ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A-02/08

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ތައުފީޤު

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 1 ޖުލައި 2025ދަށު ކޯޓު: ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު (05/M8C/2017)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު (05/M8C/2017)
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ 05/M8C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ 08 ނޮވެންބަރު 2021 ގައި ރަޖިސްޓްރީކޮށް، ހައިކޯޓުގެ 2021/HC-A-02/08 ޤަޟިއްޔާއިން ބަލަމުން ދިޔައެވެ. ހައިކޯޓުގެ 2017/HC-A/352 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ސުޕްރީމް ކޯޓުގެ 2021/SC-A/18 ޤަޟިއްޔާއިން މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކުރީއެވެ.
ވާޤިޢާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ މުރާޖަޢާކުރުމަށްފަހު، އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމިއެވެ. އެ އޮފީހުގެ ނަންބަރު 196-A/95/2025/207 (29 ޖޫން 2025) ސިޓީއިން ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް ހައިކޯޓަށް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމައި ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ހާދިސާ ހިނގިފަހުން 9 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީއާއި، ސުޕްރީމް ކޯޓުން 24 އޮކްޓޫބަރު 2021 ގައި މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިނަމަވެސް އަދިވެސް ގޮތެއް ކަނޑައެޅިފައި ނުވާތީއާއި، އިސްތިއުނާފު ރައްދުވާ މީހާގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައި ނުވާތީއާއި، ކުށަށް ކަނޑައެޅޭނެ އަދަބަކީ ނިސްބަތުން ކުޑަ އަދަބަކަށްވާތީ ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުގެ ހުށަހެޅުމެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުގެ ސަބަބުތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން 01 ޖުލައި 2025 ގައި ދަޢުވާ ފޯމު ބާޠިލުކުރިއެވެ. މައްސަލައިގެ މައުޟޫޢީ ބައިގައި ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ހައިކޯޓުގެ ދަޢުވާ ފޯމު ބާޠިލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
—
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ހައިކޯޓުގެ ޤަޝިއްޔާ ނަންބަރު: 2021/HC-A-02/08

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމުން އެދި ހުރަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ނޮވެންބަރު 2021 * ބާޠިލުކުރި ތާރީޚް: 01 ޖުލައި 2025

4އިސްތިއުނާފު ކުރި ފަރާތް: * ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ޢާއްމު ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ވެލާނާގެ / މާލެ * މިހާރުގެ އެޑްރެސް: ވެލާނާގެ / މާލެ

5އިސްތިއުނާފު ރައްދުވި ފަރާތް: * ފުރިހަމަ ނަން: މުޙައްމަދު ތައުފީޤު * އައިޑީކާޑު ނަންބަރު: A210912

6ހުށަހެޅިފައިވާ މައްސަލަ: ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 05/M8C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބެލުނު މި ކޯޓުގެ ނަންބަރު 2017/HC-A/352 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/18 ޤަޟިއްޔާ އިން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަށްވީލުކުރުމުން މިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 2021/HC-A-02/08 ޤަޟިއްޔާ.

7ހައިކޯޓުން ނިންމި ގޮތް: ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 05/M8C/2017 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މި ކޯޓުގެ ނަންބަރު 2017/HC-A/2017 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/18 ގަޒީއްޔާގެ އިން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަށްވީލުކުރުމުން ރަޖިސްޓްރީ ކުރެވިފައިވާ މިކޯޓުގެ ނަންބަރު 2021/HC-A-02/08 ގަޒިއްޔާއިން ބަލަމުންދާ މައްސަލައިގެ އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާތީ، މައްސަލަ ބާޠިލްކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު: 196-A/95/2025/207 (29 ޓޫން 2025) ސިޓީން ވަނީ އެދިފައެވެ. މި މައްސަލަ ބާޠިލްކޮށްދިނުމަށް އެދުނު ސަބަބެއްގެ ގޮތުގައި މި ސިޓީގައި ފާހަގަކޮށްފައިވަނީ މި މައްސަލަ ޕޮރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުރާޖައާކޮށް ބެލިއިރު، މި މައްސަލައިގެ ހާދިސާ ހިނގާ ދިޔަ ފަހުން 9 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ އާއި، މި މައްސަލަ 24 އޮކްޓޫބަރު 2021 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވައި ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރައްވާފައިވީނަމަވެސް މި މައްސަލައިގައި އަދިވެސް ގޮތެއް ކަނޑައެޅިފައިނުވާތީއާއި، މި މައްސަލަ ފިޔަވައި އިސްތިއުނާފު ރައްދުވާ މީހާގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިނުވާތީއާއި، މި މައްސަލައިގައި ދައުވާކޮށްފައިވާ ކުށަށް ކަނޑައެޅޭނެ އަދަބަކީ ނިސްބަތުން ކުޑަ އަދަބެއް ކަމުގައިވާތީކަމަށެވެ. ވީމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހަވާލާދެވުނު ސިޓީއަށް ރިއާޔަތްކޮށް، މި ކޯޓުގެ ނަންބަރު 2021/HC-A-02/08 ގަޒިއްޔާގެ ދައުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ހ)ގެ ދަށުން، ހައިކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 35 ވަނަ މާއްދާގެ (ހ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ