ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/575

އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑް

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 5 ޑިސެމްބަރު 2024ދަށު ކޯޓު: ސިވިލް ކޯޓު 3376/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3376/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މުދަލާއި ޚިދުމަތުގެ އަގު ހޯދުމުގެ ދަޢުވާއެއްގައި، ގަންނަ ފަރާތުން "ކޮންފަރމް" ކޮށް ސޮއިކޮށްފައިވާ ކޯޓޭޝަންތަކަކީ ޕާރޗޭސް އޯޑަރުގެ ގޮތުގައި ބަލައި، އޭގެ މައްޗަށް ހަމައެކަނި ބިނާކޮށް އެ ކޯޓޭޝަންތަކާ ގުޅޭ އިންވޮއިސްތަކުގެ މުޢާމަލާތް (މުދާ/ޚިދުމަތް ފޯރުކޮށްދިނުން) ސާބިތުވާކަމަށް ބެލެވިދާނެތޯ؛ އަދި އިޢުތިރާފުވި އިންވޮއިސްތަކަށް ނަގައިދޭންވީ ޢަދަދު.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި (އިޢުތިރާފުވި އިންވޮއިސްތަކަށް ނަގައިދޭ ޢަދަދު 98,782.06ރ. އަށް ބަދަލުކޮށް، ކޯޓޭޝަނާ ގުޅޭ އިންވޮއިސްތަކަށް ފައިސާ ނަގައިދިން ބައި ބާޠިލު)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަދަނީ މައްސަލަތަކުގައި ފަނޑިޔާރު ނިންމަނީ ހެކި ވަޒަންކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށެވެ؛ ހެކި ހުށަހަޅައިގެން ދަޢުވާ ސާބިތުކުރުމަކީ ދަޢުވާ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ދަޢުވާ ރައްދުވާ ފަރާތުގެ އަތުގައި މުޢާމަލާތުގެ ލިޔުންތައް ނެތުމަކީ މުޢާމަލާތް ހިނގާފައި ނުވާކަމަށް ކަނޑައެޅޭނެ ސަބަބެއް ނޫނެވެ.

HN2 ވިޔަފާރީގެ އުޞޫލުން ކޯޓޭޝަނަކީ މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އަގު ބަޔާންކޮށްދޭ، މުޢާމަލާތަކަށް ވަނުމަށް ދެވޭ ދަޢުވަތެކެވެ (ހުށަހެޅުމެއް ނޫން)؛ ހުށަހެޅުމުގެ ސިފަ ފުރިހަމަވާ ފުރަތަމަ ލިޔުމަކީ ޕާރޗޭސް އޯޑަރެވެ؛ ސަޕްލައިކުރާ ފަރާތުން ޕާރޗޭސް އޯޑަރ ޤަބޫލުކުރާ ހިސާބުން އެއްބަސްވުން އުފެދެއެވެ. ނަމަވެސް ކޯޓޭޝަންގައި އެފަދަ ތަފްޞީލުތައް ހިމެނޭނަމަ އެއީ ހުށަހެޅުމެއްކަމަށް ބެލެވިދާނެއެވެ.

މަދަނީ › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN3 ކޯޓޭޝަނަކީ އޭގެ ޒާތުގައި ދެފަރާތުގެ ދެމެދު އެއްބަސްވުމެއް އޮތްކަމަށް ބެލޭނެ ލިޔުމެއް ނޫނެވެ؛ ނަމަވެސް އޭގައިވާ ތަފްޞީލާއި ދެފަރާތުގެ މުޢާމަލާތުގެ ގޮތަށް ބަލައި މުޢާމަލާތެއް އޮތްކަމަށް ބެލުމުގައި އެ ލިޔުމަށް ރިޢާޔަތްކުރެވިދާނެއެވެ؛ ގަންނަ ފަރާތުން އޯޑަރ "ކޮންފަރމް" ކޮށްފައިވުމަކީ މުޢާމަލާތް ކުރުމަށް އެދުނުކަމަށް ބެލެވިދާނެ ކަމެކެވެ.

HN4 ކޯޓޭޝަން އެޕްރޫވް/ކޮންފަރމް ކޮށްފައިވުމަކީ ހަމައެކަނި އެއަށް ބިނާކޮށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދެވުނުކަން ސާބިތުވާ ކަމެއް ނޫނެވެ؛ ފޯރުކޮށްދިންކަމުގެ ހެއްކެއް، އިންވޮއިސް ގަންނަ ފަރާތަށް ރައްދުކުރެވުނުކަމުގެ ދަލީލެއް، ނުވަތަ ފައިސާ ދެއްކިކަމުގެ ހެއްކެއް ނެތްނަމަ މުޢާމަލާތް މަދަނީ މިންގަނޑުން ސާބިތެއް ނުވެއެވެ.

HN5 ފައިސާ ދައްކާފައިވުމަކީ މުޢާމަލާތް ކުރެވިފައިވާކަމަށް ބެލުމުގައި ރިޢާޔަތްކުރެވިދާނެ ކަމެއް ނަމަވެސް، ދަޢުވާކުރާ ފަރާތުން އަމިއްލައަށް ތައްޔާރުކޮށް، އަނެއް ފަރާތުން ސުވާލު އުފައްދާފައިވާ، އަދި ސައްޙަ ޢަދަދުތަކެއް ނޫންކަން އެ ފަރާތުން ވެސް ޤަބޫލުކުރާ "ސްޓޭޓްމަންޓް އޮފް އެކައުންޓްސް" އަކީ ފައިސާ ދެއްކިކަން ސާބިތުކުރާ ހެއްކެއް ނޫނެވެ.

HN6 އިސްތިއުނާފީ ނުކުތާއަކާ މެދު ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތް އެއްބަސްވެއްޖެނަމަ (މިސާލު: އިޢުތިރާފުވި އިންވޮއިސްތަކަށް ދައްކަންޖެހޭ ޢަދަދު)، އެ ނުކުތާއާ މެދު ކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ސައްފާޙް މުޙައްމަދު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ނާޖީ ފާއިޒު
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔު

ތަޢާރުފު

3މިއީ، ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އަމީން ކޮންސްޓްރަކްޝަން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދވު ފަރާތަކީ ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑް މީގެ ފަހުން "ނަޒާކީ އެލްމިނިއަމް" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ. .3 ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ:

3. ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާ ގައި ބަލާފައިވާ މ އްސަލައަކީ، ނަޒާކީ އެލްމިނިއަމްގެ ފރާތުނ އަމީން ކޮންސްޓްރަކްޝަނަށް ދީފައިވާ ޚިދުމަތާއި ވިއްކާފައިވާ މުދަލާ ގުޅިގެން އަގު ހޯދުމަށް އެދި އަމީން ކޮންސްޓްރަކްޝަނަށް ފޮނުވާފައިވާ ނަންބަރު، 10/160-QA، 10/399-QA،،QA-10/398،QA-10/277،QA-10/137،QA-09/1036،QA-09/1037،QA-10/109،QA-12/249،00133،QA-12/0247،QA-11/0621،QA-10/104،QA-10/400 QA-،QA-05/220،QA-10/946،222523،222223،22326،QA-12/807،000356 QA-،QA-10/059،QA-10/034،QA-11/031،QA-11/0736،222232،04/465 04/657 އިންވޮއިސްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ދަޢުވެ ހުށަހެޅުމާ ހަމައަށް 1,080,410.17ރ. (އެއްމިލިޔަން އަށްޑިހަ ހާސް ހަތަރު ސަތޭކަ ދިހަ ރުފިޔާ ސަތާރަ ލާރި) އަދާކޮށްފައި ނުވާތީ މިފައިސާ އެކީ އެއްފަހަރާ ނަޒާކީ އެލްމިނިއަމްއަށް ދައްކައި ޚަލާޞްކުރުމަށް އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އަމުރުކޮށްދނުމަށ އެދް ނަޒާކީ އެލްމިނިއަމިގެ ފަރާތުން ހުށަހެޅި މައްސަލައެވެ. ސިވިލް ކޯޓުގެ ޙުކުމް:

2ބުނެވުނު ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރް ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑަށް ދީފައިވާ ޚިދުމަތާއި، ވިއްކާފައިވާ މުދަލާއި ގުޅިގެނެ އަގު ހޯދުމަށް އެދި ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ކަމަށް ބުނީ ދަޢުވާކުރާ ފަރާތުން މިޤަޟިއްޔާގައި ހުށަހަޅާފައިވާ އިންވޮއިސްތަކުގެ ތެރެއިން ދަޢުވާލިބޭ ފަރާތުނ އިޢުތިރާފުވެފައިވ އިންވޮއިސްތައްކަމުގައިވ ނަންބަރާ 09/1036-QA އިންވޮއިސް އާއި، ނަންބަރު -QA 09/1037 އިންވޮއިސް އާއި، ނަންބަރު 10/137-QA އިންވޮއިސްއާއި، ނަންބަރު 10/277-QA އިންވޮއިސް އާއި، ނަންބަރު 10/398-QA އިންވޮއިސް އާއި، ނަންބަރު 10/400-QA އިންވޮއިސްއާއި، ނަންބަރު 10/104-QA އިންވޮއިސްއާއި ޕާރޗޭސް އޯޑަރުތައް ދަޢުވާލިބޭ ފަރާތުން ވެރިފައިކޮށްފައިވާކަން އެނގެން އޮންނަ އިންވޮއިސްތައް ކަމުގައިވާ ނަންބަރު 12/0247-QA އިންވޮއިސް އާއި، ނަންބަރު -QA 12/249 އިންވޮއިސް އާއި، ނަންބަރު 05/220-QA އިންވޮއިސް އާއި، ނަންބަރު 04/465-QA އިންވޮއިސްއާއި، ނަންބަރު 11/031-QA އިންވޮއިސް އާއި، ނަންބަރު 10/034-QA އިންވޮއިސް އާއި، ނަންބަރު 10/059-QA އިންވޮއިސް އާއި އެކުޖުމްލަ 31 އިންވޮއިސްގައި ހިމެނޭ ފައިސާގެ ތެރެއިން ދަޢުވާކުރާ ފަރާތަށް ލިބުނުކަމަށް އެފަރާތުން އިޢުތިރާފުވެފައިވާ ޖުމްލަ 9167,490.0ރ. (އެއްލައްކަ ފަސްދޮޅަސް ހަތްހާސް ހަތަރުސަތޭކަ ނުވަދިހަ ރުފިޔާ ނުވަ ލާރި) ފިޔަވައި އިތުރު ފައިސާއެއް ބަޔާންވެދިޔަ އިންވޮއިސްތަކާއި ގުޅިގެން ދައުވާލިބޭ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައުވާކުރާ ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެ ޑަށ ދައްކާފައިވާކަން ޝަރީޢަތަށް ސާބިތް ނުވާތީ އިސްވެ އިޝާރާތްކުރެވުނު 31 އިންވޮއިސްގައި ހިމެނޭ ޖުމްލަ 855,317.65ރ. (އަށް ލައްކަ ފަންސާސް ފަސްހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ފަސްލާރި) އިން ބަޔާންވެދިޔަ އިންވޮއިސްތަކަށް ދަޢުވާލިބޭ ފަރާތުން ދައްކާފައިވާކަމަށް ދަޢުވާކުރާ ފަރާތުގެ ހިސާބުތަކުން ދައްކާ 167,490.09ރ. (އެއްލައްކަ ފަސްދޮޅަސް ހަތްހާސް ހަތަރުސަތޭކަ ނުވަދިހަ ރުފިޔާ ނުވަ ލާރި) އުނިކުރުމުން ބާކީވާ 687,827.56 (ހަލައްކަ އަށްޑިހަ ހަތްހާސް އަށްސަތޭކަ ހަތާވީސް ރުފިޔާ ފަންސާސް ހަ ލާރި) އަކީ ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޚިދުމަތާއި، ވިއްކާފައިވާ މުދަލުގެ އަގުގެ ގޮތުގައި މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރތުނާ ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހި ނުދީވާ ފައިސާކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި މިފައިސާ 687,827.56ރ. (ހަލައްކަ އަށްޑިހަ ހަތްހާސް އަށްސަތޭކަ ހަތާވީސް ރުފިޔާ ފަންސާސް ހަ ލާރި) ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 32 ސެޕްޓެމްބަރ 3233 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް މީލާދީ 23 (ދޭއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކާ ޚަލާސްކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އަންގައި، އިސްވެ ބަޔާންކުރެވުނު 31 އިންވޮއިސް ފިޔަވައި މި ދަޢުވާގައި ބަޔާންވެގެންވާ އެހެން އިންވޮއިސްތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްކާފައިވާ މުދަލަކަށް ނުވަތަ ދީފައިވާ ޚިދުމަތެއްގެ މައްޗަށް ހެދިފައިވާ ޞައްޙަ އިންވޮއިސްތަކެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުނުވާތީ، އެއިންވޮއިސްތަކުގައ ހިމެނި ފައިސާއަކީ ޝަރީޢަތުން ނަގާދެވޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަ ދައިންނެވެ.

އިސްތިއުނާފ ނުކުތތައާ

1. ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 22 (ތިނެއް ) ހުށަހަޅާފައިވެއެވެ

1.3 ފުރަތަމަ ނުކުތާއަކީ، ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ކޯޓޭޝަން" ތަކަކީ "ޕާރޗސޭ އޯޑަރ" ކަމަށް ބަލައި ޙުކުމް ކުރުމުގައި ރިޢާޔަތް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

1.3 ދެވަނަ ނުކުތާއަކީ، ޙުކުމުގައި ބަޔާންކޮށްފައިވާ އިންވޮއިސްތަކުގެ ތެރެއިން ނަންބަރު 12/0247-QA، އިންވޮއިސްއާއި ނަންބަރު 12/249-QA އިންވޮއިސްއާއި ނަންބަރު 05/220-QA އިންވޮއިސް އާއި ނަންބަރު 04/465-QA އިންވޮއިސް އާއި ނަންބަރު 11/031-QA އިންވޮއިސް އާއި ނަންބަރު 10/034-QA އިންވޮއިސް އަދި ނަންބަރު 10/059-QA އިންވޮއިސްގައިވާ ފައިސާ ނަގާދީފައިވަނީ އެ އިންވޮއިސްއާ ގުޅޭ "ޕާރޗސޭ އޯޑަރުތައް" (ކޯޓޭޝަންތައް) އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޕްރޫވްކޮށްފައިވާތީ ކަމަށް ޙުކުމުގައި ކަނޑައަޅާފައވާއިރު، ކޯޓޭޝަނަކީ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެދި ބަދަލުކުރެވޭ ލިޔުމެއްކަމާއި، އެ ލިޔުން އެޕްރޫވްކޮށްފައި އޮތުމަކީ ހަމައެކަނި އެ އެޕްރޫވްކޮށްފައިވާ އޮތް އޮތުމުގެ މައްޗަށް ބަލައި އޭގައި ބަޔާންކޮށްފައިވާ ޚިދުމަތެއް، މުދަލެއް ފޯރުކޮށްދީފައިވާކަން ސާބިތުވާކަމެއް ނޫންކަމާއި، މި މައްސަލާގައި އިސްވެބަޔާންކުރެވުނު 23 އިންވޮއިސް އަމީން ކޮންސްޓްރަކަންޝަން ޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިވާކަން ވެސް ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާއިރު، އަދި އެ އިންވޮއިސްތަކާއި ގުޅޭ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ ޚިދުމަތް ފޯރުކޮށްދިންކަންވެސް ސާބިތުކޮށްދެވިފައި ނުވާއިރު، ހަމައެކަނި ކޯޓޭޝަން އެޕްރޫވްކޮށްފައި އޮތް އޮތުމުގެ މައްޗަށް ބަލައި އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭކަން ސާބިތުވާކަމަށް ކަނޑައަޅާފައި އޮތް އޮތުމަކީ ސާބިތުނުވާކަމެއް ސާބިތުވާކަމަށް ކަނޑައަ ޅާފައިވާ ވުމެއްކަމަށ ބުން ހުށަހެޅި ނުކުތާއެވެ.

1.2 ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޙުކުމުގައި އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާކަމަށް އެއްބަސްވެފައިވާ އިންވޮއިސްތަކުގައިވާ ނަންބަރު 09/1037-QA އިންވޮއިސްއާއި،09/1036-QA އިންވޮއިސްއާއި، ނަންބަރު 10/137-QA އިންވޮއިސްއާއި،ނަންބަރު 10/277-QA އިންވޮއިސްއާއި، ނަންބަރު 10/398-QA އިންވޮއިސްއާއި،ނަންބަރ 10/400-QA އިންވޮއިސްއާއި، ނަންބަރު 10/104-QA އިންވޮއިސްގެ ތެރެއިން 09/1037-QA އިންވޮއިސްއާއި، ނަންބަރު 09/1036-QA އިންވޮއިސްއާއި،ނަންބަރު 10/104-QA އިންވޮއިސްގައި އެ އިންވޮއިސްތަކަށް ބާކީ ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ފައިސާއާއި އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ސްޓޭޓްމަންޓްގައި ދައްކަންޖެހޭ ޢަދަދުކަމަށް ބަޔާންކޮށްފައިވާ ޢަދަދުގައި ބޮޑެތި ފަރަޤުތަކެއް ހުރިއިރު، މިކަން އިސްތިއުނާފުކުރާ ފަރތުނާ ސިވިލް ކޯޓުގައި ފާހަގަކޮށްފައިވަނިކޮށް މިކަމާމެދު ގޮތެއް ކަނޑަނާޅައި ސްޓޭޓްމަންޓަށް ބަލައިގެން ފައިސާ ނަގައިދީފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފކުރު ފަރާތުން ދެއްކި ވާހަކަތަކުގެ ތަފްސީލު:

5އިސްތިއުނާފީ ނުކުތާތައް ފާހަގަކޮށް އެނުކުތާކުގެ ތަފުސީލުގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛

5.3 ސިވިލް ކޯޓުގެ ޙުކުމުގައި މިމައްސަލާގައި ހުށަހެޅިފައިވާ ކޯޓޭޝޭންތަކކަ ޕަރ ޗސޭ އޯޑަރު ކަމަށް އިޝާރާތްކޮށްފައިވާ ކަމަށާއި، ވިޔަފާރީގެ ޢާންމު އުޞޫލަށް ބަލާއިރު، "ޕަރ ޗސޭ އޯޑަރ" އަދި "ކޯޓޭޝަން" ތަކަކީ ދެމަހައްލެއްގައި ތަފާތު ދފަރާތަކުނެ ބޭނުންކުރާ ދެލިޔުމެއް ކަމަށެވެ. އެގޮތުން ޕަރ ޗސޭ އޯޑަރަކީ މުދަލެއް ބޭނުންވާ ފަރާތުން، ނުވަތަ މުދަލެއް ގަންނަ ބޭނުންވާ ފަރާތުން، އެޚިދުމަތެއް ފޯރުކޮށްދޭ ފަރާތަށް، ނުވަތަ މުދަލެއް ވިއްކާ ފަރާތަށް ފޮނުވާ ލިޔުމެއް ކަމަށެވެ. އަދި "ކޯޓޭޝަން" އަކީ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ނުވަތަ މުދާ ވިއްކަން ބޭނުންވާ ފަރާތުން އެ ޚި ދުމަތ ގަންނަން ބޭނުންވާ ފަރާތަށް ފޮނުވޭ ލިޔުމެއް ކަމަށެވެ. މިމައްސަލާގައި ހުށަހެޅިފައި ހުރީ ކޯޓޭޝަންތަކެއް ކަމަށާއި ޕާޗސޭ އޯޑަރުތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް މައްސަލައިގެ ޙުކުމުގައި ކޯޓޭޝޭންތަކަށް ޕާޗޭޖް އޯޑަރ ކަމަށު އިޝާރާތްކޮށްފައިވާ ކަމަށާއިއެއ ސާބިތުވީ ވާޤަ ޢާތަކާއ ޚިލާފު ކަމެއް ކަމަށް ދެކޭކަމަށެވެ.

5.3 ކޯޓޭޝަންގައި ދެފަރާތުން ސޮއިކޮށްފައި އޮތް އޮތުމަކީ އޭގެ މައްޗަށް ހަމައެކަނި ބިނާކޮށް އެ ކޯޓޭޝަންގައި އެބުނާ ޚިދުމަތެއް އެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފަރާތުން ފޯރުކޮށްދީފއިވަ ކަން ސާބިތުވާ ކަމެއް ނޫނކް މަށާއަ އެއީ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އެ ޚިދުމަތް ފޯރުކޮށްދޭން އެއްބަސްވާ ފަރާތުން އެގޮތަށް އެއްބަސްވިކަން ސާބިތުވާ ކަމެއް ކަމަށާއި، އެހެންނަމަވެސް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ކޯޓޭޝަން އެޕްރޫވްކޮށްފައި އޮތް އޮތުމަކީ އެ ކޯޓޭޝަންގައި ބަޔާންކޮށްފައިވާ ޚިދުމަތް ނަޒާކީ އެލްމިނިއަމްގެ ފަރާތުން ފޯރުކޮށްދީފައިވާކަން ސާބިތުވާ ކަމެއް ކަމަށް ބަލައިގެން ކަމަށެވެ.

5.2 އަދި ސިވިލް ކޯޓުގެ ޙުކމުގައު ފައިސާ ނަގައި ދީފައިވާ 31 އިންވޮއިސް ތަކުގެ ތެރޭ ގައި ހިމެނޭ އިންވޮއިސްގެ ތެރެއިން ނަންބަރު QA1037 އިންވޮއިސް އަދި QA9/1036 އިންވޮއިސް އަދި ނަންބަރު QA10/104 އިންވޮއިސަށް ލިބެންޖެހޭ ކަމަށް ބެލެންސް ކަމަށް ބަޔާންކޮށްފައިވާ ޢަދަދާއި އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ސްޓޭޓްމަންޓްގައި މި އިންވޮއިސްތަކަށް ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޢަދަދުގައި ބޮޑެތި ފަރަގުތަކެއް ހުރިއިރު އެކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށާއި، ސިވިލް ކޯޓުން ޙުކުމް ކުރުމުގައި އެފަރާތުން ހުށަހެޅި ސްޓޭޓްމަންޓުގައި އިންވޮއިސްތަކަށް ދައްކަންޖެހޭ ޢަދަދު ކަމަށް ބަޔާންކޮށްފައިވާ ޢަދަދަށް ރިޢާޔަތްކޮށް އެ ޢަދަދު ނަގައދީފައިވާކި މަށެވެ. އަދި އިސްތިއުނާފުކރު ފަރާތުން ހުށަހެޅި ދެ ޑޮކިއުމަންޓެއްގައި އެ އިންވޮއިސްއަކާއި ގުޅިގެން ދައްކަންޖެހޭ ކަމަށް ބަޔާންކުރާ ޢަދަދުތަކުގެ ފަރަގު އެހާ ބޮޑަށް ތަފާތުވެފައި އޮތުމުން، ނަޒާކީ އެލްމިނިއަމްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައވާނި އެ އިންވޮއިސްތަކުގެ ބާކީ ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޢަދަދަށް ރިޢާޔަތްކުރަންޖެހޭ ކަމަށެ ވެ. އެއީ މުޢާމަލާތް ހިނގަމުން ދިޔައިރު ރެކޯޑް ކުރެވިފައި ހުރި ޑޮކިއުމަންޓަށް އެ ވާޤިޢާ ސާބިތު ކުރުމުގައި ރިޢާޔަތް ކުރަންޖެހޭތީ ކަމަށާއި، އެގޮތުން ޖމުލު 23 އިންވޮއސްއަށި ދައްކަންޖެހޭ ޖުމުލަ ޢަދަދަކީ -98,782.06/ރ (ނުވަދިހ އަށަ ހާސް ހަތް ސަތޭކަ އަށްޑިހަ ދެ ރުފިޔާ ހަ ލާރ( ކަމަށް ދެކޭކަމަށެވެ.

5.1 އަދި މީގެ އިތުރުން އަމީން ކޮސްޓްރަކްޝަންގެ ފަރާތުން ވެރިފައ ނުވަތި ކޮންފަރމް ކޮށްފައި ނުވާކަމަށް ބަޔާންކޮށް ސިވިލް ކޯޓު މަރުޙަލާގައި ރިޖެކްޓް ކޮށްފައިވާ 31 އިންވޮއިސްގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފައިސާ ލިބެންޖެހޭ ކަމަށް އިސްތިއުނާފު ރައްދުވި ފަރާތުން ހައިކޯޓުގައި އެދިފައވީނަމަވެސި އެ 31 އިންވޮއިސް ވާހަކައަކީ މި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ވާހަކައަކަށް ނުވާތީ އެ މައުޟޫޢު އަލުން ހުޅުވިގެން ދިޔުމުގެ ފުރުޞަތު އިސްތިއުނާފު ރައްދވު ފަރާތަށް ލިބެންޖެހޭ ކަމަށް ޤަބޫލު ނުކުރާކަމަށެވެ. އިސްތިއުނާފ ކުރް ފަރާތުން އެދޭގޮތް:

6އަމީން ކޮންސްޓްރަކްޝަނގް ފަރާތުން މިޤަޟިއްޔާގައި ހައިކޯޓުގައި އެދިފައިވަނީ؛

6.3 ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާގައި އެ ޕާރޗޭސް އޯޑަރުތައް ކަމަށް ރިޢާޔަތް ކޮށްފައިވާ ކުރުން އެއީ ކުށެއް ކަމަށް ކަނޑައަޅައި އެއަ ކޯޓޭޝަންތއަ ކަމަށް ކަނޑައަޅައި ދިނުމަށާއި؛

6.3 އަދި ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާގައި ނަންބަރު 12/247-QA އިންވޮއިސްއާއި ނަންބަރު 12/249-QA އިންވޮއިސްއާއި ނަންބަރު QA-5/220 އިންވޮއިސްއާއި ނަންބަރު 4/465-QA އިންވޮއިސްއާއި ނަންބަރު 11/31-QA އިންވޮއިސްއާއި ނަންބަރު 10/34-QA އިންވޮއިސްއާއި އަދި ނަންބަރު 10/59-QA އިންވޮއިސް ގުޅާ ކޯޓޭޝަންތައް ވެރިފައ ކޮށްފައި އޮތުމަކީ އޭގެ މައްޗަށް އެކަނި ބަލާފައި އެ ކޯޓޭޝަންތަކ ގުޅާ އިންވޮއިސްތަކަށް ފައިސާ ދައްކަން ކަނޑައެޅޭނެ ފަދަ ޤާނޫނީ ނުވަތަ ޝަރުޢީ އަސާސެއް ނޫން ކަމަށް ކަނޑައަޅއަ ދިނުމަށާއި؛ އަދި ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޙުކުމުގައި ފައިސާ ދެއްކުމަށް ކަނޑައަޅާ ފައިވާ 31 އިންވޮއިސްގެ ތެރެއިން ބުނެވިދިޔަ 23 އިންވޮއިސްގެ ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށްދިނުމަށާއި؛

6.2 އަދި އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ކަމަށް އެއްބަސްވެފައިވާ އިންވޮއިސްތަކުގައިވާ ނަންބަރު QA9/1037، QA9/1036، QA10/1037، QA10/277، QA10/398 އަދި QA10/400 އިންވޮއިސާއި މިދެންނެވުނު 23 އިންވޮއސްއަށި ދައްކަންޖެހޭ ޖުމުލަ ޢަދަދަކީ އެ އިންވޮއިސްތަކުން ސާބިތުވާން އޮތު -98,782.06/ރ (ނުވަދިހ އަށަ ހާސް ހަތް ސަތޭކަ އަށްޑިހަ ދެ ރުފިޔާ ހަ ލާރ( ކަމަކަށް ކަނޑައަޅައި ދިނުމާއެކު އެގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ. އިސްތިއުނާފު ރައްދވު ފަރާތުން ދެއްކި ވާހަކަ:

3އިސްތިއުނާފު ރައްދު ވާ ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛

3.3 ސިވިލް ކޯޓަށް ހުށަހަޅާފައިވާ އަންނަނިވި ކޯޓޭޝަންތައ ބެލުމުން އެފަރާތުން ލިބިގަނނަން ބޭނުންވާ އޯޑަރުތައް ކަށަވަރުކޮށްފައިވާކަން އެނގޭކަމަށާއި އެކޯޓޭޝަންތަކާ އެއްގޮތަށް ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މުދަލާއި ޚިދުމަތް ފޯރުކޮށް ދީފައިވާނެކަމަށެވެ. އެއީ 3- ނަންބަރު: 12/0260-QTN/QA ) އިންވޮއިސް ނަންބަރު:12/0247-QA)

3.3 ހުށަހަޅާފައިވާ ކޯޓޭޝަންސްތަކުގައި for order above the confirm “I production” މި ފަދައިން ބަޔާންކޮށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭމްޕް ޖަހައި ސޮއިކށްފައިވޮ ކަމަށާއި، މި ކޯޓޭޝަންސްތައ ޕްރަ ޗޭސް އޯޑަރެއްގެ ގޮތުގައި ކޯޓުން ބަލައިގަނެފައި މިވަނީ އެކަމަށް ރިޢާޔަތްކޮށކަމަށެވް. ޕާޗޭސް އޯޑަރަކީ ވަކި ގޮތަކަށް އޮތުން ލާޒިމްވާ ލިޔު މެއް ނޫންކަމަށާއި ކޯޓޭޝަންގައި މިވެނި މުދާތަކެއް މިވެނި އަގުގައި ކަމަށް ފޯރުކޮށްދެވޭނ ނޫނީ މިވެނި ޚިދުމަތެއް ފޯރުކޮށްދެވޭނެ އަގަކީ މިއީކަން އެފަރތަށ ހުށަހެޅުމުން އެ ކޯޓޭޝަނާ އެފަރާތުން ކޮންފާރމކުރާ ކަމަށް ބަޔާންކުރުމުން އެ މުދަލާއި ހިދުމަތް އެފަރާތަށް ފޯރުކޮށްދިނުމަށް އެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަމަށާއި އެފަދައިން ސޮއިކޮށްފައިވާ ކޯޓޭޝަންތައ ޕްރަ ޗޭސް އޯޑަރއްގެ ގޮތުގައި ދަށުކޯޓުން ބަލައިގަނެފައިވުން ރަނގަޅު ކަމަށް ދެކޭކަށެވެ.

3.2 އަދި އެއިންވޮއިސްތަކަށ ބަލާއިރް ބައެއް އިންވޮއިސްތަކަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފައިސާވެސް ދައްކާފައިވާކަން އެއިންވޮއިސްތަކުން އެނގެން އޮންނަކަމަށާއި ޕޭމަންޓް ހެދުމަށްފަހު އެ ފަރާތަށް އެ މުދާ ނުވަތަ ޚިދުމަތް ނުލިބޭ ނަމަ އެ ކަމާއި ގުޅިގެން އެފަރާތަށް ޝަކުވާ ނުކޮށް ހުންނާނެކަމަށް ޤަބޫލުނުކުރެވޭކަމށެވެ. މި އިންވޮއިސްތަކުގައި އެ ޕްރޮޖްކްޓްސތަކުގް ތަފްޞީލީ ޑީޓެއިލްސްތައް ހިމެނޭ ކަމަށާއި، އެހެންކަމުން ދެ ފަރާތުގެ ދެމެދުގައި މިފަދަ ސައްޚަ މުޢާމަލާތެއް ނ ހިނގާނަމަ އެ އިންވޮއިސްތަކުގައިވެސް އެ މުޢާމަލާތާއި ގުޅޭ ތަފްޞީލުތައް ނުވަތަ ގުޑްސްއާއި ޚިދުމަތާއި ނުވަތަ މުދަލާއި ގުޅޭ ތަފްޞީލުތައް ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް ނުދެކޭކަމަށެވެ.

3.1 ހުށަހެޅިފައިވާ ނަންބަރު QA1037 އިންވޮއިސް އަދި QA9/1036 އިންވޮއިސް އަދި ނަންބަރު QA10/104 ގައި ބާކީ ދައްކަންޖެހޭ ފައިސާކަމަށް ބަޔާންކޮށް ހުށަހެޅި ސްޓޭޓްމަންޓްސގައި ބަޔާންކޮށްފައިވާ ޢަދަދާއް އަދި އިންވޮއިސްތަކާއި ފަރަގެއް ހުރިކަމަށް ބުނެ އިސްތިއުނާފީ ތިން ވަނަ ނުކުތާގއަ ފާހަކަގަކޮށްފައިވާއިރު، އެނުކުތާގައި އެފަރާތުން ރިޢާޔަތްކޮށްފައިވަނީ ސިވިލް ކޯޓު މަރުހަލާގައި އިސްތިއުނާފުކުރާ ފަރާތުން އިޢުތިރާފުވެފައިވާ ހަތް އިންވޮއިސްއަކަށް ކަމަށާއި، އެފަރަގު ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ އިންވޮއިސް ހެދުމުގެ ކުރިންނާއި އަދި އިންވޮއިސް ހެދުމަށްފަހުވެސް ބައެއް އިންވޮއިސްތަކަށް އިސްތިއުނާފުކުރާ ފަރާތުން ކޮންމެވެސް ވަރަކަށް ފައިސާ ދައްކާފައިވތާ ކަމަށާއި، އެހެންކަމުން އިސްތިއުނާފު ފޯމުގެ 2.3 ވަނަ ނުކުތާގައި އެފަރާތުން އިޢުތިރާފުވެފައިވާ 3 އިންވޮއިސްގެ ދަށުން ނަގާދިނުމަށް އެދިފައިވާ -98,782.06/ (ނުވަދިހ އަށަ ހާސް ހަތް ސަތޭކަ އަށްޑިހަ ދެ ރުފިޔާ ހަ ލާރި ( ޢަދަދު އެއީ މި ހަތް އިންވޮއިސްގެ ދަށުން ނަގާދެވޭނެ ފއިސަ ކަމަށް ނިންމުމާމެދު އިޢުތިރާޟެއް ނެތްކަމަށެވެ.

3.5 އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އެޕްރޫވްކޮށްފައި ނުވާތީ ދަށުކޯޓަށާ ހުށަހެޅި އިންވޮއިސްތަކުގެ ތެރޭގައި ހިމެނޭ 31 އިންވޮއިސްއެއް ބަލައިނުގަނެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި، ނަމަވެސް މި އިންވޮއިސްތަކުގެ ތެރެއިންވެސް ބައެއް އިންވޮއިސް ތަކަކށަ ކޮންމެވެސް ވަރަކަށް އިސްތިއުނާފުކރު ފަރތުނާ ފައިސާ ދައްކާފައިވާއިރު މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އިސްތިއުނާފް ރައްދުވާ ފަރާތުން އެދޭގޮތް:

2. އިސްތިއުނާފު ރައްދުވާ ފަރާތުން މި އިސްތިއުނާފުގެ ދަށުން މިޤަޟިއްޔާގައި އެދެނީ؛

2.3 ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާގެ ޙުކުމުގައި އިސްތިއުނާފަ ކުރު ފަރާތުން އިޢު ތިރާފވެފައިވު 23 އިންވޮއިސގް ދަށުން އެފަރާތުން ވެސް އެދިފައިވާ ފަދައިން -98,782.06/ (ނުވަދިހ އަށަ ހާސް ހަތް ސަތޭކަ އަށްޑިހަ ދެ ރުފިޔާ ހަ ލާރި( ނަގައި ދިނުމަށާއި؛'

2.3 އިސްތިއުނާފުކުރާ ފަރާތުން ވެރިފައިކޮށްފައިވާ ޕަރޗޭސް އޯޑަރުތަކާއި ގުޅޭ އިންވޮއިސްތަކުގެ2 ދަށުން ދައްކަންޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ފައިސާއަކީ އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި ދިނުމަށާއި؛ އިންވޮއިސް ނަންބަރު 09/1037-QA ނަންބަރު: 09/1036-QA، ނަންބަރު 10/137-QA، ނަންބަރު : 10/277-QA، ނަންބަރު 10/398-QA ނަންބަރު : 10/400-QA އަދި ނަންބަރު 10/104-QA 2 އިންވޮއިސް ނަންބަރު:12/0247-QA، އިންވޮއިސް ނަންބަރު: 12/0249-QAއިންވޮއިސް ނަންބަރު:05/220-QA، އިންވޮއިސް ނަންބަރު:-QA 04/465، އިންވޮއިސް ނަންބަރު:11/031-QA، އިންވޮއިސް ނަންބަރު:10/034-QA،އިންވޮއިސް އަދި ނަންބަރު:11/059-QA

2.2 އަދި އަމީން ކޮސްޓްރަކްޝަންގެ ފަރާތުން ވެރިފައި ނުވަތަ ކޮންފަރމް ކޮށްފައި ނުވާކަމަށް ބަޔާންކޮށް ސިވިލް ކޯޓު މަރުޙަލާގައި ރިޖެކްޓް ކޮށްފައިވާ 31 އިންވޮއިސްއަކީ ވެސް ޞައްޙަ އިންވޮއިސްތަކެއް ކަމަށް ކަނޑައޅައިދިނުމާއެކަ އެ އިންވޮއިސް ތަކުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެންޖެހޭ ފައިސާ ނގައިދިނުމަށަ ކަމަށެވެ. ފާހަގަކުރެވޭ ކަންތައްތައް:

3. ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާއަށް ބަލާއިރު އެ ދަޢުވާ ބިނާކޮށްފައިވަނީ ޖުމްލަ 32 (އަށާވީސް) އިންވޮއިސްއެއްގެ މައްޗަށެވެ. ފައިސާ ނަގައިދިނުމަށް އެދިފައިވާ ބަޔާންވެދިޔަ އިންވޮއިސްތަކުގެ ތެރެއިން 23 (ހަތެއް) އިން ވޮއިސްއަކަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށު ކޯޓުގައި އެއްބަސްވެފައިވެއެވެ.

32ސިވިލް ކޯޓުން މައްސަލަ ނިންމމު ގައު އެ އިންވޮއިސްތަކުގެ ތެރެއިން 31 (ސާދަ) އިންވޮއިސްއަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅާފައިވެއެވެ. އެއީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދަށުކޯޓުގައި އިޢުތިރާފުވި 07 (ހަތެއް) އިންވޮއިސްއާއި، އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވެރިފައި ކޮށްފައިވާ ކޯޓޭޝަންތަކާއި ގުޅޭ 07 (ހަތެއް) އިންވޮއިސްއެވެ. ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާއަކަށް އެއްބަސްވެފައިވުން

33މިމައްސަލާގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދަށުކޯޓުގައި އިޢުތިރާފުވެފައިވާ، ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުގެ ނަންބަރު 09/1037-QA، ނަންބަރު: 09/1036-QA، ނަންބަރު QA-10/137، ނަންބަރު: 10/277-QA، ނަންބަރު 10/398-QA ނަންބަރު: 10/400-QA އަދި ނަންބަރު 10/104-QA އިންވޮއިސްގެ ތެރެއިން ނަންބަރު 09/1037-QA އަދި 09/1036-QA މި ނުކުތާގައި ބުނާ 31 އިންވޮއިސްގެ މައުޟޫއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އިޢުތިރާޟްކުރުމުން، މި ނުކުތާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމުމާމެދު އިޢުތިރާޟެއް ނެތްކަމަށް އިސްތިއުނާފު ރައްދުވި ފަރާތުން ބުނެފައިވެއެއެވެ. އިންވޮއިސް އަދި ނަންބަރު 10/104-QA މި ތިން އިންވޮއިސްގައި ބާކީ ދައްކަންޖެހޭ ފައިސާކަމަށް ބަޔާންކޮށް ދަށުކޯޓށަ ހުށަހެޅް ސްޓޭޓްމަންޓްސްގައި ބަޔާންކޮށްފައި ވާ ޢަދަދާއި އަދި އިންވޮއިސްތަކގު އ ބަޔާންކޮށްފައި ޢަދަދުގައި ބޮޑު ފަރަގެއް ހުރިކަމަށް ބަޔާންކޮށް އިސްތިއުނާފުކރު ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން، ސްޓޭޓްމަންޓްގައިވާ ޢަދަދުތަކަކީ އެންމެ ސައްޙަ ޢަދަދުތަކަށް ނުވެދާނެކަމަށް އިސްތިއުނާފ ރައްދު ވާ ފަރާތަށްވެސް ޤަބޫލުކުރެވޭ ކަމަށްބުނެ އިސްތިއުނާކް ރ ފަރާތުން އެދިފައިވާ ގޮތަށް، ބުނެވުނު 07 (ހަތެއް) އިންވޮއިސްއާ ގުޅިގެން ލިބެންޖެހި މިހާތަނަށް ނުލިބިވާ ފައިސާގެ ޢަދަދަކީ -98,782.06/ (ނުވަދިހ އަށަ ހާސް ހަތް ސަތޭކަ އަށްޑިހަ ދެ ރުފިޔާ ހަ ލާރ( ކަމަށް ކަނޑައެޅުމާމެދު އިޢުތިރާޟެއް ނެތްކަމަށްބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން އެ ޢަދަދުގެ މައްޗަށް ރުހި އެއްބަސްވެ ފައިވެއެވެ. އެހެންކަމުން އެނުކުތާއާ މެދު މިޤަޟިއްޔާގައި ޝަރީޢަތުން އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭކަމަށް ނުދެކެމެވެ.

33.އެހެން ކަމުން ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކާ މިޤަޟިއްޔާގައި ދެފަރާތުން ފާހަގަކުރި ކަންކަމުގެ އަލީގައި ހއިކޯޓުނ ގޮތެއް ކަނޑައަޅަންޖެހޭނަ އަމީނީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވެރިފައި ކޮށްފއިވަ ކޯޓޭޝަންތަކާއި ގުޅޭ 23 (ހަތެއް) އިންވޮއިސްގައިވާ ފައިސާ ސިވިލް ކޯޓުން ނަގައިދީފައިވާ ގޮތާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާގެ މައްޗަށެވެ. އެނުކުތާގައި އޮތް މައިގަނޑު ބަހުސަކީ މުޢާމަލާތް ސާބިތުކުރުމަށް ހުށަހެޅިފައިވަނީ ކޯޓޭޝަންތަކެއްކަމަށއާ އެކޯޓޭޝަންތައް އިސްތިއުނާފުކުރާ ފަރާތުން ވެރިފައިކޮށްފއިވާ ވުމަށް ރިޢާޔަތްކޮށް އެއީ ޕަރޗޭސް އޯޑަރ ކަމަށް ބަލައި އެކޯޓޭޝަންތަކާއި ގުޅާ 23 (ހަތެއް) އިންވޮއިސްއަށް ފައިސާ ނަގައިދީފައިވުމެވެ.

އިންވޮއިސްގައި ބަޔާންކުރާ މުޢާމަލާތް ސާބިތުވޭތޯ ބެލުން

32.އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނަނީ، ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ޚިދުމަތާއި ވިއްކާފައިވާ މުދަލިއާގުޅިގެން އަގު ހޯދުމަށް އެދި ހުށަހެޅ އިންވޮއިސް ނަންބަރު:12/0247-QA އާއި،-QA 12/0249 އާއި، 04/465-QA އާއި، 11/031-QA އާއި، 05/220-QA އާއި 10/034-QAގެ އިތުރުން، 11/059-QA މި 23 (ހަތެއް) އިންވޮއިސްގައި ބަޔާންކޮށްފައިވާ މަސައްކަތަކީ އިސްތިއުނާފު ރައްދު ވާ ފަރާތުން ކޮށްދީފައިވާ މަސައްކަތެއްނންކަމަށެވެ.

31.އިސްތިއުނާފ ކުރު ފަރާތުން ދަށުކޯޓުގައި މިދަޢުވާއަށް އިންކާރުކުރަމުން ބުނެފައިވަނީ އެފަރާތުން އިޢުތިރާފުވާ 23 (ހަތެއް) އިންވޮއިސް ފިޔަވައި އިތުރު މުޢާމަލާތެއް ހިނގާފައިވާ ކަމުގެ އެއްވެސް ލިޔުމެއް އެފަރާތުގެ އަތުގައި ނެތްކަމަށެވެ. އެފަރާތުގެ އަތުގައި ލިޔުންތައް ނެތުމަކީ އެ މުޢމަލާތެއާ ހިނގާފައިނުވާކަމަށް ކަނޑައެޅިދާނެ ސަބަބެއް ނޫނެވެ. އެހެނީ، މަދަނީ މައްސަލަތަކުގައި ފަނޑިޔާރު މައްސަލަ ނިންމާނީ ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށެވެ. ބޮޑަށް ބުރަވެވޭގޮތެއެ ކަނޑައަޅަނީ އެ މައްސަލައިގެ ހެކި ވަޒަންކުރުމަށް ފަހުގައެވެ. ހެކި ހުށަހަޅައިގެން އެ ދަޢުވާއެއް ސާބިތުކުރުމަކީ ދަޢުވާ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

35.ބަޔާންކުރެވުނު 23 (ހަތެއް) އިންވޮއިސްގައި ބަޔާންކޮށްފައިވާ މުޢާމަލާތްތައް ކުރެވިފައިވާކަން ސާބިތުކުރުމަށް ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވަނީ އެ އިންވޮއިސްތަކާއެކު ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑު ގެ އަންނަނިވި ކޯޓޭޝަންތަކާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތުން ތައްޔާރުކޮށްފައިވާ "ސްޓޭޓްމަންޓް އޮފް އެކައުންޓްސް" މި ނަމުގައި އޮތް ލިޔުމެކެވެ.

ކޯޓޭޝަން ނަންބަރު: އިންވޮއިސް ނަންބަރު

36މިކޯޓޭޝަންތަކުގައި confirm the above order for production” “I މި ފަދައިން ބަޔާންކޮށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށް ކުންފުނީގެ ސިއްކަ ޖަހާފައިވކަމަށާ އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެއެވެ. މިކޯޓޭޝަންތައް ތައްޔާރުކުރެވިފައިވަނީ 3223 ވަނަ އަހަރާއި 3233 ވަނަ އަހަރާއި ދެމެދުގެ ތާރީޚުތަކުގައި ކަން އެލިޔުންތަކުން އެނގެއެވެ.

33. އަދި އެކޯޓޭޝަންތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ އިންވޮއިސްތަކަށް ބަލާއިރު، ބައެއް އިންވޮއިސްތަކށަ ކޮންމެވެސް މިންވަރަކަށް ފައިސާ ދައްކާފައިވާކނަ އެ އިންވޮއިސްތަކަށް ބެލުމުން އެނގެން އޮވެއެވެ. އެހެންނަމަވެސް ފައިސާދެއްކިކަން ސާބިތުކޮށްދޭ ލިޔުމެއް ހުށަހަޅާފައެއް ނުވެއެވެ. އަދި މި އިންވޮއިސްތަކާއި އިސްތިއުނާފުކރު ފަރާތުން ޙަވާލުވެފައިވާކަން އެއިންވޮއިސްތަކުނ އެނގެން ނެތެވެ. އިންވޮއިސްތައް އިސްތިއުނާފުކރު ފަރާތށަ ލިބުން ކަމާމެދު އެފަރާތުން އިންކާރުކޮށްފައިވެއެވެ. އެހެންނަމަވެސް މި އިންވޮއިސްތައް އިސްތިއުނާފުކރު ފަރާތަށް ރައްދުކުރެވުނުކަން އެނގޭ އެއްވެސް ހެއްކެއް އިސްތިއުނާފުކރު ފަރާތުން ހުށަހަޅާފައިނުވެއެވެ.

32. ދަށުކޯޓުން މައްސަލަ ނިންމުމުގައި އިސްވެ އިޝާރާތްކުރވުނެ 23 (ހަތެއް) ކޯޓޭޝަންއާ ގުޅޭ އިންވޮއިސްގައި ބަޔާންކުރާ މުޢާމަލާތް ސާބިތުވާ ކަމަށް ކަނޑައެޅުމުގައި ރިޢާޔްކޮށްފައިވަނީ، ބުނެވުނު ކޯޓޭޝަންގ ގޮތުގައެ ހުށަހެޅިފައިވާ ލިޔުންތަކުގައި އިސްތިއުނާފުކރު ފަރާތުން އެ އޯޑަރ ކޮންފާރމްކޮށްފައި އޮތް އޮތުމުގެ މައްޗަށެވެ.

33. ވިޔަފާރީގެ އުޞޫލުން ބަލާއިރު ކޯޓޭޝަނަކީ މުދާ ސަޕްލައިކޮށްދޭ ފަރާތުން ފޯރުކޮށްދޭ މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަކީ ކޮބައިކަން ބަޔާންކޮށްދޭ ލިޔުމެކެވެ. އެއީ ވިޔަފާރީގެ މުޢާމަލާތަކަށް ވަނުމަށް ދެވޭ ދަޢުވަތެކެވެ. ޢާންމު އުސޫލުން ބަލާއިރު އެއީ ހުށަހެޅުމެއް ނޫނެވެ. ހުށަހެޅުމެއްގެ ސިފަތައް ފުރިހަމަވާ ފުރަތަމަ ލިޔުމަކީ ޕަރޗޭސް އޯޑަރެވެ. އެހެން ނަމަވެސް އެ ކޯޓޭޝަންގައި އެފަދަ ތަފުސީލުތަކެއް ބަޔާންކުރެވިފައިވާނަމ އެއަ ހުށަހެޅުމެއްކަމަށް ބެލެވިދާނެއެވެ. ޕަރޗޭސް އޯޑަރއަކީ މުދަލުގެ ބާވަތާއި މިންވަރު ހމަވާގޮތަށާ މުދާ ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދޫކުރެވޭ ލިޔުމެކެވެ. މުދާ ގަންނަ ފަރާތުން ޕަރޗޭސް އޯޑަރެއް ދޫކުރުން ބެލެވޭނީ މުދާ ގަތުމަށް ހުށަހެޅުނު ހުށަހެޅުމެއްގެ ގޮތުގައެވެ. ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމަށް ބެލެވޭނީ އެ ޕަރޗޭސް އޯޑަރ މުދާ ސަޕްލައިކުރާ ފަރާތުން ޤަބޫލުކުރާ ހިސާބުންނެވެ. ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި ވަކިފަރާތަކަށް އެޑްރެސްކޮށް ޕާރޗޭސް އޯޑަރ ދޫކުރުމުގެ ބޭނުމަކީ ޕާރޗޭސް އޯޑަރްގައި އެޑްރެސް ކުރެވުނު ފަރާތް ނުވަތަ މީހާ އަތުން އެމުދާ ގަތުމަށް ބޭނުންވާކަން އެފަރާތަށް ކަށަވަރު ކޮށްދިނުމެވެ. އަދި އިންވޮއިސއަކް ޚިދުމަތެއް ދިން ފަރާތުން ނުވަތަ މުދަލެއް ވިއްކި ފަރާތުން އެޚިދުމަތެއ ދިން ފަރާތަށް ނުވަތް އެމުދަލެއް ގަތް ފަރާތަށް ދޫކުރެވޭ ވިޔަފާރީގެ ލިޔުމެކެވެ.

32. އެހެންކަމުން ކޯޓޭޝަނަކީ އެލިޔުމުގެ ޒާތުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމަށް ބެލިދާނެ ފަދަ ލިޔުމެއްނޫންކަން އެނގެއެވެ. އެހެންނަމަވެސް އެކޯޓޭޝަންގައ ބަޔާންކުރި ތަފްސީލުތަކަށާއި އެ ދެފަރާތުގެ ދެމެދުގައި މުޢާމަލާތްކުރެވޭ ގޮތުގެ މައްޗަށް ބަލައި އެފަރާތުގެ މެދުގައި މުޢާމަލާތެއް އޮތްކަމަށް ބެލުމުގައި އެލިޔުމަށ ރިޢާޔަތްކުރެވިދާނެއެވެ.

33. މިމައްސަލާގައި ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މި މުޢާމަލާތް ސާބިތުވޭތޯ ބަލާއިރު، ހުށަހެޅިފައިވާ އެ ކޯޓޭޝަންތަކުގައި އެފަރާތުން އެ އޯޑަރ "ކޮންފާމ" ކޮށްފައިވުމަކީ މުޢާމަލާތް ކުރުމަށް އެފަރާތުން އެދިފައިވާކަމަށް ބެލިދާނެ ކަމެކެވެ.

33. އެހެންނަމަވެސް އެތަކެތި ފޯރުކޮށްދެވުނުކަން ނުވަތަ އެ ޚިދުމތަތއަ ގަންނަ ފަރާތަށް ލިބިފައިވާކަން ސާބިތުވާނެ އެއްވެސް ހެއްކެއް މިޤަޟިއްޔާގައި ހުށަހެޅިފައި ނުވެއެވެ.

32. އެކޯޓޭޝަންތަކު ގައި ބަޔާންކުރާ ޚިދުމަށ ނުވަތް މުދަ ފޯރުކޮށްދެވުނުކަން ސާބިތުކޮށްދިނުމަށް ހުށަހެޅިފައިވަނީ އިސްތިއުނާފު ރައްދު ވާ ފަރާތުން ތައްޔާރުކޮށްފައިވާ މިނުކުތާ ގައި އޝާރިތްކުރެވޭ 23 (ހަތެއް) އިންވޮއިސްއެވެ. އެހެންނަމަވެސް އެއިންވޮއިސްތަކަކީ އިސްތިއުނާފުކރު ފަރާތަށް ރައްދުކުރެވުނު އިންވޮއިސްތަކެއްކަމަށް ބަލާނެ އެއްވެސް ދަލީލެއް މިޤަޟިއްޔާގައި ހުށަހެޅިފައިނުވެއެވެ.

31. އިންވޮއިސްތަކަށް ކޮންމެވެސް މިންވަރަކަށް ފައިސާ ދައްކާފައިވާކަމަށި އިސްތިއުނާފު ރައްދވު ފަރާތުން ފާހަގަކުރެއެވެ. އަދި އެކަން އިސްތިއުނަ ފ ރައްދުވު ފަރާތުން ތައްޔާރުކޮށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ސްޓޭޓްމަންޓް އޮފް އެކައުންޓްސް" އިން އެނގެން އޮންނާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކޮށްފައިވެއެވެ. ފައިސާ ދައްކާފައިވާނަމަ މިއީވެސް މި މުޢާމަލާތް ކުރެވިފައިވާކަމަށް ބެލުމުގައި ރިޢާޔަތްކުރެވިދާނެކަމެކެވެ. އެހެންނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ "ސްޓޭޓްމެންޓް އޮފް އެކައުންޓްސް" އަކީ އެލިޔުމާމެދ އިސްތިއުނާފު ކުރު ފަރާތުން ސުވާލު އުފައްދާފައިވާ ލިޔުމެކެވެ. އަދި އެ ލިޔުމާމެދު އުފެދުނު ސުވާލުތަކުގެ މައްޗަށް، އެ ލިޔުމުގައި ބަޔާންކޮށްފައިވާ ޢަދަދުތަކަކީ، އެންމެ ސައްޙަ ޢަދަދުތަކެއް ނޫންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

35. މީގެ އިތުރުން، މި ނުކުތާގައި ބަޔާންކުރާ އިންވޮއިސްތަކާއި ގުޅިގެން އިސްތިއުނާފުކރު ފަރާތުން ފައިސާ ދެއްކިކަން އެނގޭ އެއްވެސް ހެއްކެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާނެ އެނގެން ނެތެވެ. އެހެންކަމުން ދަޢުވާގައި ބުނާ މުޢާމަލާތް ކުރެވިފައިވާކަން މަދަނީ މިންގަނޑުން ސާބިތުކޮށްދެވޭ މިންވަރަށް ދަޢުވާ ސާބިތުކޮށްދިނުމުގެ ބުރަ އޮތް އިސްތިއުނާފު ރައްދވު ފަރާތުން ދަށުކޯޓަށް ހެކި ހުށަހެޅިފައިވާ ކަމަށް ނުބެލެވެއެވެ. މިމައްސަލާގައި ދަށުކޯޓަށް ހުށަހެޅުނު ކޯޓޭޝަންތައް އެޕްރޫވްކޮށްފައިވުމަކީ ހަމައެކަނި އެމައްޗަށް ރިޢާޔަތްކޮށް މިމައްސަލާގައި ބުނާ މުޢާމަލާތް ސބިތުވާކަމަށާ ކަނޑައެޅިދާނެކަމެއްކަމުގައި ނުފެނެއެވެ. ނިންމުން ފެންނަގޮތް:

36. ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާ ގައި ހުށަހަޅާފައިވާ އިންވޮއިސްތަކުގެ ތެރެއިން އިސްތިއުނާފުކރު ފަރާތުން އިޢުތިރާފުވެފައިވާ އިންވޮއިސްތައް ކަމުގައިވާ ނަންބަރު 09/1036-QA އިންވޮއިސް އާއި، ނަންބަރު 09/1037-QA އިންވޮއިސް އާއި، ނަންބަރު 10/137-QA އިންވޮއިސްއާއި، ނަންބަރ 10/277-QA އިންވޮއިސް އާއި، ނަންބަރު /39810-QA އިންވޮއިސް އާއި، ނަންބަރު 10/400-QA އިންވޮއިސް އާއި، ނަންބަރު 10/104-QA އިންވޮއިސްއާއި ގުޅިގެން އިސްތިއުނާފު ރައްދވު ފަރާތަށް ލިބެންޖެހޭ ފައިސާގެ ޢަދަދަކީ -98,782.06/ (ނުވަދިހ އަށަ ހާސް ހަތް ސަތޭކަ އަށްޑިހަ ދެ ރުފިޔާ ހަ ލާރި( ކަމަށް ކަނޑައެޅުމާއިއެކު ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމުގެ އެބަޔަށް ބަދަލު ގންނަންޖެހޭކަމަށެ ކަނޑައަޅައި،

33. އިސްތިއުނާފުކރު ފަރާތުން ވެރިފައިކޮށްފައިވާ ނަންބަރު 12/0247-QA އިންވޮއިސް އާއި، ނަންބަރު 12/249-QA އިންވޮއިސް އާއި، ނަންބަރު 05/220-QA އިންވޮއިސް އާއި، ނަންބަރު 04/465-QA އިންވޮއިސް އާއި، ނަންބަރު 11/031-QA އިންވޮއިސް އާއި، ނަންބަރު 10/034-QA އިންވޮއިސް އާއި، ނަންބަރު 10/059-QA އިންވޮއިސއް ގުޅިގެނާ އިސްތިއުނާފުކރު ފަރާތުން އިސްތިއުނާފު ރައްދވު ފަރާތަ ށ ފައިސް ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުގެ ނަންބަރު 3376/Cv-C/2018 ޤަޟއްޔާގި ޙުކުމުގައި ކަނޑައަޅާފައިވާ ބައި ބާޠިލް ކުރަންޖެހޭކަމުގައި ދެކެމެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

32. ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

33.ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

22.މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 22 (ތިރީސް) ދުވަހުގެ ތ ރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވސ އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ކޯޓުން މައްސަލައިގެ ޙުކުމްކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެކަމާއި، އަދި މިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮން ނަންވާނެކަމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 362 ވަނަ މާއްދާގައި ބަޔާންކުރެއެވެ . . މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. . މަދަނީ އިޖުރާއަ ތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ހ) . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ށ) . މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 321 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ