ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-B12/56,57,58

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނިޔާޒް އަދި އިތުރު 2 މީހުން

ދަށުކޯޓުގެ ނިންމުން ބާޠިލު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 3 އޮކްޓޫބަރު 2021ދަށު ކޯޓު: ކްރިމިނަލް ކޯޓު 145-B10/SHN/579-2019/2021/05ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 145-B10/SHN/579-2019/2021/05
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ބަލައިފާސްކުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ޤާނޫނުއަސާސީގެ 52 ގެ ދަށުން ހެކި ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ ގުޅިގެން ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދަޢުވާ ފޯމުތައް ބާޠިލުކުރިއެވެ.
ވާޤިޢާ
މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާ ކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން ކޯޓު އަމުރަކުން ގެއެއް ބަލައިފާސްކުރިއިރު ކެނެބިސް ފެނި، ތިން ފަރާތެއްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން މަދަނީ މިންގަނޑުން ދަޢުވާ ކުރިއަށްދާނެތޯ ބެލުމާއި، 117-119 ވަނަ މާއްދާގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާ އެއްކޮށްލައިގެން، ފުލުހުން ބަލައިފާސްކުރުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާއާ ޚިލާފުވެފައިވާތީ ހެކި ބަލައިނުގަނެ މުޅި ދަޢުވާ ފޯމު ބާޠިލުކުރުމަކީ ޤާނޫނާ އެއްގޮތް ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާ 115 ވަނަ މާއްދާއަށް ޙަވާލާދީ ދަޢުވާ ބާޠިލުކުރީ ރަނގަޅަށް ނޫން ކަމަށާއި، ސުޕްރީމް ކޯޓުގެ 2021/SC-A/108,109,110 ތަޠުބީޤުކުރީ ރަނގަޅަށް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނުން ވަކިކޮށްފައިވާ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ މަރުޙަލާއާއި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާ އެއްކޮށްލުމުން ދަޢުވާ އަލުން އުފުލުމުގެ ފުރުޞަތު ނެތިދާތީއާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ދަޢުވާގެ ހެކިތަކާމެދު އެއްވެސް ގޮތެއް ނުނިންމައި މުޅި ދަޢުވާ ފޯމު ބާޠިލުކުރުމުން، ނިންމުންތަކަކީ ޤާނޫނާ ޚިލާފު ނިންމުންތަކެކެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުންތައް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޖިނާއީ › ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ގޮތް

HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ ދަށުން މަދަނީ މިންގަނޑުން ދަޢުވާ ކުރިއަށްދާނެތޯ ބެލުމާއި، 117، 118 އަދި 119 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުޙަލާއަކީ، އެ މަރުޙަލާތަކުގެ ނިންމުންތަކުގެ މައްޗަށް ތަރުތީބުވާ އިޖުރާއަތު ތަފާތު، މުޅިން ތަފާތު ދެ މަރުޙަލާއެވެ.

HN2 115 ވަނަ މާއްދާގެ ދަށުން ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުމަކީ، ދަޢުވާގެ ލިޔުމަށް ބަދަލުގެނެސް ނުވަތަ އިތުރު ހެއްކާއެކު ހަމަ އެ ދަޢުވާ އަލުން އުފުލުމަށް ހުރަހެއް ނޫނެވެ. ނަމަވެސް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން މައްސަލަ މައުޟޫޢީ ގޮތުން ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައިފިނަމަ، ދަޢުވާ އަލުން ހުށަހެޅުމުގެ ފުރުޞަތު އޮތް މަރުޙަލާއެއް ނޫނެވެ.

ޖިނާއީ › ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ގޮތް

HN3 މި ދެ މަރުޙަލާ އެއްކޮށްލައިގެން އެއް މަރުޙަލާއެއްގެ ގޮތުގައި ކުރިއަށް ނުގެންދެވޭނެއެވެ. ދައުލަތާއި ދަޢުވާލިބޭ ފަރާތް އެކަމަށް އެއްބަސްވި ނަމަވެސް ޝަރީޢަތުން އެ ގޮތަށް ކަންކުރެވޭނެ ނޫނެވެ. ޝަރީޢަތުން ޢަމަލުކުރަންޖެހޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

HN4 ދަޢުވާ ފޯމުގައި ހިމެނޭ އެހެން ދަޢުވާއަކާ (މަސްތުވާތަކެތި ބޭނުންކުރުމުގެ ދަޢުވާ) ގުޅިގެން ހުށަހެޅި ހެކިތަކާމެދު ފަރާތްތަކުން އެއްވެސް ހުށަހެޅުމެއް ނުކޮށް، ޝަރީޢަތުން އެއްވެސް ކަމެއް ބަޔާން ނުކޮށް، އެ ދަޢުވާ ހިމެނޭހެން މުޅި ދަޢުވާ ފޯމު ބާޠިލުކުރުމަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެކެވެ.

HN5 އިސްތިއުނާފީ މަރުޙަލާގެ ޢާއްމު އުޞޫލަކީ އިސްތިއުނާފަށް ހުށަހެޅިފައިވާ ކަންކަމާމެދު ގޮތް ނިންމުމެވެ. ނަމަވެސް ދަށުކޯޓުގެ ނިންމުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނާ ނުވަތަ ޢަދުލުއިންޞާފުގެ ހަމަތަކާ ޚިލާފު ނިންމުމެއް އޮތްނަމަ، އެކަން ޚަޞްމަކު އިސްތިއުނާފުގައި ފާހަގަކޮށްފައި ނުވި ނަމަވެސް، އިސްތިއުނާފީ މަރުޙަލާގައި އެކަމާމެދު ގޮތެއް ނިންމިދާނެއެވެ.

ޖިނާއީ › ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ގޮތް

HN6 ޖިނާއީ މައްސަލަތަކަކީ މުޅި މުޖުތަމަޢުގެ މަޞްލަޙަތު ހިމެނޭ ކަމެއްކަމުން، ތަޙްޤީޤާއި ދަޢުވާ އުފުލުމުގެ ޒިންމާ ހަވާލުވެފައިވާ ފަރާތްތަކުން އެ ޒިންމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރަންވާނެއެވެ. އެ މަރުޙަލާތަކުގައި ޤާނޫނީ އިޖުރާއަތާ ޚިލާފަށް ކަންކޮށްފިނަމަ ޝަރީޢަތުން އެކަން ރަނގަޅުކުރެވޭނެ ހަމައެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު ، މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލްއާއި ފަނޑިޔާރު ޙުސައިން

ޝަހީދު ތާއީދުކުރައްވައެވެ .  މައްސަލައިގެ ޚުލާޞާ : 1- މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/579-2019/2021/05 އާއި، ނަންބަރު ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު 03 )ތިނެއް ( ޤަޟިއްޔާއެވެ . މިއީ އެއް ހާދިސާއަކާ ގުޅިގެން ދަށުކޯޓުން ނިންމި 03 ނިންމުނކަމަށްވެފް އ މި 03 ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަކީ އެއް ނުކުތާ ތަކ އ ކަމަށްވާތީ، މި 03 ނިންމުން އިސްތިއުނާފުކުރުމާ ގުޅިގެން ބެލުމަށް ހަމަޖެހުނު 03 ޤަޟިއްޔާގެ އަޑުއެހުން މިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ 01 އަޑުއެހުމެއްގެ ގޮތުގައެވެ . މިގޮތުން، 2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު : 2021/HC-B12/56 ޤަޟިއްޔާ، )ކްރިމިނަލް ކޯޓުގެ ނިންމުން(؛ ގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، މާލެ، މުޙައްމަދު ނިޔާޒް އެވެ . 3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-B12/57 ޤަޟިއްޔާ، )ކްރިމިނަލް ކޯޓުގެ ނިންމުން(؛ ގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، ބ.އޭދަފުށި/ ފިނިހިޔާގެ، ޢަލީ އިޔާޛު އެވެ . . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު B12/56-HC/2021 ޤަޟިއްޔާއާއި، ނަންބަރު 12/57B-HC/2021 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2021/HC-B12/58 ޤަޟިއްޔާ . ދ.ރ.އ. ދ.ރ.އ ކާޑު ނަންބަރ: 4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-B12/58 ޤަޟިއްޔާ، )ކްރިމިނަލް ކޯޓުގެ ނިންމުން(؛ ގައި އިސްތިއުނާފުރައްދުވާ ފަރާތަކީ، މާލެ، އިސްމާޢީލް ޢަބްދުއްރަޙީމް އެވެ .  މައްސަލާގައި ކަންހިނގާފައިވާ ގޮތް : 5- ޢަލީ އިޔާޛު އާއި މުޙައްމަދު ނިޔާޒު އަދި އިސްމާޢީލް ޢަބްދުއްރަޙީމް، 25 ޖޫން 2019 ގެ، 20:00 އެހައިކަށްހައިއިރު، މާލެ ރައްކާކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އެދުވަހުގެ 23:55 އެހައިކަށްހާއިރު ކްރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން […] ބަލައިފާސްކުރަން ދިޔައިރު، އެގޭގެ ދެވަނަ ފަންގިފިލާ ސިޑިން އަރާއިރު ކަނާތް ފަރާތަށް ހުރި އެޕާޓްމަންޓުގެ ކަނާތް ފަރާތުން ފުރަތަމައަށް ހުރި ކޮޓަރީގެ ތެރޭގައި ޢަލީ އިޔާޛު ހުއްޓާ، އަދި އެގޭގެ ދެވަނަ ފަންގިފިލާގެ ސިޑިން އަރާއިރު ކަނާތް ފަރާތަށް ހުރި، އެޕާޓްމަންޓްގައި މުޙައްމަދު ނިޔާޒު ތަޅުލި ވަގުތު، އަދި އެގޭގެ ގްރައުންޑް ފްލޯ ދޮރުމަތީގައި އިސްމާޢީލް ޢަބްދުއްރަޙީމް ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މިތިން މީހުންގެ ޙާޟިރުގައި އެގޭގެ ދެވަނަ ފަންގިފިލާގެ ސިޑިން އަރާއިރު ކަނާތް ފަރާތަށް ހުރި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެ އެޕާޓްމަންޓްގެ ކަނާތް ފަރާތަށް ހުރި، ކޮޓަރީގެ ޓައިލްސް މަތީގައި އޮތް ގޮދަޑި ކައިރިން ފެނުނު ފިލްމް ހުސްކުރި ދަޅުގައި

23.4696 ގްރާމް ކެނެބިސް ހުރިކަމަށާއި، އެކޮޓަރީގެ ޓައިލްސް މަތީގައި އޮތް ގޮދަޑި މަތިން ފެނުނު 02 )ދޭއް ( ސެލޯ ފިންކޮޅުގައި 0.0292 ގްރާމް ކެނެބިސް ހުރިކަމަށާއި، އެގޭގެ ދެވަނަ ފަންގިފިލާއަށް ސިޑިން އަރާއިރު ވައަތް ފަރާތަށް ހުރި، އެޕާޓްމަންޓުގެ ކަނާތް ފަރާތުން ފުރަތަމައަށް ހުރި ކޮޓަރި ބަލައި ފާސްކުރިއިރު އެކޮޓަރީގައި ހުރި އެނދު ކައިރީގައި ޓައިލްސް މަތީގައި އޮތް ފިލާގަ ނޑެއްގެ މަތިން ފެނުނު ސެލޯފިން ކޮޅުގައި 3.6307 ގްރާމް . ދ.ރ.އކެނެބިސް ހުރިކަމަށާއި، އަދި އެކޮޓަރީގައި ހުރި އަލަމާރިއެއްގެ ތެރޭގައި އޮތް ދަބަހެއްގެ ތެރޭގައި އޮތް ސޯޓު ބުރިއެއްގެ ވައަތު ފަރާތު ފަހަތު ޖީބުން ފެނުނު ސެލޯފިން ކޮޅުގައި 4.2816 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ އާއި މިމައްސަލައާ ގުޅިގެން މިތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ތިންމީހުންގެ ކުޑަކަމުދާތަކެތި ނަގައި ތަޙުލީލު ކުރިއިރު ޢަލީ އިޔާޛްގެ ފަރާތުން ނެގި ސާމްޕްލް ކޮކެއިންއަށް ޕޮސިޓިވް ވެފައިވާތީ، އަދި މުޙައްމަދު ނިޔާޒު އާއި އިސްމާޢީލް ޢަބްދު އްރަޙީމްގެ ފަރާތުން ނެގި ސާމްޕަލް ކެނެބިސްއަށް ޕޮސިޓިވް ވުމާ ގުޅިގެން މިތިން މީހުންގެ މައްޗަށް 2 )ދޭއް ( ދަޢުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ . 6- އެގޮތުން، ޢަލީ އިޔާޛުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޤާ ނޫނު ނަންބަރު : 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގެ 108 ވަނަ މާއްދާގެ )ހ( އާ 138 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ އެޤާނޫނުގެ 108 ވަނަ މާއްދާގެ )ނ( ގެ ދަށުން ކެނަބިސް ޓްރެފިކްކުރުމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު :2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 116 ވަނަ މާއްދާގެ )ހ( އާއި 148 ވަނަ މާއްދާއާ ޙަވާލާދީ، 116 ވަނަ މާއްދާގެ )ށ( ގެ ދަށުން ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދަޢުވާ އުފުލާފައިވެއެވެ . 7- އަދި މުޙައްމަދު ނިޔާޒު އާއި އިސްމާޢީލް ޢަބްދުއްރަޙީމް ގެ މައްޗަށް ޤާނޫނު ނަންބަރު : 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 108 ވަނަ މާއްދާގެ )ހ( އާ 138 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ އެޤާނޫނުގެ 108 ވަނަ މާއްދާގެ )ނ( ގެ ދަށުން ކެނަބިސް ޓްރެފިކްކުރުމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު :2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 115 ވަނަ މާއްދާގެ )ހ( އާއި 148 ވަނަ މާއްދާއާ ޙަވާލާދީ، 115 ވަނަ މާއްދާގެ )ށ( ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ 23 ސެޕްޓެންބަރު 2019 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައި، އެކޯޓުގެ ނަންބަރު 579/Cr-C/2019 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެއެވެ . . ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާ ހުށަހަޅާ ފޯމު  އިސްތިއުނާފުރައްދުވާ ފަރާތްތަކުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުން: 8- ކްރިމިނަލް ކޯޓުގެ ނަންބަރު 579/Cr-C/2019 ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުގައި އިސްތިއުނާފުރައްދުވާ 3 ފަރާތުން ވަކި ވަކިން އަންނަނިވި ހުށަހެޅުން ހުށަހަޅާފައިވެއެވެ . އެ ހުށަހެޅުމުގައި ވަނީ : ]މިމައްސަލާގައި މަސްތުވާތަކެތި ފެނުނުކަމަށް ބުނާ ތަން ފުލުހުން ބަލައި ފާސްކޮށްފައިވަނީ ޤާނޫނު ނަންބަރު 2016/12 )ޖިނާއި އިޖުރާއަތުގެ ޤާނޫނު ( ގެ 33 ވަނަ މާއްދާއާއި، ހާދިސާ ހިނގިއިރު ފުލުހުން ޢަމަލުކުރަމުންދިޔަ ގަވާއިދު ކަމަށްވާ ]ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދު[ ގެ 6 ވަނަ މާއްދާ އާއި 9 ވަނަ މާއްދާގައި ބަލައި ފާސްކުރުމުގެ އިޖުރާއަތުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަމަށްވާތީ، މިމައްސަލާގައި ބަލައިފާސްކޮށް ހޯދާފައިވާ އެންމެހާ ހެކި ޤަރީނާއަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ހޯދާފައިވާ ބާޠިލު ހެކި ކަމަށްވާތީ އެ ހެކިތައް ބަލައިނުގަތުމަށް ކަނޑައަޅައި ދއްވުނ[ މިފަދައިންނެވެ . 9- އިސްތިއުނާފުރައްދުވާ ފަރާތްތަކުން، ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ދައުލަތުން ޖުމްލަގޮތެއްގައި ބުނެފައިވަނީ، މިމައްސަލާގައި އިންޓެ ލިޖަންސް މަޢުލޫމާތު ލިބިގެން […] ގެ އަށް ގޮސް، އެ ގެ ބަލައިފާސްކުރި އިރު ތިބި މީހުންގެ ތަފްޞީ ލާއި، އެގެއަށް ފުލުހުން ދިޔަ ގަޑިއާއި، އެ ގެއިން ނެގުނު ތަކެއްޗާއި، ތަކެތި ނެގި ތަންތަނާއި ތަކެތި ނެގި ވަގުތާއި ތަކެތި ނެގި ފުލުހުންގެ އޮފިސަރަކީ ކާކުކަން ސީންއަށް ދިޔަ ފުލުހުން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުންނާއި، ކުށުގެ ވެށިން ނެގުނު ތަކެތި ފޯމުންނާއި، ޗެއިން އޮފް ކަސްޓަޑީ ފޯމުތަކުން އެނގެން އޮންނަކަމުގައެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33ވަނަ މާއްދާގެ )ށ( ގައި ބަޔާންކުރާ މަޢުލޫމާތުތައް ރެކޯޑްކުރަންވީ ގޮތެއް ނުވަތަ ފޯ މ ޓެއްވެސް ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެފައިވާ އެއްވެސް ޤާނޫނެއްގައި ބަޔާންވެފައި ނެތްއިރު، މިމައްސަލާގައި ހުށަހަޅާފައިވާ އެހެނިހެން ޑޮކިއުމަންޓްތަކުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33ވަނަ މާއްދާގެ )ށ( ގެ މަޤް ޞަ ދ ޙާ ސިލްވާތީ، މިމައްސަލާގައި ފުލުހުން ހެކި ހޯދާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ އެއްގޮތަށްކަމަށް ދައުލަތުން ދެކޭކަމަށެވެ .  ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ޝަރީޢަތުން ނިންމި ގޮތް : 10- އިސްވެ ބަޔާންވެދިޔަ ގޮތުގެ މަތިން، ކްރިމިނަލް ކޯޓުގ ނަންބަރު 579/Cr-C/2019 ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގިކުރިން ހުށަހޅެ ހުށަހެޅުމާމެދު އެ ކޯޓުން ނިންމާފައިވަނީ؛ ]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރުމުން، ދަޢުވާ ލިބޭ އިސްމާޢީލް ޢަބްދުއްރަޙީމް މައްޗަށް ދައުލަތުން ކުޅަ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެނ، އިސްމާޢީލް ޢަބްދުއްރަޙީމްގެ ފަރާތުން ހުށަހަޅާފައިވާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ބަލާއިރު، އަދި އެކަމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިމައްސަލާގައި މަސްތުވާތަކެތި ފެނިފައިވާ […] ބަލައިފާސްކުރުމުގައި، ފުލުހުން ޢަމަލުކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ )ހ( އާއި )އ( އާ ޚިލާފަށްކަމަށް ޝަރީޢަތަށް ބުރަވެވޭތީ، މިއީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅައި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، މި ހެކިތަކަކީ ޝަރީޢަތުން ރިޢާޔަތްކުރެވޭނެ ހެކިތަކެއް ކަމުގައިނުވާތީ، މިފަދަ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެ ހެކި ހޯދާފައިވާ ގޮތް ގޯސްކަމަށް ކަނޑައެޅޭ ޚލަތުގައި، އެ މައްސަލައަކީ މައުޟޫޢީ ގޮތުން ބެލުމުގެ މަޤުސަދެއް ނެތަތީ، މިދަޢުވާއަކީ މަދަނީ މިންގަޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( 115 ވަނަ މާއްދާގެ )ހ( އާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު (2021-SC-REG-01) ގެ 115 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، […] އިސްމާޢީލް ޢަބްދުއްރަޙީމްގެ މައްޗަށް ދައުލަތުން ކުޅަ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށްފީމެވ.[ މިފަދައިންނެވެ . 11- މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 579/Cr-C/2019 ޤަޟިއްޔާއާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/579-2019/2021/05 އާއި ނަންބަރު 145-B10/SHN/579-2019/2021/06 އާއި ނަންބަރު 145-B10/SHN/579-2019/2021/07 . ކްރިމިނަލް ކޯޓުގެ ނަންބަރު 019/2021/052-B10/SHN/579-145 އާއި ނަންބަރު 2019/2021/06-B10/SHN/579-145 އާއި އަދި ނަންބަރު 145-B10/SHN/579-2019/2021/07 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުންތައް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުންތައް ވަކިވަކިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތު ން ދިވެހިރާއްޖޭ ގެ ހައިކޯޓު ގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާތަ ކެކެވެ .  އިސްތިއުނާފީ ނުކުތާތައް : 12- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/SHN/579-2019/2021/05 އާއި ނަންބަރު ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން އިސްތިއުނާފުކުރު މަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 2 )ދޭއް ( ނުކުތާ ހުށަހަޅާފައިވެއެވެ . އެގޮތުން ހުށަހަޅާފައިވާ :

12.1- ފުރަތަމަ ނުކުތާއަކީ : ކްރިމިނަލް ކޯޓުގެ ބަޔާންކުރެވުނު 3 ނިންމުމުގައި، ޤާނޫނު ނަންބަރު : 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނު ( ގެ 33ވަނަ މާއްދާގެ )ކ( އާއި )އ( އާ ޙަވާލާދެއްވައި، އެ ޤާނޫނުގެ 115ވަނަ މާއްދާގެ )ހ( އާއި ގަވާއިދު ނަންބަރު 2021-SC-REG-01 )ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ( ގެ 115ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ރައްދުވާ 3 ފަރާތުގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ބާޠިލު ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ؛ އަދި

12.2- ދެވަނަ ނުކުތާއަކީ : ބަޔާންކުރެވުނު 3 ނިންމުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/108.109.110 ޤަޟިއްޔާ ތަޠުބީޤު ކުރައްވާފައިވަނީ ރަގަޅަށްނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ .  އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް : 13- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު ނަންބަރު 145-B10/SHN/579-2019/2021/07 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުމަކީ ބާޠިލު ނިންމުންތަކެއް ކަމަށް ކަނޑައަޅުއްވައި، އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ، މައުޟޫ ޢީ ގޮތުން ކުރިއަށް ގެންދެވޭނެ ދަޢުވާތަކެއް ކަމަށް ކަނޑައަޅުއްވައި ދެއްވައި، މައްސަލަ ތައް ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ތޙަ ވީލުކޮށްދެއްވުމަށެ ވެ . މަދަނީ މިންގަނޑުން ދަޢުވާއާ ގުޅިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމާއި ޝަރީޢަތުގެ ކުރނި ހުށަހަޅާ ހުށަހެޅުން: 14- ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 115ވަނަ މާއްދާއާއި 117،118 އަދި 119ވަނަ މާއްދާއަށް ބެލުމުން، މަދަނީ މިންގަނޑުން ދަޢުވާއާ ގުޅިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރު ޙލާއަކީ، މުޅިން ތަފާތު ދެ މަރު ޙަ ލާއެކެވެ . އެކަން އެމާއްދާތަކާއި އެ މާއްދާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން ތަރުތީބކުރެވިފައިވާ ގޮތަށް ބެލުމުން އެނގެއެވެ . އެގޮތުން ؛ 115ވަނަ މާއްދާ:ދަ ޢވާއައިގެންކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުން : )ހ( މި ޤާނޫނުގެ 107 ވަނަ މާއްދާގެ )ހ( ގެ ދަށުން ދަޢުވާއަށް ޖަވާބުދާރީވުމަށް ދަޢުވާލިބޭފަރާތަށް ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވޭނެ ތަނެއް ނެތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދުޢުވާއައިގެން ކުރިއަށްދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެއީ ބާޠިލު ދަޢެވާއެއް ކަމުގައި ކަނޑައޅަންވާނެއެވ. )ށ( މި މާއްދާގެ )ހ( ގެ ދަށުން ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް ނެތް ކަމަށްފަނޑިޔާރު ކްނޑައަޅާ ޙާލަތުގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހުރީ ބަންދުގައި ކަމަށްވާނަމަ، އޭނާ ދޫކޮށްލުމަށެކޯޓުން އަމުރުކުރަންވާނެއެވ. )ނ( މިމާއްދާގެ )ހ( ގެ ދަށުން ދަޢުވާއެއް ބާޠިލުކަމަށް ކޯޓުން ކަނޑައެޅުމަކީ، އިތުރު ހެއްކާއެކު، ނުވަތަ ދަޢުވާގެ ލިޔުމަށް ބަދަލުގެނެސް، ހަމަ އެ ދަޢުވާ އަލުން އުފުލުމަށް ހުރަހަކަށްވާނެ ކަމެއް ނޫނެވެ . )ރ( މި މާއްދާގެ )ހ( ގެ ދަށުން ފަނޑިޔާރަކު ނިންމުމެއް ނިންމައިފިނަމަ، އެ ނިންމުން ނިންމި ސަބަބުތައް، އެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ . އަދި އެ ނިންމުން ދައުލަތަށާއި ދަޢުވާލިބޭ ފަރާތަށް ފަނޑިޔާރު ދޭންވާނެއެވެ. )ބ( މި ޤނޫނުގާ 107 ވަނަ މާއްދާގެ )ހ( ގެ ދަށުން ދަޢވާއަށު ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތށަ ދެވޭ ފުރުޞަތުގައި ދަޢުވާއަށް އިންކާރުކޮށްފިނަމަ، ހުށަހެޅިފައިވާ ދަޢުވާއަށާއި އެ ދަޢުވާ ސާބަތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކުރާއިރު، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދާޢުވާ ކުރެވޭނެ ތަނެއް އޮތްކަމަށް، މަދަނީ މިންގަނޑުން ބަލާއިރު ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، އެ ދެޢުވާއައިގެން ކުރިއަށްދެވޭނެ ކަމަށް ކަނޑައަޅަންވާނެއެވ. 117ވަނަ މާއްދާ: ޝަރީޢަތުގެ ކުރިން ހުށަހެޅިދާނެ ހުށަހެޅުން : ޝަރީޢަތުގައި މއަޟޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށްހށަހެޅިދާނެއެވ. 118ވަނަ މާއްދާ: ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމާއި، އެ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުން : )ހ( ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހައި ހުށަހެޅުމެއް، ޝަރީޢަތް ފެށުމުގެ 30 )ތިރީސ ( ދުވަހުގެ ކުރިން ހުށަހަޅަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި އެ އަޑުއެހުންތައް ބާއްވާނެ ގޮތެއް، މ ޤނޫނުގާ 116ވަނަ މާއްދާގެ ދަށުން ތާވަލުކުރާއިރު ފަނޑިޔާރު ނިންމަނވާނެއެވ . )ށ( މައްސަލައިގައި ހިމެނޭ ފަރާތަކުން މި މާއްދާގައިވާ ގޮތުގެމަތިން ޝަރީޢަތް ފެށުމުގެކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް، މި ޤާނޫނުގެ 116 ވުނަ މާއްދާގެ ދަށުން ތާވަލުކޮށްފައިވާ ގޮތުގެމަތިން އެ އަޑުއެހުންތައް ފަނޑިޔާރު ބާއްވަންވާނެއެވ. )ނ( ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީޢަތަށް ހުށަހަޅަންވާނީ، މިޤާ ނޫނުގ ދިށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތައްޔާރުކުރެވިފައިވާ ކަމާގުޅޭ ފޯމު މެދުވެރކޮށެވ. )ރ( ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ތާއީދުކެރު އެފިޑެވިޓެއް ހުށަހަޅަންވާނެއެވ . )ބ( މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ހުށަހެޅުމާއެކު، އެ ހުށަހެޅުމުގެ ކޮޕީއެއް، އެ ހުށަހެޅުން ކޯޓަށް ހުށަހަޅާތާ 2 )ދޭއ( ދުވަހުގެ ތެރޭގައި މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ދޭން ވާނެއެވެ. )ޅ( މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް ރައްދުދިނުމުގެ ގޮތުން އަނެއް ފަރާތުން ހުށހަޅަ އެފިޑެވިޓް، އަޑުއެހުން ބޭއްވުމުގެ 2 )ދޭއް ( ދުވަސް ކުރިން ހުށަހަޅަންވާނެއެވެ . )ކ( ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ބާއްވާ އަޑުއެހުން ބޭއްވުމގު 5 )ފަހެއް ( ދުވަސް ކުރިން އެކަން، މައްސަލައިގައި ހިމެނޭ ދެފަރާތަށް ފަނޑިޔާރު އަންގަންވާނެއެވެ. 119ވަނަ މާއްދާ: ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުން : )ހ( އަންނަނިވި ހުށަހެޅުންތަކަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެކެވެ . މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ހުށަހެޅެމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ.

1ދަޢުވާ އުފުލުމުގައި އަދި /ނުވަތަ ދަޢުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާނަމަ އެކަން؛

2ދަޢުވާކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް؛

3ވަކި ހެއްކަކީ ޝަރީޢަތަށް ޤަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން؛

4އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުގައި ކުރާ ދަޢުވާއެއް ވަކިކޮށްދިނުމަށް އެދުން؛

5ހެކިބަސް ދޭ މީހާއަށް ޙިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުން؛

6މި ޤާނޫނުގެ 129 އަދި 132 ވަނަ މާއްދާގެ ދަށުން ހެކި ހާމަކުރުމަށް އެންގުމަށް އްދެ ހުށަހަޅާ ހުށަހެޅުން. )ށ( މި މާއްދާގެ )ހ( ގެ )3( ވަނަ ނަންބަރު އެހެން އޮތްނަމަވެ ސ، ވަކި ހެއްކެއް ހާމަވީ، ޝަރީޢަތް ފެށުމަށް ފަހުގައި ކަމަށްވާނަމަ، އެ ނަންބަރުގައި ބަޔާންކުރާފަދަ ހުށަހެޅުމެއް، ޝަރީޢަތެފެށުމަށް ފަހުގައިވެސް ހުށަހެޅިދާނެއެވެ. 15- ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ އިސްވެ ބަޔާންވެދިޔަ މާއްދާތަކަށް ބެލުމުން، މަދަނީ މިންގަނޑުން ދަޢުވާއާ ގުޅިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމާއި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރު ޙަ ލާއަކީ، މުޅިން ތަފާތު ދެ މަރު ޙަ ލާއެއްކަމާއި، އަދި އެމަރު ޙަ ލާތަކާ ގުޅިގެން ނިންމާ ނިންމު ން ތަކުގެ މައްޗަށް ތަރުތީބުވެގެން އަންނަ އިޖުރާއާތުތައްވެސް ތަފާތުކަން އެނގެއެވެ . އެހެންކަމުން އެ ދެ މަރުޙަލާއަކީ އެއްކޮށްލައިގެން އެއް މަރުޙަލާ އެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މަރުޙަލާ ތަކެއް ނޫނެވެ . އެކަން އެ މާއްދާތައް ތަރުތީބު ކުރެވިފައިވާ ގޮތުންވެސް ސާފު ކޮށް އެނގެ އެވެ . 16- ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115ވަނަ މާއްދާގެ ދަށުން މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމަށް އެ މަރުޙަލާގައި މައްސަލަ ބަލާ ފަނޑިޔާރު ނިންމައިފިނަމަ، ދަޢުވާގެ ލިޔުމަށް ބަދަލުގެނައި ސ، އާ ހެކިތަކާއެކު ހަމަ އެދަޢުވާއެއް ދެވަނަ ފަހަރަށް އުފުލުމަކަށް 14 13 ހުރަސްނާޅާކަން، އެނގެން އޮވެއެވެ .، އެއާ ޚިލާފަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 117ވަނަ މާއްދާއަށް ރިޢާ ޔަތްކޮށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މައްސަލައަކީ މައުޟޫ ޢގޮތުނީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއްކަމަށް ފަނޑިޔާރު ނިންމައިފިނަމަ، އެމައްސަލައަކީ އެ މައްސަލައިގެ ދަޢުވާއަށް ބަދަލުގެނައިސް އަދި އާހެކިތަކާއެކު ދެވަނަ ފަހަރަށް ހުށަހެޅު މަށް ފުރުޞަތުއޮތް މަރު ޙަ ލާއެއް ނޫންކަން އެ ނގެއެވެ . އެހެންކަމުން، މަދަނީ މިންގަނޑނު ދަޢުވާއާ ގުޅިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމާއި،ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރޙަ ލާއަކީ، އެއްކޮށްލައިގެން ކުރިއަށް ގެންދެވޭނެ ދެ މަރުޙަ ލާއެއްނޫނެވެ . 17- ކްރިމިނަލް ކޯޓުގެ ނަންބަރ 145-B10/SHN/579-2019/2021/05 އާއި، ނަންބަރު ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއިމެދު ނިންމި ނިންމުންތަކަށް ބަލާއިރު، އެ ނިންމުންތަކަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115ވަނަ މާއްދާއާއި 117ވަނަ މާއްދާގައި ބުނާ ދެ މަރު ޙަ ލާ އެއްކޮށްލައިގެން ކުރިއަށް ގެންގޮސް ނިންމާފައިވާ ނިންމުންތަކެއް ކަން، އެ ނިންމުންތަކަށް ބެލުމުން އެނގެއެވެ . އެގޮތުން؛ 18- އެ ނިންމުންތަކުގެ ]މައުޟޫޢީ ގޮތުން މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް އޮތްތޯ ބެލުން[ މި ޞުރުޚީގެ ދަށުން މައްސަލަ ބެލި ފަނޑިޔާރު ފާހަގަކޮށްފައިވަނ؛ ]މިމައްސަލަ އޭރު ބައްލަވަމުން ދިޔަ ފަނޑިޔާރު، މިމައްސަލަ މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ، މައްސަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށްފަހުގައިކަމަށް ވިދާޅުވެފައިވެއެވެ . މިކަމާއި ގުޅިގެން ދައުލަތުންވެސް އަދި ދަޢުވާ ލިބޭ ފަރާތުންވެސް އިޢުތިރާޒުކޮށްފައިނުވެއެވެ . . ޤާނޫނު ނަންބަރު 2016/12 )ޖިނާއީ އިޖުރާއަތުގެ ޤާނޫނ( 115ވަނަ މާއާދާގެ )ނ( ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާ އަދި 116 ވަނަ މާއްދާ އަށް ބެލުމުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ފުރުސަތު ދޭންޖެހެނީ، އެ މައްސަލައަކީ މަދަނީ މިންގަޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ފަނޑިޔާރަށް ފެންނަ ހާލަތުގައެވެ . ނަމަވެސް، މިމައްސަލައާ ގުޅިގެން 06 ސެޕްޓެންބަރު 2011 ދުވަހު ބޭއްވުނު އަޑުއެހުމުގައި، މި އިޖުރާއަތާއި ގުޅޭ ގޮތުން ދައުވާ ލިބޭ ފަރާތުގެ ވަކީލާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ޝަރީޢަތުން ސ ވާލުކުރުމުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއެކު މައްސަލާގެ މަދަނީ މިންގަ ޑުންކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނުވަތަ ނޫންކަމަށް ފަނޑިޔާރަށް ނިންމިދާނކަމަށެ ދެ ފަރާތުންވެސް ބުނެފައި ވެއެވެ . މިގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ )ހ( ގައިވާ އިބާރާތުން، މަދަނީ މިންގަޑުން މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ފަނޑިޔާރު ނިންމުމުގެ ކުރިން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ފުރުސަތު ދެވޭނެކަން ދޭހަވެއެވެ . އެ މާއްދާގައިވަނީ، ދަޢުވާ އަށް ޖަވާބުދާރީވުމަށް އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި އޭނާ ދަޢުވާއަށް އިންކާރުކޮށް ފިނަމަ، އޭނާ ދަޢުވާއަށް ޖަވާބުދާރީވިގޮތް ފަނޑިޔާރު ރެކޯޑްކުރުމަށްފަހު، ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންނަމަ، އެ ފުރުސަތު ފަނޑިޔާރު ދޭން ވާނެއެވެ .[ މިފަދައިންނެވެ . މިމާއްދާގައި މަދަނީ މިންގަޑުން މައްސަލަކުރިއަށް ގެންދިއުމުގެ ވާހަކަ އައިސްފައިނެތެވެ . އެހެންކަމުން، އިސްވެ ދެންނެވުނު މާއްދާއަށާއި މިމައްސަލާގައި، ކުރިން މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމާފައިވާ ނިންމުމަށާއި، ދެފަރާތުގެ ވަކީލުންގެ ވާހަކަތަކަށް ރިޢާޔަތްކުރުމަށްފަހު، މިމައްސަލާގައި މަދަނީ މިންގަޑުން މައްސަލަ ކުރިއަށްގެންދެވިދާނެތޯ ގޮތެއް މި ނިންމަނީ، މައްސަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ތެރެއިންނެވެ.[ މިފަދައިންނެވެ . . ކްރިމިނަލް ކޯޓުގެ ނަންބަރު 2019/2021/05-B10/SHN/579-145 އެއާ ނަންބަރު 2019/2021/06-SHN/579/10B-145 އެއާ އަދި ނަންބަރު 145-B10/SHN/579-2019/2021/07 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުންތައް 19- އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115ވަނަ މާއްދާއާއި 117ވަނަ މާއްދާގައި ބުނާ ދެ މަރު ޙަ ލާ އެއްކޮށްލައިގެން ކުރިއަށް ގެންގޮސް އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނިންމުންތައް ނިންމުމުގެ ނަތީޖާއަކީ، މަސްތުވާތަކެތި ޓްރެފިކްކުރުންފަދަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކުރާ ބޮޑު ކުށެއްގެ ދަޢުވާގެ ލިޔެކިޔުންތަކަށް ބަދަލުގެނެސް އާހެކިތަކާއެކު އެ ދަޢުވާ އުފުލުމަށް ޤާނޫނުން ފަހިކޮށްފައި އޮތް ފުރުޞަތު ނެތިދިއުމެވެ . އަދި ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް މިނިވަންވުމަށް އޮތް ފުރުޞަތު ފަހިވުމެވެ . 20- މިއީ، ދައުލަތާއި ދަޢުވާލިބޭ ޚަޞްމުން ބޭނުންވިޔެއްކަމަކު އެއްކޮށްލައިގެން އެއްމަރު ޙަ ލާއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މަރުޙަލާތަކެއް ނޫނެވެ . އަދި މައްސަލައިގެ ޚަޞްމުން އެއްބަސްވިޔަސް އެ މައްޗަށް ޝަރީޢަތުން އާބަސްބުނެ އެގޮތުގެ މަތިން ކުރިއަށްދެވޭނެ ކަމެއްނޫނެވެ . ޝަރީޢަތުން ޢަމަލުކުރަންޖެހޭނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ . އެހެންކަމުން، އިސްތިއުނާފު މިކުރެވޭ ނަންބަރު ނަންބަރު 145-B10/SHN/579-2019/2021/07 ޝަރީޢަތުގެ ކުރިން ހުށަހެޅުމާދެ ނިންމި ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް އެ ޤާނޫނު ން ކަނޑައަޅާފައިވާ މަރު ޙަ ލާތައް ފުށުއަރާގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ދެކެވެ. 21- އިސްތިއުނާފު މިކުރެވޭ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާ މެދު ނިންމި ނިންމުންތަކުގައި، އެކޯޓުން ނިންމާފައިވަނީ، ހުށަހެޅިފައިވާ މައްސަލަތަކުގައި މަސްތުވާތަކެތި ފެނިފައިވާ […] ބަލައިފާސްކުރުމުގައި، ފުލުހުން ޢަމަލުކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ )ހ( އާއި )އ( އާ ޚިލާފަށްކަމަށް ޝަރީޢަތަށް ބުރަވެވޭތީ، މިއީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 52ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، މި ހެކިތަކަކީ ޝަރީޢަތުން ރިޢާޔަތްކުރެވޭނެ ހެކިތަކެއް ކަމުގައިނުވާތީ، އެ މައް ސަލަތަކަ ކ މައުޟޫޢީ ގޮތުން ބެލުމުގެ މަޤުސަދެއް ނެތް މައްސަލަތަކެއްގެ ގޮތުގައި ކަނޑައަޅައި، އެމައްސަލަތަކަ ކ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލަތަކެއް ކަމަށް ކަނޑައަޅައި، މައްސަލަތަކުގެ ދަޢުވާ ފޯމް ބާޠިލްކޮށް އެގޮތުގެ މަތިން ކަމުގައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވާދަޢުވާ ފޯމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް އުފުލާފައިވަނީ، ހަމައެކަނި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާއެއް ނޫނެވެ . މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާގެ އިތުރުން މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާވެސް ދައުލަތުގެ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވެއެވެ . 22- އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނިންމުންތަކުގައި، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ދައުލަތުންހުށަހެޅި ހެކިތަކާ ގުޅޭގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެއްވެސް ހުށަހެޅުމެއް އަޅައި އެއާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަން އެނގެން ނެތެވެ . އިސްތިއުނާފުކުރެވިފައިވާ ކްރިމިނަލް ކޯޓުގެ ނިންމުންތަކުގައި ނިންމާފައިވާ ނިންމުމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ހިމެނޭހެން މުޅި ދަޢުވާ ފޯމު އެވަނީ ބާޠިލުކޮށްފައެވެ . މަސްތުވާތަކެތި ބޭނުންކުރުމުގެ ދަޢުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެއްކާ ގުޅިގެން ޝަރިޢަތުން އެއްވެސް ކަމެއް ބަޔާންކުރުމަކާ ނުލައެވެ . އެއީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތެއްކަމަށް ބަލާނެ ޤާނޫނީ އަދި ޝަރުޢީ ވިޔަސް ހަމައެއް ނެތެވެ . އެހެންކަމުން، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު ނަންބަރު 145-B10/SHN/579-2019/2021/07 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ތަކަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ދެކެމެވެ . އިސްތިއުނާފަށް ހުށަހެޅިފައިނުވާ ކަމަކާމެދު އިސްތިއުނާފުން ގޮތެއް ނިންމުން: 23- އިސްތިއުނާފީ މަރުޙަލާގެ ޢާންމު އުޞޫލަކީ، އިސްތިއުނާފަށް ހުށަހެޅިފައިވާ ކަންކަމާމެދު އިސްތިއުނާފުން ގޮތެއް ނިންމުމެވެ . ނަމަވެސް އިސްތިއުނާފު ކުރެވި ފައިވާ ދަށުކޯޓުގެ ނިންމުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނާ ޚިލާފު ނުވަތަ ޢަދުލުއިންޞާފުގެ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމު މެއް އޮތްކަމުގައި ވާނަމަ، އަދި އެކަމަކީ މައްސަލައިގެ ޚަޞްމަކު އިސްތިއުނާފުގައި ފާހަގަކޮށްފައިނުވާ ކަމެއް ކަމުގައި ވީނަމަވެސް، އިސްތިއުނާފު މަރު ޙަ ލާގައި އެކަ މާމެދު ގޮތެއް ނިންމިދާނެއެވެ . އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/100 (2021) SC30-SC/2020 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 62/A-HC/1820 ޤަޟިއްޔާ އަށް ބެލުމުން އެނގެ އެވެ . 24- މި މައްސަލާގައި އިސްވެ ބަޔާންވެދިޔަ ކަންކަމަކީ، ދައުލަތް ހިމެނޭހެން މައްސަލައިގެ ޚަޞްމުން އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމެއް ނޫނެވެ . ނަމަ ވެސް ކުރިން ބަޔާންވެދިޔަ ފަދައނި އެކަން ކަމަކީ، ޤާނޫނީ އުޞޫލުތަކާ ޚިލާފަށް، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވޭ ފަރާތްތަކެއް، ދަޢުވާއިން ބަރީއަ ވެ މިނިވަން ވުމަށް ހުޅުވިގެން ދިޔަ ދޮރުތަކެކެވެ . 25- ޖިނާއީ މައްސަލަތަކަކީ އެކަމުގައި މުޅި މުޖްތަމަޢުގެ މަޞްލަހަތު ހިމެނޭކަމެކެވެ . އެހެންކަމުން، ޖިނާއީ މައްސަލަތަކުގައި ތަޙްޤީޤުކުރުމާއި ދަޢުވާ އުފުލުމާގުޅޭ ކަންކަމުގައި، ޤާނޫނުއަސާސީއާއި ޤާނޫނުގައި އެކަން މަތިކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއާއި މަސްއޫލިއްޔަތު، ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ކުރުމަށް ޤާނޫނުއަސީސީ ލާޒިމްކުރެއެވެ . 26- ތަޙްޤީޤު މަރު ޙަ ލާއާއި ދަޢުވާއުފުލުމުގެ މަރު ޙަ ލާގައި، ޤާނޫނުގައި ކަނޑައެޅިފައި ވާ އިޖުރާއާތުތަކާ ޚިލާފަށް ކަންކޮށް، ޝަރީޢަތަށް އައުމުން އެ ކަންކަން ޝަރީޢަތުން ރަނގަޅު ކުރެވޭނެ ހަމައެއް އޮންނާނެ ކަމަކަށް ނުފެނެއެވެ . އެ ފަދަ ޙާލަތް ތަކުގައި ތުހުމަތުގައިވާ ފަރާތެއް ޝަރީޢަތުގެ މަރު ޙަ ލާއިން ދޫވާހި ނދު ނުވަތަ މިނިވަންވާ ހިނދު، މުޅި އެކަމުގެ ޒިންމާ ޝަރުޢީ ކޯޓުތަކުގެ އިހު މާލެއްގެ ގޮތުގައި ދައްކައި ކޯޓތަކުނު ޤާނޫނުތައް މާނަކޮށް ތަޠުބީޤު ކުރަމުންދަނީ ރަނގަޅަށް ނޫންކަމަށް ބުނުމީ އެކަމަށް އޮތް ޙަ އްލެއްނޫނެވެ . 27- ބަޔާންވެދިޔަ ކަންކަމަށް ނަޒަރުކުރުމުން، އިސްތިއުނާފުކުރެވިފައިމިވ، ކްރިމިނަލް ކޯޓުގެ ނަންބަރު . އަޙްމަދު އިސްމާޢީލް ވ ލަޠީފާ ޢަލީ ޙަސަން . ޢަބްދުއްލަޠީފު ޢަލީ ވ އާމިނަލު ފަޚްރިއްޔާ 2021 / HC-812 /56 57 58 18 0 :> (. ~ :> ,_., > .?./"./" .r .? .? .J-,/ _,.,/ 145-B 10/SHN/579-20 19/2021107 ,,,,o,oc. ~,.,., 0/:10 • .P .A,/ c./"./"./" .s ./.r tiP _,..?.?./"./" "' 0 > > :> (.;IX(. 0/0/ :> ;I(. > 0 ~ ..... ., ,., ~ >, :I:>C:.>"'*" t. " (., 0 ' '.r-.?~./ ./"$".?" "' .S$" .s .A _r-v_r-v ./".JI~V_/4',/t<IP .A .s v $"$" v ./" ./".P~ v .s ,/,1 .P~.A ( ,/,1./".r "' :I/O,. t. "C't. 0 G '*~ D , .... o, G :> (? ~<IP_/4'_/4' .SEV.A (./" .s .J- .s" .A,/t.A~ :i"' 579/Cr-C/2019 ~<IP_/4'_/4' .sev _?./".?~V""' " "' "' "' .... 145-B10/SHN/579-20 19/202 1/06 145-B 10/SHN/579-20 19/2021/05 0 >G'*>'-_.,> "*"""> 0 > C.:>/ /" .?./"./" .r .? .? .J-,/_,.,/ .J-,/_,.,/ ./"~ v .s$" .-;1~ ~ 145-B 10/SHN/579-2019/2021/07 t. ~"'*:I> 0:1/:l/ '*>D/:1~> 0 OX:> "* 0 / " 0 > D .A .P .A,1./,,A ./"$"./.A.r .P_r.A~./ ./".A$"~.A '.rv./~ <11> .A$" ./".?./"./" .... .... .... .... .... C.t.t.O'* C. ~0 ""' D/ :> DC. C. O:>:>C.:I/ .S(!.A~./.P.,r ,/t.A~:i _,..A~ v ./" .s _,.,1 ./".?,/.A t. .A .... .... / .... (. ,_ ox 0 > > 0 , "* 0 t.> .... (. ,.>(':).., • .P .?./ _,. v .? v /. ./" :s./$".A .A .S./_?(!.? _?<~~> A.SEV.A./ ~ ..,.. , ~,. .... ;" .... ;,o:>> ,.., ~o , ~ V _?V,/. .A_?<P ,/t.A~ J.? "* .... ,. ,. :> ,. 0 , :> >"* .., 0/ ,. :l/0/:> :>"* , .r,/~ V" .A~/. ~.n t..r'..J ./-.A,1 .r.? .A/..? ~ .n t..r',1 ~ .... "' .... D~ ;J;J~.:;. ;J/9 -"' ~U.Q <(, C ' ./""J/"'/ ~.._,~.,..., '~ v-: .; Jt!A~-:.P..; VVWW · highCOUrt ·gOV·lTIV :~-:~ :; info@h ighcourt-gov-mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)، (ބ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117، 118 އަދި 119 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 33 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ގަވާއިދު ނަންބަރު 2021-SC-REG-01 (ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު) ގެ 115 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އަދި (ނ)، 138 ވަނަ މާއްދާގެ (ބ)، 115، 116 އަދި 148 ވަނަ މާއްދާ
  • 2020/SC-A/100 [2021 SC 30] (އަޙްމަދު އިސްމާޢީލް ވ ލަޠީފާ ޢަލީ ޙަސަން)
  • 2018/HC-A/62 (ޢަބްދުއްލަޠީފު ޢަލީ ވ އާމިނަތު ފަޚްރިއްޔާ)
  • 2021/SC-A/108,109,110

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ