މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ބްލޫ ވޭލް އިމްޕެކްޓްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2295/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުންފުނީގެ ސިއްކަ ނުޖަހާ، ކުންފުނީގެ އެކައުންޓެންޓު ސޮއިކޮށްފައިވާ 'ޑެޓް ރީޕޭމަންޓް އެގްރީމަންޓް' އަކީ ކުންފުނި ބަނދެވޭ ޞައްޙަ އެއްބަސްވުމެއްތޯ ނުވަތަ ފޯޖް ލިޔުމެއްތޯ، އަދި ހެކިބަސް ނެގުމުގައި ސިވިލް ކޯޓުން ޢަމަލުކުރި ގޮތުގެ ސަބަބުން ޙުކުމުގެ ޢަދުލުވެރިކަން ގެއްލިފައިވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުންފުންޏަކީ ހިއްސާދާރުންނާ ވަކި ޤާނޫނީ ޝަޚްޞެކެވެ؛ ކުންފުނި ހިންގުމުގެ ބާރު ޢާއްމު އުޞޫލުން ލިބެނީ ޑިރެކްޓަރުންގެ ބޯޑަށް ކަމުން ކުންފުނީގެ ނަމުގައި މުޢާމަލާތްކުރުމުގެ ބާރު ޑިރެކްޓަރުންނަށް ނުވަތަ މުވައްޒަފުންނަށް ޑެލިގޭޓްކުރެވޭނެއެވެ؛ އެގޮތުން ކުރެވޭ މުޢާމަލާތުގެ ޒިންމާ އުފުލަނީ ކުންފުންޏެވެ. އެ ބާރަކީ އަސާސީ ގަވާއިދު، ހިންގާ ގަވާއިދު ނުވަތަ ބޯޑު ރިޒޮލިއުޝަނުން ލިބޭ އަޞްލީ ބާރު ނުވަތަ ޟިމްނީ ބާރަކަށް ވެދާނެއެވެ؛ އަޞްލީ ބާރު ނެތަސް، މުޢާމަލާތުކުރާ ފަރާތަށް އެ މީހާ ޢަމަލުކުރަނީ ކުންފުނީގެ އޮތޯރިޓީއާއެކު ކަމަށް ބެލެވޭފަދަ ކަންކަން ހުރިނަމަ އެ އެއްބަސްވުން ކުންފުނީގެ މައްޗަށް ތަންފީޛުކުރެވޭނެއެވެ (ހައިކޯޓުގެ 2017/HC-A/222).
HN2 ކުންފުނީގެ އެކައުންޓެންޓު ކުންފުނީގެ ޗެކުތައް ދޫކޮށްފައިވާއިރު، ކުންފުނީގެ މާލީ ކަންކަމާ ގުޅޭ ދަރަނި އަދާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު އޭނާގެ މަޤާމުގެ ގޮތުން ލިބިފައި އޮވެދާނެއެވެ.
HN3 ކުންފުނިން ސޮއިކުރާ ލިޔުންތަކުގައި ސޮއިކުރާ ފަރާތުގެ ނަމާއި ޙައިޘިއްޔަތާއި ބާރުލިބުނު ގޮތް އެނގުމާއެކު ކުންފުނީގެ ސިއްކަ ޖެހުމަކީ އެންމެ ފުރިހަމަ ގޮތް ކަމުގައިވިޔަސް، އެއީ ލާޒިމު އިޖުރާއަތެއް ނޫނެވެ؛ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމުން، ސިއްކަ ނެތުމަކީ އެއްބަސްވުން ބާޠިލުވާ ނުވަތަ ހަމައެކަނި އެ ސަބަބަށް ބަލައި ލިޔުން ފޯޖުކޮށްފައިވާކަމަށް ކަނޑައެޅޭނެ ޤާނޫނީ ޙުއްޖަތެއް ނޫނެވެ.
HN4 ސުޕްރީމް ކޯޓުގެ 2017/SC-A/40 (ޢަބްދުﷲ ޢާރިފް ވ. އެޕޮލޯ ހޯލްޑިންގްސް) ގައިވާ އުޞޫލުތަކާ އެއްގޮތަށް، ޚަޞްމަކު ހުށަހަޅާ ލިޔުމެއްގެ ޞައްޙަކަމަށް އަނެއް ޚަޞްމު އިންކާރުކޮށްފިނަމަ، އެ ލިޔުމުގެ ޞައްޙަކަން ސާބިތުކުރުމުގެ ޒިންމާ އުފުލަންޖެހެނީ ލިޔުން ހުށަހެޅި ފަރާތެވެ؛ ލިޔުމުގައި ހެކިންގެ ގޮތުގައި ސޮއިކުރި މީހުންގެ ހެކިބަހުން އެކަން ސާބިތުކޮށްފިނަމަ، އެ ހެކި ނަފީކުރެވޭވަރުގެ ހެކި އަނެއް ފަރާތުން ހުށަނާޅާހާ ހިނދަކު އެ ލިޔުމަކީ ޞައްޙަ ލިޔުމެއްކަމަށް ބަލަންޖެހެއެވެ؛ ހަމައެކަނި ޞައްޙަ ނޫނޭ ބުނުމުން ނުފުދެއެވެ.
HN5 ހެކިންނާ ސުވާލުކުރުމުގައި ލީޑިންގ ސުވާލު ކުރިކަމަށް ބެލިޔަސް، އެ ސުވާލުތަކަށް އިޢުތިރާޟުކުރުމުގެ ފުރުޞަތު އަނެއް ފަރާތަށް އޮންނާނެއެވެ؛ އެ ފުރުޞަތު ބޭނުން ނުކޮށް، ދެފަރާތަށްވެސް ހެކިންނާ ސުވާލުކުރުމުގެ ފުރުޞަތު ލިބިފައިވާއިރު، ހެކިބަސް ނެގުމުގައި ޢަމަލުކުރި ގޮތަކީ ޙުކުމު ބާޠިލުކުރަންޖެހޭ ސަބަބެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ސިވިލް ކޯޓު ނަންބަރު 2295/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އިސްތިއުނާފުކުރާ ފަރާތުން 23 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ. އެއީ؛
1.3- ކުންފުނި ތަމްސީލު ކުރުމުގެ ބާރު އުފުލަނީ ކުންފުނީގެ ސްޓޭމްޕުން (ކުންފުނީގެ ތައްގަނޑުން) ކަމަށްވެފައި، ކުންފުނިން ކުރި މުޢާމަލާތެއްކަން އެނގޭނެ އެހެން ގޮތެއް ނެތްއިރު، ކުންފުނީގެ ތައްގަނޑު ޖަހާފައިނުވާ އަދި ފޯޖް ލިޔުމެއް ހުށަހެޅުމުން އެއީ ކުންފުނީގެ އެއްބަސވުމެއްކަމަށް ބުރަވް ގެނ ކުންފުނި ދަރަނިވެރިވާ ގޮތަށް ކޮށްފައިވާ އެ ޙުކުމް ޤާނޫނު ނަންބަރު 96/10 (ކުންފުންޏާއިބެހޭ ޤާނޫނު) ގެ 35 ވަނަ މާއްދާއާއި ޚިލާފުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ، އަދި
1.3- ހެކިން ޙާޟިރުކުރަން ނުޖެހޭ ކަމަކަށް ހެކިން ހާޟިރުކޮށް، ހެކިބަސް ނެގމުގައު ޚަޞްމުންނަށް ފުރުޞަތު ދިނުމުގައި ޢަމަލު ކުރެވެމުންދާ އުޞޫލާއި ޚިލާފަށް ދަޢުވާކުރާ ފަރާތަށް ފުރުޞަތު ދިނުމުގެ ސަބަބުން ހެކިބަހާމެދު ތުހުމަތު އުފެދިފައިވުމާއި، އެހެކިބަހުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކަމެއް ސާބިތުނުވާއިރު، ހެކިބަހާމެދު ކުރި ރިޢާޔަތަށް އޮޅުންއެރުމުގެ ސަބަބުން ޙުކުމެގެ ޢަދުލުވެރިކަން ގެއްލިފައިވާކަމާއި، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 13 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ކށްފައިވޮ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ޝަރީޢަތށަ ފާހަގަކުރެވުނު ކަންކަން ބްލޫވޭލް އިމްޕެކްސް އަދި މައިކޮމްޕެނީ އާ ދެމެދު ހިނގައިދިޔަ މުޢާމަލާތް
5ބްލޫވޭލް އިމްޕެކްސް އާއި މައިކޮމްޕެނީ އާދެ މެދު ވިޔަފާރީގެ މުޢާމަލާތެއް ވެފައިވާކަން ސާބިތުކުރުމަށްޓަކައި ބްލޫވޭލް އިމްޕެކްސްގެ ފަރާތުން އަންނަނިވި ލިޔުންތައް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެގޮތުން
5.3- ބްލޫވޭލް އިމްޕެކްސ ޕްރައިވެޓް ލިމިޓެޑްއިން ފޮނުވާފައިވާ އިންވޮއިސްތަކުގެ ކޮޕީ؛
5.3.3- އެ އިންވޮއިސްތަކަށް ބަލާއިރު ދެ އިންވޮއިސް އެއް ބްލޫވޭލް އިމްޕެކްސްގެ ފަރާތުން މައިކޮމްޕެނީއަށް ފޮނުވާފައިވެއެވެ. ފުރަތަމަ އިންވޮއިސް އަކީ 33 ނޮވެންބަރު 3235 ގައި ހަދާފައިވާ އިންވޮއިސް އެކެވެ. އެއީ ބްލޫވޭލް އިމްޕެކްސްގެ ނަންބަރު 0012/BI/2015 އިންވޮއިސް އެ ވެ. މި އިންވޮއިސްގެ ޖުމްލަ އަގަކީ -93,068/ރ (ނުވަދިހަ ތިންހާސް ފަސްދޮޅަސް އަށެއް ރުފިޔާ) އެވެ. އަދި އެ އިންވޮއިސް ގައި އިންވޮއިސް ގެ ޖުމްލަ އަގު ޗެކް ނަމްބަރު 0896788 (36 ޑިސެންބަރު 3235) އިން ލިބިއްޖެ ކަމާއި، މުދައު ލިބުނު ކަމަށް “V. Purna Chandra” (ވ. ޕު ރްނާ ޗަންދްރާ) ކިޔާ މީހަކު ސޮއިކޮށްފައިވެއެވެ .
5.3.3- ދެވަނަ އިންވޮއިސް ފޮނުވާފައިވަނީ 33 ނޮވެންބަރު 3235 ގައެވެ. އެއީ ބްލޫވޭލް އިމްޕެކްސްގެ ނަންބަރު 0016/BI/2015 އިންވޮއިސް އެވެ. މި އިންވޮއިސްގެ ޖުމްލަ އަގަކީ -118,932/ރ (އެއްލައްކަ އަށާރަހާސް ނުވަސަތޭކަ ތިރީސްދެ ރުފިޔާ) އެވެ. އަދި މި އިންވޮއިސް އާއި މި އިންވޮއިސްގައި ބުނާ މުދައު ލިބިއްޖެކަމަށް “V. Purna Chandra” (ވ. ޕުރްނާ ޗަންދްރާ) ސޮއިކޮށްފައިވެއެވެ .
5.3- މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެކުތަކާއި ޗެކް ރިޓަރންވި ސްލިޕް ތަކުގެ ކޮޕީ؛ ބްލޫވޭލް އިމްޕެކްސްގެ ނަންބަރު 0012/BI/2015 އިންވޮއިސް ބްލޫވޭލް އިމްޕެކްސްގެ ނަންބަރު 0016/BI/2015 އިންވޮއިސް
5.3.3- މި މައްސަލައިގައި 2 ޗެކެއް ބްލޫވޭލް އިމްޕެކްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. ފުރަތަމަ ޗެކަކީ 2236322 ނަންބަރު ޗެކުން ބްލވޭލޫ އިމްޕެކްސް އަށް -93,069/ރ (ނުވަދިހަ ތިންހާސް ފަސްދޮޅަސް ނުވައެއް ރުފިޔާ) ދިނުމަށް 36 ޑިސެންބަރު 3235 ގައި ލިޔެފައިވާ ޗެކެކެވެ . އަދި އެ ޗެކާއި އެކު އެ ޗެކް ރިޓާރންވި ސްލިޕެއްވެސް ހުށަހަޅާފައިވެއެވެ. އެ ސްލިޕަކީ 25 ޖަނަވަރީ 3236 ގެ ސްލިޕެއްކަން އެ ސްލިޕަށ ބެލުމުން އެނގެންއޮވެއެވެ .
5.3.3- ދެވަނަ ޗެކަކީ ޗެކް ނަންބަރު 2236233 އިން ބްލޫ ވޭލް އިމްޕެކްސް އަށް -50,000/ރ (ފަންސާސްހާސް ރުފިޔާ) ދިނުމަށް 22 ސެޕްޓެންބަރު 3236 ގައި ލިޔެފައިވާ ޗެކެކެވެ . ތިންވަނަ ޗެކަކީ ޗެކް ނަންބަރު 2236233 އިން ބްލޫ ވޭލް އިމްޕެކްސް އަށް -58,000/ރ (ފަންސާސްއަށ ހާސް ރުފިޔާ) ދިނުމަށް 22 އޮކްޓޫބަރު 3236 ގައި ލިޔެފައިވާ ޗެކެކެވެ . ބުނެވުނު ހުރިހާ ޗެކެއްގައިވެސް އޮތޮރައިޒްގެ ސިގްނޭޓޮރީގެ ގޮތުގައި ސޮއި ކޮށްފައިވަނީ “V. Purna Chandra” (ވ. ޕުރްނާ ޗަންދްރާ) އެވެ. ބުނެވުނު ހުރިހާ ޗެކްތަކާއެކުވެސް އެ ޗެކްތައް ރިޓާރންވި ކަމުގެ ސްލިޕްތައްވެސް ބްލޫވޭލް އިމްޕެކްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފއިވާކަން އެނގެންއޮވެއެވ .
5.2- ޑެޓް ރީޕޭމަންޓް އެގްރީމަންޓް؛
5.2.3- ބުނެވުނު އެގްރީމަންޓަކީ ބްލޫވޭލް އިމްޕެކްސް އާއި މައިކޮމްޕެނއާ ދެމެދީ 33 ޖަނަވަރީ 3233 ގައި ވެފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ބޭނުމަށް ބަލާއިރު އެއީ މައިކޮމްޕެނީ އިން ބްލޫވޭލް އިމްޕެކްސް އަށް ދައްކަންޖެހި ނުދެއްކިވާ US$ 11,154 (އެގާރަހާސް އެއް ސަތޭކަ ފަންސާސް ހަތަރެއް ޑޮލަރު) ފައިސާ ޗެކު ނަންބަރު 2236322 ޗެކް ނަންބަރު 2236233 ޗެކް ނަންބަރު 2236233 ބްލޫވޭލް އިމްޕެކްސީއަށް ދައްކާނެ ކަމަށާއި، މައިކޮމްޕެނި ގެ ފަރާތުން އެ ފައިސާ ދެއްކުމަށް ނުކުޅެދިއްޖެ ހާލަތެއްގައޭ މައިކޮމްޕެނީ ގެ މެން ޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް އެ ފައިސާއަށް ޕާރސަނަލް ގެރެންޓީ ދ އެ ފައިސާ ދައްކާނެ ކަމަށް އެއްބަސްވެ ވެފައިވާ އެގްރީމެންޓެއްކަން އެ އެގްރީމަންޓަށް ބެލުމުން އެނގެންއޮވެއެވ .
6ބްލޫވޭލް އިމްޕެކްސް އިން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެންނާއި، ހުށަހެޅި ލިޔެކިޔުންތަކާއި ގުޅިގެން މައިކޮމްޕެނގެ ފަރާތުނީ ސިވިލް ކޯޓުގައި ބުނެފައިވަނީ ހިލަވެލިއާއި ހިލަވެލި ކްރެޑިޓަށް ބްލޫވޭލް އިމްޕެކްސގް ފަރާތނު މައިކޮމްޕެނީއަށް ދޫކުރި ކަމަށާއި، އެ މުދަލުގެ އަގަކީ -93,068/ރ (ނުވަދިހަ ތިންހާސް ފަސްދޮޅަސް އަށް ރުފިޔާ) ކަމަށާއި އެ އަގު އަދާކުރުމުގެ ގޮތުން -20,000/ރ (ވިހިހާސް ރުފިޔާ)ގ ދެ ޕޭމަންޓެއް ދައްކާފައިވާނކަމަށެވެ. އެހެންކަމުން މިހާރު ދައްކަންޖެހި ނުދެއްކިވަނީ -53,068/ރ (ފަންސާސްތިންހާސް ފަސްދޮޅަސް އަށް ރުފިޔާ) ކަމަށެވެ. ހަމައެއާއެކު ބްލޫ ވޭލް އިމްޕެކްސ އިން ހުށަހެޅް ލިޔުންތަކުގެ ތެރޭގައި ހިމެނޭ ޗެކާއި މެދު އެ ކންފުނިނ އިއުތިރާޟް ނުކުރާ ކަމަށާއި، ނަމަވެސް އެ ލިޔުންތަކުގެ ތެރޭގައި ހިމެނޭ އިންވޮއިސްތައް އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށާއި، "ޑެޓް ރީޕޭމަންޓް އެގްރީމަންޓް" އަކީ އެދެފަރާތް ދެމެދް ވެފައިވާ އެގްރީމެންޓެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
Agreement
21 Acknowledging that My Company pvt ltd owes US$ 11,154 (elevene Thousand One Hundred and Fifty Four US Dollars ( )“Debt”( for the construction material acquired by My Company Pvt ltd from Bluewhale Impex Private Limited, My Company Pvt Ltd agrees to repay Bluewhale Impex Private Limited as provided in the Repayment Scheduled (Below). And Managing Director of My Company Pvt Ltd Ahmed Athif (Saljam aage, Maafanu, K.Male’, Maldives, ( give personal guarantee, My Company Pvt Ltd will pay the amiunt owed to Bluewhale Impex Private Limited as provided in the Repayment Schedule (Below). And if My Company Pvt ltd, fail to pay as provided in the Repayment Schedule (Below), Ahmed Athif will pay the amiunt owed to Bluewhale Impex Private Limited as provided in the the Repayment Schedule (Below) and will also pay the fine as according to this agreement and to pay all legal fee according to this agreement.
3ހުށަހެޅިފައިވާ މައްސަލައިގައި މައިކޮމްޕެނީ ގެ ފަރާތުން "ޑެޓް ރީޕޭމަންޓް އެގްރީމަންޓް"އެއް ވެފައިވް ކަމާމެދު އިންކާރު ކޮށްފައިވާކަމުން، އެ އެގްރީމަންޓަކީ ޞައްޙަ އެގްރީމަ ންޓެއްކަން ސާބިތުކުރުމަށްޓަކައި ބްލޫވޭލް އިމްޕެކްސްގެ ފަރާތުން އެ އެގްރީމެންޓުގައި ހެކިންގެ ގޮތުގައި ސޮއިކުރި ފަރާތްތައް ޝަފަހީ ހެކިންގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އެ ފަރާތްތަކުގެ ހެކިބަސް ސިވިލް ކޯޓުން ނަގާފައިވާކަންވެސް އެނގެންއޮވެއެވެ . އެގޮތުން ބުނެވުނު އެގްރީމަންޓްގައި ސޮއިކުރި ދެހެކިންވެސ ސިވިލް ކޯޓަށް ހެކިބަސް ދެމުން ބުނެފައިވަނީ، އެ އެގްރީމަންޓަކީ ބްލޫވޭލް އިމްޕެކްސް އާއި މައިކޮމްޕެނީއާއ ދެމެދި ވެވުނު އެއްބަސްވުމެއް ކަމަށާއި، މައިކޮމްޕެނީގެ ފަރާތުން އގްރީމަންޓުގައ ސޮއި ކުރި ޕުރެނާ އަދި އާޠިފް ކަމަށާއި، ސޮއިކުރި ވަގުތު އެތަނުގައި އެ ހެކިވެރިން ހާޟިރުވެ ތިބިކަމަށެވެ .
2. ސިވިލް ކޯޓުގެ ނަންބަރު 2295/Cv-C/2018 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން މައިކޮމްޕެނީ ގެ ފަރާތުން ސުވާލު އުފައްދާފައިވަނީ "ޑެޓް ރީޕޭމަންޓް އެގްރީމަންޓް" ގެ ޞައްޙަ ކަމާމެދުއެވެ. އެގޮތުން އެ އެއްބަސްވުމަކީ ފޯޖް ލިޔުމެއްކަމަށާއި، އެއީ ޞައްޙަ ލިޔުމެއްނަމަ އެ ލިޔުމުގައި މުޢާމަލާތްކުރި ފަރާތުގެ ހައިޞިއްޔަތުން ކުންފުނީގެ ސްޓޭމްޕް (ކުންފުނީގެ ތައްގަނޑު) ޖަހައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިޘިއްޔަތުން އަޙްމަދު އާޠިފް ސޮއިކުރީސ ކަމުގައް ބުނެފައިވެއެވެ. "ޑެޓް ރީޕޭމަންޓް އެގްރީމަންޓާ" އަކީ ފޯޖުކޮށްފައިވާ ލިޔުމެއް ކަމަށް ބުނާބުނުން
3. "ޑެޓް ރީޕަމްނޓް އެގްރީމަންޓް" އަކީ ފޯޖުކޮށްފައިވާ ލިޔުމެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމަށް ރިޢާޔަތްކުރާއިރު އަންނަވި ކަންކަން ފާހަގަކުރެވެއެވެ. ފުރަތަމަ ކަމަކަމަކަށް އެ އެގްރީމަންޓުގައި ސޮއިކުރި ފަރާތްތަކަށް ބަލާއިރު މައިކޮމްޕެނީގެ ފަރާތުން ސޮއިކޮށްފައިވަނީ andra”“V. Purna Ch (ވ. ޕުރްނަ ޗަންދްރާ) އެވެ. އޭނާ އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ އެކައުންޓެންޓްގެ ހައިސިއްޔަތުން ކަމުން Chandra” Purna “V. (ވ. ޕުރްނަ ޗަންދްރާ) އަކީ އެ ކުންފުނީގެ އެކައުންޓެންޓްގެ މަޤާމުގައި ވަޒީފާއަދާކުރާ މީހެއްކަން އެނގެއެވެ. ބުނެވުނު އެގްރީމަންޓުގައި “V. Purna Chandra” (ވ. ޕުރްނަ ޗަންދްރާ)ގެ އިތުރުން އަޙްމަދު އާޠިފް ގެރެންޓަރ އެއްގަ ގޮތުގައެ ސޮއިކޮށްފައިވެއެވެ . އަޙްމަދު އާޠިފް އަކީ މައިކޮމްޕެނގީ މެނޭޖިންގ ޑިރެކްޓަރަކަން "ކޮމްޕެނީ ޕްރޮފައިލް އިންފޯމޭޝަން ޝީޓް" އަށް ބެލުމުން އެނގެންއޮވެއެވެ .
32ކުންފުންޏަކީ އެ ކުންފުންޏެއްގެ ހިއްސާދާރުންނާއި ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ޝަޚްސެކެވެ. ކުންފުނި ހިންގައި ބެލެހެއްޓުމުގެ ބާރު ޢާންމު އުޞޫލުން ލިބެނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށެވެ. އެގޮތުން ކުނފް ންޏަކ ޠަބީޢީ ޝަޚުސަކަށް ނުވާތީ، ކުންފުނީގެ ނަމުގައި މުޢާމަލާތްކުރުމަށް ކުންފުނީގެ ވަކިވަކި ޑިރެކްޓަރުންނަށް ނުވަތަ މުވައްޒަފުންނަށް ބާރުތައް ޑެލިގޭޓްކުރެވެއެވެ. މިގޮތުން ކުރެވޭ މުޢާމަލާތްތަކުގެ ޒިންމަ އުފުލަންޖެހޭ ފަރާތަކީ ކުންފުންޏެވެ. ބައެއްފަހަރު ކުންފުނި ނަމުގައި މުޢާމަލާތް ކުރުމަށްޓަކައި ލިބޭ ބާރަކީ އަޞްލީ ބާރު ނުވަތް ޟިމްނީ ގޮތުން ލިބޭ ބާރަކަށް ވެދާނެއެވެ. އެގޮތުން އަޞްލީ ބާރު އޮތްކަމަށް ބަލަނީ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ބާރު ލިބޭ ފަރާތްތަކާއި އެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނީގެ ބޯޑު ރިޒޮލިއުޝަންއަކުނ ފާސްކޮށް ވަކް ޚާއްޞަ ބާރެއް ދީފައިވާ ޙާލަތްތަކުގައެވެ. އަސްލު ބާރު ނެތި ކުރެވޭ މުޢާމަލާތްތަކުގައިވެސް، ކުންފުންޏާއެކީ އެ މުޢާމަލާތް ކުރާ މީހާ އެކުރަނީ ކުންފުނީގެ އޮތޯރިޓީއާއެކު ކަމަށް ބެލެވޭ ފަދަ ކަންތައްތަކެއް ހުރި ނަމަ އެފަދަ އެއްބަސްވުމެއް ކުންފުނީގެ މައްޗަށް ތަންފީޛުކުރުން ޤާނޫނީ އުޞޫލުތައް ހުއްދަކުރާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/222 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2295/Cv-C/2018 "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު" "ޑެޓް ރީޕޭމެންޓް އެގްރީމަންޓް" ސިވިލް ކޯޓުގެ ނަންބަރު 2295/Cv-C/2018 "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު" "ކޮމްޕެނީ ޕްރޮފައިލް ޝީޓް"
33އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި މައިކޮމްޕެނީ ގެ ފަރާތުން ކުރެވޭ މުޢާމަލާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު ކުންފުނީގެ އެކައުންޓެންޓަށް ލިބިދީފައިވކަނާ އެނގޭފަދަ ބޯޑު ރިޒޮލިއުޝަނެއް ނެތެވެ. އެހެންނަމަވެސް މައިކޮމްޕެނީގެ ފަރާތުން ބްލޫވޭލް އިމްޕެކްސް އަށް ދޫކުރެވުނު ޗެކުތަކުގައި އެ ޗެކުތައް އިޝޫ ކުރި ފަރާތަކީވެސް ވ. ޕުރްނާ ޗަންދްރާ ކަން އެނގެންއޮވެއެވެ. ޚުޞޫމާތު އުފެދިގެން އުޅޭ އެއްބަސްވުން، "ޑެޓް ރީޕޭމަންޓް އެގްރީމަންޓް" އަކީ ޢާންމު އުސޫލުން ވިޔަފާރި ކުރުމަށްޓަކައި ވެވޭ ފޯމަލ އެއްބަސްވުމެއް ނޫނެވެ. އެއާ ޚިލާފަށް އެއީ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއް ކުންފުންޏަށް ނުލިބުމުގެ ސަބަބުން އެފައިސާ ދައްކާނެ ގޮތަކާއި ގުޅިގެން އެ ފައިސާގައި ހިމެނޭ ބައިވެރިންގެ މެދުގައި ވެވޭ އެއްބަސްވުމެކެވެ. ވ. ޕުރްނާ ޗަންދްރ އަކާ ކުންފުނީގެ އެކައުންޓެންޓް ކަމަށްވެފައި،"ޑެޓް ރީޕޭމަންޓް އެގްރީމަންޓް" އަކީ ކުންފުނީގެ މާލީ ކަންކަމާ ގުޅުންހުރި އެއްބަސްވުމެއަ ކަމުން ކުންފުނީގެ މާލީ މުޢާމަލާތްތައް ކުރުމުގައި ކުންފުނީގެ ފަރާތުން އެ ބާރު އޭނާއަށް އެނާގެ މަޤާމުގެ ގޮތުން ލިބިފައި އޮވެދާނެ ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
33. ބުނެވުނު ޑެޓް ރީޕޭމަން ޓް އެއްބަސްވުމުގައި ކުންފުނީގެ ސިއްކަ ނެތް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، ކުންފުނިތަކުން ޢަމަލުކުރަމުންދާ ޢާންމު އުޞޫލަކީ އެ ކުންފުނިން ސޮއިކުރާ ލިޔުންތަކުގައި ސޮއިކުރާ ފަރާތުގެ ނަމާއި ހައިޘިއްޔަތާއި ސޮއިކުރުމުގެ ބާރު ލިބުނު ގޮތް އެނގެން އޮތުމުގެ އިތުރަށް ކުންފުނީގެ ސިއްކަ ޖެހުމެވެ. އެއީ އެންމެ ފުރިހަމަ ގޮތެވެ. އެހެން ނަމަވެސް، މިއީ ކޮންމެހެން ފުރިހަމަ ވުން ލާޒިމް އިޖުރާއަތެއް ނޫނެވެ. އެހެނީ މިއިން އިޖުރާއަތެއް ފުރިހަމަ ނުވި ކަމުގައިވީނަމަވެސް އެއީ އެ އެއްބަސްވުން ބާޠިލްވާންޖެހޭ ޤާނޫނީ ސަބަބެއް ނޫނެވެ. ޤާނޫނު ނަންބަރު 96/10 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ބުނާ ގޮތުން ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫނެވެ. އެހެންކަމުން ބުނެވުނު އެއްބަސްވުމުގައި މައިކޮމްޕެނގީ ސިއްކަ ނެތުމަކީ ހަމައެކަނި އެސަބަބުގެ މައްޗަށް ބަލައި، އެއީ ފޯޖުކޮށްފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައެޅިދާނެ ޤާނޫނީ ހުއްޖަތެއް ނޫނެވެ.
ލިޔުމުގެ ޞައްޙަކަން
32. ކިތާބީ ހެއްކާއި ގުޅޭ ޢާން މ އުޞޫލު ސުޕްރީމު ކޯޓުގް ނަންބަރު ޢަބްދުﷲ ޢާރިފް ވ އެޕޯލޯ ހޯލްޑިންގްސް ޤަޟިއްޔާގައި ބުނެފައިވަނީ ؛
32.3- ޑޮކިއުމަންޓްގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާ ހިނދަކު އެ ޑޮކިއުމަންޓަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ސޮއިކޮށްފައިވާ ސައްހަ ޑޮކިއުމަންޓެއްގޮތުގައި ބެލެވޭނެއެވެ. އަދި އެ ޑޮކިއުމަންޓްގައި ހިމެނިފައިވާ ބަޔާންތަކާއި ވާޤިޢާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދޭވޭހައި ހިނދަކު، ސައްޙަ ބަޔާންތަކާއި ވާޤިޢާތަކެއް ކަމަށް ބެލެވޭނެއެވެ.
32.3- އަމިއްލަ ޑޮކިއުމަންޓެއްގެ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓްގެ ސައްޙަކަމާމެދު މައްސަލައިގެ އަނެއް ޚަސްމު އިންކާރުކޮށްފިނަމަ، އެކަންކަން ދެން ސާބިތުކުރެވޭނީ އެ ކަންކަން ސާބިތުކުރުމަށް އާއްމު އުސޫލުން ހެކި ހުށަހަޅައިގެންނެވެ.
32.2- ޑޮކި އުމަންޓެއްގެ ސައްޙަކަމާމެދު ޑޮކިއުމަންޓް ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ އެ ޑޮކިއުމަންޓުގެ ޞައްޙަކަން ސާބިތުކޮށް ދިނުމަކީ އެ ޑޮކިއުމަންޓް ހުށަހެޅި ފަރާތުގެ ޒިންމާއެކެވެ. ޑޮކިއުމަންޓަކާމެދު ޚަސްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، އެ ޑޮކިއުމަންޓް ހެކީގެ ގޮތުގައި ހުށަހެޅި ޚަސްމަށް ކޯޓު ން އަންގަންވާނީ އެ ޑޮކިއުމަންޓުގެ އަސްލު (އަސާސީ ހެކި) ހުށަހެޅުމަށާއި، އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި އެ ލިޔުން ތައްޔާރު ކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރުއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ އެ ބަޔަކާއި، އަދި އެނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމަށެވެ.
32.1- ޑޮކިއުމަންޓަ ކ މީހަކީ އުފައްދާފައިވާ އެއްބަސް ހަޤީޤަތެއް ނެތް ޑޮކިއުމަންޓެއް ކަމަށް ޚަސްމަކު ބުނާ ހާލަތުގައި، އެ ޑޮކިއުމަންޓަކީ ސައްޙަ ޑޮކިއުމަ ންޓެއ ކަމަށް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ޑޮކިއުމަންޓުގައި ހިމެނިފައިވާ ބަޔާންތަކާއި ވާގިޢާތަކަކީ އޭގެ އިދިކޮޅު ސާބިތުކޮށް ނުދެވޭހައި ހިނދަކު ސައްޙަ ބަޔާންތަކާއި ވާޤިޢާތަކެއް ކަމަށް ބެލެވޭނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ
31. އިސްވެ ބުނެވުނު އުޞޫލުތކަށަ ބަލާއިރު، ޝަރީޢަތަށް ޚަސްމަކު ހުށަހަޅާ ޑޮކިއުމެންޓެއްގެ ސައްޙަކަމާމެދު އަނެއް ޚަސްމުގެ ފަރާތުން އިންކާރުކޮށްފިނަމ، އެ ޑޮކިއުމަންޓަކީ ޞައްޙަ ޑޮކިއުމެންޓެއްކަން ޝަރީޢަތަށް ސާބިތުކޮށްދޭން ޖެހޭނީ އެ ޑޮކިއުމަންޓް ހުށަހެޅި ފަރާތުންކަން އެނގެންއޮވެއެވެ. މި ޤަޟިއްޔާގައި ޚުޞޫމާތު އުފެދިގެން އުޅޭ ޑޮކިއުމެންޓް "ޑެޓް ރީޕޭމަންޓް އެގްރީމަންޓް" ޝަރީޢަތަށް ހުށަހެޅީ ބްލޫވޭލް އިމްޕެކްސް ފަރާތުން ކަމަށްވެފައި، އެ ލިޔުމުގެ ޞައްޙަކަން އަނެއް ޚަސްމުގެ ފަރާތުން އިންކާރުކޮށްފައިވާ ހިނދު، އެ ލިޔުމުގެ ޞައްޙަކަން ސާބިތުކުރުމަށްޓަކައި އެ އެގްރީމަންޓްގައި ހެކިވެރިންގެ ގޮތުގައި ސޮއިކުރި ދެފަރާތް (ސްޓަރ، ށ. ކޮމަންޑޫ، ޢަބްދުﷲ ފާއިޒް އަދި މީނާޒް، ގދ، ފަރެސްމާތޮޑާ، ޢަލީ އަޙްމަދު) ހެކިންގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެހެންކަމުން އެ ޑޮކިއުމަންޓްގެ ޞައްޙަކަން ބްލޫވޭލް އިމްޕެކްސ އިން ޝަރީޢަތށަ ސާބިތުކޮށްދެވިފައިވާކަމަށް ބަލަންޖެހެއެވެ. ބްލޫވޭލް އިމްޕެކްސްގެ ފާރާތުން ހުށަހެޅި ހެކި ނަފީ ކުރެވޭ ވަރުގެ ހެކި މައިކޮމްޕެނީ ގެ ފަރާތުން ޝަރީޢަތަށް ހުށަނާޅާހިނދަކު އެ އެގްރީމަންޓަކީ ޞައްޙަ އެގްރީމެންޓެއްކަމަށް ބަލަންޖެހެއެވެ. ނަމަވެސް މައިކޮމްޕެނީގެ ފަރާތުން އެ އެގްރީމަންޓަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަމަށް ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައިނުވެއެވެ. ހެކިންނާއި ސުވާލުކުރުމުގައި ޝަރީޢަތުން ޢަމަލުކޮށްފައިވާ ގޮތާއި މެދު ސުވާލު އުފެދޭ ކަމަށް ބުނާ ބުނުން
35މައިކޮމްޕެނީގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބިނާކުރި ދެވަނަ ނުކުތާއަކީ ހެކިން ޙާޟިރުކުރަން ނުޖެހޭ ކަމަކަށް ހެކިން ހާޟިރުކޮށް، ހެކިބަސް ނެގުމުގައި ޚަޞްމުންނަށް ފުރުޞަތު ދިނުމުގައި ޢަމަލު ކުރެވެމުންދާ އުޞޫލާއި ޚިލާފަށް ދަޢުވާކުރާ ފަރާތަށް ފުރުޞަތު ދިނުމުގެ ސަބަބުން ހެކިބަހާމެދު ތުހުމަތު އުފެދިފއިވުމާއި، އެހެކިބަހުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކަމެއް ސާބިތުނުވާއިރު، ހެކިބަހާމެދު ކުރި ރިޢާޔަތަށް އޮޅުންއެރުމުގެ ސަބަބުން ޙުކުމެގެ ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
36އެ ނުކުތާގެ ތަފްސީލުގައި މައިކޮމްޕެނީ ގެ ފަރާތުން ބުނެފައިވަނީ ކުންފުނީގެ ސިއްކަޖަހާފައިނުވާ ލިޔުމެއް ކުންފުނީގެ އެއްބަސްވުމެއްކަމަށް ބުނެ ލިޔުމެއް ޝަރީޢަތަށް ހުށަހެޅި ނަމަވެސް އެލިޔުމަށ އެކުންފުންޏެއްގެ ފަރާތުންކުރި ކަމެއް ކަމަށް ސާބިތުކުރުމަށް ހެކިދެއްކުމަކީ އަދި ހެކިންކަމަށް އެބުނާމީހުނ ޝަރީޢަތަށް ޙާޟިރު ކުރުމަކީ ޤާނޫނު ހުއްދަ ކުރާ ކަމެއް ނޫންކަމަށެވެ. ޑޮކިއުމެންޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެދިއްޖެނަމަ ހެކި ހުށަހަޅަންޖެހެނީ ކޮން ފަރާތަކުންކަން އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ވާހަކަދެކެވިއްޖެއެވެ. އެހެންކަމުން މި ނުކުތާ އިތުރަށް ވާހަކަ ދައްކާނެ ތަނެއް ނެތް ކަމަށް އަހުރެން ދެކެމެވެ.
33. ދެވަނަ ކަމަށް ފާހަގަކޮށްފައިވަނީ ހެކިވެރިންނާއި ޝަރީޢަތުން ސުވާލު ކުރިއިރު ހިނގައިދިޔަ މުޢާމަލާތް އެމީހުންނަށް ކިޔައިދީ އެއްބަސްވުން ދައްކާ އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުންވާ ޖަވާބު ލިބޭ ގޮތަށް ސުވާލކޮށްފައިވާ ކަމަށު ބުން ބުނުމެވެ. އެގޮތުން ދަށު ކޯޓުގައި ހެކިންނާއި ސުވާލޮށްފައިވ ގޮތަށާ ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ބުނާ ފަދައިން އެއްބަސްވުމަކީ ކޮބައިކަން ހެކިންނަށް ކިޔައިދީ އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުންވާ ފަދަ ޖަވާބު ލިބޭ ފަދަ ސުވާލެއް (Leading Question) ކޮށްފައިވާ ކަމަށް ޝަރިޢަތަށް ފާހަގަނުކުރެވެއެވެ. ބަހުސްގެ ބޭނުނަށް ބްލޫވޭލް އިމްޕެކްސްގެ ފަރާތުން އެފަދއިނަ ސުވާލު ކުރި ކަމަށް ބެލި ކަމުގައިވީނަމަވެސް އެ ސުވާލުތަކަށް މައިކޮމްޕެނީގެ ފަރާތުން އިއުތިރާޒު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް އެފަދައިން އެސުވާލުތަކަށް އިޢުތިރާޒު ކުރިކަން އެނގޭކަށް ނެތެވެ. ހަމައެއާއެކު ހެކިވެރިންނާއި ސުވާލު ކުރުމަށް ބްލޫވޭލް އިމްޕެކްސް އަށާއި މައިކޮމްޕެނީ، ދެ ފަރާތަށްވެސް ޝަރީޢަތުން ފުރުސަތު ދީފައިވާކަން އެނގެންއޮވެއެވެ .
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކޮންޓްރެކްޓާބެހޭ ޤާނޫނު (ލިޔުމުގައި 'ޤާނޫނު ނަންބަރު 96/10 (ކޮންޓްރެކްޓާބެހޭ ޤާނޫނު)' ކަމަށް)
- ހައިކޯޓުގެ ނަންބަރު 2017/HC-A/222 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/40 ޤަޟިއްޔާ (ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.