameron (1954) ގައި ބަޔާންކުރާ ތިން ގިންތިއަށް ބަލަންޖެހެއެވެ. ފުރަތަމަ ދެ ގިންތީގައި ދެފަރާތް ޤާނޫނީ ގޮތުން ބަނދެވޭ ނަމަވެސް، ތިންވަނަ ގިންތީގައި (ލިޔުމުން ވެވޭ އެއްބަސްވުމެއް ނުވާހާ ހިނދަކު ބަނދެވުމެއް ނެތުމަށް ބައިވެރިން ބޭނުންވާ ޙާލަތު) ބައިވެރިން ތިބީ އެއްބަސްވުމަކަށް އައުމަށް ނެގޯޝިއޭޓްކުރުމުގެ ޙާލަތުގައެވެ.

HN6 މުޢާމަލާތު ފުރިހަމަވުމުގެ ޝަރުޠަކީ ލިޔުމުން އެއްބަސްވުމެއް ވުންކަން ދެފަރާތަށް އެނގޭ ލިޔުމަކުން އެނގެން އޮތްއިރު، ފައިސާ ދެއްކުމަށްފަހުވެސް ދެފަރާތް ދިޔައީ ނެގޯޝިއޭޓްކުރަމުން ކަމާއި ލިޔުމުން އެއްބަސްވުމެއް ފަހުން ނުވާކަން އެނގޭނަމަ، ހަމައެކަނި ބުކިންގ ފީ އާއި އެޑްވާންސް ފައިސާ ދެއްކުމާއި ބަލައިގަތުމުން ދެފަރާތުގެ ދެމެދު ބަނދެވޭ ކޮންޓްރެކްޓެއް ވުޖޫދުވީކަމަށް ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3025/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ބ. ތުޅާދޫ / ގުލިސްތާނުގެ، ޢާއިޝަތު ޝާއިރާ (މީގެ ފަހުން "ޢާއިޝަތު ޝާއިރާ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކުރާ )ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (މީގެ ފަހުން "އެމް.ޑަބްލިޔް .އެސް.ސީ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ. ކަން ހިނގާފައިވާގޮތް:

2ޢާއިޝަތު ޝާއިރާ 04 އޮގަސްޓް 2014 ގައި އެމް.ޑަބްލިޔު.އެސް.ސީ ގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރިއެވެ.

3މާރިޗު 2018 ގައި އެމް.ޑަބްލިޔު. އެސް.ސީ އިން "އެމް.ޑަބްލިޔު. އެސް.ސީ މުވައްޒަފުންގެ ހައުސިންގް ސްކީމް" މި ނަމުގައި އެކުންފުނީގެ މުވައްޒަފުންނަށް ހައުސިންގް ސްކީމެއް ތަޢާރަފުކޮށް އެ ސްކީމުގެ ދަށުން ފްލެޓަށ ހުށަހެޅުމަށް އެކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލިއެވެ.

4އެ ހައުސިންގް ސްކީމުގެ ދަށުން 03 ކޮޓަރީގެ އެޕާރމެންޓ ގަތުމަށް އެދި ޢާއިޝަތު ޝާއިރާގެ ފަރާތުން ފޯމު ނަންބަރު 226/HS/2018 'ހައުސިންގ ސްކީމް އެޕްލިކޭޝަން ފޯމް' ހުށަހެޅިއެވެ. އެ ފޯމު އިވެލުއޭޓްކޮށް ޢާއިޝަތު ޝާއިރާ އެދިފައިވާފައިވާ 03 ކޮޓަރީގެ ފްލެޓަށް ހޮވިފައިވާ ކަމަށް 24 ޖޫން 2018 ގައި އެމް.ޑަބްލިޔު. އެސް.ސީގެ ނަންބަރު: MWSC53-A/4/2018/HSO-MWSC (24 ޖޫން 2018) ސިޓީން ޢާއިޝަތު ޝާއިރާ އަށް އެންގިއެވެ. ދރއރަޖިސްޓަރީ ނަންބަރު: 67/95-C ޕްރައިވެޓައިޒޭޝަނ އެންޑް ކޯޕަރަޓައިޒޭޝަންގ ބޯޑުގެ ނަންބަރު 454/MWSC/2014/5 (04 އޮގސްޓަ 2014) ސިޓީ

5އެމް. ޑަބްލިޔު. އެސް. ސީން ފޮނުވި އެ ސިޓީގައި ބަޔާންކޮށްފައިވަނީ: ". އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމަށް ކުރިމަތިލާ މުވައްޒަފުން އިވެލުއޭޓްކޮށް މަރކްސ ދިނުމަށް ހަމަޖެހިފައިވާ އުޞ ލުގެ ތެރެއިން މަރކްސް ދިނުމަށްފަހު، ތިޔަފަރާތުން އެދިލައްވާފައިވާ ފްލެޓް (ބާވަތް 3/ ކެޓަގަރީ:3BR) އަށް ހޮވިފައިވާކަނ ވަރަށް އުފަލާއެކު ދަންނަވަމެވެ. މިގޮތުން، އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމްގެ އުޞ ލުގައި ބަޔާންކުރެވިފައިވާފަދައިން، މި ސިޓީއާއި އެއްކަރުދާސް ކުރެވިފައިވާ އެޑްވާންސް ފައިސާ ދެއްކުމުގެ ޝެޑިޢުލާއި އެއްގޮތަށް، ބުކިންގ ފީ އަދި އެޑްވާންސް ފައިސާ ދެއްކުމަށް އެދި ދަންނަވަމެވެ. އަދި އެޑްވާންސް ފައިސާ ދައްކައި ޚަލާސްކުރުމުން ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެ ކަމާއި، މި ސިޓީއަކީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަން ދަންނަވަމެވެ. އަދި ދަންނަވަމެވެ. އެޑްވާންސް ޕޭމަންޓް ޝެޑިއުލްގައި ކަނޑައެޅިފައިވާ ގޮތަށް ފައިސާ ކުންފުންޏަށް ނުދެއްކިއްޖެނަމަ، ހައުސިންގ ސްކީމްގެ އުޞ ލުގައި ބަޔާންކޮށްފައިވާ ފަދައިން، ތިޔަފަރާތް ފްލެޓަށް ހޮވުނުކަން ބާޠިލްކުރެވޭނެ ވާހަކަ ދަންވަމެވެ. އަދި، ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަށް ވާޞިލުނުވެވިއްޖެނަމަ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ މިސިޓީއާއި އެއްކަރުދާސް ކުރވިފައިވެ އުޞ ލުން، ތިޔަފަރާތަކަށް އަނބުރާ ރައްދުކުރެވޭނެއެވެ. ހައުސިންގ ސްކީމާއި ގުޅޭގޮތުން އިތުރަށް މަޢުލ މަތު ބޭނުންވެއްޖެނަމަ.................."

6މި ސިޓީއާ އެކު އެއްކަރުދާސ ކޮށްފައިވް "އެމް.ޑަބްލިޔު.އެސް.ސީ ހިޔާ ސްކީމް- ބުކިންގ ފީ، އެޑްވާންސް ޕޭމަންޓް ދެއްކުމުގެ އަދި ރީފަންޑް އުޞޫލު" މިނަމުގައިވާ ލިޔުމުގައި އެޕާރޓްމެންޓްގެ ބާވަތް، ފްލެޓްގެ ޖުމްލަ އަގު، ބުކިންފީ އާއި ބުކިންގ ފީ ހިމަނައިގެން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޖުމްލަ 332,790.00ރ. (ތިންލައްކަ ތިރީސް ދެހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) ދައްކަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، ބުކިން ފީ އަދި އެޑްވާންސް ޕޭމަންޓް ދައްކަންޖެހޭ ގޮތުގެ ޝެޑިއުލް ހިމަނާފައިވެއެވެ. އެ ޝެޑިއުލްގައި ބުކިން ފީ އަދި އެޑްވާންސް ޕޭމަންޓްގެ ގޮތގައ ދައްކަންޖެހި ފައިސާގު ޢަދަދާއި އެފައިސާ ދައްކަން ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚު ބަޔާންކޮށްފައިވެއެވެ. އަދި ފައިސާ ދައްކާނެ ގޮތާއި އެޑްވާންސް ފައިސާއާއި ރީފަންޑް ކުރުމާގުޅޭ އުޞ ލ ވެސް އެ ލިޔުމުގައި

7އެޕާރޓްމެންޓުގެ ބުކިންފީ އާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޖުމްލަ ދައްކަންޖެހޭ 332,790.00ރ. (ތިންލައްކަ ތިރީސް ދެހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) 03 ޖުލައި 2018 ގައި ޢާއިޝަތު ޝާއިރގާ ފަރާތުން ދައްކައި ނިންމިއެވެ.

8މިދެފަރާތުގެ ދެމެދު އެއްބަސްވުމުގެ ސޮއިކުރުމުގެ ކުރިން، ޢާއިޝަތު ޝާއިރާ އެމް.ޑަބްލިޔު.އެސް.ސީ ގެ ޑިރެކްޓަރުންގެ ބޯޑުން 06 މާރިޗު 2019 ގައި ވަކިކުރިއެވެ.

9އެމް.ޑަބްލިޔު.އެސް.ސީ ހިޔާ ސްކީމުގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓް ހޯދުމަށް އެދިފައިވާ ޓަވަރ B ޢިމާރާތްކުރުމުގެ މަޝްރ ޢު ފެށުމާ ގުޅޭގޮތުން އަދި ގޮތެއް ނިންމިފައިނުވާ ކަމަށާއި، އަދި މި މަޝްރޫޢު ޙަޤީޤަތުގައި ތަންފީޒުކުރެވޭނކަނެ ޔަޤީނނން ކަމަށާއި، މީގެ ފަރުވާއެއްގެ ގޮތުން ކުންފުނިން ދެގޮތެއް ހުށަހަޅާ ކަމަށާއި، އެ ދެގޮތުން ކުރެ ޢާއިޝަތު ޝާއިރާ އިޚްތިޔާރކުރު ގޮތެއް 04 ޑިސެންބަރު 2021 ގެ ކުރިން ލިޔުމުން ކުންފުންޏަށް އަންގައި ދިނުމަށާއި، މިހާރު ކުރިއަށް ދަނީ ހުށަހެޅި ފަރާތްތަކުގެ ލިސްޓް ފައިނަލް ކުރުން ކަމަށާއި، 04 ޑިސެންބަރު 2021 ގެ ނިޔަލަށް ޢާއިޝަތު ޝާއިރާގެ ފަރާތުން ވަކި ގޮތެއް އަންގާފައި ނުވާނަމަ ޑައުންޕޭމަންޓުގެ %20 ގެ ގޮތުގައި ޢާއިޝަތު ޝާއިރާ ދެއްކި ފައިސާ އަނބުރާ ރައްދުކރެވޭނު ކަމަށް 04 ނޮވެންބަރު 2021 ގައި އެމް.ޑަބްލިޔު.އެސް.ސީން ޢާއިޝަތު ޝާއިރާއަށް އެންގިއެވެ. އެ ސިޓީގައި އެފަރާތުން ހުށަހެޅި ދެ ގޮތްކަމަށް ބުނެފައިވަނީ؛ އޮޕްޝަން 1: ހިޔާ ސްކީމްގެ އެޕްލިކޭޝަން އަނބުރާ ގެންދިއުން. މި ގޮތަށް ނިންމއަ ފިނަމަ، ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކި ފުރިހަމަ ޢަދަދު އަނބުރާ ރައްދުކޮށްދޭނަކަމަށް. އޮޕްޝަން 2: ހިޔާ ސްކީމއާ ގުޅް އުޞ ލުގެ 11.4 ވަނަ މާއްދާގެ ދަށުން ޢަމަލުކުރުން. އެ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، އެޕާޓްމަންޓގ އަގުގެ ގޮތުގައު ބާކީ ދައްކަންޖެހޭ ފައިސާ 03 އެމް.ޑަބްލިޔު.އެސް.ސީ ގެ ނަންބަރު B/5/2021/6357-MWSC (04 ނޮވެންބަރު 2021) ސިޓީ. (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކައި ނިންމުން. މި ގޮތް އިޚްތިޔާރުކރާނަމު ޢާއިޝަތު ޝާއިރާ ގެ ފަރާތުން ފްލެޓުގެ އަގުގެ ބާކީ %80 ގެ ގޮތުގައި 1,331,160.00ރ. (އެއް މިލިއަން ތިން ލައްކަ ތިރީސް އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ރުފިޔާ) 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށެވެ. މި އޮޕްޝަންގެ ދަށުން ޓވަރަ A އިން ލިބެންހުރި އެޕާޓްމަންޓްތަކުގެ ތެރެއިން އެޕާޓްމަންޓެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ޢާއިޝަތު ޝއާ ރ އަށާ ލިބިވަޑައިގަންނަވާނެ ކަމަށް.

10ބުނެވުނު ދެގޮތުން ކުރެ އޕްޝަނޮ 2 އިޚްތިޔާރު ކުރނަމާ 03 (ތިނެއް) މަސްދުވަހުގެ މުއްދަތު ގުނަން ފަށާނީ ޢާއިޝަތު ޝާއިރާގެ ފަރާތުން ލިޔުމުން ދޭ ޖަވާބު ލިބޭ ތާރީޚުން ފެށިގެންކަމަށް އެ ސިޓީގައި

1104 ނޮވެންބަރު 2021 ގައި އެމް.ޑަބްލިޔު.އެސް.ސީން ފޮނުވި އިސްވެ ބުނެވުނު ސިޓީގެ ޖަވާބުގައި ޢާއިޝަތު ޝާއިރާގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއަށް 27 ނޮވެންބަރު 2021 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ، ހިޔާފްލެޓ ގަތުމަށް ބޭނުންވަނީ އިހު އެއްބަސްވެފައިވާ ގޮތުގެ މަތީން ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށާއި، ޙަވާލާދީފައިވާ ސިޓީގައިވާ ދެ ގޮތަކީ ޢާއިޝަތު ޝާއިރާއަށް އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކޭތީ ދިގު މުއްދަތަށް ބަހާލައިގެން ޓަވަރ A ގެ 09-A11 އަށް ފައިސާ ދައްކާ ޚަލާސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުން އެދޭކަމަށާއި، އަދި އެ ސިޓީގައި ޙަވާލާދީފައިވާ ހިޔާ ސްކީމއް ގުޅޭ އުޞޫލުގެ 11.4 ވަނަ އަދި މުވައްޒަފުންގެ އަތްމަތީ ފޮތުގެ 11 ވަނަ މާއްދާ ޢާއިޝަތު ޝާއިރާގެ މި ޙާލަތައް ރިޢާޔަތް ކުރެވޭނެ ކަމަށް ނުދެކޭކަމަށެވެ. ޢާއިޝަތު ޝާއިރާއަކީ އެ މާއްދާގައި ބަޔާން ކުރެވިފައިވާ އެއްވެސް ގޮތަކަށް އެ ކުންފުނީގެ ވަކިވެފައިވާ ފަރާތެއް ނ ންކަމަށެވެ.

12އެ ސިޓީގެ ޖަވާބުގައި އެމް.ޑަބްލިޔު.އެސް.ސީން 04 ޖަނަވަރީ 2022 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ހަމަޖެއްސެންނެތްކަމަށެވެ. 04 ނޮވެންބަރު 2021 ގައި އެމް.ޑަބްލިޔު.އެސް.ސީންފޮނުވި ސިޓީގައި ވެސް ބަޔާންކޮށްފައިވާ އޮޕްޝަންސްތައް އެސިޓީގައި ބަޔާންކޮށް އެ ދެގޮތުންކުރެ އިޚްތިޔާރުކުރާ ގޮތެއް 13 ޖަނަވަރީ 2022 ގެ ކުރިން ލިޔުމުން އެންގުމަށާއި އެ ތާރީޚާ ހަމައަށް އެއްވެސް ޖަވާބެއް ލިބިފައިވާ ނުވާނަމަ ޢާއިޝަތު ޝާއިރާ ދެއްކި ފައިސާ އަނބުރާ ރައްކުރެވޭނެ ކަމަށް އެ ސިޓީގައި އަންގާފައިވެއެވެ.

13އެ ސިޓީއާ ޙަވާލާދީ 12 ޖަނަވަރީ 2022 ގައި ޢާއިޝަތު ޝއާ ރ ގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއަށް ޖަވާބު ދީފައިވަނީ، ހިޔާފްލެޓ ގަތުމަށް ބޭނުންވަނީ އިހު އެއްބަސްވެފައިވާ ގޮތުގެ މަތީން ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށާއި، މިފައިސާ ދެއްކުމުގައި ކުންފުނިން ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދިނުމަށް އެދޭކަމަށެވެ.

14ފްލެޓަށ ފައިސް ދެއްކުމާ ގުޅޭގޮތުން ބަޔާންވެދިޔަ ސިޓީތަކުގެ ފަހުންވެސް މިދެފަރާތުގެ މެދުގައި ސިޓީތައް ބަދަލުކުރެވިފައި ވީނަމަވެސް ވަކިގޮތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވެއެވެ. ޢާއިޝަތު ޝއާ ރ ދެއްކި ފައިސާ އަނބުރާ އެކައުންޓަށް 07 އޮގަސްޓް 2022 ގައި ޖަމާކުރެވޭނެ ކަމަށް 03 އޮގަސްޓް 2022 ގައި އެމް.ޑަބްލިޔު.އެސް.ސީން ޢާއިޝަތު ޝާއިރާ އަށް އެންގިއެވެ.

15އެ […] .އެސް.ސީ ގެ ހިޔާ މަޝްރޫޢުގެ ދަށުން ދ ކޮށްފައިވާ 03 ކޮޓަރީގެ އެޕަރޓްމަންޓް (އެޕާރޓްމަންޓް ނަންބަރު: ޓަވަރު A، 09-(A11 ވިއްކުމަށް ޢާއިޝަތު ޝއާ ރ އާއާ އެމް.ޑަބްލިޔު. އެސް.ސީއާ ދެމެދުގައި ދެންނެވުނ އެޕަރޓްމަންޓް ގަނެ، ވިއްކުމަށް ދައްކަންޖެހޭ ބުކިންގފީއާއި އެޑްވާންސް ފައިސާގެ %20 ގެ ފައިސާ، .000332,79ރ. (ތިންލައްކަ ބައްތިރީސްހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) ދައްކައިފައި ވަނިކޮށް،03 އަހަރާއި 04 މަސް ފަހުން، ތަން ޙަވާލުނުކޮށް،އެޕާރޓްމެންޓްގެ އަގުގެ 1,331,160.00ރ. (އެއްމިލިއަން ތިންސަތޭކަ އެއްތިރީސް ހާސް ސަތޭކަ ފަސްދޮޅަސް ރުފިޔާ) 03 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައި، އެޕާރޓްމެނޓް ވިއްކުމަށް ވެފައިވް އެއްބަސްވުން އެމް.ޑަބްލިޔު. އެސް.ސީ އިން ބާޠިލުކޮށްފައިވަނީ، އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މައްޗަށް އެމް.ޑަބްލިޔު.އެސް.ސީ ގެ ނަންބަރު B/5/2022/33-MWSC (04 ޖަނަވަރީ 2022) ސިޓީ. އަމުރުކޮށްދިނުމަށް އެދި ޢާއިޝަތު ޝާއިރާގެ ފަރާތުން ސިވިލް ކޯޓަށް 25 އޮގަސްޓް 2022 ގައި މައްސަލަ ހުށަހެޅިއެވެ.

16އެ ދަޢުވާގައި ޢާއިޝަތު ޝާއިރާ ގެ ފަރާތުން އެދިފައިވަނީ ؛

1.16. އެމް.ޑަބްލިޔު.އެސް.ސީގެ 'ހިޔާ މަޝްރއު' ގެ ދަށުން ޢާއިޝަތު ޝާއިރާއާއި އެމް.ޑަބްލިޔު. އެސް.ސީ އާ ދެމެދު 03 ކޮޓަރީގެ އެޕާރޓްމެންޓް (އެޕާރޓްމަންޓް ނަންބަރު: ޓަވަރު A، 09-(A11 ވިއްކުމަށް އެއްބަސްވުމެއް ވެފައިވާކަމަށް ކަނޑައަޅައި ދިނުމާއި؛

2.16. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 'ހިޔާ މަޝްރއު' ގެ ދަށުން ޢާއިޝަތު ޝާއިރއަށާ 03 ކޮޓަރީގެ އެޕާރޓްމެންޓް (އެޕާރޓްމަންޓް ނަންބަރު: ޓަވަރު A، 09-(A11 ވިއްކުމަށް ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެޕާރޓްމެންޓްގެ އަގު ދައްކައި ނިންމަންޖެހޭނީ އެޑްވާންސް ފައިސާދެއްކިއިރ ފައިސު ދެއްކުމަށް ކަނޑައަޅާފައިވާ 12 އަހަރުންކަމަށ ކަނޑައަޅައް ދިނުމާއި؛

3.16. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 'ހިޔާ މަޝްރއު' ގެ ދަށުން ޢާއިޝަތު ޝާއިރއަށާ 03 ކޮޓަރީގެ އެޕާރޓްމެންޓް (އެޕާރޓްމަންޓް ނަންބަރު: ޓަވަރު A، 09-(A11 ވިއްކުމަށް ވެފައިވާ އެއްބަސްވުމުގައި އަގުގެ ބާކީ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކޮށް، 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަގު ދެއްކުމަށް އަންގާފައިވަނީ ދެފަރާތުގެ ދެމެދުގައި ޤާއިމުވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމާއި؛

4.16. ޢާއިޝަތު ޝާއިރާގެ ފަރާތުން އެޕާރޓްމެންޓް ގަތުމަށް ބުކިންގފީއާއި އެޑްވާންސް ޕޭމަންޓަށްވާ .000332,79ރ. (ތިންލައްކަ ބައްތިރީސްހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) އަނބުރާ ޢާއިޝަތު ޝާއިރާގެ އެކައުންޓަށް ކުންފުނިން ޖަމާކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ޤާއިމުވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، މި ފައިސާ ޢާއިޝަތު ޝާއިރާގެ އަތުން ބަލައިގަތުމަށާއި، އަދި އެޕާރޓްމެންޓް ޢާއިޝަތު ޝާއިރާއާ ޙަވާލުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އެޕާރޓްމެންޓްގެ އަގުގެ ބާކީވާ ފައިސާ ދައްކަންޖެހޭނީ އެޕާރޓްމެންޓް ޙަވާލުކުރާ ދުވަހުން ފެށިގެން ބާރައަހަރަށ ބަހާލައިގެން ކަމަށް ކަނޑައަޅައް ދިނުމަށާއި؛

5.16. އެމް.ޑަބްލިޔު.އެސް.ސީ އިން ކޮންޓްރެކްޓާ ޚިލާފަށް ޢަމަލުކުރުމުން މިމައްސަލައިގެ ޤާނ ނ ވަކީލުންނަށް ޚަރަދު ކުރަން ޖެހުނު ފީ އިން 25,000.00ރ. (ފަންސަވީސ ހާސް ރުފިޔާ) ނަގައިދިނުމާއި؛ ޢާއިޝަތު ޝާއިރާގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ " ހުށަހަޅާ ފަރާތުން އެދޭގޮތް"

6.16. ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރުމުން ލިބިފައިވާ އަދި ލިބެމުންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ޢާއިޝަތު ޝާއިރާއަށް ލިބިގެންވާ ކަމަށް ކަނޑަޅައި ދިނުމަށެވެ.

ސިވިލް ކޯޓުން ނިންމި ގޮތް

17ސިވިލް ކޯޓުން މައްސަލަ ނިންމީ ޢާއިޝަތު ޝާއިރާ ގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައިއެވެ. އެ ނިންމުމަށް ވާސިލުވުމުގައި މައިގަނޑު އަންނަ ނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

1.17 މިމައްސަލަ ހުށަހަޅާފައިވަނީ، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން، އެމް.ޑަބްލިޔު.އެސް.ސީން އަމިއްލައަށް ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި ޚިލާފަށްކަމަށް ބުނެ ނަމަވެސް، އެމް.ޑަބްލިޔު.އެސް.ސީން ޢާއިޝަތު ޝާއިރާގެ އަށް 2018 ޖޫން 24 ވަނަ ދުވަހުގައި ފޮނުވާފައިވާ letter alCondition އަދި ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ފަދައިން ދެފަރާތުގެ ދެމެދު ފްލެޓް ގަނެވިއްކުމުގެ އެއްބަސްވުމަކަށް އާދެވިފައި ނުވާތީ މި މައްސަލައިގައި ޢާއިޝަތު ޝާޢިރާގެ ފަރާތުން އެބުނާ ފަދަ އެއްބަސްވުމެއް ވުޖ ދުވެފައިނެތް ކަމަށް ؛

2.17 ބަހުސްގެ ބޭނުމަށް މުވައްޒަފުންގެ ހައުސިންގ ސްކީމްގައ ކަނޑައަޅާފައިވި މާއްދާތަކަށް ރިޢާޔަތްކުރިނަމަވެސް މި މައްސަލައިގެ ވާޤިޢާތަކާއި އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމްގައި ކަނޑައަޅާފައިވާ މާއްދާތަކަށް ރިޢާޔަތްކުރާއިރު މުވައްޒަފުންނަށް ޚާއްޞަކުރެވިފައިވާ ހައުސިންގ ސްކީމްއަށ އެދް ފޯމު ހުށަހެޅުމުން، އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމްގައިވާ އެންމެހައި މާއްދާތަކަށް އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންނެކޭ އެއްފަދައިން ޢަމަލުކުރުމަށް، ކުރިއާލައި އެއްބަސްވެފައިވާތީ، އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމްގެ 14 ވަނަ މާއްދާ ޢާއިޝަތު ޝާއިރާގެ މައްޗަށް ހިންގޭނެ ކަމަށާއި، އެމް.ޑަބްލިޔު.އެސް.ސީން ޢަމަލުކޮށްފައިވަނީ އެފަރާތުގެ ހައުސިންގ ސްކީމްގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަން ؛

3.17 މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، ދެފަރާތުގެ ދެމެދު ބަދަލުކުރެވިފައިވާ ލިޔުންތަކުގެ އަލީގައި، މި ދެފަރާތުގެ ދެމެދު އެއްބަސްވުމެއް ޤާއިމުވެފައިވޭތޯ ބެލުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒުޤަޟިއްޔާގައި ބުނާ މައުޟ ޢީ ޓެސްޓް ތަޠްބީޤުކުރާއިރު، މި މައްސަލައިގައި ދެފަރާތުގެ ދެމެދު އެއްބަސްވުމަކާ ހަމައަށް ވާޞިލުވުމަށް ދެފަރާތުންވެސް ޤަބޫލުކުރާ ހަމަތަކަކީ "އެމް.ޑަބްލިޔު. އެސް.ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމް" ކަމާއި އެމް.ޑަބްލިޔު.އެސް.ސގީ ސިޓީގައި ބަޔާންކޮށްފައިވާ ބުކިންގ ފީ އަދި އެޑްވާންސް ފައިސާ ދެއްކި ކަމުގައިވިޔަސް ދެފަރާތުގެ ދެމެދު އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެޑްވާންސް ފައިސާ ދައްކައި ޚަލާޞް ކުރުމުން ލިޔުމުން އެއްބަސްވުމެއް ވެވޭނެކަމަށާއި، އެ ސިޓީއަކީ ދެފަރާތުގެ ދެމެދު ވެވޭ އެއްބަސްވުމެއް ނޫންކަމަށް ބަޔާންކޮށްފައިވާތީ، އެމް.ޑަބްލިޔު.އެސް.ސީން މި ސިޓީ ޢާއިޝަތު ޝާއިރާއަށް ފޮނުވުމުގެ ނިޔަތް ސާފުކޮށް ލިޔުމުން އެ ސިޓީގައި ބަޔާންކޮށްފައިވާއިރު، ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް އިފްތިރާޟު ކުރަންޖެހޭ ޙާލަތެއް އޮތްކަމަށް ބަލަންޖެހޭކަމަށް ޝަރީޢަތަށް ޤަބ ލުކުރެވެން ނެތްކަން ؛

4.17 އެމް.ޑަބްލިޔު.އެސް.ސީގެ ނަންބަރު: MWSC53-A/4/2018/HSO-MWSC (24 ޖޫން 2018) ސިޓީއަކީ، ދެފަރާތުގެ ދެމެދު ސޮއިކުރެވޭ އެއްބަސްވުމަކާއި ހަމައަށް ދެފަރާތުން ދިއުމުގެ ކުރިން ދެފަރާތުންވެސް ފުރިހަމަ ކުރަންޖެހޭ ބައެއް އިޖުރާތުތައ ބަޔާންކޮށް ދިނުމުގެ ގޮތުންނާއި ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 5.7.4 އެކަންކަން ފުރިހަމަވުމުން ދެފަރާތުގެ ދެމެދު ރަސްމީ އެއްބަސްވުމެއް ޤާއިމުކުރުމުގެ ޝައުޤުވެރިކަން ފާޅު ކުރުމުގެ ގޮތުން ހުށަހެޅި ހުށަހެޅުމެއްކަމަށް ބަލަންޖެހޭކަން ؛

18އެމް.ޑަބްލިޔު.އެސް.ސީގެ ޑރެކްޓަރުގި މަޤާމަށް ޕްރައިވެޓައިޒޭޝަން ބޯޑނު ޢާއިޝަތު ޝާއިރާ ޢައްޔަނުކޮށްފައިވަނީ 2014 އޯގަސްޓް 04 ވަނަ ދުވަހުކަމާއި، 2019 މާރިޗު 06 ވަނަ ދުވަހު ޢާއިޝަތު ޝާއިރާ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައިވާކަން އެނގެން އޮތްއިރު، ޢާއިޝަތު ޝާއިރ ހިޔާ ސްކީމްގައި ބައިވެރިވީ ވަކި ޚާއްޞަ އުޞ ލެއްގެ ދަށުންކަން ޢާއޝަތި ޝާއިރާއަށ ވެސް ބުނެދެވިފައިނުވާއިރު، ޢާއިޝަތު ޝާއިރާގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީގެ ހިޔާ މަޝްރ އަށް ހުށަހެޅީ އެ ހިޔާ މަޝްރޢުއާއި ގުޅިގެން ހެދިފައިވާ އެންމެހައި އުޞ ލުތަކަށް އިޤްރާރުވެ، އެއްބާރުލުން ދޭނެކަމުގައި ޔަޤީންކަމާއިއެކު ކަމާއި، ޢާއިޝަތު ޝާއިރާގެ ފަރާތުންވެސް އެފަރާތަކީ އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފެއްކަމަށް ޤަބލުނުކުރާއިރު، އެ އުޞޫލުގެ 11.4 ދަށަށް އެފަރާތް ނުފެތޭނެ އިތުރު އެހެން ސަބަބެއް ޝަރީޢަތަށް އެފަރާތަށް ދެއްކިފައިނުވާކަން ؛

19ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 8 ވަނަ މާއްދާއަށް ބަލާއިރު،، ހުށަހެޅުމެއް ޤަބ ލުކުރުމަށް އިތުރު ގޮތެއް ނުވަތަ ޝަރުތެއް އޮވެގެން ނުވާނެކަމަށާއި، ހުށަހަޅާފަރާތުން އެ ހުށަހެޅުން ޤަބ ލުކުރާނ ގޮތެ ކަނޑައަޅާފައި އޮވެއްޖެނަމަ، ޤަބ ލުކުރަންވާނީ އެގޮތަކަށް ކަމަށާއި އެ ޤާނޫނުގެ 09 ވަނަ މާއްދާގައި ހުށަހަޅާ ފަރާތަށް ޤަބޫލުކުރާކަން އެންގުމުން، އެ ޤަބޫލުކުރުން ފުރިހަމަވީކަމަށާއި، އެހެންކަމުން ޢާއިޝަތު ޝާއިރާގެ ފަރާތުން ހުށަހެޅި މި ހުށަހެޅުމާއި ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން އެވަނީ ރައްދު ހުށަހެޅުމެއް ހުށަހަޅާފައިކަމާއި، އެއްބަސްވުމެއް ޤާއިމުވުމަށް ބޭނުންވާ އިޖާބާއި ޤަބ ލ އޮންނަން ޖެހޭއިރު، އިޖާބާއި ޤަބ ލ ފުރިހަމަވެފައިވާކަމަށް ބަލާނެ ތަނެއް ނެތްކަން ؛ ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 55.7. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 3.85.

ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ، 4.85.، 5.8.5

20ޢާއިޝަތު ޝާއިރާގެ ފަރާތުން ބުކިންގ ފީ އަދި އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވާ 332,790.00ރ. (ތިންލައްކަ ތިރީސްދެހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ޢާއިޝަތު ޝާއިރާއަށް ރައްދުކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމާއި ހަމައަށް ބުނެވިދިޔަ އުސޫލުގެ ދަށުން ކުރެވެމުން ދިޔަ މަސައްކަތްތައް ނިމުމަކަށް ގެނެސް، އެކަން ޢާއިޝަތު ޝާއިރާއަށް އަންގައި، އުޞޫލުގެ ދަށުންކަން ؛

21މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށާއި ވާޤިޢާތަކަށް ރިޢާޔަތްކުރާއިރު، ދެފަރާތުގެ ދެމެދު އެއްބަސްވުމެއް ޤާއިމުވެފައިވާކަމަށް ބަލާނެ ތަނެއް އޮތްކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭތީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެއްބަސްވުމެއް ބިނާވެފައިވާ ކަމުގެ މައްޗަށް ބަލައި ސީދާ ގެއްލުމާއި، ނުސީދާ ގެއްލުން ނަގައިދިނުމަށް މި މައްސަލައިގައި ހުށަހަޅާފައިވާތީ، އެކަންކަމާއިމެދު މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަންކަން ؛

22އެމް.ޑަބްލިޔު.އެސް.ސީގެ "ހިޔާ މަޝްރޫޢު"ގެ ދަށުން ޢާއިޝަތު ޝާއިރ އާއާ ދަޢުވާލިބޭ އެމް.ޑަބްލިޔު.އެސް.ސީގެ ދެމެދު 03 (ތިނެއް) ކޮޓަރީގެ އެޕރާ ޓްމެންޓް (އެޕާރޓްމަންޓް ނަންބަރު: ޓަވަރު A، 09-(A11 ވިއްކުމަށް އެއްބަސްވުމެއް ވެފައިވާކަން، ޝަރީޢަތަށް ސާބިތުވާން ނެތަތީ، ޢާއިޝަތު ޝާއިރާގެ ފަރާތުން، ބަދަލުގެ ގޮތުގައި، ނަގައިދިނުމަށް އެދޭ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށް ؛ އިސްތިއުނާފީ ނުކުތާތައް:

23ސިވިލް ކޯޓުގެ ނަންބަރު 3025/Cv-C/2022 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢާއިޝަތު ޝާއިރާގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ދެ ނުކުތާއެވެ. ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 5.8.6 ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 6

1.23 ސިވިލް ކޯޓުގެ ނަންބަރު 3025/Cv-C/2022 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 4، 5، 6، 7، 8 އަދި 9 ވަނަ މާއްދާގައި ކޮންޓްރެކްޓެއް ވުޖދުވުމާ ބެހޭގޮތުން ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އެމާއްދާތައ މާނަކޮށްގެން ކަމަށްވުން؛

2.23 ކޮންޓްރެކްޓެއް ވުޖ ދ ވެއްޖެކަމަށް ބަލަން ޖެހޭނެކަމަށް މަތީ މަރުޙަލާގެ ކޯޓުތަކުގެ ޤަޟިއްޔާތަކުގައި (ސުޕްރީމް ކޯޓުގް ނަންބަރު 2021/SC-A/39 ޤަޟިއްޔާ އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާ އާއި އަދި ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާ) ކަނޑައަޅާފައިވާ އުޞލުތަކ ޚިލާފަށާ މައްސަލް ނިންމަވާފައި ވުން. އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތައް:

24އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެނާ އިސްތިއުނާފުކުރާ ފަރާ ތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ؛

1.24 ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 4، 5، 6، 7، 8 އަދި 9 ވަނަ މާއްދާގައި ކޮންޓެރެކްޓެއް ވުޖ ދުވ ގޮތާ ބަޔާންކޮށްފައިވާއިރު މިއިން އެއްވެސް މާއްދާއެއްގައި ކޮންޓްރެކްޓަކީ ސޮއިކޮށް ލިޔުމުން ވަކިގޮތަކަށް އޮންނަންޖެހޭ އެއްޗެއްކަމުގައި ބަޔާންކޮށްފައެއް ނުވާއިރު، ދަށުކޯޓުންކޮންޓްރެކްޓާބެހޭ ޤާނޫނުގެ މި މާއްދާތައް މިމައްސަލައަށް ތަޠްބީޤު ކޮށްފައިވާގޮތް ރަނގަޅު ނޫންކަމަށާއި، ދަށު ކޯޓުން މާނަކޮށްފައިވަނީ ކޮންޓްރެކްޓަކީ ލިޔުމުން ސޮއިކޮށްފައި އޮންނަންޖެހޭ އެއްޗެއްގެ ގޮތުގައި ކަމަށާއި، މައްސަލައިގެ ފެކްޓްސް ތަކުގައި acceptance and offer ފުރިހަމަ ވެފައިވާ ކަމަށް ފާހަގަކުރެވޭ ނުކުތާތަކުގއަ ބަޔާންކޮށްފައިވާ ކަމަށާއި، ނަމަވެސް އެގްރީމެންޓް ލިޔުމުން ސޮއިނުކުރާތީ ކޮންޓްރެކްޓެއް ވުޖޫދުވެފައި ނުވާކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ނުބައިކޮށް މާނަކޮށް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ކޮންޓްރެކްޓް އޮންނަންވީ ގޮތާއިބެހޭ ގޮތުން ބުނެފައިވާ ގޮތާ ޚިލާފަށްކަމަށެވެ.

2.24 އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން 24 ޖޫން 2018 ގައި ޢާއިޝަތު ޝާއިރާއަށް ފޮނުވާފައިވާ MWSC53-A/4/2018/HSO-MWSC (24 ޖޫން 2018) ސިޓީއަކީ 3 ރ މްގެ އެޕރާ ޓްމެންޓަކަށް ހޮވިފައިވާކަން އަންގައި ބުކިންގ ފީ އާއި ޑައުންޕޭމަންޓް ދެއްކުމަށް އަންގައި ފޮނުވި އެވޯރޑް ލެޓަރއެއް ކަމަށާއި، އެއީ 03 ރޫމް އެޕާރޓްމެންޓއެ ގަތުމަށް ދީފައިވާ ދަޢު ވަތެއް ކަމަށާއި އެއީ ކުންފުނިން ހުށަހެޅި ހުށަހެޅުމެއް ނ ންކަމަށެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިހުށަހެޅުމަށް ދެވޭ ދޢަ ވަތަކ އެއީ ހުށަހެޅުމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި، ސިވިލް ކޯޓުން ބަލާފައިވަނީ އެވޯރޑް ލެޓަރ އަކީ ހުށަހެޅުމެއް ގޮތުގައި ކަމަށާއި އެފަދައިން ބެލިގެން ދިއުމަކީ މުޅި މައްސަލައިގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ހަމަތަކާއި އުޞޫލުން އެއްކިބާވެގެން ދިއުންކަމަށެވެ .

3.24 މިމައްސަލައިގެ މައިގަނޑު ވިޔަފާރީގެ އަސާސަކީ 03 ކޮޓަރީގެ އެޕާރޓްމެންޓެއ ގަން ވިއްކުން ކަމަށާއި، ގަނެ ވިއްކުމުގެ މިފަދަ ކޮންޓްރެކްޓެއްގައި ފުރިހަމަވާންޖެހޭނީ 'އިޖާބަ' އާއި 'ޤަބ ލުކުރުން' ފުރިހަމަ ވުންކަމަށާއި، ޢާއިޝަތު ޝާއިރާ 03 ކޮޓަރީގެ އެޕާރޓްމެންޓެއް ގަތުމަށް ދައްކަންޖެހޭ އަގުގެ ފައިސާގެ ބައެއް ދެއްކުމުން އެ ދެފަރާތުގެ އެވަނީ ބައިނޑިންގް ކޮންޓްރެކްޓެއްޤާއިމުވެފައިކަމަށެވެ. އޮފަރ ލެޓަރ އަކީ ލިޔުމުން އެއްބަސްވުމަކަށް އައުމަށް ދީފައިވާ ދަޢުވަތެއް ކަމަށް ފާހަގަކޮށްފައިވަނީ މި ވިޔަފާރި އަޤުދު ޝަރީޢަތަށް ދެނެގަނެވިފައި ނުވާތީކަމށެވެ.

4.24 އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން 24 ޖ ން 2018 ގައި ފޮނުވި ސިޓީގެ ފަހު ޕެރެގްރާފުގައި 03 ކޮޓަރީގެ އެޕާރޓްމެންޓ ގަތުމަށް ދިން ދަޢުވަތުގައި ބުނެފައިވާ ގޮތަށް ބުކިންގފީ އާއި އިސްތިއުނާފު ފޯމުގެ 7.1.1.6، .77.1.1 ޑައުންޕޭމަންޓް ނުދައްކައިފިނަމަ ފުލެޓަށް ހޮވިފައިވާ ވުން ބާޠިލުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ވުމަކީ މިއީ އެވޯރޑް ލެޓާރގައި ވިޔަފާރިއަށް ވަނުމަށް ދީފައިވާ އިތުރު މަޢުލޫމާތެއް ކަމަށާއި، މިއީ ވިޔަފާރިވުމުގެ ޝަރުޠެއް ނޫންކަމަށާއި، ހަމައެފަދައިން ބުކިންގފީ އާއި ޑައުންޕޭމަންޓް ފައިސާ ދެއްކުމުން އެއްބަސްވުމުގައި ސޮއިކުރާނ ކަމުގެ ޔަޤީންކަން ދީފައިވާ ދިނުމަކީ ވެސް ވިޔަފާރި އަގުދު ކުރުމުގައި ކަނޑައެޅި ޝަރުޠެއް ނންކަމަށާއ އެއި ވެސް ބުކިންގފީ އާއި ޑައުންޕޭމަންޓ ފައިސް ދެއްކުމުން ވިޔަފާރި އަގުދުވެފައިވާ ކަމުގެ ލިޔުމެއްގައިސޮއިކުރާނެ ކަމަށް ބުނެ އެކުންފުނިން ދީފައިވާ ޔަޤީންކަމެއް ކަމަށެވެ.

2503 ކޮޓަރީގެ އެޕާރޓްމެންޓެއ ގަތުމަށް ޢާއިޝަތު ޝާއިރާ ދެއްކި ފައިސާ ބަލައިގަނެ ލިޔުމުން ރިސީޕްޓް ދީފައިވާތީ އެކްސެޕްޓަންސް ފުރިހަމަ ވެފައިވާކަމުގައި ދެކޭކަމަށާއި، ވީމާ އެ ހިސާބުން ބައިންޑިންގ ކޮންޓްރެކްޓެއް ޤާއިމްވެއްޖެކަމުގައި ބަލަންޖެހޭ ކަމަށާއި، މި ކޮންޓްރެކްޓާ އެއްގޮތށަ ޢަމަލު ނުކުރުމަކީ ކޮންޓްރެކްޓާ ޚިލާފުވުން ކަމަށް ބަލަން ޖެހޭކަމަށާއި، އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ޚިލާފުވި ފަރާތުން ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުގެ ލިބުނު ގެއްލުމުގެ ބަދަލު ލިބޭނެ ކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށާއި، މި މައްސަލައިގއަ އެއްބަސްވުމެއް ޤާއިމުވެފައިނުވާކަމަށް ނިންމައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ވަކިގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނުފެންނަ ކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ކަމަށާއި، އެނުކުތާއާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ދެކޭކަމަށެވެ.

26އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން މައިގަނޑުގޮތެއްގައި ބުނެފައިވަނީ؛

1.26. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/39 އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުލްޢަޒީޒު ޤަޟިއްޔާ މި މައްސަލައަށް ރިޢާޔަތްކޮށް ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް ވުޖޫދުވެ އްޖ ކަމަށެ އިފްތިރާޟް ކުރެވެން ނެތް ކަމަށް ނިންމާފައިވަނީ އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ހަމަތަކާ އުޞލުތަކ ޚިލާފަށާ ކަމަށެވެ.

2.26. އެޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ 23 ގައި ވިޔަފާރީގެ ޢަމަލީ މައިދާނުގައި ކަންކަންހުންނަ ގޮތަށް ބަލާއިރު، މުޢާމަލާތްތައް ކުރުމުގައި ކަންކަން ތަޠުބީޤަ ކޮށްގެން ކުރުމަކީ ކޮންމެފަހަރަކު ކުރެވޭނެކަމެއް ނ ންކަމަށްއެފަދަ ޙާލަތުގައި ފިޤުހީ ޢިލްމުވެރިން ވިދާޅުވެފައ ވަނި ވަކި ކަމަކަށު ދެފަރާތުގެ ވިސްނުން އެއްގޮތްވެ ޤަރާރުވެފައިވ ކަމަށާ އެފަރާތްތަކުގެ ޢަމަލުން ދޭހަވާނަމަ ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާކަމުގެ އިފްތިރާޟް ކުރެވޭނެ ކަމަށާއި،އަދި ވަކިކަމަކަށް ދެފަރާތުގެ ވިސްނުން އެއްގޮތްވެފައި ވާކަން ދެފަރާތުގެ ޢަމަލުން އެނގި ސާބިތުވާން އޮންނަނަމަ ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް ބެލިދާނެ ކަމަށް ބަޔާންކުރާ ކަމަށާއި، ކޮންޓްރެކްޓެއް ވުޖ ދުވެއްޖ ކަމަށެ ބެލުމުގައި ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އެޤަޟިއްޔާގައި ބަޔާންކުރާ މައުޟޫޢީ ޓެސްޓް މިމައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ޠަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

3.26. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާގައި އިސްތިއުނާފުކޮށްފައިވަނީ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާ ކަމަށާއި، ހައިކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާޢީދުކޮށްފައިވާއިރު، އެ މައްސަލައިގެ ފެކްޓްތަކަށް ބަލާއިރު، އެ މައްސަލައިގައި ޑްރަގޮއިލަވިޗ ކިޔް ބޭރުމީހަކާ މަހުދީ ޢަޤީލާ ދެމީހުންވެގެން ރާއްޖެއިން ބޭރަށް ރިޖިޑް އިންފްލޭބަލ ބޯޓް (ރިބް) ގެ 04 ރިބ އެތެރެކޮށް ވިއްކުމަށް ހިނގާނެ ޚަރަދުގައި ހަމަހަމައަށް ބައިވެރިވުމަށް އެއްބަސްވުމެއް އެއްބަސްވެފައި ރިބްތައް ރާއްޖެ އެތެރެކުރުމުގެ ޚަރަދުގެ ދެބައިކުޅައ އެއްބައި ޑްރަގޮއިލަވިޗް ދައްކާފައިވާކަމަށާއި، މިފައިސާ ދެއްކިދެއްކުން ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓް މިވަނީ ޤާއިމްކުރެވިފައިވާ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުންވެސް ތާއިދުކޮށްފައިވާ ކަމަށާއި އެޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ނުކުތާ 13.1 ގައި، ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ އަދި 04 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާއަށް ޙަވާލާދީ ޤާނޫނުގައި ވަކިގޮތަކަށް އެކުލަވާލުން ލާޒިމް ނުކުރާކޮންޓްރެކްޓަކީ އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުން، އެހުށަހެޅުން ރައްދުވި ފަރާތުން ޤަބ ލުކުރުމުން ވުޖޫދަށް އަންނަ ކޮންޓްރެކްޓެއްކަމަށް އެ ނުކުތާގައި ފާހަގަކޮށްފައިވާކަމަށެވެ.

4.26. ހުށަހެޅިފައިވާ މިމައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާ އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/39 ޤަޟިއްޔާގެ ނިންމުމާ އެއްގޮތް އަދި ވާޤިޢާތައް އެއްގޮތަށް ހުރި މައްސަލައެއްކަމަށެވެ. އެޤަޟިއްޔާތަކުގައިދެފަރާތުން ޢަމަލުކުރިގޮތަށާއި ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔުންތަކުން ޟިމްނީ ކޮންޓްރެކްޓެއް ވުޖ ދުވެފައިވާކަމަށް ކަނޑައަޅާފައިވާކަމަށާއި، މިމައްސަލައިގައި ކޮންޓްރެކްޓެއް ވުޖ ދުވެފައިވާ ކަމަށް އިފްތިރާޟްކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅާފައިވަނީ މިދެނން ވުނު ޤަޟިއްޔާތަކުގައެ ކަނޑައަޅާފައިވާ އުޞލުތަކ ޚިލާފަށާ ކަމަށެވެ.

27ސިވިލް ކޯޓުގެ ނަންބަރު 3025/Cv-C/2022 ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ 5.7.4 ގައި އެއްބަސްވުމަށް ވާސިލުވުމަށް ދެފަރާތުންވެސް ޤަބލުކުރ ހަމައަކާ 'އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމް' ކަމަށް ފާހަގަކޮށްފައިވަނީ ހަޤީޤަތް ޚިލާފަށާ ކަމަށެވެ އެގޮތުން:

1.27. ޢާއިޝަތު ޝާއިރާއަކީ އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފެއް ނ ންކަމަށާއި މުވައްޒަފަކާ ކުންފުންޏާ ދެމެދު ސޮއިކޮށްފައި އޮންނަންޖެހޭ އެއްވެސް ބާވަތެއްގެ ވަޒީފާގެ އެއްބަސްވުމެއް އޮތް ފަރާތެއް ނޫންކަމަށާއި، ޢާއިޝަތު ޝާއިރާއަކީ ޑިރެކްޓަރެއް ކަމަށެވެ.

2.27. މުވައްޒަފެއްތޯ (employee) ނުވަތަ އިންޑިޕެންޑެންޓް ކޮންޓްރެކްޓަރ (independent contractor) އެއްތޯ ނުވަތަ އެޖެންޓް (Agent) އެއްތޯ ދެނެގަތުމާ ގުޅޭގޮތުން corp.,396 commodities york new v. robinson n.y.s.2d.725.app.div(.1977) މައްސަލައިގައި ބަލާފައިވާ ކަމަށާއި އެ މައްސަލައިގައި އެފަރާތ ކުންފުންޏާ ދެމެދާ އޮތު ގުޅުމާއި ކޮންޓްރޯލްގެ މައްޗަށް ބަލައި އެ މައްސަލައިގައި ނިންމާފައި ވަނީ ދަޢުވާކުރި ސޭލްސްމަން އަކީ އެކުންފުނީގެ މުވައްޒަފެއް ނޫންކަމުގައި ކަމަށެވެ. އަދި , 434 P.2d 256 (Okla. 1967)Flick v. Crouch މައްސަލައިގައވެސް މުވައްޒަފެއްތޯ ނުވަތަ އިންޑެޕެންޑެންޓް ކޮންޓްރެކްޓަރއެއްތޯ ނުވަތަ އެޖެންޓެއްތޯ ބަލާފައިވކަމަށެވާ

3.27. ޢާއިޝަތު ޝާއިރާއަކީ މުވައްޒަފަކާ އެއްހަމައަކުން މުވައްޒަފަކަށް ލިބޭނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނާއި ކުންފުނީގެ ޕޮލިސީގައި ބަޔާންކޮށްފައިވާ ޗުއްޓީތަކާއި ޢނާޔަތްތައ ލިބް ފަރާތެއި ނޫންކަމަށާއި، އަދި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާ އުޞ ލަކީވެސް މުވއްޒަފަކަ އެއްގޮތް އުޞޫލުތަކެއް ނޫންކަމަށާއި، ޑިރެކްޓަރުންގެ ވަޒީފާއަކީ ކޮންމެ އިރެއްގައިވެސް ވަކިކުރެވިދާނެ ނުވަތަ ވަކިވެދާނެ މަޤާމެއް ކަމަށާއި، ކުންފުނީގެ ބޯޑް ޑިރެކްޓަރުންނަށް އެޕާރމެންޓް ގަތުމުގެ ފުރުޞަތު ދިނީ މުވައްޒަފެއްގެ ހައިސިއްޔަތުން ނ ންކަމަށާއި، އެޕާރމެންޓް ގަތުމުގެ ފޯމު ހުށަހެޅުމުގައިވެސ މުވައްޒަފުންނަށް ވަކް ޙާއްސަ ޝަރުޠުތަކެއް ހުރިކަމަށާއި، ޑިރެކްޓަރުންނަށް އެފަދަ އެއްވެސް ޝަރުޠެއް ނެތްކަމަށެވެ.

4.27. ޢާއިޝަތު ޝާއިރާއަކީ މުވައްޒަފުންގެ އުޞޫލުގެ 11.4 ގެ ދަށުން އެއްފަރާތް ނުފެތޭ ފަރާތެއްކަން ދެއްކުމަށް އިތުރު އެހެން ސަބަބެއް ޝަރީޢަތަށް ދެއްކިފައި ނުވާކަމަށް ފާހަގަކޮށްފައިވާއިރު އެ މާއްދާއާ އެއްގޮތަށް އެމް.ޑަބްލިޔު.އެސް.ސީން ޢަމަލުކޮށްފައި ނުވާކަމަށާއި، ޢާއިޝަތު ޝާއިރާ ޑިރެކްޓްރަކަމުން ވަކިވިތާ 03 މަސް ދުވަސް ތެރޭގައި ބާކީ ފައިސާ ދެއްކުމަށް އަންގާފައި ނުވާކަމަށާއި އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ އުޞ ލުގެ 11.4 ޢާއިޝަތު ޝާއިރާއަށް އެޕްލައިވާނަމަ ލަސްނުކޮށް 03 ދުވަސް ތެރޭގައި ފައިސާ ދައްކަން އެންގީސް ކަމަށާއި އެގޮތަށް ޢަމަލުނުކުރީ އެ މާއްދާ ޢާއިޝަތު ޝާއިރާގެ މައްޗަށް އެޕްލައި ނުވާތީ ކަމެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮ ތ:

28ސިވިލް ކޯޓުގެ ނަންބަރު 3025/Cv-C/2022 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 3025/Cv-C/2022 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް؛

29އެމް.ޑަބްލިޔު. އެސް.ސީގެ 'ހިޔާ މަޝްރއު' ގެ ދަށުން ޢާއިޝަތު ޝާއިރާއާއި އެމް.ޑަބްލިޔު. އެސް.ސީ އާ ދެމެދު 03 (ތިނެއް) ކޮޓަރީގެ އެޕާރޓްމެންޓް (އެޕާރޓްމަންޓް ނަންބަރު: ޓަވަރު A، 09-(A11 ވިއްކުމަށް އެއްބަސްވުމެއް ގާއިމުވެފައިވާކަމަށ ކަނޑައަޅައް ދިނުމަށާއި؛

30ޢާއިޝަތު ޝާއިރާއާއި އެމް.ޑަބްލިޔު. އެސް.ސީ އާ ދެމެދު ޤާއިމުވެފައިވާ އެއްބަސްވުމުގެ ދަށުން 'ހިޔާ މަޝްރއު' ގެ ދަށުން ޢާއިޝަތު ޝާއިރއަށާ 03 (ތިނެއް) ކޮޓަރީގެ އެޕާރޓްމެންޓް (އެޕާރޓްމަންޓް ނަންބަރު: ޓަވަރު A، 09-(A11 ވިއްކުމަށް ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެޕާރޓްމެންޓްގެ އަގު ދައްކައި ނިންމަންޖެހޭނީ ޑައުންޕޭމަންޓް ދެއްކިއިރު ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ 12 އަހަރުންކަމަށް ކަނޑައަޅައި ދިނުމަށް؛

31ޢާއިޝަތު ޝާއިރާއާއި އެމް.ޑަބްލިޔު. އެސް.ސީ އާ ދެމެދު ޤާއިމުވެފައިވާ އެއްބަސްވުމުގެ ދަށުން 'ހިޔާ މަޝްރއު' ގެ ދަށުން ޢާއިޝަތު ޝާއިރއަށާ 03 (ތިނެއް) ކޮޓަރީގެ އެޕާރޓްމެންޓް (އެޕާރޓްމަންޓް ނަންބަރު: ޓަވަރު A، 09-(A11 ވިއްކުމަށް ވެފައިވާ އެއްބަސްވުމުގައި އަގުގެ ބާކީ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކޮށް، 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަގު ދެއްކުމަށް އަންގާފައިވަނީ ދެފަރާތުގެ ދެމެދުގައި ޤާއިމުވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމާއި؛

32ޢާއިޝަތު ޝާއިރާގެ ފަރާތުން އެޕާރޓްމެންޓް ގަތުމަށް ބުކިންގފީއާއި އެޑްވާންސް ޕޭމަންޓަށްވާ .000332,79ރ. (ތިންލައްކަ ބައްތިރީސްހާސް ހަތްސަތޭކަ ނުވަދިހަ) ރުފިޔާ އަނބުރާ ޢާއިޝަތު ޝާއިރާގެ އެކައުންޓަށް ކުންފުނިން ޖަމާކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ޤާއިމުވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، މި ފައިސާ ޢާއިޝަތު ޝާއިރާގެ އަތުން ބަލައިގަތުމަށާއި އަދި އެޕާރޓްމެންޓް ޢާއިޝަތު ޝާއިރއާ ޙަވާލުކުރުމަށާ އެމް.ޑަބްލިޔު.އެސް.ސީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އެޕާރޓްމެންޓްގެ އަގުގެ ބާކީވާ ފައިސާ ދައްކަންޖެހޭނީ އެޕާރޓްމެންޓް ޙަވާލުކުރާ ދވަހުނ ފެށިގެން ބާރު އަހަރަށް ބަހާލައިގެން ކަމަށް ކަނޑައަޅައި ދިނުމަށާއި؛

33އެމް. ޑަބްލިޔު. އެސް. ސީ އިން ކޮންޓްރެކްޓާ ޚިލާފަށް ޢަމަލުކުރުމުން މި މައްސަލައިގެ ޤާނޫނީ ވަކީލުންނަށް ޚަރަދު ކުރަން ޖެހުނު ފީ ގެ 25,000.00ރ. (ފަންސަވީސް ހާސް) ރުފިޔް ނަގައިދިނުމާއި؛

34ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް އެމް. ޑަބްލިޔު. އެސް. ސީ އިން ޢަމަލުކުރުމުން ލިބިފައިވާ އަދި ލިބެމުންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ޢާއިޝަތު ޝާއިރާ އަށް ލިބިގެންވާ ކަމަށް ކަނޑަޅައި ދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

35އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ؛

1.35 އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވާ ކަމަކީ ސިވިލް ކޯޓުގައިދަޢުވާގެ ތެރެއިންވެސް ބަހުސްކުރެވުނު ނުކުތާކަމަށާއި، އެފަރާތުން މިއިސްތިއުނާފުގައި މަސައްކަތް ކުރަނީ ސިވިލް ކޯޓަށް ހުށަހެޅުނު ކަންކަން ހައިކޯޓަށް ހުށަހަޅައި relitgate ނުވަތަ ނުވަތަ އެފަރާތުން ސިވިލް ކޯޓުގައި ބަހުސްކޮށްފައިވ ދަޢުވާ އަލުން ހައިކޯޓުން ބެލުމަށް ހުށަހެޅުންކަމަށެވެ.

2.35 ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނނ) ގެ 43 ވަނަ މާއްދާ އާއި އެ މާއްދާގައި ބަޔާންކުރާ ޙލަތްތަކަށާ ރިޢާޔަތްކޮށް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ޤަޟިއްޔާގެ 10 ވަނަ ނަންބަރުގައި ބަޔާންކުރާ އުޞޫލަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 98/2019CH/-A ޤަޟިއްޔާގެ 35 ވަނަ ޕެރެގްރާފުގައި ބަޔާންކުރާ އުޞޫލަށް ރިޢާޔަތްކުރާއިރު، މި އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފުކޮށްފައިމިވާ މައްސަލައިގެ މައުޟޫޢުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ނުކުތާތަކެއްކަމާއ އަދި މިނުކުތާތަކުގެ ޤާނ ނ ބަހުސްއަކީ ކޮބައިކަމާއި އިސްތިއުނާފުކޮށްފައިވ މައްސަލާ ނިންމާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށްކަމުގައި ބުނާއިރު، މިއީ ސިވިލް ކޯޓުގައި ދެޚަސްމުންގެ މެދުގައި ބަހުސްކުރެވިފައިވާ ނުކުތާއެއްކަމަށާއި އަދި ސިވިލް ކޯޓުން އެކަންކަމާއި ގުޅިގެން ގޮތެއް ނިންމާފައިވާކަމަށާއި އެހެންކަމުން، އިސްތިއުނާފުރައްދުވާ ފަރާތުން ދެކެނީ އިސްތިއުނާފުކޮށްފައިމިވާ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެފައިވާ މައްސަލައަކަށް ނުވާތީ އާއި ހައިކޯޓަށް އަލުން މައްސަލަ ބެލުމަށް ހުށަހެޅުނު ނުކުތާއެއްކަމަށް ބެލެވޭތީ، މި އިސްތިއުނާފީ ނުކުތާއަކީ، އިސްތިއުނާފުކުރުމުގެ މިންގަނޑު ފުރިހަމަވާ ނުކުތާއެއްނންކަމަށް ފާހަގަކުރާ ކަމަށެވެ.

36ބަހުސްގެ ބޭނުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރައްދދިނުމުގު ގޮތުން ބަލާއިރު؛

1.36 ސިވިލް ކޯޓުގެ ނިންމުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮންޓްރެކްޓްކުރެވޭ ގޮތާއި ގުޅިގެން އެއްވެސް ބަހުސެއްނެތެވެ. އެހެންނަމަވެސް ސިވިލް ކޯޓުން މިމައްސަލަ ނިންމުމުގައި ބަލާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ހުށހެޅުމާއަ ޤަބ ލުކުރުން މިމައްސަލައިގައި އޮތްކަމާމެދުގައިކަމަށާއި، އެގޮތުން ސުޕްރީމް ކޯޓުގެ އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު މައްސަލައިގެ ނިންމުމުގެ 23 ވަނަ ޕެރެގްރާފްގައި، ކޮންޓްރެކްޓްބެހޭ ޤާނޫނުގެ ދަށުން، ކޮންޓްރެކްޓެއް އޮންނަންޖެހޭނީ ވަކި މިވެނެ ގޮތަކަށް އޮތުން ލާޒިމުނުވާ އާންމު އުސލަށާއި ކޮންޓްރެކްޓް ކުރެވޭ ގޮތް ތަތުބީޤުކުރާއިރު ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް ވުޖދުވެފައިވާކަމާއ ގުޅިގެނި ޚިލާފެއް އޮތްނަމަ ޢަމަލކުރާނު ގޮތް ބަޔާންކޮށްފައިވާކަމަށެވެ . އެގޮތުން، މިމައްސަލައިގައި ބަޔާންކޮށްފައިވަނީ އެފަދަ ހާލަތްތަކުގައި، ބަލަންޖެހޭނީ، ދެފަރާތުގެ ވިސްނުން އެއްގޮތްވެ ޤަރާރުވެފައިވ ކަމަށާ އެފަރާތްތަކުގެ ޢަމަލުތަކުން ދޭހަވާނަމަ، ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓް ވުޖދުވެފައިވާކަމަށެވެ. އެހެންނަމަވެސް، އެއްބަސްވުމެއް ވުޖޫދުވެފައި އޮތްކަމާއިމެދު ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިގެން ފަނޑިޔާރުންގެ ކުރިމައްޗަށް އައުމުން، ކޮންޓްރެކްޓެއް ވުޖ ދުވެފައިވޭތޯ ބެލުމުގައި ބޭނުންކުރާނީ މައުޟޫޢީ ޓެސްޓެއްކަމާއި މިޓެސްޓު ތަޠުބީޤުކުރާއިރު، ދެފަރާތގު ދެމެދުގައި ޢމަލުކުރެވިފައިވަ ގޮތާއި ލިޔެވިފައިވާ ލިޔުންތަކަށް ރިޢާޔަތްކުރަންވާނޭކަމަށާއި ދެފަރާތުގެ ހިތުގައި އޮތް އެއްޗެއް ކަމަށް ދެފަރާތުން ބުނާ އެއްޗަކަށް ކޯޓުން ނުބަލާނޭކަމަށް ބަޔާންކޮށްފައިވެއެވެ.ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު މިމައްސަލައަށް ތަޢބީޤުކޮށް، މިމައްސަލައިގައި ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 7.5 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ފޮނުވާފައިވާ letter Conditional ގައި ބުކިންގ ފީ އަދި އެޑްވާންސް ފައިސާ ދެއްކުމުން ކޮންޓްރެކްޓްގައި ސޮއިކުރެވޭނޭކަމާއ އަދި މި Conditional letter އަކީ އެއްބަސްވުމެއްނ ންކަމަށް ބަޔާންކޮށްފައިއޮތަތީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނިޔަތަކީ ކޮބައިކަން ސާފުކޮށް ލިޔުމުން އެނގޭކަމަށެވެ.

2.36 އެހެންކަމުން ސިވިލް ކޯޓުގެ މިނިންމުމަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މިމައްސަލައިގެ ތެރެއިން ކޮންޓްރެކްޓެއް ވުޖޫދުވެފައިވޭތޯ ބެލުމުގައި ސުޕްރީމް ކޯޓުގެ އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ ޢަބްދުﷲ ޢަޒީޒު މައްސަލއިގައ ކަނޑައަޅާފައިވި މައުޟ ޢީ ޓެސްޓް ތަޠުބީޤުކޮށް، ނިންމާފައިވާ ނިންމުމެއްކަން ސާފުކޮށް އެނގޭކަމަށެވެ.

3.36 އެހެންނަމަވެސް، މިއިސްތިއުނާފީ ނުކުތާގެ ތެރެއިން އިސްތިއުނާފުކުރާ ފަރާތުން މަސައްކަތްކުރަމުންދަނީ އެފަރާތުގެ ހިތުގައި އޮތް ކޮންޓްރެކްޓް ވުޖދުވެފައިވާކަމަށް ބުނާ (އެއީ Conditional letter ގައިވާ ގޮތުގެ މަތިން އެފަރާތުން ބުކިންގ ފީ އަދި އެޑްވާންސް ޕޭމަންޓް ދެއްކުމުން އަދި މިފައިސާ ބަލައިގަތުމުން ކޮންޓްރެކްޓް ވުޖދުވީކަމަށް ބުނާ) ގޮތަށް މިމައްސަލަ ނިންމާފައިވާ ނުވާތީ، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނުމެވެ. އެހެންކަމުން، މިއީ ސުޕްރީމް ކޯޓުގެ އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ ޢަބްދުﷲ ޢަޒީޒު މައްސަލައިގައި ދެފަރާތުގެ ހިތުގައި އޮތް އެއްޗެއް ކަމަށް ދެފަރާތުން ބުނާ އެއްޗަކަށް ކޯޓުން ނުބަލާނޭކަމަށ ބުން އުސ ލާއި ޚިލާފަށް ފާހަގަކުރާ ނުކުތާއެއްކަން ހުށަހަޅާ ކަމަށެވެ.

37އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ އިސްތިއުނާފީ ނުކުތާގެ ރައްދުގައި ޖުމްލަކޮށް ބުނެފައިވަނީ؛

1.37 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/39 އިބްރާހީމް ރަޝީދު އަދި އިތުރު 2 ފރާތެއަ ވ. ޢަބްދުލްޢަޒީޒު ޤަޟިއްޔާ އާ ޚިލާފަށް މިމައްސަލަ ސިވިލް ކޯޓުން ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ސަބަބަކީ، އެ މައްސަލައިގައި ބަލައިގަނެފައިވާ މައުޟޫޢީ ޓެސްޓުން ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން އެޕާޓްމަންޓަށް ބުކިންގ ފީ އަދި އެޑްވާންސް ދައްކާފައިވާތީއާއި އެފައިސާ އިސްތިއުނާފު ރައްދުވާ ފަރާތުން ބަލައިގަނެފައިވާތީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދުގައި ކޮންޓްރެކްޓެއް އޮތްކަމަށް ޤަބޫލުކުރެވޭ މިންވަރަށް ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހިނގާފައިވާކަމަށެވެ. އަދި، ދެފަރާތުގެ ނިޔަތަކީވެސް އެއީކަމަށް ދެކިގެން ކަމަށެވެ.

2.37 އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުގެ އެފަދަ ނިޔަތެއް ނެތްކަން letter Conditional ގެ ޞަރީޙަ ޢިބާރާތަށް ބެލުމުން އެނގޭކަން ސިވިލް ކޯޓުން ބަލާފައިވާކަމަށެވެ. އެއީ އެ ސިޓީގައި "މިގޮތުން އެމް.ޑަބްލިޔު. އެސް. ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމްގެ އުޞ ލުގައި ބަޔާންކުރެވިފައިވާ ފަދައިން، މިސިޓީއާއި އެއްކަރުދާސް ކުރެވިފައިވާ އެޑްވާންސް ފައިސާ ދެއްކުމުގެ ޝެޑިއުލާއި އެއްގޮތަށް ބުކިންގ ފީ އަދި އެޑްވާންސް ފައިސާ ދެއްކުމަށް އެދި ދަންނަވަމެވެ. އަދި އެޑްވާންސް ފައިސާ ދައްކައި ޚަލާޞް ކުރުމުން ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެކަމާއި، މިސިޓީއަކީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނ ންކަން ދަންނަވަމެވެ." މިފަދައިން ބަޔާންކޮށްފައި ވުމުން ކަމަށެވެ.

3.37 އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ ނިޔަތަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާގޮތާއި ޚިލާފަށް، ބުކިންގ ފީ އަދި އެޑްވާންސް ޕޭމަންޓް ދެއްކުމުން، އެޕާޓްމަންޓް ފައިސާ ދައްކާނެގޮތާއި، އެއްބަސްވުމުގެ މުއްދަތާއި އަދި ދެފަރާތުގެ އިލްތިޒާމުތައް ހިމެނޭގޮތަށް، އެކުލަވާލެވޭ ވަކި އެއްބަސްވުމަކަށް ވަނުމެވެ. އަދި މިކަން އިތުރަށް އެ ސިޓީގައި ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ވާޞިލުނުވެވިއްޖެނަމަ އެޑްވާންސް އަދި ބުކިންގ ފީ އަނބުރާ ރައްދުކުރެވޭ ކަމަށް ބަޔާންކޮށްފައިވާ އޮތް އޮތުމުންވެސް އެނގޭކަމަށެވެ.

4.37 އެހެންކަމުން ސުޕްރީމް ކޯޓުގެ އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް .ވ ޢަބްދުﷲ ޢަޒީޒު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ދެފަރާތުގެ ވިސްނުން އެއްގޮތްވެ ޤަރާރުވެފައިވުމުގެ މިންގަނޑަށް ދެފަރާތުން މުޢާމަލާތް ކުރެވިފައިވާކަމަށް ބަލާނޭ ހަމައެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ބުނެދެވިފައި ނުވާކަމަށެވެ.

5.37 މިއިސްތިއުނާފީ ދެވަނަ ނުކުތާގެ ދަށުން ދެން އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާ ޤަޟިއްޔާއަށާއި އަދި ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔއަށާ ކަމަށާއި، އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާއަކީ ހައިކޯޓުގެ ނަންބަރު 2017/HC-A/58 ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލައެވެ. އެހެންކަމުން، ޙަޤީޤަތުގައި، މިދެ މައްސަލައިގެވެސް މައުޟޫޢަކީ އެއްކަމެއްކަން ފާހަގަކުރާކަމަށެވެ.

6.37 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ރިޢާޔަތްކޮށްފައިވަނީ ހަމަ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކުރާ ކޮންޓރެކްޓ ވަކް ގޮތަކަށް އޮތުން ލާޒިމުކޮށްފައިނުވާ އުސލަށާއ ހުށަހެޅުމާއި ޤަބޫލުކުރުން ފުރިހަމަވުމުން، ކޮންޓްރެކްޓް ކުރެވުނީކަމަށ ބުން އުސޫލަށް ކަމަށާއި، އެއީ އެމައްސަލައިގެ ތެރެއިން، މަހުދީ ޢަޤީލްއަށް ވ ލްޑިމިއަރ ޑްރަގޮލަވިޗ ފައިސް ދައްކާފައިވާތީ، އއިނެ ޟިމްނީ ކޮންޓްރެކްޓެއް ވުޖދުވެފައިވާކަމަށ ބުން ނުކުތާއެވެ. އެހެންނަމަވެސް، މިނިންމުމަށް ވާސިލުވުމަށް، ސުޕްރީމް ކޯޓުން ހަމައެކަނި ބަލާފައިވަނީ، ފައިސާ ދެއްކިކަމުގެ މައްޗަށް ނނކަމަށެވެ. އެމައްސަލައިގެ ނިންމުމުގެ 23 ވަނަ ނުކުތާއިން އެނގެނީ، އެމައްސަލައިގެ ތެރެއިން ދެފަރާތުގެ ދެމެދުގައި ޒިންމާތަކެއް މަތިކުރެވިފައިވޭތޯ ބަލާފައިވާކަމަށެވެ.

7.37 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާއާއި، މި މައްސަލައިގެ ވާޤިޢާތައް ވަރަށް ތަފާތެވެ. މި މައްސަލައިގެ ތެރެއިން ދެފަރާތުގެ މުޢާމަލާތްތައް ހުރި ގޮތަށް ބަލާއިރު، އެ ދެފަރާތުގެ ދެމެދުގައި، އެޕރާ ޓްމަންޓް ގަނެ ވިއްކުމުގެ ޒިންމާތައް ހިމެނޭ އެއްބަސްވުމެއް، ވުޖ ދުގައި ނެތެވެ. އިސްތިއުނާފުކުރާ ފަރާތުން މީގައި ރިޢާޔަތްކުރަނީ Conditional letter ގައި ބުކިންގ ފީ އަދި އެޑްވާންސް ޕޭމަންޓް ދެއްކުމަށް އަންގާފައިވާ އޮތް އެންގުމާއި އަދި އެފައިސާ އެގޮތުގެ މަތިން ދައްކާފައިވުމެވެ. އެހެންނަމަވެސް، މި letter Conditional އަށް ބެލުމުންވެސް އެނގެނީ، އެހއަ ހިސާބަށްވެސް އިސްތިއުނާފުރައްދުވާ ފަރާތުން ހުށަހަޅާފައިވާ ގޮތަކީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގެ އަސާސީ ޝަރުޠުތައް ހިމެނޭ ވަކި އެއްބަސްވުމެއްގައި ސޮއިކުރނު ކަމަށެވެ. އެއީ، ކޮންޓްރެކްޓްގެ މުއްދަތަކީ ކޮބައިކަމާއި އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވަނީ ކޮން ފްލެޓެއްކަމާއި މިފްލެޓްގެ ތަފްސީލާއި، ފްލެޓަށ ފައިސް ދެއްކުމަށް އެއްބަސްވެފައިވަނީ ކޮންގޮތަކަށްކަން ފެންނަން ނެތްކަމަށެވެ. މި letter Conditional ގައި ބުކިންގ ފީ އަދި އެޑްވާންސް ފައިސާ ދެއްކިކަމުގައި ވީނަމަވެސް އެއްބަސްވުމަކަށް ވާސިލުނުވެވޭ ޙާލަތެއްގައި އެޑްވާންސް ގޮތުގައި ދައްކާފައިވާ ފއިސަ އަނބުރާ ރައްދުކުރުމަށްވެސް ތަސައްވަރުކޮށްފައިވާ ކަމަށެވެ.

8.37 އެހެންކަމުން ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/21 ޤަޟިއްޔާއާއި މިމައްސަލައިގެ ވާޤިއާތައް ތަފާތުކަމަށާއި މިމައްސަލަ އެޤަޟިއްޔާ ތަޠުބީޤު ކުރެވޭނެ ކަމަށް ނުދެކޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

38އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 3025/Cv-C/2022 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައި ނުވާތީ، އެ ނިންމުން ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 3025/Cv-C/2022 ޤަޟިއްޔާ ގެ ނިންމުން ދަމަހައްޓައި ދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

39އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އަހުރެންގެ ކުރިމަތީގައި އޮތް ސުވާލަކީ، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް އޮތްތޯއެވެ. މިކަން ދެނެގަތުމުގެ ގޮތުން، އަންނަނިވި ކަންކަމަށް ބަލާލެވިފައިވާނެއެވެ. އެއްބަސްވުމެއް ވުޖ ދުވުން:

40HN1އެއްބަސްވުމަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. ޞަރީޙަ ބަހުން ނުވަތަ ޒިމްނީ ގޮތުންވެސް ކޮންޓްރެކްޓެއް ވެވިދާނެއެވެ. ބޭނުންވަނީ ދެފަރާތުގެ އެއްބަސްވުމެވެ.

41HN2އެގޮތުން ކޮންޓްރެކްޓެއް ވުމަށްޓަކައި ހުށަހަޅާ ހުށަހެޅުމަކީ، އޮޅުން ނުފިލާގޮތަކަށް، ނުވަތަ ޔަޤީންނުވާ ގޮތަކަށް އޮންނަ އެއްޗަކަށް ވެގެން ނުވާނެކަމަށާއި، އެއީ ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމަކަށް ވާންވާނެކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އެފަދަ ހުށަހެޅުމެއް ރައްދުވާ ފަރާތަށް ހުށަހެޅުން އެންގުމުން، އެހުށަހެޅުން ފުރިހަމަވީކަމަށްވެސް އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

42ހަމައެހެންމެ، ހުށަހެޅުމެއް ޤަބ ލުކުރެވިދާނެ ގޮތްތައް ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތްތަކަށް ބަލާއިރު، ހުށަހެޅުމެއް ޤބލުކުރާކަނަ ކަނޑައަޅާ ބުނެވިދާނެކަމަށާއި، އަދި ޢަމަލުކުރާ ގޮތަކުންވެސް ޤަބ ލުކުރާކަން އެންގުނީކަމަށް ބެލެވޭނެކަމަށާއި، ޤަބ ލ ކުރުމަށް އިތުރުގޮތެއް، ނުވަތަ ޝަރުޠެއް އޮވެގެން ނުވާނެކަމަށާއި، ހުށަހަޅާ ފަރާތުން އެހުށަހެޅުން ޤަބލުކުރާނެ ގޮތް ކަނޑައަޅާފައި އޮވެއްޖެނަމަ، ޤބލަ ކުރަންވާނީ އެގޮތަކަށް ކަމަށާއި، ޤަބ ލ ކުރާނެގޮތް ކަނޑައަޅާފައި ނުވާނަމަ، ޤަބލުކުރާނީ، ޢާންމުކޮށް އެފަދަ ކަންތައް ކޮށްއުޅޭ ގޮތަކަށް ނުވަތަ އެކަށީގެންވާ ގޮތަކަށްކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ހުށަހަޅާ ފަރާތަށް، ޤަބޫލު ކުރާކަން އެންގުމުން، އެ ޤަބޫލުކުރުން ފުރިހަމަވީކަމަށް އެ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ބަޔާންވެދިޔަ ފަދައިން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

43HN3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު ޤަޟއްޔާގި 23 ވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ވިޔަފާރީގެ ޢމަލަ މައިދާނުގައި ކަންކަން ހުންނަގޮތަށް ބަލާއިރު، މުޢާމަލާތްތައް ކުރުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވގޮތަށާ ކަންކަން ތަރުތީބުކޮށްގެން ކުރުމަކީ ކޮންމެ ފަހަރަކު ކުރެވޭނެ ކަމެއްވެސް ނޫނެވެ. ވީމާ އެފަދަ ހާލަތްތަކުގައި ފިގުހުވެރިން ވިދާޅުވަނީ ވަކިކަމަކަށް ދެފަރާތުގެ ވިސްނުން އެއްގޮތްވެ ގަރާރުވެފައިވާ ކަމަށް އެފަރާތްތަކުގެ ޢމަލުތަކުނަ ދޭހަވާނަމަ، ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާކަމަށް އިފްތިރާޟް ކުރެވޭނެކަމަށެވެ.

44ހަމައެހެންމެ، އެފަދަ ކޮންޓްރެކްޓެއް ވެފައިވޭތޯ ދެނެގަތުމަށް ކޯޓުތަކުން ބޭނުންކުރާނީ މައުޟޫޢީ ޓެސްޓެވެ. މައުޟ ޢީ ޓެސްޓް ބޭނުންކުރުމުގެ ބޭނުމަކީ، ދެފަރާތުން ކަންކަން ކޮށްފައިވާ ގޮތަށާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ސަބަބުވެރި މީހެއްގެ ނަޒަރުގައި އެ ޙާލތުގައަ ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައި އޮތްކަމަށް ޤަ ބލުކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް ވެފައިވޭތޯ ބެލުން:

45މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން، "އެމް. ޑަބްލިޔު. އެސް. ސީ މުވައްޒަފުންގެ ހައުސިންގ ސްކީމް" ގެ ދަށުން، ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އިސްތިއުނާފުކުރާ ފަރާތުން، 02 ޖޫން 2018 ގައި ފްލެޓަށް އެދި ފޯމު ހުށަހެޅިއެވެ. އަދި ފޯމު ހުށަހަޅަމުން، އޭނާއަކީ ކުންފުނީގެ ބޯޑު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތެއްކަން ފޯމުގައި ބަޔާންކުރުމާއެކު، އެ ފޯމުގައި ބަޔާންކޮށްފައިވާ "ހައުސިންގ ސްކީމްގެ ޝަރުތުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލު ކުރާނެ ކަމުގެ ޔަގީންކަން ދެމުން، މިސްކީމްގައި ބައިވެރިވުމަށް އަޅުގަނޑުގެ ނަން ހުށަހަޅަމެވެ". މިފަދައިން އެ ފޯމުގައި އިގްރާރުވެ ފޯމުގައި ސޮއިކޮށްފައިވެއެވެ.

46ބަޔާންވެދިޔަ ހުށަހެޅުން (އެޕްލިކޭޝަން ފޯމު)، އިސްތިއުނާފު ރައްދުވާ ފަރާތުން، 03 ޖޫން 2018 ގައި ބަލައިގެންފައިވާކަން އެ ފޯމުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން، އެ ފޯމާ ޙަވާލާދީ ފޮނުވާފައިވާ ސިޓީ ގައި "އެމް. ޑަބްލިޔު. އެސް. ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމަށް ކުރިމަތިލާ މުވައްޒަފުން އިވެލުއޭޓް ކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މާރކްސް ދިނުމަށްފަހު، ތިޔަ ފަރާތުން އެދިލައްވާފައިވާ ފްލެޓް (ބާވަތް:3 / ކެޓެގަރީ: BR3) އަށް ހޮވިފައިވާކަން ވަރަށް އުފަލާއިއެކު ދަންނަވަމެވެ". މިފަދައިން ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު، "އެމް. ޑަބްލިޔު. އެސް. ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމްގެ އުސލުގައި ބަޔާންކުރެވިފައިވާ ފަދައިން، މިސިޓީއާއި އެއްކަރުދާސް ކުރެވިފައިވާ އެޑްވާންސް ފައިސާ ދެއްކުމުގެ ޝެޑިއުލާއި އެއްގޮތަށް، ބުކިންގ ފީ އަދި އޑްވާންސެ ފައިސާ ދެއްކުމަށް އެދި ދަންނަވަމަވެ. އަދި އެޑްވާންސް ފައިސާ ދައްކައި ޚަލާސް ކުރުމުން ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެކަމާއި، މިސިޓީއަކީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަން ދަންނަވަމެވެ". މިފަދައިން އެ ސިޓީގައި ބަޔާންކޮށްފައިވާއިރު، "އެޑްވާންސް ޕޭމެންޓް ޝެޑިއުލްގައި ކަނޑައެޅިފައިވާ ގޮތަށް ފައިސާ ކުންފުންޏަށް ނުދެއްކިއްޖެނަމަ، ހައުސިންގ ސްކީމްގެ އުސ ލުގައި ބަޔާންކޮށްފައިވާ ފަދައިން، ތިޔަފަރާތް ފްލެޓަށް ހޮވުނުކަން ބާތިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި، ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ވާސިލު ނުވެވިއްޖެނަމަ، އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ މިސިޓީއއާ އެއްކަރުދާސް ކުރެވިފައިވާ އުސޫލުން، ތިޔަ ފަރާތަށް އަނބުރާ ރައްދުކުރެވޭނެއެވެ". މިފަދައިން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

47ބަޔާންވެދިޔަ ސިޓީގައިވާ ގޮތުގެ މަތިން އިސްތިއުނާފު ކުރާ ފަރާތުން އެޑްވާންސް ފައިސާއާއި ބުކިންގ ފީ ދައްކާފައިވެއެވެ.

48މިހިސާބުން އުފެދޭ ސުވާލަކީ، ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމުން، ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިއްޖެ ހެއްޔެވެ.

49HN4އެގޮތުން މަތިމަތީން ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ފްލެޓަށް ކުރިމަތިލމަށު ފުރުސަތު ހުޅުވާލައި ކުރި އިއުލާނަކީ، ދަޢވަތެއު ކަމުގައި ބެލިދާނެއެވެ. އަދި އެ އިއުލާނަށް ކުރިމަތިލުމުގެ ގޮތުން އިސްތިއުނާފު ކުރާ ފަރާތުން އެޕްލިކޭޝަން ފޯމު ހުށަހެޅުމަކީ، އެއީ ހުށަހެޅުމެއް ކަމުގައި ބެލިދާނެއެވެ. އަދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުން، އެ ހުށަހެޅުން ޤަބ ލުކުރެވޭނީ އިތުރު ވަކި ކަންތައްތަކެއް ފުރިހަމަ ކުރުމުންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެންގި އެންގުމަކީ، ނުވަތަ ފޮނުވި ސިޓީއަކީ ހުށަހެޅުން ޤަބލުކުރާނެގޮތް ބަޔާންކޮށް ދިން "ކައުންޓަރ ހުށަހެޅުމެއް" ކަމަށް ބެލިދާނެއެވެ. އަދި އެ ހުށަހެޅުން ޤަބ ލުކޮށް އޭގައިވާ ކަންކަން އިސްތިއުނާފު ކުރާ ފަރާތުން ފުރިހަމަކުރުމުން، އެއޮތީ ކައުންޓަރ ހުށަހެޅުން ޤަބ ލުކުރެވިފައަ ކަމުގައި ބެލިދާނެއެވެ. މިގޮތަށް ބެލުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި އެޕްލިކޭޝަން ފޯމު ބަލައިގަނެ، އިސްތިއުނާފު ރައްދުވާ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން ދައްކަންޖެހޭ ފައިސާ ނުވަތަ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުން، ކޮންޓްރެކްޓެއްގެ ޢާންމު ޝަރުޠތައު ފުރިހަމަވީކަމުގއަ ބެލިދާނެއެވެ.

50HN5އެހެންނަމަވެސް، މި މައްސަލައިގައި ބަޔާންވެދިޔަ ކަންކަމާއެކު، އިތުރު ކަމެއް ހިމެނޭތީ ޢންމާ އުސޫލުން އިސްވެ ބަޔާންވެދިޔަ ފަދައިން މިކަން ނިންމާލެވެން އޮތްކަމުގައި ނުދެކެމެވެ.

51ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން، އިސްތިއުނާފު ކުރާ ފަރާތުގެ އެޕްލިކޭޝަން ފޯމު ބަލައިގަނެ، ކައުންޓަރ އޮފަރއެއްގެ ގޮތުގައި ބެލެވޭ ސިޓީ ފޮނުވިއިރު، "އެޑްވާންސް ފައިސާ ދައްކައި ޚަލާސް ކުރުމުން ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެކަމާއި، މިސިޓީއަކީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަން ދަންނަވަމެވެ". މިފަދައިންނާއި، އަދި ހަމައެހެންމެ "ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ވާސިލު ނުވެވިއްޖެނަމަ، އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ މިސިޓީއާއެކު އެއްކަރުދާސް ކުރެވިފައިވާ އުސ ލުން، ތިޔަ ފަރާތަށް އަނބުރާ ރައްދުކުރެވޭނެއެވ". މިފަދައިން ބަޔާންކޮށްފައި ވާތީއެވެ.

52ބަޔާންވެދިޔަ ފަދަ ޢބާރާތެއި (Disclaimer) ބަޔާންކޮށްފައިވުމުން، މިފަދަ ޙލަތްތަކުގައާ ޢމަލުކުރާގޮތަ ބަލާލުން މުހިންމުކަމުގައި ދެކެމެވެ.

53އެގޮތުން، ޢާންމުގޮތެއްގައި މިފަދަ މައްސަލަތަކުގައި ކޯޓުތަކުން ތަޠުބީޤކޮށު އުޅް މަޝްހރު އެއް މައްސަލައަކީ Masters v. Cameron (1954) މި މައްސަލައެވެ.

54އިސްވެ ބުނެވުނު މައްސަލައިގައި އޮސްޓްރޭލިއާގެ ހައިކޯޓުން ބަލާފައިވަނީ، މައްސަލައިގެ ބައިވެރިންގެ މެދުގައި އޮތް (memorandum) ލިޔުމަކީ، ބިން ވިއްކުމުގެ ގޮތުން ދެފަރާތް ޤާނނ ގޮތުން ބަނދެވިފައިވާ އެއްބަސްވުމެއްކަމުގައި ބެލިދާނެތޯއެވެ. ނުވަތަ އެއީ ރަސްމީ އެއްބަސްވުމަކަށް އައުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ ކަންޑިޝަނަލް އޮފަރ އެއްކަމުގައި ބަލާނީތޯއެވެ. ހަމައެހެންމެ، "subject to contract "ފަދަ ލަފްޒުތަކުން ނިކުންނަ ޤާނނ ނަތީޖާއަކީ ކޮބައިކަމާއި، އަދި މިފަދަ މުއާމަލާތުތަކުގައި ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފއިސާއާމެދަ ޢމަލުކުރާނެގޮތުގަ މައްޗަށް ބުނެވުނު މައްސަލައިގައި ބަލާފައިވެއެވެ.

55މިގޮތުން، "subject to contract" ފަދަ ލަފްޒުތައް ބޭނުންކޮށްފައި ހުންނަ ޙާލަތްތަކުގައި، އެކަމުގެ ސަބަބުން ތިން ގޮތަކަށް ނަތީޖާ ނިކުމެދާނެކަމަށް އެ މައްސަލައި ގައި ކޯޓުން ކަނޑައަޅާފައިވެއެވެ. އެއީ؛

1.55 ފުރަތަމަ ގޮތަކީ، ފަހުން ލިޔުމުން އެއްބަސްވުމެއް ވެވޭނެކަމަށް ބުނި ނަމަވެސް، އެހިނދަށްވެސް ގާނނީގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތްކަމުގައި ބެލުން:

1.1.55 މިފަދައިން އެއްބަސްވުމެއް އޮތް ކަމުގައި ބަލަނީ، ދެފަރާތުގެ ޢަމަލުތަކަށް ބަލާއިރު، އެ މުޢމަލާތުގައާ ދެފަރާތަށް އެއްބަސްވެވޭ އެންމެހާ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަންތައްތަކުގެ މައްޗަށް ދެފަރާތް އެހިނދުން ފެށިގެން ބަނދެވިގެންވާކަމަށް ދެފަރާތުންވެސް ޤަބޫލުކޮށް އެއްބަސްވެފައިވާ ޙާލަތުގައި، ދެފަރާތުން އެއްބަސްވި ނަތީޖާއަށް ބަދަލު ނާންނާނެގޮތަށް ލިޔުމުން ވެވޭ އެއްބަސްވުމެއްގައި އެކަންކަން ބަޔާންކޮށްފައި ބޭއްވުމުގެ ގޮތުން ލިޔުމުން އެއްބަސްވުމެއް ވުމަށް ދެފަރާތުން އެއްބަސްވެފައިވާ ޙާ ލަތްތަކުގައެވެ.

2.55 ދެވަނަ ގޮތަކީ، އެހިނދަށް އެއްބަސްވުމެއްގައި ދެފަރާތް ބަނދެވިފައިވާކަމަށް ބެލިނަމަވެސް، ވަކިކަމެއް ނުވަތަ ކަންތައްތަކެއް ކުރަންޖެހޭނީ ނުވަތަ ވަކި ޒިންމާތަކެއް ފުރިހަމަކުރަންޖެހޭނީ ލިޔުމުން އެއްބަސްވުމެއް ވުމަށްފަހުކަމަށް ބަޔާންކޮށްފައިވާ ހ ލަތު:

1.2.55މިފަދައިން އެއްބަސްވުމެއް އޮތްކަމުގައި ބަލަނީ، އެއްބަސްވުމެއްގައި ހިމެނޭނެ އެންމެހާ ކަންކަމަށް ދެފަރާތުން އެއްބަސްވެފައިވީނަމަވެސް، އެއްބަސްވެފައިވާ ވަކިކަމެއް ކުރާނީ ލިޔުމުން އެއްބަސްވުމެއް ވުމަށްފަހު ނުވަތަ އެއްބަސްވުމެއް ވުމާއި އެކުގައި ކަމުގައި ދެފަރާތނު އެއްބަސްވެފައިވާ ހާލަތްތަކުގައެވެ.

3.55 ތިންވަނަ ގޮތަކީ، ދެފަރާތުން އެއްބަސްވެފައިވާ ކަންކަން ބަޔާންކޮށް އެއްބަސްވުމެއް ވުމާއި ހަމައަށް އެއްބަސްވުމެއް ވުޖދުވެފައިނުވާކަމަށް ބެލުމަށް މުޢާމލާތުގަ ބައިވެރިން ބޭނުންވާކަން އެނގޭ ހާލަތު:

1.3.55ލިޔުމުން ވެވޭ އެއްބަސްވުމެއްގައި މެނުވީ، ދެފަރާތަށް އެ މުޢާމަލާތުގައި އެއްބަސްވެވޭ ކަންތައްތައް ކަނޑަނޭޅުމަށް ނުވަތަ ބަޔާން ނުކުރުމަށް މުޢާމަލާތުގެ ބައިވެރިން އެއްބަސްވެފައިވާ ހާލަތްތަކުގައި، އެހާތަނަށް އެއްބަސްވުން އެކުލަވާލެވިފައި ނުވާނަމަ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތީކަމަށް ބަލައެވެ.

56މިގޮތުން، ފުރަތަމަ ދެ ހާލަތަށް ބަލާއިރު، ދެފަރާތް ޤާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއް އެބައޮތްކަމަށް އެ ކޯޓުން ކަނޑައަޅާފައިވެއެވެ. އެގޮތުން ފުރަތަމަ ހާލަތުގައި ލިޔުމުން ވެވޭ އެއްބަސްވުން އެހާތަނަށް ވުޖޫދުގައި ނެތްނަމަވެސް، ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް އެއްބަސްވި ހިނދުން ފެށިގެން ޢަމަލުކުރަންޖެހޭކަމަށާއި، އަދި ދެވަނަ ހާލަތުގައި، ދެފަރާތް ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމަކީ، ދެފަރާތް ޤާ ނޫނީ ގޮތުން ބަނދެވޭ އަދި ލިޔުމުން އޮންނަ އެއްބަސްވުމެއް ވުންކަމަށާއި، އަދި އޭގެ ފަހުން، އެއްބަސްވުމުގެ ދަށުން ކުރަންޖހެ ކަންކަން ފުރިހަމަކުރުންކަމަށް އެ މައްސަލައި ގައި ބަޔާންކޮށްފައިވެއެވެ.

57ހަމައެހެންމެ، ތިން ވަނަ ހާލަތަށް ބަލާއިރު އެއީ އަސާސީގޮތުން ބޮޑެތި ތަފާތުތަކެއް ހުންނާނެ ހާލަތެއް ކަމަށާއި، ބައެއް ހާލަތތަކުގައް މުޢމަލާތުގާ ބައިވެރިންގެ މެދުގައި މުޢމަލާތުގާ މައިގަނޑު (ބޮޑެތި) ބައެއް ކަންކަމާމެދު އެއްބަސްވުމަކަށް އާދެވިފައިވީނަމަވެސް، އެހެނިހެން ބައެއް ކަންކަން ކަނޑައެޅިގެންދާނީ ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެވޭ އެއްބަސްވުމަކުން ކަމަށް ވެދޭ ހާލަތު އަންނަކަމަށާއި، އަދި ބައެއްފަހަރު، އެއީ ރަސްމީކޮށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ކުރިން މުޢމަލާތުގާ ބައިވެރިއަކު އެ މުޢމަލާތުނާ ނިކުންނަން ބޭނުންވެއްޖެ ހާލަތެއްގައި ނިކުތުމުގެ ފުރުސަތު ބޭއްވުމުގެ ގޮތުން ކުރާކަމަކަށްވެސް ވެދޭކަމަށާއި، މިފަދަ ހާލަތްތަކުގައި އެ މުޢމަލާތުގާ ބައިވެރިން ތިބި ހާލަތަކީ، އެއްބަސްވުމަކަށް އައުމަށް، ނެގޯޝިއޭޓް ކުރުމުގެ ހާލަތުގައި ކަމަށް ބަލަންވާނެކަމަށް އެ މައްސަލައިގައި Masters v. Cameron (1954) ގައި ކަނޑައަޅާފައިވާ އުސ ލ މި މައްސަލައަށް ތަޠބީގުކުރުނު :

58HN6މި މައްސަލައަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުގެ "ކައުންޓަރ ހުށަހެޅުން" ގައި، އެޑްވާންސް ފައިސާ ދެއްކުމުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ، ވަކި މުއްދަތެއްގެ ތެރޭގައި އެފަދަ އެއްބަސްވުމަކަށް ވާސިލު ނުވެވިއްޖެނަމަ، އެފައިސާ އަނބުރާ ރައްދުކުރެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

59މި މައްސަލައިގައި ބޭނުންކޮށްފައިވާ އެއް ޢބާރާތަށި ބަލާއިރު "އެޑްވާންސް ފައިސާ ދައްކައި ޚަލާސް ކުރުމުން ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެކަމާއި، މިސިޓީއަކީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަން ދަންނަވަމެވެ". މިފަދައިން ބަޔާންކޮށްފައިވާއިރު، އެފަދަ ވަކި އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި ފަހުން ވެފައިނުވެއެވެ.

60ހަމައެފަދައިން، "ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ވާސިލު ނުވެވިއްޖެނަމަ، އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ މިސިޓީއާއެކު އެއްކަރުދާސް ކުރެވިފައިވާ އުސޫލުން، ތިޔަ ފަރާތަށް ލިބޭނެއެވެ". މިފަދައިން ބަޔާންކޮށްފައިވުމުން، ދެފަރާތް އއްބަސްވުމަކަށެ ވާސިލުވުމަށް ނުވަތަ އިތުރަށް އެއްބަސްވާންޖެހޭ ނުވަތަ އެއްބަސްވުމުގައި ބަޔާންކުރަންޖެހޭ، ދެފަރާތުން އެއްބަސްވާ ކަންތައްތަކަށް ވާސިލުވުމަށް މަސަކަތްކުރަމުންދާ ކަމާއި، އެކަން ހާސިލު ނުވެއްޖެނަމަ، ނުވަތަ ދެފަރާތުން އެއްބަސްވުމަކަށް ވާސިލު ނުވެއްޖެނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން، އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކުރުވޭނެކަން އެނގެއެވެ.

61ބަޔާންކުރަނިވި ޢިބާރާތްތަކަށް ބެލުމުން، ދެ ފަރާތް ދެމެދު އެހާތަނަށް ހިނގާފައިވާ މުޢާމަލާތްތައް ފުރިހަމަވާނީ، ދެ ފަރާތް ދެމެދު "ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ވާސިލުވުމުން" ކަން ދޭހަވެއެވެ. އަދި އެފަދަ ކަންކަމުގައި ދެފަރާތަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށް މުޢާމަލާތާ ނިމުމަކަށް އަންނާނެކަމަށް މިކަމުން ދޭހަވެއެވެ.

62މިހިސާބުން އުފެދޭ ސުވާލަކީ، ދެފަރާތުން އެއްބަސްވުމަކަށް އައުމަށް ބުނެވުނު ސިޓީ (ފައިސާ ދެއްކުމަށް އެންގި ސިޓީ) އަށް ފަހު ނެގޯޝިއޭޓް ކުރަމުން ދިޔަތޯއެވެ. ނުވަތަ އިތުރު ކަންކަމަށް އެއްބަސްވުމަށް މަސައްކަތް ކުރިތޯއެވެ.

63މި މައްސަލައަށް ބަލާއިރު، ދެފަރާތުގެ ދެމެދުގައި ލިޔެކިޔުން ބަދަލު ކުރެވުނު މުޢާމަލާތުގައި މައިގަނޑުގޮތެއްގައި ޢމަލުކުރާނަ ގޮތެއްކަމުގައި ދެފަރާތުންވެސް އެއްބަސްވާ ލިޔުމެއްގެ ގޮތުގައި، "އެމް. ޑަބްލިޔު. އެސް. ސީގެ މުވައްޒަފުންގެ ހައުސިންގ ސްކީމް" ބެލެވެއެވެ. އއ ދެފަރާތުން ޢަމަލުކުރުމަށް އެއްބަސްވެފައިވާ މައިގަނޑު އުސ ލެއްކަމަށް ބެލިނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން ފޯމު ހުށަހެޅުން، އިސްތިއުނާފު ރައްދުވާ ފަރާތުން އެ ފޯމު ބަލައިގަނެ، އިސްތިއުނާފު ކުރާ ފަރާތަށް ޑިޕޮސިޓް ފައިސާއާއި އެޑްވާންސް ފައިސާ ދެއްކުމަށް އަންގައި ފޮނުވި ސިޓީއަށް ފަހު، އަދި އެފައިސާ ދެއްކުމުގެ ފަހުންވެސް، ދެފަރާތުން ދިޔައީ ދެފަރާތަށް އެއްބަސްވެވޭ ގޮތަކީ ކޮބައިކަން ނެގޯޝިއޭޓް ކުރަމުންކަން، ދެފަރާތުން ބަދަލުކޮށްފައިވާ ލިޔުންތަކުން އެނގެއެވެ.

64އެގޮތުން ބަލާއިރު، އެމް. ޑަބްލިޔު. އެސް. ސީ ހިޔާ ސްކީމުގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓް ހޯދުމަށް އެދިފައިވާ ޓަވަރ B ޢިމާރާތްކުރުމުގެ މަޝްރޫޢު ފެށުމާ ގުޅޭގޮތުން އަދި ގޮތެއް ނިންމިފައިނުވާ ކަމަށާއި، އަދި މި މަޝްރޫޢު ޙަޤީޤަތުގައި ތަންފީޒުކުރެވޭނެކަން ޔަޤީންނން ކަމަށާއި، މީގެ ފަރުވާއެއްގެ ގޮތުން ކުންފުނިން ދެގޮތެއް ހުށަހަޅާ ކަމަށާއި، އެ ދެގޮތުން ކުރެ ޢާއިޝަތު ޝާއިރާ އިޚްތިޔާރކުރު ގޮތެއް 04 ޑިސެންބަރު 2021 ގެ ކުރިން ލިޔުމުން ކުންފުންޏަށް އަންގައި ދިނުމަށާއި، މިހާރު ކުރިއަށް ދަނީ ހުށަހެޅި ފަރާތްތަކުގެ ލިސްޓް ފައިނަލް ކުރުން ކަމަށާއި، 04 ޑިސެންބަރު 2021 ގެ ނިޔަލަށް ޢާއިޝަތު ޝާއިރާގެ ފަރާތުން ވަކި ގޮތެއް އަންގާފައި ނުވާނަމަ ޑައުންޕޭމަންޓުގެ %20 ގޮތުގައި ޢާއިޝަތު ޝާއިރާ ދެއްކި ފައިސާ އަނބުރާ ރައްކުރެވޭނެ ކަމަށް 04 ނޮވެންބަރު 2021 ގައި އެމް. ޑަބްލިޔު. އެސް. ސީން ޢާއިޝަތު ޝާއރާއަށި އެންގިއެވެ. އެ ސިޓީގައި އެފަރާތުން ހުށަހެޅި ދެ ގޮތް ކަމަށް ބުނެފައިވަނީ؛

1.64. ފުރަތަމަ ގޮތަކީ، ހިޔާ ސްކީމްގެ އެޕްލިކޭޝަން އަނބުރާ ގެންދިއުން. މި ގޮތަށް ނިންމައިފިނަމަ، ޑައުންޕޭމަންޓްގެ ގޮތުގައި ދެއްކި ފުރިހަމަ ޢަދަދު އަނބުރާ ރައްދުކޮށްދޭނެކަމަށް.

2.64. ދެވަނަ ގޮތަކީ، ހިޔާ ސްކީމްއާ ގުޅޭ އުޞ ލުގެ 11.4 ވަނަ މާއްދާގެ ދަށުން ޢަމަލުކުރުން. އެގޮތުން އެ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ވަޒީފާގައި ނ ޅ ފަރާތެއްކަމުން، އެޕާޓްމަންޓުގެ އަގުގެ ގޮތުގައި ބާކީ ދައްކަންޖެހޭ ފައިސާ 03 (ތިނެއ) މަސްދުވަހުގެ ތެރޭގައި ދައްކައި ނިންމުން. މި ގޮތް އިޚްތިޔާރުކުރާނަމަ ޢާއިޝަތު ޝާއިރާގެ ފަރާތުން ފްލެޓުގެ އަގުގެ ބާކީ %80 ގެ ގޮތުގައި 1,331,160 ރ( .އެއް މިލިއަން ތިން ލައްކަ ތިރީސް އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ރުފިޔާ) 03 (ތިނެއ) މަސްދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށާއި، މި އޮޕްޝަންގެ ދަށުން ޓަވަރ A އިން ލިބެންހުރި އެޕާޓްމަންޓްތަކުގެ ތެރެއިން އެޕާޓްމަންޓެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ޢާއިޝަތު ޝާއިރާއަށް ލިބިވަޑައިގަންނަވާނެ ކަމަށް.

65ބުނެވުނު ދެގޮތުން ކުރެ އޮޕްޝަން 2 އިޚްތިޔާރު ކުރާނަމަ 03 (ތިނެއ) މަސްދުވަހުގެ މުއްދަތު ގުނަން ފަށާނީ ޢާއިޝަތު ޝާއިރާގެ ފަރާތުން ލިޔުމުން ދޭ ޖަވާބު ލިބޭ ތާރީޚުން ފެށިގެންކަމަށް އެސިޓީގައި

6604 ނޮވެންބަރު 2021 ގައި އެމް. ޑަބްލިޔު. އެސް. ސީން ފޮނުވި އިސްވެ ބުނެވުނު ސިޓީގެ ޖަވާބުގައި ޢާއިޝަތު ޝާއިރާގެ ފަރާތުން އެމް. ޑަބްލިޔު. އެސް. ސީއަށް 27 ނޮވެންބަރު 2021 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ، ހިޔާފްލެޓް ގަތުމަށް ބޭނުންވަނީ އިހު އެއްބަސްވެފައިވާ ގޮތުގެ މަތީން ދިގު މުއްދަތަކަށް ބަހާލައިގެން ކަމަށާއި، ޙަވާލާދީފައިވާ ސިޓީގައިވާ ދެ ގޮތަކީ ޢާއިޝަތު ޝާއިރާއަށް އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކޭތީ ދިގު މުއްދަތަށް ބަހާލައިގެން ޓަވަރ A ގެ 09-A11 އަށް ފައިސާ ދައްކާ ޚަލާސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުން އެދޭކަމަށާއި، އަދި އެސިޓީގައި ޙަވާލާދީފައިވާ ހިޔާ ސްކީމްއާ ގުޅޭ އުޞޫލުގެ 11.4 ވަނަ އަދި މުވައްޒަފުންގެ އަތްމަތީ ފޮތުގެ 11 ވަނަ މާއްދާ ޢާއިޝަތު ޝާއިރާގެ މި ޙާލަތައް ރިޢާޔަތް ކުރެވޭނެ ކަމަށް ނުދެކޭކަމަށެވެ. ޢާއިޝަތު ޝާއިރާއަކީ އެ މާއްދާގައި ބަޔާން ކުރެވިފައިވާ އެއްވެސް ގޮތަކަށް އެ ކުންފުނީން ވަކިވެފައިވާ ފަރާތެއް ނޫންކަމަށެވެ.

67އެ ސިޓީގެ ޖަވާބުގައި އެމް. ޑަބްލިޔު. އެސް. ސީން 04 ޖަނަވަރީ 2022 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް ހަމަޖެއްސެން ނެތްކަމަށެވެ. 04 ނޮވެންބަރު 2021 ގައި އެމް. ޑަބްލިޔު. އެސް. ސީން ފޮނުވި ސިޓީގައި ވެސް ބަޔާންކޮށްފައވި އޮޕްޝަންސްތައް އެ ސިޓީގައި ބަޔާންކޮށް އެ ދެގޮތުންކުރެ އިޚްތިޔާރުކުރާ ގޮތެއް 13 ޖަނަވަރީ 2022 ގެ ކުރިން ލިޔުމުން އެންގުމަށާއި އެ ތާރީޚާ ހަމައަށް އެއްވެސް ޖަވާބެއް ލިބިފައިވާ ނުވާނަމަ ޢާއިޝަތު ޝާއިރާ ދެއްކި ފައިސާ އަނބުރާ ރައްދުކރެވޭނު ކަމަށް އެ ސިޓީގައި އަންގާފައިވެއެވެ.

68އެ ސިޓީއާ ޙަވާލާދީ 12 ޖަނަވަރީ 2022 ގައި ޢާއިޝަތު ޝާއިރާގެ ފަރާތުން އެމް. ޑަބްލިޔު. އެސް. ސީއަށް ޖަވާބު ދީފައިވަނީ، ހިޔާފްލެޓް ގަތުމަށް ބޭނުންވަނީ އިހު އެއްބަސްވެފައިވާ ގޮތުގެ މަތީން ދިގުމުއްދަތަކަށް ބަހާލައިގެން ކަމަށާއި، މިފައިސާ ދެއްކުމުގައި ކުންފުނިން ދވެނެ އޮތް އެންމެ ބޮޑު ލުޔެއް ދިނުމަށް އެދޭކަމަށެވެ.

69ފްލެޓަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ބަޔާންވެދިޔަ ސިޓީތަކުގެ ފަހުންވެސް މިދެފަރާތުގެ މެދުގައި ސިޓީތައް ބަދަލުކުރެވިފައިވީނަމަވެސް ވަކިގޮތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވެއެވެ. ޢާއިޝަތު ޝާއިރާ ދެއްކި ފައިސާ އަނބުރާ އެކައުންޓަށް 07 އޮގަސްޓް 2022 ގައި ޖަމާކުރެވޭނެ ކަމަށް 03 އޮގަސްޓް 2022 ގައި އެމް. ޑަބްލިޔު. އެސް. ސީން ޢާއިޝަތު ޝާއިރާއަށް އެންގިއެވެ.

70ހަމައެހެންމެ، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް ފައިސާ ދެއްކުމަށް އެންގުމުން އެޑްވާންސް ފައިސާ ދެއްކިއިރު، އިސްތިއުނާފު ކުރާ ފަރާތަކީ އިސްތިއުނާފު ރައްދުވާ ކުންފުނީގެ ބޯޑު މެމްބަރެއްކަން އެނގެން އޮންނައިރު، ދެފަރާތުގެ ދެމެދުގައި ރަސްމީކޮށް އެއްބަސްވުމެއް ވުމުގެ ކުރިން، އިސްތިއުނާފު ކުރާ ފަރާތް، އިސްތިއުނާފު ރައްދުވާ ކުންފުނީގެ ބޯޑު މެމްބަރުކަމުން ވަކި ކުރެފައިވާކަން އެނގެން އޮންނައިރު، އެއްބަސްވުމަކަށް އައުމަށް ދެފަރާތުން ކޮށްފައިވާ މުއާމަލާތްތަކަށް (ފޮނުވާފައިވާ ސިޓީ) ތަކަށް ބަލާއިރު، ހައުސިންގ ސްކީމްގެ ދަށުން ކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި ހުންނަ ފަރާތަކާއެކު ސްކީމްގެ ދަށުން އެކުލަވާލެވޭ އެއްބަސްވުމެއްގައި ދެވެން އޮންނަ، އިންސްޓޯލްމަންޓް އުސ ލުން ދިގު މުއްދަތަށް ފައިސާ ދައްކަމުން ދިއުމުގެ އުސ ލުން އިސްތިއުނާފު ކުރާ ފަރާތަށް އެފުރުސަތު ދެވެން ނެތްކަމުގައި ބަޔާންކޮށް، އެކަމުގައި ދެން ޢަމަލުކުރާނެ ގޮތަކާމެދު ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިނުވާކަން ފާހަގަވެއެވެ.

71ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތާއި، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމެއް ވުމަށް މަސައްކަތް ކުރަމުންދާނެކަމާއި، އަދި އެ މުއްދަތުގައި ދެފަރާތަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ފައިސާ އަނބރު ރައްދުކުރާނެކަން އެއީ ދެފަރާތަށްވެސް އެނގޭގޮތަށް އޮތް ލިޔުމުން އެނގެން އޮތް ހާލަތަކަށްވާއިރު، ކުރިން ބަޔާންވެދިޔަ ފަދައިން އެއްބަސްވުމަކަށް އައުމަށް ދެފަރާތުން މަސައްކަތް ކުރިނަމަވެސް، އެފަދަ އެއްބަސްވުމަކަށް އާދެވިފައިނުވާކަން މައްސަލައާއެކު ހުށަހެޅިފައިވަ ލިޔުންތަކުން އެނގެން އޮތުމުން، Masters v. Cameron (1954)ގައި ކަނޑައަޅާފައިވާ އުސ ލުތަކަށް ރިއާޔަތްކޮށް ބަލާއިރު، މި މުޢާމަލާތް ފުރިހަމަވެގެން ދިޔުމުގެ ޝަރުޠަކީ ދެފަރާތުގެ ދެމެދުގައި ލިޔުމުން ވެވޭ އެއްބަސްވުމެއް ވުނކަން އެނގޭއިރު، މި މައްސަލައިގެ ބައިވެރިން ތިބި ހާލަތަކީ އެއްބަސްވުމަށް އައުމަށް ނެގޯޝިއޭޓް ކުރުމުގެ ހާލަތުގައިކަން ދެފަރާތުން ކުރަމުން އައި މުޢމަލާތުތަކުނާ އެނގެން އޮތްހިނދު، އެގޮތުގެ މަތީން ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިނުވާކަން މައްސަލައިގެ އިސްވެ ހަވާލާދެވުނު ލިޔުންތަކުން އެނގެން އޮންނަހިނދު، މި މައްސަލައިގައި މުޢާމަލާތު ކުރުމުގައި ބޭނުންކޮށްފައިވާ އެއް ޢިބާރާތަށް ބަލާއިރު "އެޑްވާންސް ފައިސާ ދައްކައި ޚަލާސް ކުރުމުން ދެފަރާތުގެ މެދުގައި ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެކަމާއި، މި ސިޓީއަކީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަން ދަންނަވަމެވެ". މިފަދައިން ބަޔާންކޮށްފައިވާއިރު، އެފަދަ ވަކި އެއްބަސްވުމެއް ދެފަރާތުގެ ދެމެދުގައި ފަހުން ވެފައިނުވާތީއާއި، "ކަނޑައެޅިފައިވާ މުއްދަތުގައި އެއްބަސްވުމަކަށް ވާސިލު ނުވެވިއްޖެނަމަ، އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ މިސިޓީއާއެކު އެއްކަރުދާސް ކުރެވިފައިވާ އުސޫލުން، ތިޔަ ފަރާތަށް ލިބޭނެއެވެ". މިފަދައިން ބަޔާންކޮށްފައިވާއިރު، އެގޮތުގެ މަތީން ޢަމަލުކޮށްފައިވުމުން، ދެފަރާތުގެ ދެމެދުގައި މިހާލަތުގައި އެއްބަސްވުމެއް ވެފައި ނުވާކަމުގައި ބަލަންޖެހޭކަމުގައި ދެކެމެވެ. ނިންމަން ފެންނަގޮތް:

72އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށް ރިއާޔަތްކޮށް، ދަށުކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

73މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ. ފނޑިޔާރަ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު :

74މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

75މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނ ނ ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނ ނ) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/39 (އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު) ޤަޟިއްޔާގެ 23 ވަނަ ނުކުތާ
  • Masters v. Cameron (1954) (އޮސްޓްރޭލިއާގެ ހައިކޯޓު)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (އިސްތިއުނާފުގެ އިޖުރާއަތު)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ