—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/47
ދަޢުވާކުރާ ފަރާތް: އިސްމާޢީލް ޢަބްދުލްޙަމީދު، ހުޅުމާލެ 10103
ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
މައްސަލައިގެ ބާވަތް: ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 22 ނޮވެމްބަރ 2011
ނިމުނު ތާރީޚް: 27 ފެބްރުއަރީ20121
2މައްސަލަ ނިންމި ގަޑި:415161161616161116:305
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2011/HC-A/233
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 03 އޮކްޓޯބަރ 2011
ނިމުނު ތާރީޚް: 02 ނޮވެމްބަރ 2011
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޤާނޫނާއި ޚިލާފުވާގޮތަށްކަމަށް ބުނެ އިސްމާޢީލް ޢަބުދުލްޙަމީދު، ހުޅުމާލެ 10103 ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ މައްސަލައެކެއެވެ. މި މައްސަލާގައި ދަޢުވާ ރައްދުވާފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާ އަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 567/Cr-C/2010 (2334/JC/2009) ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާގެ ރިޕޯޓަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 567/Cr-C/2010 (2334/JC/2009) ޤަޟިއްޔާގެ ރިޕޯޓަށާއި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) އަށާއި، ކޮންޓްރެކްޓުގެ ޢާއްމު އުޞޫލުތަކަށާއި، މި ބާވަތުގެ މައްސަލަތަކާ ގުޅޭ ޤާނޫނީ ޢާއްމު މަބާދިއުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްމާޢީލް ޢަބްދުލްޙަމީދު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރިއިރު، ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނައި ލޭންޑިންގ ކްރާފްޓް "އުފުލި 5" ނަމަކަށް ކިޔާ އުޅަނދުގެ އަގު އަދާކުރުމަށްޓަކައި، އެލްސީ ހުޅުވުމާ ގުޅިގެން ބޭންކަށް ހުށަހަޅަންޖެހޭކަމަށް ބުނެ ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކޮށްދިނުމަށް އިސްމާޢީލް ޢަބްދުލްޙަމީދުގެ ގާތުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދުމުން، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ލޭންޑިންގ ކްރާފްޓް "އުފުލި 5" ލިބުމުގެ ކުރިން، 28 އޭޕްރިލް 2008 ވަނަ ދުވަހު އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކޮށްފައިވަނީ، ލޭންޑިންގ ކްރާފްޓް "އުފުލި 5" ލިބުމުގެ ކުރިން، އެލްސީގެ ފައިސާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ހޯދައި ދިނުމަށްޓަކައިކަމަށް ބެލެވޭތީ އިސްމާޢީލް އަބްދުލްޙަމީދުގެ މައްޗަށް، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަރުކާރު މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ބޭނުންވެގެން ލޭންޑިންގ ކްރާފްޓެއް ގަތުމުގެ މަސައްކަތް ކުރެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބެލުމުގެދަށުންކަމާއި، އިންޑޮނޭޝިޔާގައި އެވަގުތު ބަންނަމުންދިއަ ލޭންޑިންގ ކްރާފްޓެއްގެ މަޢުލޫމާތު ލިބިގެން އެއުޅަނދު ބެލުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ ބޯޑުގެ ފަރާތުން މީހަކާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފަރާތުން އިސްމާޢީލް ޢަބްދުލްޙަމީދު ހިމެނޭގޮތަށް ވަފްދެއް އިންޑޮނޭޝިޔާއަށް ގޮސް އެއުޅަނދު ބަލާފައިވާކަމާއި، އުޅަނދު ބެލުމަށްފަހު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ބޭނުންވާ ބަދަލުތަކާއެކު އަގަށް ބަދަލު ނުގެނެސް ވިއްކުމަށް އޭގެ ވެރިފަރާތުން އެއްބަސްވެފައިވާތީ، ލޭންޑިންގ ކްރާފްޓް ގަތުމުގެ ހުއްދައަކަށް އެދި 31 މެއި 2007 ގައި ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އެދިފައިވާކަމާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެކު ލޭންޑިންގ ކްރާފްޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އަދި ސްޕެސިފިކޭޝަންއާއެކު ސީ.އައި.އެފް (CIF) އަގު އަންގައި ދިނުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުގައި އެދި 05 ޖޫން 2007 ގައި ސިޓީއެއް ފޮނުވާފައިވާކަމާއި، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ލޭންޑިންގ ކްރާފްޓް ވިއްކުމަށް ހުށަހަޅާފައިވާ ސީ.އައި.އެފް އަގަކީ 565,000/- (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރުކަމާއި، ލޭންޑިންގ ކްރާފްޓްގެ ހުރިހާ މަސައްކަތެއް ނިންމާ މާލޭ ބަނދަރުން ހަވާލުކުރާނެ މުއްދަތަކީ 90 ދުވަސްކަމާއި، އެކުންފުނިން ހުށަހަޅާފައިވާ އަގުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ބޭނުންވާގޮތަށް ލޭންޑިންގ ކްރާފްޓަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ހިމެނޭކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އައިލޭންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވާހަކަ ދެކެވިފައިވާ ގޮތުގެމަތިން ލޭންޑިންގ ކްރާފްޓް ގަތުމުގެ ހުއްދަ މާލޭ މުނިސިޕަލްޓީއަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 13-K/99/2007/24 ސިޓީން ދީފައިވާ ކަމާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ އެގްރިމެންޓްގެ 2.1 ގައި ލޭންޑިންގ ކްރާފްޓްގެ އަގުގެ ގޮތުގައި ވަނީ 565,000/- (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރުކަމާއި އަދި މިއަގު ކަނޑައެޅިފައިވަނީ ސީ.އައި.އެފް ކޮންޓްރެކްޓްގެ އުޞޫލުން މާލެއަށް އުޅަނދު ފޮނުވުން ހިމެނޭގޮތަށްކަމާއި، އެގްރިމެންޓްގެ 3.1 ގައި ވަނީ ކޮންޓްރެކްޓް ކުރާތާ 90 ދުވަހުގެ ތެރޭގައި ލޭންޑިންގ ކްރާފްޓް މާލެއާ ހަމައަށް ގެނެސް ޙަވާލުކުރުމަކީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއެއް ގޮތުގައިކަމާއި، އެގްރިމެންޓްގެ 5.6 ގައިވަނީ ލޭންޑިންގ ކްރާފްޓް ޙަވާލުކުރާ ދުވަހުން ފެށިގެން 180 ދުވަހަށް ވޮރަންޓީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ދީފައިވާކަމާއި މިކަންކަން ފާހަގަ ކުރެވޭކަމެއެވެ.
(ނ) ތިންވަނަކަމަކީ، ލޭންޑިންގ ކްރާފްޓް ގަތުމަށް އެއްބަސްވި ކޮންޓްރެކްޓް އަގުގެ 50% (ފަންސާސް އިންސައްތަ) އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެކައުންޓަށް ޖަމާކޮށްދިނުމަށް 23 ޖުލައި 2007 ގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކޮށް ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އެދުނުކަމުގައިވިއަސް، އެޑްވާންސަށް ދެއްކުމަށް ހަމަޖެހުނު 50% (ފަންސާސް އިންސައްތަ) ޓީ.ޓީ (ޓެލެގްރެފިކް ޓްރާންސްފަރ) އަކުން ޓްރާންސްފަރކުރުމުގެ ބަދަލުގައި އެލްސީއަކުން ފައިސާ ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން 02 އޮގަސްޓް 2007 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވި ސިޓީއިން އަންގާފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، ލޭންޑިންގ ކްރާފްޓްގެ އަގުގެ ގޮތުގައި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވި އަގުކަމުގައިވާ 565,000/- (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރު އަދާކުރާނެ ގޮތަކާމެދު ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް 2 އޮގަސްޓް 2007 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ އަގުގެ 50% (ފަންސާސް އިންސައްތަ) އެޑްވާންސްކޮށް ބޭންކް ގެރެންޓީ ދެއްކުމުން އަދާކުރާގޮތަށްކަމާއި، އަދި އަގުގެ ބާކީ 50% (ފަންސާސް އިންސައްތަ) އަދާކުރާނީ ލޭންޑިންގ ކްރާފްޓް މާލެ ގެނެސް ޙަވާލުކުރުމުން ކަމެވެ.
(ބ) ފަސްވަނަކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ލޭންޑިންގ ކްރާފްޓް ގަތުމާ ބެހޭގޮތުން އެގްރިމެންޓު ކުރެވުނުކަމާއި ލޭންޑިންގ ކްރާފްޓަށް ފައިސާ ދައްކާނެ ގޮތާއި، ކޮންޓްރެކްޓުގައި ސޮއިކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މާލޭ ބަނދަރަށް ލޭންޑިންގ ކްރާފްޓް ގެނެސް ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ ޙަވާލުކުރާނެކަމާއި، ލޭންޑިންގ ކްރާފްޓް ޙަވާލު ކުރާނީ ޓެކްނިކަލް ސްޕެސިފިކޭޝަންސްގައި ވޭސްޓް މެނޭޖްމަންޓުން ކަނޑައަޅާ ޝަރުޠަކާ އެއްގޮތަށްކަމާއި، އެގްރިމެންޓް ކުރެވޭ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އަގުގެ 50% (ފަންސާސް އިންސައްތަ) އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އަދާކުރަންވާނެކަމާއި އަދި އަގުގެ ބާކީ ފަންސާސް އިންސައްތަ ލޭންޑިންގ ކްރާފްޓް ޙަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި އަދާކުރަން ވާނެކަމާއި، ވޮރަންޓީގެ މުއްދަތަކީ ލޭންޑިންގ ކްރާފްޓް ޙަވާލުކުރާ ދުވަހުން ފެށިގެން 180 ދުވަސްކަމާއި، ނަމަވެސް އެގްރިމެންޓްގެ 2.5 ގައި ފައިސާ ދެއްކުމަށް އެއްބަސްވެފައި ވަނީ ޓީ.ޓީ އަކުން ކަމަށްވާތީ، ޓީ.ޓީ އަކުން ފައިސާ ދެއްކުމުގެ ބަދަލުގައި އެލްސީއަކަށް ބަދަލުކުރަން ފިނޭންސް މިނިސްޓްރީން އެންގުމާގުޅިގެން، ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު އަގަބަހުންނާއި ފެކުހުން ދެފަރާތް ދެމެދުގައި މަޝްވަރާކުރެވި، ފިނޭންސް މިނިސްޓްރީން އެދިފައިވާ ގޮތުގެ މަތިން ދެފަރާތަށް އެއްބަސްވުމަކަށް އާދެވުނުކަމަށް ވޭސްޓް މެނޭޖްމަންޓްގެ ނަންބަރު 99-F/13/2008/20 (31 މާރޗް 2008) ގެ ސިޓީއިން އެގޭކަމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައެޅި ގޮތާއި ޚިލާފަށް ފައިސާ އަދާކުރާނެ ގޮތަކާމެދު އެގްރިމެންޓްގައި އޮތް މާއްދާ އަށް ފިނޭންސް މިނިސްޓްރީން ބޭނުންވާގޮތަށް ދެފަރާތުން ފަހުން އެއްބަސްވެފައިވާކަން ލިޔުންތަކުން އެގޭކަމާއި، ލޭންޑިންގ ކްރާފްޓަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކާއެކު އަގުގެ ގޮތުގައި އެއްބަސްވި 565,000/- (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއަށް 105,000/- (އެއްލައްކަ ފަސްހާސް) އެމެރިކާ ޑޮލަރު ފަހުން އިތުރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދައާއެކު އެގްރިމެންޓްގައި އުޅަނދުގެ އަގުގެ މައްޗަށް އެއްބަސްވި މާއްދާއަށް ބަދަލުގެނެވިފައިވާކަން ލިޔުންތަކުން އެގޭކަމާއި، އެގްރިމެންޓްގެ 2.1، 2.3، 2.5 ފިޔަވައި އެގްރިމެންޓްގެ އިތުރު މާއްދާއަކަށް ބަދަލު ގެނެވިފައިވާކަން ލިޔުންތަކުން އެނގެންނެތްކަމާއި އެހެން ނަމަވެސް ދެފަރާތުން ޢަމަލުކޮށްފައިވާގޮތުން އެގްރިމެންޓްގެ 3.1 އަށް ބަދަލު އައިސްފައިވާކަމާއި، 3.1 އަކީ ލޭންޑިންގ ކްރާފްޓްގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި ލޭންޑިންގ ކްރާފްޓް ޙަވާލުކުރާނެ މުއްދަތުގެ މައްޗަށް އެއްބަސްވި މާއްދާކަމާއި މިމާއްދާއަށް ބަދަލު އައިސްފައި ވަނީ އުޅަނދުގެ އަގުގެތެރެއިން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދިނުމަށް އެއްބަސްވި ބަޔަށް ބަދަލުގެނައުމުގައި ފައިސާ އަދާކުރުން ލަސްވުމުގެ ސަބަބުން އުޅަނދު ޙަވާލުކުރާނެ މުއްދަތަށް ބަދަލު އައިސްފައިވަނީ ކަމަށް ބެލެވާކަމާއި އެހެންކަމުން އެގްރިމެންޓްގެ ބައެއް މާއްދާތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދަޔާއެކު ބަދަލު ގެނެވިފައިވިއަސް، އެގްރިމެންޓުގެ ދެންހުރި މާއްދާތަކަށް ބަދަލު ގެނެވިފައިނުވާކަމާއި އަދި އެގްރިމެންޓަށް ޢަމަލުކުރުން ހުއްޓިފައިވެސް ނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަކަމަކީ، ލޭންޑިން ކްރާފްޓް "އުފުލި 5" މާލޭ ބަނދަރަށް ގެނެސް ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ ޙަވާލުކުރުމަކީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއެއްކަން އެގްރިމެންޓްގެ 03 ވަނަ މާއްދާއިން އެނގޭކަމާއި، އެގްރިމެންޓްގެ 02 ވަނަ މާއްދާއިން އެގޭގޮތުގައި ލޭންޑިން ކްރާފްޓް "އުފުލި 5" ގެ އަގު ކަނޑައެޅުމުގައި ސީ.އައި.އެފް އަގު ކަނޑައެޅާފައި ވަނީ ލޭންޑިން ކްރާފްޓް "އުފުލި 5" މާލޭ ބަނދަރުން ހަވާލުކުރުމަކީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއެއް ކަމުގައި ހެދުންކަމާއި ވޭސްޓް މެނޭޖްމަންޓު ސެކްޝަންގެ ނަންބަރު 99-F/13/2008/36 (19 އޭޕްރީލް 2008) ގެ ސިޓީން އެނގޭގޮތުގައި ލޭންޑިންގ ކްރާފްޓްގެ އަގުގެ ތެރެއަށް އިތުރު ކުރެވުނު 105,000/ (އެއްލައްކަ ފަސްހާސް) އެމެރިކާ ޑޮލަރުގެ ތެރެއިން %75 (ހަތްދިހަފަހެއް އިންސައްތަ) އަށްވާ -/78750 (ހަތްދިހަ އަށްހާސް ހަތްސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރު އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމަށް އެދިފައިވާތީ، ބަޖެޓުން އެމިންވަރަށް ފައިސާ ދޫކޮށްފައިވާކަން ބަޖެޓް ފައިސާ ދޫކުރާ ލިޔުންތަކުން އެނގޭކަމާއި، ލޭންޑިންގ ކްރާފްޓް ގަތުމާބެހޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވާހަކަ ދެކެވިފައިވަނީވެސް ލޭންޑިންގ ކްރާފްޓް ޙަވާލުކުރާނީ މާލޭ ބަނދަރުންކަމާއި އެގްރިމެންޓްގެ ކުރިން ހުރި ލިޔުންތަކުންވެސް އަދި އެގްރިމެންޓުންވެސް އެނގެނީ ލޭންޑިންގ ކްރާފްޓް "އުފުލި 5" އާ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ޙަވާލުވާންޖެހޭނީ އެއުޅަނދު މާލެގެނެއުމަށްފަހު މާލޭ ބަނދަރުންކަމާއި މާލޭ ބަނދަރުން ލޭންޑިންގ ކްރާފްޓް "އުފުލި 5" އާ ޙަވާލު ވުމަށް ކަނޑައެޅިފައި ވަނީ ދިވެހި ދައުލަތުގެ މަޞްލަޙަތު ހިމާޔަތްކުރުމަށް ކަމަކަށް ވާއިރު، ވޭސްޓް މެނޭޖްމަންޓު ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލް އިސްމާޢީލް ޢަބްދުލްޙަމީދު އިންޑޮނޭޝިޔާގެ ބަންޖަރ މަސިން އަށް ގޮސް 28 އޭޕްރީލް 2008 ގައި ޕްރޮޓްކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކުރުމުގެ ސަބަބުން އެމަޞްލަޙަތު ހިމާޔަތް ކުރެވިފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަކަމަކީ، އެންޓި ކޮރޮޕްޝަން ކޮމިޝަނަށް 08 މާރޗް 2009 ގައި އިސްމާޢީލް ޢަބްދުލްޙަމީދު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ " ކޮޅުވެއްޓީގެ އަގު އަދާކުރުމަށް އެލްސީ ހުޅުވުމާގުޅިގެން ބޭންކަށް ހުށަހަޅަންޖެހޭކަމަށް ބުނެ ޕްރޮޓްކޯލް އޮފް ޑެލިވަރީގައި ސޮއިކޮށް ދިނުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް އެދުނީމާ އެލިޔުން ބޭންކަށް ހުށަހެޅި ނަމަވެސް އުޅަނދުގެ ފައިނަލް އިންސްޕެކްޝަންކޮށް އުޅަނދު ރާއްޖެއަށް ފޮނުވައި ވޭސްޓް މެނޭޖްމަންޓުން ޙަވާލުވުމުން ނޫނީ އެލްސީ ފައިސާ އެފަރާތަށް ނުލިބޭނެކަން ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ އަޙްމަދު ޙަލީމާއި، މުޙައްމަދު ފިޒާން އަށް ގުޅައި ޔަޤީން ކުރުމަށްފަހުގައި ސޮއިކޮށް އެލިޔުން ދޫކުރީކަމަށާއި" މިފަދައިން ކަމާއި ވޭސްޓް މެނޭޖްމަންޓު ސެކްޝަން އާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވުނު އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓު ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ޙައިސިއްޔަތުން އިސްމާޢީލް ޢަބްދުލްޙަމީދުކަމަށް ވިއަސް، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަކީ މާލޭ މުނިސިޕަލްޓީގެ ސެކްޝަނެއްގޮތުގައި ހިނގާ ތަނަކަށްވެފައި ލޭންޑިން ކްރާފްޓް "އުފުލި 5" އާ ގުޅިގެން އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުގެ ބާރުވެރިކަމާއި ލިބިދެވޭ އިޚުތިޔާރަށް ބަލާއިރު، އެގްރިމެންޓުގައި ކަނޑައެޅިފައިވާގޮތް ނޫންގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު އިސްމާޢީލް ޢަބްދުލްޙަމީދަށް ލިބިދެވިފައިވާކަން އެގޭ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަމާއި، އެގްރިމެންޓް ކުރެވިފައިވާ ގޮތަށް ބަލާއިރު، ލޭންޑިންގ ކްރާފްޓް "އުފުލި 5" ދިވެހި ސަރުކާރާ ހަވާލު ކުރަންޖެހޭނީ މާލޭ ބަނދަރުން ކަމަށްވެފައި، އެއުޅަނދު މާލެ ގެނެއުމުގެ ކުރިން އިންޑޮނޭޝިޔާގެ ބަންޖަރ މުންސިންގައި ހުރެ ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކުރުމަކީ، މަޤާމުގެ ހައިސިއްޔަތުން އިސްމާޢީލް ޢަބްދުލްޙަމީދުއަށް އޮތް އިޚުތިޔާރެއްތޯ ބަލާއިރު، ލޭންޑިންގ ކްރާފްޓް ގަތުމުގެ ހުރިހާ މުޢާމަލާތެއްވެސް ވޭސްޓް މެނޭޖްމަންޓް ސެކްޝަން ކުރަމުން ގޮސްފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދާގެ ދަށުންކަމަށް ވާތީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުއްދަ ނުދެނީސް އެގްރިމެންޓުގެ މާއްދާއާއި ޚިލާފުވާގޮތަށް ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކުރުމުގެ އިޚުތިޔާރު އިސްމާޢީލް ޢަބްދުލްޙަމީދަށް ލިބިގެން ނުވާކަން އެގޭކަމެއެވެ.
(އ) އަށްވަނަކަމަކީ، އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް މި މައްސަލައިގައި ދަޢުވާ އުފުލިފައިވަނީ އަދި ދަޢުވާ ސާބިތުވެފައިވަނީ އިސްމާޢީލް ޢަބްދުލްޙަމީދުގެ މަދަނީ މަސްއޫލިއްޔަތެއްގެ މައްޗަށް ނޫންކަމާ އަދި ކޮންޓްރެކްޓް މަސްއޫލިއްޔަތެއްގެ މައްޗަށްވެސް ނޫންކަމާ، މިއީ ޖިނާއީ މަސްއޫލިއްޔަތުގެ މައްސަލައެއްކަން އެނގެން އޮންނަކަމާއި، ޖިނާއީ ދަޢުވާއެއް ޖިނާއީ އިޖުރާއާތާ އެއްގޮތްވާގޮތުގެ މަތިން ކޯޓުން ބަލައި ޖިނާއީ މަސްއޫލިއްޔަތު ސާބިތުވާކަމަށް ކަނޑައަޅަނީ ކުށުގެ ދެރުކުން ކަމަށްވާ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ފުރިހަމަވެފައިވެފައިވާކަން ހުށަހެޅިފައިވާ ހެކިތަކާއި ދަލީލުތަކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވުމުންކަމާއ، އެގޮތުން މާއްދީ ރުކުން ޝަރީޢަތަށް ސާބިތުވަނީ ޤާނޫނުގައި ކުށެއްކަމަށް ބުނެފައިވާ ކުށުގެ ޢަމަލު ޤާނޫނުގައި ބުނެފައިވާ ގޮތަށް ދަޢުވާލިބޭ ފަރާތް ނުވަތަ މުއްތަހަމް ކުރިކަން ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުން ސާބިތުވުމުންކަމާއި، މަޢުނަވީ ރުކުނަކީ ޖިނާއީ ޤާނޫނާއި އެޤާނޫނުގެ ޢިލްމުގެ މަބާދީތަކާ އެއްގޮތްވާގޮތުގެމަތިން ކުށުގެ ނިޔަތް މުއްތަހަމުގެ ކިބައިގައި އޮތްކަން ޝަރީޢަތަށް ސާބިތުވުމުންކަން އެނގެން އޮންނަކަމާއި، މިމައްސަލާގައި ޖިނާއީ ދަޢުވާ ލިބޭ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ކުށުގެ ތުހުމަތު ކުރެވިފައިވަނީ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ކަމާއި، އެ މާއްދާގައި ކުށުގެ މާއްދީ ރުކުން ބަޔާންކޮށްފައިވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެމުވައްޒަފުގެ މަޤާމާ ގުޅިގެން ނާޖާއިޒް ފައިދާއެއް ހޯދުމާއި ހޯދައިދިނުން ކަމުގައި ކަމާއި، އަދި އެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި "ނާޖާއިޒް ފައިދާ" މިބަހުގެ މާނަ ބަޔާންކޮށްފައިވަނީ، އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ ކުރާ މަސައްކަތެއްގެ މުޤާބިލުގައި ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި އުޖޫރައާއި އެހެނިހެން ޢިނާޔަތްތަކާއި ވަޒީފާ ދޭފަރާތުން އެ މުވައްޒަފަކަށް ލިބިދޭ އެކި އެކި ފަސޭހަތަކާއި މަންފާތަކުގެ އިތުރުން، އެމީހަކު އެ މަޤާމުގެ ނުފޫޒް ބޭނުންކޮށްގެން ނުޙައްޤުން ހޯދާ، ނުވަތަ ހޯދައިދޭ ނުވަތަ ޤަބޫލުކުރާ ރިޝްވަތުކަމުގައި ނުހިމެނޭ ކޮންމެ މަންފާއަކަށްކަން އެނގެން އޮންނައިރު، މިމައްސާލާގައި އިސްމާޢީލް އަބްދުލްޙަމީދު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމޭންޓް ސެކްޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރިއިރު، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް ކިޔާ ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް އެސެކްޝަނަށް ގެނައި "އުފުލި 5" ނަމަކަށް ކިޔާ އުޅަނދުގެ އަގު އަދާކުރުމަށްޓަކައި، އެލްސީ ހުޅުވުމާއި ގުޅިގެން ބޭންކަށް ހުށަހަޅަން ޖެހޭކަމަށް ބުނެ ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކޮށްދިނުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މީނާގެ ގާތުގައި އެދުމުން، ވޭސްޓް މެނޭޖްމެންޓް ސެކްޝަނަށް އެއުޅަނދު ލިބުމުގެ ކުރިން، އިސްމާޢީލް ޢަބްދުލްޙަމީދު 28 އޭޕްރީލް 2008 ވަނަ ދުވަހު، ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި ސޮއިކޮށްފައިވަނީ، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް އެ އުޅަނދު ނުލިބެނީސް އެއުޅަނދު ލިބުނުކަމަށް ހަދައި އެލްސީގެ ފައިސާ އުޅަނދު ވިއްކިފަރާތަށް ހޯދައި ދިނުމުގެ ގޮތުންކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުކޮށްދެވިފައިވާކަން މިމައްސަލާގައި ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާގެ ޙުކުމް ބިނާކުރި ސަބަބުތަކުން އެނގެން އޮންނާތީ، މިކުށުގެ މާއްދީ ރުކުން ސާބިތުވެފައިވާކަމާއި އަދި އިސްމާޢީލް އަބްދުލްޙަމީދު މިޢަމަލު ހިންގާފައިވަނީ ހަމަބުއްދީގައި ތަޞައްރަފު ފުދޭ ހާލުގައި އަދި އޭނާ އެކުރަނީ ކޮންކަމެއްކަން އެނގޭ ހާލުގައިކަމާއި، މިކުށުގެ މަޢުނަވީ ރުކުނާއި މިކުށުގެ ޖިނާއީ މަސްއޫލިއްޔަތުން އިސްމާޢީލް ޢަބްދުލްޙަމީދު އިސްތިޘްނާވާނެ އެއްވެސް ސަބަބެއްނެތްކަން ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާގެ ޙުކުމް ބިނާކުރި ސަބަބުތަކުން ސާފުކޮށް އެނގެން އޮންނަކަމެވެ.
(ވ) ނުވަނަކަމަކީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ކުށަކީ ޖިނާއީ ކުށެއް ކަމުގައިވާއިރު، އެމާއްދާގައި ބުނެފައިވާ ގޮތަށް ސަރުކާރު މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުން ކުށްވެރިވުމުގައި ކުށުގެ ޢަމަލު ފުރިހަމަވިކަން ސާބިތުވާންޖެހޭކަމާއި، ސަރުކާރު މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރާއިރު، އެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ފުރިހަމަ ވާންޖެހޭކަމާއި، އިސްވެބަޔާން ކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، މަޤާމުގެ ހައިސިއްޔަތުން އިސްމާޢީލް ޢަބްދުލްޙަމީދު ޢަމަލުކޮށްފައިވާ ގޮތުން، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން އެދުނު އެދުމަކަށް ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކުރުމުގެ ސަބަބުން ލޭންޑިންގ ކްރާފްޓް "އުފުލި 5" މާލޭ ބަނދަރަށް ގެނެސް ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ޙަވާލުވުމުގެ ކުރިން އައިލެންޑް ލޮޖިސްޓިކަށް އެލްސީގެ ފައިސާ ލިބިދާނެކަން އިސްމާޢީލް އަބްދުލް ޙަމީދަށް އެގޭކަމާއި، ވޭސްޓް މެނޭޖްމަންޓު ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓުގެ ބައެއް މާއްދާތަކަށް ދެފަރާތުން ޢަމަލުކުރިގޮތުގެ ސަބަބުން ބަދަލު އައިސްފައިވީކަމުގައިވިއަސް އެގްރިމެންޓްގެ ދެންހުރި މާއްދާތަކާ އެއްގޮތަށް ޢަމަލުކުރަން ދެފަރާތަށްވެސް ލާޒިމްވާއިރު، އެއެގްރިމެންޓާ ޚިލާފަށް ޕްރޮޓޮކޯލް އޮފް ޑެލިވަރީގައި ސޮއިކުރި ކުރުމުގެ ސަބަބުން 19 ޖުލައި 2007 ގައި ވޭސްޓް މެނޭޖްމަންޓު ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ އެގްރީމެންޓްގެ 5.6 ގެ ދަށުން ދިވެހި ދައުލަތަށް ލިބިދޭ ވޮރަންޓީގެ ޙައްޤު ގެއްލި އެ އެގްރީމެންޓްގެ ބުނެވުނު މާއްދާގެ ދަށުން ދިވެހި ދައުލަތުގެ ޙައްޤުގައި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން އުފުލަންޖެހޭ ޒިންމާތައް ލުއިވެ، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް އޭގެ ސަބަބުން މަންފާ ލިބިދީފައިވާތީ، މިކަމަކީ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް އޮތް ފިޑޫޝިއަރީ ޑިއުޓީ (Fiduciary Duty) އާ ޚިލާފަށް ކޮށްފައިވާ ކަމަކަށްވެފައި، އެހެންކަމުން، އިސްމާޢީލް ޢަބްދުލްޙަމީދު ކޮށްފައިވާ މި ޢަމަލަކީ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށުގެ ޢަމަލެއްކަން އެނގެއެވެ.
ޙުކުމް:
އިސްވެ ބަޔާން ކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތަކަށް ރިޢާޔަތް ކުރާއިރު، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ބޭނުމަކަށް ސިންގަޕޫރުގެ ކުންފުޏެއްކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ގަތް ލޭންޑިން ކްރާފްޓް "އުފުލި 5" މާލޭބަނދަރަށް ގެނައުމުގެ ކުރިން، ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލްގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކުރުމުގެ ނަތީޖާއެއްގޮތުން އެއްބަސްވުގައި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒް ފައިދާތަކެއް ވެފައިވާތީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފާއިދާއެއް ހޯދައިދިނުގެ ކުށުން ކުއްވެރި ވެއްޖެކަމަށް ކަނޑައަޅުއްވައި، ޤާނޫނުނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން އިސްމާޢީލް ޢަބުދުލް ޙަމީދު 01 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 567/Cr-C/2010 (2334/JC/2009) ޤަޟިއްޔާގައި ކުރެއްވި ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާގައި ތާއީދު ކުރެއްވި ކުރެއްވުން ރަނގަޅުކަމަށް މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ފެންނާތީ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށްފީމެއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ތަފާތުވި ރަޢުޔު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާގެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން ހުޅުމާލެ ފްލެޓް 10103، އިސްމާޢީލް ޢަބްދުލްޙަމީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2011/HC-A/233 ޤަޟިއްޔާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 567/Cr-C/2010 ޤަޟިއްޔާ، ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ގޮތާއި މެދު ހިތްހަމަ ނުޖެހިގެން، އެ ޤަޟިއްޔާގައި ދަޢުވާ ލިބުނު، އިސްމާޢީލް ޢަބްދުލްޙަމީދު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިމާސްކުރުމުގައި، އިސްމާޢީލް ޢަބްދުލްޙަމީދު ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން، އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުންނާއި، ދިވެހިރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 567/Cr-C/2010 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، މި މައްސަލައާ ގުޅިގެން ފާހަގަކޮށްފައިވާ ޤާނޫނުތަކަށާއި، ޤާނޫނު މާނަކުރުމުގައި ގެންގުޅޭ އުޞޫލުތަކަށާއި، ދުނިޔޭގެ ބައެއް މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި މިފަދަ މައްސަލަތަކުގައި ޢަމަލުކުރަމުންދާ ހަމަތަކަށް ނަޒަރުކޮށް ވިސްނާ ބެލިއިރު، އަންނަނިވި ކަންތައްތައް އަހުރެންނަށް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހި ދައުލަތުގެ ފަރާތުން އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށްހުށަހަޅާފައިވާ ހަމައެކަނި ދަޢުވާއަކީ، ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒްފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކަމާ އަދި އެ ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2000(ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމެވެ.
(ށ) ދެވަނަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފަރާތުން "އުފުލި 5" ނަމަކަށް ކިޔާ ކޮޅުވެއްޓި ނުވަތަ ލޭންޑިންގ ކްރާފްޓް ގަތުމަށް، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެކު، 19 ޖުލައި 2007 ގައި، ކޮންޓްރެކްޓެއް ކޮށްފައިވާކަމާއި އެ ކޮންޓްރެކްޓްގެ ދަށުން ގަންނަ، "އުފުލި 5" ގެ އަގަކީ 565,000.00US$ (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް ޔޫ.އެސް ޑޮލަރު) ކަމާއި، "އުފުލި 5" ގެ އަގުގެ %50 (ފަންސާސްއިންސައްތަ)، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި، ކޮންޓްރެކްޓްގައި ސޮއިކުރި ދުވަހުން ފެށިގެން، 14 (ސާދަ) ދުވަހުގެ ތެރޭގައި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑްލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް، ޓެލެގްރެފިކް ޓްރާންސްފަރ (ޓީ.ޓީ) އަކުން ދައްކަންޖެހޭކަމާއި،ކޮންޓްރެކްޓްގައި ސޮއިކުރި ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި "އުފުލި 5"ގެންދިއުމަށް ކަނޑައެޅި ބަނދަރަށް (މާލޭ ބަނދަރު) ގެންދިއުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓްލިމިޓެޑަށް ލާޒިމްކުރާކަމާއި ކަނޑައެޅިފައިވާ ބަނދަރަށް "އުފުލި 5" ގެންދާތާ 14 ދުވަހުގެ ތެރޭގައި"އުފުލި 5" ގެ ޖުމްލަ އަގުގެ ބާކީ (އުޅަނދުގެ އަގުގެ %50) މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓްސެކްޝަނުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ދައްކާ ޚަލާޞް ކުރަންޖެހޭކަމާ އަދި އުޅަނދުމާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ ހަވާލުކުރާ ދުވަހުން ފެށިގެން، 180 ދުވަހުގެ،ވޮރަންޓީއެއް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ދީފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފަރާތުން"އުފުލި 5" ގަތުމަށް، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއިއެކު، 19 ޖުލައި 2007 ގައި،ކޮންޓްރެކްޓް ކުރިއިރު، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ އިސް ވެރިއަކަށްހުންނެވީ އިސްމާޢީލް ޢަބްދުލްޙަމީދު ކަމާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެފަރާތުން އެ ކޮންޓްރެކްޓްގައި ސޮއި ކުރައްވާފައިވަނީ ވެސް އިސްމާޢިލް ޢަބްދުލްޙަމީދުކަމާއި، އެކޮންޓްރެކްޓަށް އެކި ފަހަރު މަތިން ބަދަލު ގެނެވިފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ވަރަށް ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، "އުފުލި 5" ގެ އަގު އަދާކުރުމަށް ފުރަތަމަ އެއްބަސްވި ގޮތް ބަދަލުވެ ފަހުން އެއްބަސްވި ގޮތުގެ މަތިން ހުޅުވި ލެޓަރ އޮފް ކްރެޑިޓް (އެލްސީ) އާއި ގުޅިގެން،"ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓަންސް އޮފް ދަ ވެސެލް" ބޭންކަށް ހުށަހަޅަން ޖެހޭ ކަމަށާއި"ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓަންސް އޮފް ދަ ވެސެލް" ގައި ސޮއި ކޮށްދިނުމަށް އެދިއައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްމާޢީލް ޢަބްދުލްޙަމީދު ގާތު އެދުމުން، މާލޭމުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް އެ އުޅަނދު ލިބުމުގެ ކުރިން، 28 އެޕްރިލް 2008ގައި، "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓަންސް އޮފް ދަ ވެސެލް" ގައި އިސްމާޢީލްޢަބްދުލްޙަމީދު ސޮއިކޮށްފައިވާކަމަށާއި ސޮއިކޮށްފައިވަނީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓްސެކްޝަނަށް އެ އުޅަނދު ލިބުމުގެ ކުރިން، އެ އުޅަނދު ލިބުނުކަމަށް ހަދައި، ލެޓަރ އޮފް ކްރެޑިޓްގެދަށުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓްލިމިޓެޑަށް "ނާޖާއިޒު" ގޮތެއްގައި ހޯދައިދިނުމުގެ ގޮތުންކަމަށް ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެފަރާތުން ވިދާޅުވާކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހެދިފައިވާ ކޮންޓްރެކްޓްގައިވާ ކަންތައްތަކާއި ގުޅިގެން ދެފަރާތް މެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށާއި، މި މައްސަލައާއެކު ހުށަހަޅާފައިވާ އެހެނިހެން ލިޔެކިޔުންތަކަށް ބެލެމުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އަދާކުރަންޖެހޭ ފައިސާ، ކޮންޓްރެކްޓްގައި ބުނާ މުއްދަތުގެ ތެރޭގައި އަދާކޮށްފައިނުވާކަމާއި، ފައިސާ ދައްކާނެ ވަސީލަތެއްގެ ގޮތުގައި ޓެލެގްރެފިކް ޓްރާންސްފަރ (ޓީ.ޓީ) ބޭނުންކުރުމުގެ ބަދަލުގައި، ފަހުން ހަމަޖެހިގެން ދިޔައީ ލެޓަރ އޮފް ކްރެޑިޓް (އެލް.ސީ) އެއް ބޭނުން ކުރަންކަން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވި އެ މިނިސްޓްރީގެ ނަންބަރު 909/2007-އެން/އޭ-13 (2 އޯގަސްޓް 2007) ގެ ނޯޓާއި، މި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔެކިޔުން ތަކުން އެނގޭކަމާ އަދި އުޅަނދުގެ އަގުގެ ގޮތުގައި މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑް ލޮޖިސްޓިކްޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ US$ 565,000.00 (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް ޔޫ.އެސް ޑޮލަރު) ދެއްކުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ލެޓަރ އޮފް ކްރެޑިޓެއް (ބޭންކް އޮފް މޯލްޑިވްސްގެ އެލް.ސީ ނަންބަރު: BML/08/554 (30 މާޗް 2008)) ހުޅުވިކަމާއި، ލެޓަރ އޮފް ކްރެޑިޓް ހުޅުވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ އެންގެވުމަށް ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުއްވި އެ އޮތޯރިޓީގެ ނަންބަރު98-FE/BML/LC/2008/10 (13 މާޗް 2008) ގެ ސިޓީން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، އެގްރިމެންޓުގައިވާ އަގަށާއި، އުޅަނދު ގެންދިއުމަށާއި، ހަވާލު ކުރުމަށް ކަނޑައަޅާފައިވާ ބަނދަރަށް ބަދަލުގެންނަށް ބޭނުން ކަމަށްބުނެ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން، 18 ފެބުރުއަރީ 2008 ދުވަހު، ސިޓީއެއް ފޮނުވާފައިވާކަމާއި އެސިޓީގައި، އުޅަނދުގެ އަގަށް ބަދަލުގެނެސް އުޅަނދުގެ އަގެއްގެ ގޮތުގައި US$ 670,000.00 (ހަލައްކަ ހަތްދިހަހާސް ޔޫ.އެސް ޑޮލަރު) ހަމަޖައްސަން އެދިފައިވާކަމާއި، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ އުޅަނދު ހަވާލުކޮށް، އުޅަނދުގެ ޒިންމާތައް މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ބަދަލުކުރުމުގެ ކަންތައްތައް ހިނގާނީ އިންޑޮނޭޝިއާގެ ބަނދަރެއް ކަމަށްވާ "ބަންޖާ މާސިން" ގައި ކަމަށް ވެސް ބުނެފައިވާކަމާ އަދި އިސްވެ ބުނި އައިލެންޑްލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑްގެ ސިޓީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށްލިބުމާއެކު، އެ ސިޓީގެ ކޮޕީއެއް، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން، މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް، އެ ސެކްޝަންގެ ނަންބަރު 99-F/13/2008/17 (10 މާޗް 2008) ސިޓީއާއެކު، ފޮނުވިކަމާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ގަތް އުޅަނދުގެ އަގަށްއައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ފަހުން ހުށަހެޅި އަގު (670,000.00 US$ (ހަލައްކަހަތްދިހަހާސް ޔޫ.އެސް ޑޮލަރު))، އެއީ އެންމެ ރަނގަޅު އަގެއް ކަމުގައި މިނިސްޓަރ އޮފް ފިނޭންސްއެންޑް ޓްރެޜަރީ އަށް ފެނިވަޑައި ގަންނަވާ ކަމަށާއި، އުޅަނދު ސަޕްލައި ކުރުމުގެ މަސައްކަތް އެލް.ސީ،ހުޅުވައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފެނިވަޑައި ގަންނަވާކަމުގައި އެ މިނިސްޓްރީން މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ފޮނުއްވާފައިވާ އެމިނިސްޓްރީގެ ނަންބަރު 13K/99/2008/9 (7 އެޕްރިލް 2008) ސިޓީން އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، ކޮންޓްރެކްޓަކީ ވަކި މިވެނިގޮތަކަށް އޮތުން ލާޒިމު އެއްޗެއްނޫންކަމަށް، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި، ބަޔާންކޮށްފައި އޮތުމާއި އެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާކަންތައްތައް ކުރަންވާނީ އެ ކޮންޓްރެކްޓްގައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާކަމަކަށް ލުޔެއް ދީފިނަމަ ނުވަތަ އޭނާ ކޮންމެވެސް އެހެންގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ، މިފަދައިން ބަޔާންކޮށްފައި އޮތުމާއި މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ޖުލައި 2007 ދުވަހުގައި ހެދި ކޮންޓްރެކްޓަށް ބަދަލު ގެނެވޭ ވަކި ޚާއްޞަ ގޮތެއް އެ ކޮންޓްރެކްޓްގައި ކަނޑައަޅާފައި ނެތުމުން، އަދި ދެފަރާތް ދެމެދު ހިނގާފައިވާ މުޢާމަލާތްތަކަށް ވެސް ބެލުމުން، އަހުރެންނަށް ސާފުވަނީ، 19 ޖުލައި 2007 ގެ ކޮންޓްރެކްޓްގެ މާއްދާތަކަށް ބަދަލު ގެނެސްފައިވާ ކަމާއި، މި ކަމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ދެފަރާތް އެއްބަސްވެގެން ކުރެވިފައިވާ ކަމެއް ކަމެވެ.
(އ) އަށްވަނަ ކަމަކީ، ކުށާއި ކުށުގެ ޢުޤޫބާތް ކަނޑައެޅޭނީ ހަމައެކަނި ޝަރުޢީއަދި/ނުވަތަ ޤާނޫނީ ނައްޞުންކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއިންވަރަށް ރަނގަޅަށް މިކަން ކަށަވަރު ކޮށްދީފައިވާކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59ވަނަ މާއްދާގެ (ހ) ގައި ވަނީ، ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތަސް އެ ކަމެއް ކުރި މީހަކަށްނުވަތަ އެ ކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެންއަދަބެއްދީގެން ނުވާނެކަމަށެވެ. ޤާނޫނު ނަންބަރު 2002/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ، ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާފަރާތެއްގެ މުވައްޒަފަކު، އޭނާގެ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފަކުގެ ވަޒީފާގެ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެނުފޫޒު ބޭނުންކޮށްގެން "ނާޖާއިޒު" ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށަކީ އޭގެ ޒާތުގައި ޖަރީމާއެއްގެ އެންމެހައި ރުކުންތަކާއި ޢުންސުރުތައް ފުރިހަމަވާ، ޤާނޫނީ ހަމަތަކުގެ މަތިން ޤާނޫނަކުން ކަނޑައަޅާފައިވާ ކުށެއްކަން އެނގެން އޮންނަ އޮތުމެވެ.
(ވ) ނުވަވަނަ ކަމަކީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއިމަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ، ސަރުކާރުގެ މުވައްޒަފުން "ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ ކުށަކީ" އެ ކުށުގެ މާއްދީ ރުކުން ނުވަތަ އެކްޓުސް ރިއަސްއަދި މަޢުނަވީ ރުކުން ނުވަތަ މެންސް ރިއާ، ޕްރޮސިކިއުޝަންގެ ފަރާތުން، "އެކަށީގެންވާ މިންވަރެއްގެޝައްކެއްނެތި" ޝަރީޢަތުގައި ސާބިތުކޮށްދޭންޖެހޭ ކުށެއްކަމާއި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަންހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށުގެ މާއްދީ ރުކުނަކީ،ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކަށްވުމާއި، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުންނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެންނުވަތަ އެ މުވައްޒަފެއްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން އެ މީހަކަށް ނުވަތަ އެހެން މީހަކަށް ނާޖާއިޒުފައިދާއެއް ހޯދައިދިނުންކަމާ އަދި "ނާޖާއިޒު ފައިދާ" އަކީ އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ ކުރާމަސައްކަތެއްގެ މުޤާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި،އުޖޫރައާއި، އެހެނިހެން ޢިނާޔަތްތަކާއި ވަޒީފާދޭ ފަރާތުން އެ މުވައްޒިފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއިމަންފާތަކުގެ އިތުރުން، އެމީހަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނުޙައްޤުން ހޯދާ، ނުވަތަ ހޯދައިދޭ، ނުވަތަޤަބޫލުކުރާ ރިޝްވަތު ކަމުގައި ނުހިމެނޭ ކޮންމެ މަންފާ އެއްކަމާ އަދި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށުގެ މަޢުނަވީރުކުނަކީ އިސްވެ ބުނި "ނާޖާއިޒު ފައިދާ" ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ މާއްދީ ރުކުން ނާޖާއިޒު ގޮތުގައިކުރުމެވެ. ނާޖާއިޒު ގޮތުގައި ކަމެއް ކުރުމަކީ އެކަމެއް "ޑިސްއޮނަސްޓްލީ" އަދި ގަސްދުގައި ކުރުމެވެ.
(މ) ދިހަވަނަ ކަމަކީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެމީހަކުކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ އެމީހަކީކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިއޮތުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއިލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެކަމަށާއަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރަންވާނެ ކަމަށްބަޔާންކޮށްފައި އޮތުމުން، ދުނިޔޭގެ އެހެނިހެން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށް ސާބިތުކުރުމުގައި ބޭނުންކުރާ މިންގަޑަކީކޮބައިތޯ ބެލުމަށް އަހުރެން ދިރާސާއެއް ކުރީމެވެ. މި ދިރާސާއިން އަހުރެންނަށް ފާހަގަ ކުރެވުނީ ޤާނޫނުނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައިބުނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަމުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން އެމީހަކަށް ނުވަތަ އެހެންމީހަކަށް ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމުގެ ކުށާއި، އިނގިރޭސި ވިލާތުގެ"ދަ ފްރޯޑް އެކްޓް 2006" ގެ 4 ވަނަ މާއްދާގައި ބުނާ ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެމާއްދީ ރުކުނާއި މަޢުނަވީ ރުކުނުގައި އެއްގޮތް ކަންތައްތަކެއް ހުރިކަމެވެ. އިނގިރޭސި ވިލާތުގެ "ދަ ފްރޯޑްއެކްޓް 2006" ގެ 4 ވަނަ މާއްދާގެ (1) ގައި ބުނަނީ:
4 (1) A person is in breach of this section if he -(a) occupies a position in which he is expected to safeguard, or not to act against, the financial interest of another person,(b) dishonestly abuses that position, and(c) intends, by means of the abuse of that position, or (i) to make a gain for himself or another, or (ii) to cause loss to another or to expose another to a risk of loss.
އިނގިރޭސި ވިލާތުގެ މަޝްހޫރު ކްރިމިނަލް ލޯ ގެ "ޓެކްސްޓް" އެއް ކަމަށްވާ "ސްމިތްއެނޑް ހޯގަން" ގެ 2008 ވަނަ އަހަރުގެ އެޑިޝަން ގައި ބުނެފައިވަނީ އިނގިރޭސި ވިލާތުގެ "ދަ ފްރޯޑްއެކްޓް 2006" ގައި ބުނާ ކުށުގެ މާއްދީ ރުކުނަކީ މީހަކަށް ދީފައިވާ މާލީ އިތުބާރު ނާޖާއިޒު ގޮތުގައިބޭނުން ކުރުން ކަމަށާއި މަޢުނަވީ ރުކުނަކީ ގަސްދުގައި ނާޖާއިރު (ޑިސްއޮނަސްޓްލީ) ފައިދާއެއް ހޯދުން ނުވަތަ ހޯދައި ދިނުން ކަމަށެވެ.
(ފ) އެގާރަވަނަ ކަމަކީ، "ނާޖާއިޒު" ފައިދާ ހޯދުމާ ހޯދައިދިނުމުގެ ކުށުގެ މަޢުނަވީރުކުން ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި، އިނގިރޭސި ވިލާތް އަދި އެ ނޫންވެސް ކޮމަން ލޯޖޫރިސްޑިކްޝަންތަކުގައި އާއްމު ގޮތެއްގައި މިހާރު ބޭނުން ކުރަނީ އިނގިރޭސި ވިލާތުގެ ކޯޓް އޮފް އެޕީލްއިން 1982 ގައި ނިންމި ރެޖައިނާ ވަރސަސް ގޯޝް ([1982] QB 1053) އިން ޤާއިމް ކުރިއުޞޫލެވެ. އެ ޤަޟިއްޔާގެ ރިޕޯޓުގައި، ލޯޑް ލޭން ސީ.ޖޭ. ވިދާޅުވަނީ:
“In determining whether the prosecution has proved that the defendant was acting dishonestly, a jury must first of all decide whether according to the ordinary standards of reasonable and honest people what was done was dishonest. If it was not dishonest by those standards, that is the end of the matter and the prosecution fails.
If it was dishonest by those standards, then the jury must consider whether the defendant himself must have realised that what he was doing was by those standards dishonest. In most cases, where the actions are obviously dishonest by ordinary standards, there will be no doubt about it. It will be obvious that the defendant himself knew that he was acting dishonestly. It is dishonest for a defendant to act in a way which he knows ordinary people consider to be dishonest, even if he asserts or genuinely believes that he is morally justified in acting as he did.”
އިނގިރޭސި ވިލާތުގެ ކޯޓް އޮފް އެޕީލް އިން ކަނޑައެޅި މި މިންގަނޑު އޮޅުން ފިލުވައި ދެމުން، "ސްމިތްއެންޑް ކޯގަން" ގެ 2008 އެޑިޝަންގައި ބުނަނީ އެ މިންގަނޑު ބެހިގެންވަނީ ދެ ބަޔަކަށް ކަމަށެވެ. އެއީ:(1) Was what was done dishonest according to the ordinary standards of reasonable and honest people? If no, D is not guilty. If yes:
(2) Did the defendant realize that reasonable and honest people regard what he did asdishonest? If yes, he is guilty; if no, he is not.
އިސްވެ ނަކަލުކުރެވުނު ދެ ބަޔަށް ބަލާއިރު، ނާޖާއިޒުކޮށް ކަމެއް ކޮށްފައިވޭތޯ ނުވަތަނޫންތޯ ބެލުމުގައި ފުރަތަމަ ބަލަންޖެހޭނީ ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ) މީހެއްގެވިސްނުމުގެ މިންގަޑުން އެޢަމަލު ނާޖާއިޒުތޯ ނުވަތަ ނޫންތޯއެވެ. ތެދުވެރި އަދި ހެޔޮނުބައި އިނގޭ(ތަޞައްރަފް ފުދޭ) މީހެއްގެ ވިސްނުމުގެ މިންގަޑުން އެ ޢަމަލަކީ ނާޖާއިޒު ޢަމަލެއް ކަމުގައި ނުވާނަމަ އެމީހަކު ކުއްވެރިއެއް ނުވާނެއެވެ. ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ) މީހެއްގެ ވިސްނުމުގެމިންގަޑުން އެޢަމަލަކީ ނާޖާއިޒު ޢަމަލެއްކަމުގައިވަނީ ނަމަ ދެން ދާންޖެހޭނީ ދެވަނަ ބަޔަށެވެ. ދެވަނަ ބަޔަކީއެޢަމަލު ހިންގިމީހާގެ ވިސްނުމުގެ މިންގަޑުން އެ ޢަމަލަކީ ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފްފުދޭ) މީހެއްގެ ވިސްނުމުގެ މިންގަނޑުން ނާޖާއިޒް އަމަލެއްކަން ނުވަތަ ނޫންކަން އެނގޭތޯއެވެ. އެޢަމަލުހިންގި މީހާއަށް އެ ޢަމަލަކީ ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ) މީހެއްގެ ވިސްނުމުގެމިންގަނޑުން ނާޖާއިޒް އަމަލެއްކަން ނުއެނގޭ ނަމަ، އެ މީހަކު ކުށްވެރިއެއް ނުވާނެއެވެ. އަދި އެޢަމަލުހިންގި މީހަކަށް އެ ޢަމަލަކީ ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ) މީހެއްގެ ވިސްނުމުގެމިންގަނޑުން ނާޖާއިޒް އަމަލެއްކަން އެނގޭނަމަ، އެ މީހަކު ކުއްވެރިވާނެއެވެ. އިސްވެބުނި ދެބައިގެތެރެއިން ފުރަތަމަބައި ބަލަންޖެހޭނީ "އޮބްޖެކްޓިވް" (objective) މިންގަނޑުންނެވެ. އަދި ދެވަނަ ބައި ބަލަންޖެހޭނީ "ސަބްޖެކްޓިވް" (subjective) މިންގަނޑުންނެވެ.
(ދ) ބާރަވަނަ ކަމަކީ، ބޮޑެތި ޖަރީމާ ތަކުގައި، ޕްރޮސެކިއުޝަން އިން މާއްދީ ރުކުންސާބިތުކޮށް ދިންކަމުގައި ވިއަސް، މަޢުނަވީ ރުކުން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އުޤޫބާތްކަނޑައަޅައިގެން ނުވާނެކަމާއި ކުށެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު، އެކުށް ކޮށްފައިވަނީ "ނާޖާއިޒް"ކޮށްތޯ ނުވަތަ ނޫންތޯ ބެލުމަށް ފަނޑިޔާރު ބަލަންޖެހޭ ހަމަތަކަށް ބަލައި އޭގެ ނަތީޖާއަށް ބުރަވެ ނޫނީމަޢުނަވީ ރުކުން ސާބިތުވެއްޖެ ކަމަށް ކަނޑައަޅައިގެން ނުވާނެކަމެވެ.
(ނ) ތޭރަވަނަ ކަމަކީ، މި ދަޢުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކިތާބީ ހެއްކާއިފަރުދީ ހެކި ހުށަހެޅި ކަމާއި، މިފަދަ ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން، މައްސަލަ ސާބިތު ކުރަނީޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށް ހުށަހެޅޭ ހެކިތައް އިންސާފުގެ ތަރާދުން ކިރުމަށްފަހުގައި، ޔަޤީނާ ގާތްކުރާމިންވަރަށް، ކުށެއް ސާބިތުވެއްޖެ ކަމަށް ޤަބޫލު ކުރެވިގެންކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންވަކިކަމެއް ސާބިތު ކުރުމަށް ހުށަހަޅާ ހެކިންގެ ހެކިބަހުން އެކަމެއް ސާބިތު ނުކުރެވިއްޖެ ނަމަ،ޕްރޮސިކިއުޓަރ ޖެނެރަލް އެ ހުށަހެޅި މައްސަލަ ވަރަށް ޟަޢީފްވީކަމާއި، އިސްމާޢީލް ޢަބްދުލްޙަމީދުގެމައްޗަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި މައްސަލާގައި ހުށަހެޅި ފަރުދީ ހެކިންގެހެކިބަސް އިންސާފުގެ ނާޅިން މިނުމަށްފަހު ކްރިމިނަލް ކޯޓުގެ ނަންބަރު 567/Cr-C/2010 ޤަޟިއްޔާ ގެފާހަގަ ކުރެވުނު ނުގުތާގެ 7 ވަނަ ނަންބަރުގައި އެ މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވަނީ:"މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ޝަރީޢަތަށް ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަހަށް ބަލާއިރު އުޅަނދަށް އަގު އަދާކުރި ވަގުތާ މެދު ޝަރީޢަތަށް އެކަށީގެންވާ މަޢުލޫމާތެއް އެއްވެސް ހެއްކެއްގެ ކިބައިން ލިބިފަނުވެއެވެ. އަދި ޕްރޮޓޮކޯލް އޮފް ޑިލިވަރީ އެންޑް އެކްސެޕްޓަންސްގައި ސޮއިކުރީ ކޮން ސަބަބަކާހުރެ ކަމެއްވެސް އެ ހެކިންނަށް ބުނެދެވިފައިނުވެއެވެ." މިހެންކަމާއި މި މައްސަލާގައި "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސަލް" ގައި އިސްމާއީލް ޢަބްދުލްޙަމީދުސޮއި ކުރި "ސަބަބު" އެއީ މި މައްސަލައިގެ މަޢުނަވީ ރުކުން ސާބިތުކުރުމަށް އޮތް އެންމެ ބޮޑު ޤާނޫނީ ޤަރީނާ ކަމަށްވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެކިން ހުށަހަޅާ އެ ހެކިންގެ ހެކިބަހުން އެކަންސާބިތުކޮށް ނުދެވިއްޖެނަމަ، އޭގެ މާނަޔަކީ، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށް ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ކަނޑައަޅާފައިވާ މިންގަނޑުން، އެއީ "އެކަށީގެންވާ މިންވަރެއްގެޝައްކެއްނެތި" ކުށް ސާބިތު ކުރަންޖެހޭ މިންގަނޑުން، މި މައްސަލަ ސާބިތު ކުރުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ފޭލްވީ ކަމެވެ.
(ލ) ސާދަވަނަ ކަމަކީ، "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަވެސްލް" ގައި ސޮއިކޮށްފައިވަނީ 28 އޭޕްރީލް 2008 ގައިކަން އެލިޔުމަށް ބެލުމުން އެނގެން އޮތުމާއި،އުޅަނދާއި ހަވާލުވެފައިވަނީ، ފައިނަލް އިންސްޕެކްޝަން ހެދުމަށާއި އުޅަނދު ހަވާލުކުރާ ތަނެއްކަމަށްއިންޑޮނޭޝިއާގެ "ބަންޖާ މާސިން" ހަމަޖައްސަން ބޭނުންވާކަން އަންގައި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓްލިމިޓެޑުން މާލޭ މުނިސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން އަށް ފޮނުވާފައި ސިޓީއާ ގުޅިގެންކަމާއި، އެސިޓީގެ ކޮޕީއެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވިކަމާއި، އެ ސިޓީގައި ބުނެފައިވާގޮތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އުޅަނދުގެ އަގަށް ބަދަލު ގެނެސްދެއްވާފައިވާކަމާ އަދި މިކަންކަމަށް އެކުއެކީގައި ނަޒަރުކޮށް ބެލުމުން އެއްބަސްވުމުގެ ބައިވެރިންގެ ޢަމަލުން 19 ޖުލައި 2007 ގެ އެއްބަސްވުމަށް އިޞްލާހެއް ގެނައުމަށް އެއްބަސްވެގެން އެފަދައިން ޢަމަލުކޮށްފައިވަނީ ކަމަށް ބެލެވޭކަމާއި، އިސްމާޢީލް ޢަބްދުލްޙަމީދު "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސްލް" ގައި ސޮއިކޮށްފައިވަނީ އެއުޅަނދު މާލެ ބަނދަރަށް ގެނެވިފައި ނުވިނަމަވެސް މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން އިން އެއުޅަނދާއި ޙަވާލުވުމަށްފަހުގައިކަމަށް ބެލެވެއެވެ.
(ގ) ފަނަރަވަނަ ކަމަކީ، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފަރާތުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ އެކު "އުފުލި5" ގަތުމަށް، 19 ޖުލައި 2007 ގައި، ވެފައިވާ ކޮންޓްރެކްޓާއި، އޭގެ ފަހުން ދެފަރާތުގެ މެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބެލުމުން، ދެފަރާތުގެ މެދުގައި އަމަލުކުރެވިފައިވަނީ، 19 ޖުލައި 2007 ގައި، ވެފައިވާ ކޮންޓްރެކްޓާ އެއްގޮތަށް ކޮންޓްރެކްޓް ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ކޮންޓްރެކްޓްގައިވާ މާއްދާތަކަށާއި އެމާއްދާތަކުގައިވާ ކަންކަމަށް ބަދަލުތަކެއް ގެނެސްގެން ކަމާއި "އުފުލި 5" ގެ އަގުއަދާކުރުމަށް އެލްސީ ހުޅުވާފައިވަނީ، 19 ޖުލައި 2007 ގައި ވެފައިވާ ކޮންޓްރެކްޓްގައި ބުނާ އަގަށްކަމަށްވީ ނަމަވެސް، ފަހުން އެ އަގު ބަދަލު ކުރުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުންހުށަހެޅުމުން، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އެކަން ސަރުކާރުގެ ކަމާބެހޭއިދާރާކަމުގައިވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހަޅާ އެ ހުށަހެޅި އަގަކީއެންމެރަގަޅު އަގެއްކަމަށް އެމިނިސްޓްރީގެ ނަންބަރު 13K/99/2008/9 (7 އޭޕްރީލް 2008) ސިޓީއިންމާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް އެންގިކަން އެނގެއެވެ. މިކަންކަމަށް ބެލުމުންމާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށްދައްކަންޖެހޭ ފައިސާއަށްވުރެ އިތުރަށް އެއްވެސް ފައިސާއެއް ދައްކާފައި ނެތްކަމާއި، ނާޖާއިޒު ގޮތެއްގައިއިސްމާޢީލް އަބްދުލްޙަމީދު މީނާ ހުރި ސަރުކާރުގެ މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި އުޅަނދުވިއްކިފަރާތަށް ފައިދާއެއް ހޯދާދީފައިވާކަމަށް ބެލެވޭނެ ޖާގައެއްނެތް ކަމެވެ.
(ޏ) ސޯޅަވަނަ ކަމަކީ، "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަވެސްލް" ގައި އިސްމާޢީލް ޢަބްދުލްޙަމީދު، 28 އޭޕްރީލް 2008 ގައި، ސޮއިކުރުމާއި، އުޅަނދު މާލޭގެ ބަނދަރަށް ގެނައި ދުވަހާ ދެމެދުގައި ގިނަދުވަސްތަކެއްވެ އުޅަނދުގެ ވޮރަންޓީގެ މުއްދަތު ގެއްލިގެން ދިޔައީކަމަށާއި، އެކަމަކީވެސް ވިއްކިފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުންކަމަށް ބެލެވޭނެކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު، ވޮރަންޓީއަކީ އެބޭނުންކުރަންޖެހޭފަދަ ހާލަތެއް ދިމާވުމުން ނޫނީ ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމާއި، އެމުއްދަތުގެ ތެރޭގައި ވޮރަންޓީން ކަވަރު ކުރާފަދަ ކަމެއް ހިނގާފައިނުވާނަމަ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން އެއްވެސް ބައިވެރިއަކަށް ގެއްލުމެއް ނުވަތަ ފައިދާއެއްވެސް ނުއޮންނާނެކަމާއި، މައްސަލައާއެކު ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމަކުން ވޮރަންޓީގެ ދަށުން ރަނގަޅުކޮށްދޭންޖެހޭފަދަ ނުވަތަ ބަދަލު ލިބިދެވޭފަދަ ކަމެއް އެއުޅަނދަށް ދިމާވެފައިވާކަން އެނގެން ނެތްކަން އެނގޭކަމާ، އަދި ވޮރަންޓީގެ ދަށުން ގަންނަމީހާއަށް ލިބިދެވޭ ބަދަލު ލިބެންޖެހޭ މުއްދަތު ގުނަންފަށާނެ ތާރީޚަކީ "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސަލް" ގައި އިސްމާޢީލްޢަބްދުލްޙަމީދު ސޮއިކުރި ދުވަސްކަމަށްވާ 28 އޭޕްރީލް 2008 ކަމަށް، ނުވަތަ އުޅަނދު މާލޭ ބަނދަރަށްގެނައި ތާރީޚުކަމަށްވާ 23 އޮކްޓޯބަރ 2008 ކަމަށް ބެލިނަމަވެސް އެފަދަ ހާލަތެއް ދިމާވެފައިނުވުމުންވެސް ފަރާތަކަށް ގެއްލުމެއް ނުވަތަ ފައިދާއެއްވެސް ވެފައި ނުވާކަމެވެ.
(ސ) ސަތާރަވަނަ ކަމަކީ، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެކު، މާލޭމުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އިސްމާޢީލްޢަބްދުލްޙަމީދު ޢަމަލުކޮށްފައިވާ ގޮތަށް ބަލާ ނަޒަރުކުރާއިރު، 19 ޖުލައި 2007 ގައި، މާލޭ މުނިސިޕަލްޓީގެވޭސްޓް މެނޭޖްމަންޓް ސެކްޝަނާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއި މެދު ކޮންޓްރެކްޓްކުރެވިފައިވަނީ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ލޭންޑިންގ ކްރާފްޓެއް ވީއެންމެއަވަހަކަށް ބޭނުންވެގެން ދެފަހަރެއްގެމަތިން އެކަމަށް އިޢުލާނުކޮށްގެންވެސް އެކަމަށް އެކަށީގެންވާ ފަރާތެއްނުލިބި ވަނިކޮށްކަމާއި، އަދި ކޮންޓްރެކްޓްގައި ދެފަރާތުންމެ ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ގިނަގުނަބަދަލުތަކެއް ގެނެސް، އެބަދަލުތަކާ އެއްގޮތަށް ދެފަރާތުންވެސް ޢަމަލުކޮށްފައިވާކަމާއި، މިކަމާއި ގުޅުންހުރިސަރުކާރުގެ އެހެން އިދާރާތަކާ އެއްބަސްވުމަށް ގެނެވުނު ބަދަލުތަކުގެ މަޢުލޫމާތު ބަދަލުކުރެވިފައިވާކަންއެނގެން އޮތުމާ އަދި އޭޕްރީލް 2008ގައި، އިސްމާޢީލް ޢަބްދުލްޙަމީދު އިންޑޮނޭޝިއާއަށް ގޮސްފައިވަނީއުޅަނދާއި ޙަވާލުވުމަށްކަންވެސް އެނގެން އޮތުމުން، ތެދުވެރި އަދި ހެޔޮނުބައި އިނގޭ (ތަޞައްރަފް ފުދޭ)މީހެއްގެ ވިސްނުމުގެ މިންގަޑުން ބެލުމުން، "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަވެސަލް" ގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކޮށްފައިވަނީ އެއްބަސްވުމަށް ފަހުން ގެނެވުނު ބަދަލުތަކާ އެއްގޮތަށްކަން އެނގޭކަމާ، އެކަންތައްތައް އެގޮތަށް އިސްމާޢީލް ޢަބްދުލްޙަމީދު ކޮށްފައިވަނީ ނާޖާއިޒު ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމުގެ ނިޔަތުގައި ނޫންކަން ޤަބޫލުކުރެވޭފަދަ ކަންތައްތަކެއް ހިނގާފައިހުރިކަމާ އަދި އިސްމާޢީލް ޢަބްދުލްހަމީދު "ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސަލް" ގައި 28 އޭޕްރީލް 2008 ގައި ސޮއިކޮށްފައިވަނީ 19 ޖުލައި 2007 ގައި ވެވުނުއެއްބަސްވުމަށް ބަދަލުތަކެއް ގެނެވިފައިވާކަން ގަބޫލުކޮށްގެންހުރެ، ފަހުން އެއެއްބަސްވުމަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް، އުޅަނދާ ހަވާލުވުމަށް އިންޑޮނޭޝިއާގެ ބަންޖާ މާސިން އަށް ގޮސް އުޅަނދާއި ހަވާލުވުމަށް ފަހުގައިކަން އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި، ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތަކުން އެނގޭ ކަމާއި މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން އަށް މިފަދަ އުޅަނދެއްގެ މުހިންމުކަން ވަރަށް ބޮޑުކަމާ، ވީއެންމެ އަވަހަކަށް އެފަދަ އުޅަނދެއް ހޯދަން ޖެހިފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމާއި، އިސްމާޢީލް ޢަބްދުލްޙަމީދު މަސައްކަތްކޮށްފައިވަނީ މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގައި އެކަންތަކާއި ހަވާލުވެހުރިހުރުމުގައި އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ކުރެވެންހުރި އެންމެހާ ކަންތައްތައް ކޮށްގެން، ވީއެންމެ އަވަހަކަށް އެއުޅަނދު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ހޯދައިދިނުމަށްކަން އިސްމާޢީލް ޢަބްދުލްޙަމީދުގެ ބަހުން އެނގޭތީ، އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން އުޅަނދު ގަތުމަށްޓަކައި ކޮށްފައިވާ ކަންތައްތަކަކީ އިސްމާޢީލް ޢަބްދުލްޙަމީދުގެ ހެޔޮ ނިޔަތުގައި، އެކަންތައް ވީއެންމެ އަވަހަކަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮށްފައިވާ ކަންތައްތަކެއްކަމަށް ޤަބޫލުކުރެވެއެވެ.
(ޑ) އަށާރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސިގެ 51 ވަނަމާއްދާގެ (އ) ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައިސާބިތުނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ"، މިހެންކަނޑައެޅި ބަޔާންވެގެން އޮތުމުން، ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އިސްވެބުނެވުނު ދުސްތޫރީ ނައްޞުގެ މަޤްޞަދު ޙާޞިލް ކުރެވޭފަދަ ގޮތެއްގެ މަތިންމެނުވީ ޖިނާއީ މައްސަލަތައް ބަލައިގެން ނުވާނެކަމާ އަދި ޖިނާއީ މައްސަލަތައް ނިންމުމުގައި ހުށަހެޅޭހެކިތަކާއި ދަލީލުތަކުގެ ތެރެއިން - ޤާނޫނީ ޤަރީނާ ފިޔަވައި - ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށްބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށްޤަބޫލުކުރެވޭ ދަލީލުތަކާއި އެ ދަލީލުތަކުގެ އަލީގައި ނިންމޭ ނިންމުން ތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާގާތްކުރާ މިންވަރަށް ކުށެއް ސާބިތުވެއްޖެ ކަމަށް އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ޤަބޫލުކުރެވިގެންމެނުވީ ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ އެއްވެސް އޮޅުމެއްނެތް ޖިނާއީ އިޖުރާތުގެ މަބްދައެއްކަން އެނގެން އޮންނަ އޮތުމެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެހެން ހުރުމުން، އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ޤާނޫނު ނަންބަރު 2002/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދަޢުލަތުން ކޮށްފައިވާ ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދަޢުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އަހުރެންނަށް ފެންނާތީ ކްރިމިނަލް ކޯޓުގެ ނަންބަރު2010/Cr-C/567 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2011/HC-A/233 ގެ ޤަޟިއްޔާގައި އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ކުރަންޖެހޭޙުކުމެއްކަމަށް ބުނެ އަހުރެންގެ ރަޢުޔު އިއްވީމެވެ.
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.