ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-A/52

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވ. ކެންގޯ ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގެ ރަޖިސްޓްރީގައި އިސްތިއުނާފެއް ނުފެނޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 31 އޮގަސްޓް 2026ދަށު ކޯޓު: ސިވިލް ކޯޓު 144-B4/IN/3459-2025/2025/05ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B4/IN/3459-2025/2025/05
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދައުވާލިބޭ ފަރާތުގެ ކުރީގެ ލީގަލް ޑިޕާޓްމަންޓްގެ އިސްވެރިޔާ ދައުވާކުރާ ފަރާތުގެ ވަކީލެއްގެ ގޮތުގައި ހާޒިރުވުމުގައި މަސްލަހަތު ފުށުއަރާކަމަށް ބުނެ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކޯޓުގެ އިޙްތިޞާޞާމެދު އުފެއްދި އިޢުތިރާޟު ސިވިލް ކޯޓުން ބަލައިނުގަތުމަކީ ރަނގަޅު ނިންމުމެއްތޯއާއި، އިސްތިއުނާފީ މަރުޙަލާގައި އާ ހެއްކެއް ބަލައިގަނެވޭނެތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ އިޙްތިޞާޞާމެދު ނިންމި ގޮތް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޙްތިޞާޞާމެދު އިޢުތިރާޟުކުރެވޭ ދެ ޙާލަތަކީ: މައްސަލަ ބެލުމުގެ އިޙްތިޞާޞް ނުލިބޭ ކޯޓަކަށް ހުށަހެޅުމާއި، އާންމު އުޞޫލުން އިޙްތިޞާޞް ލިބިފައިވިޔަސް އެ ކޯޓުން އެ މައްސަލަ ބަލައިގެން ނުވާނެ ޙާލަތެއް ވުޖޫދުވުމެވެ.

HN2 ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާ (މަސްލަހަތު ފުށުއަރާ މަސައްކަތް) އާއި 50 ވަނަ މާއްދާ (ހެކިވެރިއަކަށް ވެދާނެ ޙާލަތުގައި ވަކީލަކަށް ނުވުން) އާ ޚިލާފަށް ވަކީލަކު ޢަމަލުކުރިތޯ ކަނޑައެޅުމުގެ ބާރު އެ ގާނޫނުގެ 54 އަދި 55 ވަނަ މާއްދާގެ ދަށުން ލިބިދީފައިވަނީ ބާ ކައުންސިލަށް ކަމުން، ބާ ކައުންސިލުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުދެކެއެވެ (ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު).

HN3 ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރުގެ ނިންމުން ބިނާވާންވާނީ ހުށަހެޅޭ ހެކި ޤަރީނާގެ މައްޗަށާއި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވެގެންނެވެ؛ ހަސްމަކު ހުށަހަޅާ ހެއްކަކުން އޭނާ އެދޭ ނަތީޖާއަށް ފަނޑިޔާރު ވާސިލް ނުވުމަކީ އެ ހެއްކަށް ރިޢާޔަތް ނުކުރުމެއް ނޫނެވެ؛ ހެކި ވަޒަންކުރުމުގައި ޚިލާފުވި އުޞޫލެއް ވާނަމަ، އެ އުޞޫލަށް ކަނޑައެޅިގެން ހަވާލާދީ ޚިލާފުވި ގޮތް ތަފްސީލުކޮށް ބަޔާންކުރަންޖެހެއެވެ.

HN4 އިސްތިއުނާފީ ނުކުތާތައް ހުށަހަޅާއިރު ހުށަހަޅާ ޤާނޫނީ ނުކުތާތަކާއި ހަވާލާދޭ ޤާނޫނީ އުޞޫލުތައް ސާފުކޮށް ބަޔާންކޮށްދޭންޖެހެއެވެ؛ އެހެން ނޫންނަމަ އެއީ ފުރިހަމަ އިސްތިއުނާފެއްގެ ގޮތުގައި ބަލައިގަތުން ދަތިވާނެއެވެ.

HN5 އިސްތިއުނާފީ މަރުޙަލާގައި އާ ހެކި ހުށަހެޅުމުގެ ފުރުޞަތު ލިބެނީ އިސްތިސްނާއީ ޙާލަތެއްގައެވެ؛ މަދަނީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވުމަށްފަހު އާ ހެކި ބަލައިގަތުމުގައި ރިޢާޔަތްކުރަންޖެހޭނީ (އާމިނަތު ނާޒްލީ ވ ސީގޭޓް ގެ އުޞޫލަށް ނޫން) އެ ގާނޫނުގެ 289 ވަނަ މާއްދާއަށެވެ. ދަށުކޯޓަށް ހުށަހެޅިއިރު ވުޖޫދުގައި އޮތް، ފަސޭހައިން ހޯދޭނެ، ފަރާތެއްގެ އަމިއްލަ ލިޔުމެއް އެކަށީގެންވާ ސަބަބެއް ނެތި ހުށަނާޅައި ހުރުމަކީ އެކަށީގެންވާ ފަރުވާތެރިކަން ނުބެހެއްޓުމަށް ވާތީ، 289 ވަނަ މާއްދާގެ (ހ) އަދި (ށ) ފުރިހަމަ ނުވެ، އެ ލިޔުން ހެކީގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.

HN6 ވަކީލުންގެ ސުލޫކީ ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިފައިވިޔަސް، ޝަރީޢަތުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ވަކީލަކު ޝަރީޢަތަކުން ވަކިކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ވިރާސީ ބާރެކެވެ؛ އެއީ ސުލޫކީ ކަމެއް ސާބިތުކުރުމެއް ނޫން އިދާރީ އިޖުރާއީ ފިޔަވަޅެކެވެ. ވަކީލަކު ވަކިކުރެވޭނީ އެދޭ ފަރާތަށް ސާފު ހެކި ދެއްކިގެން، ހަސްމުންގެ ސިއްރު ހިމާޔަތްކުރުމާއި ވަކީލު ހިޔާރުކުރުމުގެ ފުރުޞަތާއި އަދުލުގެ ނިޒާމުގެ ނަޒާހަތްތެރިކަމުގެ މަސްލަހަތުތައް ބަރާބަރުކޮށްގެންނެވެ؛ ކުރީގެ ލީގަލް ހެޑަކަށް ވުމަކީ، ވަކި މުޢާމަލާތުގައި ބައިވެރިވިކަން، ލަފާ ދިންކަން، ސިއްރު މަޢުލޫމާތު ލިބުނުކަން ނުވަތަ ހެކިބަހަށް ޙާޖަތްވާކަން ނުދައްކައި، ވަކިކުރުމަށް ކާފީ ނޫނެވެ (ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު).

ވަކީލުންނާއި ފަނޑިޔާރުން

ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަމްޖަދު އަޙްމަދު، މުހާމީން ޗެމްބަރސް ކަނުން ލީގަލް ޕްރެކްޓިސް
ބެންޗު
އިސްމާޢީލް ޝަފީޢު، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
އިސްމާޢީލް ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2025-CVC-3459 ގަޒިއްޔާއ ގުޅިގެނާ ނިންމާފައިވާ ސިވިލް ކޯޓުގެ ނަންބަރު 2025/2025/05-B4/IN/3459-144 (14 ޑިސެންބަރު 2025) "އިހްތިސާސއް މެދާ ނިންމި ގޮތް" އެ ކޯޓުން ނިންމާފައިވަނީ ޝަރުއީ ނުވަތަ ގާނޫނީ ހަމަތަކާ ހިލާފަށްކަމަށްބުނ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު 1023/2019-C) (މީގެ ފަހުން "ފެނަކަ" ނުވަތަ "އިސްތިއުނާފުކުރާ") ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ގަޒއްޔާއެކެވެ. މި ގަޒއްޔާގި އިސްތިއުނާފެ ރައްދުވު ފަރާތަކީ ކެންގޯ ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު 0462/2012-C) (މީގެ ފަހުން "ކެންގޯ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

22022 ވަނަ އަހަރުން ފެށިގެން ކެންގޯ އާއި ފެނަކައ ދެމެދާ ވެފައިވާ 11 އެއްބަސްވުމަކާއި 2 ޕާރޗޭސް އޯޑަރެއްގެ ދަށުން ކުރެވިފައިވާ މުއާމަލާތްތަކ ގުޅިގެނާ ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ލިބެންޖެހި ނުލިބިވާ -/8،381،738.24` (އަށް މިލިއަން ތިންލައްކަ އަށްޑިހަ އެއްހާސް ހަތްސަތޭކަ ތިރީސް އއ ރުފިޔާ ސައުވީސް ލާރި) ހޯދުމަށް ސިވިލް ކޯޓުގައި ކެންގޯއިން ފެނައިކައިގެ މައްޗަށް ދައުވާކުރިއެވެ. މި ފައިސާގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހަޅަންޖެހުމަށް ހަރަދުކޮށްފައިވާ -/000،175` (އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އާއެކު ޖުމްލަ -/738.24،381،8` (އަށް މިލިއަން ތިންލައްކަ އަށްޑިހަ އެއްހާސް ހަތްސަތޭކަ ތިރީސް އަށެއ ރުފިޔް ސައުވީސް ލާރި) ހޯދުމަށް އެދިފައިވެއެވެ.

3މި ދައުވާއާ ގުޅިގެން ފެނަކައަށ ލިޔެކިޔުންތައް ރައްދުކުރުމުން، ދައުވާގެ ދިފާއުގެ ބަދަލުގައި ކޯޓުގެ އިހްތިސާސްއާ މެދު އިއުތިރާޒު ކޮށްފައިވެއެވެ. ކޯޓުގެ އިހްތިސާސްއ މެދާ ސުވާލު އުފައްދައި ފެނަކައިން ބުނެފައިވަނީ ކެންގޯ ތަމްސީލްކރުމަށު އައްޔަންކޮށްފައިވާ ވަކީލް އަމްޖަދ އަޙްމަދުގެ މަސްލަހަތު ފުށޫއަރު ހާލަތެއް މި މައްސަލައިގައި މެދުވެރިވެފައިވާތީ އަމަޖްދު އަޙްމަދަށް މި މައްސަލައިގައި ކެންގޯ ތަމްސީލު ނުކުރެވޭނެކަމަށެވެ. މިފަދައިން ދެކޭ ސަބަބުތަކުގެ މައިގަނޑު ހުލާސާއަކީ ކެންގޯ ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި އަމްޖަދ އަހްމަދު ހާޒިރުވާއިރު، ފެނަކައިގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެތައް ދުވަހެއް ވަންދެން މަސައްކަތްކޮށް އަދި ލީގަލް އެފައަރޒް ޑިޕާޓްމަންޓްގެ އިސްވެރިއެއްގ ގޮތުގައެ އަމްޖަދު އަހްމަދު މަސައްކަތްކޮށްފައިވާތީއެވެ. އަދި، ހުސޫމާތް އުފެދިފައިވާ މުއާމަލާތް ކުރިއަށްދިޔަ ދުވަސްވަރު އަމްޖަދު އަޙްމަދަކީ ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ އިސްވެރިޔާކަމަށ ފެނަކައިން ފާހަގަކޮށްފައިވެއެވެ. އަދި، މި މައްސަލައާ ގުޅިގެން ފެނަކައިން ހެއްކެއްގެ ގޮތުގައި އަމްޖަދ އަޙްމަދު ހުށަހެޅުމުގެ އިހުތިމާލު އޮތަތީ މައްސަލަ ހުށަހަޅާ ފަރާތުގެ ވަކީލެއްގެ ގޮތުގައި ކޯޓަށް ހާޒިރުނުވެވޭނެކަމަށެވެ.

4މި އިއުތިރާޒު ގެ ރައްދުގައި ކެންގޯއިނ ބުނެފައިވަން މި މައްސަލައާ ގުޅިގެން ގާނޫނީ ލަފާ ދީފައިވާކަން ނުވަތަ މައްސަލައާ ގުޅުން ހުރި މައުލޫމާތު ހިއްސާކޮށްފައިވާކަން އެނގެން ނެތްކަމަށާއި، މި މައްސަލައިގައި ފެނަކައިގެ ފަރާތުން ކެންގޯގެ ވަކީލް ހެއްކެއްގެ ގޮތުގައި ހާޒިރުކުރަންޖެހޭ ހާލަތެއް ނޯންނާނެކަމަށެވެ.

5ކޯޓުގެ އިހްތިސާސްއާ މެދު ސުވާލު އުފައްދައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން ނިންމާފައިވަނީ ފެނަކައިން ކޯޓުގެ އިހްތިސާސްއާ މެދު ސުވާލު އުފައްދައި ނަގާފައިވާ ނުކުތާ ބަލައިނުގަތުމަށެވެ. ސިވިލް ކޯޓުން މި ނިންމުން ނިންމާފައިވާ އަސާސަކީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު ގެ 42 ވަނަ މާއްދާގެ ގައި ބަޔާންކުރާ ހާލަތު ވަކީލުގެ ކިބައިގައި ހުރިކަން ސާބިތުކޮށްދޭންޖެހޭ ފަރާތަކީ ފެނަކައަށްވާއިރު، އެކަން ސާބިތުވާވަރުގެ ހެއްކެއް ފެނައިކައިގެ ފަރާތުން ހުށަހަޅާފައިނުވާތީއާއި ކޯޓުގެ އިހްތިސާސްއާމެދު އިއުތިރާޒްކުރ ފޯމާ (19 ނޮވެންބަރު 2025) ސިވިލް ކޯޓުގެ ނަންބަރު 2025/2025/05-B4/IN/3459-144 "އިހްތިސާސްއާމެދ ނިންމު ގޮތް" ގެ (ށ) އަމްޖަދު އަހްމަދަކީ މި މައްސަލައިގައި ހެއްކަކަށްވާނެ ފަރާތެއް ނޫންކަމަށް ބުނެފައިވާއިރު، އެކަން ނަފީކުރާނެ ހެއްކެއް ފެނަކައިގެ ފަރާތުން ހުށަހަޅާފައިނުވާތީއެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

6ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފްކުރުމަށް ފެނަކައިން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

1.6.ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާއި އެ ގާނޫނުގެ މަގްސަދާ ހިލާފަށް މައްސަލަ ނިންމާފައިވުން.

2.6. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި ހިލާފަށް މައްސަލަ ނިންމާފައިވުން.

3.6.ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތް ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ގަޒިއްޔާއަށް ރިއާޔަތްކޮށް ކުންފުނީގެ ނަންބަރު 256/2022 (11 މޭ 2022) "ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ނިންމުން" ބަލައިގަތުމަށް އެދުން.

7ފެނަކައިން އެދިފައިވަނީ އިހުތިސާސްއ މެދާ ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައި، މި މައްސަލައިގައި ކެންގޯގ ވަކީލެއްގެ ގޮތުގައި އަމްޖަދު އަޙްމަދަށް ހާޒިރު ނުވެވޭނެކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2025-CVC-3459 މައްސަލައިގެ ދައުވާ ފޯމު ބާތިލުކަމަށް ކަނޑައަޅައިދިނުމަށެވެ.

8ފެނަކައިން ހުށަހެޅި އިސްތިއުނާފުގެ ރައްދުގައި ކެންގޯއިން ހުށަހަޅާފައިވާ ޖަވާބު ފޯމާއި ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުގެ މައިގަނޑު ހުލާސާއަކީ ހުސޫމާތް އުފެދިފައިވާ މުއާމަލާތް ގުޅިގެނާ ފެނަކައިގެ މުވައްޒަފެއް ގޮތުގައި އަމްޖަދ އަޙްމަދު މަސައްކަތްކުރިއިރު އެއްވެސް މިންވަރަކަށް އެ މުއާމަލާތާ ގުޅިގެން ގާނޫނީ ލަފާ ދީފައި ނުވާނެކަމަށެވެ. އަދި، އެކަން ސާބިތުކޮށްދިނުމަށްޓަކައި، އެކަށގެންވ ހެކާ ފެނަކައިނީ 2013/SC-A/20 ހުށަހަޅާފައި ނުވާކަމަށެވެ. ކެންގޯއިން އެދިފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭފަދަ އެކަށީގެންވާ ސަބަބއެ ނެތްކަމުގައި ކަނޑައަޅުއްވައި މި މައްސަލައިގައި ކެންގޯގ ވަކީލެއްގެ ގޮތުގައެ އަމްޖަދު އަހްމަދަށް ހާޒިރުވެވޭނެކަމަށް ކަނޑައަޅައިދިނުމަށެވެ. ޝަރުއީ ތަށ ފާހަގަކުރެވުނު ކަންތައްތައް ފުރަތަމަ އިސްތިއުނާފީ ނުކުތާ

9ފެނަކައިން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ އިހުތިސާސްއާ މެދު ނިންމާފައިވާ ނިންމުން، ދިވެހިރާއްޖޭގެ ގާނޫން ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާ އަދި 50 ވަނަ މާއްދާއާ އެ ގާނޫނުގެ މަގްސަދާ ޚިލާފު ކަމަށެވެ.

10މިގޮތުން، ފެނަކައިން މި ނުކުތާގައި އުފައްދާ ބަހުސަކީ ކެން ގ ތަމްސީލުކުރާ ވަކީލު އަމްޖަދު އަހްމަދު 30 އޮގަސްޓް 2021 އިން ފެށިގެން 12 ފެބްރުވަރީ 2024 ގެ ނިޔަލަށް ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމު އަދާކޮށްފައިވާތީ، މި މައްސަލައާ ގުޅިގެން ފައިސާ ހޯދުމަށް އެދިފައިވާ މުއާމަލާތްތަކާ ގުޅޭ އެއްބަސްވުންތައް ތައްޔާރުކޮށްފައިވަނީ، އަމްޖަދު އަހްމަދު ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ އިސްވެރިޔގާ މަގާމު އަދާކުރި މުއްދަތުގައި ކަމުގައިވުމުން އެއީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާ ޚިލާފު އަމަލެއްކަމަށާއި، މިކަމުގެ ސަބަބުން އަމްޖަދު އަހްމދައަށް ކެންގޯ ތަމްސީލުކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާކަމަށެވެ. ފެނަކައިން މި ނުކުތާ ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނގު 110 ވަނަ މާއްދާ އާ ހަވާލާދީ، ކޯޓުގެ އިހުތިސާސްއ މެދާ ސުވާލު އުފައްދަމުންނެވެ.

11HN1މަދަނީ މައްސަލައަކާ ގުޅިގެން ކުރާ ދައުވާއެއްގައި، އެ ދައުވާއާ މެދު ގޮތެއް ނިންމުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެން ނުވާކަމަށް ދައުވާލިބޭ ފަރާތުން ދެކޭނަމަ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދގާ

(ހ) އާ ހަވާލާދީ އެ ދައުވާ ބެލުމުގެ އިހުތިސާސ ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދިނމަށު އެދި ހުށަހެޅިދާނެއެވެ. މި މާއްދާގައި ދެ ހާލަތެއް ބަޔާންކޮށްފައި ވެއެވެ. ފުރަތަމަ ހާލަތަކީ އެ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެންނުވާ ކޯޓަކަށް މައްސަލަ ހުށަހެޅުމެވެ. ދެވަނަ ހާލަތަކީ، އާންމު އުސޫލުން އެ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިދީފައި ވީނަމަވެސް، އެ ހާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ހާލަތެއް ވުޖޫދުވެފައި ވުމެވެ.

12ސިވިލް ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސާސ ނެތްކަމަށް ފާހަގަކޮށް ފެނަކައިން ހުށަހަޅާފައިވނަ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދެ ހާލަތުގެ ތެރެއިން ދެވަނަ ހާލަތައް ރިއާޔަތްކޮށެވެ. މި މާއްދާގެ އިތުރުން، ފެނަކައިގެ ހުށަހެޅުމުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރާ ހަވާލާދީފައި ވެއެވެ. ފެނަކައިން ފާހަގަކުރާ ގޮތުގައި ކެންގޯއިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި ސޮއިކޮށް، އެ ކުންފުނި ތަމްސީލުކުރާ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަމްޖަދު އަހްމަދއެވު. ކުރިން ފާހަގަކުރި ފަދައިން، އަމްޖަދު އަހްމަދަކީ ހުސޫމާތް އުފެދިފައިވާ މި މުއާމަލާތްތައް ކުރިއަށްދިޔަ ދުވަސްވަރު ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ އިސްވެރިޔގާ މަގާމު އަދާކުރި ފަރާތްކަމުގައިވާތީ، މިއީ މި މައްސަލައިގައި ކެންގޯގ ވަކީލެއްގެ ގޮތުގައެ އަމްޖަދު އަޙްމަދު ތަމްސީލުކުރުމުގައި މަސްލަހަތު ފުށޫއަރާނެ ހާލަތެއްކަމަށއި، މި ހާލާތުގައ މި މައްސަލައި ގުޅިގެނާ ކެންގޯ ތަމްސީލުކުރުމުގެ ހައިސިއްޔަތު އަމްޖަދު އަހްމަދއަށ ލިބިގެންނުވާކަމަށް ދެކޭތީ، ކެންގޯއިނ ހުށަހެޅް ދައުވު ފޯމުގެ މައްޗަށް ބިނާކޮށް މި ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ބަޔާންކޮށް ކޯޓުގެ އިހުތިސާސްއާ މެދު ފެނަކައިން ސުވާލު އުފައްދާފައިވެއެވެ.

13ކޯޓުގެ އިހުތިސާސްއ މެދާ ފެނަކައިން ސުވާލު އުފައްދާ ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން އެ ހުށަހެޅުމަށް ކެންގޯއިން ދީފައިވާ ޖަވާބުގައި ކެންގޯއިން ފާހަގަކޮށްފައިވަނީ ހުސޫމާތް އުފެދިފައިވާ މުއާމަލާތްތަކާ ގުޅޭ އެއްވެސް މަސައްކަތެއްގައި އަމްޖަދު އަހްމަދު ބައިވެރިވިކަން ނުވަތަ މަސައްކަތްކުރިކަން އެނގޭ ފަދަ އެއްވެސް ހެއްކެއް ފެނަކައިން ހުށަހަޅާފައިވާ ނުވާކަމަށާއި، މި މުއާމަލާތް ގުޅާ އެއްވެސް މަސައްކަތެއްގައި އަމްޖަދު އަހްމަދު މަސައްކަތްކޮށްފައި ނުވަތަ ބައިވެރިވެފައި ނުވާނެކަމަށެވެ.

14މ ނުކުތާގައި ފެނަކައިން އުފައްދާ ބަހުސަކީ ސިވިލް ކޯޓުން ނިންމާފައިވާ އިހުތިސާސްއ މެދާ ނިންމި ނިންމުމުގައި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާ ޚިލާފުވެފައިވާ ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއަކީ ގާނޫނީ ވަކީލަކު ހަވާލުވެގެން ނުވާނެ މަސައްކަތްތައް ބަޔާންކުރާ މާއްދާއެވެ. އެ މަސައްކަތުގައި ނުވަތަ އެ މައްސަލައެއްގައި ހިމެނޭ އަނެއް ފަރާތަކީ ހަވާލުކުރެވިފައިވާ މައްސަލައަކާ ގުޅިގެން ކުރިން ގާނޫނީ ލަފާ ދީފައިވާ ފަރާތެއްނަމަ، ނުވަތަ އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ފަރާތެއްގެ މަސައްކަތެއްނަމަ އެ މަސައްކަތަކީ ގާނޫނާ ވަކީލަކު ހަވާލުވެގެނ ނުވާނެކަމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

15މި ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކުރަނީ، ގާނޫނީ ވަކީލަކީ މައްސަލައެ އްގައި ހެއްކަކަށް ވެދާނެކަމަށް އޭނާއަށް ގަބޫލުކުރެވޭ ފަދަ ހާލަތެއް އޮތްނަމަ އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނުވާނެކަމަށެވެ.

16HN2ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަކީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތކުރުމުގް އެންމެހައި ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅުއަޅައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލެވިފައިވާ ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ބ ކައުންސިލާ އުފައްދައި، އެ މަސައްކަތް މަތިކޮށްފައިވާ މުއައްސަސާއަކީ ބާ ކައުންސިލެވެ. ބާ ކައުންސިލްގެ މަސައްކަތާއި މަގްސަދުތކުގަ ތެރޭގައި ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމާއި، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ގާނޫނީ ވަކީލުންގެ މަސައްކަތްތަކ ގުޅާ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓްކޮށް، ފިޔަވަޅު އަލައި ބެލެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.

17ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ފަސްވަނަ ބާބަކީ ގާނޫނީ ވަކީލުންގެ ސުލޫކާއި ސުލޫކީ ޝަކުވާއާ ގުޅޭ ކަންކަން ބަޔާންކުރާ ބާބެވެ. މި ބާބުގެ ދަށުން ގާނޫނީ ވަކީލުންގެ ސުލޫކާ ގުޅޭ ކަންކަމާއި މަސައްކަތުގެ އހަލާގު ބަހައްޓަންވާނީ ގޮތެ ބަޔާންކޮށްފައި ވެއެވެ. އަދި، ހަވާލުވެގެނ ނުވާން މަސައްކަތްތައް ބަޔާންކުރުމަށްފަހު ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބަލާނެ ގޮތުގެ އިޖުރާއަތު ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާ އާއި 50 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމާ ޚިލާފަށް ގާނޫނީ ވަކީލަކު އަމަލުކޮށްފިނަމަ، އެކަމެއްގެ ޝަކުވާ ބާ ކައުންސިލަށް ހުށަހެޅިދާނެކަން މި ގާނޫނު ފަރުމާކޮށްފައިވާގޮތުން ސާފުވެއެވެ. މި ދެންނެވުނު ކަންކަމަކީ ގާނޫނީ ވަކީލެއްގެ ސުލޫކާ ގުޅުންހުރި ކަމެއްކަމުގައިވާތީ، އެ ޝަކުވާއާ މެދު ގޮތެއް ކަނޑައެޅުމުގެ ބާރުލިބިދޭ އިދާރާއަކީ ބާ ކައުންސިލްކަން މި ގާނޫނުގެ 54 ވަނަ މާއްދާކަން އެނގެއެވެ.

18ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާ އާއި 50 ވަނަ މާއްދާ ވެސް ފަރުމާކޮށްފައިވާ ގޮތުން މި ދެ މާއްދާއަކީ ވެސް ވަކީލެއް ކޮށްގެން ނުވާނެކަން ބަޔާންކުރާ ދެ މާއްދާއެވެ. މި ދެ މއްދާގައާ ބަޔާންކޮށްފައިވާ ކަމަކާ ޚިލާފަށް ގާނޫނީ ވަކީލެއް އަމަލުކޮށްފިނަމަ، އެކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިދެނީ މި ގާނޫނުގެ 54 އަދި 55 ވަނަ މާއްދާގެ ދަށުން ބާ ކައުންސިލަށެވެ. މި ދެ މާއްދާގައި ބަޔާންކުރާ ކަމަކާ ގާނޫނީ ވަކީލަކު ޚިލާފުވެއްޖެނަމަ، އެކަމާ މެދު ގޮތެއް ކަނޑައަޅަން ގާނޫނުގައި ކަނޑައަޅާފައިވާ އިދާރާއަކީ ބާ ކައުންސިލްކަނ ސާފުކޮށް އެނގެން އޮތްއިރު، އެ މާއްދާއާ ޚިލާފަށް އަމްޖަދު އަޙްމަދު އަމަލުކޮށްފައިވާކަމަށް އެ އިދާރާއިން ގޮތެއް ކަނޑައެޅުމުގެ ކުރިން އެކަމާ މެދު ކޯޓުން ގޮތެއް ކަނޑައެޅިދާނެކަމަކަށް ނުދެކެމެވެ. އަދި، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާ ޚިލާފަށް އަމަލުކޮށްފައިވާކަން ކަނޑައެޅުމުގެ ބާރު މި ގާނޫނުން ދީފައިވާ ފަރާތަކީ ބާ ކައުންސިލްކަމަށްވާއިރު، އެކަން ކަނޑައެޅުމުގެ ޒިންމާ ނުވަތަ ބާރު ދީފައިވަނީ ކޯޓުތަކަށް ނޫންކަން މި ގާނޫނުނ ސާފުކޮށް އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާ ޚިލާފަށް ސިވިލް ކޯޓުގެ ނިންމުން ނިންމާފައިވާކަމަށް ކަނޑައެޅިދާނެ އެއްވެސް ހަމައެއް އޮތްކަމަށް އަހުރެންނަކަށް ނުފެނެއެވެ. އެހެންކަމުން، ސިވިލް ކޯޓަށް ފެނަކައިން ހުށަހެޅި ހުށަހެޅުމާމެދު ސިވިލް ކޯޓުން ގޮތް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާ އާއި 50 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައެޅިދާނެ ހާލަތެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

19އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލުގައި ފެނަކައިން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާ ޚިލާފަށް އަމްޖަދު އަޙްމަދު މި މައްސަލައާ ގުޅުންހުރި މައްސަލައިގައި ފެނަކައިގައި މަސައްކަތްކުރިއިރު މަސައްކަތްކުރިކަން އެނގޭނެ ލިޔެކިޔުން ހުށަހަޅާފައިވާނެ ކަމަށެވެ.

20މި ވާހަކަ ބަޔާންކުރުމަށްފަހު މި ނުކުތާގެ ތަފްސީލުގައި ފެނަކައިން ބަޔާންކުރަނީ، ފެނަކައިގެ މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2022 ސިވިލް ކޯޓަށް ހުށަހަޅިކަމަށާއި އެ ގަވާއިދުގެ 2.5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކޮށްފައި ނުވާކަމަށެވެ. ހަވާލާދެވުނު މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "މި މާއްދާގެ ދަށުން ތައްޔާރުކުރެވޭ އެންމެހައި އެއްބަސްވުންތަކަކީ ކުންފުނީގެ ލީގަލް އެފެއަރޒް ޑިޕާޓްމަންޓްގެ ރައުޔާއެކު ތައްޔާރުކުރެވޭ އެއްބަސްވުންތަކަކަށް ވާންވާނެއެވެ."

21ފަނޑިޔާރުންގެ ގާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

5. ފަނޑިޔާރުންގެ ނިންމުންތަކާއި، (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހުކުމްތަކާއި، އަމުރުތަކުގެ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަސްލު އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.

1. މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ

2. މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް

22HN3ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ މަފްހޫމަކީ ފަނޑިޔާރެއ ބަލް މައްސަލައެއްގައި އެ ފަނޑިޔާރަކު ގޮތެއް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމެވެ. އެގޮތުން، މައްސަލައާއެކު ހުށަހެޅޭ ހެކި ގަރީނާ ފިޔަވައި އެހެނިހެން ހެކިތަކަށް ފަނޑިޔާރު ރިއާޔަތްކޮށްގެން ނުވާނެކަމާއި، މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓަކުން ތަބާވާންޖެހޭނެކަން ބަޔާންކޮށްފައި ވެއެވެ.

23ހަސްމަކު ހުށަހަޅާ ހެއްކަކުން ސާބިތުކުރެވޭނެކަމަށ އެދް ކަންކަން ނުވަތަ ނެރެވޭނެކަމަ ށ ދެކޭ ނަތީޖާ، ފަނޑިޔާރަށް ގަބޫލު ނުކުރެވި، އެ ހެއްކަށް ރިއާޔަތްކުރުމުން ފަނޑިޔާރަށް ނެރެވޭ ނަތީޖާ ނުވަތަ ވާސިލްވެވޭ ނިންމުމަކީ އެ ހަސްމަކު އެދޭ ނިންމުން ނުވަތަ ނަތީޖާއަށް ނުވުމަކީ ފަނޑިޔާރު އެ ހެއްކަށް ރިއާޔަތް ނުކުރުންކަމަށް ދެކުމަކީ އެއްވެސް މިންވަރަކަށް ބުއްދީގެ ހަމަތަކުން ވިސްނާއިރު ރަނގަޅު ބުނުމެއްކަމަށް އަހުރެން ނުދެކެމެވެ. ހަސްމަކު ހުށަހަޅާ ހެއްކެއް ވަޒަންކުރުމުގައި ހެއްކާބެހޭ ގާނޫނުގައި ވެސް ނުވަތަ އެހެން ގާނޫނެއްގައ ވެސި ނުވަތް އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި އަމަލުކުރާ އުސޫލަކާ ޚިލާފަށް ހެކި ވަޒަންކޮށްފައިވާނަމަ، ކަނޑައެޅިގެން އެ އުސޫލަކާ ހަވާލާދީ ތަފްސީލީ ގޮތެއްގައި އެ އުސޫލަކާ ޚިލާފުވި ގޮތާއި ސަބަބު ބަޔާންކޮށްދޭންޖެހެއެވެ.

24ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ މަފްހޫމަކީ މައްސަލައެއް ބަލައި ގޮތެއް ނިންމާއިރު، ފަނޑިޔާރުގެ ނިންމުން ބިނާވާންވާނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ގަރީނާގެ މައްޗަށްކަން ސާފުކޮށް އެނގެއެވެ. މި މައްސަލައާ ގުޅިގެން ފެނަކައިން ހުށަހަޅާފައިވާ އެ ކުންފުނީގެ މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2022 އަށް ފަނޑިޔާރު ރިއާޔަތް ނުކުރާކަން ނުވަތަ އެއްފަރާތްކުރިކަން އެނގޭނެ އެއްވެސް ސަބަބެއް ނެތެވެ. މި ލިޔުމަށް ރިއާޔަތްކުރުމުން ވެސް ފަނޑިޔާރަށް ވާސިލުވެވޭ ނަތީޖާއަކީ ދަށު ކޯޓުގެ ނިންމުންކަމުގައި ވުމަކީ އެ ލިޔުމަށް ރިއާޔަތް ނުކުރުމެއް ނޫނެވެ. އެއީ އެ ލިޔުމަށް ރިއާޔަތްކުރުމުން ވެސް ފަނޑިޔާރަށް ވާސިލުވެވުނު ނަތީޖާއަށް ވުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެމެވެ.

25HN4އެހެންކަމުން، އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުގައި ވަކީލުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އަހުރެން ދެކެމެވެ. ޒަމާނުއްސުރެ ކަންކުރަމުން އައި ގޮތްކަމަށް ދެކި އެކަންކަން އެ މަގުން ކުރުމުގެ ބަދަލުގައި ސާފުކޮށް ތިލަކޮށ ހުށަހަޅަން އެދް ގާނޫނީ ނުކުތާތަކާއި ހަވާލާދޭ ގާނޫނީ އުސޫލުތައް ބަޔާންކޮށްދޭންޖެހެއެވެ. އެހެންނޫންނަމަ އެއީ ފުރިހަމަ އިސްތިއުނާފެއްކަމަށް ބަލައިގަތުމަކީ ދަތިކަމެކެވެ.

26މި ދެންނެވުނު ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނިންމުން ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފުކަމަށް ކަނޑައެޅޭނެ ހާލަތެއް ނެތްކަމަށް އަހުރެން ދެކެމެވެ.

އިސްތިއުނާފީ ތިންވަނަ ނުކުތާ

27އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފެނަކައިން ފާހަގަކޮށްފައިވަނީ ހުސޫމާތް އުފެދިފައިވާ މުއާމަލާތް ކުރިއަށްދިޔައިރު ފެނަކައިގެ ފަރާތުން އަމްޖަދު އަޙްމަދު މަސައްކަތްކޮށްފައިވާކަން ނުވަތަ ބައިވެރިވެފައިވާކަން ސާބިތުކުރުމަށް ފެނަކައިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ ފެނަކައިގެ ނަންބަރު 256/2022 (11 މޭ 2022) 'ޓެންޑަރ ކޮމިޓީގެ ނިންމުން' ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާއަށ ރިއާޔަތްކޮށް ބަލައިގަތުމަށް އެދޭކަމަށެވެ.

28HN5އިސްތިއުނާފީ ފުރަތަމަ މަރުހަލާކަމުގައިވާ ހައިކޯޓުގައި މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށާއި، ނަމަވެސް ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާ ހެކި ހައިކޯޓަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށް ކޯޓުތަކުގެ ގާނޫނު ގައި ބަޔާންކޮށްފައިވާ އޮންނައޮތުމަށް ބަލާއިރު، މައްސަލައަކާ ގުޅޭ އައު ހެކި އިސްތިއުނާފީ މަރުހަލާގައި ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވަނީ އިސްތިސްނާއި ހާލަތެއްގައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ގަޒިއްޔާ

29އިސްތިއުނާފީ މަރުހަލާގައި އާ ވާގިއާއެއ ނުވަތް އާ ހެއްކެއް ބަލައިގަތުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ އުސޫލު މަދަނީ އިޖުރާއަތުގެ ގާނޫނުގެ 289 ވަނަ މާއްދާ ގައި ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ. އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް މައްސަލައަކީ މަދަނީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން މިފަދަ ހާލަތްތަކުގައި ތަތުބީގުކުރެވިދާނެ ގާނޫނީ އުސޫލުކަމުގައ ބެލި ނަމަވެސް، މަދަނީ އިޖުރާއަތުގެ ގާނޫނުގައި އާ ހެކި ބަލައިގަތުމާ ގުޅޭ އުސޫލު ބަޔާންކޮށްފައި އޮތުމުން، މިފަދަ މައްސަލަތަކުގައި އިސްތިއުނާފީ މަރުހަލާގައި އާ ހެކި ބަލައިގަތުމާ ގުޅޭގޮތުން ގޮތެއް ނިންމާއިރު، ޝަރީއަތުން ރިއާޔަތްކުރަންޖެހޭނީ މި ހާލަތުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 289 ވަނަ މާއްދާއަށެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 289 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

289އާ ވާޤިޢާއި ހެކި އިސްތިއުނާފުކޮށްފައިވ މައްސަލައަކާ ގުޅިގެނާ އެއްވެސް އާ ވާޤިޢާއެއް ނުވަތަ ހެއްކަކަށް ކޯޓުން ރިޢާޔަތް ކުރަންވާނީ ހަމައެކަނި އަންނަނިވި ޙާލަތްތަކުގައެވެ.

(ހ) އާ ވާޤިޢާއެއް ނުވަތަ ހެއްކެއް ލިބުމުން ވަގުތުން ހުށަހަޅާފައިވުން؛

(ށ) އެންމެ ފަރުވާތެރިކަމާ އެކުގައި މަސައްކަތްކޮށްފައިވީނަމަވެއ ކޯޓަށް އެ ވާޤިޢާއަތާކއ ހެކި ހުށަހެޅިފައި ނުވުން؛

(ނ) އެ ވާޤިޢާތަކާއި ހެއްކަކީ މައްސަލައިގެ ނިންމުމަށް އޭގެ ސަބަބުން އެކަށީގެންވާ ބޮޑު ބަދަލެއް އަތުވެދާނެ ވާޤިޢާއެއް ނުވަތަ ހެއްކެއް ކަމުގައިވުން.

30ފެނަކައިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަން އެދޭ ހެއްކަކީ އެ ކުންފުނީގެ ލިޔުމެކެވެ. އެއީ އެހެން އިދާރާއަކުން ހޯދަންޖެހޭ ލިޔުމެއް ނޫނެވެ. ނުވަތަ އެއީ އިތުރު ތަހުގީގެއ ކޮށްގެން ގިނަ ދުވަސްތަކެއް ހޭދަކޮށްގެން ހޯދަންޖެހޭ ފަދަ ލިޔުމެއް ނޫނެވެ. މި ލިޔުމަކީ އެ ކުންފުނީގެ ލިޔުމެއްކަމަށްވާއިރު، އެކަށީގެންވާ މަސައްކަތެއްކުރިނަމަ ނުހަނު ފަސޭހައިން ހޯދޭނެ ލިޔުމެކެވެ. ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ގަޒިއްޔާ ވެސް ވުޖޫދުގައި އޮތް އަދި ކުންފުނީގެ ލިޔުމެއްކަމަށްވާއިރު، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު މި ލިޔުން ހުށަނޭޅުނު ސަބަބެއް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައެއް ނުވެއެވެ. އަހުރެން ދެކޭގޮތުގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ވެސް ފެނަކައަށް ހުށަހެޅޭނެ، އަދި އޭރުވެސް ވުޖޫދުގައި އޮތް އެ ކުންފުނީގެ ލިޔުމަކަށްވާތީ، މި ލިޔުން ދަށު ކޯޓަށް ފެނަކައިން ހުށަހަޅާފައި ނުވަނީ އެކަށީގެންވާ ފަރުވާތެރިކަން ބަހައްޓާފައި ނުވުމުގެ ސަބަބުންނެވެ. އަދި، މި ލިޔުން އެ މަރުހަލާގައި ހުށަނޭޅުނު އެކަށީގެންވާ ސަބަބެއް ވެސް ފެނަކައަށް ބަޔާންކޮށްދެވިފައެއް ނުވެއެވެ. މި ދެންނެވުނު ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް މަދަނީ އިޖުރާއަތުގެ ގާނޫނުގެ 289 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ދެ ހާލަތު ފުރިހަމަކޮށްފައިވާކަން ފެނަކައަށ ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެހެންކަމުން، މި ލިޔުމަކީ މި މަރުހަލާގައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ލިޔުމެއް ނޫންކަމަށް ކަނޑައަޅަން ފެނެއެވެ.

ނިންމުން

31އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ފެނަކއިނަ ހުށަހެޅް އިސްތިއުނާފި ނުކުތާތަކުގެ މައްޗަށަ ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 2025-CVC-3459 ގަޒިއްޔާއ ގުޅިގެނާ އެ ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2025/2025/05-B4/IN/3459-144 "އިހްތިސާސްއާމެދ ނިންމު ގޮތް" ބާތިލކުރަންޖެހޭފަދަ ގާނޫނީ ސަބަބެއް ނެތްކަމު ށ، ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

32މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ނަންބަރު 2025-CVC-3459 ގަޒިއްޔާއ ގުޅިގެނާ އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދިއުމުގެ ވަގުތީ އަމުރަކަށް އެދި ފެނަކައިން 15 އޮގަސްޓް 2026 ދުވަހު ހުށަހަޅާފައިވީނަމަވެސް، މި މައްސަލައިގައި ގޮތެއް ކަނޑައެޅިގެންދާތީ، މި އަމުރާއިމެދު އިތުރަށް ގޮތެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ. ފެނަކައިން ހުށަހެޅި ވަގުތީ އަމުރަށްއެދޭ ފޯމު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

33މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢގު ރައުޔަށާއ ފަނޑިޔާރި ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ހުސައިނގެ ރައުޔް

34އިސްތިއުނާފީ ދެ ވަނަ އަދި ތިން ވަނަ ނުކުތާއާ ގުޅިގެން ފަނޑިޔާރު އިސްމާޢީލް ޝަފީޢު ފާހަގަކުރެއްވި ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

35ފުރަތަމަ އިސްތިއުނާފީ ނުކުތާގައި، ސިވިލް ކޯޓުގެ އިހުތިސާސްއ މެދާ ނިންމާފައިވާ ނިންމުން، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާ އަދި 50 ވަނަ މާއްދާއާ އަދި އެ ގާނޫނުގެ މަގުސަދާ ހިލާފުކަމަށް ބަޔާންކޮށްފައިވާއިރު، މި ނުކުތާއާ ގުޅިގެން ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔުގައި ފާހަގަކުރައްވާފއިވާ ފަދައިން، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގަ 42 ވަނަ މާއްދާ އާއި 50 ވަނަ މާއްދާއާ ހިލާފަށް އަމަލުކޮށްފައިވާކަން ކަނޑައެޅުމުގެ ބާރު އެ ގާނޫނުން ދީފައިވާ ފަރާތަކީ ބާ ކައުންސިލްކަމަށްވާއިރު، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާ ހިލާފަށް ސިވިލް ކޯޓުގެ ނިންމުން ނިންމާފައިވާކަމަށް ކަނޑައެޅިދާނެ ހަމައެއް ނެތެވެ.

36HN6ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ ބާރު ބާ ކައުންސިލަށް ލިބިދީފައިވީ ނަމަވެސް، ހިނގަމުންދާ ސަރިޔަތެއްގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ނުވަތަ އަދުލުއިންސާފަށް ހުރަސްއެޅި ސުވާލު އުފެދިދާނެ ކަމަށް ފެންނަ ހާލަތުގައި، ވަކީލަކު އެ ސަރިޔަތަކުން ވަކިކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ވިރާސީ ބާރެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. މިއީ ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ބާ ކައުންސިލަށް މަތިވެފައ އޮތި ބާރާ މުޅިން ތަފާތު ކަމެކެވެ. ސަރިޔަތަކުން ވަކީލަކު ވަކިކުރުމަށް ނިންމުމަކީ އެ ވަކީލަކުގެ މައްޗަށް ސުލޫކީ ކަމެއް ސާބިތުވުމެއް ނޫނެވެ. އަދި ސުލޫކާ ހިލާފުވެއްޖ ކަމަށެ ކަނޑައެޅުމެއް ވެސް ނޫނެވެ. އެއީ ސަރިޔަތުގެ ނިޒާމު ހެޔޮ ފާލުގައި ހިފެހެއްޓުމަށް އަޅާ ކޯޓުގެ އިދާރީ އިޖުރާއީ ފިޔަވަޅެކެވެ. ބާ ކ އުންސިލަށ ހުށަހަޅް ޝަކުވާއެއް މިނިވަންކަމާއެކު ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ހުރަހަކަށް ވާނެ ފިޔަވަޅެއް ނޫނެވެ.

37ސަރިޔަތަކުން ވަކީލަކު ވަކިކުރަން ނިންމުމުގައި، ހަސްމުންގެ ސިއްރު ހިމާޔަތްކުރުމުގެ މަސްލަހަތާއި، ހަސްމުން ހިޔާރުކުރާ ވަކީލުންނަށް ފުރުސަތު ދިނމުގު މަސްލަހަތާއި، މުޅި އަދުލުގެ ނިޒާމުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމުގެ މަސްލަހަތާއި މި އެންމެހައި މަސްލަހަތަށް ރިޔަތްތެރިކަނ ދޭން ޖެހެއެވެ. އެހެނީ ސަރިޔަތަކުން ވަކީލަކު ވަކިކުރެވޭނީ އެކަމަށް އެދޭ ފަރާތަށް ސާފު ހެކި ދެއްކިގެންނެވެ.

38މި މައްސަލައަށް ބަލާ އިރު، ކެންގޯގެ ވަކީލަކީ ކުރިން ފެނަކައިގެ ލީގަލް ހެޑް ކަމުގައި ވިޔަސް، ހުށަހަޅާފައިވާ ދައުވާގައި ހިމެނޭ ވަކި ހާއްސަ މުއާމަލާތުގައި ވަކީލު އަމަލީ ގޮތުން ބައިވެރިވެފައިވާކަން ނުވަތަ ގާނޫނީ ލަފާ ދީފައިވާކަން ނުވަތަ މި މުއާމަލާތް ގުޅާ ސިއްރު މައުލޫމާތެއް ވަކީލަށް ލިބިފައިވާކަމުގެ މައްޗަށް ފެނަކައަށ ހެކް ދެއްކިފައި ނެތެވެ. އަދި ހުށަހަޅާފައިވާ ދައުވާގައި މި ވަކީލުގެ ހެކިބަހަށް ކޮންމެހެން ހާޖަތްވެފައިވާ ތަނެއް ވެސް ނުދެއްކެއެވެ.

39ވީމާ ސިވިލް ކޯޓުން އިހުތިސާސްއާމެދ ނިންމު ގޮތަށި ބަދަލުގެންނަން ޖެހޭ ސަބަބެއް އަހުރެންނަށްވެސް ފާހަގައެއް ނުވެއެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

40މި ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ގަޒއްޔި އިސްތިއުނާފުކުރުމށަ ހުށަހެޅުމުގެ ހައްގު މައްސަލައިގެ ހސްމުންނަށަ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ގަޒިއްޔާގައި ހުކުމް ކުރާ ތާރހީ ނ ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރއީތްނިމުނުގޮތުގެ ރިޕޯޓު ހަސްމުންނަށް ހަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރހީކީ ޝަރއީތްނިމުނުގޮތުގެ ރިޕޯޓު . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ