ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 14 · 2021/SC-A/88

އެޓާރނީ ޖެނެރަލްގެ އޮފީސް ވ. އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ އަދި ޢައްބާސް އަލީކަލޭފާނު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 މާރިޗު 2022ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/386
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހައިކޯޓުގެ 2018/HC-A/386 ޤަޟިއްޔާގައި ކަނޑައެޅީ، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލުނުކުރެވޭނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނާއިބު ކަމަށެވެ. އެ ނިންމުމާމެދު އެޓަރނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
މި އިސްތިއުނާފަކީ ހައިކޯޓުގެ ޤަޟިއްޔާއެއްގައި ހިމެނޭ ނިންމުންތަކުގެ ތެރެއިން، ބަންޑާރަ ބިމާ ގުޅޭ މައްސަލަތަކުގައި ފެންފުށީ ކައުންސިލް ފަދަ ލޯކަލް ކައުންސިލްތައް ކޯޓުގައި ތަމްސީލުކުރާނެ ފަރާތާ ބެހޭ ނިންމުމަށް ކުރެވުނު އިސްތިއުނާފެކެވެ. ޤަޟިއްޔާގެ އަޞްލު ތަފްޞީލުތައް ސުޕްރީމް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލްތައް ކޯޓުގައި ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނާއިބުތޯ، ނުވަތަ އެ ކައުންސިލްތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލުކުރެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އެޓަރނީ ޖެނެރަލް ބުނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ޤާނޫނީ ޝަޚްޞުތަކެއް ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ އެ މާއްދާ މާނަކުރުމުގައި ހެދިފައިވާ ކުށެއް ކަމަށެވެ. އަދި ހައިކޯޓުން ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ބޭނުންކުރި ގޮތަކީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާއާއި 56-1 އާއި 56-2 ވަނަ މާއްދާތަކާއި ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ މަޤްޞަދު ނަފީވާ ގޮތެއް ކަމަށް ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ފާހަގަކުރީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަ ނާއިބަކީ ސަރުކާރަށް ޤާނޫނީ ލަފާދޭ މީހާ ކަމަށާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަކީ ސަރުކާރާ ވަކިން އުފައްދާފައިވާ ޤާނޫނީ ޝަޚްޞުތަކެއް ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ކައުންސިލްތައް ކޯޓުގައި ތަމްސީލުކުރާނީ އެ ކައުންސިލްތަކުން އަމިއްލައަށް ކަމަށާއި، ބަންޑާރަ ނާއިބު ކައުންސިލްތައް ތަމްސީލުކުރުމަކީ ކައުންސިލްތަކުގެ މިނިވަންކަމާ ފުށުއަރާ ކަމެއް ކަމަށް ކަނޑައެޅިއެވެ. ހައިކޯޓުގެ ނިންމުމަކީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 21 ވަނަ، 56-1 ވަނަ އަދި 56-2 ވަނަ މާއްދާތަކާއި ޤާނޫނުއަސާސީގެ އަށްވަނަ ބާބާ ޚިލާފު ނިންމުމެއްކަމަށް ބަލައި، އެ ނިންމުން އިއްތިފާޤުން ބާޠިލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 21 ވަނަ މާއްދާގައި ބުނެފައިވަނީ އެކައުންސިލުތަކަކީ ސަރުކާރާ ވަކިން އުފައްދާފައިވާ ގާނޫނީ ޝަޚުސުތަކެއް ކަމަށެވެ. އޭގެ މާނައަކީ ކައުންސިލުތަކަކީ ސަރުކާރާ ވަކިން މުދާ މިލްކުކޮށް، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަޚްސެއް ކަމަށް އެކައުންސިލުތައް ވެގެން ދިއުމެވެ.

HN2 އެހެންކަމުން ލޯކަލް ކައުންސިލުތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ލޯކަލް ކައުންސިލެއްގެ މައްޗަށް އުފުލޭ ދައުވާތަކާއި އެ ކައުންސިލުން ކުރާ ދައުވާތަކާއި ހިންގާ މައްސަލަތަކުގައި އެ ކައުންސިލުތައް ތަމްސީލުކުރާނީ އެ ކައުންސިލެއް އަމިއްލަ އަށެވެ. ކައުންސިލުން ގާނޫނީ ވަކީލުން އައްޔަންކޮށްގެން ނުވަތަ ނުކޮށެވެ.

HN3 ލޯކަލް ކައުންސިލުތައް އުފެދިފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން ގާނޫނަކުން ކައުންސިލުތަކުގެ އިޚްތިސާސްތެރޭގައި ހިމަނާފައިވާ ކަންކަން ކުރުމަށް، ސަރުކާރާ ވަކިން، އަދި ސީދާ ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ހިންގާ މިނިވަން ކައުންސިލުތަކެއްގެ ގޮތުގައެވެ. ބަންޑާރަ ނާއިބަކީ ސަރުކާރުގެ އިސް ގާނޫނީ ވަކީލުކަމުގައި ވާތީވެ، ބަންޑާރަ ނާއިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލުތައް ތަމްސީލުކުރުމަކީ ކައުންސިލުތަކަށް ދީފައިވާ މިނިވަންކަމާ ފުށުއަރާ އަދި، ބައެއް ފަހަރު ދެފަރާތުގެ މަސްލަހަތުވެސް ފުށު އަރާފާނޭ ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު

ޙުސައިން ތާއީދު ކުރައްވާފައި) ތައާރަފު

1އެޓަރނީ ޖެނެރަލްގެ ފަރާތުން މި ގަޒިއްޔާގައި އިސްތިއުނާފުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ނަންބަރު 2018/HC-A/386 ގަޒިއްޔާގައި ލޯކަލް ކައުންސިލުތައް ކޯޓުގައި ތަމްސީލުކުރާނެ ފަރާތަކާ ބެހޭ ގޮތުން ހައިކޯޓުން ނިންމި ނިންމުމެކެވެ.

އިސްތިއުނާފުކުރެވުނު ހައިކޯޓުގެ ނިންމުން

2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/386 ގަޒިއްޔާގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން، އިސްތިއުނާފުކުރުމަށްޓަކައި އެޓާރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ނިންމުމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ، ލޯކަލް ކައުންސިލުތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ލޯކަލް ކައުންސިލުތައް އަމިއްލައަށް ކޯޓުގައި ތަމްސީލުނުކުރެވޭނެ ކަމަށާއި، ބަންޑާރަބިން ފަދަ ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ކައުންސިލުތައް ކޯޓުގައި ތަމްސީލުކުރަންޖެހޭނީ ބަނޑާރަ ނާއިބުގެ ފަރާތުން ކަމަށެވެ. ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތައް

3ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އެޓަރނީ ޖެނެރަލްގެ ފަރާތުން ދެ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ. އެއީ؛

(ހ) ލޯކަލް ކައުންސިލުތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަޚްޞެއްއް ކަމަށް ވީނަމަވެސް، ކައުންސިލުތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިންތަކާއި ގުޅޭ މައްސަލަތަކުގައި ތަމްސީލުކުރުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 21 ވަނަ މާއްދާ މާނަކުރުމުގައި އަދި ތަޠުބީގުކުރުމުގައި ހެދިފައިވާ ކުށެއްކަމަށްވުން.

(ށ) ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި 252 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2018/06 (25 ސެޕްޓެމްބަރު 2018) އާއްމު ސިޓީއާ ހަވާލާދީ ލޯކަލް ކައުންސިލްތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިންތަކާގުޅޭ މައްސަލަތަކުގައި ގާނޫނީ ލަފާ ދިނުމާއި، އަދި ދައުލަތް ތަމްސީލުކުރުމަކީ ބަންޑާރަ ނާއިބުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަނަ މާއްދާއާއި، އެ ގާނޫނުގެ 1-56 ވަނަ މާއްދާއާއި، އެ ގާނޫނުގެ 2-56 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާ ތައާރަޒުވާ ގޮތަށް އެ މާއްދާތަކުން ހާސިލުކުރަން ބޭނުންވާ މަގްސަދު ނަފީވާގޮތަށް ކަމަށްވުން.

ބަންޑާރަ ނާއިބުގެ ދުސްތޫރީ ވާޖިބު

4ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ބަންޑާރަ ނާއިބަކީ ސަރުކާރަށް ގާނޫނީ ލަފަޔާއި މަސްވަރާދޭ މީހާ ކަމަށެވެ. ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ބަނޑާރަ ނައިބުގެ ވާޖިބުގެ ތެރޭގައި ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ޤާނޫނުއަސާސީއިންނާއި ގާނޫނުން ބަންޑާރަނައިބާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުން ހިމެނޭ ކަމަށެވެ. ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޒިރުވެ ވާހަކަދެއްކުމުގެ ހައްގު ބަންޑާރަ ނާއިބަށް ލިބިގެންވާ ކަމަށެވެ. އަދި ޤާނޫނުއަސާސީއިންނާއި ގާނޫނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެންކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކަމަށެވެ. ކައުންސިލުތަކުގެ ގާނޫނީ ހައިސިއްޔަތު އަދި ބާރުގެ ދާއިރާ

5HN1HN22008 ގައި ދިވެހިރާއްޖޭގައި އަމަލުކުރަން ފެށި ޤާނޫނުއަސާސީ އިން އިހުޒަމާނުއްސުރެ ދިވެހި ދައުލަތް ހިންގަމުން އައިގޮތަށާއި ވައްޓަފާޅިއަށް، ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްފައި ވެއެވެ. ދައުލަތް އިންތިޒާމުކޮށް ހިންގަމުން އަންނަ ގޮތް ބަދަލުކޮށްފައި ވެއެވެ. މިގޮތުން؛ ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި، އެހެން ނަމަވެސް ސަރުކާރާއި ވަކިން (1) ދައުލަތް ހިންގުމަށާއި، (2) ދައުލަތް ހިންގާފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، އައު މުއައްސަސާތަކާއި އައު އިދާރާތައް އުފައްދާފައިވެއެވެ. އަދި ޤާނޫނުއަސާސީއިންނާއި ގާނޫނުތަކުން ހަމަޖައްސާފައިވަނީ އެފަދަ މިނިވަން މުއައްސަސާތަކާއި އިދާރާތަކަކީ، ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ، ނަމަވެސް، ސަރުކާރާއި ވަކިން އުފައްދާފައިވާ ގާނޫނީ ޝަޚުސުތަކުގެ ގޮތުގައެވެ. މި ގޮތުން ދައުލަތް ހިންގުމަށް ގެނެވުނު ބަދަލުތަކުގެ ދުވަހުގެ ތެރޭގައި ހިންގަމުން އައިސްފައިވާ ގޮތަށް ގެނެވިފައިވާ ބަދަލެވެ. އެގޮތުން، ވޭތުވެދިޔަ މާޒީގައި ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ސީދާ ސަރުކާރުން ހިންގުމުގެ ބަދަލުގައި، ޤާނޫނުއަސާސީގެ އަށްވަނަ ބާބުގައި މިހާރު ކަނޑައަޅާފައިވަނީ އެ ސަރަހައްދެއްގެ ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ހިމެނޭ ލޯކަލް ކައުންސިލުތަކުން އަތޮޅުތަކާއި ރަށްރަށް ހިންގުމަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ 21 ވަނަ މާއްދާގައި ބުނެފައިވަނީ އެކައުންސިލުތަކަކީ ސަރުކާރާ ވަކިން އުފައްދާފައިވާ ގާނޫނީ ޝަޚުސުތަކެއް ކަމަށެވެ. އޭގެ މާނައަކީ ކައުންސިލުތަކަކީ ސަރުކާރާ ވަކިން މުދާ މިލްކުކޮށް، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ޝަޚްސެއް ކަމަށް އެކައުންސިލުތައް ވެގެން ދިއުމެވެ. އެހެންކަމުން ލޯކަލް ކައުންސިލުތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމުގައި ލޯކަލް ކައުންސިލެއްގެ މައްޗަށް އުފުލޭ ދައުވާތަކާއި އެ ކައުންސިލުން ކުރާ ދައުވާތަކާއި ހިންގާ މައްސަލަތަކުގައި އެ ކައުންސިލުތައް ތަމްސީލުކުރާނީ އެ ކައުންސިލެއް އަމިއްލަ އަށެވެ. ކައުންސިލުން ގާނޫނީ ވަކީލުން އައްޔަންކޮށްގެން ނުވަތަ ނުކޮށެވެ.

6HN3ކުރިންވެސް ބަޔާންކުރި ފަދައިން ލޯކަލް ކައުންސިލުތައް އުފެދިފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދައުލަތް ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ މަސްއޫލިއްޔަތުތަކުގެ ތެރެއިން ގާނޫނަކުން ކައުންސިލުތަކުގެ އިޚްތިސާސްތެރޭގައި ހިމަނާފައިވާ ކަންކަން ކުރުމަށް، ސަރުކާރާ ވަކިން، އަދި ސީދާ ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ހިންގާ މިނިވަން ކައުންސިލުތަކެއްގެ ގޮތުގައެވެ. ބަންޑާރަ ނާއިބަކީ ސަރުކާރުގެ އިސް ގާނޫނީ ވަކީލުކަމުގައި ވާތީވެ، ބަންޑާރަ ނާއިބުގެ ފަރާތުން ކޯޓުތަކުގައި ކައުންސިލުތައް 1 ޤާނޫނު ނަންބަރު: 7/2010 2 ޤާނޫނު ނަންބަރު 1/2017 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ކުރިންސާލޭނު [މިވެހިރާއްޖޭ ނަންބަރު 7/2010 ގެ 22 ވަނަ މާއްދާ ތަމްސީލުކުރުމަކީ ކައުންސިލުތަކަށް ދީފައިވާ މިނިވަންކަމާ ފުށުއަރާ އަދި، ބައެއް ފަހަރު ދެފަރާތުގެ މަސްލަހަތުވެސް ފުށު އަރާފާނޭ ކަމެކެވެ.

7މަތީގައިވާ ސަބަބުތައް އެހެން ހުރުމުން، ލޯކަލް ކައުންސިލުތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލުތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލުނުކުރެވޭނެ ކަމަށާއި، މި ބާވަތުގެ ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނާއިބުގެ ފަރާތުން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/386 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 21 ވަނަ މާއްދާއާއި، އެ ގާނޫނުގެ 1-56 ވަނަ މާއްދާއާއި، އެ ގާނޫނުގެ 2-56 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އަށްވަނަ ބާބާއި ޚިލާފަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/386 ގަޒިއްޔާގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން މި ގަޒިއްޔާގައި އެޓާރނީ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ނިންމުން ބާތިލުކުރަންޖޭކަމަށް ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

8މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

9މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ލޯކަލް ކައުންސިލުތަކުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލުތަކަށް އަމިއްލައަށް ކޯޓުގައި ތަމްސީލުނުކުރެވޭނެ ކަމަށާއި، މި ބާވަތުގެ ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނާއިބުގެ ފަރާތުން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/386 ގަޒިއްޔާގައި ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ބާޠިލު ކޮށްފީމެވެ. މި ގަޒިއްޔާ ބަލައި ހުކުމް ކުރީ: (ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނުއަސާސީގެ 133 ވަނަ މާއްދާ
  • ޤާނޫނުއަސާސީގެ އަށްވަނަ ބާބު
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 21 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-1 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56-2 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ