ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ކޮމްޕެނީ ޕވޓ ލޓޑ ވ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1345/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2021/SC-A/45 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން، ޖީޕީޑީއަށް ދޭންޖެހޭ ރިޓެންޝަން ފައިސާ 629,689.13 ޑޮލަރު އުނިކޮށް، 2,476,252.48 ޑޮލަރު 6 މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއަށް ދެއްކުމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- ކ.ގުޅީފަޅުން 6.25 ހެކްޓަރު ހިއްކުމަށް އެމްޑަބްލިއުއެސްސީއާއި ޖީޕީޑީއާ ދެމެދު 2011 ގައި އެއްބަސްވުމެއް ވެ، އެންމެ ފަހުން އެއްބަސްވި ޓާގެޓް ކޮމްޕްލީޝަން ޑޭޓަކީ 31 މާރިޗު 2013 ކަމުގައިވާއިރު، ކޮމްޕްލީޝަން ސެޓްފިކެޓް ސޮއިކުރެވުނީ 24 ސެޕްޓެމްބަރު 2013 ގައެވެ. އެމްޑަބްލިއުއެސްސީން 3 މަހަށް ލިކުއިޑޭޓެޑް ޑެމެޖަސްގެ ގޮތުގައި 3,105,941.61 ޑޮލަރަށް ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބިން ހިއްކުމުގެ ކޮންސްޓްރަކްޝަން އެއްބަސްވުމެއްގައި މަސައްކަތް ނިމުނު ތާރީޚު ކަނޑައަޅާނީ ކޮންގޮތަކަށްތޯއާއި، ފޯސް މެޖުއަރ ނުވަތަ ޕްރޮމިސަރީ އެސްޓޮޕަލްގެ ސަބަބުން ލިކުއިޑޭޓެޑް ޑެމެޖަސް ނެގުމަށް ހުރަހެއް އޮތްތޯއާއި، ލިކުއިޑޭޓެޑް ޑެމެޖަސްގެ ޙައްޤު އުފަންވާނީ ކޮން ވަގުތަކުންތޯ ކަނޑައެޅުން.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޖީޕީޑީން ބުނީ މޫސުމުގެ ސަބަބުން ފޯސް މެޖުއަރ ދިމާވި ހެކި ދަށުކޯޓުން ނުބެލި، ޕްރޮމިސަރީ އެސްޓޮޕަލް ހިނގާ، ހުރިހާ ފައިސާ ނުދައްކާތީ ލިކުއިޑޭޓެޑް ޑެމެޖަސްގެ ޙައްޤު އުފަން ނުވާ ކަމަށެވެ. އެމްޑަބްލިއުއެސްސީން ބުނީ ފޯސް މެޖުއަރ އަންގާފައިވަނީ ސެޓްފިކެޓްގެ ފަހުން، ވަޢުދެއް ވެފައި ނުވާ، އަދި އިކުއިޓަބަލް ސެޓްއޯފް ހިނގާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފޯސް މެޖުއަރ އެއްބަސްވުމުގައިވާ ގޮތަށް ލިޔުމުން އަންގާފައި ނުވާތީ، އީމެއިލަކީ ވަޢުދެއް ނޫންތީ، ލިކުއިޑޭޓެޑް ޑެމެޖަސްގެ ޙައްޤު ތާރީޚު ފަހަނައެޅުމުން އުފަންވާތީ، އަދި ދަށުކޯޓުން ހެކި ވަޒަންކޮށް މުޅި އެއްބަސްވުމަށް ބަލައި ނިންމާފައިވާތީ ކޯޓުން އިސްތިއުނާފީ ނުކުތާތައް ބަލައިނުގަތެވެ.
ނިންމުން
ޙުކުމުގެ ނިންމުން ބައި ލިޔުމުގައި ނެތްޙުކުމުގެ ނިންމުން ބައި ލިޔުމުގައި ނެތް؛ ތަޙުލީލުގައި ހަތަރު ނުކުތާވެސް ބަލައިނުގަނެ ދަށުކޯޓުގެ ނިންމުން ރަނގަޅުކަމަށް ފާހަގަކޮށްފައި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓަކީ ދެމީހެއްގެ ނުވަތަ ގިނަ ބައެއްގެ މެދުގައި ވެވޭ، ޤާނޫނު ޤަބޫލުކުރާ ނުވަތަ ބާރުދޭ އެއްބަސްވުމެކެވެ.
HN2 ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކުގައި ބައިވެރިންނަށް ކޮމްޕްލީޝަން ޑޭޓަށް ބަދަލު ގެނެވިދާނެއެވެ؛ އެންމެ ފަހުން އެއްބަސްވި ޓާގެޓް ކޮމްޕްލީޝަން ޑޭޓަށް ޕްރެކްޓިކަލް ކޮމްޕްލީޝަން ސެޓިފައި ކުރަންޖެހޭއިރު، މަސައްކަތް ނިމުނު ތާރީޚުގެ ގޮތުގައި ބަލަންޖެހޭނީ އެއްބަސްވުމާ އެއްގޮތަށް ކޮމްޕްލީޝަން ސެޓްފިކެޓްގައިވާ ތާރީޚެވެ.
HN3 ފޯސް މެޖުއަރއަކީ ގުދުރަތީ ހާދިސާއެއް ނުވަތަ ކުރިން ނޭނގޭ ބޮޑުކަމެއްގެ ސަބަބުން ކޮންޓްރެކްޓުގެ ޒިންމާ އަދާކުރުމުން މަޢާފުކުރާ މަފްހޫމެއް ކަމުން، އެ ޙާލަތު މެދުވެރިވާކަން އެއްބަސްވުމުގައިވާ ގޮތަށް އަވަހަށް ލިޔުމުން އަންގައި މުއްދަތު އިތުރުކުރުމަށް އެދިފައި ނުވާނަމަ، ފަހުން ލިކުއިޑޭޓެޑް ޑެމެޖަސް ހޯދުމުން ފޯސް މެޖުއަރ ބަޔާންކުރުމަކީ ލިކުއިޑޭޓެޑް ޑެމެޖަސް ހޯދުމަށް ހުރަހެއް ނޫނެވެ.
HN4 ލިކުއިޑޭޓެޑް ޑެމެޖަސްއަކީ އެއް ފަރާތުން ކޮންޓްރެކްޓާ ޚިލާފުވެއްޖެނަމަ އަނެއް ފަރާތަށް ލިބޭ ބަދަލުގެ ޢަދަދު ކުރިން އެއްބަސްވެ ކޮންޓްރެކްޓްގައި ލިޔެފައިވާ ޢަދަދެވެ؛ މަޤްބޫލު ސަބަބެއްނެތި އެއްބަސްވި ތާރީޚަށް މަސައްކަތް ނުނިމިއްޖެނަމަ ކޮންޓްރެކްޓަރު އެ ޒިންމާ އުފުލަންޖެހެއެވެ.
HN5 ހެކި ބަލައިގަނެ ވަޒަންކޮށް ބުރަދަން ދިނުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެކެވެ؛ އާދައިގެ މަތިން އަންނަ މޫސުމީ ބަދަލުތަކަކީ އެއްބަސްވުމުގެ ތާރީޚުތަކަށް އެއްބަސްވީއިރު އަންދާޒާކުރެވެން ހުރި ކަންކަމަށްވާތީ، އެއީ މަސައްކަތް ނުނިންމުމަށް ބުރަވެވޭނެ ސަބަބެއް ނޫން ކަމަށް ދަށުކޯޓުން ނިންމާފައިވަނީ ހެކިތަކަށް ރިޢާޔަތްކޮށްގެންނެވެ.
HN6 ސުޕްރީމް ކޯޓުގެ 2013/SC-A/43 ޤަޟިއްޔާގައިވާ ގޮތުން ޕްރޮމިސަރީ އެސްޓޮޕަލް ބޭނުންކުރެވޭނީ (1) ދެފަރާތުގެ މެދުގައި ޤާނޫނީ ގުޅުމެއް އޮތުމާއި، (2) އެއްބަސްވުން ބަދަލުވާފަދަ ވަޢުދަކަށް ބަރޯސާވެފައިވުމާއި، (3) ހަމައެކަނި ދިފާޢެއްގެ ގޮތުގައި ބޭނުންކުރުމާއި، (4) ވަޢުދުން ތަނާޒުލުވުމަކީ ޢަދާލަތާ ޚިލާފު ކަމަކަށްވުމާއެކުގައެވެ؛ ފޯސް މެޖުއަރ ކްލެއިމެއް އޮތްނަމަ ތަފްޞީލު ހިއްސާކުރުމަށް އެދޭ އީމެއިލަކީ ވަޢުދެއް ނުވަތަ ލިޔުމުން އެންގުމުގެ ޝަރުޠު ދޫކޮށްލުމެއް ނޫނެވެ.
HN7 ލިކުއިޑޭޓެޑް ޑެމެޖަސް ލިބުމުގެ ޙައްޤު އުފަންވަނީ މަސައްކަތް ނިންމުމަށް އެއްބަސްވި ތާރީޚު ފަހަނައަޅާ ދިއުމުންނެވެ؛ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑް ނިމުމުން ދައްކަންޖެހޭ ރިޓެންޝަން ފައިސާ ނުދެއްކުމަކީ އެ ޙައްޤު އުފަންވުމަށް ހުރަހެއް ނޫނެވެ.
HN8 އެއްބަސްވުމުގެ ލަފްޒަކާ މެދު ޚިލާފެއް ނޫން މައްސަލައެއްގައި، މުޅި އެއްބަސްވުމަށް ރިޢާޔަތްކޮށް، ދެފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ފައިސާ އަޅާކަނޑައިގެން (ސެޓްއޯފް) ދެފަރާތަށް އިންސާފު ލިބޭގޮތަށް ނިންމުމަކީ "އަލްޢިބްރަތު ފިލްޢުޤޫދި ލިލްމަޤާޞިދި ވަލްމަޢާނީ..." ޤާޢިދާއާ ޚިލާފު ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، ޢަލީ ސަމީރު، ފާޠިމަތު ފަރުހީޒާ
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، ފާޠިމަތު ފަރުހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: (މިރައުޔަށް ފަނޑިޔާރު ޢަލީ ސަމީރު އާއި ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ތާއީދުކުރައްވައެވެ.)
ތަޢާރަފު
1މިއީ، ސިވިލް ކޯޓުގް ނަންބަރު C/2016-Cv/1348 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއް ގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖޕީޑީ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އެވެ.
ކަން ހިނގާފައިވާގޮތް
209 އޮކްޓބަރޯ 2011 ގައި އެމްޑަބްލިއުއެސްސީއާއި ޖީޕީޑީއ ދެމެދާ ލޭންޑް ރިކްލެމޭޝަނ އެގްރީމެންޓެއް ކުރެވުނެވެ. އެ އެގްރީމެންޓްގެ ދަށުން ކ.ގުޅީފަޅުން 6.25 ހެކްޓަރުގެ ބިމެއް ހިއްކުމަށާ ތޮށިލުމުގެ މަސައްކަތްކުރުމަށް ޖީޕީޑީއާ ހަވާލުކުރެވުނެވެ. އެ އެގްރީމެންޓްގައި "ޓާގެޓް ކޮމްޕްލީޝަން ޑޭޓް" ކަމުގައި ބަޔާންކޮށްފައިވަނީ 31 ޖުލައި 2012 އެވެ. އަދި ޖީޕީޑީއ ޙަވާލުކުރެވިފައިވާ މަސައްކަތް 13 ޖުލައި 2012 އަށް ފުރިހަމަކޮށް ނިންމުމަށް، އެއްބަސްވުމުގެ 04ވަނަ މާއްދާގަ ދަށުން، ޖީޕީޑީން އެއްބަސްވެފައިވެއެވެ.
3އެގްރީމެންޓްގެ މުއްދަތުގެ ތެރޭގައި، ބުނެވިދިޔަ އެގްރީމެންޓަށް އިސްލާހުތަކެއް ގެނެވިފައިވެއެވެ. އަދި ދެފަރާތުން މަޝްވަރާކުރެވިގެން އެންމެ ފަހުން އެއްބަސްވެވުނު "ޓާގެޓް ކޮމްޕްލީޝަން ޑޭޓް" އަކީ 31 މާރިޗު 2013 އެވެ. ރަޖިސްޓްރީ ނަންބަރު 0323/2010-C ރަޖިސްޓްރީ ނަންބަރު 67/95-C
4ޖީޕީޑީއާ ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތް 31 މާރިޗު 2013 ގެ ނިޔަލަށް ނިންމއަ އެމްޑަބްލިއުއސެސީއާ ސައިޓް ހަވާލުކޮށްފައެއްނުވެއެވެ. ޖީޕީޑީން މަސައްކަތް ނިންމާ ހަވާލުކޮށްފައިވާ ތާރީޚަކު 24 ސެޕްޓެންބަރު 2013 ކަމަށް އެމްޑަބްލިއުއެސްސނީ ބުނެއެވެ. އެއީ ދެފަރާތުން ސޮއިކޮށްފައިވާ ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓްގައިވާ ތާރީޚެވެ. އަދި މިއީ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ ތާރީޚުގެ 64 (ފަސްދޮޅަސް ހަތަރެއް) ދުވަސް ލަސް ތާރީޚެކެވެ.
511 ޖޫން 2014 ގައި އެމްޑަބްލިއުއެސްސނީ ޖީޕީޑީއަށ ސިޓީއެއް ފޮނުވާ، އެގްރީމެންޓްގެ 13ވަނަ މާއްދާގައިވާ ފަދައިން 31 މާރިޗު 0132 އިން 30 ޖޫން 2013 އަށް 03 (ތިނެއް) މަހުގެ މުއްދަތަށް، ލިކުއިޑޭޓޑެ ޑެމެ ޖާސް )liquidated damages( ގެ ގޮތުގައި 941.61,USD 3,105 (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅީސްއެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއް ސެންޓް) ލިބެންޖެހޭކަމަށް އަންގާފައިވެއެވެ. އަދި އެ ފައިސާ 20 (ވިހި) ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އެންގިއެވެ.
617 ފެބްރުއަރީ 2015 ގައި އެމްޑަބްލިއުއެސްސީން ޖީޕީޑީއަށް އިތުރު ސިޓީއެއް ފޮނުވާ، އަދި އިންވޮއިސއްވެސެ ފޮނުވައި ލިކުއިޑޭޓެޑް ޑެމެޖާސް )damages liquidated( ގެ ގޮތުގައި USD
941.61,3,105 (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅީ ސްއެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއް ސެންޓް) އަރާފައިވކަން އަންގައި، އެ ފައިސާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށާއި، އަދި އިންވޮއިސްގައިވާ މުއްދަތަށް ފައިސާ ނުދައްކައިފިނަމަ، އިންވޮއިސްގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް އިންވޮއިސްގައިވާ ޖުމްލަ ޢަދަދުގެ %0.5 (ސުމެއ ޕޮއިންޓް ފަހެއް އިންސައްތަ) ގެ ރޭޓުން ކޮންމެ ދުވަހަކަށް ޖޫރިމަނާ ކުރެވޭނެކަމާއ އިންވޮއިސްގައި މައްސަލައެއް ވާނަމަ 03 (ތިނެއް) ދުވަސް ތެރޭގައި އެކަން އެންގުމަށް ޖީޕީޑީއަށް އަންގާފައިވެއެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
7އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: "މިއީ 09 އ ކްޓޯބަރ 2011 ވަނަ ދުވަހު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ގްލޯބަލް ޕްރޮޖެކެޓްސ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް އާއް ދެމެދި ވެވުނު ލޭންޑް ރިކްލަމޭޝަން އެގްރީމަންޓްގެ ދަށުން ގުޅީފަޅުން ހިއްކާފައިވާ 6.25 ހެކްޓަރުގ ބިނެ ހިއްކާ ތޮށިލުމުގެ މަސައްކަތް ނިންމާ ހަވާލުކުރުމަށް އެއްބަސްވެފައިވާ ތާރީޚް (13 ޖުލައި 2011) އަށް މަސައްކަތް ނިންމާ ބިން ހަވާލުކުރެވިފައިނުވާތީ، އެގްރީމަންޓްގެ 13 ވަނަ މާއްދާގެ ދަށުން، ޖީ.ޕީ.ޑީގެ ފަރާތުން އެމް.ޑަބްލިޔު.އެ ސ.ސީ އަށް ލިބެންޖެހޭ ލިކިއުޑޭޓަޑް ޑެމޭޖަސް )iquidated DamagesL( ހޯދުމަށްޓަކައި، އެފައިސާ ދެއްކުމަށް އެދު އެމް.ޑަބްލިޔު.އެސް.ސގީ ފަރާތުން ޖީ.ޕީ.ޑީ އަށް ފޮނުވާފައިވާ އެމް.ޑަބްލިއު.އެސް.ސީގެ ނަންބަރ 1600000251 އިންވޮއިސްގައިވާ USD 3,105941.61 (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅީސްއެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއް ސެންޓް) އާއި، އެ އިންވޮއިސްގައި ފައިސާ ދައްކާ ޚަލާޞްކުރުމަށް ކަނޑައަޅާފައިވާ މުއްދަތުން ފެށިގެން ޝަރީޢަތް ނިމެންދެން ކޮންމެ ދުވަހަކަށް 0.5% ގެ ރޭޓުން ޖޫރިމަނާ ފައިސާއާއެކު އެމް.ޑަބްލިއު.އެސް.ސީ އަށް އެކީ އެއްފަހަރާ ދައްކަން ޖީ.ޕީ.ޑީގެ މައްޗަށް އަމުރުކޮށްދެއްވުން އެދި ކުރާ ދަޢުވާއެކެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.
8އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު ގުޅީފަޅުން 6.25 ހެކްޓަރުގ ބިނެ ހިއްކާ ތޮށިލުމަށ މާލް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު 09 އޮކްޓބަރޯ 2011 ގައި ވެފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން މާލޭ ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިކިއުޑޭޓަޑް ޑެމެޖާސްގެ ގޮތުގައި ލިބެންޖެހޭ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7ވަނަ ނަންބަރު ފައިސާއިން އެކުންފުނިން ދައްކަންޖެހޭ ފައިސާ އުނިކުރުމުން ބާކީ އޮންނަ US$ 2,476,252/48 (ދެމިލިއަން ހަތަރުލައްކަ ހަތްދިހަހަހާސް ދުއިސައްތަ ފަންސާސްދެ އެމެރިކާ ޑޮލަރު / ސާޅީސ އަށް ސެންޓް) އަކީ މާލޭ ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާގެ ޢަދަދުކަމަށް ކަނޑައަޅައި، މި ފައިސާ ލިބިގަތުމަށްޓަކައި، މިއަދު 27 އޮގަސްޓް 2017 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭމިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކުޖުމްލ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ޚަލާޞްކުރުމަށް ގްލޯބަލް ޕްރޮޖެކެޓްސ ޑިވެލޮޕްމަންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމްކޮށްފީމެވެ]. މިފަދައިންނެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
9ސިވިލް ކޯޓު ގެ ނަންބަރު C/2016-Cv/1348 ޤަޟިއްޔާ ނިމިފައިވގޮތާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާތަކާ ބހެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
1.9 ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5ވަނަ މާއްދާގަ (ށ)ގެ 1ވަނަ ނަންބަރާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1348 ޤަޟިއްޔާ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
2.9 "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަބްދަޢުއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/43-SC/2013 ޤަޟިއްޔާއިން ބަލައިގަނެފައިވާ، އެއްބަސްވުމާ ގުޅޭ މައްސަލަތަކުގައި ސާބިތުކުރުމުގެ ޤާއިދާއެއްގ ގޮތުގައެ ޤާނޫނި ތަފާތު ނިޒާމުތަކުގައި ބޭނުންކުރަމުންދާ ސިވިލް ކޯޓުގެ ނަންބަރު C/2016-Cv/1348 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޞަފް ޙާ ނަންބަރު 10-9 ޤާއިދާއެއްކަމަށްވާއިރު، އަދި އިސްތިއުނާފުކުރެވޭ މި މައްސަލާގައި "ޕްރޮމިސަރީ އެސްޓޮޕަލް" ގެ ޙާލަތު މެދުވެރިވެފައިވަނިކޮށ އެކަމަށް ރިޢާޔަތް ނުކށޮ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގަ (ރ) އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މައްސަލަ ނިންމާފައވާކަމަށ ބުން ހުށަހެޅި ނުކުތާ އާއި؛
3.9 ލިކިއުޑޭޓޑް ޑެމަ ޖ ސ ހޯދުމުގެ ޙައްޤު އުފަންވާނެގޮތް އެއްބަސްވުމުގާ 13ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވަނިކޮށް، އެ މާއްދާގައި ކަނޑައަޅާފައިވާގޮތާ ޚިލފަށާ ލިކިއުޑޭޓޑެ ޑެމެޖާ ސ ނަގާދިނުމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި
4.9 ދެފަރާތެއް ދެމެދުގައި އެއްބަސްވުމެއް މާނަކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައެ ޚިލާފެއް އުފެދިއްޖެކަމަށްވާނަމަ، އެ އެއްބަސްވުން މާނަކުރުމުގައި ރިޢާޔަތްކރެވޭނު އެ އެއްބަސްވުމުގެ މަޤްސަދަށް ކަމާއި، އޭގައިވާ ލަފްޒުތަކަށް ނޫންކަމަށް ބަޔާނކުރް "އަލްޢިބްރަތު ފިލްޢުޤޫދި ލިލްމަޤާޞީދު ވަލމަޢާން ލާ ލިލްއަލްފާޒި ވަލްމަބނީ" މި ޝަރުޢީ ޤާ ޢިދާއ ޚިލާފަށާ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
10އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު C/2016-Cv/1348 ޤަޟިއްޔާގެ ޙުކުމަކީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ބޠާ ލ ޙުކުމެއްކަމުގައި ކަނޑައަޅައި ދެއްވުމަށެވެ". މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފު ފޯމުގެ 10ވަނަ ނަންބަރު އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުގެ ޖަދަލު ފުރަތަމަ ނުކުތާ: ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5ވަނަ މާއްދާގަ (ށ)ގެ 1ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ
11ފަނޑިޔާރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާ ޤަރީނާއަށް ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު ) ގެ 5ވަނަ މާއްދާގަ (ށ)ގެ 1ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށް ޖީޕީޑީގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.
12މަސައްކަތް ފުރިހަމަކޮށް ނިންމަންޖެހޭ ތާރީޚަކީ 31 މާރިޗު 2013 ކަމަށް އެއްބަސްވެފައި ވީނަމަވެސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓްގައި ސޮއިކުރެވިފައިވަނީ 24 ސެޕްޓެމްބަރ 2013 ގެ ތާރީޚުގައިކަމަށް ޖީޕީޑީން ބުނެއެވެ.
13އަދި މަސައްކަތް ލަސްވި ސަބަބުތަކުގެ ގޮތުގައި އަންނަނިވި ސަބަބުތައް ޖީޕީޑީގެ ފަރާތުން ފާހަގަކުރެއެވެ.
1.13 މޫސުން ގޯސްވުމުގެ ސަބަބުން؛
2.13 އެމްޑަބްލިއުއެސްސީން ދައްކަންޖެހޭ ފައިސާ ނުދައްކައި ލަސްވުމުގެ ސަބަބުން؛
3.13 މަސައްކަތްކޮށް ނިމިފައިވާކަން އެމްޑަބްލިއުއެސްސީއަށް އެންގިފަހުން އިންޑިޕެންޑެންޓް ކޮންސަލްޓެންޓް ކުރަންޖެހޭ ސަރވޭތައް ކުރު ން ލަސްވުމުގެ ސަބަބުން؛
4.13 ސަރވޭތަކުގެ ރިޕޯޓްތައ ދޫކުރުން ލަސްވުންފަދ ކަންކަނަ މެދުވެރިވުމުގެ ސަބަބުން.
14ޖީޕީޑީގެ ފަރާތުން ބުނެފައިވަނީ އއްބަސްވުމެ އެއްގތަށޮ ކުރަންޖެހޭ މަސައްކަތް ނިންމަންޖެހޭ ތާރީޚަށް ނިމިފައިނުވަނީ މޫސުން ގޯސްވުމުގެ ސަބަބުނކަނ ސާބިތުކޮށް ދިނުމަށް ދަށުކޯޓަށް ޑޮކިއުމަންޓްސް އަދި ހެކިން ހުށަހަޅާފައިވާނެކަމަށެވެ. އެގޮތުން މަސައްކަތް ކުރުމަށް އިންތިޒާމުކުރެވުނު ގޮތަށް މަސައްކަތް ނުކރެވުނުކަނު ސާބިތް ކޮށްދިނުމަށްދެހެކީން ހުށަހަޅާފައިވނެކަމަށާއާ އަދި މަސައްކަތް ލަސްވެގެން ދިޔަ ދުވަސްތަކުގެ ތެރެއިން މަސައްކަތް ކުރެވުނު ދުވަސްތަކާއި މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ނުކުރެވުނު ދުވަސްތަކުގެ ތަފްޞީލް ޖީޕީޑީން ފޮނުވި އީމެއިލާ އެ އީމެއިލއެކާ ފނުވިފައިވޮ Weather“ data for the month of April and May 2013 For Male’ Region relevant to ”Gulheefalhu އިން އެމްޑަބްލިއުއެސްސީއާ ހިއްސާކޮށްފައިވާނކަމަށް ބުނެފައިވެއެވެ. އަދި އެ ލިޔުންތައް މައްސަލައާ ގުޅިގެން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ޑޮކިއުމަންޓް 03-PDG ގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާނެކަމަށްވެސް ޖީޕީޑީގެ ފަރާތުން ފާހަގަކުރެއެވެ.
15އެހެންކަމުން މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ދުވަހަށް މަސައްކަތް ނިމިފައިނުވަނީ އެއްބަސްވުމުގައި ބަޔާންކުރާ ފޯސް މެޖުއަރގެ ޙާލަތު ދިމާވާ މުންކަނު ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭއިރު، ލިކުއިޑޭޓެޑް ޑެމެ ޖސާ ހައްޤުވާކަމަށް ކަނޑައަޅާފައިވަނީ ހުށަހެޅި ލިޔެކިޔުންތަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ނުކޮށްކަމަށް ޖީޕީޑީގެ ފަރާތުން ބުނެފައިވެއެވެ.
16އެމްޑަބްލިއުއެސްސީގެ ފަރާތުން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން މަސައްކަތަށް ހީނަރުކަނ އައިސްގެން ދިޔަކަން ޖީޕީޑީން އަންގާފައިވަނީ 6 ނޮވެންބަރު 2013 ގައި ޖެނެރޭޓ ކޮށްފައިވް މޫސުމާބެހޭ ރިޕޯޓަކުން 19 ނޮވެންބަރު 2013 ގައި ކަމަށެވެ. މިއީ އެއްބަސްވުމުގެ ބައިވެރިންގެ ދެމެދުގައި ކޮމްޕްލީޝަން ސެޓްފިކެޓްގައިވެސް ސޮއިކުރެވުނު ތާރީޚު ކަމަށްވާ 24 ސެޕްޓެންބަރު 2013 ގެ ފަހުގެ ތާރީޚެއްކަ މަށް ބުނެފައިވެއެވެ. އެހެންކަމުން، މޫސުމުގެ ސަބަބުން ދިމާވި ކަމަށް ޖީޕީޑނީ ތުހުމަތުކުރާ ކަންކަން އެ މައްޗަށް ބިނާކޮށްފައިވާ ސެޓްފިކެޓްގެ ވެލިޑިޓީ ގެއްލިފައިވާކަމުން، އެކަންކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރަން ނުޖެހޭނެކަމަ ށ އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ. އަދި ހެކިންގެ ހެކިބަހުން ފުރަތަމަ ސަރވޭކޮށް ނިމުމަށްފަހު ދެވަނަ ފަހަރަށް ސާރވޭ ކުރަން ޖެހުނީ ޖީޕީޑީން މަސައްކަތް ނިންމިއިރު، ލެވެލް ކުރުމުގައި މައްސަލަތަކެއް ހުރުމނުކަން އެނގކަމަށާއޭ އެހެންކަމުން ލަސްތަކެއް ދިމާވެގެން ދިޔައީ ޖީޕީޑީގެ އިހު މާލުންކަމށަ ބުނެ ތަފުސީލުތައް ޖަވާބު ފޯމުގައި ބަޔާންކޮށް އެކަމާމެދު ޝަރީޢަތުގެ މަޖިލީހުގައަ ދެފަރާތުން ވަކާލާތުކޮށްފައިވެއެވެ. ދެވަނަ ނުކުތާ: "ޕްރޮމިސަރީ އެސްޓޮޕަލް"ގެ މަބްދަޢުއަކީ ދިވެހިރާއްޖޭގެ ސޕްރީމު ކޯޓުގް ނަންބަރު A/43-SC/2013 ޤަޟިއްޔާއިން ބަލައިގަނެފައިވާ ޤޢާ ދާއެއްކަމަށްވާއިރު، އަދި "ޕްރޮމިސަރީ އެސްޓޮޕަލް" ގެ ޙާލަތު މެދުވެރިވެފައި ވަނިކޮށް އެކަމަށް ރިޢާޔަތް ނުކށޮ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގަ (ރ) އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 20ވަނަ މާއްދާގަ (ހ) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
17ލކި އިޑޭޓޭޑު ޑެމެޖާސް ހިސާބުކުރުމުގެ ބޭނުމުގައި އެމްޑަބްލިއުއެސްސީން 4 ނޮވެންބަރު 2013ގައި ޖީޕީޑީއަށް ފޮނުވާފައިވާ އީމެއިލްގައި މަސައްކަތް ނިމުނު ތާރީޚަކީ 1 ޖޫން 2013 ކަމަށާއި، މަސައްކަތް ނިމިފައިވަނީ 42 (ސާޅިސް ދޭއް) ދުވަސް ފަހުން ކަމަށްވާތީ، މަސައްކަތް ނުނިމި ލަސްވި ދުވަސްތަކަށް ލިކުއިޑޭޓޭޑް ޑެމޖެ ސ އަރާވަރު ބެލުމަށްޓަކައި ފޯސް މެޖއަރގެ ހާލަތު މެދުވެރިވެގެން މަސައްކަތް ނުކުރެވި ދުވަސްތަކެއް ވާނަމަ އެ ތަފްސީލްތަކާ އާ ހެކި ހުށަހެޅުމަށް އަންގާފައިވާކަމަށް ޖީޕީޑީން ބުނެފައިވެއެވެ.
18އެހެންކަމުން، މަސައްކަތް ނިންމައި ތަން ހަވާލުކުރި ފަހުން އެކަމާގުޅޭ މަޢުލޫމާތުތައް ހުށަހެޅުމަށް އެންގުމަކީ އެއްބަސްވުމުގައި އޮތް ފޯސް މެޖުއަރ ހާލަތެއް ދިމާވުމުން ވީ އެންމެ އަވަހަކަށް ލިޔު މުން އެންގުމަށް އެއްބަސްވެފައިވާ ޝަރުތު އމްޑަބްލިއުއެސްސީނެ ދޫކޮށް އެމައްޗަށް ޖީޕޑީނީ ޢަމަލުކުރުން ލާޒިމް ޝަރުޠެއްގެ ގޮތުގައި އެމްޑަބްލިއުއެސްސީން ނުދެކޭކަމަށ ހެކިދޭ ކަމެއްކަމަށް ޖީޕީޑީގެ ފަރާތުން ބުނެފައިވެއެވެ. މިހާލަތުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް ބަދަލު ގެނެވި އެއަށް ބަރޯސާވެފައި ވާތީ، އެމްޑަބްލިއުއެސްސީން ރުހި ޤަބޫލުކޮށްގެން ހިނގާފައިހުރި މިކަންކަން ނަފީވާގޮތަށް، އެމްޑަބްލިއުއެސްސީން ޢަމަލުކުރުން "އެސްޓޮޕަލް" ގެ މަފްހޫމުގެ ދަށުން މަނާވެގެންވީނަމަވެސް، މިކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމުމަކީ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގަ (ރ) އާ ޚިލާފުކަމެއް ކަމށަ ޖީޕީޑީގެ ފަރާތުން ފާހަކަކޮށްފައިވެއެވެ.
19އެމްޑަބްލިއުއެސްސީން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ "ޕްރޮމިސަރީ އެސްޓޮޕަލް" ތޠަ ބ ޤީ ކުރުމަށްޓަކައި އެމްޑަބްލިއުއެސްސީން ވައުދެއ ވެފައިވާކަން ސާބިތުކޮށްދިނުމަކީ ޖީޕީޑީން ކުރަންޖެހޭނެ ކަމެއްކަމަށެވެ. އެމްޑަބްލިއުއެސްސީން 4 ނވެންބަރޮ 2013 ގައި ފޮނުވާފައިވާ އީމެއިލު ގައި ވައުދެއްވެފައި ނުވާނެކަމަށާއި، އެ އީމެއިލްގައި ބަޔާންކޮށްފައިވާނީ މަސައްކަތް ނުނިމި ލަސްވެފައިވާ ދުވަސްތައް ފައިނައިލައިޒް ކުރުމަށް ފޯސަ މެޖއަރއަށު ފެތޭ ކްލެއިމއެ އޮތްނަމަ އޭގެ ތަފްޞީލް ހިއްސާކުރުމަށް ކަމށާއަ އަދި އެއީ ރަސްމީކޮށް ޖީޕީޑީއާ ކުރެވުނު މުއާމަލާތެއް ނޫންކަމަށް ބުނަ އެހެންކަމުން މިހާލަތުގައި ޕްރޮމިސަރީ އެސްޓޮޕަލްގެ ވާހަކަ ދެއްކުމުގެ ޖާގައެއްނެތް ކަމަށް އެމްޑަބްލިއުއެސީން ފާހަގަކޮށްފައިވެއެވެ. ތިންވަނަ ނުކުތާ: ލިކުއިޑޭޓެޑް ޑެމޖެ ސ ހޯދުމުގެ ޙައްޤު އުފަންވާނެގޮތް އެއްބަސްވުމުގެ 13ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވަނިކޮށް، އެ މާއްދާގައި ކަނޑައަޅާފައިވާ ގޮތާޚިލާފަށް ލިކުއިޑޭޓެޑް ޑެމޖެ ސ ނަގާދިނުމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
20ޖީޕީޑީން ބުނެފައިވަނީ ލިކއު ޑޭޓި ޑެ ޑެމެޖާސް ހޯދުމުގެ ހައްޤު އުފަންވާނީ 2 (ދޭއް) ޝަރުތެއް ފުރިހަމަވެގެންކަމަށެވެ. އެގޮތުން މަސައްކަތް ނިންމަންވާ ތާރީޚށަ މަސައްކަތް ނިންމައި ހަވާލުނުކުރެވުމާއެކު، އެއްބަސްވުމުގެ ދަށުން އެމްޑަބްލިއުއެސްސީން ޖީޕީޑީއަށް ދޭންޖެހޭ ހުރިހާ ފައިސާއެއް އެމްޑަބްލިއުއެސްސީން ދީ ޙަލާސްކުރުމަށް ފަހުގައިކަމަށް އެއްބަސްވުމުގެ 13ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށް ބުނެފައިވެއެވެ.
21ލިކުއިޑޭޓެޑް ޑެމެޖާސް ލިބެންޖެހޭކަމަށް ބަޔާންކޮށް އެ ފައިސާ ދިނުމަށް 11 ޖޫން 2014 ގައި ޖީޕީޑއީ ށ އެންގުމުގެ މަސްތަކެއް ކުރިން، އެއްބަސްވުމުގެ ދަށުން ރިޓެންޝަން ފައިސާގެ ގޮތުގައި އެމްޑަބްލިއުއެސްސީން ޖީޕީޑީއަށް ދޭންޖެހޭ ފައިސާއަށްވާ USD 629,689.13 (ހަލައްކަ ނަވވާ ސީ ހާސް ހަސަތޭކަ އަށްޑިހަ ނުވައެއް ޔޫ.އެސް ޑޮލަރު ތޭރަ ސެންޓް) ދިނުމަށް 14 ޖަނަވރަ 2014 ގއ ޖީޕީޑީން އަންގާފައިވާނެކަމަ ށ ބުނެފައިވެއެވެ. އެހެންކަމުން، ލިކއިޑޭޓު ޑް ޑެމެ ޖެސް ހޯދުމުގެ ހައްޤު އުފަންވާނީ މަސައްކަތް ނިންމންވަ ތާރީޚަށް މަސައްކަތް ނިންމައި ހަވާލުނުކުރެވުމާއެކު، އެއްބަސްވުމުގެ ދަށުން ޖީޕީޑީއަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދަ ޚަލާސްކުރުމަށްފަހުގައި ކަމަށްވާއިރު، ޖީޕޑީއަށީ އެމްޑަބްލިއުއެސްސީން ދޭންޖެހޭ ރިޓެންޝަން ފައިސާ ދީފައިނުވާތީ، އެއްބަސްވުމުގައިވާ ގޮތުގެމަތިން އެމްޑަބްލިއުއެސްސީއަށް ލިކއިޑޭޓު ޑެ ޑެމޖެ ސ ހޯދުމުގެ ހައްޤު އުފަންވެފައިނުވާކަމަށް ޖީޕީޑީން ފާހަގަކުރެއެވެ.
22އެމްޑަބްލިއުއެސްސީން މި ނުކުތާއަށް ޖަވާބު ދެމުން ބުނެފައިވަނީ ޖީޕީޑީން މަސައްކަތް ނިންމާފައިވަނީ 1 ޖޫން 2013 ގައި ކަމަށް ބުނިކަމުގައި ވީނަމަވެސް، މަސައްކަތް ނިންމުމަށްފަހު ތަން ހަވާލުކޮށް މަސައްކަތް ނިމުނުކަމުގައި ބެލެވޭނީ ދެފަރާތުން ސޮއިކޮށް ބަދަލުކުރަން ޖެހޭ ކޮމްޕްލީޝަން ސެޓްފިކެޓް ބަދަލުކުރެވމުންކަމަށެވެ. ޖީޕީޑީގެ ބުނުމާއެއްގޮތަށް 1 ޖޫން 2013 ގައި މަސައްކަތް ނިމުނުކަމުގައި، ބަހުސްގެ ބޭނުމަށް، ބެލިކަމުގައި ވީނަމަވެސް، އެއީ ޓާގެޓް ކޮމްޕްލީޝަން ޑޭޓަށްވުރެ 61 (ފަސްދޮޅަސް އެކެއް) ދުވަސް ފަހުގެ ތާރީޚެއް ކަމުގައި އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ.
23އެއްބަސްވުމެއްގެ ދަށުން ދެފަރާތެއްގެ ދެމެދުގައި މައްސަލަޖެހި، އެ ދެފަރާތުންވެސް އެއްފަރާތުން އަނެއް ފަރާތަށް ފައިސާގެ ޢަދަދުތައް ދައްކަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުން އަންނަ އުސޫލުތކަކީ ހަމަ އެއް އެއްބަސްވުމެއް ހިމެނޭ މައްސަލައެއްގައި އެ އެއްބަސްވުމުގެ އެންމެހައި ބައިވެރިންނަށްވެސް ފައިސާގެ ޢަދަދުތަކެއް ހޯދުމުގެ ޙައްޤުލިބޭ ޙާލަތްތަކުގައި )claim-right to claim & counter( ދައްކަންޖެހޭ އަދަދުތައްއަޅާކެނޑމުގައު )off-set( ލީގަލް ސެޓްއޯފް )off-legal set( އަދި އިކުއިޓަބަލް ސެޓްއޯފް )off-equitable set( މިދެގޮތުންކުރެގޮތަކަށް އަމަލުކުރުން ހިމެނޭކަމަށާއި، މީގެތެރެއިން، އެއް އެއްބަސްވުމަކާ ގުޅިގެން ޢާންމު އުސޫލެއްގެ ގޮތުން ސެޓްއޯފް ކުރުމަށް ބޭނުންކުރަނީ އިކުއިޓަބަލް ސެޓްއޯފް ކަމަށް އެމްޑަބްލިއުއެސްސީގެ ފަރާތުން ފާހަގަކޮށް އެގޮތަށް ވަކާލާތުކޮށްފައިވެއެވެ.
24އިކުއިޓަބަލް ސެޓްއޯފްގެ އުސޫލުތަކަށް ބަލާއިރު، ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ދެފަރާތުންކުރެ އެއްފަރާތަކަށ ފައިސް ދޫކުރުމަކީ ހާމަކަންބޮޑު ގޮތެއްގައި ބޭއިންސާފަކަށް ފުރުސަތު ”(manifestly unjust)“ ދެވޭކަމަށް ވުންކަމަށާއި، މިގޮތުން، މި މައްސަލާގައި، ޖީޕީޑީން ދައްކަންޖެހޭ އަދަދަކީ 1.6194,USD 3,105 (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅީ ސްއެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއް ސެންޓް) ކަމުގައިވާއިރު، އެމްބަޑްލިއުއެސްސީއިން ޖީޕީޑީއަށް ދައްކަންޖެހޭކަމަށް އެފަރާތުން ބަޔާންކުރާ އަދަދަކީ 629,689.13 USD (ހަލައްކަ ނަވާވީސް ހާސް ހަސަތޭކަ އަށްޑިހަ ނުވައެއް ޔޫ.އެސް ޑޮލަރު ތޭރަ ސެންޓް) ކަމަށާއި، މި ދެއަދަދުގެ ފަރަގު ބޮޑުކަމުން އެއް އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާތަކެއްކަމަށް ވާތީ، ދެފަރާތުގެ ދެމެދުގައި އިންސާފު ޤާއިމްކުރުމުގެ ގޮތުން ސެޓްއޯފް ކުރަންޖެހޭ އަދަދުތަކެއްކަމަށް އެމްޑަބްލިއުސްސީއިން ފާހަގަކުރެއެވެ.
25އަދި މީގެއިތުރުން އެމްޑަބްލިއުއެސްސީން މިހާތަނަށްވެސް ރިޓެންޝަން ފައިސާ ދެއްކުމށަ ޖެހިލުންވެފައިވަނީ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްކޮށް ނިނމަންޖެހް ދުވަހަށް ނިންމާފައިވުވުމުގެ ސަބަބުން އެމްޑަބްލިއުއެސްސީއަށް ލިބިފައިވާ އެތަކެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖީޕީޑީން ދައްކަންޖެހި ނުދައްކއަ ވި ލިކއިޑޭޓު ޑް ޑެމެޖާސެ އަދާކުރުމުން ބަރީއަވެގަނެފާނެކަމުގެ ބިރު އޮތަ ތީކަމަށް ބުނެފައިވެއެވެ. ހަތަރުވަނަ ނުކުތާ: "އަލްޢިބްރަތު ފިލްޢުޤޫދި ލިލްމަޤާޞީދު ވަލްމަޢާނީ ލާ ލިލްއަލްފާޒި ވަލްމަބާނީ" މި ޝަރުޢީ ޤާއިދާއާ ޚިލާފަށް މައްސަލަ ނިނމް ފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
26ޖީޕީޑީން ބުނެފައިވަނީ ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ބުނެވެދިޔަ ޝަރުޢީ ޤާއިދާއަ ށ ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އެގޮތުން، އެއްބަސްވުމަށް ގެނެވުނު އެކި އިސްލާހުތަކުގައި މަސައްކަތްކޮށް ނިންމި ތާރީޚު ދެނެގަތުމަށް އިތުރު މިންގަނޑެއް ހިމަނާފައިނުވާއިރު، މަސައްކަތްކޮށް ނިންމި ތާރީޚު ދެނެގަތުމަށް ޝަރީޢަތުން ރިޢާޔަތް ކުރަންޖެހޭނީ ދެފަރާތުން އެއްބަސްވެފައިވާ ޕްރޮޖެކްޓް ކޮމްޕްލީޝަން ތރީޙުކަމަށާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ 3.2ގައި ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް މަސައްކަތް ނިންމި ތާރީޚަކީ ޕްރޮޖެކްޓް ކޮމްޕްލީޝަން ސަރޓިފިކެޓްގައިވ ތާރީޚާ ނޫންކަ ނ ސާބިތުވާކަމަށް ޖީޕީޑީން ބުނެ މިނުކުތާގެ ތަފުސީލު ބަޔާންކޮށް ވަކާލާތުކޮށްފައިވެއެވެ.
27ޖީޕީޑީން ދަޢުވާކުރާގޮތ ޚިލާފަށާ އެއްބަސްވުމުގް މަޤްޞަދަކަށްވެސް ވެފައިވަނީ ދެފަރާތުން ކުރި މަސައްކަތުގެ ބަދަލާއި އަގު އެ ލިބެންވާފަރާތަށް ލިބިގެންދިއުންކަމަށް އެމްޑބްލިއުއެސްސީގަ ފަރާތުން ބުނެފައިވެއެވެ. ޖީޕީޑީން ނުކޮށްދޫކޮށްލި ކަންކަމާއި، އެފަރާތުގެ އިހުމާލުންވެފައިވާ ކަންކަމުގެ ޒިންމާ އެމްޑަބްލިއުއެސްސީން ނެގުމަށްފަހު، އެފަރާތަށް އެއްބަސްވުމުގެ ދަށުން ލިބެންވާ ޙައްޤު ބަދަލު ލިބިގަތުމުން މަހްރޫމްވެގެން ދިއުމަކީ އެއްބަސްވުމުގެ ރޫހާ ޙަޤީޤަތުގައި ޚިލާފުވެގެންދާނެ އަދި ޢަދުލުއިންސާފުގެ ރޫހާވެސް ޚިލާފުވެގެންދާނެކަމެއްކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
އިސްތިއުނާފރައްދުވާ ފަރާތުން އެދޭގޮތު
28އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ: "ވީމާ، އިސްތިއުނާފުރައްދުވާ ފަރާތުން އެދެނީ، މަތީގައިވާ ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ޙުކުމަކީ ރަގަޅު ޙުކުމެއް ކަމާއި، އެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ އަދި ޝަރުޢީ އެއްވެސް އަސާސެއް ނެތް ކަމަށް ކަނޑައަޅުއްވައިދެއްވުމެވެ". މި ފަދައިންކަން އެނގެން އޮވެއެވެ. ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ކަންކނަ އެއްބަސްވުމުގެ ޠަބީޢަތް
29ޖީޕީޑީ އާއި އެމްޑަބްލިއުއެސްސީއާ ދެމެދު 2011 އކްޓޯބަރޮ 09 ވަނަ ދުވަހު ވެވުނު އެއްބަސްވުމަކީ ލިޔުމުން ވެވިފައިވާ އެއްބަސްވުމެއްކަން އެނގެން އޮވެއެވެ. އެގޮތުން، "ލޭންޑް ރިކްލެމޭޝަން އެގްރީމެންޓް" ގައި މިދެފަރާތުން ސޮއިކޮށްފައިވާކަން އެނގެއެވެ. މި އެއްބަސްވުމުގެ ބައިވެރިންނަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ފަރާތަކީ ޖީޕީޑީއެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތަކީ އެމްޑަބްލިއުއެސްސީއެވެ. ޖީޕީޑީން ފޯރުކޮށްދޭންޖެހޭ ޚިދުމަތަކީ ކ.ގުޅީފަޅުން 6.25 ހެކްޓަރުގ ބިނެ ހިއްކާ ތށިލުމުގެ މަސައްކަތެވެ. އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5ވަނަ ނަންބަރު ލޭންޑް ރިކްލެމޭޝަން އެގްރީމެންޓް (09 އޮކްޓބަރޯ 2011)
30HN1ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ނުވަތަ ދެމީހަކަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއްކަމާއި އަދި އެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށްވެސް ވާންވާނެކަނ އެނގެން އޮތްހިނދު، މި ދެފަރާތުގެ ދެމެދު ލިޔުމުން އެއްބަސްވުމެއްވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުންނާއި ދެފަރާތުގެ ބަހުންވެސް އެނގެން އޮވެއެވެ.
31އެމްޑަބްލިއުއެސްސީ އާއި ޖީޕީޑީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ޠަބީޢަތަށް ބަލާއިރު، މިއީ ބިން ހިއްކައި ތޮށިލުމުގެ މަސައްކަތްކުރުމަށް ވެފައިވާ ކޮންސްޓްރަކްޝަން ކޮންޓްރެކްޓެއްކަން އެނގެއެވެ. މި އެއްބަސްވުމުގެ ބައިވެރިންނަށް ބަލާއިރު، އެމްޑަބްލިއުއެސްސ އަކީ ކްލަޔަންޓެވެ. ނުވަތަ އެމްޕްލޯޔރެވެ. އަދި ޖީޕީޑީ އަކީ ކޮންޓްރެކޓަރެވް.
32HN2ޢާންމުކޮށް ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކުގައި، ކޮންޓްރެކްޓް ކޮމްޕްލީޝަން ޑޭޓްގެ ގޮތުގައި، ކޮންޓްރެކްޓަގައ ބަޔާންކުރި މަސައްކަތާ ނިންމަންވީ ތާރީޚެއް ލިޔެފައިވެއެވެ. އެއީ ޕްރެކް ޓިކަލް ކޮމްޕްލީޝަން ސެޓިފައ ކުރެވި ތާރީޚެވެ. އެއީ، ކޮންޓްރެކްޓަރު ކުރިމަސައްކަތްތައް އިންޑިޕެންޑެންޓް ސރަ ވޭޔަރ ސަރވޭކޮށް ނިންމުމަށްފަހު އެންމެހައި މަސައްކަތްތައް ފުރިހަމަކޮށް ކްލަޔަންޓަށް ސައިޓްގެ ހިޔާޒަތު ނެގޭނެ ތާރީޚެވެ.
33މިފަދަ ކޮންޓްރެކްޓްތަކުގައި ކޮމްޕްލީޝަން ޑޭޓަށް ކޮންޓްރެކްޓްގެ ބައިވެރިންނަށް ބަދަލުގެނެވިދާނެއެވެ. މިސާލަކަށް ކޮންޓްރެކްޓަރާ ސައިޓް ޙަވާލުކުރުމުގައި ލަސްވެ، މަސައްކަތް ފެށުން ލަސްވެއްޖެނަމަ ކޮމްޕްލީޝަން ޑޭޓަށް ބަދަލުގެނެވިދާނެއެވެ. އެހެންކަމުން، އެއްބަސްވުމުގެ ބައިވެރިން އެންމެ ފަހނު ކޮމްޕްލީޝަން ޑޭޓްގ ގޮތުގައެ އެއްބަސްވި ތާރީޚަށް ޕްރެކްޓިކަލ ކޮމްޕްލީޝަން ސެޓިފައި ކުރަންޖެހެއެވެ. މަސައްކަތް ނިމުނު ތާރީޚު ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2ވަނަ މާއްދާ
34މި ދެފަރާތުގެ ދެމެދު ޓާގެޓް ކޮމްޕްލީޝަން ޑޭޓްގެ ގޮތުގައި އެންމެ ފުރަތަމަ އެއްބަސްވެވުނު ތާރީޚަކީ 31 ޖުލައި 2012 އެވެ. އަދި ބުނެވިދިޔަ ތާރީޚުގެ ކުރިން ނުވަތަ އެންމެ ލަސްވެގެން އެ ތާރީޚަށް މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ޖީޕީޑީގެ ފަރާތުން އެއްބަސްވެފައިވާކަން އެގްރީމެންޓްގެ 4ވަނަ މާއްދާއިން އެނގެއެވެ. އެހެންނަމަވެސް، ތަފާތު އެކަ ސަބަބުތަކާ ހުރެ، އެ ތާރީޚަށް ވަނީ ބަދަލު ގެނެވިފައެވެ. ޓާގެޓް ކޮމްޕްލީޝަން ޑޭޓްގ ގޮތުގައެ އެންމި ފަހުން އެއްބަސްވެވުނު ތާރީޚަކީ 31 މާރޗި 2013 އެވެ.
35ޖީޕީޑީގެ ފަރާތުން 1 ޖޫން 2013 ގައި މަސައްކަތް ނިމުނުކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާކަން އެނގެނި އޮވެއެވެ.
36ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓގްއިވާ ތާރީޚަށް ބަލާއިރު، އެ ސެޓްފިކެޓްގެ ތާރީޚަކީ 24 ސެޕްޓެމްބަރ 2013 ކަން އެނގެން އޮވެއެވެ. އަދި އެ ސެޓްފިކެޓްގައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޕްރޮޖެކްޓްގެ ސަމަރީގެ ގޮތުގައި، ޕްރޮޖެކްޓް ފެށި ތާރީޚާއި، ބައިވެރިންނާއި، ފަހުން ގެނެވުނު އިސްލާހުތަކުގެ ތާރީޚުތަކާއި، މަސައްކަތުގެ މަޢުލޫމާތުތަކުގެ އިތުރުން އިންޑިޕެންޑެންޓް ކޮންސަލްޓަނޓަކް ކޮންފަރާތެއް ކަމާއި އަދި ޕްރޮޖެކްޓްގެ ޑިއު ޑޭޓް ބަޔާންކޮށްފައި ވާކަން އެނގެންއޮވެއެވެ. އެ ސެޓްފިކެޓްގައިވެސް ޕްރޮޖެކްޓްގެ ޑިއު ޑޭޓްގ ގޮތުގައެ ލިޔެފައިވަނީ 31 މާރިޗް 3201 ކަން އެނގެން އޮވެއެވެ.
37އެއްބަސްވުމުގެ 6ވަނަ މާއްދާގައި ބަޔާންކޮށްފައވި ފަދައިން، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިމުނުކަމުގައި ބެލެވޭނީ ކޮމްޕްލީޝަން ސެޓްފިކްޓްގ ތާރީޚުގެ މައްޗަށެވެ. ލޭންޑް ރިކްލެމޭޝަން އެގްރީމެންޓް (09 އޮކްޓބަރޯ 2011) ގެ 2ވަނަ މާއްދާގެ )q( ލޭންޑް ރިކްލެމޭޝަން އެގްރީމެންޓް (09 އޮކްޓބަރޯ 2011) ގެ 4ވަނަ މާއްދާގެ އަންނަނިވި ޢިބާރާތް “In consideration for the MWSC agreeing to pay the Contract Price at the times and in manner stipulated in this Agreement, GPD hereby agrees to undertake and complete the Works on or before the Target Completion Date in accordance with the specifications and standards stipulated in Schedule 2, subject to the terms and conditions hereinafter set out” ޕްރޮޖެޓްކ ކޮމްޕްލީޝަން ސެޓްފިކެޓް (24 ސެޕްޓެމްބަރ 2013) ލޭންޑް ރިކްލެމޭޝަން އެގްރީމެންޓް (09 އޮކްޓބަރޯ 2011) ގެ 6ވަނަ މާއްދާގަ އަންނަނިވި ޢިބާރާތް: “… The date of completion so certified shall be deemed as the relevant date of completion as the case may be.”
38އެހެންކަމުން، އެންމެ ފަހުން ޓާގެޓް ކޮމްޕްލީޝަން ޑޭޓްގެ ގޮތުގައި އެއްބަސްވި ތާރީޚަށް ޕްރެކްޓިކަލް ކޮމްޕްލީޝަން ސެޓިފައި ކުރަންޖެހޭނެ ކަމުގައި އަހުރެން ޤަބޫލުކުރަމެވެ. ވުމާއެކު، މިދެފަރާތުގެ ދެމެދު މަސައްކަތް ނިމުނު ތާރީޚުކަމުގައި ބަލަންޖެހޭ ތާރީޚަކީ ކޮމްޕްލީޝަން ސެޓްފިކްޓްގައިވާ ފަދައިން 24 ސެޕްޓެމްބަރ 2013 ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. ޓާގެޓް ކޮމްޕްލީޝަން ޑޭޓަށް މަސައްކަތް ނުނިމި ލަސްވުމުގައި ޤަބޫލުކުރެވޭފަދަ ޤާނޫނީ ހުއްޖަތެއް އޮތްތޯ ނުވަތަ ނޫންތޯ
39HN3އެގްރީމެންޓްގެ ބައިވެރިންގެ މެދުގައި ޤަބޫލުކުރެވޭ ފަދަ ޤާނޫނީ ޙުއްޖަތުގެ ގޮތުގައި އެއްބަސްވެފައިވާ ވަކި ކަންތައްތަކެއް ޢާންމުކޮށް މިފަދަ އެގްރީމެންޓްތަކުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޝަރީޢަތުން ދެން ބަލަންޖެހޭނީ މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓްގައި އެކަން އޮތް ގޮތަކީ ކޮބައިކަމާއިއެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރުމަށް އެގްރީމެން ޓްގެ ބައިވެރީން އެއްބަސްވެފައިވާ ގޮތަކީ ކޮބައތި ކަމުގައި އަހުރެން ޤަބޫލުކުރަމެވެ. އެގޮތުން، ޖީޕީޑީގެ ފަރާތުން މަސައްކަތް ލަސްވުމ ގުޅިގެނާ ނަގާފައިވާ ދިފާޢުއަކީ ކޮބައިކަން ދެނެގަތުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމުގައި އަހުރެން ޤަބޫލުކުރަމެވެ. ފޯސް މެޖުއަރ ނުވަތަ ބާރު ނުފޯރާ ފަދަ ޙާލަތެއް މެދުވެރިވިކަމަށް ޖީޕީޑީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
40ފޯސް މެޖުއަރ އަކީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ނުވަތަ ދެފަރާތުންކުރެ ފަރާތަކަށް އނގިފައިނުވެ ބޮޑުކަމެއް ޖެހުމުގެ ސަބަބުން، ކޮންޓްރެކްޓްގެ ބައިވެރިން ކޮންޓްރެކްޓްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުން މަޢާފުކުރުމަށް ބޭނުންކުރާ މަފްހޫމެއްކަން އެނގެންއޮވެއެވެ.
41މި ދެފަރާތުގެ ދެމެދު އޮތް އެގްރީމެންޓްގެ 14ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ: “The parties shall not be liable to each other for its delay in performance or other failure to perform its respective obligations under this Agreeement to the extent that such perfromance is impeded by an event of Force Majeure.” މިފަދައިންނެވެ. އަދި އެއްބަސްވުމުގެ 15ވަނަ މާއްދާގައި، އެ އެއްބަސްވުމުގެ ބޭނުމަށްޓަކައި، ފޯސް މެޖުއަރ މާނަ ކޮށްފައިވާކަން އެނގެންއޮވެއެވެ. އަދި ފޯސް މެޖުއަރ ޙާލަތެއް މެދުވެރިވެ، އެއްބަސްވެފައިވާ ތާރީޚށަ މަސައްކަތް ނުނިމޭނެކަމަށް ޖީޕީޑީއަށް ޤަބޫލުކުރެވޭ ޙާލަތުގައި ޓާގެޓް ކޮމްޕްލީޝަން ޑޭޓުގެ މުއްދަތު އިތުރުކުރުމުގެ ޙައްޤު އޮތްކަމަށް އެގްރީމެންޓްގެ 16ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. އަދި ފޯސް މެޖުއަރގެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމެއް ވަގުތުން އަންގަންވާނެކަމަށާއ އަދި އެކަނި އަންގަންވާނީ ލިޔުމުންކަމަށްވެސް އެގްރީމެންޓްގެ 19ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޓާގެޓް ކޮމްޕްލީޝަން ޑޭޓުގެ މުއްދަތު އިތުރުކުރުމަށް ޖީޕީޑީގެ ފަރާތުން އެދިފައިވާކަން އެނގޭކަށް ނެތެވެ.
42އެގްރީމެންޓްގެ 19ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ: “If a Force Majeure situation arises, the affected part shall prompltly notify the other party in writing of such condition and the cause thereof. Unless otherwise directed by the party in writing, the affected party shall continue to perform its obligation under the Contract as far as is reasonably practical, and shall seek all reasonable alternative means for performance not prevented by the Force Majeure event unless otherwise stated hereon or mutually agreed between the parties.” މިފަދައިންނެވެ. އެހެންކަމުން، ފޯސް މެޖު އަރގެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަން އަވަހަށް ލިޔުމުން އަންގަންވާނެކަން އެނގެއެވެ.
43ވުމާއެކު، ދެން އުފެދޭ ސުވާލަކީ ޖީޕީޑީގެ ފަރާތުން ފޯސް މެޖުއަރގެ ޙާލަތުގައި އެގްރީމެންޓްގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކޮށްފައިވޭތޯ އުފެދޭ ސުވާލެވެ. އެގޮތުން ބަލާއިރު، ޖީޕީޑީގެ ފަރާތުން އެގްރީމެންޓާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ. އަދި ފޯސް މެޖއަރގެ ޙާލަތުގައު “For the purposes of this Agreement, “Force Majeure” means an event which is beyond the reasonable control of a Party, and which makes a Party’s performance of its obligations hereunder impossible or so impractical as reasonably to be considered impossible in the circumstances, and includes, but is nit limited to, any governmental/regulatory delays, war, hostilities, riots, civil disorder, strikes, curfew, lockouts, shortage of labour and materials, natural disasters, storm, flood or other adverse weather conditions, strikes, lockouts, or other industrial action (except where such strikes, lockouts, or other industrial action are within the power of the Party invoking Force Majeure to prevent) including Act of God.” އެގްރީމެންޓްގައި ޢަމަލުކުރުމަށް އެއްބަސްވެފައި ވާގޮތަށް ޢަމަލުނުކުރެވި ދިޔަ އެއްވެސް ހަރުދަނާ ސަބަބެއް ޖީޕީޑއީށް ބަޔާންކޮށްދެވިފައިވާކަނ އެނގެންނެތް ކަމުގައް އަހުރެން ޤަބޫލުކުރަމެވެ. އެހެންކަމުން، ފޯސް މެޖުއަރގެ ޙާލަތެއް ދިމާވިކަމާއި މަސައްކަތް ޓާގެޓް ކޮމްޕްލީޝަން ޓޭޑަށް ނިންމާނުލެވޭނެކަންވެސް ޖީޕީޑީގެ ފާރާތުނ އެގްރީމެންޓް އެއްގޮތަށް އަންގާފައިވާކަން އެނގެން ނެތަތީއއާ އަދި 1 ޖޫން 2013 ގައި މަސައްކަތް ނިމުނުކަމަށް ބުނެ ޖީޕީޑީން ފޮނުވި ސިޓީގައިވެސް ފޯސް މެޖުއަރގެ ވާހަކަ ބަޔާންކޮށްފައިވެސް ނެތި، އެމްޑަބްލިއުއެސްސީން ލިކުއިޑޭޓެޑް ނުވަތަ ޑިލޭ ޑެމޖެ ސ ހޯދުމަށް ދަޢުވާކުރުމުން، ފޯސް މެޖއަރގު ވާހަކަ ބަޔާންކުރުމީ ލިކުއިޑޭޓެޑް ނުވަތަ ޑިލޭ ޑެމޖެ ސ ހޯދުމަށް އޮތް ހުރަހެއްކަމުގައި އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އެއީ މިޙާލަތުގައި އެއްބަސްވުމުގެ ބައިވެރިން އެންމެ ފަހުން ޓާގެޓް ކޮމްލީޝަން ޑޭޓްގެ ގޮތުގައި އެއްބަސްވި ތާރީޚަށް ޕްރެކްޓިކަލ ކޮމްޕްލީޝަން ސެޓިފައި ނުކުރެވިވަނީ މަޤްބޫލު ސަބަބެއް އޮވެގެންކަމުގައި މިޙާލަތުގައި ބެލެވޭނެ ހަމައެއް ނެތަތީއެވެ.
ލިކުއިޑޭޓެޑް ޑެމޖެ ސ
44HN4އެއްބަސްވުމުގެ ބައިވެރިން އެންމެ ފަހުން ކޮމްޕްލީޝަން ޑޭޓްގ ގޮތުގައެ އެއްބަސްވި ތާރީޚަށް މަޤްބޫލު ސަބަބެއްނެތި ޕްރެކްޓިކަލ ކޮމްޕްލީޝަން ސެޓިފައި ނުކުރެވިއްޖެނަމަ ކޮންޓްރެކްޓަރު އެކަމުގެ ޒިންމާ އުފުލަންޖެހި، ކްލަޔަންޓަށ ލިކުއިޑޭޓެޑް ޑެމޖެ ސްދޭން މަޖުބޫރުވާ ޙާލަތު މެދުވެރިވެއެވެ. ވުމާއެކު، ދެފަރާތުގެ ދެމެދު ވެފައިވާ އެގްރީމެންޓްގައި މިކަމާމެދު ބަޔާންކޮށްފައިވާ ގޮތަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމުގައި އަހުރެން ޤަބޫލުކުރަމެވެ. އެގޮތުން، އެގްރީމެންޓްގައި ބަޔާންކޮށްފައިވާ ފަދަ އެކަށީގެންވާ ސަބަބެއްނެތި މަސައްކަތް ލަސްވެގެން ހިނގައްޖެނަމަ އެކަމުގެ ޙައްލު ޢާންމު ގޮތެއްގައި އެގްރީމެންޓްގައި ބަޔާންވެފައި އޮވެއެވެ. މިގޮތުން، ލިކުއިޑޭޓެޑް ޑެމެޖސާ ގެ ވާހަކަ ބަޔާންކޮށްފައި އޮވެއެވެ.
45ލިކުއިޑޭޓެޑް ޑެމެޖާސްއަކީ ކޮންޓްރެކްޓްގެ ބައިވެރިންކުރެ އެކަކު ކޮންޓްރެކްޓާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ، ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާއަށް ލިބޭ ބަދަލުގެ އަދަދމެދު ކޮންޓްރެކްޓްގެ ބައިވެރާނ ކުރިން އެއްބަސްވެ، ކޮންޓްރެކްޓަގައ ލިޔެފައި އޮންނަ ޢަދަދެވެ.
46މި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި އެފަދަ މާއްދާއެއް އޮތްތޯ ބަލާއިރު، އެގްރީމަންޓްގެ 13ވަނަ މާއްދާގެ ދަށުން މަސައްކަތް ނިންމަންވާ ތާރީޚަށް ނުނިމިވާނަމަ، ޓާގެޓް ކޮމްޕްލީޝަން ޑޓޭން ފެށިގެން 03 މަސްދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކަށް ކޮންޓްރެކްޓްގެ ޖުމްލަ އަގުން 0.5% ގެ ރޭޓުން ލކުއިޑޭޓެޑި ޑެމެ ޖާސް ލިބިގަތުމުގެ ޙައްޤު އެމްޑަބްލިއުއެސްސީއަށް ލިބިގެންވާކަން އެނގެއެވެ.
47އެގްރީމަންޓްގެ 13ވަނަ މާއްދާގައިވަނީ: “If GPD fails or is unable to deliver vacant possession of the MWSC Area to MWSC on or before the Target Completion Date for any reason other than due to force majeure event as set out in clause 14 of this Agreement and in the meanwhile the MWSC has paid and settled all moneis payable to GPD in accourdance with this Agreement, then in the event, MWSC’s claim shall be limited to liquidated damages calculated from day to day at the rate of zero point five percent (0.5%) per day on the Contract price paid by MWSC for the period commencing immediately after the Target Completion Date and ending on the earlier of (a) the date vacant posession as aforesaid of the MWSC Area is delivered to the MWSC or (b) the date of expiration of three months from the Target Completion Date. In the event GPD fails to handover vacant posession as aforsaid of the MWSC Area within three months of Target Completion Date, this Agreement will be ternminated on the date of the extended Target Completion Date and MWSC shall have the right to cliam all monies paid to GPD” މިފަދައިންނެވެ.
48މި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޖީޕީޑީން ލިކުއިޑޭޓެޑް ޑެމެ ޖސް ދައްކާފައިނުވާކަމަށާ ބުނެ، ލިކއު ޑޭޓެޑް ޑެމޖެ ސ )iquidated DamagesL( ގެ ގޮތުގައި 3,105,941.61 USD (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅސްއެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއް ސެންޓް) ހޯދުމަށް އެމްޑަބްލިއުއެސްސީގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކު ރިކަން އެނގެއެވެ.
49އަދި އެއްބަސްވުމުގެ 13ވަނަ މާއްދާގައިވާ އުޞޫލުތަކާ އެއްގޮތަށް ލިކއު ޑޭޓި ޑެ ޑެމެޖސްގާ ފައިސއަށާ 3,105,941.61 DUS (ތިންމިލިއަން އެއްލައްކަ ފަސްހާސް ނުވަސަތޭކަ ސާޅސްއެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއް ސެންޓް) އަރާފައިވހާނދު، އެއްބަސްވުމުގެ 8ވަނަ މާއްދާގެ )f( ގެ ދަށުން އެމްޑަބްލިއުއެސްސީން 13.629,689 DUS (ހަ ލައްކަ ނަވާވީސް ހާސް ހަސަތޭކަ އަށްޑިހަނުވަ އމެރިކެ ޑޮލަރު ތޭރަ ސެންޓް) ދައްކަންޖެހޭތީވެ، އެ ފައިސާ އުނިކުރުމަށްފަހު، އެމްޑަބްލިއުއެސްސއަށީ ހައްޤުވެގެންވަނީ،48.2,476,252 DUS (ދެމިލިއަން ހަތަރުލައްކަ ހަތްދިހަހާސް ދުއިސައްތަ ފންސާސްދަ އެމެރިކާ ޑޮލަރު / ސާޅީސ އަށް ސެންޓް) ކަމަށް އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ޝަރީޢަތުން ރިޢާޔަތްކށޮ ފައިވާ ގޮތް
50HN5އިސްތިއުނާފު ބިނާކޮށްފައިވާ ފުރަތަމަ ނުކުތއަށާ ބަލާއިރު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނގު 5ވަނަ މާއްދާގެ (ހ) ގައި "ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި، ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ." މިފަދައިން ބަޔާންކޮށް، އެއާ ވިދިގެން އައި (ށ) ގައި ބަޔާންކޮށްފައިވަނީ "މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ." މިފަދައިން ކަމާއި، ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަންކަމުގެ ތެރެއިން (ށ) ގެ (1)ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "މައްސަލައި ގެ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ" ކަން އެނގެން އޮވެއެވެ. މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމްގެ 7ވަނަ ނަންބަރު ޤާނޫނު ނަންބަރު 0201/13
51ދަޢުވާއަކއާ ގުޅިގެން، މައްސަލައިގެ ޚަޞްމުން ޝަރީޢަތަށް ހުށަހަޅާ ހެއްކާއި ޤަރީ ނ، ބަލައިގަނެ ހެކިވަޒަންކޮށް އެއަށް ބުރަދަން ދިނުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަމާއި، އިޝާރާތް ކުރެވުނު ޤާނޫނީ މަފްހމޫ ތަކަށް ނަޒަރުކޮށް، އިސްތިއުނާފު މިކުރެވޭ މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ކުރަންޖެހޭ މަސައްކަތް ނިންމަންޖެހޭ ތާރީޚަށް ނިމިފައި ނުވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަން ސާބިތުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން ޝަފހަ ހެއްކާއި ކިތާބީ ހެކި ހުށަހަޅާފައިވާކނަ އެނގެއެވެ. ޝަފހަ ހެކިންގެ ގޮތުގައި ޝަރީޢތަށަ ހުށަހަޅާފައިވަނީ އެކްސްޕަރޓް ކޮންސަލްޓަންޓެއްގ ގޮތުގައެ މަސައްކަތްކުރި، […] ޙުސައިން ޝިޔާމް އާއި ސިވަރަޖާ މަނިވަނަންއެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ފޮނުވާފައިވާ ’nth of April and May 2013 For MaleWeather data for the mo“ ”Region relevant to Gulheefalhu ކިޔާ މޫސުމާބެހޭ ޑޮކިއުމަންޓެކެވެ.
52މި މައްސަލަ ދަށުކޯޓުން ނިންމި ޤަޟިއްޔާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.6 ގައި ބަޔާންކޮށްފައިވަނީ، މި އެއްބަސްވުމުގެ ދަށުން ޙަވާލުކުރެވުނު މަސައްކަތްތައް ނިންމުމަށް އެއްބަސްވެވުނު ތާރީޚުތކަށަ އެކް ބަދަލުތައް ގެނެސްފައިވާހިނދު، އެއްބަސްވުމުގައިވާ މުއްދަތުގައި ރާއްޖޭގެ މޫސުމަށް އާދަޔަ ޚިލާފު ބަދަލުތަކެ އ އައިސްފައި ނުވާތީ، ރާއްޖޭގެ މޫސުމަށް އާދައިގެ މަތިން އަންނަ މޫސުމީ ބަދަލުތަކަކީ، އެއްބަސްވުމުގެ ތާރީޚުތަކަށް ދެފަރާތުން އެއްބަސްވީއިރު، އަންދާޒާކުރެވެން ހުރި ބަދަލުތަކެއްކަމަށްވތީ، އާދައިގެ މަތިން ރާއްޖެއަށް އަންނަ މޫސުމ ބަދަލުތަކަކީ އެއްބަސްވެފައިވާ މުއްދަތަށް މަސައްކަތް ނުނިންމުމަށް އޮތް ސަބަބެއްކަމަށް ޝަރީޢތަށަ ބުރެވެވެން ނެތްކަމެވެ. މިގޮތަށް ބަޔާންކޮށްފައި އޮތުމުން އެނގެނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ޝަރީޢަތުން ރ ޢާޔަތްކޮށްފައިވާކެމެވެ.
53މި ރިޕޯޓްގެ 43ވަނަ ނަންބަރުގައި ޝަރީޢަތަށް ފާހަގަވި ކަންކަން އެގޮތުގައި ހުރިހިނދު، ދަށު ކޯޓުން މި ނުކުތާއާމެދު ނިންމާފައިވާ ނިންމުން ރަނގަޅުކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.
54HN6އިސްތިއުނާފު ބިނާކޮށްފައިވާ ދެވަނަ ނުކުތާއަކާ "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަބުދަޢއުގުޅޭ ނުކުތާއެއްކަން އެނގެއެވެ. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/43-SC/2013 ޤަޟިއްޔާގެ 06ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަފްހޫމެވެ. އެ ނަންބަރުގައި ބަޔާންކުރަނީ ....." "ޕްރޮމިސަރީ އެސްޓޮޕަލް"ގެ މަފްހޫމަކީ ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއްގައި ހިމެނޭ އެއް ފަރާތުން ކުރާ ވައުދަކަށް އަނެއް ފަރާތުން ބްރޯސާވ އެގޮތުގެ މަތިން ޢަމަލުކުރުމަށްފަހު، ވައުދުވި ފަރާތުން ވަޢުދާއި ޚިލާފު ޢަމަލެއް ކުރުން އުޞޫލެއްގެ ގޮތުގައި މަނާވެގެނ ކަމުގައް ވާއިރު، އެ އެމަފްހޫމްގެ ދަށުން "ޕްރޮމިސަރީ އެސްޓޮޕަލް" ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރާ ފަރާތާއި ވައުދުވ ފަރާތި ދެމެދުގައި ކުރިން ޤާއިމްވެ ދެމިއޮތް ޤާނޫނީ "ތަޢާޤުދީ" )alcontractu( ގުޅުމެއް އޮތުމުގެ އިތުރުން "ޕްރޮމިސަރީ އެސްޓޮޕަލް" ބޭނުންކުރެވޭނީ ހަމައެކަނި ވައުދުވި ފަރާތުން ވަޢުދުވެވުނު ފަރާތާއި އިދިކޮޅަށް ކޮށްފައިވާ ޢަމަލެއްގެ ދިފާޢުގައި ކަމާ، އަދި މީގެ އިތުރުން ވަޢުދުވި ފަރާތުން ވެފައިވާ ވަޢުދަކީ، އެއްބަސްވުމުގެ ޝަރުތަކަށް ބަދަލެއް އަންނަ ފަދަ ނުވަތަ އެއަށް ޢަމަލުކުރަން ނުޖެހޭފަދަ ވަޢުދަކަށްވުމާއި، ވައުދުވެވުނ ފަރާތުނު އެ ވަޢުދަށް ބަރޯސާވެ އެގޮތުގެމަތިން ޢަމަލުކޮށްފައިވުމާއި، ވަޢުދުވި ފަރާތުން އެފަރާތުގެ ވަޢުދާ ޚިލާފަށް ޢަމަލުކުރުމަކީ ޢަދުލް އިންސާފުގެ ހަމަތަކާއި ޚިލާފު ކަމަކަށްވުމާއި.." މިފަދައިން ބަޔާންކޮށްފައިވެއެވެ.
55ބުނެވިދިޔަ އުޞޫލަށް ބަލާއިރު، "ޕްރޮމިސަރީ އެސްޓޮޕަލް" ގެ މަންފާ ބޭނުންކުރާ މީހަކު ސާބިތުކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އެއްބަސްވުން ބަދަލުވާފަދަ ވަޢުދެއް ވެފައިވާކަން ކަމަށްވާއިރު، އިސްތިއުނާފުރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތަށް 4 ނޮވެންބަރު 2013 ގައި ފޮނުވާފައިވާ އީމެއިލް ގައި ބަޔާންކޮށްފައިވަނީ މަސައްކަތް ނުނިމި ލަސްވެފައިވާ ދުވަސްތައް ފައިނލައިޒް ކުރުމަށް، ފޯސް މޖެ އ ރ އަށް ފެތޭ ކްލެއިމެއް އޮތްނަމަ އޭގެ ތަފްޞީލު ހިއްސާކު ރުމަށްކަމާއި، އެފަދަ ތަފްސީލީ ކްލެއިމެއް ލިބުމަށްފަހު، ލިކއު ޑޭޓެޑ ޑެމެޖާސްއ މެދާ ގޮތެއު ކަނޑައެޅުމަށްފަހު އެކަން އަންގާނެކަމަށ އޮތުމުން އެއީ އިސްތިއުނާފުރައްދުވާ ފަރާތުން ވައުދެއް ވެވުނީ ކަމަށް ބެލެވިދާނެ ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އަދި މަސައްކަތް ނިންމައި ތަން ހަވާލުކުރި ފަހުން އެކަމާގުޅޭ މަޢުލޫމާތުތައް ހުށަހެޅުމަށް އެންގުމަކީ އެއްބަސްވުމުގައި އޮތް ފޯސް މެޖުއަރ ހާލަތެއް ދިމާވުމުން ވީ އެންމެ އަވަހަކަށް ލިޔުމުން އެންގުމަށް އެއްބަސްވެފައިވާ ޝަރުތު އިސްތިއުނާފުރައްދުވާ ފަރާތުން ދޫކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް ބަދަލު ގެނެވި އިސްތިއުނާފުރައްދުވާ ފަރާތުން ރުހި ޤަބޫލުވީ ކަމުގައި ބެލެވނޭ ޙާލަތެއޭ ކަމުގައި އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ ޕްރޮމިސަރީ އެސްޓޮޕްލް އަކީ ވަޢުދެއް ވުމަށްފަހު އެ ވަޢުދުގެ މައްޗަށް އަނެއް ފަރާތުން ބަރޯސާވެ އެ ވަޢުދުގެ މައްޗަށް ޢަމަލުކޮށްފައިވާނަމައެ ވީ ވަޢުދުން ތަނާޒުލު ނުވެވޭނެ ކަމަށް ބަޔާންކުރާ ޢަދާލަތުގެ މަފްހޫމްކަމުގައި ވީހިނދު، އެ މަފްހޫމް ބޭނުންކުރެވޭނީ ވަކި ކަންތައްތަކެއް އެގޮތުގައި ހުރުމުންކަން އެނގެން އޮތަތީއެވެ. އެކަންކަމަކީ:
1.55 ދެފަރާތުގެ ދެމެދު ޤާނޫނީ ގޮތުން އުފެދިފައިވާ ގުޅުމެއް އޮތުން
2.55 ވަޢުދުގެ މައްޗަށް ބަރޯސާވެފައިވުން
3.55 ހަމައެކަނި ދިފާޢުއެއްގެ ގޮތުން ބޭނުންކުރުން
4.55 ވޢަ ދުން ތަނާޒުލުވުމަށް ވ ޢަ ދުވިފަރާތަށް ފުރުސަތުދިނުމަކީ ޢަދާލަތުގެ ހަމަތަކާ ޚިލާފު އަނިޔާވެރި ކަމެއް ކަމުގައިވުން ކަން އެނގެން އޮވެއެވެ.
56އެހެންކަމުން، މި ޙާލަތުގައި އިސްތިއުނާފުކުރާ ފަރާތުން ބުނާފަދަ ވަޢުދެއްވެފައި އޮތްކަމަށް ބަލެވޭނެ ހަމައެއަ ނެތަތީ މި މަފްހޫމް މި ޤަޟިއްޔާގެ ވަޤާއިޢުތަކަށް ތަޠުބީޤްކުރެވިދާނ ޤާނޫނެ ހަމައެއް އޮތްކަމަކަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ.
57HN7މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމެޖސާ އަކް އިސްތިއުނާފުރައްދުވާ ފަރާތުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާޞްކުރުމުން އުފަންވާ ހައްޤެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން Central London Property Trust Ltd v High Trees House Ltd [1947] KB 130 Combe v Combe [1951] 2 KB WJ Alan & Co Ltd v El Nasr Export & Import Co [ 1972] 2 QB 189 Combe v Combe [ 1951] 2 KB Central London Property Trust Ltd v High Trees House Ltd [1947] KB 130 ބުނެފައިވާއިރު، ލިކއު ޑޭޓި ޑެ ޑެމެޖާސް ލިބުމުގެ ހައްޤު އުފަންވެފައިވަނީ، އެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ ތާރީޚު ފަހަނައަޅާ ދިޔުމުންކަމާއި، އަދި އިސްތިއުނާފުކުރާ ފަރާތުން މި މައްސަލގައާ ޙަވާލާދީފައިވާ އެއްބަސްވުމުގެ 8ވަނަ މާއްދާގެ )f( ގައިވާ ފައިސާއަކީ ޑިފެކްސް ލައިބިލިޓީ ޕީރިއަޑް ނިމުމުނި ދައްކަންޖެހޭ ފައިސާއެއްކަމުގައިވާތީ، މި ފައިސާ ދެއްކުމަށް އޮތް ތާރީޚުގެ ކުރިން ލިކިއުޑޭޓަޑް ޑެ މޖެ ސ ލިބުމުގެ ހައްޤު އިސްތިއުނާފުރައްދުވާ ފަރާތަށް އުފަންވެފައިވާކަން އެނގެއެވެ.
58HN8ދެފަރާތެއް ދެމެދުގައި އެއްބަސްވުމެއް މާނަކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޚިލާފެއް އުފެދިއްޖެކަމަށްވާނަމަ، އެ އެއްބަސްވުން މާނަކުރުމުގައި ރިޢާޔަތްކުރެވޭނީ އެ އެއްބަސްވުމުގެ މަޤްސަދަށް ކަމާއި، އޭގައިވާ ލަފްޒުތަކަށް ނޫންކަމަށް ބަޔާންކުރާ "އަލްޢިބްރަތު ފިލްޢުޤޫދި ލިލްމަޤާޞީދު ވަލމަޢާން ލާ ލިލްއލްފާޒި ވަލްމަބާނީ" މި ޝަރުޢީ ޤާއިދަ އާ ޚިލާފަށާ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު، އިޝާރާތްކުރެވުނު ލޭންޑް ރިކްލެމޭޝަން އެގްރީމަންޓާއި ގުޅިގެން ޖީޕީޑީ އާއި އެމްޑަބްލިއއެސްސީއު ދެމެދާ އުފެދިފައިވާ ޚިލާފުގެ މައްޗަށް ބަލާއިރު، މިއީ އެއްބަސްވުމުގެ މާއްދާއެއް، ނުވަތަ ލަފުޛެއް މާނަކުރުމުގައި މިދެފަރާތުގެ ދެމެދުގައި ޚިލާފުތަކެއް އޮތަތީ އިސްތިއުނާފުރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ނޫންކަމާއި، މި މައްސަލގައ އިސްތިއުނާފުކުރި ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތާއި ދެމެދު އުފެދިފައިވާ ޚިލާފުގެ މައިގަނޑު އަސާސްގެ މައްޗަށް ބަލާއިރު، މިއީ މަސައްކަތް ނިންމާ ހަވާލުކުރުމަށް އެއްބަސްވެފައިވާ ތާރޚަށީ މަސައްކަތް ނިންމާ ސައިޓު ހަވާލުކުރެވިފައި ނުވާތީ ލިކުއިޑޭޓެޑް ޑެ މެޖާސ ދަށް ކޯޓުނު ނަގައިދީފައި އޮތް އޮތުމާ ގުޅިގެން އިސްތިއުނާފުކުރެވިފައިވާ މައްސަލައެއްކަން އެނގެއެވެ. ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި މި އެއްބަސްވުމުގެ ވަކިވަކި ލަފްޒުތަކަށް ބެލުމުގެ ބަދަލުގައި މި މައްސަލަ ނިންމާފައިވަނީ މުޅި އެއްބަސްވުމަށް ރިޢޔަތްކޮށ ދެފަރާތަށްވެސް އިންސާފު ލިބެނިވާ ގޮތުގައި ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެގޮތުން، ލިކުއިޑޭޓެޑް ޑެމެޖަސް ނަގައިދިނުމުގައިވެސް، މާ މައްސަލާގައި ފުރިހަމަ ޙައްލު ލިބެނިވިގޮތަށް، އެއްފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ފައިސާ އަޅާކަނޑާފއިވާކަން އެނގެންއޮވެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
- ލޭންޑް ރިކްލެމޭޝަން އެގްރީމެންޓް (09 އޮކްޓޫބަރު 2011) ގެ 2، 4، 6، 8(f)، 13، 14، 15، 16، 19 ވަނަ މާއްދާތައް
- ސުޕްރީމް ކޯޓުގެ 2013/SC-A/43
- Central London Property Trust Ltd v High Trees House Ltd [1947] KB 130
- Combe v Combe [1951] 2 KB
- WJ Alan & Co Ltd v El Nasr Export & Import Co [1972] 2 QB 189
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.