މުޙައްމަދު އިބްރާހީމް ދީދީ ވ. ޙުސައިން ނިޔާޒް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- އއ. މަތިވެރި މެޖިސްޓްރޭޓް ކޯޓު 54/U-5-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ގަންނަ ފަރާތް އެއްބަސްވުމުގެ 6 ވަނަ މާއްދާއާ ޚިލާފުވެފައިވާތީ 500,000 ރުފިޔާގެ ގެއްލުމުގެ ބަދަލު ނަގައިނުދެވޭނެ ކަމަށާއި، ލިބިފައިވާ 100,000 ރުފިޔާ 45 ދުވަހުގެ ތެރޭގައި އަނބުރާ ދިނުމަށް ވިއްކާ ފަރާތަށް މަތިވެރި މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރިއެވެ.
- ވާޤިޢާ
- އއ. މަތިވެރީގެ ބަންޑާރަ ގޯއްޗެއްގެ 3000 އަކަފޫޓު ވިއްކުމަށް 2017 ގައި އެއްބަސްވުމެއް ސިވިލް ކޯޓުގައި ރަޖިސްޓްރީކުރެވުނެވެ. ގަންނަ ފަރާތުން ދޫކުރި ޗެކުތަކުގެ ތެރެއިން 100,000 ރުފިޔާ ލިބުނު ނަމަވެސް ބާކީ ދެ ޗެކު ހުއްޓުވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބިން ވިއްކުމުގެ އެއްބަސްވުމާ ޚިލާފުވެފައިވަނީ ގަންނަ ފަރާތްތޯ ނުވަތަ ވިއްކާ ފަރާތްތޯ، އަދި ގަންނަ ފަރާތަށް ގެއްލުމުގެ ބަދަލު ލިބެންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ގަންނަ ފަރާތުން ބުނީ ޗެކުތައް ދޫކުރެވިފައިވާތީ އެއްބަސްވުމުގެ 6 ވަނަ މާއްދާއާ ޚިލާފުވިކަމަށް ކަނޑައެޅުން ގޯސްކަމަށާއި، ވިއްކާ ފަރާތް ޓައިމްލައިންތަކާ ޚިލާފުވިކަމަށާއި، ބިން އަމިއްލަކުރުމުގެ ޗެކު ވިއްކާ ފަރާތުން އަމިއްލައަށް ވަކީލަކާ ޙަވާލުކުރިކަމަށެވެ. ވިއްކާ ފަރާތުން ބުނީ ޗެކުތަކަށް ފައިސާ ނުލިބުމަކީ ޖައުހަރީ މާއްދާއަކާ ޚިލާފުވުމެއް ކަމަށެވެ.
ނިންމުން
ކިޔަން ނުއެނގޭ (ނިންމުމުގެ ބައި ފައިލުގައި ކިޔޭގޮތަށް ނެތް)ކިޔަން ނުއެނގޭ (ނިންމުމުގެ ބައި ފައިލުގައި ކިޔޭގޮތަށް ނެތް)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދެފަރާތުގެ އެއްބަސްވުމުގެ ދަށުން ބިމުގެ އަގާއި މުޢާމަލާތް ފުރިހަމަކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި ދޭންޖެހޭ ފައިސާ ދައްކަން އެއްބަސްވެފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ކަމަށް ކޯޓުން ފާހަގަކުރެއްވިއެވެ.
HN2 ގަންނަ ފަރާތުން ދޫކުރި ތިން ޗެކުގެ ތެރެއިން ފައިސާ ދޫކޮށްފައިވަނީ އެއް ޗެކަށް ކަމާއި، ބާކީ ދެ ޗެކަށް ފައިސާ ދޫނުކުރީ ޗެކު ދޫކުރި ފަރާތުން (ގަންނަ ފަރާތުން) ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ބުނެ ހުއްޓުވާފައިވާތީ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
HN3 އެއްބަސްވުމުގެ ދަށުން ބިން އަމިއްލަކުރުމުގެ މަސައްކަތް ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާގައި އޮތް ކަމެއް ކަމުގައި ވިޔަސް، އެކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ގަންނަ ފަރާތުން ދޫކުރި ޗެކަށްވެސް ފައިސާ ދޫކުރުން ހުއްޓުވާފައިވާކަން ކޯޓުން ފާހަގަކުރެއްވިއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަބްދު ﷲ ޙަމީދު ގެ ރައުޔު، މި ރައުޔަށް ފަނޑިޔާރުޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު
މުޙައްމަދު ނިޔާޒް ތާއީދުކުރައްވައެވެ. ދަޢުވާގެ ޚުލާޞާ : 1- މިއީ، އއ. މަތިވެރި ]ވިކްޓޯރިއާ [ އެވެ ކިޔާ ބަންޑާރު ގޯތީގެ 3000 އަކަފޫޓު ވިއްކުމަށް ޙުސައިން ނިޔާޒު ގެ ފަރާތުން ސިވިލް ކޯޓުގައި 01 އޮގަސްޓް 2017 ގައި ރަޖިސްޓްރީ ކުރެވިފައިވާ އެ ކޯޓުގެ ނަންބަރު Cv-C/C-776/2017 އެގްރީމެންޓާ އެއްގޮތަށް ކަންތައް ކުރިޔަށް ގެންދިއުމަށް އެއްބަސްވެވިފައިވީ ނަމަވެސް، ޙުސައިން ނިޔާޒްގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުން ނުގެންދާތީ އާއި އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެއްބަސްވުމުގެ ދަށުން މުޙައްމަދު އިބްރާހީމްދީދއަށް ލިބެންޖެހޭ ޙައްޤުތަކާއި ބަދަލު ހޯދުމަށް އެދި […] / މާލީމުޙައްމަދު އިބްރާހީމްދީދީ، އަރިއަތޮޅު އުތުރުބުރި މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ އެ ކޯޓުގެ ނަންބަރު 54/U-5-C/2017 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔ އިސްތިއުނާފު ކުރުމަށް އެދި މުޙައްމަދު އިބްރާހީމްދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އއ. މަތިވެރި/ ވެސްޓްބީޗް، ޙުސައިން ނިޔާޒވެ. ދަށު ކޯޓުން މައްސަލަ ނިންމިގޮތް: 2- އިސްތިއުނާފުކުރެވިފައިވާ އަރިއަތޮޅު އުތުރުބުރި މަތިވެރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/U-5-C/2017 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ: ]ދެންފަހެ އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ކ.މާލެ […] މުޙައްމަދު އިބްރާހީމް ދީދު، އއ.މަތިވެރި ވެސްޓްބީޗް ޙުސައިން ނިޔާޒް އާއި ދެ މީހުން ސޮއިކޮށް 01 އޮގަސްޓް 2017 ދުވަހު ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު Cv-C/C-776/2017 އެއްބަސްވުމާއި އެއްގޮތަށް އއ.މަތިވެރި ]ވިކްޓޯރިއ[ ގޯތި ވިއްކުމުގެ އެންމެހާ ކަންތައްތައް ފުރިހަމަ ކޮށްފައިނުވާތީ، ކ.މާލެ […] މުޙައްމަދު އިބްރާހީމް ދީދަ، އއ.މަތިވެރި ]ވިކްޓޯރިއ[ އެވެ ކިޔާ ބަންޑާރަ ގޯތި ގަތުމަށް ދައްކާފައިވާ 100000.00ރ) .އެއްލައްކަ ރުފިޔާ ( އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 500000.00ރ) .ފަސްލައްކަ ރުފިޔާ ( އާއި އެކު ޖުމްލަ 600000.00ރ) .ހަލައްކަ ރުފިޔާ ( އއ.މަތިވެރި ވެސްޓްބީޗް ޙުސައިން ނިޔާޒުގެ އަތުން ހޯދުމަށް ކ.މާލެމ.ވޭލާވިލާ މުޙައްމަދު އިބްރާހީމް ދީދީ ހުށހެޅަ މި މައްސަލާގައި، ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރ Cv-C/C-776/2017 އެއްބަސްވުމުގެ 06 )ހައެއް ( ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުޙައްމަދު އިބްރާހީމް ދީދީއެއްބަސްވުމުގައި ސޮއިކުރެވުނު ވަގުތު އަގު އަދާކޮށްފައި ނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ އާއި، އިސްވެ ދެންނެވުނު އަގު އަދާކުރުމަށް މުޙައްމަދު އިބްރާހީމް ދީދީ ގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައިވާ 0012603255049002 )ވޭލާ ( ނަންބަރު އެކައުންޓަށް ދޫކޮށްފައިވާ ނަންބަރު 1951766 ޗެކު ގައިވާ 75000.00ރ) .ހަތްދހި ފަސްހާސް ރުފިޔާ ( އާއި ނަންބަރު 1951769 ޗެކުގައިވާ 350000.00ރ) .ތިންލައްކަ ފަންސާސް ހާސް ރުފިޔާ ( އާއި އެކު ޖުމްލަ 425000.00ރ) .ހަތަރުލައްކަ ފަންސަވީސްހާސް ރުފިޔާ ( ލިބިފައި ނުވާކަމަށް ޙުސައިން ނިޔާޒުބުނެފައިވާ ކަމާއި، އަދި އެ ފައިސާ ލިބިފައި ނުވާނެ ކަމަށ މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން އިޢުތިރާފު ވެފައިވާތީ އާއި އިސްވެ ދެންނެވުނު 02 )ދޭއް ( ޗެކަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ފައިސާ ދޫކޮށްފައިނުވަނީ މި މުޢާމަލާތައް އިތުރަށް ކުރިޔަށް ގެންދިޔުމަށް ބޭނުންނުވާ ކަމަށް ބުނެމުޙައްމަދު އިބްރާހީމް ދީދގ ފަރާތުން ބޭންކަށް އަންގާފައިވާތީ ކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު MST/642 ސިޓީ އިން މި ކޯޓަށް އަންގާފައިވާ ކަމާއި، އިސްވެ ދެންނެވުނު އއ.މަތިވެރި ]ވިކްޓޯރިއާ [ އެވެ ކިޔާ ބަންޑާރަ ގޯތި ވިއްކުމުގެ މުޢާމަލާތާއި ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ކ.މާލެމ.ވޭލާވިލާ މުޙައްމަދު އިބްރާހީމް ދީދީގެ ނަމުގައި 0012603255049002 )ވޭލާ ( އެކައުންޓަށް ދޫކޮށްފައިވާ ނަންބަރު 1951767 ޗެކުގައިވާ 100000.00ރ. )އެއްލައްކަ ރުފިޔާ ( އއ.މަތިވެރި ވެސްޓްބީޗްޙުސައިން ނިޔާޒް ނަގާފައިވާކަން އިސްވެ ދެންނެވުނު ސިޓީން އެނގެން އޮންނަކަމާއި، އިސްވެ ދެންނެވުނ 100000.00ރ. )އެއްލައްކަ ރުފިޔާ ( އަނބުރާ ދެއްކުމާއި މެދު އިޢުތިރާޒު ނުކުރާ ކަމަށް ދަޢުވާލިބޭ ޙުސައިން ނިޔާޒްގެ ފަރާތު ން ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީފައިވާތީ އއ.މަތިވެރި ]ވިކްޓޯރިއާ [ އެވެ ކިޔާ ބަންޑާރަ ގޯތި ވިއްކުމަށް ކ.މާލެމ.ވޭލާވިލާ މުޙައްމަދު އިބްރާހީމް ދީދީގެ އަތުން އއ. މަތިވެރި ވެސްޓްބީޗް ޙުސައިން ނިޔާޒު ނަގާފައިވާ 100000.00ރ )އެއްލައްކަ ރުފިޔާ ( މިއަދު 2018 ޑިސެމްބަރު 04 ވަނަ ދުވަހުން ފެށިގެން 45 )ސާޅީސް ފަހެއް ( ދުވަހުގެ ތެރޭގައި )ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ( […] މުޙައްމަދު އިބްރާހީމް ދީދީއަށް ދިނުމަށް އއ. މަތިވެރި ވެސްޓްބީޗް ޙުސައިން ނިޔާޒުއަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރ Cv-C/C-776/2017 އެއްބަސްވުމުގެ 06 )ހައެއް ( ވަނަ މާއްދާ އާއި ދަޢުވާކުރާ މުޙައްމަދު އިބްރާހީމް ދީދީ ޚިލާފުވެފައިވާކަން ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން އެގެން އޮންނާތީ، އއ.މަތިވެރި ]ވިކްޓޯރިއ[ އެވެކިޔާ ބަންޑާރަ ގޯތި ވިއްކުމުގެ މުޢާމަލާތާ ފުރިހަމަ ނުކުރުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 500000.00ރ) .ފަސްލައްކަ ރުފިޔާ ( މި ޤަޟިއްޔާއިން ނަގައިދެވޭނެ ތަނެއް ނެތްކަމަށް މުޙައްމަދު އިބްރާހީމް ދީދީއަށް އަންގައި، ކ.މާލެ […] މުޙައްމަދު އިބްރާހީމް ދދުއަށީ އއ.މަތިވެރި ވެސްޓްބީޗް ޙުސައިން ނިޔާޒް ދައްކަންޖެހޭ 100000.00ރ. )އެއްލައްކަ ރުފިޔާ ( ދައްކާ ޚަލާޞްކުރުމުގެ ކުރިން އއ.މަތިވެރި ]ވިކްޓޯރިއ[އެވެ ކިޔާ ބަންޑާރަ ގޯތީގެ މިލްކުވެރިކަން ބަދަލްވެދާނެ ފަދަ އެއްވެސް މުޢާމަލާތެއް އެއްވެސް ފަރާތަކާއިއެކު ނުކުރމަށްއއ. މަތިވެރި ވެސްޓްބީޗް ޙުސައިން ނިޔާޒއަށް އަންގައި މި ގޮތުގެ މަތީން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީމެވެ[. މިފަދައިން ކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް : 3- އަރިއަތޮޅު އުތުރުބުރި މަތިވެރި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/U-5-C/2017 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުން އިސްތިއުނާފު ކުރުމަށް 03 )ތިނެއް( ނުކުތާ ފާހަގަކޮށް އެނުކުތާތަކމެދުހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކީދައްކާފައިވެއެވެ. އއ :- ފުރަތަމަ ނުކުތާއަކީ : ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭން އެއްބަސްވާ ޖުމްލަ 4,25,000.00ރ. )ހަތަރުލައްކަ ފަންސަވީސް ހާސްރުފިޔާ ( ދެވުނުކަމަށާއި އެ ކަމަށް އެ ފަރާތުން އިންކާރުނުކުރާކަމަށާއި އަދި އެ ހިނދު އެ ޗެކުތަކަށް ފައިސާ ނެގޭނެގޮތަށް އޮތްކަން މި މައްސަލައިން އެނގެން އޮތްނަމަވެސް މިއާ ޚިލާފަށް ދަޢުވާލިބޭ ފަރާތަށް ފައިސާ ދަޢުވާކުރާ ފަރާތަށް ޙަވާލުނުކޮށް އޮތްކަން ފާހަގަކޮށް އިސްތިއުނާފުކުރާ ފަރާތުން މި އެއްބަސްވުމުގެ 6ވަނަ މާއްދާއާ ޚިލާފުވެފައިވާކަން ބަޔާންކޮށްފައިއޮތީ ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ދެވަނަ ނުކުތާއަކީ : އެގްރީމެންޓަށް އިތުރުކުރެވުނު ބައިގައި ބަޔާންކޮށްފައިވާ ޓައިމްލައިންތަކާ އެއްގޮތަށް އިސްތިއުނާފު ރައްދުވި ފަރާތުން ޢަމަލުނުކޮށް މި އެއްބަސްވުމާ ޚިލާފުވިކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްކަމުގައި ވީނަމަވެސް މި މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ތިންވަނަ ނުކުތާއަކީ : އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތުން ދޫކުރި ޗެކުތަކުގެ ތެރެއިން ބިން އަމިއްލަ ކުރުމަށްޓަކައި ދަޢުވާލިބޭ ފަރާތުން ދޫކޮށްފައިވާ 75,000.00ރ) .ހަތްދިހަ ފަސްހާސްރުފިޔާ ( ގެ ޗެކް ދަޢުވާލިބޭ ފަރާތުން އަމިއްލަ އިޚްތިޔާރުގައި ދަޢުވާކުރާ ފަރާތުގެ ވަކީލަކާ ޙަވާލުކޮށްފައިވާ ކަން ޝަރީޢަތުގައި ފާހަގަކުރެވިފައިވާއިރު އެ ކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވުމަކީ ޤާނޫނީ އުޞޫލާ ޚިލާފު ކަމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. ފާހަގަކުރެވުނު ނުކުތާތައް : 4- އަރިއަތޮޅު އުތުރުބުރި މަތިވެރި މެޖިސްޓްރޭޓް ކޯޓގު ނަންބަރު 54/U-5-C/2017 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މުޙައްމަދު އިބްރާހީމް ދީދީގެ ފަރާތުންއިސްތިއުނާފު ކުރުމަށްހުށަހަޅާފައިވާ ނުކުތތަކަށއި،އެނުކުތާ ތަކުގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލުމުގައި ބައިވެރިވިދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގކުރެވިފައިވެއެވ.
4.1- އއ. މަތިވެރި ]ވިކްޓޯރިއ[ އެވެކިޔާ ބަންޑާރަ ގޯއްޗަކީ އަރިއަތޮޅު އުތުރުބުރި މަތިވެރި އޮފީހުން ޙުސައިން ނިޔާޒް ޙަވާލުކުރެވިފައިވާ ގޯއްޗެކެވެ. އެގޯތީގެ 3000 )ތިންހާސް ( އަކަފޫޓުގެ ބިމާއި އެ ބިމުގައިވާ ޢިމާރާތް، […] / މާލެ، މުޙައްމަދު އިބްރާހީމްދީދީއަށް ވިއްކުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަށާއި، ބިން ވިއްކުމުގެ މުޢާމަލާތް ކަނޑައެޅުމަށާއި ބިން ވިއްކުމުގެ މުޢާމަލާތް ފުރިހަމަ ނުވެއްޖެނަމަ ދެން ޢަމަލުކުރެވޭނެ ގޮތް ކަނޑައެޅުމަށްޓަކައި، ޙުސައިން ނިޔާޒާ އ މުޙައްމަދު އިބްރާހީމްދީދީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް ސިވިލް ކޯޓުގައި 01 އޮގަސްޓް 2017 ގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.
4.2- ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން ވިއްކާލެވޭ ބިމުގެ އަގަކީ 10000.00 )އެއްލައްކަ ( ރުފިޔާއެވެ. އޭގެ އިތުރުން އެ މުޢާމަލާތް ފުރިހަމަކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި ބިމުގެ ވެރިފަރާތަށް 350000.00 )ތިންލައްކަ ފަންސާސްހާސް ( ރުފިޔާ ދިނުމަށް ގަންނަ ފަރާތުން އެއްބަސްވެފައިވެއެވެ. އެއްބަސްވުމުގެ ދަށުން ވިއްކާލެވޭ ބިމުގެ އަގުކަމުގައިވާ 10000.00 )އެއްލައްކަ ( ރުފިޔާއާއި އެ މުޢާމަލާތް ފުރިހަމަކުރުމުގެ ޔަޤީންކަމެއްގެ ގޮތުގައި 350000.00 )ތިންލައްކަ ފަންސާސްހާސް ( ރުފިޔާއާ އެކުޖުމްލަ 450000.00 )ހަތަރުލައްކަ ފަންސާސްހާސް ( ރުފިޔާ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުގައި ވިކްޓޯރިޔާ ގޯއްޗަށް އަރިއަތޮޅު އުތުރުބުރި މަތިވެރި އޮފީހުން 25 އޮކްޓބަރޯ 2010 ގައި ހަދައިދީފައިވާ ނަންބަރު: 5/2010/22-A/U ގޯތީގެ ރަޖިސްޓްރީ. ދެ ފަރާތުގެ މެދުގައި ސޮއިކުރެވފައިވި ނަންބަރު 776/2017-C/C-Cv އެއްބަސްވުން ގަންނަފަރާތުން ބިމުގެ ވެރިފަރާތަށް ދޭންވާނެކަމަށް ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ . އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 01 އޮގަސްޓް 2017 ގައެވެ.
4.3- މި މައްސަލައާ ގުޅިގެން ޙުސައިން ނިޔާޒުގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވަނީ މުޙައްމަދު އިބްރާހީމްދީދީ ކަމަށާއި އެއްބަސްވުމުގެ 6ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 450000.00 )ހަތަރުލައްކަ ފަންސާސްހާސް ( ރުފިޔާގެ ތެރެއިން ލިބިފައިވަނީ 10000.00 )އެއްލައްކަ ( ރުފިޔާކަމަށާއި، ދެން ހުރި ޗެކުތައް ބައުންސްވެފައިވާކަމަށް ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ޙުސައިން ނިޔާޒުގެ ފަރާތުން ބުނެފައިވެއެވެ . އަދި އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއްގެ ގޮތުގައިވާ 6ވަނަ މާއްދާއިން މުޙައްމަދު އިބްރާހީމްދީދީގެ މައްޗަށް އޮތް އިލްތިޒާމުގެ ދަށުން ޗެކެއް ދީ އެ ޗެކުގައިވާ ޢަދަދަށް ފައިސާ ނުލިބި ޗެކު ބައުންސްވުމަކީ އެ މާއްދާއިން އެ ފަރާތަށް އޮތ އިލްތިޒާމް އަދާނުކުރެވި، އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ އެ ފަރާތުން ޚިލާފުވުމެއް ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރި ދުވަހު ކަންދިމާވި ގޮތުން ރަސްމީ މަސައްކަތުގެ ގަޑި ނިމިފައިވުމުން މުޙައްމަދު އިބްރާހީމްދީދީގެ ފަރާތުން ޙުސައިން ނިޔާޒަށް ދިން ޗެކުތަކަށް ފައިސާ ނެގޭނެ ގޮތް ނުވުމުން، ޖެހިގެން އައި ދުވަހު ފައިސާ ނެގުމަށް ބޭންކަށް ދިއުމުން ބޭންކުގައި ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން ވަކި ޢަދަދަކަށް ވުރެ ބޮޑެތި ޢަދަދުތަކަށް ޗެކަށް ފައިސާ ދޫކުރަނީ ޗެކުގެ ވެރިފަރާތުގެ ލިޔުމެއް ބޭންކަށް ލިބިގެންކަމަށްވާތީ، އެއް ޗެކަށް ފައިސާ ދުލެއް ނުކުރިކަމަށާއި، ފައިސާ ނުލިބުނު ޗެކަށް ފައިސާ ހޯދުމަށް ވެރިފަރާތުގެ އެ ފަދަ ލިޔުމެއް ހޯދުމަށް މުޙައްމަދު އިބްރާހީމްދީދީއާ ވާހަކަ ދެއްކުމުން އެ ފަދަ ލިޔުމެއް އެ ދުވަހު ދީފައިނުވާކަމަށާއި، މިއީ މުޙައްމަދު އިބްރާހީމްދީދީގެ ފަރާތުން އެއްބަސްވުމުގެ 6ވަނަ މާއްދާގެ ރޫޙާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށާއި، ސަބަބަކީ އެއްބަސްވުމުގެ 6ވަނަ މާއްދާގައި ފައިސާ ދެއްކުމަށް އޮތީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުކަމަށް ވެފައި، ދެ ފަރާތުގެ ބާރު ނުފޯރާކަމަކުން އަދި އެ ފައިސާ އެ ދުވަހު ލިބޭނެގޮތް މެދުވެރި ނުވިޔަސް ދެން ޖެހިގެން އެންމެ އަވަހަކަށް އައި ދުވަހުވެސް އެ ފައިސާ ލިބޭނެ ގޮތް މުޙައްމަދު އިބްރާހީމްދީދީގެ ހަމަޖައްސައިދީފައިނުވާތީ ކަމަށާއި، މުޙައްމަދު އިބްރާހީމްދީދީގެ ފަރާތުން މި ގޮތް ހަމަޖައްސައި ނުދިނުމުގެ ސަބަބުން ޙުސައިން ނިޔާޒަށް ޗެކް ޕްރޮސެސްކުރުމށް ބޭންކަށް ހުށަހެޅި، ބޭންކުން އެ ބަލައިގަނެފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވުނުތާ 1 މަހާއި 18ދުވަސް ފަހުންކަމަށް ބުނެފައިވެއެވެ .
4.4- ދެ ފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން މުޙައްމަދު އިބްރާހީމްދީދަގެ ފަރާތުން ޙުސައިން ނިޔާޒށް، ސްޓޭޓް ބޭންކް އޮފް އިންޑިއާ ގައި ހުޅުވާފައިވާ 0012603255049002 )ވޭލާ ( ނަންބަރު އެކައުންޓުން ދޫކޮށްފައިވާ 75000.00ރ. )ހަތްދިހަ ފަސްހާސް ރުފިޔާ (ގެ ނަންބަރު 1951766 ޗެކާއި 100000.00ރ) .އެއްލައްކަ ރުފިޔާ ( ގެ ނަންބަރު 1951767 ޗެކާއި 350000.00ރ) .ތިންލައްކަ ފަންސާސް ހާސް ރުފިޔާ ( ގެ ނަންބަރު 1951769 ޗެކު މުޙައްމަދު އިބްރާހީމްދީދީ، ޙުސައިން ނިޔާޒށް ދޫކޮށްފައިވެއެވެ. އިޝާރާތްކުރެވެނު ތިން ޗެކުގެ ތެރެއިން ނަންބަރު 1951767 ޗެކުގައިވާ 100000.00ރ. )އެއްލައްކަ ރުފަޔާ ( ޙުސައިން ނިޔާޒށް ލިބިފައިވެއެވެ. ދެން ދޫކޮށްފައިވާ ދެ ޗެކުގައިވާ ޖުމްލަ 425000.00ރ. )ހަތަރުލައްކަ ފަންސަވީސްހާސް ރުފިޔާ ( ލިބިފައި ނުވާކަމަށް ޙުސައިން ނިޔާޒު ބުނެފައިވެއެވެ.
4.5- މުޙައްމަދު އިބްރާހީމްދީދީގެފަރާތުން ޙުސައިން ނިޔާޒށް ދޫކޮށްފައިވާ ތިން ޗެކުގެ ތެރެއިން ބޭންކުން ފައިސާ ދޫކޮށްފައިވަނީ 100000.00ރ) .އެއްލައްކަ ރުފިޔާ (ގެ ޗެކަށް އެކަންޏެވެ. ދެން އޮތް ދެ ޗެކަށް ފައިސާ ދޫކޮށްފައި ނުވެއެވެ. ފައިސާ ދޫކޮށްފައިނުވަނީ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް ބުނެ ޗެކުދޫކުރި ފަރާތުން 15 އޮގަސްޓް 2017ގައި ހުއްޓުވާފައިވާތީއެވެ. ޙުސައިން ނިޔާޒްގެ ފަރާތުން 4 ސެޕްޓެންބަރު 2018 ގައި ދީފައިވާ ބަޔާން .
ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު MST/642 ސިޓީ
4.6- މި މައްސަލައިގައި ހިމެނޭ ގޯތި އަމިއްލަ ކުރުމަށްޓަކައި އެކަމަށް އެދި 2017 އޮގަސްޓް 7ގައި ފޯމު ހުށަހެޅުމުން، ގޯތި އަމިއްލަކުރުމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަންގާފައިވާކަމާއި، ނަމަވެސް އެފައިސާ ދައްކާފައިނުވާ ތ، ރަޖިސްޓްރީގެ މަސައްކަތް ކުރިޔަށް ގޮސްފައި ނުވާކަން އެނގެން އޮވެއެވެ. ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބިން އަމިއްލަކުރުމުގެ މަސައްކަތްކުރަމަކީ ޙުސައިން ނިޔާޒުގެ ޒިންމާގައި އޮތްކަމެކެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށް ސަރުކާރަށް ދައްކަންޖެހޭ އަގުގެ ތެރެއިން އއ. މަތިވެރިއަށް ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 50.00ރ. )ފަންސާސްރުފިޔާ ( އެވެ. ނަމަވެސްޙުސައިން ނިޔާޒެއި މުޙައްމަދު އިބްރާހީމްދީދީގ މެދުގައި ވެފައިވާ އެއްބަސްވުމުގެ 1ވަނަ މާއްދާގައި ބުނެފައިވަނީ ބިން އެމިއްލަކުރުމަށް މުޙައްމަދު އިބްރާހީމްދީދީގ ފަރާތުން ދައްކާނީ އަކަފޫޓެއް 25ރ) .ފަންސަވީސްރުފިޔާ (ގެ ރޭޓުން 3000 )ތިންހާސް ( އަކަފޫޓަށް 75000.00ރ) .ހަތްދިހަފަސްހާސް ރުފިޔާ ( ކަމަށެވެ. މިއީ އއ. މަތިވެރިން ބިން އަމިއްލަކުރުމަށް ކަނޑައެޅިފައިވާ އަގަށްވުރެ ދެ ގުނަ ކުޑަ މިންވަރެކެވެ. ބިން އަމިއްލަކުރުމުގެ ގޮތުން ގަންނަ ފަރާތުން އެއްބަސްވުމުގެ 1ވަނަ މާއްދާގެ ދަށުން ދައްކަން އެއްބަސްވެފައިވާ 75000.00ރ) .ހަތްދިހަފަސްހާސް ރުފިޔާ ( ދެއްކުމުގެ ގޮތުން ޗެކެއް ދޫކޮށްފައިވެއެވެ. މި ޗެކަށް ބޭންކުން ފައިސާ ދޫކުރުން ހުއްޓުވާފައިވެ އެވެ.
4.7- އެއްބަސްވުމުގެ 4ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ 100000.00ރ) .އެއްލައްކަ ރުފިޔާ ( އާއި، 5ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ 350000.00ރ. )ތިންލައްކަ ފަންސާސްހާސް ރުފިޔާ ( ޙުސައިން ނިޔާޒްށް ދެއްކުމުގެ ގޮތުން ދެ ޗެކު ދޫކޮށްފައިވެއެވެ. އެފައިސާ ދެއްކުމަށްމުޙައމަދު އިބްރާހީމްދީދީގ އެއްބަސްވެފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހެވެ. މި ދެ ޗެކުގެ ތެރެއިން ޙުސައިން ނިޔާޒަށް ފައިސާ ލިބިފައިވަނީ 100000.00ރ) .އެއްލައްކ ރުފިޔާ ( ގެ ޗެކަށެވެ. ދެން ދޫކޮށްފައިވާ 350000.00ރ) .ތިންލައްކަ އަރިއަތޮޅު އުތުރުބުރި މަތިވެރި ކައުންސިލްގެ އިދާރާގެ ނަންބަރު (MISL)342/INDIV/2018/9 )14 އޮގަސްޓު 2018( އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު. 0l0 ........--0\::r:u ~ .-.-r-- I ~~~~:\"'~~~ \~"\ \~0")(~~:\ ~ \~ "~"'\"~"\ \~0")(~~:\ ,, \~ O\~~~O\~& C)"\~"\""' '--",,~,"\ ol ~,ol ,,l~~ ,, \~ '\\ 1' '\\ 1' "~"'\ ,,~\~~"'O\\'\ 0"\~O\~& O\'\~~~"\~:\ ,, \~ ot,;"\~~ . \~ r \\\~,.......;""'"" ~~~ol \&0'\"'\ ~~\~ "~ ~~ "'\""' ~~~~~ "\ "\ ~~\& '"C)" \~O\\~ "\~~~"\~~~O\,,\& '"' '" ~\ '\\ '\\ '\ '\\ \~ '""\ 0'\""''i ot,;'" ""' "\IC"' ~~IC"'C)'\"'\ ''" ~~~ol \&C)'\"'\ ~ \~ ~~\\~ "\~~~O\~'\\& '"' ~\0'\~" '\ \~lr) ,, ,,~0'\~" \~ 1' ~\ '\\ '\\ '\ "~""'"'\ "'\ O\\~0\"\ O\~~ "&'"0" \~~~ \~~~~~ ot,;"\~~""' 0'\''\o~' \ '\\ \~~~ \~ ~~~"~ol \&0'\"'\ ~~ O\"\ ,,, \~""' "\ '" "& ""O\ ~~\\\""' ~'\IC)'\''\ "~' '\,r'"C)'\ ~" )~ <H\\ \~wu, ,, ,, "' " ~~ ~~ \&'"0" ~~~"'i""' ,,,0'\ \:.0, lr)"i"2 lr)u--- 010 ,.......;1:'- "\\&O\\\""' "9J~~ ~~ O&Jol"" "~'" ~}"\"'\"'"" )(\''\ ''\ -l, I I wv, ,,\\ ,, ,, """~'" \~C)\"\ 0'\"&\&\l ~\""Vot,;\\""'O\ 0'\"~"~ • I
0)" " \"\ o'" ""' "\IC"'"'\ O\\~O\\~ "\~~~"\~~~O\~,\& '"' ~~''\~~~"\ "\~~~"\'"'~~~ ,,~~"~ol' ~~ ~~ '\ t,; \~ '\\ ~ ~~\\~~~0'\'\ ~~~'"' ,,,C)'\ \:.0, lr)---"i"~ lr)u--- 010 ,.......;1:'- "\\&O\\\""' "9J~~ O&J~ O&Jol "'\ "~'" ~}"\"'\"'"" )(\''\ ''\ '\\ ·L I I .... wv, ,,\\ ,, ,, '"' "9J~~\,,""' ~'UC)'\''\ "~' ,,,C)'\ \:.0, '"C)" \~C)\"\ C)'\"&\&\l ~\''-""' "\ ,{ ~~ ~\""VO\'\""'O\ ~~ \&'"0" ~~~"'i '\\ ,, -l "' \~ '\·~ "~"'\ C)")(~C)"~~~"'i ,...,''\\<H \~ O\!~1\\\o'\'""' "\ '" ""' ot,;"\ ,,, \~ "& ~~ '\\ \ '\ \~wv, <H\\ ,, ~~~0'\~~~"'\ '!\\& ~,C)'\-l ':"' \~ '\\ "' "\ ,,, \~ "\ ''i ~,o~'\~\\I "\ ~, \~ <H\\ "~ <H\\ <')r<)~"<!";:::: •.l. :~ § 0 N0\ . .·~10 ")'"'0~ ,,"~ "~'' "- ~" \~\ .,, ,· ' " r<)"""'\ -·~ • •'0.,.,,, •a..~~'\ "'1~'\I0~"\ "~ ' ~ ~ " ., ~ ,, , ,, ~ \ ' 1 · -Oil..s:::u0;::3 t ~.,.> !==; ·~\l .,... ·-1::..s@) :EOil..s:::u5 t~ 0> ~'"" > . 0\"'\ ' ' \~ ~
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.