މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މީރާއިން ކުރި އޮޑިޓުގައި، ޑްރިފްޓްވުޑުން އިތުރަށް US$50,466.68 ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، އެ ނިންމުމަށް ހުށަހެޅި އިޢުތިރާޟު މީރާއިން ރައްދުކުރިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން މީރާގެ ނިންމުމަށް ތާއީދުކުރިއެވެ. ޑްރިފްޓްވުޑުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކޮށް، ދައްކަންޖެހޭ ޖީއެސްޓީއަކީ US$31,970.79 ކަމަށް ނިންމިއެވެ. އެ ނިންމުން މީރާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ޑްރިފްޓްވުޑުން ހިންގާ ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ ރިސޯޓަށް ވާރލްޑް އޮފް ހަޔަޓް ލޯޔަލްޓީ ސްކީމްގެ ދަށުން ކޮޓަރި ދޫކުރުމުގައި، ސްކީމުން ދޭ ކޮމްޕެންސޭޝަނުގެ އަގަށް ބަލައި ޖީއެސްޓީ ހިސާބުކުރިއެވެ. މީރާއިން ބާޒާރުގެ އަގުގެ ގޮތުގައި އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރް) ބޭނުންކުރިއިރު، އޭޑީއާރް ބޮޑުވާ ދުވަސްތަކުގައި އެކަނި އޭޑީއާރް ތަޠުބީޤުކޮށް، ކުޑަވާ ދުވަސްތަކުގައި ޑްރިފްޓްވުޑުން ނެގި އަގު ދޫކޮށްލިއެވެ. ޑްރިފްޓްވުޑުން ބުނީ، ޚިލާފުވެފައިވާ US$18,865.21 އަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ނެގިފައިވާ ޖީއެސްޓީ، ޖީއެސްޓީ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން ޓެކުހުގެ ގޮތުގައި މީރާއަށް ނެގޭނީ އެ ފައިސާ ކަސްޓަމަރުންނަށް އަނބުރާ ދިނުމުގެ ފުރުޞަތު ދިނުމަށްފަހުތޯ؛ އަދި ޓެކްސް ދައްކާ ފަރާތުން ހުށަހެޅި އަދަދު ތަޙުޤީޤުނުކޮށް ހައިކޯޓަށް ބަލައިގަނެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މީރާއިން ބުނީ، ޖީއެސްޓީ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން، ކަސްޓަމަރަށް އަނބުރާ ނުދީ ހުރި އިތުރަށް ނެގުނު ޖީއެސްޓީ މީރާއަށް ނެގޭނެ ކަމަށާއި، US$31,970.79 ގެ އަދަދު ހައިކޯޓުން ބަލައިގަތީ ތަޙުޤީޤުނުކޮށް ކަމަށެވެ. ޑްރިފްޓްވުޑުން ބުނީ، މީރާއިން ބާޒާރުގެ އަގު ތަޠުބީޤުކުރީ އެއް ހަމައަކުން ނޫން ކަމަށާއި، އިތުރަށް ނެގުނު ޖީއެސްޓީ ކަސްޓަމަރުންނަށް އަނބުރާ ދިނުމުގެ ފުރުޞަތު ނުދީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 13 ވަނަ މާއްދާ ތަޠުބީޤުނުކުރެވޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޖީއެސްޓީ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގެ ލަފުޒު ސާފުކަމުން، އިތުރަށް ނެގުނު ޖީއެސްޓީ މީރާއަށް ނެގޭނީ އަނބުރާ ދިނުމަށް މުއްދަތެއް ލިބި، އެ މުއްދަތުގައި އަނބުރާ ނުދީފިނަމަ ކަމަށެވެ. އިތުރަށް ނެގުނުކަން އެނގުނީ އޮޑިޓުގައި ކަމުން، އެ ފުރުޞަތު ޑްރިފްޓްވުޑަށް ލިބިފައި ނުވާތީ ހައިކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ. ނަމަވެސް ޑްރިފްޓްވުޑުން ހުށަހެޅި US$31,970.79 ގެ އަދަދު މީރާއިން ޤަބޫލުކޮށްފައި ނުވާއިރު ހައިކޯޓުން އެ އަދަދު ކަށަވަރުނުކޮށް ބަލައިގަތުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެންކަމުން ޚަޞްމުންނަށް ފުރުޞަތު ދީ ސައްހަ އަދަދު ކަނޑައެޅުމަށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.
ނިންމުން
ބައެއް ބަދަލުކުރިހައިކޯޓުގެ ޙުކުމުގެ ބައެއް ޤާއިމް؛ ޓެކްސްގެ އަދަދު ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގައިވާ އިބާރާތަށް ބަލާއިރު، އެ މާއްދާގައި ލިޔެފައި އޮތީ އިތުރަށް ނެގިފައިވާ ޖީއެސްޓީ ޓެކުހުގެ ގޮތުގައި މީރާއަށް ނެގޭނީ އިތުރަށް ނެގިފައިވާ ޓެކްސް ކަސްޓަމަރަށް އަނބުރާ ދީފައި ނުވާނަމަ ކަމަށެވެ. އެހެންކަމުން އިތުރަށް ނެގިފައިވާ ޖީއެސްޓީ ފައިސާ، ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގައިވާ ގޮތަށް ޓެކުހުގެ ގޮތުގައި މީރާއަށް ނެގޭނީ އެފައިސާ އަނބުރާ ކަސްޓަމަރަށް ރައްދުކުރުމަށް މުއްދަތެއް ލިބި އެމުއްދަތުގައި ޑްރިފްޓްވުޑްއިން އެފައިސާ ކަސްޓަމަރަށް ނުވަތަ ކަސްޓަމަރުންނަށް ރައްދުކޮށްފައިނުވާ ނަމައެވެ.
HN2 މި މައްސަލައިގައި އިތުރަށް ޖީއެސްޓީ ނެގިފައިހުރިކަން އެނގުނީ އޮޑިޓްގެ މަރުހަލާގައި ކަމުން އެފައިސާ ކަސްޓަމަރު އަނބުރާ ރައްދުކުރުމަށް މީރާއިން ފުރުސަތުދޭންޖެހޭނެ ކަން އެނގެއެވެ. އެ ފުރުސަތު ޑްރިފްޓުވުޑަށް ދިނުމެއް ނެތި އިތުރަށް ނެގިފައިވާ ފައިސާ ޓެކުހުގެގޮތުގައި ދައުލަތަށް ނެގިދާނެ ކަމަށް ނުފެނެއެވެ.
HN3 ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގައިވާ އިބާރާތުގެ މާނައަކީ ކޮބައިކަން ސާފުސާދާކޮށް އެނގެން އޮތުމުން މި މާއްދާގައި ބުނަނީ ކޮބައިކަން ދެނެގަތުމަށް މިނޫން އެހެން މަސްދަރަކަށް ރުޖޫއަވާންޖެހޭކަމަށް ނުދެކެމެވެ.
HN4 ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުކަމުގައި ޑްރިފްޓްވުޑްގެ ފަރާތުން ބުނާ އަދަދަކީ މީރާއިން އެއްވެސް މަރުހަލާއެއްގައި ކަށަވަރުކޮށްދީފައިވާ އަދަދެއް ނޫނެވެ. އަދި އެ އަދަދީ މީރާ ގަބޫލުކުރާ އަދަދެއް ކަމަށް އެއްވެސް މަރުހަލާއެއްގައި ބުނެފައިނުވެއެވެ. އެހެންކަމުން، އެ އަދަދާމެދު ހަސްމުން ވާހަކަ ދައްކާ، ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދާއި އަދި އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދަކީ ކޮބައިކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކުރުމެއް ނެތި، ޑްރިފްޓްވުޑުން ހުށަހަޅާފައިވާ އަދަދަކީ ސައްހަ އަދަދުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ގޮތަކީ ރަނގަޅުގޮތެއް ކަމަށް ނުދެކެމެވެ.
HN5 މަތީގައި ބަޔާންކުރެވުނު ސަބަބަށްޓަކައި ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދާއި އަދި އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދަކީ ކޮބައިކަމާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގެ ޝަރިއަތުގެ މަރުހަލާގައި ޚަސްމުންނަށް ދީފައިނުވާތީވެ، އެ ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި އަލުން ޚަސްމުންނަށްދީ، ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދާއި އަދި އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދަކީ ކޮބައިކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހޭ ކަމަށް ދެކެމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު
ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފުގެ މި މައްސަލައިގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ") އާއި އިސްތިއުނާފު އިސްތިއުނާފު ރައްދުވާ ފަރާތްކަމުގައިވާ ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "ޑްރިފްޓްވުޑް") އާ ދެމެދު ދެބަސްވުން އުފެދިފައިވަނީ ޑްރިފްޓްވުޑުން ހިންގާ "ޕާކް ހަޔަޓް މޯލްޑިވްސް ހަނޑަހާ" ރިސޯޓަށް ލޯޔަލްޓީ ސްކީމެއްގެ ދަށުން އައި ގެސްޓުންނަށް ދޫކޮށްފައިވާ ކޮޓަރިތަކާ ގުޅިގެން ދައްކަންޖެހޭ މުދަލާއި ޚިދުމަތުގެ އަގުން ނަގާ 'ގުޑްސް އެންޑް ސަރވިސަސް ޓެކްސް' (މީގެ ފަހުން 'ޖީއެސްޓީ') ހިސާބުކުރާނެ ގޮތާމެދުގައާއި، ގާނޫނުގެ ދަށުން ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ޖީއެސްޓީ ނެގިފައިވާނަމަ އަމަލުކުރަންޖެހޭ ގޮތާމެދުގައެވެ.
މައްސަލައިގެ ފަސްފަހަތް
201 ނޮވެމްބަރު 2017 އިން ފެށިގެން 31 ޖުލައި 2018 ގެ ނިޔަލަށް ހިނގި ފެށިގެން އިން ޖީއެސްޓީ ހިސާބުކޮށްފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނާ (މީގެފަހުން 'ޖީއެސްޓީ ގާނޫނު') އެއްގޮތަށްތޯ ބެލުމަށް މީރާ އިން އޮޑިޓެއް ކުރިއެވެ. (ނޯޓާ) ގައި ޑްރިފްޓްވުޑަށް އަންގާފައިވަނީ ޑްރިފްޓްވުޑުން ކޮޓަރި ވިއްކައިގެން ލިބުނު އާމްދަނީ ހިސާބުކޮށްފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު (މީގެ ފަހުން 'ޖީއެސްޓީ ގަވާއިދު') ގެ މ.28 (ށ) އާ އެއްގޮތަށް ނޫން ކަމަށާއި، އެހެންކަމުން، މީރާއިން ގެނައި މި އިސްލާހާ ގުޅިގެން ޑްރިފްޓްވުޑުން މީރާއަށް އިތުރަށް US$50,466.68 ދައްކަންޖެހޭ ކަމަށެވެ.
4މީރާގެ މި ނިންމުމަށް އިއުތިރާޒުކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ މ.42 ގެ ދަށުން 23 ޖެނުއަރީ 2020 ގައި ޑްރިފްޓްވުޑްއިން މީރާއަށް އިއުތިރާޒެއް ހުށަހެޅިއެވެ. ޑްރިފްޑްވުޑްއިން ހުށަހެޅި އިއުތިރާޒުގައި ބުނެފައިވަނީ ހިސާބުކުރުމުގައި ހަމަހަމަކަމެއް ނެތް ކަމަށެވެ. އެގޮތުން ޚިދުމަތުގެ އަގު ކަނޑައެޅޭނީ ބާޒާރުގެ އަގަށް ބިނާކޮށް ކަމަށާއި، ބާޒާރު އަގަކީ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރް) ކަމަށް މީރާއިން ނިންމާފައިވާއިރު، ލޯޔަލްޓީ ސްކީމްގެ ދަށުން ކޮށްފައިވާ އެންމެހައި މުއާމަލާތުތަކަށް މީރާއިން މި މިންގަނޑު ތަތުބީގުކޮށްފައި ނުވާކަމަށެވެ.
5މިގޮތުން ޚިދުމަތުގެ އަގު ކަނޑައެޅޭނީ ބާޒާރުއަގަށް ބިނާކޮށްގެން ކަމަށާއި ބާޒާރުގެ އަގަކީ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރް) ކަމަށް މީރާއިން ނިންމާފައިވާއިރު ލޯޔަލްޓީ ސްކީމްގެ ދަށުން ކޮށްފައިވާ އެންމެހައި މުއާމަލާތުތަކަށް މީރާއިން މި މިންގަނޑު ތަތުބީގުކޮށްފައި ނުވާ ކަމަށް ބުނެ ޑްރިފްޓްވުޑްގެ ފަރާތުން ބުނާ ބުނުމުގެ ތަފްސީލުގައި ބުނެފައިވަނީ ޖީއެސްޓީ އަށް ދައްކަންޖެހޭ އަދަދު ހިސާބު ހެދުމުގައި ޑްރިފްޓްވުޑްއިން ޚިދުމަތުގެ އަގު ކަމުގައި ބެލި އަދަދު މީރާއިން ކަނޑައެޅި އޭޑީއާރްގެ އަދަދަށްވުރެ މަދު ދުވަސްތަކަށް އޭޑީއާރް ތަތުބީގުކޮށްފައިވާއިރު، އެއަދަދު ބޮޑުވާ ހާލަތުގައި ޚިދުމަތުގެ އަގުގެ ގޮތުގައި އޭޑީއާރް އަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މި އިއުތިރާޒުގައި 1002617/NOTA-TGST/LBD/2019/05 (29 ޑިސެމްބަރު 2019) ޑްރިފްޓްވުޑުން ބުނެފައިވަނީ މީރާއަށް ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައަޅާފައިވާ US$50,466.68 ގެ ތެރެއިން US$18,865.21 އަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށެވެ.
6ޑްރިފްޓުވުޑުން ހުށަހެޅި މި އިއުތިރާޒު މުރާޖައާކުރުމަށްފަހު މީރާއިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ މީރާއިން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި، ޖީއެސްޓީ ގަވާއިދުގައި ބުނެފައިވާ ގޮތާ ޚިލާފަށް ޑްރިފްޓްވުޑުން ޖީއެސްޓީ ހިސާބުކޮށް ޖީއެސްޓީ ނަގަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ނަގާފައިވާތީ، އިތުރަށް ނެގުނު ޓެކްސްގެ މިންވަރު އަނބުރާ ދީފައިނުވާތީވެ، އެ ފައިސާއަކީ މީރާއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ
7މީރާގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން މީރާގެ ނިންމުން އިސްތިއުނާފުކުރުމަށް ޑްރިފްޓްވުޑްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް (މީގެ ފަހުން "ޓްރައިބިއުނަލް") މައްސަލަ ހުށަހެޅިއެވެ. ޑްރިފްޓްވުޑްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި އެދިފައިވަނީ އެ ޓްރައިބިއުނަލުން އަންނަނިވި ކަންކަން ކަނޑައަޅައިދިނުމަށެވެ.
(ހ) ކޮޓަރީގެ ބާޒާރުގެ އަގު ކަނޑައެޅުމުގައި ހަމަހަމަކަމާއެކު އޭޑީއާރް ތަތުބީގުކޮށް، އޭޑީއާރް ރެކޯޑުކުރެވިފައިވާ ކޮޓަރީގެ އަގަށްވުރެ ކުޑަވާ ހާލަތުގައިވެސް ތަތުބީގުކުރުމަށް އަމުރުކޮށް ދިނުމަށް.
(ށ) މީރާއިން ކަނޑައަޅާފައިވާ US$50,466.68 އަކީ ޖީއެސްޓީ ގަވާއިދުގެ މ.25 ގެ
(ހ)، (ށ)، (ނ) އަދި (ރ) އާ ޚިލާފަށް މީރާއިން ކަނޑައަޅާފައިވާ އަދަދެއް ކަމަށް އަމުރުކޮށް ދިނުމަށް.
(ނ) މީރާއާއި ޑްރީފްޓްވުޑްއާ ދެމެދު ޚުސޫމަތު އުފެދިފައިވާ US$18,865.21 އަކީ ޖީއެސްޓީގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ އަދަދެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް. އަދި
(ރ) ޖީއެސްޓީގެ ގޮތުގައި ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ އަދަދަކީ US$31,970.79 ކަމަށް ކަނޑައަޅައިދިނުމަށް.
8މައިގަނޑު ގޮތެއްގައި ޑްރިފްޓްވުޑުން ބުނެފައިވަނީ މީރާއިން ހަދާފައިވާ ޖީއެސްޓީ އޮޑިޓް ރިޕޯޓުގެ ހޯދުންތަކުގެ ތެރެއިން 4.1 ގައި، މީރާ އިން ބާޒާރުގެ އަގު ހިސާބުކޮށްފައިވަނީ ޖީއެސްޓީ ގަވާއިދުގެ
25.7 ގެ (ހ)، (ށ)، (ނ) (ނ) އަދި (ރ) އާ ޚިލާފަށް ކަމަށާއި އެހެނީ މި މާއްދާތަކުގައި ބާޒާރު އަގު ކަނޑައެޅުމުގައި މީރާއިން ރިއާޔަތްކޮށްފައިވަނީ އެވްރެޖް ޑެއިލީ ރޭޓް ބޮޑުވާ ހާލަތުގައި އެކަނި ކަމަށެވެ.
9ނިންމުމުގައި ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ނިންމުމުގައި ޓްރައިބިއުނަލުން ބުނެފައިވަނީ މީރާއިން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި، މީރާއިން ކަނޑައެޅި އޭޑީއާރް އަދަދަކީ ޖީއެސްޓީ ގަވާއިދުގެ 25.7 (ށ) އާ އެއްގޮތަށް ހަދާފައިވާ ބާޒާރުގެ އަގެއް ކަމަށެވެ. މީރާއިން ކަނޑައެޅި އަދަދަކީ ޖީއެސްޓީ ގަވާއިދުގެ 25.7 (ށ) އާ އެއްގޮތަށް ހަދާފައިވާ ބާޒާރުގެ އަގެއް ކަމަށް ޓްރައިބިއުނަލުން ކަނޑައެޅި ސަބަބެއް ކަމަށް އެ ޓްރައިބިއުނަލުން ބުނެފައިވަނީ، ޖީއެސްޓީ ގަވާއިދުގެ 25.7 (ށ) ގައިވާ ގޮތަށް ޚިދުމަތް ފޯރުވައިދިން ދުވަހުގެ ބާޒާރުގެ ހާލަތަށް ބަލައިގެން މީރާއިން ކޮޓަރީގެ ރޭޓު ކަނޑައަޅާފައިވާތީ ކަމަށެވެ.
10މީގެ އިތުރުން، ޓްރައިބިއުނަލުގެ ނިންމުމުގައި ބުނެފައިވަނީ އޮޑިޓްގެ މުއްދަތުގައި ޑްރިފްޓްވުޑުން ހިންގާ ރިސޯޓަށް ޒިޔާރަތްކޮށްފައިވާ ވާރލްޑް އޮފް ހަޔަޓް ލޯޔަލްޓީ ސްކީމްގެ ބައިވެރިންނަށް ފޯރުކޮށްދީފައިވާ ޚިދުމަތުގެ އަގަށް ޖީއެސްޓީ ގަވާއިދުގެ 28.7 (ށ) ގައިވާ ގޮތުގެ މަތިން ބާޒާރުގެ އަގު މީރާއިން އެޕްލައި ނުކުރާކަމަށް ފާހަގަކުރެވޭ ކަމަށެވެ. ލޯޔަލްޓީ ސްކީމްގެ ބައިވެރިންނަށް ފޯރުކޮށްދީފައިވާ ޚިދުމަތުގެ އަގަށް ޖީއެސްޓީ ނެގޭނީ ޖީއެސްޓީ ގަވާއިދުގެ 2.8 (ށ) ގައިވާ ގޮތުގެ މަތިން ކަމަށްވާއިރު، އެ އުސޫލާ ޚިލާފަށް ލޯޔަލްޓީ ސްކީމްގެ ބައިވެރިންނަށް ފޯރުކޮށްދީފައިވާ ޚިދުމަތުގެ އަގަށް ޑްރިފްޓްވުޑް އިން އިތުރަށް ނަގާފައިވާ ފައިސާއަކީ ޖީއެސްޓީ ގަވާއިދުގެ 1.3 (ރ) ގެ ދަށުން މީރާއަށް ހޯދިދާނެ ފައިސާއެއް ކަމަށެވެ.
ހައިކޯޓުގެ އިސްތިއުނާފު
11ޑްރިފްޓުވުޑްގެ ފަރާތުން ޓްރައިބިއުނަލުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ޑްރިފްޓްވުޑްގެ ފަރާތުން 3 ނުކުތާއެއް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅިއެވެ. އެ ނުކުތާތަކަކީ:
(ހ) ޑްރިފްޓްވުޑްގެ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދު މީރާއިން ކަނޑައަޅާފައިވަނީ ޓެކްސްނެގުމާބެހޭ އިދާރީ ގާނޫނުގެ 3.9 އާ ޚިލާފަށް ކަމުގައިވުން.
(ށ) ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުމުގައި ޖީއެސްޓީ ގަވާއިދުގެ 1.3 (ރ) ތަންފީޒުކުރެވޭނެ ކަމަށް ކަނޑައަޅާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 3. އާ ޚިލާފަށް ކަމުގައިވުން.
(ނ) ޓްރައިބިއުނަލުގެ ނިންމުމުގައި މީރާއިން ބާޒާރު އަގު ހިސާބުކޮށްފައިވަނީ ޖީއެސްޓީ ގަވާއިދުގެ 2.5 އާ ޚިލާފަށް ކަމުގައިވުން.
12މި ބަޔާންކުރި ނުކުތާތަކުގެ ތެރެއިން ހައިކޯޓުން ގޮތެއް ނިންމީ ހަމައެކަނި އެއްނުކުތާގެ މައްޗަށެވެ. އަނެއް 2 ނުކުތާގައި ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވަނީ އެ ނުކުތާތަކަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ޑްރިފްޓްވުޑްއިން ނަގާފައިވާ ނުކުތާތަކަކަށް ނުވާތީ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
13ހައިކޯޓުން ނިންމި ނުކުތާގައި ހައިކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ މީރާއިން ކަނޑައެޅި ބާޒާރުގެ އަގު ސުވާލުއުފެދިފައިވާ އެންމެހާ މުއާމަލާތުތަކަށް އެއް މިންގަނޑަކަށް ނުވާގޮތަށް މީރާއިން ތަތުބީގުކުރަން ނިންމި ނިންމުމަކީ އަދި އެގޮތަށް ނިންމުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވާ ކަމަށް ޓްރަބިއުނަލުން ނިންމި ނިންމުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ މ.3 (ރ) ގެ ދަށުން ޓެކްސް ދައްކާފަރާތުގެ ހައްގުތައް ގެއްލިގެންދާ ކަމެއްތޯ ނުވަތަ ނޫންތޯއެވެ.
14މި ބަޔާންކުރި ސުވާލާގުޅިގެން ހައިކޯޓުން ނިންމާފައިވަނީ، މި މައްސަލައިގައި ހިމެނޭ ލޯޔަލްޓީ ސްކީމްގެ ދަށުން ކުރެވިފައިވާ މުއާމަލާތުތަކަށް މީރާއިން ކަނޑައެޅި ބާޒާރުގެ އަގު، ޚުސޫމާތު އުފެދިފައިވާ އެންމެހައި މުއާމަލާތުތަކަށް އެއް ހަމައަކުން ތަތުބީގު ނުކުރުމަށް ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) އަށް ރިއާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން:
(ހ) ލޯޔަލްޓީ ސްކީމްގެ ދަށުން ކޮށްފައިވާ މުއާމަލާތުތަކާ ގުޅިގެން މީރާއިން ކަނޑައެޅި US$50,836.00 އަދަދަކީ ޑްރިފްޓްވުޑް އިން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި،
(ނ) ބާޒާރު އަގުގެ ގޮތުގައި މީރާއިން ކަނޑައެޅި އޭޑީއާރްގެ އުސޫލު އެއް މިންގަނޑަކުން ތަތުބީގު ކުރުމުން ޖީއެސްޓީގެ ގޮތުގައި ޑްރިފްޓްވުޑުން މީރާއަށް ދައްކަންޖެހޭ އަދަދަކީ US$31,970.79 ކަމަށެވެ.
15ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޚުސޫމާތު އުފެދިފައިވާ މުއާމަލާތަށް ބަލާއިރު، ލޯޔަލްޓީ ސްކީމްގެ ދަށުން ކުރެވިފައިވާ މުއާމަލާތްތަކުގެ އަގު ހިސާބުކުރަންވާނީ ބާޒާރުގެ އަގުން ކަމަށް މީރާއިން ނިންމާފައިވާއިރު، މީރާގެ އޮޑިޓުން އެފަދައިން ހަމައެކަނި އޭޑީއާރު ތަތުބީގުކޮށްފައިވަނީ ރިކޯޑުކޮށްފައިވާ ކޮޓަރީގެ ރޭޓަށްވުރެ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރު) ބޮޑުވާ ހާލަތްތަކުގައި އެކަނި ކަމަށާއި، އޭޑީއާރު ރޫމް ރޭޓަށްވުރެ ކުޑަވާ ހާލަތުގައި އޭޑީއާރު ތަތުބީގުނުކޮށް ކަސްޓަމަރުންގެ އަތުން އިތުރަށް ޑްރިފްޓްވުޑް ހޮޓެލްއިން ޖީއެސްޓީ ނަގާފައިވާ ކަމަށް ނިންމައި، ޚުސޫމާތު އުފެދިފައިވާ އެންމެހައި މުއާމަލާތުތަކަށް އެއް ހަމައަކުން ތަތުބީގުނުކުރުމަށް ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) އަށް ރިއާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
16ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މީރާގެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށާއި، މީރާއިން ކަނޑައެޅި ބާޒާރުގެ އަގު ސުވާލުއުފެދިފައިވާ މުއާމަލާތުތަކަށް އެއް މިންގަނޑަކަށް ނުވާގޮތަށް ތަތުބީގުކުރަން ނިންމި ނިންމުމަކީ ޓެކްސްނެގުމާބެހޭ އިދާރީ ގާނޫނުގެ މ.3 (ރ) ގެ ދަށުން ޓެކްސްދައްކާ ފަރާތުގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި ޓެކްސްދައްކާ ފަރާތަށް އިތުރަށް ދެއްކޭ ޓެކުހާ ގުޅޭގޮތުން ގާނޫނާއި ގަވާއިދުގައި އިޖުރާއަތުތަކެއް ކަނޑައެޅިފައިވަނިކޮށް، ޓެކްސް ޕޭޔަރަކަށް އިތުރަށް ޓެކްސް ޗާޖުކުރެވިފައިވާ ހާލަތެއް ކަމަށް ބެލެވޭތީވެ، ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގެ ދަށުން އެ މުއާމަލާތުތަކަށް ދެއްކިފައިވާ ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށްބުނެ އޮޑިޓް ހެދުމުގައި މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު ކަނޑައެޅުމުގައި ތަތުބީގުކުރެވޭ މިންގަނޑު އެއް ޚުސޫމާތަކަށް ތަފާތުކޮށް ތަތުބީގުކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންނުވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު
17ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ މީރާގެ ފަރާތުން ސުޕްރީމް ކޯޓަށް ދެ ނުކުތާއެއް ހުށަހަޅާފައިވެއެވ. އެއީ:
(ހ) މީރާގެ އޮޑިޓް އަދި އޮބްޖެކްޝަން ރިވިއު ނިންމުމުގައި ވަރލްޑް އޮފް ހަޔަޓް ލޯޔަލްޓީ ސްކީމްގެ ދަށުން ކުރެވިފައިވާ މުއާމަލާތުތަކަށް މީރާއިން ކަނޑައެޅި ބާޒާރު އަގު، ޚުސޫމާތު އުފެދިފައިވާ އެންމެހައި މުއާމަލާތުތަކަށް އެއް ހަމައަކުން ތަތުބީގު ނުކުރުމަށް ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) އަށް ރިއާޔަތްކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅާފައިވަނީ ޖީއެސްޓީ ގަވާއިދުގެ މ.28 ގައި އަގު ހިސާބުކުރުމަށް އޮންނަ އުސޫލާ ޚިލާފަށް ހިސާބުކުރުމުން، އިތުރަށް ޖީއެސްޓީ ނަގާފައިވާ ހާލަތުގައި އެކަންކަން އެއްފަރާތްކޮށް ޖީއެސްޓީ ގަވާއިދުގެ 13.7 (ރ) ގެ މަފްހޫމާ ޚިލާފަށް ކަމަށާއި، ޖީއެސްޓީ ގަވައިދުގެ 13.7 ގައި ބަޔާންކުރާ ހާލަތުގެ މައްޗަށް ޖީއެސްޓީ ގާނޫނުގެ
40.7 ތަތުބީގުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޖީއެސްޓީގެ ގާނޫނުގެ 40.7 ގެ ނައްސާ ޚިލާފަށް، އަދި ގާނޫނުގެ 11.7 ގައި "ރަޖިސްޓަރީ ކޮށްފައިވާ ފަރާތް" ގެ މާނަކުރުމާ ޚިލާފަށް ކަމުގައިވުން.
(ރ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ޑްރިފްޓްވުޑްގެ ފަރާތުން ނޯޓިސް އޮފް އޮބްޖެކްޝަންއާއެކު އެޕެންޑިކްސް A ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމުގައި އެފަރާތުން ދައްކަންޖެހޭ އަދަދަކީ US$31,970.79 ކަމާއި އެއަދަދަށް މީރާއިން އިއުތިރާޒުކޮށްފައި ނެތުމުން، އެއަދަދަކީ ސައްހަ އަދަދެއް ކަމަށް ބަލައި، ޚުސޫމާތު އުފެދިފައިވާ މުއާމަލާތާ ގުޅިގެން ޑްރިފްޓްވުޑްއިން ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ US$31,970.79 ކަމަށް ހައިކޯޓުން ނިންމާފައިވަނީ މައްސަލައިގެ ވާގިއާތަކަށް ބެލުމެއްނެތި ހެއްކާބެހޭ ގާނޫނުގެ
6.7 ގައި ކަނޑައަޅާފައިވާ އުސޫލާއި ގާނޫނުއަސާސީގެ 42.7 (ހ) ގައި ބަޔާންކުރާ އަދުލުވެރިކަމާއެކު ޝަރިއަތްކުރުމަށް އޮންނަ އުސޫލާ ޚިލާފަށް ކަމަށްވުން.
ޓެކްސް ހިސާބުކުރި ގޮތާބެހޭ
18މީރާއިން ބުނެފައިވަނީ ޑްރިފްޓްވުޑުން މި މައްސަލައިގައި ވާހަކަދެކެވޭ މުއާމަލާތުތަކަށް ދައްކަންޖެހޭ ޖީއެސްޓީ ދެއްކުމަށްޓަކައި ކޮޓަރިތަކުން ލިބުނު އާމްދަނީ ހިސާބުކޮށްފައިވަނީ ޖީއެސްޓީ ގަވާއިދުގެ 28.7 އާ ޚިލާފަށް ކަމަށެވެ. ޑްރިފްޓްވުޑުން ކޮޓަރިތަކުން ލިބުނު އާމްދަނީ ކަނޑައަޅާފައިވަނީ ލޯޔަލްޓީ ސްކީމެއްގެ ދަށުން ލިބޭ ކޮމްޕެންސޭޝަންގެ އަގަށް ރިއާޔަތްކޮށްގެން ކަމަށެވެ. މީރާއިން ބުނެފައިވަނީ ޑްރިފްޓްވުޑުން ޚުސޫމާތު އުފެދިފައިވާ މުއާމަލާތުގައި އަގު ހިސާބުކޮށްފައިވަނީ، އެފަރާތުން ހިންގާ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 'ވާރލްޑް އޮފް ހަޔަޓް ލޯޔަލްޓީ ސްކީމް' ގެ ބައިވެރިންނަށް ދޫކޮށްފައިވާ ކޮޓަރިތަކުގެ އަގަކީ ލޯޔަލްޓީ ސްކީމް ކޮމްޕެންސޭޝަން މެމޯ' ގައި ބަޔާންކުރާ އަގުކަމަށް ބަލައިގެން ކަމަށެވެ. އެހެން ނަމަވެސް ޖީއެސްޓީ ގަވާއިދުގައި ލޯޔަލްޓީ ސްކީމެއްގެ ދަށުން ދެވޭ ޕޮއިންޓް މެދުވެރިކޮށް ކުރެވޭ މުއާމަލާތުގެ އަގު ކަނޑައެޅުމާގުޅޭ އުސޫލު ބަޔާންކޮށްފައިވަނީ، އެ ގަވާއިދުގެ މ.28 (ށ) ގައެވެ. ޖީއެސްޓީ ގަވާއިދު'ގެ މ.28 ގެ (ށ) ގައި ބުނެފައިވަނީ: "ފޯރުވައިދެވުނު މުދަލުގެ ނުވަތަ ޚިދުމަތުގެ މުޤާބިލަކީ ނުވަތަ މުޤާބިލުގެ ބަޔަކީ ލޯޔަލްޓީ ސްކީމެއްގެ ދަށުން ލިބިފައިވާ ޕޮއިންޓް ރިޑީމްކުރުން ކަމުގައިވާނަމަ، އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގަކީ ހަމައެކަނި ފައިސާއަށް ހަމަ އެ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދިނުމުން ލިބޭނެ ބާޒާރުގެ އަގުން ޖީ.އެސް.ޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ."
19ޖީއެސްޓީ ގަވާއިދުގެ މ.25 ގެ (ށ) ގައި ޖީއެސްޓީ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ އެ ގަވާއިދުގެ ބޭނުމަށް މުދަލެއްގެ ނުވަތަ ޚިދުމަތުގެ ބާޒާރުގެ އަގުކަމަށް ބުނެފައިވަނީ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ދުވަހު، ހަމަ އެފަދަ ހާލަތުތަކުގައި، ގުޅުންހުރި ފަރާތެއް ނޫން އެހެން ފަރާތަކަށް، އެއްވެސް ޝަރުތެއް ނެތި، ދިވެހިރާއްޖޭގައި އެ މުދަލެއް ނުވަތަ އެ ޚިދުމަތެއް ފޯރުކޮށްދިނުމުން، އޭގެ މުގާބިލުގެ ގޮތުގައި ފައިސާއިން ލިބޭނެ ކަމަށް އަންދާޒާކުރެވޭ އަދަދަށެވެ.
20މީރާއިން ބުނެފައިވަނީ ލޯޔަލްޓީ ސްކީމްގެ ދަށުން ކޮޓަރިތަކުން ލިބޭ އާމްދަނީ މި މާއްދާގެ ދަށުން ޑްރިފްޓްވުޑް އިން ހިސާބުކުރަންޖެހެނީ ބާޒާރުގެ އަގުން ކަމަށް ވާއިރު، ޑްރިފްޓްވުޑް އިން އެގޮތަށް އަމަލުކޮށްފައި ނެތުމުން، ޑްރިފްޓްވުޑް އިން ހިންގާ ރިސޯޓަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ވާރލްޑް އޮފް ހަޔަޓް ލޯޔަލްޓީ ސްކީމްގެ ބައިވެރިން ކަމަށް ނުވާ މީހުން ކޮޓަރީގެ ރޭޓުގެ ގޮތުގައި ދައްކާފައިވާ އަގަށް ބަލައިގެން މީރާގެ އޮޑިޓުން ބާޒާރުގެ އަގުގެ ގޮތުގައި އޭޑީއާރް ބޭނުންކޮށްގެން ހިސާބުކޮށްފައިވާ
21މީރާއިން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ލޯޔަލްޓީ ސްކީމެއްގެ ދަށުން ދެވޭ ޕޮއިންޓް މެދުވެރިކޮށް ކުރެވޭ މުއާމަލާތުގެ އަގު ހިސާބުކުރުމުގައި އޭޑީއާރް ބޭނުންކޮށްގެން މީރާގެ އޮޑިޓްގައި ބާޒާރުގެ އަގު ކަނޑައަޅާފައިވާ ގޮތް ގޯސްކަމަށް ޓްރައިބިއުނަލުން ނުވަތަ ހައިކޯޓުން ކަނޑައަޅާފައި ނުވާކަމަށެވެ. މީރާއިން ކަނޑައަޅާފައިވަނީ ލޯޔަލްޓީ ސްކީމްއިން ކޮމްޕެންސޭޝަންގެ ގޮތުގައި ލިބޭ އަގަށްވުރެ ބާޒާރުގެ އަގު ދަށްވާ ހާލަތުގައި، ޑްރިފްޓުވުޑް އިން ގެސްޓުންގެ އަތުން ނަގާފައިވާ ޖީއެސްޓީގެ އަގަށް ބަދަލެއް ގެނެސްފައި ނެތް ކަމަށެވެ. މި ނުކުތާ ޑްރިފްޓްވުޑްއިން ޓްރައިބިއުނަލްއަށް ހުށަހެޅުމުން ޓްރައިބިއުނަލުން ނިންމާފައިވަނީ ލޯޔަލްޓީ ސްކީމްގެ ބައިވެރިންނަށް ވިއްކާ މުދަލާއި ފޯރުކޮށްދޭ ޚިދުމަތުގެ އަގު ހިސާބުކުރަންޖެހޭނީ ޖީއެސްޓީ ގަވާއިދުގެ މ.28 (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާއިރު، އެ އުސޫލާ ޚިލާފަށް ވާރލްޑް އޮފް ހަޔަޓް ސްކީމްގެ ބައިވެރިންނަށް ފޯރުކޮށްދީފައިވާ މުދަލާއި ޚިދުމަތުގެ ބާޒާރު އަގަށްވުރެ ބޮޑު އަދަދަކަށް ބިނާކޮށް ޖީއެސްޓީ ގެ ގޮތުގައި ބޮޑު އަދަދެއް ނަގާފައިވާކަން އެނގޭކަމަށާއި، އެގޮތުން އިތުރަށް ނަގާފައިވާ ފައިސާ، ޚިދުމަތް ލިބިގަތް ފަރާތަށް އަނބުރާ ދީފައި ނުވާނަމަ (ރިފަންޑްކޮށްފައި ނުވާނަމަ) ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގެ ދަށުން އެފައިސާ ޓެކްސްގެ ގޮތުގައި މީރާއަށް ހޯދިދާނެ ކަމަށެވެ. އެހެނީ މ.13 (ރ) ގައިވާ ގޮތުން ޖީއެސްޓީ ނެގުން ހުއްދަނޫން ފަރާތަކުން ފޯރުވައިދޭ އެއްވެސް މުދަލަކަށް ނުވަތަ ޚިދުމަތަކަށް ޖީއެސްޓީ ނަގައިފިނަމަ، ނުވަތަ ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުދާ ނުވަތަ ޚިދުމަތްތަކުގެ ތެރެއިން ޖީއެސްޓީ ނަގަން ނުޖެހޭ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ޖީއެސްޓީ ނަގައިފި ނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ޖީއެސްޓީ ނަގައިފިނަމަ، މުދާ ނުވަތަ ޚިދުމަތްލިބިގަތް ފަރާތަށް އެ އަދަދު ނުދޭހާ ހިނދަކު އެގޮތުން ނެގުނު ޖީއެސްޓީގެ އަދަދު މީރާއަށް ދައްކަންޖެހޭ ޓެކްސްގެ ގޮތުގައި ހޯދުމުގެ ބާރު ކޮމިޝަނަރ ޖެނެރަލްއަށް ލިބިގެންވާތީ މީރާއިން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ޓްރައިބިއުނަލުން ނިންމާފައިވާ
22މީރާގެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ހުކުމުގައި އެހެން ބުނި ނަމަވެސް، ޚުސޫމަތު އުފެދިފައިވާ މައްސަލައިގެ އޮޑިޓް މީރާއިން ކުރި އިރު ފާހަގަކުރެވިފައިވާ ހިސާބުކުރުމުގެ މައިގަނޑު މައްސަލައަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ވާރލްޑް އޮފް ހަޔަޓް ލޯޔަލްޓީ ސްކީމްގެ ބައިވެރިންނަށް ދޫކޮށްފައިވާ ކޮޓަރިތަކުގެ އަގު ހިސާބުކޮށްފައިވަނީ މިފަދަ މުއާމަލާތުތަކުގައި އަގު ކަނޑައެޅުމަށް ނުވަތަ އަގު ހިސާބުކުރުމަށް ޖީއެސްޓީ ގަވާއިދުގެ މ.28 ގައިވާ އުސޫލާއެއްގޮތަށް ނޫންކަމެވެ. މި އުސޫލާ ޚިލާފުވުމުގެ ނަތީޖާއަކީ ޖީއެސްޓީ ނަގަންޖެހޭ މިންވަރަށްވުރެ މަދުން ގެސްޓުންގެ އަތުން ޖީއެސްޓީ ޗާޖުކުރުމާއި ޖީއެސްޓީ ނަގަންޖެހޭ މިންވަރަށް ވުރެ މަތިން ގެސްޓުންގެ އަތުގެ ޖީއެސްޓީ އަތުން ވުން ކަމަށެވެ.
23މީރާއިން ބުނެފައިވަނީ ޑްރިފްޓްވުޑްއިން ޓެކްސްދައްކަންޖެހޭ މިންވަރަށްވުރެ މަދުން ގެސްޓުންގެ އަތުން ޖީއެސްޓީ ނަގާފައިވުމުން އެފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު މީރާގެ އޮޑިޓުން ހިސާބުކޮށްފައިވާ ކަމަށެވެ. އަދި މީރާއިން ބުނެފައިވަނީ ޑްރިފްޓްވުޑްއިން ޓެކްސްދައްކަންޖެހޭ މިންވަރަށްވުރެ ގިނައިން ގެސްޓުންގެ އަތުން ޖީއެސްޓީ ނަގާފައިވުމުން، ޖީއެސްޓީ ގަވާއިދުގެ މ.13
(ރ) ގެ ދަށުން ކަސްޓަމަރުންނަށް ރިފަންޑުކުރަންޖެހޭ ފައިސާ ރިފަންޑުކޮށްފައި ނެތުމުން، ގަވާއިދުގެ ދަށުން ޓެކްސްގެ ގޮތުގައި އެފައިސާ މީރާއަށް ނެގިދާނެކަން އެ ގަވާއިދުން އެނގޭކަމަށެވެ.
ޑްރިފްޓްވުޑްގެ ރައްދު
24ޑްރިފްޓްވުޑްގެ ފަރާތުން ބުނެފައިވަނީ ހުރިހާ މުއާމަލާތުތަކުގައި ޑްރިފްޓްވުޑުން އެއް އުސޫލެއް ގެންގުޅެފައިވާއިރު، ޑްރިފްޓްވުޑްއިން އިތުރަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު އޮޑިޓްގައި މީރާއިން ކަނޑައެޅުމުގައި އަމަލުކޮށްފައިވަނީ އެއް ހަމައަކުން ނޫން ކަމަށެވެ. އެގޮތުން މީރާއިން ބާޒާރުގެ އަގު ކަނޑައަޅާފައިވަނީ އޭޑީއާރް އަންދާޒާކޮށް، އެ ރޭޓް ތަތުބީގުކޮށްގެން ކަމަށެވެ. ނަމަވެސް ޑްރިފްޓްވުޑްއިން ލޯޔަލްޓީ ސްކީމްގެ ދަށުން ދޫކުރި ކޮޓަރިތަކުގެ ބާޒާރުގެ އަގު ކަނޑައެޅުމުގެ ގޮތުން މީރާއިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، މީރާއިން އޭޑީއާރް އެޕްލައި ކޮށްފައިވަނީ ކޮޓަރީގެ އަގަށްވުރެ އޭޑީއާރް ބޮޑުވާ ހާލަތްތަކުގައި އެކަނި ކަމަށެވެ. އެގޮތުން ޑްރިފްޓްވުޑްއިން މީރާއަށް ހުށަހެޅި އިއުތިރާޒުގެ ލިޔުމުގެ އެޕެންޑިކްސް A ގައި ލޯޔަލްޓީ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ކޮޓަރިތަކުގެ ބާޒާރުގެ އަގު ކަނޑައެޅުމުގައި މީރާއިން ހަމައެކަނި ބަލާފައިވަނީ ކޮޓަރީގެ ރެކޯޑުކުރެވިފައިވާ ރެވެނިއުއަށްވުރެ އޭޑީއާރް ބޮޑުވާ ހާލަތްތަކުގައި އެކަނިކަން ފާހަގަކުރާ ކަމަށެވެ. އޭޑީއާރް ކޮޓަރީގެ އަގަށްވުރެ ކުޑަވެފައިވާ ހާލަތްތަކުގައި މީރާއިން ވަނީ ރިކޯޑްކުރެވިފައިވާ ރޫމް ރެވެނިއު އަށް ނުވަތަ ޑްރިފްޓްވުޑްއިން ބާޒާރުގެ އަގު ކަނޑައަޅާފައިވާ ގޮތަކީ ރަނގަޅު ގޮތް ކަމުގައި ބަލައި، ޖީއެސްޓީގެ ގޮތުގައި ނަގާފައިވާ އަދަދަކީ ރަނގަޅު އަދަދެއް ކަމަށް ބަލާފައި ކަމަށެވެ.
25ޑްރިފްޓްވުޑްއިން ބުނެފައިވަނީ އެފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ކަނޑައެޅި އެއް ކަމަކީ ލޯޔަލްޓީގެ ސްކީމްގެ ދަށުން ދެވޭ ޚިދުމަތްތަކަށް ބާޒާރުގެ އަގު ކަނޑައެޅުމުގައި އަމަލުކުރަންޖެހޭނީ ޖީއެސްޓީ ގަވާއިދުގެ 25.މ އަށް ކަމަށާއި، އަދި މި ނިންމުން މީރާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނެތުމުން މި ނިންމުން މިހާރު ނިހާއީވެފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުން ބާތިލުކުރުމަށް ނިންމާފައިވަނީ، މީރާއިން ބާޒާރުގެ އަގު ތަތުބީގުކުރުމުގައި އެއް ހަމައެއް ބޭނުންކޮށްފައި ނުވުމަކީ ޓެކްސް ދައްކާ ފަރާތުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭތީ ޖީއެސްޓީ ގާނޫނުގެ މ.13 (ރ) އަކީ މީރާއަށް އެއްވެސް ހަމައެއް ނެތި ތަތުބީގުކުރެވޭނެ މާއްދާއެއް ނޫންކަމަށެވެ.
ޓެކްސްގެ އަދަދާ ގުޅޭ
26ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އޭޑިއާރްގެ އުސޫލު ޚުސޫމަތު އުފެދިފައިވާ ހުރިހާ މުއާމަލާތުތަކަށް ހަމަހަމަކަމާއެކު ތަތުބީގުކުރުމުން ޑްރިފްޓްވުޑް އިން ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދަކީ US$31,970.79 ކަމަށެވެ. މީރާއިން ބުނެފައިވަނީ ހައިކޯޓުން މި އަދަދަށް ވާސިލުވެފައިވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ރިއާޔަތްނުކޮށް ކަމަށެވެ. އެހެނީ، ޖީއެސްޓީގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ އަދަދަކީ US$31,970.79 ކަމަށް ހައިކޯޓުން ނިންމި ސަބަބަކީ ޑްރިފްޓްވުޑްއިން ޓެކްސްއެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމާއެކުގައި ހުށަހެޅި ނޯޓިސް އޮފް އޮބްޖެކްޝަންގެ އެޕެންޑިކްސް A ގައި އޭޑީއާރް އުސޫލާއެއްގޮތަށް ހިސާބުކުރުމުން ޑްރިފްޓުވުޑްއިން އިތުރަށް މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދަކީ US$31,970.79 ކަމަށް އޮތުމުން އެއަދަދަށް މީރާއިން އެއްވެސް މަރުހަލާއެއްގައި އިންކާރުކޮށްފައިނުވާތީ ކަމަށް ބަޔާންކޮށް ފައިވާއިރު، ޑްރިފްޓްވުޑް އިން އެއަދަދު ހިސާބުކުރި ގޮތުގެ ތަފްސީލު ޑްރިފްޓްވުޑް އިން ދިނުމަށް މީރާއިން ޓްރައިބިއުނަލްގައި ޑްރިފްޓްވުޑްކުރެން އެދުމުންވެސް އެ ތަފްސީލު ދީފައި ނުވާކަމާއި، ފަހުން މި ނުކުތާއާ ބެހޭގޮތުން ހައިކޯޓުގައި އެއްވެސް ފަރާތަކުން މިވާހަކަ އިތުރަށް ދައްކާފައި ނެތްކަން ސާފުކޮށް އެނގެން އޮތުމުން، މި އަދަދަށް ރުޖޫއަވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުމުން މިގޮތަށް ނިންމާފައިވަނީ ހަގީގަތާ އެއްގޮތަކަށް ނޫން ކަމަށެވެ. އެހެންކަމުން މި އަދަދަކީ ޑްރިފްޓުވުޑް އިން ދައްކަން ޖެހޭ ސައްހަ އަދަދުކަމަށް ގާނޫނާ އެއްގޮތަށް ސާބިތުނުވާ ކަމަށް މީރާއިން ސުޕްރީމް ކޯޓުގައި ބުނެފައި ވެއެވެ.
27ޑްރިފްޓްވުޑް އިން ބުނެފައިވަނީ ހިސާބުކޮށްފައިވާ ގޮތް ނޭނގޭ ކަމަށް ކުރިން މީރާއިން ވަކާލާތުކޮށްފައިނުވާ ކަމަށާއި، ހިސާބުކުރިގޮތް މީރާއަށް ނޭނގޭ ކަމަށް ބަޔާންކުރުމަކީ މީރާއިން ކުރި އޮޑިޓާ ގުޅިގެން ޑްރިފްޓްވުޑް އިން މީރާއަށް ފުރަތަމަ ހުށަހެޅި އޮބްޖެކްޝަންއަށް ރަނގަޅަށް ނުބަލައި މީރާއިން ގޮތް ނިންމާފައިވާކަމަށް އިއުތިރާފުވުން ކަމަށެވެ. އެހެނީ މީރާއަށް ހުށަހެޅި ނޯޓިސް އޮފް އޮބްޖެކްޝަންއާއެކު މީރާއަށް ހުށަހެޅި ހިސާބުގައި ތަފްސީލުގޮތެއްގައި ހިސާބުކުރެވިފައިވާ ގޮތް ބަޔާންކޮށްފައިވާނެ ކަމަށެވެ.
28ޑްރިފްޓްވުޑް އިން ބުނެފައިވަނީ ލޯޔަލްޓީ ސްކީމެއްގެ ދަށުން ދެވޭ ޚިދުމަތްތަކަށް ބާޒާރުގެ އަގު ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭނީ ޖީއެސްޓީ ގަވާއިދުގެ މ.28 (ށ) އަށް ކަމަށް މީރާއިން ތަކުރާރުކޮށް ބުނިނަމަވެސް އެ ވާހަކައަކީ ޓްރިބިއުނަލުގެ ނިންމުމާ ޚިލާފުވާހަކައެއް ކަމަށާއި، ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޖީއެސްޓީ ގަވާއިދުގެ މ.28 (ށ) ގެ އިތުރުން ބާޒާރުގެ އަގު ކަނޑައެޅުމުގައި އެ ގަވާއިދުގެ މ.25 އަށް ވެސް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.
29ޑްރިފްޓްވުޑް އިން ބުނެފައިވަނީ ހިސާބުކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުމަށް މީރާއިން ކުރާ އޮޑިޓެއްގައި ކޮންސިއުމަރެއްގެ އަތުން އިތުރަށް ޓެކްސް ނަގާފައިވާކަން ފާހަގަކުރެވޭ މަރުހަލާގައި ޖީއެސްޓީ ގަވާއިދުގެ މ.13 ވަގުތުން ތަތުބީގުނުކުރެވޭނެ ކަމަށާއި މ.13 ތަތުބީގުކުރެވޭނީ އެފައިސާ އަނބުރާ ކޮންސިއުމަރަށް ރައްދުކުރުމަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށާއި، އެއީ ދެ ހަމައަކުން ބާޒާރުގެ އަގު ތަތުބީގުކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ
30ޑްރިފްޓްވުޑް އިން ބުނެފައިވަނީ އެފަރާތުން ޖީއެސްޓީގެ އަދަދު ހިސާބުކޮށްފައިވަނީ ހުރިހާ ކޮޓަރިއަކަށް އެއް ހަމައަކުން ބާޒާރުގެ އަގު ކަނޑައަޅައިގެން ހެޔޮނިޔަތުގައި ކަމަށާއި، ޑްރިފްޓްވުޑްއަށް އިތުރަށް ޖީއެސްޓީ ނެގިފައިވާނަމަ އެކަން އެނގިފައިވަނީ މީރާގެ އޮޑިޓަށްފަހުގައި ކަމަށާއި، އެހެންކަމުން އިތުރަށް ނެގިފައިވާ ޖީއެސްޓީ ކަސްޓަމަރުންނަށް އަނބުރާ ރައްދުކުރުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އަދި އެފުރުސަތު ދިނުމަކާ ނުލައި ޖީއެސްޓީ ގަވާއިދުގެ މ.13 ތަތުބީގުނުކުރެވޭނެ ކަމަށެވެ.
ކުސޫމަތާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް
31ޖީއެސްޓީ އަކީ ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ދައުލަތަށް ނަގާ ޓެކުހެކެވެ.
މުދަލަކީ ކޮބާ؟
32މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގް މ.3 ބުނާގޮތުން މުދަލަކީ ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދާ ނުވަތަ ތަކެއްޗެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން ފައިސާއާއި، ކޮންޓްރެކްޓެއްގެ ދަށުން ލިބޭ އެއްވެސް ހައްގަކީ ނުވަތަ މަސްލަހަތަކީ މުދަލެއް ނޫނެވެ.
زِދުމަތަކީ ކޮބާ؟
33މުދަލާއި زِދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ މ.4 ބުނާ ގޮތުން زِޚިދުމަތަކީ މުދަލުގެ ގޮތުގައި ނުހިމެނޭ އެންމެހައި ކަންކަމެވެ.
މުގާބިލަކީ ކޮބާ؟
34މުދަލާއި زِޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު10ގެ މ.5 ބުނާ ގޮތުން މުގާބިލަކީ މީހަކު ގަންނަ މުދަލަކާ ބެހޭ ގޮތުން ނުވަތަ ލިބިގަންނަ زِޚިދުމަތަކާ ބެހޭ ގޮތުން އެމުދަލެއް ނުވަތަ زِޚިދުމަތެއް ލިބިގަތުމަށްޓަކައި އޭނާ ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު އަގެއްގެ ގޮތުގައި ދޭ އެއްޗަކަށް ނުވަތަ ކޮށްދޭ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ކަމަށެވެ.
35ޖީއެސްޓީ ގާނޫނުގެ މ.12 ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ زِޚިދުމަތުގެ އަގުން އެ ގާނޫނުގައި ބަޔާންކުރާ މިންވަރަކަށް ޖީއެސްޓީ ދެއްކުން ލާޒިމުވާނެ ކަމަށެވެ.
އަގަކީ ކޮބާ؟
36ޖީއެސްޓީ ގާނޫނުގެ މ.19 ގެ (ހ) ގައި ބުނެފައިވަނީ ވިއްކި މުދަލުގެ މުގާބިލުގައި ނުވަތަ ދިން زِޚިދުމަތުގެ މުގާބިލުގައި އެއެއްޗެއްގެ އަގު އަދާކުރަނީ ފައިސާއިން ކަމަށްވާ ނަމަ އެ މުދަލުގެ ނުވަތަ زِޚިދުމަތުގެ އަގު ކަމުގައިބަލާނީ މުގާބިލުގެ ގޮތުގައި އަދާކުރާ ފައިސާގެ ޖުމްލައިން ޖީއެސްޓީ ގެ އަދަދުން ބާކީ އޮންނަ އަދަދު ކަމަށެވެ.
37ޖީއެސްޓީ ގާނޫނުގެ މ.19 ގެ (ރ) ގައި ބުނެފައިވަނީ ގުޅުންހުރި ފަރާތްތަކުން ވިއްކާ މުދަލާއި ފޯރުކޮށްދޭ زِދުމަތްތަކާއި، ފައިސާފޮތި ބޭނުންކޮށްގެން ވިއްކާ މުދަލާއި ދޭ زِޚިދުމަތާއި، ވައުޗަރުފަދަ ތަކެތި ބޭނުންކޮށްގެން ގަންނަ މުދަލާ ލިބިގަންނަ زِޚިދުމަތާއި ކަސްޓަމަރ ލޯޔަލްޓީ ސްކީމެއްގެ ދަށުން ދެވޭ ޕޮއިންޓް މެދުވެރިކޮށް ލިބިގަންނަ ޚިދުމަތުން ގަންނަ ތަކެތީގެ އަގު ކަނޑައަޅާނީ ޖީއެސްޓީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ގޮތަކަށް ކަމަށެވެ.
38ޖީއެސްޓީ ގަވާއިދުގެ މ.28 (ށ) ގައި ބުނެފައިވަނީ: "ޕޯރުވައިދެވުނު މުދަލުގެ ނުވަތަ ޚިދުމަތުގެ މުޤާބިލަކީ ނުވަތަ މުޤާބިލުގެ ބަޔަކީ ލޯޔަލްޓީ ސްކީމެއްގެ ދަށުން ލިބިފައިވާ ޕޮއިންޓް ރެޑީމްކުރުން ކަމުގައިވާނަމަ، އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގަކީ ހަމައެކަނި ފައިސާއަށް ހަމަ އެ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދިނުމުން ލިބޭނެ ބާޒާރުގެ އަގުން ޖީ.އެސް.ޓީގެ އަދަދަށްވާ ފައިސާ ކެނޑުމުން އަންނަ އަދަދެވެ."
39ޖީއެސްޓީ ގަވާއިދުގެ މ.25 (ށ) ގައި ބުނެފައިވަނީ ޖީއެސްޓީ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ އެ ގަވާއިދުގެ ބޭނުމަށް މުދަލެއްގެ ނުވަތަ ޚިދުމަތުގެ ބާޒާރުގެ އަގުކަމަށް ބުނެފައިވަނީ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ދުވަހު، ހަމަ އެފަދަ ހާލަތުތަކުގައި، ގުޅުންހުރި ފަރާތެއް ނޫން އެހެން ފަރާތަކަށް، އެއްވެސް ޝަރުތެއް ނެތި، ދިވެހިރާއްޖޭގައި އެ މުދަލެއް ނުވަތަ އެ ޚިދުމަތެއް ފޯރުކޮށްދިނުމުން، އޭގެ މުގާބިލުގެ ގޮތުގައި ފައިސާއިން ލިބޭނެ ކަމަށް އަންދާޒާކުރެވޭ އަދަދަށް ކަމަށެވެ.
40HN2ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގައި ބުނެފައިވަނީ: "...ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ޖީއެސްޓީ ނަގައިފި ނަމަ، މުދާ ނުވަތަ ޚިދުމަތް ލިބިގަތް ފަރާތަށް އެ އަދަދު އަނބުރާ ނުދޭހާ ހިނދަކު، އެގޮތުން ނެގުނު ޖީއެސްޓީގެ އަދަދު، ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަންވާނެއެވެ." މި މާއްދާގެ އިބާރާތަށް ބަލާއިރު، ނަގަންޖެހޭ އަދަދަށް ވުރެ ގިނައިން ކަސްޓަމަރެއްގެ އަތުން ޖީއެސްޓީ ނެގިފައިވާ ހާލަތުގައި އެ ފައިސާ ޓެކްސްގެ ގޮތުގައި ދައުލަތަށް ނެގޭނެ ކަމަށް ކަނޑައަޅާފައިވަނީ އެފައިސާ އަނބުރާ ކަސްޓަމަރަށް އަނބުރާ ރައްދުކޮށްފައިނުވާ ނަމަކަން އެނގެއެވެ. މި މައްސަލައިގައި އިތުރަށް ޖީއެސްޓީ ނެގިފައިހުރިކަން އެނގުނީ އޮޑިޓްގެ މަރުހަލާގައި ކަމުން އެފައިސާ ކަސްޓަމަރު އަނބުރާ ރައްދުކުރުމަށް މީރާއިން ފުރުސަތުދޭންޖެހޭނެ ކަން އެނގެއެވެ. އެ ފުރުސަތު ޑްރިފްޓުވުޑަށް ދިނުމެއް ނެތި އިތުރަށް ނެގިފައިވާ ފައިސާ ޓެކުހުގެގޮތުގައި ދައުލަތަށް ނެގިދާނެ ކަމަށް ނުފެނެއެވެ.
މި މައްސަލައިގައި ހިމެނޭ ލޯޔަލްޓީ ސްކީމް
41މި މައްސަލައިގައި ހިމެނޭ ލޯޔަލްޓީ ސްކީމް ހިންގަނީ ވާރލްޑް އޮފް ހަޔަޓް ނަމަކަށް ކިޔާ ފަރާތަކުންނެވެ. ރާއްޖޭގައި ހިންގާ ޕާކް ހަޔަޓް މޯލްޑިވްސް ރިސޯޓު ހިންގަނީ ޑްރިފްޓްވުޑް އިންނެވެ. ޑްރިފްޓްވުޑްގެ ރިސޯޓަކަށް ޒިޔާރަތްކުރާ ފަރާތަކީ މި ލޯޔަލްޓީ ސްކީމްގެ ބައިވެރިއެއްނަމަ އެފަރާތަށް ޕޮއިންޓް ލިބޭކަމަށާއި ވަކިވަރަކަށް ޕޮއިންޓް ހަމަވުމުން ސްކީމްގެ ބައެވެރިންނަށް ރިސޯޓުގައި ހުރުން ހިލޭ ލިބޭ ކަމަށެވެ. އަދި ޑްރިފްޓްވުޑް އާއި ވާރލްޑް އޮފް ހަޔަޓްއާ ދެމެދު އިންތިޒާމު ހަމަޖެހިފައިވާ ގޮތަކީ ސްކީމްގެ ބައިވެރިޔާއަށް ލިބޭ ހިލޭ ހުރުމުގެ ބަދަލުގައި ވާރލްޑް އޮފް ހަޔަޓްގެ ފަރާތުން ޑްރިފްޓްވުޑްއަށް ކުރިން އެއްބަސްވެފައިވާ އަދަދަކަށް ފައިސާގެ ބަދަލެއް ދިނުމެވެ. މިގޮތުން ބަދަލުދިނުމާބެހޭ ގޮތުން ދެފަރާތުގެ ދެމެދުގައި 2017 ގައި އެއްބަސްވެފައިވާ ގޮތަކީ ލޯ އޮކިއުޕަންސީ ރެއެއް ކަމަށްވާނަމަ 375 ޑޮލަރު ވާރލްޑް އޮފް ހަޔަޓްގެ ފަރާތުން ޑްރިފްޓްވުޑްއަށް ބަދަލުގެ ގޮތުގައި ދިނުމެވެ. އަދި ހައި އޮކިއުޕަންސީ ދުވަހެއް ކަމުގައިވާނަމަ އެދުވަހުގެ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރް) ގެ %95 ގެ އަދަދެއް ދިނުމެވެ. އަދި 2018 އަށް އެއްބަސްވެފައިވާ ގޮތަކީ ލޯ އޮކިއުޕަންސީ ހެއް ކަމަށްވާނަމަ 375 ޑޮލަރު ވާރލްޑް އޮފް ހަޔަޓްގެ ފަރާތުން ޑްރިފްޓްވުޑްއަށް ބަދަލުގެ ގޮތުގައި ދިނުމެވެ. އަދި ހައި އޮކިއުޕްންސީ ދުވަހެއް ކަމަށްވާނަމަ އޭޑީއާރް ގެ %85 ދިނުމެވެ.
އެވްރްޖެ ޑެއިލީ ރޭޓް (އޭޑީއާރް)
42އެވްރެޖް ޑެއިލީ ރޭޓްއަކީ ހިފާފައިހުރި ކޮޓަރިއަކަށް ކޮންމެ ދުވަހަކަށް އެވްރެޖްގޮތެއްގައި ލިބިފައިވާ އާމްދަނީ ބެލުމަށް އާއްމުގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ މިންގަނޑެކެވެ. މި މައްސަލައިގައި ހިމެނޭ ވާގިއާތަކަށް ގާނޫނު ތަތުބީގުކޮށްފައިވާ ގޮތް
43ޚުސޫމާތު އުފެދިފައިވާ މުއާމަލާތުގައި އަގު ހިސާބުކޮށްފައިވަނީ، އެފަރާތުން ހިންގާ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 'ވާރލްޑް އޮފް ހަޔަޓް ލޯޔަލްޓީ ސްކީމް' ގެ ބައިވެރިންނަށް ދޫކޮށްފައިވާ ކޮޓަރިތަކުގެ އަގަކީ ލޯޔަލްޓީ ސްކީމް ކޮމްޕެންސޭޝަން މެމޯ' ގައި ބަޔާންކުރާ އަގުކަމަށް ބަލައިގެން ކަމަށްވާތީވެ، އެއީ ރަނގަޅު ގޮތެއް ނޫންކަމަށާއި، މި މައްސަލައިގައި ވާހަކަދެކެވޭ މުއާމަލާތުތަކަށް ދައްކަންޖެހޭ ޖީއެސްޓީ ދެއްކުމަށްޓަކައި ކޮޓަރިތަކުން ލިބުނު އާމްދަނީ ހިސާބުކުރަންޖެހޭނީ ޖީއެސްޓީ ގަވާއިދުގެ މ.28 (ށ) ގައިވާ ގޮތަށް ކޮޓަރީގެ ބާޒާރު އަގަށް ބަލައިގެންކަމަށާއި އަދި ކޮޓަރީގެ ބާޒާރު އަގު ހެދުމުގައި ޖީއެސްޓީ ގަވާއިދުގެ މ.25 (ށ) އަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި މައްސަލައިގެ އެއްވެސް ޚަސްމަކު އިންކާރުކޮށް އެ ނިންމުމަށް ތައުނުކޮށްފައި ނުވެއެވެ. އަދި ޖީއެސްޓީ ގަވާއިދުގެ މ.28 (ށ) ގައިވާ ބާޒާރު އަގަކީ ކޮބައިކަން ދެނެގަތުމަށް މީރާއިން އޭޑީއާރް ބޭނުންކޮށްފައިވަނީ ރަނގަޅަށް ކަމަށް ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި އޮތް ނިންމުމަށް ޑްރިފްޓްވުޑް އިން އިއުތިރާޒުކޮށްފައި ނުވެއެވެ.
44ދެފަރާތުގެ ދެމެދުގައި މި މައްސަލައިގައި ޚުސޫމަތު އުފެދިފައިވަނީ މީރާއިން ކަނޑައެޅި ބާޒާރު އަގު މީރާއިން ތަތުބީގުކޮށްފައިވާ ގޮތާމެދުގައެވެ. ޑްރިފްޓްވުޑްގެ ފަރާތުން ބުނެފައިވަނީ ޑްރިފްޓްވުޑްއިން އިތުރަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު އޮޑިޓްގައި މީރާއިން ކަނޑައެޅުމުގައި އަމަލުކޮށްފައިވަނީ އެއް ހަމައަކުން ނޫން ކަމަށެވެ. އެގޮތުން މީރާއިން ބާޒާރުގެ އަގު ކަނޑައަޅާފައިވަނީ އޭޑީއާރް އަންދާޒާކޮށް، އެ ރޭޓް ތަތުބީގުކޮށްގެން ކަމަށްވާއިރު، މީރާއިން އޭޑީއާރް ބޭނުންކޮށްފައިވަނީ ކޮޓަރީގެ ރެކޯޑްކުރެވިފައިވާ އަގަށްވުރެ އޭޑީއާރް ބޮޑުވާ ހާލަތްތަކުގައި އެކަނި ކަމަށާއި، އޭޑީއާރް ކޮޓަރީގެ އަގަށްވުރެ ކުޑަވެފައިވާ ހާލަތްތަކުގައި ރެކޯޑްކޮށްފައިވާ ރޫމް ރެވެނިއު އަކީ ބާޒާރުގެ އަގު ކަމުގައި ބަލައި، ޖީއެސްޓީގެ ގޮތުގައި ޑްރިފްޓުވުޑް އިން ނަގާފައިވާ އަދަދަކީ ރަނގަޅު އަދަދެއް ކަމަށް ބަލައިގެން ކަމަށެވެ. މި ތަފާތު އައިސްފައިވާ ގޮތް ޑްރިފްޓްވުޑް އިން މީރާއަށް ހުށަހެޅި އިއުތިރާޒާއެކު ހުށަހަޅާފައިވާ އެޕެންޑިކްސް A ގައި ފާހަގަކޮށްފައި ވެއެވެ.
45އޭޑީއާރް ކޮޓަރީގެ އަގަށްވުރެ ކުޑަވެފައިވާ ހާލަތްތަކުގައި ރެކޯޑްކޮށްފައިވާ ރޫމް ރެވެނިއު އަކީ ބާޒާރުގެ އަގު ކަމުގައި ބަލައި، ޖީއެސްޓީގެ ގޮތުގައި ޑްރިފްޓުވުޑް އިން ނަގާފައިވާ އަދަދަކީ ރަނގަޅު އަދަދެއް ކަމަށް ބެލުމުގެ ނަތީޖާއަކީ ޖީއެސްޓީ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ޑްރިފްޓްވުޑް އިން ޖީއެސްޓީ ނެގިފައިވުމެވެ. މީރާއާއި ޓްރައިބިއުނަލުން ބުނެފައިވަނީ ޑްރިފްޓްވުޑްއިން ޓެކްސްދައްކަންޖެހޭ މިންވަރަށްވުރެ ގިނައިން ގެސްޓުންގެ އަތުން ޖީއެސްޓީ ނަގާފައިވުމުން، ޖީއެސްޓީ ގަވާއިދުގެ 13.7
(ރ) ގެ ދަށުން ކަސްޓަމަރުންނަށް ރިފަންޑުކުރަންޖެހޭ ފައިސާ ރިފަންޑުކޮށްފައި ނެތުމުން، ގަވާއިދުގެ ދަށުން ޓެކްސްގެ ގޮތުގައި އެފައިސާ މީރާއަށް ނެގިދާނެކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަކީ އިތުރަށް ދެއްކޭ ޓެކުހާ ބެހޭ ގޮތުން ގާނޫނުގައި ވަކި އިޖުރާއަތުތަކެއް ބަޔާންކުރެވިފައި ވަނިކޮށް، ޓެކްސް ޕޭޔަރަށް އިތުރަށް ޓެކްސް ޗާޖުކުރެވިފައިވާ ހާލަތެއް ކަމަށްވުމުން، ޖީއެސްޓީ ގަވާއިދުގެ 13.7 (ރ) ގެ ދަށުން އެ މުއާމަލާތުތަކަށް އިތުރަށް ދެއްކިފައިވާ ޖީއެސްޓީ މީރާއަށް ހޯދުމުގެ ބޭނުމުގައި ކަމަށްބުނެ އޮޑިޓް ހެދުމުގައި މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު ކަނޑައެޅުމުގައި ތަތުބީގުކުރެވޭ މިންގަނޑު ތަފާތުކޮށް ތަތުބީގުކުރުމަކީ މީރާއަށް އިޚްތިޔާރުކުރެވޭނެ ގޮތެއް ނޫންކަމަށެވެ. އަދި މިގޮތަށް އިތުރަށް ނެގޭ ޖީއެސްޓީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް އޮޑިޓްގެ މަރުހަލާގެ ތެރޭގައި އެއީ ޓެކުހުގެ ގޮތުގައި މީރާއަށް ލިބެންޖެހޭ ފައިސާކަމަށް ކަނޑައެޅުމަކީ ނުހައްގުގޮތުގައި ޓެކްސް ނެގުންކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
46މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީ ޑްރިފްޓްވުޑް އިން ކަސްޓަމަރުންގެ އަތުން އިތުރަށް ނަގާފައިވާ ޖީއެސްޓީ ކަސްޓަމަރުންނަށް އަނބުރާ ރައްދުކުރުމަށް ފުރުސަތު ދިނުމަކާ ނުލައި ޖީއެސްޓީ ގަވާއިދުގެ 13.7 (ރ) ގެ ދަށުން އެފައިސާ މީރާއަށް ނުނެގޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ.
47HN1HN3ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގައިވާ އިބާރާތަށް ބަލާއިރު، އެ މާއްދާގައި ލިޔެފައި އޮތީ އިތުރަށް ނެގިފައިވާ ޖީއެސްޓީ ޓެކުހުގެ ގޮތުގައި މީރާއަށް ނެގޭނީ އިތުރަށް ނެގިފައިވާ ޓެކްސް ކަސްޓަމަރަށް އަނބުރާ ދީފައި ނުވާނަމަ ކަމަށެވެ. އެހެންކަމުން އިތުރަށް ނެގިފައިވާ ޖީއެސްޓީ ފައިސާ، ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގައިވާ ގޮތަށް ޓެކުހުގެ ގޮތުގައި މީރާއަށް ނެގޭނީ އެފައިސާ އަނބުރާ ކަސްޓަމަރަށް ރައްދުކުރުމަށް މުއްދަތެއް ލިބި އެމުއްދަތުގައި ޑްރިފްޓްވުޑްއިން އެފައިސާ ކަސްޓަމަރަށް ނުވަތަ ކަސްޓަމަރުންނަށް ރައްދުކޮށްފައިނުވާ ނަމައެވެ. ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގައިވާ އިބާރާތުގެ މާނައަކީ ކޮބައިކަން ސާފުސާދާކޮށް އެނގެން އޮތުމުން މި މާއްދާގައި ބުނަނީ ކޮބައިކަން ދެނެގަތުމަށް މިނޫން އެހެން މަސްދަރަކަށް ރުޖޫއަވާންޖެހޭކަމަށް ނުދެކެމެވެ. ޖީއެސްޓީ އިތުރަށް ނެގިފައިވާކަން އެނގުނީ މީރާގެ އޮޑިޓްގެ ތެރޭގައި މީރާއިން ބާޒާރު އަގަކީ ކޮބައިކަން ކަނޑައެޅުމަށް އޭޑީއާރް ތަތުބީގުކުރުމުންނެވެ. އެހެންކަމުން މީރާގެ އޮޑިޓަށްފަހު އެފައިސާ އަނބުރާ ރައްދުކުރުމަށް މި މައްސަލައިގައި ޑްރިފްޓްވުޑްއަށް ފުރުސަތު ލިބިފައިވާ ކަމަށް ނުދެކެމެވެ. ވީމާ މި ބަޔާންކުރި ސަބަބަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުމަށް ތާއީދުކުރެވެއެވެ.
ފައިސާގެ އަދަދާ ގުޅޭ
48އޮޑިޓަށްފަހު މީރާއިން ޑްރިފްޓްވުޑަށް އަންގާފައިވަނީ ޑްރިފްޓްވުޑްއިން ޓެކްސްގެ ގޮތުގައި މީރާއަށް އިތުރަށް US$50,466.68 ދައްކަންޖެހޭ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އޭޑިއާރްގެ އުސޫލު ޚުސޫމަތު އުފެދިފައިވާ ހުރިހާ މުއާމަލާތުތަކަށް ހަމަހަމަކަމާއެކު ތަތުބީގުކުރުމުން ޑްރިފްޓްވުޑް އިން ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދަކީ US$31,970.79 ކަމަށެވެ. އޭގަ މާނައަކީ ކުރިން ޑްރިފްޓްވުޑުން މީރާއަށް ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައަޅާފައިވާ US$50,466.68 ގެ ތެރެއިން US$18,865.21 އަކީ ޖީއެސްޓީގެ ގޮތުގައި ކަސްޓަމަރުގެ ނުވަތަ ކަސްޓަމަރުންގެ އަތުން ނުގަވާއިދުން އިތުރަށް ނެގިފައިވާ އަދަދަކަށްވާތީވެ، އެ ފައިސާއަކީ ކަސްޓަމަރަށް ރިފަންޑްކުރަންޖެހޭ ނުވަތަ އަނބުރާ ރައްދުކުރަންޖެހޭ ފައިސާއެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ކަމެވެ.
49HN4މީރާއިން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ޑްރިފްޓްވުޑް އިން ޓެކްސްގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ US$31,970.79 އަކީ ސައްހަ އަދަދެއް ކަމަށް ޝަރިއަތަށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ސާބިތުކުރުމުގެ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށެވެ. ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުކަމުގައި ޑްރިފްޓްވުޑްގެ ފަރާތުން ބުނާ އަދަދަކީ މީރާއިން އެއްވެސް މަރުހަލާއެއްގައި ކަށަވަރުކޮށްދީފައިވާ އަދަދެއް ނޫނެވެ. އަދި އެ އަދަދީ މީރާ ގަބޫލުކުރާ އަދަދެއް ކަމަށް އެއްވެސް މަރުހަލާއެއްގައި ބުނެފައިނުވެއެވެ. އެހެންކަމުން، އެ އަދަދާމެދު ހަސްމުން ވާހަކަ ދައްކާ، ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދާއި އަދި އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދަކީ ކޮބައިކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކުރުމެއް ނެތި، ޑްރިފްޓްވުޑުން ހުށަހަޅާފައިވާ އަދަދަކީ ސައްހަ އަދަދުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ގޮތަކީ ރަނގަޅުގޮތެއް ކަމަށް ނުދެކެމެވެ.
50HN5މަތީގައި ބަޔާންކުރެވުނު ސަބަބަށްޓަކައި ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދާއި އަދި އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދަކީ ކޮބައިކަމާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގެ ޝަރިއަތުގެ މަރުހަލާގައި ޚަސްމުންނަށް ދީފައިނުވާތީވެ، އެ ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި އަލުން ޚަސްމުންނަށްދީ، ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދާއި އަދި އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދަކީ ކޮބައިކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހޭ ކަމަށް ދެކެމެވެ.
51އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދަކީ ކޮބައިކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކުރުމަށްފަހު، އެ އަދަދު ކަސްޓަމަރުންނަށް އަނބުރާ ރައްދުކުރުމަށް އެކަށީގެންވާ މުއްދަތެއް ދިވެހިރާއްޖޭގެ ހައިކޯޓުން ޑްރިފްޓްވުޑްއަށް ދޭންޖެހޭނެ ކަމަށްވެސް ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
52މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
53މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން: (1) ލޯޔަލްޓީ ސްކީމް އެއްގެއް ދަށުން ދައްކަންޖެހޭ ޖީއެސްޓީގެ މިންވަރު ކަނޑައެޅުމަށް މީރާއިން ބާޒާރުއަގު ކަނޑައެޅުމަށް އޭޑީއާރް ބޭނުންކޮށްފައިވަނީ ރަނގަޅަށް ކަމަށާއި، ނަމަވެސް އޭޑީއާރް ތަތުބީގުކުރަންޖެހޭނީ އެއްހަމައަކުން ކަމަށް އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކުރަމެވެ. (2) އިތުރަށް ޑްރިފްޓްވުޑް އިން ނަގާފައިވާ ޖީއެސްޓީގެ އަދަދު ޖީއެސްޓީ ގަވާއިދުގެ މ.13 (ރ) ގެ ދަށުން ޓެކްސްގެ ގޮތުގައި މީރާއަށް ނެގޭނީ އިތުރަށް ނަގާފައިވާ އަދަދު ކަސްޓަމަރަށް ރައްދުކުރުމަށް ފުރުސަތު ދިނުމަށްފަހުގައި ކަމަށް އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކުރަމެވެ. (3) ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދާއި އަދި އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދީ ކޮބައިކަމާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގެ ޝަރިއަތުގެ މަރުހަލާގައި ޚަސްމުންނަށް ދީފައިނުވާތީވެ، އެ ފުރުސަތު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި އަލުން ޚަސްމުންނަށްދީ، ޑްރިފްޓްވުޑްއިން މީރާއަށް ދައްކަންޖެހޭ ޓެކްސްގެ އަދަދާއި އަދި އިތުރަށް ޖީއެސްޓީ ނެގިފައި އޮތުމުން ޑްރިފްޓްވުޑްއިން ކަސްޓަމަރަށް ރައްދުކުރަންޖެހޭ ސައްހަ އަދަދަކީ ކޮބައިކަން ދިވެހިރާއްޖޭގެ ހައިކޯޓުން ކަށަވަރުކޮށް ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ މ.18 (ށ) ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ގާނޫނު ނަންބަރު 10/2011
- 3. މީރާއިން ކުރި އޮޑިޓް ނިންމުމުން މީރާއިން ޑްރިފްޓްވުޑަށް ފޮނުވި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް
- ޤާނޫނު ނަންބަރު 3/2010
- ސެޕްޓެމްބަރު 2021 ގައި ޓްރައިބިއުނަލުގައި އޮތް އަޑުއެހުމުގެ މަހުލަރު.
- ޗެލެންޖުކޮށްފައި
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3، 4، 5، 12 އަދި 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.