ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-E/04ސުޕްރީމް ކޯޓު · 17 ޖަނަވަރީ 2014

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 ޖަނަވަރީ 2014ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-E/04

ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން

ދަޢުވާ ލިބޭ ފަރާތް: ޙުސައިން ޢަރީފް

މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 05 ޖަނަވަރީ 2014

ރަޖިސްޓަރީ ކުރެވުނު ތާރީޚް: 12 ޖަނަވަރީ 2014

ނިމުނު ތާރީޚް: 17 ޖަނަވަރީ 2014

މައްސަލަ ނިންމި ގަޑި: 18:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ،

މައްސަލައިގެ ޚުލާޞާ

މި ޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2013 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ޙުސައިން ޢަރީފްގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާއިން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާތީ، އެކަމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ކަމެއްކަމަށް ބުނެ، ޙުސައިން ޢަރީފަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2013 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް ވިސްނައި ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެ މާއްދާގެ (ނ) ގައި ސާފު ބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭއިރު، ބުނެވިދިޔަ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ޙުސައިން ޢަރީފަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި 2002 ވަނަ އަހަރު ޖިނާއީ ކޯޓުން 06 (ހައެއް) އަހަރު ދުވަހުގެ މުއްދަތަކަށް ޙުކުމް ކުރެވިފައިވާ މީހެއްކަމަށް އިލެކްޝަންސް ކޮމްޕްލައިންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ބެލިއިރު، ޙުސައިން ޢަރީފަކީ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެގެން، ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ ފަރާތެއް ކަމަށާއި، ކްރިމިނަލް ކޯޓުން މީނާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމުގައިވެސް މައްސަލަ އޮތްކަމަށް ބަޔާންކޮށްފައި އޮތްކަމަށާއި، މީނާގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާއިން މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާ ކަމަށާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓަކަށްވުމަށް ހުރަސް އަޅާ ކަމަކަށްވާތީ، ލޯކަލް ކައުންސިލްގެ އިންތިޚާބު 2014 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ޙުސައިން ޢަރީފަށް ލިބިގެންނުވާކަމަށް ކަނޑައަޅާ ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިފައިވާކަމެވެ.

(ނ) ތިންވަނަ ކަމަކީ، ލޯކަލް ކައުންސިލްގެ އިންތިޚާބު 2014 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކެންޑިޑޭޓެއްގެ ގޮތުގައި ޙުސައިން ޢަރީފް ކުރިމަތިލާފައިވާއިރު، ޙުސައިން ޢަރީފަކީ، 2002 އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ރޭ 21:00 އެހާކަންހާއިރު، ވ. ފަރުމާނުގެ ކޮޓަރިއެއްގައި ހުރެގެން ހެރޮއިން ބޭނުންކުރިކަން ސާބިތުވުމުން، މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާކަމަށް ކަނޑައަޅައި 06 (ހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް 29 ޑިސެމްބަރ 2002 ގައި ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާގައި ޙުސައިން ޢަރީފްގެ މައްޗަށް ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަހިނދު، މި ޙުކުމަށް ބަދަލު އައިސްފައިވާކަން އެނގެން ނެތްކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ލޯކަލް ކައުންސިލްގެ އިންތިޚާބު 2014 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ޙުސައިން ޢަރީފް ކުރިމަތި ލާފައިވާއިރު، މީނާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމާއި، ލޯކަލް ކައުންސިލްގެ އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ނަންބަރު 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު ޙުސައިން ޢަރީފްގެ ކިބައިގައި ފުރިހަމަނުވާކަން ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާއިން ސާބިތުވެ އެނގެން އޮންނާތީ، ޙުސައިން ޢަރީފަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުޠު ފުރިހަމަ ނުވާ މީހެއްކަން އެނގެން އޮންނަކެމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު، ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައަޅާފައިވުމާއެކު، ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާގައި މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ޙުސައިން ޢަރީފްގެ މައްޗަށް ސާބިތުވެފައިވުމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓަކަށް ވުމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) އިން ކަނޑައެޅިގެން ހުރަސް އަޅާކަމަކަށްވާތީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ޙުސައިން ޢަރީފަށް ލިބިގެންނުވާކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފު

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ