ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/369

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޒައިދު އަދި މުޙައްމަދު ލޫޠު ލަތީފް

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 ސެޕްޓެމްބަރު 2021ދަށު ކޯޓު: ކްރިމިނަލް ކޯޓު 426/Cr-C/2018ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 426/Cr-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން ދަޢުވާ މަދަނީ މިންގަނޑުން ކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި 115 (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރިއެވެ.
ވާޤިޢާ
ފުލުހުން ހުއްޓުމަށް އެންގުމުން ނުހުއްޓާ ފިލި ސައިކަލެއް ވެއްޓުމުން، އެ ސައިކަލުގައި ދިޔަ ދެ މީހުންކުރެ އެކަކުގެ ބަނޑުދަށުން ނެގި ކޮތަޅެއްގައި 534.7892 ގްރާމް ކެނެބިސް ފެނި، ދެ މީހުންގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ދަޢުވާއެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ދަޢުވާ ފޯމު ބާޠިލުކުރުމަކީ 115 (ހ) އާއި 147 (ނ) އާއި ހައިކޯޓުގެ ސާބިޤާތަކާ އެއްގޮތް ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ދަށުކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 (ހ) އާއި 147 (ނ) އާ ޚިލާފު ކަމަށާއި، 2018/HC-S-A/06 ގެ އުޞޫލާ ޚިލާފު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ މަރުޙަލާގައި ބަލަންވާނީ ތުހުމަތެއް ކުރެވޭވަރުގެ އެކަށީގެންވާ ހެކި އޮތްތޯ ކަމުން، ދައުލަތުން ހުށަހެޅި ހެކިތަކުން ދަޢުވާއަށް ޖަވާބުދާރީވާންޖެހޭ މިންވަރަށް ހެކި އޮތުމުން ދަޢުވާ ކުރިއަށް ގެންދެވެން އޮތެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު، ޝަރީޢަތް ކުރިއަށް ގެންދިއުމަށް އަލުން ބެލުމަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން މަދަނީ މިންގަނޑުން ދަޢުވާ ކުރިއަށް ގެންދެވޭނެތޯ ކަނޑައެޅުމުގައި ހުށަހެޅިފައިވާ ދަޢުވާއަށާއި އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތަކަށް ރިޢާޔަތްކުރަންވާނެއެވެ.

HN2 ދަޢުވާއަށާއި ހެކިތަކަށް ރިޢާޔަތްކޮށް، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެކަމުގައި ތުހުމަތު ކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ނެތްކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރަށް ބުރަވެވޭ ޙާލަތުގައި މެނުވީ ދަޢުވާއައިގެން ކުރިއަށް ނުދެވޭނެކަމަށް ކަނޑައެޅިގެން ނުވާނެއެވެ.

HN3 މި މަރުޙަލާގައި ފަނޑިޔާރު ބަލަންވާނީ ތުހުމަތެއް ކުރެވޭވަރުގެ އެކަށީގެންވާ ހެކި ހުށަހަޅާފައިވޭތޯއެވެ. ހުށަހެޅިފައިވާ ހެކިތަކުން ދަޢުވާ ސާބިތުވޭތޯ ބަލަން ނުޖެހެއެވެ.

HN4 ދަޢުވާއަށް ޖަވާބުދާރީވާންޖެހޭފަދަ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާކަން އެނގެން އޮތްނަމަ، މަދަނީ މިންގަނޑުން ބަލާއިރު ދަޢުވާއަކީ ކުރިއަށް ގެންދެވެން އޮތް ދަޢުވާއެއްކަމުން، 147 ވަނަ މާއްދާގެ (ނ) އަށް ޙަވާލާދީ ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދަޢުވާ ފޯމު ބާޠިލުކުރުމަކީ 2018/HC-S-A/06 އާއި 2018/HC-N-A/07 ގައި 115 (ހ) މާނަކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ކަމެކެވެ.

HN5 115 ވަނަ މާއްދާގެ ދަށުން ދަޢުވާ ބާޠިލުކުރި ނިންމުން އުވާލާއިރު، ޝަރީޢަތް ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު

ޢަބްދުއްރައޫފު އިބްރާހީމް ތާއީދުކުރެއެވެ .  މައްސަލައިގެ ޚުލާޞާ : 1- ހދ. ވައިކަރަދޫ/ ޒެފިރު، މުޙައްމަދު ޒައިދުއާއި ސ. ހިތަދޫ / ބްލޫބާރޑް، މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށް، ޤާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 108ވަނަ މާއްދާގެ )ހ( އާއި، 139ވ ނ މާއްދާގެ )ބ( އާ ޙަވާލާދީ 108ވަނަ މާއްދާގެ )ނ( ގެ ދަށުން،ކެނެ ބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 324/ކރކ/2018/903 ދަޢުވާ ހުށަހަޅާ ފޯމުން 2018 ޖޫން 4ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހެޅި އެވެ . އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލާ ފައިވަނީ އެ ކޯޓު ގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާއިންނެވެ .  ކުރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް : 2- ކުރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގެ ޙުކުމްގައިވަނީ : ]ދެންފަހ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 324/ކރކ/2018/903 ދަޢުވާ ހުށަހަޅާ ފޯމުން، ހދ. ވައިކަރަދޫ / ޒެފިރު، މުޙައްމަދު ޒައިދުއާއި ސ. ހިތަދޫ / ބްލޫބާރޑް، މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށް ޤާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 108ވަނަ މާއްދާގެ )ހ( އާއި، 139ވީނަ މާއްދާގެ )ބ( އާ ޙަވާލާދީ، 108ވަނަ މާއްދާގެ )ނ( ގެ ދަށުން، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މި ދަޢުވާއާއި ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، ދަޢުވާލިބޭ ދެފަ ރާތްކަމުގައިވާ މުޙައްމަދު ޒައިދު އާއި މުޙައްމަދު ލޫޠު ލަޠީފް އަށް މި ދަޢުވާ ސާފުވެއްޖެކަމަށާއި، މިދަޢުވާއަށް އިންކާރުކުރާ ކަމަށް ބ ނެފައިވާތީއާއި، ދަޢުވާއާއި ގުޅިގެން ފާހަގަކުރި ކަންކަމަށާއި ހުށަހެޅިފައިވާ އެންމެހާ ހެކި ޤަރީނާއަށް ޝަރީޢަތުން ބަލައި ނަޒަރުކުރިއިރު، މަދަނީ މިންގަނޑުން މިދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ޖިނާއީ އިޖުރާއަތު ޤާނޫނުގެ 115ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، މިދަޢުވާ އިތުރަށް ކުރިޔަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 324/ކރކ/2018/903 ދަޢުވާ ހުށަހަޅާ ފޯމު ބާޠިލުކޮށް މިޤަޟިއްޔާ ނިންމީމެވެ [. މިފަދައިންނެވެ . އެ ޤަޟިއްޔާ ކްރިމިނަލް ކޯޓުން ނިންމާ ފައިވަނީ 28 ޖަނަވަރީ 2019 ގައެވެ . އިސްތިއުނާފަށް ހުށަހެޅުން : 3- ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާއިން ބެލުނު މައްސަލައި ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، އެ ކޯޓުން ލިބިފައިނުވާތީ، އެ ކަން ބަޔާންކޮށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އޮފީހުގެ ނަންބަރު 196-A1/95/2019/91 )05 ފެބްރުއަރީ 2019( ސިޓީން އެދިފައިވެއެވެ . ބުނެވި ދިޔަ ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބުމުން، އެ މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތު ން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އޮފީހުގެ ނަންބަރު 196-A1/95/2019/183 ސިޓީން، 2019 މާރިޗު 21 ގައި ހައިކޯޓަށް ހުށަހަޅާފައިވެއެވެ . 4- ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ހައިކޯޓުން ނިންމުމާ ގުޅިގެން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/369 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީކުރެވިފައިވަނީ 2019 ޖުލައި 18ވަނަ ދުވަހުއެވެ . 5- މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ހދ. ވައިކަރަދޫ/ ޒެފިރު، މުޙައްމަދު ޒައިދުއާއި ސ. ހިތަދޫ / ބްލޫބާރޑް، މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށެވެ .  އިސްތިއުނާފީ ނުކުތާތައް : 6- ކްރިމިނަލް ކޯޓު ގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން އިސްތިއުނާފކުރުމަށް 02 )ދޭއް ( ނުކުތާ ފާހަގަކޮށް އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ގޮތުން ފާހަގަކޮށްފައިވާ:  ފުރަތަމަ ނުކުތާއަކީ : ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާއިން، ދަޢުވާކުރެވިފައިވާ ކުށް، ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކުރާއިރު މި ދަޢުވާއަކީ ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ކުރެވޭނެ ދަޢުވާއެއްކަމަށް މަދަނީ މިންގަނޑުން ބަލާއިރު ޝަރީޢަތަށް ޤަބޫލުނުކުރެވޭތީ، މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައި، ހުށަހަޅާފައިވާ ދަޢުވާއަކީ، ބާޠިލު ދަޢުވާއެއްކަމަށް ނިންމަވާފައިވާ ނިންމެވުމަކ، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 115ވަނަ މާއްދާގެ )ހ( އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ދެވަނަ ނުކުތާއަކީ : ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގައި އެ ކޯޓުން ނިންމަވާ ފައިވާ ނިންމެވުމަކީ، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 147ވަނަ މާއްދާގެ )ނ( އާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ފާހަގަކުރެވުނު ނުކުތާތައް : 7- ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެ ނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭފަރާތްތަކުނ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

7.1- ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް، ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގައި މައިގަނޑު ދެކަމެއް ފާހގަކޮށްފައިވެއެވެ . ފުރަތަމަ ކަމަކީ : ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު( ގެ 115ވަނަ މާއްދާގެ )ހ( އާ ޚިލާފުވާ ކަމަށް ފާހަގަ ކޮށް ފައިވާ ކުރުމެވެ . ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 147ވަނަ މާއްދާގެ )ނ( އާ ޚިލާފުވާ ކަމަށް ފާހަގަކޮށްފައިވާ ކުރުމެވެ .

7.2- ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 115ވަނަ މާއްދާގެ )ހ( އާ ޚިލާފުވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 115ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވަ ނ، ]މި ޤާނޫނުގެ 107ވަނަ މާއްދާގެ )ހ( ގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢު ވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއް ކަމުގައި ކަނޑައަޅަންވާނެއެވެ [. މި ފަދައިންނެވެ . ޤާނޫނު ނަންބަރު: 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 107ވަނަ މާއްދާއަށް ބަލާ އިރު، އެ މާއް ދާގެ )ހ( ގައި، ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާއާ ގުޅި ގެން ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތް ބެލުމަށްޓަކައި ބާއްވާ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވާކަން ނުވަތަ ކުށަށް އިންކާރުކުރާކަން، މި ދެ ގޮތުން ކުރެ ގޮތަކަށް ދަޢުވާއަށް ޖަވާބު ދާރީވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ . ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 107ވަނަ މާއްދާގެ )ހ(ގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދަޢުވާއެއް ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއްކަމުގައި ކަނޑައަޅަންވާނެކަމަށް އެ ޤާނޫނުގެ 115ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވެއެވެ .

7.3- ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާ ގައި، ހދ. ވައިކަރަދޫ/ ޒެފިރު، މުޙައްމަދު ޒައިދުއާއި ސ. ހިތަދޫ / ބްލޫބާރޑް، މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނު ނަންބަރު 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 108ވަނަ މާއްދާގެ )ހ( އާއި، 139ވ ނ މާއްދާގެ )ބ( އާ ޙަވާލާދީ 108ވަނަ މާއްދާގެ )ނ( ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އެވެ .

7.4- މުޙައްމަދު ޒައިދުގެ މައްޗަށް ބުނެވިދިޔަ ދަޢުވާކޮށްފައިވަނީ، މުޙައްމަދު ޒައިދު 2018 އޭޕްރިލް 20ވަނަ ދުވަހު 18:00 އެހައިކަންހާއިރު، އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މުޙައްމަދު ޒައިދުއާއި ސ.ހިތަދޫ/ ބްލޫބާރޑް، މުޙައްމަދު ލޫޠު ލަޠީފް ކ. މާލެ މިހެލި ގޯޅިން އަމީރު އަޙްމަދުމަގު އިރުން ހުޅަނގަށް ރަޖިސްޓްރީ ނަންބަރު AA0H P7837 ސައިކަލުގައި ދުއްވާފައިގޮސް ކ. މާލެ، ސޯސަންމަގު މަޖީދިއްޔާ ސްކޫލާ އަރާހަމަވި ތަނުން ފުލުހުން އެ މީހުންގެ ފަހަތުން ދުއްވާފައިގޮސް އެ ދެ މީހުން ދުއްވި ސައިކަލު މަޑުކުރުމަށް އެންގުމުން ސައިކަލު މަޑުނުކޮށް ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފިލަން މަސައްކަތްކުރުމުން، އެ ދެ މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރްކުރުމުގެ ތެރޭގައި މުޙައްމަދު ލޫޠު ލަޠީފްގެ ބަނޑުދަށުގައި އޮތް ކޮތަޅެ އ ނެގުމަށް މަސައްކަތްކުރިތަން ފެނިގެން، އެ ދެ މީހުން ހުއްޓުވަން އުޅުނު ވަގުތު އެ ދެ މީހުން ތިބި ސައިކަލާއެކު އެ ދެ މީހުން ބިންމައްޗަށް ވެއްޓުމުން އެ ދެ މީހުން ވެއްޓިފައިތިބި ތަން ބަލައި ފާސްކުރިއިރު މުޙައްމަދު ލޫޠު ލަޠީފް ގެ ބަނޑުދަށުގައި ބިންމަތީގައި އޮތް ކޮތަޅު ތެރޭގައި އޮތް ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ނެގި ފޮތިގަނޑެއްގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން ފެނުނު ބޮޑު ރަބަރުގަނޑުގައި 534.7892 ގްރާމް ކެނެބިސް ހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، މުޙައްމަދު ލޫޠު ލަޠީފް ގެ ބަނޑުދަށުން ނެގި ތަކެއްޗަކީ މުޙައްމަދު ޒައިދު ގެ ތަކެތިކަމަށް މުޙައްމަދު ޒައިދު ބުނާތީ އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ދައުލަތުން ބުނެފައިވެއެވެ .

7.5- މުޙައްމަދު ލޫޠު ލަޠީފް ގެ މައްޗަށް އިސްވެ ބުނެވިދިޔަ ދަޢުވާކޮށްފައިވަނީ، މުޙައްމަދު ލޫޠު ލަޠީފް 2018 އޭޕްރިލް 20ވަނަ ދުވަހު 18:00 އެހައިކަންހާއިރު، މުޙައްމަދު ލޫޠު ލަޠީފް އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަނެއް ގައި، މުޙައްމަދު ލޫޠު ލަޠީފް އާއި ހދ. ވައިކަރަދޫ / ޒެފިރު، މުޙައްމަދު ޒައިދު ކ. މާލެ މިހެލި ގޯޅިން އަމީރު އަޙްމަދުމަގު އިރުން ހުޅަނގަށް ރަޖިސްޓްރީ ނަންބަރު AA0H P7837 ސައިކަލުގައި ދުއްވާފައިގޮސް ސޯސަންމަގު މަޖީދިއްޔާ ސްކޫލާ އަރާހަމަވި ތަނުން ފުލުހުން އެ މީހުންގެ ފަހަތުން ގޮސް ސައިކަލު މަޑުކުރުމަށް ބުނުމުން ސައިކަލު މަޑުނުކޮށް ނުކިޔަމަންތެރިކަން ދައްކާ ފިލަން މަސައްކަތްކުރުމުން، އެ ދެ މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރިކުރުމުގެ ތެރޭގައި އެ ދެ މީހުން ތިބި ސައިކަލު ބިންމައްޗަށް ވެއްޓުނު ވަގުތު އެ ދެ މީހުން ވެއްޓިފައިތިބި ތަން ބަލައި ފާސްކުރަމުން ދަނިކޮށް، މުޙައްމަދު ލޫޠު ލަޠީފްގެ ބަނޑުދަށުން ބިންމަތީގައި އޮތް ކޮތަޅު ތެރެއިން ނެގި ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ނެގި ފޮތިގަނޑެއްގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ހުރި 01 ބޮޑު ރަބަރުގަނޑުގައި 534.7892 ގްރާމް ޓެޓްރާހައިޑްރޯ ކެނެބިނޯލްހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، އޭނާގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

7.6- ޤާނޫނު ނަންބަރު 2011/17 )މަސތުވާތަކެއްޗާބެހް ޤާނޫނު( ގެ 108ވަނަ މާއްދާގެ )ހ( އާއި، 139ވ ނ މާއްދާގެ )ބ( އާ ޙަވާލާދީ 108ވަނަ މާއްދާގެ )ނ( ގެ ދަށުން، މުޙައްމަދު ޒައިދުއާއި މުޙައްމަދު ލޫޠު ލަޠީފް ގެ މައްޗަށް ދައުލަތުން ކުޅަ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު ޒައިދު އާއި މުޙައްމަދު ލޫޠު ލަޠީފް އިންކާރު ކޮށްފައިވާކަން އެނގެން އޮވެއެވެ .

7.7- މުޙައްމަދު ޒައިދުއާއި މުޙައްމަދު ލޫޠު ލަޠީފްގެ މައް ޗަށް ކުޅަ ދަޢުވާއަށް އިންކާރު ކުރުމާ ގުޅިގެން، އެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުން ހެކި ހުށަހަޅާފައިވެއެވެ . އެގޮތުން؛

7.7.1- މުޙައްމަދު ޒައިދުގެ މައްޗަށް ކުރާ ދަޢުވާ ސާބިތުކުރުމުގެ ގޮތުން އަންނަނިވި ހެކިތައް ދައުލަތުން ހުށަހަޅާފައިވެއެވެ . )ހ( ހދ. ވައިކަރަދޫ/ ޒެފިރު، މުޙައްމަދު ޒައިދު 21 އޭޕްރިލް 2018 ގައި ކްރިމިނަލް ކޯޓުގެ މުއްދަތު ގެ މަޖިލީހުގައި ދީފައިވާ އިޢުތިރާފު ބަޔާން ) .ހާދިސާ ހިނގިތަނުން ނެގުނު މަސްތުވާތަކެއްޗަކީ މުޙައްމަދު ޒައިދު ގެ އެއްޗެހި ކަމަށް އިޢުތިރާފުވެފައިވާތީ އެކަން ސާބިތުކުރުމުގެ ގޮތުން( )ށ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އަސްޢަދު މޫސާ )ސ.ނ:4660( )ނ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސަރޖަންޓް ޙަސަން ފައިޞަލް )ސ.ނ:3610( )ރ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އަޙްމަދު ޝަނާޙު )ސ.ނ:4704( )ބ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް އިސްޙާގު ޙަސަން )ސ.ނ:2829( )ޅ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލް ޒައިދު ޝަރީފް )ސ.ނ:4657( )ކ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އަޙްމަދު ނައުޝާދު )ސ.ނ:4687( )އ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް އިސްމާޢީލް ނަޞީރު )ސ.ނ:2366( )އިސްވެ ބުނެވިދިޔަ )ށ( ފެށިގެން )އ( ގެއިބަޔާންކޮށްފައިވާ ހެކި ހުށަހަޅާފައިވަނީ، 20 އޭޕްރިލް 2018 ދުވަހު 18:00 އެހައިކަންހާއިރު، މުޙައްމަދު ލޫޠު ލަޠީފް އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މުޙައްމަދު ލޫޠު ލަޠީފް އާއި ހދ. ވައިކަރަދޫ / ޒެފިރު، މުޙައްމަދު ޒައިދު ކ. މާލެ މިހެލިގޯޅިން އަމީރު އަޙްމަދުމަގު އިރުން ހުޅަނގަށް ރަޖިސްޓްރީ ނަންބަރު P7837 AA0H ސައިކަލުގައި ދުއްވާފައި ގޮސް ސޯސަންމަގު މަޖީދިއްޔާ ސްކޫލާ އަރާހަމަވިތަނުން ފުލުހުން އެ މީހުންގެ ފަހަތުން ގޮސް ސައިކަލު މަޑުކުރުމަށް ބުނުމުން ސައިކަލު މަޑުނުކޮށް ނުކިޔަމަންތެރިކަން ދައްކާ ފިލަން މަސައްކަތްކުރުމުން، އެ ދެ މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރިކުރުމުގެ ތެރޭގައި އެ ދެ މީހުން ތިބި ސައިކަލު ބިންމައްޗަށް ވެއްޓުނު ވަގުތު އެ ދެ މީހުން ވެއްޓިފައިތިބި ތަން ބަލައި ފާސްކުރަމުން ދަނިކޮށް، މުޙައްމަދު ލޫޠު ލަޠީފް ގެ ބަނޑުދަށުން ބިންމަތީގައި އޮތް ކޮތަޅު ތެރެއިން ނެގި ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ނެގި ފޮތިގަނޑެއްގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިންމަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރުގަނޑެއް ފެނިފައިވާކަން ސާބިތުކޮށްދިނުމަށެވެ .( )ވ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު : F1(d)/DR/2018/888 ]މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯރޓް[ އާއި، އެ ރިޕޯޓާގުޅޭ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި، ޗެއިން އޮފް ކަސްޓަޑީ ފޯމާއި، މާއްދީ ހެކި ހުށަހެޅިފައިވާކަން އަންގައިދޭ ފޯމާއި، ތަކެތި ތަޙްލީލްކުރި ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ސިވިލް އޮފިސަރ ފާޠިމަތު ޝިމްޒާ ޙަސަން )ސ.ނ:C1734) (މައްސަލައި ގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން ސާބިތުކޮށްދިނުމަށާއި އެރި ޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ސާބިތުކޮށްދިނުމަށް ހުށަހަޅާއިވެއެވެ .( )މ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު : F1(g)/SCOR82018/302 ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯރޓްއާއި ރިޕޯރޓް ތައްޔާރުކުރި ޕޮލިސް ސަރޖަންޓް އަޙްމަދު ޝިމާލް )ސ.ނ:4045( )ހާދިސާ ހިނގިތަނުން ފެނުނު ތަކެއްޗާ ޙާދިސާ ހިނގިތަން ހުރި ގޮތް ސާބިތުކޮށްދިނުމަށާއި، އެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވެއެވެ .(

7.7.2- މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށް ކުރާ ދަޢުވާ ސާބިތުކުރުމުގެ ގޮތުން އަންނަނިވި ހެކިތައް ދައުލަތުން ހުށަހަޅާފައިވެއެވެ . )ހ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އަސްޢަދު މޫސާ )ސ.ނ:4660( )ށ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސަރޖަންޓް ޙަސަން ފައިޞަލް )ސ.ނ:3610( )ނ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އަޙްމަދު ޝަނާޙު )ސ.ނ:4704( )ރ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް އިސްޙާގު ޙަސަން )ސ.ނ:2829( )ބ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލް ޒައިދު ޝަރީފް )ސ.ނ:4657( )ޅ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އަޙްމަދު ނައުޝާދު )ސ.ނ:4687( )ކ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް އިސްމާޢީލް ނަޞީރު )ސ.ނ:2366( )އިސްވެ ބުނެވިދިޔަ )ހ( ފެށިގެން )ކ( ގައި ބަޔާންކޮށްފައިވާ ހެކި ހުށަހަޅާފައިވަ ނ، 20 އޭޕްރިލް 2018 ދުވަހު 18:00 އެހައިކަންހާއިރު، އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މުޙައްމަދު ޒައިދު އާއި ސ. ހިތަދޫ / ބްލޫބާރޑް، މުޙައްމަދު ލޫޠު ލަޠީފް ކ. މާލެ މިހެލިގޯޅިން އަމީރު އަޙްމަދުމަގު އިރުން ހުޅަނގަށް ރަޖިސްޓްރީ ނަންބަރު AA0H P7837 ސައިކަލުގައި ދުއްވާފައިގޮސް ކ. މާލެ، ސޯސަންމަގު މަޖީދިއްޔާ ސްކޫލާ އަރާހަމަވިތަނުން ފުލުހުން އެ މީހުންގެ ފަހަތުން ދުއްވާފައިގޮސް އެ ދ މީހުން ދުއްވި ސައިކަލު މަޑުކުރުމަށް އެންގުމުން ސައިކަލު މަޑުނުކޮށް ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފިލަން މަސައްކަތްކުރުމުން، އެ ދެ މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރިކުރުމުގެ ތެރޭގައި މުޙައްމަދު ލޫޠު ލަޠީފް ގެ ބަނޑުދަށުގައި އޮތް ކޮތަޅެ އ ނެގުމަށް މަސައްކަތްކުރިތަން ފެނިގެން، އެ ދެ މީހުން ހުއްޓުވަން އުޅުނު ވަގުތު އެ ދެ މީހުން ތިބި ސައިކަލާއެކު އެ ދެ މީހުން ބިންމައްޗަށް ވެއްޓުމުން އެ ދެ މީހުން ވެއްޓިފައިތިބި ތަން ބަލައި ފާސްކުރިއިރު މުޙައްމަދު ލޫޠު ލަޠީފް ގެ ބަނޑުދަށުގައި ބިންމަތީގައި އޮތް ކޮތަޅު ތެރޭގައި އޮތް ޕްލާސްޓިކް ކޮތަޅެއްގެ ތެރެއިން ނެގި ފޮތިގަނޑެއްގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރުގަނޑެއް ފެނިފައި ވާކަން ސާބިތުކޮށްދިނުމަށެވެ .( )އ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަން ބަރު : F1(d)/DR/2018/888 ]މަސްތުވާތަކެތީގެ ތަޙްލީލް ރިޕޯރޓް[ އާއި، އެރިޕޯޓާގުޅޭ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި، ޗެއިން އޮފް ކަސްޓަޑީ ފޯމާއި، މާއްދީ ހެކި ހުށަހެޅިފައިވާކަން އަންގައިދޭ ފޯމާއި، ތަކެތި ތަޙްލީލް ކުރެއްވި ފަރާތްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ސިވިލް އޮފިސަރ ފާޠިމަތު ޝިމްޒާ ޙަސަން )ސ.ނ:C1734) (މައްސަލާގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތާއި ބަރދު ން ސާބިތުކޮށްދިނުމަށާއި އެރި ޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ސާބިތުކޮށްދިނުމަށް ( )ވ( މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު : F1(g)/SCOR82018/302 ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯރޓްއާއި ރިޕޯރޓް ތައްޔާރުކުރި ޕޮލިސް ސަރޖަންޓް އަޙްމަދު ޝިމާލް )ސ.ނ:4045( )ހާދިސާ ހިނގިތަނުން ފެނުނު ތަކެއްޗާ ޙާދިސާ ހިނގިތަން ހުރި ގޮތް ސާބިތުކޮށްދިނުމަށާއި، އެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަން ސާބިތުކޮށްދިނުމށަ (

7.8- މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި އިސްވެ ބަޔާންވެ ދިޔަ ހެކިތަކާ ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 115ވަނަ މާއްދާގެ )ހ( ގެ ދަށުން މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ބެލުމަށް، މައިގަނޑު 2 )ދޭއް ( ސުވާލެއް ޝަރީޢަތުން ދައުލަތާ ކުރިމަތިކޮށްފައިވެއެވެ . ފުރަތަމަ ސުވާލަކީ : ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައި ގައި ތ ހްމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގައި، ޢަމަލީގޮތުން ޙަ ރަކާތްތެރިވި ފުލުހުން ޔުނީފޯމު ގައި ނެތްކަން ފާހަގަކުރެވޭތީ އެ ކަމާގުޅޭގޮތުން ޝަރީޢަތުން ކުރި ސުވާލެކެވެ . ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ފިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މ ޢު ލޫމާތަކާ ގުޅިގެން، ތ ހ މަތުކުރެވޭ ފަރާތްތަކަށް ފާލަރަމުން ގޮސް އެ ފަރާތްތައް ހުއްޓުވާފައިވާކަމާއި، ހުއްޓުވާފައިވަނީ ޔުނީފޯމު އެޅި ފުލުހުންނޫންކަމާއި، ފުލުހުންނަށް ލިބޭ އިންޓެލް މ ޢު ލޫމާތާ ގުޅިގެން ތުހް މަތުކުރެވޭ ފަރާތްތަކަށް އަބަދުވެސް ފާރަލަމުންދަނީ ޔުނީފޯމްއެޅި ފލުހުންނޫންކަމާއި، ނަމަވެސް ތުހމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މުއުމިނާ ޖައުފަރުކިޔާ ޔު ނީފޯމް އެޅި ފުލުހެއްކަމަށެ ވެ . ދެވަނަ ސުވާލަކީ : ތ ހމަތުކުރެވް ފަރާތްތަކުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ދަޢުވާ ފޯމާއެކު ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ޙާޟި ރުކުރަނީ، ހަމައެކަނި ދަޢުވާ ފޯމު ގައި އެ ހެކިވެރިންގެ ފަރާތުން ސާބިތުކުރުމަށް ބަޔާންކޮށްފައިވާ ކަންތައް ސާބިތުކުރުމަށްތޯ؟ ނުވަތަ އޭގެ އިތުރުން އިތުރުކަމެއް ސާބިތުކުރަންތއެވޯ ؟ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ، ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިން ހުށަހަޅަނީ ދަޢުވާ ފޯމުގައި އެ ހެކިވެރިންގެ ފަރާތުން ސާބިތުކުރުމަށް ބަޔާންކޮށްފައިވާ ކަންކަން ސާބިތުކުރުމަށް ކަމަށެވެ . ދައުލަތުގެ ޖަވާބާ ގުޅިގެން، ޝަރީޢަތުން ދެން ފާހަގަކޮށްފައިވަނީ، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 147ވަނަ މާއްދާގެ )ނ( ގައި ވާ ގޮތުން، ކްރޮސް-އެގްޒެމިން ކުރުމުގެ ގޮތުން ސުވާލުކުރާއިރު، ސުވާލުކުރެވޭނީ ހެކިވެރިންދިން ހެކިބަހުގައި ހިމެނޭ ކަންކަމާ ގުޅިގެންކަމަށް ބަޔާންކޮށްފައިވާތީ، ދައުލަތުންވެސް ހެކިވެރިންނާ ސުވާލުކުރެވޭނީ، އެ ހެކިވެރިންގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ދަޢުވާކުރާ ފޯމާއެކު ސާބިތުކުރުމަށް ބަޔާންކޮށްފައިވާ ކަންތަކާ ގުޅިގެން ކަމަށްވާތީ، މައްސަލައިގައި ތުހް މަތުކުރެވޭ ފަރާތްތައް ސައިކަލުން ވެއްޓުމުގެ ކުރިން އެއިން މީހެއްގެ އަތުގައި މަސްތުވާ ތަކެތި ފެނުނު ކޮތަޅު ފެނިފައިވާކަން ނުވަތަ ތ ހ މަތުކު ރ ވ ފަރާތްތައް ސައިކަލުން ވެއްޓުނު ތަނަކީ، ޢާންމު ތަނަކަށްވެފައި އެތަނަށް ތުހުމަތުކުރެވޭ ފަރާތްތައް ވެއްޓުމުގެ ކުރިން އެ ތަނުގައި މަސްތުވާތަކެތި ޒާތުގެ އެއްޗެއް ފެންނަން ނެތްކަން ސާބިތުކޮށްދޭނެ ހެއްކެއް ދަޢުވާ ފޯމާއެކު ހުށަހަޅާފައިވޭތޯ ނުވަތަ ނޫންތޯ ކަމެވެ . ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ޝަރީޢަތުން އެ ފާހަގަކުރިގޮތަށް އެކަން ސާބިތުކޮށްދޭނެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާކަމަށާއި، ނަމަވެސް ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނ( ގެ 115ވަނަ މާއްދާގެ ބޭނުމަށް، ތ ހމަތެއް އޮތްކަމަށް ދަލީލުކޮށްދޭ މިންވަރަށް، ތުހމަތުކު ރ ވ ފަރާތްތަކުގެ މައްޗަށް ދައުލަތުން ޝަރީޢަތަށް ހެކި ހުށަހަޅާފައިވާނެކަމަށެވެ .

7.9- ބަޔާންވެދިޔަ ކަންތަކަށް ނަޒަރުކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާއިން، ހދ. ވައިކަރަދޫ / ޒެފިރު، މުޙައްމަދު ޒައިދުއާއި ސ. ހިތަދޫ / ބްލޫބާރޑް، މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށް ދައުލަތުން ކުޅަކެނބިސެ ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ، މަދަނީ މިންގަނޑުން ކުރެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތު ޤާނޫނުގެ 115ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 324/ކރކ/2018/903 ދަޢުވާ ފޯމް ބާޠިލްކޮށްފައިވެއެވެ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/06-S-HC/2018 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލު މި މައްސަލައަށް ތަޠްބީޤުކުރުން :

7.10- ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/06 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާ ފވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ ދާއިރާގެ ތެރެއިން ދަޢުވާއެއް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެ ޤާނޫނުގެ 115ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަދަނީ މިންގަނޑުން އެ ދަޢުވާ ކުރިއަށް ގެންދެވޭނެތޯ ކަނޑައެޅުމުގައި، ހުށަހެޅިފައިވާ ދަޢުވާއާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތަކަށް ރިޢާޔަތްކުރަންޖެހޭނެކަން އެނގެން އޮންނައިރު، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކޮށް، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެކަމުގައި ތުހުމަތު ކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ނެތްކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރަށް ބުރަވެވޭ ޙާލަތުގައި އެ ދަޢުވާއައިގެން ކުރިއަށް ދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅިދާނެކަން އެނގޭކަމާއި، މިފަދައިން ބަލާބެލުމުގައި އެކަމުގައި ތުހުމަތެއް ކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ހެކި ހުށަޅާފައިވޭތޯ ބަލައި، އެ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރަންވާނެކަމާއި، އެ ގޮތުން އެ ދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ތޯ ނުވަތަ ނޫންތޯ ނިންމުމުގައި ހުށަހެޅިފައިވާ ހެކިތަކުން އެ ދަޢުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/06 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.3 ގައި ބަޔާންކޮށްފައިވެއެވެ . ހަމަ އެފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދާއިރާގެ ތެރެއިން ދަޢުވާއެއް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެޤާނޫނުގެ 115ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަދަނީ މިންގަނޑުން އެދަޢުވާ ކުރިއަށް ގެންދެވޭނތެ ކަނޑައެޅުމުގައި، ހުށަހެޅިފައިވާ ދަޢުވާއާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތަކަށް ރިޢާޔަތްކުރަންޖެހޭނެކަން އެނގެން އޮންނައިރު، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކޮށް، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެކަމުގައި ތުހުމަތު ކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ނެތްކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރަށް ބުރަވެވޭ ޙާލަތުގައި އެ ދަޢުވާއައިގެން ކުރިއަށް ދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅިދާނެކަން އެނގޭކަމަށާއި؛ މި ފަދައިން ބަލާބެލުމުގައި އެކަމުގައި ތުހުމަތެއް ކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ހެކި ހުށަޅާފައިވޭތޯ ބަލައި، އެ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރަންވާނެކަމާއި، އެގޮތުން އެ ދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްތޯ ނުވަތަ ނޫންތޯ ނިންމުމުގައި ހުށަހެޅިފައިވާ ހެކިތަކުން އެ ދަޢުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-N-A/07 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3ގެ )ށ( ގައިވެސް ބަޔާންކޮށްފައިވެއެވެ .

7.11- ބަޔާންވެދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/06 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-N-A/07 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަކީ، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 115ވަނަ މާއްދާގެ )ހ( ގައި ]މިޤާނޫނުގެ 107ވަނަ މާއްދާގެ )ހ( ގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކރެވިއްޖު ހިނދެއްގައި، އެ ދަޢުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢުވާއެއް ކަމުގައި ކަނޑައަޅަން ވާނެއެވެ [. މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމާ ގުޅިގެން، ބުނެވިދިޔަ މާއްދާގެ ބޭނުމަށް ހެކިވަޒަންކުރުމާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެކެވެ .

7.12- ބުނެވުނު ޤާނޫނީ ހަމަތައް މިމައްސަލައަށް ތަޠްބީޤު ކުރާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގައި، ހދ. ވައިކަރަދޫ / ޒެފިރު، މުޙައްމަދު ޒައިދުއާއި ސ. ހިތަދޫ / ބްލޫބާރޑް، މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ދަޢުވާއަކީ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އެވެ. އެ ދަޢުވާކޮށްފައިވަނީ، މި ރިޕޯޓުގެ 7.4 އާއި އަދި 7.5 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ . މުޙައްމަދު ޒައިދު އާއި މުޙައްމަދު ލޫޠު ލަޠީފް ގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުކުރުމުގެ ގޮތުން، މި ރިޕޯޓުގެ 7.7 ގައިވާ ހެކިތައް ހުށަހަޅައި އަދި އެ ހެކިތަކުން ސާބިތުކުރަން ބޭނުންވާ ކަންކަންވެސް ބަޔާންކޮށްފައި ވެއެވެ .

7.13- އެހެންކަމުން، އިސްތިއުނާފު ކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 2016/12 )ޖިނއާ އިޖުރާއަތުގެ ޤާނޫނު( ގެ 147ވަނަ މާއްދާ ގެ )ނ( އާ ޙަވާލާދީ، އިސްތިއުނާފު ރައްދުވާ މުޙައްމަދު ޒައިދު އާއި މުޙައްމަދު ލޫޠު ލަޠީފް ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާ، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 115ވަނަ މާއްދާގެ ދަށުން، މަދަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 324/ކރކ/2018/903 ދަޢުވާ ހުށަހަޅާ ފޯމުގެ ޖަދުވަލު 1 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 324/ކރކ/2018/903 ދަޢުވާ ހުށަހަޅާ ފޯމުގެ ޖަދުވަލު 2 މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ދަޢުވާއެއްކަމަށް ކަނޑައަޅައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 324/ކރކ/2018/903 ދަޢުވާ ހުށަހަޅާ ފޯމު ބާޠިލު ކުރިކުރުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/06 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-N-A/07 ޤަޟިއްޔާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 115ވަނަ މާއްދާގެ )ހ( މާނކުރުމަ ގުޅޭގޮތުން ކަނޑައަޅާ ފައިވާ އުޞޫލާ ޚިލާފަށް ނިންމާ ފައިވާ ނިންމުމެއްކަން އެނގެއެވެ . މިމައްސަލައިގައި މުޙައްމަދު ޒައިދު އާއި މުޙައްމަދު ލޫޠު ލަޠީފް ގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ބާވަތާއި މައްސަލައިގެ ޒާތަށް ބަލާއިރު، ބުނެވުނު ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު ހެކިތަކަށް ރިޢާޔަތްކޮށް ބަލާއިރު އެކަމުގައި މުޙައްމަދު ޒައިދު އާއި މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ދަޢުވާއަށް ޖަވާބުދާރީވާންޖެހޭފަދަ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާކަން އެނގެން އޮތުމުން، މަދަނީ މިންގަނޑުން ބަލާއިރު މުޙައްމަދު ޒައިދު އާއި މުޙައްމަދު ލޫޠު ލަޠީފްގެ މައްޗަށް ކޮށް ފައިވާ އެ ދަޢުވާއަކީ ކުރިޔަށް ގެންދެވެން އޮތް ދަޢުވާއެއްކަމަށް ޤަބޫލުކުރެވެއެވެ . ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް އެ ޤަޟިއްޔާގެ ދަށުން ހުށަހެޅުނު ދަޢުވާ އާ ގުޅިގެން، އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 )ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ( ގެ 46ވަނަ މާއްދާގެ )ށ( ގެ ދަށުން އެ ކޯޓަށް ތަޙު ވީލުކުރަންޖެހޭ ކަމަށް ދެކެމެވެ .  ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 426/Cr-C/2018 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ 20 19/HC-A/369 18 :l/0/ ., / 0/ :1 0 ' 0, :> 0, , , , o, ,,, , 0,, Ot.~:l/ ~a>rr ;.,:;,; ' ,AVf!!/'.?A_r.r'.S , /'A~, V .s0.-:1~~.,;. .S' ,A/_.;A.? A' 'A.)-A, t,,/"V /'.?V AA.J>.-J.,r 0, 0 .,;.o , l.~O~ ~ ( :1 :1:1?. ~ :>, :> t? ,7./".?~V .1'1A~.:i A' 0 ""' .s ;:.;46 '~ 0 ~ ' ) ,, , r.r.,r ' (.r) .s_rA.;> .s rr.s .SV,sOf!!V .s cA~ ,/ .J>.r, 22 / 2010 ' ' ox 0, :1 •.J'./.,1/'V./V/. ..,. :1 0:1:1 ,.,. ~0 ,. ~ V.?V /. A,?a> .1'1A~J.? .,;. , ~0 // " ~ :1 :> ,., .1'1A~ V (! ,/"A_.;/. a>A.-J,.::- , 33 164 71 WWW·highCOUrt·gOV·JnV in fo@highcourt·gov·mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 147 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އަދި (ނ)، 139 ވަނަ މާއްދާގެ (ބ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
  • 2018/HC-S-A/06
  • 2018/HC-N-A/07

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ