ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ހުދުއަލި އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3946/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކްރެޑިޓަށް ދޫކުރި މުދަލުގެ އަގު ދެއްކުމަށް ގަތް ފަރާތުން ޗެކުތައް ދޫކޮށް، ވިއްކި ފަރާތުން އެ ޗެކުތައް މުއްދަތުގެ ތެރޭގައި ބޭންކަށް ހުށަނާޅައި އޮތުމުން، އަގު ޗެކުގެ ޒަރީޢާއިން އަދާވެފައިވާކަމަށް ބަލައި ފައިސާ ނަގައި ނުދެވޭނެކަމަށް ސިވިލް ކޯޓުން ނިންމީ ރަނގަޅަށްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ ދަޢުވާކުރި ޢަދަދު 3 މަހުގެ ތެރޭގައި ދައްކަން އަމުރުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓަށް ހުށަހެޅޭ ޚުޞޫމާތަކުގައި ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާ ކުރަންވާނީ ޚަޞްމުން ހުށަހަޅާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތަކަށެވެ. ޚަޞްމުން ފައިޞަލާކުރަން އެދިފައިނުވާ އަދި ކޯޓަށް ހުށަހެޅިފައިނުވާ ވަޤާއިޢުތަކަށް ފައިޞަލާ ކޮށްގެން ނުވާނެއެވެ.
HN2 މުދަލުގެ އަގު ހޯދުމަށް ހުށަހަޅާ ދަޢުވާއެއްގައި، ގަތް ފަރާތުން ޗެކުތަކެއް ފޮނުވާފައިވުމަށް އެކަނި ރިޢާޔަތްކޮށް އަގު އަދާކޮށްފައިވާކަމަށް ކަނޑައެޅުމަކީ ދަޢުވާގެ ތަބީޢަތާއި ހުށަހެޅިފައިވާ ހަޤީޤަތްތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއް ނޫނެވެ.
HN3 ދަޢުވާގައިވާ ޢަދަދަށް ޗެކު ދޫކޮށްފައިވާ ފަރާތުން މުދާ ލިބިފައިނުވާކަމަށް ބުނާނަމަ، އެ ޢަދަދަށް ޗެކް ދޫކުރި ސަބަބު އެފަރާތުން ބުނެދޭންވާނެއެވެ. އެފަދަ ސަބަބެއް ބުނެދެވިފައިނުވާނަމަ، އިންވޮއިސްތަކާ ދިމާވާ ޗެކުތަކަކީ ދޫކުރި މުދަލަށް ފައިސާ ދެއްކުމުގެ ގޮތުން ދޫކުރި ޗެކުތަކެއްކަމުގައި ބުރަވެވޭނެއެވެ.
HN4 ވިޔަފާރީގެ މުޢާމަލާތެއްގައި ދެފަރާތުގެ މައްޗަށްވެސް ޒިންމާވާނެއެވެ. މުދާ ވިއްކާ މީހާ އެއްބަސްވި ގޮތަށް މުދާ ފޯރުކޮށްދޭންޖެހޭއިރު، ގަންނަ މީހާ އެ މުދަލަށްވާ އަގު އަދާކުރަންޖެހެއެވެ.
HN5 މުދަލެއްގެ އަގު އަދާކުރެވުނީއެއް ކަމުގައި ވާނީ އެ އަގު ލިބެންޖެހޭ ފަރާތަށް އެއްބަސްވި އަގު ފުރިހަމައަށް ލިބުމުންނެވެ. ޗެކެއްގެ ޒަރީޢާއިން ނަމަ، އެ ޗެކަށްވާ ފައިސާ ލިބުމުން މެނުވީ އަގު އަދާކުރެވުނީއެއް ކަމުގައި ނުވާނެއެވެ.
HN6 ލިބުނު ޗެކުތައް ތާރީޚަށް ބޭންކަށް ހުށަނާޅައި ހުރުމަކީ ޗެކު ލިބުނު ފަރާތުގެ އިހުމާލެއް ނަމަވެސް، އެ ސަބަބަށް (އެ ފަރާތުގެ މުވައްޒަފެއްގެ އިހުމާލުގެ ސަބަބުން ވިޔަސް) ފައިސާ ދައްކަންޖެހޭ ފަރާތް ފައިސާ ދެއްކުމުގެ ޒިންމާއިން މިންޖެއް ނުވެއެވެ. ވަކި ވަގުތެއް ހަމަވުމުން އަގު ދައްކަން ނުޖެހޭނެ ގޮތަށް މާނަކުރުމަކީ ކްރެޑިޓް ވިޔަފާރިއަށް އޮންނަ އިތުބާރު ގެއްލިދާނެ ކަމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު.
ތަޢާރުފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފ ކުރު ފަރާތް" ނުވަތަ "ނަލަހިޔާ ޓްރޭޑިންގ") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ ހުދުއަލި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފ ރައްދުވު ފަރާތް" ނުވަތަ "ހުދުއަލި އިންވެސްޓްމެންޓް") އެވެ. މައްސަލައިގައި ކަންހިނގިގޮތް:
2ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާއަކީ ހުދުއަލި އިންވެސްޓްމަންޓަށް ނަލަހިޔާ ޓްރޭޑިންގ ގެ ފަރާތުން ކުރެޑިޓަށް ދޫކުރި މުދަލަށް ފައިސާ ލިބިފައިނުވާތީ އެފައިސާ އެކީއެއްފަހަރާ ހޯދުމަށް އެދި ނަލަހިޔާ ޓްރޭޑިންގގެ ފަރާތުން ހުދުއަލި އިންވެސްޓްމަންޓްގެ މައްޗަށް ދަޢުވާ އުފުލުމުން ބަލާފައިވާ މައްސަލައެކެވެ.
3މައްސަލައިގައި ކަންހިނގައިދިޔަ ގޮތްކަމަށް އިސްތިއުނާފުކރު ނަލަހިޔާ ޓްރޭޑިންގގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާފޯމުގައި ބަޔާންކޮށްފައިވަނީ، ނަލަހިޔާ ޓްރޭޑިންގގެ ފަރާތުން ހުދުއަލި އިންވެސްޓްމަންޓށަ
198.44,539,1ރ. (އެއްމިލިއަން ފަސްލައްކަ ތިރީސްނުވަހާސް އެއްސަތޭކަ ނުވަދިހަ އަށްރުފިޔާ ސާޅީސް ހަތަރުލާރި)ގެ މުދާ ފޯރުކޮށްދީފައިވާނެކަމަށެވެ.
4އެ މުދަލާއި ގުޅިގެން ހުދުއަލި އިންވެސްޓްމަންޓނު ނަލަހިޔާ ޓްރޭޑިންގއަށ ޗެކުތަކެއް ދޫކުރި ކަމަށާއި، އެހެންނަމަވެސް އެ މުޢާމަލާތާއި ގުޅިގެން އެއްވެސް ފައިސާއެއް އެފަރާތަށް ލިބިފައިނުވާ ކަމަށާއި އެއީ، އޭރު ނަލަހިޔާ ޓްރޭޑިންގގައި ޗީފް ކޭޝިއަރ ކަމުގައި ހުރި ފަރާތކަމަށްވް ހުދުއަލި އިންވެސްޓްމަންޓގެ ޑިރެކްޓަރ އަދި ޙިއްޞާދާރެއްކަމަށްވާ މުޙައްމަދު ޒަރީރު އެޗެކުތައ ބޭންކަށް ނުފޮނުވައި ފޮރުވައިގެން އުޅުމުގެ ސަބަބުން ކަމަށެވެ.
5ހުދުއަލި އިންވެސްޓްމަންޓަށް މުދާ ފޯރުކޮށްދިންކަން ސާބިތުކޮށްދިނުމަށް ނަލަހިޔާ ޓްރޭޑިންގގެ 41 (ސާޅީސް އެކެއް) އިންވޮއިސް އާއި އަދި އެ މުޢާމަލާތާއި ގުޅޭ ޑެލިވަރީ ނޯޓްތަކާއ އަދި އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން ހުދުއަލި އިންވެސްޓްމަންޓުން ދޫކޮށްފައިވާ ކަމަށް ބުނާ 41 (ސާޅީސް އެކެއް) ޗެކް ދަށުކޯޓަށް ހުށަހެޅިއެވެ.
6މި މައްސަލައިގެ ފައިލުން ފެންނަން ހުރި ލިޔުންތަކަށް ބަލާއިރު، މިމައްސަލައަކީ، ހުދުއަލި އިންވެސްޓްމަންޓް ތަމްސީލު ކުރާނެ ފަރާތެއް އައްޔަނު ކުރުމަށްފަހުވެސް މިމައްސަލައިގެ ޝަރީޢަތަށް ހުދުއަލި އިންވެސްޓްމަންޓް ޙާޟިރުކުރުމަށް މަސައްކަތްކޮށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދު ނުކުރެވުމުގެ ސަބަބުން، ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގޭނެ ކަން ކޯޓަށް މީހުން ޙާޟިރު ވުމުގެ އަމުރުގައި ބަޔާންކޮށް ކުންފުނީގެ އެޑްރެހުގައި އެ އަމުރު ތަތްކޮށް އެއަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޟިރުވެފައި ނުވާތީ، ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ރ) އާ އެ ގަވާއިދުގާ 10 ވަނަ މާއްދާގެ (ރ) ގެ ދަށުން ޣައިރު ޙާޟިރުގައި ޝަރީޢަތް ހިންގައި ނިމިފައިވާ ޤަޟިއްޔާއެކެވެ. މި މައްސަލައަށް ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ފޮނުވާފައިވަނީ، ދަށުކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި މައްސަލައަށް ސުލްޙަވެރި ޙައްލެއް ހޯދެން ނެތިގެން ދެފަރާތނު އެދިގެންނެވެ. މައްސަލައިގެ ޝަރީޢަތަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ޙާޟިރު ވެފައިވާކަން އެނގެން ނެތް ނަމަވެސް، މައްސަލައިގެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅިފައިވާ ލިޔުންތަކާއި ގުޅިގެން ހުށަހެޅި އިންވޮއިސްތަކާއި ޑެލިވަރީ ނޯޓުތަކާއ ގުޅިގެނި ބައެއްކަންކަން ފާހަގަކޮށްފައިވާ ލިސްޓެއް ދަށުކޯޓަށް ހުށަހެޅި ދަޢުވާފޯމުގެ "ދަޢުވާ ބިނާކޮށްފައިވާ ގޮތާއި، މައްސަލާގެ ކަންހިނގާފައިވާ ގޮތުގެ ތަފްސީލު"ގެ 8.41 ގައި " 8.1 އިން 8.40ގައި ބަޔާންކޮށްފައިވާ ޗެކުތައް ދޫކުރެވުނު އިރު، ނަލަހިޔާގެ ޗީފް ކޭޝިއަރުކަމުގައ ހުރި ދަޢުވާލިބޭ ކުންފުނީގެ ޑިރެކްޓަރު އަދި ޙިއްޞާދާރު މުޙައްމަދު ޒަރީރު އެވެ. މީނާ ދަޢުވާކުރާ ކުންފުނީގެ ވަޒީފާގައި ހުރެ މީނާ ހިއްޞާވާ ކުންފުންޏަކަށް ދަރަންޏަށް މުދާ ދޫކޮށް، ޗެކުގައި މީނާގެވެސް ސޮއިހިމެނޭތަށް ކުރުމަށްފަހު، އެ ޗެކްތައް ބޭންކަށް ނުފޮނުވައި ފޮރުވައިގެން ގެންގުޅުމުގެ ސަބަބުން މަތީގައި ޙަވާލާދީފައިވާ އެއްވެސް މުޢާމަލާތަކާގުޅޭ އެއްވެސް ފައިސާއެއް ދަޢުވާކުރާފަރާތަށް ލިބިފައި ނުވެއެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. ހުދުއަލިން 03 ނޮވެންބަރު 2018 ގައި ހުދުއަލިން ފާސްކޮށްފައިވާ ބޯޑު ރިޒޮލިއުޝަނުންއިން މާލެ، ޢަބްދުﷲ ޙަސަން ސިވިލް ކޯޓުގެ ނަންބަރު: CR2/2018/2523-B3 (26 ޑިސެންބަރު 2018) ކޯޓަށް ހާޟިރުވުމުގެ އަމުރު […] ޢަބްދުﷲ ޙަސަން 06 އޮގަސްޓް 2018 ގައި ހުދުއަލި ފަރާތުން ބަޔާންދީފައި. މައްސަލަ ރައްދުވި ހުދުއަލި އިންވެސްޓްމންޓްގަ ފަރާތުން 27 ނޮވެންބަރު 2018 ގައި ހުށަހަޅާފައިވާ ލިޔުމެއްކަމަށް ބަޔާންކުރާ ލިޔުމެއް ފައިލުން ފެންނަން އޮވެއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
7ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުދުއަލި އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލާގައި، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލް ކުރެވު ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނާ ) ގެ (ޗެޕްޓަރ 3- ޗެކް) 21 ވަނަ މާއްދާއާއި 29 ވަނަ މާއްދާއާއި، 30 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާ ނޫނު)ގެ 15 މާއްދާގެ
(ހ) އަށް ރިއާޔަތްކޮށް، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފައިސާއަކީ ދަޢުވާލިބޭ ހުދުއަލި އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ނަގައިދެވިދާނޭ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި، ދަޢުވާލިބުނު ހުދުއަލި އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ. " މިފަދައިންނެވެ.
8ނަލަހިޔާ ޓްރޭޑިންގގެ ފަރާތުން ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދުނު ފައިސާއަކީ، ހުދުއަލި އިންވެސްޓްމންޓަ ގ ކިބައިން ނަގައިދެވިދާނޭ ފައިސާއެއް ނޫންކަމަށް ނިންމިއިރު އަންނަނިވި ކަންކަން ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.
1.8 ޗެކުތަކުގެ އަމުރުވެރިކަމުގެ ބާރު ކެނޑޭނެ ކަމަށް ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު)ގެ (ޗެޕްޓަރ 3- ޗެކް) 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާގައި ބަޔާންވެގެންދާފަދަ ކަމެއް ނުވަތަ ޙާލަތެއް ހުދުއަލި އިންވެސްޓްމަންޓްސް ޕްރައިވެޓް ލމި ޓެޑިގެ ފަރާތުން ކުރިމަތި ކުރުވާފައި ނުވާކަން އެނގެން އޮންނަކަމަށް ފާހަގަކޮށް ބުނެވުނު މާއްދާތަކާ ޙަވާލާދީ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާ މުދަލުގެ އަގު ހުދުއަލި އިންވެސްޓްމންޓްސް ޕަ ރްއިވެޓް ލމިޓެޑި ގ ފަރާތުން ޗެކުގެ ޒަރީޢާއިން އަދާކޮށްފައިވާ ކަމަށް ފާގަކޮށްފައިވެއެވެ.
2.8 ނަލަހިޔާ ޓްރޭޑިންގގެ 41 (ސާޅީސް އެކެއް) އިންވޮއިސް ގައިވާ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން ހުދުއަލި އިންވެސްޓްމެންޓްގެ ފަރާތުން ދޫކޮށްފައިވާ ޗެކުގައިވާ ފައިސާ ނުލިބުނީ ހުދު އެފަރާތުގެ ވަޒީފާގައި ހުރި ފަރާތެއްގެ އިހުމާލު ހިމެނޭ ޢަމަލެއްގެ ސަބަބުންކަމަށް ބުނި ނަމަވެސް، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފެއްގެ އިހުމާލުގެ ސަބަބުން ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ނުލިބިވާކަމުގައި އެފަރާތުން ބުނާ ފައިސާއެއް ހޯދުމަށް އެނޫން ފަރާތެއްގެ މައްޗަށް ދަޢުވާ ނުކުރެވޭކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލުމުން އެނގެން އޮންނަކަމަށް ދަށުކޯޓުން މައްސަލައިގެ ޙުކުމަށް ވާސިލްވުމުގައި ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް:
9ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާފައިވެއެވެ.
1.9 ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ ފޯރުކޮށްދިން މުދަލއާ ޚިދުމަތަށް އަގު ހޯދަން އެދި ހުށަހެޅި ދަޢުވާއެއް ކަމަށާއި، އެ ދަޢުވާއަކީ ޗެކް ބައުންސް މައްސަލައެއް ނޫންކަން އެނގެން އޮތްނަމަވެސް ޗެކުގެ މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަ ހިންގާ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2.9 ދެވަނަ ނުކުތާއަކީ، ނަލަހިޔާ ޓްރޭޑިން އިން ގަތް މުދަލަށް ހުދުއަލި އިންވެސްޓްމަންޓުގެ ކިބައިން އަގު ލިބިފައި ނުވާއިރު އަދި ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި މުދަލުގެ އަގު އަދާކުރުމަކީ މުދާ ގަތްފަރާތުގެ މައްޗަށްވާ އަސްލީ އިލްތިޒާމެއްކަން ޤާނޫނު ނަންބަރު 6/91 (މުދާވިއްކުމާބެހޭ ޤާނޫނު)ގެ 12 ވަނަމާއްދާގައި ކަނޑައަޅާ ބަޔާން ކޮށްފައި އޮތްނަމަވެސް އެކަމަށް ރިޢާޔަތް ނުކޮށް، އަގު ނަގައި ނުދެވޭނެކަމަށް ކަނޑައަޅާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3.9 ތިންވަނަ ނުކުތާއަކީ، މައްސަލައިގައި ކްރެޑިޓަށް މުދާ ނެގިކަން ސާބިތުކޮށްދޭ ޤަރީނާއެއްގެ ގޮތުގައި ހުށަހެޅި ޗެކްތަކާގުޅޭ ގޮތުން މައްސަލަ ބެއްލެވި ޤާޟީ ތަފާތު ވިސްނުންފުޅެއް ގެންގުޅުއްވި ނަމަވެސް އެކަމާގުޅޭގޮތުން ސުވާލުކުރައްވާފައި ނުވުމުން އެނުކުތާގައި ވާހަކަދައްކާ ކަންހިނގާފައވި ގޮތާ އަދި ވަކިން ޚއާ ސްކޮށް އެކްސްޕަޔަރވި (މުއްދަތު ހަމަވި) ޗެކުތަކުގެ ބަދަލުގައި އައުޗެކުތައް ޙަވާލުކުރަން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅިކަން ސާބިތުކޮށްދީ ހެކިހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފު ކުރާ ފަރާތަށް ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަތައް:
10ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާގެ ދައުވާގެ ސީޣާއަށާއި ދަޢުވާގައި އެދިފައިވާ ގޮތަށް ބެލިނަމަވެސް، މިއީ މުދަލަށް އަގު ލިބިފައިނުވާތީ އަގު ހޯދުމަށް އެދި ހުށހެޅަ ދައުވާއެއްކަން އެނގޭކަމަށާއި، އެހެންނަމަވެސް ސިވިލް ކޯޓނު މިމައްސަލ ނިންމާފައިވަނީ ޗެކު ބައުންސް މައްސަލައެއް ގޮތުގައި ކަމަށެވެ. އަދި ހުދުއަލި އިންވެސްޓްމަންޓުގެ ފަރާތުން ކޯޓަށް ޙާޟިރުވެ، އެފަރާތުން ނެގި މުދަލުގެ ސްޓޭޓްމަންޓެއް 27 ނޮވެމްބަރު 2018 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމަށާއި، އަދި ފައިސާ އަދާކުރުމުގެ ޒިންމާ އުފުލަންޖެހޭނެކަމާމެދު އިޢުތިރާޒުނުކުރާކަމަށެވެ.
11ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މުދަލުގެ އަގަށްވާ ފައިސާ މުދާ ވިއްކި ފަރާތަށް ލިބިފައިނުވާކަން އެނގެން އޮތުމުން، މުދާ ވިއްކި ފަރާތަށް މުދަލުގެ އަގު ލިބިގަތުމުގެ މައްޗަށްވާ ޙައްޤު ލިބިފައިނުވާކަން އެނގެން އޮތްނަމަވެސް މުދަލުގެ އަގު ނަގައި ދެއްވުމަކާއި ނުލައި ދަށު ކޯޓުން މައްސަލަ ނިންމާފައި އޮތުމުން މުދާ ވިއްކި ފަރާތުގެ ޙައްޤު ގެއްލިފައިވާކަމަށެވެ. އަދި ޗެކުގެ ޒަރީޢާއިން ފައިސާ އަދާކުރަން ކުޅަ މަސައްކަތުން ފައސި ލިބިފައިނުވާތީ ފައިސާ އަދާކުރުމުގެ ޒިންމާ އަދާކުރެވިފައިނުވާކަމަށެވެ. އެހެންކަމުން މި ދައުވާގައި ބަޔާންކުރާ އަގު އަދާކޮށް ޚަލާސްކޮށްފައިވާކަމަށް ބަލައި ފައިސާ ނަގައި ދީފައިނުވަނީ ރަނގަޅަށް ނޫން ކަމަށެވެ.
12ތިންވަނަ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، މައްސަލައިގައި ކްރެޑިޓަށް މުދާ ނެގިކަން ސާބިތުކޮށްދޭ ޤަރީނާއެއްގެ ގޮތުގައި ހުށަހެޅި ޗެކްތަކާގުޅޭ ގޮތުން މައްސަލަ ބެއްލެވި ޤާޟީ ތަފާތު ވިސްނުންފުޅެއް ގެންގުޅުއްވި ނަމަވެސް އެކަމާގުޅޭ ގޮތުން ސުވާލުކުރައްވާފައި ނުވުމުން އެނުކުތާގައި ވާހަކަދައްކއަ ކަންހިނގާފައިވާ ގޮތާއި، މުއްދަތުހަމަވެފައިވާ ޗެކުތަކުގެ ބަދަލުގައި އައުޗެކުތައް ޙަވާލުކުރަން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅިކަން ސާބިތުކޮށްދީ ހެކިހުށަހެޅުމުގެ ފުރުޞަތު އިސްތިއުނާފު ކުރާ ފަރާތަށް ގެއްލިފައިވާކަމަށެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތުން ދޭންޖެހޭ ފައިސާގެ ސްޓޭޓްމަންޓއާ ޗެކުތަކުގެ ލިސްޓް ފޮނުވުމުން އާޗެކުތައް ދޭނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މެނޭޖިންގ ޑިރެކްޓަރ ބުނެފައިވާކަމަށާއި، އަދި އެޗެކުތަކުގެ ލިސްޓާއި ޗެކުތަކުގެ ސްކޭން ކޮޕީއާއި، ސްޓޭޓްމަންޓްތައް ފޮނުވާފައިވާކަން ސާބިތުކޮށްދިނުމަށް އޮތް ފުރުސަތު އިސްތިއުނާފު ކުރާ ފަރާތަށް ގެއްލިފައިވާކަމަށެވެ.
އިސްތިއުނާފުކރު ފަރާތުން އެދުނުގޮތް
13ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޫކުރި މުދަލަށް ދައްކަންޖެހޭ އަގު ލިބިފައިނުވާތީ އަގު ދެއްކުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަމުރުކޮށްދިނުމަށާއި އެ ގޮތުން ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެނެސް ދަޢުވާގައި ހޯދަން އެދުނު ފައިސާ ނަގައި ދޭންޖެހޭނެކަމަށް ކަނޑައަޅައި ފައިސާ ދައްކަން ހުދުއަލި އިންވެސްޓްމަންޓްސް ޕްރއިވެޓަ ލިމޓެޑި ގ މައްޗަށް އަމުރުކޮށްދިނުމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ
14ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާ ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް އެދި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކުރި ތިން ނުކުތާގެ ރައްދުގައި ހުދުއަލި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ދަޢުވާގައި ބުނާ މުޢާމަލާތަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިވެއެވެ. އެގޮތުން އެ ފަރާތުން ބުނެފައިވަނީ ؛ "ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމުގައިވާ މުޢާމަލާތަކީ ހާއްސަ މުޢާމަލާތެއް ނޫންކަމުން އެއީ ހުދުއަލި އިންވެސްޓްމަންޓްސް ޕްރައިވެޓް ލ މި ޓެޑިގެ ފަރާތުން ފައިސާ ދެއްކުމުގެ ޒިންމާ އުފުލަންޖެހޭ މުޢާމަލާތެއް ނޫނެވެ. ނަލަހިޔާގެ ފަރާތުން ކުރެވިފައިވާ ދަޢުވާގައި ބަޔާންކުރާ މުދަލަކީ ހުދުއަލި އިންވެސްޓްމންޓްސަ ޕްރައިވެޓް ލިމޓެޑި އަށް ލިބިފައިވާ މުދަލެއް ނޫނެވެ. އަދި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައިވެސް ނަލަހިޔާގެ ފަރާތުން ހުދުއަލި އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމޓެޑި އަށް މުދާ ޑެލިވަރީ ކުރިކަން ސާބިތުވާ ޑެލިވަރީ ނޯޓް ފަދަ ލިޔުމެއް ނަމަވެސް މުދާ ފޯރުކޮށްދިންކަން ސާބިތުކުރުމަށް ހުށަހަޅާފައިނުވެއެވެ. ދަޢުވާގައި ހުށަހެޅި މުދާ ބެލެވެނީ ނަލަހިޔާގެ ފަރާތުން އެހެން ބަޔަކަށް ވިއްކާފައިވާ މުދާކަމުން މިއީ، ހުދުއަލި އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމޓެޑި ގެ ފަރާތުން އެއްވެސް މުވައްޒަފަކު ހަވާލުވެފައިވާ މުދަލެއް ނޫނެވެ. ހުދުއަލި އިންވެސްޓްމެންޓްސްގެ ފަރާތުން ނުވަތަ ހުދު އަލީގެ ފަރާތުން ހުއްދަ ލިބިފައިވާ މުވައްޒަފަކަށް ފޯރުކޮށްފައިވާ މުދަލެއް ދަޢުވާއިން އެނގެން ނެތްއިރު މި މުޢާމލާތަށަ ހުދު އަލިން ޒިންމާވާން ނުޖެހެއެވެ." މިފަދައިންނެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދުނުގޮތް:
15އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށާއި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލް ކުރަން ނުޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފު ރައްދވު ފަރާތުން ހުށަހެޅި ދަޢުވާގެ ޖަވާބު ފޯމުގައި ދީފައިވާ ޖަވާބު.
ފާހަގަކުރެވޭ ކަންތައްތައް
16ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ނުކުތާތަކާއި މި އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން މިކޯޓުގައި ޖަވާބުދީފައިވާ ގޮތަށް ބަލާއިރު، ދަށުކޯޓަށް ހުށަހެޅުނު ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތކަ ކޮށްފައިވާ މުޢާމަލާތެއް ނޫންކަމަށް ފާހަގަކޮށް ދަޢުވާއަށް އިންކާރުކޮށްފައިވާކަން އެފަރާތުގެ ޖަވާބުން އެނގެއެވެ.
17މި މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު އަހުރެންގެ ކުރިމަތީގައި އޮތީ އަންނަނިވި ސުވާލެވެ. އެއީ؛ I. މި މައްސަލާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ނުވަތަ މި މައްސަލާގައި ހިމެނޭ 41 (ސާޅީސް އެކެއް) އިންވޮއިސްގައިވާ 1,539,198.44ރ. (އެއްމިލިއަން ފަސްލައްކަ ތިރީސްނުވަހާސް އެއްސަތޭކަ ނުވަދިހަ އަށްރުފިޔާ ސާޅީސް ހަތަރުލާރި) ދެއްކުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން އެ ޢަދަދަށްވާ 41 (ސާޅީސް އެކެއް) ޗެކު ދޫކޮށްފައިވަނިކޮށް، އެ ޗެކުތަކުގައިވާ ތާރީޚުތައް ފަހަނަޅައިދިޔައިރު އިސްތިއުނާފު ކުރާ ފަރާތުން އެޗެކުތައ ބޭންކަށް ހުށަހަޅައި ފައިސާއަށް ބަދަލުކޮށްފައިނުވުމުން، މިހާރު އެފައިސާއަކީ ދަޢުވާލިބޭ ހުދުއަލި އިންވެސްޓްމެންޓްސް ޕްރއިވެޓަ ލިމޓެޑި ގ ކިބައިން ނަގައިދެވިދާނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ރަނގަޅަށްތޯއެވެ؟
18މި މައްސަލައަށް ބަލާއިރު، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކުރީގެ މައްސަލައެކެވެ. ހަމައެފަދައިން، މި މައްސަލަ ނިންމާފައިވަނީ ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައެވެ. އެގޮތުން މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިވަނީ، މައްސަލައިގެ ދަޢުވާލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހަޅާފައިވާ ހެކިޤަރީނާތަކުގެ މައްޗަށެވެ. އަދި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދައުވާލިބޭ ފަރާތުން އިންކާރު ކުރާ މައްސަލައެއްކަމުގައި ބަލައިގެންނެވެ.
19ހަމައެހެންމެ މައްސަލަ ނިންމުމުގައި، ދައުވާލިބޭ ފަރާތުން ހުށަހަޅާފައިވާ ހެކި ޤަރީނާތަކަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދެމެދު ވިޔަފާރީގެ މުޢާމަލާތެއް ކުރެވި، އެ މުޢާމަލާތާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ އެންމެހާ ފައިސާ ދެއްކުމުގެ ގޮތުން، ކޮންމެ މުޢާމަލާތަކަށް ވަކިން ޗެކު ދޫކޮށް، އެ ޗެކުތައް އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާކަން އެނގެން އޮންނަކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
20އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން އެއިން އެއްވެސް ޗެކެއް ބޭންކަށް ހުށަހަޅައި ޗެކުގައި ބުނެފައިވާ ތާރީޚަށް އެޗެކުތައ ފައިސާއަށް ބަދަލުކޮށްފައިނުވާކަން އިސްތިއުނާފު ކުރާ ފަރާތުގެ ބަހުން އެނގެންއޮތުމުންނާއި، އެކަމުގައި އިސްތިއުނާފުކުރާ ފަރާތުގެ މުވައްޒަފެއްގެ އިހުމާލު އޮތްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާތީ، މި ސަބަބުތަކުގެ މައްޗަށް ބަލައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މަސްއޫލިއްޔަތު އަދާވެފައިވާކަމަށ ސިވިލް ކޯޓުން ބަލާފައިވެއެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށްވެސް ކަނޑައަޅާފައިވެއެވެ. ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ފައިޞަލާކުރު ން
21އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެފަރާތުން ސިވިލްކޯޓަށް ހުށަހެޅި ދަޢުވާއަކީ ފޯރުކޮށްދިން މުދަލާ ޚިދުމަތަށް އަގު ހޯދމަށު އެދް ހުށަހެޅި ދަޢުވާއެއް ކަމަށާއި، އެހެންނަމަވެސް ދަށުކޯޓުން މައްސަލަ ނިންމާފައިވަނީ ޗެކުގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ޖަވާބުގައި މިނުކުތާގެ ރައްދުގައި ވަކި ކަމެއް ފާހަގަކޮށްފައި ނުވެއެވެ.
22HN1ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމާތަކީ ގުޅިގެނާ ފުރަތަމް މަރުޙަލާގެ ކޯޓުން ފައިޞަލާ ކުރަންޖެހޭގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގައި ބަޔާންކޮށް ފާހަގަކޮށްފައިވަނީ، ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކ ގުޅިގެނާ ފުރަތަމް މަރުޙަލާގެ ކޯޓުން ފައިޞަލާ ކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތަކަށް ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ)ގެ ދެވަނަ ޕެރެގްރާފް ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ)ގެ ފަހު ޕެރެގްރާފް ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) 2013/SC-A/44 ޤަޟިއްޔާގެ 8 ވަނަ ނަންބަރުގެ (ހ) ކަމަށާއި، ޚަޞްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅިފައިނުވާ ވަޤާއިޢުތަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމަށެވެ.
23މިމައްސަލައަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔގައާ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާ ގައި ބަޔާންކޮށްފައިވަނީ؛ "މއ ދަޢުވީ ލިބޭ ހުދުއަލި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާކުރާ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރެޑިޓަށް ދޫކުރި މުދަލަށް ފައިސާ ލިބިފައިނުވާތީ އެފައިސާ އެކީއެއްފަހަރާ ހޯދުމަށް އެދި ހުދުއަލި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުށަހަޅާ ދަޢުވާއެކެވެ." މި ފަދައިންނެވެ.
24ހުދުއަލި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ މުދަލުގެ އަގުގެ ގޮތުގައި 1,539,198.44ރ. (އެއްމިލިއަން ފަސްލައްކަ ތިރީސް ނުވަހާސް އެއްސަތޭކަ ނުވަދިހަ އަށްރުފިޔާ ސާޅީސް ހަތަރުލާރި) ހޯދުމަށް މި ދަޢުވާގައި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވާއިރު، ދަޢުވާގައި އެދޭގޮތް ކަމަށް ބަޔާންކޮށްފައިވަނީ؛ " ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ މުދާ ދަޢުވާލިބޭ ހުދުއަލި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާކަން ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވައި މި ފައިސާއަކީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅުއްވައިދެއްވައި، މި ފައިސާ ދަޢުވާލިބޭ ފަރާތުގެ އަތުން ނަގައިދެއްވުން". މިފަދައިންނެވެ.
25މިމައްސަލައިގައި ދަށުކޯޓނު ފައިޞަލާކޮށްފައިވާ ގޮތަށް ބަލާއިރު، ކަނޑައަޅާފައިވަނީ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާ މުދަލުގެ އަގު ހުދުއަލި އިންވެސްޓްމންޓްސަ ޕްރައިވެޓް ލިމޓެޑި ގ ފަރާތުން ޗެކުގެ ޒަރީޢާއިން އަދާކޮށްފައިވާ ކަމަށް ބަލައި، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދުނު ފައިސާއަކީ، ހުދުއަލި އިންވެސްޓްމަންޓްސް ޕްރއިވެޓަ ލިމޓެޑި ގެ ކިބައިން ނަގައިދެވިދާނު ފައިސާއެއް ނޫންކަމުގައެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާފޯމުގެ 7 ވަނަ ނަންބަރު
26ދަށުކޯޓަށް ހުށަހެޅުނު ދަޢުވާ ފޯމަށް ބަލާއިރު، މިޤަޟިއްޔާއާ ގުޅިގެން ނަލަހިޔާ ޓްރޭޑިންގގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި، ހުދުއަލި އިންވެސްޓްމަންޓްގެ ޗެކުތަކަކީ ދަޢުވާގައި ބަޔާންކުރާ މުޢާމަލާތް ސާބިތުކުރުމުގެ ގޮތުން ހުށަހެޅި ލިޔުންތަކެކެވެ.
27HN2އެހެންކަމުން ހުދުއަލި އިންވެސްޓްމންޓަން ޗެކުތަކެއް ފޮނުވާފައިވާވުމަށ އެކަން ރިޢާޔަތްކޮށް މުދަލުގެ އަގު އަދާކޮށްފައިވާކަމަށް ކަނޑައަޅާފައިވަނީ، މައްސަލައިގެ ހުށަހެޅުނު އެ ދަޢުވާގެ ތަބީޢަތާއި މައްސަލައިގެ މައުޟޫޢާ ގުޅިގެން ދަށުކޯޓަށް ހުށަހެޅިފައިވާ ހަޤީޤަތްތަކުގެ މައްޗަށް އެންމެ ރަނގަޅަށް ރިޢާޔަތްކުރެވިގެންކަމަށް ޤަބޫލުނުކުރެވެއެވެ.
28ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ފައިސާ ދެއްކުމުގެ ގޮތުން، ޗެކްތަކެއް ދޫކޮށްފައިވާތީއާއި އަދި އެ ޗެކްތަކުގައިވާ ތާރީޚް ފާއިތުވެގެން ދިޔައިރުވެސް އެ ޗެކްތައް ބެންކަށް ހުށަހަޅައިގެން ފައިސާއަށް ބަދަލުކުރުމުގެ ކަންކަން އިސްތއުނާފި ކުރާ ފަރާތުން ކޮށްފައިނުވަނީ، އިސްތިއުނާފު ކުރާ ފަރާތުގެ މުވައްޒަފެއްގެ އިހުމާލު އެކަމުގައި އޮވެގެންކަމުގައި ބުނެފައިވުމުގެ މައްޗަށް ރިޢާޔަތްކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުން އިންވޮއިސްގައިވާ މުދަލުގެ އަގަށްވާ ފައިސާ ޗެކްތަކުގެ ޒަރީޢާއނި އިސްތިއުނާފު ކުރާ ފަރާތަށް އަދާކޮށްފައިވާކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
29ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، އެނިންމުމުގައި ކަނޑައަޅާފައިވާ އަންނަނިވި ކަންކަމުގައި ބަހުސެއް އޮތްކަމުގައި އަހުރެނ ނުދެކެމެވެ. I. އިސްތިއުނާފު ކުރާ ފަރާތުން ފޯރުކޮށްދީފައިވާ މުދަލަށްވާ ފައިސާ ލިބިގަތުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވާ 41 (ސާޅީސްއެކެއ) އިންވޮއިސްގައިވާ މުދަލަށްވާ ފައިސގާ ޢަދަދާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ދޫކޮށްފައިވާ ޗެކުތަކުގައިވާ ފައިސާ ޢަދަދު ދިމާވާކަމާއި، އެ ޗެކްތައް ހަމއަށަ އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާކަން . ދަށުކޯޓަށް ހުށަހެޅުނު ދަޢުވާ ފޯމުގެ 10 ވަނަ ނަންބަރު ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) އަދި (ނ) II. އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ޗެކްތަކުގައިވާ ތާރީޚުތައް ފަހަނަޅައިދިޔައިރުވެސް އެއްވެސް ޗެކެއް ބޭންކަށް ހުށަހަޅައި ފައިސާއަށް ބަދަލުކޮށްފައިނުވާކަން .
30ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދެމެދުގައި މާލީ މުޢާމަލާތެއް ކުރެވިފައިވާކަމާއި، އަދި އެކަމުގެ މުޤާބިލުގެ ގޮތުގައި ލިބެންވާ ފައިސާއަށްވާ ޗެކުތަކެއް އިސްތިއުނާފުކުރާ ފަރާތަށް ދެވިފައިވީނަމަވެސް، އެޗެކުތައް ބޭންކަށް ހުށަހަޅައި ފައިސާއަށް ބަދަލުކޮށްފައިނުވާތީ، އެ ޗެކްތަކުގައިވާ ފައިސާ އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިނުވާކަން ސާފުކޮށް އެނގެން އޮވެއެވެ. ދަޢުވާގައި ބުނާ މުޢާމަލާތް ދަށުކޯޓުގައި ސާބިތުކޮށްފައިވޭތޯ ބެލުން
31ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތަކީ ކޮށްފައިވާ މުޢާމަލާތެއް ނޫންކަމަށް ފާހަގަކޮށް ދަޢުވާއަށް ހުދުއަލި އިންވެސްޓްމަންޓގް ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިންކާރުކޮށްފައިވެއެވެ. ހަމައެފަދައިން މި މައްސަލައަކީ، ސިވިލް ކޯޓުގައި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ނިންމާފައިވާ މައްސަލައެއްކަމުގައިވާތީ، އެ މަރުޙަލާގައިވެސް ބަލާފައިވަނީ މި މައްސަލައަކީ ދައުވާލިބޭ ފަރާތުން އިންކާރު ކުރާ މައްސަލައެއް ކަމުގައެވެ.
32ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތަށް މުދާ ފޯރުކޮށްދިންކަން ސާބިތުކޮށްދިނުމުގެ ގޮތުން ނަލަހިޔާ ޓްރޭޑިންގގެ 41 (ސާޅީސް އެކެއް) އިންވޮއިސް އާއި އަދި އެ މުޢާމަލާތާއި ގުޅޭ ޑެލިވަރީ ނޯޓުތަކާއ އަދި އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން ހުދުއަލި އިންވެސްޓްމަންޓނު ދޫކޮށްފައިވާ 41 (ސާޅީސް އެކެއް) ޗެކެއް ޝަރީޢަތަށް ހުށަހަޅާފައިވާކަން ދަށުކޯޓުގެ ރިޕޯޓުން އެނގެން އޮވެއެވެ. ސިވިލް ކޯޓުގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) ގެ ތިންވަނަ ޕެރެގްރާފް ސިވިލް ކޯޓުގެ " ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރު
33ބަޔާންކުރެވުނު ޗެކުތަކާއި ބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތާ ޝަރީޢަތުން ސުވާލުކުރުމުން އެޗެކުތަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރުކޮށްފައިނުވެއެވެ. ހަމައެހެންމެ، އެއީ އިސްތިއުނާފު ރައްދުވާ ފަރާތގު ޗެކުތަކެއްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
34HN3އިސްވެ ބަޔާންކުރެވުނު ލިޔުންތަކަށް ބަލާއިރު، މައްސަލައާއެކު ހުށަހަޅާފައިވާ 41 (ސާޅީސް އެކެއް) އިންވޮއިސް ކުރެ، ކޮންމެ އިންވޮއިސްއެއްގައިވާ ފައިސާގެ މިންވަރު އަދާކުރުމުގެ ގޮތުން ދައުވާލިބޭ ފަރާތުން އެފަރާތުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކގައި ހުޅުވާފައި އޮންނަ ނަންބަރު 222-000050-7730 އެކައުންޓުން ޖުމްލަ 41 (ސާޅީސް އެކެއް) ޗެކް ދޫކޮށްފައިވާކަމާއި، މި ބުނެވުނު 41 (ސާޅީސް އެކެއް) ޗެކުގައިވާ ޖުމްލަ ފައިސާގެ ޢަދަދަކީ 1,539,198.44ރ. (އެއްމިލިއަން ފަސްލައްކަ ތިރީސްނުވަހާސް އެއްސަތޭކަ ނުވަދިހަ އަށްރުފިޔާ ސާޅީސް ހަތަރުލާރި) ކަން އެނގެން އޮންނަކަމަށް ސިވިލް ކޯޓުގް "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު" ގައި ކަނޑައަޅާފައިވާ ވުމަށް އަހުރެންނަށް ތާޢީދު ކުރެވެއެވެ. އަދި އެ ޗެކްތަކަކީ އިސްތިއުނާފު ކުރާ ފަރާތުން ދޫކޮށްފައިވާ މުދަލަށް ފައިސާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކްތަކެއްކަމުގައި ބުރަވެވެއެވެ.
35މުދާ ފޯރުކޮށްދީފައި ނުވާނަމަ އެ ޢަދަދަށް ހުދުއަލި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމޓެޑި ނ ޗެކް ދޫކުރު ސަބަބެއް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެދޭންވާނެކަމުގައި ދެކެމެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ސަބަބެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ބުނެދެވިފައި ނުވެއެވެ. ސިވިލް ކޯޓުގެ " ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު"ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ)ގެ ދެވަނަ ޕެރެގްރާފް މުދަލުގެ އަދާކުރުން
36HN4ދެފާރާތެއްގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަ ލާތެއްގައި، ދެ ފަރާތުގެ މައްޗަށްވެސް ޒިންމާތަކެއްވެއެވެ. އެގޮތުން މުދަލެއް ވިއްކާމީހ އާ މުދަލެއް، ދެފަރާތުގެ ދެމެދުގައި އެއްބަސްވެވުނު ގޮތަކަށް ފޯރުކޮށްދޭންޖެހެއެވެ. އަދި ހަމައެފަދައިން، އެމުދަލެއް ގަންނަމީހ އާ މުދަލަށްވ އަގާ އަދާކުރަންޖެހެއެވެ.
37HN5މުދަލެއްގެ އަގު އަދާކުރެވުނު ކަމުގައިވާނީ، އެއަގު ލިބެންޖެހޭ ފަރާތަށް ފުރިހަމައަށް ލިބުމުންނެވެ. ފުރިހަމައަށް ލިބުނުކަމުގައިވާނީ، ކޮންމެ ބާވަތެއްގެ އާލާތެއ ބޭނުންކޮށްގެން ކަމަށްވިޔަސް، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ އަގު ލިބުމުންނެވެ. އެގޮތުން ޗެކެއްނަމަ، އެ ޗެކަށްވާ ފައިސާ ލިބުމުން މެނުވީ، އަގު އަދާކުރެވުނީކަމުގައި ނުވާނެއެވެ.
38HN6ސިވިލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ފަދައިން، ޗެކުތަކުގައިވާ ތާރީޚުތަކަށް ބަލައިގެން ޗެކްތައް ބޭންކަށް ހުށަހަޅައިގެން ފައިސާއަށް ބަދަލުކުރުމަކީ، އެ ޗެކެއް ލިބިފައިވާ ފަރާތެއްގެ ޒިންމާއެއްކަމާއި، އެ ޗެކު ފައިސާއަށް ބަދަލުކުރެވޭނީ އެފަދައިން ބޭންކަށް ހުށަހަޅައިގެންކަން އެނގޭއިރު، ޗެކްތަކެއ ލިބް އެ ޗެކްތައް ބޭންކަށް ހުށަނާޅައި ހުރުމަކީ، އެކަމުގައި އިސްތިއުނާފު ކުރާ ފަރާތުގެ އިހުމާލު އޮތްކަމެއްކަމުގައި އަހުރެންވެސް ދެކެމެވެ. އަދި މިކަމުގައި އިސްތިއުނާފު ކުރާ ފަރާތުގެ ވަކި މުވައްޒަފަކަށް ފިޔަވަޅު އަޅަންޖެހޭކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ފެންނަނަމަ، އެކަމެއް ކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ އިޚްތިޔާރުގައި އޮތްކަމެކެވެ.
39އެހެންނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުގެ މުވައްޒަފެއްގެ އިހުމާލެއްގެ ސަބަބުން ނަމަވެސް، ހިނގައިދިޔަ ވިޔަފާރީގެ މުޢާމާލާތެއްގެ މުޤާބިލުގައި ލިބެންޖެހޭ ފައިސާ ދިނުމުގެ ގޮތުން ދޫކުރެވިފައިވާ ޗެކްތައް އެ ޗެކްތަކުގައިވާ ތާރީޚުތަކުގައި ބޭންކަށް ހުށަނޭޅުމަކީ، ނުވަތަ ޗެކްތައް ފައިސާއަށް ބަދަލުކުރެވިފައިނުވުމަކީ، އެފައިސާ ދައްކަން ޖެހޭ ފަރާތް، ފައިސާ ދައްކަންޖެހުމުގެ ޒިންމާއިން އެކުގައި މިންޖުވެ އެފައިސާ ދައްކަން ނުޖެހޭ ސަބަބެއް ކަމުގައި ބެލެވިދާނެކަމުގައި ނުދެކެމެވެ. ޤާނޫނު ނަންބަރު: 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
40ކޮންމެ ސަބަބަކާހުރެ ނަމަވެސް، ބޭންކަށް ހުށަހަޅަންޖެހޭ މުއްދަތުގައި ޗެކްތައް ހުށަނޭޅި އޮތުމަކީ، ފައިސާއެއް ދައްކަންޖެހޭ ފަރާތް އެފައިސާ ނުދެއްކުމަށް އޮންނަ އުޒުރެއްކަމުގައ ބެލެވިދާނެކަމުގައި ނުދެކޭހިނދު، މި މައްސަލާގައި ހިމެނޭ މުޢާމަލާތަށް ބަލާއިރު، އަދާކުރަންޖެހޭ ފައިސާއަކީ، ނުވަތަ ޗެކްތަކުގައި ހިމެނޭ ޖުމްލަ ޢަދަދަކީ، ދޫކޮށްފައިވާ މުދަލުގެ އަގުގެ ގޮތުގައި އަދާކުރަންޖެހޭ ފައިސާކަމުގައި ބުރަވެވެން އޮތްހިނދު، ވަކި ވަގުތެއް ހަމަވުމުން، ދެން އެ އަގު ދައްކަން ނުޖެހޭނެގޮތަށް މާނަކުރުމަކީ ކްރެޑިޓް ވިޔަފާރިއަށް އޮންނަ އިތުބާރް ގެއްލިގެންދާނެ ކަމެއްކަމުގައި ދެކެމެވެ.
41މިފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުމުން، ކޯޓުގެ ކުރިމަތީގައި އޮންނާނެ މައިގަނޑު ސުވާލެއް ކަމުގައި އަހުރެން ދެކެނީ، އެ މުޢާމަލާތުގެ މުޤާބިލު ނުވަތަ މި މައްސަލައިގައިނަމަ، ވިޔަފާރި މުދަލަށް ލިބެންޖެހޭ އެންމެހާ ފައިސާ ހަމައަށް ލިބިފައިވޭތޯއެވެ؟ ކޮންމެ ސަބަބަކާހުރެ ނަމަވެސް، އެ ސުވާލުގެ ޖަވާބަކީ، "އެފައިސާ ނުލިބޭ" ކަމުގައި ވާނަމަ، އެފައިސާ ލިބުމަކީ، ފައިސާ ލިބެންޖެހޭ ފަރާތުގެ ޙައްޤެކެވެ. ހައްޤު އަދާކުރެވުނު ކަމަށްވާނީ، އަދާކުރަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު އެފައިސާ ލިބެންޖެހޭ ފަރާތަށް ލިބުމުންނެވެ.
42އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ މުޢާމަލާތަށްވާ ފައިސާގެ ޢަދަދަށް ޗެކުތަކެއް ދޫކޮށްފައިވުމަކީ، އެ ޗެކްތަކުގައިވާ ތާރީޚްތަކުގައި ބޭންކަށް ހުށަހަޅައިގެން އެ ޗެކުތަށ ފައިސާއަށް ބަދަލުނުކޮށް އޮތްނަމަވެސް، އިންވޮއިސްގައިވާ މުދަލުގެ އަގަށްވާ ފައިސާ އިސްތިއުނާފު ރައްދުވާ ފަރާތުން ޗެކުގެ ޒަރީޢާއިން އަދާކޮށްފައިވުންކަމުގައި ބަލައި، އިސްތިއުނާފު ކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައި ނުދެކެމެވެ.
43އެގޮތުން، މި މައްސަލާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ޖުމްލަ ޢަދަދަށްވާ ޗެކު، އިސްތިއުނާފު ރައްދުވާ ފަރާތުން ދޫކޮށްފައިވުމަކީ، އެ ޗެކުތައް ފައިސާއަށް ބަދަލުކުރުމާ ހަމައަށް، ފައިސާ ދައްކައި ޚަލާސްކުރެވުނީކަމުގައި ކަނޑައެޅިދާނެކަމުގައި ނުފެންނާތީ، އިސްތިއުނާފު ކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ދައްކަންޖެހޭނެކަމަށް ދެކެމެވެ.
44މި މައްސަލައަކީ ސިވިލް ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި، އެފަރާތުން އިންކާރުކުރާ ކަމަށް ބަލައިގެން ނިންމާފައިވާ މައްސަލައަކަށްވެފައި، މި މައްސަލާގައި އުފެދިފައިވާ ސުވާލަކީ، ކުރިންވެސް ބަޔާންކުރެވުނު ފަދައިން، ފައިސާ އަދާކޮށް ނިމިފައިވޭތޯއ މެދާ އުފެދޭ ސުވާލެވެ. އެހެންކަމުން، ސިވިލް ކޯޓުން އެފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ، އެފައިސާއަށް ވ ޗެކާ ދޫކޮށް، އެޗެކުތައް ފައިސއަށާ ބަދަލުކޮށްފައިނުވަނީ، އިސްތިއުނާފު ކުރާ ފަރާތުގެ އިހުމާލުންކަމަށް ފެންނާތީކަނ އެނގެން އޮތުމުން، އެ ފައިސާ ނަގައިދެވެން ނެތްކަމަށް ކަނޑައަޅާފައިވާ ބައި ބާތިލު ކުރާ ހިނދެއްގައި، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ފައިސާ ދައްކައި ޚަލާސްކުރަންޖެހޭގޮތް މި މައްސަލާގައި ބުނެދޭންޖެހޭކަމުގައި ދެކެމެވެ.
މި މައްސަލަ ނިންމަން ފެންނަގޮތް
45އިސްވެބުނެވުނު ސަބަބުތައް އެފަދައިން ހުރުމުން،
(ހ). ސިވިލް ކޯޓުގެ ނަންބަރު 3946/Cv-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރަންޖެހޭކަމަށް ކަނޑައަޅައި،
(ށ). އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއެކު ހިމެނޭ އިންވޮއިސްތަކުގައިވާ ޖުމްލއަ ދަދަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދޫކޮށްފައިވާ ޗެކްތަކަކީ، ދެފަރާތުގެ ދެމެދުގައި ކުރެވުނު ކްރެޑިޓް ވިޔަފާރީގެ މުޢާމަލާތާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކުތަކެއްކަނ އެނގެން އޮންނަހިނދު، އެ ޗެކްތަކުގައިވާ ފައިސާގެ ޖުމްލަ ޢަދަދުކަމަށްވާ 198.44,539,1ރ. (އެއްމިލިއަން ފަސްލައްކަ ތިރީސްނުވަހާސް އެއްސަތޭކަ ނުވަދިހަ އަށްރުފިޔާ ސާޅީސް ހަތަރުލާރި) އަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި،
(ނ). ބުނެވިދިޔަ 198.44,539,1ރ. (އެއްމިލިއަން ފަސްލައްކަ ތިރީސްނުވަހާސް އެއްސަތޭކަ ނުވަދިހަ އަށްރުފިޔާ ސާޅީސް ހަތަރުލާރި) އިސްތިއުނާފު ކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން، މިއަދު 2024 ޑިސެންބަރު 11 އިން ފެށިގެން، ޖުމލް ފައިސާގެ ޢަދަދު 3 (ތިނެއް) މަހަށް ބަހާލުމުން، މަހަކަށް ޖެހޭ މިންވަރަށްވުރެ މަދުނޫން ޢަދަދަދެއް އެމަހަކު ސިވިލް ކޯޓަށް ދައްކަމުންގޮސް، 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ފައިސާ އެކުގައި ދައްކައި ޚަލާސްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި، މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔް
46ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލް ގެ ރައުޔު
47ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
48މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ . ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 268 ވަނަ މާއްދާގައި ބަޔާންކުރެއެވެ . . މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 2021/32)ގެ 284 ވަނަ މާއްދާގެ (ހ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2013/SC-A/44 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު)
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ އިޖުރާއަތާ ބެހޭ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.