ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/HC-A/301ހައިކޯޓު · 23 އޮގަސްޓް 2017 · ކޯޓު އަމުރު (ބަންދު)

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 23 އޮގަސްޓް 2017ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން، ފުރަތަމަ ގެނައި ހެކި ފިޔަވައި އިތުރު ހެއްކެއް ހުށަނާޅާތީ އަދި ހެކީގެ މިންވަރަކީ މިނިވަންކަން އިތުރަށް ހިފެހެއްޓުމަށް އެކަށީގެންވާ މިންވަރެއް ނޫންތީ، ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
ވާޤިޢާ
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަށް މެންބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ބަންދު ޝަރީޢަތް ނިމެންދެން އިތުރުކުރުމަށް ފުލުހުން ދެވަނަ ފަހަރަށް އެދުނެވެ. ފުރަތަމަ އަމުރުގައި އިތުރު ހެކި ހުށަހަޅަން އަންގާފައިވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރިޝްވަތުގެ ތުހުމަތުގައި ބަންދުގައިވާ މީހެއްގެ ބަންދު ޝަރީޢަތް ނިމެންދެން އިތުރުކުރުމަށް ނުފެނި ދޫކޮށްލި ކްރިމިނަލް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ޤާނޫނާ ޚިލާފު އަމުރެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޚިލާފު އަމުރެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ތުހުމަތަކީ ޖިނާއީ ބޮޑު ކުށެއް ނޫންކަމާއި، ކުށުގެ ރެކޯޑެއް ނެތްކަމާއި، ހުށަހެޅި ހެކި (އިންޓެލިޖެންސް މަޢުލޫމާތު، ބަޔާން، މެސެޖް، އޯޑިއޯ) ތުހުމަތުކުރެވޭ މިންވަރުގެ ހެކި ނޫންކަމާއި، 60 ވަނަ މާއްދާގެ (ށ) ގެ ސަބަބެއް ނުދައްކާތީ، އަދި އެދުނީ ކަސްޓޯޑިއަލް ޖަލެއް ނޫން ތަނެއްގައި ބަހައްޓަން ކަމަށްވާތީ، ބަންދު ކުރުމުގެ ސަބަބެއް ނެތްކަމަށް ކޯޓުން ކަނޑައެޅިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޖިނާއީ އިޖްރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ކޯޓު އަމުރަށް އެދުމާއި އެއަމުރު ކޯޓުން ނެރުއްވުމާއި އަދި އެއަމުރު ތަންފީޒުކުރުމާއި މީހުން ހައްޔަރުކުރުމާއި ބަންދުކުރުމާއި އަދި ތަޙްޤީޤު ހިންގުމުގައި ޢަމަލުކުރަންޖެހޭނީ އެޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި ބަޔާންކުރާ އުޞޫލުތަކަށް ކަމާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރެވެމުން ދިޔަ ޖިނާއީ އިޖްރާއަތާގުޅޭ އެންމެހައި އުސޫލުތައް ބާޠިލްވާނެއެވެ. (ޕެރ. 3(ށ))

ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބަކަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެއެވެ. (ޕެރ. 3(ނ))

ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި، އެމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތަނުގައި ޢަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކުރަންވާނެއެވެ. (ޕެރ. 3(ނ))

ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަށް އަމުރު ކުރެވޭނީ، އޭނާ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލައިފާނެކަމަށް، ނުވަތަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލު ކުރެވިއްޖެ ޙާލަތެއްގައި، ދެ ޝަރުޠު ފުރިހަމަވެގެންނެވެ. (ޕެރ. 3(ނ)، 3(ރ))

ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައި ވިޔަސް، 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، 15 ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެވިދާނެއެވެ. (ޕެރ. 3(ނ))

15 ދުވަހަށްވުރެ ދިގުމުއްދަތަކަށް ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމައެވެ. މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ޖިނާއީ ކުޑަ ކުށެއްގައި ކަމަށްވާނަމަ، އޭނާ 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެން ނުވާނެއެވެ. (ޕެރ. 3(ނ))

ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިނެތް ނަމަ އަދި 60 ވަނަ މާއްދާގެ (ށ) ގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ނެތްނަމަ، އެއްވެސް ޝަރުޠަކާ ނުލައި ބަންދުން ދޫކޮށްލުމަށް އަންގަންވާނެއެވެ. ސަބަބެއް ނެތް ނަމަވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު ބަންދުން ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޕެރ. 3(ނ))

ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ ދަށުން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބަންދުކޮށްފައި ބައިތިއްބަންވާނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ކަނޑައަޅާފައިވާ ފަދަ ކަސްޓޯޑިއަލް ޖަލެއްގައެވެ. ކަސްޓޯޑިއަލް ޖަލަކީ ތަޙްޤީޤަށް ބަންދުކުރެވޭ މީހުން ތިބުމަށް ޚާއްޞަ ކުރެވިފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގައި ބަލަހައްޓާ ޖަލެވެ. (ޕެރ. 3(ބ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ބ) އަދި (ޅ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 212 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ 1، 2 އަދި 3
  • ޤާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 އަދި 6 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ރިޝްވަތުގެ ކުށް)

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

a ދިވެހިރާއްޖޭގެ ހައިކޯޓު މާލެ، ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ  ޤަޟިއްޔާ ނަންބަރު: 301A/-/HC7201  އިސްތިއުނާފުކުރި ފަރާތް: * ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސީ * ދާއިމީ އެޑްރެސް:[…] * އައިޑީ ކާޑު ނަންބަރު: * މިހާރުގެ އެޑްރެސް:[…] * ނަން: އަޙްމަދު ޝާފިޢު * ދާއިމީ އެޑްރެސް: […] * އައިޑީ ކާޑު ނަންބަރު: […] * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: 01 ޛުލްޙިއްޖާ 1438 18 ޖުލައި 2017 32 އޮގަސްޓް 2017  އިސްތިއުނާފުކުރެވުނު ކޯޓު އަމުރު  ނަންބަރު: 4041J/MD/2017/-145  ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު  މައްސަލައިގެ ބާވަތް: ބަންދުގެ މުއްދަތު އިތުރުކުރުން  ހުށަހެޅި ތާރީޚް: .20177.090 *ނިމުނު ތާރީޚް: .20177.090  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރްޢުބްދުއްރައޫފު އިބްރާހީމުފަނޑިޔާރ ޢަބްދު ﷲ ޙަމީދު ފަނޑިޔާރު ޢަލީ ސަމީރު  ދަޢުވާގެ ޚުލާޞާ: މިއީ ކްރިމިނަލް ކޯޓުގެ ނަންބަރ J/MD/2017/4041-145 ކޯޓު އަމުރު އެ ކޯޓުން ނެރުއްވފައިވަނާ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ ލ.ފޮނަދޫ/ސްވީޓްފްލާވަރ، އަޙްމަދު ޝާފިޢު އެވެ.  ފާހަގަ ކުރެވުނު ނުކުތާތައް:

1) ކްރިމިނަލް ކޯޓުގެ ނަންބަރ J/MD/2017/4041-145 ކޯޓު އަމުރަށް ބަލާއިރު، އެ އަމުރަކީ ލ.ފޮނަދޫ/ސްވީޓްފްލާވަރ، އަޙްމަދު ޝާފިޢުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ރިޝްވަތުގެ މައްސަލައިގައި މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބަޔާންކުރައްވައި، އޭނާ ބަންދުން ދޫކޮށްލެއްވުމަށް އަންގަވައު 09 ޖުލައި 2017 ދުވަހުގެ 16:04 ގައި ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.

2) ކްރިމިނަލް ކޯޓުގެ ނަންބަރ J/MD/2017/4041-145 ކޯޓު އަމުރު، އެ ކޯޓުން ނެރއްވު ފައިވަނާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތކަ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެ ނުކުތާއާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކީ ދައްކާފައިވެއެވެ.  ނުކުތާ: ކްރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4041-145 ކޯޓު އަމުރަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ޚިލާފަށާ ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.

3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލާއ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހަޅަފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓުގ ނަންބަރ 145-J/MD/2017/4041 ކޯޓު އަމުރަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސް ކުރުމަށް، ބޭނުންވާ ވޯޓު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިޝް މައުމޫން އާއި އިތުރު ބަޔަކު ބައިވެރިވެގެން ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގައި ލ.ފޮނަދޫ/ސްވީޓްފްލާވަރ، އަޙްމަދު ޝާފިޢު ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވައިފާނެތއާއީ ފިލާފާނެކަމަށް ބެލެވޭކަމަށް ބަޔާންކުރައްވައި، އެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އަޙްމަދު ޝާފިޢު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު MF/161656 "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އަޙްމަދު ޝާފިޢު އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނަކަމަށް ބަޔާންކުރައްވައި އޭނާ ބަންދުން ދޫކޮށްލެއްވުމަށް ނެރުއްވާފައިވާ އަމުރެއް ކަމާއި، އެ ގޮތަށް އެއަމުރު ނެރުއްވުމުގައައޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުރަތަމަ ގެނައި ހެކި ފިޔަވައި އިތުރު ހެއްކެއް ތަޙްޤީޤުކުރާ ފީރާތުން ޝަރާ ޢަތަށް ހުށަހެޅިފައިނުވުމާއި، އިތުރު ހެއްކެއް ޝަރާޢަތ ހިއްސެކޮށްފައިނުވުމާއި އަދި ހުށަހެޅިފައިވާ ހެކީގެ މިންވަރަކީ މީހެއްގެ މިނިވަންކަން އިތުރަށް ހިފެހެއްޓުމަށް އުކަށީގެންވާ މިންވަރެއް ނޫންކަމަށް ބަޔާންކޮށްފައިވާކަނ އެއަމުރު ގެ "އިތުރު ބަޔާން" އަށް ބެލް މުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މައްސަލަތައް ތަޙްޤީޤުކުރުމާއި ދަޢުވާކުރުމާއި ޝަރީޢަތް ހިންގުމާއި އަދި ޙުކުމް ތަންފީޒުކުރުމާގުޅޭ އިޖްރާޢާތުތައް ބަޔާންކޮށް ފާސްކޮށްފައިވާ ޖިނު އީ އިޖްރާޢަތުގެ ޤާނޫނު (ޤާނޫނުނަންބަރު 2016/ 12) އަށި02 ޖުލައި 2017 ގައި ޢަމަލުކުރަން ފެށިފައިވ ކަމާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމުން ކޯޓު އަމުރަށް އެދުމާއި އެއަމުރު ކޯޓުން ނެރުއްވުމާއި އަދި އެއަމުރ ތަންފީޒުކުރުމާއި މީހުން ހައްޔަރުކުރުމާއި ބަންދުކުރަމާއި އަދި ތަޙްޤީޤު ހިންގުމުގައި ޢަމަލުކުރަންޖެހޭނީ އެޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގައި ބަޔާންކުރާ އުޞޫލުތަކަށް ކަމާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރެވެމުން ދިޔަ ޖިނާއީ އިޖްރާއަތާގުޅޭ އެންމެހައި އުސޫލުތައް ބާޠިލްވާނެކަން އެޤާނޫނުގެ212 ވަނަ މާއްދާގެ (ށ) އާއި (ނ) ގ1،2 އަދ3 ވަނަ ނަންބަރަށް ބެލުމުން އެނގެން އ ތުމުން މިހާރު ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރަންޖެހޭނީ ޖިނާއީ އިޖްރާޢަތުގެ ޤާނޫނުއާއި އެޤާން ނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވ ކަންތައްތަކަށް ކަމަށް ޤަބޫލުކުރެވެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ: ކުށެއްގެ ތުހުމަތުގައިވާ މީހެއް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް އޭނާގެ ބަންދާމެދްގޮތެއް ނިނެމުމުގައި ފަނޑިޔާރު ބަލަންޖެހޭ ސަބަބުތައެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގި49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 2016/12 (ޖިނާއުއިޖްރާއު ތ ގެ ޤާނޫނ) ގ60 ވާނަ މާއްދާގެ (ށ) ގައިބަޔާންކޮށްފައިވ ކަމާއި، އެ ސަބަބުތަކުން ކުރެ ސަބަބަކަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދމެދާ ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކުރުމުން އޭނާގެ ބަންދާމެދު 4 (ހަތަރެއް) ގޮތަކަށް ނިންމިދާނެކަން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި، އެއީ:- 1- އޭނާބަންދުގައ ބެހެއްޓުމަށް އަމުރު ކުރިން؛ 2- އެއްވެސް ޝަރުޠެއް ނެތި ބަންދުން ދޫކޮށްލުމަށް އަމުރު ކުރުން؛ 3- ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އަމުރު ކުރުން، އަދި 4- ޝަރުޠަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކުރުން، ކަމާއި، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއު ނިންމުމަށް ހުށަހެޅުމުނޭ އޭނާގެ ބަންދާމެދު އިސްވެ ބަޔާންވެދިޔަ ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިންމުމުގައި، އެމީހާގެ މައްޗަށް ތުހުމަތުކުރެވަ ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކާ މަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކުރަންވާނެކަން ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 59 ވަނަ މާއްދާއަށް ބެލުމނު އެނގޭއިރު، އިސްވެ ބަޔާންވެ ދިޔަ ގޮތުގެމަތިން ކުށެއްގެ ތުހުމަތުގައިވާ މީހެއް "ބަންދުގައި ބެހެއްޓުމުގެ އަމުރު" ދެގޮތަކަށް ނެރެވިދާނެ ކަމާއި، އެތަނުނ އެއްގޮތަކީ، މައްސަލައެއްގެ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުން ކަމާއި، އަދި އަނެއް ގޮތަކީ، ވަކި ދުވަހަކަށް މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުން ކަމާއި، މީގެ ތެރެއިން: - 1- ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަށް އަމުރް ކުރެވޭނީ، ދެޝަރުޠެއް ފުރިހަމަވެގެން ކަމާއި، އެއީ،

(ހ) އޭނާ ކުށް ކުރިކަމަށް ތުހުމަތިކުރެވޭ މިންވަރަށް ހެކި ހުރމާއ، އަދި

(ށ) އޭނާ ބަންދުން ދޫކޮށްލައިފިނަމަ،އޭނާއިމެދު ތުހުމަތަކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ؛ ކޯޓަށް ހޒިރާ ނުވެދާނެކަމަށް، ނުވަތަ؛ ފިލައިފާނެކަމަށް، ނުވަތަ؛ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލު ކުރެވިއްޖެ ޙާލަތެއްގައި ކަން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) އިން އެނގޭކަމާއި، 2- ވަކިދުވަހު ކަށް މީހަކު ބަންދުގައި ބެހެއްޓުމަށީ އަމުރު ކުރެވޭނެ، ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރެވޭ މީހާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްކަމުގައި ވިޔަސް، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮވެ، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެވިދާނެކަން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) އާއި (ބ) އަށް ބެލުމުން އެނގޭކަމާއި، އިސްވެ ބަޔާންވެ ދިޔަމުއްދަތަށު ވުރެ ދިގުމުއްދަތަކަށް މީހަކު ބަންދުގެ އ ބެހެއްޓުމަށް ޤާނޫނ ތަންފީޒުކުރާ ފަރާތަކުން އެދިއްޖެ ޙާލަތެއްގައި ބަންދުގް މުއްދަތު އިތުރުކޮށް ދިނުމުގެ އީ ޚްތިޔާރު ފަނޑިޔާރަށް ލިބިގެންވަނީއެމީހާގެ މައްޗަށް ތުހުމީތު ކުރެވިފައިވަނީ ޖިނާއި ބޮޑު ކުށެއް ކަމުގައިވާނަމަ، ކަމާއި، އަދ އެގޮތުން ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމުގައު އޭނާއާ އެކުށާގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އިތުރުކޮށްދޭ މުއްދަތަ 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެގެން ނުވާނިކަމާއި، އެހެންނަމަވެސް، އޭނާ އެކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ފަހުން (ބަންދުން ދޫކޮށްލާފައި ވަނިކޮށް) ލިބިއްޖެނަމަ،15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން ޤާނޫނު ނަންބަރ 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގ60 ވަނަ މާއްދާގެ (ޅ) އަށް ބެލުމުން އެނގެން އޮތުމުން، މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ޖިނާއީ ކުޑަ ކުށެއްގައި ކަމަށްވާނަމަ، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަ ތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެން ނވާނު ކ ން އިސްވެ ބަޔާންވެދިޔަ ޤާނޫނީ އުސޫލުތަކަށް ބެލުމުން އެނގޭކަމާއި، މީގެ އިތުރުން،އެމީހަކް ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިނެތް ނަމަ އަދި އިސްވެ ބަޔާންވެ ދިޔަ ސަބަބުތަކުގެ ތެރެއިނުސަބަބެއް ނެތްނަމަ، އެއްވެސް ޝަރުޠަކާ ނުލައި އޭނާ ބަންދި ން ދޫކޮށްލުމަށް އަންގަންވާނެކަމާއި، އަދ ބުނެވިދިޔަ ސަބަބުތަކުގެ ތެރެއިން ސަބބެއްނެތް ނަމަވެސް، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ކަފާލާތުގެ އުސޫލުން އޭނާ ބަންދުން ދޫކުރުމަށް ނުވަތަ ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން ޤާނޫނު ނަންބަރ 2016/ 12(ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގ60 ވަނަ މާއްދާގެ (ނ) އިން އެނގޭއިރު، މި މައްސަލައިގަ އ އަޙްމަދު ޝާފިޢުގެ މައްޗަށް ތުހުމަތުކުރެވިފައިވަނ ޤާނޫނު ނަންބަރ 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ނޫންކަމާއި، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ރިޝްވަތުގެ ކުށުގައް ކަމާއި، އޭނާގެ ކުށުގެ ރެކޯޑެއް ނެތްކަމާއި، އަދި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުނެރުމުގައި ފަނޑިޔާރު ބައްލަވަންޖެހޭކަމަށ ޤާނޫނުއަސާސީގެ49 ވަނަ މާއްދާއާއި ޖިނާއީ އިޖްރާއަތުގެ ޤާނޫނުގި60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބުތަކުގެ ތެރެއަން ސަބަބެއް އޮތްކަމަށް ބެލެވޭފަދަ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް މ މައްސަލަ ހުށް ހެޅި ފަރާތުން ދެއްކިފައިނުވުމުން އަޙްމަދު ޝާފިޢު، އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނަކަމަށާއި، އޭނު ބަންދުން ދޫކޮށްލެއްވުމަށް އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓިގެ އަމުރު ނެރުއްވާފައް ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރަންޖެހް މިންވަރުގެ ހެކި ހުށަހަޅާފައިނުވާކަމަށ ފަނޑިޔާރަށް ޤަބޫލުކުރެއްވޭތީކަން އެއަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ: ރިޝްވަތު ދިނުމާއި ދިނުމަށް އުޅުމާއި، އަދ ރިޝްވަތު ޤަބޫލުކުރުމާއި ޤަބޫލުކުރުމަށް އުޅުމަކި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއްކަން އެނގޭއިރު، މި މައްސަލައިގައ އަޙްމަދު ޝާފިޢުގާމައްޗަށް ތުހުމަތު ކުރެވިފައިވު ރިޝްވަތުގެ ކުށަށް އޭނާ އިންކާރުކޮށް އަޙްމަދު ޝާފިޢު ތަޙްޤީޤަށް ބަޔާން ދީފައިވާއިރު، މި މައްސަލައިގައި އަޙްމަދު ޝާފިޢުގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވުމަށ އދ ހުށަހެޅި ހެއްކާއި ޤަރީނާއަކީ، އިންޓެލިޖެންސް ސިއްރު މަޢުލޫމާތާއި، ހެއްކެއްގެ ބަޔާނާއި، މެސެޖްތަކުގެ ތަފްސީލްއާއި، އޯޑިއޯ ކްލިޕްކަން އަޙްމަދު ޝާފިޢުގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވުމަށ އެދި ހުށަހެޅި ފޯމުން އެނގޭކަމާއި، އަދި އަޙްމަދު ޝިފާޢު ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދަށު ކޯޓުގައި އެދިފައިވަނީ މި މައްސަލައިގެ ޝަރީޢަތް ނިމެންދެން އަޙްމަދު ޝާފިޢު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށްކަމަށްވާއިރު، ޤާނޫނު ނަންބަރ 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގ60 ވަނަ މާއްދާގެ (ށ) ގައު ބަޔާންކޮށްފައިވާ ގޮތުގެމަތިނާޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެވޭނީ އެމް އްދާގައި ބަޔާންކޮށްފައިވާ ސަބަބުތް ކުގެ ތެރެއިން ސަބަބެއް އޮތުމުގެ އިތުރަށް އެމީހާގެ މައްޗަށ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެގެންކަން އެނގޭއިރު، އިސްތިއުނާފުކުރެވިފައި މިވާ ކޯޓު އަމުރަކީ އަޙްމަދު ޝާފިޢުގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދެވަނަ ފަހަރަށް އެދުމުން ނެރުއްވާފައިވާ އަމުރެއްކަމާއި، އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެންމެ ފުރަތަމަ އަމުރު ނެރުއްވުމުގައި އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް އޭގެ ފަހުން އެދޭއިރު، އިތުރު ހެކި ހުށަހެޅުމަށް އަންގާފައިވާކަން އަޙްމަދު ޝާފިޢުގ ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވައި، ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރ 145-J/MD/2017/3955 ކޯޓު އަމުރަށް ބެލުމުން އެނގޭކަމާއި، މި މައްސަލައިގައި އަޙްމަދު ޝާފިޢުގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް މި ކޯޓުން ބެލިއިރު، އެހެކިތަކަކީ އޭނާގެ މައްޗަށް ރިޝްވަތުގެ ކުށުގެ ތުހުމަތުކުރެވޭ މިންވަރުގެ ހެކިތަކެއް ކަމުގައި ނުވުމާއި އަދި އޭނާ ބަންދުގައި ބެހެއްޓުމަށް އެދި ހުށަހެޅި ހެކިތަކާއި ސަބަބުތަކުން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖްރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް މި މައްސަލައިގައި އޮތްކަމަކަށް މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަ ކަމެވެ.

(ބ) ފަސު ވަނަ ކަމަކީ: މި މައްސަލަ އިސްތިއުނާފުކުރަމުން އަޙްމަދު ޝާފިޢެބަންދުގައ ބެހެއްޓުމުގެ އަމުރު ނެރެދިނުމަށް ދައުލަތުގް ފަރާތުން އެދިފައިވަނި މިނިސްޓްރީ އޮފް ހޯމް އެފެއާރޒުނ ކަނޑައަޅާ ތަނެއްގައު ކަމަށްވާއިރު، މިހާރު ޢަމަލުކުރެވެމުންދާ ޖިނާއީ އިޖްރާއަތުގެ ޤާނޫނާ ( ޤާނޫނު ނަންބަރ 2016/12 ) ގެ ދަށުން ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބަންދުކޮށްފައި ބައިތިއްބންވާނ ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައި ކަނޑައަޅާފައިވާފަދ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ޖިނާއީ އިޖްރާއަތުގެ ޤާނޫނުގާ52 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވ ކަމާއި، ކަސްޓޯޑިއަލް ޖަލަކީ، ތަޙްޤީޤަށް ބަންދުކުރެވަމީހުން ތިބުމަށް ޚާއޞް ކުރެވިފައިވާ ޖަލުކަމާއި އެފަދަ ޖަލުތައް ހިންގައި ބަލަހައްޓާނީ ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅާ ގޮތެއްގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަން ޤާނޫނު ނަންބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ4 (ހ) ގ1 އާއެ6 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮތުމުން މި މައްސަލަ އިސްތިއުނާފުކުރަމުން ދައުލަތުގެ ފަރާތުނި އަޙްމަދު ޝާފިޢު ބަންދުގައި ބެހެއްޓުމަށާ އެދިފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ ޖިނާއީ އިޖްރާއަތުގައ ތަޙްޤީޤު މަރުހަލާގައި ވާ މީހުން ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާފައިވް ތަނެއްގައި ނޫންކަން އެނގެން އޮންނަކަމެވެ. ވީމާ،މ ޤަޟިއްޔ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މި މައްސަލަ އިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއާއި މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގޮސްފައިވާ މިންވަރަށާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަޙްމަދު ޝާފިޢު ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ބެލެވޭފަދަ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ދައުލަތުގެ ފަރާތުން ދެއްކިފައިނުވާތީ، އަޙްމަދު ޝާފޢި އިތުރަށް ބަންދުގައި ބެހއްޓުމަށެ އަމުރު ކުރއްވޭނެ ސަބަބެއް ނެތްކަމަށް، ކްރމިނަލި ކޯޓުގެ ނަންބަރު J/MD/2017/4041-145 ކޯޓު އަމުރުގައި ނިންމަވާފައިވ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެނެސް ލ.ފޮނަދޫ/ސްވީޓްފްލާވަރ، އަޙްމަދު ޝާފޢި އިތުރަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރާނެ ސަބަބެއް ނެތް ކަމަށެވެ.  ޙުކުމް ދެންފަހެ، އިސްވެ ބަޔާންވް ދިޔަ ސަބަބުތައް އެފަދައިން ހުރުމުން،ދައުލަތުގެ ފަރާތުނ އިސްތިއުނާފާކޮށްފައުމިވ ކްރިމިނަލް ކޯޓުގެ ނަންބަރ J/MD/2017/4041-145 ކޯޓު އަމުރގައު ލ.ފޮނަދޫ/ސ ވީޓްފްލާވަރ، އަޙްމަދު ޝާފިޢު އިތުރަށް ބަންދުގައި ބެހެއްޓުމަށް ނުފެންނާތީ އޭނާ ބންދުނަ ދޫކޮށްލުމަށް ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ