ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/574

އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޙަލީމް

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 14 ޑިސެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 3282/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3282/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ގޯތި ބޭންކުގައި ރަހުނުކޮށް ލޯނު ނެގުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ދީފައިވާ ފައިސާ ދެކޮޅު ފަރާތަށް ލިބިފައިވާކަން މަދަނީ މުޢާމަލާތުގެ ހެކީގެ ނިޞާބުން ސާބިތުވޭތޯއާއި، ގޯތީގެ ވެރިފަރާތް އެއްބަސްވުމާ ޚިލާފުވެފައިވާތީ ފުރަތަމަ ޕޭމަންޓް އަނބުރާ ލިބެންޖެހޭތޯ.

ނިންމުން

ބައެއް ބަދަލުކުރި

ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، ފުރަތަމަ ޕޭމަންޓުގެ 250,000ރ. އަނބުރާ ދިނުމަށް ޙުކުމްކުރި (ދަޢުވާގެ ބައެއް ސާބިތުވި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރީޢަތުން ޙައްލު ހޯދަންޖެހޭ ކަންކަމަށް ގޮތެއް ކަނޑައަޅަންޖެހޭނީ އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރެއިންނެވެ.

HN2 ޕޭމަންޓް ވައުޗަރެއްގައި ފައިސާއާ ޙަވާލުވެފައިވަނީ ދަޢުވާ ރައްދުވާ ފަރާތް ނޫން އެހެން މީހެއްކަން އެނގެން އޮތްއިރު، އަދި ވައުޗަރ ތައްޔާރުކުރި ހެކިވެރިޔާ، ފައިސާ ދަޢުވާ ރައްދުވާ ފަރާތާ ޙަވާލުކުރެވުނުކަން ނޭނގޭކަމަށް ހެކިބަސް ދީފައިވާނަމަ، އެ ފައިސާ ދަޢުވާ ރައްދުވާ ފަރާތަށް ލިބިފައިވާކަމަށް ބެލޭނެ ހަމައެއް ނެތެވެ.

HN3 އަލް ބައްޔިނާއަކީ ޙައްޤު ބަޔާންކޮށް ކަޝްފުކޮށްދޭ، އިސްލާމީ ޝަރީޢަތުން ޤަބޫލުކުރާ ކޮންމެ ވަސީލަތެކެވެ (ކިތާބީ ދަލީލު، ހެކިންގެ ހެކިބަސް، ފާޅުކަންބޮޑު ޤަރީނާ ފަދަ)؛ ހެކިބަހުގެ ނިޞާބު ސާބިތުކުރަން ބޭނުންވާ ޙައްޤުގެ ބާވަތަށް ބަލައި ތަފާތުވާއިރު، އަފްރާދުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގައި ހެކިބަހުން ސާބިތުކުރުމުގެ ނިޞާބަކީ ދެ ފިރިހެނުންގެ ނުވަތަ ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަހެވެ (ސުޕްރީމް ކޯޓުގެ 2010/SC-A/02 އަދި 2016/SC-A/12).

HN4 ފައިސާ ލިބުނުކަމަށް ދަޢުވާ ރައްދުވާ ފަރާތުން އިންކާރުކުރާއިރު، ޝަރީޢަތުން އެންގި ނަމަވެސް ވައުޗަރުތަކުގެ އަޞްލު ހުށަނާޅައި، އަޞްލު ހުށަނާޅާ ސަބަބު ސާފުނުކޮށް، ހަމައެކަނި ކޮޕީއާއި އެކަނި ހެކިވެރިއެއްގެ ހެކިބަސް ހުށަހަޅާފައިވާނަމަ، އަދި އެއްބަސްވުމުގައި އެ ޕޭމަންޓު ދައްކަންޖެހޭ ޝަރުޠު އެ ވަގުތަށް ވުޖޫދުވެފައިނުވާއިރު ފައިސާ ދައްކަންޖެހުނު ސަބަބެއް ނުދައްކާނަމަ، އެ ފައިސާ އެއްބަސްވުމުގެ ދަށުން ދީފައިވާ ފައިސާއެއްކަމަށް ބެލޭނެ ހަމައެއް ނެތެވެ.

HN5 އެއްބަސްވުމުގައި ފުރަތަމަ ޕޭމަންޓަކީ ގޯތީގެ ވެރިފަރާތް އެއްބަސްވުމާ ޚިލާފުނުވާނަމަ އަނބުރާ ނުދައްކާ ފައިސާއެއްކަމަށް ބަޔާންކޮށްފައިވާއިރު، ގޯތީގެ ވެރިފަރާތުން ދަޢުވާގެ ޖަވާބުގައި (އެ މުޢާމަލާތަކީ އޮޅުވާލުމެއްކަމަށް ބުނެ) އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާން ބޭނުންނުވާކަން ސާފުކޮށް ހާމަކޮށްފިނަމަ، އެއީ އެއްބަސްވުމާ ޚިލާފުވުމެއް ކަމުގައި ބެލެވި، ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ދީފައިވާ ފައިސާ ދީފައިވާ ފަރާތަށް އަނބުރާ ލިބެންޖެހޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް

ތާއީދުކުރެއެވެ .  ދަޢުވާގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ […] މޫސާ ޙަލީމް އެވެ .  މައްސަލައިގައި ކަންހިނގާފައިވާގޮތް : 2- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑާއި، […] / މާލެ، މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗު 13 ގައި ވެފައިވާ އެއްބަސްވުމާ މޫސާ ޙަލީމް ޚިލާފުވެފައިވާތީ، ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، އައިލެންޑްމާރކ ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޫސާ ޙަލީމަށް ދީފައިވާ -/380000ރ) .ތިންލައްކަ އަށްޑިހަހާސް ރުފިޔާ ( އާއި، އެފައިސާ އައިލެންޑްމާރކ ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑު ގެ ވިޔަފާރީގައި ބޭނުންކުރިނަމަ، ލިބޭނެކަމަށް ލ ފާވާ މަންފާއާއި، އަދި މޫސާޙަލީމްގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، ޤާނޫނީ މަސައްކަތަށް ހޭދަކުރަންޖެހުނު ފައިސާ ހޯދުމަށް އެދި މޫސާ ޙަލީމު ގެ މައްޗަށް ދަޢުވާ ރައްދުވާ ގޮތަށް، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 2018 ޖުލައި 22ވަނަ ދުވަހު ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ . އެ މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާއިންނެވެ . . ދ.ރ.. ރަޖިސްޓްރީ ނަންބަރު 300/2005-C  ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 3- ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ]ދެންފަހެ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން […] މޫސާ ޙަލީމް ގެ މައްޗަށް ހުށަހަޅާފައިވާ މި ޤަޟިއްޔާގައި، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި […] / މާލެ، މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި ވެފައިވާ އެއްބަސްވުމާއި ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބތި ނުވާކަމަށް ކަނޑައަޅައި، މި ދަޢުވާގައި ދަޢުވާލިބޭ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވާ ފައިސާގެ އެއްވެސް މިންވަރެއް […] މޫސާ ޙަލީމްގެ ކިބައިން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ.[ މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . އެ ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ، 2019 ސެޕްޓނެ ބަރު 19ވަނަ ދުވަހު އެވެ .  އިސްތިއުނާފަށް ހުށަހެޅުން: 4- ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމަވާ ފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއު ނާފު ކުރުމަށް އެދި 2019 އޮކްޓޫބަރު 15ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅިއެވެ . 5- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/574 ޤަޟިއްޔާގެ ދަށުން މި ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، 2019 ނޮވނެ ބަރު 19ވަނަ ދުވަހު އެވެ . ސިވިލް ކޯޓުގެ ނަންބަރު C/2018-/Cv2823 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް  އިސްތިއުނާފީ ނުކުތާތައް : 6- ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ .

6.1- އިސްތިއު ނާފުކުރާ ފަރާތާއި އިސްތިއު ނާފު ރައްދުވާ ފަރާތުން ވެފައިވާ އެއްބަސްވުމާ އިސްތިއުނާފު ރައްދުވާ ފަރާތުންޚިލާފުވެފައިވާކަމަށް ބުނެ ހުށަހެޅުނު ދަޢުވާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޚިލާފުވިކަމަށް ދަޢުވާގެ ޖަވާބުގައި ކަނޑައެޅިގެން ސާފު ބަހުން އިންކާރުކޮށްފައިނުވާތީ މި ޙާލަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/182 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން ދަޢުވާއަށް ނުވަތަ ދަޢުވާގައިވާ ވަކިކަމަކަށް ސާފުބަހުން އިންކާރުކޮށްފައި ނުވާހާލަތުގައި ދަޢުވާކުރި ފަރާތުގެ ދަޢުވާ ނުވަތަ އެ ދަޢުވާގައި ހިމެނޭ ވަކިކަމަކާ ބެހޭގޮތުން ދަޢުވާކުރި ފަރާތުން ބުނި އެއްޗެއް އެ ބުނި ގޮތަށް ޤަބޫލުކުރި ކުރުމެއްކަމުގައި ބަލަން ޖެހޭ ޙާލަތެއްކަން އެނގެން އޮތްނަމަވެސް ދަށުކޯޓުން އެ ފަދައިން ޢަމަލުކުރެއްވުމުގެ ބަދަލުގައި އެއްބަސްވުމާ ޚިލާފުވިކަން ސާބިތުނުވާކަމަށް ނިންމެވި ނިންމުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާ މި ދެންނެވުނު އުސޫލާ ޚިލާފުވާ ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .

6.2- ޝަރީޢަތަށް ހެކީގެ ގޮތުގައި ފައިސާ ޙަވާލުކުރި ޕޭމަންޓް ވައުޗަރތައް ހުށަ ހޅާފައިވާއިރު އޭގެ ތެރެއިން ނަންބަރު 19261 ވައުޗަރގެ ފައިސާ 13 މާރިޗް 2017 ގައި ލިބުނުކަމަށް އިޢުތިރާފުވެފައި އޮތުމާއި، ދެންހުރި ޕޭމަންޓް ވ އުޗަރތަކަށް އިންކާރުކޮށްފައި ނުވުމާއި، އެއިން އެއްވެސް ލިޔުމެއްގެ ޞައްޙަކަމާމެދު ގައި އެއްވެސް ޚިލާފެއް އުފައްދާ އެއްވެސް ލިޔުމެއް ޠަޢުނުކޮށް ނަފީކޮށްފައިނުވާތީ ބާކީ ވައުޗަރތަކުން ޙަވާލުކުރި ފައިސާވެސް ލިބިފައިވާކަމަށް ބަލަންޖެހޭކަމާއި، އަދި އެ ލިޔުންތަކުގެ ޞައްޙަކަން ނަފީވާއެއްވެސް ކަމެއް ޝަރީޢަތަށް ހުށހެޅިފައިވެސްނުވާތީ އެ ލިޔުންތަކަށް ދަށުކޯޓުން ރިޢާޔަތްކުރަން ޖެހޭކަން އެނގެން އޮތްނަމަވެސް އެ ފަދައިން ރިޢާޔަތްކޮށްފައިނުވުމުން މައްސަލަ ނިންމެވުމުގައި ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގެ )ބ( ގައި ފަސްވަނަ ކަމަށް ފާހަގަކޮށްފައިވާ ނުކުތާއާ ޚިލާފުވެފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .

6.3- އިސްތިއު ނާފުކުރާ ފަރާތާއި އިސްތިއުނާފުރައްދުވާ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ އަދާކުރަން އެއްބަސްވެފައިވަނީ ދެ ޕޭމަންޓަކުންކަމާއި އެގޮތުން ފުރަތަމަ ޕޭމަންޓު ލިބިފައިވާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން އެއްބަސްވެފައިވާކަމާއި ނަމަވެސް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެވުނު ފުރަތަމަ ޕޭމަންޓުގެ އިތުރުން އިތުރު ޕޭމަންޓެއްލިބިފައިނުވާކަމަށް ބުނެފައިވުމުން، ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ދަށުކޯޓުގެ ނިންމެވުމުގައި ރިޢާޔަތްކުރަ އ ވައި ދެވަނަ ޕޭމަންޓް ހެދުމަށް ދެ ފަރާތުގެ މެދުގައި އެއްބަސް ވެ ފައިވަނީ ބޭންކާއި އިސްތިއުނާފު ކުރާ ފަރާތް އަދި އިސްތިއު ނާފުރައްދުވާފަރާތުން ލޯނެއެއްބަސްވުމުގައި ސޮއިކުރުމުންކަމުގައިވާތީ ޕޭމަންޓު ހަދަންޖެހޭ ޙާލަތެއް ނެތްކަމަށް ބުނީ، ބުނެވުނު ނުކުތާ ސާބިތުނުވާކަމަށް ނިންމާފައިވާނިންމުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/292 ޤަޟިއްޔާގައި ފާހަގަކުރެވުނު 03 ވަނަ ނުކުތާގެ )ރ( ހަތަރުވަނަ ކަމެއްގެ ގޮތުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ )ޤާނޫނު ނަންބަރު 91/4( 04ވަނަ މާއްދާއާ ޙަވާލާދެއްވައި ކަނޑައަޅުއްވާފައިވާ އުޞޫލުކަ މ ގައިވާ ..]...އެއްބަސްވުމެއްގެ ދެ ބައިވެރިންގެ މެދުގައި އެއްބަސްވުމަށް ބަދަލުގެނެވޭނެ ވަކި ޚާއްޞަ ގޮތެއް ކަނޑައެޅި ބަޔާންކޮށްފައިނުވާނަމަ، އެ ފަދަ އެއްބަސްވުމަކަށް އަނގަބަހުން ނުވަތަ ދެ ފަރާތުން ޢަމަލު ބަހައްޓާގޮތަކުންވެސް ބަދަލު ގެނެވިދާނެކަމަށް[... ބަޔާންކޮށްފައި އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  އިސްތިއުނާފުކުރި ފަރާތުން އެދުނުގޮތް : 7- ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގެ އިސްތިއުނާފުގައި އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެދިފައިވަނީ؛

7.1- ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާއިން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަން ޖެހޭކަމަށް ކަނޑައަޅުއްވައި އެ ޤަޟިއްޔާއިން އިސްތިއު ނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް 000،380ރ. )ތިންލައްކަ އަށްޑިހަހާސް( ދީފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކާއި ހެކި ންގެ ހެކިބަހުން ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވުން؛ އަދި

7.2- އިސްތިއުނާފުރައްދުވާ ފަރާތުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަން ބޭނުންނުވާކަން ޝަރީޢަތަށް ހުށައެޅ ދަޢުވާގެ ޖަވާބުން އެނގެން އޮތުމާއި، އެއްބަސްވުމާ ޚިލާފުވިކަމަށް ކަނޑައެޅިގެން އިންކާރުކޮށްފައި ނުވުމުން އެއްބަސްވުމާ ޚިލާފުވިކަން ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވުމާއި، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުރައްދުވ ފަރާތަށް ދީފައިވާ 000،380ރ. )ތިންލައްކަ އަށްޑިހަހާސް ( އަކީ އިސްތިއުނާފުކުރާ ފަރާތަށް އަބުރައި ލިބެންޖެހޭ ފައިސާކަމަށް ކަނޑައަޅުއްވައި އެ ފައިސާ ނަންގަވައި ދެއްވުން؛ އަދި

7.3- އިސްތިއުނާފުކުރާ ފަރާތުން ހޯދަން އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށެވެ .  ފާހަގަކުރެވުނު ނުކުތާތައް : 8- ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަށާ އ، އެ ނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .

8.1- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑާއި […] / މާލެ، މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗު 13 ގައި ވެފައިވާ އެއްބަސްވުމާ މޫސާ ޙަލީމް ޚިލާފުވެފައިވާތީ، ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، އައިލެންޑްމާރކ ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން މޫސާ ޙަލީމަށް ދީފައިވާ -/380000ރ) .ތިންލައްކަ އަށްޑިހަހާސް ރުފިޔާ ( އާއި، އެ ފައިސާ އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުގެ ވިޔަފާރީގައި ބޭނުންކުރިނަމަ، ލިބޭނެކަމަށް ލަފާ ވާ މަންފާއާއި، އަދި މޫސާ ޙަލީމު ގެ ފަރާތުން އެއްބަސްވު މާ ޚިލާފުވެފައިވާތީ، ޤާނޫނީ މަސައްކަތަށް ހޭދަކުރަންޖެހުނު ފައިސާ ހޯދުމަށް އެދި މޫސާ ޙަލީމު ގެ މައްޗަށް އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ .

8.2- އައިލެންޑްމާރކްހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހެޅި ދަޢުވާއާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައިގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި ވެފައިވާ އެއްބަސްވުމާ މޫސާ ޙަލީމް ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިނުވާ ކަމަށް ކަނޑައަޅު އްވައި، މޫސާ ޙަލީމުގެ ކިބައިން ނަގައިދިނުމަށް އެދިފައިވާ ފައިސާގެ އެއްވެސް މިންވަރެއް ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާ ކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ .

8.3- ބަޔާންކުރެވުނު ޙުކުމަށް ވާޞިލުވުމުގައި، އެންމެ މުހިންމު ސަބަބެއްގެ ގޮތުގައި ސިވިލް ކޯޓުން ފާހަގަކުރައްވާފައިވަނީ، އެ މައްސަލައިގެ ފާހަގަކުރެވުނު ނުކުތާ ތަކު ގެ )4.11( އާއި )4.13( ގައި ބަޔާންކޮށްފައިވާ ސަބަބެވެ . އެ މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ )4.11( ގައިވަނީ؛ ]ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޭންކްއާއި މުޢާމަލާތް ކުރެވި ފުރަތަމަ ފަހަރަށް ބޭންކްއާއި އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑާއި ގޯތީގެ ވެރިފަރާތުން ލޯނު އެއްބަސްވުމުގައި ކޯޓުގައި ސޮއިކުރެވުމާއެކު އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އިން ގޯތީގެ ވެރިފަރާތަށް ބާކީ ދޭންޖެހޭ -/250000ރ) .ދެލައްކަ ފަންސާސްހާސް ރުފިޔާ ( ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ދެވަނަ ޕޭމަންޓް އަދާކުރަން ޖެހެނީ ބޭންކްއާއި އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްއާއި ގޯތީގެ ވެރިފަރާތުން ލޯނު އެއްބަސްވުމުގައި ކޯޓުގައި ސޮއިކުރެވުމާއިއެ ކުކަމަށް ބަޔާންކޮށްފައި އޮތްހިނދު، އެއްބަސްވުމުގެ ދަށުން ދެވަނަ ޕޭމަންޓް އަދާކުރަންޖެހޭ ޙާލަތު އޮތްކަމަށް ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި ހެކިންގެ ހެކިބަހުންވެސް އެނގެން ނެތްހިނދު، ދަޢުވާލިބޭ ފަރާތުން -/250000ރ. )ދެލައްކަ ފަންސާސްހާސް ރުފިޔާ( ގެ އިތުރަށް އެއްވެސް ފައިސާއެއް ލިބުނުކަމަށް އިންކާރު ކުރަމުންދާހިނދު، އަދި މި އެއްބަސްވުމާއި ގުޅިގެން ކުރަން ކަނޑައެޅިފައިވާ މުޢާމަލާތަކީ އޮޅުވާލުމެއްގެ ތެރެއިން ދަޢުވާކުރާ ފަރާތުން ކޮށްފައިވާ މުޢާމަލާތެއްކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވާއިރު، ދަޢުވާކުރާ ފަރާތަށް ޕޭމަންޓް ވައުޗަރުތަކުގެ އަސްލު ހުށަހެޅުމުގެ ފުރުޞަތު ދެވިފައިވީނަމަވެސް، ދަޢުވާކުރާ ފަރާތުން ޕޭމަންޓް ވައުޗަރުތަކުގެ އަޞްލު ހުށަހަޅާފައިނުވާކަން .[ މިފަދައިންނެވެ . އަދި )4.13( ގައި ވަނީ؛ ]މި ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާގޮތނު އެއްބަސްވުމުގައި ސޮއިކުރެވޭ އިރު އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގޯތީ ގެ ވެރިފަރާތް ކަމުގައިވާ މޫސާ ޙަލީމްއަށް -/250000ރ. )ދެލައްކަ ފަންސާސްހާސް ރުފިޔާ ( ދޭންވާނެކަމަށާއި، އަދި މިފައިސާއަކީ ގޯތީގެ ވެރިފަރާތުން މިއެއްބަސްވުމާއި ޚިލާފުނުވާނަމަ ގޯތީގެ ވެރިފަރާތުން އަނބުރާ ދައްކަންޖެހޭ ފައިސާއެއްނޫން ކަމަށް، ބަޔާންކޮށްފައި އޮތްހިނދު، ދަޢުވާކުރާ ފަރާތަށް ގޯތީގެ ވެރިފަރާތުން )ދަޢުވާ ލިބޭފަރާތުން ( މި އެއްބަސްވުމާއި ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނެތަތީ، ބުނެވިދިޔަ ފައިސާ އަނބުރާ، ދަ އްކަ ން ޖެހޭފަދަ ޙާލަތެއް، އެއްބަސްވުމުގެ ދަށުން، އޮތްކަމަށް ޝަރީޢަތަށް ފެންނަން ނެތްކަމާއި، އެހެންކަމުން، ދަ ޢވާކުރާ ފަރާތުން ނަގައިދިނުމަށް އެދިފައިވާ، -/380,000ރ) .ތިންލައކް އަށްޑިހަހާސް ރުފިޔާ ( އާއި، ބުނެވިދިޔަ -/380,000ރ )ތިންލައްކަ އަށްޑިހަހާސް ރުފިޔާ ( އަށް ބޭންކް އިންޓަރެސްޓްގެ ގޮތުގައި އަރާފައިވާ 58/34,641ރ) .ތިރީސްހަތަރު ހާސް ހަސަތޭކަ ސާޅީސް އެއްރުފިޔާ ފަންސާސް އަށްލާރި ( އާއި، ދަޢުވާކުރާ ފަރާތުގެ ވިޔަފާރިއަށް ވެފައިވާ ގެއްލުމަށްވާ 57/509,993ރ. )ފަސްލައްކަ ނުވަހާސް ނުވަސަތޭކަ ނުވަދިހަ ތިންރުފިޔާ ފަންސާސް ހަތްލާރި ( ނަގައިދޭނެ ތަނެއް ނެތްކަން.[ މި ފަދައިންނެވެ .  ދެފަރާތުގެ މެދުގައި ޚިލާފެއްނެތް ކަންކަން :

8.4- މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކަށާއި މައްސަލައިގެ ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އަންނަނިވި ކަންކަމާމެދު ދ ފަރާތުގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަން އެނގެއެވެ .

8.4.1- އއައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި އެއްބަސްވުމެއް ވެފައިވާކަން؛

8.4.2- ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މޫސާ ޙަލީމްއަށް -/250000ރ) .ދެލައްކަ ފަންސާސްހާސް ރުފިޔާ ( ދީފައިވާކަން؛  ދެ ފަރާތުގެ މެދުގައި ޚިލާފުހުރި ކަންކަން :

8.5- މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކަށާއި މައްސަލައިގެ ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އަންނަނިވި ކަންކަމާމެދު ދެ ފަރާތުގެ މެދުގައި ދެބަސްވުން އުފެދި އެ ކަންކަމާމެދު ޚިލާފު އުފެދިފައިވާކަން އެނގެއެވެ .

8.5.1- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މޫސާ ޙަލީމްއަށް ދީފައިވާކަމަށް ދަޢުވާގައި ބަޔާންކުރާ -/30,000ރ) .ތިރީސް ހާސް ރުފިޔާ ( އާއި އަދި -/50,000ރ. )ފަންސާސްހާ ސ ރުފިޔާ ( ގެ 2 )ދޭއް( ޕޭމަންޓާއި، އެކު ޖުމްލަ -/130,000ރ. )އެއްލައްކަ ތިރީސްހާސް ރުފިޔާ ( މޫސާ ޙަލީމްއަށް ލިބިފައިވާކަން ނުވަތަ ނޫންކަ ން؛

8.5.2- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމާ އެއްގޮތަށް މޫސާ ޙަލީމްގެ ފަރާތުން ޢަމަލުކޮށްފައިވާކަންނުވަތަ ނޫންކަން.  ޝަރީޢަތުން ޙައްލު ހޯދަންޖެހޭ ކަންތައްތައް :

8.6- މި މައްސަލައި ގައި ޝަރީޢަތުންޙއްލަ ހޯދައިދޭންޖެހޭ ކަމަކީ، ދެ ފަރާތުގެ ދެމެދު ޚިލާފު އުފެދިފައިވާ ކަންތައްތަކުގެ ތެރެއިން، މިރިޕޯޓުގެ 8.5ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ]ދެފަރާތުގެ ދެމެދު ޚިލާ ފުހުރި ކަންކަމުގެ[ މައްޗަށެވެ . އެކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ، އިސްތިއުނާފީ ނުކުތާ ތަކުގެ ތަރަހައިގެ ތެރެއިންކަމަށް ދެކެމެވެ .

8.7- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި އެއްބަސްވުމެއްވެފައިވާކަމާއި، މި އެއްބަސްވުމުގެ ދަށުން، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޫސާ ޙަލީމްއަށް -/000,250ރ. )ދެލައްކަ ފަންސާސްހާސް ރުފިޔާ ( ދީފައިވާކަން އެއީ ޚިލާފެއް އޮތްކަމެއް ނޫނެވެ .

8.8- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މޫސާ ޙަލީމްއަށް ދީފައިވާކަމަށް ދަޢުވާގައި ބަޔާންކުރާ -/000,30ރ. )ތިރީސް ހާސް ރުފިޔާ ( އާއި -/000,50ރ. )ފަންސާސްހާސް ރުފިޔާ ( ގެ 2 )ދޭއް ( ޕޭމަންޓް )ޖުމްލަ -/000,130ރ(. މޫސާ ޙަލީމަށް ލިބިފައި ނުވާކަމަށް ބުނެ މޫސާ ޙަލީމްގެ ފަރާތުން ސިވިލް ކޯޓުގައި އެ ފައިސާއާމެދު އިންކާރު ކޮށްފައިވެއެވެ .

8.9- ބަޔާންވެދިޔަ ގޮތުގެ މަތިން، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޫސާ ޙަލީމަށް ދީފައިވާކަމަށް ދަޢުވާގައި ބަޔާންކުރާ -/30,000ރ. )ތިރީސް ހާސް ރުފިޔާ ( އާއި އަދި -/50,000ރ. )ފަންސާސްހާސް ރުފިޔާ ( ގެ 2 )ދޭއް ( ޕޭމަންޓް )ޖުމްލަ -/130,000ރ(. މޫސާ ޙަލީމަށް ލިބިފައިވާ ފައިސާކަމަށް އެ ފަރާތުން އިންކާރުކުރުމުން އެކަން ސާބިތުކުރަން، އިސްތިއުނާފުކުރާ އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާ ތުން ޝަރީޢަތަށް، -/30,000ރ. )ތިރީސް ހާސް ރުފިޔާ ( އާއި އަދި -/50,000ރ) .ފަންސާސްހާސް ރުފިޔާ ( ގެ 2 )ދޭއް ( ޕޭމަންޓް )ޖުމްލަ -/130,000ރ(. މޫސާ ޙަލީމަށް ދީފައިވާ ޕޭމަންޓް ވައުޗަރ ނަންބަރު 19517 )04 އޭޕްރިލް 2017( ޕޭމަންޓް ވައުޗަރ ނަންބަރު 20139 )08 ޖޫން 2017( އަދި ނަންބަރު 21129 )09 އޮކްޓބަރޯ 2017( ޕޭމަންޓް ވައުޗަރ ކަމަށް ބަޔާންކުރާ ޕޭމަންޓް ވައުޗަރ ހުށަހަޅައި، އަދި ހެކިވެރިއެއްގެ ގޮތުގައި ސ. ހުޅުދޫ / ބަހާރީވިލާ، އިބްރާހީމް މިސްބާޙް ގެ ނަން ހުށަހަޅައި އެ ފަރާތުގެ ހެކިބަސް ޝަރީޢަތުން ނަގާފައިވާކަން އެނގެން އޮވެއެވެ .

8.10- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޫސާ ޙަލީމށަ ދީފައިވާކަމަށް ދަޢުވާގައި ބަޔާންކުރާ -/000,30ރ) .ތިރީސް ހާސް ރުފިޔާ ( ގެ ޕޭމަންޓް ވައުޗަރ އަށް ބަލާއިރު، ބުނެވިދިޔަ ވައުޗަރއަކީ، ސްޓީލް ހާރޑްވެއަރގެ ނަންބަރު 19517 ޕޭމަންޓް ވައުޗަރއިން 2017 އޭޕްރިލް 04 ގައި ހަދާފައިވާ ޕޭމަންޓް ވައުޗަރއެއްކަމާއި، އެވައުޗަރ ތައްޔާރުކޮށްފައިވަނީ އެޑްމިން އޮފިސަރ އިބްރާހީމް މިސްބާޙުކަމާއި އ ވައުޗަރގައިވާ ފައިސާއާ ޙަވާލުވެފައިވަނީ ޢަބްދުލް ޙަމީދުކިޔާ މީހެއްކަން އެ ޕޭމަންޓް ވައުޗަރއަށް ބެލުމުން އެނގެ އެވެ .

8.11- ޙަ ވާލާދެވުނު ޕޭމަންޓް ވައުޗަރއާ ގުޅޭގޮތުން އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅި، ސ. ހުޅުދޫ / ބަހާރީވިލާ، އިބްރާހީމް މިސްބާޙް 2019 މާރިޗު 20 ގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، ދަޢުވާކުރާ ފަރާތުގެ ސުވާލު : ]ދެން އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ ވައުޗަރ ނަންބަރު 19517 އާއި ގުޅޭގޮތުން، މި ވައުޗަރއަކ 04 އޭޕްރީލު 2017 ގައި ތައްޔާރުކުރެވިފައިވާ -/30,000ރ) .ތިރީސްހާސް ރުފިޔާ ( ގެ ވައުޗަރއެއް . މި ވައުޗަ ރވެސް އެބައިން ވައުޗަރ ތައްޔާރު ކުރިފަރާތަކަށް ތިޔަ ފަރާތުގެ ނަމާއި މަޤާމް އަދި ސޮއިވެސް . އެކަމަކު މި ވައުޗަރގައި އިންނަނީ ޢަބްދުލް ޙަމީދުކިޔާ ބޭފުޅަކާ ފައިސާ ޙަވާލުކޮށްފައި . މިކަންތައް ހިނގާދިޔަގޮތް ޝަރީޢަތަށް ސާފުކޮށްދެވިދާނެތޯ؟[ ދ.ރ.ޖަވާބު : ]އެ ދުވަހުގެ އަސްލު ވީގޮތަކީ ވައުޗަރގައި ސޮއިކޮށްފައިވާ އަޅުގަނޑުމެން އެއް ޑިރެކްޓަރ މުޝްތާޤް އާއި ޙަމީދު އާއި އެކީގަ ވަޑައިގެންނެވީވެސް އޮފީހަށް މޫސާ ޙަލީމް ގެ ފަރާތުން . ދެން އަޅުގަނޑު ސުވާލެއް ނުކުރަން ޑިރެކްޓަރ އެކީ މޫސާ ޙަލީމްގެ ފަރާތުން ޢަބްދުލް ޙަމީދު ވަޑައިގެންނެވީމަ . ޢަބްދުލް ޙަމީދުއާއި އެ ފައިސާ ޙަވާލުކޮށްލަން އަޅުގަނޑަށް އިންސްޓްރަކްޓް ކުރީ. އަދި އެއީ މޫސާ ޙަލީމްއަށް އެ ދުވަހު ނާދެވިގެންކަމަށްވެސް އަޅުގަނޑު ސުވާލެއް ނުކުރަން . ޢަބްދުލް ޙަމީދުއާއި އެ ފައިސާ ޙަވާލުކުރީ މޫސާ ޙަލީމްއަށް ރައްދުކޮށް ދިނުމަށްޓަކާ [. ދަޢުވާކުރާ ފަރާތުގެ ސުވާލު : ]އަޅުގަނޑު ހެކިވެރިޔާއާއި ކޮށްލަން ބޭނުންވާ ސުވާލަކީ ތިޔަވިދާޅުވާ -/30,000ރ. )ތިރީސްހާސް ރުފިޔާ ( މޫސާ ޙަލީމްއަށް ރައްދުކުރެވުނު ކަން އެނގިލައްވާތޯ؟[ ޖަވާބު : ]ނޫން . އަޅުގަނޑަކަށް ނޭނގޭ[. މި ފަދައިން ހެކިބަސްދީފައިވެއެވެ .

8.12- ބަޔާންކުރެވުނު ސްޓީލް ހާރޑްވެއަރގެ ނަންބަރު 19517 ޕޭމަންޓް ވައުޗަރއާއި އަދި އެވައުޗަރ އާ ގުޅިގެން ހެކިބަސްދިން ސ. ހުޅުދޫ / ބަހާރީވިލާ، އިބްރާހީމް މިސްބާޙުގެ ހެކިބަހަށް ބަލާއިރު، ޙަވާލާދޭ ވައުޗަރގައި ބަޔާންކުރާ ފައިސާއާ ޙަ ވާލުވެފައިވަނީ، ޢަބްދުލް ޙަ މީދުކިޔާ މީހެއްކަން އެ ވައުޗަރއިން އެނގެން އޮންނައިރު، އަދި އެ ފައިސާ އިސްތިއުނާފު ރައްދުވާ މޫސާ ޙަލީމްއާޙަ ވާލުކުރެވފައިވާކަން ނޭނގޭކަމަށް ބުނެ އިބްރާހީމް މިސްބާޙު ހެކިބަސް ދީފައިވާތީ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މޫސާ ޙަލީމަށް ދީފައިވާކަމަށް ދަޢުވާގައި ބަޔާންކުރާ -/000,30ރ. )ތިރީސް ހާސް ރުފިޔާ ( މޫސާ ޙަލީމަށް ލިބިފައި ވާކަމަށް ބެލޭނެ ހަމައެއް އޮތްކަމަކަށް ނުބެލެވެއެވެ .

ޕޭމަންޓް ވައުޗަރ ނަންބަރު 19517 )04 އޭޕްރިލް 2017(

8.13- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޫސާ ޙަލީމަށް ދީފައިވާކަމަށް ދަޢުވާގައި ބަޔާންކުރާ -/50,000ރ) .ފަންސާސްހާސް ރުފިޔާ ( ގެ 2 )ދޭއް ( ޕޭމަންޓް )ޖުމްލަ -/100,000ރ(. އަށް ބަލާއިރު، ސްޓީލް ހާރޑުވެއަރގެ ނަންބަރު 20139 ޕޭމަންޓް ވައުޗަރއަކީ 2017 ޖޫން 08ވަނަ ދުވަހު ހަދާފައިވާ ވައުޗަރއެއްކަމާއި، އެ ވައުޗަރ ހަދާފައިވަނީ އެޑްމިން އޮފިސަރ އިބްރާހީމް މިސްބާޙުކަމާއި، އެ ވައުޗަރގައި ބަޔާންކުރާ ފައިސާއާ ޙަވާލުވެފައިވަނީ މޫސާ ޙަލީމްކަމާއި އަދި ސްޓީލް ހާރޑުވެއަރގެ ނަންބަރު 21129 ވައުޗަރއަށް ބަލާއިރު، އެ ވައުޗަރއަކީ 2017 އޮކްޓޫބަރު 09ވަނަ ދުވަހުގެ ތާރީޚުގައި ހަދާފައިވާ ވައުޗަރއެއްކަމާއި، ވައުޗަރ ހަދާފައިވަނީ އެޑްމިން އޮފިސަރު އިބްރާހީމް މިސްބާޙުކަމާއި، އެވައުޗަރގައި ބަޔާންކުރާ ފައިސާއާ ހަވާލުވެފައިވަނީ މޫސާ ޙަލީމްކިޔާ މީހެއްކަން އެނގެން އޮވެއެވެ . ޙަވާލާދެވުނު ވައުޗަރތަކާއި ގުޅިގެން، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅި ސ. ހުޅުދޫ / ބަހާރީވިލާ، އިބްރާހީމް މިސްބާޙު 2019 މާރިޗު 20 ގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، ދަޢުވާކުރާ ފަރާތުގެ ސުވާލު : ......] އޭގެ އިތުރުން ދަޢުވާލިބޭ ފަރާތް ސޮއިކޮށްފައިވާ އިތުރު ދެ ވައުޗަރއެއް އިންކަމަށް ލިޔެކިޔުމުން އެބަ ދައްކާ . އެއީ ވައުޗަރ ނަންބަރު 21129. މި ވައުޗަރއަކީ 09 އޮކްޓބަރޯ 2017 ގައި ތައްޔާރު ކުރެވިފައިވާ -/50,000ރ. )ފަންސާސްހާސް ރުފިޔާ ( ގެ ވައުޗަރއެއް . މި ވައުޗަރގަ އެބައިން ވައުޗަރ ތައްޔާރުކުރި ފަރާތަކަށް ތިޔަ ފަރާތުގެ ނަމާއި މަޤާމް އަދި ސޮއިވެސް . އެހެންކަމުން އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ ދަޢުވާލިބޭ ފަރާތް ކަމަށްވާ މޫސާ ޙަލީމްއާއި މި ފައިސާ ޙަވާލުކުރެވުނީ ނަގުދު ފައިސާއިން ހެކިވެރިޔާ ހުރެގެންތޯ؟[ ޖަވާބު : ]އާދެ . އެއީ އަޅުގަނޑު ހުރެގެން އަޅުގަނޑު މެއިންޓެ އިނކުރް ތިޖޫރީން ފައިސާ ނެގުމަށްފަހު އެ ވަގުތު ޙަވާލުކުރެވިފައި އިންނާނީ . ވައުޗަރގައި އަޅުގަނޑު ވާނެ ލިޔެފަވެސް ސޭފް )ތިޖޫރީ ( އިން ކަމަށް ފައިސާ ނަގާފަ ޙަވާލުކުރެވުނީ [. ދަޢުވާކުރާ ފަރާތުގެ ސުވާލު : ]އެހެންވީމާ އެއީ މޫސާ ޙަލީމްއާއި ޙަވާލުކުރެވިފައިވާ ފައިސާ ދެއްތޯ؟[ ޖަވާބު : ]އާދެ .[ ދަޢުވާކުރާ ފަރާތުގެ ސުވާލު : ]ދެން، އަޅުގަނޑު ސުވާލު ކޮށްލަން ބޭނުންވަނީ ވައުޗަރ ނަންބަރު 20139 އާއި ގުޅޭ ގޮތުން . މި ވައުޗަރއަކީ 08 ޖޫން 2017 ގައި ތައްޔާރުކުރެވިފައިވާ -/50,000ރ) .ފަންސާސްހާސް ރުފިޔާ ( ގެ ވައުޗަރއެއް . މި ވައުޗަރގައިވެސް އެބައިން ވައުޗަރ ތައްޔާރުކުރި ފަރާތަކަށް ތިޔަ ފަރާތުގެ ނަމާއި މަޤާމް އަދި ސޮއިވެސް . މިއީ ތިޔަފަރާތުން ތައްޔާރުކުރި ވައިޗަރއެއްތޯ؟[ ޖަވާބު : ]އާދޭ .[ ދަޢުވާކުރާ ފަރާތުގެ ސުވާލު : ]މި ވައުޗަރގައިވެސް މޫސާ ޙަލީމް އެބައިނދޭ ސޮއިކޮށްފަ . މިފައިސާ ޙަވާލުކޮށްފައިވަނީ ސީދާ ނަގުދު ފައިސާއިންތޯ؟[ ޖަވާބު : ]ކުރިން އަޅުގަނޑު ޙަވާލުކޮށފައިވް -/50,000ރ) .ފަންސާސް ހާސް ރުފިޔާ ( ޙަވާލުކުރިގޮތަށް ތިޖޫރީއިން ނެގުމަށްފަހު ނަގުދު ފައިސާ އެގަޑީގައި ޙަވާލުކޮށް ސޮއިކުރެވިފައިވަނީ [. މިފަދައިން ހެކިބަސް ދީފައިވާކަން އެނގެން އޮވެއެވެ .

8.14- އިސްލާމީ ފިޤްހުގައި ]އަލް ބައްޔިނާ [ )اﻟﺒﻴﻨﺔ( އަކީ ޙައްޤު ބަޔާންކޮށް ކަޝްފު ކޮށްދޭ އިސްލާމީ ޝަރީޢަތުން ޤަބޫލުކުރާ ކޮންމެ ވަސީލަތެ އްކަމަށާއި މިގޮތުން ކިތާބީ ދަލީލުތަކާއި، ހެކިންގެ ހެކިބަހާއި، ފާޅުކަންބޮޑު ޤަރީނާ ފަދަ އިސްލާމީ ޝަރްޢުގައި ހުއްދަ، ސބިތުކުރުމުގާ އެންމެހައި ވަސީލަތްތަކަކީ ]އަލް ބައްޔިނާ [ ނުވަތަ ހެކީގެ ޢާންމު މަފްހޫމުގެ ތެރޭގައި ހިމެނޭ ދަލީލުތައް ކަމަށާއި، ހެކިންގެ ހެކިބަހުން ސާބިތު ކުރަން ބޭނުންވާ ޙައްޤުގެ ބާވަތަށް ބަލައި ހެކިބަހުގެ ނިޞާބު އިސްލާމީ ފިޤްހުގައި ތަފާތުވާ ކަމަ ށާއި، އަފްރާދުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގައި ހެކިންގެ ހެކިބަހުން ސާބިތުކުރުމުގެ ނިޞާބަކީ ދެ ފިރިހެނުންގެ ނުވަތަ ފިރިހެނަކާ އ ދެ އަންހެނުންގެ ހެކިބަސް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާތަކުގެ )މ( ގަޔާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2016/SC-A/12 ޤަޟިއްޔާ ގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ކ( ގައި ބަޔާންކޮށްފައި ވެއެވެ .

8.15- އިސްވެ ބަޔާންކުރެވުނު، ސްޓީލް ހާރޑުވެއަރގެ ނަންބަރު 20139 ޕޭމަންޓް ވައުޗަރ )2017 ޖޫން 08( އާއި ނަންބަރު 21129 ވައުޗަރ )2017 އޮކްޓބަރޯ 09( ގައިވާ ޖުމްލަ -/100,000ރ. )އެއްލައްކަ ރުފިޔާ ( އަކީ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޫސާ ޙަލީމަށް ދީފައިވާ ފައިސާއެއް ކަން ސާބިތުކުރަން، އިސްތިއުނާފުކުރާ އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، އިސްވެ ޙަވާލާ ދެވުނު ސްޓީލް ހާރޑުވެއަރގެ ނަންބަރު 20139 ޕޭމަންޓް ވައުޗަރ )2017 ޖޫން 08( އާއި ނަންބަރު 21129 ވައުޗަރ )2017 އޮކްޓބަރޯ 09( ވައުޗަރގެ ކޮޕީއާއި ޝަފަހީ ހެކިންގެ ގޮތުގައި ސ. ހުޅުދޫ / ބަހާރީވިލާ، އިބްރާހީމް މިސްބާޙު އެވެ . އިބްރާހީމް މިސްބާޙުގެ ހެކިބަހުން ޙަވާލާދޭ ވައުޗަރތަކުގައިވާ ފައިސާއަކީ އިސްތިއުނާފު ރައްދުވާ މޫސާ ޙަލީމަށް ދީފައިވާ ފައިސާއެއްކަން އެނގެން އޮންނައިރު، އަފްރާދުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގައި ހެކިންގެ ހެކިބަހުން ސާބިތުކުރުމުގެ ނިޞާބަކީ ދެ ފިރިހެނުންގެ ނުވަތަ ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ކަން އެނގެއެވެ . ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ، ސްޓީލް ހާރޑުވެއަރގެ ނަންބަރު 20139 ޕޭމަންޓް ވައުޗަރ )2017 ޖޫން 08( އާއި ނަންބަރު 21129 ވައުޗަރ )2017 އޮކްޓބަރޯ 09( ގައިވާ ފައިސާ ލިބުނު ކަމަށް އިސްތިއުނާފު ރައްދުވާ މޫސާ ޙަލީމްގެ ފަރާތުން އިންކާރުކޮށްފައިވާތީ، އެ ވައުޗަރުތަކުގެ އަޞްލު ޝަރީޢަތަށް ހުށަހަޅަން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާއާ ގުޅިގެން، 2019 ޖުލައި 21 ގައި އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އެނގެން އޮވެއެވެ . ނަމަވެސް އެ ވައުޗަރުތަކުގެ އަޞްލު އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޝަރީޢަތަށް އަޙްމަދު ނާޝިދު ވ މުޙައްމަދު މުޞްތަފާ އަޙްމަދު ނަޞީރު ވ އިބްރާހީމް ނަފީސް ޙުސައިން ހުށަހަޅާފައިނުވެއެވެ . ވައުޗަރުތަކުގެ އަޞްލު ހުށަނޭޅުމުގެ ސަބަބުން އެވައުޗަރތަކުގައި ފައިސާ ޙަވާލުވި ފަރާތުގެ ހައސި އްޔަތުން ވައުޗަ ރތަކުގައި ކޮށްފައިވާ ސޮއި ވެރިފައިކުރެވިފައިނުވާކަން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171-F1/144/2019/563 ސިޓީއާއެކު ފޮނުވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ]ތަޙްލީލް ކުރިއަށް ނުގެންދެވުނުކަން އަންގާ ލިޔުން[ އިނ އެނގެން އޮވެއެވެ . ޙަވާލާދޭ ވައުޗަރުތަކުގެ ކޮޕީ ޝަރީޢަތަށް ހުށަހެޅިއިރު، އެ ވައުޗަރުތަކުގެ އަޞްލު ޝަރީޢަތަށް ހުށަނޭޅެންވީ ސަބަބެއް އިސްތިއުނާފުކުރާ ފަރާ ތަށް ސާފުކޮށްދެވިފައިނުވެއެވެ . ދަޢުވާގައި ޙަވާލާދޭ ދެ ފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމަށް ބަލާއިރު، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބޭންކްއާއި މުޢާމަލާތް ކުރެވި ފުރަތަމަ ފަހަރަށް ބޭންކްއާއި އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑާއި ގޯތީގެ ވެރިފަރާތުން ލޯނު އެއްބަސްވުމުގައި ކޯޓުގައި ސޮއިކުރެވުމާއެކު އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އިން ގޯތީގެ ވެރިފަރާތަށް ބާކީ ދޭންޖެހޭ -/000,250ރ. )ދެލައްކަ ފަންސާސްހާސް ރުފިޔާ ( ދޭންވާނެކަމަ ށީބަޔާންކޮށްފައިވާއިރު، ދެވަނަ ޕޭމަންޓް އަދާކުރަން ޖެހެނީ ބޭންކްއާއި އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްއާއި ގޯތީގެ ވެރިފަރާތުން ލޯނު އެއްބަސްވުމުގައި ކޯޓުގައި ސޮއިކުރެވުމާއި އެކު ކަމަށް ބަޔާންކޮށްފައި އޮތްހިނދު، އެއްބަސްވުމުގެ ދަށުން ދެވަނަ ޕޭމަންޓް އަދާކުރަންޖެހޭ ޙާލަތު އެ ވަގުތަށް ވުޖޫދުވެފައި ނުވެއެވެ . އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދޭ ސްޓީލް ހާރޑުވެއަރގެ ނަންބަރު 20139 ޕޭމަންޓް ވައުޗަރ )2017 ޖޫން 08( އާއި ނަންބަރު 21129 ވައުޗަރ )2017 އޮކްޓބަރޯ 09( ގައި ބަޔާންކުރާ ފައިސާ، އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ކަމުގައިވާ މޫސާ ޙަލީމަށް ދައްކަންޖެހުނު ސަބަބެއް، އިސްތިއުނާފުކުރާ އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނުވާތީ، ސްޓީލް ހާރޑުވެއަރގެ ނަންބަރު 20139 ޕޭމަންޓް ވައުޗަރ )2017 ޖޫން 08( އާއި ނަންބަރު 21129 ވައުޗަރ )2017 އޮކްޓބަރޯ 09( ގައިވާ ޖުމްލަ -/100,000ރ) .އެއްލައްކަ ރުފިޔާ ( އަކީ،އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން މޫސާ ޙަލީމަށް ދީފައިވާ ފައިސާއެއް ކަމަށް ބެލޭނެ ހަމައެއްނެތެވެ .

8.16- ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ރައްދުވާ މޫސާ ޙަލީމަށް -/250,000ރ. )ދެލައްކަ ފަންސާސްހާސް ރުފިޔާ( ދީފައިވެއެވެ . އަދި އެ ފައިސާ ލިބިފައިވާކަމަށް މޫސާ ޙަލީމް އެއްބަސްވެފައިވާއިރު، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ހިސާބުކޮށްފައިވަނީ، ޙަ ވާލާދެވުނު -/250,000ރ. )ދެލައްކަ ފަންސާސްހާސް ރުފިޔާ ( ހމި ނައިގެން ކަން އެނގެއެވެ . އެ ފައިސާއަކީ މޫސާ ޙަލީމަށް ލިބި ފައިވާ ފައިސާއެއްކަމާމެދު އެއްވެސް ޚިލާފެއް ނެތް އިރު، އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގައި، އެ ފައިސާ )-/250,000ރ(. އަކީ މޫސާ ޙަލީމުގެ ފަރާތުން އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަމަށް ކަނޑައަޅާފައިވަނީ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި ސޮއިކުރެވިފައިވާ އެއްބަސްވު މުގައި ވާ ގޮތުން، އެއްބަސްވުމުގައި ސޮއިކުރެވޭއިރު އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ގޯތީގެ ވެރިފަރާތް ކަމުގައިވާ މޫސާ ޙަލީމަށް -/250,000ރ. )ދެލައްކަ ފަންސާސްހާސް ރުފިޔާ ( ދޭންވާނެކަމަށާއި، އަދި މި ފައިސާއަކީ ގޯތީގެ ވެރިފަރާތުން މި އެއްބަސްވުމާ ޚިލާފުނުވާނަމަ ގޯތީގެ ވެރިފަރާތުން އަނބުރާ ދައްކަންޖެހޭ ފައިސާއެއްނޫން ކަމަށް، ބަޔާންކޮށްފައި އޮތްހިނދު، ދަޢުވާކުރާ ފަރާތަށް ގޯތީގެ ވެރިފަރާތް )މޫސާ ޙަލީމް ( މި އެއްބަސްވުމާއި ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތކަނީ އެނގެއެވެ .

8.17- އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، މޫސާ ޙަލީމަށް -/250,000ރ) .ދެލައްކަ ފަންސާސްހާސް ރުފިޔާ ( އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑުން ދީފައިވަނީ، އެ ކަމުގެ މުޤާބިލުގައި އައިލެންޑް މާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑަ ށްވެސް ފ އިދާއެއްވާ ގޮތުގެ މަތިންނެވެ . އެއީ، މޫސާ ޙަލީމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ]މއ. އެމްޓޭޝަންގެ [ އެވެކިޔާ ގޯތި ބޭންކުގައި ރަހުނުކޮށް، ބޭންކުން ނަގާ ލޯނު ބޭނުންކޮށްގެން ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ މަޤްޞަ ދުގައިކަން، އެ އެއްބަސްވުމަށް ބެލުމުން އެނގެއެވެ .

8.18- އިސްވެ ބަޔާންކުރެވުނު އެއްބަސްވުމާ މޫސާ ޙަލީމް ޚިލާފުވެފައިވާކަން އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަމަށް، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4.13 ގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ރައްދުވާ މޫސާ ޙަލީމްގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ޖަވާބު ފޯމާއި އަދި ބަޔާންތަކުންވެސް އެފަރާތުގެ ވިސްނުންހުރީ އެ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކޮށް އެ ފަރާތުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ […] އެވެކިޔާ ގޯތި ބޭންކުގައި ރަހުނުކުރުމަށް ނޫންކަން ސާފުކޮށް އެނގެއެވެ . އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގެ ދަށުން ހުށަހެޅުނު ދަޢުވާގެ ޖަވާބުގައި މޫސާ ޙަލީމްގެ ފަރާތުން ހުށަހަޅާފައިވާ ޖަވާބު ފޯމުގެ 7.3 ގައި، ]އަދި މި އެއްބަސްވުމާއި ގުޅިގެން ކުރަން ކަނޑައެޅިފައިވާ މުޢާމަލާތަކީ އޮޅުވާލުމެއްގެ ތެރެއިން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތާއި ކޮށްފައިވާ މުޢާމަލާތެއްކަން ފާހަގަކުރަމެވެ [. މި ފަދައިން ބަޔާންކޮށްފައިވާތީ، މސޫ ޙަލީމު ގެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދާން ބޭނުން ނުވާ ކަން ސާފުކޮށް އެނގެއެވެ . އިސްތިއުނާފުކުރާ އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް މައްސަލަ ހުށަހަޅަންޖެހުނީ އެއްބަސްވުމާ އެއްގޮތަށް އެއްބަސްވުން ކުރިއަށް ނގެންދެވުމުން، އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުންނެވެ . އެހެންކަމުން، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކުރާ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން،ފުރަތަމަ ޕޭމަންޓްގެ ގޮތުގައި، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޫސާ ޙަލީމަށް ދީފައިވާ -/250,000ރ) .ދެލައްކަ ފަންސާސްހާސް ރުފިޔާ ( އަކީ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ލިބެންޖެހޭ ފައިސާ އެއް ކަމަށް ދެކެމެވެ . ވީމާ، ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ދެކެމެވެ . 9- މައްސަލައިގެ ޙުކުމް ކުރުމަށް 2021 ޑިސެންބަރު 14ވަނަ ދުވަހުގެ 10:30 އަށް ތާވަލު ކުރެވުނު ޝަރީޢަތަށް ޙާ ޒިރުވުމަށް އަންގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަދަލުގެ ގޮތުގައި ކޯޓަށް ޙާ ޒިރުވަމަށް ހަމަޖައްސާފައިވާ ލ. ގަން/ ފެއަރީގަރޑެން، ޢަލީ ޝިހާމްއަށް ފޮނުވުނު ހައިކޯޓުގެ ނަންބަރު 95-B5/CHT/2021/7183 ކޯޓަށް ހާޒިރުވުމުގެ އަމުރު އެފަރާތަށް ރައްދުވެ، އަމުރާ އެއްގޮތަށް އެ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވާތީ، މި މައްސަލައިގެ ޙުކުމް ކުރެވިފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާ ޒިރުގައެވެ .  ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3282/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑއާ […] / މާލެ، މޫސާ ޙަލީމްއާ ދެމެދު 2017 މާރިޗް 13 ގައި ސޮއިކުރެވިފއިވަ އެއްބަސްވު ގެ ދަށުން، ފުރަތަމަ ޕޭމަންޓްގެ ގޮތުގައި، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މޫސާ ޙަލީމށަ ދީފައިވާ -/250,000ރ) .ދެލައްކަ ފަންސާސްހާސް ރުފިޔާ ( އަކީ، އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ލިބެންޖެހޭ ފައިސާކަމަށް ކަނޑައަޅައި، އެ ފައިސާ އައިލެންޑްމާރކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު )2021 ޑިސެންބަރު 14ވަނަ ދުވަހު ( ން ފެށިގެން 30 )ތިރީސް( ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ އެ ފައިސާ ޚަލާޞްކުރުމުން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ