ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/104, 251

މޯލްޑިވްސް ޝިޕްޔާޑް އެންޑް ޖެނެރަލް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ޑިސެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 2973/Cv-C/2017, 3494/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2973/Cv-C/2017, 3494/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ލޭންޑިންގ ކްރާފްޓެއް ގަތުމުގެ އެއްބަސްވުމުގެ ދަށުން އުޅަނދު ގަންނަ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާތީ އެ ފަރާތުން އުޅަނދާ ޙަވާލުވާން ލާޒިމުވޭތޯއާއި، އުޅަނދުގެ ސްޕެސިފިކޭޝަން ދިމާނުވާތީ ގަންނަ ފަރާތުން އެއްބަސްވުން ބާޠިލުކޮށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް ދަށުކޯޓުން ކުރި ޙުކުމްތައް ޤާނޫނާ އެއްގޮތްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ދެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN1 ކޮންޓްރެކްޓާ އެއްގޮތަށް ކޮންޓްރެކްޓުގެ ދެފަރާތުންވެސް ޢަމަލުކުރަންވާނެއެވެ. ވަކި ސްޕެސިފިކޭޝަންތަކަކަށް ފެތޭ އުޅަނދެއް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ޙާލަތުގައި، އުޅަނދުގެ މަސައްކަތް ފުރިހަމަނުވެ، އުޅަނދު ސްޕެސިފިކޭޝަނާ ދިމާނުވާނަމަ، ހަމައެކަނި އުޅަނދު ގަންނަ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތުމަކީ އެ ފަރާތުން އުޅަނދާ ޙަވާލުވާން ޖެހޭކަމަށް ކަނޑައެޅިދާނެ ޤާނޫނީ ހަމައެއް ނޫނެވެ.

HN2 ރަސްމީ ރަޖިސްޓްރީ ލިޔުމަކީ ޝަރީޢަތުގައި ކަންކަން ސާބިތުކުރުމުގައި މުޠުލަޤު ބާރު ލިބިފައިވާ ވަސީލަތެއްކަމަށް ސުޕްރީމް ކޯޓުގެ 2010/SC-A/17 (އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު) ޤަޟިއްޔާގައި ކަނޑައެޅި އުޞޫލު، ކޮންޓްރެކްޓުގެ ސްޕެސިފިކޭޝަނާ ދިމާނުވާ އުޅަނދަކާ ޙަވާލުވުމަށް މަޖުބޫރުކުރުމަށް ތަޠުބީޤު ނުކުރެވޭނެކަމަށް ދަށުކޯޓުން ކަނޑައެޅީ ރަނގަޅަށެވެ.

HN3 ދަށުކޯޓުން ސާބިތުނުވާކަމަށް ކަނޑައެޅި ކަމެއް (މި މައްސަލާގައި، ސްޕެސިފިކޭޝަން ދިމާނުވަނީ ގަންނަ ފަރާތުން ގެންނަން އެންގި ބަދަލުތަކުގެ ސަބަބުންކަން) އިސްތިއުނާފުގައި ދެކޮޅުހަދާއިރު، ދަށުކޯޓުގެ ނިންމުން ޚިލާފުވާ ޤާނޫނީ އަސާސެއް ބަޔާންކޮށްނުދެވޭނަމަ، އެ ނުކުތާއަކީ ބަލައިގަނެވޭނެ ނުކުތާއެއް ނޫނެވެ.

HN4 ދެފަރާތުގެ އިސްވެރިންގެ ޙާޟިރުގައި ހިންގި ޓްރަޔަލްތަކާ ގުޅިގެން ތައްޔާރުކުރި ސަރވޭ ރިޕޯޓަކާމެދު އެ ވަގުތު އެއްވެސް އިޢުތިރާޟެއް ނުކޮށް، ރިޕޯޓުގައިވާ ކަންކަމަށް އިންކާރުނުކުރާނަމަ، ހަމައެކަނި އެ ރިޕޯޓު ތައްޔާރުކުރުވީ އަނެއް ފަރާތުންކަމުގެ ސަބަބުން އެއަށް ބުރަދަން ނުދެވޭނެކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ؛ އެފަދަ ރިޕޯޓަށް ބިނާކޮށް ސްޕެސިފިކޭޝަން ދިމާނުވާކަމަށް ކަނޑައެޅުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN5 އެއް ޚަޞްމުން ހިމެނޭ، އެއް މައުޟޫޢެއްގެ މައްޗަށް ހުށަހެޅޭ ޤަޟިއްޔާތައް ޚަޞްމުން އެދިފައިވާނަމަ، ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް) ޤަޟިއްޔާގެ އުޞޫލަށް ރިޢާޔަތްކޮށް، ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުއެކީގައި ބަލައި، 'ޝަރީޢަތް ނިމުނުގޮތް' އެއް ރިޕޯޓެއްގެ ގޮތުގައި ލިޔެވިދާނެއެވެ.

HN6 ދެވަނަ ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ ފުރަތަމަ ޤަޟިއްޔާގައި އެއްބަސްވުން ބާޠިލުކުރިކުރުން ރަނގަޅުކަމަށް ކަނޑައެޅުމުގެ މައްޗަށްކަމަށްވެފައި، އެ ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާތަކަކީ ވެސް އެ ކަމަށް ބިނާކުރެވިފައިވާ ނުކުތާތަކެއްނަމަ، ފުރަތަމަ ޤަޟިއްޔާގައި އެ ނުކުތާތަކަށް ރިޢާޔަތްކުރެވުމުން، ދެވަނަ ޤަޟިއްޔާގައި ތަކުރާރުކޮށް ރިޢާޔަތްކުރުމުގެ ބޭނުމެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު، ޢަބްދުﷲ ޙަމީދު، ފާޠިމަތު ފަރްހީޒާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، ފާޠިމަތު ފަރްހީޒާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1އަދި ސިވިލް ކޯޓުގެ ނަންބަރު C/2017-/Cv3494 ޤަޟިއްޔާގެ އިސްތިއުނާފީ ޤަޟިއްޔާގެ ނަންބަރަކީ 2019/HC-A/251 އެވެ.

5އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކަކީ އެއް ޚަސްމުންތަކެއް ހިމެނޭ، އެއް މައުޟޫޢއެ އަދި އެއްކަމެއްގެ (matter subject) މައްޗަށް ހުށަހެޅުނު 3 (ދޭއް) ޤަޟިއްޔާ ކަމުގައިވާތީއާއި، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން މި ޤަޟިއްޔާތައް އެކުއެކީގައި، އެއް ފަނޑިޔާރުންތަކެއް އެކުލެވިގެންވާ ބެންޗަކުން ކުރިއަށް ގެންދިއުމަށް އެދިފައިވާތީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ މައްސަލަތައް ހިންގުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން ދެ ޤަޟިއްޔާ އެކުއެކީ ގައި ކަމަށް ވުމާއެކު "ޝަރީޢަތް ނިމުނު ގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔުން ބޭނުންތެރިކަމެއްކަމަށް ފެންނާތީ އެގޮތުގެމަތިން ލިޔެފައިވަނީއެ ވެ. . 32 ޑިސެންބަރު 3232 ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/251 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުންނާއި އިސްތިއުނާފުރައްދުވާ ފަރާތުން، A104-2019/HC ޤަޟިއްޔާ އާއި 2019/HC-A/251 ޤަޟިއްޔާގެ ފަނޑިޔާރުންގެ ބެންޗު އެއްގޮތް ކުރުމަށް އެދިފައިވޭ. . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2018/SC-A/31 ޤަޟިއްޔާގެ 32 ވަނަ ނުކުތާގައި މައްސަލައިގެ ފަސްފަހަތް

6އެމް.އާރް.ޑީ.ސީ އާއި ޓްރޮޕިކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް (މޯލްޑިވްސް ޝިޕްޔާޑް އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް) އާދެމެދު ލޭންޑިންގ ކްރާފްޓެއް ގަތުމަށް 22 އޮކްޓބަރޯ 3231 ގައި އެއްބަސްވުމެއްގައި ސޮއިކުރެވު ނެވެ. މި އެއްބަސްވުމުގެ ދަށުން ލޭންޑިންގ ކްރާފްޓް ނުވަތަ އުޅނަ ދ ގަންނަން އެއްބަސްވި ފަރާތަކީ (Purchaser( އެމް.އާރް.ޑީ.ސީ އެވެ. އަދި އުޅަނދު ފޯރުކޮށްދިނުމަށް އެއްބަސްވި ފަރާތަކީ (Supplier) ޓްރޮޕިކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް (މޯލްޑިވްސް ޝިޕްޔާޑް އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް) އެވެ. މި އުޅަނދު ފޯރުކޮށްދޭން އެއްބަސްވެފައިވަނީ 32 (ނުވަދިހަ) ދުވަހުގެ ތެރޭގައެވެ. އަދި ވަކި ޓެކްނިކަލް ސްޕެސިފިކޭޝަންތަކަކަށް އުޅަނދު ފެތެންވާނެކަން ބަޔާންވެގެންވެއެވެ. އެ ގޮތުން ލޯޑް ކެޕޭސިޓީގެ ގޮތުގައި 352 ޓަނު އަދި ދުވެލި (Speed) ގެ ގޮތުގައި 33 ނޮޓު (knot) ބަޔާންކޮށްފައިވެއެވެ.

3އުޅަނދުގެ އަގު އަދާކުރަން އެއްބަސްވެފައިވާ ގޮތަކީ އެމް.އާރް.ޑީ.ސީ ގެ ނަންމައްޗަށް އުޅަނދުގެ ރަޖިސްޓްރީ ބަދަލުކޮށް، އުޅަނދުގެ ފުލް ކަވަރޭޖް އިންޝުއަރެންސް ޕޮލިސީއެއް އެމް.އާރް.ޑީ.ސީ ގެ ފޭވަރގައ ނަގައި ހުށަހެޅުމުން އެމް.އާރް.ޑީ.ސީ ގެ ފަރާތުން މޯލްޑިވްސް ޝިޕްޔާޑ އަށް އުޅަނދުގެ އަގުގެ 9 8 %52 (ފަންސާސް އިންސައްތަ) ދެއްކުމެ ވެ. މި ފައިސާ ދައްކާފައިވަނީ 33 ފެބުރުވަރީ 3235 ތާރީޚުގައެވެ. އަދި ބާކީ %52 (ފަންސާސް އިންސައްތަ) އަގު ދައްކަން އެއްބަސްވެފައި އޮތީ އުޅަނދު ޑެލިވަރީކޮށް އަދި . 32 ޖަނަވރަ 3225 ތާރީޚުން ފެށިގެން މި ކުންފުނި ރަޖިސްޓްރީ ކުރެވިފައިވަނީ "ޓްރޮޕިކ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ކަމާއި 31 ފެބުރުވަރީ 3231 އިން ފެށިގެން "މޯލްޑިވްސް ޝިޕްޔާޑ އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް" ގެ ނަމަށް ބަދަލުކުރެވިފައިވާކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު 0014/2005-C "certificate of Incorporation on Change of Name" އަށް ބެލުމުން އެނގެއެވެ. . އެމް.އާރް.ޑީ.ސީގެ ކޮންޓްރެކްޓް ނަންބަރު MRDC/AG/2014/28 (CONTRACT FOR PROCUREMENT OF LANDING CRAFT BETWEEN MALDIVES ROAD DEVELEOPMENT CORPORATION LTD AND TROPIC INVESTMENTS PVT LTD) . އމެންޑްމަންޓެ-3 (ކޮންޓްރެކްޓް ނަންބަރު MRDC/AG/2014/28) . ޕޭމަންޓް ވައުޗަރ ނަންބަރު 0366/15/PVMRDC/ ޤަބޫލުކުރާ ތާރީޚުން ފެށިގެން 62 ދުވަސް ތެރޭގައެވެ. އުޅަނދުގެ އަގުގެ %52 (ފަންސާސް އިންސައްތަ) އަށް ވ ފައިސާ އެމް.އާރް.ޑީ.ސީ ގެ ފަރާތުން މޯލްޑިވްސް ޝިޕްޔާޑް އަށް ދައްކާފައިވާކަމާމެދު ޚިލާފެއް ނެތެވެ.

2. އެއްބަސްވުމުގެ ދަށުން އުޅަނދުގެ އަގުގެ %52 (ފަންސާސް އިންސައްތަ) އަށް ވާ ފައިސާކަމަށްވާ -/391319322ރ. (ހަތްމިލިއަން ހަތަރުލައްކަ ނުވަދިހަހަތަރުހާސް ދުއިސައްތައް ރުފިޔާ) އާއި، އަގުގެ ތެރެއިން އުނިވާ ގޮތަށް މޯލްޑިވްސް ޝިޕްޔާޑްއަށް އެމް .އާރް.ޑީ.ސީގެ ފަރާތުން ދީފައިވާ މުދަލުގެ އަގުކަމުގައިވާ 3639233.35ރ. (އެއްލައްކަ ފަސްދޮޅަސް އެއްހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ ނުވަދިހަ ފަސްލާރި) އާއެކު ޖުމްލަ 396569233.35ރ. (ހަތްމިލިއަން ހަލައްކަ ފަންސާސްހަހާސް ނަވާވީސް ރުފިޔާ ނުވަދިހަފަސް ލާރި) މުދަލާއި ފައިސާގެ ގޮތުގައި މޯލްޑިވްސް ޝިޕްޔާޑްއަށް އެމް.އާރް.ޑީ.ސީގެ ފަރާތުން ދީފައިވެ އެވެ. މި ނުކުތާގައި ބަޔާންކުރެވުނު އެއްވެސް ކަމަކާމެދު ދެފަރާތުގެ މެދުގައި އެއްވެސް މިންވަރެއްގެ ޚިލާފެއް ނެތެވެ.

އުޅަނދު ޓެސްޓްކުރުން

3. އުޅަނދާ ޙަވާލުވުމަށަ އެމް.އާރް.ޑީ.ސީ އަށް މޯލްޑިވްސް ޝިޕްޔާޑް ގެ ފަރާތުން އެންގުމުން، އުޅަނދު ޓެސްޓުކުރުމުގެ ތެރޭގައި އުޅަނދުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ދިމާނުވާކަން އެނގިފައިވާކަމަށާއި އެގޮތުން އުޅަނދަކީ 352 ޓަނުގެ ލޯޑް ކެޕޭސިޓީ ހުރި އުޅަނދެއް ނޫންކަމަށާއި ދުވެލި (speed) ގައވެސި ސްޕެސިފިކޭޝަން ދިމާނުވާކަން ފާހަގަކޮށް، ޓެކްނިކަލް މިންގަނޑުތަކާ އެއްގޮތަށް 3 (އެކެއް) މަސްދުވަހުގެ . އމެންޑްމަންޓެ-3 (ކޮންޓްރެކްޓް ނަންބަރު MRDC/AG/2014/28) ތެރޭގައި އުޅަނދު ތައްޔާރުކުރުމަށް އަންގައި އެމް.އާރް.ޑީ.ސީ ގެ ފަރާތުން މޯލްޑިވްސް ޝިޕްޔާޑް އަށް 5 ޖުލައި 3233 ދުވަހު ސިޓީ ފޮނުވާފައިވެއެވެ.

32ނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ މުއްދަތުގައި އެ މަސައްކަތް ކޮށްފައިނުވާކަމަށް ބަޔާންކޮށް، 23 އޮކްޓޫބަރު 3233 ގައި އެމް.އާރް.ޑީ.ސީ ގެ ފަރާތުން އެއްބަސްވުން ބާޠިލްކޮށް، އެމް.އާރް.ޑީ.ސީ ގެ ފަރާތުން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (މޯލްޑިވްސް ޝިޕްޔާޑ އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް) އަށް ދީފައިވާ ފައިސާ އާއި މުދަލުގެ އަގު 6 މަސް ދުވަހަށް ބަހާލައިގެން ދައްކާނެ ގޮތުގެ ޕްލޭނެއް 3 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އަންގާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (މޯލްޑިވްސް ޝިޕްޔާޑ އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް) އަށް 23 އޮކްޓޫބަރު 3233 ގައި ސިޓީ ފޮނުވިއެވެ. މޯލްޑިވްސް ޝިޕްޔާޑގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާ

33މޯލްޑިވްސް ޝިޕްޔާޑް ގެ ފަރާތުން އެމް.އާރް.ޑީ.ސީ ގެ މައްޗަށް ބުނެވިދިޔަ މުޢާމަލާތުގައި އުފެދުނު ޚުސޫމާތާ ގުޅިގެނ ކުރް ދަޢުވާ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2973/Cv-C/2017 ޤަޟިއްޔާ ގައެވެ. އެ ޤަޟިއްޔާގައި ކުރި ދަޢުވާއަކީ، ޓްރޮޕިކް އިންވެސްޓްމަންޓް (މޯލްޑިވްސް ޝިޕްޔާޑް އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް) އާއި އެމް.އާރް.ޑީ.ސީ އާ ދެމެދު ވެފައިވާ ލޭންޑިންގ ކްރާފްޓް ގަތުމުގު އެއްބަސްވުމުގެ ދަށުން ދަޢުވާގައި ތަފްސީލުކޮށްދީފައިވާ ލޭންޑިންގ ކްރާފްޓް އެމް.އާރް.ޑީ.ސީ ގެ ނަންމަތީގައި ރަޖިސްޓްރީކޮށް، ޤާނޫނީގޮތުން އުޅަނދާ ޙަވާލުވެފައި ވަނިކޮށް، އެ އުޅަނދުގައި ކުރަންހުރި މަސައްކަތްތައް . އެމް.އާރް.ޑީ.ސީ ގެ ފަރާތުން ޓްރޮޕިކ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް އެޑްރެސްކޮށްފައިވާ ނަންބަރު MRDC/ADMIN/MIS/2017/99 (5 ޖުލައި 3233( ސިޓީ . އެމް.އާރް.ޑީ.ސީ ގެ ފަރާތުން ޓްރޮޕިކ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް އެޑްރެސްކޮށްފައިވާ ނަންބަރު LU/MIS/2017/172-MRDC (01 އޮކްޓޫބަރު 3233( ސިޓީ ފުރިހަމަކޮށް، 33 އެޕްރީލް 3236 ގައި އެ އުޅަނދު އެމް.އާރް.ޑީ.ސީ ގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެންގުމުން، ދަޢުވާކުރި ދުވަހާ ހަމައަށްވެސް އުޅަނދު ގެންގޮސްފައިނުވާކަމަށް ބުނެ، އުޅަނދު އެމް.އާރް.ޑީ.ސީ ގެ ދަށަށް ގެންދިއުމަށް އަންގައި ދިނުމަށާއި، އުޅަނދުގައި ކުރެވުނު މަސައްކަތްތަކަށް ދައްކަންޖެހޭ -/7,494,200ރ. (ހަތްމިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ ރުފިޔާ) ދެއްކުމަށް އަންގައި ދިނުމަށާއި، ޕްރިންސިޕަލް އެމައުންޓް ހޯދުމަށް އެދި މޯލްޑިވްސް ޝިޕްޔާޑް ގެ ފަރާތުން ފޮނުވި އިންވޮއިސްގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވިއިރުވެސ ފައިސް ދައްކާފައި ނުވާތީ، ޕޭމަންޓް ޑިލޭ ޑެމޭޖަސްގެ ގޮތުގައި އަރަމުންދާ އެންމެހާ ފައިސާ ދެއްކުމަށް އަންގައި ދިނުމަށާއި، ޝިޕްޔާޑް ޗާޖަސްގެ ގޮތުގައި އަރަމުންދާ އެންމެހާ ފައިސާ ދެއްކުމަށް އަންގައި ދިނުމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ޙުރުމަތްތެރިކޮށް ހިތުމަށް އެމް.އާރް.ޑީ.ސީ އަށް އަންގައި އަމުރުކޮށްދިނު މަށެވެ. މި ދަޢުވާ މޯލްޑިވްސް ޝިޕްޔާޑް ގެ ފަރާތުން އެމް.އާރް.ޑީ.ސީ ގެ މައްޗަށް ކޮށްފައިވަނީ 33 އޮކްޓޫބަރު 3233 ތާރޚުގީ އެވެ.

33. ބުނެވިދޔަ ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2973/Cv-C/2017 ޤަޟިއްޔާ ގައި އެ މައްސަލަ ބަލައި ޙުކުމް ކޮށްފައި ވަނީ އަންނަނިވި ފަދައިންނެވެ. " ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، މޯލްޑިވްސް ޝިޕްޔާޑް އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި މައްސަލާގައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ ނަންބަރު MRDC/AG/2014/28 އެއްބަސްވުން ދަޢުވާކުރާ ފަރާތުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަން އެނގެން އޮންނާތީ، މި މައްސަލާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ދަޢުވާލިބޭ ފަރާތުގެ ކިބައިން ނަގައިދެވެން ނެތް ފައިސާއެއްކަމަށް ކަނޑައަޅައި، . ސިވިލް ކޯޓުގެ ނަންބަރު 2973/Cv-C/2017 ޤަޟިއްޔާގެ ޙުކުމް . ޙުކުމުގައި އޮތް ޢިބާރާތް އޮތްގޮތަށް ނަކަލުކޮށްފައި މިހިނދު ދަޢުވާލިބޭ ފަރާތުގެ ނަމުގައި "ވެލްޑް ވައިޑް ލޭންޑަރ" (ނަންބަރު T-10 03-C2477B މިނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮޅުވެއްޓި Craft) (Landing އަށް ޓްރާސްޕޯޓް އޮތޯރިޓީއިން ދޫކޮށްފައިވާ "ކަނޑުގެ އުޅަނދުގެ ރަޖިސްޓްރީ" ބާޠިލުކޮށް، މި އުޅަނދު ދަޢުވާކުރާ މޯލްޑިވްސް ޝިޕްޔާޑް އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް ނުވަތަ އެފަރާތުން ހުއްދަދޭ ފަރާތެއްގެ ނަމަށް ބަދަލުކުރުމަށް ޓްރާސްޕޯޓް އޮތޯރިޓީއަށް އަންގައި އަމުރުކޮށް، މިގޮތުގެމަތީން ޙުކުމްކޮށްފީމެވެ." އެމް. އާރް. ޑީ. ސީ ގެ ފަރތުނާ ސިވިލް ކޯޓުގައި ކުރި ދަޢުވާ- (އެއްބަސްވުމާގުޅޭ ދެވަނަ ދަޢުވާ)

32. އެމް.އާރް.ޑީ.ސީ ގެ ފަރާތުން މޯލްޑިވްސް ޝިޕްޔާޑް ގެ މައްޗަށް ބުނެވިދިޔަ މުޢާމަލާތުގައި އުފެދުނު ޚުސޫމާތާ ގުޅިގެނ ކުރް ދަޢުވާ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3494/Cv-C/2017 ޤަޟިއްޔާގައެވެ. އެ ޤަޟިއްޔާ ގައި ކުރި ދަޢުވާއަކީ، އެމް.އާރް.ޑީ.ސީ އާއި، ޓްރޮޕިކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް (މޯލްޑިވްސް ޝިޕްޔާޑ އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް) އާދެމެދު ލޭންޑިންގ ކ ރާފްޓެއް ގަތުމަށް 22 އޮކްޓބަރޯ 3231 ގައި އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމަށާއި، އެލޭންޑިންގ ކްރާފްޓް ޙަވާލުކުރަން އެންގިއިރު، ލޭންޑިންގ ކްރާފްޓްގެ ސްޕެސިފިކޭޝަން ހުރީ އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވިގޮތަކަށް ނޫންކަމަށާއި، މިގޮތަށް ކަންތައްތައް ހުރުމުން، އެމް.އާރް.ޑީ.ސީ އިން އެއްބަސްވުން ބާޠިލުކޮށް، އެ ލޭންޑިންގ ކްރާފްޓް ގަތުމަށް އެމް.އާރް.ޑީ.ސީ އިން ދައްކާފައިވާ ފައިސާއާއި، ކޮންޓްރެކްޓް ޕްރައިސް އިން ކެނޑޭ ގޮތަށް މޯލްޑިވްސް ޝިޕްޔާޑް އަށް ދީފައިވާ މުދަލުގެ އަގާއި، ދެފަރާތުން އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މޯލްޑިވްސް ޝިޕްޔާޑް އިން އެމް.އާރް.ޑީ.ސީ އަށް ލޭންޑިންގ ކްރާފްޓް ޑެލިވަރކޮށްދީފައި ނެތުމުގެ ސަބަބުން، އެމް.އާރް.ޑީ.ސީ އަށް ލިބިފައިވާ ގެއްލުމުގެ . ޙުކުމުގައި އޮތް ޢިބާރާތް އޮތްގޮތަށް ނަކަލުކޮށްފައި ބަދަލު ހޯދުމަށް އެމް.އާރް.ޑީ.ސީ ގެ ފަރާތުން މޯލްޑިވްސް ޝިޕްޔާޑް ގެ މައްޗަށް 33 ޑިސެންބަރު 3233 ތާރީޚުގައި ކުރި ދަޢުވާއެވެ.

31. ބުނެވިދިޔަ ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 3494/Cv-C/2017 ޤަޟިއްޔާ ގައި އެ މައްސަލަ ބަލައި ޙުކުމް ކޮށްފައވަނި އަންނަނިވި ފަދައިންނެވެ. " ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، ލޭންޑިންގ ކްރާފްޓެއް ގަތުމަށްޓަކައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި، ޓްރޮޕިކ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް (މޯލްޑިވްސް ޝިޕްޔާޑ އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް) އާދެމެދު ވެފައިވާ ނަންބަރު: MRDC/AG/2014/28 (22 އޮކްޓބަރޯ 3231) އެއްބަސްވުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބާޠިލުކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުގެ ނަންބަރު: 2973/Cv0C/2017 ޤަޟިއްޔާގައި ޝަރީޢަތުން ފައޞިލާކޮށްފައިވާތީ، އެލޭންޑިންގ ކްރާފްޓް ގަތުމަށްޓަކައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ދީފައިވާ އަގުގެ %52 އަށްވާ -/391319322ރ. (ހަތްމިލިއަން ހަތަރުލައްކަ ނުވަދިހަހަތަރުހާސް ދުއިސައްތައް ރުފިޔާ) އާއި، އަގުގެ ތެރެއިން އުނިވާ ގޮތަށް ގަނެފައިވާ މުދަލުގެ އަގަށްވާ 3639233.35ރ. (އެއްލައްކަ ފަސްދޮޅަސް އެއްހާސް އަށްސަތޭކަ ނަވާވީސް ރުފިޔާ / ނުވަދިހަ ފަސްލާރި) އާއެކު ޖުމްލަ 6569233.3593ރ. (ހަތްމިލިއަން ހަލައްކަ ފަންސާސްހަހާސް ނަވާވީސް ރުފިޔާ / ނުވަދިހަފަސް ލާރި) އަކީ މިމުޢާމަލާތް ކުރިއަށް ނުގެންދެވޭ ޙާލަތުގައި އަނބުރާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ލިބެންޖެހޭނެ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާގެ އިތުރަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގައިދެވޭނެ ގެއްލުމުގެ ބަދަލެއް ނޫންކަމާއި، މިމައްސަލައިގައި ސާބިތުވެފައިވާ އެކުޖުމްލަ 396569233.35ރ. (ހަތްމިލިއަން ހަލައްކަ ފަންސާސްހަހާސ ނަވާވީސް ރުފިޔް / ނުވަދިހަފަސް ލާރި) މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން . ސިވިލް ކޯޓުގެ ނަންބަރު 3494/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިފައިސާ މިއަދު 23 ޑިސެމްބަރު 3232 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށް ޖެހޭ މިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކުޖުމްލަ 26 (ހައެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް މޯލްޑިވްސް ޝިޕްޔާޑ އެންޑް ޖެނެރަލް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމްކޮށްފީމެވެ ." އިސްތިއުނާފީ ނުކުތާތައް

35ސިވިލް ކޯޓުގެ ނަންބަރު 2973/Cv-C/2017 ޤަޟިއްޔާ އާއި ނަންބަރު C/2017-/Cv3494 ޤަޟިއްޔާ އިސްތިއުނާފުކުރަމުން މޯލްޑިވްސް ޝިޕްޔާޑް ގެ ފަރާތުން ހުށަހަޅާފައިވަނީ އެއް ނުކުތާތަކެކެވެ. އެގޮތުން ހުށަހަޅާފައިވަނީ އަންނަނިވި 22 (ތިނެއް) ނުކުތާއެވެ.  ފުރަތަމަ ނުކުތާ އަކީ: މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ ޤާނޫނާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ދެވަނަ ނުކުތާ އަކީ: އިސްތިއުނާފުކުރާ ފަރާތުން މައްސަލައިގައި ހިމެނޭ އުޅަނދަށް ގެނެސްފައިވާ ބަދަލުތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމުގެ މަތިން ގެނެވުނު ބަދަލުތަކެއް ކަމަށް ސާފުކޮށް އެނގެން އޮތްއިރު، މިކަމަށް ރިޢާޔަތކުރުމް ކ ނުލައި މައްސަލަ ނިންމާ ފައި ވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ތިންވަނަ ނުކުތާ އަކީ: އުޅަނދުގެ ސްޕެސިފިކޭޝަންސް ދިމާ ނުވާކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓް ތަކަކީ އިސްތިއުނާފުކުރާ ފަރތުނާ ތައްޔާރުކުރުވާފައިވާ ރިޕޯޓްތަކަށް ވާތީ، އެ ރިޕޯ ޓްތަކުގެ މައްޗަށް ރިޢާޔަތްކޮށް އުޅަނދުގެ ސްޕެސިފިކޭޝަންސް ދިމާނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

36އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރިކަންކަން

36.3. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން މޯލްޑިވްސް ޝިޕްޔާޑްގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ޤާނޫނީގޮތުން ރަޖިސްޓްރީކުރުން ލާޒިމްވާފަދަ މުދަލެއް އެއްވެސް ޝައްކެއް ނެތި މީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މީހަކީ، އެ މުދަލުގެ ވެރިފަރާތްކަން އެނގޭ ޔަޤީނީ ދަލީލެއް ކަމާއި ރަސްމީ ރަޖިސްޓްރީ ލިޔުމަކީ ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠުލަޤު ބާރު އެއަށް ލިބިފައިވާ ވަސީލަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ޚުސޫމަތު އުފެދިފައިވާ އެއްބަސްވުމާގުޅޭ އުޅަނދު އެމް.އާރް.ޑީ.ސީ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތުމުން އެ އުޅަނދާ ޙަވާލުވުމަށް އެންގުމުން އެކަމަށް އުޒުރުވެރިވުމުގެ އެއްވެސް ހައްޤެއް އެމް.އާރް.ޑީ.ސީ އަށް ނޯންނާނެކަމަށެވެ. ވީއިރު އިސްތިއުނާފުކުރެވުނު ޤަޟިއްޔާތައް ނިންމުމުގައި ސިވިލް ކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޤާނޫނީ އުސޫލާ ޚިލާފުވެފައިވާކަމަށެވެ. އަދި މޯލްޑިވްސް ޝިޕްޔާޑްގެ ފަރާތުން އުޅަނދަށް ގެނައި ބަދަލުތަކަކީ އެމް.އާރް.ޑީ.ސީގެ އެދުމުގެ މަތިން ގެނައި ބަދަލުތަކެއް ކަމަށާ އ އެގޮތުނި ގެނައި ބަދަލުގެ ސަބަބުން އުޅަނދުގެ ލޯޑު ކެޕޭސިޓީއަށް ބަދަލުއައިސްވަފައިވަނީ ކަމަށެވެ. ނަމަވެސް އެކަމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އަދި އުޅަނދުގެ ސްޕެސިފިކޭޝަންސް ދިމާ ނުވާކަމަށް ބުނެ އެމް.އާރް.ޑީ.ސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓް ތަކަކީ އިސްތިއުނާފުކުރާ ފަރާ ތުން ތައްޔާރުކުރުވާފައިވާ ރިޕޯ ޓްތަކަށް ވާތީ، އެ ރިޕޯ ޓްތަކުގެ މައްޗަށް ރިޢާޔަތްކޮށް އުޅަނދުގެ ސްޕެސިފިކޭޝަންސ ދިމާނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށެވެ.

33. އިސްތިއުނާފުރައްދުވާ އެމް.އާރް.ޑީ.ސީގެ ރައްދު

33.3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/104 ޤަޟިއްޔާ ގައި (ސިވިލ ކޯޓުގް ނަންބަރު 2973/Cv-C/2017 ޤަޟިއްޔާގެ އިސްތިއުނާފީ ޤަޟިއްޔާ) މޯލްޑިވްސް ޝިޕްޔާޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ޖަވާބުގައި އެމް.އާރް.ޑީ.ސީގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާއާ ގުޅިގެން މޯލްޑިވްސް ޝިޕްޔާޑ އިން ފާހަގަކޮށްފައިވާ ނުކުތާއާ ގުޅިގެން ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް އެ ނިންމުގައި ހުރި އުނިކަމެއް ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ހެދިފައިވާ ގޯހެއް މޯލްޑިވްސް ޝިޕްޔާޑްއަށް ބަޔާންކޮށްދެވިފައިނުވާކަމަށެވެ. އަދި ހަމައެކަނި ރަޖިސްޓްރީގެ މައްޗަށްބިނާކޮށް އުޅަނދާ ޙަވާލުވާންޖެހޭކަމަށ މޯލްޑިވްސް ޝި ޕްޔާޑ އިން ދައްކާ ވާހަކައަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ގޮތް ކަނޑައާޅާފައިވާކަމަށާއި ނަމަވެސް އެ ނިންމުން ޚިލާފުވާ ޤާނޫނީ އެއްވެސް އުސޫލެއް މޯލްޑިވްސް ޝިޕްޔާޑްއަށް ބަޔާންކޮށްދެވިފައި ނުވާކަމަށެވެ. އަދި އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވަނީ އުޅަނދާ ޙަވާލުވުމަށް އެމް.އާރް.ޑީ.ސީ ގެ ޚަރަދުގައި އެކިފަހަރުމަތިން އިންސްޕެކްޝަންތަކާއި ތެސްޓުތައް ހެދިފައިވާކަމަށެވެ. އަދި އެ ރިޕޯޓުތައް މޯލްޑިވްސް ޝިޕްޔާޑްއާ ޙިއްސާކޮށްފައިވާކަމަށެވެ. އަދި 6 ޖޫން 3233 ދުވަހު ސީ ޓްރަޔަލް (trial Sea) ހަދާފައިވަނީ މޯލްޑިވްސް ޝިޕްޔާޑް އާއި އެމް.އާރް.ޑީ.ސީގެ އިސްވެރިންގެ ޙާޟިރުގައި ކަމަށެވެ. އަދި އެއިން އެއްވެސް ވަގުތެއްގައި އެކަމާމެދު އިންކާރުކޮށް މޯލްޑިވްސް ޝިޕްޔާޑުނ ޝަކުވާއެއް ކޮށްފައިނުވާކަމަށެވެ. އަދި ރިޕޯޓުގައި ހުރި ކަންކަމަށް އިންކާރުކޮށްފައިނުވާކަމަށެވެ.

33.3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/251 ޤަޟިއްޔާ ގައި (ސިވިލ ކޯޓުގް ނަންބަރު C/2017-/Cv3494 ޤަޟި އްޔާގ އިސްތިއުނާފެ ޤަޟިއްޔާ) މޯލްޑިވްސް ޝިޕްޔާޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ޖަވާބުގައި އެމް.އާރް.ޑީ.ސީ ގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ހުރިހާ އިސްތިއުނާފީ ނުކުތާތކަ ކީވެސ އެއްބަސްވުން ބާޠިލްކުރިކުރުމާ ގުޅިގެން ހުށަހަޅާފައިވާ ނުކުތާތައް ކަމަށާއި ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު C/2017-/Cv3494 ޤަޟިއްޔާގައި އެއްބަސްވުން ބާޠިލްކުރިކުރުމާމެދ ގޮތެއު ކަނޑައަޅާފައިނުވާކަމަށެވެ. އެހެންކަމުން ނަންބަރު 2019/HC-A/251 ޤަޟިއްޔާގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކުގައި ދަށުކޯޓުން ޚިލާފުވެފައިވާ އެއްވެސް ޤާނޫނީ އުސޫލެއް ބަޔާންކޮށްދެވިފައިނެތް ކަމަށެވެ. ވުމާއެކު ނަންބަރު 2019/HC-A/251 ޤަޟިއްޔާއަކީ ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ޤަޟިއްޔާއެއް ނޫންކަމަށް ކަނޑައަޅައިދިނުން އެދި އިޖުރާއީނުކުތާ ފާހަގަކުރާކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/104 ޤަޟިއްޔާ؛ އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

32. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ ޤާނޫނާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާ ގައި މައިގަނޑު ގޮތެއްގައި މޯލްޑިވްސް ޝިޕްޔާޑ އިން ފާހަގަކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޝިޕްޔާޑްގެ ފަރާތުން އެމް.އާރް.ޑީ.ސީއަށް ފޯރުކޮށްދޭންޖެހޭ ލޭންޑިންގ ކްރާފްޓް އެމް.އާރް.ޑީ.ސީ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާކަމަށާއި އެހެންކަމުން އެއީ އެމް.އާރް.ޑީ.ސީ ގެ މިލްކު މުދަލެއްކަން ރަޖިސްޓްރީއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލަށް ބެލުމުން އެނގޭކަމަށާއި ނަމަވެސް، މިއުސޫލު ޚިލާފަށާ ދަށު ކޯޓުން މައްސަލަ ނިންމާފައިވާކަމަށެވެ. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

32.3. ދިވެހިރާއްޖޭ ގެ ސުޕްރީމް ކޯޓުގެ އިބްރާހިމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު މައްސަލައިގައި ރަސްމީ ރަޖިސްޓްރީ ލިޔުމަކީ ޝަރީޢަތުން ކަންކަން ސާބިތުކުރުމުގައި މުޠުލަޤު ބާރު އެއަށް ލިބިފައިވާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެ މައްސަލައަކީ އުޅަނދެއްގެ މިލްކުވެރި ފަރާތާމެދު އުފެދުނު ޚުސޫމަތަކ ގުޅާ މައްސަލައެކެވެ.

32.3. މި މައްސަލައިގައި ބަޔާންކުރެވުނު އުޅަނދު ކަމުގައިވާ "ވެލްޑް ވައިޑް ލޭންޑަރ" ނަންބަރު T-03 10-C2477B މިނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮޅުވެއްޓި (Landing Craft) އަށް ޓްރާސްޕޯޓ އޮތޯރިޓީއިން ދޫކޮށްފައިވާ "ކަނޑުގެ އުޅަނދުގެ ރަޖިސްޓްރީ" އަށް ބެލުމުން، އެ އުޅަނދު 23 ނޮވެންބަރު 3231 އިން ފެށިގެން ރަޖިސްޓްރީކޮށްފައިވަނީ އެމް.އާރް.ޑީ.ސީ ގެ ނަމުގައިކަން އެނގެއެވެ.

32.2. މި މައްސަލައަކީ ދެފަރތުގާ މެދުގައި ވެފައިވާ އިސްވެ ބަޔާންކުރެވުނު އެއްބަސްވުމާ ގުޅިގެން އުފެދުނު ޚުސޫމަތަކާ ގުޅޭ މައްސަލައެކެވެ. ކޮންޓްރެކްޓާ އެއްގޮތަށް ދެފަރާތުންވެސް ޢަމަލުކުރަންވާނެކަން ކޮންޓްރެކްޓާބެހޭ ޤާނޫނަށް ބެލުމުން އެނގެއެވެ. މޯލްޑިވްސް ޝިޕްޔާޑް އިން އެއްބަސްވެފައިވަނީ ވަކި ސްޕެސިފިކޭޝަންތަކަކަށް ފެތޭ ލޭންޑިންގ ކްރާފްޓެއް އެމް.އާރް.ޑީ.ސީ އަށް ފޯރުކޮށްދިނުމށެވެ. އުޅަނދުގެ ރަޖިސްޓްރީ އެމް.އާރް.ޑީ.ސީ ގެ ނަމަށް ބަދަލުކުރެވިގެން . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާ . ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ދިޔައިރު، އަދި އުޅަނދުގެ މަސައްކަތް މުޅިން ފުރިހަމަކުރެވިފައިނުވާކަނ އެމް.އާރް.ޑީ.ސީގެ ނަމުގައި އުޅަނދު ރަޖިސްޓްރީ ވުމުގެ ކުރިން އެ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ވެލްޑް ވައިޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވާފައިވާ ނަންބަރު 003/LT/2014-WWE (32 ނޮވެންބަރު 3231) ސިޓީ އިން އެނގެއެވެ. އަދި އަޙްމަދު ނިޝާމް (ނެވެލް އާކިޓެކްޓް) އަދި ޙަސަން ޚަލީލް (ސީނިއަރ މެރިން އިންޖިނިއަރ) ތައްޔާރުކޮށްފައިވާ ނަންބަރު T-16 10-C2477B ލޭންޑިންގ ކްރާފްޓްގެ "ސަރވޭ ރިޕޯޓު" (6 ޖޫން 3233) އަށާއި، އެއްބަސްވުމަށް ބެލުމުން އެ އުޅަނދު އޭގެ ސްޕެސިފިކޭޝަނާ ދިމާނުވާކަން އެނގެއެވެ. އެހެންކަމުން އުޅަނދު ރަޖިސްޓްރީ އެމް.އާރް.ޑީ.ސީ ގެ ނަމުގައި ކުރެވިފައި އޮތުމަކީ ހަމައެކަނި އެސަބަބުގެ މއްޗަށަ ބަލައި، އުޅަނދަކީ އެމް.އާރް.ޑީ.ސީ އިން ޙަވާލުވާންޖެހޭ އުޅަނދެއް ކަމުގައި ކަނޑައެޅިދާނެ ޤާނޫނީ ހަމައެއް ކަމަކަށް އަހުރެން ނުދެކެމެވެ. އެހެންކަމުނ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހިމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު މައްސަލައިގައި ރަސްމީ ރަޖިސްޓްރީ ލިޔުމަކީ ޝަރީޢަތުން ކަންކަން ސާބިތުކުރުމުގައި މުޠުލަޤު ބާރު އެއަށް ލިބިފައިވާ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ވަސީލަތެއްކަމުގައި ކަނޑައަޅުއްވާފައިވ އުސޫލާ މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ. . އެމް.އާރް.ޑީ.ސީގެ ނަމުގައި އުޅަނދު ރަޖިސްޓްރީ ވުމުގެ ކުރިން އެ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ވެލްޑް ވައިޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވާފައިވާ ނަންބަރު 003/LT/2014-WWE (32 ނޮވެންބަރު 3231) ސިޓީ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާ އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

33. އިސްތިއުނާފީ ދެވަނަ ނުކުތާއަކީ އިސްތިއުނާފުކުރާ ފަރާތުން މައްސަލައިގައި ހިމެނޭ އުޅަނދަށް ގެނެސްފައިވާ ބަދަލުތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އެދުމުގެ މަތިން ގެނެވުނު ބަދަލުތަކެއް ކަމަށް ސާފުކޮށް އެނގެން އޮތްއިރު، މިކަމަށް ރިޢާޔަތކުރުމް ކ ނުލައި މައްސަލަ ނިންމާ ފައި ވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

33.3. މައްސަލައިގައި ހިމެނޭ އުޅަނދަށް ގެނެސްފައިވާ ބަދަލުތަކަކީ އެމް.އާރް.ޑީ.ސީގެ އެދުމުގެ މަތިން ގެނެވުނު ބަދަލުތަކެއް ނޫންކަމަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އެއްވެސް ހިސާބެއްގައި ބަޔާންކޮށްފައިނުވެއެވެ. ނަމަވެސް އެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ރ) ގެ 2 ވަނަ ޕެރެގްރާފުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ އެއްބަސްވުމުގައި ހިމެނޭ ޓެކްނިކަލް ސްޕެސިފިކޭޝަން ދިމާނުވަނީ އެމް.އާރް.ޑީ.ސީ އިން ގެންނަން އެންގި ބަދަލުތަކުގެ ސަބަބުންކަން މޯލްޑިވްސް ޝިޕްޔާޑްއަށް ސާބިތުކޮށްދެވިފައިނުވާކަމަށެވެ. އެހެންކަމުން އެމް.އާރް.ޑީ.ސީ އިން އަންގައިގެން އުޅަނދަށް ބަދަލުތަކެއް ގެނައި ގެނައުމަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ މިނުކުތާގައި އެއްވެސް ޤާނޫނީ އަސާސެއް ބަޔާންކޮށްދެވިފައިވާކަމަކަށް އަހުރެން ނުދެކެމެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

32. އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ އުޅަނދުގެ ސްޕެސިފިކޭޝަންސް ދިމާ ނުވާކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓް ތަކަކީ އިސްތިއުނާފުކުރާ ފަރާތުން ތައްޔާރުކުރުވާފައިވާ ރިޕޯޓްތަކަށް ވާތީ، އެ ރިޕޯޓްތަކުގެ މައްޗަށް ރިޢާޔަތްކޮށް އުޅަނދުގެ ސްޕެސިފިކޭޝަންސް ދިމާނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނަނިވި ކަން ކަން ފާހަގަކުރެވެއެވެ.

32.3. ސިވިލް ކޯޓަށް ހުށަހެޅިފައިވާ، އަޙްމަދު ނިޝާމް (ނެވެލް އާކިޓެކްޓް) އަދި ޙަސަން ޚަލީލް (ސީނިއަރ މެރިން އިންޖިނިއަރ) ތައްޔާރުކޮށްފައިވާ ނަންބަރު T-16 10-C2477B ލޭންޑިންގ ކްރާފްޓްގެ "ސަރވޭ ރިޕޯޓު" (6 ޖޫން 3233) އަށް ބެލިއިރު، އުޑުމަތި ސާފު މޫސުން ރަނގަޅު ދުވަހެއްގައި އުޅަނދަށް 150.6 ޓަނުގެ ކާރގޯ ބަރުކޮށްގެން 6 ނޮޓު އަދި 1.3 ނޮޓު ދުވެލީގައި ހިންގި 3 ޓްރަޔަލް ގައިވެސް އުޅަނދަށް ފެން އަރަމުނ ދިޔަކަން ފާހަގަކޮށް، އެއްވެސް މޫސުމެއްގައި އެ މިންވަރަށް ބަރުކޮށްގެން އެ އުޅަނދަކީ ދުއްވުން އެކަށީގެންނުވާ އުޅަނދެއް ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދިއެ ރިޕޯޓުގެ ނިންމުން "conclusion" ގައި؛ “The vessel is not suitable9 stable and safe to carry 352 tonnes of cargo” މިފަދައިން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެ ސަރވޭގައި ބަޔާންކޮށްފައި އެ ވަނީ އެ އުޅަނދަނީ 352 ޓަނުގެ ކަރގޯ ބަރުކޮށްގެން ދުއްވުމަށް އެކަށޭނަ އަދި ސަލާމަތްތެރި އުޅަނދެއް ނޫންކަމުގައެވެ. އަދި މި ސަރވޭ ކޮށްފައިވަނީ އެމް.އާރް.ޑީ.ސީ އަދި މޯލްޑިވްސް ޝިޕްޔާޑް ގެ އިސްވެރިން ޙާޟިރުގައިކަމަށް އެމް.އާރް.ޑީ.ސީ އިން ބުނެފައިވާއިރު އެކަމަށް މޯލްޑިވްސް ޝިޕްޔާޑް އިން އިންކާރުކޮށްފައިނުވެއެވެ. އަދި ސަރވޭ ޓްރަޔަލް ހިންގަމުން ދިޔަ ވަގުތު އެކަމާ ގުޅިގެން މޯލްޑިވްސް ޝިޕްޔާޑްގެ ފަރާތުން އެއްވެސް އިޢުތރިޒެއްކޮށ ޝަކުވާއެއް ކޮށްފައިނުވާކަމަށް ބުނެފައިވާ ބުނުމާމެދވެސު މޯލްޑިވްސް ޝިޕްޔާޑ އިން އިންކާރުކޮށްފައި ނުވެއެވެ.

32.3. އެހެންކަމުން ޓްރަޔަލް ހިންގަމުން ދިޔައިރު، އެއްވެސް އިޢުތިރާޟެ އ މޯލްޑިވްސް ޝިޕްޔާޑް އިން ކޮށްފައިނުވާއިރު، ޝަރީޢަތުގައި އެ ސަރވޭ ރިޕޯޓަކީ އެއަށް ބުރަދަން ދެވިގންވާނެ ރިޕޯޓެއް ނޫންކަމަށް ބުނާ ބުނުމަކީ ހަމަޖެހޭ ކަމެއް ކަމަކަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ. އަދި އެ ރިޕޯޓަށ ބުރަދަން ދިނުން މަނާކުރާ އެއްވެސް ޤާނޫނީ އުސޫލެއް މޯލްޑިވްސް ޝިޕްޔާޑްއަށް ބަޔާންކޮށްދެވިފައވެސ ނުވެއެވެ.

32.2. ވުމާއެކު، ސިވިލް ކޯޓަށް ހުށަހެޅުނު ސަރވޭ ރިޕޯޓަށް ބިނާކޮށް އުޅަނދުގެ ސްޕެސިފިކޭޝަން ދިމާނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަކަށް އަހުރެން ނުދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/251 ޤަޟިއްޔާގައި އެމް.އާރް.ޑީ.ސީ ގެ ފރާތުނަ ފާހަގަކުރި އިޖުރާއީ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

33. އިސްވެ ފާހަގަކުރެވުނު ފަދައިން އިސްތިއުނާފީ މި ދެ ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވަނީ އެއް އިސްތިއުނާފީ ނުކުތާތަކެކެވެ. އެމް.އާރް.ޑީ.ސީ ގެ ފަރާތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/251 ޤަޟިއްޔާ (ސިވިލ ކޯޓުގް ނަންބަރު C/2017-/Cv3494 ޤަޟިއްޔާގެ އިސްތިއުނާފީ ޤަޟިއްޔާ) ގައި ހުށަހެޅިފައިވާ އިސްތިއުނާފީ އެއްވެސް ނުކުތާއަކީ އެ ޤަޟިއްޔާ ނިންމުމުގައި ހެދިފައިވާ ޤާނޫނީ ގޯހެއް ބަޔާންކޮށްފައިވާ ނުކުތާއެއް ނޫންކަމަށާއި އެފަދައިން އެ ޤަޟިއްޔާ ކުރިއަށްގެންދެވިދާނ ކަމަށެ ނުދެކޭކަމަށެވެ.

33. އިސްތިއުނާފު ރައްދުވާ އެމް.އާރް.ޑީ.ސީ އިން ފާހަގަކުރިފަދައިން، ސިވިލް ކޯޓުގެ ނަންބަރު 3494/Cv-C/2017 ޤަޟިއްޔާގައި ދެފަރާތުގެ މެދުގައި އޮތް އިސްވެ ބުނެވުނު އެއްބަސްވުން ބާޠިލްކުރިކުރުމާމެދު އެއްވެސް ގޮތެއް ކަނޑައަޅާފައިނުވެއެވެ. އެ ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައި އޮތީ، ސިވިލް ކޯޓުގެ ނަންބަރު 2973/Cv-C/2017 ޤަޟިއްޔާގައި ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުން ބާޠިލްކުރި ކުރުން ރަނގަޅުކަމަށް ކަނޑައަޅާފައި އޮތުމުގެ މައްޗަށެވެ.

32. ނަމަވެސް އިސްތިއުނާފީ 2 ނުކުތާ ގެ ތަފްޞީލުވެސް ބިނާކޮށްފައިވަނީ އެއްބަސްވުން ބާޠިލްކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވުމުގެ މައްޗަށްކަން އެ އިސްތިއުނާފު ފޯމަށާއި ޝަރީޢަތުގެ މަޖިލީހުގައި މޯލްޑިވްސް ޝިޕްޔާޑްއިން ދައްކާފައިވާ ވާހަކަތަށ ބެލުމުން އެނގެއެވެ. އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ސިވިލް ކޯޓުގެ ނަންބަރު 2973/Cv-C/2017 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، އިސްތިއުނާފީ 2 ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރެވުނުގޮތް ބަޔާންވެ ހިނގައްޖެއެވެ. އެހެންކަމުން އިތުރަށް މި ޤަޟިއްޔާގެ ދަށުން އެ ނުކުތާތަކަށް ތަކުރާރުކޮށް ރިޢާޔަތްކުރުމުގެ ބޭނުމެއް މިހިނދުގައި އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.

31. އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2973/Cv-C/2017 ޤަޟިއްޔާގެ ނިންމުމާއި ނަންބަރު C/2017-/Cv3494 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢަބްދު ﷲ ޙަމީދުގެ ރައުޔު؛

35. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛

36. ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ