ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-A/22ސުޕްރީމް ކޯޓު · 2 ޖޫން 2011

—

ސުޕްރީމް ކޯޓު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 ޖޫން 2011ބާވަތް: Appellate Matterއިސްތިއުނާފީ މައްސަލަ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2010/SC-A/22

ދަޢުވާކުރާ ފަރާތް: ޒާހިރު އާދަމް

ދަޢުވާ ލިބޭ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)

މައްސަލައިގެ ބާވަތް: އެގްރިމެންޓާއި ގުޅޭ

މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 03 އޯގަސްޓް 2010

ނިމުނު ތާރީޚް: 02 ޖޫން 2011

މައްސަލަ ނިންމި ގަޑި: 14:57

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/220

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 30 ޖުލައި 2008

ނިމުނު ތާރީޚް: 13 މެއި 2010

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2008/HC-A/220ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީހަމަތަކާ އެތްގޮތް ނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިލްތިމާސް ކޮށްދިނުން އެދި މ. ބީޗްކޯނަރ (މ.މ.ހ ދަފްތަރު ނަންބަރު 1578) ޒާހިރު އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލައާ ގުޅިގެން ދެފަރާތުން ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުގެ މައްޗަށާއި އަދި މިބާވަތުގެ މައްސަލަތަކުގައި ރިޢާޔަތް ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ވިސްނާބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަނގަކުރެވިފައިވެއެވެ.

ހ- ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޒާހިރު އާދަމްގެ ފަރާތުން އިލްތިމާސްކޮށްފައިވާ މައްސަލައަކީ ދަށުކޯޓުގެ ނަންބަރު 239/MC/2008 ޤަޟިއްޔާ އިސްތިޢުނާފުކުރި ހައިކޯޓުގެ ނަންބަރު 2008/HC-A/220 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެއްކަމާއި، ހައިކޯޓުގެ ނަންބަރު 2008/HC-A/220 ޤަޟިއްޔާގައިވެސް ޙުކުމް ކުރައްވާފައިވަނީ ކ. ގުރައިދޫ އޮފީހާއި ޒާހިރު އާދަމްއާ ދެމެދު 1998 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރިމެންޓުގެ ދަށުން ޒާހިރު އާދަމްއަށް ކުއްޔަށްދެވިފައިވާ ބިން ކުއްޔަށްދެވިފައިވާ މުއްދަތު 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީއާއި އެބިން ކުއްޔަށްދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ބިމުގެ ވެރިފަރާތުން ބޭނުންނުވާތީ އެކޮންޓްރެކްޓްގެ ދެވަނަ ބައިވެރިޔާގެ ނުރުހުމުގައި އެބިން ބޭނުންކުރުމުގެ ހައްޤު ޒާހިރު އާދަމްއަށް ލިބިގެންނުވާކަމަށް ދަށު ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެނެވިދާފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއްނެތުމާއެކު ދަށު ކޯޓުގެ ޙުކުމަށް ތާއީދުކުރައްވާކަން ބުނެވިދިޔަ ދެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓުން އެނގެންއޮންނައޮތުމެވެ.

ށ- ދެވަނަ ކަމަކީ ޒާހިރު އާދަމްގެ ފަރާތުން ދަށު ކޯޓުގައި ކޮށްފައިވާ ދަޢުވާ ގައި ބުނެފައިވާ ބިމަކީ ޒާހިރު އާދަމް އާއި ކ. ގުރައިދޫ އޮފީހާއި ދެމެދު 1998 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ވަނަދުވަހުން ފެށިގެން މީލާދީ 05 އަހަރުގެ މުއްދަތަކަށް ޒާހިރު އާދަމްއަށް ކުއްޔަށް ދެވިފައިވާ ބިމެއްކަމާއި އެބިން ކުއްޔަށްދެވިފައިވާ މުއްދަތު 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާކަން ފާހަގަކުރެވިފައިވާއިރު، އެ ތާރީޚުން ފެށިގެން އެބިން ހުސްކޮށްދިނުން އެދި ކ. ގުރައިދޫ އޮފީހުގެ ނަންބަރު H-13/2006/02 (24 އޯގަސްޓް 2006) ގެ ސިޓީއިންނާއި އެއޮފީހުގެ ނަންބަރު H-13/2008/01 (30 ޖެނުއަރީ 2008) ގެ ސިޓީއިން ޒާހިރު އާދަމްއަށް އެންގިފައިވާ ކަމާއި މިއިން އެއްވެސް އެންގުމަކަށް ޒާހިރު އާދަމްގެ ފަރާތުން އިޖާބަދީފައި ނުވާކަން މިމައްސަލައާ ގުޅިގެން ދެފަރާތުންމެ ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.

ނ- ތިންވަނަ ކަމަކީ ޒާހިރު އާދަމްގެ ދަޢުވާގައި ބުނެފައިވާ ބިމުގެ މަންފާލިބިގަތުމުގެ ޙައްޤު ޒާހިރު އާދަމްއަށް ލިބިދެވިފައިވަނީ ޒާހިރު އާދަމްއާއި އެބިމުގެ ވެރިފަރާތާއި ދެމެދު ކުރެވިފައިވާ ކޮންޓްރެކްޓެއްގެ ދަށުން މީލާދީ 05 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެފައި، އެކޮންޓްރެކްޓްގެ ދެވަނަ ބައިވެރިޔާ (އިޚުތިޔާރާއި ރުހުމުގައި) އެކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްދޭން ބޭނުންނުވާނަމަ، އެކޮންޓްރެކްޓްގައި ކަނޑައެޅި ބަޔާންވެގެންވާ 50 އަހަރު ދުވަހަށްވުރެ އިތުރު މުއްދަތަކަށް އެކޮންޓްރެކްޓް ދެމިގެން ގޮސް އޭގެ މަންފާ އެ ކޮންޓްރެކްޓްގެ އެއް ބައިވެރިއަކަށް ލިބިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއްނެތްއިރު، އެބިން ކުއްޔަށްދިނުމާބެހޭގޮތުން ޒާހިރު އާދަމްއާ އެކު 1998 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ސޮއިކޮށްފައިވާ އެކޮންޓްރެކްޓްގެ ދެވަނަ ބައިވެރިޔާ ބޭނުންވަނީ އެކޮންޓްރެކްޓްގެ މުއްދަތު އާ ކުރުމަކާނުލައި ކުއްޔަށްދެވިފައިވާ ބިން އަނބުރާ ލިބިގަތުންކަން މި މައްސަލަ އާއި ގުޅިގެން ދެފަރާތުންމެ ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ ބުނެވިދިޔަ ކޮންޓްރެކްޓްގައި ކަނޑައެޅި ބަޔާންވެފައިވާ 50 އަހަރު ހަމަވާ ތާރީޚަކީ އެބިމުގެ މަންފާ ލިބިގަތުމަށް ޒާހިރު އާދަމް އަށް އޮތް ޙައްޤު އެހިސާބުން ފެށިގެން ޝަރުޢީ އަދި ޤާނޫނީ ގޮތުން ނިމުމަކަށް އަންނާނެ ތާރީޚުކަމާމެދު ޤާނޫނީގޮތުން ދެބަސްވެވިދާފަދަ ހަމައެއްނެތްކަން ރަނގަޅަށް އެނގެންއޮންނައޮތުމެވެ.

ރ- ހަތަރު ވަނަ ކަމަކީ ޒާހިރު އާދަމް އާއި ކ. ގުރައިދޫ އޮފީހާއި ދެމެދު ކޮށްފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވުމާގުޅިގެން އެ އެގްރީމެންޓް ނިމުމަމަކަށް އައި ކަމުގައިވިޔަސް، މީސްމިހުންގެ މުދަލަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ހިމާޔަތާއި ރައްކާތެރިކަން ލިބިދެވިފައިވާ އެއްޗެއްސަށްވާތީ ބުނެވިދިޔަ އެގްރީމެންޓްގެ މުއްދަތު ހަމަވުމާ ގުޅިގެން އެ އެގްރީމެންޓްގެ މުއްދަތު އާނުކުރެވި އޮންނަ އޮތުމަކީ، އުސޫލެއްގެގޮތުން އެތަނުގައި ހުރިނަމަހުރި ޒާހިރު އާދަމްގެ މިލްކެއްގެ މައްޗަށް ޒާހިރު އާދަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އޮތް ހައްޤަކަށް ހުރަސްއެޅިގެން ދާންޖެހޭ ސަބަބަކަށްނުވާތީ، ދެފަރާތުގެ ދެމެދު ކުރެވިފައިވާ އެގްރީމެންޓްގައި އެފަދަ ތަކެއްޗާއިމެދު ވަކި ގޮތެއް ކަނޑައެޅިފައި ނުވާނަމަ މިމައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެކެނީ އެކޮންޓްރެކްޓްގެ ދެ ބައިވެރިންގެ ދެމެދުގައި ހުރިނަމަހުރި އެހެނިހެން ޚުޞޫމާތުތަކަކީ އެކަންކަމާމެދު ކަމާބެހޭ ކޯޓުތަކުން ގޮތެއްކަނޑައެޅިދާނެ ކަންތައްތަކެއްކަމަށެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރިއިރު، ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް އެކޮންޓްރެއްޓެއްގެ ދަށުން ލިބިދެވިފައިވާ ޙައްގެއް އެކޮންޓްރެކްޓެއް ނިމުމަކަށްއައުމަށްފަހު، ދެމިގެންދާންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތަތީއާއި، މުއްދަތު ހަމަވުމާގުޅިގެން ނިމުމަކަށްއައިސްފައިވާ ކޮންޓްރެކްޓެއްގެ ދެވަނަ ބައިވެރިއާގެ ނުރުހުމުގައި ކޮންޓްރެކްޓެއް ދެމެހެއްޓުމަކީ "އަލްއަޤްދު ޝަރީޢަތުލް މުތަޢާގިދައިން"(pacta sunt servanda) އޭ ބުނާ ޝަރުޢީ އަދި ޤާނޫނީ އަޞްލާ ތަޢާރުޟުވާ ކަމަކަށްވާތީ އާއި ޒާހިރު އާދަމްއާ ކ. ގުރައިދޫ އޮފީހާ ދެމެދު ކުރެވިފައިވާ ކޮންޓްރެކްޓްގެ ދެވަނަ ބައިވެރިޔާގެ ފަރާތުން އެފަރާތް ޝަރީޢަތުގެ މަޖިލީހުގައި ތަމްޘީލުކުރާ ދިވެހި ސަރުކާރުގެ ބަންޑާރަނާއިބުގެ ފަރާތުން ޒާހިރު އާދަމްއަށް އިތުރު ލުޔެއްދޭން ބޭނުންނުވާތީއާއި ހައިކޯޓުގެ ނަންބަރު 2008/HC-A/220 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާތީ ދަށުކޯޓުގެ ނަންބަރު 239/MC/2008ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވާ ހައިކޯޓުގެ ނަންބަރު 2008/HC-A/220 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދްނާން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ