ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/237ހައިކޯޓު · 24 އޮކްޓޫބަރު 2017 · އެހެނިހެން

—

ދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 24 އޮކްޓޫބަރު 2017ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ފުލުހުންގެ ހެކިބަހާއި ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ފުރަތަމަ ފަހަރުގެ ކުށެއްގެ ގޮތުން ކްރިމިނަލް ކޯޓުން ޖޫރިމަނާކޮށްފައިވެއެވެ.
ވާޤިޢާ
ބަދުއަޚްލާޤީ ޢަމަލެއްގެ ތުހުމަތެއްގައި ފުލުހުން ތުހުމަތުކުރެވޭ ފަރާތުގެ ކޮޓަރި ޗެކްކުރިއިރު ފެނުނު ހާޑް ޑިސްކްތަކާއި ފޯނާއި ސީޑީއެއްގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނުނުކަމަށް ބުނެ، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުގައި ހެކި ޤަރީނާ ވަޒަންކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) (ކުށެއްނެތް މީހަކުކަމުގައި ބެލުމުގެ ޙައްޤު) އާ ޚިލާފަށްތޯ، އަދި ޑިޖިޓަލް ހެކިތަކުން ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ އިންކާރާ ގުޅޭ ވާހަކަތަކަށް ރިޢާޔަތްނުކޮށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއާ ޚިލާފަށް ހެކި ވަޒަންކޮށް، ޤާނޫނާ ޚިލާފަށް ހޯދި ހެކިތަކަށް ބަރޯސާވެ ޙުކުމްކޮށްފައިވާކަމަށެވެ؛ ހާޑް ޑިސްކަކީ ބޭނުންކޮށްފައިވާ އެއްޗެއް ކަމަށާއި ސީޑީއަކީ އޭނާގެ އެއްޗެއް ނޫންކަމަށް ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ޑިލީޓްކުރި ފައިލްތައް ކްރިއޭޓްކުރި ތާރީޚުތައް ރިޕޯޓުން ނޭނގޭތީ، ޓެމްޕަރަރީ އިންޓަރނެޓް ފައިލްތައް އޮޓޮމެޓިކަލީ ވަދެދާނެތީ، ސީޑީގެ ޗެއިން އޮފް ކަސްޓަޑީ ނެތުމާއި ހެކިން އެ ސީޑީއެއް ފެނުނުކަމަށް ނުބުނާތީ، ކުށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައި ނުވާކަމަށް ކޯޓު ކަނޑައެޅިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި، ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކުން ނުކުންނަ ނަތީޖާތަކަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ "ޤަރީނަތުލް ބަރާއާ" (presumption of innocence) ގެ ޢާންމު އެއް ޤާނޫނީ ޚާއްޞިއްޔަތެވެ. (ޕެރ. 3 (ނ))

ފައިލްތައް ކްރިއޭޓް ކުރި ތާރީޚާއި ޑިލީޓްކޮށްފައިވާ ތާރީޚް އަދި ފައިލްތައް އެންމެ ފަހުން އޯޕަން ކޮށްފައިހުރި ތާރީޚް ފަދަ އެއްވެސް ތަފްޞީލެއް ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓަށް ބެލުމުން އެނގެންނެތް ހިނދު، ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ އޮރިޔާން މަންޒަރު އެކުލެވޭ (ޑިލީޓްކޮށްފައިވާ) ވީޑިއޯ ފައިލްތަކަކީ ތުހުމަތުކުރެވޭ ފަރާތް އެ ތަކެތި ގެންގުޅުނުއިރު ކްރިއޭޓްކޮށްފައިވާ ތަކެތިކަން ކަނޑައެޅިގެން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. (ޕެރ. 3 (ރ))

ފައިލްތައް ފެނިފައިވަނީ ހާޑް ޑިސްކުގެ "Temporary Internet Files" ފޯލްޑަރުގެ ތެރެއިން ކަމަށްވާއިރު، އެއީ ސައިޓްތަކުން އޮޓޮމެޓިކަލީ ހާޑްޑިސްކު ތެރެއަށް އިންސްޓޯލްވެފައިހުރި ފައިލްތަކެއް ކަމަށްވެސް ވެދާނެކަމަށް ބުނެފައިވާކަން ފާހަގަކުރެވެންއޮތުމުން، އެ ފައިލްތަކަކީ ތުހުމަތުކުރެވޭ ފަރާތް ގެންގުޅުނު ތަކެތިކަމާމެދު ސުވާލުއުފެއްދުމުގެ އިޙްތިމާލް އެބައޮތެވެ. (ޕެރ. 3 (ރ))

ސީޑީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް ލިބިފައިނުވާއިރު، ހާދިސާ ހިނގާ ދިޔަތަނަށް ދިޔަކަމަށް ބުނާ ހެކިންގެ ހެކިބަހުގައި އެ ސީޑީއެއް ފެނިފައިވާކަމަށް ބުނެފައިނުވާނަމަ، އެ ސީޑީއަކީ ސީދާ ތުހުމަތުކުރެވޭ ފަރާތުގެ ކޮޓަރިން ނެގުނު ސީޑީއެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. (ޕެރ. 3 (ރ))

ތުހުމަތުކުރެވޭ ފަރާތް އޭނާގެ ސީޑީއެއްކަމަށް އިންކާރުކޮށްފައިވާ ސީޑީއެއް، އޭނާގެ ކޮޓަރިން ގެނެވުނު ސީޑީ ބޭގްގައި އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާނަމަ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން އެ ސީޑީއަކީ އޭނާގެ ސީޑީއެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. (ޕެރ. 3 (ރ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  • ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާ

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ޙަމީދު، ޝުޖާޢު ޢުޘްމާން، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ  ޤަޟިއްޔާ ނަންބަރު: 372A/-/HC5201  އިސްތިއުނާފުކުރި ފަރާތް: * ނަން: ޙުސައިން ތައުފީޤް * ދާއިމީ އެޑްރެސް: […] * އައިޑީ ކާޑު ނަންބަރު: […] * މިހާރުގެ އެޑްރެސް: […] 3- * ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް:[…] * އައިޑީ ކާޑުނަންބަރު: - * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: 04 ޞަފަރ 3123 35 ޖޫން 3235 24 އޮކްޓޯބަރ 3233  އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 0C/201-1156/Cr ޤަޟިއްޔާ  ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު  މައްސަލައިގެ ބާވަތް: ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުން  ހުށަހެޅި ތާރީޚް: 33.3223.36 * ނިމުނު ތާރީޚް: 21.33.3231  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲޙަމީދުފަނޑިޔާރު ޝުޖާޢު ޢުޘްމާނަފަނޑިޔާރްޢބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)  ދަޢުވާގެ ޚުލާޞާ: މިއީކްރިމިނަލެ ކޯޓު ގ ނަންބަރ 1156/Cr-C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފކުރުމަށު އެދި ކ.މާލެ ތައުފީޤް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފހީ ވެ.  ފާހަގަކުރެވުނު ނުކުތާތައް:

3) އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރ 1156/Cr-C/2010 ޤަޟިއްޔާ އަކީ، ކ.މާލެ ތައުފީޤްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މައްސަލައެއްކަމާއި، މި ދަޢުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލް ބުނެފައިފައިވަނީ ޙުސައިން ތައުފީޤް33 އޯގަސްޓް 3232 ދުވަހު 35:12 އެހައިކަންހާއިރު، ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއިމެދު ބަދުއަޚްލާޤީ ޢަމަލު ހިނގާކަމަށް ތުހުމަތުކުރެވިގެން ހުށަހެޅުނު މައްސަލައެއްގައި ފުލުހުން، […] ޗެކްކުރިއިރު، އެ ކޮޓަރިން ފެނުން3 (އެކެއް) ސެމްސަންގ 12 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި،3 (އެކެއް) ސީގޭޓް22 ޖީބީގެ ހާޑް ޑިސްކާއި،3 (އެކެއް) ސޮނީއެރިކްސަނ 0i6W9 މޯބައިލް ފޯނާއި، 3 (އެކެއް) ސީޑީ އެނަލައިޒް ކުރިއިރު، އެ ތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯ ފެނިފައިވާތީ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ރ) ގެ ދަށުން، ޙުސައިން ތައުފީޤްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާކުރާކަމަށް ބުނެފައިވާކަމާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހ، 33 އޯގަސްޓް 3232 ދުވަހު 35:12 އެހައިކަންހާއިރު، ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއިމެދު ޙުސައިން ތައުފީޤު ބަދުއަޚްލާޤީ ޢަމަލު ހިނގާކަމަށް ތުހުމަތުކުރެވިގެން ހުށަހެޅުނު މައްސަލައެއްގައި ފުލުހުން، […] ޗެކްކުރިއިރު، އެ ކޮޓަރިން ފެނުނު3 (އެކެއް) ސެމްސަންގ 12 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި،3 (އެކެއް) ސީގޭޓް22 ޖީބީގެ ހާޑް ޑިސްކާއި،3 (އެކެއް) ސޮނީއެރިކްސަނ 0i6W9 މޯބައިލް ފޯނާއި، 3 (އެކެއ) ސީޑީ އެނަލައިޒް ކުރިއިރު، އެ ތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯ ފެނިފައިވާތީކަމަށް ބުނެ ކ. މާލެ ތައުފީޤްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، ދައުލަތުގެ ދަޢުވާގައި ބުނެފައިވާ ތަކެތި ފެނިފައިވާކަން، ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ބަހުން އެނގެންއޮތުމާއި، ފެނިފައިވާ ތަކެތީގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯހުރިކަން އެ ތަކެތީގެ ތަޙުލީލު ރިޕޯޓުންނާއި ދައުލަތުން ހުށަހަޅާފައިވާ ސީޑީތަކަށް ބެލުމުން އެނގޭތީއާއި ފެނިފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ ޑިލީޓްކޮށްފައިވާ ތަކެތިކަމާއި، އަނެއްބައި ތަކެއްޗަކީ ޑިލީޓްނުކޮށް ހުރި ތަކެތިކަން އެ ތަކެތި ތަޙުލީލްކުރި މީހުންގެ ބަހުންނާއި ހުށަހަޅާފައިވާ ރިޕޯޓަށް ބެލުމުން އެނގެންއޮތުމުން، ހެކިންގެ ބަހުންނާއި، ހުށަހެޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ނ) ގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން ޙުސައިން ތައުފީޤް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މިއީ މިބާވަތުގެ ކުށެއް މީނަގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މި ކުށުގެ އުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 32 ވަނަ މާއްދާގެ (ރ) ގެ ދަށުން، ކ. މާލެ ތައުފީޤު -43453/ (ސާޅީސްތިންހާސް ހަތަރުސަތެކަ ފަންސާސް ތިނެއް) ރުފިޔާއިން ޖޫރިމަނާކޮށް މި ފައިސާ މިއަދު (21 ޑިސެމްބަރު 3231) ން ފެށިގެން 23 (އެކެއް) މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް ކ. މާލެ ތައުފީޤްއަށް އަންގާ މި ގޮތުގެ މަތިން ޙުކުމްކޮށް". މައްސަލަ ނިންމާފައިވާކަން އ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

3) ކްރިމިނަލް ކޯޓުގެ ނަންބަރު 1156/Cr-C/2010 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ. މާލެ، ޙުސައިން ތައުފީޤްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 22 (ތިނެއެ) ނުކުތާއެއް ފާހަގަކޮށް، އ ނުކުތާތަކާމެދު ދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.  ފުރަތަމަ ނުކުތާއަކީ، ދައުލަތުން ޙުސައިން ތައުފީޤުގެ މައްޗަށް ކުޅަ ދަޢުވާއަށް ޙުސައިން ތއަ ފުޤު އިންކާރު ކޮށްފައިވާއިރު، އެ އިންކާރާ ގުޅިގެން ޙުސައިން ތައުފީޤުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ފާހަގަކޮށްފައިވާ ނުކުތާތަކަށް ޤާނޫނީގޮތުން އެންމެ އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވުމާއި، އެއީ ޠަބަޢީ ޤާނޫނުގައި ޚަސްމުންގެ ފަރާތުން ދައްކާ ވާހަކަތަކަށް ރިޢާޔަތް ކުރުމުގެ އުޞޫލާއި، ޤާނޫނުއަސާސީގައި ބުނާ ތަފާތު ނުކުރުމާއި، ހަމަހަމަކަމުގެ ޙައްޤާ ޚިލާފް ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.  ދެވަނަ ނުކުތާއަކީ، ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅާ މުގައި، ޝަރީޢަތުން ހެކި ޤާރީނު ވަޒަންކޮށްފައިވަނީ ޤާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.  ތިންވަނަ ނުކުތާއަކީ، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ޤަރީނާތަކަށް ބަރޯސާވެ ޙުކުމް ކޮށްފައިވާ ކަމާއި، އެއީ ޤާނޫނު އަސާސީގެ 53 ވަނަ މާއްދާއާ ޚިލާފް ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

2) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއ ކްރިމިނަލް ކޯޓުގެ ނަންބަރ 1156/Cr-C/2010 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރ 1156/Cr-C/2010 ޤަޟިއްޔާ ގައި ދައުލަތުން ކ.މާލެ ތައުފީޤު ގެ މައްޗަށް ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިނގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި […] ޗެކްކުރިއިރު، ޙުސައިން ތައުފީޤްގެ ކޮޓަރިން ފެނުން3 (އެކެއް) ސެމްސަންގ 12 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި،3 (އެކެއް) ސީގޭޓް 22 ޖީބީގެ ހާޑް ޑިސްކާއި،3 (އެކެއް) ސޮނީއެރިކްސަނ 0i6W9 މޯބައިލް ފޯނާއި، 3 (އެކެއް) ސީޑީ އެނަލައިޒް ކުރިއިރު، އެ ތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯ ފެނިފައިވާތީކަމަށް ބުނެ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ނ) ގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާކޮށްފައިވާކަން އެނގޭކަމާއި، މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެކިންގެ ގޮތުގައަ ހުށަހަޅާފައިވަނީ ހާދިސާ ހިނގާ ދިޔަ ތަނަށް ދިޔަ ފުލުހުންކަމަށްވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސާރޖަންޓް، ކ.މާލެ، މުޙައްމަދު ސާމިޙް އާއަޕޮލިސް ކޯޕްރަލް ކ.މާލެ، މުޙައްމަދު ޝިމްޙާޒ އަނީސްގެ ހެކިބަސްކަމާއި، ޤަރީނާގެ ގޮތުގު އ ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓާއި، ސީޑީއާއި، ހާޑްޑިސްކާއި، ފޯނުން ފެނުނު ތަކެތީގެ ފޮޓޯ އެކުލެވޭ ސީޑީއެއް ހުށަހަޅާފައިވާކަން ފާހަގަކުރެވޭކަމާއި، ބުނެވުނު ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި ދަޢުވާ ޙުސައިން ތއަ ފީޤްގު މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައވާކަނި އެނގެނއޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1156/Cr-C/2010 ޤަޟިއްޔާ ގައި ޙުސައިން ތައުފީޤގް މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި ރިޢާޔަތް ކޮށްފައިވާ ހެކީގެ ތެރެއިން، މުޙައްމަދު ސާމިޙް ގެ ހެކިބަހަށް ބަލާއިރު، މި މައްސަލާގައް ޙުސައިން ތައފީޤްގު ކޮޓަރި ބަލާފާސްކުރަންދިޔަ ފުލުހުންގެ ތެރޭގައި މުޙައްމަދު ސާމިޙްވެސް ހިމެނޭކަމަށާއި، އެ ގެއަށްގޮސް ތަކެތި ނެގީ ޙުސައިން ތައފީޤްގު ޙާޟިރުގައިކަމަށާއި، އޭގެ ތެރޭގައި ސެމްސަންގް 12 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި، ސީ ގޭޓް 160GB ހާޑް ޑިސްކް (ސީޕީޔޫ) އާއި، ސޮނީއެރިކްސަން 0i6W9 މޯބައިލް ފޯނާއި، އަދި އެއް ސީޑީވެސް ފެނިފައިވާކަމަށާއި، މި މައްސަލާގެ ތަޙްޤީޤަށް 33 މެއި 3233 ގައި ދީފައިވާ ބަޔާނަކީ ޙަޤީޤަތާ އެއްގޮތަށް ދީފައިވާ ބަޔާނެއްކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، މުޙައްމަދު ސާމިޙް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިން ބަޔާނުގައް ވެސް ކްރިމިނަލް ކޯޓުގ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާ ތަކެތި ފެނިފައިވާކަމަށާއި، އޭގެ އިތުރަށްވެސް ތަކެތި ފެނިފައިވާކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، މުޙައްމަދު ޝިމްޙާޒް އަނީސްކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި މ މ އްސަލައާ ގުޅިގެން ޙުސައިން ތައް ފީޤް ދިރިއުޅޭ […] ޗެކްކުރަން ދިޔަކަމަށާއި، އެ ކޮޓަރިން ފެނުނު ތަކެތި މިހާރު ކަނޑައެޅިގެން ބުނަން ހަނދާނެއްނެތްކަމަށާއި، ހަމަ ޔަޤީނުންވެސް އިލެކްޓްރޯނިކް ސްޓޯރޭޖ މީޑިއާގެ ބާވަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވް ނުކަމަށާއި، އޭގެ ތެރޭގައި ހަނދާންވާގޮތުން ހާޑް ޑިސްކ އަދި ސީޑީވެސް ގެނެވުނުކަމަށާއި، ބުނެވުނު ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށެ ގެނައީ ޙުސައިން ތައް ފީޤްގ ޙާޟިރުގައިކަމަށާއި، މި މައްސަލައާ ގުޅިގެނި33 މއ 3233 ގައި ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއްކަމަށް ބުންފައިވާކަން ފާހަގަކުރެވެންއޮންނައިރު،މުޙައްމަދު ޝިމްޙާޒް އަނީސްމޯލްޑިވްސް ޕޮލިސް ސަރވިސްއަށްދީފައިވާ ބަޔްނުގައި އެ ކޮޓަރިން ފެނުނު ތަކެތީގެ ތަފްޞީލު ބަޔާންކޮށްފައިވާކަނ ފާހަގަކުރެވޭކަމާއި، ޙުސައިން ތައުފީޤްގެ މައްޗަށްއޮރިޔާނު ކާޑު ގެންގުޅުމުގެ ކުށިސާބިތުވާކަމަށް ކަނޑައެޅެމުގައ ޤަރީނާގް ގޮތުގައާ ރިޢާޔަތުކޮށްފައިވ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ FSD(B)2010/DEAU/314 ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓުގެ 5.2 ގައި ގެނެވުނު އެގްޒިބިޓް އެނަލައިޒްކުރުމުން ބަދު އަޚްލާޤީ މައްސަލައާއި ގުޅުންހުރި ފައިލްތައް ފެނިފައިވާކަމަށާއި، އަދި އޮރިޔާން މަންޒަރު އެކުލެވޭ ގިނަ ޢަދަދެއްގެ ފޮޓޯ، ސީޕީޔޫގައި އިން ހާޑްޑިސްކުގެ ”s“Tamporary Internet File ފޯލްޑަރ ތެރެއިން ފެނިފައިވާކަމަށާއި، އޭގެން ދޭހަވަނީ އެ ފައިލްތަކަކީ އިންޓަރނެޓުން ޓްރާންސްފަރ ކުރެވިފައިވާ ފައިލްތަކެއްކަމަށާއި، އަދި ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ އޮރިޔާން މަންޒަރު އެކުލެވޭ ހުރިހާ ވީޑިއޯ ފައިލްތަކަކީ ޑިލީޓް ކޮށްލާފައިވާ ފައިލްތަކެއްކަމަށް ފައިލް ޕްރޮޕަޓީސްއިން ދައްކާކަމަށާއި، އޮރިޔާން މަންޒަރު އެކުލެވޭ ވީޑިއޯފައިލް ފެނުނު ސީޑީގައި sex” good have to “How މިހެން ޖަހާފައިވާކަމަށްވެސް ފާހަގަކުރެވިފައިވާކަމަށް އިސްވެ ބުނެވުނުރިޕޯޓުގައި ފާހަގަކޮށްފައިވުއރ، އިސްވެ ބުނެވުނު ސީޑީއަކީ ޙުސައިން ތައުފީޤްގެ އެއްޗއްނޫންކަމަށެ ޙުސައިން ތައުފީޤްގެ ފަރާތުން ބުނެފައިވާކަމާއި، ބުނެވުނު ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓގު 2.2 ގޭއެހިމެނޭ އެވިޑެންސްތަކާއި ގުޅޭ ޗެއިން އޮފް ކަސްޓަޑީ ފޯމްތައް މި މައްސަލައާ ގުޅިގެން ހުށަހެޅިފައިނުވާތީ، އެ ލިޔުންތައް ހޯދުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން،އ އޮފީހުގެ ނަންބަރ 32/3236/35/އ3-336 ސިޓީއާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ D2/196/2016/154-711 ސިޓީ ފޮނުވާފައިވާކަމާއި، ބުނެވުނު ސިޓީގައި މި މައްސަލައާ ގުޅިގެން ސަމްސަންގ 12 ޖީބީގެ (އެކްސްޓާނަލް) ހާޑް ޑިސްކުގެ ޗެއިން އޮފް ކަސްޓަޑީ ފޯމު ލިބިފައިވީނަމަވެސް، ދެން ފެނުނު ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް މިއަދާ ހަމައަށްވެސް ފެނިފައިނު ވާތީ އާއި މި މައްސަލައަކީ ވަރަށް ދުވަސްވެފައިވާ މައްސަލައަކަށްވާތީ، މައްސަލައާ ގުޅިގެން ނެގިފައިވާ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް އަދި ފެނިފައިނުވާކަމަށާއި، މި މައްސަލައާ ގުޅިގެން މި ވަގުތު ލިބިފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމް ކޮޕީ ފޮނުވާ، ދެން ހުރި ޗެއިން އޮފެ ކަސްޓަޑީ ފޯމް ފެނުމުން އެ ތަކެތި ވީއެންމެ އަވަހަކަށް ޙަވާލުކުރާނެ ވާހަކަ ބުނެފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ،ދިވެހިރާއްޖޭ ގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގަ 53 ވަނަ މާއްދާގެ (އ) ގައު" އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ ޝައްކެތްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ، އެ މީހަމީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ". މިފަދައިން ބަޔާންވެގެން އޮންނައިރު، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި، ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކުން ނުކުންނަ ނަތިޖާތަކަށް ބުރަވެހުރެ، ޔަޤީނާ ގާތްކރު މިންވަރަށް އިޤުތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ "ޤަރީނަތުލް ބަރާއާ" (innocence of presumption) ގެ ޢާންމު އެއް ޤާނޫނީ ހާއްސިއް ޔަތުކަން އެނގެންއންނަކަމަށޮ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެނއޮންނަކަމެވެ.

(ރ) ހަތަރވަނު ކަމަކީ، ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގައި، ޝަރީޢަތުން ހެކި ޤާރީނާ ވަޒަންކޮށްފައިވަނީ ޤާނޫނު އަސާސީގެ53 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް ބުނެ ޙުސައިން ތައް ފީޤްގ ފަރާތުނ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު، ޙުސައިން ތައުފީޤްގެ މައްޗަށް އޮރިޔާން ކާޑު ގެން ގުޅުމުގެ ކުށް ސާބިތުވާކަމަށު ކްރިމިނަލް ކޯޓުގެ ނަންބަރ 1156/Cr-C/2010 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޙުސައިން ތައުފީޤު ދިރިއުޅޭ ކޮޓަރި ޗެކްކުރިއިރު، އެ ކޮޓަރިން ފެނުނު 3 (އެކެއް) ސެމްސަންގް 12 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި، 3 (އެކެއް) ސީގޭޓް 22 ޖީބީގެ ހާޑް ޑި ސްކާއި، 3 (އެކެއް) ސޮނީއެރިކްސަން 0i6W9 މޯބައިލް ފޯނާއި، 3 (އެކެއް) ސީޑީ އެނަލައިޒް ކުރިއިރު، އެ ތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯ ފެނިފައިވާތީކަމަށް ބަޔާންކޮށްފައިވާއިރު، ބުނެވުނު ސީޑީ ފިޔަވައި ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ އޮރިޔާން މަންޒަރު އެކުލެވޭ ހުރިހާ ވީޑިއޯ ފައިލްތަކަކީ ޑިލީޓްކޮށްފައިވާ ފައިލްތަކެއްކަމަށް ފައިލް ޕްރޮޕަޓީސްއިން ދައްކާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު /DEAU/314FSD(B)2010 ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމާއި، ބުނެވުނު ހާޑް ޑިސްކަކީ އައިބޭ އިން ގަނެފައިވ ޔޫޒްޑް އެއްޗެއްކަމަށް ޙުސައިން ތައުފީޤްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައަ ބުނެފައިވާއިރު، ހާޑް ޑިސްކަކީ އެހެން މީހަކު އަތުން ގަނެފައިވާ އެއްޗެއްކަމަށް ބުނެފައިވީ ހިނދު، ބުނެވުނު ފައލްސްތައި ކްރިއޭޓް ކުރި ތާރީޚއާ ޑިލީޓްކޮށްފައިވާ ތާރީޚް އަދި ފައިލްތައް އެންމެ ފަހުން އޯޕަން ކޮށްފައހުރި ތާރީޚް ފަދަ އެއްވެސް ތަފްޞީލެއް އެ ރިޕޯޓަށް ބެލުމުން އެނގެންނެތކަމާއް، އެހެންކަމުން، ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ އޮރިޔާން މަންޒަރު އެކުލެވޭ ހުރިހާ ވީޑިއޯ ފައިލްތަކަކީ، ޙުސައިން ތައުފީޤު އެ ތަކެތި ގެންގުޅުނުއިރު ކްރިއޭޓްކޮށްފައިވާ ތަކެތިކަން ކަނޑައެޅިގެން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި، އަދި އޮރިޔާން މަންޒަރު އެކުލެވޭ ގިނަ ޢަދަދެއްގެ ފޮޓޯ، ސީޕީޔޫގައި އިން ހާޑް ޑިސްކްގ Files” Internet “Tamorary ފޯލްޑަރގެ ތެރެއިން ފެނިފައިވާކަމަށާއި، އޭގެން ދޭހަވަނީ އެ ފައިލުތަކަކީ އިންޓަރނެޓުން ޓްރަންސްފަރ ކުރެވިދާނެ ފައިލްތަކެއްކަމަށް އިސްވެ ބުނެވުނު ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ވަންނަ ސައިޓެއްގެ ސަބަބުން ކޮމްޕިއުޓަރަށް ޚާއްޞަ ވައިރެސް ޑިޓެކްޓަރއެއް އަޅާފައި ނެތްކަމަށްވާނަމަ ނޫނީ އެންޓިވައިރެސް އަޅާފައި ނެތްކަމަށްވާނަމަ އްސައިޓް ތަކުނޮފައިލްތައެއޮޓް މޓިކަލީ ހާޑްޑިސްކްތެރެއަށ އިންސްޓޯލް ވެދާނެކަމަށާއި،އެފަދަ ގޮތަކަށިއިންސްޓޯލްވެފައިހުރެފައިލްތަކެއް ކަމަށްވެސް ވެދާނުޙުސައިނ ތައުފީޤްގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެންއޮތުމުން، ބުނެވުނު ފައިލްތަކަކު ޙުސައިން ތައުފީޤް ގެންގުޅުން ތަކެތިކަމާމެދު ސުވާލުއުފެއްދުމުގެ އިޙްތިމާލްއެބައޮތްކަމާއި، މި މައްސަލާގައި ޙުސައިން ތައުފީޤް އުޅޭ ކޮޓަރިނޯ ފެނުނު ސީޑީއަކުން އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ފެނިފައިވާކަމަށް ދައުލަތުން ބުނެފައިވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު FSD(B)2010/DEAU/314 ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓަށް ބަލާއިރު، ޙުސައިން ތައފީޤްގު ކޮޓަރިން ގެނެވިފައިވާ އެވިޑެންސްތަކުގެ ތަފްޞީލުގައި، "އެވިޑެންސް ނަންބަރު E10880 )ސީޑީ /ޑީވީޑީ (53 ޑިސްކް) ބޭގްގައި )" މިފަދައިން ލޭބަލް ކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، ބުނެވުނު ރިޕޯޓުގެ 2.1 "ފައިންޑިން އަދި އެނާލިސިސް" ގެ 1.1 ގައި ސީޑީ700MB (އެވިޑެންސް ނަންބަރު E10880.1) މި ސީޑީގެ ސްޓޯރޭޖް އެނަލައިޒްކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ 23 ވީޑިއޯ ފައިލް ފެނިފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ބުނެވުނު ރިޕޯޓުގެ 5.2 ގައި ފެނުނު ތަކެތީގެ ޚުލާސާގައި އޮރިޔާން މަންޒަރު ފެނުނު ސީޑީގައި w“Ho sex” good have to މިހެން ޖަހާފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ބުނެވުނު ސީޑީއަކީ ޙުސައިން ތައުފީޤްގެ ސީޑީއެއްކަމާމެދު އޭނާގެ ފަރާތުން އިންކާރުކޮށްފައިވާކަމާއި، މި މައްސަލައާ ގުޅިގެން ބުނެވުނު ސީޑީ، އެވިޑެންސް ނަންބަރ E10880 )ސީޑީ /ޑީވީޑީ (53 ޑިސްކް) ބޭގްގައި) އާ ގުޅޭ ޗެއިން އޮފް ކަސްޓަޑީ ފޯމް އިސްތިއުނާފުކުރެވޭ މައްސަލާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިނުވާތީ، ބުނެވުނު ލިޔުން ހޯދުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން، ކުރިންވެސް ފާހަގަކުރެވުނު ފަދައިން، އެ އޮފހުގީ ނަންބަރު 32/3236/35/އ3 -33 ސިޓީއާއެކުފޮނުވ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ D2/196/2016/154-171 ސިޓީ ގައި، މި މައްސަލައާ ގުޅިގެން ސަމްސަންގ 12 ޖީބީގެ (އެކްސްޓާނަލް) ހާޑް ޑިސްކުގެ ޗެއިން އޮފް ކަސްޓަޑީ ފޯމު ލިބިފައިވީނަމަވެސް، ދެން ފެނުނު ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް މިއަދާ ހަމައަށްވެސް ފެނިފައިނުވާތީ އާއި މި މައްސަލައަކީ ވަރަށް ދުވަސްވެފައިވާ މައްސަލައަކަށްވާތީ، މައްސަލައާ ގުޅިގެން ނެގިފައިވާ ތަކެތީގެޗެއިން އޮފް ކަސްޓަޑާފޯމް އަދި ފެނިފައިނުވާކަމަށ ބުނެފައިވޮފައިވާކަން އެނގެންއޮތުމުން، ބުނެވުނު ސީޑީގެ ޗެއިން އިފް ކަސްޓަޑީ ފޯމް ލިބިފައިނުވާއިރު،މ މައްސަލާގައި ހާދިސާ ހިނގާ ދިޔަތަނަށް ދިޔަކަމަށް ބުނާ ހެކިންގެ ހެކިބަހުގައި […] އެތައް ސީޑީއެއް ފެނިފައިވާކަމަށް ފާހަގަކޮށްފައިވާއިރު، sex” good have to “How މި ނަންޖަހާފައިވާ ސީޑީއެއް ފެނިފައިވާކަމަށް ބުނެފައިނުވާތީ، އެ ސީޑީއަކީ ސީދާ ޙުސައިން ތައފީޤްގު ކޮޓަރިން ނެގުނު ސީޑީއެއްކަން ދަޢުލަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި، އިސްތިއުނާފު ކުރެވޭ މައްސަލާގައި ކްރިމިނަލްކޯޓުން ރިޢާޔަތެ ކޮށްފައިވެ ހ ކ/ޤަރީނާގެ ތެރއިނެ ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ފައިލްތައް ފިޔަވައި، ޙުސައިން ތައފީޤްގު މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލަ ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ ހެކި/ ޤަރީނާގެ ގޮތުގައި ހަމައެކަނި އޮތީ ”sex good have to “How މި ފަދައިން ޖަހާފައިވާ ސީޑީ އެކަނިކަން އެނގެންއޮންނައިރު، ބުނެވުނު ސީޑީއަކީ ޙުސައިން ތައުފީޤްގެ ސީޑީއެއްކަމާމެދު އޭނާގެ ފަރާތުން އިންކާރުކޮށްފައިވާއިރު، ޙުސައިން ތައުފީޤްގެ ކޮޓަރިން ގެނެވުނު ތަކެތީގެ ތެރޭގައި 53 ޑިސްކް ހިމެނޭ ސީޑީ ބޭގެއް އޮތްކަމާއި، އަދި ބުނެވުނު ސީޑީ ބޭގްގައި sex” good have to “How މި ނަންޖަހާފައިވާ ސީޑީއެއް އޮތްކަން ދަޢުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (އ) ގެ ދަށުން ބުނެވުނު ސީޑީއަކީ ޙުސައިން ތއަ ފީޤްގު ސީޑީއެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދަޢުލަތަށް ސާބިތުކޮށްދެވިފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނކަމެވެ. ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރ 1156/Cr-C/2010 ޤަޟިއްޔާ ގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.  ޙުކުމް ދެންފަހެ،އިސްވެ ފާހަގަކުރެވުނުކަންކަން އެގޮތަށް ހުރުމުން،ކ.މާލަ ތްއުފީޤ (އައިޑީ ކާޑު ނަންބަރ 057324A) ގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 1156/Cr-C/2010 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ