ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/51

ސްޓޭންޑާރޑް އެންޑް އޮރިޖިނަލް ޕްރައިވެޓް ލިމިޓެޑް ވ. ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 24 އޮކްޓޫބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 1108/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1108/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މުދާ ފޯރުކޮށްދިން ކަމަށްބުނެ އަގު ހޯދުމަށް ހުށަހެޅި ދަޢުވާއެއްގައި، ދަޢުވާކުރާ ފަރާތުން ތައްޔާރުކުރި ބެލެންސް ކޮންފަރމޭޝަން ލެޓަރަކީ ބެލެންސް އޮފް ޕްރޮބެބިލިޓީސްގެ މިންގަނޑުން ދަޢުވާ ސާބިތުކުރެވޭ ހެއްކެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވިޔަފާރީގެ މައްސަލަތަކާއި މަދަނީ އެންމެހައި މައްސަލަތަކުގައި ދަޢުވާ ސާބިތުކުރަންޖެހޭ މިންގަނޑަކީ ބެލެންސް އޮފް ޕްރޮބެބިލިޓީސް އެވެ؛ ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިތަކުން އެފަރާތުގެ ބުނުން ޙަޤީޤަތަކަށް ނުވުމަށްވުރެ ޙަޤީޤަތަކަށް ވުން މާގާތްކަން ފަނޑިޔާރަށް ކޮންވިންސްކޮށްދޭން ޖެހޭނެއެވެ، ނަމަވެސް ކޮންމެ ވާހަކައެއް ތެދުކަން ސައްތައިން ސައްތަ ޔަޤީންކޮށްދޭން ލާޒިމެއް ނުވެއެވެ.

HN2 ދަޢުވާކުރާ ފަރާތުން ކަންހިނގާފައިވާ ގޮތްކަމަށް ބަޔާންކުރާ ވާޤިޢާތަކަކީ އެފަރާތުގެ ރިވާޔަތެވެ؛ އެ ވާޤިޢާތައް ސާބިތުވާނީ ހުށަހަޅާ ހެކިތަކުންނެވެ.

HN3 ޚަޞްމަކު ހުށަހަޅާ ދަފްޢެއް ސާބިތުކުރުމުގެ ބުރަ އޮންނާނީ އެފަރާތެއްގެ ކިބައިގައެވެ.

HN4 ދަޢުވާކުރާ ފަރާތުން އަމިއްލައަށް ތައްޔާރުކޮށް ދަޢުވާ ރައްދުވާ ފަރާތަށް ފޮނުވި ބެލެންސް ކޮންފަރމޭޝަން ލެޓަރަކީ، އެ ލިޔުމުގައިވާ ފައިސާއަކީ ދަޢުވާ ރައްދުވާ ފަރާތުން ދައްކަން އެއްބަސްވި ފައިސާކަން ދޭހަނުވާނަމަ، ޕަރޗޭސް އޯޑަރެއް، ޑެލިވަރީ ނޯޓެއް ނުވަތަ އެއްބަސްވުމެއް ނެތި، މުދާ ފޯރުކޮށްދިންކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނޫނެވެ.

HN5 ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ބެލޭނީ ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ (ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ)؛ ފޯރުކޮށްދިން މުދަލަކީ ކޮންކަހަލަ މުދަލެއްކަން ވެސް ސާފުނުވާއިރު، ދަޢުވާ ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމުމަކީ އެ މިންގަނޑާ ޚިލާފު ނިންމުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން ޝަހީދު، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2020-v1108/C ޤަޟިއްޔާ ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ސްޓޭންޑާރޑް އެންޑް އޮރިޖިނ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު: 0110/2011-C)ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

2މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު: 420/2006-C) އެވެ.

ކަންހިނގާފައިވާ ގޮތް

3ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑަށް ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުން މުދާތަކެއް ފޯރުކޮށްދިން ކަމަށް ބުނެ އެ މުދަލަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

4މި ދަ ޢު ވާގައި ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުން އެދިފައިވަނީ، ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދިން، ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުން ދެއްކުމަށް އެއްބަސްވެފައިވާ ,257,311.231ރ (އެއްމިލިއަން ދެ ލައްކަ ފަންސާސް ހަތްހާސް ތިންސަތޭކަ އެގާރަ ރުފިޔާ ތޭވީސް ލާރި) އެކީ އެއްފަހަރާ ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

5އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު C/2020-v1108/C ޤަޟިއްޔާއިން، ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައަކީ، މީގެކުރިން ސިވިލް ކޯޓުގެ ނަންބަރު C/2019-v3914/C ޤަޟިއްޔާއިން ކުރިއަށް ދަނިކޮށް ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުން އަނބުރާ ގެންގޮސްފައިވާ މައްސަލައެކެވެ.

6އިސްތިއުނާފު ކުރެވިފައި މިވަނީ އިސްވެ ބުނެވުނު މައްސަލަ އަލުން ހުށަހެޅުމުން ސިވިލް ކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 1108/Cv-C/2020 ޤަޟިއްޔާއެވެ. ސިވިލް ކޯޓުގެ ޤަޟިއްޔާ:

7ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމުމުގައި ވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މި ދަޢުވާގައި ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ހޯދުމަށް ސްޓޭންޑާރޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ފައިސާ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް:

8ސިވިލް ކޯޓުގެ ނަންބަރު C/2020-1108/CV ޤަޟިއްޔާ ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ސްޓޭންޑާރޑް އެންޑް އޮރިޖިނ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ؛

1.8- ސިވިލް ކޯޓުގެ ނަންބަރު C/2020-1108/CV ޤަޟިއްޔާގައި އިސްތިއުނާފ ކުރު ފަރާތުން ހުށަހަޅާފައިވާ ބެލެންސް ކޮންފރަ މޭޝަނ އާއް އިސްތިއުނާފު ރައްދުވާ ފަރާތުން ފޮނުވާފައިވާ އީމެއިލްއަށް ރިޢާޔަތްކޮށް ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ނިންމާފައިވަނީ މަދަނީ މިންގަނޑުން ސާބިތުކުރުމުގެ އަސާސްކަމުގައިވާ ބެލެންސް އޮފް ޕްރޮބެބިލިޓީއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/511 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށވުން؛ ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން

9މިމައްސަލައާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތަކަށާއ އަދި ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

10އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ބެލެންސް ކޮންފަމޭޝަނ އާއް އިސްތިއުނާފި ރައްދުވު ފަރާތުން ފޮނުވާފައިވާ އީމެއިލްއަށް ރިޢާޔަތްކޮށް ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ނިންމާފައިވަނީ މަދަނީ މިންގަނޑުން ސާބިތުކުރުމުގެ އަސާސްކަމުގައިވާ ބެލެންސް އޮފް ޕްރޮބެބިލިޓީއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 511/A-2019/HC ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

11HN1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/151 ޤަޟިއްޔާގައި، ވިޔަފާރީގެ މައްސަލަތަކާއި މަދަނީ އެންމެހައި މައްސަލަތަކުގައި ދަޢު ވާ ސާބިތުކުރަންޖެހޭ މިންގަނޑަކީ ބެލެންސް އޮފް ޕްރޮބެބިލިޓީސް ކަމާއި، ދަޢުވާއާއި ގުޅިގެން ސާބިތުކުރަންޖެހޭ އެންމެހާ ވާޤިޢާތައް ބެލެންސް އޮފް ޕްރޮބެބިލިޓީސްގެ މިންގަނޑުން ސާބިތުކޮށްދެވިއްޖެނަމަ، އެ ދަޢުވާއެއް އެފަރާތަކަށް ކާމިޔާބުވި ނެކަން ބަޔާންކޮށްފައިވެއެވެ. އަދި ދަޢުވާ ހުށަހަޅާ ފަރާތުން ފަނޑިޔާރަށް ކޮންވިންސް ކޮށްދޭންޖެހނޭ ވާޤިޢާތައް އެފަރާތުން ހުށަހަޅާފައިވާގޮތަށް ހުރިކަމށަ އާ، މައްސަލަ އޭނާއަށް ކާމިޔާބުވާނެ ސަބަބެއް ނުވަތަ ސަބަބުތަކެއް ވުޖޫދުގައި ހުރިކަމަށެވެ. އެހެނަސް، ދަޢުވާކުރާ ފަރާތުން ބުނާ ކޮންމެ ވާހަކައަކީ ތެދެއްކަން ފަނޑިޔާރަށް ސައްތައިން ސައްތަ ޔަޤީންކޮށްދޭން މައްސަލަ ހުށަހަޅާ ފަރާތްތަކަށް ލާޒިމްވާނެކަމަކަށް ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.

12HN2އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ފަނޑިޔާރަށް ކޮންވިންސް ކޮށްދޭންޖެހޭނީ، ކޯޓަށް ހުށަހެޅޭ ހެކިތަކުން، އެ ފަރާތުގެ ބުނުން ޙަޤީޤަތަކަށް ނުވުމަށްވުރެ ޙަޤީޤަތަކަށްވުން މާގާތްކަން ބޮޑުކަމެވެ. ފަޑިޔާރުނ މައްސަލް ނިންމާއިރުގއަ ބަލާނީ ހުށަހެޅިފައިވާ ވާޤޢި ތަކަށެވެ. ވާޤިޢާތަކަކީ ދަޢުވާއެއް ހުށަހަޅާ ފަރާތުން އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތްކަމަށްބުނެ ހުށަހަޅާ ކަންކަމެވެ. އެއީ އެކަމެއް ހިނގިގޮތްކަމަށ ދަޢުވް ހުށހަޅަ ފަރާތުން ބަޔާންކުރާގޮތވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އެއީ ދަޢުވާކުރާ ފަރާތުގެ ރިވާޔަތެވެ. ނުވަތަ އޭނާގެ ވާހަކައެވެ. ކަންހިނގާފައިވާ ގޮތްކަމަށް ދަޢުވާކުރާ ފަރާތުން ބަޔާންކުރާ ކަންކަމަކީ ސާބިތު ކޮށްދޭންޖެހޭނެ ކަންކަމެވެ. ވާޤިޢާތައް ސާބިތުވާނީ ހުށަހަޅާ ހެކިތަކުންނެވެ.

13HN5ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރަނީ: "ޙަޤީޤަތެއް ސާބިތުވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލުކުރަންޖެހޭފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުޞޫލެއްގެ މަތިން އެކަމެއްގެ ޙަޤީޤަތް ސާބިތުވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ." މިފަދަ އިންނެވެ.

14HN4މި މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައަކީ އިސްތިއުނާފ ރައްދުވާ ފަރާތުން ހިންގި ޒިތާލީ ރިސޯޓް އެންޑް ސްޕާއަށް ފޯރުކޮށްދިންކަމަށް ބުނާ މުދާތަކަކަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެ މުދަލުގެ އަގު ހޯދުމަށް ހުށަހެޅި މައްސަލައެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލާ ގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ފައިސާ ދައްކަންޖެހޭކަން ސާބިތުކުރުމަށް ހުށަހަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ޒިތާލީ ރިސޯޓް އެންޑް ސްޕާގެ އެކައުންޓަށް އެޑްރެސްކޮށް ފޮނުވި ބެލެންސް ކޮންފރަ މޭޝަން ލެޓަރއކެވެ. އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފުކުރާ ފަރާތުން ފޯރުކޮށްދިންކަމަށ ބުން މުދާތައް ފޯރުކޮށްދޭން އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނު އެދުމެއް، ޕަރޗޭސް އޯޑަރެއް، ޑެލިވަރީ ނޯޓެއް ނުވަތަ ދެ ފަރާތުން މުދާ ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއްވެސ ހުށަހަޅާފައިވާކަން އެނގެން ނެތެވެ.

15HN3ޚަސްމަކު ހުށަހަޅާ ދަފްޢެއް ސާބިތުކުރުމުގެ ބުރަ އޮންނާނީ އެފަރާތެއްގެ ކިބގައާ ކަނި ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/12 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރާ މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ފައިސާ ދައްކަންޖެހޭކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ބެލެންސް ކޮންފަރމޭޝަން ލެޓަރއަކީ އިސްތިއުނާފުކުރާ ފަރާތުން ތައްޔާރުކޮށްފައިވާ އެފަރާތުގެ ލިޔުމެއްކަމާއި، އެ ލިޔުމުގައި ބަޔާންކުރާ ފައިސާގެ މިންވަރަކީ އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ދައްކަން އެއްބަސްވެފައިވާ ފައިސާގެ މިންވަރުކަން އެ ލިޔުމަށް ބެލުމުން ދޭހއަ އެ ނުވެއެވެ. އެހެންކަމުން އިސްތިއުނާފުކުރާ މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް ފައިސާ ދައްކަންޖެހޭކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ބެލެންސް ކޮންފަރމޭޝަން ލެޓަރއަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފުކުރާ ފަރާތުން ފޯރުކޮށްދިންކަމަށް ބުނާ މުދާތައް ފޯރުކޮށްދިންކަން ސާބިތުކުރެވޭނެ ވަރުގެ ހެއްކެއް ނޫނެވެ. ކުޑަމިނުން މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޯރުކޮށްދެވިފައިވަނީ ކޮންކަހަލަ މުދަލެއްކަން ހުށަހެޅިފައިވާ އެއްވެސް ލިޔެކިޔުމަކުން އަދި އިސްތިއުނާފުކުރާ ފަރތުނާ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކާ ނ ސާފެއް ނުވެއެވެ.

16ބުނެވިދިޔަ ކަންކަން އެހެން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު C/2020-v1108/C ޤަޟިއްޔާގެ ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/151 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ އަދި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.

ނިންމަން ފެންނަގޮތް

17އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެމަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު C/2020-v1108/C ޤަޟިއްޔާ ނިންމާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި ސްޓޭންޑާރޑް އެންޑް އޮރިޖިނ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް އަހުރެން ދެކެމެވެ. ފނޑިޔާރަ ޙުސައިން މަޒީދުގެ ރައުޔު؛

18އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ފނޑިޔާރަ ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު؛

19އިސްފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފު ކުރުމުގެ އިޖުރާޢަ ތ ބަޔާންކޮށްދިނުން

20މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ޙައްޤު މައްސަލައިގެ ޚަޞްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޙަވާލުކޮށްފައި ނުވާނަމަ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32(ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ށ) މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ނ) 2024/HC-A/5 l 9 0 o.,,, :,.,,,..,,,,. .,,, C.:, 0 ~.,,,,. ' 0 ./.I',......, A,,001>01>,_......, fl.r.I'.,., Yr fl 01> .JI,........,.,,, .,, .,, .,, .,, .,, :, ~:, 0 o c. c. :, .,,, .,,,,. o :, c. ~x ~ .,,, ~ o ~ o .,,,,, .,I /4'.A,,O,_......,A.,, .,, A' r .s.,,.,,,,, er.;,.,,,,o.,,.,,,,, .r .;,,,o .s .I'.,,,,,,,. .,1 .;,r r.,,,,, fl.,,, .,,,,_:.J .:s 1108/Cv-C/2020 ~ ,,,,,. ~.,,,.,,,,.:, 0 0 , o ~ou.o c. A' .JI .,,A .,I ,,J, ✓ .,,.-✓ t./4'.A t..,.. t./"E,........, _rA.,, ~.,,,,..,,,,..,,,,..,,,,.~ .A.,,.-Y,,0 y ✓ .JI .,, 0 C. ,.,,, 0 :, C. ' :, t? .SEY .,? .JI,........, .S Y,,0/4'.,1'1Y/1/ .,, .,, .,, .,, ,,,,.,,,oc. o,.,,,.,,,,. :,:,~.,,, .,,,.,,,u.,o.,,,:,:, ~ 0:,:, C. ~ 0 .,,, .,,A.S .?Y,,0/4' .,,,011011,........, rr:i _rA .r.,I .,, cr.,., Y ./~.,, 01> ,?Y./, .S .,l'1 A .,,,_:.J .S 1108/Cv-C/2020 ~ .,, (. C. ox O :, :, 0 :, ~ 0 c.o:,~ .,,,,. c. .,,,,,(/.,,, C.UO~ C. .,,,.,,,,. O_,,,. •.J',?.,J.,,.-Y.?Y/. /4'.S.,J,,OAA .s r.,.-/1 t.r.,1 /01> .,,, .s E YA ✓ .S (!A.,., ✓ .J'_r /,_.....,A.? .? ~ .,,, .,, .,, .,,,,. .,,,,. .,, .,, .,, .,, :ti O :ti :ti _, _, .,, 0 _, :..,,,v.7v.,c A/• .,,,_,,~ .s.? .,, .,, .,, .,, -• :, ,,,,,. 0 .,,,,, :, :,~ ,,,,. _r {!.? /4' A,_......,/. .,.-/1 t./4'.,I ~ .,,,,. .,,,,, c.? o, ,,,,::;, o(?.,, ,uo?, '.,; .::, ,.,,,.,J.,,,.,.,,,, ~,;,t•A ' I!!""~ .,,,. J CA-'-:-'~ www-highcourt-gov-mv info@highcourt-gov•mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ