ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/151ހައިކޯޓު · 24 އޮކްޓޫބަރު 2017 · އެހެނިހެން

—

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 24 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސުޕްރީމް ކޯޓުގެ 2013/SC-A/27 އަށް ރިޢާޔަތްކޮށް، އިންވޮއިސްގައިވާ ޖަޒާއީ ޝަރުތުގެ ދަށުން 13 ދުވަހަށް 208،000 ރުފިޔާ ކޮމިޝަނުން ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ވާޤިޢާ
އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތަށް ފޮނުވި ބިލުތަކުގައި، 21 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ކޮންމެ ދުވަހަކަށް 8000 ރުފިޔާ ދައްކަންޖެހޭ ކަމަށް ހިމަނާފައިވުމުން، ފައިސާ ދެއްކުން ލަސްވުމުގެ ޖޫރިމަނާ ހޯދުމަށް ކޮންޓްރެކްޓަރު ކޮމިޝަނުގެ މައްޗަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުޕްރީމް ކޯޓުގެ 2013/SC-A/27 އަށް ރިޢާޔަތްކޮށް އިންވޮއިސްގައިވާ ޖަޒާއީ ޝަރުތުގެ ދަށުން ލަސްވުމުގެ ޖޫރިމަނާ ނަގައިދިން ސިވިލް ކޯޓުގެ ޙުކުމް ޞައްޙަތޯ، އަދި ގެއްލުން ސާބިތުނުކޮށް ޝަރުތު ޖަޒާއީގެ ބަދަލު ނަގައިދެވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކޮމިޝަނުން ބުނީ ޖޫރިމަނާ ނުހިމަނައި ފައިސާ ބަލައިގަނެ ދެ އަހަރު ވަންދެން މައްސަލައެއް ނުޖައްސައި ހުރެ ދަޢުވާކުރީ ނަހަމަ ފައިދާއަށްކަމަށާއި، ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި ބިލުގައި ވެރިއަކު ސޮއިނުކުރުމާއި ބަންދު ދުވަސްތައް ނުގުނުމަށް ރިޢާޔަތްނުކޮށް ޙުކުމްކޮށްފައިވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަޢުވާގެ ސީޣާއާއި ބިލުތަކުގައިވާ ކަންކަން އެއްގޮތް ނުވާތީ ދަޢުވާގެ އަސާސް ރަނގަޅު ނޫންކަމާއި، 2015/SC-A/16 އާއި 2015/HC-A/177 ގެ އުޞޫލުތަކުގެ މަތިން ގެއްލުމާއި އޭގެ މިންވަރު ސާބިތުކުރެވިފައި ނުވާތީ، ޖޫރިމަނާ ނަގައިދިނުމަކީ އެ އުޞޫލުތަކާ ޚިލާފު ކަމެއްކަމަށް ކޯޓުން ކަނޑައެޅިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދަޢުވާކުރާ ފަރާތުން ފޮނުވިކަމަށް ބުނާ ބިލުތަކަކީ އަސާސްކަމުގައި ބަލައިގެން ހުށަހެޅި ދަޢުވާގެ ސީޣާގައި ބަޔާންކުރާ ކަންކަމާއި އެ ފަރާތުން ފޮނުވާފައިވާ ބިލުތަކުގައި ބަޔާންކޮށްފައިވާ ކަންކަން އެއްގޮތް ނޫންނަމަ، ހުށަހެޅި ދަޢުވާގެ އަސާސް ރަނގަޅެއް ނޫނެވެ. (ޕެރ. 4 (ށ))

ޝަރުތު ޖަޒާއީ (penalty clause) އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް ބޭނުންކުރެވޭ އިސްތިލާޙެކެވެ. (ޕެރ. 4 (ނ))

ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެ ބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުތުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގައާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ "ޤަތުޢީ" އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުތުތަކަކަށެވެ. (ޕެރ. 4 (ނ))

ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެން އޮންނަގޮތުގެ މައްޗަށެވެ. ބަދަލު ދޭންޖެހޭނީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުމަށާއި، ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު ނުވަތަ އިންތިޒާރުކުރެވޭ ގެއްލުމަށެވެ. (ޕެރ. 4 (ނ))

ޝަރުތު ޖަޒާއީއެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެއެވެ. އެ ބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު" (arbitrariness/abuse) ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާ ކަމެކެވެ. (ޕެރ. 4 (ނ))

ކޮންޓްރެކްޓެއްގައި ހިމެނޭ "ޝަރުތު ޖަޒާއީ" އެއްގެ ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ "ލާ ޟަރަރަ ވަލާ ޟިރާރަ" މި ނައްސުންނެވެ. ޝަރުތު ޖަޒާއީގެ ދަށުން ނެގޭ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށް ވާނަމަ، އެއީ ސައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެއެވެ. އެފަދަ ބަދަލުތައް ނެގުމަށް ޝަރުތުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ޙަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައިމީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެއެވެ. (ޕެރ. 4 (ނ))

ބިލެއްގައި ކަނޑައެޅިފައިވާ ކަމެއް ޖަޒާއީ ޝަރުތެއްގެ ގޮތުގައި ބަލައިގަންނަ ނަމަ އަދި އެ ޝަރުތުގެ ދަށުން ފައިސާ ނަގައިދޭންޖެހޭކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ، އެ މިންވަރަށް ފައިސާ ނަގައިދިނުމުގެ ކުރިން އެ ބިލު ދަޢުވާ ލިބޭ ފަރާތަށް ޙަޤީޤަތުގައިވެސް ރައްދުވެފައިވޭތޯއާއި، އެ ބިލުގައިވާ ކަންކަމަށް އެ ފަރާތުން ސަރީޙަ ބަހުން ނުވަތަ ޟިމްނީކޮށް އިޢުތިރާފުވެފައިވޭތޯ ބެލުމުގެ އިތުރަށް، ބިލުގައިބުނާ މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް އެއްވެސް ގެއްލުމެއްވެފައިވޭތޯއާއި، ގެއްލުންވެފައިވާނަމަ ގެއްލުންވެފައިވަނީ ކޮންގޮތަކަށްކަން އަދި އެއީ ކިހާ މިންވަރެއްގެ ގެއްލުމެއްކަން ސާބިތުކޮށްދެވޭފަދަ ޙުއްޖަތްތަކެއް ނުވަތަ ޤަރީނާތަކެއް ޝަރީޢަތަށް ހުށަހެޅިފައިވޭތޯ ބަލަންޖެހޭނެއެވެ. (ޕެރ. 4 (ރ))

ޖަޒާއީ ޝަރުތެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލެއްތޯއާއި ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ "ތަޢައްސުފު" (arbitrariness/abuse) ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލެއްތޯވެސް ބެލެވެންޖެހޭނެއެވެ. ގެއްލުން ވިކަން ސާބިތުކުރުމަށް އެއްވެސް ޙުއްޖަތެއް އަދި ޤަރީނާއެއް ހުށަހަޅާފައިނުވާނަމަ، ޖޫރިމަނާގެ ގޮތުގައި އެދޭ ފައިސާ ނަގައިދެވޭނެ ތަނެއް ނެތެވެ. (ޕެރ. 4 (ރ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ (ހ)، (ށ)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ
  • ހައިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާ

ފަނޑިޔާރުން

ބެންޗު
ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ސިވިލް ކޯޓުގެ ނަންބަރު 241/Cv-C/2015 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، މޯލްޑިވްސ ބްރޯޑްކާސްޓިންގ ކޮމިޝަން ގްފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.

2ސިވިލް ކޯޓުގެ ނަންބަރު 241/Cv-C/2015 ޤަޟިއްޔާ ގެޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އ ޤަޟިއްޔާއަކީ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑއާމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތްތަކަށް ފައިސާ ހޯދުމަށުވައިޓް ލައިން ޕްރައިވެޓް ލިމިޓެޑްން ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ފައިސާގެ ބިލްތަކުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ފައިސާ ހޯދުމަށް ވައި ޓް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މައްޗަށާ ދަޢުވާކުރުމަނު ބައްލަވައި ނިންމަވާފައިވ މއްސަލައެއްކަމާއި، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، " ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑާއު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް ނ ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ފައިސާގެ ބިލްތަކުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ފައިސާ ހޯދުމަށްވައިޓް ލ އިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މައްސަލައަށް ބެލިއިރު، ދަޢުވާގައިވާ ފަދައިން ދެފަރާތްދެމެދ ކުރެވުނު އެއްބަސްވުންތަކުގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވި ދެ އިނ ވޮއިސް ދަޢުވާލިބޭ ފަރާތަށް ލިބިފައިވާކަމާއި، އެ އިންވޮއިސްގައިވާ ފަދައިން އެ އިންވޮއިސްގައިވާ އެއްވެސް ކަމަކާމެދު ދަޢުވާލިބޭ ފަރާތުން ޝަކުވާއެއް އުފުލާފައިނުވާކަމާއި، އަދި އިންވޮއިސްގައި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ދަޢުވާލިބޭ ފަރާތުން ފައިސާ ދއްކާފައިނުވާކަން ޘާބިތުވާން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 2013/SC-A/27 ޤަޟިއްޔާއަށް ރިޢާޔަތްކުރުމުން އިންވޮއިސްގައި ޖަޒާއީ ޝަރުޠުގެ ގޮތުގައި ހިމެނިފައިވާ ޝަރުޠުގެ ދަށުން ޖޫރިމަނާ ފައިސާއަކީ ނަގައިދެވޭނެ ފައިސާއެއްކަމުގައިވާތީ، މި މައްސަލް އިގައި ޖޫރިމަނާގެ ފައިސާ ހިސާބުކުރެވެންޖެހޭ މުއްދަތަކީ އިންވޮއިސްގައި ފައިސާ ދެއްކުމަށް ދީފައިވާ މުހުލަތު ހަމަވާ ތާރީޚުން ފެށިގެން އިންވޮއިސްގައިވާ ޕްރިންސިޕަލް އަދަދު ދައުވާކުރާ ފަރާތަށް ލިބުނު ތާރީޚާއި ހަމައަށް ހިނގާފައިވާ މުއްދަތުކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭތީ، އެ ގޮތުނ 02 ޖުލައި 2012 އިން 15 ޖުލައި 2012 އާއި ދެމެދު ހިނގާފައިވާ 13 )ތޭރަ( ދުވަހުގެ މުއްދަތަށް އިންވޮއިސްގައިވާ ފަދައިން ދުވާލަކަށް 8000/- ރ. )އަށްހާސް ރުފިޔާ( ގެ ނިސްބަތުންޖެހ 208,000/- ރ. )ދެލައްކަ އަށްހާސް ރުފިޔާ( އަކީ ދައުވާލިބޭ ފަރާތެ ނ ދައުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މި ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން މިއަދ 2015 ފެބްރުއަރީ 14 ވަނަ ދުވަހުން ފެށިގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދައުވާލިބުނަ މޯލާ ޑިވްސ ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަންގާ ޙުކުމްކޮށް " މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރ ޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

3ސިވިލް ކޯޓުގެ ނަންބަރު 241/Cv-C/2015 ޤަޟިއްޔާނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ،މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނގް ފަރާތުން 04 )ހަތަރް އ( ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އާއްވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް ދެމެދު ކުރެވުނު މުޢާމަލާތްތަކަށް ފަހު، ޖޫރިމަނާ ފައިސާ ނުހިމަނައި ފައިސާއާ ހަވާލުވުމަށ އެއްބަސްވެ، ފައިސާ ދެއްކުމުން އެކަން ޤަބޫލުކޮށް، އެކަމާ ގުޅިގެން އެއްވެސ މައްސަލައެއް ނުޖައްސ 2 އަހަރަށް ވުރެން ގިނަ ދުވަހު ހުރުމަށްފަހު، ޖޫރިމަނާއާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން ކުރެއްވި ހުކުމަކާއި ގުޅިގެން ނަހަމަ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ދަޢުވާކޮށްފައިވާއިރުވެސް ސިވިލް ކޯޓުނ ޙުކުމްކުރުމުގައ އެކަމަށް ރިޢާޔަތްކުރައްވާފައިނުވާކަމަށ ބުނެ ހުށަހެޅި ނުކުތާ. • ދެވަނަ ނުކުތާއަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވައުޗަރ ފޮނުވާ ދުވަހުން ފެށިގެން ކޮމިޝަނުގެ ޒިންމާ އަދާކުރެވުނީކަމަށް ނުބެލެވޭނެކަމަށް ސިވިލް ކޯޓުން ހުކުމުގައި ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރޭގައް ބަޔާންކޮށްފައިވަނ ދައުލަތުގެ މާލީ ސިޔާސަތުތަކާއި އުޞޫލުތައް ހުރިގޮތަށް ބެލުމެއްނެތިކަމގައިވުމުން، އެ ޙުކުމަކީ އޭގެ ސަބަބުން ފަސާދައަށް މަގު ފަހިވާގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ. • ތިންވަނަ ނުކުތާއަކީ، ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 4 ވަނަ ބާބުގެ 4.03 ގެ )ށ( އާއި 8 ވަނަ ބާބުގެ 2 ވަނަ ނަންބަރު ސުރުޚީ 1 ގެ )ނ( އާއި 2ވ ނ ނަންބަރުގެ )ރ( އަދި )އ( އާއި 8.04 ގައި ބަޔާންކުރައްވާފައިވާ ހަމަތަކުގެ ދަށުން ދައުލަތުގެ އިދާރާތަކާއެކު ކުރެވޭ ފައިސާއާ ގުޅުންހުރި އެންމެހާ މުޢާމަލާތްތަކެއް ކުރަންޖެހެނީ އެ މުއައްސަސާއެއްގެ ވެރިންގެ ފެންވަރުގެ ފަރާތްތައްކަން ދޭހަވާން އޮތްނަމަވެސް، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް ނުހުށަހެޅި ބިލުގައި ޖޫރިމަނާ ފައިސާއާ ބެހޭގޮތުން އެއްބަސްވާނަމަ ސޮއިކުރުމަށް ކަނޑައަޅާފައިވާ ގޮޅީގައި ކޮމިޝަނުގެ ވެރިއަކު ސޮއިކޮށްފައި ނުވާއިރު، އެކަމަށް ސިވިލް ކޯޓުން ރިޢާޔަތްކުރެއްވުމަކާއި ނުލައަކޮމިޝަނުން ބިލުގައިވާ ޖ ޒާޢީ ޝަރުޠެއްގެ ގޮތުގައި ހިމަނާފައިވާ ޝަރުޠު ޤަބޫލުކޮށްފައިވާކަމާއި، އެ ޝަރުޠަށް އިންކާރުކޮށްފައިނުވާކަމަށ ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. • ހަތަރުވަނަ ނުކުތާއަކީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދެ ށުނ، ދުވަސް ގުނުމުގައި ބަލަންޖެހެނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަމަށްވީނަމަވެސް، އެއްބަސްވުމުގ ބައެއްގެ ގޮތުގައި ބެލެވޭ ބިލަކާ ގުޅިގެން މުއްދަތު ގުނުމުގައި އެ އުޞޫލަށް ސިވިލް ކޯޓުން ޙުކުމްކުރުމުގައި ބައްލަވާފައިނުވާކަމަށ ބުނެ ހުށަހެޅި ނުކުތާ.

4HN1HN2HN3HN4HN5HN6HN7HN8މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 241/Cv-C/2015 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނގ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، އސްތިއުނާފުކުރެވިފައިވި ސިވިލް ކޯޓުގެ ނަންބަރ 241/Cv-C/2015 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ފައިސާގެ ބިލްތަކުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ފައިސާ ހޯދުމަށް އެދިކަން އެނގެންއޮންނައިރު، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނ ދެފަރާތްދެމެދު ކުރެވުނު އެއްބަސްވުންތަކުގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ފޮނުވި ދެ އިންވޮއިސް ދަޢުވާލިބޭ ފަރާތަށް ލިބާ،އެ އިންވޮއިސްގައިވާ އެއްވެސް ކަމަކާމެދު ދަޢުވާލިބޭ ފަރާތުން ޝަކުވާއެއް އުފުލާފައިނުވތީއާއ އިންވޮއިސްގައި ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތުގައި ދަޢުވާލިބޭ ފަރާތުން ފައިސާ ދައްކާފައިނުވާކަން ޘާބިތުވާން އޮތުމުން،އިންވޮއިސްގައި ފައިސާ ދެއްކުމަށް ދީފައިވާ މުހުލަތު ހަމަވާ ތާރީޚުން ފެށިގެން އިންވޮއިސްގައިވާ ޕްރިންސިޕިލް އަދަދު ދައުވާކުރާ ފަރާތަށް ލިބުނު ތާރީޚާއި ހަމައަށް ހިނގާފައިވާ މުއްދަތުކަމުގައވ 02 ޖުލައި 2012 އިން 15 ޖުލައި 2012 އާއި ދެމެދު ހިނގާފައިވާ 13 )ތޭރަ( ދުވަހުގެ މުއްދަތަށް އިންވޮއިސްގައިވާ ފަދައިން ދުވާލަކަށް 8000/-ރ. )އަށްހާސް ރުފިޔާ( ގެ ނިސްބަތުންޖެހ 208,000/-ރ. )ދެލައްކަ އަށްހާސް ރުފިޔާ( އަކީ ދައުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި ޙުކުމްކޮށްކަން އެނގެންއޮންނަކަމެވެ. )ށ( ދެވަނަ ކަމަކީ، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސ ބްރޯޑްކާސްޓިންގ ކޮމިޝަނު ށ ފޮނުވާފައިވާ ނަންބަރ 135/2012/WL ފައިސާގެ ބިލާއި، ނަންބަރ 136/2012/WL ފައިސާގެ ބިލްތަކަށް ބަލާއިރު، ބުނެވުނު ބިލްތަކުގައިވާ ފައިސާ 21 )އެކާވީސ( ދުވަސްތެރޭގައި ދައްކަންވާނެކަމަށާއި، 21 ) އެކާވީސ( ދުވަސް ފަހުން ބިލްގައިވާ ފައިސާ ނުދެވިއްޖެނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް )ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ ގޮތުގައި( 8000/-ރ. )އަށްހާސް ރުފިޔާ( ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓުގައި ކޮށްފައިވާ ދަޢުވާއަކީ ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ބިލްތަކަށް އެ ބިލްތަކުގައި މުއްދަތުގައި ފައިސާ ނުދެއްކުމުން އިތުރަށް ހިނގާ ދުވަސްތަކަށް ވައިޓް ލައާން ޕްރައިވެޓް ލިމިޓެޑަށް ލިބެ ދ ނ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާއެއްނޫންކަމާއި، އެހެންނަމަވެސް، އެ ދަޢުވާއަކީ ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑއާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ބިލްތަކަށް ފައިސާނުދީ ލަސްކުރުމުގެ ސަބަބުނެއަރާފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެންއޮތުމުން، ވައިޓް ލައިޓް ޕްރައް ވެޓ ލިމިޓެޑުންމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނށާ ފޮނުވިކަމަށް ބުނާ ބިލުތަކަކީ އަސާސްކަމުގައި ބަލައިގެން ހުށަހެޅި ދަޢުވާގެ ސީޣާގައި ބަޔާންކުރާ ކަންކަމާއި އެ ފަރާތުން ފޮނުވާފައިވާ ބިލުތަކުގައިވާ ބަޔާންކޮށްފައިވ ކަންކަން އެއްގޮތް ނޫންކަން އެނގެން އޮތުމުން ވައިޓްލައިޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގެ އަސާސީ ރަނގަޅު ނޫންކަން އެނގެން އޮންނަކަމެވެ. )ނ( ތިންވަނަ ކަމަކީ، "ޝަރުތު ޖަޒާއީ" )clause penalty ( ގެ މަފްހޫމަށް ބަލާއިރު، ޝަރުތު ޖަޒާއީ އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކެ ރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް ބޭނުންކުރެވޭ އިސް ތިލާޙެއްކަން އެނގެން އޮންނައިރު، ޝަރުތު ޖަޒާއީގެ ބުނެވުނު މަފްހޫމުގެ މައްޗަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އ ޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުތުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ "ޤަތުޢީ" އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުތުތަކަކަށް ކަން އެނގެން އޮންނަކަމަށާއި، ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދި ނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާން ވެގެން އޮންނަގޮތުގެ މައްޗަށްކަމަށާއި، އެމާއްދާގެ )ހ( ގައިވާ ގޮތުން ބަދަލު ދޭންޖެހޭނީ ގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުންކަމަށާއި، އެމާއްދާގެ )ށ( އަށް ބެލުމުން އެއީ އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގި ބައިވެރިންނަށް އެނގިފައިވާ ގެއްލުންކަމަށާއި، ކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ލިބޭ ގެއްލުން ވަޒަންކުރުމުގައި ރިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާކަމަށާއި، ފުރަތަމަ ބާވަތަކީ: ކޮންޓްރެކްޓާއި ޚިލާފުވުމުގު ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުންކަމަށާއި ދެވަނަ ބާވަތަކީ؛ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު ނުވަތަ އިންތިޒާރުކުރެވޭ ގެއްލުންކަމަށާއި، އަދި މިފަދައިން ކަން ވެފައިވާކަން ސާބިތުވެއްޖެނަމަ މިފަދަ ޝަރުތު ޖަޒާއީ އެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އިޝާރާތްކުރެވުނުފަދަ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެކަމަށާއި، އެބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު" (arbitrariness/abuse) ވެ، ލިބޭ ގެއްލުމާއި ނުބައްދަލާ އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވ އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާކަމެއްކަމަށާއި، ކޮންޓްރެކްޓެއްގައި ހިމެނޭ "ޝަރުތު ޖަޒާއީ" އެއްގެ ދަށުން ންގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ މާތްރަސޫލ )ސައްލައﷲ ޢަލައިހި ވަސައްލަމް( ޙަދީސް ކުރައްވާފައިވާ "ލާ ޟަރަރަ ވަލާ ޟިރާރާ" މި ނައްސުންކަމަށާއި، ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅުގައި ބަޔާންކުރެވިފައިވާ މިޤާޢިދާއަށެ ރިޢާޔަތްކުރާއިރު، ޝަރުތު ޖަޒާއީގެ ދަށުން ނެގޭ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށްވާނަމަ، އެއީ ސައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެކަމަށާއި އެފަދަ ބަދަލުތައް ނެގުމަށް ޝަރުތުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ޙަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައި މީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/16 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ. )ރ( ހަތަރުވަނަ ކަމަކީ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑނު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނށް ފޮނުވާފައިވާ ބިލްތަކުގައި ޖަޒާއީ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީއެ ބިލާ ތަކ ގައިވާ މުއްދަތުގައެފައިސާ ނުދެވިއްޖެނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް )ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ ގޮތުގައި( 8000/-ރ. )އަށްހާސް ރުފިޔާ( ދައްކަންޖެހޭނެކަމަށް ކަމާއި، އެހެންކަމުން ބުނެވުނު ބިލްތަކުގެ ދަށުން ކަނޑައެޅުނު ކަމަކީ ޖަޒާއީ ޝަރުތެއްގެ ގޮތުގައި ބަލައިގަންނަ ނަމަ އަދި އެ ޝަރުތުގެ ދަށުން ފައިސާ ނަގައިދޭންޖެހޭކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ،އެމިންވަރަށް ފައިސ ނަގައިދިނުމުގެ ކުރިން އ ބިލުމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނށެޙަޤީޤަތުގައިވެސް ރައްދުވެފައިވޭތޯއާއި އްބިލުގައިވާކަންކަމަށްމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ގެ ފަރާތެން ސަރީޙަބަހުނ ނުވަތަ ޟިމްނީކޮށް އިޢުތިރާފުވެފައިވޭތޯ ބެލުމުގެ އިތުރަށް އެބިލުގައިވާ ޢަދަދަށް އެބިލުގައިބުނާ މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ވައިޓްލައިން ޕްރައިވެޓްލިމިޓެޑަށް އެއްވެސް ގެއްލުމެއްވެފައިވޭތޯއާއި، ގެއްލުންވެފައިވާނަމަ ގެއްލުންވެފައިވަނީ ކޮންގޮތަކަށްކަން އަދި އެއީ ކިހާ މިންވަރެއްގެ ގެއްލުމެއްކަން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވޭފަދަ ޙުއްޖަތްތަކެއް ނުވަތަ ޤަރީނާތަކެއް ޝަރީޢަތަށް ހުށަހެޅިފައިވޭތޯ ބަލަންޖެހޭނެކަން ގެއްލުމުގެ ބަދަލުގެ މިންވަރު ނަގައިދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި ބަޔާންކުރާކަންކަމަށާއަގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭގޮތުން ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކަށް ބެލުމުން އެނގެންއޮންނކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/177 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، މީގެއިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2015/SC-A/16 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، މިފަދަ ޖަޒާއީ ޝަރުތެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލެއްތޯއާއި ބަދަލުގެގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ "ތަޢައްސުފު" abuse)(arbitrariness/ ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލެއްތޯވެސް ބެލެވެންޖެހޭނެކަނ އެނގޭކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނި ށ ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް އ ބިލްތަކުގައވި މުއްދަތުގައި ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 208,000/-ރ. )ދެލައްކަ އަށްހާސް ރުފިޔާ( ލިބެންޖެހުކަމަށޭ ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑެގެ ފަރާތުން ބުނެފައިވާއިރު، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް އ މިންވަރަށް ގެއްލުންވިކަން ސާބިތުކުރުމުގެ ގޮތުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން އެއްވެސް ޙުއްޖަތެއް އަދި ޤަރީނާއެއްވެސް ދަށުކޯޓުގައި ހުށަހަޅާފައިވާކަނ އެނގެންނެތުމުން، ވައިޓްލައިން ޕްރުއިވެޓް ލިމިޓެޑުން ބުނާ މިންވަރަށް އެކުންފުންޏަށް ގެއްލުންވެފައިވާކަނ ޝަރީޢަތަށްސާބިތިކޮށްދެވިފައިނުވކަމާއެ،މީގެ އިތުރުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ މިންވަރަކީ އ ކުންފުންޏަށް ލިބުނުކަމަށް ބުނާ ގެއްލުމަކާއިއެކަށީގެންވާ މުނާސިބު ބަދަލެއްކަންވެސް އ ކުންފުންޏަށް ސާބިތުކޮށްދެވިފައިނެތްކަމާއި، އހެންކަމުނެ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑގް ފަރާތުނަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ފޮނުވާފައިވާ ބިލްތަކަށް އެ ބިލްތަކުގައިވާ މުއްދަތުގައި ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުނ ޖޫރިމަނާ ފައިސާ ގެ ގޮތުގައި 208,000/-ރ. )ދެލައްކަ އަށްހާސް ރުފިޔާ( މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނގަފަރާތުންވައިޓް ލައިން ޕްރައިވެޓް ލިމިޓެޑށޭ ދައްކަންޖެހޭކް މަށަ އިސްތިއުނާފުކުރެވު ސިވިލ ކޯޓުގެ ނަންބަރ 241/Cv-C/2015 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭ ޢާއްމު އުސޫލުތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 2015/SC-A/16 ޤަޟިއްޔާއާއި، ދިވެހިރާއްޖގޭ ހައިކޯޓުގެ ނަންބަރ 2015/HC-A/177 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމެވެ. ވީމާ، އިސްވެ ދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރ 241/Cv-C/2015 ޤަޟިއްޔާގައި އެ ކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެކަމުގައެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 241/Cv-C/2015 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެންނާތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ