—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/17
ދަޢުވާކުރާ ފަރާތް: އިބްރާހިމް ޤާސިމް
ދަޢުވާ ލިބޭ ފަރާތް: ---
މައްސަލައިގެ ބާވަތް: ޢުމުރު ސާފުކުރުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 12 މެއި 2009
ނިމުނު ތާރީޚް: 06 ޖުލައި 2009
މައްސަލަ ނިންމި ގަޑި: 14:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2008/HC-A/166
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 05 ޖޫން 2008
ނިމުނު ތާރީޚް: 16 ފެބްރުއަރީ 2009
މައްސަލައިގެ ޚުލާޞާ
މިމައްސަލައަކީ އިބްރާހިމް ޤާސިމް އޭނާގެ އައިޑީ ކާޑާއި އަދި އުފަންދުވަހުގެ ސެޓްފިކެޓްގައިވާ އޭނާގެ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއްކަމަށް ބުނެ ޢުމުރު ސާފުކުރުމަށްޓަކައި އޭނާ ހއ. ތަކަންދޫ ކޯޓަށް ހުށަހެޅުމުން އެކޯޓުން އިބްރާހިމް ޤާސިމްގެ އުފަން ތާރީޚަކީ 4 ސެޕްޓެމްބަރ 1947 ކަމުގައި އެކޯޓުން ކަނޑައަޅައި ނިންމެން ނެތްކަމަށް ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ދެކިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުގެ ނަންބަރު 2008/HC-A/166 ޤަޟިއްޔާއިން ހއ.ތަކަންދޫ ކޯޓުގެ ނަންބަރު 05/A-13-C/2008 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދު ކުރި ޙުކުމް ރަނގަޅު ނޫންކަމަށް ދެކިގެން އިލްތިމާސް ކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ.
މި މައްސަލައަށް ޤާނޫނީ އަދި ޝަރުޢީ ނަޒަރަކުން ބެލި ބެލުމުން ތިރީގައިވާ ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
ފުރަތަމަކަމަކީ މިއީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިބްރާހިމް ޤާސިމްގެ އުމުރު ކަނޑައަޅައި ދޫކޮށްފައިވާ ރަސްމީ ލިޔުން ޠަޢުނުކޮށް ދަށުކޯޓާއި ހައިކޯޓުގައި ޝަރީޢަތް ހިންގާފައިވާ މައްސަލައެއްކަން އެނގޭކަމާއި މިމައްސަލައިގެ ޝަރީއަތް މިއިން އެއްވެސް ކޯޓެއްގައި ހިންގިއިރު ދަޢުވާލިބޭ ފަރާތެއް ކަނޑައެޅި އެފަރާތް ޤަޟިއްޔާގައި ހިމެނިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
ދެވަނަކަމަކީ ދަޢުވާއެއް ޝަރުޢީ ކޯޓެއްގައި ހިންގަންވާނީ އެދަޢުވާގައި ދައުވާ ލިބޭފަރާތް ހިމަނައިގެންކަމާއި ދަޢުވާގައި ހިމެނޭ ދެފަރާތުގެ ޚަޞްމުން ޙާޟިރުކޮށް އެޚަޞްމުން ދަޢުވާއާމެދު ބުނާއެއްޗެއްގެ އަޑުއެހުން ބާއްވަންވާނެކަން އެނގެން އޮންނަކަމެވެ.
ތިންވަނަ ކަމަކީ ދައުލަތުގެ ތަންފީޒީ އިދާރާއަކުން ނިންމާ ނިންމުމެއް ބާޠިލުކުރުމަށް އެދި ކޯޓަށް ހުށަހަޅާ ދަޢުވާއެއްގެ ޝަރީޢަތް ހިންގަންވާނީ އެއިދާރާއެއް ޝަރީއަތުގެ މަޖިލީހުގައި ތަމްސީލުކުރާ ފަރާތެއް ކަނޑައެޅި އެފަރާތަށް ދަޢުވާލިބޭގޮތަށްކަމާއި އަދި ދަޢުވާއަށް ޖަވާބުދާރީވާން އެފަރާތަށް ފުރުޞަތު ދެވިގެން ކަން އެނގެން އޮންނަ އޮތުމެވެ.
ހަތަރުވަނަކަމަކީ މިމައްސަލައިގައި އިބްރާހިމް ޤާސިމްގެ އުމުރުކަނޑައަޅައި ރަސްމީލިޔުން ދިނުމުގެ ނިންމުން ނިންމި އިދާރާއިން އެނިންމުން ނިންމުމުގައި ގޯހެއް ހެދިފައިވާކަމަށް ޝަރީޢަތުގައި އިޢުތިރާފެއްވެއްޖެ ހިނދެއްގައި ދަޢުވާ ކުރާފަރާތަށް ލިބިދާނެ ޙައްޤެއް ޙިމާޔަތްވުމަށް އޮންނަ ފުރުޞަތު ދަޢުވާލިބޭ ފަރާތް ޙާޟިރުނުކޮށް މައްސަލަ ހިންގުމުން ދަޢުވާކުރާފަރާތަށް ގެއްލޭކަން ފާހަގަކުރެވިފައި ވުމެވެ.
ފަސްވަނަކަމަކީ، މިއީ ދައުލަތުގެ ތަންފީޒީ ބާރުގައި ހިމެނޭ އިދާރާއަކުން އިބްރާހިމް ޤާސިމްގެ އުމުރު ކަނޑައަޅާފައިވާ އިދާރީ ނިންމުން ޠަޢުނުކުރެވޭ މައްސަލައަކަށް ވުމުން މި އިދާރީ ނިންމުން ޤާނޫނީ ގޮތުން ސައްހަކަން ނުވަތަ ނޫންކަން ޝަރީޢަތުން ބެލުމުގައި މި ނިންމުން ނިންމި އިދާރާ ޖަވާބުދާރީ ކުރެވެންވާނެކަން އެނގެން އޮންނަކަމާއި އިދާރީ ނިންމުމެއް އެއީ މީހެއްގެ އުމުރު ކަނޑައަޅަން ނިންމާ ނިންމުމެއް ނުވަތަ އެނޫން ނިންމުމެއްކަމަށް ވިޔަސް އެޤަރާރު ނުވަތަ އެނިންމުން ސައްހަކަމަށް ޝަރުޢީ ކޯޓަކަށް ކަނޑައެޅޭނީ އެނިންމުމަކީ ޤާނޫނާ އެއްގޮތްވާ ނިންމުމެއްކަން ކަނޑައެޅިގެންކަމާއި އެގޮތުން ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެނިންމުން ނިންމީ އެނިންމުން ނިންމުގެ އިޚްތިޞާޞް ޤާނޫނީ ގޮތުން އޮތް ފަރާތަކުންތޯއާއި އެނިންމުން ނިންމުމުގައި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެއިދާރާ އިޖުރާއީގޮތުންނާއި ޝަކްލީގޮތުން ތަބާވުން ލާޒިމްކޮށްފައިވާ ކަންތައްތަކަށް ތަބާވެފައިވޭތޯއާއި އެނިންމުމަކީ އެނިންމުން ނިންމި އިރު ޢަމަލުކުރެވޭ އެއްވެސް ޤާނޫނަކާ ޚިލާފުވާ ނިންމުމެއްތޯއާއި އެނިންމުން ނިންމުމުގައި ބާރުގެ ބޭނުން ނުރަނގަޅުގޮތުގައި ނުވަތަ ނާޖާއިޒުގޮތުގައި ބޭނުންކޮށް ޤާނޫނީ ގޮތުން އެމަޤުސަދަކަށްޓަކައި އެނިންމުން އޮންނަންޖެހޭ އިންތަކުން އެނިންމުން ބޭރުވެފައިވޭތޯއާއި އެނިންމުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް ކަމަށްވާނަމަ އެ ޙަޤީޤަތް އެގޮތަށް ހުރިތޯއާއި އަދި ނިންމުން ބިނާކުރި ޤާނޫނީ ސަބަބުތައް ސައްހަކަން ނުވަތަ ނޫންކަން ބެލުން ހިމެނޭކަން އެނގެން އޮންނަ އޮތުމުން އިދާރީ ނިންމުމެއް ބާޠިލުކުރަން އެދި ޠަޢުނުކޮށް ހުށަހަޅާ މައްސަލައެއްގައި އެނިންމުން ޤާނޫނީ ގޮތުން ރަނގަޅުކަން ނުވަތަ ނޫންކަން ޝަރީޢަތުން ކަނޑައެޅުމަށްޓަކައި ދަޢުވާގައި ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތް ހިމެނެން ވާނެކަން ފާހަގަކުރެވިފައިވުމެވެ.
ޙުކުމް:
އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން އިބްރާހިމް ޤާސިމް އޭނާގެ އައިޑީ ކާޑާއި އުފަންދުވަހުގެ ސެޓްފިކެޓުގައިވާ އޭނާގެ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއްކަމަށް ބުނެ ޢުމުރު ސާބިތުކުރުމަށް ހއ. ތަކަންދޫ ކޯޓަށް ހުށަހެޅި މައްސަލައަކީ ދައުލަތުގެ ތަންފީޒީ ބާރުގައި ހިމެނޭ އިދާރާއެއްގެ ނިންމުން ޠަޢުނުކޮށް ހުށަހަޅާފައިވާ ދަޢުވާއަކަށްވެފައި މިދަޢުވާގެ ޝަރީއަތް ހިންގާފައިވަނީ ދަޢުވާލިބޭ ފަރާތް ނުހިމަނާކަން އެނގެން އޮންނާތީ ހއ. ތަކަންދޫ ކޯޓުގެ ނަންބަރު 05/A-13-C/2008 ޤަޟިއްޔާގެ ޙުކުމާއި އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2008/HC-A/166 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މިމައްސަލައިގައި ހިމެނޭ ދެފަރާތް ހިމަނައިގެން ދަށު ކޯޓުން އަލުން މިމައްސަލަ ބަލަންޖެހޭ ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މައްސަލަ ބެލި ފަނޑިޔާރުން:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖްތާޒް ފަހުމީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.