ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A430

މަރްޔަމް މޫސާ ވ. އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 24 އޭޕްރީލް 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 176/VTR/2020ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 176/VTR/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޓްރައިބިއުނަލުން ނިންމީ ވަޒީފާ އިޢާދަކުރުމާއި މުސާރަ ދިނުމުގެ ފަރުވާއަށް ޙައްލު ލިބިފައިވާ ކަމަށާއި، ގެއްލުމެއް ލިބުނުކަން ސާބިތުނުވާތީ ބަދަލު ނަގައިދެވޭ ހަމައެއް ނެތް ކަމަށެވެ.
ވާޤިޢާ
ކުންފުނީގެ އޮނިގަނޑަށް އައި ބަދަލުތަކާ ގުޅިގެން ރިޑަންޑަންސީގެ ނަމުގައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުނެވެ. މައްސަލަ ހިނގަމުންދަނިކޮށް ކުންފުނިން ވަޒީފާ އިޢާދަކޮށް، މުވައްޒަފު ވަޒީފާއަށް ނުނިކުމެ، އިޢާދަކުރި ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ޤަބޫލުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުންދަނިކޮށް ވަޒީފާ އަނބުރާ އިޢާދަކޮށް މުސާރައާއި ޢިނާޔަތްތައް ދީފައިވާ ޙާލަތެއްގައި، ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރިތޯ ކަނޑައެޅުމަކާ ނުލައި ގެއްލުމުގެ ބަދަލު ނުދިނުމަށް ޓްރައިބިއުނަލުން ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާއި 2019/SC-A/67 ގެ އުޞޫލާ ޚިލާފު ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުވައްޒަފު ބުނީ 2019/SC-A/67 ގެ އުޞޫލުން 6 މަހުގެ އަސާސީ މުސާރަ ބަދަލުގެ ގޮތުގައި ދޭންޖެހޭ ކަމަށާއި ޢަދުލުވެރިކަން ޤާއިމުކުރިތޯ ޓްރައިބިއުނަލުން ނުބެލި ކަމަށެވެ. ކުންފުނިން ބުނީ އެންމެ އަސާސީ ފަރުވާ ކަމުގައިވާ ވަޒީފާ އިޢާދަކުރުން ލިބިފައިވާތީ އިތުރު ބަދަލެއް ނުޖެހޭ ކަމަށާއި ބަދަލަކީ ކޮންމެ މައްސަލައެއްގައި ވަކި އަދަދެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޚުޞޫމާތަށް ޙައްލު ލިބިފައިވާތީ ޢަދުލުވެރިކަމާ މެދު ކަނޑައަޅަން ނުޖެހޭ ކަމަށާއި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ފަރުވާ ކަނޑައެޅުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވާއިރު، ގެއްލުމުގެ ހެއްކެއް ނެތުމުން ބަދަލު ނުދިނުމުގައި ގޯހެއް ނުވާ ކަމަށް ނިންމިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚުޞޫމާތަށް (ވަޒީފާ އިޢާދަކޮށް މުސާރައާއި ޢިނާޔަތް ދިނުމުން) ޙައްލު ލިބިފައިވާނަމަ، ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރިތޯ ޓްރައިބިއުނަލުން އިތުރަށް ކަނޑައަޅަންޖެހޭ ސަބަބެއް ނެތެވެ.

HN2 ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރަނީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުގައި ލިބިދޭ ޤާނޫނީ ޙައްލުތަކެވެ؛ އޭގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް އަމުރުކުރުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

HN3 ވަޒީފާ އިޢާދަކޮށް ވަކިކުރެވިފައިވާ މުޅި މުއްދަތަށް މުސާރައާއި ޢިނާޔަތްތައް ދީފައިވާއިރު، އިތުރު ގެއްލުމެއް ލިބުނުކަން ސާބިތުކުރާ ހެއްކެއް ނެތްނަމަ، 29 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ބަދަލު ނަގައިނުދިނުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫނެވެ.

HN4 29 ވަނަ މާއްދާގެ (ހ) ގެ (3) ގެ ދަށުން ބަދަލުދިނުމުގެ އަމުރެއް ކުރުމަށް ޓްރައިބިއުނަލަށް ނުފެންނަ ޙާލަތުގައި، 2019/SC-A/67 ([2021] SC 07) ގައި ބަދަލުގެ މިންވަރު ކަނޑައެޅުމަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭ ޙާލަތެއް ނޯންނާނެއެވެ.

HN5 މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި ޓްރައިބިއުނަލުން އިޚްތިޔާރު ބޭނުންކުރި ގޮތުގެ ތެރެއަށް އިސްތިއުނާފީ ކޯޓު ވަންނާނީ އެކަމަށް ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިއްޖެނަމައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، މުޙައްމަދު ސަލީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/430 މައްސަލަ އިސްތިއުނާފު ކުރުމަށް މާލެ، […] / މަރްޔަމް މޫސާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ އެމް.އެޗް.އޭ (މީގެ ފަހުން "އެމް.އެޗް.އޭ") ޕްރައިވެޓް ލިމިޓެޑް އެވެ.

ކަންހިނގާފައިވާ ގޮތް

2މަރްޔަމް މޫސާއަކީ، 2012 ފެބުރުވަރީ 02 ވަނަ ދުވަހުން ފެށިގެން އެމް.އެޗް.އޭ ގައި އިންޓަރނަލް ކޮންޓްރޯލް އެސިސްޓަންޓްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ.

3އެމް.އެޗް.އޭ ގެ އޮނިގަނޑަށް އައި އައު ބަދަލުތަކާއި ގުޅިގެން މަރްޔަމް މޫސާ އަދާކުރުމަށް އެކަށޭނަ ވަޒީފާއެއް އެ ކުންފުނީގައި ނެތްކަމަށް ބުނެ ދެ މަސް ދުވަހުގެ މުސާރަ ދިނުމަށްފަހު 10 ޖޫން 2020 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ.

4މަރްޔަމް މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ އުސޫލުތަކާއި ޚިލާފަށް މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުކޮށް ކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލާގައި ބަލާފައިވެއެވެ. އައިޑީރަޖިސްޓްރޭޝަން ނަންބަރު 0142/2013-C އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު MHA/HR/021 ޓަރމިނޭޝަން ލެޓަރ

5މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލަ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ

6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލައަކީ، މަރްޔަމް މޫސާ، 02 ފެބުރުވަރީ 2012 އިން ފެށިގެން އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގައި އިންޓަރނަލް ކޮންޓްރޯލް އެސިސްޓެންޓްގެ މަގާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެ ކުންފުނީގެ އޮނިގަނޑަށް އައި އައު ބަދަލުތަކާ ގުޅިގެން މަރްޔަމް މޫސާ އަދާކުރުމަށް އެކަށޭނަ ވަޒީފާއެއް އެ ކުންފުނީގައި ނެތްކަމަށް ބުނެ، "ޑިއު ޕްރޮސެސް" އެއްގެ ތެރެއިން އިންސާފުވެރިކަމާއި، އަދުލުވެރިކަމާއެކު ކަންތައްތައް ކުރިއަށް ގެންދިއުމަކާ ނުލައި، ވަޒީފާއާބެހޭ ޤާނޫނުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައަޅުއްވާފައިވާ ރިޑަންޑަންސީ ގެ އާންމު އުސޫލުތަކާއި އިޖުރާއަތްތަކާ ހިލާފަސް ރިޑަންޑަންސީގެ ހާލަތުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަން ގައިމުކުރުމަކާ ނުލައި 10 ޖޫން 2020 ގައި މަރްޔަމް މޫސާ ވަޒީފާއިން ވަކިކޮށްފައިވާތީ، އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑްގައި މަރްޔަމް މޫސާ އަދާކުރަމުން އައި ވަޒީފާ އަނބުރާ އިއާދަކޮށްދީ، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލައާމެދު ގޮތެއް ނިންމުމާ ހަމައަށް ނުވަތަ ވަޒީފާ އަނބުރާ އިއާދަކުރުމާ ހަމައަށް ލިބެންވާ އެންމެހައި މުސާރައާއި އިނާޔަތްތައް ލިބިދިނުމަށާއި، ނުހައްގުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތަހައްމަލްކޮށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ނުހަނު ދަތި ހާލަތެއްގައި ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި -100,000/ރ. (އެއްލައްކަ ރުފިޔާ) ނަގައިދިނުމަށް އެދި އެމް.އެޗް.އޭ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާ ގޮތަށް 10 ސެޕްޓެންބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެކެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން

7ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލައިގައި ނިންމާފައިވަނީ، ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުންދަނިކޮށް، މަރްޔަމް މޫސާގެ ވަޒީފާ އަނބުރާ ރުޖޫއަކޮށްދީ، މަރްޔަމް މޫސާގެ ވަޒީފާ ރުޖޫއުކުރުމާ ހަމައަށް އެފަރާތަށް ދޭންޖެހޭ މުސާރަ އެމް.އެޗް.އޭގެ ފަރާތުން ދީފައިވާތީ، 10 ޖޫން 2020 ގައި މަރްޔަމް މޫސާގެ ވަޒީފާއިން ވަކިކޮށްފައިވުމުން، އެ ވަޒީފާ ރުޖޫއުކުރުމާއި، މަރްޔަމް މޫސާ ވަޒީފާއިން ވަކިކޮށްފައިވުމުން، އެ ވަޒީފާ އަނބުރާ ރުޖޫއުކުރުމާއި، މަރްޔަމް މޫސާ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމާ ހަމައަށް ލިބންވެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދިފައިވާ ފަރުވާއަށް ހައްލެއް ލިބިފައިވާ ކަމަށް ކަނޑައަޅައި، މަރްޔަމް މޫސާ ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިފައިވާއިރު، ގެއްލުމެއް ލިބިފައިވާކަން މަރްޔަމް މޫސާއަށް ސާބިތުކޮށްދެވިފައިނުވާތީއާއި، މަރްޔަމް މޫސާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އެމް.އެޗް.އޭގެ ވަޒީފާއަށް ރުޖޫއުކުރުމާ ހަމައަށް ލިބެންޖެހޭ އމުސާރަ ދީފައިވުމުން، ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި ގެއްލުމުގެ ބަދަލު ނަގައިދެވޭ ހަމައެއް ނެތްކަމަށް ކަނޑައަޅައި މަރްޔަމް މޫސާ އެދިފައިވާފަދަ އަމުރެއް ކުރާން ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައެވެ.

އިސްތިއުނާފީ ނުކުތާތައް

8ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލަ އިސްތިއުނާފު ކުރުމަށް މަރްޔަމް މޫސާގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާފައި ވެއެވެ؛

1.8. މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކުރިއަށް ދަނިކޮށް މަރްޔަމް މޫސާގެ ވަޒީފާ އަނބުރާ ރުޖޫޢުކޮށް ލިބެންޖެހޭ މުސާރަ ދީފައިވުމުން މަރްޔަމް މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލެއް ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ވަޒީފާއާބހެ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/67 ޤަޟިއްޔާގައި ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ ބަދަލުގެ ގޮތުގައި 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރަ ނަގައިދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން

9މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާ ޙާލަތްތަކުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/67 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 18 ވަނަ ނުކުތާގައި ބަޔާންކޮށް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ ބަދަލުގެ ގޮތުގައި 6 (ހައެއް) މަސްދުވަހުގެ މުސާރަކަމަށް ބަޔާންކޮށްފައިވާކަމަށާއި، ޓްރައިބިއުނަލުން މައްސަލަ ނިންމިއިރު، މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ނުވަތަ ނޫންތޯވެސް ބަލާފައިނުވާކަމަށް މަރްޔަމް މޫސާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

10ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2014/SC-A/37 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލަށް ބަލާއިރު، ރިޑަންޑަންސީގެ ހާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެފަދަ ޙާލަތެއް ޙަޤީޤަތުގައިވެސް މެދުވެރިވޭތޯ ކަށަވަރުކުރުމާއެކު، އެ ސަބަބުގެ މައްޗަށް ބިނާކޮށް، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރެވޭ އުސޫލުތަކާއި އިޖުރާއަތުތަކަކީ ހެޔޮނިޔަތުގައި މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެއްނެތި، އަދުލުވެރިކަމާއެކު މައުޟޫއީ މިންގަނޑަކުން އެއް ހަމައަކުން ތަޠުބީޤުކުރެވޭ އިޖުރާއަތުތަކާ އުޞޫލުތަކަކަކށް ނ ވާނަމަ، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން ވަޒީފާއިން ވަކިކުރި ކުރުމެއްކަމުގައި ޤާނޫނީ ގޮތުން ނުބެލެވޭނެކަމަށް ބަޔާންކޮށްފާކަމަށް ފާހަގަކޮށް، މި މައްސަލާގައި، މަރްޔަމް މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ ޗެއަރމަން ނިޔާވުމާއި، ބާޒާރުމަތީ ކްލަސްޓަރގެ ސަބަބުން ވިޔަފާރި މެދުކެނޑުމާއި ސަރުކާރުން ދިން މާލީ ޕެކޭޖުތައް ނުލިބުމާއި ނަތީޖާއެއްގެ ގޮތުން ކުންފުނި އެއްކޮށް ހުއްޓާލަން ޖެހުމުގެ ބިރުވެރިކަން ކުރިމަތިވުމާއި، މަޤާމުތައް މަދުކުރަންޖެހުމުންކަމަށް ބުނެފައިވާއިރު، ހަޤީޤަތުގައި އެ ޙާލަތު މެދުވެރިވެފައިނުވާކަމާއި އެ މުއްދަތުގައި އައު މުވައްޒަފުން ނަގައި ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވުމުން އެނގެން އޮންނަކަމާއި އަދި ވަޒީފާއިން ވަކިކުރިތާ އެތައް ދުވަހެއް ފާއިތުވި ފަހުން ފައިސާ ދީފައިވުމުން، މައުޟޫޢީ ގޮތުން ވަޒީފާއިން ވަކިކުރާފަދަ ސަބަބެއް މެދުވެރިވެފައިނުވާކަމާއި އަދި އިޖުރާއީ ގޮތުން ދުރާލައި ރިޑަންޑަންސީ އުޞޫލެއް އެކުލަވާލައި، މުވައްޒަފަށް އެހެން ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތުދީ އެހެންމުވައްޒަފުންނާ ހަމަހަމަ އުޞޫލު ޢަމަލުކުރުން ފަދަ ކަންކަން ފުރިހަމަކޮށްފައި ނުވުމުން މައްސަލަ ހުށަހަޅާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖހެހޭ އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫއީ އަދުލުވެރިކަން ޤާއިމުކުރުމަކާނުލައިކަން އެނގޭކަމަށް މަރްޔަމް މޫސާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

11ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުން ކުޑަކުރުމަށްޓަކައު މި މައްސަލައިގައި އެދިފައިވާ އެއް ފަރުވާ ކަމުގައިވާ ވަޒީފާއިން ރުޖޫޢުކުރުމަށް މި މައްސަލައިގެ ތެރެއިން އެ ކުންފުނިން އެއްބަސްވެ، 23 ޑިސެންބަރު 2020 އަށް ވަޒީފާ އަނބުރާ އިޢާދަކޮށް އެ ދުވަހާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތައް ދިނުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ހުށަހެޅުން މަރްޔަމް މުސާގެ ފަރާތުން ޤަބޫލުކޮށްފައިވާކަމާއި، އަދި ވަޒީފާއިން ވަކިކުރުމަށްފަހު މިއަދާ ހަމައަށް އިތުރު ވަޒީފާއެއް އަދާކޮށްފައިނުވާތީ ބަދަލު ނަގައިދިނުމަކީ ނުހައްޤު ބޭއިންސާފު މުއްސަނދިކަމެއް ލިބިގެންދާނެ ކަމެއް ނޫންކަމާއި، ހަވަލާދެވުނު ސުޕްރީމްކޯޓުގެ ޤަޟިއްޔާގެ 18.9 ގައި ބަދަލުގެ މިންވަރު ކަނޑައެޅޭއިރު، ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ އިތުރުން ބަދަލެއް ނަގައިދޭންޖެހޭތީ ބަލާއިރު، ބޭއިންޞާފުން ވަޒީފާއިން ވަކިކުރުމުން އެކަން ޙައްލުކުރަން އެމް.އެޗް.އޭގެ އިސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކައިގެން ޙައްލެއް ލިބިފައިނުވުމުން، ޙައްޤު ހޯދުމަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށްޓަކައި -30,000/ (ތިރީސްހާސް ދިވެހި ރުފިޔާ) މަރްޔަމް މޫސާ ޚަރަދުކޮށްފައިވާކަމަށް އޭނާގެ ފަރާތުން ފާހަގަކޮށް، ބަދަލުގެ ގޮތުގައި، 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ، -63,000/ (ފަސްދޮޅަސް ތިން ހާސް ދިވެހި ރުފިޔާ) ނަގައިދޭންވާނެކަމަށް ފާހަގަކުރެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

12އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލައިގައި މަރްޔަމް މޫސާއަށް ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދީ، މަރްޔަމް މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް، ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައި ކަމަށް ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން

13ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މަރްޔަމް މޫސާ ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ތިން ފަރުވާއަކަށް ކަމަށާއި، އެއީ، ވަޒީފާ އަނބުރާ އިއާދަކުރުމަށާއި، މައްސަލަ ނިމޭ ދުވަހާއި ހަމައަށް ނުވަތަ ވަޒީފާ ރުޖޫޢަކުރާ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށްކަމަށާއި، މަރްޔަމް މުސާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށްކަމަށާއި، މީގެ ތެރެއިން ފުރަތަމަ ދެ ފަރުވާ ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުންދަނިކޮށް، 12 ޑިސެންބަރު 2020 ގައި ވަޒީފާ އަނބުރާ އިއާދަކުރަންބޭނުންވާކަމަށް އަންގާއި ވަޒީފާއަށް ނުކުތުމަށް އަންގާފައިވާކަމަށާއި، 14 ޑިސެންބަރު 2020 ގައި ކައުންޓަރ އޮފަރއެއް ކޮށް، ވަޒީފާއަށް އަނބުރާ ނިކުމެވޭނީ މަޢާފަށް އެދި ގެއްލުމުގެ ބަދަލުވެސް ދިނީމަކަމަށްބުނެ މަރްޔަމް މޫސާގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށާއި، 21 ޑިސެންބަރު 2020 ގައި އަލުން ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް ސިޓީ ފޮނުވުމުން، 23 ޑިސެންބަރުގައި މަރްޔަމް މޫސާގެ ފަރާތުން ސިޓީއެއް ފޮނުވާ 23 ޑިސެންބަރު 2020 ގައި ވަޒީފާ އަނބުރާ އިއާދަކޮށްދީ އެ ދުވަހާ ހަމައަށް މުސާރައާ އިނާޔަތްތައް ނަގައިދިނުމަށް އެދި، ވަޒީފާގައި އިތުރަށް ހުންނަން ބޭނުންނުވާކަމަށް ބުނުމުން، އޭނާ ވަޒީފާއިން ވަކިކުރެވިފައިވާކަމަށް އެމް.އެޗް.އޭގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

14އެންމެ ފުރަތަމަ މަރްޔަމް މޫސާ ރިޑަންޑަންސީގެ ހާލަތުގައި ވަޒީފާއިން ވަކިކޮށްފައިވަނީވެސް 20 ސެޕްޓެންބަރު 2020 އާ ހަމައަށް މުސާރަދީފައިވާކަމަށާއި، އޭގެ ފަހުން ވަޒީފާ އިއާދަކުރެވުނުއިރު، 21 ސެޕްޓެންބަރު 2020 އިން ފެށިގެން ވަޒިފާ އިއާދަކޮށްދިން ދުވަހާ ހަމައަށް ލިބެންޖެހޭ އެންމެހައި މުސާރައާއި އިނާޔަތްތައް ނަގައިދީފައި ވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ދެ ކަންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލް މަރުހަލާގައި ފުރިހަމަވެފައިވާކަމަށް އެމް.އެޗް.އޭ އިން ފާހަގަކޮށްފައިވެއެވެ.

15ތިންވަނަ ފަރުވާއަކަށް އެދިފައިވާ ގެއްލުމުގެ ބަދަލާ ގުޅިގެން ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅައިދިނުމަށް މަރްޔަމް މޫސާގެ ފަރާތުން އެދިފައިވާތީ، ޓްރައިބިއުނަލުން ނިންމާފައިވަނީ، ގެއްލުމެއް ލިބިފައިވާކަމަށް މަރްޔަމް މޫސާއަށް ސާބިތުކޮށްދެވިފައިނުވާކަމަށާއި، ވަޒީފާއަށް އަނބުރާ އިއާދަކޮށްދިނުމަށްފަހު މުޅި މުއްދަތަށް މުސާރައާ އިނާޔަތްތައް އެމް.އެޗް.އޭގެ ފަރާތުން ދީފައިވާތީ، އިތުރު ގެއްލުމެއް މަރްޔަމް މޫސާއަށް ލިބިފައިވާކަމަށް ބުރަވެވެން ނެތްކަމަށާއި އަދި އެންމެ ފުރަތަމަ މައްސަލަ ހުށަހެޅިއިރު، ގެއްލުމުގެ ބަދަލެއްގެ ގޮތުން -100,000/ (އެއްލައްކަ ދިވެހި ރުފިޔާ) ނަގައިދިނުމަށް އެދިފައިވީނަމަވެސް، މައްސަލަ ކުރިއަށް ދިޔައިރު، އެ އަދަދު -93,000/ (ނުވަދިހަ ތިންހާސް ރުފިޔާ)އަށް ބަދަލުކޮށްފައިވާކަމަށާއި، އޭގެ ތެރެއިން ވަކީލުފީގެ ގޮތުގައި ހޯދުމަށް އެދިފައިވާ އަދަދަކީ އޭރު އަމަލުކުރމުންދިޔަ ޓްރައިބިއުނަލްގެ ގަވާއިދުގެ ދަށުން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާކަމަށް އެމް.އެޗް.އޭ އިން ފާހަގަކުރެއެވެ.

16ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ ބަދަލުތަކުގެ ތެރެއިން އެއް ބަދަލު ނުވަތަ އެއަށްވުރެ ގިނަ ބަދަލު ނަގައިދިނުމަށް ޓްރައިބިއުނަލަށް ފުރުޞަތު އޮންނަކަމާއި، ވަޒީފާއިން ވަކިކުރުމުން ދެވޭނެ އެންމެ އަސާސީ ބަދަލަކީ ވަޒީފާއަށް އަނބުރާ އިއާދަކޮށްދިނުންކަމަށާއި، މި މައްސަލައިގައި އެ ފަރުވާ ލިބިފައިވާކަމަށާއި، މުސާރައާއި އިނާޔަތްތައް ނަގައިދީފައިވާކަމަށް ފާހަގަކޮށް، ބަދަލުގެ ގޮތުގައި، އޭނާއަށް ލިބިފައިވާ ޖިސްމާނީ، ނަފްސާނީ ގެއްލުމާއި ކޮވިޑް -19 ގެ ހާލަތުގައި ގެއްލުން ލިބިފައިވާކަމަށް މަރްޔަމް މޫސާގެ ފަރާތުން ބުނަމުން ދިޔަނަމަވެސް، އެކަންކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމާއި، ޓްރައިބިއުނަލުންވެސް މިކަން ފާހަގަކޮށްފައިވާކަމަށްވެސް އެމް.އެޗް.އޭ އިން ފާހަގަކޮށްފައިވެއެވެ.

17މަރްޔަމް މޫސާއަށް ލިބުނު ގެއްލުން ކުޑަ ކުރުމަށްޓަކައި، އޭނާގެ ފަރާތުން ވަޒީފާއެއް ހޯދުމަށްވެސް މަސައްކަތް ކޮށްފައިވާކަން އެނގެން ނެތްކަމަށާއި، ވަޒީފާ އިއާދަކޮށްދިނުމަށް ހުށަހެޅުމުންވެސް ވަޒީފާއަށް އަނބުރާ ދާން ބޭނުންނުވާކަމަށް ބުނެފައިވާކަމަށާއި، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު، ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް އެދިފައިވަނީ އޭނާ އެނބުރި އެ ވަޒީފާއަށް ދިޔުމުގެ ނިޔަތެއް ނެތްއިރު ކަމަށްވާތީ، މިއީ ނުނިޔަތެއްގައި ކޮށްފައިވާ ކަމެއް ކަމަށް އެމް.އެޗް.އޭ ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

18މަރްޔަމް މޫސާގެ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ ޤަޟިއްޔާގައި، 6 (ހައެއް) މަސްދުވަހުގެ މުސާރަ ނަގައިދީފައިވާކަމަށާއި، އެ މައްސަލައަށާއި، ސުޕްރީމްކޯޓުން ނިންމާފައިވާ އެހެން މައްސަލަތަކަށް ބެލުމުންވެސް، ބަދަލު ނަގައިދިނުމަކީ، ވަކި މިވެނި އުސޫލެއްގެ ދަށުން ކޮންމެ މައްސަލައެއްގައި ވަކި އަދަދަކަށް ނަގައިދޭންޖެހޭ އެއްޗެއް ނޫންކަމާއި، މިކަމުގައި ނަގަންޖެހެނީ ޕްރެގްމެޓިކް އެޕްރޯޗެއްކަމަށާއި، މިކަން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން ވ. މުސްއަބު ޢަބްދުﷲ ޤަޟިއްޔާގައާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. އަސްފާޤު ވަހީދު ޤަޟިއްޔާގައިވެސް އކަނެ ފާހަގަކުރައްވފައިވާތީ، ބަދަލަކީ، އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ބަލައި ނަގައިދެވޭ އެއްޗެސާ ކަމަށާއި، މަރްޔަމް މޫސާގެ ފަރާތުން ރިޢޔަތްކޮށްފާ އިވާ ޤަޟިއްޔާގައި ހަވާލާދޭ ލިސްޓަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) (1) ގެ ދަށުން ވަޒީފާ އިއާދަކޮށްދޭ ހާލަތުގައި، ވަޒީފާއިން ވަކިވެފައިވާ މުޅި މުއްދަތަށް މުސާރައާއި އިނާޔަތް ނަގައިދޭނީތޯ ނުވަތަ ނޫންތޯ އެންމެ އެކަށީގެންވާ ބަދަލަކީ ކޮބައިތޯ ކަނޑައެޅުމުގައި ރިޢާޔަތްކުރާނެ ކަންތައްތައް ކަމާއި، މި މައްސަލައިގައި މިހާރު އެ މުޅި މުއްދަތަށް މުސާރައާއި އިނާޔަތްތައް ނަގައިދީފައިވާތީ، އިތުރަށް ނަގައިދޭންޖެހޭ ބަދަލެއް ނެތްކަމަށް އެމް.އެޗް.އޭ އިން ފާހަގަކުރެއެވެ.

19މަރްޔަމް މޫސާ އެދިފައިވާގޮތަށް ޓްރައިބިއުނަލުން، މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތީ ބަލަންޖެހޭ ސަބަބެއް ނެތްކަމަށާއި، ސަބަބަކީ، ވަޒީފާއިން ވަކިކުރުމުން ލިބެންޖެހޭ އެންމެ އަސާސީ ބަދަލު މަރްޔަމް މޫސާއަށް ލިބިދީފައިވާތީ ކަމަށް އެމް.އެޗް.އޭ އިން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

20އެމް.އެޗް.އޭ ގެ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 176/VTR/2020 މައްސަލައިން ނިންމާފައިވާ ނިންމުން ދަމަހައްޓައިދިނުމަށެވެ.

އިސްތިއުނާފާގުޅިގެން ފާހަގަކުރެވޭ ކަންތައްތައް

21މި ޤަޟިއްޔާގައި މި ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ ދެ ކަމަކަށް ކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ. އެއީ:

21.1 މަރްޔަމް މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކާ ނުލައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްތޯ؟ އަދި

21.2 މަރްޔަމް މޫސާ އަށް ގެއްލުމުގެ ބަދަލު ނަގައިދީފައިނުވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/67 ޤަޟިއްޔާގައި، ބަދަލުގެ ގޮތުގައި 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރަ ނަގައިދިނުމަށް ކަނޑައަޅައިފާ އުސޫލާ ޚިލާފަށްތޯ؟ އެވެ. މަރްޔަމް މޫސާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކާ ނުލައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްތޯ ބެލުން

22ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލައަކީ، މަރްޔަމް މޫސާ، އެމް.އެޗް.އޭ ގައި ވަޒީފާއަދާކުރަމުން ދަނިކޮށް އެ ކުންފުނީގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މައުޟޫއީ ޢަދުލުވެރިކަމއާ އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުކޮށްކަމަށް ކަނޑައަޅައި، ޓްރައިބިއުނަލުން މައްސަލަ ނިންމާ ތާރީޚާ ހަމައަށް ނުވަތަ ވަޒީފާ އަނބުރާ ރުޖޫޢުކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށާއި ނުހައްގުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ތަހައްމަލްކޮށް ކުރިމަތޮ ލާނި ޖެހުނު ގޮންޖެހުންތަކާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ނުހަނު ދަތި ހާލަތެއްގައި ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި -100,000/ރ. (އެއްލައްކަ ރުފިޔާ) ނަގއިދިނުމަށަ އެދި ހުށަހެޅި މައްސަލައެކެވެ.

23އިސްވެ ބަޔާންކުރެވުނު ގޮތަށް ވަޒީފާއާބެހޭ ޓްރައިބިނަލަށް މައްސަލަ ހުށަހަޅައި އެ ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ދަނިކޮށް، އެމް.އެޗް.އޭގެ ފަރާތުން މަރްޔަމް މޫސާގެ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް ނިންމާ އެކަން މަރްޔަމް މޫސާއަށް އެންގުމުން، އޭނާގެ ފަރާތުން އެ ކުންފުނީގެ ވަޒީފާއަށް ނިކުންނަން ބޭނުންނުވާކަމަށް އަންގައި، ވަޒީފާ އިއާދަކޮށްދިން ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ޤަބޫލުކޮށްފައިވާކަން އެނގެއެވެ. އެމް.އެޗް.އޭ އާއި މަރްޔަމް މޫސާއާ ދެމެދު މިކަމާ ގުޅިގެން ކޮށްފައިވާ މުޢާމަލާތްތަކުގެ ތަފްސީލް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 6.1 ވަނަ ނަންބަރުން ފެށިގެން 6.5 ވަނަ ނަންބަރަށް ތަފްސީލްކޮށފައިވެއެވެ.

24އިސްތިއުނާފުކޮށްފައި ވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލައާ ގުޅިގެން 30 އޯގަސްޓް 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މަރްޔަމް މޫސާގެ ފަރާތުން ޓްރައިބިއުނަލްގެ ކުރިމަތީގައި އޮތް ސުވާލަކީ ކޮބައިކަން ބުނެދެމުން ބަޔާންކޮށްފައިވަނީ، "މިހާރު ޓްރައިބިއުނަލް ކުރިމަތީގައި އޮތް ސުވާލަކީ އެފަރާތަށް ގެއްލުމުގެ ބަދަލު ގެ ގޮތުގައި މިގޮތަށް ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރީތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭނީ ކިހާ މިންވަރެއްތޯ. އެއީ މިހާރު އޮތް ސުވާލަކީ. އެ ސުވާލާ ގުޅޭގޮތުން މައިގަނޑުގޮތެއްގައި މި ފާހަގަކުރަނީ ފުރަތަމަ ކަމަކަށް އެފަރާތުން ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނަ ހިލާފަށްކަމަށް އެފަރާތުން އެއްބަސްވާކަމުގައިވާނަމަ، އަޅުގަނޑު ގަބޫލުކުރަނީ ރީއިންސްޓޭޓް ކުރީމައި އެއްބަސްވެވުނީކަމަށް. އެހެންކަމުގައިވާނަމަ އިތުރަށް އެ ސުވާލަށް ދިއުމެއްނެތި ހަމަ ސީދާ ގެއްލުމުގެ ބަދަލު އަޅުގަނޑުމެންނަށް ދެވިދާނެކަމަށް. އެކަމަކުވެސް އެފަރާތުން އެކަމަށް އިއުތިރާޟުކުރާނަމަ އަޅުގަނޑުމެން ކުރިން ފާހަގަކުރި ކަންތައްތައް ތަކުރާރުކޮށް އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައިދިނުން އެދެން."

25ޓްރައިބިއުނަލް ރިޕޯޓުގެ 7.1 ގައި "މައްސަލަ ހުށަހެޅި ފަރާތުން 09 ޖޫން 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ބަޔާނުގައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ގަބޫލުކުރެވިގެން، މި މައްސަލައިގައި އެދިފައިވާ އެއް ފަރުވާ ކަމުގައިވާ ވަޒީފާ ރުޖޫއަކުރުމަށް މައްސަލަ ރައްދުވާ ފަރާތުން އެއްބަސްވެ، 23 ޑިސެންބަރު 2020 އަށް ވަޒީފާ އަނބުރާ އިއާދަކޮށް އެ ދުވަހާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި އިނާޔަތްތައް ދިނުމަށް މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން މައްސަލަ ހުށަހެޅި ފަރާތުން ގަބޫލުކޮށްފައިވާތީ، މި މައްސަލައިގެ އެ މައުޟޫއަށް ހައްލެއް ލިބިފައިވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވާތީ.... " މިފަދައިން ބަޔާންކޮށްފައިވެއެވެ.

26HN1މަރްޔަމް މޫސާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބެލުމުން އަހުރެންނަށް ޤަބޫލުކުރެވެނީ، ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ކަނޑައަޅަންޖެހޭފަދަ ހާލަތެއް އެހިނދު ނެތްކަމަށް ޓްރައިބިއުނަލްގައި މައްސަލަ ބެލި މެންބަރުންނަށް ގަބޫލުކުރެވިފައިވާތީ މައްސަލައިގެ މައުޟޫއަށް ހައްލު ލިބިފައިވާކަމަށް އެ މެންބަރުން ކަނޑައަޅާފައިވާކަމަށެވެ. އަދި މި ނިންމުމަކީ ޤާނޫނީ ކޮން އުސޫލަކާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން މަރްޔަމް މޫސާއަށް ބުނެދެވިފައި ނުވާކަމެވެ. ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚުސޫމާތަށް ހައްލެއް ލިބިފައިވާނަމަ އެކަމާ ގުޅިގެން މައްސަލަ ބަލާ މެންބަރުން އިތުރަށްގޮތް ކަނޑައަޅަންޖެހޭ ސަބަބެއް ނެތެވެ.

27އެހެންކަމުން، ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާފައި ނުވަނީ މައްސަލައިގެ މައުޟޫއަށް ހައްލު ލިބިފައިވާތީކަމަށް ނިންމާފައިވާ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއި ކަމަށް އަހުރެންނަކަށް ގަބޫލެއް ނުކުރެވެއެވެ. މަރްޔަމް މޫސާ އަށް ގެއްލުމުގެ ބަދަލު ނަގައިދީފައިނުވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2019/SC-A/67 ޤަޟިއްޔާގައި، ބަދަލުގެ ގޮތުގައި 6 (ހައެއ) މަސްދުވަހުގެ އަސާސީ މުސާރަ ނަގައިދިނުމަށް ކަނޑައަޅައިފާ އުސޫލާ ޚިލާފަށްތޯ ބެލުން

28ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: "29 (ހ) މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެހިނދެއްގައި، ތިރީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޓްރައިބިއުނަލުން އަމުރު ނެރެންވާނެއެވެ. (1) އެމުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެއް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރުން؛ (2) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން، އަދި އެއަމުރުގައި ބަޔާންވެގެންވާ ނުވަތަ ވަޒީފާދޭ ފަރާތާއި މުވައްޒަފަކާ ދެމެދު އެއްބަސްވެވޭ ޝަރުތުތަކަކާ މާއްދާތަކަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ވަކި ތާރީޚަކުން ފެށިގެން އެވަޒީފާއާ ހަވާލުވުމަށް އަމުރުކުރުން؛ (3) މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ބަދަލުދިނުމަށް އަމުރުކުރުން. "

29ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި (ރ) ގައި ބަޔާންކޮށްފައިވަނީ: "29. (ރ) ބަދަލުދިނުމުގެ އަމުރެއް ޓްރައިބިއުނަލުން ނެރުމުގައި، ބަދަލުދޭންޖެހޭ މިންބަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް ޓްރައިބިއުނަލަށް ފެންނަ އަދަދަކަށެވެ. މިފަދައިން އަދަދު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރިގޮތުން އެމުވައްޒަފަކަށް ސީދާގޮތުން ލިބުނު ގެއްލުމަށާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފަކުކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނަ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެއެވެ. މުވައްޒަފަށް ބަދަލު ދިނުމުގައި، އޭނާ ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފުކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ އެކަމުގައި އޭނަ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެއެވެ. މުވައްޒަފަށް ބަދަލު ދިނުމުގައި، އޭނާ ވަޒީފާއިން ވަކިކުރީ މި ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށް ކަމުގައިވާނަމަ، އެކަމަށްޓަކައި އެމުވައްޒަފަކަށް އިތުރު އަދަދެއްގެ ފައިސާ ދިނުމަށް ޓްރައިބއުނަލުނި އަމުރުކުރެވިދާނެއެވެ."

30ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ ޤަޟިއްޔާ ގެ 18 ވަނަ ނަންބަރުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރަންވީ ކަންތައްތައް ބަޔާންކުރައްވާފައިވެއެވެ.

31ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލަ ނިމުނު ގޮތުގެރިޕޯޓުގެ 8.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ: "މައްސަލަ ހުށަހެޅި ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 06 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ -63,000/ ރ. (ފަސްދޮޅަސް ތިންހާސް ރުފިޔާ) ނަގައިދިނުމަށް އެދިފައިވީނަމަވެސް، ގެއްލުމެއް ލިބިފައިވާކަން މައްސަލަ ހުށަހެޅި ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީއާއި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާއަށް އަލުން ރުޖޫއަކޮށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއަށް އަނބުރާ ނުނިކުތުމުން 24 ޑިސެންބަރު 2020 ގައި ވަޒީފާއިން ވަކިކޮށް، 23 ޑިސެންބަރު 2020 އާ ހަމައަށް ލިބެންޖެހޭ މުސާރަ މައްސަލަ ރައްދުވި ފަރާތުން މައްސަލަ ހުށަހެޅި ފަރާތަށް ދީފައިވާތީއާއި ކޮވިޑް- 19 ގެ ހާލަތާ ގުޅިގެން ވަޒީފާއިން ދޫކޮށްލިއިރުވެސް 3 (ތިނެއް) މަސްދުވަހުގެ މުސާރަ މައްސަލަ ހުށަހެޅި ފަރާތަށް ދީފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތަށް ލިބުނު އިތުރު ގެއްލުމެއް އޮތްކަމަށް ބުރަނުވެވެއެވެ." [2021] SC 07

32HN2HN3HN4HN5އިސްވެ ހަވާލާދެވުނު ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމުގައި މުވައްޒަފަށް ލިބިދޭ ޤާނޫނީ ޙައްލުތަކެވެ. މި މައްސަލައަށް ބަލާއިރު، އެމް.އެޗް.އޭ ގެ ފަރާތުން މަރްޔަމް މޫސާގެ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް ނިންމުމުން، އޭނާ ވަޒީފާއަށް ނިކުންނަން ބޭނުންނުވާކަން އެންގުމުން، އެ ތާރީޚާ ހަމައަށް މުސާރައާއި އިނާޔަތްތައް ދީފައިވާކަން އެނގެން އޮވެއެވެ. ވަޒީފާ އަނބުރާ އިއާދަކުރުމަކީ، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ޓްރައިބިއުނަލަށް ފެނިއްޖެހިނދެއްގައި ދެވިދާނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރުވާއެކެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް އަމުރު ކުރުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ދީފައިވާކަން އެނގެން އޮވެއެވެ. މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ، އެމް.އެޗް.އޭ ގެ ފަރާތުން މަރްޔަމް މޫސާއަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ހަމައަށް ދީފައިވާތީ އޭނާއަށް ލިބުނު އިތުރު ގެއްލުމެއް ނެތްކަމަށެވެ. މަރްޔަމް މޫސާގެ ފރާތުނަ އޭނާއަށް ލިބުނު ގެއްލުން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއްވެސް ހުށަހަޅާފައިނުވާކަން އެނގެން އޮވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާފަދަ އަމުރެއް ކުރުމަށް ޓްރައިބިއުނަލަށް ނުފެންނަ ހާލަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ ޤަޟިއްޔާ ގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭ ފަދަ ހާލަތެއް ނޯންނާނެއެވެ. މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، ޓްރައިބިއުނަލްގެ އިޚްތިޔާރު ބޭނުންކޮށްފައިވާގޮތުގެ ތެރެއަށް މި ކޯޓުން ވަންނަންޖެހޭ ފަދަ ސަބަބެއް މަރްޔަމް މޫސާއަށް ބުނެދެވިފައިވާކަމަށް އަހުރެން ނުދެކެމެވެ. [2021] SC 07 ނިންމަންފެންނަ ގޮތް

33ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 176/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ނިންމަން ފެނެއެވެ. އސި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛

34ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމުގެ ރައުޔު؛

35ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

36މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) ,1.11 aur.aoS.pnocq8rq@o;ur yr-1 i : rtttt to1.unocqErq.,r,urr I 21*a. .i"a,..a..2' ..)o ,.,. 1..'-,.t. 2"1, {r?'t1: 6ZO9Ztt, {!-;t tLbettt ' ( lr-.,t r,< f.zz tr 'r-'{ a t .-J.t. ,? ta, oe a ?4i ,-n.n-?. e . ".a ^!'l{ {..'.t'.1a@t -..ota 4/., .-r,.a3ru" a/ 4 /2 a'i au.-,' arlJe*'/r ".."/"a r- A7i7 t\t t n /nt r z"t,-z ' ' "/a otJn t o. a../-a^ lln ,1.t.1-a rror, orlw 0tt/v-lr v r r0z

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ