—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2010/SC-A/12
ދަޢުވާކުރާ ފަރާތް: ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް. ޑީ. އެން. ބީ. އެޗް. ޑީ
ދަޢުވާލިބޭ ފަރާތް: ހްވަންގ ޖައި ވޫ
(މާބްލް ގެސްޓް ހައުސް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 01 އޭޕްރީލް 2010
ނިމުނު ތާރީޚް: 09 ޖޫން 2011
މައްސަލަ ނިންމި ގަޑި: 10:50
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/37
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 17 ފެބްރުއަރީ 2009
ނިމުނު ތާރީޚް: 15 މާރޗް 2010
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/37 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، ސައުތު ކޮރެޔާގެ ރައްޔިތެއްކަމަށްވާ މރ.ހްވަންގ ޖައި ވޫ /ޖުކް-ޖިއޯން 1 ޑުންގ (ސައުތު ކޮރެޔާ) އަށް ދަޢުވާލިބޭ ގޮތަށް ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމުން ބަލާފައިވާ މައްސަލައެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލައިގައި ދަޢުވާކުރާ ފަރާތްކަމުގައިވާ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ)ގެ ފަރާތުންނާއި ދަޢުވާލިބޭ ފަރާތްކަމުގައިވާ މރ.ހްވަންގ ޖައި ވޫ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/37 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި މިމައްސަލައާ ގުޅުންހުރި ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި ޤަވާޢިދުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ ރާއްޖެއިންބޭރުގެ ކުންފުންޏަކުން ދިވެހިރާއްޖޭގައި ވިޔާފާރީގެ މުޢާމަލާތެއް ކުރާނަމަ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން އެކުންފުންޏެއް، ދިވެހިރާއްޖޭގައި ރީ ރަޖިސްޓްރީ ކުރަންޖެހޭކަމާއި ރާއްޖެއިންބޭރުގެ ކުންފުންޏެއް، ދިވެހިރާއްޖޭގައި ވިޔަފާރީގެ މުޢާމަލާތްކުރާ ބޭރުގެ ކުންފުންޏެއްގެ ގޮތުގައި ރީ ރަޖިސްޓްރީ ކުރުމަށްފަހު، އެކުންފުންޏަކުން ދިވެހިރާއްޖޭގައި ކުރާ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތީން އެކުންފުންޏަކާމެދު ފިޔަވަޅު އެޅޭނެކަމާއި ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އަކީ ކަނޑޫމާ ރިސޯޓުގެ ކޮންޓްރެކްޓަރގެ ގޮތުގައި ރާއްޖޭގައި ރީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއްކަމުގައި ވާހިނދު، އެކުންފުނިން ކަނޑޫމާ ރިސޯޓުގެ ޕްރޮޖެކްޓުގެ މަސައްކަތް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރާރު އޮފް ކޮމްޕެނީޒަށް ހުށަހަޅަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށްވާއިރު، އެކުންފުނިން ހުށަހަޅާފައިވާ ބައެއް ލިޔުންތަކުން އެނގޭގޮތުގައި ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ރެޕްރެޒެންޓެޓިވްގެ ގޮތުގައި ކަނޑޫމާ ރިސޯޓުގެ ޕްރޮޖެކްޓުގެ މަސައްކަތުގައި ހްވަންގ ޖައި ވޫ ހަރަކާތްތެރިވެފައިވާކަމާއި އެކަން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާފައިވާ، 3 މެއި 2007 ގެ ސުންޖިން އިންޖިނިއަރިންގ (މެލޭޝިއާ)ގެ ބޯޑު ރިޒޮލިޔުޝަނުން އެނގޭކަމާއި އެ މުއްދަތުން ފެށިގެން ވަޒީފާއިން ވަކިކުރުމާ ހަމައަށް، ހްވަންގ ޖައި ވޫ ރާއްޖޭގައި މަސައްކަތް ކޮށްފައި ވަނީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ އިސްވެރިއެއްގެ ހައިސިއްޔަތުންކަން، އޭރުގެ މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑަށް ހުށަހަޅާފައިވާ ބައެއް ލިޔުންތަކުން އެނގެން އޮތުމުން، ރާއްޖޭގައި ރީ ރަޖިސްޓްރީކުރެވުނު ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ މުވައްޒަފެއްގެ ގޮތުގައި ހްވަންގ ޖައި ވޫ ދިވެހިރާއްޖޭގައި މަސައްކަތްކޮށްފައިވާކަން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ މރ. ހްވަންގ ޖައި ވޫ ރާއްޖޭގައި މަސައްކަތް ކޮށްފައި ވަނީ ކަނޑޫމާ ރިސޯޓުގެ ޕްރޮޖެކްޓު މެނޭޖަރުގެ ހައިސިއްޔަތުންކަމަށްވެފައި އެ ޕްރޮޖެކްޓުގައި އޭނާ މަސައްކަތް ކޮށްފައި ވަނީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ މުވައްޒިފެއްގެ ގޮތުގައިކަން ލިޔުންތަކުން ހާމަވާކަމާއި ރާއްޖޭގައި ހުވަންގ ޖައި ވޫ މަސައްކަތް ކުރުމަށް ވާރކް ޕާރމިޓް ހައްދާފައި ވަނީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ މުވައްޒިފެއްގެ ގޮތުގައި ކަމާއި ދިވެހިރާއްޖޭގައި މަސައްކަތް ކުރުމަށް ދެވޭ ވާރކް ވިޒާއަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް ވަޒީފާދޭފަރާތާއި ވަޒީފާއަދާކުރާފަރާތާ ދެމެދު ވެވޭ ވަޒީފާ އެއްބަސްވުމެއް އޮތުމަށްފަހު، ވަޒީފާއެއްބަސްވުމުގެ މުއްދަތަށް ދޫކުރެވޭ ވިޒާއެއްކަމާއި ވާރކް ވިޒާ ލިބުމަށްފަހު ބިދޭސީއަކަށް ރާއްޖޭގައި މަސައްކަތް ކުރެވޭނީ އެ ބިދޭސީއަކު މަސައްކަތް ކުރުމަށް ވަޒީފާ ދިންފަރާތުގެ ގޮތުގައި އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުގައިވާ ގޮތުގެ މަތިން ވަޒީފާ ދިންފަރާތުގެ ގޮތުގައި ކަމާބެހޭ އޮފީސްތަކުގައި ރަޖިސްޓްރީ ކުރެވިގެންކަމަށްވާތީ، އެފަރާތަކީ އެބިދޭސީއަކަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވަޒީފަދިންފަރާތް ކަމުގައި ބަލަމުން އަންނަކަމެވެ.
(ނ) ތިންވަނަކަމަކީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ރިޒޮލިޔުޝަނަކުން 22 ޖެނުއަރީ 2008 ގައި އެކުންފުނީގެ ރެޕްރެޒެންޓެޓިވްގެ މަޤާމުން ހްވަންގ ޖައި ވޫ ވަކިކޮށްފައިވާކަމަށް 03 ފެބްރުއަރީ 2008 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހްވަންގ ޖައިވޫ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާކަމާއި އެ ސިޓީން ދަލީލު ކޮށްދޭ އެއްކަމަކީ، އެކުންފުނީގެ ރެޕްރެޒެންޓެޓިވްގެ މަޤާމުން ހްވަންގ ޖައި ވޫ ވަކިކޮށްފައިވާކަމަށް އެ ސިޓީގައި ބުނެފައިވާ ތާރީޚާހަމަޔަށް އޭނާ ހުރީ އެކުންފުނީގެ މަޤާމެއްގައިކަމާއި ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އިން އެކިފަރާތްތަކާއެކު ރާއްޖޭގައި ކޮށްފައިވާ މުޢާމަލާތްތަކުގައި އެކުންފުނީގެ ފަރާތުން ކަންކަން ނިންމުމުގެ ބާރުވެރިއެއްގެ ގޮތުގައި ހްވަންގ ޖައި ވޫ މަސައްކަތް ކޮށްފައިވާކަމުގެ ހެކި ލިބޭހިނދު، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ މަޤާމެއްގައި ހުރެގެން އެކުންފުނި ތަމްސީލު ކުރުމުގެ އިސްފަރާތެއްގެ ގޮތުގައި ރާއްޖޭގައި ހްވަންގ ޖައި ވޫ ހަރަކާތްތެރި ވެފައިވަނީ ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނާގެ ދަށުންކަމާއި ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ފަރާތުން ރާއްޖޭގައި ހިންގި ޕްރޮޖެކްޓްތަކުގައި ސަރުކާރުގެ އެކިއެކި އިދާރާތަކުގައި އެކުންފުނީގެ ފަރާތުން މުޢާމަލާތްކޮށްފައި ވަނީ މރ. ހްވަންގ ޖައި ވޫ ކަމާއި އެގޮތުން ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ހޯދާފައިވާ ވޯރކްޕާމިޓްގައި ހްވަންގ ޖައި ވޫ އަށް ވަޒީފާ ދިންފަރާތަކީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ކަމަށް ލިޔެފައިވާކަމާއި އެހެންކަމުން ކޮންޓްރެކްޓުގެ ޢާއްމު އުޞޫލުތަކަށް ރިޢާޔަތްކުރާއިރުވެސް ވަޒީފާދިންފަރާތާއި ވަޒީފާއަދާކުރާފަރާތާ ދެމެދު އޮންނަ ވަޒީފާއެއްބަސްވުމުގެ ގުޅުން، އެދެފަރާތް ދެމެދުގައި މުޢާމަލާތްކޮށްފައިވާ އެހެނިހެން ލިޔުންތަކުންވެސް ސާބިތުވެއްޖެނަމަ، އެދެފަރާތް ދެމެދުގައި އޮތް ވަޒީފާގެ ގުޅުން ސާބިތުވާނެކަމެވެ.
(ރ) ހަތަރުވަނަކަމަކީ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ފަރާތުން ދަށުކޯޓަށް (ކުރީގެ މަދަނީކޯޓަށް) ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން ހުރިގޮތުގައި އެ ކުންފުންޏާއި ހްވަންގ ޖައި ވޫ އާ ދެމެދު ވަޒީފާ އެއްބަސްވުމެއް އޮތްކަމަށް ބުނެފައިހުރި ވާހަކަތަކުގެ އިތުރުން ކަނޑޫމާ ރިސޯޓް ތަރައްޤީކުރުމަށް ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ފަރާތުން ހިންގި ޕްރޮޖެކްޓުގައި މަސައްކަތް ކުރަމުންދިޔަ ހްވަންގ ޖައި ވޫ އެ ކުންފުނީގެ ވަޒީފާއިން، މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާކަމަށް 06 ފެބްރުއަރީ 2008 ގައި ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ފަރާތުން ނެރެފައިވާ ޕަބްލިކް އެނައުންސްމެންޓްގައި ބުނެފައިވާކަމާއި އެހެންނަމަވެސް އެމައްސަލަ ހްވަންގ ޖައި ވޫ ގެ މައްޗަށް ސާބިތުވެފައިނުވާކަންހައިކޯޓަށް ހުށަހެޅި ލިޔުމުން އެނގެން އޮތުމާއެކު، އެކުންފުނީގެ ވަޒީފާއިން ހްވަންގ ޖައި ވޫ ވަކިކޮށްފައި ވަނީ އޭރު ޢަމަލުކުރަމުން ގޮސްފައިވާ ވަޒީފާއާބެހޭ ޤަވާޢިދާ އެއްގޮތަށްކަމަށް ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ފަރާތުން ބުނެފައި އޮތްކަމުގައި ވިއަސް އެކަން ސާބިތުކޮށްދީފައި ނުވާކަން ހައިކޯޓުގެ ޤަޟިއްޔާއިން އެނގޭކަމެވެ.
ޙުކުމް:
ދެންފަހެ، އިސްވެބަޔާންކުރެވުނު ޤާނޫނީ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެ މައްޗަށް ސައުތުކޮރެޔާގެ ރައްޔިތެއްކަމަށްވާ ހްވަންގ ޖައި ވޫ (Hwang Jae Woo) ކުރި ދަޢުވާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ނަންބަރު 2009/HC-A/37 ޤަޟިއްޔާއިން އެ އެމައްސަލަ ބައްލަވައި ނިންމަވައިފައިވަނީ ރަނގަޅަށްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/37 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
ަ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.