އޭޝިޔާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1215/Cv-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2022/SC-A/54 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ލިކުއިޑޭޓަރު ކުންފުނި އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށް ހުށަހަޅާފައިވަނިކޮށް 14 ދުވަހުގެ ތެރޭގައި ރަޖިސްޓްރާރ ކުންފުނި އުވާނުލިނަމަ އެ ކުންފުންޏަކީ އުވިފައިވާ ކުންފުންޏެއްކަމަށް ބެލޭތޯ، އަދި ކުންފުނީގެ ޤާނޫނީ ހައިސިއްޔަތާ ބެހޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް އެ ކުންފުނީގެ މައްޗަށް ދަރަނި ސާބިތުކުރެވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު (އަޣުލަބިއްޔަތު ރައުޔު 2-1)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 (އަޣުލަބިއްޔަތު ރައުޔު) މީރާއަކީ ކުންފުނިތަކުގެ ޤާނޫނީ ބަލަދުވެރި ފަރާތެއް ނޫންކަމުން، ކުންފުންޏެއްގެ ޤާނޫނީ ހައިސިއްޔަތާމެދު ޝަރީޢަތުން ގޮތެއް ނިންމާނަމަ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް މައްސަލައަށް ތަދައްޚުލުކުރުވައި އެ ފަރާތުގެ ބަސް ހޯދަން ޖެހޭނެއެވެ؛ އެގޮތަށް ނުކޮށް ކުންފުނީގެ ޤާނޫނީ ހައިސިއްޔަތާމެދު ނިންމާ ނިންމުމަކީ ޢަދުލު އިންޞާފުގެ ހަމަތަކުން ބޭރު، ޣައިރު ދުސްތޫރީ ނިންމުމެކެވެ.
HN2 (އަޣުލަބިއްޔަތު ރައުޔު) ސުޕްރީމް ކޯޓުގެ 2012/SC-J/05 އަމުރުގައިވާ ގޮތުން، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައަކާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލައަށް އަސަރުފޯރާ ފަދަ ކޮންމެ ޢަމަލެއް ނުވަތަ ނިންމުމެއް ބާޠިލް ކަމުން، ކުންފުނީގެ ޤާނޫނީ ހައިސިއްޔަތާ ބެހޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށް އެ ކުންފުނީގެ މައްޗަށް ޤާނޫނީ އިލްތިޒާމުތަކެއް މަތިކުރުމަކީ އެ މައްސަލައަށް އަސަރުކުރާނެ ކަމެއް ކަމުން، އެފަދަ ޙުކުމް ބާޠިލުކުރަން ޖެހޭނެއެވެ.
HN3 (އެއްބަސްވެފައިވާ ބައި) ކުންފުނި އުވިފައިވާކަމަށް ދަށުކޯޓުގައި ހުށަހެޅި ނުކުތާއާމެދު ދަށުކޯޓުން ސާފުކޮށް ގޮތެއް ކަނޑައަޅާފައިވާނަމަ (ކުންފުންޏެއް އުވާނުލާހާ ހިނދަކު ދެމިއޮންނާނެކަމަށް)، އެއީ އިސްތިއުނާފުގައި ބެލެވޭނެ ނުކުތާއެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން ޝަހީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ޙަސަން ޝަފީޢު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ސިވިލް ކޯޓްގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އޭޝިއާ 2 1 ރިސޯޓްސް ޕްރައިވެޓް ލިމިޓޑެ ގ ލިކުއިޑޭޓަރުގެ ހައިސިއްޔަތުން އޭ.އައި.އެސް.އެލް.އެލް.ޕީން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ.
ކަންހިނގާފައިވާ ގޮތް
2ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ތ.ކަޅުފަހލަފުށީގައަ ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމާއި […] ޝަބީރު އަޙްމަދުއާ ދެމެދު 05 މެއި 2005 ގައި ލީސް އެގްރީމެންޓެއް ކުރެވުނެވެ. އެ ލީސްގެ މ އްދަތަކު 35 (ތިރީސް ފަހެއް) އަހަރު ދުވަހެވެ.
3ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ތ.ކަޅުފަހަލަފުށީގެ މައްޗަށް ޝަބީރު އަޙްމަދަށް ލިބިގެންވާ އ ންމެހައެ ޙައްޤުތައް އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް 07 މާރިޗު 2010 ގައި ވިއްކާލިއެ ވެ. އަދި ހަމަ އެ ތާރީޚގައު އޭޝިއާ ރިސޓޯ ސ ޕްރައިވެޓް ލިމިޓެޑާއި ޝަބީރ އަޙްމަދު ދެމެދާ ޑީޑް އޮފް އެސައިންމަންޓްގައި ސޮއިކުރިއެވެ. ރަޖިސްޓްރީ ނަންބަރު 0261/2004-C ރަޖިސްޓްރީ ނަންބަރު 0016/2015P ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 16 ޑިސެންބަރު 2021 ގައި އިޞްލާޙް ގެނެވިފައިވާތީ މި ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންދެވިފައިވަނީ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ޙާޟިރުގައެވެ.
4ބުނެވިދިޔަ ލީސް އެގްރީމެންޓްގެ 44 ވަނަ މާއްދާގެ 44.4 އާ އޭޝިއާ ރިސޯޓްސް ޕްރައިވޓެ ލިމިޓެޑުން ޚިލާފުވެފައިވާތީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސިޓީ (08 ފެބްރުވަރީ 5201) އިން ވަނީ ލީސް އެގްރީމަންޓް ބާޠިލުކޮށްފައެވެ.
5ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ އާއި، އެ ފައިސާ ދައްކންޖެހަ މުއްދަތުގައި ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ އާއި، އިންޓަރެސްޓްގެ ގޮތގައު ދައްކަންޖެހޭ ފައިސާ، ފައިސާ ދައްކާ ޚަލާޞްކުރުމާހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް މީރާއިން ދަޢުވާކުރިއެވެ.
6އިސްތިއުނާފުކުރެވިފައި މިވަނީ ބުނެވިދިޔަ ދަޢުވާކުރުމުން ބެލުނު ސިވިލް ކޯޓުގެ ޤޟިއަ ޔާއެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
7ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: " މި ދަޢުވާއަކީ، އޭޝިއާ ރެސޯޓްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓަރީ ނަންބަރު:-C 40261/200) (މީގެ ފަހުން "ދަޢުވާލިބޭ ފަރާތް") އާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ދެމެދު 5 މޭ 2005 ގައި ވެފައިވާ ލީސް އެގްރިމަންޓްގެ ދަށުން، ތ.ކަޅުފަހަލަފުށީގ ކުލީގެ ގޮތުގައެ ދައުލަތަށް ދައްކަންޖެހޭ 11,140,447.64 US$ (އެގާރަ މިލިއަން އެއްލައްކަ ސާޅީސް ހާސް ހަތަރު ސަތޭކަ ސާޅީސް ހަތް ޑޮލަރު ފަސްދޮޅަސް ހަތަރު ސެންޓް) ދައްކާފައި ނުވާތީ އާއި، އެ ފައިސާ ދައްކަންޖެހޭ މުއދަތުގައް ދައްކާފައި ނުވާތީ 10 އޭޕްރީލް 2017 (ކޯޓަށް މައްސަލް ހުށަހެޅަ ތާރީޚް) ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ US$ 7,826,069.21 (ހަތް މިލިއަން އަށް ލައްކަ ސައްބީސް ހާސް ފަސްދޮޅަސް ނުވަ ޑޮލަރު އެކާވީސް ސެންޓް) އާއި، އިންޓްރެސްޓްގެ ގޮތުގައި ދައްކަނޖެހް 730,409.75 US$ (ހަތް ލައްކަ ތިރީސް ހާސް ހަތަރު ސަތޭކަ ނުވަ ޑޮލަރު ހަތްދިހަ ފަސް ސެންޓް) އާއެކު ޖުމްލަ US$ 19,696,926.61 (ނަވާރަ މިލިއަން ހަ ލައްކަ ނުވަދިހަ ހަ ހާސް ނުވަ ސަތޭކަ ސައްބީސް ޑޮލަރު ފަސްދޮޅަސް އެއް ސެންޓް) ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، ޝަރީޢަތް މެދުވެރިކޮށް ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "ދައުލަތް" ނުވަތަ "މީރާ" ކަމަ ށ ބުނެފައިވް ފަރާތް) އިން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުރާ ދަޢުވާއެކެވެ" މި ފަދައިންކަނ އެނގެން އޮވެއެވެ.
8އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމށަ ފަހު، ތ.ކަޅުފަހަލަފުށި ކުއްޔަށް ދިނުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދުގައި 05 މެއި 2005 މި ތާރީޚުގައި ވެފައިވާ ލީސް އެގްރީމަންޓްގެ ދށުނަ 2009 ން 08 ފެބްރުއަރީ 2015 މި ތާރީޚުގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ 64.11,140,447 US$ (އެ ގާރަމިލިއަން އެއްލައްކަ ސާޅީސްހާސް ހަތަރުސަތޭކަ ސާޅީސް ހަތެއް ޕޮއިންޓް ހައެއް ހަތަރެއް) ޔޫއެސް ޑޮލަރު އާއި ކުލި ދައްކަންޖެހޭ ތާރީޚުގައި ކުލި ނުދެއްކުމުން 27 މާރިޗް 2018 މި ތާރީޚުގެ ނިޔަލަށް ޖޫރިމަނާ އާއި އިންޓްރެސްޓްގެ ގޮތުގައި އަރާފައިވާ .88311,323,96 US$ (އެގާރަމިލިޔަން ތިންލައްކަ ތޭވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓް އަށެއް އަށެއް) ޔޫއެސް ޑޮލަރު އާއިއކެ އެކުޖުމްލައަށްވާ US$22,464,411.52 (ބާވީ ސްމިލިޔަން ހަތަރުލައްކަ ފަސްދޮޅަސް ހަތަރުހާސ ހަތަރުސަތޭކަ އެގާރަ ޕޮއިންޓް ފަހެއް ދޭއް) ޔޫއެސް ޑޮލަރުއަކީ މި ފައިސާ ދައްކާ ޚަލާޞްކުރުމާއި ހަމައަށް އަރަމުންދާ ޖޫރިމަނާ އާއި އިންޓްރެސްޓްއާއިއެކު އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑަ އަޅައި، ބުނެވެދިޔަ ގޮތުގެ މައްޗަށް އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ދައުލަތަށް ދައްކަންޖެހޭ US$22,464,411.52 (ބަވީ ސްމިލިޔަން ހަތަރުލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ އެގާރަ ޕޮއިންޓް ފަހެއް ދޭއް) ޔޫއެސް ޑޮލަރު އަރަމުންދާ ޖޫރިމަނާ އާއި އިންޓްރެސްޓްއާއިއެކު 27 މާރިޗް 2018 މިދުވަހުނ ފެށިގެން ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭވަރު އެމަހަކު ދައްކަމުން ގޮސް މީލާދީ 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި US$22,464,411.52 (ބަވީސްމިލިޔަން ހަތަރުލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ އެގާރަ ޕޮއިންޓް ފަހެއް ދޭއް) ޔޫއެސް ޑޮލަރު އަރަމުންދާ ޖޫރިމަނާއާއި ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 6 ވަނަ ނަންބަރު އިންޓްރެސްޓްއާއިއެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ޚަލާޞް ކުރުމަށް ދަޢުވާ ލިބުނު އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް އަންގާ ޙުކުމްކޮށްފީމެވެ.] އިސްތިއުނާފަށް ހުށަހެޅުނު ނުކުތތައާ
9ސިވިލް ކޯޓް ގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާ އިސްތިއުނާފކު ރުމަށު އެދި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން، ހ ށަހަޅާފއިވަ ނުކުތާތަކަކީ:
1.9ދިވެހިރާ އްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 93 ވަނަ މާއްދާގެ
(ހ) ގއ ވގޮތުގާ މަތިން އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް، އެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ލިކްއޑޭޓަރެއްގި ގޮތުގައި އިސްތިއުނާފކުރު މި ކުންފުން އައްޔަންކުރުމުން، މި ކުންފުނިން، އެ ޤނޫނުގާ 92 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ މާއްދާގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެ ޑް ކުންފުނި އުވާލުމަށް ރަޖިސްޓރް ރ އޮފް ކޮމްޕެނީޒްއަށް ހުށަހެޅިފައި ވަނިކޮށް، އަދި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުންފުނި އުވާލުމަށް ލިކުއިޑޭޓަރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެ ކުންފުންޏެއް އުވާލަންވާނެ ކަމަށް ބަޔާންކޮށްފައިވަނިކޮށް، އޭގެ އަހަރުތަކެއްގެ ފަހުން އެ ކުންފުނީގެ މައްޗަށް ހުށަހެޅުނު އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުގެ ނަންބަރ C/2017-Cv/1215 ގަޟިއްޔާގައި ބަލައި އެ ކުންފުނީގެ މައްޗަށް އިތުރު ދަރަންޏެއް ސިވިލް ކޯޓުގެ މި ގަޟިއްޔާގައި ސާބިތުކޮށްފައިވަނީ ދިވެހިރާއްޖޭ ގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 93 ވަނަ މާއްދާގެ (ހ) ގެ ސަރީހަ ނައސާއް މާނަކުރމުގު ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރާ 2011/4) ގެ 37 ވަނަ މައްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި،
2.9ކުންފުންޏެއް އުވާލުމުގެ މަސައްކަތް، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނ ނ ނަންބޫ ރ 96/10) ގެ 75 ވަނަ މާއްދާއިން ފެށިގެން 93 ވަނަ މާއްދާއާ ދެމެދުގައި ހުރި މާއްދާތަކުގައި ބަޔާންކުރެވިފައިވާ އިޖުރާއަތުތަކާއި އެއްގތަށޮ ލިކްއިޑޭޓރަ ފރިހަމު ކުރުމުން އެ ކުންފުންޏަކީ އެ ޤާނުނުގެ މަގްސަދަށްޓަކައި އުވިފައިވާ ކުންފުންޏެއް ކަމށަ ބަލަންޖެހޭނެކަން އެ މާއްދާތަކުގެ ސަރީހަ ނައްސުން އެނގެން އޮތްއިރު، އެ މއްދާތާ ކ ޚިލާފަށް މައް ސަލަބަލައި އުވިފައިވާ ކުންފުންޏެއްގެ މައްޗަށް ކުންފުންޏާބެހެ ޤާނ ނުގެ ސަރޫ ހ ނައްސާ ޚލާފަށި ދަރަންޏެއް ސާބިތުކުރި ކަމަށި ބުން ހުށަހެޅި ނުކުތާ އާއި
3.9ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބާ ރ 96/10) ގެ ހުދޫދުނ ބޭރުން އަދި އެ ޤާނނުގޫ 75 ވަނަ މާއްދާއިން ފެށިގެން 93 ވަނަ މާއްދާއާ ދެމެދުގައި ބަޔާންކުރެވިފައވި ސަރީހަ އިޖުރާއަތުގެ ބޭރުން، ކުންފުންޏެއްގެ މައްޗަށް އިލްތިޒާމްތަކެއް ނުވަތަ ހައްގުތަކެއް އުފެއްދުމުގެ ބާރު ކޯޓަށް ނެތްކަން ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރާ 96/01) އިން އެނގެން އޮތްއިރު، އެއާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވާކަމށަ ބނު ހުށަހެޅި ނުކުތާ އާއި
4.9ދ ވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނ ނ ނަންބަރު 96/10) ގެ ބާރު ކެނޑގޮތަށޭ ސިވިލް ކޯޓުން މައްސަލަ ނިންމަވާފައި ވާކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި
5.9ކުންފުނީގެ ދަރަނި އަދާކުރެވޭނެ ގޮތެއް ނެތިގެން ކުންފުންޏާބެހޭ ޤނޫނުގައާ ބަޔާންކޮށްފައވި ގޮތަށް ކުންފުނި އިފްލާސްކުރެވި، ކުންފުނި އިފްލާސްކުރެވުނއިރު ކުންފުނީގު އ ހުރި ފައިސާ ދަރަނިވެރިންނަށް ނިސްބަތުން ބަހައި ނިންމާފައިވަނިކޮށް ކުންފުނި އިފްލާސްކރުމު ގ ކުރިން ހިނގާފައިވާ މުއާމަލާތަކަށް، އަދި ކުންފުނި އިފްލާސްކުރެވި އެ ކުންފުނީގައި ހުރި ފައިސާ އެ މުއާމަލާތަކާއ ގުޅިގެނި ދީ ޚަލާސްކޮށްފައިވަނިކޮށް، ހަމަ އެ މުއާ މަލާތގު ފއިސަ އަނެއްކާ ދައްކަންޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކުރި ކުރުމަކީ، ކންފު ނ އިފްލާސްކުރުމުގެ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބުނެ ފާހަގކުރަ ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
10އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަކީ ކުންފުޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މިހާރު އުވިފައިވާ ކުންފުންޏެއްކަމަށް ކަނޑައަޅައިދެއްވުން" މިފަދައިންކަން އެނގެން އޮވެއެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން
11ސިވިލ ކޯޓަށް ހުށަހެޅް ދަޢުވާގެ މައުޟޫއާމެދު އެ ކޯޓުން ކަނޑައެޅި ގޮތާމެދު އެ ކޯ ޓުން ނިންމި ނިންމުން އިސްތިއުނާފުކުރި ފަރާތުން އިސްތިއުނާފުކޮށްފައި ނުވާކަން އިސްތިއުނާފުރައްދުވާ ފަރާތނު
12އަދ އިސްތިއުނާފުކުރި ފަރާތުގާ މައިގަނޑު ޝަކުވާއަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، އެ ކުންފުނި އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާފައިވަނިކޮށް އެ ފަރާތުގެ މައްޗަށް ދަރަންޏެއް ސާބިތުކުރިކުރުން ކަމާއި އިސްތިއުނާފުކުރާ 01 އެޕްރީލް 2021 ވަނަ ދުވަހު އޮތް އަޑުއެހުމުގައި އެދުނުގޮތް ފަރާތުން ހައި ކޯޓުން އެދޭ ފަރުވާއަކީ ކޮބައިކަން އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައި ނުވާކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
13ސިވިލ ކޯޓުގް އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުން ދިޔައިރު، އޝޭ އ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން އިސްވެ ބުނެވިދިޔަ ޝަކުވާ ހުށަހަޅާފައިވާކަމާއި އެ ޝަކުވާއާ ގުޅިގެން އެ ކޯޓުން ނިންމާފައިވަނީ ހިނގަމުންދިޔަ މައްސަލައިގެ މައުޟޫއުގައި ހިމެނޭކަމަކަށް އެކަނ ނުވާތީ އާއި އެއީ އެ މައްސަލައިގެ މައުޟޫއުގައި ބެލިގެންވާނެކަމަށް ނުވާތީ އެ ނުކުތާއމެދާ ގޮތއެ ކަނޑައަޅާފައި ނުވާކަމަށެވެ. އަދި ސިވިލް ކޯޓުން އެ ނުކުތާއާމެދު ނިންމިގޮތް ޝަރީޢަތް ނމުނުގޮތި ގ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ގެ (ނ) އިން ފެށިގެން (ޅ) އަށް ބަޔާންކޮށްފައިވާކަނ އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅާފައިނުވާ ކަމެއްގައި އިސްތިއުނާފުކުރެވޭނީ، އެފަދައިން މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅާފައި ނުވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބތަކެއު ހުރެގެން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ބަޔާންކޮށް އ ފަދައިން ހުށަހެޅޭ ޤާނޫނީ ނުކުތާއެއްކަމަށް ބުނެ އެކަން އިސްތިއުނާފުރައްދުވާ ފަރތުނާ
15ސިވިލ ކޯޓުން ބެލި މައްސަލައިގެ މައުޟޫއުގެ ތެރެއިން ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމެއގައް އެ ކަންކަން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހިމަނައި މައުޟޫއީގޮތުން ގޮތެއް ކަނޑައެޅމަށު ހުށަނޭޅޭނެކަމަށް ބުނެ އެކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
16މީރާއިން ސިވިލް ކޯޓަށް ހުށަހެޅް ދަޢުވާއަކީ ލީސް ރެންޓާއި ޖޫރިމަނާ ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއް ކަމުގައިވާއިރު، އެ ދަޢުވާގެ މައުޟޫއަކީ އެ ފައިސާ އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްތޯ ނުވަތަ ނޫންތޯ ބެލުންކަމާއި އެ މައުޟޫއުގެ ތެރޭގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކުރި ކަމަކާ ގުޅޭގޮތުން ނުވަތަ ނުކޮށްދޫކޮށްލި ކަމަކާ ގުޅޭގޮތނު ޖުޑީޝަލް ރިވިއުއެއްކުރެވޭނެކަމަށ ނުދެކޭކަމަށް ބުން އެކަން އިސްތިއުނާފުރައްދުވާ ފަރާތުން
17އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވނަ ސވިލި ކޯޓގު ނަންބަރު C/2017-Cv/3002 ޤަޟިއްޔާގައި ކަމާއި، އެ ޤަ ޟިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވނަ އޭޝިއާ ރިސޯޓްސް ޕްރައި ވެޓ ލިމިޓެޑް އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މއްޗަށަ އަންގާ އަމުރުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިކަމާއި، އެ ޤޟިއްޔަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރެވުމުން އެ ޤަޟިއްޔާ ބަލަމުންދަނީ މި ކޓުގޯ ނަންބަރު A/145-HC/2019 ޤަޟިއްޔާގައިކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18އިސްތިއުނާފުގައި މިހާރު މި ބެލެވޭ ޤަޟިއްޔާއަކީ ލީސް ރެންޓާއި ޖޫރިމަނާ ހޯދުމަށް އެދި ހުށަހެޅުމނު ބަލާފައިވާ ދަޢުވާއެއްކަމުގައިވާއިރު، މި ދަޢުވާގެ މައުޟޫއަކީ އެ ފައިސާ އޭޝިއާ ރ ސޯޓސް ޕްރައިވޓެ ލިމިޓެޑު ން ދައްކަންޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުންކަމާއި، މި މައުޟޫއުގައި އިސްތިއނާފުކުރު ފަރާތުން އެއްވެސް ނުކުތާއެއް ފާހަގަކޮށްފައިނުވާކމާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ވަހީދު އަދި މޫސާ ވަހީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، މި މައްސަލައިގެ ދަށުކޯޓުގެ ނިންމުން އެ މައުޟޫއުގައި ގޯސްވި ސަބަބެއް އަދި އެކަމުގެ ސަބަބުނަ އުފެދޭ ޤާނޫނީ ބަހުސެއްގެ ވާހަކައެއްވެސް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފއިނުވަ ކަނާ ފާހަގަކޮށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނގު 34 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކަށް ފެތޭ ހާލަތެއްނޫންކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް
19އިސްތިއުނާފުރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާއިންކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
20މީރާއިން ސިވިލް ކޯޓަށް ހުށަހެޅް ދަޢުވާއަކީ ލީސް ރެންޓާއި ޖޫރިމަނާ ހޯދުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގެއެވެ. އަދި އެ ދަޢުވާގެ މައުޟޫއަކީ އެ ފައިސާ އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުންކަން އެނގެއެވެ. ސިވިލް ކޓުގޯ އ އެ ޤަޟިއްޔާ ހިނގަމުން ދިޔައިރު، އެ ކުންފުންޏަކީ އުވިފައިވާ ކުންފުންޏެއްކަމަށް ބުނެ އެކަ ން އޭޝިއާ ރިސޯޓްސް ޕްރައި ވެޓ ލިމިޓެޑުން ފާހަގަކޮށްފައިވާކަން ދެފަރާތުގެ ބަހުން ޚިލާފެއްނެތި އނގޭކަމާއެ ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންވެސް އެކަން އެނގެން އޮންނަކަން ފާހަ ގަކރެވެއެވެ.
21ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެ ކޯޓުތަކުގެ އިޚްތިޞާޞްތަކާއި މަސައްކަތްތައް ހިންގުމުގެ އުޞޫލުތައް ބަޔާންކުރާ ޤާނޫނަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުކަން އެނގެންއޮވެއެވެ.
22ބުނެވިދިޔަ ޤާނޫނުގައި ދަށު ކޯޓުގެ ޙުކުމްތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ ޤާނޫނުގެ 43 ވަނަ މާއްދާގައި އޮންނަނީ: " މި ޤާނޫނުގެ 38 ވަނަ މާއްދާ އާއި، 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙުކުމްތަކާއި ނންމުންތައި ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ. ދިވެހި ދައުލަތުން ހުށަހަޅާ ބަޔާން (01 އޭޕްރީލް 2021)، ސަފުހާ ނަންބަރު 5 ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 1 ވަނަ މާއްދާ
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކމަށަ ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފއިވާކަމަށަ ޤަބޫލުކުރެވޭނެ ކަންކަން ހުރުން.
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން. (1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން. (2) ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބލުމަށެ ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން. (3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން. (4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން."
23އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ސިވިލް ކޯޓުގެ ގަޟިއްޔާގައި އެ ކުންފުނީގެ މައްޗަށް އިތުރު ދަރަންޏެއް ސާބިތކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 93 ވަނަ މާއްދާގެ (ހ) ގެ ސަރީހަ ނައްސާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ (ޤާނޫނު ނަންބަރު 2011/4) ގެ 37 ވަނަ މައްދާގެ (ހ) އާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތް އެވެ.
24ކ ންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: "(ހ) ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް މިޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ޢައްޔަން ކށްފައިވޮ މީހަކު ނުވަތަ ބަޔަކު، މި ޤާނޫނުގެ 92 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެ މާއްދާގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ކުންފުނި އުވާލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒަށް ހުށހަޅަ ތާރީޚުން ފށިގެނެ 14 ދުވަހުގެ ތެރޭގައި ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް އެ ކުންފުންޏެއް އުވާލަންވާނެއެވެ."
25މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/4) ގެ 37 ވަނަ މައްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: "(ހ) ޤާނޫނެއްގައި، ވަކިގޮތަކަށް ޢަމަލުކުރަންވާނެކަމަށ ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނނު އުފައްދާ ބަރީޢަވުމެއްނެތ ވާޖިބެއް ނުވަތް އިލްތިޒާމެއްކަމުގައި ބަލަންވާނެއެވެ. އަދި ވަކިކަމެއް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާނަމަ، އެކަމަކީ އެކަމެއްކުރުމުގައި ލާޒިމުކަމެއްނެތް، އެހެންނަމަވެސް އެކަމެއްކުރުމާއި ނުކުރުމުގައި އިޚްތިޔާރުއޮތް ހުއްދަކަމެއްކަމުގައި ބަލަންވާނެއެވެ."
26އިސްތިއުނާފީ ދެވަނަ ނުކުތާއަކީ ކުންފުންޏެއް އުވާލުމުގެ މަސައްކަތް، ދިވެހިރާއްޖޭގެ ކންފުންޏާބު ހ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 75 ވަނަ މާއްދާއިން ފެށިގެން 93 ވަނަ މާއްދާއާ ދެމެދުގައި ހުރި މާއްދާތަކުގައި ބަޔާންކުރެވިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ލިކްއިޑޭޓަރު ފުރހަމި ކުރު މުން އެ ކުންފުންޏަކީ އެ ޤާނުނުގެ މަގްސަދަށްޓަކައި އުވިފައިވާ ކުންފުންޏެއް ކަމަށް ބަލަންޖެހޭނެކަން އެ މާއްދާތަކުގެ ސަރީހަ ނައްސުން އެނގެން އޮތްއިރު، އެ މާއްދާތަކާ ޚިލާފަށް މައސަލަބްލައި އުވިފައވި ކުންފުންޏެއްގެ މައްޗަށް ކުންފުންޏާބެހޭ ޤާނޫނުގެ ސަރީހަ ނައްސ ޚިލާފަށާ ދަރަންޏއެ ސާބިތުކުރާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
27އިސްތިއުނާފީ ތިންވަނަ ނުކުތާ އަކީ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ ހުދޫދުން ބޭރުން އަދި އެ ޤާނޫނުގެ 75 ވަނަ މާއްދާއިން ފެށިގެން 93 ވަނަ މާއްދާއާ ދެމެދުގައި ބަޔާންކުރެވިފައިވާ ސަރީހަ އިޖުރާއަތުގެ ބޭރުން، ކުންފުންޏެއްގެ މައްޗަށް އިލްތިޒާ މްތަކެއް ނުވަތަ ހައްގުތަކެއް އުފެއްދުމުގެ ބާރު ކޯޓަށް ނެތްކަން ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނންބަ ރ 96/10) އިން އެނގެން އޮތްއިރު، އެއާ ޚިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހު ޅ ނުކުތާކަން އެނގެއެވެ.
28އިސްތިއުނާފީ ހަތަރުވަނަ ނުކުތާ އަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނނޫ ނަންބަރ 96/10) ގެ ބާރު ކެނޑޭގޮތަށް ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށހެޅަ ނުކުތާކނަ އެނގެއެވެ.
29އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ ކުންފުނީގެ ދަރަނި އަދާކުރެވޭނެ ގޮތެއް ނެތިގެން ކުނފުންޏާބް ހ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކުންފުނި އިފްލާސްކުރެވި، ކުންފުނި އިފްލާސްކރެވު ނ އިރު ކުންފުނީގައި ހުރި ފައިސާ ދަރަނިވެރިންނަށް ނިސްބަތުން ބަހައި ނިންމާފައިވަނިކޮށް ކުންފުން އިފްލާސްކުރުމުގެ ކުރިން ހިނގާފައިވާ މުއާމަލާތަކަށް، އަދި ކުންފުނި އިފްލާސްކުރވެ އެ ކުންފުނގައީ ހުރި ފައިސާ އެ މުއާމަލާތަކާއ ގުޅިގެނި ދީ ޚަލާސްކޮށްފައިވަނިކޮށް، ހަމަ އެ މުއާމަލާތގު ފައިސާ އަނެއްކާ ދައްކަންޖެ ހޭނ ކަމަށެ ސިވިލް ކޯޓުގް ޙުކުމުގައި ބަޔާންކުރި ކުރުމަކީ، ކންފު ނ އިފްލާސްކުރުމުގެ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ބުނެ ފާހަގަކުރި ނުކުތކަނާ އެނގެންއޮވެއެވެ.
30އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު، އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި 5 (ފަހެއް) ނުކުތާ ހުށަހަޅާފައި ވީނަމަވެސް، އެ ނުކުތާތަކގައު މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގކުރަ ނކުތާކަނު އިސްތިއުނާފުކުރާ ފަރާތުގެ ބަހުންވެސް އެނގެންއޮވެއެވެ.
31އިސްތިއުނާފުކުރ ފަރާތުގާ މައިގަނޑު ނުކުތާއަކީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، އެ ކުންފުނި އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާފައިވަނިކޮށް އެ ފަރާތުގެ މައްޗަށް ދަރަންޏެއް ސާބިތުކޮށްފައިވކަމާށ ބުން ފާހަގަކުރާކުރުމެވެ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުންފުނި އުވާލުމަށް ލިކުއިޑޭޓަރު ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އެ ކުންފުންޏެއް އުވާލަންވނާ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެގޮތަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ޢަމަލުކޮށްފައި ނުވާކަމަށް ބުނެ އެކަން ފާހަގަކޮށް، ކުންފުނި އުވިފައިވާކަމަކަށް ބުނެ ފާހަގަކުރި ނުކުތާކަން އެނގެއެވެ.
32ބުނެވިދިޔަ ނުކުތާ ސިވިލް ކޯޓުގައި ފާހަގަކުރުމުން އެ ނުކުތާއާމެދު ސިވިލް ކޯޓުން ނިންމގޮތި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކޮށްފައިވާކަނ އެނގެންއޮވެއެވެ. އެގޮތުން:
1.32އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަކީ ޤާނޫނީ ހަމަތަކުގެ މަތިން އުފެދި ދިވެހިރއްޖޭގައާ ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަމާއ މި ކުންފުނި ނުއުވި ކުންފުނީގެ އެ ނމުގަ އ އޮތްކަން ކުންފުނީގެ ފަރާތުންނާއި މީރާއިން ބުނެފައިވާ ގޮތުގެމަތިންއެގން އޮތްކަމަށާއި، ކުންފުންޏެއް އުވާނުލާ އޮތްހާ ހިނދަކު ކުންފުނީގެ ފަރާތުން އަދާކުރަންޖެހޭ ކަނތަކުގް މައްޗަށް އޮތް ޒިންމާއަކާއި މަސްއޫލިއްޔަތެއް އަދާކުރުމުން ބަރީއަ ނުކުރެވނެކޭ މާއަ ހަމަ މިފަދައިން އޭގެ އިދިކޮޅު ހަމާގައި ބެލެވެން އޮތްގޮތުގައި އެ ކުންފުންޏަކށަ ލބެނި އޮތް މަންފާއެއް ލިބުމުގައި ވެސް ކުންފުނި ބަރީއަ ނުކުރާނެކަމަކ ޠަބީޢީ ޤާނޫނގު ހަމަތަކުންވެސް އެ މައްޗަށް ޙުއްޖަތް ލިބިގެން ހުރި ކަންތައްތައް ކަމަށްވާތީ، މި ދަޢުވާ ވެވޭ މި ފައިސާއާ މެދުގައި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ޒިންމާވުން އެއީ އެގޮތުގެ މައްޗަށް ދެމިއޮތް ޒިންމާއެއްކަން އެނގެން އޮންނަކަމަށް އެ ރިޕޯޓގު 30 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
2.32ކުންފުންޏެއް އުފަންވުމުގައި އިންސާނީ އަފުރާދުންކުރެ އެކަމަށް ޢައްޔަންވެފައިވާ މީހަކު އެމައްޗަށް ކަނޑައަޅާ ޤަރާރެއްނުވަތ ކުރަ ޢަމަލެއްގެ ނަތީޖާއެއްގެ ގޮތުން އުފަންވުމާއި ހަމަ މިފަދައިން އުވި ނިމި ދިއުމުގައިވެސް މިފަދަ ޤަރާރެއް ނުވަތަ ޢަމަލެއްގެ ނަތީޖާގެ މައްޗަށް އެކަން ހިނގުން ބިނާވެގެން ވުމުން ކުންފުންޏެއް އުވި ނިމިދާނީ އެކަމަށް ޢައްޔަންކުރެވިފައިވާ ރަޖިސްޓްރާރއެއް އެގޮތުގެ މައްޗަށް ކުރަންޖެހޭ ޢަމަލެއްކޮށް ޤަރާރެއް އެކަމަށް ނެގުމުންކަން ކުންފުންޏާބެހޭ ޤާނޫނަށް ބެލުމުންވެސް އެނގެން އޮންނާތީ، އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލިކަމަށް ރަޖިސްޓްރާރ އޮފް ކޮމްޕްނީޒް ކަނޑައަޅާ އެމައްޗަށް ޤަރާރެއް ނުނަގާ ހ ހިނދަކު ވަގުތުގެ ގޮތުން އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަކީ އުވާލެވިފައިވާ ކުންފުންޏެއްކަމުގައ އަދި ބެލެވެން ނެތްކަމަށް އެ ރިޕޯޓުގެ 03 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
3.32އަދި އެ ރިޕޯޓުގެ 03 ވަނަ ނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވަނީ: "ފަސްވަނަ ކަމަކީ މިދަޢުވާގެ މއުޟޫޢުއަކަ އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމށަ އެކންފުނީގު ފަރާތުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހެޅި ހުށަހެޅުމާއި މެދުގައި ރަޖިސްޓްރާރ އފޮ ކޮމްޕެނީޒްއިން ޢަމަލުކޮށްފައި ވާ ގޮތާއި މެދުގައި ގޮތެއް ކަނޑައެޅުމުގެ މައުޟޫޢުގައި ބެލެވިގެންވާ މައްސަލައަކަށް ނުވަ ތ، މާ ދަޢުވާގެ މައުޟޫޢުގައި އެކަމާއި މެދުގައި ޝަރީޢަތުން ބެލުމެއް ބަލާ ގޮތެއް ކަނޑައަޅަންޖހޭނެކެމެއ ނޫންކަން އެނގެން އޮންނަ އޮތުމެވެ."
4.32އޭޝިއާ ރިސޯޓްސް ޕްރަ އިވެޓް ލިމިޓެޑް އުވާނުލައިއޮއްވައި އެ ކުންފުނީގެ ޒިންމާގއަ އަދާކުރަންޖެހޭ ތ.ކަޅުފަހަލަފުށީގެ ކުއްޔާއި އެ ކުލި ދައްކަންޖެހޭ މުއްދަތގައު ނުދެއްކމުނު އަރާފައިވާ ޖޫރިމަނާ އާއި އިންޓްރެސްޓްގެ ފައިސާއަކާއ މެދުގައި ކުރި ދަޢުވާއެއކުރުމާއް އެ ދަޢުވާއެއްގައި ސާބިތުވާކަމެއްގ ނަތީޖާއެއްގެ ގޮތުން އުފުލަންޖެހޭ ޒިނމާއް އެ ކަނޑައެޅުމަކީ އެއީ މަނާކުރާ ކަމެއް ކަމަށް ޤާނޫނީ އެއްވެސް ނައްޞެއް މިކަމުގ މއްޗަށަ އޮތްކަމެއް ކަމުގައި ތަސްޖީލުވެގެން އައިސްފައިނުވާކަން އެ ރިޕޯޓުގެ 03 ވަނަ ނަންބަރުގެ
(ޅ) ގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
33HN3ސިވިލ ކޯޓުގް ރިޕޯޓުގައި ފާހަގަކޮށްފައިވާ ބުނެވިދިޔަ ނުކުތާތަކަށް ބެލުމުން އަހުރެންނަށް ޤަބޫލުކުރެވެނީ ސިވިލް ކޯޓުގައި ހިނގަމުން ދިޔަ ދަޢުވާގައި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރި ނުކުތާއާ މެދު އެ ކޯޓުން ސާފުކޮށް ގޮތެއް ކަނޑައަޅާފައިވާކަމަށެވެ . އެގޮތުން، ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގޮތަކީ ކުންފުންޏެއް އުވާނުލާހާ ހިނދަކު އެ ކުންފުންޏެއް ދެމިއޮންނާނެކަމަށް ބަޔާންކުރިކުރުމެވެ.
34ނަމަވެސް، ސިވިލް ކޯޓުން އެ ޤަޟިއްޔާގެ މައުޟޫޢުގައި ނުހިމެނޭ ކަމެއްކަމަށް ބުނެ ގތޮ ކަނޑައަޅާފައި ނުވަނީ އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށް އެކުންފުނގީ ފަރތުނާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހެޅި ހުށަހެޅުމާ މެދުގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއިން ޢަމަލުކޮށްފައި ވާ ގޮތާއި މެދުގައިކަން ސާފުކޮށް އެނގެއެވެ.
35އެހެންކަމުން، ސިވިލް ކޯޓުން މައުޟޫޢީ ގޮތުން ގޮތް ކަނޑައަޅާފައިނުވާ ކަމެއް އިސއިތުން ފ ނުކުރެވޭނެކަމަށް ބުނެ އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަކީ، މި ޙާލަތުގައި، ޙަޤީޤަތާ ޚިލާފު ބުނުމެއްކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުންވެސް އެނގޭގޮތުގައި ސިވިލަ ކޯޓުގައިއޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން އެދުނު އެދުމާ ގުޅިގެން ސިވިލް ކޯޓުން ގޮތް ކަނޑައަޅާފައިވާ ކަން އެނގެން އޮތަތީއެވެ. ސވިލި ކޓުގައޯ އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވަނީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ޢަމަ ލުކުރިގޮތް ބަލައި އެކަ މުގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ޢަމަލުކުރިގޮތާމެދ ގޮތެއު ކަނޑައަޅާދިނމަކަށް ނ ނެވެ.
36އޭޝިއާ ރިސޯޓްސް ޕްރައި ވެޓ ލިމިޓެޑުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް ވަކި ދަޢުވާއެއް ހުށހަޅާފައިވާކަން އެނގެއެވެ. އެ ހުށަހެޅި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަޟިއްޔާ އިންނެވެ. އެ ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ އޭޝިއާ ރިސޯޓްސް ޕްރައިވޓެ ލިމިޓެޑް އުވާލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އަންގާ އަމުރުކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށެވެ. އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރެވުމުން އެ ޤަޟިއްޔާ ބަލާފައިވަނީ މި ކޯޓުގެ ނަންބަރު A/145-HC/2019 ޤަޟިއްޔާ އިންނެވެ. އދ މި ކޯޓުން އެ ޤަޟިއްޔާގައި ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކށ ޙުކުމްކޮށްފައިވާކަން އެނގެއެވެ.
37އިސްވެ ބުނެވުނު މި ކޯޓުގެ ނަންބަރު A/145-HC/2019 ޤަޟިއްޔއަށާ ބަލާއިރް އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
7.13 މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ ތ.ކަޅުފަހަލަފުށީގެ ލީސް އެގްރީމަންޓްގެ ދަށުން ލޭންޑް ރެންޓާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އެދި ދައުލަތުގެ (މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓީގެ) ފަރާތުން އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 7C/201-Cv/1215 ޤަޟިއްޔާގައި 19 އެޕްރީލް 2017 ގައި ދަޢުވާކޮށް މައްސަލައެއް ހުށަހަޅާ ފައިވަނިކޮށް އޭގެ 6 (ހައެއް) މަސްދުވަސް ފަހުން، 26 އޮކްޓޫބަރު 2017 ގައި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލަދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަޟި އްޔާގައި އޭ.އައި.އެސްގެ ފަރާތުން ސިވިލު ކޯޓަށް ހުށަހަޅައިގެން އެ ކުންފުނި އުވާލުމުގެ މައްސަލަ ބެލިދާނެތޯ އުފެދޭ ސުވާލެވެ. މި ސުވާލަށް ޖަވާބު ހޯދުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު J/05-SC/2012 އަމުރު ގައި ކަނޑައަޅާފައިވާ އުސޫލަށް ބެލިއިރު "ޝަރީޢަ ތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައަކަށް އަސަރު ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ ޢަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާޠިލް ކަމެއްކަމަށާއި މިބާވަތުގެ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރުކޮށްފީމެވެ." މިފަދައިން ކަނޑައަޅާފައި އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަޟިއްޔާގައި ކުންފުނި އުވާލުމަށް އަމުރުކޮށްފިނަމަ އޭގެކުރިން 19 އެޕްރީލް 2017 ތާރީޚުގައި ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާއަށް އަސަރުކުރުމުގެ ފުރުޞަތު އޮތްކަމުގައި ބެލެވެއެވެ. އަދި އެ ޤަޟިއްޔާގައި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުވެ 28 މާރިޗު 2018 ގައި ޙުކުމްކޮށްފައިވާ ފައިސާ ހޯދުމަށް ހަމަ ޔަގީނުންވެސް އަސަރުކުރާނެކަމުގައި ބެލެވޭތީ، އިސްތިއުނާފުކުރެވޭ ކުންފުނި އުވާލުމށަ އަމުރުކޮށްދިނުމަށް އެދި ހުށަ ހެޅި މައްސަލަ އެ ހިނދުގައި ކުރިއަށް ގެންދިއުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް އެ ޤަޟިއްޔާގެ 15 ވަނަ ނުކުތާގައި ބަޔާންކުރެއެވެ.
37.2 އެހެންކަމުން، ސިވލި ކޯޓުގް ނަންބަރު C/2017-Cv/3002 ޤަ ޟިއްޔާގައި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިނޮ އެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ނ) އަދި އެ ޤާނޫނުގެ 82 ވަނަ މާއްދާގައި ބަޔާން ކޮށް ފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތއަށާ ދިވެހިރާއްޖޭގެ ހައިކޯޓުން މިހިނދުގައި ރިޢާޔަތްކުރަންޖެހޭ ބޭނުމެއް އޮތްކަމުގައި ނުދެކޭކަމަށް އެ ޤަޟިއްޔާގެ 16 ވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ. .373 ވީމާ، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަ ޟިއްޔާގައި ނިންމަވާފައިވާ ނިންމުނި ބަދަލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމަށް ބަޔާންކޮށފް އިވަ އެވެ.
38އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް މި ޤޟިއަ ޔާގައި ގ ތެއ ނިންމުމަށް އިސްވެ ހަވާލާދެވުނު މި ކޯޓުގެ ނަންބަރު 45A/1-HC/2019 ޤަޟިއްޔާ ގެ ސަބަބުން އެއްވެސް ހުރަހެއް އޮތްކަމަކަށް އަހުރެންނުދެކެމެވެ. ސަބަބަކީ، ސިވލި ކޯޓުގް ޙުކމަށު އެ ޤަޟިއްޔާގައި ތާއީދުކޮށްފައިވާ ސަބަބުތައް ބަޔާންކޮށްފައިވަނީ އިސްވެ ދިޔަ ނުކުތގައާ ފހަގާ ކުރަ ވިފައެ ވި ގޮތަށް ކަމުގައިވާތީއެވެ. އަދި އިސްތިއުނާފުކުރި މައްސަލަ މައުޟޫޢީ ގޮތުން ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާގައި ގޮތެއް ކނޑައަޅާފައިވާކަނ އެނގެން ނެތަތީއެވެ.
39ޝަރީޢަތުން ބަލަމުންމިދާ ޤަޟިއްޔާގައި މި ކޯޓުގެ ޝަރީޢަތުގެ ކުރިމަތީގައި މިހިނދުގައި އޮތް ޤާނޫނީ ބަހުސަކީ ކުންފުންޏެއް އުވާލުމަށް ޤާނޫނާ އެއްގޮތަށް އެ ކުންފުންޏަކުން ހުށަހަޅާ ހާލަތުގައި، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް 14 (ސާދަ) ދުވަހުގެ ތެރޭގައި ކުންފުނި އުވާލާފައި ނުވާނަމަ، އެ ކުންފުންޏަކީ އުވާލެވިފައިވާ ކުންފުންޏެއްކަމުގައި ބަލަންޖެހޭކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން އުފައްދާފައިވާ ބަހުސްކަމުގައި އަހުރެންދެކެމެވެ.
40އިސްތިއުނާފުކުރާ ފަރާ ތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ހަވާލާދީފައިވާ ދިވެހރާއި ޖ ގޭ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) ގެ 93 ވަނަ މާއްދާގެ (ހ) ގެ ޢިބާރތަށަ ބަލާއިރު، އެ ޢިބާރާތުގައި ބަޔާންކޮށްފައިވަނީ "ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމށަ މިޤނޫނުގާ 67 ވަނަ މާއްދާގެ ދަށުން ޢައްޔަން ކޮށްފައިވާ މީހަކު ނުވަތަ ބަޔަކު، މި ޤާނޫނުގެ 92 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެ މާއްދާގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، ކުންފުނި އުވާލުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީޒަށް ހުށަހަޅާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ރެޖިސްޓްރަރ އޮފް ކޮމްޕެނީޒް އެ ކުންފުންޏެއް އުވާލަންވާނެއެވެ." މިފަދައިން ކަމާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2011/4) ގެ 37 ވަނަ މައްދާ ގެ (ހ) ގައި ބަޔާންކޮށްފައިވަނީ "ޤާނޫނެއްގައި، ވަކިގޮތަކށަ ޢަމަލުކުރަންވާނެކަމަށ ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީ ޢަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެއެވެ. އަދި ވަކިކަމެއް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާނަމަ، އެކަމކަ އެކަމެއްކުރުމުގައި ލާޒިމުކަމެއްނެ ތ، އެހެންނަމަވެސް އެކަމެއްކުރުމާއި ނުކުރުމުގައި އިޚްތިޔާރުއޮތް ހުއްދަކަމެއްކަމުގައި ބަލަންވާނެއެވެ." މިފަދައިންކަން އެނގެން އޮތްހިނދު، އިސްތިއުނާފުކުރާ ފަރާތުން ފާހގަކޮށަ ފައިވް ފަދައިން، ކުންފުނި އުވާލުމަށް ހުށަހެޅުމުން، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް އތޮ ބަރީޢަވުމެއްނެތ ވާޖިބެއް ނުވަތް އިލްތިޒާމެއްކަމުގައި ބަލަންޖެހޭނެކަމާމެދު އަހުރެނ ގެ ހިތުގް އ އެއްވެސަ ޝައްކެއްނެތެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ އެ ބުނުމަކީ ޤާނޫނީގޮތނު ޞައްޙަ އަދި ޤާނޫނީ ޙުއްޖަތް ލިބިގެންވާ ބުނުމެއް ކަމުގައި އަހުރެން ޤަބޫލުކުރަމެވެ.
41މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/4) ގެ 39 ވަނަ މައްދގައާ ބަޔާންކޮށްފައިވަނީ: "ޤާނޫނެއްގައި ކުންފުންޏަކަށް ޙަވާލާދޭކަމަށްވާނަމަ، އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކށްފައޮ ނުވާހިނދަކި، އަންނަނިވި ކަންކަން އެއީ، ޤާނޫނީ އުސޫލުކަމުގައި ބަލައި، އެ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
(ހ) ކުންފުންޏަކީ، އެ ކުންފުނީގެ ނަމުގައި ދަޢުވާ އުފުލުމާއި ދަޢުވާ ބަލައިގަތުމުގެ ބރުލިބާ ގެންވި ކުންފުންޏެއްކަން.
(ށ) ކުންފުނީގެ ނަމުގައި މުޢާމަލާތްކުރުމުގެ ބާރު އެކުންފުންޏަށް ލިބިގެންވާކަމާއި، އެކުންފންޏަކު އަމިއްލަ ޤާނޫނީ ޝަޚްސެއްކަން.
(ނ) ޤާނޫނެއްގައި ބަޔާންކުރެވިފައިވާ ގޮތަށް ކުންފުނި އުވާނުލެވޭހާ ހިނދަކު، ދާއިމަށް އެ ކންފުނު ދެމިއޮންނާނެކަން.
(ރ) ކންފު ނުޏަކީ، މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ ބާރުލިބިގެންވާ، ވަކި ސިއްކައެއް އޮތް މިނވަނި ޝަޚްސެއްކަން.
(ބ) ކުންފުނީގެ އަޣުލަބިއްޔަތުކަމަށް ބެލެވޭ މެންބަރު ނިންމާ ނިންމުމެއްގެ މައްޗަށް އެ ކުންފުން ތަބާވާނެކަން.
(ޅ) ކުންފުނީގެ ޒިންމާތަކާއި އެ ކުންފުނީގެ ދަރަނިތަކަކީ، އެ ކުންފުނީގެ ވަކިވަކި ހިއްސާދާރންނު ވަކނި އުފެދިފައިވާ ޒިންމާތަކަކާއި ދަރަނިތަކެއްކަން"
42އިސްވެ ބަޔާންވެދިޔަ މާއްދާގެ (ނ) އިން އެނގޭ ގޮތުގައި ޤާނޫނެއްގައި ބަޔާންކުރެވި ފައިވާ ގޮތަށް ކުންފުނި އުވާނުލެވޭހާ ހިނދަކު، ދާއިމަށް އެ ކުންފުނި ދެމި އޮންނާނެކަމުގައި ބަލަންޖެހޭކަމަށް އަހުރެންދެކެމެވެ.
43ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނގު 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މައްޗަށް ޤާނޫނުގައި ބަޔާންކުރާ ގޮތަށް ކުންފުނި އުވާލުމަށް ދީފައިވާ މުއްދަތެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ. އެއީ 14 (ސާދަ) ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ކުންފުނި އުވާނުލުމުގެ ނަތީޖާއަކީ ކޮބައިކަން ޤާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެ މާއްދާގެ ނައްސައ ބަލާއިރް ރަޖިސްޓްރާރ ކަމެއް ކުރަންޖެހޭކަން އެނގެއެވެ. އެ ކަމަކީ ކުންފުނި އުވާލުންކަންވެސް އެނގެއެވެ. އެކަން ކުރަން ޤާނޫނުން ދީފައިވާ މުއްދަތަކީ 14 (ސާދަ) ދުވަސްކަން އެނގެއެވެ.
44ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް 14 (ސާދަ) ދުވަހުގެ ތެރޭގައި ކުންފުނި އުވާނުލައިފނަމަ، އެ ކުންފުންޏަކީ އުވިފައިވާ ކުންފުންޏެއްކަމަށް ބަލަންޖެހޭނެކަމަކަށ ޤާނޫން ބުނެފައއެ ނުވެއެވެ. އދ އެފަދަ މޭރުމަކުން އެ މާއްދާ ތަރުޖަމާކރެވިދާނު ހަމައެއް އިސްތިއުނާފުކުރާ ފަރާތކަށަ ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެން ނުދެކެމެވެ. އެ މާއްދާ އިސްތިއުނާފުކުރާ ފރާތަ ނ ބުން ގތަށޮ މާނަކޮށްފިނަމަ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 1120/4) ގެ 39 ވަނަ މައްދގާ (ނ) އާ ކަނޑައެޅިގެން ޚިލާފުވާނެކަމަށ އަހުރެންނަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ، ޤާނޫނެއްގައި ބަޔާންކުރެވިފައިވާ ގޮތަށް ކުންފުނި އުވާނުލެވޭހާ ހިނދަކު، ދާއިމަށް އެ ކންފުނު ދެމިއޮންނާނެކަމުގައި އެ މާއްދާގެ އެ އަކުރުގައި ބަޔާންކޮށްފައި އޮތަތީއެވެ.
45އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފުކުރާ ފަރާތުން އދޭފަދެ އިން އޭޝަ އ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަކީ، މި ހާލަތުގައި، އުވިފައިވާ ކުންފުންޏެއްކަމުގައި ޤާނޫނީ ގޮތުން ކަނޑައެޅިދާނެކަމަކަށް އަހުރެންނުދެކެމެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ޙުކުމަށް ތާއީދު ކޮށް މި ޤަޟިއްޔާ ނިންމަންޖެހޭ ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް ތާއީދުކުރެއެވ).
46ފ ނޑިޔާރ ޙަސަނު ޝަފީޢު ރައުޔުގެ 1 ވަނަ ނުކުތާއިން ފެށިގެން 33 ވަނަ ނުކުތާއާދމެދެ ފާހަގަކޮށްފައިވާ ކަންކަމަށް އަހުރެން ތާއީދުކުރަމުން އަންނަނިވި ކަންތައްތައް އަހުރެނ ފާހަގަކުރަމެވެ.
47އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓްގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާއަށް ބަލާއިރު އެ ޤަޟިއްޔާއަކީ،ތ.ކަޅުފަހަލަފުށީގެ ލީސް ރެންޓްގޮތުގައި ދައުލަތަށް ދއްކަންޖެހަ ފައިސާ ދައްކާފައިނުވާތީ އާއި، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ އާއި، އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި އަދި އެ ފައިސާ ދައްކާ ޚަލާޞްކުރުމާހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްއޭޝިއާ ރިސޯޓްސް ޕްރައިވެޓްލިމިޓެޑްގެ މައްޗަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދަޢުވާކުރުމުން، ސިވިލް ކޯޓުން ބަލާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮވެއެވެ.
48އޭޝިއާ ރިސޯޓްސް ޕްރައިވެޓްލިމިޓެޑްގެ ފަރާތުން، ސިވިލް ކޯޓްގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން، ޖުމްލަ 5 (ފަހެއް) އިސްތިއުނާފީ ނުކުތާ ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެހުރިހާ އިސްތިއުނާފީ ނުކުތާތަކުގެ އަސާސް ބިނާވަނީ، ދވެހިރާއި ޖޭގ ކުންފުންޏާބެހޭ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ މައްޗަށެވެ.
49ސިވިލ ކޯޓަށް ހުށަހެޅް ދަޢުވާގެ މައުޟޫއާމެދު އެ ކޯޓުން ނިންމި ނިންމުމުގެ މައްޗަ ށ، އޝިއޭ ރިސޯޓްސް ޕްރައިވެޓްލިމިޓެޑްގެ ފަރާތުން އިސްތިއުނާފުގެ ތެރެއިން އެއްވެސް ކަމެއް ފ ހަގަކޮށްފާ އ ނުވާކަމާއި، ސިވިލް ކޯޓުން ބެލި މައްސަލައިގެ މައުޟޫ އާ ގުޅުމެއްނެތް ކަންކަން އިސްތިއުނާފ ނުކުތާތަކެއްގެ ގޮތުގައި ފާހަގަކޮށް، އެކަންކަމުގެ މައްޗަށް މައުޟޫއީގޮތުން ގޮތެއް ކަނޑަނޭޅޭނެ ކމަށަ ބުނެ އިސްތިއުނާފުރައްދުވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
50ސިވިލް ކޯޓު ގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާއާއި ގުޅިގެން، އެކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތްތަކުގައި، އިސްތިއުނާފުކުރާ ފަރާތުން އެ ކުންފުންޏަކީ އުވިފައިވާ ކުންފުންޏެއްކަމަށް ބނު އެކަން އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވާކަން ދެފަރާތުގެ ބހުނަ ޚިލާފެއްނެތް އެނގޭކަމާއި، އަދި އެކަން އިސްތިއު ނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/5121 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންވެސް އެނގޮން އޮވެއެވެ.
51އެގޮތުން، [އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަކީ ޤާނޫނީ ހަމަތަކުގެ މަތިން އުފެދި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަމާއ މި ކުންފުނި ނުއުވި ކުންފުނީގެ އެ ނަމުގައި އޮތްކަން ކުންފުނީގެ ފަރާތުންނާއި މީރާއިން ބުނެފައިވާ ގޮތުގެމަތިންއެގެން އޮތްކަމަށާއި، ކުންފުންޏެއް އުވާނުލާ އޮތްހާ ހިނދަކު ކުންފުނީގެ ފަރާތުން އަދާކުރަންޖެހޭ ކަންތަކުގެ މައްޗަށް އޮތް ޒިންމާއަކާއި މަސްއޫލިއްޔަތެއް އަދާކުރުމުން ބަރީއަ ނުކުރެވޭނެކަމާއި ހަމަ މިފަދައިން އޭގެ އިދިކޮޅު ހަމާގައި ބެލެވެން އޮތްގޮތުގައި އެ ކުންފުންޏަކަށް ލިބެން އޮތް މަންފާއެއް ލިބުމުގައި ވެ ސ ކުންފުން ބަރީއަ ނުކުރާނެކަމަކީ ޠަބީޢީ ޤާނޫނުގެ ހަމަތަކުންވެސް އެ މައްޗަށް ޙުއްޖަތް ލިބިގެން ހުރި ކަންތައްތައް ކަމަށްވާތީ، މި ދަޢުވާ ވެވޭ މި ފައިސާއާ މެދުގައި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ޒިންމާވުން އެއީ އެގޮތުގެ މައްޗަށް ދެމިއޮތް ޒިންމާއެއްކަމަށް] ސިވިލް ކޯޓްގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.
52އަދި އޭގެ އިތުރުން، [ކުންފުންޏެއް އުފަންވުމުގައި އިންސާނީ އަފުރާދުންކުރެ އެކަމަށް ޢަ އްޔަންވަފައިވާ މީހަކު އެމައްޗަށް ކަނޑައަޅާ ޤަރާރެއްނުވަތ ކުރަ ޢަމަލެއްގެ ނަތީޖާއެއްގެ ގޮތުން އުފަންވުމާއި ހަމަ މިފަދައިން އުވި ނިމި ދިއުމުގައިވެސް މިފަދަ ޤަރާރެއް ނުވަތަ ޢަމަލެއްގެ ނަތީޖާގެ މައްޗަށް އެކަނ ހިނގުން ބިނާވެގެން ވުމުން ކުންފުންޏެއް އުވި ނިމިދާނީ އެކަމަށް ޢައްޔަންކުރެވިފއަ ވި ރަޖިސްޓްރާރއެއް އެގޮތުގެ މައްޗަށް ކުރަންޖެހޭ ޢަމަލެއްކޮށ ޤަރާރެއް އެކަމަށް ނގުމުނެ ކަން ކުންފުންޏާބެހޭ ޤާނޫނަށް ބެލުމުންވެސް އެނގެން އޮންނާތީ، އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލިކަމަށް ރަޖިސްޓްރާރ އޮފް ކޮމްޕްނީޒ ކަނޑައަޅް އެމައްޗަށް ޤަރާރެއް ނނަގު ހ ހިނދަކު ވަގތުގު ގޮތުން އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަކީ އުވާލެވިފައިވާ ކުންފުންޏެއްކަމުގއަ އަދި ބެލެވޭނެ ނެތްކަމަށް] ކަނޑައަޅައި އެކަން އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ.
53HN1ސިވިލް ކޯޓްގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާއާއި ގުޅިގެން، އެކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތްތަކުގައި، އިސްތިއުނާފުކުރާ ފަރާތުން އެ ކުންފުންޏަކީ އުވިފައިވާ ކުންފުންޏެއްކަމަށް ބުނެ އެކަން އޭޝިއާ ރިސޯޓްސް ޕްރައި ވެޓ ލިމިޓެޑުން ފާހަގަކޮށް އަދި އެކަމަށް އެ މައްސަލާގައި ދަޢވާކުރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ރައްދުދީ، އަދި އެމައްޗަށް އިސްވެ ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަރީޢަތުން ގޮތްތަކެއް ނިންމިއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ، ކުންފުނިތަކުގެ ޤާނޫނީ ބަލަދުވެރި ފަރާތެއްނޫންކަ މާއި، ކުންފުނީގެ ޤާނޫނީ ހައިޘިއްޔަތާމެދު ޝަރީޢަތުން ގޮތްތަކެއް ނިންމާނަމަ، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ބަހެއް އެކަމުގެ މައްޗަށް ހޯދަންޖެހޭނެކަމާއި، އެކަން އެމަގުން ކުރުމަށް މައްސަލައިގެ ތެރެއަށް ކުންފުނިތަކުގެ ބަލަދުވެރ ފަރާތި ތަދައްޚުލްކުރުވަންޖެހޭނެކަމާއި، އެކަން އެމަގުން ނުކޮށް ކުންފުނީގެ ޤާނޫނީ ހައިޘިއްޔަތާ މެދު ޝަރީޢަތުން ނިންމި ނިންމުކީ، ޢަދުލު އިންޞާފުގެ ހަމަތަކުން ބޭރު ޣައިރު ދުސްތޫރީ ނިންމުމެއް ކަމުގައި އަހުރެން ދެކެވެ.
ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަޟިއްޔާ
54ސިވިލ ކޯޓުގް ނަންބަރު C/2017-Cv/3002 ޤަޟިއްޔާއަކީ، އޭ.އައި.އެސް. އެލް.އެލް.ޕީ ގެ ފަރާތުން އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ހައިޘިއްޔަތާމެދ ގޮތެއު ކަނޑައަޅުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ބަލާފައިވާ މައްސަލައެކެވެ. ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަ ޟިއްޔާގައި އެކޯޓުން ޙުކުމް ކޮށްފައިވަނީ، 31 ޑިސެމްބަރު 2018 ގައެވެ. އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓްގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާ އެކޯޓުން ނިންމި އިރު، އޭޝިއާ ރިސޯޓްސް ޕްރައިވެޓްލިމިޓެޑްގ ޤާނޫނެ ހައިޘިއްޔަތާމެދު ޝަރުޢީ ކޯޓަކުން އެއްވސެ ނިންމުމެއް ނިންމާފައި ނުވެއެވެ.
55އޭ.އައި.އެސް. އެލް.އެލް.ޕީގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެމައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު A/145-HC/2019 ޤަޟިއްޔާގެ ދަށުންނެވެ. ހައި ކޯޓުގެ ނަންބަރު A/145-HC/2019 ރަޖިސްޓްރީ ނަންބަރު P0016/2015 އަކީ، 26 ފެބްރުއަރީ 2015 ގައި އޭޝިއާ ރިސޯޓްސް ޕްރައިވެޓްލިމިޓެޑ އުވާލުމަށް އެކުންފުނީގެ ބޯޑުން ނިންމައި، އެމަސައްކަތް ކުރުމަށް ލިކިއުޑޭޓަރ އެއްގެ ހައިޘިއްޔަތުން ޢައްޔަން ކޮށްފައިވާ ފަރާތެވެ. ޤަޟިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ޙުކުމް ކޮށްފައިވީނަމަވެސް، އެމައްސަލައިގެ އިސްތިއުނާފީ މައުޟޫގެ މައްޗަށް ގޮތެއް ކަނޑައަޅާފައި ނުވާކަން އެނގެއެވެ. އެކަން އެ ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކުގެ 15ވަނަ ނަންބަރުން އެނގެން އޮވެއެވެ. އެގޮތުން އިޝާރާތްކުރެވުނު ނަންބަރުގައި ބަޔާންކޮށްފައިވަނީ، [މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ ތ.ކަޅުފަހަލަފުށީގެ ލީސް އެގްރީމަންޓްގެ ދަށުން ލޭންޑް ރެންޓާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް އެދި ދައުލަތުގެ (މޯލްޑިވްސ އިންލަންޑް ރެވެނިއު އޮތޯރިޓީގެ) ފަރާތުން އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާގައި 19 އެޕްރީލް 2017 ގައި ދަޢު ވާކޮށ މައްސަލައެއް ހުށަހަޅާފައިވް ވަނިކޮށް އޭގެ 6 (ހައެއް) މަސްދުވަސް ފަހުން، 26 އޮކްޓޫބަރު 2017 ގައި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އުވާލަދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަޟިއްޔާގައި އޭ.އައި.އެސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިގެނަ އެ ކުންފުނި އުވާލުމުގެ މައްސަލަ ބެލިދާނެތޯ އުފެދޭ ސުވާލެވެ. މި ސުވާލަށް ޖަވާބު ހޯދުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު J/05-SC/2012 އަމުރު ގައި ކަނޑައަޅާފައިވާ އުސޫލަށް ބެލިއިރު [ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާމެދު ޝަރީޢަތުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލައަކަށް އަސަރު ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ ޢަމަލަކީ ނުވަތަ ނިންމާ ނިންމުމަކީ އޭގެ ޒާތުގައި ބާޠިލް ކަމެއްކަމަށާއި މިބާވަތުގެ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަމުރުކޮށްފީމެވެ.] މިފަދައިން ކަނޑައަޅާފައި އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/3002 ޤަޟިއްޔާގައި ކުންފުނި އުވާލުމަށް އަމުރުކޮށްފިނަމަ އޭގެކުރިން 19 އެޕްރީލް 2017 ތާރީޚުގައި ހުށަހެޅުނު ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާއަށް އަސަރުކުރުމުގެ ފުރުޞަތު އޮތްކަމުގައި ބެލެވެއެވެ. އަދި އެ ޤަޟިއްޔާގައި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުވެ 28 މާރިޗު 2018 ގައި ޙުކުމްކޮށްފައިވާ ފައިސާ ހޯދުމަށް ހަމަ ޔަގީނުންވެސް އަސަރުކުރާނެކަމުގައި ބެލެވޭތީ، އިސްތިއުނާފުކުރެވޭ ކުންފުނި އުވާލުމަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އެ ހިނދުގައި ކުރިއަށް ގެންދިއުމަކީ ރަނގަޅުގޮތެއް ނޫންކަމެވެ.] މިފަދައިންނެވެ.
56ހައިކޯޓުގެ ނަންބަރު A/145-HC/2019 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އޭ.އައި.އެސް. އެލް.އެލް.ޕީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެ މައްސަލަ އެކޯޓގައު ކުރިއަށްދަނީ، ސުޕްރީމް ކޯޓުގެ ނަންބަރު A/100-SC/2021 ޤަޟިއްޔާގެ ދަށުންނެވެ.
57HN2އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/100 ޤަޟިއްޔާގައި ނިންމާ ނިންމުމެއްގެ ސަބަބުން ސިވިލް ކޯޓްގެ ނަންބަރު 2017/C-Cv/1215 ޤަޟިއްޔާއާއި އަދި އިސްތިއުނާފުގައި މި ބެލެވޭ ހައިކޯޓުގެ ނަންބަރު A/297-HC/2018 ޤޟިއްޔާގައަ ނިންމާ ނިންމުމަކަށް އަސަރުކުރުމުގެ ފުރުޞަތު އޮތްކަން ސާފުކޮށް އެނގޭކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
58އެހެންކަމުން، އަހުރެން ދެކެނީ، އިސްތިއުނާފުކުރާ އޭޝިއާ ރިސޯޓްސް ޕްރައިވެޓްލިމިޓެޑްގެ ޤާނޫނީ ހައިޘިއްޔަތާމެދ ދިވެހިރާއްޖޭގު ސުޕްރީމްކޯޓުގައި ކުރިއަށްދާ އެކޯޓުގެ ނަންބަރު A/100-SC/2021 ޤަޟިއްޔާގަ އ ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން، އޭޝިއާ ރިސޯޓްސް ޕްރައިވެޓްލިމިޓެޑްގެ މައްޗަށް އެއްވެސް ޤާނޫނީ އިލްތިޒާމްތަކެއް މިހިނދުގައި މަތިކުރުމީ، ހައިކޯޓުގެ ނަންބަރު -HC/2019 A/145 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު J/05-SC/2012 އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުގެ ކުރިން އެކޯޓުގެ ނިންމުމަށް އަސަރުކުރާނެ ކަމެއްކަމުގައި އަހުރެން ދެކެ މ ވެ.
59ވީމާ، އިސްވެ ބަޔާންކުރި ސަބަބުތަކަށް ބެލުމުން، އަހުރެން ދެކެނީ އިސްތިއުނާފ ކުރުވިފއިމިވާ ސވިލި ކޯޓްގެ ނަންބަރު C/2017-Cv/1215 ޤަޟިއްޔާގައި އެކޯޓު ނ ކޮށްފައިވް ޙުކުމާ ބާޠިލުކުރަންޖެހޭ ކަމަށެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 93 ވަނަ މާއްދާގެ (ހ)، 76 ވަނަ މާއްދާ، 92 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އަދި 39 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 16 ޑިސެންބަރު 2021 ގައި ގެނެވުނު އިޞްލާޙު (ދައުލަތް ތަމްސީލުކުރުން)
- ސުޕްރީމް ކޯޓުގެ 2012/SC-J/05 އަމުރު
- ހައިކޯޓުގެ 2019/HC-A/145 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2021/SC-A/100 ޤަޟިއްޔާ (ހިނގަމުންދާ)
- ސިވިލް ކޯޓުގެ 3002/Cv-C/2017 ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.