ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/SC-L/139

ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އަޠާ ޢަލީ އަދި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 މާރިޗު 2019ދަށު ކޯޓު: ހައިކޯޓު 2018/HC-A/152ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/152
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނިންމީ 0660818 ނަންބަރު ޗެކުގެ 100,000.00 ޑޮލަރަކީ ޝަރޫ ލޯންޗް ސަރވިސް އާއި އެމް.ސީ.ބީ އިން މުޙައްމަދު އަޠާ ޢަލީއަށް އަދާކުރަންޖެހޭ ފައިސާއެއް ކަމަށާއި، 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކަން އެ ދެ ފަރާތަށް އަންގައެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ޝަރޫ ލޯންޗް ސަރވިސަށް މުޙައްމަދު އަޠާ ޢަލީ ދިން 1,500,000 ރުފިޔާ އަނބުރާ ދެއްކުމުގެ ގޮތުން، ކުންފުނީގެ އެމް.ސީ.ބީ ޑޮލަރު އެކައުންޓުން، ބޭންކް ގެރެންޓީ ތައްގަނޑާއެކު 100,000 ޑޮލަރުގެ ޗެކެއް ދޫކުރިއެވެ. އެ ޗެކް މޯލްޑިވްސް އިސްލާމިކް ބޭންކުގައިވާ އެކައުންޓަށް ޖަމާކުރަން ހުށަހެޅުމުން ފައިސާ ނުލިބުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ބޭންކް ގެރެންޓީ ތައްގަނޑު ޖަހާފައިވާ ޗެކެއްގެ ފައިސާ ނުލިބުމުން، ގެރެންޓީ ދިން ބޭންކުން ވެސް ޗެކް ދޫކުރި ކުންފުންޏާއެކު އެ ފައިސާ ދައްކަން ޒިންމާވޭތޯ، ތައްގަނޑުގެ ސައްޙަކަމާމެދު ބޭންކުން އުފެއްދި ސުވާލު ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުން ވަޒަންކުރާނީ ކިހިނެއްތޯ، އަދި ހައިކޯޓަށް ހުށަހެޅި ނުކުތާތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ލިބޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އެމް.ސީ.ބީ އިން ބުނީ ދަށު ކޯޓުތަކުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށާއި، ޗެކުގައިވާ ބޭންކް ގެރެންޓީ ތައްގަނޑަކީ ސައްޙަ ތައްގަނޑެއް ނޫން ކަމަށެވެ. ހުއްދައަށް ހުށަހެޅި ސަބަބުތަކަކީ ހައިކޯޓަށް ހުށަހެޅި ނުކުތާތަކެވެ.
ކޯޓުގެ ސަބަބުތައް
ފުލުހުންގެ K(g)DER/2016/079 ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި ދެ ތައްގަނޑުގެ ތަފާތު ހުރީ ދެލީގައި ކަމަށާއި ދެ ނިޝާނަކީ އެއް ތައްގަނޑެއްގެ ނިޝާން ކަމަށް ފާހަގަކޮށްފައިވާތީ ތައްގަނޑަކީ ސައްޙަ ތައްގަނޑެކެވެ. ފައިސާ ދިނުމުގެ ގެރެންޓީ ބޭންކުން ދީފައިވާތީ ފައިސާ ދިނުމުގެ ޒިންމާ ޝަރޫ ލޯންޗް ސަރވިސާއެކު ބޭންކުން އުފުލަންޖެހެއެވެ. ޤާނޫނަކާ ނުވަތަ ބޭންކިންގ ޤަވާޢިދަކާ ޚިލާފުވިކަން ބޭންކުން ސާބިތުކޮށްދީފައި ނުވާތީ ހުއްދަ ނުދެވެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފުކުރުމުގެ ހުއްދަ ނުދެވުނު؛ ސިވިލް ކޯޓުގެ 718/Cv-C/2017 ޙުކުމަށް ތާއީދުކުރި ހައިކޯޓުގެ 2018/HC-A/152 ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޗެކެއްގައި ބޭންކުން ޖަހާފައިވާ "ބޭންކް ގެރެންޓީ" ތައްގަނޑުގެ ސައްޙަކަމާމެދު ބޭންކުން ސުވާލު އުފައްދާފައިވިޔަސް، ސުވާލު އުފެދިފައިވާ ތައްގަނޑާއި ނަމޫނާ ތައްގަނޑުގެ ނިޝާންތަކުގެ ޕެޓާން، ސައިޒް، ނިޝާންތަކުގައި ހިމެނޭ މަޢުލޫމާތާއި އަކުރުތަކުގެ ފޮންޓާއި ފޮންޓް ސައިޒް ދިމާވެ، ތަފާތެއް ހުރީ ހަމައެކަނި ދެ ތައްގަނޑުގެ ދެލީގައިކަމަށާއި ދެ ނިޝާނަކީ އެއް ތައްގަނޑެއްގެ ނިޝާންތަކެއްކަމަށް ފުލުހުންގެ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާނަމަ، އެ ތައްގަނޑަކީ ސައްޙަ ތައްގަނޑެއްކަމަށް ބަލަންޖެހެއެވެ.)

HN2 ޗެކްގައިވާ ޢަދަދަށް ފައިސާ ދިނުމުގެ ގެރެންޓީ ބޭންކަކުން ދީފައިވާ ޗެކެއްގެ ފައިސާ ޗެކް ދޫކުރެވުނު ފަރާތަށް ލިބިފައި ނުވާނަމަ، އެ ފައިސާ ލިބިދިނުމުގެ ޒިންމާ، ޗެކް ދޫކުރި ފަރާތުގެ ހައިސިއްޔަތުން ޗެކް ދޫކުރި ފަރާތާއެކު ގެރެންޓީ ދިން ބޭންކުން އުފުލަންޖެހެއެވެ.)

HN3 ކަމާގުޅޭ ޤާނޫނުތަކާއި ބޭންކްތަކުގައި ޢާއްމުކޮށް ޢަމަލުކުރަމުން އަންނަ ޤަވާޢިދުތައް ތަޠުބީޤުކުރުމުގައި ދަށު ކޯޓުތަކުން އެއްވެސް ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފުވެފައިވާކަން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ސާބިތުކޮށްދީފައި ނުވާނަމަ، ހައިކޯޓުން ކޮށްފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭ އަސާސެއް ދައްކާފައިވާކަމަށް ނުބެލެވޭނެއެވެ.، (ރ))

HN4 ދަށު ކޯޓުގެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށްވެ، ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަނެ އިތުރު ގޮތެއް ކަނޑައަޅަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ހުށަހެޅިފައި ނުވާނަމަ، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދެވޭނެއެވެ.؛ ޙުކުމް)

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ދީދީ، ޢަބްދުﷲ ޢަރީފް، ޢަބްދުލްޣަނީ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ފޯމް ނަންބަރު: 2018/SC-L/139

ދަޢުވާކުރާ ފަރާތް: ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: 1. މުޙައްމަދު އަޠާ ޢަލީ، މ. ޔާގޫތުގެ / މާލެ 2. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 22 ނޮވެންބަރު 2018

ނިމުނު ތާރީޚް: 25 މާރިޗު 2019

މައްސަލަ ނިންމި ގަޑި: 11:56

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2018/HC-A/152

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅި ތާރީޚް: 14 އެޕްރީލް 2018

ނިމުނު ތާރީޚް: 28 އޮގަސްޓު 2018

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-L/139 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" އިން، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (އެމް.ސީ.ބީ) ގެ ފަރާތުން، މ. ޔާގޫތުގެ / މާލެ، މުޙައްމަދު އަޠާ ޢަލީ އާއި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ރައްދުވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އިޖުރާއީ ގޮތުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަކުރެވުނު ނުކުތާތައް:

1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-L/139 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" އިން، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، މ. ޔާގޫތުގެ / މާލެ، މުޙައްމަދު އަޠާ ޢަލީގެ ފަރާތުން ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 718/Cv-C/2017 ޤަޟިއްޔާ ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/152 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެކަންތައްތައް ފާހަގަކޮށް އެ ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މ. ޔާގޫތުގެ / މާލެ، މުޙައްމަދު އަޠާ ޢަލީ އާއި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެއެވެ.

2HN1HN2HN3HN4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނަންބަރު 2018/SC-L/139 ފޯމުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެ ނުކުތާތައް ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅޭ ޤަޟިއްޔާތަކަށާއި މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އިޖުރާއީ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކަށާއި، ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 718/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ފަހުން އަނބުރާ ދައްކާގޮތަށް، މ. ޔާގޫތުގެ / މާލެ މުޙައްމަދު އަޠާ ޢަލީ ދީފައިވާ 1,500,000ރ. (އެއް މިލިއަން ފަސްލައްކަ ރުފިޔާ) އަނބުރާ ދެއްކުމުގެ ގޮތުން ޝަރޫލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގައި ހުޅުވާފައިވާ އެ ކުންފުނީގެ ނަންބަރު 00000000004391 ޑޮލަރު އެކައުންޓުން ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ބޭންކް ގެރެންޓީއާއެކު މުޙައްމަދު އަޠާ ޢަލީއަށް ދޫކޮށްފައިވާ USD 100,000-00 (އެއްލައްކަ އެމެރިކާ ޑޮލަރު) ގެ ނަންބަރު 0660818 ޗެކް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕްރައިވެޓް ލިމިޓެޑުގައި މުޙައްމަދު އަޠާ ޢަލީ ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށް ހުށަހެޅުމުން އެ ޗެކަށް ލިބެންޖެހޭ ޑޮލަރު ލިބިފައިނުވާތީ، ފައިސާ ހޯދުމަށާއި، އަދި އެ ޑޮލަރު ނުލިބުމުގެ ސަބަބުން މުޙައްމަދު އަޠާ ޢަލީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި، ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މ. ޔާގޫތުގެ / މާލެ، މުޙައްމަދު އަޠާ ޢަލީގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުން ބަލާފައިވާ މައްސަލައެއްކަމާއި،

އެ ޤަޟިއްޔާގެ ޙުކުމުގައި ވަނީ "އިސްވެބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ނަންބަރު 0660818 ޗެކުގައި ބަޔާންކޮށްފައިވާ USD 100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) އަކީ ދަޢުވާލިބޭ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، ދަޢުވާކުރާ މ. ޔާގޫތުގެ / މާލެ މުޙައްމަދު އަޠާ ޢަލީ އަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ ދަޢުވާކުރާ މުޙައްމަދު އަޠާ ޢަލީއަށް ލިބިދިނުމުގެ ގޮތުން 20 ނޮވެންބަރު 2017 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ބުނެވުނު 100,000.00 USD (އެއްލައްކަ އެމެރިކާ ޑޮލަރު) ނުވަތަ އެއާ އެއްމިންވަރަށް ދިވެހި ފައިސާއިން ޖެހޭ ޢަދަދު ސިވިލް ކޯޓަށް ދައްކައި، މި ދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު ޝަރޫލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 718/Cv-C/2017 ޤަޟިއްޔާ ގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި މ. ޔާގޫތުގެ / މާލެ، މުޙައްމަދު އަޠާ ޢަލީގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/152 ޤަޟިއްޔާ ބަލައި ނިންމިއިރު ސިވިލް ކޯޓުގެ ނަންބަރު 718/Cv-C/2017 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމާފައިވާކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/152 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބެލިއިރު، އެ ސަބަބުތަކަކީ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ނުކުތާތަކެއްކަން އެނގެން އޮންނަކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/152 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ކަންތައްތަކުގެ (ށ)، (ނ)، (ރ)، (ބ)، (ޅ)، އަދި 15 ވަނަ ޞަފްޙާގައި ބުނެވިދިޔަ ނުކުތާތައް ފާހަގަކޮށްފައިވާ ކަން އެނގެން އޮންނަ ކަމާއި،

އަދި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގައި ހުޅުވާފައިވާ އެ ކުންފުނީގެ ނަންބަރު 00000000004391 ޑޮލަރު އެކައުންޓުން މުޙައްމަދު އަޠާ ޢަލީއަށް ދޫކޮށްފައިވާ 100,000.00 USD (އެއްލައްކަ އެމެރިކާ ޑޮލަރު) ގެ ނަންބަރު 0660818 ޗެކް ދޫކޮށްފައިވާއިރު، މި ޗެކަށް ގެރެންޓީ ދީފައިވަނީ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންކަން އެނގެން އޮންނަކަމާއި، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޗެކްގައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ސައްޙަކަމުގެ މައްޗަށް ސުވާލު އުފައްދާފައިވާއިރު، ސުވާލު އުފެދިފައިވާ ޗެކުގައިވާ ތައްގަނޑާއި، ނަމޫނާ ތައްގަނޑުގެ ނިޝާންތަކުގެ ޕެޓާން، ސައިޒް އަދި ނިޝާންތަކުގައި ހިމެނޭ މަޢުލޫމާތާއި އަކުރުތަކުގެ ފޮންޓާއި ފޮންޓް ސައިޒް ދިމާވާކަމާއި، ތަފާތެއް ހުރީ ހަމައެކަނި ދެ ތައްގަނޑުގެ ދެލީގައިކަމާއި، މި ދެ ނިޝާނަކީ އެއްތައްގަނޑެއްގެ ނިޝާންތަކެއްކަމަށް ތަޙްލީލަށް ފެންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(g)DER/2016/079 ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮތުމުން، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގައި ހުޅުވާފައިވާ އެ ކުންފުނީގެ ނަންބަރު 000000000004391 ޑޮލަރު އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 0660818 ޗެކުގައި ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖަހާފައިވާ "ބޭންކް ގެރެންޓީ" ތައްގަނޑަކީ ސައްޙަ ތައްގަނޑެއްކަމަށް ބަލަންޖެހޭކަމާއި،

ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މުޙައްމަދު އަޠާ ޢަލީއަށް 100,000.00 USD (އެއްލައްކަ އެމެރިކާ ޑޮލަރު) ގެ ނަންބަރު 0660818 ޗެކް ދޫކޮށްފައިވާއިރު، މި ޗެކަށް ލިބެންޖެހޭ ފައިސާ މުޙައްމަދު އަޠާ ޢަލީއަށް ލިބިފައިނުވާކަން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން މި ޗެކްގައިވާ ޢަދަދަށް ފައިސާ ދިނުމުގެ ގެރެންޓީ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދީފައިވާކަން އެނގެން އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 718/Cv-C/2017 ޤަޟިއްޔާގައި، މުޙައްމަދު އަޠާ ޢަލީއަށް މި ފައިސާ ލިބިދިނުމުގެ ޒިންމާ، ޗެކް ދޫކުރި ފަރާތުގެ ހައިސިއްޔަތުން ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއެކު ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އިން އުފުލަންޖެހޭ ކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 718/Cv-C/2017 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2018/HC-A/152 ޤަޟިއްޔާ ބެލުމުގައި ކަމާގުޅޭ ޤާނޫނުތަކާއި ބޭންކް ތަކުގައި ޢާއްމުކޮށް ޢަމަލު ކުރަމުން އަންނަ ޤަވާޢިދުތައް ތަޠުބީޤް ކުރުމުގައި އެއްވެސް ޤާނޫނަކާ ނުވަތަ ޤަވާއިދަކާ ޚިލާފުވެފައިވާކަން މި މައްސަލަ އިލްތިމާސް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސާބިތު ކޮށްދީފައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 718/Cv-C/2017 ޤަޟިއްޔާ އަށް ތާޢީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/152 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެއްކިފައިނުވާ ކަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 718/Cv-C/2017 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/152 ޤަޟިއްޔާގައި ބަލައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ބަލައިގަނެ އިތުރު ގޮތެއް ކަނޑައަޅަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ހުށަހެޅިފައި ނުވާތީ، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސަށް ހުށަހެޅުމުގެ ހުއްދަ ދެވެން ނެތްކަމަށް މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ