—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޖޫރިމަނާގެ ގޮތުގައި އެދިފައިވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.
- ވާޤިޢާ
- ސްކޫލާއި ކޮންޓްރެކްޓަރާ ދެމެދު ވެވުނު ދެ މަސައްކަތު އެއްބަސްވުމެއްގެ ދަށުން ކުރި މަސައްކަތަށް ފޮނުވި ބިލުތަކުގައި، 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ކޮންމެ ދުވަހަކަށް 8000 ރުފިޔާ ދައްކަންޖެހޭ ކަމަށް ހިމަނާފައިވުމުން، ލަސްވުމުގެ ޖޫރިމަނާގެ ގޮތުގައި 624،000 ރުފިޔާ ހޯދުމަށް ދަޢުވާކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މަސައްކަތުގެ އެއްބަސްވުންތަކުގެ ދަށުން ފޮނުވި ބިލުތަކުގައި ހިމަނާފައިވާ ޖަޒާއީ ޝަރުތުގެ ދަށުން ފައިސާ ދެއްކުން ލަސްވުމުގެ ޖޫރިމަނާ ނަގައިދެވޭތޯ، އަދި ގެއްލުން ސާބިތުނުކޮށް ޝަރުތު ޖަޒާއީގެ ބަދަލު ނަގައިދެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ މަފްހޫމް އޭގެ މަޤްޞަދު ގެއްލޭގޮތަށް ބޭނުންކޮށްފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ 2013/SC-A/27 ގެ މަބްދައު ދަށުކޯޓުން ތަބާނުވެ ދޫކޮށްލާފައިވާކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވުންތަކުގައި ޖޫރިމަނާއެއް ބަޔާންކޮށްފައި ނުވާކަމާއި، ދަޢުވާގެ ސީޣާއާއި ބިލުތަކުގައިވާ ކަންކަން އެއްގޮތް ނުވާތީ ދަޢުވާގެ އަސާސް ރަނގަޅު ނޫންކަމާއި، 2015/SC-A/16 އާއި 2015/HC-A/177 ގެ އުޞޫލުތަކުގެ މަތިން ގެއްލުމާއި އޭގެ މިންވަރު ސާބިތުކުރެވިފައި ނުވާތީ ޖޫރިމަނާ ނަގައިނުދެވޭނެކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ދަޢުވާކުރާ ފަރާތުން ފޮނުވިކަމަށް ބުނާ ބިލުތަކަކީ އަސާސްކަމުގައި ބަލައިގެން ހުށަހެޅި ދަޢުވާގެ ސީޣާގައި ބަޔާންކުރާ ކަންކަމާއި އެ ފަރާތުން ފޮނުވާފައިވާ ބިލުތަކުގައި ބަޔާންކޮށްފައިވާ ކަންކަން އެއްގޮތް ނޫންނަމަ، ހުށަހެޅި ދަޢުވާގެ އަސާސް ރަނގަޅެއް ނޫނެވެ. (ޕެރ. 5 (ށ))
ޝަރުތު ޖަޒާއީ (penalty clause) އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް ބޭނުންކުރެވޭ އިސްތިލާޙެކެވެ. (ޕެރ. 5 (ނ))
ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އިޚްތިޔާރު ކޮންޓްރެކްޓުގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެ ބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުތުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގައާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ "ޤަތުޢީ" އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުތުތަކަކަށެވެ. (ޕެރ. 5 (ނ))
ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދާނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންވެގެން އޮންނަގޮތުގެ މައްޗަށެވެ. ބަދަލު ދޭންޖެހޭނީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުމަށާއި، ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު ނުވަތަ އިންތިޒާރުކުރެވޭ ގެއްލުމަށެވެ. (ޕެރ. 5 (ނ))
ޝަރުތު ޖަޒާއީއެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެއެވެ. އެ ބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު" (arbitrariness/abuse) ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާ ކަމެކެވެ. (ޕެރ. 5 (ނ))
ކޮންޓްރެކްޓެއްގައި ހިމެނޭ "ޝަރުތު ޖަޒާއީ" އެއްގެ ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ "ލާ ޟަރަރަ ވަލާ ޟިރާރަ" މި ނައްސުންނެވެ. ޝަރުތު ޖަޒާއީގެ ދަށުން ނެގޭ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށް ވާނަމަ، އެއީ ސައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެއެވެ. އެފަދަ ބަދަލުތައް ނެގުމަށް ޝަރުތުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ޙަރާމްކުރެވިފައިވާ، މީހުންގެ މުދާ އެބައިމީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެއެވެ. (ޕެރ. 5 (ނ))
ބިލެއްގައި ކަނޑައެޅިފައިވާ ކަމެއް ޖަޒާއީ ޝަރުތެއްގެ ގޮތުގައި ބަލައިގަންނަ ނަމަ އަދި އެ ޝަރުތުގެ ދަށުން ފައިސާ ނަގައިދޭންޖެހޭކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ، އެ މިންވަރަށް ފައިސާ ނަގައިދިނުމުގެ ކުރިން އެ ބިލު ދަޢުވާ ލިބޭ ފަރާތަށް ޙަޤީޤަތުގައިވެސް ރައްދުވެފައިވޭތޯއާއި، އެ ބިލުގައިވާ ކަންކަމަށް އެ ފަރާތުން ސަރީޙަ ބަހުން ނުވަތަ ޟިމްނީކޮށް އިޢުތިރާފުވެފައިވޭތޯ ބެލުމުގެ އިތުރަށް، ބިލުގައިބުނާ މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ދަޢުވާކުރާ ފަރާތަށް އެއްވެސް ގެއްލުމެއްވެފައިވޭތޯއާއި، ގެއްލުންވެފައިވާނަމަ ގެއްލުންވެފައިވަނީ ކޮންގޮތަކަށްކަން އަދި އެއީ ކިހާ މިންވަރެއްގެ ގެއްލުމެއްކަން ސާބިތުކޮށްދެވޭފަދަ ޙުއްޖަތްތަކެއް ނުވަތަ ޤަރީނާތަކެއް ޝަރީޢަތަށް ހުށަހެޅިފައިވޭތޯ ބަލަންޖެހޭނެއެވެ. (ޕެރ. 5 (ރ))
ޖަޒާއީ ޝަރުތެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލެއްތޯއާއި ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ "ތަޢައްސުފު" (arbitrariness/abuse) ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލެއްތޯވެސް ބެލެވެންޖެހޭނެއެވެ. ގެއްލުން ވިކަން ސާބިތުކުރުމަށް އެއްވެސް ޙުއްޖަތެއް އަދި ޤަރީނާއެއް ހުށަހަޅާފައިނުވާނަމަ، ޖޫރިމަނާގެ ގޮތުގައި އެދޭ ފައިސާ ނަގައިދެވޭނެ ތަނެއް ނެތެވެ. (ޕެރ. 5 (ރ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ (ހ)، (ށ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ
- ހައިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާ
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1ސިވިލް ކޯޓުގެ ނަންބަރު 175/Cv-C/2015 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑގް ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
2ސިވިލް ކޯޓުގެ ނަންބަރ 175/Cv-C/2015 ޤަޟއްޔި ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އ ޤަޟިއްޔާއަކީ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ C- 649/2009 ( އ އ ޖަމާލުއްދީން ސްކޫލާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުނާ ކުރު މަސައްކަތަށް ފައިސ ހޯދުމަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ނަންބަރ 115/2012/WL )29 ޑިސެމްބަރ 2011( ބިލާއި، ނަންބަރ 120/2012/WL )09 ޖެނުއަރީ 2012( ބިލާއި، ނަންބަރު 123/2012/WL )11 ޖެނުއަރީ 2012( ބިލާއި، 124/2012/WL )11 ޖެނުއަރީ 2012( ބިލަށް ފައިސ ނުދީ ލަސްކުރުމުގެ ސަބަބުން ޖޫރުމަނާގެ ގޮތުގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ 624,000/- )ހަލައްކަ ސައުވީސްހާސް ރުފިޔާ( ލިބިފައި ނުވާތީ، މި ފައިސާ ހޯދުމަށް އެދި ޖަމާލުއްދީން ސްކޫލުގެ މައްޗަށް ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރ 175/Cv-C/2015 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، " ދެންފަހެ، އިސްވެދިޔަކަންކަނ އެހެން ހުރުމުން، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ C-649/2009 ( އާއި ޖަމާލުއްދީން ސްކޫލާއި ދެމެދު ވެވުނު އެއްބަސްވުމުންތަކުގެ ދަށުން ކުރި މަސައްކަތަށް ފައިސާ ހޯދުމަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނަންބަރ 115/2012/WL )29 ޑިސެމްބަރ 2011( ބިލާއި، ނަންބަރ 120/2012/WL )09 ޖެނުއަރީ 2012( ބިލާއި، ނަންބަރު 123/2012/WL )11 ޖެނުއަރީ 2012( ބިލާއި، ނަންބަރ 124/2012/WL )11 ޖެނުއަރީ 2012( ބިލަށް ފައިސާދިނުން ލަސްވުމުގެ ސަބަބުން ޖުރުމަނާގެ ގޮތުގައި ވައިޓް ލައިން ޕްރައިވެޓް ލާ މިޓެޑުން ހޯދުމަށި އެދިފައިވާ 624,000/- )ހަލައްކަ ސައުވީސްހާސް ރުފިޔާ( ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށްކަނޑއަޅައި، ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
4ސިވިލް ކޯޓުގެ ނަންބަރ 175/Cv-C/2015 ޤަޟިއްޔާނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 )ދޭއ( ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/91 )ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު( ގ 20 ވަނަ މާއްދާގައި، ކޮންޓްރެކްޓެއްގެ އެއްބައިވެރިޔާ އަނެއް ބައިވެރިޔާއަށް ލުއި ދެވިދާނެކަމަށް ބަޔާންކޮށްފައިވާ މަފްހޫމް، ބޭނުންކުރައްވާފައިވަނީ އެ މާއްދާގެ މަޤްޞަދު ގެއްލޭގޮތަށް ކަމަށްބުނެ ހުށަހެޅ ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/27 ޤަޟިއްޔާގެ ޙުކުމުގައި، އިނި ވޮއިސްގައި ކަނޑައަޅާފައިވާ ޖޫރާ މަނާފައިސާއަކީ ނަގައިދެވޭނެ ފައިސާއެއްކަމުގައ ކަނޑައަޅާފައިވާ މަބްދަޢުއަކީ، ކުރިން ކޮށްފައިވް މުޢާމަލާތްތަކަށް ތަތްބީޤު ކުރެވޭނެ ޤަޟިއްޔާއެއް ނޫންކަމުގައ ކަނޑައަޅުއްވާފައިވީނަމަވެސް، ދަޢުވާކޮށާ ފައިވަނީ، އެމަބްދަޢު ޤަރާރުވި ފަހުން ކަމުގައި ވާތީއާއި، އަދި، ކުރިން ކޮށްފައިވާ މުޢާމަލތެއްކަމުގައިވީނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ދަށުކޯޓުތަކުން ތަބާވާންވާނެކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަނޑައެޅުމާ ޚިލާފަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5HN1HN2HN3HN4HN5HN6HN7HN8މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރ 175/Cv-C/2015 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، ހުށަހޅިފައިމިވެ މައްސަލާގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑގު ފަރާތުން ޖަމާލުއްދީން ސްކޫލްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޖަމާލުއްދީން ސްކޫލާއި ވައިޓްލައިން ޕްރައިވެޓ ލިމިޓެޑާ ދެމެދު ވެފައިވާ ނަންބަރ JS-B/2011/24 "ރަށްދެބައިމަގާއި ވީފަރާތު ޖަމާލުއްދީ ން ސްކޫލްގެ އިންފާރު އެތެރެއަށް ޖެއްސުމާއި ގާޑް ޕޯސްޓެއް ހެދުމަށް ކުރަންޖެހޭ މަސައްކަތް" މަސައްކަތުގެ އެއްބަސްވުމާއި، ނަންބަރު JS-B/2011/37 "ލައިބްރަރީ މަރާމާތުކުރުން" މަސައްކަތު އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތަށް ފައިސާ ހޯދުމަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ނަންބަރ 115/2012/WL )29 ޑިސެމްބަރ 2011( ބިލާއި، ނަންބަރ 120/2012/WL )09 ޖެނުއަރީ 2012( ބިލާއި، ނަންބަރު 123/2012/WL )11 ޖެނުއަރީ 2012( ބިލާއި، 124/2012/WL )11 ޖެނުއަރީ 2012( ބިލަށް ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ޖޫރިމަނޭ ގެ ގޮތުގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށާ ލިބެންޖެހޭ 624,000/- )ހަލައްކަ ސައުވީސްހާސް ރުފިޔާ( ލިބިފައި ނުވާތީ، އެ ފައިސާ ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެންއޮންނައިރު، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނެވައިޓް ލައިން ޕްރައިވެޓް ލިމިޓްޑ ގެ ފަރާތުނ ޖޫރިމަނާ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ 624,000/-ރ. )ހަލައްކަ ސައުވީސްހާސް ރުފިޔާ( ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅކަނާ އެނގެންއޮންނަކަމެވެ. )ށ( ދެވަނަ ކަމަކީ، ޖަމާލުއްދީން ސްކޫލާއި ވައިޓްލައިން ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ނަންބަރ JS-B/2011/24 "ރަށްދެބައިމަގާއި ވީފަރިތާ ޖަމާލުއްދީން ސްކޫލްގެ އިންފާރު އެތެރެއަށ ޖެއްސުމާއި ގާޑް ޕޯސްޓެއް ހެދުމަށް ކުރަންޖެހޭ މަސައްކަތް" މަސައްކަތުގެ އެއްބަސްވުމާއު،ނަންބަރ JS- B/2011/37 "ލައިބްރަރީ މަރާމާތުކުރުނ" މަސައްކަތު އެއްބަސްވުމުގެ ދަށުން އިންވޮއިސްގައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާކުރެވޭނެކަމަށ އެ އެއްބަސްވުންތަކުގައ ބަޔާންކޮށްފައިނުވާކަމާއި، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖަމާލުއްދީން ސްކޫލަށް ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް ބަލާއިރު، ބުނެވުނު ބިލްތަކުގައިވާ ފައިސ 10 )ދިހައެއް( ދުވަސްތެރޭގައި ދައްކަންވާނެކަމަށާއި،
10 )ދިހައެއް( ދުވަސް ފަހުން ބިލްގައިވާ ފައިސާ ނުދެވިއްޖެނަމަ އިތރަށު ހިނގާ ކޮންމެ ދުވަހަކަށް )ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ ގޮތުގައި( 8000/-ރ. )އަށްހާސް ރުފިޔާ( ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަށުކޯޓުގައި ކޮށްފައިވާ ދަޢުވާއަކީ ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ބިލްތަކަށް އެ ބިލްތަކުގައވިމުއްދަތުގައި ފައިސާ ނުދެއްކުމުން އިތުރަށް ހިނގާ ދުވަސްތަކަށް ވައިޓް ލައެ ން ޕްރައިވެޓް ލިމިޓެޑަށް ލިބިދި ނ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާއެއްނޫންކަމާއި، އެހެންނަމަވެސް، އެ ދަޢުވާއަކީ ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑއާ ޖަމާލުއްދީން ސްކޫލާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ދަށުން ކުރި މަސައްކަތަށް ފައިސާ ހޯދުމަށް ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން ފޮން ވާފައިވާ ބިލްތަކަށް ފައިސާނުދީ ލަސްކުރުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ފައިސާ ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެންއޮތުމުން، ވައިޓްލައިޓް ޕްރައިވެޓ ލިމިޓެޑުން ޖަމާލުއްދީން ސްކޫލަށެ ފޮނުވިކަމަށް ބުނާ ބިލުތަކަކީ އަސާސްކަމުގައި ބަލައިގެން ހުށަހެޅި ދަޢުވާގެ ސީޣާގައި ބަޔާންކުރާ ކަންކަމާއި އެ ފަރާތުން ފޮނުވާފައިވާ ބިލުތަކުގައް ބަޔާންކޮށްފައިވާ ކަންކަން އެއްގޮތް ނޫންކަން އެނގެން އޮތުމުން ވައިޓްލައިޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގެ އަސާސް ރަނގަޅު ނޫންކަން އެނގެން އޮންނަކަމެވެ. )ނ( ތިންވަނަ ކަމަކީ، "ޝަރުތު ޖަޒާއީ" )clause penalty ( ގެ މަފްހޫމަށް ބަލާއިރު، ޝަރުތު ޖަޒާއީ އަކީ، ކޮންޓްރެކްޓެއްގެ ދަށުން އެކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމްވެގެންވާ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އެ އިލްތިޒާމެއް އަދާކުރެ މަށް ކަނޑައެޅިފައިވާ މުއްދަތުގައި އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލުގެ މިންވަރު ކުރިއާލައި ކަނޑައަޅައި، ބަދަލު ޙައްޤުވާ ފަރާތަށް އެ ބަދަލު ދިނުމަށް ކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމަށް ނުވަތަ ކުރެވޭ ޝަރުތަށް ބޭނުންކުރެވޭ އިސްތިލާޙެއްކަން އެނގެން އޮންނައިރު، ޝަރުތު ޖަޒާއީގެ ބުނެވުނު މަފްހޫމުގެ މައްޗަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓެއްގެ ދަށުން އުފެދޭ އިލްތިޒާމެއް އަދާނުކުރުމުގެ ސަބަބުން ނުވަތަ އަދާކުރުން ލަސްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ މިންވަރު ވަޒަންކޮށް އެ ބަދަލު ނެގުމާމެދު އެއްބަސްވުމުގެ ބާރާއި އ ޚްތިޔާރު ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިގެންވީ ނަމަވެސް، އެބާރާއި އިޚްތިޔާރަކީ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ޤައިދެއް ނެތި، މުތުލަޤު ގޮތަކަށް ބޭނުންކުރެވޭނެ ބާރަކާއި އިޚްތިޔާރެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ކޮންޓްރެކްޓުގައި ހިމެނުން ހުއްދަކުރާ ޝަރުތުތައް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގަޔާއި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ "ޤަތުޢީ" އަޙްކާމްތަކާއި ޚިލާފުނުވާ ޝަރުތުތަކަކަށް ކަން އެނގެން އޮންނަކަމަށާއި، ކޮންޓްރެކްޓުގެ ބައިވެރިއަކު އެ ކޮންޓްރެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމެއް އަދި ނުކުރުމުން ނުވަތަ އަދާނުކޮށް ލަސްކުރުމުން އޭގެ ސަބަބުން ގެއްލުންވާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ޙައްޤުވާ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭނީ ޤާނޫނު ނަންބަރ 91/4 )ކޮންޓްރެކްޓާބެހޭ ޤާނޫނު( ގެ 23 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާން ވެގެން އޮންނަގޮތުގެ މައްޗަށްކަމަށާއި، އެމާއްދާގެ )ހ( ގައިވާ ގޮތުން ބަދަލު ދޭންޖެހޭނީ ގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުންކަމަށާއި، އެމާއްދާގެ )ށ( އަށް ބެލުމުން އެއީ އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ކޮންޓްރެކްޓުގި ބައިވެރިންނަށް އެނގިފައިވާ ގެއްލުންކަމަށާއި، ކޮންޓްރެކްޓާއި ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަމަށް ލިބޭ ގެއްލުން ވަޒަންކުރުމުގައި ރިޢާޔަތްކުރަންޖެހޭ މައިގަނޑު ދެ ބާވަތެއްގެ ގެއްލުން ބަޔާންކޮށްފައިވާކަމަށާއި، ފުރަތަމަ ބާވަތަކީ: ކޮންޓްރެކްޓާއި ޚިލާފުވުމުގްސަބަބުން ލިބޭ ސީދާ ނުވަތަ ޙަޤީޤީ ގެއްލުންކަމަށާއި ދެވަނަ ބާވަތަކީ؛ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުނުލިބިދާނެކަމަށް ކޮންޓްރެކްޓުގެ ބައިވެރިންނަށް ފެންނަ ނުވަތަ ތަސައްވަރު ނުވަތަ އިންތިޒާރުކުރެވޭ ގެއްލުންކަމަށާއި، އަދި މިފަދައިން ކަން ވެފައިވާކަން ސާބިތުވެއްޖެނަމަ މިފަދަ ޝަރުތު ޖަޒާއީ އެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، އިޝާރާތްކުރެވުނުފަދަ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެކަމަށާއ، އެބަދަލު ކަނޑައެޅުމުގައި "ތަޢައްސުފު" (arbitrariness/abuse)ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި، މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ އަޙްކާމްތަކާއި ކަނޑައެޅިގެން ތަޢާރުޟުވާކަމެއްކަމަށާއި، ކޮންޓްރެކްޓެއްގައި ހިމެނާ "ޝަރުތު ޖަޒާއީ" އެއްގެ ދަށުން ނެގުމަށް އެއްބަސްވެވޭ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ މާތްރަސޫލ )ސައްލައﷲ ޢަލައިހި ވަސައްލަމް( ޙަދީސް ކުރައްވާފައިވާ "ލާ ޟަރަރަ ވަލާ ޟިރާރާ" މި ނައްސުންކަމަށާއި، ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅުގައި ބ ޔާންކުރެވިފައިވާ މިޤާޢިދާއަށް ރިޢާޔަތްކުރާއިރު، ޝަރުތު ޖަޒާއީގެ ދަށުން ނެގޭ ބަދަލަކީ "ތަޢައްސުފު" ކޮށް ނެގޭ، ލިބިދާނެކަމަށް ބެލެވޭ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނެ މަސްލަޙަތަކާ ނުވަތަ ފާއިދާއަކާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށް ވާނަމަ، އެއީ ސައްޙަ އަސާސެއްގެ މައްޗަށް ބިނާކޮށް ނެގޭ ބަދަލެއްކަމުގައި އިސްލާމީ ނަޒަރަކުން ނުބެލެވޭނެކަމަށާއި އެފަދަ ބަދަލުތައް ނެގުމަށް ޝަރުތުކުރުމަކީ އިސްލާމީ ޝަރީޢަތުގެ ނައްސުން ޙަރާމްކުރެވިފައިވް،މީހުންގެ މުދާ އެބައި މީހުންގެ ރުހުމަކާއި ނުލައި ނުޙައްޤުން އަތުލުންކަމުގައި މެނުވީ ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2015/SC-A/16 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/177 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ. )ރ( ހަތަރުވަނަ ކަމަކީ، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން ޖަމާލުއްދީން ސްކޫލަށް ފޮނުވާފައިވާ ބިލްތަކުގައި ޖަޒާއީ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީއެ ބިލާ ތަކ ގައިވަ މުއްދަތުގައެފައިސާ ނުދެވިއްޖެނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް )ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ގެއްލުމެއްގެ ބަދަލެއްގެ ގޮތުގައި( 8000/- ރ. )އަށްހާސް ރުފިޔާ( ދައްކަނު ޖެހޭނެކަމަށް ކަމާއި، އެހެންކަމުން ބުނެވުނު ބިލްތަކުގެ ކަނޑައެޅުނެކަމަކީ ޖަޒާއީ ޝަރުތެއްގެ ގޮތުގައި ބަލައިގަންނަ ނަމަ އަދި އެޝަރުތުގެ ދަށުން ފައިސ ނަގައިދޭންޖެހޭކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ، އަމިންވަރަށް ފައިސާ ނަގައިދިނުމުގެ ކުރިން އެބިލ ޖަމާލުއްދީން ސްކޫލް ށ ޙަޤީޤަތުގައިވެސް ރައްދުވެފައިވޭތޯއާއި އެބިލުގައިވާކަންކަމަށެ ޖަމާލުއްދީން ސްކޫލު ގ ފަރާތުން ސަރީޙަބަހުން ނުވަތަ ޟިމްނީކޮށް އިޢުތިރާފުވެފައިވޭތޯ ބެލުމުގެ އިތުރަށް އެބިލުގައިވާ ޢަދަދަށް އެ ބިލުގައިބުނާ މުއްދަތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ވައިޓްލައިން ޕްރައިވެޓްލިމިޓެޑަށް އެއްވެސ ގެއްލުމެއްވެފައިވޭތޯއާއި، ގެއްލުންވެފައިވާނަމަ ގެއްލުންވެފައިވަނީ ކޮންގޮތަކަށްކަން އަދި އެއީ ކިހާ މިންވަރެއްގެ ގެއްލުމެއްކަން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވޭފަދަ ޙުއްޖަތްތަކެއް ނުވަތަ ޤަރީނާތަކެއް ޝަރީޢަތަށް ހުށަހެޅިފައިވޭތޯ ބަލަންޖެހޭނެކަން ގެއްލުމުގެ ބަދަލުގެ މިންވަރު ނަގައިދިނުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި ބަޔާންކުރާކަންކަމަށާއި ގެއްލުމުގެ ބަދަލު ނަގައިދިނުމާއަގުޅޭގޮތުނ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކަށް ބެލުމުން އެނގެންއޮންނކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/177 ޤަޟިއްޔާގައި ބަޔާންކޮށްފައިވ ކަމާއި، މީގެއިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގ ނަންބަރ 2015/SC-A/16 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، މިފަދަ ޖަޒާއު ޝަރުތެއްގެ ދަށުން ކަނޑައެޅޭ ބަދަލުގެ މިންވަރަކީ، ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދަލެއްތޯއާއި ބަދަލުގެގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ "ތަޢައްސުފު" (arbitrariness/abuse) ވެ، ލިބޭ ގެއްލުމާއި ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު މިންވަރެއްގެ ބަދަލެއްތޯވެސް ބެލެވެންޖެހޭނެކަނ އެނގޭކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނި ޖަމާލުއްދީން ސްކޫލާ ށ ފޮނުވާފައިވާ ފައިސާގެ ބިލްތަކަށް އެ ބިލްތަކުގައވ މުއްދަތުގައި ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 624,000/- )ހަލައްކަ ސައުވީސްހާސް ރުފިޔާ( ލިބެންޖެހުކަމަށުވައިޓް ލައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރް، ވެއިޓްލައިން ޕްރައިވެޓ ލިމިޓެޑަށް އ މިންވަރަށް ގެއްލުންވިކަން ސާބިތުކުރުމުގެ ގޮތުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑުން އެއްވެސް ޙުއްޖަތެއް އަދި ޤަރީނާއެއްވެސްދަށުކޯޓުގައ ހުށަހަޅާފައިވާކަން އެނގެންނެތުމުން، ވައިޓްލައިން ޕްރައިވެޓ ލިމިޓެޑުން ބުނާ މިނާވަރަށް އެކުންފުންޏަށް ގެއްލުންވެފައިވާކަން ޝަރީޢަތަށްސާބިތިކޮށްދެވިފައިނުވކަމާއ، މީގެ އިތުރުން ވައިޓްލައިން ޕްރައިވެޓް ލިމިޓެޑަށް ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ މިންވަރަކީ އެ ކުންފުންޏަށް ލިބުނުކަމަށް ބުނާ ގެއްލުމަކާއި އެކަށީގެންވާ މުނާސިބު ބަދލެއްކަންވެސަ އ ކުންފުންޏަށް ސާބިތުކޮށްދެވިފައިނެތްކަމާއި، އހެންކަމުނެ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭ ޢާއްމު އުސޫލުތަކުގެ މައްޗަށާއި އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރ 2015/SC-A/16 ޤަޟިއްޔު އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/177 ޤަޟިއްޔާ ގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑަގެ ފަރާތުނާ ޖަމާލުއްދީން ސްކޫލު ށ ފޮނުވާފައިވާ ބިލްތަކަށް އެ ބިލްތަކުގައިވާ މުއްދަތުގައި ފައިސާ ނުދީ ލަސްކުރުމް ގެ ސަބަބުން ޖޫރިމަނާގެ ގޮތުގައާ ވައިޓް ލައިން ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ 624,000/- )ހަލައްކަ ސައުވީސްހާސް ރުފިޔާ( ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް އިސްތިއުނާފުކުރެވ ސިވިލް ކޯޓުގެ ނަންބަރ 175/Cv-C/2015 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގ ހައިކޯޓުގައި މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ. • ޙުކުމް:- ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 175/Cv-C/2015 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.