ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/344

އާދަމް އަބްދުލްޣަފޫރު ވ. މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 11 އޮގަސްޓް 2022ދަށު ކޯޓު: ސިވިލް ކޯޓު 416/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 416/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ސަބްލީސް އެއްބަސްވުން ނިމުމުން ރަށް ހަވާލުކުރާ ދުވަހާ ހަމައަށް ކުލި، އިތުރު ކޮޓަރިތަކުގެ ކުލި، އަދި 30 ވަނަ މާއްދާގެ ދަށުން މަރާމާތުގެ ޚަރަދު ހޯދުމަށް އާދަމް ޢަބްދުލްޣަފޫރު ކުރި ދަޢުވާއަކީ ސިވިލް ކޯޓުގެ 402/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން ރެސް ޖޫޑިކާޓާގެ މަބްދައުގެ ދަށުން ނުބެލެވޭނެ ދަޢުވާއެއްކަމަށް ސިވިލް ކޯޓުން ކަނޑައެޅުން ރަނގަޅުތޯ، ކުރީގެ ޙުކުމުގައި ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު ދީފައިވުމުގެ އަލީގައި.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN1 ރެސް ޖޫޑިކާޓާގެ މަބްދައުގެ ދަށުން ދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމަށް ތިން ޝަރުތު ފުރިހަމަވާންޖެހެއެވެ: (ހ) ފަހުން ހުށަހެޅުނު މައްސަލައިގައި ހުށަހަޅާފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަން އެމައްޗަށް ބިނާކޮށް ހުށަހެޅުނު އެހެން މައްސަލައެއް ކަމާބެހޭ ކޯޓަކުން ބެލިފައިވުން، (ށ) ދެ މައްސަލައިގެ ޚަސްމުން އެއްބައެއް ކަމުގައިވުން، (ނ) ކުރީގެ މައްސަލައިގައި އެ ކަންތައްތަކުގެ މައްޗަށް ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވުން.

HN2 ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ މައްސަލައެއް އަލުން ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ނުލިބޭއިރު، އެ ޙުކުމުގެ ޙުއްޖިއްޔަތު ދެމިގެންދާނީ އެ ދަޢުވާގެ ޚަސްމުންގެ މައްޗަށާއި، ދަޢުވާގެ މަޙައްލު (ސަބްޖެކްޓް މެޓަރ) ގެ މައްޗަށާއި، ކޯސް އޮފް އެކްޝަން ނުވަތަ ޤާނޫނީ ވަޤާއިޢުގެ މައްޗަށެވެ؛ މަޙައްލު، ޚަސްމުން ނުވަތަ ވަޤާއިޢު ތަފާތުނަމަ އިޖުރާއީ ހުރަހެއް ނުވެއެވެ.

HN3 ރެސް ޖޫޑިކާޓާގެ މަބްދައު ބިނާވެފައިވަނީ އިޝޫ އެސްޓޮޕަލް، ކޯސް އޮފް އެކްޝަން އެސްޓޮޕަލް އަދި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން (abuse of process) ގެ މައްޗަށެވެ؛ ކޯސް އޮފް އެކްޝަން އެސްޓޮޕަލް ލާޒިމްވާނީ ކުރީގެ ދަޢުވާއާ ގުޅިގެން އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮވެ، ދެ މައްސަލައިގައި އެއް ފަރާތްތައް ހިމެނި، ދެ މައްސަލައަކީ ފަރަޤެއްހުރި ތަފާތު މައްސަލަ ނޫން ކަމުގައިވެ، ފަހުން ހުށަހެޅި ނުކުތާތަކަކީ އެކަށީގެންވާ ވިސްނުންތެރިކަމާއެކު ކުރީގެ މައްސަލައިގައި ހުށަހެޅިދާނެ ނުކުތާތަކެއް ކަމުގައިވާނަމައެވެ؛ abuse of process ގެ އުޞޫލުން ދަޢުވާގެ ހުރިހާ ނުކުތާއެއް އެއް މައްސަލައެއްގެ ތެރޭގައި ހުށަހެޅުން ލާޒިމްކުރެއެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN4 ކުރީގެ ޙުކުމަކުން ފަރާތަކަށް ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު ދީފައިވާނަމަ، އެ ޙައްޤު ހަނިވެގެންވަނީ އެ ޙުކުމުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކަށެވެ؛ އެ ޙުކުމަށް ޙަވާލާދީ އެ ޙައްދުން ބޭރުގެ ދަޢުވާތައް ނުކުރެވޭނެއެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN5 ކުރީގެ މައްސަލައިގައި ހުށަހެޅުމުގެ ފުރުޞަތު އޮވެ ހުށަނޭޅާ ކަންތައްތަކެއްގެ މައްޗަށް، އެ ޚަސްމުން ދެމެދު އަލުން ކުރާ ދަޢުވާއަކީ ރެސް ޖޫޑިކާޓާގެ މަބްދައުގެ ދަށުން ކުރެވޭނެ ދަޢުވާއެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ނިޔާޒް، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އެއާ ފަނޑިޔާރު

ޙުސައިން މަޒީދު ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު : C/2019-Cv/416 ޤަޟިއްޔާ އެކޯޓުން ނިނމާފް އިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށބުން މާލެ، އާދަމް ޢަބްދުލްޣަފޫރު ގެ ފަރާތުން އމައްސަލެ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "މޯލްޑިވްސް ކޭޕް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް: އއ. އެތެރެމަޑިވަރު:

2އއ.އެތެރެމަޑިވަރަކީ، ޕިކްނިކް އައިލެންޑް އެއް ހަދާ ހިންގުމަށް 27 އޭޕްރީލް 0320 ގައި […] އާދަމް ޢަބްދުލްޣަފޫރަށް ދޫކުރެވުނު ރަށެވެ. މިގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރ (މީގެ ފަހުން "ޓޫރިޒަމް މިނިސްޓްރީ") އާއި އާދަމް ޢަބްދުލްޣފޫރ އާއު ދެމެދަ ހެޑް ލީސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. އަދި މިރަށް ސަބްލީސް ކުރުމަށް، ޓޫރިޒަމް މިނިސްޓްރީ އާއި، އާދަމް ޢަބްދުލްޣަފޫރު . އައިޑީކާރޑް ނަންބަރު 001111A C-125/2004 . Agreement for sub-lease of the island of ethereh madivaru, (a). އާއި ދެމެދު 13 ޑިސެންބަރު 2005 ގައި މެމޮރޭންޑަމ އޮފް އަންޑަންސޭޓިންގ އެއްގައި ސޮއިކުރިއެވެ. އެހެންވެ، އާދަމް ޢަބްދުލްޣަފޫރަށް މިރަށް ސަބްލީޒް ކުރެވެއެވެ.

3އއ. އެތެރެމަޑިވަރު، ސަބްލީޒް ކުރެވޭތީ، އާދަމް ޢަބދުލްޣް ފޫރާއަ މޯލްޑިވްސް ކޕޭ އާ ދެމެދު 05 މެއި 2006 ގައި ސަބްލީޒް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މިއެއްބަސްވުމުގެ ދަށުން، 17 އޮގަސްޓް 2022 ގެ ނިޔަލަށް، މިރަށު މޯލްޑިވްސް ކޭޕ އަށް ސަބްލީޒ ކުރުމަށް އެއްބަސްވިއެވެ. ހެޑްލީސް އެއްބަސްވުން ބާޠިލްކުރުން:

4އާދަމް ޢަބް ދުލްޣަފޫރާއި މޯލްޑިވްސް ކޭޕް އާ ދެމެދު އއ.އެތެރެމަޑިވަރު ސަބްލީޒ ކުރުމަށް އެއްބަސްވމަށްފު ހަ، އެރަށުގައި، މޯލްޑިވްސް ކޭޕްގެ ފަރާތުން އިންވެސްޓްކޮށް ހިންގަން ފެށިއެވެ. މިރަށް ހިނގަމުންދަނިކޮށް، ޓޫރިޒަމް މިނިސްޓްރީ އާއި އާދަމް ޢަބދުލްޣަފޫރާއި އެއްބަސްވެގެން، އއ.އެތެރެމަޑިވަރުގެ ހެޑްލީސް 12 މެއި 2013 ގައި އުވާލިއެވެ. މޯލްޑިވްސް ކޭޕ އަށް ސަބްލީޒްގެ ދަށުން ލިބިފައިވާ ޙައްޤުތަކާއި ކޮށްފައިވާ އިންވެސްޓްމެންޓްއަށ ބަލާފައެއް ނެތެވެ.

މޯލްޑިވްސް ކޕްއިން ދަޢޭ ވާކުރުނު

527 އޕްރީލެ 2003 ގައި ވެފައިވާ ހެޑްލީސް އެއްބަސްވުން އުވާލައި އަލުން އައު އެއްބަސްވުމެއް ޓޫރިޒަމް މިނިސްޓްރީ އާއި އާދަމް ޢަބްދުލްޣަފޫރާއ ދެމެދި ވެފައިވާތީ، 27 އެޕްރީލް 2003 ގައި ވެފައިވާ ހެޑްލީސް އެއްބަސްވުމުގެ ދަށުން ވެފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކޭޕްއަށް ޤާނޫނީ ގޮތުން ލިބިފައިވާ ޙައްޤުތައް ގެއްލިގެން ގޮސްފައިވާކަމަށްބުނެ، އެކުންފުނީގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީ އަދި އާދަމް ޢަބްދުލްޢަފޫރުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މިމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1049 ޤަޟިއްޔާއިންނެވެ.

6ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1049 ޤަޟިއްޔާގައި މޯލްޑިވްސް ކޭޕްގެ ފަރާތުން އެދިފައިވަނީ ދެކަމެއްގެ މައްޗަށެވެ. އެއީ އާދަމް ޢަބްދުލްޣަފޫރާއި މޯލްޑިވްސް ކޭޕް އާ ދެމެދު ވެފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކޭޕއަށް ލިބިގެންވާ އެންމެހާ ޙައްޤުތައް، ސަބްލީސް އެއްބަސްވުމުގައިވާ ގޮތު ގެ މަތިން އެކުންފުންޏަށް އަނބުރާ ލިބިދިނުމަށާއި، އުވާލެވިފައިވާ ހެޑްލީސް އަލުން ރުޖޫޢަ ކޮށްދިނުމަށް ނުވަތަ މޯލްޑިވްސް ކޭޕް އަށް ލިބިފައިވާ އަދި ލިބޭނެ އެންމެހާ ގެއްލުންތަކަށް ޢަދުލުވެރި ބަދަލެއް ލިބިދިނުމަށެވެ. ސިވިލް ކޯޓުގެ ނަންބަރު: C/2013-Cv/1049 ޤަޟއްޔި ނިންމާ ގޮތް

7ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1049 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ؛ "...ދަޢުވާގައި ބަޔާންކޮށްފައިވާ ސަބްލީސްއަކީ ދަޢުވާލިބޭ ފަރާތްތަކުގެ މެދުގައި ވެފައިވާ އޮތް ހެޑްލީސްއާއި ގުޅުން ހުރި ކޯލެޓަރަލ ކޮންޓްރެކްޓެއް ކަމުގައިވެފައި، ދަޢުވާކުރާ ފަރާތާއެކުވެފައިވާ ސަބްލީސް އެއްބަސްވުމުގެ މުއްދަތް ހަމަނުވަނީސް ހެޑްލީސް އެއްބަސްވުން އުވާލުމުން ދަޢުވާލިބޭ ފަރާތުން ކޮށްފައިމިވާ ދަޢުވާއިން އެދިފައިވާ ފަދައިން ހެޑްލީސް ރުޖޫޢަކޮށް ސަބްލީސްގެ ދަށުން ދަޢުވާލިބޭ ފަރާތަށް ލިބިދީފައިވާ ހުރިހާ ޙައްޤެއް ލިބިދިނުމަށް ބަލާއިރު، ހެޑްލީސް ނިމުމަކަށް ގެނެސްފައިވަނީ އެ އެއްބަސްވުމުގެ ބައިވެރިންގެ އެގތަށ ކަންކުރުމަށް އޮއްބަސްވެގެންކަމުގައި ވެފައި، ހެޑްލީސް އުވާލުމުގައ ޤަވާއިދާއި ޚިލާފުވާފަދަ ކަމެއް އެފަރާތްތަކުން ކޮށްފައިވާކަމުގައި ފެންނަން ނެތަތީއާއި، ޕިކްނިކް އައިލަންޑެއްގ ގޮތުގައެ ކުއްޔަށްދީފައިވާ އއ.އެތެރެމަޑިވަރުއެވެ ކިޔާ ރަށް، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ އަލީގައި، ދައުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ހެޑްލީސް ރުޖޫޢަކުރުމަށާއި ސަބްލީސް އެއްބަސްވުމުގެ ދަށުން އެފަރާތަށް ލިބިގެންވާ ޙައްޤުތައް ލިބިދެވޭނެ ތަނެއް ނެތްނަމަވެސް، ސަބްލީސް އެއްބަސްވުމުގެ ދަށުން އއ.އެތެރެމަޑިވަރު އެވެ ކިޔާ ރަށް ތިންވަނަ ފަރާތަކާއި ހަވާލުކޮށް، އެފަރާތުގެ ހައްޤުތަކެއ ހުރިކަން އެނގިތިބެ، ހެޑްލީސް އުވާލުމުގެ ސަބަބުން ސަބްލީސް އުވުމާއި ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1049 ޤަޟިއްޔާގެ ހުލާސާ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ދަޢުވާކުރާ މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ހުރިހާ ގެއްލުމެއްގެ ބަދަލު ނަގާދެވޭންޖެހޭ ކަމުގައި ކަނޑައަޅައި، މޯލްޑިވް ކޭޕ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބާވަތްތަކާއި އެއިގެ ހިސާބުތައް އެނގެން ނެތަތީ، މިޤަޟިއްޔާގެ ދަށުން ދައުވާކުރާ ފަރާތަށް ޢަދުލުވެރި ބަދަލެއް ނަގައިދެވެން ނެތްކަމުގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. މޯލްޑިވްސް ކޭޕގެ ފަރް ތުން ސިވިލް ކޯޓުގައި އަލުން ދަޢާ ވާކުރުނު

8ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1049 ޤަޟިއްޔާގައި ސަބްލީސް އެއްބަސްވުމުގެ ދަށުން އއ.އެތެރެމަޑިވަރު އެވެ ކިޔާ ރަށް ތިންވަނަ ފަރާތަކާއި ހަވާލުކޮށް، އެފަރާތުގެ ހައްޤުތަކެއ ހުރިކަން އެނގިތިބެ، ހެޑްލީސް އުވާލުމުގެ ސަބަބުން ސަބްލީސް އުވުމާއި ގުޅިގެން، މޯލްޑިވްސް ކޭޕް އަށް ލިބިފައިވާ ހުރިހާ ގެއްލުމެއްގެ ބަދަލު ނަގައދެވިންޖެހޭ ކަމުގައި ކަނޑައަޅާފައިވާތީ، މޯލްޑިވްސް ކޭޕް އަށް ލިބޭނެ އެންމެހާ ގެއްލުމަށް ބަދަލު ހޯދުމަށް އެދި އާދަމް ޢަބްދުލްޣަފޫރު އާއި ދިވެހި ދައުލަތް (ޓޫރިޒަމް މިނިސްޓްރީ) ގެ މައްޗަށް ދައުވާކުރުމުނ ސިވިލް ކޯޓުގް ނަންބަރު C/2014-Cv/402 ޤަޟިއްޔާއިން އެމައްސަލަ ބެލިއެވެ. ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާ:

9ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި މޯލްޑިވްސް ކޭޕް އިން ދައުވާކޮށްފައިވަނީ، ބައިނަލްއަޤްވާމީ މިންގަނޑުން ހިސާބު ހެދުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވާ USD$10,255,171 (ދިހަމިލިއަން ދެލައްކަ ފަންސާސްފަސްހާސް އެއްސަތޭކަ ހަތްދިހަ އެކެއް އެމެރިކާ ޑޮލަރު) ގެ ބަދަލު ދިވެހި ދައުލަތާއި އާދަމް ޢަބްދުލްޣަފޫރުގެ ކިބައިން ހޯދުމަށެވެ.

10ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ؛ "..... މިމައްސަލައިގައި ދައުވާލިބޭ ދިވެހި ދައުލަތަކީ، މިއެއްބަސްވުމުގެ ބައިވެރިއެއްނޫންކަމާއި، އަދި އެއެއްބަސްވުން ބާޠިލްވެފައިވަނީ، ދިވެހި ދައުލަތުގެ އިސްނެގުމެއްގެ ސަބަބުންކަމުގައިނުވާތީ، މިއެއްބަސްވުން ބާޠިލްވުމުގެ ސަބަބުން މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމަކަށް ދިވެހި ދައުލަތުން ޒިންމާ އުފުލަންނުޖެހޭކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 30 ވަނަ މާއްދާގެ ދަށުން، މިއެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ މޯލްޑިވްސް ކޕ ޕްރައިވެޓް ލިމިޓެޑުގެ ސ ބަބަން ކަމުގައިނުވާތީ، އެރަށުގައިވާ މުދަލާއި، ތަކެއްޗަކީ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ މުދަލާއި، ތަކެތިކަމާއި، އަދި އެމުދަލާއި ތަކެތީގެ އަގުކަމުގައި ޝަރުއީ އަގު ކޮމިޓީން ކަނޑައަޅަފައިފައިވާ 43,610,717/51ރ. (ސާޅީސ ތިންމިލިއަން ހަލައްކަ ދިހަހާސް ހަތްސަތޭކަ ސަތާރި ރުފިޔާ/ފަންސާސްއެއްލާރި) އާއި މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑުން އެޑްވާންސްކޮށް ދައްކާފައިވާ ފައިސާގެ ތެރެއިން -/USD$435,322 (ހަތަރުލައްކަ ތިރީސްފަސްހާސް ތިންސަތޭކަ ބާވީސް އެމެރިކާ ޑޮލަރު) އަކީ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމާއި، މިފައިސާގެ އިތުރުން، މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް މުސްތަޤްބަލުގައި ލިބޭނެކަމަށް ބުނެފައިވާ ފައިދާއަކީ މިމައްސަލައިގައި ހުށަހެޅިފައިވާ ހިސާބުތަކުގެ ތެރެއިން ނިމިދިޔަ އަހަރުތަކުގެ ހިސާބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ފައިދާއެއްކަމަށ މަދަން މިންގަނޑުތަކުން ޝަރީޢަތަށް ބުރަވެވެން ނެތްކަމާއި، އަދި ފެބްރުއަރީ 2014 އިން ޖޫން 2014 އަށް ހުރި ބުކިންސްތައ ކެންސަލްކޮށް އެފަރާތްތަކަށް ބަދަލް ދިނުމުގެ ޚަރަދުގެ ގޮތުގައި ފައިސާ ލިބިގަތުމަށް މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑުން އެދިފައިވިއަސް އެފަދައިން މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑު ން ޚަރަދުކުރަންޖެހިފައިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުނުވާކަމާއި، އަދި ޝަރުޢީ އަގު ކޮމިޓީން އެރަށުގައިވާ މުދަލާއި ތަކެތި އަގުކުރުމަށްފަހު، އެރަށުގައި ހުރި މުދަލަށް ނުވަތަ ތަކެއްޗަށް މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެފަދަ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެދި ވަކި ދައުވާއެއްކުރުމުގެ ޙައްޤު އާދަމް ޢަބްދުލްޣަފޫރަށް ލިބިގެންވާކަމަށް ކަނޑައަޅައި، މިމައްސަލައިގައި ސާބިތުވެފައިވާ 43,610,717/51ރ. (ސާޅީސ ތިންމިލިއަން ހަލައްކަ ދިހަހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ/ފަންސާސްއެއްލާރި) އާއި -/5,322USD$43 (ހަތަރުލައްކަ ތިރީސްފަސްހާސް ތިންސަތޭކަ ބާވީސް އެމެރިކާ ޑޮލަރު) މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިފައިސާ މިއަދު 31 މެއި 2015 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށްޖެހޭ މިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ މިމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް އާދަމް ޢަބްދުލްޣަފޫރަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާ އިސްތިއުނާފު ކުރުން:

11ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގއަ އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/287-HC/2015 ޤަޟިއްޔާއިން އެމައްސަލަ ބަލައި، ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން އެމައްސަލަ ނިންމާފައިވެއެވެ. ހައިކޯޓުގެ ނަންބަރު A/287-HC/2015 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އލްތިމާސްކި ރުން:

12ހައިކޯޓުގެ ނަންބަރު A/287-HC/2015 ޤަޟިއްޔާގެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމަކަށްވާތީ، އެޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއްނެތްކަމަށްވާތީ، އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްނޫންކަމަށް ސުޕްރީމް ކޯޓގު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވެއެވެ. އާދަމް ޢަބްދުލްޣަފޫރު އެނބުރި ސިވިލް ކޯޓަށް:

13ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންވެދިޔަ ނިންމުން ނިންމިފަހުން، 14 ޖެނުއަރީ 2019 ގައި އާދަމް ޢަބްދުލްޣަފޫރު ސިވިލް ކޯޓަށް މައްސަލއެއަ ހުށަހެޅިއެވެ. މިމައްސަލައިގައި ދައުވާކޮށްފައިވަނީ އާދަމް ޢަބްދުލްޣަފޫރު އާއި މޯލްޑިވްސް ކޭޕް އާ ދެމެދު 05 މެއި 2006 ގައި ވެފައިވާ އއ.އެތެރެމަޑިވަރު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން ނިމުމަކަށް އައުމުންވެސ އެރަށް ހަވާލު ނުކޮށް އެ ރަށުގައި ވިޔަފާރި ހިންގައި، ކުލި ނުދައްކަވާތީ ރަށް ހަވާލުކުރި ތާރީޚާ ހިސާބަށް އެއްބަސްވުމުގައިވާ ރޭޓުން ކުލީގެ ފައިސާ ހޯދުމަށް ނުވަތަ އާދަމް ޢަބްދުލްޣަފޫރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށާއި، ރަށުގެ އިތުރު ކޮޓަރިތަކެއް އަޅާފައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު L/62-SC/2017 (14 މެއި 2017) އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފޯމު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު J/53-L-SC/2017 (18 ސެޕްޓެމްބަރު 2017) އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމި ގޮތް އެއްބަސްވުމުގެ ދަށުން އިތުރު ކޮޓަރިތަކަށް ދައްކަންޖެހޭ ކުލި ހ ދުމަށާއި، އެއްބަސްވުމުގެ 30 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ރަށް ހަވާލުކޮށްފައި ނުވާތީ މަރާމާތުކުރުމަށް ހިނގާ ޚރަދަ މޯލްޑިވްސް ކޭޕގް ކިބައިން ލިބިގަތުމަށެވެ. މިމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާއިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައާ އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން މިހާރު އިސްތިއުނާފުކޮށްފައި މިވަނީ މިޤަޟިއްޔާއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

14ސިވިލް ކޯޓުގެ ނަންބަރު: 9C/201-Cv/416 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް […] / މާލެ، އާދަމް ޢަބްދުލްޣަފޫރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަ ރ: 11A0011) ހުށަހަޅާފައިވާ މިދަޢުވާގައި އާދަމް ޢަބްދުލްޣަފޫރު ދަޢުވާގައި އެދިފައިވާ ކަންކަމުގެ ތެރެއިން 12.1.1 އާއި، 12.2 އަދި 12.3 ގައި އެދިފައިވާ ކަންކަމަކީ މިދަޢުވާ ބިނާވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން މި ކޯޓުގައި ބެލުނު ނަންބަރު:C/2014-Cv/402 ޤަޟިއްޔާގައި ހުށަހެޅުމުގެ ފުރުޞަތު އޮވެ، ހުށަހަޅާފައިވާ ކަންކަން ކަމުގައިނުވާތީ، އެކަމަކީ ރެސް ޖުޑިކާޓާ judicata res( ގެ މަބްދަޢުގެ ދަށުން މިހާރު ދަޢުވާކުރުމުގެ ފުރުޞަތު ގެއްލިފައިވާކަންކަންކަމާއި، އަދި އާދަމް ޢަބްދުލްޣަފޫރު ދަޢުވާގައި އެދިފައިވާ ކަންކަމުގެ ތެރެއިން 12.1.2 ގައި އެދިފައިވާ ކަމަކީ އާދަމް ޢަބްދުލްޣަފޫރުއަށް ދަޢުވާކުރުމުގެ ޞިފަތު ލިބިފައިވާ ކަމެއްކަމުގައިނުވާތީ، މި ދަޢުވާގައި މައުޟޫޢީ ގޮތުން ބަލައި، ފައިޞަލާކުރަންޖެހޭކަމެއ ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ ." މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:

15ސިވިލް ކޯޓުގެ ނަންބަރު: 9C/201-Cv/416 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އާދަމް ޢަބްދުލްޣަފޫރގު ފަރާތުން ތިރިގައިވާ ނުކުތާ ހުށަހަޅައި އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން ހުށަހަޅާފައިވާ ނުކުތާއާ ކ:

1.15 ދަށު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދާނޭ ތަނެއް ނެތީ "ރެސް ޖުޑިކާޓާ" ގެ އުޞޫލުން ކަމުގައި ބަޔާންކޮށް، އިޖުރާއީގޮތުން މައްސަލަ ނުބެލޭނެކަމުގައި ބަޔާންކޮށް، އިޖުރައީގޮތުން މައްސަލަ ނުބެލޭނޭކަމުގައި ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/305-HC/2012 ޤަޟިއްޔާއިން ޤާއިމުކޮށްފައިވާ އުޞޫލާ ޚިލާފށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިނާފުކުރާ ފަރާތުން ދެއްކި ވާހަކަތައު

16އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި އިސްތިއުނާފު ނުކުތާގެ ތަފްސީލްގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާގެ ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާ ގެ ޙުކުމުގައި ކަނޑައަޅުއްވާފައިވަނީ، މޯލްޑިވްސް ކޭޕް ގެ ސަބަބުން އއ.އެތެރެމަޑިވަރުގައިވާ މުދަލާއި ތަކެއްޗަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެފަދަ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެދި ވަކި ދައުވާއެއް ކުރުމުގެ ޙައްޤު އާދަމް ޢަބްދުލްޣަފޫރުއަށް ލިބިގެންވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ހައިކޯޓުގެ ނަންބަރު A/287-HC/2015 ޤަޟިއްޔާގައި، ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދުވެފައިވާ އެއްބަސްވުމުގެ 30 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާ ޙައްޤުތަކަށް ރިޢާޔަތްކުރެއްވުމެއްނެތި ކަމުގައި ނުބެލެވޭނެކަމަށް ކަނޑައަޅުއްވާފައިވަނީ މިފަދައިން ވަކި ދައުވާއެއްކުރުމުގެ ޙައްޤު އާދަމް ޢަބްދުލްޣަފޫރުއަށް ފަހިކޮށްދީފައިވާތީކަމަށެވެ.

17އާދަމް އަބްދުލްޣަފޫރުގެ ފަރާތުން އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި އެދިފަވާނީ ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި އަދި ހައިކޯޓުގެ ނަންބަރު A/287-HC/2015 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާފަދައިން، އިސްތިއުނާފ ރައްދުވު ފަރާތުގާ ސަބަބުން ރަށުގައި ހުރި މުދަލަށާއި ތަކެއްޗަށް ގެއްލުމުގެ ބަދަލު އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ހޯދައިދިނުމަށްކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނަންބަރު A/305-HC/2012 ޤަޟިއްޔާގައި ރެސް ޖޫޑިކާޓ އާއާ ގުޅިގެން ކަނޑައަޅުއްވާފައިވާ 3 ޝަރުތުގެ ތެރެއިން ތިންވަނަ ޝަރުތު މިހާލަތުގައި ފުރިހަމަނުވާކަމަށެވެ. ތިންވަނަ ޝަރުތުގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި މިކަމާއި ގުޅިގެން ކަނޑައަޅުއްވާފައިވަނީ ފަހުން ހުށަހެޅުނު މައްސަލަ ހުށަހެޅުމުގެ ޙައްޤު އާދަމް ޢަބްދުލްޣަފޫރުއަށް ލިބިގެންވާކަމަށެވެ. އެހެންކަމުން، ކުރިން ނިންމި މައްސަލައިގައި ވަކިން އިތުރު ދަޢުވާއެއް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ އެއް ޚަސްމަށް ލިބިގެންވާކަމަށް ކަނޑައެޅިގެން ސާފުކޮށް ބަޔާންކުރައްވާފައިވަނިކޮށް، އެޙަސްމަކު އެގޮތުގެ މަތިން ވަކި ދައުވާއެއް ހުށަހެޅުމުން، ފަހނު ހުށަހެޅުން ދައުވާއަކީ ރެސް ޖޑިކާޓޫ ގ ދަށުން ނުހިންގޭނެ މައްސަލައެއްކަމަށް ބެލެވޭނެ ޤާނޫނީ އަސާސެއް އޮންނާނެކަމުގައި ނުބެލެވޭކަމަށެވެ. އހެންކަމުނެ ރެސް ޖޫޑިކާޓާގެ ދަށުން ފުރިހަމަވާންޖެހޭ ތިންވަނަ ޝަރުތު ފުރިހަމަނުވާކަން އެނގެން އޮތުމުން، މިމައްސަލަ މަޢުޟޫއީ ގޮތުން ބަލައި، ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށް ރެސް ޖޫޑިކާޓާގެ މަބްދައު ހުރަހެއް ނާޅާކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

18އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާގެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދެއްވައި، އަލުން މިމައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ތަހްވީލުކޮށްދެއްވުނ ނުވަތް ވަގުތު ސަލާމަތްކުރުމުގެ ބޭނުމުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ އަލުން ބައްލަވާ ޙުކުމް ކޮށްދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ މޯލްޑިވްސް ކޭޕްއިން ދެއްކި ވާހަކަތައް.

19އިސްތިއުނާފީ ނުކުތާގެ ރައްދުގައި މޯލްޑިވްސް ކޭޕް އިން ބުނެފައިވަނީ އާދަމް ޢަބްދުޣަފރުގޫ ފަރާތުން އިސްތިއުނާފުކޮށްފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ދަޢު ވާ ބިނާވެފައިވަނީ ތިން ކަމެއްގެ މައްޗަށްކަމަށެވެ. އެއީ، އެއްބަސްވުމުގައިވާ ރޭޓުން ކުލީގެ ފައިސާ ހޯދުމާއި، ރަށުގައި އިތުރު ކޮޓަރިތަކެއް އަޅާފައިވާތީ އެއްބަސްވުމުގެ ދަށުން އިތުރު ކޮޓަރިތަކަ ށ ދައްކަންޖެހޭ ކުލި ހޯދުމާއި އަދި އެއްބަސްވުމުގެ 30 ވަނަ މައްދާއާއި އެއްގޮތްވާގޮތުގެ މަތިން ރަށް ހަވާލުކޮށްފައި ނުވާތީ މަރާމާތުކުރުމަށް ހިނގި ޚަރަދު މޯލްޑިވްސް ކޭޕްގެ ކިބައިން ހޯދުމަށްކަމަށެވެ.

20ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާއާއި ހައި ކޯޓުގެ ނަންބަރު A/287-HC/2015 ޤަ ޟިއްޔާގައި މޯލްޑިވްސް ކޭޕްގެ ސަބަބުން އެތެރެމަޑިވަރުގައިވާ މުދަލަށާއި ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތު ދެއްވާފައިވަނީ ވަކި މުއްދަތަ އްގެ ތެރޭގައި އެކަން ހިނގާފައިވާކަމަށް ވާނަމަކަމަށެވެ. އެމުއްދަތަކީ ޝަރުއީ އަގު ކޮމިޓީން އެތަކެތި އަގު ކުރުމަށްފަހު ރަށް އިސްތިއުނާފުކުރާ ފަރާތާ ހަވާލުކުރި ވަގުތާ ހަމައަށް ހިނގި މުއްދަތް ކަމަށެވެ. އިސްތިއުނާފުކުރާ އާދަމް ޢަބްދލު ޣަފޫރު ވިދާޅުވެފައިވް ގޮތަށް ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ކަނޑައަޅުއްވާފައި ނުވާކަމަށެވެ.

21އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާގައި އެއްބަސްވުމުގެ 30 ވަނަ މާއްދާއާއި އެއްގޮތް ވާގޮތުގެ މަތިން ރަށް ހަވާލުކޮށްފައިނުވާތީ މަރާމާތު ކުރުމަށް ހިނގާ ޚަރަދު އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ލިބިގަތުމަށް އެދި އިސްތިއުނާފުކުރާ ފރާތުނ ކޮށްފައިވް ދޢަ ވާއަކު އެ ޝަކުވާއަށް ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި ގޮތެއް ނިންމަވާ އަދި ސިވިލް ކޯޓުގެ ނިންމެވުމަށް ހައިކޯޓުންވެސް އަދި ސުޕްރީމް ކޯޓުންވެސްތާއީދުކޮށ ގޮތެއް ކަނޑައަޅުއްވާފައިވ ނިންމުމެއް ކަމަށެވެ. އެހެންކަމުން ފައިސަލާކުރަނިވި ޙުކުމެއް އޮތް ކަމެއް އަލުން ހުށަހެޅުމނު އިސްތިއުނާފުމިކުރެވޭ މައްސަލައި ގައި ސިވިލް ކޯޓުން ރެސް ޖޫޑިކާޓާގެ މަބްދައުގެ ދަށުން މައްސަލަ އަލުން ނުބެލޭނެކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަމަށެވެ.

22އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ސިވިލް ކޯޓުން މައްސަލަ ނިންމެވި ފަހުން އަދި މޯލްޑިވްސް ކޭޕްގެ ފަރާތުން ހައިކޯޓަށް ޖަވާބު ފޯމު ހުށަހެޅި ފަހުން 2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/25-SC/2016 ގައި ރެސް ޖުޑިކާޓާގެ މަބާ ދަޢް ވަރަށް ތަފްޞީލުކޮށް ބަޔާނކޮށްދެއްވައި އ މަބްދަޢުގެ ދަށުން ޙުކުމް ކުރެވިފައިވާ މައްސަލަތަކާ ގުޅޭގޮތުން އަލުން އައު މައްސަލަތަކުގެ ގޮތުގައި އެފަދަ މައްސަލަތައް ޝަރީޢަތުން ބަލަން ނުޖެހޭނެ ސަބަބުތަކާއި ރެސް ޖުޑިކާޓާގެ ޝަރުޠުތައް ނުވަތަ ޓެސްޓު ބަޔާނކޮށްދެއްވާފައް ވި ކަމަށެވެ.

23އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ސިވިލް ކޯޓަށް އާދަމް ޢަބްދުލްޣަފޫރު ހުށަހަޅުއްވާފައިވާ ދަޢުވާތަކަށް ބަލާއިރު އެއީ ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާ ގެ ޙުކުމުގެ ސަބަބުން ރެސް ޖުޑިކާޓގާ މަބްދަޢުއެއްކަމަށްވާ estoppel cause of action އުޞޫލުގެ ދަށުން ސިވިލް ކޯޓުގައި އަލުން ބެލޭނެ މައްސަލަތަކެއް ނޫންކަމަށެވެ. cause of action estoppel ގެ އުޞޫލުގެ ދަށުން އިސްތިއުނާފު މިކުރެވޭ މައްސަލަ ކުރިއަށް ނުގެންދެވޭނީ އެ މަބްދަޢުގައި ބުނަނީ އުފުލާފައިވާ ދަޢުވާގައި ހިމެނޭ ނުކުތާއަކީ ނުވަތަ ނުކުތާތަކަކީ އޭގެ ކުރިން ހުށަހެޅުނު ދަޢުވާއެއްގައި ހުށަހަޅާފައިވާ ނުކުތއެއާ ނުވަތް ނުކުތާތަކެއް ކަމުގައި ވެފައި، ފަހުން ހުށަހެޅުނު ދަޢުވާގައި ހިމެނޭ ފަރާތްތަކަކީވެސ ކުރިން ހުށަހެޅުން ދަޢުވާގައި ހިމެނޭ ފަރާތްތައް ކަމުގައި ވާނަމަ އަދި ފަހުން އުފުލާފައިވާ ދަޢުވާއަކީ އެއް މައުޟޫޢެއްގެ މައްޗަށް ބިނާވެފައިވާ ދަޢުވާއެއް ނަމެ cause of action estoppel މެދުވެރިކޮށް އެ ފަހުން ހުށަހެޅުނު ދަޢުވާއާ މެދު ގޮތެއް ކަނޑައެޅުން ހުއްޓުވނޭ ކަމަށެވެ. އިސްތިއުނާފު މިކުރެވޭ މައްސަލައަށް ބެލުމުން އެ މައްސަލައިގައި މިދެންނެވުނު oncause of acti estoppel ގެ ހުރިހާ ސިފަތަކެއ ވަން ފުރިހަމަވެފއިކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔއިނާ އާދަމް ޢަބްދުލްޣަފޫރު ހުށަހަޅުއްވާފައިވާ ދަޢުވާއަކީ ރެސް ޖުޑިކާޓާގެ ޝަރުޠުތައް ފުރިހަމަވާ މައްސަލައަކަށް ވާތީ، އަލުން އެ މައްސަލަ ބެލުމުގެ ފުރުޞަތު ގެއްލިފައިވާކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

24އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާގައި ދައުވާ އަލުން ނުބެލޭނެކަމަށް ނިންމާފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަމަށް ކަނޑައަޅައިދެއްވައި، އެޙުކުމް ބާޠިލްކުރާނެ ޤާނޫނީ އަދި ޝަރުއީ ހަމައެއް އަދި ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދިނުމަށެވެ.

ފާހަގަކުރެވުނު ކަންކަން

25މިމައްސަލައާއި ގުޅގެނި ސިވިލް ކޯޓުގް ނަންބަރ C/2019-Cv/416 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. އާދަމް ޢަބްދުލްޣަފޫރު ސިވިލް ކޯޓުގައި ކުރި ދައުވާ:

26ކުރިންވެސް މިރިޕޯޓުގެ ފާހަގަކޮށްފައިވާ ފަދައިން އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ ތިންކަމެއްގެ މައްޗަށެވެ. އެއީ؛

1.26 އާދަމް ޢަބްދުލްޣަފޫރު އާއި މޯލްޑިވްސް ކޭޕް އާ ދެމެދު 05 މެއި 2006 ގައި ވެފައިވާ އއ.އެތެރެމަޑިވަރު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން ނިމުމަކަށް އައުމުންވެސް އެރަށް ހަވާލުނުކޮށް އެ ރަށުގައި ވިޔަފާރި ހިންގައި، ކުލި ނުދައްކާވާތީ ރަށް ހަވާލުކުރި ތާރީޚާ ހިސާބަށް އެއްބަސްވުމުގައިވާ ރޭޓުން ކުލީގެ ފައިސާ ހޯދމަށު ނުވަތް އާދަމް ޢަބްދުލްޣަފޫރއަށު ލިބިފައިވި ގެއްލުމުގެ ބަދަލު ހޯދުމަށް،

2.26 އެ ރަށުގައި އިތުރު ކޮޓަރިތަކެއް އަޅާފައިވާތީ، އެއްބަސްވުމުގެ ދަށުން އިތުރު ކޮޓަރިތަކަށް ދައްކަންޖެހޭ ކުލި ހޯދުމަށް، އަދި

3.26 އެއްބަސްވުމުގެ 30 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ރަށް ހަވާލުކޮށްފައނުވާތި މަރާމާތުކުރުމަށް ހިނގާ ޚަރަދު މޯލްޑިވްސް ކޭޕގެ ކިބައިން ލިބިގަތުމް ށ. މިތިންކަންތަކުގެ މައްޗަ ށެވެ. ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާގެ ޙުކުމާ ބިނާކުރާ އަސާސް:

27އިސްތިއުނާފު ކޮށްފައި މިވާ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ، އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި އެދިފައިވާ ކަންކަމަކީ މީގެ ކުރިން ސިވިލް ކޯޓުން ނިންމާފައިވާ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި، ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންތައްތަކެއް ކަމުގައިވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/305-HC/2012 ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ ރެސް ޖޫޑިކާޓާ res judicata ގެ މަބްދައުގެ ދަށުން މިހާރު ދައުވާކުރުން މަނާވެގެންވާ ކަންތައްތަކެއް ކަމުގައިވާތީކަން އެނގެއެވެ. ރެސް ޖޫޑިކާޓާ (Res Judicata):

28HN1HN2HN3ރެސް ޖޫޑިކާޓާގެ (Res Judicata) މަބްދަޢުއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާ އަދި އެމަބްދައުގެ މައްޗަށް ރިޢާޔަތްކުރެވިގެން ކޯޓުތަކުން މައްސަލަތައް ބެލިގެން ގޮސްފައިވާ މަބްދައު އެކެވެ. ރެސް ޖޫޑިކާޓާގެ މަބްދައު ތަޠުބީޤުކޮށް ކޯޓުތަކުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް ބަލާއިރު؛

1.28 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/305-HC/2012 ޤަޟިއްޔާގައި ރެސް ޖޫޑިކާޓާގެ މަބްދައު ތަޠުބީޤުކޮށް، އެ ދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމުގައި 3 ޝަރުތެއް ފުރިހަމަވާންޖެހޭކަމަށް ކަނޑައަޅާފައިވެއެވެ. އެޝަރުތުތަކަކީ؛ -

(ހ) ފަހުން ހުށަހެޅުނު މައްސަލަގާއ ހުށަހަޅާފައިވި ނުވަތާ ހުށަހެޅުމުގެ ފުރުސަތު އޮތްކަނކަން އެމައްޗަށް ބިނާކޮށް ހުށަހެޅުނު އެހެން މައްސަލައެއް ކަމާބެހޭ ކޯޓަކުން ބެލިފައިވުން،

(ށ) ފަހުން ހުށަހެޅުނު މައްސަލައާ ކުރިން ބަލާފައިވާ މައްސަލާގެ ޚަސްމުންނަކީ އެއްބައެއް ކަމުގައިވުން އަދި

(ނ) ކުރިން ހުށަހެޅުނު މައްސަލާގައި ހިމެނުނު ކަންތައްތައް އެމައްޗަށް ބިނާކޮށްފައިވާ ޙަޤީޤަތްތަކުގެ މައްޗަށ އެމައްސަލާގައި ފައިސަލާކުރަނިވި ޙުކުމެއް ކުރެވިފައިވުން. މިއެވެ.

2.28 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/07-SC/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގައި ރެސް ޖޫޑިކާޓާގެ މަބްދައުއާއ ގުޅިގެނި ފާހަގަކޮށްފައިވަނީ؛ " ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ޙުކުމަކުން ނިމިފައިވާ އެއްވެސް މައްސަލައެއް އަލުން ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެން ނުވާއިރު ބުނެވިދިޔަ ޙުކުމުގެ ޙުއްޖިއްޔަތު ދެމިގެންދާނީ އެ ޙުކުމަ ކުން ފައިޞަލާ ކުރެވުނު ދަޢުވާގައި ހިމެނޭ ޚަސްމުންގެ މައްޗަށާއި، ފައިސަލާ ކުރެވުނު ދަޢުވާގެ މަޙައްލު (ސަބްޖެކް މެޓަރ) ގެ މައްޗަށާއި އަދި އެދަޢުވާގެ ސަބަބުން (ކޯސް އޮފް އެކްޝަންގެ) ނުވަތަ ދަޢުވާކުރާ ފަރާތުން ހުށަހަޅާ ޤާނޫނީ ވަޤާއިޢު (ފެކްޓް) ތަކުގެ މައްޗަށްކަމަށާއި، މިގޮތުން ކޯޓަށް އަލުން ބެލުމަށް ހުށަހެޅޭ މައްސަލައިގެ މަޙައްލު އަކީ ފައިޞަލާ ކުރަނިވި ޙުކުމެއްގެ މަޙައްލު އާއި ތަފާތު މަޙައްލަކަށް ވާނަމަ ނުވަތަ އެމައްސަލާގައި ހިމެނޭ ޚަސްމުންނަކީ ތަފާތު ޚަސްމުންނަށް ވާނަމަ ނުވަތަ މައްސަލައިގެ ޤާނޫނީ ވަޤާއިޢު ތަކަކީ ތަފާތު ވަޤާއިޢު ތަކެއްނަމަ އެމައްސަލައެއް ޝަރުޢީ ކޯޓަކުން ބެލު މުގެ އިޖުރާއީ ހުރަހެއް ނުވާކަމަށެވެ." މިފަދައިންނެވެ. އެޓާރނީ ޖެނެރަލް އޮފީސް ވ ޢަބްދުލްޙާދީ. އިބްރާހީމް ޙަސަން ވ ޢަލީ ރަޝީދު އަދި ޙަސަން ޝަރީފް.

3.28 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/25-SC/2016 ޤަޟިއްޔާގައި ރެސް ޖޫޑިކާޓާގެ މަބްދަޢު ބިނާވެފައިވަނީ 3 (ތިނެއް) އުޞޫލެއްގެ މައްޗަށްކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ އިޝޫ އެސްޓޮޕަލް )issue estoppel( އާއި، ކޯސް އޮފް އެކްޝަން އެސްޓޮޕަލް of action cause( )estoppel އާއި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން )use of processab( މިއެވެ. އަދި އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި މިއުޞޫލުތައް ތަޠްބީޤުކުރެވޭނެ ހަމަތައް ބަޔާންކޮށްދީފައިވާ ގޮތުން، އިޝޫ އެސްޓޮޕަލް )issue estoppel( ގެ އުޞޫލު ތޠަ ބީޤް ކުރުމަށްޓަކައި އަންނަނިވި ޝަރުތުތައް ފުރިހމަވާންޖެހޭކަން އެނގެއެވެ. އެއީ:-

(ހ) ހުށަހަޅާފައިވާ ނުކުތާއަކީ (އެމަރުހަލާގައި) އެނުކުތާގެ މައްޗަށް ކުރިން ގޮތެއް ނިންމާފައިވާ ނުކުތާއެއް ކަމުގައިވުން؛

(ށ) ބުނެވިދިޔަ ނިންމުން ނިންމާފައިވާނަމަ، އެނިންމުމެއް ނިހާއީ ނިންމުމަކަށް ވެފައިވުން؛ އަދ

(ނ) އެނުކުތާގެ މައްޗަށް ކުރިން ނިންމުމެއް ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމެނެނީ އެ ފަރާތްތަކެއްކަމުގައިވުން. މިއެވެ. ދެވަނަ އުޞޫލު ކަމުގައިވާ ކޯސް އޮފް އެކްޝަން އެސްޓޮޕަލޫ )elcause of action estopp( ގެ އުސޫލު ޤާއިމްކުރުމަށްޓަކައި އަންނަނިވި ކަންކަން ފުރިހަމަވާން ޖެހެއެވެ. އެއީ:-

(ހ) ކުރިން އުފުލާފައިވާ ދައުވާއަކީ ގުޅިގެނާ އިޚްތިޞާޞް ލިބިފައިވާ ކޯޓެއްގެ ނިންމުމެއް އޮތުން؛

(ށ) ކުރިން ނިންމާފައިވާ މައްސަލައިގައާއި، ފަހުން ހުށަހަޅާފައިވާ މައްސަލައިގައި ހިމނެނެ އެއް ފަރާތްތަކެއް ކަމުގައިވުން؛

(ނ) ކުރިން ހުށަހެޅި މައްސަލައާއި ފަހުން ހުށަހެޅި މައްސަލައަކީ ފަރަޤެއް ހުރި ތަފާތު ދެ މައްސަލަކަމުގައިނުވުން؛ އަދި ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/25-SC/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 13.1.2 ވަނަ ނަންބަރުގެ (ހ)، (ށ) އަދި

(ނ).

(ރ) ފަހުން ހުށަހެޅި މައްސަލައިގައި ހުށަހަޅާފައިވާ ނުކުތާތަކަކީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތްކޮށް ވިސްނުންތެރިކަމާއެކު ހުށަހެޅިނަމަ، ކުރިން ހުށަހެޅި މައްސަލައިގައި ހިމެނި އެމައްޗަށް ގޮތް ކަނޑައެޅޭނެ ނުކުތާތަކެއް ކަމުގައިވުން. މިއެވެ. ބުނެވެން ސުޕްރީމު ކޯޓުގް ޤަޟިއްޔާގައި ރެސް ޖޫޑިކާޓާގެ މަބްދައުގެ ތިންވަނަ އުސޫލުކަމުގައިވާ އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން )abuse of process( ތަޠުބީޤު ކުރެވޭނެ ހަމަ ބަޔާންކުރަމުން ބުނެފައިވަނީ، މިއުޞޫލަކީ ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނިންމުމެއް ބޭނުންވާ ހުރިހާ ނުކުތާތަކެއް ހިމަނއިގެނ ދަޢުވް ކުރަނަ ލާޒިމްކުރާ އުޞޫލެއް ކަމަށާއި، މިގޮތުން ދަޢުވާ ހުށަހަޅާއިރު، މައްސަލައިގެ ބައިބައި ވަކިވަކިން ހުށަހެޅުމުގަ ބަދަލުގައި، އެއްކޮށް އެއް މައްސަލައެއްގެ ތެރޭގައި ހުށަހަޅަން ހުރި ހުރިހާކަމެއް ހުށަނާޅއަ ފިނި މ، މިއުޞޫލުގަ ދަށުން (ވަކި ޚާއްސަ ޙާލަތްތަކެއްގައި މެނުވީ) ފަހުން ހުށަހަޅާ މައްސަލަ ބޭރުކޮށްލުމުގެ ފުރުސަތު އޮންނަކަމަށާއި، ރެސް ޖޫޑިކާޓާގެ މަބްދައުގެ ތެރޭގައި ހިމެނޭ އުޞޫލުތައް ތަޠުބީޤުކުރުމުގައި އިޖުރާއަތުގެ ނަހަމަ ބޭނުންހިފިކަނަ ނުވަތަ ނޫންކަމުގެ މައް ޗަށް ނަޒަރުކުރަނީ އިޝޫ އެސްޓޮޕަލް އަދި ކޯސް އޮފް އެކްޝަން އެސްޓޮޕަލް ތަޠުބީޤު ނުކުރެވޭ ޙާލަތްތަކުގައި ކަމަށެވެ. ރެސް ޖޫޑިކާޓާ Res Judicata ގެ މަބްދައު ސިވިލް ކޯޓުން ތަޠުބީޤުކޮށްފައިވާ ގޮތް

29އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި، ގޮތެއް ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމުގައިވާތީ ރެސް ޖޫޑިކާޓާ res judicata ގެ މަބްދައުގެ ދަށުން މިހާރު ދައުވާކުރުމުގެ ފުރުސަތު ގެއްލި ފައިވާ މައްސަލައެއްކަމަށްވާތީ އާއި އަދި އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން އެދިފައިވާ ކަންކަމަކީ އާދަމް ޢަބްދުލްޣަފޫރުއަށް ދައުވާކުރުމުގެ ޞިފަތު ލިބިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/25-SC/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ގެ 13.2.1 އާއި، 13.2.2 އަދި 13.2.3 ވަނަ ނަންބަރު. ކަމެއްކަމުގައިނުވާތީކަން އެނގެއެވެ. މިހެންކަމުން ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައާއި އެ ޤަޟިއްޔާގެ ތެރެއިން ބެލުނު ކަންކަމާއި އެޤަޟިއްޔާއިން ނިންމި ނިންމމަކު ކޮބައިކަން އެނގުމަކީ މުހު ނ މުކަމެކެވެ.

30މގޮތުނި ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާއިން ބެލުނު މައްސަލައާއި އެޤަޟިއްޔާއިން ނިންމި ނިންމުމުގެ މައްޗަށް ބަލާއިރު، އެމައްސަލައިގައި ދައުވާކޮށްފައިވަނީ މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު C/2013-Cv/1049 ޤަޟިއްޔާގައި މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑާއި އާދަމް ޢަބްދުލްޣަފޫރުއާއ ދެމެދި ވެފައިވާ ސަބްލީ ސ އެއްބަސްވުމުގް ދަށުން އއ.އެތެރެމަޑިވަރު އެވެ ކިޔާ ރަށް ތިންވަނަ ފަރާތަކާއި ހަވާލުކޮށް، އެފަރާތުގެ ހައްޤުތަކެއ ހުރިކަން އެނގި ތިބެ، ހެޑްލީސް އެއްބަސްވުން އުވާލުމާއި ގުޅިގެން މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމެއްގެ ބަދަލު ނަގައިދޭންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާތކަން އެނގެއެވެ.

31ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ސަބްލީސް އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ މޯލްޑިވްސް ކޭޕް ގެ އެއްވެސް ސަބަބެއްނެތިކަމަށްވާތީ، ސަބްލީސް އެއްބަސްވުމުގެ 30 ވަނަ މާއްދާގެ ދަށުން އއ.އެތެރެމަޑިވަރުގައ ހުރި ހުރިހައި މ ދަލާއި، ތަކެތި މޯލްޑިވްސް ކޭޕްއަށް ބަދަލުވެފައިވާތީ، އެތަކެތީގެ ބަދަލުގެ ގޮތުގައި ޝަރުޢީ އަގު ކޮމިޓީން ކަނޑައަޅަފައިފައިވާ 43,610,717/51ރ. (ސާޅީސް ތިންމިލިއަން ހަލައްކަ ދިހަހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ/ފަންސާސްއެއްލާރި) އަކީ އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން މޯލްޑިވްސް ކޭޕް އަށް ދައްކަން ޖެހޭ ފައިސާކަން ސާބިތުވާކަމަށެވެ. އަދި ސަބްލީސް އެއްބަސްވުން ބާޠިލްވުމުގެ ސަބަބުން އެކުންފުނީގެ ފަރާތުން އާދަމް ޢަބްދުލްޣަފޫރަށް އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާގެ ތެރެއިން -/USD$435,322 (ހަތަރުލައްކަ ތިރީސްފަސްހާސް ތިންސަތޭކަ ބާވީސް އެމެރިކާ ޑޮލަރު) އަކވެސީ އެކުންފުންޏަށް ދައްކަންޖެހޭ ފައިސާއެއްކަމަށެވެ. އަދި ޝަރުއީ އަގު ކޮމެޓީން އއ.އެތެރެމަޑިވަރ ގައު ހުރި މުދަލަށް ނުވަތަ ތަކެތި އަގުކުރުމަށްފަހު އެތަކެ އްޗަށެ މޯލްޑިވްސް ކޭޕޯ ގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެފަދަ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެދި ވަކި ދައުވާއެއްކުރުމުގެ ޙައްޤު އާދަމް ޢަބްދުލްޣަފޫރަށް ލިބިގެންވާކަމަށެވެ.

32އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާގައި އޭނާގެ ފަރާތުން ދައުވާކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި އޭނާއަށް އއ.އެތެރެމަޑިވަރުގައިވާ މުދަލާއި ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ އެގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ކަނޑައަޅާފައިވާތީކަމަށެވެ. އެކަމާއި ގުޅިގެން ސިވިލް ކޯޓުގެ ޤަޟިއްޔާގައި ފައިސަލާ ކުރަނިވި ޙުކުމެއް ކޮށްފައިނުވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/305-HC/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ރެސް ޖޫޑިކާޓާގެ މަބްދަޢުގެ ތިންވަނަ ޝަރުތު ފުރިހަމަ ނުވާކަމަށެވެ.

33HN4ސިވިލް ކޯޓުގެ ނަންބަރު: C/2014-Cv/402 ޤަޟިއްޔާއިން އާދަމް ޢަބުދުލްޣަފޫރަށ ދަޢުވް ކުރުމަށް ދފައިވީ ފުރުޞަތު ވަރަށް ސާފެވެ. އެއީ؛ " ...އަދި ޝަރުޢީ އަގު ކޮމިޓީން އެރަށުގައިވާ މުދަލާއި ތަކެތި އަގުކުރުމަށްފަހު، އެރަށުގައި ހުރި މުދަލަށް ނުވަތަ ތަކެއްޗަށް މޯލްޑިވްސް ކޭޕ ޕްރައިވެޓް ލިމިޓެޑުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެފަދަ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެދި ވަކި ދައުވާއެއްކުރުމުގެ ޙައްޤު އާދަމް ޢަބްދުލްޣަފޫރަށް ލިބިގެންވާކަމަށް ކަނޑައަޅައި،..." މިފުރުޞަތެވެ. ކުރުގޮތަކަށް ބުނާނަމަ، ޝަރުޢީ އަގުކޮމެޓނީ އަގުކުރި ފަހުން، އެރަށުގައި ހުރި މުދަލަކަށް ނުވަތަ ތަކެއްޗަށް މޯލްޑވިސި ކޭޕްގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އޮތް ފުރުޞަތެވެ. އެއީ، އިންތަކާއި މިންތައް ކަނޑައެޅިފައިވާ އޮތް ފުރުޞަތެކެވެ. ވީމާ، ސިވިލް ކޯޓުގެ ނަންބަރު: C/2014-Cv/402 އަށް ޙަވާލާދީ، ކޮން މ ކޮންމެ ދަޢުވާއެއް އާދަމް ޢަބދުލްޣަފޫރަށ ނުކުރެވޭނެކަން ވަރަށް ސާފެވެ.

34އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު:C/2019-Cv/416 ޤަޟިއްޔާގައި އާދަމް ޢަބދުލްޣަފޫރް ހުށަހަޅާ ދަޢުވާއަކީ، މިދެންނެވި ހައްދުން ބޭރުން ހުށަހަޅާ ދަޢުވާއެކެވެ. މިގޮތުން، ދެފަރާތުގެ ދެމެދު ވެފައިވާ ސަބްލީސް އެއްބަސްވުމާއި ޚިލާފަށް އެއްބަސްވުން ބާޠިލްވުމުންވެސް، އެރަށް ހަވާލުކޮށްފައިނުވާތީ، ބާތިލްކުރި ތާރީޚުން ފެށިގެން ރަށް ހަވާލުކުރާ ތާރީޚާއި ހަމައަށް ހިނގާފައިވާ މުއްދަތަށް ކުއްޔާއި އެރަށުގައި އަޅާފައިވާ އިތުރު ކޮޓަރިތަކަށް ދޭންޖެހޭ ކުލި ނަގައިދިނުމަށް އެދިފައިވެއެވެ. މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާއިން ހުއްދަކުރި "އެފަދަ ގެއްލުމެއް" ގެތެރޭގައ ހިމެނި ކަމެއް ނޫނެވެ.

35ހަމައެހެންމެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އާދަމް ޢަބްދުލްޣަފޫރުގެ ހޯދުމަށް އެދިފައިވަނީ، ސަބްލީސް އެއްބަސްވުން ބާޠިލްވި ތާރީޚުން ފެށިގެން ރަށް ހަވާލުކުރި ތާރީޚުގެ ނިޔަލަށް އެރަށުގައި ވިޔަފާރީ ކުރެވިފައިނުވތީ ލިބިފައިވާ ގެއްލުމުގެ ބަދަލެވެ. އަދި ސަބްލީސް އެއްބަސްވުމުގެ 30 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ރަށް ހަވާލުކޮށްފައި ނުވާތީ މަރާމާތުކުރުމަށް ހިނގާ ޚަރަދު މޯލްޑިވްސް ކޭޕްގެ ކިބައިން ލިބިގަތުމަށެވެ. މިއީވެސް ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާ ގެ އިމުގެ ތެރޭގައި ހިމެނޭ ގެއްލުމެއް ނޫނެވެ.

36HN5މިރިޕޯޓުގެ 34 ވަނަ ނުކުތާ އަދި 35 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ އާދަމް ޢަބްދުލްޣަފޫރަށް ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/402 ޤަޟިއްޔާގައި ހުށަހެޅުމުގެ ފުރުޞަތު އޮވެ ހުށަހަޅާފައިނުވާ ކަންތައްތަކެއްކަން އެޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 3.2 ވަނަ ނުކުތާއަށް ބެލުމުން ސާފުކޮށް އެނގެން އޮތުމެވެ. މިއީ ރެސް ޖޫޑިކާޓާގެ )res judicata( ގެ މަބްދައުގެ ދަށުން މިހާރު އާދަމް ޢަބްދުލްޣަފޫރަށް ކުރެވޭނެ ދައުވާއެއް ނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު C/2019-Cv/416 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ރަނގަޅަށެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ