ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2008/SC-A/06ސުޕްރީމް ކޯޓު · 13 ޖުލައި 2009 · މަދަނީ – ފައިސާ ހޯދުން (އިންޖީނު މަރާމާތުގެ އުޖޫރަ)

ޢަބްދުލްޙަކީމް މުޙައްމަދު ވ. އިބްރާހީމް ޢުޘްމާން

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 ޖުލައި 2009ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ހައިކޯޓުން (2006/HC-A/223) ރަށު އޮފީހުން ދޫކުރި ލިޔުމަކަށާއި ޒީ އިންޖިނިއަރިންގެ ބިލަށް ރިޢާޔަތްކޮށް، ދަޢުވާލިބުނު ފަރާތުގެ މައްޗަށް ޙުކުމްކުރިއެވެ. ދަށު ކޯޓުގެ ނިންމުން ލިޔުމުގައި ނެތެވެ.
ވާޤިޢާ
އިންޖީނަކަށް ލިބުނު ގެއްލުން މަރާމާތުކުރުމުގެ ޚަރަދާ ގުޅިގެން ފައިސާ ހޯދުމުގެ މައްސަލައެކެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަސްމީ އޮފީހެއްގެ ލިޔުމަކާއި، މަރާމާތު ކުރި ފަރާތެއްގެ ބިލަކަށް ހައިކޯޓުން ރިޢާޔަތްކުރުމަކީ ރަނގަޅު ނޫން ކަމެއްތޯ؛ މަރާމާތުކުރި ފަރާތުގެ މަސައްކަތް ރަޖިސްޓްރީ ނުކޮށް އޮތުމުން ބިލާއި އުޖޫރަ ނަފީވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތް ބުނީ، ރަށު އޮފީހުން ފަހުން ފޮނުވި ސިޓީއެއްގައި އެ ލިޔުމާއި ލިޔެކިއުންތައް ނުފެންނަ ކަމަށް ބުނެފައިވާތީ ލިޔުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭ ކަމަށާއި، ބިލުގައި ފައިސާ ލިބުނު ތާރީޚު ނެތް ކަމަށާއި، ޒީ އިންޖިނިއަރިންގ ރަޖިސްޓްރީކުރެވިފައިވާ މަސައްކަތެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ލިޔުމަކީ ރަސްމީ ލިޔުމެއްކަން ނަފީކުރާނެ ހެއްކެއް ނުދައްކައެވެ؛ ބިލް ޞައްޙަ ކަމަށް ކަނޑައެޅީ ހެކިތަކާއި ޤަރީނާތަކަށް ބުރަވެގެންނެވެ؛ މަރާމާތު ކުރިކަމާއި އުޖޫރަ ސާބިތުވާއިރު، މަސައްކަތް ރަޖިސްޓްރީ ނުކުރުމަކީ އެކަންކަން ނަފީކުރާ ހެއްކެއް ނޫނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2006/HC-A/223
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އޮފީހަކުން ދޫކުރި ލިޔުމަކީ އެ އޮފީހުގެ ރަސްމީ ލިޔުމެއްކަން ފެންނަން އޮތް އިރު، ފެންނަން އޮތް އެ ޙަޤީޤަތް ނަފީކުރެވޭފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް ދެއްކިފައި ނުވާނަމަ، އެ ލިޔުމަށް ރިޢާޔަތްކޮށް ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމަށް ކަނޑައަޅާނެ ތަނެއް ނެތެވެ.

ބިލަކީ ޞައްޙަ ލިޔުމެއް ކަމަށް ކަނޑައަޅާފައިވަނީ އެބިލް ޞައްޙަކަމަށް ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބުރަވެގެން ކަމަށްވާއިރު، އެހެކިތަކާއި ޤަރީނާތައް މުގުރާލެވޭފަދަ ހެކިތަކާއި ޤަރީނާ ދެއްކިފައި ނުވާނަމަ، އެ ކަނޑައެޅުން ރަނގަޅު ނޫންކަމަށް ކަނޑައަޅާނެ ތަނެއް ނެތެވެ.

މަރާމާތު ކުރި ފަނީ ފަރާތާއި، މަރާމާތު ކުރުމަށް ދެއްކި އަގުގެ މިންވަރަކީ އެފަރާތުން ކަނޑައެޅި އުޖޫރަކަން ޝަރީޢަތަށް ސާބިތުވާ މިންވަރަކަށް ހެކިތައް ދެއްކިފައިވާއިރު، މަރާމާތުކުރި ފަރާތުގެ މަސައްކަތް ރަޖިސްޓްރީ ނުކޮށް އޮތްނަމަ، އެކަމަކީ އޭގެ ޒާތުގައި އެފަރާތުން މަރާމާތުކުރުމާއި މަރާމާތުކުރުމަށް އެފަރާތުން ހޯދި އުޖޫރަ ނަފީކުރެވިދާފަދަ ހެއްކެއް ނޫނެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ)

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ސަޢީދު، ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް
ރިޔާސަތު
ޢަބްދުﷲ ސަޢީދު
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މައްސަލައިގެ ޚުލާޞާ

މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 223/HC-A/2006 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ދެކިގެން އެމައްސަލައިގައި ދަޢުވާލިބޭ ފަރާތްކަމަށްވާ […] ޢަބްދުލްޙަކީމް މުޙައްމަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިލްތިމާސް ކުރި މައްސަލައެވެ. މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޮގަސްޓު 7 ވީ ބުރާސްފަތި ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގައިވާގޮތުގެ މަތިންނެވެ.

މިމައްސަލައަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/223 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ދެކޭ ސަބަބުތަކެއްކަމަށް ހުށަހަޅާފައިވަނީ ތިންސަބަބެއްކަމާއި އެތިން ސަބަބުގެ ތެރެއިން ފުރަތަމަ ސަބަބަކީ […] އޮފީހުން 03 އޮކްޓޯބަރު 2006 ގައި ދޫކޮށްފައިވާ ލިއުމަކަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާއިރު ހަމަ އެއޮފީހުން އެއޮފީހުގެ ނަންބަރު B-MZ/95/2007/123 (09 ޑިސެމްބަރު 2007) ގެ ސިޓީއިން އިސްވެބުނެވުނު ލިއުމާއި އަދި މައްސަލައިގެ ހާދިސާ ހިނގާދިޔަ ގޮތާބެހޭ ލިޔެކިއުންތައް އެއޮފީހުގައި ފެންނަން ނެތްކަމަށް އަންގާފައިވުމުން ބަނޑިދޫ އޮފީހުގެ ލިއުމުގެ ޞައްޙަކަމާމެދު ސުވާލުއުފެދޭކަމަށް ހައިކޯޓުން ބަލާފައި ނެތުންކަމާއި ދެވަނަ ސަބަބަކީ މިމައްސަލައާއި ގުޅިގެން ޒީ އިންޖިނިއަރިންގެ ބިލަކީ ޞައްޙަ ބިލެއްކަމަށް ހައިކޯޓުން ބަލާފައިވާއިރު ފައިސާ ލިބުނު ތާރީޚު ޖަހާފައިނެތުންކަމާއި ތިންވަނަ ސަބަބަކީ ޒީ އިންޖިނިއަރިންގއަކީ ރަޖިސްޓަރީ ކުރެވިފައިވާ މަސައްކަތަކަށް ނުވާއިރު އެކަމަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވުންކަން އެނގެން އޮންނަ އޮތުމެވެ.

ދެވަނަކަމަކީ ހައިކޯޓުގެ ޙުކުމް ރަނގަޅު ނޫންކަމަށް ފާހަގަ ކުރި ސަބަބަބުތަކަށް ބަލާއިރު، ދ.ބަނޑިދޫ އޮފީހުން ދޫކުރި ލިޔުމަކީ އެ އޮފީހުގެ ރަސްމީ ލިޔުމެއްކަން ފެންނަން އޮތް އިރު، ފެންނަން އޮތް އެ ޙަޤީޤަތް ނަފީކުރެވޭފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް ދެއްކިފައި ނުވާކަން އެނގޭކަމާއި ޒީ އިންޖިނިއަރިންގެ ބިލަކީ ޞައްޙަ ލިޔުމެއް ކަމަށް ކަނޑައަޅާފައިވަނީ އެބިލް ޞައްޙަކަމަށް ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބުރަވެގެންކަން އެނގެން އޮންނައިރު އެހެކިތަކާއި ޤަރީނާތައް މުގުރާލެވޭފަދަ ހެކިތަކާއި ޤަރީނާ ދެއްކިފައި ނުވާކަމާއި އިންޖީނަށް ލިބިފައިވާ ގެއްލުން މަރާމާތުކުރި ފަންނީ ފަރާތަކީ ޒީ އިންޖިނިއަރިންއޭ ކިޔާފަރާތެއްކަމާއި މަރާމާތު ކުރަން ހަވާލު ކުރި ފަރާތް ޤަބޫލު ކުރާފެންވަރަކަށް މަރާމާތު ކުރީ އެފަރާތުންކަމާއި މަރާމާތު ކުރުމަށް ދެއްކި އަގުގެ މިންވަރަކީ އެފަރާތުން ކަނޑައެޅި އުޖޫރަކަން އެނގެން އޮތް ކަން ޝަރީއަތަށް ސާބިތުވާ މިންވަރަކަށް ހެކިތައް ދެއްކިފައިވާއިރު އިންޖީނު މަރާމާތު ކުރިފަރާތުގެ މަސައްކަތް ރަޖިސްޓްރީ ނުކޮށް އޮތްނަމަ އެކަމަކީ އޭގެ ޒާތުގައި އެފަރާތުން އިންޖީން މަރާމާތުކުރުމާއި މަރާމާތުކުރުމަށް އެފަރާތުން ހޯދި އުޖޫރަ ނަފީކުރެވިދާފަދަ ހެއްކެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް

އިސް ވެ ބަޔާންކުރި ސަބަބުތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/223 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމަށް ކަނޑައަޅާނެ ތަނެއް ނެތުމާއެކު މިމައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/223 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުން:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ