ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/SC-L/138

ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް މުޙައްމަދު އަދި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 މާރިޗު 2019ދަށު ކޯޓު: ހައިކޯޓު 2018/HC-A/153ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/153
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 39/Cv-C/2017 ޤަޟިއްޔާއިން ކަނޑައެޅީ 0660820 ނަންބަރު ޗެކުގައިވާ 150,000 އެމެރިކާ ޑޮލަރަކީ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި އެމް.ސީ.ބީން އިބްރާހީމް މުޙައްމަދަށް އަދާކުރަންޖެހޭ ފައިސާކަމަށެވެ. 20 ދުވަހުގެ ތެރޭގައި ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް އެންގިއެވެ. ހައިކޯޓުގެ 2018/HC-A/153 ޤަޟިއްޔާއިން އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް މުޙައްމަދު ދިން 2,313,000 ރުފިޔާ އަނބުރާ ދެއްކުމުގެ ގޮތުން، އެ ކުންފުނީގެ އެމް.ސީ.ބީގައިވާ ޑޮލަރު އެކައުންޓުން، ބޭންކް ގެރެންޓީއާއެކު 150,000 އެމެރިކާ ޑޮލަރުގެ ޗެކެއް ދޫކުރިއެވެ. ބޭންކަށް ޗެކު ހުށަހެޅުމުން ފައިސާ ނުލިބުމުން، އެ ފައިސާއާއި ގެއްލުމުގެ ބަދަލު ހޯދުމަށް ކުންފުންޏާއި ބޭންކުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުންޏެއްގެ ޑޮލަރު އެކައުންޓުން ދޫކުރި ޗެކެއްގައި ބޭންކުން "ބޭންކް ގެރެންޓީ" ތައްގަނޑު ޖަހާފައިވާއިރު، ޗެކަށް ފައިސާ ނުލިބުމުން ޗެކު ދޫކުރި ކުންފުންޏާއެކު ބޭންކުންވެސް އެ ފައިސާ ދިނުމުގެ ޒިންމާ އުފުލަންޖެހޭތޯ، ތައްގަނޑުގެ ޞައްޙަކަމާމެދު ބޭންކުން އުފެއްދި ސުވާލު ބަލަންވީ ގޮތާއި، ހައިކޯޓުގެ 2018/HC-A/153 ޙުކުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އެމް.ސީ.ބީން ބުނީ ސިވިލް ކޯޓާއި ހައިކޯޓުގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށެވެ. ޗެކުގައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްޙަކަމާމެދު ބޭންކުން ސުވާލު އުފެއްދިއެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި ސަބަބުތަކަކީ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކެވެ.
ކޯޓުގެ ސަބަބުތައް
ފުލުހުންގެ ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުން ފެނުނީ ޗެކުގައިވާ ތައްގަނޑާއި ނަމޫނާ ތައްގަނޑު ޕެޓާން، ސައިޒް، މަޢުލޫމާތާއި ފޮންޓުން ދިމާވާކަމާއި ތަފާތު ހުރީ ދެލީގައި ކަމެވެ. އެހެންކަމުން ތައްގަނޑަކީ ޞައްޙަ ތައްގަނޑެކެވެ. ބޭންކުން ގެރެންޓީ ދީފައިވާތީ ޗެކު ދޫކުރި ކުންފުންޏާއެކު ބޭންކުންވެސް ޒިންމާ އުފުލަންޖެހެއެވެ. ދަށު ކޯޓުތަކުން ޤާނޫނަކާ ނުވަތަ ބޭންކުތަކުގެ ޤަވާޢިދަކާ ޚިލާފުވިކަން ސާބިތުނުކުރާތީ ހުއްދަ ނުދެވެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ކަނޑައެޅި، ސިވިލް ކޯޓުގެ 39/Cv-C/2017 ޙުކުމަށް ތާއީދުކުރި ހައިކޯޓުގެ 2018/HC-A/153 ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ބޭންކެއްގެ ފަރާތުން ޗެކެއްގައި ޖަހާފައިވާ "ބޭންކް ގެރެންޓީ" ތައްގަނޑުގެ ޞައްޙަކަމާމެދު ސުވާލު އުފައްދާއިރު، ސުވާލު އުފެދިފައިވާ ޗެކުގައިވާ ތައްގަނޑާއި ނަމޫނާ ތައްގަނޑުގެ ނިޝާންތަކުގެ ޕެޓާން، ސައިޒް އަދި ނިޝާންތަކުގައި ހިމެނޭ މަޢުލޫމާތާއި އަކުރުތަކުގެ ފޮންޓާއި ފޮންޓް ސައިޒް ދިމާވެ، ތަފާތެއް ހުރީ ހަމައެކަނި ދެ ތައްގަނޑުގެ ދެލީގައިކަމާއި ދެ ނިޝާނަކީ އެއް ތައްގަނޑެއްގެ ނިޝާންތަކެއްކަމަށް ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާނަމަ، އެ ތައްގަނޑަކީ ޞައްޙަ ތައްގަނޑެއްކަމަށް ބަލަންޖެހެއެވެ.

HN2 ކުންފުންޏެއްގެ ނަމުގައި ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކުން ދޫކުރާ ޗެކެއްގައިވާ ޢަދަދަށް ފައިސާ ދިނުމުގެ ގެރެންޓީ އެ ބޭންކުގެ ފަރާތުން ދީފައިވާއިރު، އެ ޗެކަށް ލިބެންޖެހޭ ފައިސާ ޗެކު ލިބުނު ފަރާތަށް ލިބިފައި ނުވާނަމަ، އެ ފައިސާ ލިބިދިނުމުގެ ޒިންމާ، ޗެކު ދޫކުރި ފަރާތުގެ ހައިސިއްޔަތުން ކުންފުންޏާއެކު ބޭންކުންވެސް އުފުލަންޖެހެއެވެ.

HN3 ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން، ދަށު ކޯޓުތަކުން މައްސަލަ ބެލުމުގައި ކަމާގުޅޭ ޤާނޫނުތަކާއި ބޭންކުތަކުގައި ޢާއްމުކޮށް ޢަމަލުކުރަމުން އަންނަ ޤަވާޢިދުތައް ތަޠުބީޤުކުރުމުގައި އެއިން ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފުވެފައިވާކަން ސާބިތުކޮށްދީފައި ނުވާނަމަ، ހައިކޯޓުގެ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭ އަސާސެއް ދައްކާފައިވާކަމަށް ނުބެލެވޭނެއެވެ.

HN4 ސުޕްރީމް ކޯޓަށް ހުށަހަޅާ ސަބަބުތަކަކީ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކެއް ކަމުގައިވެ، އެ ނުކުތާތައް ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާއިރު، ހައިކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމުގައިވެ، ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަނެ އިތުރު ގޮތެއް ކަނޑައަޅަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ހުށަހެޅިފައި ނުވާނަމަ، ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ދީދީ، ޢަބްދުﷲ ޢަރީފް، ޢަބްދުލްޢަނީ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ފޯމް ނަންބަރު: 2018/SC-L/138

ދަޢުވާކުރާ ފަރާތް: ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް:

1އިބްރާހީމް މުޙައްމަދު، ހ.އޮކްސްފޯޑް

2HN1HN2HN3HN4ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މައްސަލަ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 22 ނޮވެންބަރު 2018

ނިމުނު ތާރީޚް: 25 މާރިޗު 2019

މައްސަލަ ނިންމި ގަޑި: 11:37

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދު

އިލްތިމާސްކުރެވުނު ޤަޝިއްޔާ

ނަންބަރު: 2018/HC-A/153

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅި ތާރީޚް: 18 އެޕްރީލް 2018

ނިމުނު ތާރީޚް: 28 އޮގަސްޓު 2018

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-L/138 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" އިން، ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (އެމް.ސީ.ބީ) ގެ ފަރާތުން، ހ. އޮކްސްފޯޑް / މާލެ، އިބްރާހީމް މުޙައްމަދު އާއި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ރައްދުވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން އިޖުރާއީ ގޮތުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަކުރެވުނު ނުކުތާތައް:

1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/138 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމް" އިން ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ހ. އޮކްސްފޯޑް / މާލެ، އިބްރާހީމް މުޙައްމަދުގެ ފަރާތުން ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި، ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 39/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/153 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެކަންތައްތައް ފާހަގަކޮށް އެ ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި، ދަ މޮރިޝަސް ކޮމަޝަރލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، ހ.އޮކްސްފޯޑް / މާލެ، އިބްރާހީމް މުޙައްމަދު އާއި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެއެވެ.

2HN1HN2HN3HN4ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނަންބަރު 2018/SC-L/138 ފޯމުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެ ނުކުތާތައް ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށާއި މި މައްސަލައާ ގުޅޭ ޤަޝިއްޔާތަކަށާއި މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި އިޖުރާއީ އަޑުއެހުމުގައި ދެކެވުނު ވާހަކަތަކަށާއި، ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 39/Cv-C/2017 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޝިއްޔާއަކީ، ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑަށް ފަހުން އަނބުރާ ދައްކާގޮތަށް، ހ. އޮކްސްފޯޑް / މާލެ އިބްރާހީމް މުޙައްމަދު ދީފައިވާ -2,313,000ރ. (ދެ މިލިއަން ތިންލައްކަ ތޭރަހާސް ރުފިޔާ) އަނބުރާ ދެއްކުމުގެ ގޮތުން ޝަރޫލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގައި ހުޅުވާފައިވާ އެ ކުންފުނީގެ ނަންބަރު 00000000004391 ޑޮލަރު އެކައުންޓުން ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ބޭންކް ގެރެންޓީއާއެކު އިބްރާހީމް މުޙައްމަދުއަށް ދޫކޮށްފައިވާ USD 150,000.00 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ގެ ނަންބަރު 0660820 ޗެކް، ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް ހުށަހެޅުމުން އެ ޗެކަށް ލިބެންޖެހޭ ޑޮލަރު ލިބިފައިނުވާތީ، އެ ފައިސާ ހޯދުމަށާއި، އަދި އެ ޑޮލަރު ނުލިބުމުގެ ސަބަބުން އިބްރާހީމް މުޙައްމަދަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހ. އޮކްސްފޯޑް / މާލެ އިބްރާހީމް މުޙައްމަދުގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުން ބަލާފައިވާ މައްސަލައެއްކަމާއި،

އެ ޤަޝިއްޔާގެ ޙުކުމުގައި ވަނީ "އިސްވެބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ނަންބަރު 0660820 ޗެކުގައި ބަޔާންކޮށްފައިވާ USD 150,000.00 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އަކީ ދަޢުވާލިބޭ ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރާ ހ. އޮކްސްފޯޑް / މާލެ އިބްރާހީމް މުޙައްމަދަށް އަދާކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،

މި ފައިސާ ދަޢުވާކުރާ އިބްރާހީމް މުޙައްމަދަށް ލިބިދިނުމުގެ ގޮތުން 20 ނޮވެންބަރު 2017 އިން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ބުނެވުނު USD 150,000.00 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ނުވަތަ އެއާ އެއްމިންވަރަށް ދިވެހި ފައިސާއިން ޖެހޭ ޢަދަދު ސިވިލް ކޯޓަށް ދައްކައި، މި ދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބުނު ޝަރޫލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 39/Cv-C/2017 ޤަޝިއްޔާ ގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއި، ހ. އޮކްސްފޯޑް / މާލެ، އިބްރާހީމް މުޙައްމަދުގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/153 ޤަސިއްޔާ ބަލައި، ނިންމިއިރު ސިވިލް ކޯޓުގެ ނަންބަރު 39/Cv-C/2017 ޤަސިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމާފައިވާކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/153 ޤަސިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސަށް ހުށަހަޅާފައިވާ ސަބަބުތަކަށް ބެލިއިރު، އެ ސަބަބުތަކަކީ ދަ މޮރިޝަސް ކޮމާރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ނުކުތާތަކެއްކަން އެނގެން އޮންނަކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/153 ޤަސިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ކަންތައްތަކުގެ (ށ)، (ނ)، (ރ)، (ޅ)، (ކ) އަދި (އ) ގައި ބުނެވިދިޔަ ނުކުތާތަށް ފާހަގަ ކޮށްފައިވާ ކަން އެނގެން އޮންނަ ކަމާއި،

އަދި ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގައި ހުޅުވާފައިވާ އެ ކުންފުނީގެ ނަންބަރު 00000000004391 ޑޮލަރު އެކައުންޓުން އިބްރާހީމް މުޙައްމަދަށް ދޫކޮށްފައިވާ 150,000.00 USD (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ގެ ނަންބަރު 0660820 ޗެކް ދޫކޮށްފައިވާއިރު، މި ޗެކަށް ގެރެންޓީ ދީފައިވަނީ ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންކަން އެނގެން އޮންނަކަމާއި، ދަ މޮރިޝަސް ކޮމަރސަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޗެކްގައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ސައްޙަކަމުގެ މައްޗަށް ސުވާލު އުފައްދާފައިވާއިރު، ސުވާލު އުފެދިފައިވާ ޗެކުގައިވާ ތައްގަނޑާއި، ނަމޫނާ ތައްގަނޑުގެ ނިޝާންތަކުގެ ޕެޓާން، ސައިޒް އަދި ނިޝާންތަކުގައި ހިމެނޭ މަޢުލޫމާތާއި އަކުރުތަކުގެ ފޮންޓާއި ފޮންޓް ސައިޒް ދިމާވާކަމާއި، ތަފާތެއް ހުރީ ހަމައެކަނި ދެ ތައްގަނޑުގެ ދެލީގައިކަމާއި، މި ދެ ނިޝާނަކީ އެއްތައްގަނޑެއްގެ ނިޝާންތަކެއްކަމަށް ތަޙްލީލަށް ފެންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(g)DER/2016/066 ޑޮކިއުމަންޓް އެގްޒަމިނޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮތުމުން، ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގައި ހުޅުވާފައިވާ އެ ކުންފުނީގެ ނަންބަރު 000000000004391 ޑޮލަރު އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 0660820 ޗެކުގައި ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖަހާފައިވާ "ބޭންކް ގެރެންޓީ" ތައްގަނޑަކީ ސައްޙަ ތައްގަނޑެއްކަމަށް ބަލަންޖެހޭކަމާއި،

ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހީމް މުޙައްމަދަށް USD 150,000.00 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) ގެ ނަންބަރު 0660820 ޗެކް ދޫކޮށްފައިވާއިރު، މި ޗެކަށް ލިބެންޖެހޭ ފައިސާ އިބްރާހީމް މުޙައްމަށް ލިބިފައިނުވާކަން މި މައްސަލައިގައި ހިމެނޭ ފަތާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން މި ޗެކްގައިވާ ޢަދަދަށް ފައިސާ ދިނުމުގެ ގެރެންޓީ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދީފައިވާކަން އެނގެން އޮތުމުން، ސިވިލް ކޯޓުގެނަންބަރު 39/Cv-C/2017 ޤަޟިއްޔާ ގައި، އިބްރާހީމް މުޙައްމަދަށް މި ފައިސާ ލިބިދިނުމުގެ ޒިންމާ، ޗެކް ދޫކުރި ފަރާތުގެ ހައިސިއްޔަތުން ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑާއެކު ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އިން އުފުލަންޖެހޭ ކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަކަމަކީ، ސިވިލްކޯޓުގެ ނަންބަރު 39/Cv-C/2017 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2018/HC-A/153 ޤަޟިއްޔާ ބެލުމުގައި ކަމާގުޅޭ ޤާނޫނުތަކާއި ބޭންކް ތަކުގައި ޢާއްމުކޮށް ޢަމަލު ކުރަމުން އަންނަ ޤަވާޢިދުތައް ޠަޠުބީޤް ކުރުމުގައި އެއިން ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފުވެފައިވާކަން މި މައްމަސަލަ އިލްތިމާސް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސާބިތު ކޮށްދީފައި ނުވާތީ، ސިވިލް ކޯޓުގެ ނަމްބަރ 39/Cv-C/2017 ޤަޝިއްޔާ އަށް ތާޢީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/153 ޤަޝިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެއްކިފައިނުވާ ކަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 39/Cv-C/2017 ޤަޝިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/153 ޤަޝިއްޔާގައި ބަލައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ބަލައިގަނެ އިތުރު ގޮތެއް ކަނޑައަޅަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ހުށަހެޅިފައި ނުވާތީ، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސަށް ހުށަހެޅުމުގެ ހުއްދަ ދެވެން ނެތްކަމަށް މި މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ