ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް ވ. އާލަމް ރާއި ސިންދްރަމް ބަރްހާދު (މެލޭޝިޔާ)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 705/Cv-C/2021
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ލިޔުމުން އެއްބަސްވުމެއް ނެތި ކުރެވެމުން ދިޔަ ލަކުޑީގެ ވިޔަފާރިއެއްގައި، މުދާ ވިއްކުމަށްފަހު އަގު ދެއްކުމުގެ ޟިމްނީ އެއްބަސްވުމެއް އޮތްތޯއާއި، ދަށުކޯޓުން ނަގައިދިން ފައިސާގެ އަދަދު ހެކިތަކަށް ރިޢާޔަތްކޮށް ކަނޑައެޅިތޯ (2023/HC-A/187)؛ އަދި ފައިސާ ދެއްކުން ލަސްވުމުން ބޭންކަށް ދެއްކި އިންޓްރެސްޓް ފައިސާ ދިނުމަށް ކޮށްފައިވާ އެއްބަސްވުމުގެ ހެކި ދަށުކޯޓުން ބަލައިނުގަތުމުން އެ ފައިސާ ނަގައިދޭންޖެހޭތޯ ނުވަތަ ދަށުކޯޓަށް ފޮނުވަންޖެހޭތޯ (2023/HC-A/271).
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ދެ އިސްތިއުނާފުވެސް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓެއް ވަކި ގޮތަކަށް އޮތުން ލާޒިމު ނޫން ކަމަށާއި، ދެފަރާތުގެ މެދުގައި ޢަމަލުކުރެވޭ ގޮތްތަކަށް ބަލައި ކޮންޓްރެކްޓެއްގެ ޢުންޞުރުތައް ފުރިހަމަވާނަމަ ޟިމްނީ ކޮންޓްރެކްޓެއް އޮތް ކަމަށް ބެލެވޭނެއެވެ.
HN2 ޟިމްނީ ޝަރުޠެއް (މިސާލަކަށް މުދާ ވިއްކުމަށްފަހު އަގު ދެއްކުން) ދެފަރާތުގެ މެދުގައި އޮތް ކަމަށް ބެލެވޭނީ ދެފަރާތް އެގޮތަށް އެއްބަސްވެފައިވާ ކަމާއި ނުވަތަ މުޢާމަލާތްކުރަމުން ދިޔައީ އެގޮތަށް ކަން އެނގޭ ހެއްކެއް ހުށަހެޅިގެން ކަމަށާއި، ދެފަރާތުގެ މެދުގައި ބަދަލުކުރެވުނު އިންވޮއިސްތަކަކީ އެކަން ސާބިތުކުރުމަށް ކާފީ ހެއްކެއް ނޫނެވެ.
HN3 ދައްކަންޖެހޭ އަދަދަށް އެއްބަސްވެ ޕޭމަންޓް ޕްލޭނެއް ފޮނުވައި ފައިސާ ދައްކަން ފަށައިފައިވާ ފަރާތަކަށް، ދަޢުވާ ހުށަހެޅުމާ ހަމައަށް މުދަލާމެދު ޝަކުވާއެއް ނުކޮށް ނުވަތަ މުދާ އަނބުރާ ރައްދުކުރުމަށް މަސައްކަތެއް ނުކޮށް، ފަހުން އެ މުދަލަށް ފައިސާ ނުދައްކާނެ ކަމަށް ބުނުމަކީ ބަލައިގަނެވޭ ބުނުމެއް ނޫނެވެ؛ އެއްބަސްވި ގޮތަށް ޢަމަލުނުކުރާނެ ޤާނޫނީ ސަބަބެއް ނުދައްކައި ފައިސާ ދެއްކިކަން ސާބިތުނުކުރާނަމަ ދަށުކޯޓުގެ ނިންމުން ހެކިތަކަށް ރިޢާޔަތްނުކޮށް ކުރި ނިންމުމެއް ނޫނެވެ.
HN4 ބޭންކަށް ދެއްކި އިންޓްރެސްޓް ފައިސާ އަނެއް ފަރާތުން ހޯދުމަށް، އެ ފައިސާ ދެއްކިކަމާއި އެއަށް އަނެއް ފަރާތް ޒިންމާވާންޖެހޭ ޤާނޫނީ ސަބަބު ސާބިތުވާންޖެހެއެވެ؛ ފައިސާ ދައްކާނެ ކަމަށް އެއްބަސްވި އީމެއިލެއް ހަމައެކަނި އޮތުމަކީ އެއީ ގެއްލުމުގެ ބަދަލެއް ކަމަށް ކަނޑައެޅޭނެ ހެއްކެއް ނޫނެވެ.
HN5 ފައިސާ ދައްކަންޖެހޭ ފަރާތަކަށް ޢުޤޫބާތެއްގެ ގޮތުން ހޯދުމަށް އެދޭ ފައިސާއަކީ މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު ނަގައިދެވޭނެ ފައިސާއެއް ނޫނެވެ.
HN6 ދަށުކޯޓަށް ހުށަހެޅިފައިވާ ހެއްކަކަށް ދަށުކޯޓުން ރިޢާޔަތްނުކުރި ނަމަވެސް، އެ ބައި ދަށުކޯޓަށް ތަޙްވީލުކުރުމުން ހާޞިލުވާނެ ނަތީޖާއެއް ނެތްނަމަ މައްސަލަ ދަށުކޯޓަށް ފޮނުވަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފާޠިމަތު ފަރްހީޒާ، ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މެލޭޝިއާ ގ ކުންފުންޏެއް ކަމަށްވާ އާލަމް ރާއި ސިންދްރަމް ބަރހާދް އާއް ޓިމް ބަރް ޓްރޭޑް ޕްރައިވެޓ ލިމިޓެޑއާ ދެމެދު 2012 ވަނަ އަހަރުން ފެށިގެން 2018 އާ ހަމައަށް ލަކުޑީގެ ވިޔަފާރި ކުރެވެމުން ދިޔައެވެ.
2މ ވިޔަފާރި ކުރަމުން ގޮސްފައިވަނީ ދެފަރާތުގެ މެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތިއެވެ. މިކަމާމެދު ޚިލާފެއް ނެތެވެ. ދެފަރާތުގެ މެދުގައި ގާތް ގުޅުމެއް އޮތުމުން، ގިނަ މުޢާމަލާތްތައް ކުރެވެމުން ދިޔައީ އަނގަބަހުންނާއި މެސެޖުތަކުގެ ޒަރީއާއިން ކަން ދެފަރާތުން ފާހަގަކުރެއެވެ.
3މ ވިޔަފާރީގައި ދެފަރާތުން ޢަމަލުކުރަމުން ގޮސްފައިވާ ގޮތަށް ބަލާއިރު،އާލަމް ރާއި ސިންދްރަމް ބަރހާދުގެ ފަރާތުން މުދަލާއި، އެ މުދަލުގެ އިންވޮއިސް ފޮނުވުމުން، ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އެ އިންވޮއިސްތަކަށް ފައިސާ ދައްކަމުން ގޮސްފައިވެއެވެ.
4އ ފައިސާ ދައްކަމުން ދިޔައީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މުދާތައް ވިއްކުމަށްފަހ ފައިސާ ލިބުމުންތ ނޫންތޯ މި މައްސަލައިގެ ހެކިތަކުންސާފެއް ނޫނެވެ.އެގޮތުން މއ ދެފަރާތުން ޚިލާފު އުފައްދާ ވާގިއާއެކެވެ.އާލަމް ރާއި ސިންދްރަމް ބަރްހާދުގް ފަރާތުން ބުނަނީ އެފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ. ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނަނީ އިންވޮއިސްތަކަށް ފައިސާ ދައްކަނީ މުދާ ވިއްކުމަށްފަހު ފައިސާ ލިބުމުން ކަމަށެވެ. . މެލޭޝިޔާ، ރަޖިސްޓްރީ ނަންބަރު: V-375316 )ދަށުކޯޓަށް ހުށަހެޅުން ކޯޕަރޭޓް އިންފޮރމޭޝަން ޝީޓ( . ރަޖިސްޓްރީ ނަންބަރު 0044/2007-C
518 އެޕްރީލް 2016 ދުވަހު އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ޓިމްބަރ ޓްރޭޑް ޕްރައިވެޓ ލިމިޓެޑް އަށް ފޮނުވި އީމެއިލްގައި،އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ބޭންކުން ނަގާ ފައިނޭންސް އަށް އިންޓްރެސްޓުގެ ގޮތުގައި އަރާފައިވާ މިންވަރު ބަޔާންކޮށް ބޭންކަށް ދައްކަންޖެހޭ ފައިސާ އިންޓްރެސްޓާއެކު ޕޭމަންޓް ހަމަޖައްސާދިނުމަށް އެދިފައިވެއެވެ.އ އީމެއިލްގެ ޖަވާބުގައި ހަމަ އެ ތާރީޚުގައި ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން ފޮނުވި އީމެއިލްގައި ބަޔާންކޮށްފައިވަނީ ބިލުތަކުގެ ފައިސާ ދެއްކުމަށް 28 އެޕްރީލް 2016 އިން ފެށިގެން ކޮންމެ މަހަކު ފައިސާ ދައްކަމުން ގެންދާނެ ކަމަށެވެ.
6ދެފަރާތުގެ މެދުގައި ވިޔަފާރީގެ މުޢާމަލާތް ހިނގަމުންގޮސް،އާލަމް ރާއި ސިންދްރަމް ބަރު ހާދުގ ފަރާތުން ފޮނުވި މުދާތަކަކ ގުޅާ އިންވޮއިސްތަކަކަށ ފައިސް ނލިބިގެނ 2019 އިން ފެށިގެން މި ފައިސާ ހޯދުމުގެ މަސައްކަތް އެކާގޮތްގޮތުނ ކުރެވެމުން އައިކަމާއި އެގޮތުން ފޯނުންނާއި އީމެއިލުން މި ފައިސ ހޯދުމުގެ މަސައްކަތް ކޮށފައިވާކަނ އާލަމް ރާއި ސިންދްރަމް ބަރުހާދުގެ ފަރާތުން ފާހަގަކުރެއެވެ.
7އެގޮތުން 15 ނޮވެންބަރު 2019 ގެ ނިޔަލަށް، ޖުމްލަ USD160,994.51 )އެއްލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ނުވަދިހަ ހަތަރެއް އެމެރިކާ ޑޮލަރު ފަންސާސް އެކެއް ސެންޓު( ދައްކަންޖެހޭ ކަމަށާއި، އޭގެ އިތުރުނާޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ ބޭންކް އިންޓްރެސްޓުގެ ފައިސ USD27,743.86 )ހަތާވީސްހާސް ހަތްސަތޭކަ ސާޅީސް ތިނެއް އެމެރިކާ ޑޮލަރު އަށްޑިހަ ހައެއް ސެންޓް( އާ އެކުޖުމްލ USD188,738.37 )އެއްލައްކަ އަށަޑްހަ އަށްހާސް ހަތްސަތޭކަ ތިރީސް އަށެއް އެމެރިކާ ޑޮލަރު ތިރީސް ހަތެއް ސެންޓް( ދައްކަންޖެހޭ ކަމަށް ބަޔާންކޮށް އެފައިސާ ދެއްކުމުގެ ޕޭމަންޓް ޕްލޭނެއް ހޯދުމަށް އެދި އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް ހުށަހަޅާފައި ވެއެވެ.
8އެ ލިޔުމާ ގުޅިގެނ ޖަވާބުގައި 23 ނޮވެންބަރު 2019 ތެރީޚުގައިޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑގް ފަރާތުނ ފޮނުވި ލިޔުމުގައި އެހާތަނަށް ދައްކަންޖެހި ނުދެއްކިވާ، USD160,994.51 )އެއްލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ނުވަދިހަ ހަތަރެއް އެމެރިކާ ޑޮލަރު ފަންސާސް އެކެއް ސެންޓު( ދެއްކުމަށް ހުށަހަޅާ ޕޭމަންޓް ޕްލޭން ބަޔާންކޮށް ޖަވާބުދީފައިވެއެވެ.
9އޭގެ ފަހުން 23 ޖަނަވަރީ 2020 ތާރީޚުގައި USD10,000.00 )ދިހަހާސް އެމެރިކާ ޑޮލަރު( އަދި 4 މާރިޗު 2020 ތާރީޚުގައި USD5,000.00 )ފަސްހާސް އެމެރިކާ ޑޮލަރު( ޓިމްބަރ ޓްރޭޑް ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން ދައްކާފައިވެއެވެ.
10އޭގެ ފަހުން ފައިސާ ނުލިބިގެން، އެހާތަނަށް ދައްކަންޖެހި ނުދައްކާވާ ފައިސާ އާއި ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްކުމަށް އެއްބަސްވި ބޭންކް އިންޓްރެސްޓުގެ ފައިސ USD27,743.86 )ހަތާވީސްހާސް ހަތްސަތޭކަ ސާޅީސް ތިނެއް އެމެރިކާ ޑޮލަރު އަށްޑިހަ ހައެއް ސެންޓް( އާ އެކު ޖުމްލަ USD173,738.37 )އެއްލައްކ ހަތްދިހަ ތިންހާސް ހަތްސަތޭކަ ތިރީސް އަށެއް އެމެރިކާ ޑޮލަރު ތިރީސް ހަތެއް ސެންޓް( ހޯދުމަށް އެދި އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ޓިމްބަރ ޓްރޭޑް ޕްރައިވެޓ ލިމިޓެޑަށް ރައްދުވާގޮތަށް، 28 ފެބުރުވަރީ 2021 ދުވަހުސިވިލ ކޯޓަށް ނަންބަރ 705/Cv-C/2021 ޤަޟިއްޔާ ހުށަހެޅިއެވެ.
11އ ޤަޟިއްޔާގައި ސިވިލް ކޯޓުން ވަނީ އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން އިންވޮއިސްތަކަށް ހޯދުމަށް އެދުނު ފައިސާގެ ޖުމްލަ USD145,995.01 )އެއްލައްކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ނުވަދިހަ ފަހެއް އެމެރިކާ ޑޮލަރު އެކެއް ސެންޓް( ނާގައިދީފައެވެ. އަދި ބޭންކް އިންޓްރެސްޓުގެ ގޮތުގައި ހޯދުމަށް އެދޭ ފައިސާ ދެއްކުމަށް ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވިކަން އެނގޭ ހެއްކެއް ހުށަހެޅިފައިނުވާ ކަމަށި ބަޔާންކޮށް އެ ފައިސާ ނަގައިދީފައި ނުވެއެވެ. އެގޮތުން ސިވިލް ކޯޓުން ކުރި ޙުކުމްގައިވަނީ އަންނަނިވ ފަދައިންނެވެ. "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރާއިރު، އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ މުދަލުގެ އަގު ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން އާލަމް ރާއި ސިންދްރަމް ބަރްހާދުއަށް ދައްކަންޖެހި ނުދައްކައިވާތީ، މިހާތަނަށް ދައްކަންޖެހި ނުދައްކައިވާ USD 145,995.01 )އެއްލައްކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ނުވަދިހަ ފަހެއް އެމެރިކާ ޑޮލަރު އެކެއް ސެންޓް( އަކީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން އާލަމް ރާއި ސިންދްރަމް ބަރްހާދުއަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލާއި އާލަމް ރާއި ސިންދްރަމް ބަރްހާދުއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އާލަމް ރާއި ސިންދްރަމް ބަރްހާދުއިން ކުރިކަމަށް ބުނާ ޚަރަދުގެ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މި ޤަޟިއްޔާގައި ސާބިތުވެފައިވާ 145,995.01 USD )އެއްލައްކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ނުވަދިހަ ފަހެއް އެމެރިކާ ޑޮލަރު އެކެއް ސެންޓް( އާލަމް ރާއި ސިންދްރަމް ބަރްހާދުއަށް ލިބިދިނުމުގެ ގޮތުން، 20 ފެބްރުވަރީ 2023 މި ތާރީޚުން ފެށިގެން ކޮންމެ މަހަކު އެ މަހަކަށްޖހޭވަރަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ސިވިލް ކޯޓަށް ދައްކަމުންގޮސް 02 )ދޭއް( މަސްދުވަހުގެ ތެރޭގައި، މި ދަރަނި ޚަލާޞް ކުރުމަށް ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމް ކޮށްފީމެވެ ".
12މިއީ ސިވިލް ކޯޓުގެ ނަންބަރ 705/Cv-C/2021 ޤަޟިއްޔެ ގ ޙުކުމާމެދު ހިތްހަމަނުޖެހިގެން އ ޤަޟިއްޔްއިސްތިއުނާފ ކުރުމަށު އެދިޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑގ ފަރާތުން ދިވެހިރާއްޖޭގެ . މިއަދަދަކީ އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ފައިސާ ހޯދުމަށް އެދި ހުށަހެޅި ސްޓޭޓްމަންޓުގައިވާ ހިސާބު ކުށް އުނިކޮށް ހިސާބުހަދއ ކަނޑައެޅުނު އަދަދެކެވެ. އެގޮތުން 50 ސެންޓުގެ ތަފާތެއް މިއަދަދުގައި ވެއެވެ. މިކަން ދެފަރާތުންވެސް މި އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ. ހައިކޯޓަށް ހުށަހެޅުމުންބެލި ނަންބަރ 2023/HC-A/187 ޤެޟިއްޔުއާ ވެ. މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވު ފަރާތަކާ އާލަމް ރާއި ސިންދްރަމް ބަރްހާދު އެވެ.
13ބުނެވުނު ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނުކަންއާލަމް ރާއި ސިންދްރަމް ބަރްހާދްށ މިކޯޓުން އެންގުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންއިތުރު އިސްތިއުނާފުގެ މައްސަލައެއު އާލަމް ރާއި ސިންދްރަމް ބަރްހާދީގެ ފަރާތުން މިކޯޓަށް ހުށަހެޅިއެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ އިތުރު އިސްތިއުނާފަށް ދެވިފައިވާ ޤަޟިއްޔާ ނަންބަރަކީ 2023/HC-A/271 އެވެ. މި އިތުރު އިސްތިއުނާފުގައި އިސްތިއުނާފ ރައްދުވު ފަރާތަކާ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑއެވެ.
14މި ރިޕޯޓަކީ ބުނެވުނު 2 )ދޭއް( ޤަޟިއްޔާ އެކުގައި ހިންގާ، މިކޯޓުން ބެލި މައްސަލައިގެ ރިޕޯޓެވެ.
15މ މައްސަލައިގައި ފުރަތަމަ ބަލާލާނީ، މި މައްސަލައިގައި ހިމެނޭ މައި އިސްތިއުނާފު ކަމަށްވާ ނަންބަރ 2023/HC-A/187 ޤަޟިއްޔާއަށެވެ. އެއަށްފަހު އިތުރު އިސްތިއުނާފުގެ މައްސަލައާ މެދު ގޮތް ކަނޑައަޅާނަމެވެ. އިސްތިއުނާފީ ނުކުތާތައް) ނަންބަރު 2023/HC-A/187 ޤަޟިއްޔާ(
16ސިވިލް ކޯޓުގެ ނަންބަރު 705/Cv-C/2021 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑގް ފަރާތުނ އަންނަނިވި 02 )ދޭއް( ނުކުތާ ހުށަހަޅާފައި ވެއެވެ. • ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 705/Cv-C/2021 ޤަޟިއްޔާގައ ޙުކުމްކޮށްފައިވަނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަރްޔަމް ޢަލީ ވ. އަޙްމަދު ނަދީމް ޤަޟިއްޔާ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/187 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/271 ޤަޟިއްޔާ އާއި އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދު ﷲ ޢަޒީޒު ޤަޟިއްޔާގައި ކަނޑައަޅާފައިވުޟިމްނެއެއްބަސްވުމުގެ އުޞޫލުތަކާ އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނ ގ 5 ވަނަ މާއްދާގެ )ހ( އަދި )ށ( ގެ )1( ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. • ދެވަނަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 705/Cv-C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނ ޤާނޫނީ ނަންބަރު 4/91 )ކޮންޓްރެކްޓބެހޭ ޤާނޫނާ ގ( 20 ވަނި މާއްދާގަ )ރ( އަދ ޤާނޫނު ނަންބަރ 91/6 )މުދާ ވިއްކުމާބެހޭ ޤާނޫނގ( 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާގެ )ހ( އަދ 15 ވަނަ މާއްދާގެ )ށ( އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެފަރާތުން މައްސަލަ ނިންމައިދިނުމަށް އެދުނު ގޮތް )2023/HC-A/187(
17މި ޤަޟިއްޔގައީ އިސްތިއުނާފުކުރާ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަޖެހޭކަމަށް ކަނޑައަޅައިދީ، އާލަމް ރާއި ސިންދްރަމް ބަރްހާދށަޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ އަދަދަކީ USD15,225.46 )ފަނަރަހާސް ދުއިސައްތަ ފަންސަވީސް އެމެރިކާ ޑޮލަރު ސާޅީސް ހައެއް ސެންޓް( ކަމަށް ކަނޑައަޅައިދިނުމަށެވެ. 18މ. ޤަޟިއްޔާގައ އިސްތިއުނާފީ ރައްދުވާ އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން އެދިފައިވަނީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކޮށް ދަށުކޯޓުން 2023/HC-A/187 . 2023/HC-A/187 . ނަގައިދީފައިވާ ފައިސާގެ އަދަދަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުމަށެވެ. ޝަރީޢަތުން ރިޢާޔަތްކުރިގޮތް )2023/HC-A/187( ހެކިތަކަށް ރަނގަޅަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ
19HN1HN2HN3އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 705/Cv-C/2021 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް މަރްޔަމް ޢަލީ ވ. އަޙްމަދު ނަދީމުޤަޟިއްޔާ އާއި އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދު ﷲ ޢަޒީޒީޤަޟިއްޔާގައި ކަނޑައަޅާފައިވާޟިމްނ އެއްބަސްވުމުގެ އުޞޫލުތަކާ އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގ 5 ވަނަ މާއްދާގެ )ހ( އަދި )ށ( ގެ )1( ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
19.1. މިނުކުތާގައި ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރި ފުރަތަމަ ކަމަކީ މައްސަލައިގައި ހުށަހެޅުނު ހެކިތަކުން، ދެފަރާތުގްމެދުގައި ކުރެވެމުން އައި ވިޔަފާރީގެ މުޢާމަލާތް ކުރެވެމުން ދިޔަ ގޮތް ބަދަލުވިއެގޮތުގެ މަތިން ޟްމްނީ އެއްބަސްވުމެއް އޮތް ކަން އެނގޭ ކަމަށެވެ. އެގޮތުން ވިޔަފާރީގެ މުއާމަލާތެފުރަތަމީކުރެވމުންއައާއާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން މުދ ފޮނުވާ އިންވޮއިސް ފޮނުވުމުން، އެ މުދާ ވިއްކުމަށްފަހު ފައިސދޭ އުސޫލުން ކަމަށެވެ. އެގޮތަށް ދެއަހަރަށްވުރެ ގިނަ ދުވަހު ވިޔަފާރި ކުރެވިފައިވާކަމަށެވެ. އޭގެ ފަހުން އެއްބަސްވީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދޭ މުދާ އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ފޮނުވުމަށް ކަމަށެވެ. މިކަން ދަށުކޯޓަށް ހުށަހެޅި ޕްރޮފޯމާ އިންވޮއިސްތަކުން އެނގޭނެ ކަމަށެވެ. އެހެންކަމުން މި އުސޫލުން ބަލާއިރު ފައިސާ ހޯދުމަށް އެދޭ ނަންބަރު "12-31-TT" އިންވޮއިސްއަކީ ޓިމްބަރ ޓްރޭޑ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިގެން ފޮނުވި މުދާ ނޫން ކަމަށާއި، އެ މުދާ ނުވިކ އަދިވެސް ގުދަނުގައި އެބަހުރި ކަމަށެވެ. މިހާރުވެސް އާލަމް ރާއި ސިންދްރަމް ބަރްހާދު އަށް އެމުދަލ ހަވާލުވެވޭނެ ކަމަށެވެ. އެމުދަލަކ ވިއްކޭނީ މުދލެއްވެސ ނޫން ކަމަށެވެ. އެހެންކަމުން އ އިންވޮއިސްއަށް ފައިސާ ދައްކަން ނުޖެހޭ ކަމަށެވެ.
19.2. ޟިމްނީ އެއްބަސްވުމެއް އޮތް ކަމަށް ބުނާ އެ ނުކުތާއާ ގުޅިގެން ޖަވާބުގައި އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ބުނެފައިވަނީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް މުދާ ލިބުމުން، އެ މުދާ ވިއްކާލމަށްފަހްއެ މުދަލަށް ފައިސާ ދެއްކުމަށް ދެފަރާތުގެ މެދުގައި އެއްބަސްވުމެއް ނެތް ކަމަށެވެ. އެކަން ސާބިތުކޮށްނުދެވޭ ކަމަށެވެ. އަދި ފައިސާ ދައްކަން ނުޖެހޭ ކަމަށް ބުނާ އިންވޮއިސްއާ ގުޅިގެނެ،އެ އިންވޮއިސްގައިވާ މުދާ ލިބުމުން، އެ މުދަލަކީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ ބޭނުން މުދަލެއް ނޫން ކަމަށްބުނެ ދަށުކާޓަށް ދައުވާ ހުށަހެޅުމުގެ ކުރިން، އެ މުދާ އަނބުރާ ރައްދުކުރުމަށް،އެއްވެސ މަސައްކަތެއް ކޮށްފައް ނުވާކަމަށެވެ. އެހެންކަމުން އެފަދައިން ޟިމްނީ އެއްބަސްވުމެއް އޮތް ކަމަށް ނުބެލެވޭނެ ކަމަށެވެ.
19.3. ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާއަށް ބެލުމުން އެނގިކަމާއި، ދެފަރާތުގެ މެދުގައި ޢަމަލުކުރެވޭގޮތް ތަކުގެ މައްޗަށް ބަލައި، ކޮންޓްރެކްޓެއްގެ އުންސުރު ފުރިހަމަވާނަމަ، ދެފަރާތުގެ މެދުގައްޟޭ މްނީ ކޮންޓްރެކްޓެއް އޮތ ކަމަށް ބެލެވނެކަނެމިނުކުތާގައ އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް މަރްޔަމް ޢަލީ ވ. އަޙްމަދު ނަދީމިޤަޟިއްޔާ އާއި އިބްރާހީމް ރަޝީދު އަދ އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު ފަދަ ޤަޟިއްޔާތަކަށް ބެލުމުން އެނގެއެވެ. އަދި އިތުރު ޤަޟިއްޔާތަކުގައިވެސް މިކަން ކަނޑައެޅިފައިވެއެވެ.
19.4.މި ނުކުތާގައި ދަށުކޯޓުން ގޮތް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު،ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުނި މުދާ ވިއްކުމަށްފަހު މުދަލުގެ އަގްއަދާކުރުމަށް މިދެފަރާތުގެ މެދުގައި އެއްބަސްވެފައިވާކަން ނުވަތަ މިދެފަރާތުގެ މެދުގައި މުޢާމަލާތްކުރަމުން ގޮސްފައިވަނީ އެފަދައިންކަނ އެނގޭ ހެއްކެއް ދަށުކޯޓަށް ހުށަހެޅިފައިނުވާކަނ ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.ދެފަރާތުގެ މެދުގައި ބަދަލުކުރެވިފައިވާ އިންވޮއިސްތަކެއް މި މައްސަލައިގައި ހުށަހެޅިފައިވީނަމަވެސް، ދެފަރާތުގެ މެދުގައި އާންމު އުސޫލުން ޢަމަލުކުރަން އެއްބަސްވެފައިވާގޮތަކީ، ޓިމްބަރ ޓްރޭޑް ޕްރައިވެޓ ލިމިޓެޑުން މުދާ ވިއްކުމަށްފަހު މުދަލުގެ އަގު އަދާކުރުން ކްން އެނގޭނެ ހެއްކެއް މައްސަލައިގައ ހުށަހެޅިފައި ނެތެވެ. އަދި މައްސަލައިގައި ހިމެނޭ އިންވޮއިސްތަކަކީ މިކަން ސާބިތުކުރުމަށްކާފީ ހެއްކެއ ކަމުގައް ނުދެކެމެވެ. އެހެންކަމުން މިމޭރުމުނިޟަ މްނީ ކޮންޓްރެކްޓެއް ދެފަރާތުގެ މެދުގައި އޮތް ކަމަށް ބެލެވިދާނެ ޤާނޫނީ ހަމައެއް އޮތް ކަމށ ނުދެކެމެވެ.
19.5. ހެކިތަކުންޟްމްނީ ކޮންޓްރެކްޓާއ އޮތް ކަން ދަނެގަނެވޭ ކަމަށްބަޔާންކޮށް ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑނު މިނުކުތާގައިފާހަގަކޮށްފައިވ ދެވަނަ ކަމަކްމި އުސޫލުން ބަލާއިރު އިސްތިއުނާފުރައްދުވާ ފަރާތުނ ފައިސާ ހޯދުމަށް އެދޭ ނަންބަރު "12-31-TT" އިންވޮއިސްއަކީ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/66 ޤަޟިއްޔާ )މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ ވ. ޢަބްދުއްސައްތާރު ޢަބްދުﷲ އާއި އިތުރު 6 ފަރާތެއް( މައްސަލަ، 2016/SC-A/16 )އިބްރާހީމް ޚަލީލްވ . މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ( ފަދަ މައްސަލަތައް . ފާހަގަކުރެވުނު ނުކުތާ 3 ގެ )ބ( ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިގެން ފޮނުވި މުދާ ނޫން ކަމަށާއި، އެ މުދާ ނުވިކި އަދިވެސް ގުދަނުގައި އެބަހުރި ކަމަށެވެ. މިހާރުވެސް އާލަމް ރާއި ސިންދްރަމް ބަރްހާދު އަށް އެމުދަލާ ހަވާލުވެވޭނެ ކަމަށެވެ. އެމުދަލަކ ވިއްކޭނީ މުދަލެއްވެސ ނޫން ކަމަށެވެ. އެހެންކަމުން އ އިންވޮއިސްއަށް ފައިސާ ދައްކަން ނުޖެހޭ ކަމަށެވެ.އަދ ދައުވާގައި ހޯދުމަށް އެދޭ ބައެއް ފައިސ އެކަ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ދައްކާފައިވާ ފައިސާ ކަމަށެވެ.އެގޮތުން އިތުރަށްވެސ ފައިސް ދެއްކިފައިވާނެ ކަމަށެވެ. އަދި އެގްޒިބިޓ 6 ގައި ހިމެނި ކޮމާޝަލް އިންވޮއިސްގައި، އެ އިންވޮއިސްއަށް ކޭޝް އިން ފައިސާ ލިބިފައވާކަމަށްވެސ ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ހަގީގަތުގައި ފައިސާ ދައްކަންޖެހެނީ "12-27-TT" އިންވޮއިސް އާއި "15-12-TT" އިންވޮއިސް އަށް ކަމަށެވެ. އެގޮތުން ދައްކަން ޖެހޭ ޖުމްލަ ފައިސާ އަކީ USD15,225.46 )ފަނަރަހާސް ދުއިސައްތަ ފަންސަވީސް އެމެރިކާ ޑޮލަރު ސާޅީސް ހައެއް ސެންޓް( ކަމަށެވެ.އެހެންކަމުނ ދަށުކޯޓުން ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅާފައިވަނީ ހެކިތަކަށް ރނގަޅަށ ރިޢާޔަތްނުކޮށް ކަމަށެވެ.
19.6. މ ނުކުތާގެޖަވާބުގައި އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ބުނެފައިވަނީ އެފަރާތުން ދައުވާކުރި އަދަދަކީ ދައްކަންޖެހޭ އަދަދު ކަމަށް އެއްބަސްވެ ފައިސާ ދެއްކުމުގެ ޕޭމަންޓް ޕްލޭންވެސ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ 2019 ގައި ފޮނުވާފައިވާކަމަށެވެ. މިކަން ޑޮކިއުމަންޓް 6 އަދި 7 އިން އެނގޭނެ ކަމަށެވެ. ދައުވާ ކުރަންޖެހުނީ އެފައިސާ ނުދައްކައިގެން ކަމަށެވެ. އަދި މި މުދަލާ ގުޅިގެނ ނަގަންޖެހުނ ބޭންކު ފައިނޭންސް ގުޅިގެންއާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ބޭންކަށް ދައްކަން ޖެހުނު އިންޓްރެސްޓްގެ ފައިސާވެސް ދައްކާނެ ކަމަށް ބަޔާންކޮށް ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވެފައިވާކަމަށެވެ. އެހެންކަމުން ދަށުކޯޓުން މައްސަލް ނިންމަ މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްނުކޮށްކަމަށް ބުނާ ބުނުން ހައިކޯޓުގައި ސާބިތުކޮށްނުދެވޭ ކަމަށެވެ.
19.7. ދަށް ކޯޓުގު ނިންމުމަށް ބަލާއިރު،އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުންހޯދުމަށ އެދުން ފައިސާގެ ތެރެއިނައިންވޮއިސްތަކށް ދައްކަންޖެހި ނުދައްކައިވާ ޖުމްލަ USD145,995.01 )އެއްލައްކަ ސާޅީސް ފަސްހާސް ނުވަސަތޭކަ ނުވަދިހަ ފަހެއް އެމެރިކާ ޑޮލަރު އެކެއް ސެންޓް( ދަށުކޯޓުން ނަގައިދީފައިވެއެވެ. މިއީ ދެފަރާތުން އެއްބަސްވެފައިވާ ކަމަށް ބުނާ ބޭންކް އިންޓްރެސްޓުގެ ފައިސާ ނުހިމަނާ ނަގައިދީފައިވާ އަދަދެކެވެ.އަދި މިފައިސާ ނަގައިދީފައިވަނީ ހުށަހެޅުނު ހެކިތަކަށް ރިޢާޔަތްކޮށް ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ފައިސ އުނިކުރުމަށްފަހުގައެވެ.
19.8. ދަށުކޯޓަށ އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، އިންވޮއިސްތަކަށްވާ ޖުމްލަ USD160,994.51 )އެއްލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ނުވަދިހަ ހަތަރެއް އެމެރިކާ ޑޮލަރު ފަންސާސް އެކެއް ސެންޓު( ދައްކަންޖެހޭ ކަމަށާއި،އޭގެ އިތުރުން ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ ބޭންކ އިންޓްރެސްޓުގެ ފައިސ USD27,743.86 )ހަތާވީސްހާސް ހަތްސަތޭކަ ސާޅީސް ތިނެއް އެމެރިކާ ޑޮލަރު އަށްޑިހަ ހައެއް ސެންޓް( އާ އެކުޖުމްލ USD188,738.37 )އެއްލައްކަ އަށަހަޑް އަށްހާސް ހަތްސަތޭކަ ތިރީސް އަށެއް އެމެރިކާ ޑޮލަރު ތިރީސް ހަތެއް ސެންޓް( ދައްކަންޖެހޭ ކަމަށ . މިއަދަދަކީ އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ފައިސާ ހޯދުމަށް އެދި ހުށަހެޅި ސްޓޭޓްމަންޓުގައިވާ ހިސާބު ކުށް އުނިކޮށް ހިސާބުހަދް އ ކަނޑައެޅުނު އަދަދެކެވެ. އެގޮތުން 50 ސެންޓުގެ ތަފާތެއް މިއަދަދުގައި ވެއެވެ. މިކަން ދެފަރާތުންވެސް މި އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ. . ފާހަގަކުރެވުނު ނުކުތާ 3 ގެ )އ( ބަޔާންކޮށް އެފައިސާ ދެއްކުމުގެ ޕޭމަންޓް ޕްލޭނެއް ހޯދުމަށް އެދި އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް ހުށަހަޅާފައި ވެއެވެ.
19.9. އެލިޔުމ ގުޅިގެނާ ޖަވާބުގައި 23 ނޮވެންބަރު 2019 ތާރީޚުގައި ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންފޮނުވ ލިޔުމުގައި އެހާތަނަށް ދައްކަންޖެހި ނުދެއްކިވާ، USD160,994.51 )އެއްލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ނުވަދިހަ ހަތަރެއް އެމެރިކާ ޑޮލަރު ފަންސާސް އެކެއް ސެންޓު( ދެއްކުމަށް ހުށަހަޅާ ޕޭމަންޓް ޕްލޭން ބަޔާންކޮށް ޖަވާބުދީފައިވެއެވެ.އެހެންކަމުން މި ފައިސާގެ އަދަދަކީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންދެއްކުމަށް އެއްބަސްވެފައިވާ އަދަދެއްކަން އެނގެއެވެ.
19.10.ފައިސާ ހޯދުމަށް އެދޭ ނަންބަރު "12-31-TT " އިންވޮއިސްއަކީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިގެން ފޮނުވި މުދާ ނޫން ކަމަށާއި، އެ މުދާ ނުވިކި އަދިވެސް ގުދަނުގައި އެބަހުރ ކަމަށާއި އެހެންކަމުން އެ އިންވޮއިސްއަށް ފައިސާ ދައްކަން ނުޖެހޭ ކަމަށ މިމައްސަލ ދަށުކޯޓުގައި ހިނގަމުން ދިޔައިރު، ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރެއެވެ. އެގޮތުން އެ މުދަލުގައި މައްސަލަތަކެއް ހުރުމުން ވިއްކާނުލެވޭނެ ކަން ޓިމްބަރ ޓްރޭޑް ޕްރައިވެޓ ލިމިޓެޑްގެ ފަރާތުންފާހަގަކުރެއެވެ. އެހެންނަމަވެސް، ދަށުކޯޓަށް ދައުވާ ހުށަހެޅުމާ ހަމައަށްވެސް މިފަދަ ޝަކުވާއެއް ކޮށްފައިވާކަން އެނގޭކަށް ނެތެވެ.ހަމައެހެންމެ މި ފައިސާ އަކީ ވެސް ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އާލަމް ރާއި ސިންދްރަމް ބަރްހާދު އަށް ދައްކަންޖެހޭ ފައިސާކަމަށް އެއްބަސްވެ، ޕޭމަންޓް ޕްލޭން ފޮނުވިއިރު އޭގެ ތެރޭގައި ހިމެނޭ ފައިސާއެކެވެ. އަދ ދައުވ ކުރުމާ ހަމައަށް، ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ އެމުދަލާމެދު ޝަކުވާކޮށ އެ މުދާ އަނބުރާ ރައްދުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގޭ ހެއްކެއް މައްސަލައިގައި ނެތެވެ. އެހެންކަމުނ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ އެ ބުނުމަކީ ބަލައިގަނެވޭ ބުނުމެއް ނޫންކަން ފާހަގަކުރަމެވެ.
19.11މި. މައްސަލައިގައި މިއޮތީ ދެފަރާތުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއެއްގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް އެދި އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ތަކުރާރުކޮށް އެދުމުން، އެފައިސާ ދައްކާނެ ކަމަށް ބުނެ އެގޮތުގެ މަތިން އެއްބަސްވެ، ޕޭމަންޓް ޕްލޭނެއް ފޮނަވުމަށްފަހ އެފައިސާ ދައްކަން ފށައިގެންގޮސ ފައިސާ ދެއްކުން ހުއްޓުމ ގުޅިގެނާ އުފަންވި މައްސަލައެކެވެ. ހަމައެހެންމެ ފައިސާ ހޯދުމަށް އެދޭ އިންވޮއިސްތަކަށްވ މުދާ ލިބިފައިނުވާކަމަށް ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. މިހާލްތުގައަ ޓިމްބަރ ޓްރޭޑް ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް އެފަރާތުން ޢަމަލުކުރަންނުޖެހޭ ޤާނޫނީ ސަބަބެއްވެސް ދެއްކިފައި ނުވެއެވެ. އަދި ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކުން ފައިސާ ދައްކާފައިނުވާކަން އެނގެން އޮންނަ އިރު، އެފައިސާ ދައްކާފައިވަނީކޮނ ގޮތަކުން ކަން ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އަށް ސާބިތުކޮށްދެވިފައި ނުވެއެވެ. އެހެންކަމުން މިނުކުތާގައި ދަށުކޯޓުގެ ނިންމުން ނިންމާފައިވަނީ ހެކިތަކަށް ރިޢާޔަތްނުކޮށް ކަމަށް ބެލުމުގެ ޤާނޫނީ ޖާގައެއވެސ ނެތެވެ.
20މި ނުކުތާގައި މިފަދައިން ކަނޑައެޅިގެން ދިއުމުން ނަންބަރު "12-31-TT" އިންވޮއިސް އަށް ފައިސާ ދައްކަން ނުޖެހޭ ކަމަށް ބުނެ ހުށަހެޅި އިސްތިއުނާފީ ނުކުތާއާމެދުވެސ ގޮތް ކަނޑައެޅިފައިވާތީ އ ނުކުތާއާމެދު މިހިނދުގައި އިތުރަށް ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ. އިތުރު އިސްތިއުނާފުގައި ހިމެނޭ އިސްތިއުނާފީ ނުކުތާ )2023/HC-A/271(
21މި މައްސަލައިގައި ހިމެނޭ އިތުރު އިސްތިއުނާފު ކަމަށްވާ ނަންބަރު 2023/HC-A/271 ޤަޟިއްޔާގައި ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑގް މައްޗަށ އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ހުށަހަޅާފައިވަނީ
1 )އެކެއް( ނުކުތާއެވެ.
22HN4HN5HN6އެ ނުކުތާއަކީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އާލަމް ރާއި ސިންދްރަމް ބަރްހާދަށ ދައްކަންޖެހޭ ފައިސާދެއްކުން ލަސްވެފައިވާތީ، 27,743.86 USD )ހަތާވީސް ހާސް ހަތްސަތޭކަ ސާޅީސް ތިނެއ ޕޮއިންޓް އަށެއް ހައެއް އެމެރިކާ ޑޮލަރު( ދިނުމަށް އެއްބަސްވެފައިވާކަން ސާބިތުކުރުމަށް އެއްވެސ ހެއްކެއް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރ 2020/13 )ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގެ )1( ވަނަ ނަންބަރާ ޚިލާފަށް ކަމަށ ބުނެ ފާހަގަކުރި ނުކުތާއެވެ.
22.1. މ ނުކުތާގައި އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުންފާހަގަކޮށްފައިވަނީ އެ ލިޔުމަކީ ޑޮކިއުމަންޓް 9 ގެ ގޮތުގައި ހެކިލިސްޓާއެކު ދަށުކޯޓަށް ހުށަހެޅި ލިޔުމެއް ކަމަށެވެ. އެއީ އީމެއިލެއް ކަމަށެވެ. އެހެންކަމުން އެ ލިޔުމުން ސާބިތުވާ ފައިސާ ނަގައިދިނުން އެދޭ ކަމަށެވެ.
22.2. މިނުކުތާގެ ޖަވާބުގައި ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންފާހަގަކޮށްފައިވަނީ އެ ލިޔުން ދަށުކޯޓަށް ހުށަހެޅިފައިނުވާކަމަށެވެ. އަދި ހުށަހެޅުނުކަމަށް ބެލި ނަމަވެސް އަދި އެ އަދަދަށް އެއްބަސްވި ކަމަށް ބެލި ނަމަވެސް އެއީ ޖަޒާއީ ޝަރުތަކަށްވާތީ އެ ފައިސާ ނަގައިނުދެވޭނެ ކަމަށެވެ.
22.3. ސިވިލް ކޯޓުގެ ރިޕޯޓަށް ބަލާއިރު ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ )ކ( ގައި ބަޔާންކޮށްފައިވަނީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އާލަމް ރާއި ސިންދްރަމް ބަރްހާދަށް ދައްކަންޖެހޭ ފައިސާދެއްކުން ލަސްވެފައިވާތީ، 27,743.86 USD )ހަތާވީސް ހާސް ހަތްސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް އަށެއް ހައެއް އެމެރިކާ ޑޮލަރު( ދިނުމަށް އެއްބަސްވެފައިވާކަނ ސާބިތުކުރުމަށް ހެއްކެއް ހުށަހަޅާފައިވާކަން ހެކިންގެ ލިސްޓުން އެނގެން ނެތުމުން އެފައިސާ ދެއްކުމަށް އެއްބަސްވެފައިވާކަމުގައި ބަލާނެ ތަނެއް ނެތް ކަމަށެވެ.
22.4. ނިމަވެސ ސިވިލް ކޯޓަށް އާލަމް ރާއި ސިންދްރަމް ބަރްހާދުގެ ފަރާތުން ހުށަހެޅިހެކ ލިސްޓުގައި ޑޮކިއުމަންޓް 9 ގ ގޮތުގައި، އެ ލިޔުން ހުށަހެޅިފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ސްކޭން ޞަފްހާ 21 )ހެކިލިސްޓު( އަދި 52 )ޑޮކިއުމަންޓް 9( އަށް ބެލުމުން އެނގެއެވެ.
22.5. އެހެންކަމުން މި ލިޔުން ދަށުކޯޓަށް ހުށަހެޅިފައިވާކަން އެނގެން އޮވެފައި، އެ ލިޔުމާމެދު ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާތީ އެބަޔާމެދ ގޮތު ކަނޑައެޅުމަށް މި މައްސަލަ ސިވިލް ކޓަށޯ ތަހުވީލުކުރަންޖެހޭތޯ ބަލާލާނަމެވެ.
22.6. އާލަމް ރާއި ސިންދްރަމް ބަރްހާ ދުގެ ފަރާތުން ހޯދުމަށް އެދޭ، 27,743.86 USD )ހަތާވީސް ހާސް ހަތްސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް އަށެއް ހައެއް އެމެރިކާ ޑޮލަރު( އަކީ އިންޓްރެސްޓް ފައިސާއެއްކަމާމެދ ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ. އަދި މިއީއާލަމް ރާއި ސިންދްރަމް ބަރްހިދުގެ ފަރާތުން ބޭންކަކަށް ދައްކަންޖެހުނު ކަމަށް ބުނާ ފައިސާއެކެވެ. ނަމަވެސް މިއީ މ މައްސަލައިގައި ހުށަހެޅުނު ހެކިތަކުން ސާބިތުވާން އޮތް ކަމެއް ނޫނެވެ. އަދި ބަހުސްގެ ބޭނުމަށްޓަކައި އެފައިސާ އަކާއާލަމް ރާއި ސިންދްރަމް ބަރްހްދުގެ ފަރާތުން ބޭންކަށް ދައްކަންޖެހުނު ފައިސ ކަމަށް ބެލި ނަމަވެސް އެ ފައިސާ އަށް ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގޭފަރާތުން ޒިންމާވާންޖެހޭ ޤާނޫނީސަބަބެއް މި މައްސަލައިގެ ހެކިތަކުން ފެންނާކަށް ނެތެވެ. ހަމައެކަނި އޮތީ ޓިމްބަރ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގިފަރާތުން އެފައިސާ ދައްކާނެ ކަމަށް އެއްބަސްވެ ފޮނުވި އީމެއިލް އެވެ.އެ ފައިސާއަކީ ގެއްލުމުގެ ބަދަލަށާ ދައްކަންޖެހުނު ފައިސާކަމަށް ބުރަވެވޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން އެއީ ގެއްލުމުގެ ބަދަލެއްކަމުގައި ކަނޑައެޅޭނެ ޖާގައެއް ނެތެވެ. ހަމައެހެންމެ،ފައިސއެއްދައްކަންޖެހޭ ފަރާތކަށަ ޢުޤްބާތެއް ކުރިމަތި ކުރުމުގެ ގޫތުނ ހޯދުމަށް އެދޭ ފައިސއަކީމިހާރު ޢަމަލުކުރެވެމުންދާ ޤާނޫން އުސޫލުތަކަށް ބަލައި ނަގައިދެވޭނެ ފައިސާއެއް ނޫނެވެ. ވުމާއެކު، ދައުވާގެ އެބަޔާމެދ ގޮތު ކަނޑައެޅުމަށްޓަކައ މި މައްސަލަ ދަށުކޯޓަށް ތަހުވީލުކުރުމަކުން ހާސިލުވާނެނަތީޖާއެއް ނެތެވެ. އެހެންކަމުން މި މައޭސަލަ ދަށުކޯޓަށް ތަހުވީލުކުރަންޖެހ ޤާނޫނީ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ.
ނިންމަން ފެންނަގޮތް
23އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް،ސވިލ ކޯޓުގް ނަންބަރު 705/Cv-C/2021 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ. ފަނޑިޔާރު ފާޠިމަތު ފަރްހީޒު ގެ ރ އުޔ؛
24ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކުވ . އަޙްމަދު ޖަނާޙް ޤަޟިއްޔާ )2020/SC-A/28(، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްވ . މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޤަޟިއްޔާ )2019/SC-A/13, 2021/SC-A/52( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ (2018/SC-A/28)
ފަނޑިޔާރު ޢަބދް ﷲ ޖަމީލް މޫސގެ ރައުޔު؛
25ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
26މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށެ ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގްހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 )ތިރީސް( ދުވަހެވެ.އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ.އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ހ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ށ( . ޤާނޫނު ނަންބަރު 2021/32 )މަދަނީ އިޖުރާއަތުގެ ޤާނޫނު( ގެ 284 ވަނަ މާއްދާގެ )ނ(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ސުޕްރީމް ކޯޓު: މަރްޔަމް ޢަލީ ވ. އަޙްމަދު ނަދީމް
- ސުޕްރީމް ކޯޓު: އިބްރާހީމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު
- ސުޕްރީމް ކޯޓުގެ 2019/SC-A/72 އަދި 2021/SC-A/39
- ސުޕްރީމް ކޯޓު: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ ވ. ޢަބްދުއްސައްތާރު ޢަބްދުﷲ އާއި އިތުރު 6 ފަރާތް (2022/SC-A/66)
- ސުޕްރީމް ކޯޓު: އިބްރާހީމް ޚަލީލް ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (2016/SC-A/16)
- ސުޕްރީމް ކޯޓު: ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް (2020/SC-A/28)
- ސުޕްރީމް ކޯޓު: ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (2019/SC-A/13، 2021/SC-A/52)
- ސުޕްރީމް ކޯޓު: ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (2018/SC-A/28)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.