މުޙައްމަދު ހޫތު ޢަލީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ލ. ގަމު މެޖިސްޓްރޭޓް ކޯޓު 659-CA/36/2026
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަދުއަޚުލާޤީ ޢަމަލެއްގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތެއް ހައްޔަރުކުރުމަށްފަހު ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރިއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން 30 ދުވަހަށް ބަންދުކުރުމަށް ނެރުނު އަމުރު ޤާނޫނާ އެއްގޮތްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ބަންދު އަމުރު ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އަކީ، ތުހުމަތުކުރެވޭ ފަރާތް އެ މާއްދާގެ (ށ) ނުވަތަ (ބ) ގެ ދަށުން ބަންދުކޮށްފައިވަނިކޮށް، އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތަކެއް ހުރެގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުރެއްޖެނަމަ ބަންދުގެ މުއްދަތު އިތުރުކުރުމާ ގުޅޭ އަކުރެކެވެ.
HN2 ހައްޔަރުކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރަށް ހާޒިރުކުރުމުން، 60 ވަނަ މާއްދާގެ (ކ) ގެ ދަށުން ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބެހެއްޓުމަށް ނިންމުމަކީ ކުށެއްގެ ތުހުމަތުގައި މީހުން ބަންދުގައި ބެހެއްޓުމަށް އެ މާއްދާގައިވާ އުޞޫލާ ޚިލާފު ކަމެކެވެ.
HN3 60 ވަނަ މާއްދާގެ (ބ) ގެ ދަށުން، ބަންދުކުރުމުގެ ސަބަބެއް އޮވެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ 59 ވަނަ މާއްދާގައިވާ ކަންކަމަށް ރިޢާޔަތްކޮށް 15 ދުވަހަށްވުރެ ދިގުނުވާ މުއްދަތަކަށް ބަންދުކުރެވިދާނެއެވެ؛ (ޅ) ގެ ދަށުން ޖިނާއީ ބޮޑު ކުށެއްގައި އެ މުއްދަތު ހަމަވުމުގެ ކުރިން ހާޒިރުކޮށް އިތުރު މުއްދަތަކަށް ބަންދުކުރެވިދާނެއެވެ؛ (ކ) ގެ ދަށުން 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭނީ ބަންދުކޮށްފައިވަނިކޮށް އެކަށީގެންވާ ހެކި ލިބިއްޖެނަމައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، އިބްރާހީމް މާހިރު، އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: އިބްރާހީމް މާހިރު، އިސްމާޢީލް ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1މިއީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 36/2026CA/-659 (06 ފެބުރުވަރީ 2026) ކޯޓު އަމުރު ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ލ.ހިތަދޫ / ނަލަހިޔާ، މުޙައްމަދު ހޫތު ޢަލީ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު ހޫތު ޢަލީ" ކަމަށް ބަޔާންކުރާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބަޔާންކުރާ) މައްޗަށެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
304 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 20:00 ހާއިރު ލ.ހިތަދޫ / ނަލަހިޔާ، މުޙައްމަދު ހޫތު ޢަލީ ގަދަކަމުން، ---------------------------------- ސައިކަލަށް އަރުވައިގެން ލ.ހިތަދޫ ޒިޔާރަތް ކައިރީ ވަލުތެރޭގައި މުޙައްމަދު ހޫތު ޢަލީ ގަދަކަމުން ----------------އާއި ބަދުއަޚުލާޤީ ޢަމަލު ހިނގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/35/2026-659 ކޯޓު އަމުރުން (05 ފެބުރުވަރީ 2026) (ހައްޔަރުކުރުމުގެ އަމުރު) މުޙައްމަދު ހޫތު ޢަލީ ހައްޔަރުކޮށްފައިވެއެވެ.
އައިޑީކާޑު ނަންބަރު A356780
4އިސްތިއުނާފުކުރ ފަރާތުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި 06 ފެބުރުވަރީ 2026 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފުކުރާ ފަރތުގާ ކުށުގެ ރިކޯޑު ނެތް ނަމަވެސް، ކުށް ކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވުމުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 30 (ތިރީސް) ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/36/2026-659 ކޯޓު އަމުރުން އަމުރުކޮށްފައިވެއެވެ.
5މި އިސްތިއުނާފީ ޤަޟިއްޔާއަކީ ލ.ހިތަދޫ / ނަލަހިޔާ، މުޙައްމަދު ހޫތު ޢަލީގެ ފަރާތުން އިސްވެ ބަޔާންކުރެވިދިޔަ ކޯޓު އަމުރު އިސްތިއުނާފުކުރުމުން ބެލެވޭ ޤަޟިއްޔާއެވެ.
އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް
6ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/36/2026-659 ކޯޓު އަމުރުން ނިންމާފައިވާ ނިންމުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި މުޙައްމަދު ހޫތު ޢަލީގެ ފަރާތުން ހުށަހަޅާފައިވަނީ 01 (އެކެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކާ މި އަމުރަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ކ) އާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށެ ބުން ހުށަހަޅާފައިވާ ނުކުތާއެކެވެ.
7އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މުޙައްމަދު ހޫތު ޢަލީގެ ފަރާތުން އިސްތިއުނފުކުރުމަށް އެދާ ހުށަހަޅާ ފޯމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
1.7. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ކ) ގައި "ބަންދުކޮށްފައި ވަނިކޮށް" މި ފަދައިން ބުނެފައި އެވަނީ، ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އޭނާ ހައްޔަރުގައި ހުންނަ ހުރުމާއި ޚިލާފަށް، ފުރަތަމަ 24 ގަޑިއިރަށް ފަހުގައި، ފުރަތަމަ ފަހަރަށް ނުވަތަ އޭގެ ފަހުންވެސް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވި، މުއްތަހަމު ބަންދުކުރެވޭ ކުރެވުމަށްކަމަށާއ އެއި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ނުވަތަ އޭގެ ކުރނި ހައްޔަރުކުރެވުނުއިރު ލިބިފައިނުވާ އައު ހެކި، ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވި ބަންދުކުރެވިފައިވާ މުއްދަތުގެ ތެރޭގައި ތަޙްޤީޤަށް ލިބުމަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.
2.7. މި މައްސަލާގައި އިސްތިއުނާފުކުރާފަރާތް 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން ކަމުގައިވާއިރު މިއީ ހައްޔަރުކުރުމަށްފަހު ފުރަތަމަ ފަހަރަށް ފަނޑިޔާރުގެ ކުރިމައްޗަށް ޙާޟިރުކުރެވި، ހައްޔަރު އަދި ބަންދާމެދު ގޮތެއް ކަނޑައެޅުނު ފަހަރުކަމުގައިވާތީ އެފަރާތް ބަންދުކުރުމަށް އަމުރުކޮށްފައިވަނ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ޚިލާފަށްކަމަށް އެފަރާތުން ބަޔާންކުރެއެވެ.
3.7. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/66,68 ޤަޟިއްޔާގެ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ތަފާތު އަކުރުތަކުގައި ހެކީގެ މިންގަނޑު ތަފާތުކޮށް ކަނޑައަޅާފައިވާކަމަށާއި އަދި ބަންދުގެ މުއްދަތު ބިނާވެގެންދާނީ ހެކީ އެ މިންގަނޑުގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާކަމަށް އިސްތިއުނާފުކުރާފަރާތުން ބަޔާންކުރެއެވެ.
އިސްތިއުނާފުކުރާފަރާތުން އެދޭގޮތް
8މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން އެދެނީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ބަންދު އަމުރު އެކޯޓުން ނެރެފައިވަނީ އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީ ލިއްބައިދީފައިވ އަސާސާ ޙައްޤުތަކަށް އުނިކަން ގެނުވާނޭ ބީދާއިން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައިދެއްވައި، ބުނެވިދިޔަ ކޯޓު އަމުރު ބާޠިލްކޮށްދެއްވައި، އަދި އެ އަމުރުގެ ދަށުން ބަންދުކުރެވިފައިވާ އިސްތިއުނާފުކުރާ ފަރާތް މިނިވަންކޮށް ބަންދުން ދޫކޮށްލުމަށް އަމުރުކޮށް މައްސަލަ ނިންމައިދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
9އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ މައިގަނޑު ވާހަކަތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
1.9. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައވި ފަދައިން، އިސްތިއުނާފުކުރާ ފަރާތް ބަންދުކުރުމަށް އެދިފައިވަނީ އަދި ކޯޓުން އިސްތިއުނާފުރައްދުވ ފަރާތާ ބަންދުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުންކަމާއި، ޖިނާއީ އިޖުރާއަތުގެ 60 ވަނަ މާއްދާއަށް ބެލުމުން، ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ބާއްވާ ފުރަތަމަ އަޑުއެހުމުގައި މީހަކު ބަންދުކުރާނަމަ، ބަންދުކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާހެ (ށ) ނުވަތަ އެ މާއްދާގެ (ބ) ގެ ދަށުންކަމުގައިވާތީ، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އާ ޙަވާލާދީ ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.
އިސްތިއުނާފރައްދުވު ފަރާތުން އެދޭގޮތް
10މި މައްސަލާގައި އިސްތިއުނާފުރައްދުވާ ފަރާތުން އެދެނީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/36/2026-659 އަމުރު ބާޠިލްކޮށްދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް
11HN3ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ )ބ)، (ޅ( އަދި (ކ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައިވިޔަސް، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެފައި، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، މި ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއިން ބޭނުންނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފނޑިޔާރެއްގަ ކުރިމައްޗަށް ހާޒިރުކުރުމުން، އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އޭނާއާ އެކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ކ) މި މާއްދާގެ (ޅ) އެހެން އޮތްނަމަވެސް، އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު، ފަނޑިޔާރަށް ލިބިގެންވެއެވެ .
12HN2އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރެވިފައިވަނީ 05 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 22:56 ގައިކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު INRPT/2026/0048389 ހާދިސާ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފުކުރާ ފަރާތް ހައްޔަރުކުރުމަށްފަހު ހޭދަވި 24 ގަނޑިއިރުތެރޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން 30 ދުވަހުގެ މުއްދަތަށް އެފަރާތް ބަންދުކުރުމަށް އަމުރުކޮށްފައިވާކަން އެނގެންއޮވެއެވެ.
13HN1ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އަކީ ތުހުމަތުކުރެވޭ ފަރާތް، އެމާއްދާގެ (ށ) ނުވަތަ (ބ) ގެ ދަށުން ބަންދުކޮށްފައިވަނިކޮށް، އެފަރާތް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތަކެއް ހުރެގެން ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކުރުމުން، އެފަރާތުގެ މައްޗަށް ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުރެއްޖެނަމަ އެފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރުމާގުޅޭ އަކުރެއްކަމަށް ވާއިރު، އިސްތިއުނާފުކުރާފަރާތގު ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ހޟާރުކުރެވމުން، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ ކުށެއްގެ ތުހުމަތުގައި މީހުން ބަންދުގައި ބެހެއްޓުމަށް އެމާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށްކަމަށް ފެނެއެވެ. ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/36/2026-659 (06 ފެބުރުވަރީ 2026) ކޯޓު އަމުރު މައްސަލަ ނިންމަން ފެންނަގޮތް
14އެހެންކަމުން، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/36/2026-659 (06 ފެބުރުވަރީ 2026) ކޯޓު އަމުރު ނެރެފައިވަނީ، ޖިނާއީ އިޖރާޢަތުގު ޤާނޫނެ ޚިލާފަށާ ކަމަށްވާތީ، އެ އަމުރު ބާޠިލުކުރަން ފެނެއެވެ.
ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު
15ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު
16ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ (60 (ބ) ގައި ޙަވާލާދީފައި)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.