ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/94

އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 17 ޑިސެމްބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 2662/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2662/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އަގާމެދު ކުރިއާލާ ލިޔުމުން އެއްބަސްވުމެއް ނެތް ޚިދުމަތެއްގެ އަގުގެ ގޮތުގައި އިންވޮއިސްގައިވާ ޢަދަދު ނަގައިދިނުމަކީ ސާބިތުކުރުމުގެ ބުރަ މަތިނުކޮށް ކުރި ނިންމުމެއްތޯއާއި، ކޯޓަށް މީހުން ޙާޒިރުކުރުމުގެ ޤަވާއިދުގެ 26 އަދި 28 ވަނަ މާއްދާއާ ޚިލާފަށް ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓުގައި އިސްތިއުނާފު ބަލަނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކަމުގައި ބަލައިގެން ކަމުން، ދަށު ކޯޓުގައި ނުހުށަހަޅާ ދިފާޢެއް (މިސާލު: އަގަކީ ޢާންމު ޢުރުފުގައިވާ އަގު ކަމަށްވާންޖެހޭ ކަމުގެ ދިފާޢު) އިސްތިއުނާފު މަރުޙަލާގައި ފާހަގަކުރެވިދާނެ ކަމެއް ނޫނެވެ.

HN2 މަދަނީ ޚުޞޫމާތުތަކުގައި ސާބިތުކުރުމުގެ ބުރަ އޮންނަނީ ދަޢުވާކުރާ ފަރާތުގެ މައްޗަށް ނަމަވެސް، ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިލާ ދަފްޢެއް ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ އެ ދަފްޢު ކުރާ ފަރާތެވެ؛ އެހެންކަމުން އިންވޮއިސްގެ އަގަށް އެއްބަސްނުވާ ކަމަށް ބުނާ ފަރާތުން، އެއްބަސްވި އަގަކީ ކޮބައިކަން ސާބިތުކޮށްދޭންޖެހޭނެއެވެ.

HN3 ޚިދުމަތްތައް ދީފައިވާކަމާއި އިންވޮއިސްތައް ލިބުނުކަމާ ދަޢުވާލިބޭ ފަރާތް އިންކާރުނުކޮށް، އިންވޮއިސްގެ ޢަދަދަށް އިންކާރުކުރާ ބަޔާނެއްވެސް ހުށަނާޅާނަމަ، ދަޢުވާލިބޭ ފަރާތުގެ ޖަވާބަށް ރިޢާޔަތްކޮށް އިންވޮއިސްގެ ޢަދަދު ނަގައިދިނުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫނެވެ.

HN4 މަދަނީ އިޖުރާއަތުގެ ޤާނޫނު (2021/32) ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައެއްގައި ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމާމެދު ބަލަންވާނީ އޭރު ޢަމަލުކުރަމުންދިޔަ "ކޯޓަށް މީހުން ޙާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ އަލީގައެވެ.

HN5 އެ ޤަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޙާޒިރުވުމުގެ އަމުރު ލިބި މަޤުބޫލު ޢުޛުރެއްނެތި ޙާޒިރުނުވުމުން ނުވަތަ މީހާ ނުފެނިގެން އިޢުލާނުކުރުމަށްފަހު ޙާޒިރުނުވުމުން ޣައިރު ޙާޟިރުގައި މައްސަލަ ނިންމިދާނެއެވެ؛ ކޮންމެ ގޮތެއްގައިވެސް ޝަރީޢަތުގެ ތާރީޚާއި ގަޑި ދަޢުވާލިބޭ ފަރާތަށް އެނގިފައި އޮތުން ލާޒިމުވެއެވެ.

ޕެރ. 31-32، އިބްރާހީމް ތައުފީޤް ވ. ޢަބްދުﷲ ލަޠީފްމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN6 ކުންފުންޏެއް ތަމްސީލުކުރުމަށް ޢައްޔަންކުރި ވަކީލަށް ނުވަތަ ކުންފުންޏަށް ޙާޒިރުވުމުގެ އަމުރު ރައްދުވެފައިވާނަމަ، އަމުރު ރައްދުވެފައިވާކަމަށް ބެލެވޭނެއެވެ؛ އެހެންކަމުން ރަޖިސްޓަރޑް އެޑްރެހަށް އަމުރު ނުފޮނުވާކަމުގެ ޝަކުވާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް ނެތެވެ. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ޙަވާލާދީފައިވާ އަމުރުގައި ހަވާލުވި ފަރާތް ނުފެނުނަސް، ދަށު ކޯޓުގެ ފައިލުގެ އަސްލު ލިޔުންތަކުން ހަވާލުވިކަން އެނގޭނަމަ ފުދެއެވެ.

HN7 ޣައިރު ޙާޟިރުގައި ނިންމުމުގައި އިޖުރާއީ އުނިކަމެއް ނެތް ނަމަވެސް، ދަޢުވާލިބޭ ފަރާތަށް ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުޞަތެއް އޮތް އެކަށީގެންވާ ދިފާޢެއް އޮތްކަމަށް ހައިކޯޓަށް ފެނިއްޖެނަމަ، ޙުކުމް ޝަރުޠުތަކާއެކު ނުވަތަ ނުލައި އެއްފަރާތްކޮށް އަލުން ބެލުމަށް ދަށު ކޯޓަށް ތަޙްވީލުކުރަންވާނެއެވެ (އެޓޯލް ބޭންޑް ވ. މޫސާ ޢަބްދުއްރަޙީމް)؛ މި މައްސަލައިގައި އެފަދަ ސަބަބެއް ނުފެނުނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، ދީބާނާޒް ފަހުމީ، އިބްރާހީމް މާހިރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން " އައިޑިއަލް ބޯޓް ބިލްޑިންގ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކުރާ) ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ލިޓަސް " ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް" ކަމަށް މި ރިޕޯޓުގައި ބަޔާންކުރާ) އެވެ.

2މިމައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާގެ އިސްތިއުނާފުގެ މައްސަލަ މި ކޯޓުގެ ނަންބަރު 2019/HC-A/153 ޤަޟިއްޔާއިން ބަލަމުންދަނިކޮށް، ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވި އަމުރަކާ އެއްގޮތަށް އިސްތިއުނާފުކުރ ފަރާތުން ކޯޓަށް ހާޒިރު ވެފައި ނުވާތީ އެ ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކުރުމުން، އައިޑިއަލް ބޯޓް ބިލްޑިންގގެ ފަރާތުން އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައކެ ވެ. ކަން ހިނގާފައިވާގޮތް:

3ލޭންޑިންގ ކްރާފްޓް ހަޔަރގ ގޮތުގައެ ދަތުރުތަކެއ ކުރުމަށް އައިޑިއަލް ބޯޓް ބިލްޑިންގގެ ފަރާތުން ލިޓަސްގެ ކިބައިގައި އެދުމުން، ލިޓަސގް އުޅަނދުގައި ތަފާތު އެކި ދުވަސްމަތިން ދަތުރު ކޮށްދެވިފައިވާނެ ކަމަށް ލިޓަސއިން ބުނެއެވެ.

421 ޖުލައި 2017 އިން 24 ޑިސެންބަރު 2017 ދުވަހާ ހަމައަށް ޖުމްލަ 09 (ނުވައެއް) ދަތުރު ކޮށްފައިވާ ކަމަށާއި، މި ދަތުރުތައް ކުރުމަށްފަހު މިދަތުރުތަކަށްވާ ޖުމްލަ ފައިސާގެ ޢަދަދު އައިޑިއަލް ބޯޓް ރަޖިސްޓަރީ ނަންބަރު: 80/2006-C ރަޖިސްޓަރީ ނަންބަރު: 0700/2012-C ބިލްޑިންގއަ ށ އިންވޮއިސް ކުރެވިފައިވާކަމާއި، އެގޮތުން ލިޓަސް މޯލްޑިވްސްގެ ނަންބަރު: LM-17/USD2184, LM-17/USD2152 , LM-17/USD2496, LM-17/USD2495, LM-17/USD2494, LM-17/USD2254, LM-17/USD2211, LM-17/USD2498, 17/USD2497-LM އިންވޮއިސް އައިޑިއަލް ބޯޓް ބިލްޑިންގ އަށް ފޮނުވާފައިވާނެ ކަމަށް ލިޓަސް މޯލްޑިވްސް އިން ބުނެއެވެ. މާލެ/ އެއަރޕޯޓުން ވައްކަރަށ ކޮށްފައިވް އެއިން ކޮންމެ ދަތުރަކަށް USD1718.55(ސަތާރަ ސަތޭކަ އަށާރަ އެމެރިކާ ޑޮލަރު ފަންސާސް ފަހެއް ސެންޓް) ދައްކަންޖެހޭ ކަމަށް މި އިންވޮއިސްތަކުގައި ބަޔާންކުރެއެވެ.

5މި އިންވޮއިސްތަކަށް ފައިސާ ލިބިފައިނުވާތީ އެ ފައިސާ ހޯދުމަށް އެދި ލިޓަސްއިން އައިޑިއަލް ބޯޓް ބިލްޑިންގއަށް ސިޓީ ފޮނުވިއެވެ. އިންވޮއިސްތަކަށްވާ ޖުމްލަ ޢަދަދު 07 މާރިޗު 2018 ފެށިގެން 07 ދުވަސް ތެރޭގައި ދައްކައި ޚަލާސްކުރުމަށް އެ ސިޓީގައި އަންގާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ ދެން ފައިސާ ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާ އެކުގައި ކަމަށާއި، ފައިސާ ދެއްކުމަށް ދަތިވާނަމަ އެފަރާތުގެ އޮފީހަށް ޙާޒިރުވެ މަޝްވަރާކުރުމަށްފަހު އެއްބަސްވެވޭ ގޮތެއްގެ މަތިން ފައިސާ ދައްކައި ނިންމުމަށް އެ ސިޓީގައި އަންގާފައިވެއެވެ.

6އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންވޮއިސްތަކުގެ ޖުމްލަ ފައިސާގެ ޢަދަދު ލިބިފައިނުވާތީ، މިފައިސާ ހޯދުމަށް އެކި ފަހަރުމަތިން އަންގައިގެނވެސް މި ފައިސާ ލިބިފައި ނުވާތީ، މިކުރެވުނު ދަތުރުތަކަށވް ޖުމްލަ ފައިސާގެ ޢަދަދާއި، މި ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާއަށްވާ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ލިޓަސްގެ ފަރާތުން 10 ޖޫން 2018 ގައި ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެ ދަޢުވާގައި އެދިފައިވަނީ، ދަތުރުތަކުގެ އަގުގެ ގޮތުގައި 09 (ނުވައެއް) އިންވޮއިސްއަށްވާ 15,466.95 $US (ފަނަރަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަޔެއް އެމެރިކާ ޑޮލަރު ނުވަދިހަ ފަހެއް ސެންޓް) ނުވަތަ މި ޢަދަދަށް ދިވެހި ފައިސާއިންޖެހޭ ޢަދަދުކަމުގައިވާ -/238,500ރ. (ދެލައްކަ ތިރީސްއަށްހާސް ފަސްސަތޭކަ ރުފިޔާ) ހޯދުމަށާއި، އަދި އައިޑިއަލް ބޯޓް ބިލްޑިންގގެ ފަރާތުން މިފައިސާ އަދާނުކޮށް އޮތުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި US$ 10,978.02 (ދިހަހާސް ނުވަސަތޭކަ ހަތްދިހަ އަށެއް އެމެރިކާ ޑޮލަރު ދެ ސެންޓް ) ހޯދުމަށެވެ.

ސިވިލް ކޯޓުން ނިންމި ގޮތް

7ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ؛ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށައަޅާފައިވާ މިމައްސަލާގައި، ދަޢުވާކުރާ ފަރާތުގެ އުޅަނދެއް ބޭނުންކޮށްގެން ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ ދަތުރުތަކުގެ އަގުގެ ގޮތުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް -/238,500ރ. (ދެލައްކަ ތިރީސްއަށްހާސް ފަސްސަތޭކަ ރުފިޔާ) ދައްކަންޖެހި ނުދައްކައިވާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި ބުނެވުނު -/238,500ރ. (ދެލައްކަ ތިރީސްއަށްހާސް ފަސްސަތޭކަ ރުފިޔާ) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން 02 ޖެނުއަރީ 2019 އިން ފެށިގެން 03 (ތިނެއ) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކު އެމަހަކަށްޖެހޭ ފައިސާގެ މިންވަރަށްވުރެ މަދުނޫން ފައިސާގެ ޢަދަދެއް ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާސްކުރުމަށް، ދަޢުވާލިބުނު އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑަށް އަންގައި، އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޣައިރުޙާޟިރުގައި ޙުކުމްކޮށްފީމެވެ. " މިފަދައިންނެވެ.

8މި ދަޢުވާގައި ހޯދުމަށް އެދުނު ޖޫރިމަނާގެ ފައިސާއާ ބެހޭ ބައި ދަޢުވާއިން އުނިކޮށް، އިސްވޮއިސްތަކުގެ ޖުމްލައަށްވ ފައިސާ ތިން މަސްދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކުމަށް ފުރުޞަތު ލިބޭގޮތަށް، މައްސަލަ ނިންމައިދިނުމަށް ލިޓަސއިން ޝަރީޢަތަށް ބަޔާންދީފައިވާތީ، ދަޢުވާގައި ބުނާ ޖޫރިމަނާގެ ބަޔާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ. އިސްތިއުނާފީ ނުކުތާތައް:

9ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އައިޑިއަލް ބޯޓް ބިލްޑިންގގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ހަތަރު ނުކުތާއެވެ. ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ (ނ)

1.9 ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ހިނގާފައިވާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ މުޢާމަލާތުތަކުގެ އަގާމެދު ދެފަރާތުން އެއްބަސްވުމަކަށް އައިސްފައިނުވާއިރު، މުޢާމަލާތުގެ އަގާމެދު އިސްތިއުނާފު ކުރާ ފަރާތުގެ ރުހުމެއްނެތި، އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ އިންވޮއިސްތަކުގައި ބަޔާންކުރާ ޢަދަދަކީ މުޢާމަލާތުގެ އަގު ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ މިބާވަތުގެ މުޢާމަލާތްތަކުގެ އރުފާއު ޚިލާފަށް އަދި ދަޢުވާ ސާބިތު ކުރުމުގެ ބުރަ އިސްތިއުނާފު ރައްދުވާ ފަރާތަށް މަތިނުކޮށްކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

2.9 ދެވަނަ ނުކުތާއަކީ، އައިޑިއަލް ބޯޓް ބިލްޑިންގގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އައިޑިއަލް ބޯޓް ބިލްޑިންގގެ އެއްވެސް ބަހެއް ހޯދުމަކާ ނުލާ ކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް މައްސަލައިގައި ޙުކުމް ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3.9 ތިންވަނަ ނުކުތާއަކީ، އައިޑިއަލް ބޯޓް ބިލްޑިންގ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާގައި އައިޑިއަލް ބޯޓް ބިލްޑިންގގެ ބަހެއް ހޯދުމަކީ އިސްލާމީ ޝަރީޢަތް ހިންގުމުގެ އެންމެ އަސާސީ އިޖުރާއާތު ކަމަށްވާއިރު އައިޑިއަލް ބޯޓް ބިލްޑިންގގެ އެއްވެސް ބަހެއް ހޯދުމަކާ ނުލައި ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ އިސްލާމީ ޝަރީޢަތުގެ އަސާސީ އިޖުރާތުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

4.9 ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާގައި އައިޑިއަލް ބޯޓް ބިލްޑިންގގެ މައްޗަށް ޣައިރު ޙާޒރުގައި ޙުކުމް ކޮށްފައިވަނީ ކޯޓަށް މީހުން ޙާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާޢަތުތައް ފުރިހަމަ ކުރުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތައް:

10އިސްތިއުނާފ ފުރަތަމަ ނުކުތާއާ ގުޅިގެން ބުނެފައިވަނީ، އައިޑިއަލް ބޯޓް ބިލްޑިންގއާއި ލިޓަސް މޯލްޑިވްސްއާ ދެމެދު ދަޢުވާގައި ބުނާ ލޭންޑިންގ ކްރާފްޓް ދަތުރުތަކެއ ކޮށްފައިވް ކަމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރު ނުކުރާކަމަށާއި، އެހެންނަމަވެސް މި މުޢާމަލާތަކީ މިއީ ދެފަރާތުގެ ދެމެދުގައި އޭރު އޮތް ވިޔަފާރީގެ ގުޅުމަށް ބަރޯސާވެގެން އަގާމެދު ވަކިގޮތަކަށް އެއްބަސްވުމެއް ކުރިއާލާވުމެއްނެތި ކޮށްފައިވާ ދަތުރުތަކެއ ކަމުން ދަތުރުތައް ކުރުމުގެ ކުރިން ކޮންމެ ދަތުރެއްގެ އަގަކީ ވަކި މިންވަރެއްކަމާމެދު ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިނުވާކަމަށާއި، ކޮންމެ ދަތުރެއްގެ އަގަށް ކަނޑައަޅާފައިވާ ޢަދަދަކީ ޢާންމުކޮށް ދަތުރުތައް ކުރާ އަގަށްވުރެ ބޮޑު އަގެއްކަމަށްވާތީ މި އަގާ މެދު އިސްތިއުނާފުކުރާ ފަރާތުން ދެކޮޅުހަދާކަމަށެވެ. ކުރިއާލާ ވަކި ޢަދަދަކަށް އެއްބަސްވެފައި ނުވާތީ، މި އަގަކީ މި ބާވަތުގެ ޚިދުމަތްތަކުގައި ޢާންމު އުރުފުގައި ގެންގުޅޭ އަގާއި އެއްވަރުގެ އަގެއްތޯ ބަލައި އެފަދަ އަގެއް ދެއްކުމަށް ލާޒިމުކުރުމަކީ ޢދުލުވެރިގޮތްކަމަށް ދެކޭކަމަށާއި، އެހެންނަމަވެސް މިފަދައިނަ ސާބިތުކުރުމުގެ ބުރަ އިސްތިއުނާފު ރައްދުވާ ފަރާތަށް މަތިކޮށްފައި ނުވާކަމަށެވެ.

11ފުރަތަމަ އިސްތިއުނާފީ ނުކުތާ ފިޔަވައި ދެން ފާހަގަކުރި އިސްތިއުނާފީ ތިން ނުކުތާއާ ގުޅިގެން ޖުމްލަކޮށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ހާޒިރުގައި މި މައްސަލަ ނިންމާފައިވަނީ، ޝަރީޢަތުން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26 އަދި 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށާއި، ކޯޓަށް މީހުން ޙޒާ ރ ކުރުމުގައި ރަޖިސްޓަރޑް އެޑްރެސް އަށް ފޮނުވަން ޖެހޭނެކަމަށް އެގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށާއި، 02 ޖަނަވަރީ 2019 ގެ އަޑުއެހުމަށް ކޯޓަށް ހާޒރިވުމުގ އަމުރެ ފޮނުވިކަމަށް ދަށުކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވީނަމަވެސް، އައިޑިއަލް ބޯޓް ބިލްޑިނގގް ރަޖިސްޓަރޑް އެޑްރެހަށް މި އަމުރު ރައްދު ކޮށްފައނުވި ކަމަށެވެ. އެއީ އެ ކުންފުންޏަށް ލިބިފއިވަ އަމުރެއް ނޫންކަމަށާއި، މި މައްސަލައިގައާ ދަށުކޯޓުން ޖަވާބު ދިނުމަށް ފުރުޞަތު ދިން ނަމަވެސް، ކުންފުނީގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވަނީ، ޚުލާޞާ ބަޔާނާއި ދެންހުރި ކަންކަން ފުރިހަމަ ކުރުމަށް ފުރުޞަތު ނުދީ ކަމަށާއި، އަގާއި މެދު އެއްބަސްވުމަކަށް އެއްވެސް ބަހެއް ހޯދާފައި ނުވާކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮ ތ:

12ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްވާތީ، އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލު ކޮށްދިނުމަށް އެދޭކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

13އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވި ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމުލަކޮށް ބުނެފައިވަނީ، އައިޑިއަލް ބޯޓް ބިލްޑިންގގެ އެދުމުގެ މަތިން އެކި ފަހަރުމަތިން ކޮށްދީފައިވާ ދަތުރުތަކަކީ ދެފަރާތުންވެސް ދތުރުގަ އަގާއި މެދުގައި އެއްބަސްވެގނެ ކޮށްފައިވް ދަތުރުތަކެއް ކަމަށާއި، ދަތުރު ކޮށްދެވޭނެކަމަށް ކަނޑައެޅިފައިވާ އަގު ބޮޑުވެގެން ވެސް ކުންފުނީގައި އެއްވެސް އިރަކު އެ ފަރާތުން ޝަކުވާ ކޮށްފައެއް އަދި އެދިފައެއް ވެސް ނުވާކަމަށާއި، އެހެންކަމުން މި ދަތުރުތަކަކީ އެ ފަރާތުން ވެސް އަގަށް އެއްބަސްވެ ކުރެވިފައިވާ ދަތުރުތަކަކަށް ވާއިރު، ދަތުރުތައް ކޮށްދިނުމަށް ފަހުގައި ފައިސާ ދެއްކުމަށް އަންގައި ބިލް ފޮނުވުމުން އެ އަގަކީ ދެ ފަރާތުން އެއްބަސްވެގެން ކުރެވުނު އަގެއް ނޫން ކަމުގައި ބނު ފައިސާ ދެއްކުމަށް އިންކާރު ކުރުމަކީ ޤަބޫލުކުރެވޭ ކަމެއް ނނަ ކަމަށެވެ.

14އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާ އަދި ހަތަރުވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގައި ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތނު މައްސަލަ ކޯޓަށް ހުށަހެޅުމާ ހަމައަށް ފައިސާ ދެއްކުމަށް އެ ފަރާތަށް ފުރުޞަތުތަކެއް ދެވިފައވި ކަމަށާއި، އަދި ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅައި ދެފަރާތުން މަޝްވަރާގެ އުޞޫލުން ވެސް އެ މައްސަލަ ނިންމުމަށްޓަކައި ފުރުޞަތު ދީފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހާޒރިވާނެ ފަރާތެއް އައްޔަނުކޮށް ކުންފުނީގެ ޤަރާރު ފާސްކޮށް ޑިސްޕިއުޓް މަރުހަލާގެ އެއް އަޑުއެހުމަށް އެ ކުންފުނީގެ ވަކީލު ހާޒރިވެފައިވާ ކަމަށާއި، އޭގެފަހުން ކޯޓަށް ޙޒާ ރިވުމުގެ ގިނަ އަމުރުތަކާއި ޙަވާލުވެފައިވަނީ ވަކީލުކަމަށާއި، ކުންފުނީގެ ފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް ނުވަތަ ކުންފުނި ތަމްސީލުކުރާ ފަރާތަށް އަމުރު ރައްދުވުމަކީ އިސްތިއުނާފުކުރާ ފަރާތަށް އަމުރު ރައްދުވީ ކަމުގައި ބެލެވޭނެ ކަމަށާއި، ނަމަވެސް ޑިސްޕިއުޓް މަރުޙަލާގައިވެސް އެއް އަޑުއެހުމަށް އިސްތިއުނާފުކުރާ ފަރާތުން ހާޒރިވެފައި ނުވާތީ މައްސަލަ ޝަރީޢަތަށް ފޮނުވިކަމަށާއި، މައްސަލަ ޝަރީޢަތުގައި ހިންގަމުން ދިޔައީ ދެފަރާތަށްވެސް ބަޔާން ބަދަލުކުރުމަށް ފުރުޞަތު ދެވިގެން ކަމަށާއި އެފަރާތުން ޝަރީޢަތަށް ހާޒިރުވެ ހެކި ލިސްޓްވެސ ހުށަހަޅާފައިވް ކަމަށާއި، މައްސަލައިގެ ޙުކުމް އިއްވުމަށ ޝެޑިއުލް ކުރެވިފައިވާ ދުވަހުގައި އައިޑިއަލް ބޯޓް ބިލްޑިންގ ވަކީލު ކޯޓަށް ހާޒިރުވި ކަމަށާއި، ވަކީލު ކޯޓު ނުލައި އަޑުއެހުމަށް ޙޒާ ރިވުމުނ މައްސަލް ބެލި ޤާޟީ ނިންމީ އެ ވަކީލު އަޑުއެހުމަށް ނުވައްދައި މައްސަލައިގެ ޙުކުމްކުރުމަށްކމަށެވެ. އެހެންކަމުން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26 ވަނަ މާއްދާގެ (ށ) ގައި ބުނާ އިޖުރާތު ފުރިހަމަވެފައިވާ ކަމަށް ބެލެވޭނެ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

15އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔއިނާ ކޮށްފައިވާ ޙުކުމަކީ ޝަރީޢަތާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

16މި އިސްތިއުނާފު ބިނާކޮށްފައިވަނީ، ލިޓަސް އިން އައިޑިއަލް ބޯޓް ބިލްޑިންގ އަށް ކޮށްދީފައިވާ ދަތުރުތަކގު އަގާމެދު ކުރިއާލާ އެއްބަސްވެފައި ނުވާއިރު، ދަތުރުގެ އަގުގެ ގޮތުގައި އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދު ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، އައިޑިއަލް ބޯޓް ބިލްޑިންގގެ ބަހެއް ހޯދުމެއް ނެތި، ޣައިރު ހާޒިރުގައި މައްސަލަ ނިންމުމުގައި ބަލަންޖެހޭ އިޖުރާތު ޚިލފަށާ ކަމަށް ފާހަގަކުރި ނުކުތާގެ މައްޗަށެވެ.

17ދަތުރުގެ އަގުގެ ގޮތުގައި އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދު ނަގައިދީފައިވުމ ގުޅާ ގޮތުން ފާހަގަކުރި އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބަލާއިރު، ލިޓަސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، ޚިދުމަތް ދިނުމަށްފަހު ފޮނުވާފައިވާ އިންވޮއިސްތަކަކަށ ފައިސް ހޯދުމަށް އެދި ހުށަހެޅިފައިވާ ދަޢުވާއެކެވެ. މި މުޢާމަލާތާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވަކި ޚާއްޞަ ޝަރުޠުތަކަށް އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުމެއް ނެތްނަމަވެސް ލިޓަސްގެ ލޭންޑިންގ ކްރާފްޓްތައ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން މި ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާކަމާއި، ލިޓަސްގެ ޒިންމާއަކީ އެފަރާތުގެ އުޅަނދުތަކުގައ އިސްތިއުނާފި ރައްދުވު ފަރާތަށް ދަތުރުކޮށްދިނުން ކަމާއި، އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއަކީ، ދަ ތުރުކޮށްދިނުމުން އެދަތުރުގެ އަގު އަދާކުރުންކަން މިދެފަރާތުގެ ބަހުން އެނގެއެވެ. މި ދަތުރުތަކަށް ވަކި އަގެއް ކަނޑައެޅި އެއްބަސްވެފައިވާކަން އެނގެންނެތެވެ.

18ދަޢުވާގައި އެދިފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އެދިގެން އެފަރާތުން ކޮށްދީފައިވާ ދަތުރުގެ އަގު ހޯދުމަށް ފޮނުވި 09 (ނުވައެއް) އިންވޮއިސްއަށްވާ 15,466.95 $US (ފަނަރަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަޔެއް އެމެރިކާ ޑޮލަރު ނުވަދިހަ ފަހެއް ސެންޓް) ނުވަތަ މި ޢަދަދަށް ދިވެހި ފައިސާއިންޖެހޭ ޢަދަދުކަމުގައިވާ -/238,500ރ. (ދެލައްކަ ތިރީސްއަށްހާސް ފަސްސަތޭކަ ރުފިޔާ) ހޯދުމަށާއި، އަދި މިފައިސާ އަދާނުކޮށް އޮތުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި US$ 10,978.02 (ދިހަހާސް ނުވަސަތޭކަ ހަތްދިހަ އަށެއް އެމެރިކާ ޑޮލަރު ދެސެންޓް ) އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން ހޯދުމަށެވެ.

19ދަޢުވާ ސާބިތުކުރުމަށް ދަޢުވާގައި ބުނާ އިންވޮއިސްތަކާއި، އިންވޮއިސްގައި ބުނާ ފައިސާ އިންވޮއިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ލިބިފައި ނުވާތީ އިންވޮއިސްތަކަށްވާ ޖުމްލަ ފައިސާ ދެއްކުމަށް އަންގައި ލިޓަސްއިން އިސްތިއުނާފުކުރާ ފަރާތަށް 07 މާރިޗު 2018 ގައި ފޮނުވި ކަމަށް ބުނާ ސިޓީއަކާއި، އިސްތިއުނާފުކުރާ ފަރާތުގެ ނަންމަތީގައިވާ ބޭންކް އެކައުންޓަކުން ލިޓަސްއަށް USD1718.55 (ސަތާރަ ސަތޭކަ އަށާރަ އެމެރިކާ ޑޮލަރު ފަންސާސް ފަހެއް ސެންޓް) ދޫކުރުމަށް 18 ޑިސެންބަރު 2017 ގެ ތާރީޚުގައި ލިޔެފައިވާ ޗެކެއްގެ ކޮޕީއާއި، އެ ޢަދަދަށް ޗެކަށް ފައިސާ ދޫކުރެވެނ ނެތްކަމަށް އަންގައި ބޭންކުން ދޫކޮށްފައިވާ "ރިޓަރންޑ ޗެކް މެމޯ" ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އަދި އެފަރާތުން ޝަރީޢަތަށް ހުށަހެޅި ހެކި ލިސްޓުގައި ޝަފަހީ ހެކިންވެސް ހުށަހަޅާފައިވެއެވެ.

20ދަޢުވާގައި ހޯދުމަށް އެދުނު ޖޫރިމަނާގެ ފައިސާއާ ގުޅޭ ބއަ ލިޓަސް މޯލްޑިވްސްގެ ފަރާތުން އެދިގެން ދަޢުވާއިން އުނިކޮށް ސިވިލް ކޯޓުން މައްސަލަ ނިންމީ، މި ދަތުރުތަކުގެ އަގަށްވާ -/238,500ރ. (ދެލައްކަ ތިރީސްއަށްހާސް ފަސްސަތޭކަ ރުފިޔާ) އިސްތިއުނާފުކުރާ ފަރާތުން ދައްކަންޖެހޭނެ ކަމަށް ކަނޑައަޅައިއެވެ.

21އެ ނިންމުމަށް ވާސިލުވި ސަބަބު ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އެ ނުކުތާގައި ފާހަގަކޮށްފައިވަނީ؛ "ދަޢުވާކުރާ ފަރާތުގާ އުޅަނދެއް ބޭނުންކޮށްގެން ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ ދަތުރުތަކުގެ އަގު ހޯދުމަށް އެދި ހުށަހެޅި މިމައްސަލާގައި، ދަތުރުތަކުގެ އަގު އަދާނުކުރެވިވަނީ ދައްކަންޖެހޭ ފައިސާގެ ޢަދަދާމެދުގައި ޚިޔާލު ތަފާތުވުން އުފެދިގެން ކަމުގައި ދަޢުވާލިބޭ ފަރާތުން ބުނެފައި ވީނަމަވެސް، ދަޢުވާކުރާ ފަރާތުން ހުށަހެޅި 09 ( ނުވައެއް) އިންވޮއިސްގައިވާ ފަދައިން އެ ތާރީޚުތަކުގައި އެކުޖުމްލަ 09 ( ނުވައެއް) ދަތުރު ކުރިކަމާމެދު ދަޢުވާލިބޭ ފަރާތުން އިންކާރު ނުކުރާއިރު، ދަޢުވާކުރާ ފަރާތުގެ މި ބުނެވުނު 09 (ނުވައެއް) އިންވޮއިސްއަށް ބެލުމުން ދަތުރުތައް ކުރެވިފައިވަނީ ހަމައެކަނި މާލެ/ އެއަރޕޯރޓް އިން ބ. ވައްކަރާ ދެމެދުގައި ކަމުގައިވާއިރު، މިއިން ކޮންމެ ދަތުރެއްގެ އަގަކީ، 1718.55 US$ (ސަތާރަ ސަތޭކަ އަށާރަ އެމެރިކާ ޑޮލަރު ފަންސާސް ފަހެއް ސެންޓް) ކަން އެނގެން އޮންނާތީ، ބައެއް ދަތުރުތަކުގެ އަގުތަކާމެދ ޚިލާފު އުފެދިފައިވާ ކަމަށް ދަޢުވާލިބޭ ފަރާތުން ބުނެ އެކަމުގެ މައްޗަށް ސުވާލު އުފައްދާފައިވަނީ ރަނގަޅު އަދި ހަރުދަނާ އަސާސެއްގެ މައްޗަށް ނޫންކަން އެނގެން އޮތުމުގެ އިތުރުން، 12 ސެޕްޓެންބަރު 2018 ގައި ދަޢުވާކުރާ ފަރާތުން ހުށަހެޅި ބަޔާނުގައި 09 (ނުވައެއް) އިންވޮއިސްއަށްވަނީ 15,466.95 $US (ފަނަރަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހަޔެއް އެމެރިކާ ޑޮލަރު ނުވަދިހަ ފަހެއް ސެންޓް) ކަމާމެދު ދަޢުވާލިބޭ ފަރާތުން އިންކާރު ނުކުރާކަމަށް ދަޢުވާކުރާ ފަރާތުން ބުނި ބުނުމަށްވެސް ދަޢުވާލިބޭ ފަރާތުން އިންކާރުކޮށް (ބަޔާނެއް ހުށަހަޅާ) ފައި ނުވުމުން ދަޢުވާކުރާފަރާތުގެ އުޅަނދު ބޭނުންކޮށްގެން ދަޢުވާލިބޭ ފަރާތުން 09 (ނުވައެއް) ދަތުރުކޮށްފައިވާ ކަމާއި، އަދި މިދަތުރުތަކުގ އަގުގެ ގޮތުގައެ ދަޢުވާލިބޭ ފަރާތަށް- /238,500ރ. (ދެލައްކަ ތިރީސްއަށްހާސް ފަސްސަތޭކަ ރުފިޔާ) އަދާކުރަންޖެހި އަދާނުކޮށްވާކަން އެނގެން އޮންނަކަމެވެ. " މިފަދައިންނެވެ.

22HN3އެހެންކަމުން އިންވޮއިސްގައި ބުނާ އަގު ނަގާދިނުމަށް ކަނޑައެޅި ނިންމުމަކީ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ދިން ބަޔާނަށް ރިޢާޔަތްކޮށް ނިންމި ނިންމުމެކެވެ. ލިޓަސްގެ ދަޢުވާއަށް ރައްދުދީ އައިޑިއަލް ބޯޓް ބިލްޑިންގގެ ފަރާތުން އެ ފަރާތުގެ ވަކީލު ސޮއިކޮށް ހުށަހަޅާފައިވާ "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް ހުށަހަޅާ ފޯމުގެ ޖަވާބު" މި ނަމުގައި ހުށަހަޅާފައިވާ ޖަވާބުގައި އެފަރާތުން ދަޢުވާއާމެދު ދެކޭގޮތް ހާމަކޮށް ދީފައިވާ ޖަވާބުގައި ބުނެފައިވަނީ، " ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރެވިފައިވާ ކަމަށާއި މި ގޮތުން އެފަރާތުން ލޭންޑިންގ ކްރާފްޓް ގައި ދަޢްވާލިބޭ ފަރާތުގެ ދަތުރު ތަކެއް ކުރެވިފައިވާ ކަމަށާއި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ބައެއް މުޢާމަލާތްތަކަށް އަގު އަދާނުކުރެވި ލަސްވެފައިވާ ފައިސާ ދައްކަންޖެހޭ ޢަދަދާ މެދު ޚިޔާލުތަފާތ ވުނު އުފެދިގެން ކަމަށާއި އަދި ޚާއްޞަ ގޮތެއްގައި ޖޫރިމަނާގެ ގޮތުގައި ދައްކަން ބުނާ ފައިސާއަކީ އެއްބަސްވެފައިވާ ފައިސާއެއް ނޫން ކަމަށާއި، އަދި ފައިސާ ދައްކަންޖެހޭ ކަމަށް ބުނާ އަދަދުތައް ސާފުކޮށްދެއްވައިފިނަމަ އޭގެ ތެރެއިން ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ މިންވަރެއްވާނަމަ އެ ޢަދަދެއް ދެއްކުމަށް ދަޢުވާލިބޭ ފަރާތް އިންކާރު ނުކުރާކަމުގައި ދަންނަވަމެވެ". މިފަދައިންކަން އެނގެއެވެ.

23އިންވޮއިސްގައި ބަޔާންކޮށްފައިވާ ޢަދަދު ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ބަސް ހޯދައި އެފަރާތުން ބަހަށް ރިޢާޔަތްކޮށްކަމަށްވާއިރު، އެފަރާތުގެ ޖަވާބު އަދި ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހަޅާފައިވާއިރު، މި މައްސަލައިގެ އިންވޮއިސްތަކުގައިވާ ޢަދަދާމެދު އެފަރާތުން އިންކާރުކުރާކަމަށް އެފަރާތުން ފާހަގަކޮށްފައި ނުވެއެވެ.

24HN1ދަތުރުގެ އަގަކީ ކުރިއާލާ އެއްބަސްވެފައިވާ އަގެއް ނޫންކަމަށާއި، މިޙާލަތުގައި ޖެހޭނީ ޢާންމު އުރުފުގައި ޢަމަލުކުރާ ގޮތުގެ މައްޗަށް ބެލުމަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކުރި ނަމަވެސް މިއީ، ދަށުކޯޓުގައި އެފަރާތުން ފާހަގަކޮށްފައިވާ ކަމެއް ނޫނެވެ. ހައިކޯޓުގައި އިސްތިއުނާފީ މައްސަލަ ބެލުމުގެ އުސޫލަކީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމުގައި ބަލައިގެން އެ މައްސަލައެއް އިސްތިއުނާފުން ބެލުން ކަމަށްވާތީ، މިއީ މި މަރުޙަލާގައި ފާހަގަކުރެވިދާނެކަމެއް ނޫނެވެ.

25HN2އަދި ދަތުރުގެ އަގަކީ އެފަރާތުން އެއްބަސްވެފައިވާ އަގެއް ނޫންކަމަށް ފާހަގަކުރި ނަމަވެސް އެއްބަސްވި ގޮތަކީ ކޮބައިކަން އެފަދަ އަގެއް ވެސް ދަށުކޯޓުގައި އަދި އިސްތިއުނާފުގައިވެސް އެފަރާތުން ފާހަގަކޮށްފައި ނުވެއެވެ. ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި، ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެ ކެވެ. މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫނެވެ. ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ 'ދަފްޢު' ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތެވެ. މިއުސޫލުން ބަލާއިރު އިސްތިއުނާފުކުރާ ފަރާތުން ދަތުރުގެ އަގާމެދު އެއްބަސްނުވާ ކަމަށް ބުނާނަމަ އެއްބަސްވާ އަގަކީ ކޮބައިކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބުރައަކީ އިސްތިއުނާފުކުރާ ފަރާތަށް އޮތް ޒިންމާއެކެވެ.

26ހުށަހެޅިފައިވާ މި އިސްތިއުނާފަށް ބަލާއިރު، ދަޢުވާގައި ބުނާ މުޢާމަލާތް ކުރެވިފައިވާ ކަމާއިމެދު މި މައްސަލައިގެ ޚިލާފެއް ނެތެވެ. އައިޑިއަލް ބޯޓް ބިލްޑިންގ އިން އެދިގެން ލިޓަސް މޯލްޑިވްސްގެ "ލޭންޑިންގ ކްރާފްޓް"ގައި ލިޓަސް މޯލްޑިވްސް އިން ކޮށްދިން ދަތުރތަކުގެ އަގު ހޯދުމަށް ކޯޓަށް ހުށަހެޅު 09 އިންވޮއިސް އައިޑިއަލް ބޯޓް ބިލްޑިންގއަށް ލިބިފައިވާ ކަމާމެދު އެފަރާތުން އިއުތިރާޒެއްކޮށްފައި ނުވެއެވެ.

27މައްސަލައިގެ އިންވޮއިސްގެ އަގު ނަގައިދިނުމަށް ޝަރީޢަތުން ނިންމި ސަބަބު ނުވަތަ ވާސިލުވިގޮތް ސިވިލު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، އެ ނިންމުން ޤާނޫނާ ޚިލާފުވާގޮތެއް މި އިސްތިއުނާފުގައި އިސްތިއުނާފުކުރި ފަރާތަށް ބުނެދެވިފައި ނުވެއެވެ.

28އިސްތިއުނާފީ ދެވަނަ ނުކުތާ އަދި ތިންވަނަ ނުކުތާ އަދި ހަތަރުވަނަ ނުކުތއ ގުޅިގެނާ ބަލާއިރު، ދަށުކޯޓުން މައްސަލަ ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ބަސް ހޯދާފައި ނުވާކަމަށް އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވީ ނަމަވެސް އެ ބުނުން ބަދަލުކޮށް، އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދަށު ކޯޓުން މި މައްސަލައިގައި ޣައިރު ހާޒިރުގައި ޙުކުމް ކޮށްފައިވަނީ ކޯޓަށް މީހުން ހާޒިރކުރުމުގައު ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 26 އަދި 28 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ ޚިލާފަށް ކަމަށެވެ. މި ޤަޟިއްޔާއާ ގުޅިގެން 21 އޮކްޓޫބަރު 2021 ދުވަހު ބޭއްވުނު އަޑުއެހުން

29HN4ޣައިރު ހާޒަރުގައ މައްސަލި ނިންމާފައިވުމ ގުޅާ ގޮތުން އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއާ ގުޅިގެން ބަލާއިރު، މިއީ، ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައެއް ކަމުން، މި ނުކުތާއާ މެދު ގޮތެއް ނިންމުމުގައި ބަލަންވާނީ އޭރު ޢަމަލުކުރަމުންދިޔަ އުޞޫލުތަކުގެ އަލީގައެވެ.

30ޣައިރު ހާޒިރުގައި މައްސަލަ ހިންގުމުގައި އޭރު ޢަމަލުކުރަމުން ދިޔައީ، މި މައްސަލައިގެ އިސްތިއުނާފކުރު ފަރާތުންވެސް ފާހަގަކުރި "ކޯޓަށް މީހުން ޙޒިރުކުރުމުގައާ ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"އަށާ ވެ. ޣައިރު ހާޒިރުގައި މައްސަލަ ހިންގުމުގައި ޢަމަލުކުރާނެ ގޮތް އެ ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އެގޮތުން އެ މާއްދާގެ (ހ) ބަޔާންކުރަނީ؛ "ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ނުވަތަ ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، އެ މީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރު ގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، ކޯޓަށް ހުށަހެޅި ފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، އެ މީހާގެ ޣައިރު ޙާޟިރު ގައި ކޯޓުން ގޮތެއް ނިންމުމުގެ އިޚްތިޔާރު ލިބިގެންވެއެވެ".

31HN5މި މާއްދާ ގައި ކޯޓަށް މީހަކު ހާޒިރު ނުވެއްޖެ ޙާލަތެއްގައި ޢަމަލު ކުރާނެ ދެ ގޮތެއް ބަޔާންކުރެއެވެ. ފުރަތަމަ ގޮތަކީ ކޯޓަށް ހާޒރިވުމުގ އަމުރެ ލިބު މަޤުބޫލު އުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ހާޒިރު ނުވެއްޖެނަމަ ކޯޓަށް ހާޒިރުވުމަށް އެންގުނާ ކަމަށްބަލައި އެމީހެއްގެ ޣައިރު ހާޒިރުގައި ކޯޓުން މައްސަލަ ބަލައި ނިންމު މެވެ. އަދި ދެވަނަ ގޮތަކީ، އެމީހަކު ދީފައިވާ އެޑްރެހުގައިނެތި އެ މީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޒިރުގައ މައްސަލި ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުނ އިޢުލާން ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހޒިރުނުވެއްޖެނަމާ، ކޯޓަށް ހާޒިރުވުމަށް އެންގުނީކަމަށް ބަލައި އެމީހާގެ ޣައިރު ހާޒިރުގައި ކޯޓުން ގޮތެއް ނިންމުމެވެ.

32މި ދެ ގޮތުންކުރ ކޮންމެ ގޮތެއްގައިވެސް ޣައިރު ހާޒިރުގައި މައްސަލަ ހިންގާނަމަ ވަކި ތާރީޚަކާއި ގަޑިއެއް ދަޢުވާލިބޭ ފަރާތަށް އެނގިފައި އޮތުން ގަވާއިދު ލާޒިމްކުރާ ކަމަށާއި، ދަޢުވާލިބޭ ފަރާތް އުޅޭ ތަން އެނގިފައިވާ ހާލަތުގައި ކޮންމެ ޝަރީޢަތެއް ބޭއްވޭނެ ދުވަހާއި ގަޑި ދުރާލާ އަންގާފައިވުމަކީ އަބަދުވެސް ކޯޓުތަކުން ޢަމަލުކުރާގޮތ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ތައުފީޤް ވ. ޢަބްދުﷲ ލަޠީފް ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

33ބުނެވުނު ހަމަތަކުގެ އަލީގައި ދަށުކޯޓުގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

1.33. މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގައި ހިންގަމުން ދިޔައިރު، މިމައްސަލައާ ގުޅިގެން އައިޑިއަލް ބޯޓް ބިލްޑިންގ ތަމްސީލުކުރާނެ ވަކީލަކު ޢައްޔަނުކޮށްފައިވެއެވެ.

2.33. ވަކީލް އައްޔަނުކުރި ފަހުން އެ ޑިވިޜަނުން ތާވަލުކުރި އަޑުއެހުންތަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރާއި ޙަވާލުވެފައި ވަނީ ކުންފުނިން އައްޔަނުކުރި އެ ވަކީލެވެ. އޭގެ ކުރިން ކުންފުނީގެ މުވައްޒަފުން ޗިޓާއި ޙަވާލުވެފއިވާކަނަ ރެކޯޑުތަކުން އެނގެއެވެ. އެ ޑިވިޜަންގައ މައްސަލި ހިންގުމަށް ތާވަލުކުރި ނަމަވެސް މައްސަލަ ހިންގިފައި ނުވެއެވެ.

3.33. މައްސަލައަށް ސުލްޙަވެރި ޙައްލެއް ލިބިފައި ނުވާތީ ޝަރީޢަތުން ގޮތެއް ކަނޑައެޅުމަށް ފޮނުވުމުން މައްސަލައިގެ ޝަރީޢަތް ހިންގުމަށް ކޯޓަށް ހާޒިރުވުމަށް އަންގައި އެކި ތާރީޚުތަކުގައި އެކޯޓުން ފޮނުވާފައިވާ އަމުރުތަކާ ވަކީލު ޙަވާލުވެފައިވާކަން މައްސަލައިގެ ފައިލުން އެނގެއެވެ.

4.33. އަދި ދަޢުވާއަށް ޖަވާބު ދިނުމުގެ ގޮތުން ވަކީލު، 05 ސެޕްޓެންބަރު 2018 ގައި ސޮއިކޮށް "މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް ހުށަހަޅާ ފޯމުގެ ޖަވާބު" ހުށަހަޅާފައިވެއެވެ. އަދި ދެފަރތަށާ ބަޔާން ބަދަލުކޮށް، 12 ސެޕްޓެންބަރު 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/56 ޤަޟިއްޔާ ކޯޓަށް ހުށަހަޅާފައިވާ އައިޑިއަލް ބޯޓް ބިލްޑިންގގެ ނަންބަރު2018-BR/008-IBB ބޯރޑ ރިޒޮލިއުޝަން (15 ޖުލައި 2018) މައްސަލައާ ގުޅިގެން "ހެކިން ގެ ލިސްޓް" އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ސޮއިކޮށް ކޯޓަށް ހުށަހަޅާފައިވެއެވެ.

5.33. ދެފަރާތުންވެސް އިތުރު ބަޔާން އަދި ޚުލާސާ ބަޔާނެއް ހުށަހަޅަން ބޭނުންނުވާކަން ފާހަގަކޮށް މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް 03 ދުވަހުގެ ފުރުޞަތެއް ދިނުމަށް އެދިފައިވާތީ އެފުރުޞަތު، 09 އޮކްޓޫބަރު 2018 ގައި ދެވުނުކަމަށ މައްސަލައިގް ރިކޯޑު ޝީޓުގައި ލިޔެފައިވެއެވެ. މި ބުނެވުނު ތާރީޚުގެ މަޙްޟަރު ބަޔާނެއް ނެތެވެ. ނަމަވެސް މި ތާރީޚުގައި ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވާފައިވާ އަމުރާ ދފަރާތުނެ ވެސް ޙަވާލުވެ، ކޯޓަށް ހާޒިރުވެފައިވާކަން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތުން އަމުރާ ޙަވާލުވެފައިވަނީ އެފަރާތުގެ ވަކީލެވެ.

6.33. އެ ތާރީޚުގެ ފަހުން މައްސަލައިގެ ޚަސްމުންނަށް ކޯޓަށް ހާޒިރުވުމަށް އަންގައި އަމުރު ފޮނުވާފައިވަނީ، 02 ޖަނަވަރީ 2019 އަށް ތާވަލުކޮށްފައިވާ އަޑުއެހުމަށެވެ. 02 ޖަނަވަރީ 2019 ދުވަހުގެ 13:30 އަށް ކޯޓަށް ހާޒިރުވުމަށް އަންގައި އިސްތިއުނާފުކުރާ ފަރާތަށް އެ ކޯޓުން ފޮނުވާފައިވާ ނަންބަރު 2/2018/2483-CR-B3 (16 ޑިސެންބަރު 2018) 'ކޯޓަށް ހާޒިރުވުމުގެ އަމުރު' އާ 20 ޑިސެންބަރު 2018 ގައި އެ ކުންފުނީގެ ފަރާތުން ޙަވާލުވެފައިވެއެވެ. އެ އަމުރުގައިވާ ތާރީޚއާ ގަޑިއަށް ހާޒިރު ނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގއަ ނިންމާނެކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

7.33. މައްސަލައިގެ މަޙްޟަރު ބަޔާނެއް ފެންނަން އޮތީ، 02 ޖަނަވަރީ 2019 ތާރީޚުގައި އިސްތިއުނާފު ރައްދުވާ ލިޓަސްގެ ފަރާތުން ޝަރީޢަތަށް ދީފައިވާ މަޙްޟަރު ބަޔާނެކެވެ. ދަޢުވާގައި ހިމަނާފައިވާ ޖޫރިމަނާ ދަޢުވާއިން އުނިކޮށް، އިންވޮއިސްއަށްވ ފައިސާ ތިން މަސް ދުވަހުގެ މުއްދަތަށް ބަހާލައިގެނަ ދެއްކުމަށް އައިޑިއަލް ބޯޓް ބިލްޑިންގ އަށް ފުރުޞަތު ލިބޭގޮތަށް މައްސަލަ ނިންމައި ދިނުމަށް ލިޓަސއިން އެ ބަޔާނުގައި އެދިފައިވެއެވެ. ސިވލ ކޯޓުގް ނަންބަރު 2/2018/2009-CR-B3 ކޯޓަށް ހާޒިރުވުމުގެ އަމުރު

8.33. ބުނެވިދިޔަ ބަޔާން ދީފައިވާ 02 ޖަނަވަރީ 2019 ތާރީޚަކީ މައްސަލައިގެ ޙުކުމްކުރި ތާރީޚުކަން މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

9.33. މައްސަލަ އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް ނިންމާފައިވަނީ، މައްސަލައާ ގުޅިގެން އައިޑިއަލް ބޯޓް ބިލްޑިންގއަށް ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވުނު އެކޯޓުގެ ނަންބަރު 2/2018/2483-CR-B3 ( 16 ޑިސެންބަރު 2018) 'ކޯޓަށް ހާޒިރުވުމުގެ އަމުރު' ރައްދުވެފައިވީ ނަމަވެސް ބުނެވުނު އަމުރުގައިވާ ތާރީޚާއި ގަޑިއަށް އައިޑިއަލް ބޯޓް ބިލްޑިންގގެ ފަރާތުން ކޯޓަށް ހާޒިރުވެނެތުމުނ ކަމަށް ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

34އިސްތިއުނާފުކުރާ ފަރާތުން މި ކޯޓުގައި ފާހަގަކޮށްފައިވަނީ، 02 ޖަނަވަރީ 2019 ގައި ހާޒިރުވުމަށް އަންގައި ފޮނުވިކަމަށް ބަޔާންކޮށްފައިވާ ހާޒިރު އަމުރަކީ އެކުންފުންޏަށް ލިބިފައިވާ އަމުރެއް ނޫންކަމަށެވެ. އެފަދައިން ފާހަގަކުރަނީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ޙަވާލާދިން އެ އަމުރާ ޙަވާލުވި ފަރާތް އެނގެން ނެތުމުންކަމަށެވެ.

35HN6މައްސަލައިގެ ޚަސްމުންނަށް ކޯޓުން ދޫކޮށްފައިވާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފާއިވަނީ އިސްތިއުނާފުކުރާ ފަރާތުން ޙަވާލުވިކަން އެނގޭ އަމުރު ނޫނެވެ. އެހެންނަމަވެސް ޙަވާލާދެވުނު އަމުރުގައި، އިސްތިއުނާފުކުރާ ފަރާތނު ޙަވާލުވެ ސޮއިކޮށްފައވާކަން މައްސަލއިގަ ދަށުކޯޓުގެ ފައިލުގައި ހުރި އަސްލު ލިޔުންތަކުން ސާފުކޮށް އެނގެން އޮންނާތީ، އެ އަމުރަކީ އެކުންފުންޏަށް ރައްދުވެފައިވާ އަމުރެއްކަން އެނގެއެވެ.

36އެހެންކަމުން މިމައްސަލައާ ގުޅިގެން ދަށުކޯޓުގައި ކަންހިނގި ގޮތަށް ބަލާއިރު ސާފުކޮށް އެނގެން އޮތްކަމަކީ މައްސަލައިގެ ޝަރީޢަތަށް ހާޒިރުވުމަށް އަންގައި ކޯޓުން ފޮނުވި އަމުރުތައް، ކުންފުނި ތަމްސީލުކުރުމަށް އައްޔަނުކޮށްފައިވާ ފަރާތަށް ނުވަތަ ކުންފުންޏަށް ރައްދުވެފައިވާ ކަމެވެ. ސިވިލް ކޯޓުގެ ޝަރިޢަތ ނިމުން ގޮތުގެ ރިޕޯޓުގެ ފާހާގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ރ)

37މައްސަލަ ޣައިރު ހާޒިރުގައި ހިންގައި ނިމިފައިވަނީ، އެކަން މައްސަލަ ރައްދުވި ފަރާތަށް އެންގުމަށްފަހކަނު އެނގެން އޮންނާތީ، މިމައްސަލައިގައި ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ތައުފީޤް ވ. ޢަބްދުﷲ ލަޠީފް ޤަޟިއްޔާގައި ބަޔާންކުރާ މައްސަލަ ޣައިރު ހާޒިރުގައި ހިންގުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތާއެއްގޮތަށެވެ.

38މި މައްސަލައަކީ، އިސްތިއުނާފު ރައްދުވާ ފަރާތަށް އަމުރު ރައްދު ނުކުރެވިގެން ޣައިރު ހާޒިރުގައި ހިންގާފައިވާ މައްސަލައަކަށް ނުވާތީ، ކުންފުނީގެ ރަޖިސްޓަރޑް އެޑްރެހަށް އަމުރު ޙަވާލުކުރުމާ ގުޅޭގޮތނު ފާހަގަކުރި ނުކުތާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ.

39އެހެންކަމުން، މި މައްސަލަ ދަށުކޯޓުން ޣައިރު ހާޒިރުގައި ހިންގައި ނިންމާފައިވަނީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި މައްސަލަ ޣައިރު ހާޒިރުގައި ހިންގުމާ ގުޅޭގޮތުން ބަޔާންކުރެވިފައިވާ އިޖުރާއަތާ ޚިލާ ފަށްކަމަށ އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.

40HN7މައްސަލަ ޣައިރު ހާޒިރުގައި ހިންގައި ނިންމުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް ނެތް ނަމަވެސް، އެ މައްސަލައަކީ ދައުވާލިބޭ ފަރާތަށް ކާމިޔާބުކުރުމުގެ އެކަށީގެންވާ ފުރޞުތެއ އޮތް އަދި އެކަށީގެންވާ ދިފާއެއ އޮތް މައްސަލައެއް ކަމަށް ހައިކޯޓަށް ފެންނަ ޙާލަތުގައި، ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމް ޝަރުޠުތަކާއެކު ނުވަތަ ޝަރުޠަތަކާ ނުލައި އެއް ފަރާތްކޮށް، އެ މައްސަލައެއް އަލުން ދަށު ކޯޓުން ބެލުމަށް އެ މައްސަލައެއް ދަށު ކޯޓަށް ތަޙވީލުކުރަންވާނު ކަމަށެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓޯލް ބޭންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް ޤަޟިއްޔާގައި ބަޔާންކުރެއެވެ. މި މައްސަލައިގައި ދަށުކޯޓުން ކޮށްފައިވާ ޙުކުމް އެއްފަރާތްކުރަންޖެހޭ އެފަދަ ސަބަބެއް އޮތްކަމަށް ނުފެނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/56 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/02 މައްސަލަ ނިންމަން ފެންނަ ގޮތް:

41އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2662/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އައިޑިއަލް ބޯޓް ބިލްޑިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ނިންމަންފެނެއެވެ. ފަނޑިޔާރު ދީބާނާޒް ފަހުމީ:

42މި މައްސަލައި ގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ފަނޑިޔާރު އިބްރާހީމް މާހިރު:

43މި މައްސަލައިގައި، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައޔަށ އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

44މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ